🌟🌟Fathisthari Vaahaka🌟🌟

Once upon a time it happened, how it happened is a fiction by me for you.

ފޯންކޯލް - 55 ވަނަ ބައި


 "ނަވީން ތިދެއްކި ހުރިހާ ވާހަކައަކީވެސް ދޮގު ހަދައިގެން ދެއްކި ވާހަކަތައްތަ.....؟" ދެއަތުން ހަށަން ބަނދެލަމުން މަޑުއަޑަކުން އިނާ އަހާލީ ނަވީން ހީވެސް ކުރި ކަހަލަ ސުވާލެއް ނޫނެވެ.
"އެކަކު ކައިރީވެސް ތެދަށް ނުބުނާން ގަސްތުކޮށްގެންދޯ ނަވީން ތިހިރީ.........." އިނާ މިހެން ބުނެލީ ހިތިގޮތަކަށް ހިނިތުންވެލަމުންނެވެ. ނަވީންއަށް އިތުރަށް ދޮގެއް ނެހެދުނެވެ. އޭނަގެ ކަރު އެލިއްޖެއެވެ.
"އޭގެ މާނައަކީ މަންމަ އާއި ބައްޕަ ކައިވެންޏަށް އަންނާނެއޭ ބުނުން އެވެސް ދޮގެކޭ؟....." ދޭކާއި ދޭކާއި އެއްކޮށްލުމުން ނުކުންނަ ޖަވާބު ދާދި ފަސޭހައިން އެނގޭފަދައިން، ނަވީންގެ މޮޅިވެރިކަމުގެ ހަގީގަތް ދާދިފަސޭހައިން ވިސްނައިގަނެވިއްޖެއެވެ.
ބުނާނެ އެއްޗެއް ނޭނގިފައި ނަވީންއަށް ހުރެވުނީއެވެ. ދެރަވެފައެވެ.

ކުއްލިއަކަށް އެނބުރިލާފައި އިނާ ހިނގައިގަތެވެ. ނަވީން ދެފަހަރަކު ގޮވާލީމަވެސް މަޑުވެސް ނުކޮށް ގޮސް ސިޑިންފައިބައިގެން އިނާ ދިޔައީއެވެ. ނަވީންއަށް އަނެއްކާވެސް ހުރެވުނީއެވެ. ހަނދާނަށް އަންނަމުން ދިޔައީ މަންމަ ދައްކާފައި ހުރި އެކިއެކި ވާހަކައެވެ.

ނޫނެކެވެ. މިއީ ވާން ޖެހޭނެ ގޮތެއް ނޫނެވެ. އޭނަ އިނާއަށްޓަކައި އައީ މަންމަ އެ ހުރިހާ ވާހަކައެއްވެސް ދެއްކިފަހުންނެވެ. އޭނަ މި ފިޔަވަޅު އެޅީ ވިސްނާފައެވެ. އެހެންވީމަ ކައިވެންޏާއި ހަމައަށް ދެވެންދެންވެސް މިކަން ވީހާވެސް އޮމާންކޮށް ގެންދަން ވާނެއެވެ. މިކަމުގައި އޭނަ ހިތްވަރު ނުކޮށްފިއްޔާ ހުރިހާ ކަމެއް ގޯސްވެދާނެއެވެ.
އިރުކޮޅަކު ވިސްނާލަން ހުރެފައި މިހެން ހިތަށް އެރުމުން ނަވީން ބޭނުންވީ އިނާ ހޯދަން ދާށެވެ. އެކަމަކު ކުރިއަށް އެޅި ދެފިޔަވަޅު އަޅާލެވުނީ ފަހަތަށެވެ. އޭނަ މައްޗަށް އައިއިރުވެސް ޚާލިދު ސިޓިންރޫމްގައި އިނެވެ. ޝީލާވެސް ބަދިގެފަރާތުގައި އުޅެއެވެ. އޭނައާއި އިނާއާއި ދެމެދުގައި ކަމެއް ހިނގިކަން އަންގާކަށް އޭނަބޭނުމެއް ނޫނެވެ.

ޖީބުން ފޯން ނަގައި އިނާއަށް ގުޅަން ފެށިއެވެ. ދެފަހަރު ޑައިލްކޮށްގެން ރިންގު ހުސްވަންދެން ހުރިއިރުވެސް އިނާ ފޯން ނުނަގައެވެ. އަދި ކަނޑައެއްވެސް ނުލައެވެ. އޭނަގެ މަންމަ އިނާއާއި އޭނަ ކައިވެނި ކުރުމަށް ނުރުހުނު އަސްލު ސަބަބަކީ އިނާގެ ބައްޕައެއް ނެތުންކަން އެނގުމުން އިނާއަށް ކުރާނެ އަސަރު އޭނައަށް ނޭނގުނުކަމުގައިވިޔަސް، އެއީ އިނާއަށްޓަކައި ފުން ހިތާމައަކަށް ވާނެކަން އޭނައަށް އެނގެއެވެ. އެވާހަކަ އިނާއަށް ސިއްރުކުރަން ޖެހުނީވެސް އެހެންވެގެންނެވެ. އެހެންވިޔަސް، އިނާވެސް ސިޓީންރޫމަށް ނުދާނެކަމާއި އެކަން ޚާލިދު އާއި ޝީލާއަށް އަންގަން ޚުދު އިނާވެސް ބޭނުމެއް ނުވާނެކަން އޭނައަށް އެނގެއެވެ.
"
ޕްލީޒް ކަމް.....ވީ ކޭން ޓޯލކް އެންޑް ސޯލްވް....އެމް ވެއިޓިންގ...." އިނާއާއި އޭނައާއި ދެމެދުގައި ގުޅުމެއް އުފެދުނުތާ އެހާ ގިނަ ދުވަސްތަކެއް އަދި ވެފައި ނުވާތީ، މިކަހަލަ ކަންތަކަށް އިނާގެ ފަރާތުން އަންނަނީ ކޮންކަހަލަ ރައްދެއްކަމެއްވެސް އޭނައަކަށް އަދިއެއް ނޭނގެއެވެ. އޭނަ އަންނާށޭ ބުނުމުން އައިސްދާނެކަމަށް ކުރެވުނީ ހަމައެކަނި އުއްމީދެކެވެ. 
އޭނައަށް ނޭނގުނު ކަމުގައިވިޔަސް އިނާއާއި ދޭތެރޭ ކުރެވުނު އުއްމީދަކީ ރަނގަޅު އުއްމީދަކަށް ވީތީ ނަވީން އުފާކުރިއެވެ. އޭނަ މެސެޖް ކުރިތާ މާގިނައިރުތަކެއް ނުވެ އިނާ އައިސްފިއެވެ. އެދެމީހުންގެ ދެމެދުގައި ޖެހޭ ހުރިހާ މައްސަލައެއްވެސް މިގޮތަށް މިހާ ފަސޭހައިން ނިމިގެންދާނެ ކަމުގެ ޔަގީންކަން ނަވީންއަށް ލިބުނެވެ.
** ** ** ** ** ** **
އެރޭ ނިދަން ކޮޓަރިއަށް ވަދެފައި އިނާ ވަރަށް ވިސްނިއެވެ.
ނަވީން އެބުނީ ތެދެކެވެ. އެ ދެއްކީ ރަނގަޅު ވާހަކައެވެ. އޭނައަށްވެސް އެކަން ގަބޫލުކުރެވެން ޖެހޭނެއެވެ.

ނަވީންގެ މަންމައާއި ބައްޕަގެ ރުހުމާ ދެކޮޅަށްވެސް ނަވީން އައިސް އެހެރީ އޭނައަށްޓަކައެވެ. އޭނަގެ ހަސަބެއް ނަސަބެއް ބަޔަކަށް ނޭނގުނު ކަމުގައި ވިޔަސް، ނަވީން އެހެރީ އޭނަ ބަލައިގެންފައެވެ. 
މިއަށްވުރެ ބޮޑު އެހެން އުފަލެއް އޭނައަށް އޮންނާނެހެއްޔެވެ؟ 
އޭނައަށްވެސް އެކަން އެނގެއެވެ. އެހެންނަމަވެސް، ނަވީންގެ މަންމައަށް އޭނައާއި ގަބޫލު ނުވެވުނީ އޭނަގެ ބައްޕައެއް ނެތީމަކަން ޔަގީންވުމުން، އެ ކުރެވުނު އިހްސާސް ނަވީނަށް އޭނަ ބުނެދޭނީ ކިހިނެއްހެއްޔެވެ؟ އޭނަގެ އުމުރުން މިވީ 29 އަހަރުގެ ތެރޭގައި ކިތައްފަހަރު އޭނަ އެ އިހްސާސް ތަޖްރިބާ ކޮށްފައިވާ ކަމާއި، އެކަމުން ލަދުގަނެ އިސްޖެހެން ޖެހިފައިވާ ކަން ނަވީނަށް އަންގަދޭނީ ކިހިނެއް ހެއްޔެވެ؟ އެ ކުރި ފުން އަސަރާއެކު ނަވީން ކުރިމަތީގައި އޭނަ ހުންނާނީ ކިހިނެއް ހެއްޔެވެ؟ އޭނައަށް ރުޅިއާދެވެނީ އޭނައާއި ދޭތެރޭ އެގޮތަށް ދެކޭ މީހުން ދެކެ ކަމަށްވެފައި، މިފަހަރު އޭނަގެ ހިތަށް ތަދު އެކުރީ އޭނަ އެންމެ ލޯބިވާ މީހާގެ މަންމަކަމަށްވާއިރު، އެ އިހްސާސާއެކު ލޯބިވާ މީހާ ކުރިމަތީ ހުންނާނީ ކިހިނެއް ހެއްޔެވެ؟
ނޫނެކެވެ.
އެއީ އޭނައަށް ނުވާނެ ކަމެކެވެ.
އޭނަ އައީ ނަވީން ދޮގުހެދީތީ އެކަމާއި ނަވީން ދެކެ ރުޅިންކަމަށް ނަވީން އަށް ހީވި ހީވުމަކީ ކުށްހީއެކެވެ. އޭނައަށް އެތަނުން އާދެވުނީ ގަސްތަކު ނޫނެވެ. އެވަގުތު އޭނައަށް ކުރި ފުންއަސަރެއްގެ ބޮޑުކަމުން އެކަނިވެލަން ބޭނުންވާތީ އާދެވުނީއެވެ.

ވަރަށްފަނޑު ވައިލެޓް ކުލައަކުން ދިއްލިފައިވާ ފުރިހަމަ ކޮޓަރީގެ އެތަންމިތަނަށް އިނާގެ ލޯ ދަތުރުކުރަމުން ދިޔައެވެ. އެއްޗެއް ހޯދާތީކީ ނޫނެވެ. ޚިޔާލާއި ފިކުރުތަކުން އިނާގެ ނިދި ވަނީ ގެއްލިފައެވެ.
އިނާ އޭނަގެ ބޮޑު އެނދުގައި އަނެއްކާވެސް އަނެއްފަރާތަކަށް އެނބުރިލިއެވެ.

