ނަވީންއަށް ގޮސް އިނާގެ ގައިގައި ހިފުނުއިރު ހުރިހާ
ކަމެއްވެސް ވެނިމިއްޖެފަދައެވެ. މިވީ
ކިއްކަންވެސް ވިސްނާލަން ވަގުތެއް ނުލިބުނެވެ. އޭނައަށް
ސަމާލުވެވުނުއިރު، އޭނަގެ އަތުތެރޭގައި ހުރި އިނާ ކޮށިކެއްސުމަކުން ކެއްސަނީއެވެ. ނޭވާލާން އުނދަގޫވެގެން
އުޅޭ ފާޑަކަށެވެ. ގޮސް ހިފުނީ އިނާގެ ފުރަގަހުން
ކަމަށްވެފައި، ހުރެވުނުގޮތުން އޭނައަކަށް އިނާގެ މޫނެއް ނުފެނެއެވެ. އެހެންކަމުން، ކަކޫމައްޗަށް ތިރިވެ އިނާ ބިންމަތީގައި ބައިންދަން މަސައްކަތް ކުރަމުން ނަވީން ބެލީ
އިނާގެ މޫނު ފެނޭތޯއެވެ.
އިނާގެ މޫނު ފެނުމާއެކު......
އިނާގެ މޫނު ފެނުމާއެކު ނަވީންގެ ހޭބުއްދި ފިލާދިޔަ ކަހަލައެވެ. މިކްސްޗަރު ތަޅައިގެން ދިޔައިރު ފުނޑުފުނޑުވެގެން އެކި ދިމަދިމާލަށް ބުރައިގެން ދިޔަ ބިއްލޫރިތަކުތެރެއިން ފުދޭވަރެއްގެ ބޮޑު ބިއްލޫރިގަނޑެއް ވަދެ އެހެރީ އިނާގެ ވައަތު ކޮނޑުކައިރިން ކަރަށެވެ. ދުނިޖަހާފައި އެތަނުން ލޭތައް ފައިބައެވެ.
ދިލްމާއާއި ނަވީންއަށް މި މަންޒަރު ފެނުނީ އެކުއެކީގައެވެ.
"ޝީލާ ދައްތާ.........!!!" އަޑުގެ ނެތްތަނަށް ރޮއިގަންނަމުން ދިލްމާއަށް ގޮވާލެވުނެވެ.
ނަވީންއަށް ކުރެވުނީ މުޅީން އެހެން ކަމެކެވެ. އިނާގެ ކަނދުރާއަށް ހެރިފައި ހުރި ބިއްލޫރިގަނޑު ނަވީނަށް ދަމައިގަނެވުނީއެވެ. އިނާއަށް ލިބެމުންދާ ވޭނުން ކުރުކޮށްދިނުމަށްޓަކައި އޭނައަށް ކުރެވެން އޮތް ކަމެއް އޭނަ ކުރީއެވެ.
ނަމަވެސް................
ރަނގަޅު ވިސްނުމެއް ހުރި އެއްވެސް މީހަކު އެވަގުތު އެކަމެއް ނުކުރާނެކަން ޔަގީނެވެ. އެ ބިއްލޫރިގަނޑު ދަމައިގަތުމުން، އެތަނުން ލޭ ފައިބަން ފެށީ ކުރިއަށްވުރެ ދިހަގުނަ ގިނައިން އެއަށްވުރެ އަވަސް ސްޕީޑެއްގައެވެ. ގަތް ބިރެއްގެ ބޮޑުކަމުން ނަވީންއަށް އިނާގެ ޒަޚަމްގައި އަތް އަޅާފައި އޮތްބާލެވުނީ ވަރަށް ބާރަށެވެ.
"އަވަހަށް ފޮތިގަނޑެއް....." އަންނަނީ ކާކުތޯއެއް ނުވަތަ ގޮވީ ކާކަށްތޯ ބަލަންވެސް ވަގުތެއް ބޭކާރުނުކޮށް ދިލްމާ ގާތުން ނަވީން އެދުނެވެ.
ދިލްމާވެސް އަވަސް އަވަހަށް އެންމެ ކައިރިން ފެންނަން އޮތް ފޮތިގަނޑު ދިއްކޮށްލިއެވެ. އެއީ އަތްދޮވެގެން އަތް ފޮހެން ބޭނުންކުރަން އަޅުވާފައި އޮންނަ އެކަމަށް ޚާއްޞަ ތުވާލިވައްތަރުގެ އެއްޗެކެވެ. ނަމަވެސް އެއްޗަކީ ކޯޗެއްތޯ ބަލާކަށް އެއިން އެކަކުގެވެސް ހެއެއް މިވަގުތަކު ނެތެވެ. ނަވީން އަތް އަޅައިގެން ހުންނައިރުވެސް، ބިއްލޫރިގަނޑު ވަންދިމާލުން އިނާގެ ކަރުދަށުން ލޭތައް ފައިބަނީ ބޮކި ޖަހާފައެވެ.
