🌟🌟Fathisthari Vaahaka🌟🌟

Once upon a time it happened, how it happened is a fiction by me for you.

ފޯންކޯލް - 41 ވަނަ ބައި


"ބައްޕަވެސް ބޭނުން ޒިޔާދުމެންގެއަށް ދާން. ހިނގާ މަންމަވެސް ގޮވައިގެން ދާން." ޚާލިދު ހިފައިގެން އިން ފޯނުން އަތް ދޫކޮށްލީ އިނާ އާއި ޝީލާ އައިސް ސިޓިނރޫމަށް ވަނުމުން މިހެން ބުނެލުމަށެވެ. 

"
ފަހުން ނޫންތަ ދާނީ؟ އިނާ އައީމަ....؟" ކުރިން ރޭވިފައި އޮތީ އެގޮތަށް ވީމަ، ޝީލާއަށް އަހާލެވުނެވެ.
"
ނޫނޭ............އެއްކޮށް ދާނީ.........ހިނގާ........." އިތުރު ތަފްޞީލަކަށް ދިއުމަކާ ނުލާ ޚާލިދު ތެދުވެއްޖެއެވެ. އަދި ސިޓިނރޫމުން ނިކުންނަމުން އައުމަށް އެދި ހިނގައިގަތީފަސް އެނބުރި ބެލުމެއް ނެތިއެވެ. 


މިވީ ކީއްކަން ނޭނގި ތިބެ އިނާ އާއި ޝީލާވެސް ޚާލިދުގެ ފަހަތުން ކިޔަމަންތެރިކަމާއެކު ހިނގައިގަތެވެ.

** ** ** ** ** ** ** **
އިނާމެންނަށް، ޒިޔާދުގެ ގަނޑުވަރެއްފަދަ މުއްސަނދި ގެއަށް ދެވުނުއިރު ޒިޔާދު ގޭގައި އުޅެއެވެ. ޒިޔާދުގެ ކާރު އަދި އޮތީ ގޭގެ ބޭރުގައި މަގުމަތީގައި ބާއްވާފައި ކަމުން ޒިޔާދު އުޅޭކަން އެންމެންނަށްވެސް ޔަގީން ވިއެވެ.

ގެއަށް ވަންއިރު، ގޭގެ އެންމެ ތިރީބައިގެ ބޮޑު ފެންޑާގައި އެލުވާފައި ހުރި އުނދޯލީގައި ޒިޔާދުގެ މަންމަ ޒައިނަބު އިނެވެ. ކޮންމެވެސް މެހްމާނަކާއި ވާހަކަ ދެއްކުމަށެވެ. ނަމަވެސް އިނާމެން ފެނުމާއެކު ތެދުވެގެން އިނާއާއި ދިމާލަށް ޒައިނަބު އަންނަން ފެށިއެވެ. 

"އަނހަނ....ދަރިފުޅު.............." އިނާމެން ފެނުމުން އުފަލާއެކު އައިސް އިނާގެ އަތުގައި ހިފައި އެތެރެއަށް ވައްދަން ފެށިއެވެ. އެ ދެކުދިންގެ ކައިވެނި ހަމަޖެހުނުކަން އެނގުނީއްސުރެން ޒައިނަބު ބުނަމުން އަންނަނީ އޭނަަގެ ޒުވާން ދުވަސްވަރު އޭނައަށް އަންހެންދަރިއަކު ނުލިބުނު ނަމަވެސް މުސްކުޅިވީ ދުވަހު ދެއްވީ ކަމަށެވެ. 

"އަންނާނަން އިމްތިޔާޒު އަށް ގޮވާލާފަ. މިހާ ގިނަދުވަސްކޮށްފަ އާދެވުނީމަ އިމްތިޔާޒު އާއި ދިމާނުވެ ގޮއްސިއްޔާ ވަރަށް ހިތްހަމަނުޖެހޭނެ." އިނާމެންނަށް ސިޓިންގރޫމުގައި ތިބެން ތަންދައްކާފައި ޒައިނަބު ދިޔައީ ޒިޔާދުގެ ބައްޕައަށް ގޮވާލާށެވެ.

"ޒިޔާދު ހަމަ ދެންމެއަކު ކަހަަލަ ގޮތަކަށް އެއައީ. މިއަދު ހަވީރު ބުނި މިރޭ އިނާ އަންނާނެއޭ. އެކަމަކު ތިއައީ މަންމަ އާއި ބައްޕަވެސް ގޮވައިގެން. މާ ރަނގަޅަކަށްނު މި ދިމާވީ. ދަރިފުޅު އައިކަން ޒިޔާދުއަށް އަންގަންވާނެނު. އުޅޭނެ ކޮޓަރީގަ. ދޭބަލަ." އިމްތިޔާޒު އައުމުން ސަލާމް ގަލާމަށްފަހު ޒައިނަބު މިހެން ބުނީ އިނާއަށެވެ.

" މިހާރު ދެން ކައިވެނި ކުރެވެން އުޅޭއިރު ތިހާ ބީރައްޓެހިވެގެން އުޅޭކަށް ނުވާނެ. ދޭބަލަ ޒިޔާދު ކޮބައިތޯ ބަލައިލަން." އެތަނުން އިނާ ފޮނުވާލާނެ ގޮތެއް ޝީލާއާއި ޚާލިދުވެސް ބޭނުން ވެއެވެ. އަނެއްކާ ޒިޔާދު އާއި އިނާއަށް އެކަނި ވާހަކަ ދައްކަން ފުރުޞަތުވެސް ކޮންމެހެންވެސް މިރޭ ދޭން އެބަޖެހެއެވެ. ވަގުތުވެސް އެހާ ކުޑަތަންވެއްޖެއެވެ. އެހެންކަމުން ޒައިނަބުގެ އެ ވާހަކައަށް އެ ދެމަފިރިންވެސް ހިނިތުންވެލީ އެއީ ތެދެކޭ ބުނާ ފަދައަކުންނެވެ.

