"ނަވީން ކައިރީ ބުނިންތަ ދަރިފުޅާ...."
އިނާ ހިނގައިގަތުމުން ފަހަތުން ހިނގައިގަންނަމުން ޝީލާ އެހިއެވެ.
"ނޫން....." އެނބުރި މަންމަގެ މޫނަށް ބަލާލާފައި އިނާ ޖަވާބު ދިނެވެ.
އެއްޗެއް ނުބުނި ނަމަވެސް އިނާގެ މޫނުމަތީގެ ކުލަވަރުން ޝީލާއަށް ހުރިހާ ކަމެއްވެސް ހަނދާން ވެއްޖެއެވެ. އެ ދެމައިން ވަނީ ރޭގައި ވަކި ގޮތަކަށް ވާހަކަ ދައްކައި އެއްބަސްވުމަކަށް އައިސްފައިކަން ޝީލާ ހަނދާން ވެއްޖެއެވެ.
"އެންމެ ރަނގަޅު. ދަރިފުޅު ބުނި ގޮތަކަށް ހުރިހާ ކަމެއް ހަމަޖައްސާނަން...." ލޯތްބާއެކު އިނާގެ ބުރަކަށީގެ ފިރުމަމުން އިނާއާއެކު ޝީލާވެސް ގޮސް ފެންޑާއަށް ނުކުތެވެ.
އިނާ ފުރައިގެން އެދަނީ އިނާގެ މަންމަ ކައިރީ ހުރިހާ ވާހަކައެއް ބުނެފައެވެ.
އޭނަ ބަނޑުބޮޑު ވާހަކަ ފިޔަވައެވެ.
އެވާހަކަ އޭނަ އެ ދަނީ އެކަށް ސިއްރުކޮށްފައެވެ.
އޭނަ އަކީ ފިނޑިއެކޭ ، ތިމާ އިންތިހާއަށް ލޯބިވާ އަދި ތިމާދެކެވެސް އިންތިހާއަށް ލޯބިވާ ފިރިމީހާއާއި ކުރިމަތިލާން ނުކެރުމަކީ އޭނަގެ ހުރި ނުކުޅެދުންތެރިކަމޭ ނުވަތަ ފިނޑިކަމޭ ބުނާނެ މީހުންވެސް ވެދާނެއެވެ. އެހެން ނަމަވެސް އޭނަ ބޭނުންވަނީ ކޮންމެ ހާލެއްގައިވެސް ކޮންމެ ފަދަ ކަމެއް ކޮށްގެންވެސް އެ ކައިވެނި ނުރޫޅި ސަލާމަތްވުން ކަމަށްވާތީ، މައްސަލައިގެ ތެރޭގައި އުޅެގެން ބޯހާސްވެގެން ގޮސް ގޯސް ނިންމުމެއް ނިންމުމަށްވުރެ ދުވަސްކޮޅަކަށް އެ ފިކުރުތަކާއި ދުރަށް ދިއުމުގެ އިމްތިހާނާއި ކުރިމަތިލުންވެސް އޭނައަށް މާ ރަނގަޅުވީއެވެ. މިކަމުގައި އޭނަގެ ނިޔަތަކީ އެއީކަން ނޭނގި ތިބެ ވާހަކަ ދައްކާ ބަޔަކު ދައްކާނެ ގޮތަކަށް ދެއްކުމަކުން އޭނަގެ މައްސަލައެއް ނެތެވެ.
ކަމެއް ގޯސްވުމުން އޮންނަ އެންމެ މޮޅު ގޮތަކީ ވާހަކަ ދައްކައިގެން އެކަމަށް ހައްލުހޯދުންކަން އޭނައަށް ނޭގެނީބާއޭ ނުވަތަ އޭނައަކީ މަތީ ތަޢުލީމު ލިބިގެން ހުރި ހަމަ އެހާ ނާތަހުޒީބީ މީހެއްބާއޭ ހީކުރާނެ މީހުންވެސް ވެދާނެއެވެ.
އެކަމަކު ވާހަކަ ދައްކަން ފެށޭނީ ދައްކާނެ ވާހަކަ އަކާއި ވާހަކަ ގެންދާނެ މިސްރާބެއްވެސް ޚުދު އޭނައަށް ނިންމިގެން ތާއެވެ.
ލީނާ އެ ދެއްކި ވާހަކައަކުން އޭނައަށް ލިބޭ ހިތްދަތިކަމާއި ރުޅިއާއި ވޭން އިހްސާސް ކޮށްފައި، ހަމަ ސިކުނޑިއަކުން އެކަމާއި ދޭތެރޭ ވިސްނައި، ގޮތެއް ނިންމާކަށް އޭނައަށް ވަގުތެއް ނުވެއެވެ. އެއަށްވުރެ ބޮޑަށް، އެހަނދާންވާ ކޮންމެ ވަގުތަކު ވާ ތަދު މާ ބޮޑެވެ. ތުއްތު ތުއްތު ފުރާނައެއް އޭނަގެ ބަނޑުގައި އޮވެގެން ހެދި ބޮޑުވަމުން އަންނަ ކަމުގެ އިހްސާސް ވާ ކޮންމެ ފަހަރަކު ނަވީން އާއި ލީނާ ދެކެ އާދެވޭ ރުޅި މާ ގަދައެވެ.
އޭނަގެ މަންމަ އާއި ބައްޕައާއި ނަވީންގެ މަންމަ އާއި ބައްޕަ އާއި ދެމެދުގައި ދެކެވުނު ވާހަކަތައް އޭނަގެ މަންމަ ވަނީ އޭނައަށް ކިޔާދީފައެވެ. ނަވީންގެ މަންމަ އަނގައިން ދެއްކި ކަމަށް އޭނަގެ މަންމަ އޭނަ ކައިރީ ބުނި އެއްވެސް ވާހަކައެއްގައި ކުށެއް ނޯންނާނެކަމުގެ ޔަގީންކަން އޭނައަށް އެބައޮތެވެ. އެ ވާހަކަތައް އަޑުއެހުމަށްފަހު އޭނަގެ ހިތުގައި ނަވީނާއި ދޭތެރޭ އިތުރަށް ވަނީ ނަފްރަތު އުފެދިފައެވެ.
އޭނަ ކައިރީ ލީނާ ދެއްކި ވާހަކަ އަކީ ދޮގެއްކަމަށް ކޮންމެވެސް މީހަކު ބުނާނެ ކަމަށް އޭނަ އުއްމީދުކޮށްގެން ހުރި ނަމަވެސް، އެކަން އެއީ ހަގީގަތެއްކަން އިތުރަށް ޔަގީންވީ ނަވީންގެ މަންމަ ދިން އެ ޔަގީންކަމުގެ ސަބަބުންނެވެ.
އޭނައަށް ޒިޔާދުގެ ފަރާތުން ލިބުނު ހިތްދަތިކަމާއި ކެހިވެރިކަމަށްފަހު ނަވީންގެ ފަރާތުން އެފަދަ ކަމަކާއި އޭނަ ކުރިމަތިލާން ޖެހިދާނެއެކޭ އޭނަ ދުވަހަކުވެސް ހީނުކުރެއެވެ. އަދި އަމުދުން މިހާ އަވަހަށް މިކަހަލަ ދުވަހެއް ދެކެން ޖެހިދާނެ ކަމަކަށްވެސް އޭނަ ހީނުކުރެއެވެ.
އެކަމަކުވެސް ލީނާގެ އަވައިގަ ނުޖެހޭ އެކަކުވެސް ދުނިޔެމަތީގައި ހުރި ކަމަކަށް ނުވިއެވެ. ޒިޔާދުވެސް އޭނައަށް ލަނޑު ދިނީ އެ ލީނާއެއްގެ ކަންތަކާއެވެ. ނަވީންވެސް އެހެންނެވެ. އޭނަ އެ މަންޒަރު ދެކޭކަށް ބޭނުމެއް ނޫނެވެ.
ލީނާ އިނީ ނަވީންގެ ދަރިއަކަށް ބަލިވެ ކަމަށްވާނަމަ، އެކަމާއި ނަވީން ކުރިމަތިލާގޮތް އޭނަ ވަރަށް ރަނގަޅަށް ބަލަން ބޭނުން ވެއެވެ. އޭނަގެ އެއްވެސް ނުފޫޒަކާ އޭނަގެ އެއްވެސް ބަސްކިއުމަކާ ނުލާ ނަވީން އެކަމާއި ކުރިމަތިލާ ގޮތް ދެކެން އޭނަ ބޭނުން ވަނީ ދުރުގައި ހުންނާށެވެ.
ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް ހެވެވެ. އޭނަ ބޭނުންވަނީ ދުވަސްކޮޅަކަށް ދުރަށް، ވަރަށް ދުރަށް، ނަވީންގެ މިސްޑް ކޯލްތައްވެސް ނުލިބޭހާ ދުރަށް ދިއުމަށެވެ.
މީހަކު ކިޔާފާނެ އެއްޗަކަށް އޭނަގެ މައްސަލައެއް ނެތެވެ. އޭނަގެ ދޮންތަ އަށާއި އޭނަގެ އެންމެ ގާތް ރަހްމަތްތެރި ދިލްމާއަށް އޭނަގެ މި ވިސްނުމާއި ރާވާފައިވާ ގޮތް ރަނގަޅަށް އެނގެއެވެ. އެ ދެމީހުން އޭނައަށް އެކަމުގައި ހިތްވަރު ދޭނެއެވެ. ކަމެއް ޖެހިއްޖެނަމަ އެހީތެރިވެސް ވާނެއެވެ.
އެއްހަފްތާގެ އެ ކޯސް ނިންމާފައި އޭނަ އަންނަތާ މާ ގިނަ ދުވަހެއް ނުވެ ނަވީންވެސް މާލެ އަންނާނެތާއެވެ. އޭނަ ގަސްތުކޮށްފައި އޮތީ މާލެއިން ނަވީން އާއި ބައްދަލުވެ އެ ވާހަކަ ދެއްކުމަށެވެ.
އެދުވަހަކުން އޭނަ ކަންތައް ކުރާނީ އަދި ނިންމާނީ ކޮން ގޮތަކަށް ކަން މިއަދު އަދި އޭނައަށް ބުނަން ނޭނގުނު ނަމަވެސް، އެދުވަހަކުން އޭނައަށް އެކަމަށް ހައްލު ހޯދޭނެ ކަމަށް އޭނަ އުއްމީދު ކުރެއެވެ. ނަވީން އާއި ދައްކާނެ ވާހަކައެއް މިއަދު ނެތް ނަމަވެސް އެ ދުވަހަކުން އޭނައަށް ދައްކަންވީ ވާހަކަ އެނގޭނެ ކަމަށް އޭނަ އުއްމީދު ކުރެއެވެ.