އިނާގެ ހިތް ބިރުގަނެ ހާސްވަމުން ދިޔައެވެ. އިނާގެ ހަރަކާތްތަކުން އެކަން ސާބިތުވަމުން ދިޔައެވެ.
ދިލްމާގެ ރުއިމުގެ އަޑަށް ދުވެފައި އައީ ޝީލާ އެކަންޏެއް ނޫންވެ. ޝީލާގެ ފަހަތުން އެހެން އެންމެންވެސް އައެވެ.
"މަގޭ ދަރި........ކިހިނެއްވީ.....އަޅެ ޚާލިދު ....." ޝީލާއަށް އައިސް ބަދިގެއަށް ވަދެވުމާއެކު ރޮއިގަނެވިއްޖެއެވެ.
ދެކަކޫ ޖަހައިގެން އިން ނަވީންއާއި ނަވީންގެ އަތުތެރޭގައި ހިފެހެއްޓިފައި އޮތް އިނާ ފެނުމުން ދުވެފައި ގޮސް އިނާގެ ގައިގަ އެތަން މިތަނުގައި ފިރުމަމުން ބަލަން ފެށިއެވެ. އިނާގެ ކަރުދަށުން ފައިބަމުން ދިޔަ ލޭތަކުން އިނާގެ މެއާއި އަދި ތިބި ދިމާލުން ބިންމަތިވެސް ވަނީ ކުލަ ހިފާފައެވެ. ޝީލާގެ ބޮލަށް އެނބުރުން އެރިއެވެ. އެހީއަކަށް އެދި ގޮވުނީ އެންމެ ކައިރީގައި ހުރި އޭނަގެ ފިރިމީހާއަށެވެ.
ޚާލިދު އަކީ އޮޕަރޭޝަން ޑޮކްޓަރެއް ކަމަކު އަމިއްލަ ދަރިފުޅުގެ ގައިން އެހާ ގިނަ ލޭ ފައިބަމުން ދިޔަތަން ފެނިފައި ހިތުގައި ބިރެއް ހިނގައިފިއެވެ. އިނާ ކައިރިން ބިންމަތީގައި އޮތް، އެއް އިންޗީގެ ބޯމިން ހުރި ބިއްލޫރިގަނޑާއި، އިނާގެ ކަނދުރާއިން ފައިބަމުން ދާ ލޭތަކުން، ވެގެން މިއުޅެނީ ކިހިނެއްކަން، މީހެއްގެ ބުނުމަކާ ނުލާވެސް ޚާލިދުއަށް އެނގިލައްވައިފިއެވެ.
އެ ބިއްލޫރިގަނޑު ވަދެފައި ހުރި ދިމާލުން އެތެރެ ހުންނާނެ ގޮތް ޚާލިދުއަށް ހިތުދަސް މަންޒަރެއްހެން އެނގޭތީ، އެއީ ކިހާ ބޮޑު ނުރައްކަލެއްކަން އެނގެނީ ޚާލިދު އަށެވެ.
"ނިކަން އަވަހަށް ކާރު ނެރެން ބުނެބަލަ ޒާހިރު ކައިރީ. އަވަސް........" އިތުރު ވާހަކައެއް ދެއްކުމަކާވެސް ނުލާ ޚާލިދު އެދުނީ މިކަމަށެވެ. ބަލާކަށް ނުހުރެ އެކަމާއިގެން އުޅެގަތީ ނިޒާރެވެ. އެމީހުންގެ އެރޭގެ މެހްމާނެވެ.
** ** ** ** ** ** ** ** ** **
ޒާހިރު ގޮސް ހޮސްޕިޓަލްގެ ގޯތިތެރެއަށް ކާރު މަޑުކުރުމާއެކު އިނާ އަތުލަފިކޮށްގެން ޚާލިދު ކާރުންފައިބަން ފެށިއެވެ. އިމަރޖެންސީ ރޫމަކީ އެ ހޮސްޕިޓަލްގެ އެންމެ ފުރަތަމަ ކޮޓަރިއަށްވުން އެއީ ނަސީބެކެވެ. ތަނުގެ މެނޭޖްމަންޓުން ކޮށްފައި ހުރި ވިސްނުންތެރި ކަމެކެވެ. ނަވީންއާއި ޝީލާގެ އިތުރުން ހޮސްޕިޓަލުގެ މަސައްކަތު ދެމީހެއްގެ އެހީއާއެކު އެމަރޖެންސީ ރޫމަށް އިނާ ވައްދައިފިއެވެ.
