🌟🌟Fathisthari Vaahaka🌟🌟

Once upon a time it happened, how it happened is a fiction by me for you.

ފޯންކޯލް - 53 ވަނަ ބައި


"ބުނަން.....ހެވާއި ނުބައިގެ ވާހަކަ އަހަންނަށް ކިޔައިދެވޭވަރަށްވުރެ ނަވީން ތިހިރީ ލޯއަނދިރިވެފަ. އޭނަ ރަނގަޅުތޯ އޭނަ މަންމަ ރަނގަޅުތޯ ބަލާކަށް އަހަންނަކަށް މުހިއްމެއް ނޫން. އަހަންނަކަށް އޭނައެއް ނޯޅޭ. އެ ނުވާނެ ނަހަލާލް ދަރިއަކަށް ނޫނީ. އޭނަ ވާނީ ހަރާމް ފުރާނައަކަށް. އެކަހަލަ އަންހެނަކާއި އިނދެގެން މިގެއަށް ގެންނަން ހިތަށް އެރުވިއިރު، ނަވީން ބޭނުންވަނީ އަހަރެންގެ ފުރާނަ ދުއްވާލުން ކަމަށްވަންޏާ ފުރަތަމަ އެކަން ކުރޭ. އޭގެ ފަހުން ތިކައިވެނި ކުރެވޭނީ." ނަޖްމާގެ ފަހުބަސް ނަޖްމާ އިއްވިއެވެ.

ނަވީންގެ ބަސްހުސްވެ ހަރަކާތް ހުއްޓިއްޖެއެވެ. މަންމަ އާއި ދިމާލަށް ބަލަހައްޓައިގެން އިނދެވުނީ ނާއުއްމީދު ވެފައެވެ. ވަރަށްވެސް ބޮޑަށެވެ.
ވާހަކަ އެދައްކަނީ ހަމަ އޭނަގެ މަންމަ ބާވައޭ ނަވީންގެ ހިތަށް އެރިއެވެ.

ހުއްދަނޫންގޮތުގައި ލިބޭދަރިއަކީ ހަރާމް ފުރާނައެއް ނޫންކަން މަންމައަށް ހަމަ ނޭނގެނީބާވައެވެ. ނޫނީ އެއީ ހަމަ ގަސްދުގައި އޭނަ ދެރަކޮށްލަން މަންމަ ބުނި އެއްޗެއްބާވައެވެ. އެހާ ރަޙުމްކުޑަ ގޮތަކަށް އިނާއަށް މަންމަ މުޚާޠަބް ކުރީތީ ނަވީންގެ ހިތަށް އުނދަގޫވިއެވެ. ދެރަވިއެވެ. 

"
އަހަންނަކަށް ނުވިސްނޭ މަންމަ އިނާދެކެ ތިހާ ރުޅިއަންނަންވީ ސަބަބެއް. އެއްވެސް ފުރާނައަކީ ހަރާމް ފުރާނައަކަށް ވެދާނެތަ މަންމާ...މިހުރިހާ ދުވަހު މަންމަ އުޅުނީ އަހަރެން މީހަކާ ނީނދެގެން. ދެން ކީއްވެ މިހާރު...." ދެރަވެފައި ހުރެގެން ނަވީން ވާހަކަ ދެއްކިއެވެ. ނަމަވެސް ވަކި ހިސާބަކުން ޖެހުނީ ހުއްޓާލާށެވެ. މަންމަ އެއްޗެއް ބުނަން އުޅުނީމައެވެ.

"
އާނ....އެކަމަކު ތިކަހަލަ މީހަކާ އިންނަންޏާ ހެޔޮ އުމުރުދުވަހު ނީނދެ ހުއްޓަސް. ނަވީން ނިކަން ދައްކަބަލަ ނަވީންއާއި އޭނައާއި ގާބިލުވާނެ އެއްވެސް ގޮތެއް. ތިހުރިހާ ހަޑިއަކާއެކުހުރިއިރު، އެންމެ ކުޑަމިނުން ނަވީނާއި އެއް ދަރަޖައެއްގެ މީހަކު ހޯދިނަމަ ކީއްތަވާނީ؟" ނަޖްމާއަށްޓަކައި އެއީ ވަރަށް މުހިއްމު ކަމެކެވެ.

"
ކޮންގޮތަކަށް މަންމަ ދަރަޖަ ކުރަނީ....އިނާ ހުރީ ކިޔަވައިގެން...ތަހުޒީބަށް ލޯހުޅުވިފަ ހުރީ....އަޚްލާގް ރަނގަޅު....ގައިމުވެސް އަގުވެއްޓި އިއްޒަތް ލޫޓްވިފައެއް ނެތް...." ނަވީންއަށް އިނާއާއި ދޭތެރޭގައި އޮންނަ އެ ޔަގީންކަމަކީ ނަވީންގެ ނަޒަރުގައި އިނާގެ ދަރަޖަ އޭނައަށްވުރެވެސް މަތިވާ ކަމެކެވެ.

"
އަހަރެމެންނާ ދާދި އެއްފެންވަރެއްގެ އާއިލާއެއްގެ ފިރިހެންދަރިއަކުވެސް އޭނައާއި ކައިވެނިނުކޮށް އެންމެ ފަހު ވަގުތު ދޫކޮށްލީ ކީއްވެގެންކަން ނަވީން ވިސްނައެއް ނުލަމުތަ؟" ނަވީންއަށް ނުވިސްނިގެން އުޅޭ އެއްޗެއް ވިސްނަދެވޭތޯ ނަޖްމާ އުޅުނެވެ. އެކަމަކު ދުރުދުރުންނެވެ.

"
ޒިޔާދުގެ ވާހަކަތަ މަންމަ ތި ދައްކަނީ؟ އޭނަގެ ހުރި ވިޔާނުދާކަން އެއީ. އޭނަގެ ރަހުމެއް ނެތްކަން. މަންމަ ދަރަޖަ ތިކުރަނީ ފައިސާއިންތަ؟" މަންމަގެ ސުވާލަށް ޖަވާބުދޭން ފެށިއިރު ނުވިސްނުނު އެއްޗެއް ނަވީންއަށް ވިސްނައިގަނެވުނީ އެންމެ ފަހުންނެވެ.

ނަވީންއަށް އެބުނެވުނީ ރަނގަޅަށްކަން ގަބޫލުކުރެވުނީ އޭނަގެ އެންމެ ފަހު ސުވާލަށް މަންމަ އެއްޗެއް ނުބުނުމުންނެވެ.

"
މިތަނަށް މުއްސަނދިކަން އަންނަންވީ ކީއްވެ މަންމާ. އިނާމެންނަކީވެސް މުއްސަނދިން. އަހަރެމެންވަރު ނުވިއަސް އެމީހުންނަކީ ފުދިގެން ބާކީވެސް ކޮށްގެން އުޅޭ މީހުން." މަންމަ އެ ދައްކަނީ ކޮން ވާހަކައެއްކަމެއް ނަވީނަކަށް ނޭނގެއެވެ. އެ ވާހަކަ ނަވީނަށް ވަނީ ވަރަށް މާނައެއް ނެތް ވާހަކަ އަކަށެވެ. އެކަމަކުވެސް އިނާއާއި މަންމަ ރުހޭނެހެން ހީވާހާ ވާހަކައެއް ދައްކައިގެންވެސް މަންމަގެ ހިތް އިނާ މައްޗަށް ސާފުކުރުވަން އޭނަ ބޭނުން ވެއެވެ.

"
ފައިސާ ހުއްޓަސް ތިބުނާ މީހާއަކަށް އިހްތިރާމެއް ނުގަނެވޭނެ. އެކަމަކު ފައިސާ ހުރި މީހަކާ އިނދެގެން އޭނަ އެ އުޅެނީ ނަވީންއަށާއި ނަވީންގެ އާއިލާއަށް ލިބޭ އިހްތިރާމް ގެއްލުވާލަން. ޒިޔާދުއަށް އެކަން ވިސްނުނު ހިސާބުން އޭނަ އެހެރީ ދުރުގަ. ކީއްވެގެންތަ ނަވީންއަށް ނުވިސްނިގެން ތިއުޅެނީ. ފައިސާ ހުންނަ މީހާގެ ހުރިހާ ކަމެއްވެސް އާއްމުން ފަރުވާވެ ބަލާނެ. އެމީހާ ދިއްކޮށްލާ އެތިއެތިކޮޅުގައި ހިފާއިރު އެމީހާގެ ފަތިފުށްވެސް ހޯދޭތޯ އުޅޭނެ. މުޖްތަމައުގައި ފައިސާއަކީ މުހިއްމު އެއްޗެއް. އެންމެންވެސް ބޭނުންވާ އެއްޗެއް. އަހަރެމެންނަކީ ތިބުނާ ކަހަލަ ނަމަކުން ހަޑިވެގެން އުޅެވެން ހުރި ބައެއް ނޫން. ޒިޔާދު ސަލާމަތްވިގޮތަށް ނަވީންއަށް ކީއްވެ ސަލާމަތް ވާން ނޭނގިގެން ތިއުޅެނީ." ނަޖްމާ ދައްކަމުން ދިޔައީ އޭނައަށް އެންމެ މުހިއްމުވާ ކަންތަކުގެ ވާހަކައެވެ. 
ނަވީން އިނީ ހަމަ ހައިރާންވެފައެވެ.
އޭނަގެ މަންމަގެ މި ވިސްނުން ހުންނަކަން އޭނައަށް ކުރިން ނޭނގިފައި އޮތީކީއްވެބާވައެވެ. 