ނަވީން އޭނައަށް ހުރިހާ ވާހަކައެއް ކިޔާދީފިއެވެ. އޭނަ ގަބޫލުވެސް ކޮށްފިއެވެ. އެކަމަކުވެސް، ނަވީނަށްޓަކައި އޭނައަށް ފިކުރު ބޮޑުވެވެނީއެވެ. 

ކަމުގެ ހަގީގަތް ނަވީން އެމީހުންނަށް ފޮރުވުމުން، ނަވީންގެ މައިންބަފައިންނަށް ނަވީން ކުރާ ގަދަރާއި އިއްޒަތް އަދި އިހްތިރާމާއި ލޯބީގެ ދަރަޖަ އިނާއަށް މިހާރު ކޮށްލަން ވަރަށް ފަސޭހަ ވެއްޖެއެވެ. ޚުދު ނަވީން ނުރުހިފައި ހުރިއިރުވެސް އެހެން މީހެއްގެ ދުލުން އެމީހުންނާއި ދިމާލަށް ބަހެއް ބުނުން ކީއްކުރަން ހެއްޔެވެ. މީހެއްގެ ހިތަށް އެކަހަލަ އެއްޗެއް އެރުންވެސް ނަވީނަށް ވެގެންވާނަމަ ހުއްޓުވާނެކަން ގައިމެވެ. އެވަރަށް އެ މައިންބަފައިން ދެކެ ލޯބިވާ ދަރިއަކަށް، އޭނަގެ ސަބަބުން ހިތްދަތިކަމެއް ދެވުނީތީ އެކަމާ ކަންބޮޑުވެއެވެ. އެކަން ރަނގަޅުކުރަން އޭނަ ކުރާނީ ކީއްކަމެއްވެސް ނޭނގެއެވެ. އޮތީ ހަމަ އެންމެ ގޮތެކެވެ. ނަވީން އާއި އޭނަގެ ގުޅުން އުމުރަށް ކަނޑާލުމެވެ. އެކަމަކު އެއީ ގޮތެއް ހެއްޔެވެ؟ އެވަރުގެ ގުރުބާނީއެއްވެފައި ނަވީން އައިސް ހުރިއިރުވެސް އަދިވެސް ނަވީނަށް އިތުރު ދެރައެއް އޭނަ ދޭންވީހެއްޔެވެ؟ އަނެއްކޮޅުން ޚުދު އޭނަ....

އޭނައަށް ނަވީންއާއި ދުރުގައި އުޅެވޭނެހެއްޔެވެ؟ ކެތް ވާނެހެއްޔެވެ؟ ކިތައް ދުވަސް ވެއްޖެހެއްޔެވެ؟ ކިތައް މަސްދުވަސް އޭނަ ނަވީނަށްޓަކައި އިންތިޒާރު ކޮށްފިއެވެ. ކިހާތަދެއް އޭނަގެ ހިތަށް ވެއްޖެހެއްޔެވެ؟ އުފަން މަންމައަކާއި ބައްޕައެއްގެ ލޯބި ނުލިބުމުން އެހެން ހުރިހާ ލޯތްބަކުންވެސް އޭނަ މަހްރޫމް ވާންވީހެއްޔެވެ؟ ތަގްދީރު އޭނަ ގެނެސް ލޯތްބާއި އޯގާތެރިކަމުގެ ބަގީޗާއެއްގެ ތެރޭގައި ބަހައްޓައިދިނުމުން، އެތަނުން އުފާ ލިބިގަތުމުގެ ބަދަލުގައި އެންމެ ކުޑަމިނުން އެ މީރުވަސް ދުވާ ބަގީޗާގެ ވަސްވެސް ލިބެން އޭނަ އިންކާރު ކުރަންވީހެއްޔެވެ؟ އެއީ ކަނޑައެޅިގެން އޭނަ އަމިއްލަ ނަފްސަށް ދެވޭ އަނިޔާއެއް ނޫންހެއްޔެވެ؟ ގޮތަކަށް ކުފުރުވުން ނޫންހެއްޔެވެ؟ ގޮތަކަށް މިންވަރަށް އީމާން ނުވުން ނޫންހެއްޔެވެ؟ 

ނަވީން ދެކެ އޭނަ ވާ ލޯތްބަކީ ބަސްތަކަކުން ބުނެދޭން އޭނައަށް އެނގޭ ލޯތްބެއް ނޫނެވެ. އެކަމަކު ނަވީން ނޫން މީހަކާއެކު އެންމެ އިރެއްވެސް އަރާކަށް އޭނަ ބޭނުމެއް ނޫނެވެ. އެންމެ ދުވަހަކުވެސް އެނޫން މީހަކާއެކު ނިދާހޭލާކަށް އޭނަ ބޭނުމެއް ނޫނެވެ. އެންމެ ދުވަހަކުވެސް ހަނދުވަރު ބަލާކަށް ވާރޭގައި ތެމިލާކަށް އެ ނޫން މީހަކު އޭނަ ބޭނުމެއް ނޫނެވެ. އެކަން އޭނައަށް ޔަގީނެވެ.

ކަށިހަރާ އެތަކެއް ވިސްނުންތަކުގެ ތެރެއިން ގޮސް، ހިތަށް ފިނިކަން ލިއްބައިދޭ ޚިޔާލުތަކާއި ހަނދާންތަކުގެ ތެރެއަށް އިނާއަށް ގެނބެވެން ފަށައިފިއެވެ. ކޮޓަރީގެ ހިތްގައިމު އަލިކަމުގެ ތެރެއަށް ބަލަހައްޓައިގެން އޮތްވާ، މަޑުމަޑުން ލޯމެރެމުން ހުޅުވެމުން ގޮސް، ނިންޖާ ވެ ނިމިއްޖެއެވެ. މާދަމާ ކޮންމެހެންވެސް ދިލްމާއަށް ގުޅަންޖެހޭނެ ކަމުގެ ގަސްދު އިނާގެ ހިތުގައި އޭރު އޮތެވެ.
** ** ** ** ** ** **
"
ޚާލިދު.........؟" ދޮވެފައި ހުރި ހެދުންތަކެއް ހިފައިގެން ޝީލާ އައިސް ކޮޓަރިއަށް ވަންއިރު ކޮޓަރިތެރޭ ހުރި ގޮނޑީގައި ޚާލިދު އިންގޮތުން ޝީލާއަށް ގޮވާލެވުނެވެ. ޚާލިދުއަށް ޝީލާގެ އަޑުއިވުމުން ގޮނޑީގައި ސީދާވެ ލެނގިލައިފިއެވެ. 
"
ކިހިނެއްވީ......؟" އަނެއްކާވެސް ސުވާލެކެވެ. ގެނައި ހެދުންތައް އަލަމާރިއަށް ލާފައި ޝީލާ އައިސް އިށީނީ އެނދުގައެވެ.

"
ގުޅީތަ.....؟" ޚާލިދު އެއްޗެއް ބުނުމުގެ ކުރިން ޝީލާއަށް ވިސްނައިގަނެވިއްޖެއެވެ. އިއްޔެ ނަވީން އާއި އެމީހުން ދެއްކި ވާހަކައަށްފަހު ނަވީންގެ މަންމައަށް ނުވަތަ ބައްޕައާއި ވާހަކަ ދައްކައިގެން އެދެކުދިންގެ ކައިވެންޏަށް އެދެމަފިރިން، ހިތަދުއަށް ގެނެވޭތޯ ބަލަންބޭނުންކަމަށް ޚާލިދު އޮތީ ބުނެފައެވެ. 

"
އަލިމަނިކުއަށް މި ގުޅީ.......އަލިމަނިކު ނޫންކަންނޭނގެ މައްސަލައަކީ. ނަވީންގެ މަންމައަށް އިނާ ބަލައިނުގަނެވުނީ. އަލިމަނިކު ބުނުއްވީ....ނަވީންގެ އުފަލަކީ އޭނަގެވެސް އުފާކަމަށް. ޝީލާ ގުޅާލަންވީނު ނަޖްމާއަށް. ކޮންމެވެސް އިރަކުން. އަލިމަނިކުވެސް ބުނުއްވީ ނަޖްމާއާއި ވާހަކަ ދައްކާލުން ރަނގަޅުކަމަށް. އެކަމަކު ކަމެއް ބަދަލު ނުވާނެކަމުގެ ޔަގީންކަންވެސް ދެއްވި. އަހަންނަށް ފެންނަނީ ޝީލާ ގުޅާލަން ނަޖްމާއަށް. އަހަރެން ގުޅުމަށްވުރެ ރަނގަޅުވާނީ އެގޮތްކަންނޭނގެ" ޚާލިދު އަށް އެގޮތް ފެނުނީ ކިހާ ބޮޑު ސަބަބަކާހެދި ކަމަށް ޚާލިދު ނުބުނިނަމަވެސް އެކަމުގައި ވަރަށް ބޮޑު ސިއްރެއް އެކުލެވިގެން ވެއެވެ. ނޭނގެނީ ޝީލާއަށެވެ.

"
އެހެންވީމަ އަލިމަނިކުގެ މައްސަލައެއް ނެތޭ ދޯ؟ ކުރިންވެސް ހީވީ ތިހެންނޭ" ވިސްނުންތެރިކަމާއެކު ޚާލިދުގެ މޫނަށް ބަލަންއިނދެފައި ޝީލާ އަހައިފިއެވެ.
"
ހޫމް....." ޚާލިދު ކުރުކޮށްލިއެވެ. އަލިމަނިކު ދެއްކި ހުރިހާ ވާހަކައެއް ޝީލާ ކައިރީގައި އޭނަ ދައްކަން ބޭނުން ނުވަނީއެވެ. މާޒީގެ ވާހަކަތައް ނަގައިގެން މިހާރު ކުރާނެ ފައިދާއެއް ނެތީމައެވެ. 

"
މިހާރު ގުޅާލަންވީތަ ؟" ޝީލާ އެހިއެވެ.
"
ނޫނޭ....މިރެއަކު ނޫން ދެން. މާދަމާ ރަނގަޅުވާނެ." ލޮލުގައި ހުރި އައިނު ނަގާ މޭޒުމަތީ ބާއްވަމުން ޚާލިދު ބުންޏެވެ.
"
އަހަރެން ވާހަކަ ދެއްކިޔަސް ނަޖްމާ ގަބޫލެއް ނުވާނެ. އެކަމަކުވެސް ވާހަކަ ދެއްކިދާނެތާ ދޯ؟" ޝީލާ ބުންޏެވެ.
"
ގަބޫލުވިޔަސް ނުވިޔަސް، ނަވީން ކައިވެނި ކުރަން ހުރިއްޔާ އެކަމާއި ދެކޮޅަށް އަހަރެމެން އެއްވެސް އެއްޗެއް ބުނެގެން ނުވާނެ." އެ ދެމީހުންގެ ލޯބީގައި ހޭދަވި ނާކާމިޔާބީގެ ދުވަސްތައް އަލުން ގެނެސްދޭކަށް ޚާލިދުގެ ގަސްތަކު ނެތެވެ.

