Tuesday, February 28, 2012

ފޯންކޯލް - 70 ވަނަ ބައި


ބައްޕަ ދެއްކި ވާހަކައިން އޭނަގެ ޚިޔާލު ބަދަލުވީކަމެއް ނުވަތަ ހިތްވަރު ލިބުނީކަމެއް ނަވީނަކަށް ޔަގީނެއް ނޫނެވެ. އެނގޭހާވެސް ވަރަކީ އޭނަ ކޮންމެވެސް ކަމެއް ކުރަންވެއްޖެ ވަގުތު ޖެހިއްޖެ ކަމެވެ.

އެނދުގައި އިށީނދެލައިގެން އިނދެ ނަވީން ދިޔައީ، ޚާލިދުއަށް ގުޅާފައި އޭނަ ދައްކަން ހުރި ވާހަކަތައް ސިކުނޑީގައި ތަރުތީބު ކުރަމުންނެވެ.

ވިސްނާލަން ހޭދަކުރި ކުޑަވަގުތުކޮޅަކަށްފަހު ދެވަނަ ފަހަރަށް ޚާލިދުގެ މޮބައިލަށް ގުޅާލިއެވެ. ހަތަރު ފަސް ރިންގަށްފަހު އެކޮޅުން ޚާލިދު ފޯން ނަގައިފިއެވެ.


"ކިހިނެއްތޯ؟؟......ބިޒީ ގަޑިއެއްތޯ. " ޚާލިދު ފޯން ނެގުމާއެކު ނަވީން އެހިއެވެ.
"ނޫނޭ....ހޮސްޕިޓަލަށް ވަދެލަން މި ދަނީ....މާލެގަތަ އަދިވެސް..." ގޭގެ ބޮޑު ދޮރާށި ހުޅުވާލާފައި ނުކުމެ ކާރުގެ ފަހަތު ސީޓަށް އަރަމުން ޚާލިދު ސުވާލު ކޮށްލިއެވެ. ކާރު ދުއްވާލުމަށް ޒާހިރުއަށް އިޝާރާތް ކުރަމުންނެވެ.

"ލައްބަ. އަދި މާލޭގަ. އެކަމަކު ދެ ދުވަހެއްގެ ތެރޭ ފުރަން ޖެހޭނެ. އިނާގެ އެއްވެސް ޚަބަރެއް ވިތޯ ބަލާލަން މި ގުޅީ. " ނަވީން އުއްމީދު ކުރަނީ ރަނގަޅު ޚަބަރެއް ލިބޭނެ ކަމަށެވެ.
"ޚަބަރު....! ޚަބަރު ވޭ. ނަވީނަށްވެސް އެނގޭނެ އިނާއަކީ ބަސްއަހާ ދަރިއެއްކަން. އިނާ ކުރާކޮންމެ ކަމެއް އަހަރެމެންނަށް އެނގޭނެކަން ނަވީން ގަބޫލެއް ނުކުރަންތަ؟" ނަވީން އިނާއާއި ދޭތެރޭ ކަންތައް ކޮށްގެން އުޅޭގޮތްވެސް އެނގެއޭ ބުނާ މާނައިގައި ޚާލިދު މިހެން ބުނި ނަމަވެސް ނަވީނަށް ހީކުރެވުނީ އެހެން ގޮތަކަށެވެ.
"އެކަމަކުވެސް ޚާލިދު ބޭނުމެއްނުވޭ އަޅުގަނޑު އިނާ ހޯދަން އުޅޭކަށް؟ ސުވާލަކީ އެއީ. " އޭނަ ހުއްޓުވީ ޚާލިދުއެވެ. އެހެން ނޫންނަމަ މިހާރު އޭނަ އިނާ ގެނެސްފީހެވެ. އެހެންކަމުން އޭނައަށް އެ ސުވާލު ކުރުމުގެ ފުރިހަމަ ޙައްގު އެބައޮތްކަމަށް ނަވީން ވިސްނިއެވެ.

" ބޭނުން ނުވަނީއެއްނޫން ނަވީން. ދަރިއަކު އެދުނު އެދުމެއް އެންމެ ފަހަރަކު ފުއްދާލަ ދެނީ. އޭނައަކީ އަހަރެމެންގެ ކިބައިން ދުވަހަކުވެސް ކަމަކު އެދުނު ދަރިއެއް ނޫން. ދުވަހަކުވެސް މިވެނި އެއްޗެއް މިވެނި ކަމެއް ބޭނުމޭ ކިޔާފަ ބުނެފައެއް ނެތް. އެންމެ ފަހަރަކު އެ އެދުނީ. ކަމަކީ އޭނައަށް ވަރަށް މުހިއްމު ކަމަކަށް ނުވާނަމަ އެފަދަ އެދުމެއް އިނާ ނެއެދޭނެކަން އަހަންނަށް ޔަގީންވޭ. އެކަމަކު އެދުނުއިރު އެދިފަ އެ ދިޔައީ ދަތި ކަމަކަށްކަން އެދުވަހު ވިސްނާލެވުނު ނަމަ ރަނގަޅޭ މިހާރު ހިތަށް އަރާ." ހީކުރިވަރަށްވުރެ ގިނަ ދުވަސް މި ކަމުގައި ވަމުން ދާތީ، ޚުދު ޚާލިދުއަށްވެސް އޭނަގެ އަމިއްލަ ނިންމުމުގައި ނަވީން ހުއްޓުވުނު ކަމަށްޓަކައިވެސް ދެފިކުރަކަށް ދާން ވަނީ ޖެހިފައެވެ.