"މިކޮޅުގަ އުޅޭނަމަތާ ދޯ އަޅުގަނޑުމެންނާ އިނާއާއި ގާތްކަން އުފެދޭނީވެސް. ދެން އެކަމަކު ރަނގަޅުވެދާނެތާ ދޯ؟ ކޮން އިރަކުންތޯ ފުރަނީ؟" ޒިޔާދުގެ ކޮޓަރިއަށް ދާން އިނާ ދިއުމުން އިނާގެ މައިންބަފައިންނާއި މުޚާޠަބްކޮށް ޒައިނަބު ވާހަކަ ދައްކަން ފެށިއެވެ.

"މިރޭ ފުރަން މިއުޅެނީ. އެކަމަކު............ބޮޑު ވާހަކައެއް ދައްކަންވެފަ އޮތީމަ ކޮންމެހެންވެސް މިއައީ." ޒައިނަބުގެ ސުވާލަށް ޖަވާބު ދިނީ ޝީލާއެވެ.
"އަނެއްކާ ކޮން ވާހަކައެއްބާ.......؟" ޚާލިދު އާއި ޝީލާގެ މޫނުމަތީގެ ކުލަވަރު ޒައިނަބުއަށް ކޮންމެވެސް އެއްޗެއް ވިސްނައިދިނެވެ.

"އަޅުގަނޑަކަށްވެސް ނޭނގެ މިވާހަކަ ފަށާނެ ހިސާބެއްވެސް......ދައްކަން މިޖެހެނީ މާ އުފާވެރިީ ވާހަކައެއް ނޫން. ޒިޔާދު އާއި އިނާގެ ކައިވެނީގެ ވާހަކައެއް ދައްކާލަން ކޮންމެހެންވެސް މިރޭ މިއައީ......" ޚާލިދުގެ މޫނަށް ބަލާފައި ޝީލާ ވާހަކަ ފެށިއެވެ.

"އަނެއްކާވެސް ކަމެއް ދިމާވީތޯ؟" އިމްތިޔާޒު އެއްސެވިއެވެ. 

ޖަވާބުގައި ބުނަންވީ އާނއެކޭ ކަމެއް ނޫނެކޭ ކަމެއް ޝީލާއަކަށް ޔަގީނެއް ނޫނެވެ. ޒިޔާދުގެ މައިންބަފައިން ފަދަ އުޅުމާއި އަޚްލާގް ހުރި ހެޔޮލަފާ ދެމަފިރިއެއް ކައިރީ އެ ދެމަފިރިންގެ ހުރި ހަމަ އެކަނި ދަރިފުޅުގެ "ވިޔާނުދާ" ވާހަކަ އައިސް ދައްކަން ޝީލާއަށް އެހާ ފަސޭހަ ނޫންވީމަ ކުރިއަށްދާންވެސް ޝީލާއަކަށް ނޭނގުނެވެ. އެހެންވެ އަނެއްކާވެސް ބަލާލެވުނީ ކައިރީގައި އިން ފިރިމީހާ އަށެވެ.

"އަޅުގަނޑުމެންގެ ފަރާތުން ކަމެއް ވީކީއެއް ނޫން. އެކަމަކު.....ހިއެއް ނުވޭ އިނާ އާއި ކައިވެނި ކުރަން ޒިޔާދު ބޭނުންވާހެނެއް މިހާރު......" ޚާލިދު ދިޔައީ ސީދާ މައުޟޫއަށެވެ. ހަރުދަނާ އަޑަކުންނެވެ.

"އެއީ............؟" ޒިޔާދުގެ ބައްޕަ އެހިއެވެ. ކަންބޮޑުވެފައެވެ.

"ނޫނޭ...........އެކަމަކު............." ޚާލިދުއަށް މިހިސާބަށް ބުނެވުނުތަނާ ޚާލިދުގެ ފައިގައި އަތްޖައްސާލަމުން ޝީލާ އެ ވާހަކަ ހުއްޓުވިއެވެ. 
އެއަށްފަހު އެ ހިސާބުން އެ ވާހަކަ ކުރިއަށް ގެންގޮސްދިނީ ޝީލާއެވެ. ޚާލިދު ކިޔައިދީފައި ހުރި ވާހަކަ ތަކާއި ޚުދު ޝީލާއަށްވެސް އެނގޭ އެކަމަކު މީގެ ކުރިން ވިސްނައިނުގަނެވި ހުރި ކަންތައްތަކުގެ ވާހަކައެވެ. ތަފްޞީލް ކޮށެވެ. އަދިވެސް އޭގެ އިތުރުން ޒިޔާދު އެންމެ ފަހުން ލަންކާއަށް ކުރި ދަތުރުގެ ވާހަކައާއި އެ ދަތުރުގައި ޒިޔާދު އުޅުނީ ކޮން ކަމެއްގައިކަން އެނގޭ ހުރިހާ ވާހަކައެކެވެ. އަދި އެހިސާބުން ޚާލިދު އެވާހަކައިގެ ތަފްޞީލް ދިނެވެ.