"ކިހިނެއްތޯ ވީ..............؟؟" އިމަރޖެންސީ ރޫމަށް އިނާއާއެކު ވަން ޝީލާއަށް އެތާ ނުހުރެވިގެން ނުކުމެލި ވަގުތު އެތާ ބޭރުގައި ހުރި މީހަކު މިހެން އަހާލުމުން ޝީލާ ބަލާލިއިރު އެއީ އޭނަ ދަންނަ މީހެއްވެސް ނޫނެވެ. ދެން ބަލާލެވުނީ އޭނަގެ އަމިއްލަ ހެދުމަށެވެ.
ޝީލާގެ ހެދުމާއި ދެއަތުގެ އެތަން މިތަނުގައި ހޭކިފައި ހުރި ލޭ ފެނުމުން ނުދަންނަ މީހަކުވިޔަސް އެހެން އަހާނެކަން ގައިމެވެ. އެހާވެސް ގިނައިން އޭނަގެ ހެދުމުގައިވެސް ލޭ އެބަހުއްޓެވެ.
"ދަރިފުޅުގެ ކަރަށް ބިއްލޫރިގަނޑެއް ހެރިގެން ލޭ އަންނަނީ........." އެ ނުދަންނަ ޒުވާނާއަށް ޖަވާބުދިނުމުގެ ގޮތުން ޝީލާ ކުރުގޮތަކަށް ބުނެލިއެވެ.
"މިތާ އިހަށް އިށީންނަވާ..........." ކައިރީގައި ހުރި ގޮނޑިބަރިއަށް އިޝާރާތް ކުރަމުން އޯގާތެރިކަމާއެކު އެ ޒުވާނާ ތަން ދެއްކިއެވެ. އިތުރު ސުވާލެއް ނުކުރީ ވިސްނުން ރަނގަޅު މީހަކަށްވުމުންކަމުގައި ޝީލާއަށް ގަބޫލު ކުރެވުނެވެ.
އިމަޖެންސީ ރޫމަށް އިނާ ވެއްދިތާ މާގިނައިރެއް ނުވެއެވެ. ޝީލާއަށް ފެނުނީ ދެ ތިން ޑޮކްޓަރަކު ވަރަށް ބާރުބާރަށް ހިނގާލާފައި ގޮސް އެތަނަށް ވަން ތަނެވެ. ފަހަތުން ގޮސް ދެތިން ނަރުހަކުވެސް ވަނެވެ. ޝީލާގެ މެއަށް ފިނިވަމުން ދިޔައެވެ.
"ކިހިނެއް ހަދަނީ މިހާރު......." ޑޮކްޓަރުންނާއި ނަރުހުން ގޮސް ވަންތާ މާގިނައިރެއް ނުވެ ނަވީން ނުކުތްތަން ފެނުމުން އަވަސް އަވަހަށް ޝީލާއަށް އަހާލެވުނެވެ.
"އެތަން ފަހަން ވެގެން އުޅެނީ.....ނިދާ އިންޖެކްޝަނެއް ޖަހައިފި މިހާރު......" ނަވީން ކިޔައިދިނެވެ.
"ނިދާ އިންޖެކްޝަނެއް ކީއްކުރަން ޖަހަނީ....ޚާލިދު ކޮބާ.....ޚާލިދުއަށް ގޮވާބަލަ...." ޝީލާގެ ހިތް ވަނީ ވަރަށް ބޮޑަށް ބިރުގެންފައިކަން ޔަގީނެވެ.
"އެއީ އެއްވެސްކަމެއްނޫނޭ....ޚާލިދު ނުކުންނަވާނެ އިރުކޮޅަކުން....ފަހަން ގެންދަނީ އެކޮޅަށް.....މިހާރު އޮތީ ލޭމަނާކޮށްފަ....ދައްތަ އިހަށް އިށީނދެލާ......" ޝީލާ ކަންބޮޑުވެފައިވާވަރު ފެނުމުން ޝީލާގެ ދެކޮނޑުގައި ހިފައި ގޮނޑީގައި ބައިންދަމުން ނަވީން ވިސްނައި ދިނެވެ.
ނަވީން ބުނީ ތެދެކެވެ. މާގިނައިރެއް ނުވެ އިމަޖެންސީ ރޫމް ކައިރިއަށް ބަލިމީހުން އުފުލާކަހަލަ އެނދެއް ގެނެއްސިއެވެ. އެ އެނދު ގެނައި މަސައްކަތު ދެމީހުން މަޑުކޮށްލައިގެން ތިބީ އެތެރެއިން ލިބޭނެ އިޝާރާތަކަށް ކަހަލައެވެ. ނަރުހަކު ނުކުމެ ބުނެލި އެއްޗަކަށް އެ ދެމީހުންވެގެން އެމަރޖެންސީ ކޮޓަރިއަށް އެނދުވައްދައިފިއެވެ.