"ދެން ކިހިނެއްތޯ އަޅުގަނޑު ހަދަން ޖެހެނީ؟ ކިހާދުވަހެއްވަންދެންތޯ މިގޮތަށް އަޅުގަނޑު ބަލަންވީ" ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގާލަމުން ގޮތް ހުސްވެފައި ނަވީން އެހިއެވެ.

"އިނާ އަކީ އެހާ ގޮތް ދޫނުކުރާ ކުއްޖެއްކަމެއް މީގެ ކުރިން އަހަރެމެންނަށްވެސް އެނގިފައެއް ނެތް. ދުވަހަކުވެސް މިކަހަލަ ކަމަކާ ދިމާނުވާތީ މި ކަހަލަ ކަމެއްގައި އިނާ ނަގާނީ ކޮންފަދަ ނިންމުމެއްކަމެއް ވިސްނައިގަންނާކަށްވެސް އަހަރެމެންނަށް އެނގިފައެއް ނެތް. އެކަމަކު މިހާރު އެބަ އެނގޭ. އަދި އަމުދުން މިހާރު އުޅެނީ ހައެއްކަ މަސް ދުވަހުގެ ކޯހަކަށްވެސް އެދިގެން.  މިކޮޅަށް ހޮސްޕިޓަލަށް އެބަހުރި ލިޔެކިއުންތައްވެސް ފޮނުވާފަ. ހޮސްޕިޓަލުން ފަންޑުވެސް ކޮށްދޭ ގޮތަކަށް ނޫން އޮތީ. އެކަމަކުވެސް އިނާ ބޭނުންވަނީ އޭނަގެ އަމިއްލަ ޚަރަދުގައި ވިޔަސް އެކޯސްވެސް ހަދަން." އިނާގެ ހަގީގީ މަގްޞަދަކީ އެ ކޯސް ނޫންކަން ޚާލިދުއަށްވެސް އެނގެއެވެ. އެކަމަކުވެސް އަދި މިހާތަނަށް އެނގޭ ގޮތުންނަމަ އޭނަގެ ދަރިފުޅަށް އެ "ހިމޭން އަދަބު" ދިން މީހަކީ ނަވީން ކަމަށްވާތީ، ދަރިފުޅަށްވުރެ ނަވީން ބެހެއްޓުނީ ދުރުގައެވެ.

"ޚާލިދުއަށްވެސް އެނގިލައްވާނެ އިނާގެ މަގްޞަދަކީ ކޯހެއް ނޫންކަން..." ނަވީންގެ އަޑުގައި ނުރުހުންތެރިކަމެއް ހުއްޓެވެ.
"އިނާ ހުރިތަނެއް އެޑްރެސް އަޅުގަނޑަށް ދެއްވާ. އަޅުގަނޑު އަމިއްލައަށް އިނާ ބަލާދާނަން." އެންމެފަހުން ނަވީން ، އޭނަ ގުޅި ބޭނުން ފާޅުކުރިއެވެ.

"މަޑުކޮށްލައްޗޭ...." ހޮސްޕިޓަލާއި ހަމައަށް އާދެވުމުން ކާރުން ފައިބަން ވަގުތުކޮޅަކަށް ޚާލިދު އެދުނެވެ.
"ހަގީގަތުގައި ނަވީން...." ކާރުން ފައިބައިގެން ހޮސްޕިޓަލަށް ވަނުމުގެ ބަދަލުގައި ޚާލިދު ނިކުތީ ބޭރަށެވެ. ހޮސްޕިޓަލް ކުރިމަތީގައި ހުރި ފާމަސީއާއި ތަންކޮޅެއް ދުރަށް، މީހުންނާ ދުރަށް ޖެހި ހަމަޖެހިލައިގެން ޚާލިދު ވާހަކަ ދައްކަވަން ފެއްޓެވިއެވެ.

"ނަވީން ދާކަށް އަހަންނަށް ނުފެނޭ...." މިހުރިހާ ދުވަހު ނަވީން  އުޒުރުވެރިވަމުން އައި ކަމަށް ތާއީދުކޮށް ފުރަތަމަ ފަހަރަށް ޚާލިދު އެއްޗެއް ބުނިއަޑު ނަވީންއަށް އިވުނެވެ.
"އެއީ............؟" އޭނަވެސް ބޭނުން ވަނީ ނުދާން ކަމުގައި ވިޔަސް، ޚާލިދު އެހެން ބުނަން ރަނގަޅު ސަބަބެއް އޮންނަން ޖެހޭނެކަމަށް ނަވީން ވިސްނިއެވެ.