ޒިޔާދުއާއި ބެހޭ ގޮތުން ޝީލާ އާއި ޚާލިދު ވާހަކަ ދައްކައި ނިމުނުއިރު އިމްތިޔާޒު އާއި ޒައިނަބުގެ ބަސް ވަނީ ހުއްޓިފައެވެ. ދެރަވެ މޮޅިވެފައެވެ.

"އަޅުގަނޑުމެން ނުބުންޏަސް އަދި އިމްތިޔާޒުމެން ސުވާލު ނުކުރެއްވިޔަސް..........އަޅުގަނޑަށް ހީވަނީ މީގެ ދެން ރަނގަޅު ވާނެ ގޮތަކީ ޒިޔާދުއަށް ޒިޔާދުގެ އަމިއްލަ ދިރިއުޅުން ހޯދަން ފުރުޞަތު ދިނުން ހެން. އެނޫން ގޮތަކަށް ކަންތައް ކޮށްގެން އެއްވެސް މީހަކަށް އުފަލެއް ނޯންނާނެ ކަންނޭނގެ......." މި ދެއްކެނީ ދަރިއެއްގެ ވާހަކަ މައިންބަފައިން ކައިރީކަން ޚާލިދު ހަނދާން އެބަހުއްޓެވެ. އަދި ވާހަކަ މި ދެއްކެނީ ނާޒުކު މައުޟޫއަކަށްކަންވެސް އެނގެއެވެ. އެހެންކަމުން ވާހަކަ ދެއްކީ އިހްތިރާމާއެކުގައެވެ.

"އެކަމަކު........." ޒައިނަބުއަށް ބުނެލެވުނެވެ.

"މި އާއިލާއާއި ދޭތެރޭގައި އަޅުގަނޑުގެ އެއްވެސް ހިތްހަމަނުޖެހުމެއް އޮތީކީ ނޫން.....އެކަމަކު ޒިޔާދުގެ މި ހަގީގަތްތައް އިނާއަށް އެނގިއްޖެއްޔާ އިނާ ޒިޔާދުއާއި ކައިވެނި ކުރަން ނުރުހޭނެކަން އެއީ ޔަގީންކަމެއް. އެކަމަކުވެސް އެ ދެކުދިންނަށް މަޖްބޫރުކޮށްގެން ކައިވެނި ކުރުވީމަ އެ ހަލާކުވަނީ އެތައް ބައެއްގެ ދިރިއުޅުމާ އުފާވެރިކަން ނޫންތޯ. އެއަށްވުރެ ރަނގަޅު ނޫންތޯ ރީތިގޮތުގައި މިކަން ދެ ފަރާތުން ވާހަކަ ދައްކައިގެން ނިންމާލުން....އަޅުގަނޑުމެންނަށް ފެންނަ ގޮތް މިއީ. އިނާ ކައިރީ މިއިން އެއްވެސް ވާހަކައެއް ނުދައްކާ އަޅުގަނޑު މިގެއަށް މި ވާހަކަ ދައްކަން އައީވެސް އެހެންވެ....." ކައިވެންޏަކަށް ތައްޔާރުވެ ދަޢުވަތުތައް ބަހާ، ހެދުން ފަހާ ދުވަސް ކަނޑައަޅާ ހުރިހާ ކަމެއް ހަމަޖެހުމަށްފަހު ރޫޅާލަން ޖެހެނީ މަދު ކައިވެންޏެއް ކަމުގައި ވީނަމަވެސް، މިއީވެސް މިވަގުތު ކުރިމަތިލާން ޖެހިފައިވާ ހަގީގަތެއްކަން ގަބޫލުކޮށްދޭން ޚާލިދު މަސައްކަތް ކުރިއެވެ. 

"އަޅުގަނޑުމެން ތިއަކަށް ބުނާނެ އެއްޗެއް ނެތްކަންނޭނގެ........ޒިޔާދުގެ އަމިއްލަ ނިންމުމަކަށް ކައިވެންޏާއި ހަމައަށް ދިޔައީވެސް.....އަޅުގަނޑަށް ހީވަނީ ޚާލިދު ތިވާހަކަ ޒިޔާދު އާއި ދައްކަވަންވީހެން. އޭރުން ޒިޔާދު ބުނާ އެއްޗެއްވެސް އަޑު އަހާލާފައި ތިކަން ތި ދެފަރާތަށް ފެންނަ ގޮތަކަށް ނިންމާލުމުގައި އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް." ކިތަންމެ ދެރަވެ ކަންބޮޑުވި ނަމަވެސް، ޒިޔާދުގެ ކަންތައް ހުރި ގޮތް ތަފްޞީލްކޮށް އެނގުމަށްފަހު، އަދި އެއްފަހަރު އެ ނިންމުމާއި ދޭތެރޭ ވިސްނާލާށޭ ބުނަން އިމްތިޔާޒުއަކަށް ކެރިނުލެއްވިއެވެ. 

ޚާލިދުމެންފަދަ ދެމަފިރިއަކު ވާހަކަ އެ ދެއްކީ އަދި ހާމަ އެކުރީ ޒިޔާދު އާއި ދޭތެރޭގައި އެމީހުންނަށް ނުރުހުން ފާޅުކުރެވޭނެ އެންމެ މަޑުމައިތިރިކޮށް ކަމުގައި ވިޔަސް، ޒިޔާދުއާއި އެމީހުންގެ ދަރިފުޅު ކައިވެނި ކުރުވުމަށް އެ ކުރަނީ ކަނޑައެޅިގެން އިންކާރުކަން އިމްތިޔާޒުއަށް ވިސްނެއެވެ. 