ހިނދުކޮޅެއްގެ ތެރޭގައި އެ އެނދު އިމަޖެންސީ ކޮޓަރިން ނެރުނު އިރު ހުދުފޮތިގަނޑަކުން ގައިމަތި ނިވާކޮށްފައި އޮތް އިނާ އޮތީ އެ އެނދުގައެވެ. ކަރުގެ ވަށައިގެން އެއްޗިހިތަކެއް އޮޅާ ލޭމަނާކޮށްފައި ވެއެވެ. ނަމަވެސް އިނާ އޮތް ދިމާލުން އެނދުގައިވެސް ހުސް ލެއެވެ. އިނާގެ އެނދު ނެރުމުން އެ އެނދުގެ ފަހަތުން ނިކުތް ޚާލިދު އާއެކު ނަވީން އާއި ޝީލާއަށްވެސް ހިނގައިގަނެވުނެވެ.
އަވަސް އަވަސް ހަރަކާތްތަކަކާއެކު ކުރިމަތިން ފެންނަ މަންޒަރުތައް ބަލަން އެކި ދިމަދިމާލުން މީހުން ކަރުދިގުކުރަމުން ދިޔައެވެ. އޭގެ ތެރޭގައި ޝީލާ ކައިރިން ވީ ކީއްތޯ އެހި ޒުވާނާވެސް ހުއްޓެވެ. އިށީނދެ އިން ގޮނޑިން ތެދުވެ ބަލަހައްޓައިގެން އޭނަވެސް ހުއްޓެވެ.
"އިނާއަށް ކިހިނެއްވީ ޚާލިދު....ކީކޯ ޑޮކްޓަރުން ބުނީ...." ޚާލިދު ނިކުމޭތޯ ބަލަބަލާ ހުރި ޝީލާއަށް ޚާލިދު ފެނުމާއެކު ގޮސް އަތުގައި ހިފައިގެން އެމީހުންގެ ދަރިފުޅުގެ ހާލާއި ބެހޭ ގޮތުން ސުވާލުތައް ކުރަން ފެށިއެވެ.
"ފަހަން ޖެހެނީ.....އެތެރެއިންވެސް ފަހަންޖެހޭހެން ހީވަނީ.....އެހެންވެ....." އޭނަގެ އަތުގައި ޝީލާ ހިފާފައި ހުއިއިރުވެސް ހިނގަމުން ކުރިއަށް ދިޔަ ޚާލިދު ކިޔައިދިނެވެ. ޝީލާ ދައްކާ ވާހަކަ އަޑުއިވުނެއް ކަމަކު އޭނަގެ ސިކުނޑީގައި ހިނގަމުން ދަނީ އިނާއަށް ދިމާވެދާނެ ނުރައްކަލަކާ ދޭތެރޭ ވިސްނޭ ވިސްނުން ތަކެކެވެ. އިމަރޖެންސީ ރޫމްތެރޭގައި ކުރެވުނު ބަހުސްތަކުގެ ޚިޔާލެވެ.
"ރަނގަޅުވާނެ ދޯ އިނާ....ޚާލިދު.....؟؟" ޝީލާގެ ހިތް ބިރުގެންފައިވާވަރުން އަމިއްލަ ހިތް އެދޭގޮތުގެ ޔަގީންކަން ހޯދަން ޚާލިދު ކައިރިން ތަކުރާރުކޮށް އެހުނެވެ. ޚާލިދުއަށް އޭނަގެ ލޯބިވާ އަނބިމީހާގެ މޫނަށް ބަލާލެވުނީ އެވަގުތުއެވެ.
"އާނ.....އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ....މިތާ މަޑުކޮށްލާ....ނަވީން....ދައްތަކައިރީ މަޑުކޮށްލަދެއްޗޭ...." ޝީލާގެ ކަންބޮޑުވުން ޚާލިދަށް އަދި އެ ފާހަގަ ކުރެވުނީއެވެ. ޝީލާގެ ކޮނޑުގައި ފިރުމަމުން އިނާ ރަނގަޅުވާނެކަމަށް ބުނެފައި އޮޕަރޭޝަން ތިއޭޓަރުކައިރީ ބޭރުގައި ހުރި ގޮނޑިއެއްގައި ޝީލާ ބައިންދާފައި އޯގާތެރިކަމާއެކު ހިތްވަރު ދީފައި ޚާލިދު ދިޔައީއެވެ. ޝީލާއަށް ސަމާލުވުމަށް ނަވީންއަށް އިޝާރާތް ކޮށްފައެވެ.