ވަގުތާއި ޙާލަތުގެ ދުރުކަމުން، ފިނި ސިކުނޑިއަކުން ކަންތައްތައް ނިންމުމުގެ ލަޔާގަތު އޭނައަށް ލިބޭނެ ކަމަށް އޭނަ އުއްމީދު ކުރެއެވެ.
** ** ** ** ** ** **
އިނާ ފުރައިގެން ހިނގައްޖެއެވެ.
މިއަދު މިއީ އޭގެ ހަތަރު ދުވަސް ފަހެވެ. މާދަން ނޫން އަނެއް ދުވަހަކީ އިނާ އަންނަން އޮތް ދުވަހެވެ.
މިކަމުގެ ކުޑަވިޔަސް ޚަބަރެއް ނެތިފައި ޑޮމެސްޓިކް ޓާމިނަލްގައި އެހެރީ ދެންމެ ހަނިމާދޫއިން އައި ނަވީންއެވެ. މިހާރުވެސް ނަވީން އެ ޑައިލް ކުރަނީ އިނާއަށެވެ. އިނާ ފޯން ނުނަގާތީ ނަވީން ހުންނަނީ އެކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަން ބޭނުން ވެފައެވެ. އެހެން ނަމަވެސް، އާދެވޭނެ ހަމަ އެއްވެސް ގޮތެއް ނެތީމަ އަޅާނުލާ ހުރީއެވެ.
ގާތްގަނޑަކަށް 3 ހަފްތާ މިދިޔައީ އޭނައާއި ވާހަކަ ދައްކަން ފޯންގައި ހުންނަން އިނާ ދެކޮޅު ހަދާލަ ހަދާލާ ހުއްޓައެވެ. މިދިޔަ ދުވަސްތަކުގައި އިނާ ބަލާފައި ވަނީ ފޯން ނެގިއްޔާ ބޭއްވޭތޯއެވެ. އެހެން ނޫނީ ވީ ވަރަކުން ނުނަގާ ވޭތޯއެވެ. މެސެޖެއް ކުރިޔަސް، މަޖްބޫރު ވެގެން ނޫނީ ޖަވާބެއްވެސް ދީފައި ނެތެވެ.
ދެމަފިރިންގެ ދޭތެރޭގައި މައްސަލައެއް އުޅޭކަން އިނާގެ މައިންބަފައިންނަށް އަންގަން ބޭނުން ނުވާތީ އިނާއަށް ވީ ކީއްތޯވެސް އިނާގެ މަންމަ އާއި ބައްޕަ ކައިރިން އެހުމަށްވެސް އޭނަ ހުރީ ނުކުޅެދިފައެވެ. ނަމަވެސް ދެތިން ފަހަރަކު ހަމްދު އަށް ގުޅާފައި އިނާ އުޅެނީ ބަލިވެތޯ އޭނާ ބެލިއެވެ. ބަލިވެ ނޫޅޭނަމަ އަދި ގޭތެރޭގައި އާދަޔާ ޚިލާފު ކަމެއް ނުހިނގާ ނަމަ އިނާއަށް އެ ބަދަލު އަންނަން ވީ ސަބަބެއް އޭނައަށް ނޭނގެއެވެ. ފޯނެއްގެ އެއްކޮޅުގައި ހުރެގެން ވީ ކީއްތޯ އޮޅުންފިލުވުން އޭނަ ހުއްޓާލީ އެހެން އަހާ އަހާ އޭނަ ވަރުބަލިވެގެންނެވެ.
އިނާ އަކީ އާދަޔާ ޚިލާފު ހިމޭންކަމެއް ގެންގުޅޭ އަންހެންކުއްޖެއްކަން އޭނައަށް ކުރިން އެނގިފައި އޮތް ނަމަވެސް، ގޮތުގައި ހިފަހައްޓައިގެން، ކިތަންމެ އިރެއްވިޔަސް އަނގައިން ނުބުނެ އިނދެދާނެކަންވެސް މިހާރު އޭނައަށް އޮތީ އެނގިފައެވެ.
އާދެވިގެން ، އިނާ ފެންނަ ހިސާބުގައި އިނދެގެން ނޫނީ މި މައްސަލަ ހައްލު ނުކުރެވޭނެކަން އެނގޭތީ، އޭނަ ބެލީ އެކޮޅުގައި ހުރެގެން ސުވާލުތައް ކުރުމުގެ ބަދަލުގައި ވީ އެންމެ އަވަހަކަށް އާދެވޭތޯއެވެ.
ރައްޓެއްސެއް ކައިރީން، ނުވަތަ އިނާގެ އާއިލާ މީހެއްކައިރިންވިޔަސް، އިނާގެ މައުލޫމާތު ސާފުކުރަން މަސައްކަތް ކުރަން ފަށައިފިނަމަ، އެ ދެމެދުގައި ރަނގަޅު ގުޅުމެއް ނެތްކަން ޔަގީން ކުރާނެތީ އެއްވެސް މީހެއް ކައިރިން އެއްވެސް އެއްޗެއް އެހެން ނެތް އެތަކެއް ދުވަހަށްފަހު، އާދެވެން އޮތް އެންމެ އަވަހަކަށް ނަވީން އެހެރީ އައިހެވެ.
ދެންމެ ހަނިމާދޫއިން އައެއްކަމަކު، މިރޭ 8 ގެ ފްލައިޓުން އައްޑުއަށް ދިއުމަށް ނަވީން އައީ ޓިކެޓްވެސް ނަގައިގެންނެވެ. އެހެންކަމުން މާލެއަށް ދިއުމުގެ ޚިޔާލުވެސް ނެތިފައި، ޗެކިންގ އަށް ވަނުމާއި ދޭތެރޭގައި ލިބުނު ދެގަޑިއިރުގެ ތެރޭގައި ނަވީން ގުޅަމުން ދިޔައީ އިނާގެ ފޯނަށެވެ. އެ ފޯން އޮތީ ނިއްވާފައިކަން އެނގޭއިރުވެސް، އިރުއިރުކޮޅާ ގުޅާލެވެނީއެވެ.
މަންމައަށްވެސް އިހަށް ނުގުޅާ އިނާއަށް ގުޅަމުން އެދަނީ، ރަށަށް ގޮއްސަ މަންމައަށް ގުޅާލަން ގަސްތުގަ އޮތީމައެވެ. މަންމަމެން ތިބީ ހެޔޮ ހާލުގައި ކަމަށްވާތީ، މިވަގުތު މަންމަމެން ކައިރިއަށް ދިއުމަށްވުރެވެސް ނަވީނަށް މުހިއްމު ވެފައި ވަނީ އޭނަގެ އަންހެނުންގެ ހާލަކީ ކޮބައިތޯ ބަލަން އަންހެނުން ކައިރިއަށް ދިއުމެވެ.
"އަނހަނ...ނަވީން.....އަދިވެސް މާލެ ދާކަށް ނޫޅެމު ދޯ........" ކުއްލިއަކަށް ނަވީންގެ ކޮނޑުގައި އަތް ޖަހާލާފައި މީހަކު މިހެން ބުނެލި އަޑަށް ނަވީނަށް ސިހުން ލިބިގެން ދިޔައެވެ. ބަލާލިއިރު އެއީ ނަވީންގެ ގާތް ރައްޓެހި ހަމީދު އެވެ. އިމާރާތްތަކުގެ ސްޓްރަކްޗަރ ކުރެހުމާއި އެފަދަ އެހެނިހެން ޚިދުމަތްތައް ދިނުމަށް ދާދި ފަހުން ހަމީދު ކުންފުންޏެއް ހުޅުވި އަޑު އިވިފައިވާތީ، ދެމީހުންނަވެސް ލިބުނު ވަގުތުކޮޅުގައި ދައްކާނެ އެތައް ވާހަކައެއް ހުރެއްޖެއެވެ.
ނަތީޖާއެއްގެ ގޮތުން ނިއްވާލާފައި އޮތް ފޯނަކަށް އިރުއިރުކޮޅާ ގުޅުމުގެ ބަދަލުގައި، ރަށަށް ދެވެންދެން ކެތްތެރިކަމާއެކު އިނުމަށް ނަވީނަށް މަޖްބޫރު ވިއެވެ. ގޭގެ ސިޓިންރޫމްގައި ހުރި ފޯނަށް ގުޅުމަށް ދެފަހަރަކު ވިސްނި ނަމަވެސް އަދި ހަމަ އިހަށް މަޑުކޮށްލާނީއޭ ހިތާ އެކަމުންވެސް އަމިއްލައަށް މަނާވެގަނެގެން އިނީ ވިޔަފާރިއާއި ގުޅޭ ޝައުގުވެރި ވާހަކަތަކެއްގެ ސަބަބުންނެވެ. ކޮންމެ ގޮތެއްވިޔަސް، މިރޭ ގެއަށް ދެވުމުން އިނާ އާއި ބައްދަލުވާނެ ކަމުގެ ޔަގީންކަން ނަވީނަށް އޮތީތީއެވެ.
** ** ** ** ** **
ނަވީން އައިސް އިނާމެން ގޭ ދޮރުން ވަންއިރު ރޭގަނޑުން އެގާރަ ޖަހާފައި ހުއްޓެއްކަމަކު، ސިޓީންރޫމް ތެރެއާއި ކާކޮޓަރިވެސް އެއްކޮށް ދިއްލާ އަޅާފައި އޮތް ތަން ފެނެއެވެ. މާ ބޮޑުރެއަކީ ކަމަށްވެސް ވެދާނެއޭ ހިތަށް އަރައި ނަވީން އައިސް ވަންއިރު އެއްވެސް މީހަކު ސިޓިންގ ރޫމްގައި ނެތެވެ. އެހެންނަމަވެސް ބަދިގެއާއި ވީފަރާތުން ހަމްދު އަންނަ ތަން ނަވީނަށް ފެނުނެވެ. ހީވާ ގޮތުން ހަމްދު އެ އަންނަނީ، ގެއަށް މީހަކު އައި އަޑު އިވިގެންނެވެ.
"މަންމާ................" ނަވީން ފެނުމާއެކު، އަމިއްލަ ބޮލުގެ ފުއްކިބައިގައި އަތް ހާކާލާފައި ހަމްދުއަށް ގޮވާލެވުނީ ޝީލާއަށެވެ.
ހިނދުކޮޅެއް ނުވެ ޝީލާވެސް ނުކުމެގެން އައެވެ.
"އަނހަނ....ނަވީން....ހާދަ ކުއްލިއަކަށް........" ގެނައި ދެދަބަސް ދޮރުކައިރީ ބަހައްޓާފައި އައިސް ސިޓިންރޫމްގެ ސޯފާގައި އިށީންނަން ތައްޔާރުވެގެން ހުރި ނަވީން ފެނުމާއެކު ޝީލާގެ މެޔަށް ގޮތެއް ވެގެން ދިޔައެވެ.