"އެއީ.....މިހާރު މިއީ އިނާ އެގޮތަށް ދިޔަފަހުން ހަތަރުވަނަ ހަފްތާ....ގާތްގަނޑަކަށް މަހެއްވީ....ވީ ކީއްކަމެއް ޚުދު އަހަރެމެންނަށްވެސް މުޅިއަކުން އެނގެނީއެއް ނޫން. އެކަމަކުވެސް އަދިވެސް މިކަން ދިގުދެމިގެންދާކަހަލަ ގޮތަކަށް އިނާ މަސައްކަތް އެ ކުރަނީ. ކޯހަކީ އިނާ ނަގާ ބަހަނާއެއް. ކޮންމެވެސް ސަބަބަކާހެދި އިނާ އެ މަސައްކަތް ކުރަނީ ނަވީން އާއި ދުރުގަ ހުންނަން. އެކަމަކު ނަވީން ކުރިކަމެއް ނަވީންއަކަށް ނޭނގެ. އިނާ އެދަނީ އެއްދުވަހުން އަނެއް ދުވަހަށް ދިގު ޗުއްޓީއަކަށް އެދެމުން. ވަޒީފާއަށްވެސް ފަރުވާލެއް ނެތި އިނާ އެފަދަ ނިންމުމެއް ނިންމާ ސަބަބެއްވެސް އޮންނާނެ....." އިރުކޮޅަކަށް ޚާލިދު ހުއްޓާލިއެވެ.

"ތި ސަބަބެއް އަޅުގަނޑަކަށް ނޭނގެ. އެކަމަކު ހިއެއްނުވޭ ކިތަންމެ ދުވަހެއްވިޔަސް އެ ސަބަބު ބުނަން އިނާ އަންނާނެހެނެއް. މަންމައާއި ދެކޮޅަށް އަޅުގަނޑު އިނާ އާއި ކައިވެނި ކުރީ. އެކަން ޚާލިދުއަށްވެސް އެނގިލައްވާނެ. މަންމައަށް މިކަން އެނގުމުގެ ކުރިން އިނާ ގެންނަން އަޅުގަނޑު ބޭނުންވަނީ." އާޚިރު ނަތީޖާ ނުކުމެދާނެ ދެރަގޮތެއް ޚާލިދުއަށް ހަނދާންކޮށްދިނުމަށް ނަވީން މަސައްކަތް ކުރިއެވެ.

"ރަނގަޅު. އިނާ މަންމައާއި އަހަރެން މި އުޅެނީ މި ބުދަ ދުވަހު އިނާ ކައިރިއަށް ދާން. ގޮއްސަ އަންނަންދެން ނަވީން އިހަށް މަޑުކޮށްލާ. ކަމެއް ދިމާވީމަ އަވަސް އަރުވާލައިގެން ކުރާ ކަމަކުން ރަނގަޅު ނަތީޖާއެއް ނުނިކުންނާނެ." ޚާލިދު ވިސްނައިދިނެވެ.

ނަވީން ވަކި އެއްޗެއް ނުބުނެ ވިސްނާލިއެވެ. ބުދަ ދުވަހަކީ އެއީ އޭނަ ކުޅުދުއްފުއްޓަށް ފުރަން ހަމަޖެހިފައިވާ ދުވަހެވެ. ޚާލިދުމެންނާއި ބައްދަލެއްވެސް ނުވާނެއެވެ. އެދުވަހުގެ ހެނދުނު ފްލައިޓުން އޭނަ ހަނިމާދޫއަށް ދާންޖެހެއެވެ.

"އެންމެ ރަނގަޅު. އޭރަށް އަޅުގަނޑު ހުންނާނީވެސް ކުޅުދުއްފުށީގަ." ނަވީން ބުންޏެވެ.
"ހޫމް....... އަހަރެމެން އެކޮޅުން އައިއްސަ ނަވީނަށް ހުރިހާ ޚަބަރެއްވެސް އޮޅުންފިލުވައިދޭނަން. އިހަށް ހުރޭ. ފަހަރެއްގަ އިނާ އައިސްދާނެ އަހަރެމެންނާއެކު. ކިހިނެއް އެނގެނީ؟ " ޚާލިދުގެ އަޑުގައި އުއްމީދެއް ނެތް ނަމަވެސް ބުނެލީ އުއްމީދު ހުރި ބަހެކެވެ.