"
މަންމަ ތިބުނަނީ ފައިސާވެރިންނާއި ގުޅެންޖެހެނީ ފައިސާވެރިންނާއޭތަ؟ އެހެންކަމަށްވަންޏާ އިނާއަކީ އެކަމަށް އެންމެ އެކަށީގެންވާ މީހާކަމަށް މަންމަ ގަބޫލުކުރޭ." ނަވީނަށް ވިސްނުނުގޮތަށް ނަވީން ޖަވާބު ދިނެވެ. އެހެންކަމަށްވަންޏާ އޭނައާއި އިނާގެ ކައިވެންޏަށް މަންމަ ދެކޮޅެއް ނަހަދާނެކަން ނަވީންއަށް ގޮތަކަށް ޔަގީން ވިއެވެ.

"
އެހެނެއް ނޫން މި ކިޔަނީ.....މި ކިޔަނީ އަހަރެމެންގެވެސް އިއްޒަތެއް އެބައޮތޭ...މީހުން ގަދަރުކުރޭ މި އާއިލާއަށް.....ނަވީން ތިކުރަން އުޅޭކަމަކުން އެކަމަކު މީހުންނަށް މޫނު ދައްކާލަން ނުކެރޭނެ. ނަވީންއަށް ނޭނގުނަސް މަންމައަށް އެނގޭތީ މި ބުނަނީ. ތިބުނާ އިނާގެ މަންމައަށް ދެން އެބަހުރި އިނާގެ ބައްޕައޭ ކިޔާފަ ދައްކާނެ މީހެއް. އެކަމަކު ނަވީން ގޮސް އަހާބަލަ އިނާގެ ކާފައަކީ ކާކުކަން އިނާއަށް ނޫނީ އެ އާއިލާ އެހެން މީހަކަށްވެސް އެނގޭތޯ. ބަލަ ނަވީންއަށްވުރެ ކުރިން ތި ހުރިހާ ކަމެއް އެނގި އަޑުއަހާފަ މަންމަ ހުރީމަ މިބުނަނީ.....އެ ޖީލު ދެމިގެން ދާނީ ހަމަ އެގޮތަށް." ނަޖްމާއަށް ހުރިހާ އެއްޗެއްވެސް އެބަ އެނގެއެވެ. ކުޑަކުޑަ މާލޭގައި އެމީހުންކަހަލަ ރަހްމަތްތެރިން ގިނަ މީހަކަށް، އެފަދަ އެހެން އާއިލާއެއްގެ ތެރޭގައި ހިނގާފައިއޮތް އެއްކަމެއްވެސް ސިއްރުނުވާނެކަން ޔަގީނެވެ.

މަންމަ ދެއްކި ވާހަކައިން ނަވީން ހައިރާންކަން ބޮޑުވިއެވެ. އިނާގެ ކާފައަކާ އޭނައަކާ ކީއްހެއްޔެވެ؟ މަންމަ އެބުނަނީ އިނާގެ މަންމައަކީވެސް ހަމަ އިނާފަދައިން ބައްޕައެއް ނެތް މީހެކޭއެވެ. އެކަމަކު އެއީ މި މައްސަލައާ ގުޅުން ހުރި ކަމެއް ނޫނެވެ. އަނެއްކޮޅުން އެ ޖީލު ދެމިގެންދާނީ އެގޮތަށޭ މަންމަ ބުނާއިރު، އޭނަ އިނާއާއި ކައިވެނި ކުރަން އުޅުން އެއީ އެ ޖީލު އެގޮތަށް ނުދާނެ ކަމުގެ ހެއްކެއް ކަމެއް މަންމައަށް އަދި ހަމަ ނުވިސްނެނީހެއްޔެވެ؟

"
މަންމާ އަހަންނަކަށް ތިއިން އެއްވެސް ވާހަކައެއް ނުވިސްނޭ....ތިއީ އަހަންނާއި އިނާގެ ކައިވެންޏަށް ހުރަސްއެޅޭނެ އުޒުރުތަކެއްކަމަށްވެސް ނުދެކެން. އަހަރެން އިނާއާއި ކައިވެނިކޮށްފިއްޔާ ގައިމުވެސް މަންމަ ތިބުނި ގޮތަކަށް އެ ޖީލް ދެމިގެން ނުދާނެ. އަހަންނަކަށް ނޭނގެ އިތުރަކަށް ދެން ބުނާނެ އެއްޗެއް....އަހަންނަކަށް ފައިސާއެއްވެސް އަދި އިނާގެ މާޟީއެއްވެސް މުހިއްމެއް ނޫން." މަންމަ އެ ދައްކާ ވާހަކަތަކަށް އިތުރަށް ހިފާހިތެއް ނަވީން ނުވިއެވެ. 

"
މާނައަކީ ނަވީން ތިކަން ނުހުއްޓާނަމޭ ދޯ....؟" ނަޖްމާ ޔަގީން ކުރަން ބޭނުންވިއެވެ. 
ނޫނެކޭވެސް އާނއެކޭވެސް ނަވީން ނުބުންޏެވެ. ދެއަތުގެ އިނގިލިތައް މަހާލައިގެން ހަމަ އިނީއެވެ. މަންމައާއި ދިމާލަށް ނުވެސް ބަލައެވެ.

ނަވީންގެ ބައްޕަ އަލިމަނިކު އައިސް ދޮރުމައްޗަށް އެރީ އެވަގުތުއެވެ. 

"
ކިހިނެއްވެފަ ތި ތިބީ.....؟" ނަޖްމާގެ މޫނުމަތިން ފެންނަ ކުލަވަރުން ކޮންމެވެސް ބޮޑުކަމެއްވެއްޖެކަން އަލިމަނިކުއަށް އެނގުނެވެ.
"
އަހަރެން ކައިރިން ނައަހާ....." އަލިމަނިކު އެ ކޮޓަރިއަށް ވެންނެވުމުގެ ކުރިން ނަޖްމާ އެތަނުން ނުކުމެގެން ހިނގައްޖެއެވެ.

"
ކިހިނެއްވެގެން މިއުޅެނީ ނަވީން..." ދޮރުމަތީގައި ހުރެފައި އަލިމަނިކު އެއްސެވިއެވެ.
"
އަޅުގަނޑު ދެއްކި ވާހަކައަކަށް މަންމަ ހިތްހަމަނުޖެހިގެން އެ އުޅެނީ....." ނަވީން ބުނަން އުޅުނެވެ. 
"
ކޮން ކަމަކާ......ކޮން ކަމެއް ގޯސްވެގެން އެއުޅެނީ....." ނަވީން ބުނި އެއްޗަކުން އަލިމަނިކު އެ ކޮޓަރިއަށްވެސް ވަންނަވައިފިއެވެ. ހަމަ އެވަގުތު ދާން ގޮސް ގޮސް ހުރެފައި ވަރަށް ބާރުމިނުގައި އައިސް އަނެއްކާވެސް ނަޖްމާ އެ ކޮޓަރިއަށް ވަދެއްޖެއެވެ.
"
ނަވީން އެކުރަން އުޅޭކަންތައް މަނިކު ހުއްޓުވާ.....އަހަރެންގެ ފުރާނަހުރިހާ ހިނދަކު އެކަމަށް އަހަރެން ގަބޫލެއް ނުވާނަން.....މަނިކު ހުއްޓުވާ މަނިކުގެ ދަރިފުޅު...." ނަޖްމާ އެ ކޮޓަރިއަށް ވަދެފައި އިންޒާރު ޖެހީ އަލި މަނިކުއަށެވެ. އަދި ހަމަ އައި ބާރުމިނުގައި އެނބުރިވެސް ހިނގައްޖެއެވެ.

ނަވީން ހަމަ ބަލަހައްޓައިގެން އިނީއެވެ. އުމުރުން އޭނަ ކިތަންމެ ދޮށީވިޔަސް، މަންމައާއި ބައްޕަގެ ކުރިމަތީގައި އޭނަގެ ހައިބަތު ދައްކަން ނުޖެހޭނެކަން ނަވީނަށް އެނގެއެވެ. އެ މައިންބަފައިން އޭނައަށް ދިން ތަރުބިއްޔަތަކީ އެއީއެވެ. އަމުދުން ތިމާ ކުރަން ބޭނުންވާ ކަންތަކަށް އެމީހުން ނުރުހޭއިރު އަޑުގަދަ ނުކުރުމަށް ނަވީން އިނީ ނިންމައިގެންނެވެ.

"
މަންމަ އެހާ ރުޅިގަދަވެފަ އެހެރީ ނަވީން ކިހިނެއްހަދައިގެންތަ؟" ކޮޓަރިއަށް ވަދެފައިވެސް އަލިމަނިކު ހުންނެވީ ދޮރުކަނީގައި އަތް އަޅުވާލައިގެން އެތާ ހުއްޓިއެވެ.
ނަވީންއަށް އެ ވާހަކަ ފަށަން އެހާ ފަސޭހައެއް ނުވިއެވެ.