އިނާގެ އެނދު އެ ގެންދިޔަ ގޮތަށް ގޮސް ވެއްދީ އޮޕަރޭޝަން ތިއޭޓަރަށެވެ. ވަދެވުނީ ޚާލިދުއަށް އެކަނި ކަމުން މިފަހަރުވެސް ނަވީން އާއި ޝީލާއަށް ޖެހުނީ ބިރުގެންފައިވާ ހިތަކާއި އެކު ބެރުގައި މަޑުކޮށްލާށެވެ. ހިތުގެ އަޑިން ދުޢާ ކޮށްލަކޮށްލާ ތިބެވުނީ އިނާގެ ފުރާނަ ސަލާމަތް ކުރައްވާތޯއެވެ. މިހާރު ވެފައިވާ ގެއްލުމަށްވުރެ ބޮޑު ގެއްލުމެއް ކުރިމަތިނުކުރައްވާތޯއެވެ.
ފަސްވަރަކަށް މިނެޓް ވެސް ވެގެން ދިޔައީ ފަސް ގަޑިއިރު ކަމަށެވެ. އެހާވެސް ވަގުތު ދިގެވެ. އެތެރެއަށް ވަން ޚާލިދުގެ ޚަބަރެއް ނުވުމުން އެންމެންވެސް ތިބީ ކަންބޮޑުވެފައެވެ. ޚާލިދު އަކީ ޑޮކްޓަރެއް ކަމަކު އަމިއްލަ ދަރިއަކުގެ އޮޕަރޭޝަނެއްގައި އެތާގައި ޚާލިދު ނުބަހައްޓާނެކަން އެދެމީހުންނަށްވެސް އެނގެއެވެ. އެހެންކަމުން ޚާލިދު ނުނުކުމެ އެ ހޭދަވާ ކޮންމެ މިނެޓަކީ އިނާއާއި ދޭތެރޭ ގޮތް ނިންމަން ނޭނގިގެން އެމީހުން ހޭދަކުރާ ވަގުތެއްކަމުގައި ނޫނީ ނުވާނެކަމަށް އެދެމީހުންގެ ހިތަށްވެސް އަރަމުން ދިޔައެވެ.
ކުއްލިއަކަށް ފޯން ރިންގުވާން ފެށިއެވެ. ޝީލާގެ ފޯނެވެ.
"ޚާލިދު ކަންނޭނގެ......." އަމިއްލަ އަމިއްލައަށް މިހެން ބުނެލާފައި ޝީލާ ފޯން ނަގައިފިއެވެ. ނަމަވެސް ފޯން އަށް ޖަވާބު ދިނުމުގެ ކުރިން އެ ގުޅަނީ ކާކުކަން އެނގުމުން ޝީލާގެ މޫނުމަތިން ކަންބޮޑުވުން ފާޅުވެގެން ދިޔައެވެ.
ސުވާލުގެ ބެލުމަކުން ނަވީން ބަލާލިއެވެ.
"ޒިޔާދު އެގުޅަނީ.....އަހަންނަކަށް ނޭނގެ މި ފޯނަށް ދޭނެ ޖަވާބެއް......" ލިބިފައިވާ ހާސްކަމުގެ ތެރެއަށް ޒިޔާދުގެ ފޯން އައުމުން ގަސްދަކާ ނުލާ ޝީލާއަށް އޭނަގެ ފޯން ދެވުނީ ނަވީންގެ އަތަށެވެ. އަދި ގޮނޑިން ތެދުވެގެން ދުރަށްވެސް ޝީލާ ދިޔައީއެވެ.
ނަވީންއަކަށް ހަދާނެ އެއްޗެއް ނޭނގެއެވެ. ފޯން ރިންގު ވަނީއެވެ.
ޝީލާ ހުރީ ގޮސް މާ ދުރުގައެވެ. ހަދަންވީ ގޮތެއް ނޭނގިފައެވެ.
"ހަލޯވ.....ޒިޔާދު...." ނަވީން އެންމެ ފަހުން އެ ފޯނަށް ޖަވާބު ދިނީއެވެ. ތިންވަރަކަށް ފޫޓް ދުރުގައި ހުރި ޝީލާއަށް މި އަޑު އިވުނެވެ. ނަމަވެސް އެއީ މައްސަލައަކަށް ވެދާނެ ކަމަކަށް މި ގަޑިއަކު ޝީލާއަކަށް ނުވިސްނޭނެއެވެ.
"މިއީ ނަވީން..........އިނާ ....ވަރަށް ކުއްލި އެކްސިޑެންޓެއް އިނާ ވެގެން ހޮސްޕިޓަލަށް ގެނެސްގެން މި އުޅެނީ." ވެގެން އުޅޭ ގޮތް ނަވީން ކިޔާދޭން ފެށިއެވެ.
"އިނާއަށް ކިހިނެއްވީ؟" ޒިޔާދުގެ ސުވާލަކީވެސް އެއީއެވެ.
"އިނާ.........މިކްސްޗަރު ނަގަނިކޮށް ތަޅައިގެން ގޮސް ބިއްލޫރިގަނޑެއް ކަރުދަށަށް ހެރިގެން...." އޭނަގެ ސަބަބުން ވީ ކަމެކޭ ޒިޔާދު ކައިރީ ބުނާނެ ހިތްވަރެއް ނަވީންއަކަށް ނުލިބުނެވެ.