އެކަމާއި ބެހޭ ގޮތުން ޒިޔާދު އާއި ވެސް ވާހަކަ ދެއްކުމެއް ނެތި، އިމްތިޔާޒުއަށް ފެނިލައްވާ ގޮތް އެ ހާމަކުރީވެސް ޒިޔާދުގެ އެ އަމަލުތަކުގެ ސަބަބުން ހިތްހަމަނުޖެހި ރުޅި އާދެވުނު ވަރުންނެވެ.

** ** ** ** ** ** ** **
ޒިޔާދުގެ މަންމަގެ އެދުމުގެ މަތިން ޒިޔާދުގެ ކޮޓަރިއާއި ހަމައަށް އިނާ ދިޔަކަމުގައިވިޔަސް، ޓަކިޖަހަންވެސް އިރުކޮޅެއް ނެގިއެވެ.
"ހުޅުވާފަ............" ދެފަހަރު ޓަކިޖަހާލުމާއެކު އެތެރެއިން ޒިޔާދު މިހެން ބުނި އަޑުއިވުމުން ދޮރުގެ ތަޅުގައި ހިފައި އިނާ އަނބުރާލިއެވެ. އަދި މަޑުމަޑުން ހުޅުވާފައި ކުޑަކޮށް ބަލާލިއެވެ.

ދޮޮރުހުޅުވާލާއިރު ފެންނަން ހުންނަ ކަނުގައި ހުރި ބޮޑު އެނދުގައި ޒިޔާދު އިނެވެ. ދޮރާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އެކަމަކު ފޯނެއްގައެވެ.
އިނާ ފެނުމާއެކު ކުޑަވިޔަސް ސިހުމެއް ޒިޔާދުއަށް ލިބިގެން ދިޔައެވެ. އޭނައަށް ނޭނގި ހުއްޓާ އިނާ އައުމުންނެވެ. އެކަމަކުވެސް ހަމަ ދެވަނަ ހިނދުކޮޅުގައި އިސް އޮބާލާފައި ފޯނުން ވާހަކަ ދައްކަން ފެށިއެވެ. ހަމައެކަނި އާނ ހޫނ ތަކަކުންނެވެ.

އިނާއަށް މާ ބޮޑު އެއްޗެއް ހިއެއްނުވެއެވެ. ޒިޔާދުވެސް އިށީނދެލައިގެން އިން އެނދުގައި ޒިޔާދު ކައިރީގައި އިށީނދެގެން، ޒިޔާދު އެ ފޯންކޯލް ނިމޭނެ އިރަކަށް އިންތިޒާރު ކުރަމުން ދިޔައީ އެހެންވެގެންނެވެ. 

"އާނއެކޭ.....ދާނަން. ހޫމް....ބާރަ ޖަހަންވާއިރަށް ދާނަން. ހޫމް....ހެހެހެހެ.......އާނ.....އާނއެކޭ.....ޔަގީން. އާނ. ދުއްވާލަންވެސް ދެވިދާނެ...ހޫމް....އޯކޭ. ސީޔޫ...." ޒިޔާދު ދައްކާނެހާ ވާހަކައެއް ދައްކާ ނިންމާފަ ފޯން ބާއްވައިފިއެވެ. ނަމަވެސް އަދިވެސް އިނީ ކުރިންވެސް އިންގޮތަށް ކުރިމައްޗަށް ކުޑަކޮށް ގުދުވެލައިގެން، ފޯނާއި ކުޅެލަކުޅެލައެވެ. އިނާއަށް އެއްވެސް ޚާއްޞަ ކަމެއް ނުދެއެވެ.

"ކާކަށް މާވަރަކުން ޔަގީންކަން ދެނީ....." ޒިޔާދުއާއި ފޫޓެއްހާ ދުރުގައި އިށީނދެލައިގެން އެއްފައިމައްޗަށް އަނެއްފައި އަރުވައިގެން އިން އިނާ ފަކީރަކަށް އެކައްޗެއްވެސް ނޭނގޭތީ އަހާލެވުނީ މާ އެހެންކަހަލަ ސުވާލެއްކަމެއްވެސް އިނާއަކަށް ނުވިސްނެއެވެ.

"އެއީ ރައްޓެއްސެއް." އިނާއާއި ދިމާލަށް އެނބުރިވެސް ނުލާ އިނދެ ޒިޔާދު ޖަވާބު ދިނެވެ. 
"އެއަރޕޯޓަށް ދާނަން ދޯ؟" އާދައިގެމަތިން އިނާ ވާހަކަ ދައްކަން ފެށިއެވެ.

ނަމަވެސް ޒިޔާދު މިފަހަރަކު ޖަވާބު ނުދިނެވެ. ދެއަތުން ފޯން ހިފަހައްޓައިގެން އިނީއެވެ.
"ޒިޔާދު..........؟" އަތުގައި ފޯން އޮވެމެ ފޯނަކުންވެސް ކަމެއް ނުކުރާތީއާއި، ޒިޔާދުގެ ހަރަކާތްތަކަށް އައިސް ހުރި ބީރައްޓެހިކަން ފާހަގަ ކުރެވި އިނާއަށް ގޮވާލެވުނެވެ.
"ކަމެއްވީތަ.....؟" އިނާއަށް އަހާލެވުނެވެ.

"ލަސްވީމަ ހިތްހަމަނުޖެހުނީދޯ؟ އަސްލު ކާރުނައިސްގެން ހަމަ ލަސްވީ." ޒިޔާދު އާއި އޭނައާއި ދެމެދުގައި އެނޫން ހިތްހަމަޖެހުމެއް މިރޭ އޮވެދާނެއެކޭ އިނާއަށް ލަފާކޮށްލަންވެސް ދައްޗެވެ.