"
ބުނީމައެއްނު ބައްޕައަށްވެސް އެނގޭނީ. ކިހިނެއްވީ. ލާރިކޮޅެއް ބޭނުންވީތަ....ކިހާ ވަރެއް...." އަލިމަނިކުއަށް ހީވިގޮތަށް އަލިމަނިކު އެއްސެވިއެވެ.

އެއާއެކު ނަވީންގެ ހިތްހަމަނުޖެހުމަށް ރުޅީގެ އަސަރު ވެރިވިއެވެ.

ބައްޕަގެ ޚިޔާލަށްވެސް އެންމެ ފުރަތަމަ އަންނަނީ ފައިސާހެއްޔެވެ؟ ކިހާ ދެން ދެރަވެއްޖެ ކަމެއްހެއްޔެވެ؟ މަންމަވެސް އެ ދިޔައީ އިނާއާއި ނުރުހޭކަން ސާބިތުކޮށްދޭ އެތައް ވާހަކައެއް ދައްކާފައި، އޭގެ ތެރެއިންވެސް އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އެމީހުންގެ ފައިސާވެރިކަމަށް ހުރި ހުތުރަކަށް އިނާ ވެދާނެ ވާހަކަ ދައްކާފައެވެ. އިނާއާއި މަންމަ ނުރުހުނު އަސްލު ސަބަބަކީ ކޮބައިކަމެއްވެސް މިހާރު އޭނައަކަށް ނޭނގެއެވެ.

"
ނަވީން.....؟" އެގޮތަށް އަނގައިން ނުބުނެ ދުވަހަކުވެސް މީގެ ކުރިން ނަވީން އިންތަން އަލިމަނިކުއަށް ފެނިފައި ނުވާތީ، ވީ ކީއްކަން އެނގެން އަލިމަނިކު ބޭނުންވިއެވެ.

"
މަންމަ ހިތްހަމަނުޖެހުނީ އަޅުގަނޑު ކައިވެންޏެއްކުރަން އުޅޭވާހަކަ ބުނީމަ...." ބައްޕައަށް ޖަވާބުދާރީވާން ޖެހޭތީ ނަވީން ޖަވާބު ދިނެވެ.
"
އެޔޯ....އެއީ ކީއްވެގެން...؟" ނަވީން ކައިވެނި ކުރާނެ ދުވަހެއް ދެކޭހިތުން ހުންނަ ނަޖްމާ ނަވީން ކައިވެންޏެއް ކުރަން އުޅުމުން ދެކޮޅު ހަދަންވީ ކީއްވެކަމެއް އަލިމަނިކުއަކަށްވެސް އެނގިއެއް ނުލެއްވިއެވެ.

"
ލީނާ އަކީ ހުރިހާ ގޮތަކުން ބަލާއިރުވެސް ދަރިފުޅާ އެކަށީގެންވާ ކުއްޖެއް....އެވާނީ މޫޑްރަނގަޅު ނޫންރެއަކާ ދިމާވީކަމަށް. މަންމަ އާއި ވާހަކަ ދައްކާނަން ބައްޕަ...." އަލިމަނިކުގެ ވިސްނުމުގައިވެސް ނަވީންއަށް ލީނާ ނޫން އެހެން އަންހެންކުއްޖަކު ކަމުނުދާނެއެވެ.

ބުނެދޭންނޭނގޭކަހަލަ އުނދަގުލެއް ނަވީނަށް ވިއެވެ. ބައްޕަވެސް ހީކުރައްވަނީ އެހެން ހެއްޔެވެ؟ ލީނާ ނޫނީ މިދުނިޔޭގައި އެހެން އަންހެންކުއްޖަކު ހަމަ ނެތީހެއްޔެވެ.

"
އެއީ ލީނާއެއް ނޫން. އިނާ....ޚާލިދު އާއި ޝީލާމެންގެ ދަރިފުޅު." ލީނާއާއި އޭނައޭ ހީކޮށް އިތުރު ވާހަކައެއް ބައްޕަ ބުނުމުގެ ކުރިން ނަވީން އަވަހަށް ބުންޏެވެ. ހަމައެކަނި އިނާއޭ ބުނުމުން ބައްޕައަށް ހަނދާން ނުވެދާނެތީ ޚާލިދުމެންގެ ނަމާވެސް އެކުގައެވެ.

"
ނަވީން ވިސްނާލާފަ ނިންމިގޮތެއްތަ ތިއީ؟" ލީނާއެއް ނޫނޭ އޭނަ ބުނުމުން އިރުކޮޅަކު ހިމޭނުން ހުންނަވާފައި އަލިމަނިކު އެއްސެވިއެވެ. ބައްޕަގެ މޫނުމަތިން ނަވީންއަށް ފެނުނީ ފިކުރުބޮޑުވެފައި ހުރި ގޮތެކެވެ. ބައްޕަގެ އެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ނަވީން ބޯޖަހާލީ ވަރަށް ޔަގީންކަމާއެކުގައެވެ.

"
މަންމަ އެދިޔައީ މަންމަގެ ޖަވާބު ދީފައި. ބައްޕައަށް ފެންނަނީ ތިކަމާ އަދި ވިސްނަން." އަލިމަނިކުގެ އެންމެ ފަހު ބަހަކަށްވީ އެބަސްކޮޅެވެ. އެ ކޮޓަރިން ނުކުންނަވައިފިއެވެ.
ނަވީން އިނީއެވެ. އޭނައަށް އެކަން މާ ކުރިންވެސް އެނގެއެވެ. މަންމައާއި ދެކޮޅަށް ބައްޕަ އެއްޗެއް ނުބުނުއްވާނެއެވެ. އަދި އަމުދުން މަންމަ ގޮތް ނިންމައިފި ކަމަކަށް ބައްޕަގެ އޮންނާނީ ހަމަ އެކަނި އާނއެކޭ ބުނުމެވެ. އޭނަގެ އުމުރުން މިފާއިތުވި ތިރީސްހައަހަރުވެސް އޭނައަށް ފެނިފައި ހުރީ އެ މަންޒަރެވެ. އެކަމަކު މިފަހަރު ބައްޕަވެސް ތަފާތުވެދާނެއޭ ނަވީންއަށް ހީކުރެވުނީތީ އޭނަ ދެރަވިއެވެ.

ފަސްވަރަކަށް މިނެޓް އެތާ އިނދެފައި ނަވީން ދިޔައީއެވެ. ގެއިންވެސް ބޭރަށެވެ.

** ** ** ** ** **

އެރޭ ނަވީން އިނާއަށް ނުގުޅައެވެ. ޚުދު އޭނަގެ ނަފްސަށްވެސް އުނދަގޫވެފައި ހުރުމާއި، އެވާހަކައާއި ދޭތެރޭ އަދި އެއްވެސް ގޮތެއް އޭނަ ނުނިންމާތީ، ވިސްނާލަންވެސް ވަގުތު ބޭނުންވާތީއެވެ. ނިދުމުގެ ކުރިން އޭނަގެ ކޯލަށް އިނާ އިންތިޒާރު ކުރާނެކަން އެނގޭއިރުވެސް ނަވީން ނުގުޅީ، އޮޅިގެންވެސް އެ ވާހަކަ އޭނައަށް އިނާ ކައިރީ ދެއްކިދާނެތީއެވެ. ނޫނީ އެހެން ރޭރޭ އޭނަ ވާހަކަ ދައްކާހާ ޝައުގާއެކު ވާހަކަ ނުދެއްކިގެން އެކަމުން އެ ދެމެދަށް ކުށްހީއެއް އަތުވެދާނެތީއެވެ. ދެތިން އެސްއެމްއެސް އިން އެރެއަށް ނަވީން ނިންމާލީ އަމިއްލަ ހިތަށް މަޖްބޫރުވެގެންނެވެ.

ނިދިފަ ހޭލެވިފަ....ހޭލެވިފަ ނިދިފަ.....އެކަހަލަ ގޮތަކަށް ގޮސް އަނެއްދުވަހަށް އިރު އަރައިފިއެވެ. ތައްޔާރުވެގެން ސައިމޭޒުދޮށަށް ދިޔައިރު މަންމަވެސް ބައްޕަވެސް އެތާ އިންނެވިއެވެ. ނަވީން ވަކި އެއްޗެއް ނުބުނެ ސައިބޮމުން ދިޔައީ އަވަސް އަރުވާލާފައެވެ. ވީ އެންމެ އަވަހަކަށް އެތަނުން ނުކުތުމަށެވެ. އޭނައަށް އެކަން ކާމިޔާބުވެސް ވިއެވެ. ސައި މޭޒުގައި އެކަކުވެސް އަނެއްމީހާއާ އަނގައިން ނުބުނެ ތިއްބާ އަވަސް އަވަސް ކޮށްލައިގެން ނަވީން އަވަހަށް ނުކުމެގެން ހިނގައްޖެއެވެ.