"
ހަމްދު ތައްޔާރުވެއްޖެތަ....؟" މީގެ ބައިގަޑިއެއްހާއިރު ކުރިން ކާމޭޒުދޮށުން އެދެބަފައިން ތެދުވެގެން އައީ މިރޭ ކޮންމެވެސް ފިހާރައަކަށް ދާ ވާހަކަ ދައްކާފައެވެ. އެފޯނެއް ކުރަން ލަސްވެގެން ދިޔަޔަސް ހަމްދުކައިރީ ކުރަން ބުނެފިކަމެއް ކޮންމެގޮތެއް ހަދައިގެންވިޔަސް ޚާލިދު ކުރާނެއެވެ.

"
އެބައުޅޭ ގޯތިތެރޭގަ.........ރައްޓެހި ކޮންމެވެސް ކުދިބަޔަކުވެސް އައިސްގެން އުޅެނީ. ބޮޑުވީ ވީހެން ރައްޓެހިކުދިން ގެންދަނީ ގެއާއި ދުރަށް. " އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅު ބޮޑުވަމުން އަންނަކަމުގެ އިހްސާސަކީ އެމީހުންގެ މިހާރުގެ އަބަދުގެ ފިކުރެވެ.

ފުރާވަރަށް އަރަންފެށުމުން އެމީހުންގެ ދަރިފުޅުގެ އުޅުމަށް ބަދަލުތަކެއް އައިސް ރައްޓެހިކުދިންނާ ވާހަކަ ދައްކަންވެސް ބޭރުގައި ހުންނަކަން އެއީ އެމީހުންނަށް ފާހަގަ ކުރެވޭ، އެކަމަކު މައްސަލައަކަށް ހަދައިގެން އެމީހުން ހަމްދުއާއި ނުދައްކާ ވާހަކައެކެވެ. ފުރިހަމަ އިތުބާރެއް އެ ދަރިފުޅަށްޓަކައި އެމީހުންގެ ހިތުގައި އޮންނާތީއެވެ.
** ** ** ** ** ** **
"
ވަޢަލައިކުމުއްސަލާމް....." ޚާލިދުއާއި ވާހަކަ ދައްކަން ހުރެފައި ކޮޓަރިން ނުކުމެގެން ގޮސް ކާކޮޓަރިއަށް ވަންތަނާ މީހަކު ސަލާމް ގޮވާލި އަޑަށް އެތަނުގައި ހުރެފައި އަންނަމުން ޝީލާ ސަލާމް ބަލައިގަތެވެ. 
"
އާދޭ އާދޭ......." ސިޓިންގރޫމަށް ނުކުތްއިރު ނަވީން އާއެކު އެހެން މީހަކުވެސް ހުއްޓާ ފެނުމުން ދެމީހުންނަށްވެސް ޝީލާ މަރުޙަބާ ކިޔެވެ.

"
މިއީ އިކްރާމް.....ދިރާގުގެ އެމް ޑީ........މިހާރުގެ......" ކުރީގައި ހުރެގެން އެތެރެއަށް ވަދެފައި ޝީލާއަށް އޭނައާއެކު ދެން ހުރި މީހާވެސް ނަވީން ތައާރަފް ކޮށްދިނެވެ. 
"
އައްސަލާމް ޢަލައިކުމް" އިކްރާމްވެސް ކުރިއަށް ޖެހި އުފަލާއެކު ހިނިތުންވެލީ ސަލާމް ގޮވާލަމުންނެވެ. ޝީލާމެންނަކީ އަނެއް ޖިންސްގެ މީހުންނާއި އަތާއަތްޖޯޑުކޮށް ސަލާމް ކުރާ ބައެއް ނޫންކަން ނަވީން އޮތީ އެގެއަށް އައުމުގެ ކުރިން ބުނެފައިކަމަށްވާތީ، ސަލާމް ގޮވި ނަމަވެސް ސަލާމަކަށް އިކްރާމް އަތް ދިއްނުކުރެއެވެ.

"
ވަޢަލައިކުމުއްސަލާމް..." ޝީލާވެސް އުފާވެރި ކަމާއެކު ސަލާމް ބަލައިގަތެވެ. 

"
ނަން ނޭނގުނަސް އެނގޭ....ނަވީން އުޅުނުގޭގައި ދޯ އުޅެނީވެސް" ޝީލާވެސް ނަވީންއާއި މުޚާޠަބްކޮށް ޝީލާ ޖަވާބު ދިނެވެ. 
"
އާނ. އެގެ އެ ހުންނަނީ 5 އަހަރަށް ހިފާފައި." ނަވީން އޮޅުންފިލުވައި ދިނެވެ. ދިރާގުގެ ކޮންމެ މީހަކު އަޔަސް ކުރިއަށް އޮތް ފަސް އަހަރުވެސް ހުންނާނީ އެގޭގައެވެ.
"
ޚާލިދު ނުއުޅުއްވަނީތަ.....؟" ގޮނޑީގައި އިށީންނަމުން ނަވީން އެހިއެވެ. 
"
ނޫނޭ..........އެކަމަކު އެ އުޅެނީ ހަމްދު ގޮވައިގެން ބޭރަށް ދާންވެގެން. ދެބަފައިން ކޮންމެވެސް ބާޒާރެއް ކޮށްލަންވެފަ އޮތް ރެޔެކޯ މިއީ. ގޮވާލާނަން." މިހެން ބުނެފައި ޝީލާ ހިނގައްޖެއެވެ.

"
މުއްސަނދިންނާ ގުޅޭނީވެސް މުއްސަނދިންނާތާ ދޯ؟ އަނެއްކާ މިހެން ވެގެންތަ އިނާގެ ފަހަތުން ނެއްޓެން ނޭނގިގެން ތި އުޅެނީ؟" ނަވީން އާއި ދިމާކޮށްލުމުގެ ގަސްދުގައި އިކްރާމް ބުނެލިއެވެ. 
އެ ގޭގެ ދޮރާށިން އެތެރެއަށް ވަދެވުނީއްސުރެ އެގޭގެ ހައިބަތާއި ފުރިހަމަ ކަމާއި ޝާހީކަން ފެނިފައި އިކްރާމް ހުރީ އަންތަރީސްވެފައެވެ. އެތެރޭގެ ފުރިހަމަކަން ފެނުމުން ނަވީންއާއި ދިމާލަށް މިހެން ނުބުނެއެއް ހަމަ ނުހުރެވުނެވެ. 

"
އެބައޮތްތަ އަހަންނާ ދިމާލަށް ތިކަހަލަ އެއްޗެއް ބުނެވެން. ތިއަށޭ ގުދޯގުދޯ ގޮވުމޭ ކިޔަނީ." ސިޓިންރޫމްގައި ހުޅުވާފައި ހުރި ބޮޑު ޓީވީގެ ޗެނަލްތައް ބަދަލުކޮށްލަމުން ނަވީން ވެސް ބުނެލައިފިއެވެ. އިކްރާމްގެ އެ ސަމާސާ ބަލައިގަންނަމުންނެވެ.

ހަގީގަތުގައިވެސް ޚުދުއިކްރާމް އަކީވެސް، މީގެ އެތަކެއް އަހަރުކުރިން އުތުރުގެ ރަށަކުން އައިސް މާލޭގައި ވަޒަންވެރިވި މުއްސަނދި އާއިލާއެއްގެ 6 ފިރިހެންކުދިންގެ ތެރެއިން ފަސްވަނައަށް ހުރި ދަރިއެވެ. މުއްސަނދިކަމާއި ތަނަވަސްކަމުގައި ނަވީންއާއި ޝީލާމެންނާއި އެއްވަރު ނުވިޔަސް، އިކްރާމް މެންވެސް ގުނާލެވޭނީ ހަމަ އެބުނާ ލިސްޓްގައެވެ. އޭގެ އިތުރަށް ކައިވެނި ކުރީވެސް މުއްސަންޖެއްގެ ހުރި ހަމަ އެންމެ އަންހެންދަރިއަކާއެވެ. 

"
އަނހަނ ނަވީން......" ގޭތެރެއިން ނުކުމެގެން އައިސްއައިސް ހުރި ޚާލިދުގެ މި އަޑަށް ދެމީހުންވެސް އެނބުރުނެވެ.
އެމީހުން އިށީނދެ ތިބި ހިސާބަށް ޚާލިދު އައުމުން އަދަބުވެރި ކަމާއެކު އިކްރާމް ތެދުވެ ޚާލިދު އާއި ސަލާމް ކޮށްލިއެވެ. 

"
އިކްރާމް ނަފީސް އެހެންނު؟" އިކްރާމް ތައާރަފްކޮށްދޭން އަދި އެއްވެސް މީހަކަށް އެކައްޗެއްވެސް ނުބުނެވިގެން އުޅެނިކޮށް މިހެން ބުނީ ޚާލިދުއެވެ. ރަށުގައި އަދި އަތޮޅުގައިވެސް ހިނގާ ބޮޑެތި ކަންތައްތަކަށް ޚާލިދު އަކީ އަބަދުވެސް ހޭލުންތެރި މީހެކެވެ. އެހެންކަމުން އިކްރާމް ގެ ނަމާއި ކާކު ކަމާއި ކޮން މަގާމެއްކަންވެސް ޚާލިދުއަށް މީހަކު ބުނެދޭކަށް ނުޖެހުނެވެ.

"
މިއީ އެއް އޮފީހެއްގައި މަސައްކަތް ކުރުމުގެ އިތުރުން އެހާ ގާތް ރައްޓެއްސެއް. ކުޑައިރުއްސުރެންވެސް އަހަރެން ދަންނަ މީހަކަށް މިވަގުތު މިރަށުގައި ހުރި ހަމަ އެކަނި މީހާ." ޚާލިދުއަށް އިކްރާމް ތައާރަފްކޮށްދިނުމުގެ ގޮތުން ނަވީން ބުންޏެވެ.
"
އެހެންތަ. ވަރަށް އުފާކޮށްފިން. އިކްރާމްވެސް ވާނެ މިގެއަށް އައިސްގޮސް ހަދަން. މާދަމާރޭގެ ކެއުމަށް ކޮންމެހެންވެސް އަންނަން ވާނެ." އިކްރާމް އާއި ސަލާމްކޮށްގެން ހުރެ ޚާލިދު ބުންޏެވެ.