"ދިލްމާ އެބައުޅޭތޯ ރަށުގަ؟" ޚާލިދު ދެންމެ އެބުނި އެއްޗަކަށް އެއްޗެއް ބުނުމުގެ ބަދަލުގައި ނަވީންއަށް ކުރެވިފައި އޮތް ޝައްކެއް ޔަގީން ކުރަން ނަވީން ބޭނުން ވިއެވެ.
"އަދިއެއް ނާދޭ....." ވަރަށް ކުރުކޮށް ޚާލިދު އެ ސުވާލަށް ޖަވާބު ދިނެވެ.
އޭގެ ފަހުން ދެކެވުނު ދެތިން ވާހަކައަކަށްފަހު ނަވީން ފޯން ބޭއްވީ ވަކި އިތުރު ރަނގަޅު ނަތީޖާއެއް ނުނިކުތް ފޯންކޯލަކަށްފަހުއެވެ. ނަވީން ގުޅިއިރުވެސް ހުރެވުނީ އިންތިޒާރުގެ ޙާލަތެއްގައެވެ. ފޯން ބޭއްވިއިރުވެސް ނަވީންގެ އެ ހާލަތަށް ބަދަލެއް ނާދެއެވެ.

އޭނައަށް މިކަމުގައި އިނާ ހޯދަން ކުރެވޭނެ ކަންތައް ނެތީއެއް ނޫނެވެ. އޭނަ ބޮޑަށް އުޅެފިއްޔާ އިނާ އުޅޭތަނަކާއި އެޑްރެހާއި ފޯން ނަންބަރުވެސް ޚާލިދުއަށް ދޭން މަޖްބޫރު ވާނެއެވެ.
އެކަމަކުވެސް  އެއިން އެއްވެސް މަޖްބޫރުކަމެއްނެތި އޭނަ މަޑުކޮށްގެން ހުރީ އިނާ މި ދިޔަ ހަފްތާގައި އަންނާނެ ކަމަށެވެ. އިނާ ކަންތައް ކުރިގޮތުން އޭނައަށްވެސް ހިތްހަމަ ނުޖެހެވުނުލެއް ބޮޑުކަމުން އިނާ އަށް ގުޅައި ނުވަތަ މެއިލް ލިޔެގެން އެ ކަމާއި ބެހޭ ގޮތުން އޭނަވެސް ވާހަކަ ދައްކަން ބޭނުން ނުވީއެވެ.
އޭނަ އިނާ ދެކެ ވީ ލޯތްބާއި ކުރި އިތުބާރު، ހަމަ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފުނޑުކޮށްލާފައި އެގޮތަށް އިނާ ދިއުމުން އޭނަވެސް ހިތްހަމަނުޖެހުނީއެވެ.
އެކަމަކު އެހެން ނުހެދުނު ނަމައެވެ. ފުރަތަމަ ދުވަހުވެސް އިނާ ނެތްކަން އެނގުމާއެކު އިނާ ދިޔަތަނެއް ހޯދައިގެން އިނާގެ ފަހަތުން ދެވުނު ނަމައެވެ. އެހެން ނޫންނަމަ މިއަދު މިހާ ހާސްވެގެން އޭނަ އުޅޭކަށް ނުޖެހޭނެއެވެ.

ޚާލިދުއަށް ގުޅަންވެގެން އެނދުގައި އިށީނދެއިން ނަވީން، މި ޚިޔާލާއެކު އެ އިން ދިމާލުން އެނދުމަތީގައި އޮށޯވެވިއްޖެއެވެ.
އޭނައަށް ޔަގީނެވެ. އިނާ ދުރަކަށް ނުދާނެއެވެ. އިންޑިޔާ އެހެން ނޫނީ ލަންކާ އެހެން ނޫނީ މެލޭޝިޔާގައި އިނާ އުޅޭނެއެވެ. ހޯދާކަށް ދަތިކަމެއް ނުވާނެއެވެ. އެކަމަކު އެހެން އޭނަ ހޯދަން އުޅެފިއްޔާ މީހުންނަށް އެކަން އެނގޭނެއެވެ. އެންމެ ފަސޭހައިން އެ އަޑު އަރާނީ އޭނަގެ މަންމަގެ ކަންފަތަށެވެ. އެއާއެކު ހުރިހާ ގޯހެއްވެސް ވީއެވެ.

ސީލިންގ އާއި ދިމާލަށް ބަލަން އޮތް ނަވީން ކުއްލިއަކަށް ފުންމައިގެން ތެދުވެ އިށީނދެއްޖެއެވެ.

އިނާ ނެތްކަން ޒިޔާދުއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އޭނައާއި ދިމާލަށް މިރޭ ފޯނުން ޒިޔާދު އެހެން ބުނެފިއެވެ. އިނާ އޭނަ ދޫކޮށް އެގޮތަށް ދިޔަކަން ޒިޔާދުއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ ޒިޔާދުއަށް އެނގެންޏާ ލީނާއަށްވެސް އެނގޭނެތާއެވެ. ލީނާއަށް އެނގެންޏާ.......