އެހެންނަމަވެސް އެރޭގެ ކާމޭޒުގައި، ނަވީންއަށް އޭނަގެ މަންމަގެ ސުވާލުތަކާއި ކުރިމަތިލާން ޖެހުނެވެ.
"
ނަވީން ކޮންގޮތަކަށް ނިންމައިގެން މިހާރު ތިހިރީ....؟" ނަޖްމާ އެހިއެވެ. ރުންކުރު ގޮތަކަށެވެ.
"
ސެޕްޓެމްބަރު މަހުގައި އިނާއާއި ކައިވެނި ކުރާގޮތަށް...." ފަސްޖެހުމެއް ނެތި ނަވީން ޖަވާބު ދިނެވެ. އުލާއި ސަމުސަލުން ތަށީގައި ހުރި ރޮށިތައް މޮޑެމުންނެވެ. ކާތަށި ނޫން ދިމާލަކަށް ކަޅިހިންގާވެސް ނުލައެވެ.

އޭނަގެ ޖަވާބާއެކު މަންމަ ބޮއިބޮއި ހުރި ފެންތަށި ވަރަށް ބާރަށް މޭޒުމަތީގައި ބެހެއްޓިއަޑު ނަވީނަށް އިވުނެވެ.

"
އަހަރެން ދެއްކި އެއްވެސް ވާހަކައެއް ނަވީންއަށް އަޑުނީވުނީތަ؟ އަހަރެން އިމްތިހާން ކުރަން ނަވީން ނުއުޅެއްޗޭ....ހަމަ ތެދެއް މިބުނީ....އަހަރެން ދިރިހުއްޓާ ނަވީނަށް ތި ކައިވެންޏެއް ނުކުރެވޭނެ. ދުވަހަކުވެސް ގަބޫލެއް ނުވެވޭނެ އަހަންނަށް ތިކަމަކާ....މިހެން ބުނެބުނެ ހުއްޓާ ނަވީން ތިކައިވެނި ކޮށްފިއްޔާ.....އެހިސާބުން ނަވީނަށްޓަކައި އަހަރެން މަރުވީކަމަށް ބަލާ. ތިކައިވެންޏަށް ދާން ނަވީން މިގެއިން ނުކުންނަން ޖެހޭނީ އެނބުރި ނައަންނަ ގޮތަށް. " މަންމަ ވާހަކަ ދައްކަން ފެށުމުން އުލާއި ސަމުސާ ބާއްވާފައި މޭޒުމަތީގައި އުޅަނބޮށި އަޅުވައިގެން ނަވީން އިނީ އަޑުއަހާށެވެ. މަންމަގެ މޫނަށް ނުބަލާ ނަވީން އިންއިރުވެސް މަންމަގެ ރުޅި ހުރި ހިސާބު ނަވީނަށް އިހްސާސް ކުރެވެއެވެ. 

ވާހަކަ ނިންމާލާފައި ހިނދުކޮޅަކުވެސް އެތާ ނީނދެ ތެދުވެގެން ބާރުބާރަށް ނަޖްމާ ދިޔައީއެވެ. ކާކޮޓަރިއަށް ވެރިވީ ހިމޭން ކަމެކެވެ. 

"
އަޅުގަނޑަކަށް ނުވިސްނޭ މިކަމުގައި އަޅުގަނޑަށް ކުރެވޭ ކުށެއް. މަންމަ ވާހަކަ ދައްކާ ގޮތުން ހީވަނީ އަޅުގަނޑު ބޮޑު ފާފައަކަށް އަރައިގަންނަން އުޅެނީހެން. މަންމަ އެހާ ނުރުހެނީ....އެއީ ލީނާއަށް ނުވީމަކަމެއް....ނޫނީ އިނާގެ ބައްޕައެއް ނެތުމުންކަމެއް....ނޫނީ އިނާ އައްޑޫ މީހަކަށް ވުމުން ކަމެއް......ނޫނީ އިނާއަކީ މުއްސަންޖަކަށް ނުވީމަކަމެއް....ނޭނގެ އަޅުގަނޑަކަށް. " ގޮތްހުސްވެގެން އެނބުރިލާ މީހެއްފަދައިން ބައްޕައާއި ދިމާލަށް އެނބުރިފައި ނަވީން ޝަކުވާ ކުރަން ފެށިއެވެ. މަންމަގެ ޝަކުވާ ބައްޕަ ކައިރީގައެވެ. 

"
ދަރިފުޅު ރަނގަޅުވާނީ މަންމަގެ ނަސޭޙަތް އަޑުއެހިއްޔާ...." އަލިމަނިކު ދެއްވީ ވަރަށް ފަސޭހަ ޙައްލެކެވެ.

"
މަންމަ އެ ދައްކާ ވާހަކަ އަޅުގަނޑަކަށް ރީޒަނަބަލް އެއްނޫން. އިނާއާއި އަޅުގަނޑު ކައިވެނި ކުރުމުން މަންމަ އާއި ބައްޕައަށް އުނިކަމެއް އަންނާނެހެން ހީވާނަމަވެސް އަޅުގަނޑު އެކަހަލަ ކަމެއް ނުކުރާނަން. އެކަމަކު އަޅުގަނޑަކަށް ނުފެނޭ ގޯހެއް. ބައްޕައަށް ފެނިލައްވަނީ ކިހިނެއްތޯ؟" ހަގީގަތުގައިވެސް ބައްޕަ ބުނާ އެއްޗެއް އަޑުއަހަން ނަވީން ބޭނުން ވިއެވެ. އޭނަގެ ބައްޕައަކީ ދުރުވިސްނޭ ވިސްނުންތެރި ހަރުދަނާ ވިޔަފާރި ވެރިއެކެވެ. ބައްޕަގެ ބަހަކީ އޭނައަށް ވަރަށް އަގުހުރި ބަހެކެވެ. ކުޑައިރުއްސުރެންވެސް އޭނަ ނަމޫނާއަކަށް ބަލަމުން އަންނަނީ އޭނަގެ ބައްޕައެވެ. ބައްޕަކަހަލަ މާތް މީހަކަށްވާން އޭނަ އަންނަނީ މިއަދާއި ހަމައަށްވެސް މަސައްކަތް ކުރަމުންނެވެ. ބައްޕަގެ ކިބައިގައި ޚާއްޞަ އެތަކެއް ރަނގަޅު ސިފަތައް ހުރިކަން އޭނައަށް ގަބޫލުކުރެވިފައިވަނީ ވަރަށް ތުއްތު އިރުއެވެ.

"
ބައްޕައަށް ފެންނަނީ މަންމަގެ ވާހަކަ ނަވީން އަޑުއަހަން. ކަމަކާނުލާ މަންމައަށް ހިތާމައެއް ދިނުން އެއީ ދަރިފުޅުގެ އަޒުމަކަށް ވެގެން ނުވާނެ. އެއީއެއް ނޫން ދަރިފުޅުގެ ކިބައިން ބައްޕަ އުއްމީދުކުރާ ގޮތަކީ." މިހެން ބުނުއްވާފައި އަލިމަނިކުވެސް ތެދުވެއްޖެއެވެ.

"
މިވާހަކަ މިހިސާބަށް ނިންމާލާ. ބައްޕަ ގަބޫލުކުރަނީ ނަވީންގެ މަންމަގެ ބަސް ނަވީން އަޑުއަހާނެކަމަށް." ތެދުވެގެން ގޮސްގޮސް ހުރެފައި އަނެއްކާވެސް ހުއްޓިލާފައި ބައްޕަ މިހެން ބުނުއްވިއިރުވެސް ނަވީން އިނީ ބަލާށެވެ. 

ކެއުންމަތިންވެސް ނަވީން ފޫހިވެއްޖެއެވެ. ނާއުއްމީދުވެގެން ގޮނޑިއަށް ލެނގިލެވުނީ އޭނައަށް މިދިމާވި ކަންތަކުން ނިކުންނާނެ ނަތީޖާ ހިތަށް އަރުވާލަންވެސް އުނދަގޫވާތީއެވެ.

** ** ** ** ** **

އޭގެ އަނެއް ދުވަހެވެ. 
ހަވީރު އޮފީހުން އައިސްފައި ނަވީން އޮތީ ކޮޓަރީގައި އޮށޯވެލައިގެންނެވެ. އެހެން އޮތްއިރު އިރުއިރުކޮޅާ މޮބައިލް ފޯން ބީޕް ވެއެވެ. އިނާ މެސެޖް ކުރަނީއެވެ. އޭނަގެ ޚަބަރެއް ނުވާތީ އެކަމާއި ކަންބޮޑުވެގެންނެވެ. ނަވީންވެސް ޖަވާބު ދެއެވެ. މާބޮޑުކަމެއް ނުވާކަމަށާއި ތަންކޮޅެއް ބުރަކޮށް އުޅެނީ ކަމަށް ބުނެ އިނާ ހަމަޖައްސަމުން ދިޔައެވެ. އެކަމަކު ކޮންމެ ދެމެސެޖެއް ދެމެދުގައި އެދާ ކުޑަހިނދުކޮޅަކުވެސް ނަވީންގެ ފިކުރުތައް ބޮއްސުންލައިގެން ދެއެވެ.