އިނާ ބުނި ވަރަށްވުރެވެސް އަވަހަށް ނަވީން އެ އިނީ އައިއްސައެވެ. މިއީ ވެދާނެއޭވެސް އޭނަ ހީކުރި ގޮތެއް ނޫނެވެ.
"އާނ.......އާދެވޭ ގޮތް ވީމަ އައީ.....އިނާ ޑިއުޓީގަ ދޯ......" ގޮނޑީގައި އިށީނދެފައި ނިތްކުރީގައި އަތްހާކާލަމުން ނަވީން އަހާލިއެވެ. ޔަގީން ކަމާއެކުގައެވެ.
"ނޫނޭ.........ދަރިފުޅާ ހަމްދު.........." ބުނާނެ އެއްޗެއް ނޭނގި ޝީލާއަށް ބުނެވުނީ ނޫނެކޭ އެކަންޏެވެ. ހަމްދުއަށް ގޮވާލެވުނީ މަންމަ ކޮޓަރީގައި އޮތް ސިޓީ ހިފައިގެން އައިސްބަލާށޭ ބުނަން ވެގެންނެވެ. އެކަމަކު އެ ޖުމްލަ އެއްކޮށް ޝީލާގެ އަނގައިން ނުކުތުމުގެ ކުރިން ނަވީން ވާހަކަ ދައްކަން ފެށުމުން ޝީލާ ބުނަން އުޅުނު އެއްޗެއް ނުބުނެވުނެވެ.
"ނޫނޭ.......ނުގޮވިޔަސް އެންމެ ރަނގަޅު......އަޅުގަނޑު ދާނީ........" ނަވީނަށް ހީކުރެވުނީ ހަމްދުއަށް ގޮވާފައި ޝީލާ އުޅުނީ އިނާއަށް ގޮވާ ގެނުވަން ކަމަށެވެ. އެހެން ހީކޮށް އިތުރު ވަގުތުކޮޅަކުވެސް މަޑުނުކޮށް، ގެނައި ދަބަސްތަކުން އެއް ދަބަސް ކޮނޑުގައި އަޅުވައިގެން އަނެއް ދަބަސް އަތުން ހިފައިގެން ސިޑިން އަރައިގެން ނަވީން ދިޔައީއެވެ.
އެކައްޗެއްވެސް ނުބުނެވިފައި ހަމަ ބަލަހައްޓައިގެން ޝީލާއަށް ހުރެވުނީއެވެ.
"މަންމާ............؟" އޭނަގެ ދޮންތަ ފުރައިގެން ދިޔައިރު ގޭތެރޭގައި ދެކެވުނު ވާހަކަތައް އެނގޭތީއާއި، މިހާރު މިވީ ގޮތުން މައްސަލަ އިތުރަށް ގޯސްވެއްޖެކަން ހަމްދުއަށް ރަނގަޅަށް އެނގޭތީ ދެން ހަދާނީ ކިހިނެއްތޯ އަހާ މާނައިގައި ހަމްދުއަށްވެސް ގޮވާލެވުނީ އޭނަގެ މަންމައަށެވެ.
"ދަރިފުޅު ދޭބަލަ މަންމަގެ އަލަމާރީގެ ފުރަތަމަ ބައިގައި އޮންނާނެ ސިޓީއުރައެއް. އެ ސިޓީއުރަ ގެނެސްދޭން..." ކަންބޮޑުވެގެން ގޮސް ގޮނޑީގައި އިށީންނަން ތިރިކޮށްލަމުން، ކުރިން ނުބުނެވުނު ޖުމްލަ ޝީލާ ފުރިހަމަކޮށްލިއެވެ.
ބޯކަހާލާފައި ހަމްދު ދިޔައީއެވެ. ޝީލާއަށް އިނދެވުނީއެވެ.
ނަވީން ތޯއެވެ؟
ވަރަށް އުއްމީދާއެކު ނަވީން ގޮސް ކޮޓަރީ ދޮރު ހުޅުވާލިއިރު އެނދު ހުރީ ތަންމަތި އަޅައި ރީތިކޮށްފައެވެ. މިއިން އިރަކުވެސް އެ އެނދުގައި މީހަކު އިށީނދެލިހެންވެސް ހީނުވެއެވެ. ކޮޓަރީގައި މީހަކު ނޫޅޭތޯ ޔަގީންކޮށްލަން ފާހާނާ ކޮޓަރިއަށްވެސް ވަދެ ހުރިހާ ތަނެއް ބެލިއެވެ. އެނބުރިލާ ކޮންމެ ދިމާލަކުންވެސް އިނާ ފެނިދާނެ ކަމުގެ އުއްމީދުގައެވެ. ދެކޭ ހިތުން ކެތްތެރިކަން ކުޑަވެފައެވެ. ފެނުނުހާ އަވަހަކަށް އުރާލަން ބޭނުން ވެފައެވެ.
ކޮޓަރީގެ އެއްވެސް ދިމާލަކުން ނުފެނުމުން ނަވީންގެ މޫނުމަތިން ފެނުނީ ފުން ހިނިތުންވުމެކެވެ. އިނާ ވާނީ ކޮންތާކުކަން ނަވީނަށް އެނގުމުން ހީލާފަދަ ހީލުމެކެވެ.
ވާނީވެސް އެހެންތާއެވެ. ނަވީން ހީކުރީ އިނާ އިންނާނީ ޓެރަސްގައި ކަމަށެވެ. އުނދޯލީގައި ކަމަށެވެ. ނުވަތަ އެތަނުން ބެލްކަނި ކައިރިއަށް ޖެހި، ރޭގަނޑުގެ ރީތި އުޑުގެ ތަރިތައް ގުނަން ކަމަށެވެ.
ހިތުގައި ކޮންމެވެސް ކަމެއްގެ އަލިފާން ރޯވަމުން އަންނާތީ އެ ދިލައަށް ފިނިކަން ހޯދަނީ ކަންނޭނގެއެވެ. އޭނައަށް އިނާ ފެނުނުހާ އަވަހަކަށް އެ ހުރިހާ ކަމެއް ހަމަޖެހިދާނެއެވެ. އޭނަގެ ލޯބިންނާއި އޭނަގެ ދޮންދިނުންތަކާއި ފިރުމުންތަކުން އިނާގެ އެ ހުރިހާ ހިތްހަމަނުޖެހުމެއް އެއްފަހަރުން އޭނަ ފިލުވާލާނެއެވެ.
އިނާއަށް އެ އުޅެނީ އޭނަގެ ފިރިމީހާ އަކީ ކިހާ ރޮމޭންޓިކް މީހެއްކަން އަދި ނޭނގިގެންނެވެ.
ނިކަން ހުރެބަލާށެވެ. ނޭވާލާން އުނދަގޫވާވަރަށް އޭނަ މިރޭ އިނާ އާއި ލޯބި ކުރާނެއެވެ. ސަލާމަތަށް އެދި އާދޭސްކުރަން ދެނެވެ. އުފާވެރިކަމުގެ ކަރުނައިން އެތަކެއްފަހަރު ރޮވެން ދެނެވެ.
އިނާގެ ކަންތައް ހުންނަ ގޮތުން މިދިޔަ ހުރިހާ ދުވަހާއި، އަދި ހަމަ މިރޭ މީގެ ގަޑިއިރުތަކެއް ކުރިން ހުޅުލޭ އެއަރޕޯޓްގައި އޭނަ އިންއިރު ލިބިފައި ހުރި ނުތަނަވަސްކަންވެސް ގެއާއި ހަމައަށް އާދެވުމުން ނަވީން ހަނދާންވެސް ނެތް ކަހަލައެވެ. އިނާ އުޅޭ ގެއާއި އިނާގެ ކޮޓަރިއާއި ހަމައަށް އާދެވުމުން މިހާރު ހިތް އެދެނީ އިނާއަށް ލޯބި ދޭހިތެވެ. މިހާރު ވަނީ އިނާ އާއި ސަމާސާ ކުރާ ހިތެވެ. ކުރީގެ އެއްވެސް ނުރުހުމެއް ހަނދާން ނެތެވެ.
އެއީ ހަގީގީ ލޯތްބެވެ. ނުރުހުނު ހިތުގައި އެ ލޯބި ފާޅުވާކަށް ލަހެއްފަހެއް ނުވީ އެހެންވީމައެވެ. ސިއްރުވެރި ހިނިތުންވުމަކަށް މީހާ ވަގުފު ވާން ހަމަ އެކަނި ލޯބިވެރިޔާގެ ހަނދާންވެސް ފުދިދެއެވެ.
ނަވީންވެސް ޓެރަސް އަށް ގޮސް އެރީ އެފަދަ ހިނިތުންވުމެއްގަ ހުރެގެންނެވެ.
އެހެންނަމަވެސް ޓެރަސްގެ އެއްވެސް ދިމާލެއްގައި އިނާ ނެތެވެ. ތަނަކީ ބަންދު ތަނެއް ނޫނެވެ. ފާޅުގައި ހާމައަށް ފެންނަން އޮތް ތަނަކުން އިނާ ނުފެނުނިއްޔާ ދެން އޭނަ އިނާ ހޯދާނީވެސް ކިހިނެއް ހެއްޔެވެ.
މިވީ ކިހިނެއް ހެއްޔެވެ.
ނަވީންގެ ކަރު އެލުނެވެ.
އިރުކޮޅަކު ހުރެލާފައި އަމިއްލަ ނިތްކުރީގައި ޖަހާލެވުނެވެ.
އޭނައަކީވެސް މޮޔައެކެވެ.
އިނާއާއި ހެދި މިވަރުވުން ދެން ފުކެއް ބޮޑުވަރެވެ.
އޭނަ ކައިރީ އިނާ ވީ ކޮޓަރީގައޭ ނުވަތަ ޓެރަސްގައޭ ބުނީ ކާކުހެއްޔެވެ؟ އިނާ އިނީ ބަދިގޭގައި ކަންނޭނގެއެވެ. ހަމްދު ކައިރީ ޝީލާ ބުނަން އެ އުޅުނީ އެހެންވެގެންތާއެވެ. އެކަމަކު އޭނަގެ އަމިއްލަ ކެތްތެރި ކަމެއް ނެތް ވަރުން، އިނާ ހޯދަން އަމިއްލައަށް އެ އާދެވުނީއެވެ.
އަވަސް ފިޔަވަޅުތަކެއްގައި ނަވީން ގޮސް ސިޓިންރޫމަށް ފޭބިއެވެ. ޝީލާ އާއި ހަމްދުވެސް ދެ ސޯފާގައި ތިއްބެވެ. އަދިވެސް އެތާކު އިނާއެއް ނެތެވެ. އޭނަ އައިސް ހުރިކަން އަދިވެސް އިނާއަށް ހަމަ ނޭނގެނީ ހެއްޔެވެ. އޭނަ ހަމަ ހައިރާން ވެއްޖެއެވެ.