"
މިގަޑީގައި ނެތޭ ހުރެވެންވެސް.....ހަމްދު ގޮވައިގެން ކޮންމެހެންވެސް ދާން އެބަޖެހޭ. ވަރަށް ދެރަގޮތެއްނު މި ދިމާވީ" އިކްރާމް ތައާރަފް ވުމުގެ ގޮތުން ކުޑައިރުކޮޅަކު ވާހަކަ ދައްކާލުމަށްފަހު ، ޚާލިދު އުޒުރުވެރިވިއެވެ.

"
އެދެން މައްސަލައެއް ނޫން. ބޮޑަށް މިއައީވެސް މާދަން ހަވީރު އެބަޖެހޭ ފުވައްމުލަކަށް ފުރަން. ހިއެއް ނުވޭ އެހާ އަވަސް އަވަހަކަށް އާދެވޭނެހެނެއް. އެހެންވެ....މިހާރު މިގޭމީހުން ރާވާފައި އޮތްގޮތެއްވެސް އޮޅުންފިލުވާލަންކަމަށް." ނަވީން އެ ދެއްކީ އޭނައާއި އިނާގެ ކައިވެނީގެ ވާހަކަ ކަން ޚާލިދުއަށްވެސް ޝީލާއަށްވެސް އެނގުނެވެ.

"
ނަވީން އާއި އިނާގެ ރޭވުމެއް މީގައި އޮތީ. ހަދަންވީގޮތް އަހަރެމެންނަށް އަންގަންވީ ތި ދެކުދިން. އަހަރެމެން މިތިބީ ހުރިހާ ކަމެއް ކޮށްދޭގޮތަށް." ޚާލިދު ނިންމައިގެން އިން ގޮތް ޚާލިދު ހާމަ ކުރިއެވެ.

ނަވީނަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
"
މިކޮޅުގަތަ ކައިވެނި ކުރަނީ....؟" އަނެއްކާވެސް ސުވާލު ކުރީ ޚާލިދެވެ.
"
ކަމަކު ނުދާނެތަ؟" ނަވީން އެހިއެވެ.
"
ނޫނޭ.......ނަވީން ބޭނުންވަންޏާ މާލޭގައި ނަވީންގެ އާއިލާ ކައިރީގައިވެސް........." ޚާލިދު ބުނަން ފެށިއެވެ.

"
ނޫނޭ........އެއީ އޮތް އޮޕްޝަނެއް ނޫން މިހާރު. މިކޮޅުގަ ކައިވެނިކޮށްގެން މާލެ ދާނީ. ފަހުން. " ނަވީންގެ ހިތުގައި އޮތް މާނަ ނޭނގުނު ނަމަވެސް، ބުނި ޖުމްލައިގައި "މާލެ ދާނީ" އާއި "ފަހުން" އާއި ދެމެދަށް އައި ދުރުކަމުގެ ސަބަބުން، ނަވީން އިނާ ގޮވައިގެން އެހާ އަވަހަށް މާލެދާން ހުރި ގަސްދެއް ނެތްކަން އެތާ ތިބި އަނެއް ތިން މީހުންނަށްވެސް އެނގުނެވެ.
"
އެންމެ ރަނގަޅު ތިގޮތްވެސް......." ޚާލިދުވެސް ކުރުގޮތަކަށް ފަސޭހައިން އެއްބަސްވެއްޖެއެވެ.

"
މަންމަ ކީކޭ ބުނީ....؟" ޚާލިދު މަންމައަށް ގުޅާނެކަން އޭނައަށް އެނގޭތީ އޮޅުންފިލުވަން ބޭނުންވިއެވެ.
"
ބައްޕައާއި ދިމާވީ.........ބައްޕަ ބުނީ ނަވީންގެ އުފަލަކީ ބައްޕަގެވެސް އުފަލޭ. " ޚާލިދު މިހެން ބުނުމުން ނަވީންގެ ހައިރާންކަން ލިބިގެން ދިޔައެވެ.

"
އޭރު ބައްޕަ އެހެން ނުބުނީ މަންމަވެސް ދެރަވެދާނެތީކަމަށްވާނީ. އެކަމަކު މިހާރު ދެކެލައްވާގޮތް އެބުނީ." ނަވީންގެ މޫނުމަތީގެ ކުލަވަރު ފެނުމުން ޚާލިދު އަވަހަށް ހަމަޖައްސާލިއެވެ. ޝީލާވެސް ބޯޖަހާލިއެވެ. އިރުކޮޅަކަށް ޓީވީގެ އަޑު ނޫން އަޑެއް ނެތި ދިޔައެވެ.

"
ފުވައްމުލަކަށް ދިޔަޔަސް، ދޭތެރެއަކުން ނަވީން ޖެހޭނެ ޖައްސާލަން. ހާދަ ބައިވަރު ކަންތަކެއް ހަމަޖައްސަން ހުންނާނެއޭ....ކުޑަ ދުވަސްކޮޅެއްނު މި އޮތީ." ދައްކަމުން ދިޔަ ވާހަކައިގެ ބާވަތުން ތަނަށް ލިބުނު ހިމޭންކަން ފޫދުއްވާލީ ޝީލާއެވެ. ބޯ ޖަހާލުން ފިޔަވައި އިތުރު އެއްޗެއް ނަވީން ނުބުނެއެވެ.
"
އެއީ ތެދެއް. ކޮންމެވެސް ގޮތަކަށް ވަގުތު ހޯދާލަން ޖެހޭނެ." ޚާލިދުވެސް އެ ކަމުގެ ހުރި މުހިއްމުކަން ނަވީނަށް ވިސްނައިދިނެވެ.

"
ދެން ގޮސްލާނަމޭ އިނގޭ. ހަމްދު މިހާރު ދެފަހަރު ވަދެފަ ނިކުމެއްޖެ. މާދަމާރެއިން ކޮންމެހެންވެސް އިކްރާމް އަންނަންވާނެ." ފަނަރަވަރަކަށް މިނެޓަށް ދެމިގެން ދިޔަ ވާހަކަ ކޮޅަކަށްފަހު ، ދިއުމަށްޓަކައި ޚާލިދު ތެދުވިއެވެ.
"
ނަވީނެއް ނުހުންނާނެތާ ދޯ؟" ޝީލާވެސް އެ ވާހަކައިގައި ބައިވެރިވެލިއެވެ.

"
އަހަރެމެންވެސް މިވަގުތު ގޮސްލާނަން." ނަވީން އާއި އިކްރާމްވެސް ދާން ތެދުވިއެވެ.
"
ބަލަ އިނާ ކޮބައިތޯވެސް ބަލައެއް ނުލަމުތަ؟" ނަވީންގެ ފަހަތުން ހިނގައިގަތުމުގެ ކުރިން އިކްރާމް އެހިއެވެ. 
ދޮރާއި ހަމައަށް ދެވިފައި ހުރި ނަވީނަށް ބަލާލެވުނީ ޝީލާގެ މޫނަށެވެ. އެ އަޑު އިވޭހިސާބުގައިވެސް ޚާލިދު ނެތްކަން ނަސީބެކޭ އޭނަގެ ހިތަށް އެރިއެވެ.

"
އިނާ އެބައުޅޭތަ އަނެއްކާ.......ބުނި ދިލްމާގެއަށް ދާވާހަކަ މިރޭ." އަހަން ނައަހާން ހުރެފައި ނަވީން އަހާލިއެވެ.
"
އޮއްހޯ............މިއީ ދޯ މިވީ ގޮތަކީ. ހޫމް. އަވަހަށް ހިނގާ." އިނާ ގޭގައި ނުއުޅޭކަން ނަވީނަށް އެނގޭކަން އެނގުމާއެކު ހިނިގަނޑެއްޖަހާލާފައި އިކްރާމްވެސް ދާން ހިނގައިގަތެވެ.
"
އަދި ނާދޭ.....އެގޭގަވީ.....ޚާލިދުމެން އަންނައިރު ގޮވައިގެން ކަންނޭނގެ އަންނާނީ." ދެ ޒުވާނުންގެ ސަމާސާގައި ހުރި ލާނެތް ކަމަކުން ޝީލާވެސް ހީލިއެވެ.
އޭނަގެ އިނާ އަކީ ނަސީބުގަދަ ކުއްޖެކެވެ. އިނާއަށްޓަކައި ނަވީންއަށްވުރެ ރަނގަޅު މީހަކު ނުހުންނާނެކަން ގައިމެވެ. ކިހާ ގުޅޭހެއްޔެވެ؟ އިނާގެ ހަޔާތަށް އަންނަންވާނީ ނަވީންފަދަ މާތް، އަޚްލާގް ރަނގަޅު ރީތި ޒުވާނެއްކަން އަބަދުވެސް އޭނައަށް އެނގޭކަހަލައެވެ. ޒިޔާދު އާއި އިނާގެ ކައިވެންޏަށް ވީ ގޮތަށް މި ކައިވެންޏަށް ނުވުމަކީ އޭނަގެ އެދުމެވެ. އެކަހަލަ އެއްވެސް ކުންޏެއް ނުޖެހި އިނާ އާއި ނަވީން އަބަދުވެސް އުފަލުގައި ލަހައްޓަވާށިއެވެ. 
ނަވީން އާއި އިކްރާމް ނިކުމެގެން ދިޔަތަން ބަލަން ހުރެފައި ޝީލާ ހިތަށް އެރިއެވެ. ޝުކުރުވެރިކަމާއެކުގައެވެ.
** ** ** ** ** ** **
ދުވާލަކަށްފަހު ރޭގަނޑެއް އަދި ރޭގަނޑަކަށްފަހު ދުވާލެއް ވޭތުވަމުން ގޮސް ސެޕްޓެމްބަރ މަހުގެ 14 ވަނަ ދުވަހަށްވެސް އިރުއޮއްސިއްޖެއެވެ. މާދަމައަކީ ފަނަރަ ވަނަ ދުވަހެވެ. އިނާއާއި ނަވީން އިންތިޒާރު ކުރަމުން އައި ދުވަސް ޖެހެނީއެވެ. މާދަމާރޭ އެމީހުންގެ ކައިވެނި ކުރެވޭނެއެވެ. 

"
އިނާ..............؟ ހެޕީތަ.........؟" ނަވީން އަހާލިއެވެ. ވަރަށް ސީރިޔަސް ރާގަކަށެވެ. ޓެރަސްގައި ހުރި ދިގު ސޯފާއެއްގައި އެ ދެމީހުން ތިބެނީ، ރޭގަނޑުގެ ކެއުން ކައިގެން މަންމަމެނާއެކު ވާހަކަ ދައްކަން ސިޓިންރޫމްގައި ތިބެފައި، މީގެ ފަނަރަ ވަރަކަށް މިނެޓް ކުރިން އައިހެވެ. 