ހަދަންވީ ކިހިނެއްކަން ވިސްނައިގަންނަން ހަމަ އުނދަގޫވަނީއެވެ. ކުރިމަތީގައި އޮތީ ދެމަގެވެ. މަންމައާއި ބައްޕަގެ ބަސް ގަބޫލުކޮށްގެން އިނާ މަތިން ހަނދާން ނައްތާލުމެވެ. ނޫނީ އެދެމީހުންގެ ބަސް ބޮލާލާ ޖަހާފައި ގޮސް އިނާއާއި ކައިވެނި ކުރުމެވެ. އެކަމަކު އޭރުން ހުރީ ކޮން އުފަލެއް ހެއްޔެވެ؟ އޭނައިނާއާއި ކައިވެނިކުރަން ދާން ގެއިން ބޭރަށް އަޅާ ފުރަތަމަ ފިޔަވަޅާއެކު އޭނަ ވާންޖެހޭނީ މައިންބަފައިން ނެތް މީހަކަށެވެ. އެކަން އޭނަ ކުރާނީ ކިހިނެއް ހެއްޔެވެ؟ 

އޭނަގެ މަންމަ އާއި ބައްޕައަކީ މި ދުނިޔެއިން މީހަކަށް ލިބޭނެ އެންމެ ހެޔޮލަފާ އޯގާތެރި މަންމައާއި ބައްޕައެވެ. އޭގެތެރެއިންވެސް މަންމައަކީ އޭނައަށް ޚާއްޞަ ގާތްކަމެއް ދެމުން އައި އޭނަ ދެކެ އިންތިހާ ލޯތްބެއްވަމުން އައި މަންމައެކެވެ. މިހާރުވެސް އޭނަ ދެތިންކިނބިހި އަޅާލިޔަސް އެކަމާ މަންމަ އެތަކެއް ސުވާލު ކުރާނެއެވެ. 
ބައްޕައަކީ އޭނަ ހަނދާން ހުންނަން ފެށީއްސުރެވެސް ވިޔަފާރީގެ ތެރޭގައި އުޅުއްވާ މީހެކެވެ. އެހެންނަމަވެސް، އޭނައަށް ދޭންވާ ވަގުތު އަބަދުވެސް ދެއްވިއެވެ. އޭނަގެ އެންމެ ކުޑަކުޑަ އެދުންވެސް ފުއްދައިދެއްވިއެވެ. އޭނަ ނުބުނާއިރުވެސް އޭނައަށް ބޭނުންވެދާނެހެން ހީވެލެއްވި އެއްޗެއްވިޔަސް ގެނެސް ދެއްވިއެވެ. މޮޅު މީހަކަށް އޭނަ ހެދުމަށްޓަކައި ދުނިޔޭގެ ކޮންމެ ތަނަކަށްވެސް އޭނަ ފޮނުއްވިއެވެ. މަޑުމައިތިރި ބަސްމަދު އެ ބައްޕައަކީ އޭނަގެ ހިތުގައި އިންތިހާއީ ގަދަރާއި ލޯބި ލިބިގެންވާ ބައްޕައެކެވެ.

އެކަމަކު އެފަދަ މަންމައަކާއި ބައްޕައަކަށް އޭނަގެ ކައިވެންޏާއިދޭތެރޭ ވިސްނާލަން މުހިއްމު ނުވީ ކީއްވެބާވައެވެ. މަންމައަކީ މަންމަ ގަބޫލުނޫނޭ ބުނެފިކަމަކަށް މިހާތަނަށް ގަބޫލޭ ބުނިމީހެއްނޫނެވެ. ބަހުގައި ހިފަހައްޓާ އަޒުމް ވަރުގަދަ މީހެކެވެ. މިކަން ނަވީނަށް އެނގެއެވެ. އެކަމަކު މި މައްސަލައިގެ ބާވަތުން، އަދި އެއްފަހަރު މަންމަ ވިސްނާލާނެ ނަމައެވެ.

ނަވީންގެ މުޅި އުމުރު އޭނަ ހޭދަކުރީ މަންމައާއި ބައްޕަގެ ކިޔަމަންތެރި ދަރީގެ މަގާމުގައެވެ. އެދެމީހުން ނޭދޭގޮތަކަށް ފިޔަވަޅެއްވެސް ނާޅާ ވޭތޯ އޭނަ އައީ ބަލަމުންނެވެ. އެހެންނަމަވެސް އޭނަ ގަބޫލުކުރާ ގޮތުގައި.....އޭނަގެ ކައިވެންޏަށް އޭނަ ހިތްއެދޭ މީހަކުޚިޔާރު ކުރުމުގެ ހައްގު އޭނައަށް އޮންނަން ވާނެއެވެ. އަންހެންކުއްޖާ ގޯސްނަމަ އެކަމާއި ދެކޮޅުހެދުމުގެ ހައްގު މަންމަމެނަށް އޮތީހެވެ. 

މަންމަ ނުގަބޫލުވާ އެންމެ ބޮޑު ސަބަބަކީ އޭނައަށް ހީވާ ގޮތުގައި އިނާއަކީ ބައްޕަ ނެތް ކުއްޖަކަށް ވީމައެވެ. އެކަމަކު އޭނަގެ މަންމައަކީ ކަންތައްތަކުގައި އެހާ ހަނކޮށް ވިސްނާ މަންމައެއް ހެއްޔެވެ؟

އިނާގެ ސެޓްފިކެޓްގައިބައްޕަގެ ނަން ލިޔަންވާ ތަން ހުސްކޮށް އޮތުމަކީ އެއީ ހަގީގަތެކެވެ. އެކަމަކު އެފަދަ ކުދިންގެވެސް ބައްޕައެއް ނެތިނުދާނެ ނޫންހެއްޔެވެ؟ އެއީ ދެން މަންމައަށް ނޭނގޭވަރު ކަމެއްހެއްޔެވެ؟ އެކަމުގައި އިނާގެ އޮތީ ކޮން ކުށެއްހެއްޔެވެ؟ އެ ސެޓްފިކެޓްގައި ނަން ނުޖެހުނީ އެދެމީހުންގެވެސް އިހުމާލުން ކުރި ކުށަކުންކަމަށް މީހުން ނުވިސްނަނީ ކީއްވެހެއްޔެވެ؟ މަންމަ އެބުނާ ގޮތަށް އެފަދަ ހުރިހާ އަންހެންކުދިންނަކީވެސް ބާކީވާންޖެހޭ ބައެއްނަމަ، ދީނުގައިވެސް އެފަދަ ދަރިންނަށް އޮންނަ ހައްގުތައް އޮންނާނީ ހަނިކޮށްފަ ނޫންހެއްޔެވެ؟ އެކަމަކު އަންހެނަކަސް ފިރިހެނަކަސް އެފަދަ ކުދިންނަށްވެސް ލިބިފައިވަނީ ހަމަ އެހެން ކުދިންނަށްވެސް ލިބިދީފައިވާ ހައްގުތަކެވެ. އެފަދަ ކުދިންނާ ދޭތެރޭވެސް ކަންތައް ކުރަންޖެހެނީ ހަމަ އެއްގޮތަކަށެވެ. ތަފާތެއް ނެތެވެ. އިންސާފުވެރި ކަލާނގެ އެކަމުގައިވެސް ނިޔާ ކަނޑައަޅުއްވާފައިވަނީ އިންސާފުންނެވެ. މިކަންތައްތަކާ މަންމަ ވިސްނާ ނުލާން އެ އުޅެނީ ކީއްވެހެއްޔެވެ؟

އިނާއަކީ އައްޑޫމީހަކަށްވީތީ، ނުވަތަ އިނާއަކީ ހަގީގީއާއިލާއެއް ނެތް އަންހެންކުއްޖަކަށްވީތީ، ނުވަތަ އިނާގެބައްޕައެއް ނެތީތީ ނޫނީ އިނާއަކީ ނަރުހަކަށްވީތީ އިނާއާއި އެއްވެސް ފިރިހެނަކު ކައިވެނިކޮށްގެން ނުވާނެކަމަށް މަންމަ އެދެކެނީ ކީއްވެގެންކަމެއް އޭނައަކަށް ނުވިސްނެއެވެ. އެއީ ކިހާ ތާކުންތާކުނުޖެހޭ ވިސްނުމެއް ހެއްޔެވެ؟
އިރެއްގައި ކަންތައްތައް ނޭނގުނު ނަމަވެސް މިއީ ނާތަހުޒީބީ ވިސްނުމުން މީހުން ވިސްނާ ޒަމާނެއް ނޫނެވެ. ޚާއްޞަކޮށް އޭނަގެ މަންމައަކީ އެފަދަ ހޭލުންތެރިކަމެއް ނެތް ބޯދާ ޒަމާނުގެ ވާހަކަ ގަބޫލުކުރާމީހަކަށް ވީކަމީ އޭނަ ހިތާމަ ކުރާ ކަމެކެވެ. ޒަމާން ކިތަންމެ ތަރައްގީވި ނަމަވެސް ވިސްނުން ބަދަލުނުކުރަންޏާ އެތަނެއްގައި އުޅޭ ބައެއްގެ ތެރެއަށް ތަހުޒީބެއް ނައަންނާނެއެވެ. 