"ފަހުންވީގޮތަކީވެސް ބައްޕަ ބަލާ......" އިނާ ބުނަން ފެށިއެވެ.
"އަހަރެން ބޭނުމެއް ނޫން މި ކައިވެނި ކުރާކަށް......." އިނާ ބުނަން ފެށި ޖުމްލައިގެ މެދުތެރެއިން ޒިޔާދުގެ އަޑު އިވިގެން ދިޔައެވެ.
އިނާއާއި ދިމާލަށް އެނބުރި އިނދެ ޒިޔާދު އެ ބުނެލި ޖުމްލައާއެކު އިނާ ގަނޑުވި ކަހަލައެވެ. ހުއްޓުން އެރިއެވެ. ޒިޔާދުގެ މޫނަށް ބަލަހައްޓައިގެން އިނދެވުނީ ނޭވާލާންވެސް ހަނދާންނެތިފައި ކަހަލައެވެ.

"ކީކޭ ޒިޔާދު ތިބުނީ......؟" އިނާ ޔަގީންކުރަން ބޭނުން ވިއެވެ.
"މިކައިވެނި ކުރާކަށް ބޭނުމެއް ނޫން މިހާރު." ތަކުރާރުކޮށް ޒިޔާދު ޖަވާބު ދިނެވެ. ޖެހިލުންވުމެއް ނެތި ވަރަށް ކެރިގެން އިނާގެ މޫނަށް ބަލަހައްޓައިގެން އިނދެއެވެ.

"ކީއްވެ..........؟" އިނާގެ އަޑު ކަރުގައިތާށިވެފައިވާ ކަހަލައެވެ. އަހާލެވުނީ އެހާވެސް މަޑުމަޑުންނެވެ.

ޒިޔާދު އަނެއްކާވެސް އަތުގައި އޮތް ފޯނާއި ދިމާލަށް ބަލަން ފެށިއެވެ. ދޭންވާ ޖަވާބާއި ދޭތެރޭ ވިސްނަމުން ދިޔައެވެ.

"އެވަރު އެނގެން ބޭނުން." އިނާގެ ބަސް ވަރަށް މަދެވެ. އެކަމަކު އެއީ ތެދެކެވެ. ވީ ކީއްކަން އެނގުމުގެ ހައްގު އިނާއަށް އޮންނާނެއެވެ.

އެހެންނަމަވެސް އިނާއަށް ޖަވާބު ދިނުމުގެ ބަދަލުގައި ޒިޔާދު ފެށީ އޭނަގެ ފޯން ޗާޖަރަށް ޖަހާށެވެ. އިނާގެ ވާހަކައަށް ބީރުކަންފަތެއް ދިނުމުގެ ގަސްތުގައެވެ.

"ޒިޔާދު........؟" އިނާ ބޭނުންވީ އޭނަ ކުރި ސުވާލުގެ ޖަވާބެވެ.
އިނާ ގޮވާލުމުން ޒިޔާދު އެނބުރި އިނާއާއި ދިމާލަށް ބަލާލިއެވެ.

"އިނާ ބޭނުންވާ ދުވަހަކު ކައިވެނި ކުރަންޖެހޭކަމަށްވަންޏާ އިނާ އިންނާނެ މީހަކު ހޯދާ. އަހަރެން އިންނަން ބޭނުންވި ދުވަސް ހިނގައްޖެ މިހާރު." ޒިޔާދުގެ އަޑާ ރާގުގައި އެއްވެސް ކަހަލަ ރަހުމެއް ނެތެވެ.
"އެއީތަ ސަބަބަކީ......؟ ކައިވެނި ލަސްކުރީމަ؟ އެކަމަކު ޒިޔާދުވެސް އެއްބަސްވެގެނެއް ނޫންތަ އެގޮތަށް ހަމަޖެއްސީ.....؟" އިނާގެ ބުއްދިއަށް ގަބޫލެއްވެސް ނުކުރެވުނެވެ.

މިރޭ ޒިޔާދު މި ދައްކަނީ ކޮން ކަހަލަ ވާހަކައެއްހެއްޔެވެ؟ އެއްކޮޅުން އޭނަ ފުރަންވެފައެވެ. އަނެއްކޮޅުން ޒިޔާދު އެ ބުނަނީ އޭނައާއި ކައިވެނި ނުކުރާނެ ވާހަކައެވެ.

"އަހަރެން ނުބުނަން....." ޒިޔާދު ކަނޑައެޅިގެން ދޮގުހެދިއެވެ.
"ޕްލީޒް ޒިޔާދު....ތިހެން ނުބުނޭ. މަންމަ އާއި ބައްޕައަށް އަހަރެން ދޭނީ ކޮން ޖަވާބެއް. ހުރިހާ ކަމެއް ހަމަޖެހި ދަޢުވަތުކާޑުވެސް ބަހައިނިމިއްޖެކަން ޒިޔާދުއަށްވެސް އެނގެއެއްނު. މީހުން ބުނާނީ ކީކޭ؟ ބައްޕަ ސުވާލުކުރާނެ ވަރަށް. އަނެއްކާވެސް އެތައް މައްސަލަތަކެއް ކުރިމަތިވާނީ....." ޒިޔާދުއާއި ކުޑަތަންކޮޅެއް ކައިރިއަށް ޖެހިލަމުން އިނާ އެދެން ފެށިއެވެ.