"
ހޫމް........" ނަވީން ސުވާލު ކުރުމުން ބަލަން އިން ފޮތުން އިސް އުފުލާފައި ކައިރީގައި އިން ނަވީންގެ މޫނަށް ބަލާލަމުން އިނާ ޖަވާބު ދިނެވެ. އެކަން ޔަގީންކޮށްދިނުމުގެ ގޮތުން އުފާވެރި ހިނިތުންވުމަކާއެކުގައެވެ. ނަމަވެސް ދެންވެސް އިނާގެ މޫނަށް ބަލަހައްޓައިގެން ނަވީން އިނީއެވެ.

"
ހީވަނީތަ ހެޕީ ނޫންހެން...." އޭނައެކޭ އެއްގޮތަށް ސޯފާއަށް ނުލެނގި ކުރިއަށް ޖެހިލައިގެން އިން ނަވީން މާ ވަރަކަށް ބަލާތީ އިނާ އެހިއެވެ. އެހެންނަމަވެސް ނަވީންގެ އަޑުގައި ހުރި ސީރިއަސްކަމެއް އިނާގެ ނެތެވެ. އިނާ އިނީ ބަލަމުންދާ ފޮތަށް ސަމާލުވެގެންނެވެ.

"
ޔަގީން ވަނީ....." ނަވީން ހަމަ އެރާގުގައި ބުނެލިއެވެ.
"
ހަގީގަތެއް ނޫންއިރު ކިހިނެއް ޔަގީން ވާނީ.....؟" އިނާ ދިޔައީ ގަނޑަކަށްފަހު ގަނޑެއް އުކަމުން ވާހަކަ ދައްކަމުންނެވެ. މާދަމާ އެމީހުންގެ ކައިވެނީގެ ހަފްލާގެ ސައި އޮތީ އެގޭގެ ގޯތިތެރޭގައި ކަމަށްވާތީ، ގޯތިތެރެ ތައްޔާރުކުރާނެ ގޮތް އެމީހުން ނިންމީ އޭގެ އެހެން ފޮތެއް ބަލައިގެންނެވެ. އެކަމަކު އަދިވެސް އިނާ އެހެން ފޮތަކުންވެސް އިތުރު މައުލޫމާތެއްވެސް ލިބޭތޯ ބަލަނީއެވެ. 

"
އެކަމަކުވެސް ޔަގީން......ބުނެބަލަ....ހަމަ އަބަދުވެސް ތިވަރަށް....." ނަވީންއަށް ބުނެވުނީ މިހިސާބަށެވެ. އިނާ ވާހަކަ ދައްކަން ފެށުމުން ޖެހުނީ ހުއްޓާލާށެވެ.
"
އާނ........އަބަދުވެސް.....މިވަރަށް....ނޫނީ މިއަށްވުރެވެސް ބޮޑަށް......" އިނާއަށް ހީވިގޮތަށް އިނާ ޖުމްލަ ފުރިހަމަކޮށްލިއެވެ. ވަރަށް ޔަގީންކަން ދެމުންނެވެ. އެކަމަކުވެސް އަނެއްކާވެސް އުކަންފެށީ ފޮތުގެ ގަނޑުތަކެވެ.
"
އަސްލުވެސްތަ........ހަމަ ތިއަށްވުރެވެސް ބޮޑަށް އާރޓް ދައްކާނަންތަ؟" ނަވީން ބުނީ އިނާ ހީކުރި އެއްޗެއް ނޫނެވެ. ސިހިފައި އިނާ ބަލާލުމާއެކު ނަވީނަށް ނީދެވިގެން ހީގަނެވިއްޖެއެވެ. ނަވީން އޭނަ އާއި ސަމާސާކުރީކަން އިނާއަށް އިހްސާސްވީ އެހިސާބުންނެވެ. އަތުގައި އޮތް ފޮތުން ނަވީންގެ ގައިގައި ތަޅައިގަންނަން އުޅެގެންފިއެވެ.

"
އެ އެ އެ......" އިނާގެ އަތުގައި ހިފައި ހުއްޓުވަން މަސައްކަތް ކުރަމުން ނަވީންވެސް ސޯފާގެ ފަހަތަށް ޖެހެން އުޅެގަތެވެ. ނަވީން ހެނީއެވެ. އިނާގެ ހުނުމުގެ އަޑު ނީވުނު ނަމަވެސް ނަވީން އޭނައާއި އެކުރި ސަމާސާގެ އަދަބު، ހީގެން އިނދެ ނަވީނަށް ދެނީއެވެ.

"
އަސްލުވެސް ތިކަހަލަ އެހެން އަންހެންކުއްޖަކު އަހަރެން ނުދެކެން." އިރުކޮޅެއްގެ ސަމާސާއަށްފަހު އިނާގެ ދެއަތުގައި ހިފައި ހުއްޓުވާފައި ނަވީން މިހެން ބުނެލިއެވެ. އޭރު ނަވީންއިނީ ސޯފާގެ ލެނގޭބަޔަށް ގޮތަކަށް ވެއްޓިފައިކަމުން އިނާއަށް ނަވީންގެ މޫނު ސީދަލަށް ފެނެއެވެ. އެ ބުނި ޖުމްލައިގެ އަސަރުވެސް ފާޅުގައި ނަވީންގެ މޫނުން އެނގެން ހުއްޓެވެ. 

"
އަހަރެން މިއީ ކުއްޖެއް ނޫން....މީހެއް...." ސީދަލަށް އިށީންނަން މަސައްކަތް ކުރަމުން އިނާ ބުނެލިއެވެ. ނަވީންގައިގަ ޖަހަން އޭނަ އުޅުނު ފޮތާއެކު ނަވީން އޮތީ އޭނަގެ ދެއަތްވެސް ގެންގޮސް ނަވީންގެ މޭގައި ޖައްސައިގެން ހިފަހައްޓައިގެން ކަމުން، އިނާއަށް އިނދެވުނީ އުނދަގޫ ގޮތަކަށެވެ. 

"
އަހަންނަށް ފެންނަނީ ކުއްޖެއް ގޮތަށޭ. އިނާ....އޭއި....ބަލާބަލަ މިކޮޅަށް. ހަގީގަތުގަވެސް އަހަރެން އިނާއަށް ޝުކުރުވެރިވަން." އިނާ ސީދާ ވާން އުޅުމުން ފޮތާއެކު ވައަތުން ދޫކޮށްލިއެއްކަމަކު، އިނާގެ ކަނައަތް އޮތީ އަދިވެސް ނަވީންގެ މޭގައި ޖައްސާފައެވެ. އިނާގެ މޫނުގައި ހިފައި އަނބުރާލާފައި ނަވީން އެބުނެލީ އޭނަގެ ހިތުގެ އަޑުކަން އިނާއަށް ނަވީންގެ ލޯ ފެނުމުން އެނގުނެވެ.

"
ކީއްވެ.....؟" އިނާ އެހިއެވެ. ލޯތްބާއެކު ނަވީންގެ މޫނަށް ބަލާލަމުންނެވެ.
"
މިހުރިހާ ދަތި އުނދަގޫ މަރުޙަލާތަކެއްގައި އަހަންނާއެކު ހުރެދިނީތީ......އިނާ ކެތްތެރިވީމަ އަހންނަށް ހިތްވަރު ލިބުނީ. އެހެން ނޫންނަމަ ކިހިނެއް މިދުވަސް ގެންނާނީ އަހަރެން." ނަވީންގެ އަޑުގައި ނަވީން އެދައްކާ ވާހަކައިގެ އަސަރު ހުއްޓެވެ.
"
އެހެން ނޫންނަމަ ކިހިނެއް ވާނީ؟" އިނާ ބޭނުންވަނީ ނަވީންގެ އަނގައިން އެވާހަކަ ދައްކާ އަޑު އަހާލާހިތްކަންނޭނގެއެވެ.

"
އެހެންނޫންނަމަ އަހަރެމެން ދެމީހުން ތިބޭނީ ދެ ރަށުގަ. ނުދަންނަ ބީރައްޓެހިންފަދައިން ލޯބިނުވާ މީހަކާ އިނދެގެން." ނަވީން އެބުނީ ތެދެކެވެ. އެހެން ނޫންނަމަ އޭނައަށް ގައިމުވެސް ވާނީ އެހެންނެވެ. 
އެހެންނޫންނަމަ އޭނައަށް ވާނީ ކިހިނެއްހެއްޔެވެ؟ ދުވަސްކޮޅަކުން އޭނަ ވާނީ މަރުކަންނޭނގެއެވެ.
އިނާ ހިތާހިތާ ވިސްނާލިއެވެ.

"
އަހަރެމެންގެ ލައިފަށް ކޮންމެ ފަދަ ބޮޑުކަމެއް އަޔަސް އިނާ އަހަރެން ދޫކޮށްލާފައި ނުދައްޗޭ..." ނަވީން ދިޔައީ އޭނަގެ ހިތް އިނާއަށް އެދޭމިންވަރު ހާމަ ކުރަމުންނެވެ.
އިނާ ހަމަނަވީންގެ މޫނަށް ބަލަހައްޓައިގެން އިނީއެވެ.. އެ ބަސްތައް އެ އަޑުން އަހާހިތުން އޭނަ ހުންނަތާ ކޮން ދުވަހެއް ހެއްޔެވެ؟ 

"
އާއްމުގޮތެއްގަ ތިހެން ބުނަން ޖެހޭނީ އަންހެންކުއްޖާނޫންތަ؟" ނަވީން އެންމެ ސީރިއަސްވި ގަޑީގައި އިނާވެސް ސަމާސާ ކޮށްލިއެވެ. 

"
ފޮތެއް އޮވޭތަ ގަވާޢިދު ލިޔެފަ؟" އިނާ އިންގޮތުން އޭނައާއި ދިމާލަށް ކުޑަކޮށް ގުދުވެފައި އިނުމުން ކަންފަތް ކައިރިން އައިސް އޮތް އިސްތަށިގަނޑުން އިސްތަށިކޮޅެއްގައި ހިފައި ނަވީން ދަމާލިއެވެ. އޭނަ އެހާ ސީރިއަސްކޮށް ދެއްކި ވާހަކައަކަށް އިނާ ސަމާސާ ކުރީތީ ދިން އަދަބެއްގެ ގޮތުންނެވެ.

އިނާ ހީގަތީއެވެ.