ނަވީން ވިސްނަމުން ދިޔައެވެ.
އިނާގެ ލޯބި ދާއިމީގޮތެއްގައި އޭނައަށް ލިބެން އަންނަނީ، ހާދަ ބޮޑެތި އިމްތިހާންތަކަކުން ފާސްވެގެންނެވެ. 
ފުރަތަމަ ޒިޔާދުއާއި އިނާގެ ކައިވެންޏަށް އިހްތިރާމްކޮށްގެން އެތަކެއް މަސްދުވަސް ޖެހުނީ ބަލަހައްޓައިގެން ދުރުގައި ހުންނާށެވެ. މިހާރު، މިހާ ޒަމާނަށްފަހު އިނާއަކީ އޭނަގެ މީހަކަށް ހަދަންވީ ފުރުޞަތު އައިސް ލިބުނުއިރު، އޭނައަށް މިޖެހުނީ އޭނަގެ އަމިއްލަ މަންމައާއި ބައްޕައާއި ދެކޮޅަށް ތެދުވަން ހެއްޔެވެ؟ މަރަށް ފުރާނައަށް ނުކުންނަން ހެއްޔެވެ؟

** ** ** ** ** ** **

ދުވަސްތައް ފާއިތުވަމުން ދިޔައީ ނަވީންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ހައްލެއް ނުލިބިއެވެ. ނިންމަންވީ ކޮން ގޮތެއްކަން ކަނޑައެޅުން ނަވީނަށް ވަނީ ދަތި ކަމަކަށެވެ. ނަތީޖާއަކަށްވީ، ނަވީންގެ ގިނަ ވަގުތު ގެއިން ބޭރުގައި އޮފީހުގައި ނުވަތަ ރަހްމަތްތެރިންނާއެކު ހޭދަ ކުރުމެވެ. ވީ ވަރަކުން އެ މައުޟޫއަށް މަންމަ ލައްވާ ވާހަކަ ދެއްކިޔަ ނުދިނުމަށެވެ. ބައްޕަގެ ސުވާލަކާއި ކުރިމަތިނުލާން ވެގެންނެވެ. އެދެމީހުންގެ ވާހަކަތަކަށް އޭނައަށް ތައްޔާރު ނުވެވޭތީއެވެ.
ނަމަވެސް ގަޑީގެ ކަށި ނުހުއްޓޭކަމާއި، ކަލަންޑަރުގެ ދުވަސްތައްވެސް ކުރިއަށްދާކަން ނަވީން ހަނދާން ހުރެއެވެ. ނަވީން ދިޔައީ ރަނގަޅު ހައްލެއް މި މައްސަލައަށް ލިބޭތޯ ވިސްނަމުންނެވެ.

އެއްހަފްތާނިމިއްޖެއެވެ. ދެވަނަ ހަފްތާގެ ބުދަ ދުވަހެވެ.
އިރުއޮއްސި ހަގަޑިފަނަރައެހާކަށްހާއިރެވެ. ސިޓިންގރޫމްގައި އިން ނަޖްމާ އިސް އުފުލާ ބަލާލީ ގޭތެރެއިން މީހަކު އެއްޗެއް ދަމަމުން ދަމުން އަންނަ އަޑަށެވެ. އަޑުއިވޭތާ ސިކުންތުކޮޅެއްފަހުން ނަވީން އަންނަތަން ނަޖްމާއަށް ފެނުނެވެ. 

އިވުނު އަޑަކީ މީގެ ހަފްތާއެއްކުރިން މާލެ އައިއިރު ގެނައި ފުރޮޅުލީ ދަބަސް ދަމަމުން އަންނަ އަޑެވެ. ނަވީންގެ އަނެއް ކޮނޑުގައިވެސް ދެދަބަސް އަޅުވާފައި އޮތްތަން ނަޖްމާއަށް ފެނުނެވެ. މިވަނީ ކިހިނެއްކަން ނަޖްމާއަށް ވިސްނައިގަނެވުނީ އަދި އޭގެ އިރުކޮޅެއް ފަހުންނެވެ. ސޯފާކައިރީގައި ދަބަސްތައް ބަހައްޓާފައި ނަވީން ގޮސް މަންމަގެ ކުރިމަތިން އަނެއް ސޯފާގައި ކުޑަގޮތަކަށް އިށީނދެ ފުންނޭވާއެއް ލީ ހިސާބުންނެވެ.

ދެމައިންގެ ހަތަރުކަޅި ހަމަވުމުން، މައާފް އެދޭލޮލަކުން ނަވީން ދުރުބަލާލިއެވެ. ދައްކަން ބޭނުންވާ ވާހަކަ ފަށާނެގޮތް ނޭގިގެން އުޅޭމީހެއް ފަދައިން ދެއަތުގެ އިނގިލިތަކަށް ވަރަށް ބާރުލާފައި ދޫކޮށްލައިފިއެވެ. 

"
މަންމާ....މިގޮތަށް މިކަން ކުރަންޖެހޭތީ ވަރަށް ބޮޑަށް މައާފަށް އެދެން. އެކަމަކު އަހަރެންނަށް އެނގޭ އަހަރެން މި ކުރަނީ ގޯސްކަމެއް ނޫންކަން. ކުށެއް ނޫންކަން. އަހަރެންވެސް ބޭނުން އަހަރެން ދެކެ ލޯބިވާ އަތްބަކު. އެމަގާމަށް އިނާ ނޫން މީހަކު އަހަންނަށް ގެނެވޭކަށް ނެތް މަންމާ. އިނާ އާއި މަންމަ ނުގަބޫލުކަން އެނގޭ. އެކަމަކު އެއިން އެއްވެސް ސަބަބަކީ ހަގީގަތަށް މަންމަ ވިސްނާލައިފިއްޔާ ވަރަށް މާނައެއް ނެތް ސަބަބުތަކެއް. އަހަރެން ދެކޭ ގޮތުގައި ދެމީހެއްގެ ދިރިއުޅުމެއް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދާކަށް އެއިން އެއްކަމެއްވެސް މުހިއްމު ނޫން...." މަޑުމައިތިރި އަޑަކުން ނަވީން ވާހަކަ ދައްކަމުން ދިޔައެވެ. އިރުއިރުކޮޅާ މަންމަގެ މޫނަށް ބަލާލަމުންނެވެ. 

"
އަހަރެން ހިތާމަކުރަން އިނާއަކީ ކޮންކަހަލަ އަންހެންކުއްޖެއްކަން އެނގެންވެސް މަސައްކަތްނުކޮށް މަންމަ އިނާއާއި ދޭތެރޭ ގޮތް ނިންމީތީ އެކަމަކު މަންމަ ކުށްވެރިއެއް ނުކުރަން. ކޮންމެވެސް ދުވަހަކުން މަންމައަށް ވިސްނޭނެކަމަށް އުއްމީދުކުރަނީ.....އެދުވަހުން އިނާއަކީ މަންމަގެ ލޯބި ހައްގުވާ ދަރިއަކަށްވާނެ ކަމަށް އުއްމީދުކުރަނީވެސް...." އަނެއްކާވެސް ނަވީންގެ ވާހަކަ އެހިސާބަށް ހުއްޓާލާފައި ނަވީން ބަލާލިއެވެ.

"
މިދަނީ ފުރަން. އިރާދަކުރެއްވިއްޔާ ސެޕްޓެމްބަރ 15 ގައި ކައިވެނި ކުރެވޭނެ. މަންމައާއި ބައްޕަ ދުރުވެދެއްވައިފިނަމަ ވަރަށްވެސް އުފާކުރާނަން. މަންމަ އާއި ބައްޕައަށްޓަކައި އަބަދުވެސް އެގޭގެ ހަތަރުފާރު މަރުޙަބާ ކިޔާނެ....އަހަރެން އުޅޭކޮންމެ ތަނެއް މަންމަމެނަށް މަރުޙަބާ ކިޔާނެ. މިއޮތީ އެގޭގެ އެޑްރެސް. ކުރީގެވެސް ނަންބަރު މި ގެންގުޅެނީ. މަންމަމެން ބޭނުންގަޑިއެއްގައި ގުޅާލެވޭނެ. " ޖީބުން ނެގި ކަރުދާސްކޮޅެއް ނަގައި މޭޒުމަތީގައި ބާއްވާފައި ނަވީން، އޭނަގެ ވާހަކަ ނިންމާލިއެވެ. 