"ކޮބާ ދައްތަ.............؟" އިނާއަށް ލިބުނު ގެއްލުމުގެ ވާހަކައާއި ބެހޭ ގޮތުން ސުވާލު ކުރުމުގެ ބަދަލުގައި ޒިޔާދު ކުރީ މި ސުވާލެވެ.
"އެބައުޅޭ.....އެކަމަކު ދައްތަ މިގަޑީގަ ވަރަށް ކަންބޮޑުވެފަ ހުރީ. " އިނާއާއި ދޭތެރޭގައި ޒިޔާދުގެ މާ ބޮޑު ސަމާލުކަމެއް ނެތުމުން އެކަމާ ވިސްނާލެވުނު ނަމަވެސް އެހެން އެހޭކަށް ނަވީނަށް ނޯންނާނެތީ ޒިޔާދު ކުރި ސުވާލަކަށް ވިއްޔާ ނަވީންވެސް ދިޔައީ ޖަވާބު ދެމުންނެވެ.
"ދައްތަ ހުރެގެން ދައްތަ ތަ ތި ފޯން ދިނީ" ޒިޔާދުގެ ސުވާލުތައް ވަރަށް ގިނައެވެ.
"ދޭކަށް ދިނީކީ ނޫންކަންނޭނގެ. ޒިޔާދުއަށް މި ވާހަކަ އެނގެން ޖެހޭނެހެން ހީވާތީ ފޯން ނެގީ." ޒިޔާދު ޖައްސަން ފެށި މައްސަލަ ތަކަކުން ނަވީންއަށް އުނދަގޫ ވިއެވެ. އެހެންކަމުން ވާހަކަ ދެއްކުނީވެސް ފާޑަކަށެވެ.
"މިހާރު އިނާ ކޮބާ.........ބޭބެ ކޮބާ....؟" ޒިޔާދު ހީވަނީ ގޭގައި ގެންގުޅޭ ނޯކަރަކާ ސުވާލު ކުރާހެންނެވެ.
"އޮޕަރޭޝަން ތިއޭޓަރުގަ ވީ......ޚާލިދު އެބަހުންނެވި އެތެރޭގަ." ނަވީންއަށް ޒިޔާދު ދެކެ ފޫހި ވެވުނެވެ.
"ފޯން ދީބަލަ ދައްތަ އަތަށް....." ޝީލާ އެ ފޯނަށް ޖަވާބު ނުދިނުމުން އޭގެއިންވެސް މާނައެއް ކުރާކަށް ޒިޔާދުއަށް ނޭނގުނު ކަހަލައެވެ. ނަމަވެސް އިތުރު އެއްޗެއް އެކަމާއި ބެހޭ ގޮތުން އޭނަ ބުނުން ރަނގަޅުހެނެއް ހިއެއް ނުވާތީ ނަވީން ފޯން ހިފައިގެން ގޮސް ޝީލާއަތަށް ދިއްކޮށްލިއެވެ. ނަމަވެސް ފޯން އަތުލުމުގެ ބަދަލުގައި ދެންވެސް ޝީލާ ހުރީއެވެ. ފޯނަށް ޖަވާބު ދިނީ އިރުކޮޅަކުންނެވެ.
"އިނާ ފޯނަށް ގުޅާ ގުޅާ ނުނެގީމަ ދައްތަގެ ފޯނަށް މިގުޅީ. ނަވީން ބުނެފި ވީ ގޮތް." ޝީލާ ހަލޯވ އޭ ގޮވާލުމުން ޒިޔާދު ކިޔައިދޭން ފެށިއެވެ.
"ޒިޔާދުއަށް ނުވެސް އާދެވޭނެދޯ. އިއްޔެ ވިއްޔާ ދިޔައީ. ކިހާ ދެރަ. ޒިޔާދު ހުރިނަމަވެސް އިނާއަށް ހިތްވަރެއް ލިބުނީސް." ޝީލާގެ ކަންބޮޑުވުން ހުރީ މުޅިންވެސް އިނާއާއި ދޭތެރޭގައެވެ.
"މިހާވަރުން މިގުޅީވެސް އެހެންވެ. މިހާރު މިހިރީ އެއަރޕޯރޓްގަ ލަންކާއަށް ފުރަންވެގެން. ވަރަށް އިމަޖެންސީކަމެއް ޖެހިގެން ހަމަ ކުއްލިއަކަށް ފުރަންޖެހުނީ. ޒިޔާދުގެ ވާހަކައިގެ ހަގީގަތެއް އަޑުއަހާ މީހަކަށް ނޭނގޭނެއެވެ. ނަމަވެސް ޒިޔާދު ދެއްކި ވާހަކައިގެ ބަސްމަގާއި ރާގުގައި ވަނީ ސީރިއަސް ގޮތެވެ.