"ޒިޔާދު......ކޮންމެވެސް އެއްޗެއް ބުނެބަލަ....." އިނާ ކަންބޮޑުވިވަރުން ޒިޔާދުގެ މުލައްދަނޑީގައި ހިފައި އެދެވެން ފެށިއެވެ. ދުވަހަކުވެސް އިސްވެ ޒިޔާދުގެ އަތުގައި ހިފާވެސް ނުލާ އިނާއަށް އެ އައި ބަދަލު ޒިޔާދުއަށްވެސް ފާހަގަ ކުރެވުނެވެ.

"ބައްޕަ ކީކޭ ބުނާނީ......." ޒިޔާދު ދައްކަން އެ ފެށި ވާހަކައަކުން ފެންކަޅިވަމުން އައި ލޮލުން ކަރުނަތައް އޮހެން ފެށިއެވެ.
"ބައްޕައޭ ބައްޕައޭ ތިކިޔަނީ.....އެއީ އިނާގެ ބައްޕައެއް ނޫނެއްނު." ޒިޔާދު ގާތަށް ރުޅިއައެވެ.

"ޒިޔާދު......އަހަރެން ބޭނުމެއް ނޫން މަންމަ އާއި ބައްޕައަށް އެހާބޮޑު ދެރައެއް ދޭކަށް. ޕްލީޒް. ޒިޔާދު ބޭނުމިއްޔާ މަންމަ އާއި ވާހަކަ ދައްކައިގެން ދުވަސް އަވަސްކުރުވަފާނަން." އިނާގެ ނޭވާ ހާސްވަމުން ދިޔައެވެ. މިކަން ބައްޕައަށް އެނގިއްޖެއްޔާ ވެދާނެ ގޮތަކަށް ބިރު ގަންނަން ފެށިއެވެ.

"ތިއިން އެއްވެސް ވާހަކައެއް ބޭނުމެއް ނޫން މިހާރަކު......" ޒިޔާދުގެ އަމިއްލަ ކުށް އޮތްތަނުގައި ފޮރުވާފައި ބާއްވާފައި، އިނާގެ ބޮޑުމަންމަ ނިޔާވެގެން ކައިވެނި ލަސްކުރަންޖެހުނު ބަހަނާ އަކީ މައްސަލައަކަށް ނަގައިގެން ޒިޔާދު ދަނީ އެ ކައިވެންޏާއި ދުރަށް ދިއުމަށް މަސައްކަތް ކުރަމުންނެވެ. 

އެއީ މުޅިއަކުން ޚާލިދު އިންޒާރު ދިނީތީ ނޫނެވެ. އެކަމަކު އެ ކައިވެނި ކުރަން އޭނަ ދެން އުޅެފިއްޔާ، އޭނަ އާއި ހިލޭ އަންހެން ކުއްޖަކާއި އުފެދިފައި އޮތް ގުޅުމާއި، އެ ގުޅުމުގައި އެމީހުން ގޮސްފައިވާ ފުންމިން ނޭނގޭ ހަގީގަތްތަކަށް ފީނަން އެ ދެފަރާތުގެ އާއިލާއިންވެސް މަސައްކަތް ކޮށްފާނެތީ، އޭނަ އަމިއްލަ ނަފްސު ވެދާނެ ބަދުނާމަކުން ސަލާމަތް ވުމުގެ ގޮތުން އެ ކައިވެންޏާއި ދެކޮޅު ހަދަނީއެވެ. އެކަމަކު މުޅިންވެސް އޭނަގެ އަމިއްލަ ފައިދާއަށް ވިސްނައިގެންނެވެ. ކުށްވެރިއަކީ ޚުދު އިނާއޭ އޭނައަށް ހީކުރުވާފައެވެ. އެދޭ މީހާގެ އެދުމަށް ފުރަގަސް ދިނުމުގައި، ބޭނުންކުރެވޭނެ އެންމެ މޮޅު އުކުޅަކީ އެމީހާއަށް އެމީހާގެ ކުށް އިހްސާސްކޮށްދިނުންކަން ޒިޔާދުއަށް ވަރަށް ރަނގަޅަށް އެނގެއެވެ. މަކަރާއި ހީލަތުގެ ސިކުނޑިތަކަކީ ނުބައި ރޭވުންތަކަށް އަބަދުވެސް މޮޅު ސިކުނޑިތަކެކެވެ.

"ޒިޔާދު ޕްލީޒް.......އަދި އަލުން ވިސްނާލާ......މިހާ ބޮޑެތި ކަންތައްތައް ވަގުތުން ނިންމާކަށް ނުވާނެ. " އިނާ ދެރަވަނީވެސް އަދި ކަންބޮޑުވަނީވެސް އޭނަގެ މަންމަ އާއި ބައްޕައަށް ލިބޭނެ ދެރަ ހިތަށް އަރާފައެވެ. 

ފުރަތަމަ ދުވަހުވެސް ޒިޔާދު އާއި އޭނަ ކައިވެނި ކުރަން އެއްބަސްވީވެސް އެ ދެމަފިރިންގެ ހިތްހަމަޖައްސައިދިނުމަށްކަމުގައި އެކަކަށް ނޭނގުނު ނަމަވެސް އެ ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް އެ ކައިވެނި ކުރެވެން އެޅުނު ހަމަ އެކަނި ބާރަކީ އެއީއެވެ. އެދެމެދުގައި ލޯތްބެއް އުފެދިގެން ކުރަން އުޅުނު ކައިވެންޏެއް ނޫންކަން އެނގޭނީ އޭނައަށް އެކަންޏެވެ. އޭނަގެ އަމިއްލަ ދިރިއުޅުމުން ގުރުބާންވެގެންވެސް އެ ދެމަފިރިން އޭނައަށްޓަކައި އުފުލާފައިވާ ބުރަތަކާއި ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގު ދިނުމަށް އޭނައަކީ ނުކުޅެދުންތެރިއެކެވެ.