ނަވީން ދައްކަން ބޭނުންހާ ވާހަކައެއް ދައްކާފައި ތެދުވިއިރުވެސް ނަޖްމާ އިނީ ގަނޑުވެފައެވެ. 
އޭނަގެ ހުރި ހަމައެކަނި ދަރިފުޅު އޭނަ ދޫކޮށް ދަނީހެއްޔެވެ؟ ނުވަމަސްވަންދެން އުފުލި ބުރައާއި މިހުރިހާ ޒަމާނެއްވަންދެން އޭނަ އެ ދަރިފުޅަށްޓަކައި ވީ ގުރުބާނީއަކީ އަގެއްނެތް އެއްޗަކަށް ހަދާފައި، އިހަށްދުވަހު ދިމާވި އަންހެނަކަށްޓަކައި އޭނަ ދޫކޮށް ދަނީހެއްޔެވެ؟ އޭނަގެ ދަރިފުޅު އެހާ ރަހުމެއްނެތް މީހަކަށް ވީ ކޮން ދުވަހަކުހެއްޔެވެ؟ އޭނަގެ ދަރިފުޅު ހަމަ އެހާ ބޮޑުވީހެއްޔެވެ؟

"
ދަނީ މަންމާ..........." އަނެއްކާވެސް ކޮނޑުގައި ދަބަސްތައް އަޅުވާލައިގެން، އަނެއް ދަބަސް ހިފައިގެން ހިނގައިގަތުމުގެ ކުރިން ސަލާމްކުރަން ނަވީން އަތްދިއްކުރިއެވެ.
ނަޖްމާގެ ނަޒަރު ހުރީ ނަވީން މިހާރު ހުރި ދިމާލަކަށް ނޫނެވެ. ކުރިން އިށީނދެ އިން ދިމާލަށެވެ. 

ސަލާމަށް އޭނަ ދިއްކުރި އަތުގައި ހިފައިތޯއާއި އޭނައާއި އަނގައިން ބުނޭތޯ އިރުކޮޅަކު ނަވީން ހުއްޓެވެ. ނަމަވެސް އެއީ ހަމަ ހުސް ހިނދުކޮޅެކެވެ. މަންމަ ނަވީނާއި ދިމާލަށް ބަލާވެސް ނުލިއެވެ. ސަލާމެއްވެސް ނުކުރިއެވެ.

"
ދަނީ މަންމާ......" ފުން ނޭވާއެއް ލާފައި ދަބަސް ހިފައިގެން ނަވީން ހިނގައިގަތެވެ. ރުޅިއަކުން ނަފްރަތަކުން ނޫނެވެ. ދެރަވެ ކަރުއެލިފައިވާ ހާލުގައެވެ. މޮޅިވެ ފެންކަޅިވެފައިހުރެގެންނެވެ. 
މާދަމާ ވާނީ ކިހިނެއްކަން ނޭނގުނު ނަމަވެސް، އޭނަގެ އަމިއްލަ ހަޔާތަށްޓަކައި އޭނަ މި އަޅަނީ ރަނގަޅު ފިޔަވަޅަކަށް ފުން އެދެމުންނެވެ. މަންމަ އާއި ބައްޕައަށް ހެޔޮ ވިސްނުން ދެއްވައި، ކުރިއެކޭ އެއްގޮތަށް އެއް އާއިލާއެއްގެ ގޮތުގައި އުޅުމުގެ ފުރުޞަތު ދެއްވުން އެދެމުންނެވެ. އޭނަގެ ސަބަބުން މަންމައާއި ބައްޕައަށް ހިތާމައެއް ނުލިބުމަށް ހިތާހިތާ ދުޢާ ކުރަމުންނެވެ. 

*******(ނުނިމޭ)*******

http://www.muraasil.com/images/comment_reply.pngPosted on 2011-09-18 08:28:35 | Report this Comment
ވ އަސަރުގަދަ..ރީތި ޕާޓެއް.... ދެން އޮތް ޕާޓަށް މިހާރު މި އިންތިޒާރުކުރަނީ... ބޭނުންވަނީ ލީނާގެ ހަގީގަތް ނަވީންގެ މަންމަ މެންނަށް އެނގެން... ހެހެހެ
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ޑްރީމް ގާރލް......ވާހަކަ ނިމޭއިރު ގައިމު ތިހުރިހާ ކަމެއްވެސް އެނގެންވާނެ. އެހެންނު ވާނީ ދޯ؟؟؟ :(


http://www.muraasil.com/images/comment_reply.pngPosted on 2011-09-18 08:36:01 | Report this Comment
mumma 9 mahaa 10 dhuvas vandhen elhi veyn handhaan nethunyma noon dhany.. parents ufuli bura ves handhaan nethunyma noon loabi vaa meehaa ehkoh ulhen hiyaar kurany.. its all because parents get the wrong reasont abt the one love.. nw dis really make me remembr of my lyfe... hurt vey kiyaa gadyga to knw hw it really felt parents aa dhekolha loabi vaa meehaa ehko ulhey iru.. to hear those harsh words which came frm them.. vrh vrh reeethi mi baiiii.. expressions hama obi noave.. love it
ޝިފޫ : ރިއަލީ މީޓޫ.................. އެކަމް މިހާރު ޝިފޫ ޕޭރެންޓުންނަށްަ ވިސްނިއްޖެ އެހެންވެ ވވ ހެޕީ ................ ވވވ ރީތި މިބައި
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އަލީއްސާ އަށް ޝުކުރިއްޔާ. އަދި އަލީއްސާއަށް ތިގޮތަށް ދިމާވި ދުވަސް ސޮފާއަށް ފެނިފައި ނުވިޔަސް، އެކަމުން ކުރާނެ އަސަރު ސޮފާއަށް އެނގޭކަންނޭނގެ. އުއްމީދުކުރަން އަލީއްސާއަށް އުފާވެރި ދުވަސްތަކެއް ދެއްކެވުން. އެއްވެސް ކުއްޖެއްގެ މައިންބަފައިންނަށް އެފަދަ ނުބައި ވިސްނުމެއް ނުދެއްވާށި. އާމީން.


http://www.muraasil.com/images/comment_reply.pngPosted on 2011-09-18 09:07:45 | Report this Comment
އަޅެ ވަރަށް ރީތި މިބައި... ވަރަށް ދެރަވެއްޖެ... ނަވީން ހާދަ ދެރަ ވާނެޔޭ، ނަޖްމާ ދަރިފުޅުގެ އުފަލާމެދު ވިސްނާލާނަމަދޯ....!!! ވަރަށް އަސަރު ކޮށްފި މިބައި ކިޔާލީމަ... ވަރަށް ވަރަށް ރީތި...
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ މާޝާ........އުއްމީދުކުރަން ދެން ހުރި ބައިތައްވެސް މާޝާމެން ހިތްއެދޭގޮތަށް ގެނެސްދެވޭނެކަމަށް.


http://www.muraasil.com/images/comment_reply.pngPosted on 2011-09-18 09:37:20 | Report this Comment
އަޅެ ނަވީން ހާދަ ހިއްވަރު ގަދައޭ ... ކީޕް އިޓް އަޕް.... ހީހީ...ދެން ވާނީ ކިހިނެއްބާ ދޯ... އިންޓްރެސްޓިންގ.. ސޮފާ އެކަމަކު ޝާމީއަށް ހީވަނީ މި ޕާރޓް ގަ އެއްވާހަކަތަކެއް ގިނައިން ދެއްކިފަ އެބަހުރިހެން.މިހެން މިބުނީ ކުރީ ޕާރްޓްގަވެސް އިނާގެ ވާހަކަތައް މިގޮތައް ގެނެސްދެވިފަ ހުރީމަ. ހަމަ ހީވާގޮތް ބުނެލީ.އެއްވެސް ހާލެއްގަ ވާހަކަ ހަޑީކީނޫން އިނގޭ.. ވާހަކަ ދާގޮތް ވ ވ ވ ވރީތި ހަމަ...ތެންކްސް :)
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ފެންނަ ގޮތެއް ހާމަ ކުރުމަކީ ކޮންމެ މީހެއްގެވެސް އޮންނަންވާނެ މިނިވަންކަމެއް އިނގޭ ޝާމީ. އޭމް ހެޕީ ....ވިލް ސީ ޓު މޭކް ދިސް މަޗް ބެޓަރ ދޭން ދިސް. ވަރަށް ބޮޑަށް ޝުކުރިއްޔާ ފޫހިކަމެއް ނެތި ކިޔަމުން ދާތީ.


http://www.muraasil.com/images/comment_reply.pngPosted on 2011-09-18 11:07:20 | Report this Comment
ސިސް...ވ ރީތި މި ބައި...... ނަވީން ހަމަ ބެސްޓް...
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ސޮފް...ލޯބި ނަމެއް އިނގޭ. ހެހެހެހެހެ.


http://www.muraasil.com/images/comment_reply.pngPosted on 2011-09-18 13:23:56 | Report this Comment
ވ.ވ.ވ.ވ. ރީތި.ފެންކަޅި ވެއްޖެ..ދެން އަޅެ އިނާއާ ނަވީން ވަކި ނުކުރައްޗޭ. ލީނާގެ ރިއަލިޓި އަވަހަށް ނަވީން މަންމަމެނަނަށް އެގޭނަމަ ވ ސަލި ވާނެ.ވ .އެކްސައިޓިން ވާނެ...ވ.ވ.ވ. ރީތި މި ބައި ސްވިޓި.ވެން ވިލްބި ނެކްސްޓް ޕާޓް...ލަވްޔޭ ފޮ ދި ބިއުޓިފުލް ސްޓޯރީ. އިޓްސް ޓްރޫލި ޓަޗްޑް މައި ހާޓް.އަވަހަށް އަޕްޑޭޓް ކޮއްދެއްޗޭ އިނގޭ ޑިއަރ 54 ޕާޓް.
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އަނެއްބައި އިރާދަކުރެއްވިއްޔާ މާދަން އަޕްޑޭޓް ކޮށްދޭނަން. ވަރަށް އުފާވޭ ތިކުދިން ކިޔާހިތްވާ ކަހަލަ ގޮތަކަށް ވާހަކަ ގެނެސްދެވޭތީ. ޝުކުރިއްޔާ....