"އެހެންތަ ކިހާ ދެރަ.......... ދައްތަމެނަށް އެނގޭ ޒިޔާދުއަށް އާދެވޭނެނަމަ އިނާކައިރިއަށް ޒިޔާދު އަންނާނެކަން. ކަންބޮޑުނުވޭ. ދައްތަމެން މިތިބީ އިނާ ކައިރީ. އިރާދަކުރެއްވިއްޔާ އިތުރު ގޯހެއް ނުވާނެ." މިހުރިހާއިރު އަމިއްލަ ހިތަށް ވިސްނައިދެމުން ދިޔަ ގޮތަށް ޒިޔާދުއަށްވެސް ޝީލާ ބުނެދިނެވެ.
"މާދަން ހަވީރު އާދެވޭނެ. އަންނަގޮތަށް ފުރާނީ ތިކޮޅަށް. އިނާއަށް އަޅުގަނޑުގެ ސަލާމް ބުނެދޭތި. މި ދަތުރު ނުގޮސް ވާނެ އެއްވެސް ގޮތެއް އޮތްނަމަ އެކަމެއް އަޅުގަނޑު ކުރާނަން. އެކަމަކު ހަމަ...." ވާހަކައިގެ ކުރިން ބުނިބައި ބުނިއިރު އަޑުގައި އެއްވެސް ހަމްދަރްދީއެއް އަދި ލަސްވެގެން އުޅޭ ގޮތް ނެތް ކަމުގައި ވިޔަސް، ފަހަތުބައި ބުނެލިއިރު ރާގު ވަރަށް ތަފާތެވެ.
"ދައްތަމެނަށްވެސް ތިކަން އެނގޭ. މިވަގުތު ބޭނުންވަނީ އިނާއަށް ހެޔޮ ދުޢާކޮށްދިނުން. ޒިޔާދު އެކަން ކޮށްދޭނެކަން ޔަގީން. ކަންބޮޑު ނުވޭ. އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނެ." އެއްފަހަރު ނަވީންއަށް އަނެއްފަހަރު އޮޕަރޭޝަން ތިއޭޓަރަށް ބަލަމުން ޝީލާ ވާހަކަ ދެއްކިއެވެ.

******(ނުނިމޭ)*******
ވޯޓް
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް
ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.
ހާދަ ރަނގަޅޭ ސޮފް.. ވަރަށް ރީތި މިބައި ވެސް.. thanks
a lods.. hope everything gonna be fine
with you soon.. our prayers are always with you sofs..
you take good care
މި ވާހަކައިގެ މި ބައި ގެނެސްމިދިނީ ޢާއްމުކޮށް
އެންމެންނަށް......އެކަމަކު ޚާއްޞަކޮށް ސޮފާގެ ރަހްމަތްތެރި "އައިސްތު"
އަށާއި "އައިންތު" އަށް. ކުންނާރުކޮޅު ލިބުނު އިނގޭ އައިންތު. ވަރަށް
މީރު.....ތަންކޮޅެއް ހުތްވީމަ މައްސަލައަކީ.......ދެންފަހަރަކުން ތަންކޮޅެއް ހުތް މަދުން އަޅައްޗޭ......ހެހެހެހެހެހެހެހހެ..........ވަރަށް
ބޮޑަށް ޝުކުރިއްޔާ....!!!
ޝިއު: ސޮފާ! ޝިއު އަކަށް ނެތް ތަ ކުންނާރު ކޮޅެއް..ހެހެހެހެހ ވަރަށް ސަޅި އިގޭ މިބައިވެސް ދެން ކޮން އިރަކުން އަނެއްބައި އަޕް ކޮށް ދޭނީ
އަޅެ ހާދަލަހަކުން އަނެއްކާ ކޮންކަހަލަ ކަމެއް
ދިމާވީބާ؟ ވާހަކަޔާ ގުޅުންހުރި މައްސަލައެއްތަ؟
ސޮފާ ހާދަ ލަހަކުން ، މާ ބިޒީ ދުވަސްކޮޅަކީތަ؟؟ ވަރަށް ނައިސް
މި ޕާޓްވެސް ، އުއްމީދު
ކުރަން އަނެއްބައި އަވަހަށް އަޕްލޯޑް ކޮށްދޭނެކަމަށް :)))))))))
ދިމާވި ސަބަބަކާހެދި މި ވާހަކަ ކުރިއަށް ނުގެންދެވި
މެދުކަނޑާލެވިފައިވާތީ ހުރިހާ ކިއުންތެރިންގެ ކިބައިންވެސް ވަރަށް ބޮޑަށް މައާފަށް އެދެން.
މައްސަލަ ހައްލުވިހާ
އަވަހަކަށް ވާހަކަ އާއިގެން ކުރިއަށް ދާނަން އިރާދަކުރެއްވިއްޔާ.