ބަދިގޭއާއި ވީ ފަރާތަށް ދާން ހިތްއެދުނު ނަމަވެސް، އެ ދިމާލަށް ބަލާލާފައި ނަވީންއަށް ޖެހުނީ ޝީލާމެން ތިބި ގޮނޑިއާއި ދިމާލަށް އަންނާށެވެ. އޭނައަށް ކަންތައް ކުރެވުނު ގޮތުން ޝީލާމެން މިހާރު ހޭނެއޭ ހިތަށް އަރާފައެވެ. އިނާ ހޯދަން އެފަރާތަށް ދާންވެސް ނުކެރުނީ އެހެންވެގެންނެވެ.
"ހަމްދު.....ދޮންތައަށް ގޮވާލަބަލަ......" ރަކި ހިނިތުންވުމަކާއެކުވިޔަސް، އިނާ ނުދެކި ގިނަ އިރު އިންނާކަށް ނަވީނަކަށް ކެތެއް ނުވިއެވެ. އިށީންނަމުން އިނާއަށް ގޮވާލަދިނުމަށް ހަމްދުކައިރިން އެދެވުނީ އެހެންވެގެންނެވެ.
ނަވީންގެ މި އެދުމާއެކު ހަމްދުއަށް ބަލާލެވުނީ ޝީލާގެ މޫނަށެވެ. ނަމަވެސް ޝީލާ ހަމްދު އާއި ދިމާލަކަށް ނުބަލައެވެ. ޝީލާ ބަލަހައްޓައިގެން އިނީ އަތުގައި އޮތް ސިޓީ އުރައަށެވެ. ދެން ނަވީންގެ އަޑު އިވުމުން ބަލާލެވުނީ ނަވީންގެ މޫނަށެވެ.
"އަން........އެންމެ ފުރަތަމަ ކަމަކަށް ނަވީން މީތި ބަލާލާ...." ނަވީން އަތަށް އެ ސިޓީއުރަ ދިއްކޮށްލާފައި ޝީލާ ތެދުވެއްޖެއެވެ.
"ދަރިފުޅާ......." ހިނގައިގަންނަމުން ހަމްދުއަށްވެސް ޝީލާ ގޮވާލިއެވެ.
މިވީ ކިހިނެއް ހެއްޔެވެ؟ ޝީލާގެ މޫނުމަތިން އެ ފެނުނު ފަދަ ބީރައްޓެހިކަމަކާއި ދުރުކަމެއް މީގެ ކުރިން ދުވަހަކުވެސް އޭނަ ދެކެފައެއް ނުވެއެވެ. ދަމުން އެ ދިޔައީ ހަމްދުވެސް ގޮވައިގެންނެވެ. މިތާ އޭނަ ކައިރީ ހަމްދު ބައިންދަންވެސް ބޭނުން ނުވެގެން ގެންދާފަދަޔަކުން އެ ދިޔައީ ގޮވައިގެންނެވެ.
އޭނައަށް ނޭނގި މި އާއިލާތެރޭގައި ހިނގީ ކޮންފަދަ ބޮޑު ކަމެއް ހެއްޔެވެ؟ މިހާ ބޮޑަށް އެންމެން ބަދަލުވީ ކީއްވެހެއްޔެވެ؟
އޭނަ އަތަށް އޭނަގެ މައިދައިތަ ދީފައި އެ ދިޔައީ ކޯޗެއްކަން ވިސްނާލަންވެސް ނަވީނަކަށް ނޭނގެއެވެ. އެހެންކަމުން އޭނަ ވިސްނަމުން ދިޔައީ ހަމަ އެކަނި ޝީލާމެންނާއި ދޭތެރޭގައެވެ. އޭނަގެ ހަނދާނުން އިރުކޮޅަކަށް އިނާ ފޮހެވިގެން ދިޔައެވެ.
ސިޓީއުރަ ކަނޑާލުމާއެކު ނަވީންއަށް ބަލާލެވުނީ އޭގައިވާ ލިއުމަށެވެ. އެއީ އިނާގެ އަތުލިޔުމެވެ. އޭނަގެ އިނާގެ ރީތި އަތުން ލިޔެފައިވާ ރީތި ލިޔުމެވެ. ސިހިފައި ދެން ބަލާލެވުނީ އެ ސިޓީ އެޑްރެސްކޮށްފައި އޮތީ ކާކަށްތޯއެވެ. އޭނައަށް އިނާ ސިޓީއެއް ލިޔުނީ ކީއްވެހެއްޔެވެ؟ އޭނަ އެހެރީ އައިހެވެ. އިނާ ބުނަން ބޭނުން ކޮންމެ އެއްޗެއްވެސް އޭނަ ކައިރީ އިނާއަށް އަނގައިން ބުނެވޭނެއެވެ. މި ސިޓީ ކިޔާކަށް އޭނަ ބޭނުމެއް ނޫނެވެ.
ޝީލާ ދީފައި ދިޔަ ސިޓީ ކަނޑާފައި އެއީ އިނާގެ އަތު ލިޔުންކަން އެނގުމުން، ސިޓީ ނަގާ ގޮނޑިމައްޗަށް އެއްލާލާފައި ނަވީން ދިޔައީ ބަދިގެ ފަރާތަށެވެ. ކާކޮޓަރީގައި އިނާގެ މަންމަ ފަހާ ތަނުގައި، އިނާ އިންނާނެކަމާއި ، ދައްކަން ބޭނުން ވާހަކައެއް ދެއްކުމަށް ޓެރަސް އަށް އައުމަށް އެދެން ކަނޑައަޅައިގެންނެވެ.
އެހެންނަމަވެސް އެތަނުންވެސް ނަވީނަކަށް ކާމިޔާބެއް ނުވިއެވެ. މިރެއަކީ އިނާގެ މަންމަ ފަހާރެއެއްވެސް ނޫނެވެ. ފަހާފޮށްޓެއްވެސް އެތާކު ނެތެވެ.
ކާކޮޓަރިއަށް ދިޔައިރު މޭޒުދޮށުގައި އިނީ ހަމްދު އެކަންޏެވެ.
"ހަމްދު.......ދޮންތައަށް ގޮވާބަލަ..........ދޮންތަ ކައިރީ ބުނެބަލަ ދޮންތަބެ އެބަހޯދައޭ........" މިގޭތެރޭގައި ދުވަހަކުވެސް އެފަދަ ބަހުރުވައަކުން އޭނަ ވާހަކަ ނުދައްކާއިރުވެސް މިއަދު ނަވީނަކަށް ނުހުރެވުނެވެ. މިތަނުގައި ނެތިއްޔާ އިނާ ހުންނާނީ އެތެރޭގައި ކަމާއި، ޝީލާ ވެސް ހުންނާނެކަން އެނގޭތީ އެތަނަށް ނަވީން ނުދިޔައީއެވެ.
ރުހިގެން އޭނައާއި ވާހަކަ ނުދައްކާތާ އެތައް ދުވަސް ވެފައި ވާއިރު، ލިޔެފައި އޮތް ސިޓީއަކުން އިނާގެ ހިތުގެ ހާލު އެނގެން އޭނަ ބޭނުމެއް ނޫނެވެ. މިއީ ފިލްމެއް ނުވަތަ ވާހަކައެއްވެސް ނޫނެވެ. ހަގީގީ ދިރިއުޅުމެކެވެ. އެހެންވެ އޭނަ ބޭނުންވީ އިނާ ހުރި ތަނަކުން އިނާ ހޯދާށެވެ.
"ދޮންތައެއް ނެތް......." ގޮނޑިން ތެދުވެފައި ޖެހިލުންވެ ހުރެ ހަމްދު އެންމެ ފަހުން ބުނެފިއެވެ.
ކޮންމެވެސް މީހަކު ނަވީނަށް ހަގީގަތް ހާމަކޮށްދޭން ޖެހޭ ކަމަށް ހަމްދުއަށް ވިސްނުނީއެވެ. އެ އާއިލާގެ އެފަދަ ބޮޑުކަމެއްގައި އޭނަ ބަސްކިޔަން ނުޖެހޭނެކަން އެނގޭއިރުވެސް، ސުވާލު އައިސް ކުރިމަތިވީ އޭނައާއި ކަމަށްވުމީ، އޭނަގެ ޒިންމާވެސް އޭގައިވާ ކަމުގެ ހެއްކެއް ކަމަށް ހަމްދުއަށް ވިސްނުނެވެ.
ނަތީޖާއަކަށްވީ މަންމަމެންހެން ނުބުނެ ދިގު ދަންމާކަށް ހަމްދުއަކަށް ކަމަކު ނުދިޔައެވެ. އެހެންކަމުން ކިތަންމެ ޅަޔަސް ހަމްދުގެ ފަރާތުންވެސް ފެނިގެން ދިޔައީ ފިރިހެނުންގެ ސިފައެވެ. ސީދާ ސީދާ ސާފު ބަހުން ބުނީއެވެ. ވާންއޮތްގޮތެއް ވާން ދޫކޮށްލީ ތަގްދީރަށެވެ.
"ކޮންތާކަށް ދިޔައީ.......؟" ނަވީންއަށް އަދިވެސް ނަގައި ނުގަނެވޭކަން ހަމްދުއަށް އެނގެއެވެ.
"ދޮންތައެއް ނެތް މިރަށަކުވެސް.... ދޮންތަ ވީ ޕާކިސްތާނުގަ......1 ހަފްތާގެ ކޯހެއްގަ ދިޔައީ. " ދެމެދަށް ހުއްޓުމެއް އައި ނަމަވެސް ހަމްދު ވާހަކަ ދެއްކީ ސާފު ތެދުބަހުންނެވެ.
ނަވީންއަށް ހަމަ ގައިމުވެސް މިފަހަރު ހައިރާންކަން ލިބުނެވެ.
އެތަން ހަމްދު ހުރީ ބަލާށެވެ.
އޭނަ އެހެން ބުނިކަން އެނގިއްޖެނަމަ މަންމަމެން ބުނާނެ އެއްޗަކާމެދު ވިސްނާލެވުނީ ދެނެވެ.
އިތުރު ވާހަކައެއްވެސް ދެއްކުމެއް ނެތި ނަވީން ހިނގައިގަތީ ބޭރަށެވެ. ދިޔަގޮތަށްގޮސް ސިޓީ ނަގައިގެން ކިޔަން ފެށިއެވެ. އިށީނދެވުނީވެސް އެ ސިޓީގެ ފުރަތަމަ ޕެރެގްރާފް ނިމެން އުޅެނިކޮށެވެ.
"ނަވީންއަށް،
ނަވީންގެ އަތްބަކަށް ހުރެ، ނަވީން ކައިރީ ނުބުނެ މި ގޮތަށް ދިޔުމަކީ އަންބެއްގެ ގޮތުގައި ހުރެ އަހަރެން އުޅެންވާ ގޮތާއި ޚިލާފު ކަމަކަށް ވެދާނެއެވެ. އެކަމަކު އަހަރެންގެ ފިރިއެއްގެ މަގާމުގައި ހުރެ ފިރިމީހާގެ ވާޖިބު އަދާނުކުރެވުނު މީހަކަށް، ތެދުވެރިވުމުގެ މާނައެއް އަހަންނަކަށް ނުފެނެއެވެ.