ބަދަލުގައި ދެވެން އޮތީ ހަމަ އެކަނި އުފަލަކާއި ހެޔޮ ދުޢާއެވެ. ވީއިރު މި ކައިވެނި ނުކުރެވިއްޖެއްޔާ އޭނަގެ މަންމަ އާއި ބައްޕައަށް ލިބޭނެ ހިތާމަތަކުން އެމީހުން ސަލާމަތް ކުރުމަށްޓަކައި، ޒިޔާދުއަށް އާދޭސްކޮށްގެންވެސް ޒިޔާދު އެބުނިބަސް އަނބުރާ ގެންދިއުމަށް އޭނަ އެދޭނެއެވެ.

"އިތުރަކަށް ދެން ވިސްނާނެ ވިސްނުމެއް ނެތް. ދެނެއް މި ކައިވެނި ނުކުރެވޭނެ." ޒިޔާދު އެނދުން ތެދުވެގެން ހިނގައިގަތެވެ.
"އަޅެ އެހެން ނުބުނޭ ޒިޔާދު..." އިނާވެސް ޒިޔާދުގެ ފަހަތުން ތެދުވެގެން ގޮސް ޒިޔާދު އާއި އަރާހަމަ ކުރިއެވެ.

ޒިޔާދު ގޮސް ހުއްޓުނީ ޑްރެސިންގ ޓޭބަލް ކައިރިއަށެވެ. މޭޒުގައި އަތް އަޅުވާލައިގެން ޒިޔާދު ހުރި ގޮތުން، ޒިޔާދު އެހެރީ ވަރަށް ހިތްހަމަނުޖެހިފައިކަން އިނާއަށް އެނގުނެވެ.
އެކަމަކުވެސް ގޮސް ކައިރިއަށް ހުއްޓި، ޒިޔާދުގެ އަތުގައި ހިފުނެވެ.

"ބުނެފީމެއްނު......ނުވާނެ.....ނުކުރާނަން." ކުއްލިއަކަށް އިނާގެ އަތް ފޮޅުވާލަމުން ޒިޔާދު މިހެން ބުނެލީ ބާރަކަށެވެ. ސަބަބަކާ ނުލާ ޒިޔާދުގެ ރުޅި ފާޅުވަމުން ދިޔައެވެ. އޭނަގެ އަމިއްލަ ކުށް ފޮރުވުމުގެ ގޮތުންނެވެ. 

"އެހެންނޫނަސް.......ބައްޕަ ކަށަވަރުނުވާ އަންހެނަކާ ކައިވެނި ކުރުމަކީ އަހަންނަށްވެސް ހުރި ހުތުރެއް." ޒިޔާދުގެ އަނގައިން ވިހަގަދަ ލަފްޒުތަކެއް ނުކުތެވެ. އެ އަޑު އިވިފައި އިނާގެ މެއަށް ގުޑުމެއް އެރިއެވެ. ސާބިތުކަމާއެކު އޭނަ ކޮޅަށްހުރި ބިންގަނޑުވެސް ހެލިލިހެން އިނާއަށް ހީވިއެވެ.

********(ނުނިމޭ)********

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

http://www.muraasil.com/images/comment_reply.pngPosted on 2011-09-01 14:51:46 | Report this Comment
އަވަހަށް ގެނެސް ދޭތި.މަގޭ މޭވެސް އެބަ ތެޅޭ
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އިރާދަކުރެއްވިއްޔާ މާދަން އަނެއްބައި ގެނެސްދޭނަން. ޝުކުރިއްޔާ ކިމް ތި ބަހައްޓާ ޝައުގުވެރިކަމަށް. އެއީ އަޅުގަނޑަށް ހުރި ކުރިއެރުމަކަށް ވާނެކަމުގެ ޔަގީންކަން އެބައޮތް.


http://www.muraasil.com/images/comment_reply.pngPosted on 2011-09-01 14:53:19 | Report this Comment
ސޮފާ މިބައިވެސް ހެސްކިޔަފަ ހަބޭސްްްްްްްސސސސސސސސސސސްްްްްްްްްްްްްްްް
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހީވަނީ ކުރިއަށް ހުރި ބައިތައް ނަންނައަށް އަދިވެސް އިތުރަށް ޝައުގުވެރިވާނެހެން. ޝޫކުރިއްޔާ. ކީޕް އޮން ރީޑިންގ.


http://www.muraasil.com/images/comment_reply.pngPosted on 2011-09-01 15:34:51 | Report this Comment
އަޅޭ!!!! އޮބިނޯންނަ ވަރަށް ރީތި...ތޭންކްސް ގެނެސްދިނީތީވެ...ތިގޮތަށް ކޮންމެ ދުވަހަކު ބައެއް....އެއްމީދުކުރަން ދެން އޮތް ބައިވެސް އަވަހަށް ފެންނާނެކަމަށް..ކިޔާހިތްވާލެއް ބޮޑުކަމުން ބުނެވެނީ.... ވާހަކަ ނިމެނީދޯ މިހާރު.....
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ސޮފާވެސް މި އުއްމީދުކުރަނީ މި ގޮތަށް ކޮންމެ ދުވަހަކު ބައެއް ގެނެސްދެވޭތޯ. މަސައްކަތް ކުރާނަން. ވާހަކަ ނުނިމޭނެ އަދި އެހާ އަވަހަކަށް. އަދި ކިރިޔާ ވާހަކައިގެ މައިގަނޑު މި ނެގުނީ. އަދި އެބައޮތް ފުރޮޅެންޖެހޭ އެތައް ކަމެއް. އެނގެއެއްނު ދޯ މި ބުނި ކަންތައްތައް. އުއްމީދުކުރަން ފޫހިކަމެއް ނެތި ފާތުން ކިޔާނެކަމަށް. ޝޫކުރިއްޔާ.