"
ބުނެބަލަ........ހުންނާނަން ދޯ؟" އަދިވެސް ނަވީން ބޭނުންވަނީ ޔަގީންކަން ހޯދާށެވެ. ފަހަރެއްގައި އެކަހަލަ ވާހަކަ ތަކަކީ އިނާ އެހާ ދައްކައި އުޅޭ ވާހަކަތަކެއް ނޫންވީމަ ނަވީންވެސް އެ އަޑު އަހާލާހިތްވަނީކަމަށްވެދާނެއޭ އިނާގެ ހިތަށް އެރިއެވެ.

"
ހޫމް....އިއްޔެވެސް ހުރިން....މިއަދުވެސް....މާދަންވެސް....އުމުރަށްވެސް އިރާދަކުރެއްވިއްޔާ ހުންނާނަން...." ނަވީން އަޑުއަހަން ބޭނުންވެގެން އުޅުނު ކަހަލަ ޖަވާބެއް އިނާ ދީފިއެވެ. ހިތުގެ އެންމެ އަޑިން ނުކުތް ބަސްތަކަކުންނެވެ.
ނަވީންއަށް އިތުރު ވާހަކައެއް ދައްކާކަށް މުހިއްމެއް ނުވިއެވެ. މާދަމާރޭ މިގަޑިޖެހޭއިރު އޭނަގެ އަތްބެއްގެ ގޮތުގައި ހުންނާނެ އިނާ، އަތުގެ ތެރެއަށް ލައި ބާރަށް ބައްދާލިއެވެ. އިނާއަށްވެސް އިތުރު ވާހަކައެއް ބޭނުމެއްނުވިއެވެ. ނަވީންގެ ހަށިގަނޑުގެ މަޑު ހޫނުކަމުން އަރާމު ލިބިގަންނަން ނަވީންގެ މޭގައި ބޯ އަޅާލައިގެން އޮތީއެވެ.

"
ގުޑްބައި މިސް އިނާ..........ދެން ފެންނާނީ މިސިޒް އިނާއެއްގޮތަށް ދޯ؟" އެރޭ ގެއަށް ދާން އެ ސޯފާއިން ތެދުވެފައި އެންމެ ފަހު ފަހަރަށް އިނާގެ އަތްތިލައިގައި ހިފައި ބާރުކޮށްލާފައި ވަކިވުމުގެ ސަލާމް ނަވީން ކުރިއެވެ.
އިނާ ބޯޖަހާލިއެވެ. އެވަގުތު އަވަހަށް އަންނާނެ ނަމައޭ ހިތާ ހިތާ ބުނަމުންނެވެ.
"
ދެން ނުފެންނާނެތަ ރޭގަނޑު ވުމުގެ ކުރިން....؟" މިފާއިތުވި ދެތިން ދުވަހަކު އެ ސުވާލު އެތަކެއްފަހަރު ނަވީން ކޮށްފިއެވެ.

"
އާނއެކޭ........ކައިވެނި ކުރަން އޮންނަ ދުވަހު އަންހެންކުއްޖާއާއި ބައްދަލުކުރާކަށް ނުވާނެ. ދެން ފެންނަން ވާނީ ކައިވެނި ކުރާ މޭޒުދޮށުން." ނަވީން އެ ސުވާލުކުރާ ކޮންމެ ފަހަރަކު އިނާ ދޭ ޖަވާބު ދެންވެސް ދިނެވެ.
"
ކާކު ދެއްކި ވާހަކައެއްތަ ތީ؟ ތީ ތި ބަލާ ފޮތްތަކުގަ އޮންނަ "ހޮޅި" ވާހަކަ...." ފޫހިވެފައި ބުނާ ކަހަލަ ގޮތަކަށް ނަވީން ބުނެލިއެވެ. އައްޑޫ ބަހުން އޭނައަށް އެންމެ އަޅައިގަތް ބަސްކަމަށްވާ "ހޮޅި" މި ބަސް ހިމަނައިގެން ނަވީން އެހެން ބުނުމުން އިނާގާތަށް ހިނި އައެވެ.

"
މީހަކު ދެއްކި ވާހަކައެއް ނޫން. ފޮތަކުންވެސް ނުދެކެން. އެއީ އަހަރެންގެ އަމިއްލަ ގަވާޢިދު...އެންމެ ރަނގަޅެއްނު....ދެން ދާން އުޅޭ....އެހެރަ ބާރަ ޖެހީ." ނަވީންގެ މޭގައި އަތް އަޅައި ކުޑަކޮށް ކޮއްޕާލަމުން އިނާ ބުނެލިއެވެ.
"
ދެން ކީއްކުރާނީ.....މިގެއަށް ނުވެސް އާދެވޭނެ ދޯ މާދަން އަހަންނަކަށް. އެކަމަކު ބުނަން........ނަމަނަމަ ކައިވެނި މޭޒުދޮށަށް ނައިސް ނުފިލައްޗޭ." އިނާގެ މޫނާއި ދިމާލަށް އިނގިލި ދިއްކޮށްފައި އިންޒާރުގެ ރާގުގައި ނަވީން ބުނެލިއެވެ.

"
ހެހެހެހެ........ވަރަށް މަޖާވާނެ ދޯ އޭރުން...." އިނާ ނަގަނީ ނަވީންގެ ކޮންމެ ވާހަކައެއްވެސްމިރޭ ސަމާސާއަކަށެވެ. ހަގީގީ މާނައިގައި އިނާ ހުރީ އުފާ ވެފައެވެ. އެއްވެސް ކަމަކާ މިރާ އިނާ ފިކުރު ބޮޑު ނުވެއެވެ. 

"
އޯކޭ....ދިޔައީ........މިސް އިނާއަށް ގުޑްބައި.....ސީޔޫ...އިން ޔޯރ ވެޑިންގ ޑްރެސް...." ސިޑިން ފޭބުމުގެ ކުރިން މިހެން ބުނެފައި އެންމެ ފަހުގެ ސަލާމުގެ ގޮތުން އިނާގެ ރީތި ކޯތާފަތުގައި ނަވީން ބޮސްދިނެވެ.
ނަވީންގެ ފަހަތުގައި ހުރެގެން ސިޑިން ފައިބައިގެން އިނާ ދިޔައީ އޭގެ ފަހުންނެވެ.

** ** ** ** ** ** ** **

2002
ގެ ސެޕްޓެމްބަރ 15 ވަނަ ދުވަހަށް އިރު އަރައިފިއެވެ. 
އިރުގެ ފުރަތަމަ ދޯދިތައް އިނާގެ ކޮޓަރީ ކުޑަދޮރުން އެތެރެއަށް ވަދެ، ނިދާފައި އޮތް އިނާގެ މޫނުގައި ރަންކުލަ ޖައްސަން ފަށައިފިއެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި އިނާގެ ލޯ ހުޅުވިއްޖެއެވެ. 

ފަތިސްނަމާދަށް ތެދުވެފައި ކުޑަދޮރު ހުޅުވިފަހުން ނުލައްޕާ ބެހެއްޓުނުކަން ހަނދާންވީ އެވަގުތުއެވެ. އޭގެ ސަބަބުން އިރުގެ ދޯދިތައް އެ ބިއްލޫރި ކުޑަދޮރުގެ ފޮތިގަނޑުގެ ދޭތެރެތަކުން އިނާގެ މޫނަށް އެޅެމުން ދިޔައީ ހުރަހެއް ނެތިއެވެ. ނުރުހުން ވެވުނީ އެ ދޮރުފޮތިގަނޑު ދެކެއެވެ. އޭނަގެ މޫނަށް ހިޔާ ކޮށްދިނުމުގެ ބަދަލުގައި އިރުގެ ދޯދިތަކާ އެއްބައިވެގެން، އޭނަ ހޭލައްވަން ވެގެން ފީކޮއި ކުޅޭތީއެވެ.

ލޯކުޑަކޮށްލަމުން އެނދުކައިރީ ސައިޑްޓޭބަލްމަތީ ހުރި ގަޑި ބަލާލިއެވެ. އަދި ކިރިޔާ ހަގަޑި ސާޅީސް ވީއެވެ.

މަޑުމަޑުން ތެދުވެގެން ގޮސް ކުޑަދޮރުން ބޭރު ބަލާލިއެވެ. ކިހާ ރީތި ދުވަހެއް ހެއްޔެވެ. މާހައުލުގައި ވަނީ ހުވަފެނީ ގޮތެކެވެ. ކުޑަދޮރުން ފެންނަ ދިމާލުން ގޯތިތެރޭގައި ހުރި ގަސްތަކުގައިވެސް އާދަޔާ ޚިލާފު ތާޒާކަމެއް އެބަހުއްޓެވެ. ފެހިވެފައި ވިދުން ގަދައެވެ. މަދުމަދުން ވިޔަސް އެކިކަހަލަ މާތައް ފޮޅިފައި ހުރިތަން އިނާއަށް ފެނުނެވެ. 

މިއަދަކީ އޭނަގެ ކައިވެނި ކުރެވޭ ދުވަހެވެ. މިރޭ އަށެއް ޖަހަން އަދި ހާދަ ވަގުތެއް އެބައޮތެވެ. 
އޭނަ އަކީ ނަވީންގެ މީހަކަށް މިރޭ ވާނެއެވެ. މިއީ އެ ޚާއްޞަ ދުވަހެވެ. އޭނަގެ މުޅި އުމުރުވެސް އޭނައަށް އިންތިޒާރު ކުރެވުނީ މި ދުވަހަށްކަން ޔަގީނެވެ.

ކިހާ ބޮޑު އުފަލެއް ހެއްޔެވެ؟ ކިހާ މީރު އިހްސާސެއް ހެއްޔެވެ؟ ލޯބިވާ މީހާ އާއި ކައިވެނި ކުރުމުގެ ފުރުޞަތު ލިބެނީ މި ދުނިޔޭން ހާދަ މަދުބަޔަކަށެވެ. އެކަމަކު އެންމެންނަށް އެ ފުރުޞަތު ލިބޭނެ ނަމައެވެ. ދުނިޔެ ހާދަ ރީތި ވީހެވެ. ޖައްވުގައި ހާދަ ރީތި ކުލަތަކެއް ހުރީހެވެ. ގުލްޝަނުން ހާދަ މީރުވަހެއް ދުވާނެއެވެ. ކޮންމެ ރެއެއްވެސް ކޮންމެ ދުވާލެއްވެސް ހާދަ ޚާއްޞަ ވާނެއެވެ. 