ސުވާލު އުފެދޭނެ ކަންނޭނގެއެވެ. ނަވީން ކުރީ ކީއްތޯ ނަވީން އަމިއްލައަށްވެސް ސުވާލު ކުރެވޭނެ ކަންނޭނގެއެވެ. އެކަމަކު އޭގެ ބަދަލުގައި އަހަރެން އުއްމީދު ކުރަނީ "އަހަރެން އެ ކުރި ކުށް އިނާއަށް އެނގިދާނެކަމަށްވެސް ހީނުކުރަމޭ" ހިތަށް އެރުވިއްޔާއެވެ. އެކަމަކުވެސް އަހަންނަށް އެނގެއެވެ. އަހަންނަށް ނަވީންގެ އަސްލު ސިފަ ނުފެނުނުކަން އެއީ އަހަރެންނަށް ނަވީން ދެކެ ވެވުނު ލޯބީގައި ލޯ އަނދިރިވުމުގެ ސަބަބުން ވީ ކަމެކެވެ. އެކަމަކު ނަވީން އަކީ ކާކުކަން މިހާރު އެނގެއެވެ. ނަވީން އަކީ އަހަރެން ހީކުރިހާ މާތް މީހެއް ނޫނެވެ. ނަވީން އަކީ ތެދުވެރިކަމާއި ވަފާތެރިކަން ދަންނަ މީހެއްވެސް ނޫނެވެ. އަހަންނަށް ފުދޭވަރަށް އެ ހުރިހާ ކަމެއްވެސް އަހަންނަށް ލިބިއްޖެއެވެ.
އަހަރެން މިދަނީއެވެ. އަހަރެން އަމިއްލަ ގޮތުން މި ކޯސް ހޯދައިގެން މި ދަނީވެސް ނަވީން އާއި ނަވީންގެ ހަނދާންތަކާއި ދުރަށް ދިއުމަށެވެ. ނަވީންގެ އަމަލުތައް ތިގޮތަށް ބަހައްޓަން ޖެހުނު ސަބަބު އަހަންނަށް ނުހޯދެނީސް، ނަވީން އާއި ކުރިމަތިލުމުގެ ހިތްވަރެއް އަހަރެންގެ ނެތެވެ. މީހެއްގެ ބުނުމަކާ ނުލާ އަހަރެންގެ ހިތުގެ އަޑިން އަހަންނަށް ނަވީނަށް މައާފް ކުރެވުނު ދުވަހަކުން އެނބުރި "ނަވީންގެ ޙަޔާތަށް" އަންނާނަމެވެ.
އަހަރެން އެދެނީ، އަހަރެން ހޯދަން ނަވީން އެއްވެސް މަސައްކަތެއް ނުކުރުމެވެ. އަހަރެން ދެކެ އިރެއްގައިވެސް ކުޑަކޮށްވެސް ލޯތްބެއް ވިނަމަ އަހަންނަށް އިންތިޒާރު ނުކުރާށެވެ. ނަވީންގެ ދިރިއުޅުމަކީ ނަވީންގެ އަމިއްލަ އެއްޗެކެވެ. އެ ދިރިއުޅުމުގައި އަހަރެން ޝާމިލް ކުރުމާއި ނުކުރުން އެއީވެސް ނަވީންގެ އަމިއްލަ އިޚްތިޔާރެކެވެ. އަހަރެން އެދޭ އެއްވެސް ގޮތެއް އެކަމުގައި ނެތެވެ. ނަވީންއަށް ފެންނަ ގޮތަކަށް ނިންމާށެވެ. އަހަރެން ދޫކޮށްލިޔަސް، އަދި ތާއަބަދު އަންބެއްގެ މަގާމުގައި ބޭންދިޔަސް އިޢުތިރާޒެއް ނެތެވެ.
އެންމެ ފަހަށްވެސް އެދޭ އޮތީ އެންމެ އެދުމެކެވެ. އަހަރެން ހޯދަން މަސައްކަތް ނުކުރާށެވެ. އަހަރެން ދިޔަ ތަނަކާ ކުރާ ކަމެއް މަންމަ އާއި ބައްޕައަށް އެނގޭނެއެވެ. އެކަމަކު އެއިން އެއްވެސް މައުލޫމާތެއް ނަވީންއަށް ނުދިނުމަށް އަހަރެން އައީ އެމީހުން ލައްވާ ވަޢުދު ކުރުވާފައެވެ. ކޮންމެ މީހަކުވެސް އެންމެ އިތުބާރު ކުރާ ބަޔަކީ މައިންބަފައިންކަމަށްވާތީ އަހަރެންވެސް އެންމެ އިތުބާރު ކުރަނީ މައިންބަފައިންނަށެވެ. އެމީހުންނަށް އަހަރެން ކުރާ އިތުބާރު ގެއްލުވާލަން އެމީހުންނަށް ނަވީން މަޖްބޫރު ނުކުރާށެވެ. ނަވީންގެ އާއިލާގެ ޒާތީކަންތަކަށް އަހަރެން ބަސްކިޔާ ނޫޅޭ އުޞޫލު މިކަމުގައި ނަވީންވެސް ގެންގުޅޭނެ ކަމަށް ހީކުރަމެވެ.
އަހަންނާ ބެހޭ ގޮތުން އަހަރެންގެ މަންމަ އާއި ބައްޕަ އާއި އަދި އާއިލާ އެއވެސް މީހަކާ ސުވާލު ނުކުރާށެވެ. ނަވީން ބުނަން ބޭނުން އެއްޗެއް އޮވެއްޖެނަމަ އަހަންނަށް މެއިލް ކުރާށެވެ.
ދަނީއެވެ. ނަވީން ކުރި ކުށަށް، މައާފް ކުރެވުނު ދުވަހަކުން އެނބުރި "ނަވީންގެ ޙަޔާތަށް" އަންނާނަމެވެ.
އިނާ"
ސިޓީ ނިމުނީއެވެ.
ހަމްދު އެ ދިން މައުލޫމާތަކީވެސް އިނާގެ ސިޓީގައި ނުހިމެނޭ އަދި އޭނައަށް އަންގަންވެސް ނުޖެހޭނެ މަޢުލޫމާތެއްކަން ނަވީނަށް ވިސްނާލެވުނެވެ. ހަމްދު ޅަކަމުން އެ ވާހަކަވެސް ބުނީތާއެވެ.
ދެގަނޑު ފުރެންދެން އިނާގެ އަތު ލިޔުމުން، އެންމެ ފެންވަރު ރަނގަޅު އިނގިރޭސިން ލިޔެފައިވާ އެ ސިޓީ ނިމުނުއިރު ނަވީނަށް ހީވީ ވަރަށް މަތީ ތަނަކުން މެދުކެނޑުމެއް ނެތި ފެނުގެ ސައިލާބެއް އޮހޭ އަޑު ކަންފަތަށް އިވޭ ހެންނެވެ. އެއް އަޑަކަށް ކަންފަތުގައި ހިފާފައި ހުރީ އެ ސިޓީގެ އިބާރާތްތަކާއި އެ އިބާރާތްތަކުގައި އިނާ ބޭނުންކޮށްފައިވާ ރާގެވެ.
އެއަޑުގެތެރޭގައި ގެނބެމުން ދިޔަ ނަވީންގެ ގާތަށް ދެން އަންނަން ފެށީ އާދަޔާ ޚިލާފު ރުޅިއެކެވެ. މިގޮތަށް އޭނައާއި ދޭތެރޭ ކަންތައް ކުރުމުގެ ހައްގު އިނާއަށް ދިނީ ކާކު ހެއްޔެވެ؟
އިނާ ހީކުރީ ހެއްޔެވެ.؟ އޭނައަށް ވަރަށް ދުވަހު ކެތް ކުރެވިއްޖެއެވެ. އޭނަގެ ކޯލްތަކަށް އިނާ ޖަވާބު ނުދިނުމުންވެސް އޭނަ ހުރީ ކެތް ކޮށްގެންނެވެ. ވާނުވާއެއް އެއްވެސް ވަރަކަށް ނޭންގީތީވެސް އޭނަ ހުރީ ކެތްކޮށްގެންނެވެ. އެކަމަކު އޭނަ ކުރީ ކީއްކަން އޭނައަށް ނޭނގޭ އިރު މިގޮތަށް އޭނައާއި ދުރަށް އިނާއަށް ދެވޭނީ ކިހިނެއް ހެއްޔެވެ ؟ އޭނަ ކުށެއް ފާފައެއް ނުކުރެއެވެ. އިނާއަށް ބޭވަފާތެރިވާން އޭނަ އެއްވެސް ކަމެއް ނުކުރެއެވެ. އިނާއަށް ދޮގުހަދާ އޮޅުވާލާކަށް އޭނަ އެއް ކަމެއްވެސް ނުކުރެއެވެ. އެކަމަކުވެސް އިނާ އެދިޔައި އެ ތުހުމަތު އޭނަގެ ބޮލުގައި އަޅުވާފައެވެ.
އެހުރިހާ ބަހަނާތަކެއް ނުދެއްކިނަމަވެސް އިނާ ދާން ބޭނުން ތަނަކަށް އިނާއަށް ދެވިދާނެއެވެ.
އޭނައަށް އިނާ ނެތްކަން އެނގޭނަމަ މި ރަށަށްވެސް ނާންނާނެއެވެ. ހުޅުލެއިން ފުރުމުގެ ކުރިން އޭނައަށް އެނގުނު ނަމައެވެ. އެހެން ނޫންނަމަ އިނާގެ އާއިލާ މީހުން ކުރިމަތީގައި މި ބަދުނާމާއި ފަޟީޙަތް ވާކަށް އޭނައެއް ނާންނާނެއެވެ.
އިނާގެ މަންމަ ކައިރިއަކުވެސް އަދި އެހެން މީހަކު ކައިރިންވެސް އެކައްޗެއްވެސް އަހާކަށް އޭނަ ބޭނުމެއް ނޫނެވެ. އިނާ ހީކުރީ ހެއްޔެވެ؟ އޭނަ ގުޅާ ގުޅާ އޭނައާއި ފޯނުން ވާހަކަ ނުދެއްކުނު މީހަކާއި މެއިލް އިން އޭނަ ދައްކާނެ ވާހަކައެއްވެސް ނޯންނާނެއެވެ. އަދި އޭނަ ކުށެއް ނުކުރާކަން އިނާއަށް އަންގަދޭކަށްވެސް އޭނަ މަސައްކަތެއް ނުކުރާނެއެވެ. އިނާ އެބުނިހެން އޭނަ އަމިއްލައަށް އޭނަގެ ކުށް ގަބޫލު ކުރެވިގެން އަންނަން ދެން ބަހައްޓާނީއެވެ. މި ގޭގެ ހަތަރު ފާރު ތެރޭގައި އެންމެ ހިނދުކޮޅަކުވެސް ހުންނާކަށް އޭނަ ބޭނުމެއް ނޫނެވެ.