http://www.muraasil.com/images/comment_reply.pngPosted on 2011-09-18 13:42:08 | Report this Comment
ވަރަށް ރީތި އިނގޭ! މިބައި ކިޔާލީމަ އެބަހީވޭ އިނާގެ މަންމައަކީވެސް ރަށްމެދަށް އިނާގެ މާމައަށް ލިބުނު ކުއްޖެކޭ. ނަޖުމާއަށް ވަރަށް ގިނަ ޙަޤީޤަތް އެނގެއޭ. އަސްލު ވެދާނެ ނަޖުމާ އެ ދައްކަނީ ރަގަޅު ވާހަކަ އަކަށްވެސް.
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ބަލަމާ ދޯ...........ޝުކުރިއްޔާ ރޭޝަމް.....ރޭޝަމްގެ މާނައަކީ ކޮބާ؟ ބުނައްޗޭ އިނގޭ.
:: ނުދެނެހުރިން ނޭނގޭ ކަމެއް. މާނައަކީ ފަށުވި. ބަހުގެ އަޞްލު އައިސްފައިވަނީ އުރުދޫބަހުން. ދެންވެސް އަހައްޗޭ އިނގޭ!!!ހެހެހެހހެހެ


http://www.muraasil.com/images/comment_reply.pngPosted on 2011-09-18 14:40:46 | Report this Comment
ހާދަ ރީއްޗޭ ނޫން ދެން ކީކޭ ބުނެވެނީ. ނޭނގެ ބުނާނެ އެއްޗެއްވެސް. ޝަޒް ބުނާހެން ހަމަ ފިލްމެއް ބަލާލެވޭހެން ހީވަނީ. ތިބާއީ މޮޅު ލިޔުންތެރިއެއް. ކުރިޔަށް ވަޑައިގަންނަވާ.
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އެނގޭތަ ....ފެއަރީއަކީވެސް ވަރަށް ރީތި އެއްޗެއް .....އެއީ ފިޔަ ލާފައި ހުންނަ ޕަރީއެއް. ހެހެހެހެ.........އެނަން ޚިޔާރު ކުރީމަ ވަރަށް ކަމުގޮއްސި. ޝުކުރިއްޔާ ތިބުނެލާ ހެޔޮ ބަސްތަކަށް. ޝޫކުރިއްޔާ.
:: ކިހިނެއް އެނގުނީ؟ ދުށިންތަ!


http://www.muraasil.com/images/comment_reply.pngPosted on 2011-09-18 14:41:22 | Report this Comment
ވ ވ ވ ވ ވ ރީތި..އެހާމެ އަސަރުގަދަ......(:
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ފާތުން....


http://www.muraasil.com/images/comment_reply.pngPosted on 2011-09-18 15:10:49 | Report this Comment
އަޅޭ.... ސޮފާ... މިބައި ވަރަށް ޓަޗިންގ.... ސޮފާގެ މޮލުކަމަށް އިތުރަށް ކުރާނެ ތައުރީފެއްނެތް.... ކީޕް އަޕް ދަ ގުޑް ވަރކް....އަނެއްކާ ނަވީންއަށް އިނާކައިރިއަށް ދެވޭނެބާ... މޭބީ ނަވީން މަންމަ ނުބައި އެކްޓެއްވެސް ޖައްސަފާނެ ނަވީން ހުއްޓުވަންދޯ....ހެހހެެހެހ.. މިހިތަށް އަރަނީ ނަވީން މިހާރު އިނާ ކައިރީ ބުނެފިބާއޭ މަންމަ މެން އެ ކައިވެނިއަށް ދެކޮޅުހެދި ވާހަކަ......ގެނެސްދީފަ ހުންނަލެއް ސަޅިކަމުން ދެންހަމަ ހީވަނީ ކެރެކްޓަރޒްތަކަކީ އަސްލު އުޅޭބައެއް ހެން... ހިޔާލީބައެކޭ ހިތަކަށް ނާރާ....ހާދަ އޭ ދެން ސަޅީ....ސަމްޓައިމްސް އައި އެމް ސްޕީޗްލެސް ކޮޒް އޮފް ޔުއަރ ޓެލެންޓް.... ވަރަށް ސަލާމް... ބައި..
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ކަނބުލޯ މިއީ ހިންދީ ފިލްމެއް ނޫން.......ނުބައި އެކްޓް ޖައްސާބައި ނުގެނެސްވޭތޯ ވަރަށް މަސައްކަތް ކުރަން. ހެހެހެހެހެ......ޝިފާ ހިތަށް ތިއެރި ސުވާލުތަކުގެ ޖަވާބު ލިބޭނެހެން ހީވަނީ ކުރިއަށް ހުރި ބައިތަކުން. ކިޔައްޗޭ. ޝިފާ އެކަންޏެއް ނޫނޭ....ސޮފާވެސް މި ހުންނަނީ ސްޕީޗްލެސްވެފަ. އެކަމަކު އެއީ އުފަލުން އިނގޭ. ތިކުދިންގެ ހެޔޮ ބަސްތައް ލިބޭތީ އުފާވާވަރުން ސްޕީޗްލެސް ވަނީ....ވަރަށް ސަލާމް.


http://www.muraasil.com/images/comment_reply.pngPosted on 2011-09-18 17:49:30 | Report this Comment
Vaahaka v furihama.. ekam magey hithuga ufedhey suvaaleh kohlan tha.. kihinakun baa inaa ge hurihaa fathi fusheh I mean inaa ge past kihineh baa ey naveen ge manma ah ehaa saafu koh egeny…Naveenah bunelan othy naveen mikamuga fasnujehi hih varaaeku kurimathi laashey…thi loabi kaamiyaabu kuran naveen ge hih varu v bodah beynun vey…adhi naveen ge manma ah visneyne


http://www.muraasil.com/images/comment_reply.pngPosted on 2011-09-18 20:18:51 | Report this Comment
ސޮފާ!މި ސަޅިއޭ!ހިނިތުންވުން ނުފިލާ މިހެން ކަންތައްދާތީ :)..އެ ސޮފާ ވާހަކަ އެއް ބުނަން،ވަރަށް ސަކަރާތްވެފަ މި އިންނަނީ!މުރާސިލް އަށް ކޮމެންޓް ކުރާ އެހެން އާޔާ އެއް އުޅޭތީ..ނަން ބަދަލު ކުރަންވީދޯ..


http://www.muraasil.com/images/comment_reply.pngPosted on 2011-09-18 20:20:54 | Report this Comment
ރިއު ވަރަށް އުފާ ވެއްޖެ މި ބައި ކިޔާލާފަ.. ނަވީން އެއީ ފިރިހެނަކީ.. ނަވީން ފިނޑި އަކަށް ނުވެ ސާބިތު ކަމާއެކީ ލޯއްބަތްޓަކާ އައިލާއާ ދެކޮޅަށް ނިކުތީމަ ވަރަށް ހެޕީ.. އޭމް ޕްރައުޑް އޮފް ޔޫ ނަވީން.. ތީ ހަގީގީ ލޯބި ވާ މީހުންނަކީ.. ރިއު އާވެސް ދިމާވި މިކަހަލަ ކަމެއް.. ހެހެހެ.. އައްޑޫ ވީމަ.. ސްޓޯރީ އިޒް އޯސަމް އޭޒް އޯލްވޭޒް.. ހަމަ ޕާފެކްޓް.. ޓޭކް ކެއަރ ސޮފް..


http://www.muraasil.com/images/comment_reply.pngPosted on 2011-09-18 21:50:15 | Report this Comment
ދެންވާނެ ގޮތެއް ބެލުމުގެ އިންތިޒާރުގަ ކެތް މަދުވެފަ މިހިރީ......... ނަވީންގެ ކެރެކްޓަރ ސަޅި އިނގޭ


http://www.muraasil.com/images/comment_reply.pngPosted on 2011-09-18 22:12:13 | Report this Comment
ސޮފާ ނަވީން ނުހުއްޓުވައްޗޭ............ ޕްލީޒް.. ޕްލިޒް..


http://www.muraasil.com/images/comment_reply.pngPosted on 2011-09-19 08:00:47 | Report this Comment
މިދެން ފާޅުގަ ކުރާކޮމެންޓެއް، ކަކުކަން އެގޭނެ ދޯ ނަންނުޖެހިޔަކަސް، މީ މިވާހަކައިގެ އެންމެ އެންމެ ޓަޗިންގ ޕާރޓް ޕްލަސް ރިލޭޓެޑް ޓު މައި ލައިފް، އަދިވެސް ހަނދާންނައްތާ ނުލެވިގެން އުޅޭ،،

0 comments:

Post a Comment