އޭނައަކީ ހަމަ އަސްލުވެސް ނަސީބުވެރިއެކެވެ. ޝުކުރު ކުރަމެވެ. މާތްﷲ އަށް ތާއަބަދުމެ ޝުކުރު ކުރާނަމެވެ. މި ހުރިހާ ނިޢުމަތްތަކަށެވެ. ދުނިޔެއިން އުފާ ލިބޭ މަދު މީހުންގެ ލިސްޓްގައި އޭނަގެ ނަން ހިމަނުއްވައިދެއްވީތީއެވެ.
*******(ނުނިމޭ)*******


http://www.muraasil.com/images/comment_reply.pngPosted on 2011-09-22 09:28:49 | Report this Comment
http://www.muraasil.com/images/icons/comments_user.gif:
ވަރަށް ރީތި... ކައިވެނި ކޮށްފަ ނިންމާލިނަމަ.... އުންމީދެއް ފުރިހަމަ ވަނީ... ހުވަފެނެއް ތެދު ވަނީ.... އަޅެ މާޝާ ކައިވެނު ކުރި ދުވަސް މަތިން ވަރަށް ހަނދާންވޭ އެބަ...!!!
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ މާޝާ.....އެކަމަކު .......ވަރަށް ގިނަ ކުދިން ސޮފާއަށްގުޅާފަވެސް ބުނަނީ.....އެމީހުން މެރީނުކުރާނެޔޭ. އެހެންވެގެން ދޯޔޯ ސޮފާ އެހިސާބަށް ނިންމާލީ.
ފާތުން: ފާތުން އަށް ވެސް ވަރަށް ހީވޭ މެރީ ނުކުތާނެ ހެން އެމީހުން...ހެހެހހެހެ ވ ސަޅި


http://www.muraasil.com/images/comment_reply.pngPosted on 2011-09-22 09:41:01 | Report this Comment
ޕޮއް..... ފުރަތަމަ ކޮމެންޓް ތަ؟؟؟؟؟؟؟؟؟؟؟؟؟؟؟
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އެހެން ވާނެނު ............ނުވި ތި ކަމެއް.........ހެހެހެހެ .
ޝަޒް: މީތި ސުލޯ ކަމުންނޭ އެހެން އެ ވީ :((((


http://www.muraasil.com/images/comment_reply.pngPosted on 2011-09-22 11:10:08 | Report this Comment
އަޅޭ... ކޮންކަހަލަ ހިސާބަކުންތަ ތި ނިންމާލީ.... ދެން އަނެއްބައި އަޕްލޯޑް ކުރަންދެން ޝިފާމެން ތިބެންވީ ހިތް ތެޅި ތެޅިދޯ....ހެހެހެ.. އިނާގެ ހިތަށް ވުރެން ބާރަށް ކިޔުންތެރިންގެ ހިތް ތެޅި ނަރވަސްވާނެ އިނގޭ މިފަހަރު ސޮފާ ތި ނިންމާލި ހިސާބުން....ބިޓްވީނ މިބައިވެސް ހަމަ ވވވވވވވވވ ސަޅި.. ކިޔާހިތުން އިންދާ ނިމުނީ.... ހަމަ ހީވަނީ މަންޒަރުތައް ލޮލަށް ފެންނަހެން... އޯލް ދަ ބެސްޓް.. ޓޭކް ކެއަރ ސޮފް....
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހެހެހެހެ......ނޫނޭ...ހިތް ތެޅޭނެކަމެއް ނެތް. ދެން ސޮފާ ގެނެސްދޭނީ (ހޮނިހިރު) ދުވަހުގެ ހެނދުނަށް. ހުކުރު ދުވަސް ސޮފާއަށް ޗުއްޓީ. ވ. ބިޒީ ވާނެ. އެހެންވީމަ. އެނީވެސް........ޝުކުރިއްޔާ އިނގޭ .
ޝިިފާ: އެހެންތަ...އޯކޭ..... ހަނދާންކޮށް ސަޓަރޑޭގަ އަޕްލޯޑްކޮށްދެއްޗޭ އިނގޭ....ސޮފާއަށް އިނގޭތަ...ނޭނގެ ގަބޫލުކުރާނެކަމެއްވެސް.. އޮފީހުގަ ކަމެއްނެތިފާ އިންނަގަޑީ ފޫހިވީމަ މިވާހަކައިގެ ކުރީގެ ޕާޓްސްތައް ކިޔާމޭ..ބަަައެއް ޕާޓްތައް ހަމަ ކިޔާ ކިޔާވެސް ފޫއްސެއްނުވޭ... ހެހެެހެހެ...ހަމަ އެހާވެސް ސަޅި...


http://www.muraasil.com/images/comment_reply.pngPosted on 2011-09-22 11:31:41 | Report this Comment
ވަރށް ސަޅި އިނގޭ.........ޝަޒް ހީކުރީ މިދާ ވަރުން ދަންޏާ މެރީ ކުރުވާފަ ކަމަށް ހުއްޓާލާނީ...........އެކަމް..........އާހް..............ސޮފް ހަމަ މުޅިންވެސް ކުރާނީ މިކަހަލަ ކަންތައް...................އެދުވަހަށް އިރު އެރި ހިސާބުނެއްނު އެ ނިންމާލީ..................... ޝަޒް ވެސް ހަނދާންވީ މެރީކުރި ދުވަސް މަތިން..............އެއީ ވަރަށް އެހެން ކަހަލަ އުފާވެރި އިހްސާސެއް ކުރުވި ދުވަހެއް :)))).....ދެން ނޭންގެ ދޯ އިނާ އަށް ވާނެ ގޮތެއް.........އިނާމީ ނިކަން ގޮތް ބުނަން ނޭންގޭ މަންޖެއެއް..........ހަމަ ހުރެފަ ހިގައިވެސް ދާނެ....................... ސޮފް ވާހަކަ ތި ގެނެސްދޭ ގޮތް ވަރަށްވެސް ސަޅި އިނގޭ.................... :)))) އޯލް ދަ ބެސްޓް :)))))))
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ޝަޒް. އަބަދުވެސް ޝައުގުވެރިކަމައެކު ކިޔާނެ ކަމަށް ހީކުރަން.


http://www.muraasil.com/images/comment_reply.pngPosted on 2011-09-22 11:43:01 | Report this Comment
އަސްލުވެސް ދޯ! ލޯބިވާ މީހާއާއި ކައިވެނި ކުރުމުގެ ފުރުޞަތު ލިބެނީ މަދު މީހަކަށް. ނަސީބުވެރިންނަށް. ވަރަށް ރީތި އިނގޭ!!!
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ތެދެއް....ލޯބިވާ މީހާ ލިބޭމީހާއަކީ ހަމަ ނަސީބުވެރިއެއްކަމަށް ސޮފާވެސް ދެކެނީ. ޝުކުރިއްޔާ ރޭޝަމް.


http://www.muraasil.com/images/comment_reply.pngPosted on 2011-09-22 12:12:21 | Report this Comment
މުރާސިލް ހާދަ ސްލޯއޭ. އެހެންވެ އަދި މި ވާހަކަ ކިޔުނީ. ވަރަށް ފުރިހަމަ މިބައިވެސް
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އާނ ތިއީ ތެދެއް. ސޮފާއަށްވެސް ކޮމެންޓްތަކަށް ރިޕްލައިވެސް ނުކުރެވޭ.


http://www.muraasil.com/images/comment_reply.pngPosted on 2011-09-22 12:20:27 | Report this Comment
hando like this, hando like this, hando like this, hando like this, hando like this, hando like this, hando like this, hando like this, like vaa lei bodukamun neyge liyan vi echei ves!!!!!!
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހަންޑޯ........؟؟؟؟ ހެހެހެހެހެހެ...................


http://www.muraasil.com/images/comment_reply.pngPosted on 2011-09-22 12:53:24 | Report this Comment
އ


http://www.muraasil.com/images/comment_reply.pngPosted on 2011-09-22 13:46:36 | Report this Comment
އަޅެ ސޮފާ... މިހިސާބަށް ގެންގޮއްސަ ދެން އެދެމީހުން ދުރު ނުކުރުވައްޗޭ ޕްލީޒް...... މިހިސާބުން ނިންމާލީމަ ޝާމީއަށް ހާދަހީވެއޭ ނުބައެއްވާން އުޅޭހެން... ހީހީހީ..އަނެއްބައި އަވަހަށް ގެނެސްދެއްޗޭ ޕްލީޒް.... :) 3>
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހެހެހެހެ.............ކުށްހީނުކުރައްޗޭ ހުރިހާ އިރަކު.


http://www.muraasil.com/images/comment_reply.pngPosted on 2011-09-22 14:21:42 | Report this Comment
ހާދަ ސަޅިއޭ!! ސިފަކުރުންތައް ވ ވ ވ ވ ނަލަ! ކެތްތެރިކަމާއެކު ދެން އޮތް ބަޔަށް އިންތިޒާރުކުރަން........އޯލް ދަ ބެސްޓް!!! ޓޭކް ކެއަރ..ބާއި!!! (:
ތިއްތަ: ހަމަތެދެއް ފާތުން ތިބުނީ.ތިއްތަވެސް ހަމަ ހައިރާންވާހާ ރީތި.އެތަކެއްފަހަރު ކިޔާލެވޭ އިރުވެސް ފޫއސެއް ނުވޭ. ސޮފާ ކިހނެއް ތިހާ މޮޅަށް ބައިތައްގުޅުވާލަނީ؟؟؟ ހާދަ މޮޅޭ. އަނެއްބަޔަށް އިންތިޒާރުކުރަނީ ކެތްތެރިކަމެއް ނެތި.ވަރަށް ފުރިހަމަ. ޓޭކްކެއަރ. ބައި. ސީޔޫ އޮން ސަންޑޭ.
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ދެ ކދުިންނަށްވެސް ޝުކުރިއްޔާ. ހޮނިހިރު ދުވަހުން އާ ބައެއް ގެނެސްދޭނަން.


http://www.muraasil.com/images/comment_reply.pngPosted on 2011-09-22 14:52:24 | Report this Comment
ސޮފް.........ހާދަ ފުރިހަމައޭ. ހާދަ ރީއްޗޭ....ޕިސް ޕިސް ދެން ނޭނގެ ބުނާނެ އެއްޗެްއވެސް. ތިވަރެް ހަމަ ނުދެކެން.
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ސިޔާ


http://www.muraasil.com/images/comment_reply.pngPosted on 2011-09-22 15:02:35 | Report this Comment
hi sofa.how.alhe soffa mihaa molhah vaahaka liyan dhaskuree kihineh.hama hairaan vey suspense hifahattaalaa gothun.v.salhi.vvvvvvvvvvvvvvvvvvvvvvvvv furihama.pls upload the next ޕާޓް ސޫން
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ވަރަށް އުފާކޮށްފިން ޒާރާމެން ކުދިންނަށް ކަމުދާގޮތަކަށް ގެނެސްދެވޭކަމަށްޓަކާ. ޝުކުރިއްޔާ.