އަތުގައި އޮތް ސިޓީ ހިފައިގެން ގޮސް ހޭންޑްބޭގް ތެރެއަށް ގުޅަކޮށްފައި ކޮށްޕާލާފައި، އަލަމާރީގައްޔާއި މޭޒުމަތީގައި ހުރި އެއްޗިހިތަކުގެ ތެރެއިން އޭނަގެ އެއްޗިހި ކަމަށް އެވަގުތު ފެނުނު ހުރިހާ އެއްޗެއްވެސް ނަގާ އަތްދަބަހަށް އަޅާލައިފިއެވެ. ގަމީސްތަކާއި ޓީޝާޓް ތަކެވެ. އިސްޓާކީން ތަކެވެ. އަދިވެސް އެހެނިހެން ކުދި ކުދި ސާމާނުވެސް ހިމެނެއެވެ. އެއްވެސް ތަރުތީބެއް ނެތި ހުރިހާ އެއްޗެއް އަޅާލައިނިމިގެން އެނދުގައި އިށީނދެ ދިރާގުގެ އެމްޑީއަށް ގުޅާފައި އޭނަ ބަލާ އައުމަށާއި، މިރޭގެ ދަންވަރު ފްލައިޓުން ޖާގައެއް ލިބޭތޯ ބަލާދިނުމަށް ނަވީން އެދުނެވެ. އަދި ދެ ދަބަސް ހިފައިގެން އެ ދިޔަ ބާރުމިނުގައި ގޮސް ގެއިން ނުކުމެއްޖެއެވެ.
ފެންޑާމަތީގައިވެސް އިރުކޮޅަކުވެސް ނަވީން ނުހުއްޓެވެ. އެ ދިޔަ ގޮތަށް ގޮސް ނުކުތީ ދޮރާށިންވެސް ބޭރަށެވެ. ކާކޮޓަރީގައި އިން ހަމްދުއަށް، ގޯތިތެރެއަށް ހުޅުވިފައި ހުރި ކާކޮޓަރީ ކުޑަދޮރުން މިތަން ފެނުނެވެ. މަންމައަށް ގޮވާފައި ބުނުމުން ބަދިގެ ތެރޭގައި ހުރެފައި ނުކުމެގެން އައިސް ޝީލާވެސް އެ މަންޒަރު ބެލިއެވެ. އެކަމަކު ނަވީން ހުއްޓުވާކަށް އެކަކު އެއްވެސް މަސައްކަތެއް ނުކުރެއެވެ. އިނާވެސް ދިޔައީ ނަވީން ދޫކޮށްލާފައެވެ. ނަވީންގެ ކުށެއްގެ ސަބަބުންނެވެ.
އިނާއަށް ނަވީން ކަމުނުގޮސްގެން ދިޔައިއްޔާ އެމީހުންނަށްވެސް ނަވީން ކަމުގޮސްގެން ނުވާނެއެވެ.
އަނެއްކޮޅުން، ނަޖްމާ ދެއްކި ވާހަކަތައް އަދި ޝީލާގެ ކަންފަތުން ފިލާ ނުދެއެވެ.
ވީއިރު ނަވީން ހުއްޓުވުމުގެ ބޭނުމަކީވެސް ކޮބައި ހެއްޔެވެ.
ހަގީގަތް ނޭނގުނަސް، ހަގީގަތް އެނގެންދެން މަންޒަރު ހަޑިނުކުރުން މުހިއްމު ކަމަށް ޚާލިދުވެސް އޮތީ ބުނެފައެވެ. ޝީލާވެސް ކަންތައް އެކުރަނީ ޚާލިދު ބުނެފައިވާ ގޮތަށެވެ.
** ** ** ** ** ** ** ** **
ޓިކެޓް ނުލިބުމުގެ ސަބަބުން އެރެއިން އެރެއަށް މާލެ އާދެވޭ ގޮތް ނުވި ނަމަވެސް، އަނެއް ދުވަހު އެންމެ ހެނދުނު އޮތް ފްލައިޓުން ނަވީން މާލެ އަށް ފުރައިފިއެވެ. އަދި މަޑުކުރުމަށާއި ވިސްނާފައި ފިޔަވަޅު އެޅުމަށް އިކްރާމް ކިތަންމެ އެދުނު ނަމަވެސް، އިނާ ކަންތައް ކުރި ގޮތުން ނަވީންވެސް ހުރީ އާދަޔާއި ޚިލާފު ރުޅިއެއް އައިސްފައި ކަމުން ހިނދުކޮޅަކުވެސް މަޑުކުރާކަށް ނަވީން ބޭނުމެއް ނުވިއެވެ. އިނާގެ މައިންބަފައިންގެ ހިއްސާ އެކަމުގައި އޮތްކަން އެ ސިޓީއިން އެނގުމުން، އެމީހުންނާ އެއްވެސް ސުވާލެއްކޮށް މަޝްވަރާ ކުރާކަށްވެސް ނަވީން ބޭނުމެއް ނުވިއެވެ.
ނަވީން ފުރައިގެން ދިޔައީއެވެ.
ދުނިޔޭގެ ކަންތައް ހިނގާ އުޞޫލަކީ މިއީއެވެ.
އެއްވެސް ކުށެއް ނެތް ދެމީހެއްގެ ދެމެދަށް ބަޔަކު އައިސް އެ ދެމެދުގައި އޮތް ލޯތްބާއި ހަމަޖެހުން ގެއްލުވާލާއިރުވެސް، އެމީހާއަކަށް މިއީ ބައެއްގެ ރޭވުމެއްކަމުގެ ހިލަންވެސް ނުވެއެވެ. މިހާތަނަށް ކަންތައް ވެފައިވާ ގޮތުގެ އެއްވެސް ޚަބަރެއް ނަވީނަށް ނެތް ނަމަވެސް، ނަވީންއަށްވެސް ކަންތައް ކުރެވެމުން ދަނީ އެ އަރަތެއްފަދަ ރޭވުމުގައި ދެންވާން އޮތްކަންތަކަށް ބަރާބަރަށް މަގުފަހިވާ ފަދަ ގޮތަކަށެވެ. ކަމުގެ ހުރިހާ ހަގީގަތް އެނގޭ ނަޖްމާ އާއި ލީނާ ތިބީ ނަވީން އައިސް އެމީހުންގެ މަޅީގައި މެހި ނިމެންދެން ބަލަހައްޓައިގެންނެވެ.
އިނާ އާއި ނަވީންގެ ދިރިއުޅުން، އެ ދިރިއުޅުމުގައި ހިމެނޭ ހުރިހާ އެންމެންގެ ދިރިއުޅުމާއެކު، ކުޅިބައެއް ފަދައިން ކުޅެވެމުން ދިޔައެވެ. އެ އަތަކުން ހިލުވާލި ދިމާލަކަށް އަނެއްމީހާ ލަނޑު އަޅަމުން ދިޔައެވެ. ގޮޅިގޮޅިޖަހާފައިވާ ކަރުދާހުގެ އަރަތެއް ފަދައިން، މަންޒަރު ފުރިހަމަވަންދެން، ކޮންމެ އެތިކޮޅެއްވެސް އެ އެތިކޮޅެއް އޮންނަންވާ ތަނަށް ގޮސް ހަމަޖެހެނީ ދަމާބާރަކާއެކު ފަދައެވެ.
އެކަކު އެކައްޗެއްވެސް ނުބުނެއެވެ.
ބޮޑު މަންޒަރަކީ އަދި ސިއްރެއްކަން އޭގެ ތެރެއިން ގިނަ މީހުންނަށް ނޭނގޭތީ، ބޮޑު މަންޒަރަށް އިންތިޒާރު ކުރަމުން ދިޔައީ ނަޖްމާ އާއި ލީނާ އެކަންޏެވެ.
ނަވީން މާލެ އައިސްފަވެސް އުޅުނީ ވަރަށް ފާޑަކަށެވެ. ދެތިން ދުވަސް ވީއިރުވެސް ހުރެވުނީ އިނާ ދެކެ ރުޅިއައިސްފައެވެ. އެކަމަކުވެސް ކެތް ކޮށްލައިގެން ހުރީ އިނާ ދިޔައީ އިނާގެ ވަޒީފާއަށް ހުރި ކުރިއެރުމަކަށް ވީމައެވެ. އިނާ ނުބުންޏަސް އިނާ ދިޔައީ ޕާކިސްތާނަށްކަމާއި އެއީ 1 ހަފްތާގެ ކޯހެއްކަން ހަމްދުގެ ފަރާތުން އޭނައަށް އޮތީ އެނގިފައެވެ.
މީގެ އިތުރު އެއްވެސް މަޢުލޫމާތެއް އިނާ އާއި ބެހޭ ގޮތުން ހޯދަން ނަވީން ބޭނުމެއް ނުވިއެވެ.
އައިއްސަ ހުރި ރުޅީގައި ރުޅިގަދަވެފައި ހަމަ ހުރީއެވެ. އޭނަގެ އިހްސާސްތަކަށް އިނާ އެހާ ގަދަރު ކުޑަކޮށްލުމުން ނަވީންއަށް އިނާގެ އެ ގޮތް އެއްގޮތަކަށްވެސް ކަމަކު ނުދިޔައެވެ.
ހިތްހަމަނުޖެހޭ ކަމެއް ދިމާވުމުން، އެކަމަށް ފިލަން ދިއުމުގެ ބަދަލުގައި އެކަމާއި ކުރިމަތިލާން ނުކެރޭ ވަރުގެ ފިނޑިއަކަށް އިނާ ވީ ކޮން ދުވަހަކުހެއްޔެވެ؟ އެއީ އިނާގެ ކިބައިން އޭނަ ދެކެން ބޭނުންވާ ސިފައެއް ނޫނެވެ.
** ** ** ** ** ** **
ކުއްލިގޮތަކަށް ނަވީން އައިކަން އެނގުމުން ހީވަނީ ލީނާއަށް އީދެއް އައިސްގެން އުޅޭހެންނެވެ.
ނަވީންމެންގެ ގެއަކީ ، އެގެއާއި އިންވެގެން ހުރި ގެއަކަށްވާއިރުވެސް، އެގެއަށް އަންނަންވާ ކޮންމެ ފަހަރަކު ރީތިވެ މޭކަޕް ރަނގަޅުނުކޮށް އާދެވޭ ކަމަކަށް ނުވެއެވެ.