ލީނާއަށް އެނގެންޏާ މިހާރު އެ ވާހަކަ އޮންނާނީ މަންމަގެ ކަންފަތާއި ހަމައަށްވެސް އައިސްފައި ކަމަށް އޭނަ ގަބޫލުކުރަން ވީ ހެއްޔެވެ؟

އެކަމަކު އެހެން ވެދާނެހެއްޔެވެ.
ޒިޔާދުއަށް އެނގުނުގޮތެއް ބަލަން އޭނަ ބޭނުމެވެ.  އެބެލޭނެ ވަކި މޮޅުގޮތެއްވެސް ނަވީންގެ ވިސްނުމަކަށް ނައެވެ. ގައިމުވެސް ގުޅާފަ ، އިނާ ދިޔަކަން އެނގުނީ ކިހިނެއްތޯއެއް ޒިޔާދު ކައިރިން އޭނައަކަށް ނޭހޭނެއެވެ. އެއީ އޭނަ ކުރާނެ ކަމެއް ނޫނެވެ.

** ** ** ** ** ** ** **
"އަސްލުވެސް ތެދެއްތަ އިއްޔެ ބުނީ...." ޖެހިގެން އައި ދުވަހުގެ ހަވީރު، އިރުއޮއްސެމުން ދިޔައިރު ލީނާމެންގޭގެ  ސިޓިންރޫމްގައި ހުރި ސޯފާއެއްގައި އިން ޒިޔާދުގެ އުރުތެރެއަށް ބޮޑަށް އަދިވެސް ޖެހިލަމުން ލީނާ މިހެން އަހާލީ ވަރަށް ޝައުގާއިއެކުގައެވެ.

"ކޮން ވާހަކައެއް.....؟" ލީނާ އެ ކުރި ސުވާލު ޒިޔާދުއަށް އެހާ ފަސޭހައިން ވިސްނައި ނުގަނެވުނެވެ.
"ބުނީމެއްނު....އެއްކަލަ އިރު ފޯނުން ނަވީން ކައިރީން އެހީމެއްނު އިނާ ދިޔައީހޭ....އަސްލުވެސް އިނާ ނެތްތަ ރަށުގަ؟ ހަމަ އަސްލުވެސް އިނާ ދިޔައީތަ ނަވީން ދޫކޮށްލާފަ؟" ލީނާއަށްޓަކައި އެ ވާހަކަ އަކީ ވަރަށް މުހިއްމު ވާހަކައެކެވެ. ޒިޔާދުއަށް އަންދާޒާ ކުރެވޭވަރަށްވުރެވެސް އެ ވާހަކައިގެ މުހިއްމުކަން ލީނާއަށްޓަކައި ބޮޑެވެ.

"ދެން ޔަގީން ކުރޭ. ރަމީޒު ބުނެފިއެއްޗެއް ނުވާނެ ދޮގަކަށް. އޭނަ މާލޭގައި އުޅޭކަން އެނގުނީމަ ހަމަ ބަލާލަން ބޭނުންވީ އޭނަގެ އަނެއްފަޅި ކޮބައިތޯ. ރަމީޒު އަށް ވަރަށް އަޑިއަޑީގެ މަޢުލޫމާތުތައް އެނގޭނެ. ވަރަށް ކުއްލިއަކަށް ދިޔަ ކޯހަކަށޯ ދިޔައީ. ކުރިން އެއްގޮތަކަށްވެސް ރޭވިފައިވެސް އޮތް ކަމެއް ނޫނޯ އެއީ." އަތުތެރެއަށް ލީނާ ގެނެސް ބޮނޑިކޮށްލަމުން ޒިޔާދު ފަޚުރުވެރި ވިއެވެ.
"އިނާ އެ ވާހަކަ ބުނިހެނެއް އަހަންނަކަށް ހިއެއް ނުވޭ އެކަކު ކައިރިއަކުވެސް. އެހެން ނޫންނަމަ ނަވީންވެސް އަހަންނާ ވާހަކަ ނުދައްކާނެ...." ލީނާ ވިސްނަމުން ބުންޏެވެ.
"އިނާ މަންމައާއި ބައްޕަވެސް އެހެންނެއް ނުތިބޭނެ އެކަން އެނގޭނަމަ.." ލީނާގެ ވާހަކަ ފުރިހަމަކޮށްދިނުމުގެ ގޮތުން ޒިޔާދު ބުންޏެވެ.
އެއާއެކު ދެމީހުންވެސް އެކަކު އަނެކަކަށް ބޯ ޖަހާލިއެވެ. އެ ދެމީހުންގެވެސް ވިސްނުން ރަނގަޅުކަމަށް އެއްބަސްވުމުގެގޮތުންނެވެ.