http://www.muraasil.com/images/comment_reply.pngPosted on 2011-09-22 15:07:06 | Report this Comment
mi vareh nei. this is truly amazing.superބ.........ސޮފާ އަކީ ހަމަ ބެސްޓް.
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ޒިޓާ


http://www.muraasil.com/images/comment_reply.pngPosted on 2011-09-22 15:23:14 | Report this Comment
އަޅެ އިނާ އެއުޅެނީ އަނެއްކާވެސް ނުބައެއް ހަދަންތަ.ނަހަދައްޗޭ އެހެން.ސޮފް މިހާ ކުރުކޮށް ނުގެނެސްދީ އަވަސްކޮށްއަޕްލޯޑްކޮށްބަލަ.ޕްލީޒް. ވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވަރަށް ވަރަށް ފުރިހަމަ މި ވާހަކަ.
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ސަނާ. ދެން އަންނަ ބައި ހޮނިހިރު ދުވަހު ގެނެސްދޭނަން އިރާދަކުރއްވިއްޔާ.


http://www.muraasil.com/images/comment_reply.pngPosted on 2011-09-22 15:33:50 | Report this Comment
އެކަމަކި ބެނަން މަ ހައުދަހައި އުފަލައް ތެބެވެއިޔޭ އަފިރިންގެރަށި ކޫދަކާ މެހެއި މުޅު ކަމުން. ބެނަން ވަރަށް ވަރަށް ނަލަ އެކާނލޯ ލޭނެ ވާހަކަ. ދައްތާމެން މި ތިބެނީ މުވަވެފެއި މި ވާހަކާއް. ހައުދަހައި ފުރިހަމަޔޭ. އަވަހަށް އެނައްބައި ގިނާސްދެހެތި ވާ ދިޔޭ.....
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ވަރަށް ޝުކުރިއްޔާ ދައްތާށަސް ޝައުގުވެރިކަމާއިއެއްކޮށް މި ވާހަކާ ކޭހެދީ..........ވަރަށް އުފާކެރަން.


http://www.muraasil.com/images/comment_reply.pngPosted on 2011-09-22 15:54:28 | Report this Comment
އަލެ އަޅެ ސޮފާ. އެދެމީހުން ދެން ދުރުނުކުރުވައްޗޭ. ވާހަަކ ނިމޭއިރު އެމީހުންނަސް ދެރައެއް ދީފަ ނުނިންމައްޗޭ.ޕޅީޒް....އ
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ކަނބުލޯ.......އަދި ދެރަނުވޭ އިނގޭ........އަދި އެބައޮތް ލައްކަ ކަންތައް ކުރިޔަށް.


http://www.muraasil.com/images/comment_reply.pngPosted on 2011-09-22 17:27:36 | Report this Comment
ވަރަށްވަރަށް ރީތި މިބައިވެސް.. ރިއު ވެސް ހަނދާންވީ މެރީ ކުރި ދުވަސް މި ޕާޓް ކިޔާލީމަ..ޔޫނޯ ސޮފް ދެޓްސް އެގްޒެކްޓްލީ ވީޑިޑް އޮން އަވަރ ބިގްޑޭ.. އެދުވަހު ނުފެނި އެރޭގެ ފެނުނީ.. ހެހެހެ.. އެނީވޭ ޔޫޓޭކ ކެއަރ ސޮފް.. ބީ ހެޕީ..
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އަސްލުވެސްތަ ރިއު..........އޭމް ޓޯޓަލީ ސަޕްރައިޒްޑް.....ހަމަ ބޮޑު އިއްތިފާގެއް މިއީ....ވަރަށް އުފާވެއްޖެ ސޮފަގެ ސަބަބުން އުފާވެރި ހަނދާންތަކެއް ރިއުއަށްވެސް ގެނެސްދެވުނީމަ. ހެހެ ހެހެހެ.........ތެންކްޔޫ ޑިއަރ


http://www.muraasil.com/images/comment_reply.pngPosted on 2011-09-22 17:33:00 | Report this Comment
varah rythi mi part ves...aneh bai kiyalaahithun kehmadhuvefa...
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހީކުރަން ހޮނިހިރު ދުވަހާއި ހަމައަށް އިންތިޒާރުކުރާނެކަމަށް. ޝުކުރިއްޔާ.


http://www.muraasil.com/images/comment_reply.pngPosted on 2011-09-22 17:42:20 | Report this Comment
ވަރަށް ރީތި އިނގޭ... ދެން އޮތް ބައި އަވަހަށް އަޕް ކޮށްލަދެއްޗޭ!! ގުޑްލަކް ސޮފާއަށް ކުރިމަގުގައި...އެންޑް އިނާއާ ނަވީން ދުރު ނުކުރަށްޗޭ!!
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ. ކޮން ކުއްޖެއްބާއޭ ހިތަށް އަރާ.........ތެންކްސް . އިނާ އާއި ނަވީން ހިފެހެއްޓޭނެތަ ސޮފާއަށް.


http://www.muraasil.com/images/comment_reply.pngPosted on 2011-09-22 17:59:38 | Report this Comment
ފްރެންޑާ އަށް މިއަދު ވާހަކަ މި ކިޔުނީ މާލަހުން. މިއަދުވެސް ދެފަހަރަކު ކިޔަންފަށައިގެންވެސް ނުކިޔުނު ބިޒީވެގެން. ފްރެންޑާގެ ފްރެންޑުންގެ އުނދަގޫވެސް ވަރަށްބޮޑުވެގެން މިކަން ނުވީ. ވަރަށް ހިތް އަވަސްވޭ އެބަ. ކައިވެނި ނުވެދާނެތީވެ. އަވަސްކޮށްލެވޭކަށް ނެތްތަ.. "ހޮޅި" މިއީ ފްރެންޑާ ވެސް ކިޔާ ބަހެއް.
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ތީ ހާދަ ވަރުގަދަ ފްރެންޑުންތަކެކޭ ދޯ...........މީހަކަށް އެވަރަށް އުނދަގޫކުރަންވާނެތަ؟ އެމީޙުންނަށް ފިލައިގެން އެހެން ތަނަކަށްގޮސް ކިޔާލާތި ދެންފަހަރަކުން. ކައިވެނި ނުވެދާނެތީޔޭ؟ ދައްކާ ހޮޅިވާހަކަ ދޯ؟


http://www.muraasil.com/images/comment_reply.pngPosted on 2011-09-22 20:29:40 | Report this Comment
ސޮފާ މި ތާރީހަކީ މާ ހާއްސަ ދުވަހަކީތަ މާބޮޑަށް ފާހަގަކޮށްލާފަ މީނީ...ހެހެ އެނީވޭސް ވަރަށް ނައިސް
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އެއީ ކީއްވެ ތިހެން ތިއެހީ؟ އެއީ އިނާގެ ކައިވެނި ކުރެވޭ ދުވަސްވީމަ ޚާއްޞަ ވާނެނު. ނޫންތަ އަޅެ.


http://www.muraasil.com/images/comment_reply.pngPosted on 2011-09-22 21:10:48 | Report this Comment
ފައިނަލީ....... އިނާ އިސް ގޮއިން ޓުބީ މިސިސް ނަވީން ދޯ........ ހެހެހެ... ސޮފާ ޕްލީޒް އިނާ ގެ ވެޑިންގް ފަނި ނުކޮށްލަށްޗޭ..................... ވެއިޓިންގް ފޯ ދި ނެކްސްޓް ޕާރޓް..........
އާޔާ: ފެއަރީ ވެޑިންގް ފަނި ވާނެ ވައްތަރެއް ނުޖަހާ ހަމަ.ވެޑިންގ ފަނިވެއްޖެޔާ އާޔާ ދެން ވަރަށް ދެރަވެސް ވާނެ!!ސޮފާ!!!އޭ!ފެއަރީގެ ބަސް އަހައްޗޭ..ވަރަށް ފައްކާ އިނގޭ ވާހަކަ..މަގޭ ނަވީން ގަނޑު ޖާނުގަނޑު..:)
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޖާނުގަނޑޭތަ އާޔާ............ހާދަ ވަރެއް......ހީވަނީ ހަމަ ފެނިގެން އުރާލާފައި އެހެން ގޮވާލިހެން. ހެހެހެހެހެހ...........ހުރިހާ ކައިވެންޏަކީ ފަނިވާންޖެހޭ އެއްޗެއް ނޫނޭ ދޯ؟ އެކަމަކު ނޭނގޭނެ އިނާގެ ގޮތެއް. ރަން އަވޭ ބްރައިޑް މާގިނައިން އިނާ ބަލާފަ ހުރިއްޔާ ވެދާނެ އެކަހަލަ ގޮތެއްވެސް. ހެހެހެހެހެ
ފެއަރީ: އާޔާ ނަވީން ގެ ވެޑިންގް ސޮފާ ފަނިކޮށްލައިފިއްޔާ ފެއަރީ ނަވީން އާ މެރީ ކުރީމަ އޯކޭ ވާނެ ދޯ.......... ހެހެހެ.... ސޮފާ ފެއަރީ އެހެން ބުންޔަސް ނަވީން ގެ ވެޑިންގް ފަނި ނުކުރާތި ކޮންމެސް.........................
އާޔާ: އާނ އެކޭ!!ސޮފާ!! އުހޫޫޫނނނ!!އޭޢި!ނަވީން އޭ އުރާނީ!ޕޮއް


http://www.muraasil.com/images/comment_reply.pngPosted on 2011-09-24 14:30:30 | Report this Comment
ސޮފާ!!!! އަދިވެސް ސަޓަޑޭ މޯނިންގ ނުވަނީތަ؟. ކިޔާހިތުނަ ކެތްކުރެވެނީކީނޫން.. އެތައްފަހަރަކު ބެލިއްޖެ މިހާރު ވާހަކަ އިންތޯ...


http://www.muraasil.com/images/comment_reply.pngPosted on 2011-09-25 04:49:02 | Report this Comment
އޭ ނޯ ޗާންސް ފެއަރީ!! އޯކޭ އެއް ނުވާނެ..ދެ ތިކި ޕީ،ސޮފާ ކޮބާތަ އަނެއްބައި؟ ބޮޑު ފަތިހާ މުރާސިލް ބަލަނީ މި ފޯންކޯލް އަޕްވެފަ އިންތޯ!


http://www.muraasil.com/images/comment_reply.pngPosted on 2011-09-26 12:18:18 | Report this Comment
މިއަދު މީ މިހާރު ހޯމަ....އަދިވެސް އަނެއްބައި އަޕްލޯޑްނުވޭ....ކިހިނެއް މިވަނީ؟؟؟؟؟؟؟


http://www.muraasil.com/images/comment_reply.pngPosted on 2011-09-26 12:35:14 | Report this Comment
މިއަދު މީ މިހާރު ހޯމަ....އަދިވެސް އަނެއްބައި އަޕްލޯޑްނުވޭ....ކިހިނެއް މިވަނީ؟؟؟؟؟؟؟

0 comments:

Post a Comment