ނަވީން އައިފަހުން މިވީ ދެ ދުވަހުވެސް ހުރިހާ ވަގުތެއްހެން ލީނާ ހޭދަކުރަމުން ދިޔައީ ނަވީންގެ ގޭގައެވެ. ނަވީންއަށް ފެންނަ ހިސާބުގައެވެ. ވީކީއްތޯ ދެތިން ފަހަރަކު އެކަހެރިވެލައިގެން އެހިވެސް މެއެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް ކަމެއް ނުވާ ކަމަށް ބުނެފައި ނަވީން އެވާހަކައިން ދުރުވެގަންނަނީއެވެ.
ނަވީންގެ މަންމަގެ ރޭވުމުގެ މަތިން ލީނާ ދިޔައީ ނަވީން އާއި ގާތްކަން އުފައްދަން ވެވުނު އެންމެ ބޮޑަކަށް މަސައްކަތް ކުރަމުންނެވެ.
"ދަރިފުޅު ބޭނުމިއްޔާ މިއީ ފުރުޞަތު.......ކާމިޔާބު ކުރޭ....." އެއް ދުވަހަކު ބަދިގެތެރޭގައި އުޅެލާފައި ނަޖްމާ މި ބުނެލި ބަސް ލީނާ ހުރީ ވަރަށް ރަނގަޅަށް ކަންފަތުގައި ހަރުލައްވައިގެންނެވެ.
ލީނާ ދިޔައީ އެއާއި އެއްގޮތަށް މަސައްކަތް ކުރަމުންނެވެ. ނަވީންގެ ބައްޕަ އަލިމަނިކު، މިދުވަސްކޮޅު މާލޭގައި ނުއުޅުއްވާކަން އެއީ ލީނާ އާއި ނަޖްމާއަށް މިކަންތައް ކާމިޔާބު ކުރުމުގައި ލިބިފައި އޮތް މާ ބޮޑު ހިތްވަރެކެވެ.
ނަޖްމާ އާއި ލީނާ ރޭވި ރޭވުން އެހާ ފުރިހަމައަށް ކާމިޔާބު ވެދާނެއޭ އެމީހުން ހީވެސް ކޮށްފައި ނެތެވެ. ނަމަވެސް އެމީހުންނަށް މިހާރު ލިބިފައިވާ އުފަލުގެ ކޮޅެއް ނެތެވެ.
ނަވީން ކުއްލިއަކަށް އަންނަން ޖެހުނީ ކީއްވެގެންކަމެއް، އަދި ނަވީން އައިއްސަ އެ ހުންނަ ގޮތް ނޭނގޭ ރުޅީގެ އަސްލަކީ ކޮބައިކަން ނޭނގުނު ނަމަވެސް ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން އެދެމީހުންނަށްވެސް އެނގެއެވެ. ނުސީދާ ގޮތުގައްޔާއި ސީދާ ގޮތުގައި ދެމީހުންވެސް މަސައްކަތް ކުރަމުން ދިޔައީ އެ ސަބަބުވެސް ހޯދޭތޯއެވެ.
އެއްރޭ ރޭގަނޑުގެ ވަގުތުގައި ނަވީން ގެއަށް އައިސް ވަންއިރު މާ ގަދައަކަށް ގޭތެރެއިން ހުނުމުގެ އަޑު އިވޭތީ، ނަވީން އަށް ހީވީ ގޭގައި ހަފްލާއެއް ބާއްވައިގެން އުޅެނީހެންނެވެ. އެހެން ހީކޮށް، މަންމަ ކޮންކަމެއް ބާއްވައިގެން އުޅެނީތޯ ބަލަން، ކާކޮޓަރިއަށް ނަވީން ދިޔައިރު ކާކޮޓަރީގައި ތިބިތަން ފެނުނީ މަންމަ އާއި ލީނާ އެކަންޏެވެ. ކޮންމެވެސް ވާހަކައެއް ދައްކަ ދައްކާފައި ދެމީހުން ހެނީއެވެ. މުޅިތަނުގައި ހިއްޕާފައި އެހެރީ އެންމެ ދެމީހުންގެ ހުނުމުގެ އަޑެވެ.
"ދަރިފުޅާ އެއްޗެއް ކާލާނަންތަ ؟" ނަވީން ފެނުމާއެކު ހުނުން ހުއްޓާލާފައި ހަމަޖެހިލަން ނަޖްމާ މަސައްކަތް ކުރިއެވެ.
"އުނހުނ............" މިހެން ބުނެފައި މަޑުވެސް ކޮށްލުމެއް ނެތި ނަވީން ދިޔައީ ކޮޓަރިއަށެވެ.
"ދޭބަލަ..........ދޭބަލަ ގޮސް ވެގެން އުޅެނީ ކީއްތޯ އޮޅުންފިލުވަން. މަންމަ އުޅެ އުޅެ ވީ އެއް ނުބުނޭ. ނުވެސް ބުނާނެތާ މަންމަ އެ އަންހެނާ އާއި ނުރުހޭކަން އެނގޭނެ. އެހެންވެ އޭނަގެ ވާހަކައެއް ވީމަ ނުބުނާން އެ ހުންނަނީ........ދަރިފުޅު ގޮސް ނިކަން ކޮނެލަބަލަ.....އަނެއްކާ ވަރިކުރީ ނޫންކަމެއްވެސް ނޭނގެ...." ނަވީން ދިއުމުން ސިއްރުވެރި އަޑަކުން ލީނާއަށް ނަސޭހަތް ދޭން ނަޖްމާ ފެށިއެވެ. ފަރުވާތެރިކަމާއެކު ލީނާ އަޑު އެހިއެވެ.
އޭނައަށް މިކަހަލަ އަޑު ތަކާއި މިކަހަލަ މަންޒަރުތައް ފެނިފައި ހުރީ ނަވީންގެ މަންމަ އާއްމުކޮށް ބަލާ ހިންދީ ޑްރާމާ ތަކުންނެވެ. މިއީ ހަގީގީ ދިރިއުޅުމުގައި ކަންތައްތައް ވާ ގޮތެކޭ އޭނަގެ ހިތަށް ދުވަހަކުވެސް ނާރައެވެ.
އެކަމަކު މިވަނީއެވެ.
ނަވީންގެ މަންމަ އެ އުޅެނީ ހަމަ ހިންދީ ޑްރާމާއެއްގައި އުޅޭ ވިލަން މަންމައަކު ފަދައިންނެވެ. ހަގީގަތެއް ނެތް ވާހަކައެއް އިނާ ކައިރީ ދައްކައިގެން އެ ދެމަފިރިން ދުރުކުރުވަން މި ކުރާ ހުރިހާ މަސައްކަތެއްގައިވެސް ނަވީން މަންމަގެ އަތް ކިހާ ބޮޑުކަމެއް ނަވީނަށް ނޭނގޭނެތާއެވެ. އޭނައަކީ ހިންދީ ޑްރާމާތައް ބަލަންވެސް ފޫހިވާ މީހެކެވެ. އެހެންނަމަވެސް މިގޮތަށް އުޅެން އޭނައަށްވެސް ވަރަށް މަޖަލެވެ. އަދި އަމުދުން ނަވީން ހާޞިލްކުރަންވެއްޖެނަމަ މާ އުފާވެރިއެވެ.
ނަވީން މާލެ އައިކަން އެނގުނު ދުވަހު، ތަނަކަށް ގޮސްގެން ވިދުމެއް ހުރި ކުލައަކުން ކަޅުކުލަ ޖައްސައި އޮފްއަރުވާފައިވާ އިސްތަށިގަނޑު ރީތިކޮށްލަމުން ތެދުވެ ހިނގައިގަތެވެ. ނަޖްމާ އިނީ ފުރަގަހުން ބަލަހައްޓައިގެންނެވެ. ލީނާ އަކީ އިންތިހާއަށް ރީތި ކުއްޖެކެވެ. ނަވީނަށް ދެން ލީނާ ކަމުނުގޮސްގެން އެ އުޅޭ ސަބަބެއް އޭނައަށް ހަމަ ނުވިސްނެއެވެ.
ލީނާ ގޮސް ނަވީންގެ ކޮޓަރީގެ ދޮރުގައި ޓަކި ޖެހިއެވެ. އެކެއް....ދޭއް....ތިނެއް...ފަހެއް....ޚަބަރެއް ނުވިއެވެ.
ލީނާ ހިފާލިއެވެ. ދޮރު ހުރީ ތަޅުލާފައެއް ނޫނެވެ. ލީނާ މަޑުމަޑުން ދޮރު ހުޅުވާލިއެވެ. ކޮޓަރީގެ އޭސީ ހުރީ ޖައްސާފައެވެ. ޓީވީ ވެސް ހުރީ ހުޅުވާފައެވެ. އީއެސްޕީއެން އިން ޔޫރަޕިއަން ފުޓްބޯޅައިގެ އަޕްޑޭޓްސްތައް ގެނެސްދެމުން ދިޔައެވެ.
ލީނާ ބަލާލިއިރު ނަވީން ފެންނަން ނެތުމުން ، ނަވީން ވީ ފާހާނާގައިކަން ޝައްކަކާ ނުލާ ލީނާއަށް އެނގުނެވެ.
ލީނާ ގަސްތުކުރީ ނަވީން ނިކުންނަންދެން މަޑުކޮށްލުމަށެވެ. އެހެންކަމުން އަލަމާރި ކައިރިއަށް ހުއްޓި އަލަމާރީގެ ލޯގަނޑުން އަދިވެސް އިތުރަށް ފަރިބަލާލާ ރީތި ވެލިއެވެ. ނަވީން ނިކުންނާނެ އިރެއްގެ އިންތިޒާރުގައި ނަވީންގެ އެނދުގައި އިށީނދެލައިގެން އިނީ ޓީވީގެ އަޑުވެސް ކުޑަކޮށް މަޑުކޮށްލުމަށްފަހުގައެވެ.
ހިލޭ ފިރިހެނެއްގެ ކޮޓަރީގައި، އަދި އެމީހާ ފާހާނާގައި ހުރިކަން އެނގިހުރެ އެހެން އިނުމަކީ ކިހާ އަދަބު ކުޑަކަމެއްކަން ލީނާމެން ކަހަލަ އަންހެން ކުދިންގެ ވިސްނުމަށް ނާންނާނެތީ މިފަހަރުވެސް އެކަމާ ލީނާއަކަށް ވިސްނާނުލެވުނެވެ.
އިރުގަނޑެއް ވޭތުވެގެން ދިއުމަށްފަހު ކުއްލިއަކަށް އިވުނީ ފާހާނާގެ ދޮރު ހުޅުވާލި އަޑެވެ.
** ** ** ** ** ** (ނުނިމޭ) ** ** ** ** ** **

10
ވޯޓް
މުރާސިލް ހޯމްޕޭޖް އަށާއި
ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ
އެވެ.
ހަމަ ބަލަބަލަ އިންދާ...އަދި ނުވެސް
ކިޔަން....ތެންކްސް
އާހް،،، ސޯ ސޭޑް... ކިޮހިނެތްދެންވާނީ...