"އަހަރެން ބުނީމެއްނު އިނާއަކަށް ނުކެރޭނެއޭ އެ ވާހަކަ ދައްކަން. އެހެންވެ އެ ގޭމް ޖައްސާށޭ އަހަރެން ބުނީވެސް. އަހަންނަށްވުރެ ރަނގަޅަށް އޭނަ އެނގޭ މީހަކު ނުހުންނާނެ. " ޒިޔާދު ދިޔައީ އޭނައަށް ކުރެވުނު ކަންތަކަށް ފަޚުރުވެރި ވަމުންނެވެ.
"ތިކަމެއް ނޭނގުނެއްނު. ޒިޔާދު ބުނީމެއްނު އިނާއަކީ ފިނޑިއެކޭ. އަހަރެންނަށް މިހާރު ކުޑަކޮށް އުނދަގޫ އެވާހަކަ ގަބޫލުކުރަން. އަހަރެން އެހާ ބޮޑު ވާހަކައެއް ދެއްކީމަވެސް، އިނާ އެހެރީ ނަވީންއަށް ދޮންކަޅުވެސް ނައަންގާ ފުރައިގެންގޮސްވިއްޔަ. އަޑެއްވެސް ގޮއްވާނުލާ...." ޒިޔާދު ބަލިވެއްޖެކަން އަންގައިދޭކަހަލަ ރާގަކަށް ލީނާ ބުނެލިއެވެ.

"ތި އެއްވެސް ވާހަކައެއް ނޫން. ނިކަން ވިސްނާލަބަލަ. އޭނައަކށް ނުކެރުނެއްނު އެންމެ ކުޑަމިނުން ލީނާ އެ ރަށަށް ގޮސް އެ ގޭގައި ރެޔާއި ދުވާލު އުޅުނުވާހަކަ އެކަކަށްވެސް އަންގާލާކަށް. ޚާލިދުއަށްވެސް ޝީލާއަށްވެސް އެކަން އެނގޭނަމަ އެހެން ތިބޭނެތަ؟ ވިސްނަބަލަ؟" ޒިޔާދުއަށް ވިސްނޭވަރަށް ލީނާއަށް ވިސްނައިދެވޭތޯ ޒިޔާދު މަސައްކަތް ކުރިއެވެ.

"އެހެންވިޔަސް ހެވޭ....ޒިޔާދު ބުނިހެނެއް ނުވިއެއްނު. އަހަރެންވެސް ހީކުރީ އެރެއިން އެރެއަށް އެވާހަކަ ދެކެވޭނެޔޭ. " ލީނާ ރޭވި ރޭވުން އެހާ ކާމިޔާބު ނުވީމަ ލީނާ ހުރީ ކުޑަކޮށް ހިތްހަމަނުޖެހިފައެވެ.

"އެއީ އޭނަގެ ފިނޑިކަމެއްނު. ކެރޭނަމަ ކުރިމަތިލާނެ. ސިއްރު ބޭޒާރު ކުރާނެ." އަމިއްލަ ދިފާޢުގައި ޒިޔާދު ބުންޏެވެ. ޚުދު ތިމާ އެފަދަ ޙާލަތަކަށް އައިސްފިނަމަ ހަދާނެގޮތް ތިމާއަށްވެސް ނޭނގިދާނެއެކޭ ޒިޔާދުގެ ހިތަށްވެސް ނައަރައެވެ.

" ބީރައްޓެހި އަންހެނަކު ގޮސް އަހަރެން ކަލޭގެ ފިރިމީހާގެ ދަރިޔަކަށް ބަނޑުބޮޑޭ ބުނީމަ ހަމަ އަޅާވެސްނުލާ ހުރެވޭނެތަ އަންހެނަކަށް؟ އެހެންވެޖިއްޔާ މާޒީވެދިޔަ ހުރިހާ ތާޜީޚްތަކެއް ޖެހޭނި ބަދަލުކުރަންތާ ދޯ؟" ލީނާގެ ބޮލުގެ އިސްތަށިގަނޑާ ކުޅެމުން ޒިޔާދު ވާހަކަ ދައްކަމުން ދިޔައެވެ. ޒިޔާދު އެ ދައްކާ ވާހަކަ ސަމާލުވެ އަޑުއަހަމުން ދިޔައީ ޓީވީއިން ފެންނަ މަންޒަރުތައްވެސް ބަލަމުންނެވެ.

"އަހަރެންނަމަ ހަމަ ވަގުތުން އެހެން ބުނި އަންހެންކުގެވެސް ދުވަސް ދުއްވާލާނަން." ފޯރިއާއެކު ލީނާ ބުނެލިއެވެ.
"ނަމައެއް ކިޔާނެ ކަމެއް ނެތް. މިހާރު ގަދަކުރިޔަސް ނުހުންނާނެ ހިތްވަރެއް." ލީނާގެ ބޮލުގެ ފުއްކިބައިން އިސްތަށިގަނޑުގައި ހިފައި، ޒިޔާދުއަށް މޫނު ފެންނާނެހެން އުފުލާލަމުން ޒިޔާދު ބުނެލިއެވެ.