http://www.muraasil.com/images/comment_reply.pngPosted on 2011-09-01 17:10:42 | Report this Comment
ވަރަށް މޭ ތެޅިތެޅި ހުރެ މިކާލީ. ތަންކޮޅެއް ކުރީ ގެނެސްދޭވަރު. ވ. ސަޅި. އވަހަށް އަނެއްބައި ގެނެސްދެޗޭ
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އިރާދަކުރެއްވިއްޔާ އަނެއބައި މާދަމާ ގެނެސްދޭނަން. ޝުކުރިއްޔާ


http://www.muraasil.com/images/comment_reply.pngPosted on 2011-09-01 17:51:13 | Report this Comment
މިބައިކިޔާފަ އަހަރެންގެ ފައިދަށުންވެސް ބިންގަނޑު ދެމިގެން ހިނގައްޖެކަންނޭގެ. ބަލާލީމަ އެނގޭނީ. ވަރަށް ރީތި މިބައިވެސް ތަންކޮޅެއްކުރީ.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ފައިދަށް ބަލައްޗޭ ކޮންމެހެންވެސް. ހެހެހެހެހެހ..........އޭއި. ކިހިނެއްތަ ހާލު؟


http://www.muraasil.com/images/comment_reply.pngPosted on 2011-09-01 19:20:39 | Report this Comment
wow..varah rythi..ziyadh haadha gohey..aslu ragalhah evany..ziyadh ah inaa libigen nuvaane..waiting 4 nxt part..gudnyt
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ހަނާ.


http://www.muraasil.com/images/comment_reply.pngPosted on 2011-09-01 19:49:45 | Report this Comment
its realLy interestin... waitin for next part... v V V V v reEthi mibAi vEs.. =)
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހޯޕް ޔޫ ވިލް ކީޕް އޮން ރީޑިންގ. ތޭންކްސް.


http://www.muraasil.com/images/comment_reply.pngPosted on 2011-09-01 20:05:38 | Report this Comment
ވަރަށް ރީތި... ތަންކޮޅެއް ދިގުކޮށެއް ނުދެވޭނެތަ؟
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ މާޝާ. ބަލާނަން އިނގޭ ދިގުކޮށް ގެނެސްދެވޭތޯ.


http://www.muraasil.com/images/comment_reply.pngPosted on 2011-09-01 21:19:26 | Report this Comment
Wow very nice mibaives soff.. emme hihtelehy hisaabun thi ninmaalee.. avas koh genesdehchey ingey anehbai soff.. yuh take good care.. be safe <3
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހައި ހައި ރިއު..............އާނ. ހިތް ތެޅޭ ދޯ. ބަލާނަން އަނެއްބައި މާދަން ގެނެސްދެވޭތޯ އިނގޭ. އަންގައްޗޭ ވަޓް ޔޫ ތިންކް އިނގޭ.


http://www.muraasil.com/images/comment_reply.pngPosted on 2011-09-01 22:29:36 | Report this Comment
thanx varah bodah waiting 4 next part
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ތެންކްސް ޓު ޔޫ ޓޫ.


http://www.muraasil.com/images/comment_reply.pngPosted on 2011-09-02 00:42:33 | Report this Comment
ވ.ރީތިމިބައިވެސް. ދެންއަވަހަށް ނަވީންގެ ހަގީގަތްކިޔާދީބަލަ. އަދި ނަވީންއާ އިނާއާގުޅުވާފަ ޒިޔާދުއަށް ލަނޑުދީ އޭރުން ސަޅިވާނީ. އަވަހަށް އަނެއްބައި ކިޔާލަން ވ.ބޭނުން


http://www.muraasil.com/images/comment_reply.pngPosted on 2011-09-02 09:10:43 | Report this Comment
އައްދެ އައްދޭ.........!!!!!! ފަތިސްތަރި ހާދަ ދުވަހެއްކޮށްފަ. ކޮންތާކުތަ ތި އުޅުނީ ފެނިވެސް ނުލާ. އެނީވޭސް...އެނބުރި އައީތީ ވަރަށް އުފާވެއްޖެ. ވާހަކަ ވަރަށް އިންޓަރެސްޓިންގ އިނގޭ!


http://www.muraasil.com/images/comment_reply.pngPosted on 2011-09-02 14:05:08 | Report this Comment
ސޮފާ!!!އަނެއްބައި!!ޢަނެއް ބައި!!އަވާާާާާސްްްްް!!އަވާާާާސް..ޓޮއް ޓޮއް..ސަޅި ސަޅި..ނަވީން އަށް ހިތްކިޔާތީ ވާ ގޮތް!!ހެހެހެ


http://www.muraasil.com/images/comment_reply.pngPosted on 2011-09-02 15:46:44 | Report this Comment
ކްބާތަ ސޮފް ؟ ތިހާވަރަށް ނުތަޅުވަބަލަ


http://www.muraasil.com/images/comment_reply.pngPosted on 2011-09-02 20:42:34 | Report this Comment
http://www.muraasil.com/images/icons/comments_user.gif:
varah reethi mi part

0 comments:

Post a Comment