ނަވީންގެ އަމިއްލަ ނަފްސް ކޮންޓްރޯލް ކުރުވާތި،، ހެޔޮނުވާނެ... ލީނާ ޕްރެގްއީ
ޒިޔާދުއަށް ދޯ!!! ނަވީންގެ ހިތާއެކު މަގޭ ހިތްވެސް ފަޅައިގެން ހިގައްޖެ
:((((((((((((((((((((((( ވަރަށް އޮބި މި ޕާރޓް
ރީތިމިބައިވެސް. އެކަމް ތަންކޮޅެއް އަވަހަށް
ގެނެސްދޭނނަމަ މާރީތިވާނެ. މިހާރު ކުރީގެ ބައިގަވާގޮތް ހަނދާންނެތޭފަހުން
އަނެއްބައި އަޕްވަނީ. ހީކުރަން އަވަސްކޮށްލާނެކަމަށް. ދެން ތި ލީނާމެން ކަންތައް
ފަޅާއަރުވާލަބަލަ. ޑްރާމާ ސިސްޓަމް ކަނޑުވާލާފަ ހަގީގަތް އިނާއަށް އަންގައިދީ.
އޭރުން ސަޅިވާނީ.
އޮބިނެސް.... ކްރޭޒިނެސް..... ރީތިނެސް......
ޓަޗްނެސް........................ ވަރަށް ވަރަށް ވަރަށް ވަރަށްވަރަށް ވަރަށްވަރަށް
ވަރަށްވަރަށް ވަރަށްވަރަށް ވަރަށްވަރަށް ވަރަށްވަރަށް ވަރަށްވަރަށް ވަރަށްވަރަށް

ވަރަށްވަރަށް ވަރަށް އަސަރުގަދަ..
އޮބިނެސް.... ކްރޭޒިނެސް..... ރީތިނެސް...... ޓަޗްނެސް........................
ވަރަށް ވަރަށް ވަރަށް ވަރަށްވަރަށް ވަރަށްވަރަށް ވަރަށްވަރަށް ވަރަށްވަރަށް

ވަރަށްވަރަށް ވަރަށްވަރަށް ވަރަށްވަރަށް ވަރަށްވަރަށް ވަރަށްވަރަށް ވަރަށް
އަސަރުގަދަ..
ވަރަށް ރީތި... ހިތް ތެޅެނީ ދެން ވެދާނެ
ގޮތަކާ މެދު ވިސްނީމަ.... ހެޔޮ ނުވާނެ ގޯހެއް ނަހަދާތި!!! ވަރަށް ސަޅި... ހިތާ
ކުޅެލާ ހަމަ!!!
ހާދަ ލަހޭ ވާހަކަ އަޕްޑޭޓްވާލެއް. ތިހާވަރުން
ނުލިޔުނިއްޔާ ރަނގަޅުވާނީ.
މޭންޑީ: އީނަ ތިވަރުން ވާހަކަނުކިޔަބަލަ!!!!!!
ސޮފާ ވާހަކަލިޔުންހުއްޓަންވީމަ އެގޭނީ އީނައަކަށް ނޫންދޯ... މިވަރު ސަޅިވާހަކައެއް
މުރާސިލަކުން ނުލިބޭނެކިޔާކަށް... އޮބިކަމުން ޖޭވަނީ ދޯ
ވަރަށް ސަޅި..... އިންތިޒާރު ކުރަން އަނެއް
ބައަށް..
އަޅެ ފަހެ އިނާ ހާދަ ހެއްވައޭ. އިނާ އެގޮތަށް
ހެދީމަ ލީނާ އަށް ކުރިއެރުން ލިބޭނީ. ނަވީން ހެޔޮނުވާނެ ގޯހެށް ނަހަދާތި ޕްލީޒް
ސޮފް ކިހިނެތްތަ...... ވާހަކަ ވަރަށް ވަރަށް
ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް

ވެސް ރީތި.....މުޅިން ހަމަ ހީވެސް ނުކުރާ ގޮތަކަށް އެވީ....އަޅެ އެކަމް މި ހިންދީ
ޑްރާމާ ތަކުގަ ވާ ގޮތައް ނަހަދައްޗޭ ޕްލީޒް.....އޭރުން ކަމަކު ނުދާނެ....ނުބައި
ބައި މީހުން މިހެން މޮޅުވީމަ މުޅިން ސަކަރާތް.... ޝަޒް އެބައިން ވާހަކައިން ދެ ތަންކޮޅުގެ
ވާހަކަ ބުނެލަން ފުރަތަމަ ބުނެލާނީ " އޭނަގެ ލޯބިންނާއި އޭނަގެ
ދޮންދިނުންތަކާއި ފިރުމުންތަކުން އިނާގެ އެ ހުރިހާ ހިތްހަމަނުޖެހުމެއް
އެއްފަހަރުން އޭނަ ފިލުވާލާނެއެވެ." އެތާންގަ "ދޮންދިނުން"
އިނުމަށް ވުރެން ޝަޒް އަށް ހީވަނީ "ބޮސްދިނުން" އިނިއްޔާ ވަރަށް ސަޅި
ވީސް ހެން....ދެން އަނެއް ތަން ކޮޅަކީ އިނާގެ ސިޓީގަ "އެވެ" މެވެ"
މި ގޮތަށް ހުރީމަ ކުޑަކޮށް އޮޑް ފާޑު ޖަހަނީ...ހީވަނީ ވަރަށް ފޯރމަލް ސިޓީއެއް
ހެން.....އެހެން ނޫނީ ހަމަ ވަރަށް ބެސްޓް ސްޓޯރީ އިނގޭ.......ޝަޒް ހީކުރަން އަނެތް
ބައިވެސް އަވަހަށް ގެނެސް ދޭނެކަމަށް......ބެސްޓް އޮފް ލަކް ވިތް ޔުއަރ
ވޯރކް...ގޯޑް ބްލެސް ޔޫ ސޮފް.... :))))
އެއްވެސް އިރެއްގަ ނުބައިބައި މީހުން
މޮޅެއްނުވާނެ ޝަޒް. އެމީހުންނަށް ހައްގު އަދަބު އެމީހުންނަށް ލިބުން ފަހަރެއްގަ
ލަސްވިޔަސް، އެމީހުންނަށް އެކަން ފެންނާނެ. އެއީއެއްނު ދުނިޔޭގެ ހަގީގަތަކީ
ދޯ........ލައިކްވައިސް..........ވާހަކަވެސް ވާނީ އެހެން.....ހިނގާ ބަލަމާ
ދޯ......ޝަޒް ތި ޕޮއިންޓް އައުޓް ކުރި ތަންތަންކޮޅު ނޯޓްކޮށްފިން އިނގޭ.......ދެކޭ
ގޮތް އަންގާލަދިނީތީ ޝުކުރިއްޔާ.............ސޮފާވެސް ބުނަން ވާނެ ދޯ ސޮފާ ދެކޭ
ގޮތް މި ކަމުގަ.....1- ބޮސްދިނުމޭ ނުލިޔުނީ.....އެއީ ނަވީން ހިތަށް އެރި
އެއްޗެއްގެ ވާހަކަ ބުނެފަ އެ އޮތީ....އެއީ ވަރަށް އިންޓިމޭޓްކޮށް ނަވީން ކުރި
ޚިޔާލުތަކެއް....އެއީ ވާހަކަ ހުށަހަޅައިދޭ މީހާގެ ޚިޔާލެއް ނޫން....އެހެންވީމަ
އެހާ އިންޓިމޭޓް ޚިޔާލަކަށް "ބޮސްދިނުން" މި ލަފުޒު ބޭނުން
ކުރުމުން....އެއްކަލަ މި ބުނާ ދަރަޖަ ކުރުމުގަ ސޮފާއަށް ތަފާތު ވާތީ....އެހެންވެ
އެ ގޮތަށް ނުގެނައީ.........2- އެވެ ށެވެ ލައިގެން ސިޓީ ލިޔުނީވެސް ހަމަ މިކަހަލަ
މާނައެއްގަ. އެ ސިޓީއަކީ މީހަކު ލިޔެފަ އޮތް ސިޓީއެއް...އެ ސިޓީ މި ގެނެސްދިނީ
ވާހަކަ ލިޔާ މީހާ މެދުވެރިގެން ނަވީންގެ ލޮލުން....މާނަ އަކީ ސޮފާ އަކީ 3 ވަނަ
މީހާއޭ އޭތި ހުށަހަޅައިދޭ....އެހެންވީމަ އެގޮތަށް އަންނަ އެއްޗެއްގަ ހުންނަން
ޖެހޭނީ އެވެ ށެވެ ކަމަށް ސޮފާއަށް ދެކެވޭތީ އިނގޭ އެ ގޮތަށް ގެނެސްދިނީ.......!!
ދެން އަނެއްހެން ސޮފާ އަކީ ދިވެހި ބަހުގެ މާހިރެއް ނޫން....އެނގޭ މިންވަރަކުން މި
ބަލަނީ ރަނގަޅު ކުރެވޭތޯ. އެންޑް ޝަޒް.........އުފާކުރަން އަދި ޝުކުރު ކުރަން
ޝަޒްގެ ހިތްވަރުގެ ބަސްތަކަށް. އިރާދަކުރެއްވިއްޔާ އަނެއްބައިވެސް ވަރަށް އަވަހަށް
ގެނެސް ދޭނަން.
ވަރަށް ރީތި... ކިޔާހިތުން ނުނިދެޔޭ...
ސްޕީޗްލެސް ވެފަ މީނީ... ކިހިނެތްތަ މިހާރީތިކޮށް ވާހަކަލިޔަން ދަސކުރީ؟؟ ސޮފާ ޔު
އާ ދަ ބެސްޓް ރައިޓަރ އެވަރ!!! ..
ފަޖުރުތަރި: ޞޮފާ ފަތިސްތަރި ގްރޫޕް
ލިންކް ލިބިދާނެތަ؟ ކިހިނެތްވީބާ މިހާރު ހުރިހާ ޕްރޮފެޝަނަލް ލިޔުންތެރިން
މުރާސިލް ދޫކޮށްލަނީ؟ ލާރާ ވެސް ޞޮފާ ވެސް އަމިއްލަ ބްލޮގެއް ހެދީ މިހާރު.. އަނެއްކަ
މުރާސިލް ގަ މައްސަލަ އެއް އުޅެނީތަ؟
ހާދަލަހޭވާހަކަގެނެސްދޭލެއް. ޕްލީޒް
ތަންކޮޅެއް އަވަހަށް ގެނެސްދީބަލަ!!!!

Hi all readers....welcome to my blog. mi vaahaka kurin publish koffaivaneee muraasil ga kamah vaathee mi blog ga post koffa mi hiree muraasil ga huri gothah e coment thakaa eku. Thanks a lot.
ReplyDelete