ޖަވާބުގައި ލީނާ މޫނު ކުނިކޮށްލިއެވެ. ރުޅިއަކުން ނޫނެވެ. ލޯބިން ކޮށްލި ހަރަކާތެއްގެ ގޮތުންނެވެ.
ބަދިގެ ފަރާތުގައި އެ އުޅޭ އަންހެންކުއްޖާ ފިޔަވާ އެހެން އެއްވެސް މީހަކު ނެތް އެ މިނިވަން މާޙައުލުގައި ޒިޔާދުވެސް އޭނަގެ މޫނު ލީނާގެ މޫނާއި ދިމާލަށް ތިރިކޮށްލިއެވެ. އަބަދުވެސް ހިތްގައިމު އަބަދުވެސް ރީތި އެ މޫނުގެ ކޮންމެ ހަރަކާތަކީވެސް އޭނައަށް ހުރި ހިތްހަމަޖެހުމެކެވެ.
** ** ** ** ** ** ** ** **
ލީނާ އުޅޭ އެޕާރޓްމަންޓްގެ ދޮރު ތަޅުނުލާ ހުރުމުން އެޕާރޓްމަންޓް އިން އެތެރެއަށް ބަޔަކު ވަންކަންވެސް ނޭނގި އެމީހުންގެ އަމިއްލަ ދުނިޔޭގައި، އެމީހުންނަށް ކުރެވުނު މޮޅު ކަންތަކުގެ ވާހަކައިން ހުސް ވަގުތު ފުރާލަން ތިބި ޒިޔާދު އާއި ލީނާއަށް ބަޔަކު އެ އެޕާރޓްމަންޓަށް އައިސް ވަންކަން  ނޭނގުމަށް، އެމީހުން ހުޅުވާފައި ހުރި ޓީވީ ބޮޑު އެހީއެއް ވެދިނެވެ.

އެޕާރޓްމަންޓްގެ ދޮރުގެ އަރިމަތިން ސިޓިންރޫމާއި ހިނގާ ކޮރިޑޯރ ވަކިކުރަން ޖަހާފައިވާ ލަކުޑީގެ ގޮޅިޖެހި ޕާރޓިޝަންކައިރީ، ނަވީން އާއި ނަވީންގެ ބައްޕަ އަލިމަނިކު ހުންނަތާ އިރުކޮޅެއް ވެއްޖެއެވެ. ރަމީޒު ބުނެފި އެއްޗެއް ދޮގަކަށް ނުވާނެޔޭ ބުނި ހިސާބުން ފެށިގެން ދެން ދެކެވުނުހާ ވާހަކައެއް އަޑުއަހަން ތިބި ނަވީން އާއި ނަވީންގެ ބައްޕަ ބަސްހުސްވެފައި ތިބެން ޖެހުނީ އެ ވާހަކައަކީ އިނާއާއި ގުޅުމެއްހުރި ވާހަކައެއްކަން އެނގުމުންނެވެ.

ފުރަތަމަ ވަގުތުވެސް އެ ވާހަކައާއި ބެހޭ ގޮތުން ސުވާލުކުރަން ހިނގައިގަންނަން ނަވީން އުޅުނެވެ. ނަމަވެސް ނަވީން ހުއްޓުވީ އޭނަގެ ދުރުވިސްނޭ ބައްޕަ އަލިމަނިކުއެވެ. ޚާލިދުގެ ފަރާތުން ހުރިހާ ވާހަކައެއް އެނގިފައި އޮތުމުން، ޒިޔާދުމެން ދައްކަމުން ދިޔަ ވާހަކައިގެ ދެން އަންނަ ބައިތަކުގަ ދައްކާނީ ކޮން ވާހަކައެއްކަން އަލިމަނިކުއަށް ރަނގަޅަށް އެނގޭތީއެވެ. މީހަކު ބުނެގެން ނަވީނަށް އެނގުމުގެ ބަދަލުގަ އެކަން ކުރި ދެމީހުންގެ އަނގައިން އެ ވާހަކަ ދައްކާ އަޑު ނަވީނަށް އިވުން ވަރަށް މުހިއްމުކަމަށް އަލިމަނިކުއަށް މާ ކުރިން ގަބޫލުކުރެވިފައި އޮވެމެ، އެގެއަށް އާދެވުނުއިރު އެ ވާހަކަ ދެކެވޭ އަޑު އިވުމަކީ އިއްތިފާގަކަށްވުމަށްވުރެ ބޮޑަށް އަލިމަނިކުއަށް ވީ އެއީ ރަހްމަތެއް ކަމަށެވެ.


********* (ނުނިމޭ)**********

29 comments:

  1. vvvvv interesting, plx upload next part soon, hardly waiting

    ReplyDelete
  2. wow...hama bunaane ehchhevES neygifa mi innanee...sofa, simply ur the best...my 1st comment to this story, plx upload the next part ASP...