ނާނު: ތި ބުނީ އަދިވެސް މައްސަލަ ހައްލު ނުވަނީ
އޭތަ؟؟ އަނެއް ބަޔަށް އެބަ އިންތިޒާރު ކުރަން ވަރަށް
ބޮޑަށް.. ޤާނޫނީ މައްސަލަ އަކަށް ނުވާނެ ކަމަށް އުއްމީދު ކުރަން.. ހެހެހެހ
އެންމެ ފުރަތަމަ ކުރަންޖެހޭ ނުވަތަ ބުނަން ޖެހޭ ވާހަކައެއްނު
އެންމެ ފަހުން ތިބުނީ
ދޯ1 ވ ސަޅި، އެކަމް މިފަހަރުގެ ބޮޑު މައްސަލައަކީ ވާހަކަ މާބޮޑަށް ލަސްވީމައި، ކިރިޔާވެސް
ވައްޏާއި އަހަރެމެން ލައްވާ އެހާ ދިގު އިންތިޒާރު ނުކުރުވައްޗޭ އިނގޭ ދޫނީ.
ވާހަކ ގެނެސް ނުދީގެން ވަރަށް ރުޅިއައިސް
ހުއްޓާ ތިގެނެސް ދިނީ އަވަހަށް އަޕްލޯޑް ކޮށްދީ ޕްލީސް
ފަތިސްތަރީގެ ވިދުން އަބަދުވެސް ގަދަވާނެ. އެކަމަކު ހިނދު
ކޮޅަކަށް. އަނެއްކާވެސް ޖެހޭނީ
އެ ވިދުމަށް އެތައް އިރަކުއިންތިޒާރުކުރަން. ޔަޤީންވާ ކަމަކީ ފަތިސްތަރި ނާރާ ހަމަ
އެންމެ ރެއެއްވެސް ނުދާނެކަން. ހަމަ އެހެން ޞޮފާ އަށްވެސް މިވަނީ ދޯ. އަހަރެމެން މިތިބެނީ ތި
ތަރީގެ ވިދުވަރަށް އެދި އެދި. އެކަމަކު މިޖެހެނީ އިންތިޒާރުކުރަން އަބަދުވެސް.
ތަންކޮޅެއް އަވަސް އަވަހަށް
ވާހަކަ އަޕް ކޮށްބަލަ ފަތިސް ތަރިޔާ. ރީއްޗޭ މިވާހަކަ. އެކަމަކު މި ބައިގަ ކުޑަ ކުޑަ ހާދިސާ
އެއް މާދިގުކޮށް ގެނެސްފަ މިވަނީ. އެހެންވެ ތަންކޮޅެއް ރުޅި ގަދަވެފަ މީނީ. ޞޮފާ ގެ
ކިބައިގައި ވާހަކަ ލިޔުމުގެ ހުނަރު އެބަހުރި. ވަރަށް މޮޅު. ހީވަނީ ޒާތީ ދިރިއުޅުމުގައި މާ
ބުރަކޮށް އުޅެންޖެހޭތީ
ވާހަކަ އަށްވެސް ލޮޑުކަމެއް އަންނަމުން ދާހެން..އެހެން ނުހަދާ ދަރިޔާ..ކީޕް އިޓް އަޕް !!!!!!!!!!!!!!!!!!
މީ ކުންނާރު ފޮނުވި އައިންތުއެއްނޫން އިގޭ ސޮފް. މުރާސިލް
ހުޅުވާލާ ކޮންމެ ފަހަރަކުވެސް
ހިތަށްއަރާ އަޅެ ފޯން ކޯލް އަޕް ވެފަ އިންނަ ނަމައޭ. ވަރަށް އުފާވެއްޖެ އަޕްވެފަ އިނީމަ. ވަރަށް ބޮޑަށް
ޝުކުރިއްޔާ.
ވ ސަޅި..މިބައިވެސް.....އުއްމީދުކުރަން ވީހާވެސް
އަވަހަކަށް މައްސަލަ ހައްލުވެ، ވާހަކަ އަޕްވާނެކަމަށް.....ވ ނައިސް (:
ނާސީބެއްނުން އެހާ ލަސް ނުކޮށް ގެނެސްދިން ކަމަށް... ވ ވ ވ ވ
ވ ވ ސަޅި.....!! ބަޓް މާ ބޮޑަށް ވެސް ކުރީ މިބައި... ޕްލީޒް ދެން އަވަހަށް ގެނެސް
ދެއްޗޭ އިނގޭ.. ސޮފާ އައް
އެނގޭތަ...؟ ޝިފޫ ގެ ދޮންތަ އެންޑް ކަޒިން ސިސް ގެ ވެސް ފެވަރިޓް ވާހަކައަކީ މިވާހަކަ...

No comments:
Post a Comment