    ReplyDelete
  3. vv salhi ingey mi part sofaa.aneh bayah hama inthizaaru kurevey eba,hithah aranee naveen dhaagothahgos leena moonumathy thappalheh alhaalaanee ey,salhivaane

    ReplyDelete
  4. oww cant even wait...kitahmme dhuvaheh thi leenaa yah landeh nulibigen deravefa hunnathaaa,,...hope next part ves varah avahah kiyaalan libeyne kamah....dhuvas viyas foohi nuvi vaahakaeh

    ReplyDelete
  5. hey aneh bai when when ?? please reply.....pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls

    ReplyDelete
  6. Alhe softeeez......varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah OBINESS...aneh bai miadhu genesdheebala...pleeeeese.hardly can wait (sithoo)

    ReplyDelete
  7. alhe Sofaa... kon kahala hiydhathi hisaabakun thi ninmaaalyyy? muraasil in kury dhe bai kiyaafa commenteh nukurevunu.. ekamu mithanga kohlaanan... dhen bust kohlabala! Najma ashaa Lyna adhi Ziyad ah vaane rangalhu landeh dheyn... hykurytha ekahala nubai hadhaafa ehen thibevidhane kamah? dho? salhi ingey... dhen kihineh tha navyn hadhaany? curious... waiting for the next update, and good luck!

    ReplyDelete
  8. Shaxx : I hate That LeEnaa Pateyl :@....Soff nikAn ragaLhu ladEh e leenAa ah dhehcheY....about the Story....i Love iT....varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah ves salhi ingey story ah thigenai TWisT.....hieh nukuran navEenekey ethAanga Adu ahAn hunNNaanee aKee eH......Soff.. for me always ur the bestest story writer....God bless you soff....wish you all the best.....Lottttsss lotttsss lotsssss of Luvsss n Hugsssss :X Chummmixxxx......

    ReplyDelete
  9. vvvvvvvvvv nice... thanks for uploading fast...waiting..waiting...wat will hapn next

    ReplyDelete
  10. vara salhi habasssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssss......interesting.....waiting waiting 4 the next part.

    ReplyDelete
  11. Mee thutthu:

    Fathihuge thariyaaaa...enburi ai kamattakai ufaakoh maruhabaa kiyamu.
    Varah furihama vaahaka akah nimun anna kamugge hilan vamun dheyey bunamu aneh bayah inthizaaru kramun vakivelan.wassalaam.kommeyakas v.furihama

    ReplyDelete
  12. Sifath:ziyaadh andhaalaa. leenaa maraalaa. fani hediyas bodu varu dhen leena.fooohi anheneh.sofa,pls aneh bai avahah genesdheebala

    ReplyDelete
  13. O
    m
    g


    what a grt story.cant wait to see the next part.when wil u bring fathisthari? am waiting

    ReplyDelete
  14. Leena ah naveen hadhaanee kihinebbaa? Ziyaadh..u should be ashamed of urself. mi faharu hey aruvaalaathi sofa.kulhi dhakkaalaathi. inaa ves avahah genuvaaa...aneh bai avahah gennacchey sofaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

    ReplyDelete
  15. v.salhi
    thanx sofaa

    ReplyDelete
  16. Someone who loves you:

    WOW....
    Its geting better and better by every episode. U r too briliant.jUST GRT hama. very interesting.Keep on doing grt.Lov u

    ReplyDelete
  17. Thittha.

    Alheeeeyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy ..dhen kihineh baa vaanee.v.furihama sofa.v.best. mi bai naisgen ulheythaa kihaa dhuvaheh.aneh bai avas kollacchey

    ReplyDelete
  18. Leelaa: Oh...cant wait.pls post thenext part tonight. plsplsplsplspsplspslspslspspslslspspslsl.just excellent.

    ReplyDelete
  19. SheelaL

    Very interesting.avahah aneh bai gensdhecche.am waiting

    ReplyDelete
  20. mariyam : ouch!!! soo busted.. thxn sofa darl.. varah haaluga indhe mi part mi kiyaalee.. wow hama wow ..

    ReplyDelete
  21. To:
    Sheela/Mariyam/Leela/Thittha/Someone who loves you/Mee thuthu/Shaxxx/Sithoo and all the anonymous commenters:

    Thank you all particularly and thank you all the readers. Knowing how my readers think is giving me a wonderful help to keep on writing.Thanks. Will try my best to bring the story much more interestingly.

    ReplyDelete
  22. shiya : thiyaeee efadha ehnuvaaa molhu liyuntherieh, abaduves thiyafadha molhu visnun dhevvaasi.

    ReplyDelete
  23. Leela:

    Softey.....aneh bai kobaaaa.........mihaaru inthizaaru koh koh varubalivejje. avahah genesdheebala.

    ReplyDelete
  24. When r u gona upload next part.am vaiting desperately

    ReplyDelete
  25. Soffffffffffffffffffffffffffffff. when next part?

    ReplyDelete
  26. Ayya:

    wow.just superb. varah varah varah varah varah varah molhu liuntheriyeh theee.gina ginain mi kahala vaahakathah genesdhecchey.

    ReplyDelete
  27. I'm Fahy
    sofa, plx make it quick, waiting waiting, i check this in every hr

    ReplyDelete
  28. hama obinesss inge..

    ReplyDelete