ނަވީންގެ
ފުރަގަހުން ނަވީންގެ ހަށިގަނޑުގައި ލީނާ ބައްދައިގަތީއެވެ.
"ހޫމްމްމްމްމމްމްމމްމްމ............ސިފައާ އެއްވަރަށް ސެންޓްވެސް ސިހުރަކަށް ފުދޭ." ނަވީންގެ ބުރަކަށީގައި މޫނުޖައްސާލަމުން، ނަވީން ޖަހައިގެން ހުރި ސެންޓްގެ ވަސް ލީނާ ލިބިގަތެވެ.

"ލީނާ....." ފުރަގަހުން އަތް ގެންގޮސް ލީނާގެ އަތުގައި
ހިފައި ކުރިމައްޗަށް ގެންނަމުން ނަވީން އަށް ލީނާގެ ނަމުން ގޮވާލެވުނީ ބޮލަށް
އުނދަގޫވެގެން ގެންނަ ފަދަ ކުލަވަރެއް މޫނުމައްޗަށް ގެނެސްފައެވެ. އެކަމަކުވެސް
ކުރާނީ ކީއްހެއްޔެވެ؟ ލީނާއަކަށް އެ ކުލަވަރެއް ނުފެނެއެވެ. ނަވީން އާއި ދިމާވި
ފުރަތަމަ ދުވަހުންފެށިގެން އެ ކުލަވަރު ނަވީންގެ މޫނުމައްޗަށް އަންނައިރުވެސް
ލީނާއަކަށް ނުފެނެއެވެ.
"ކޮން ގޮތަކަށް ތިއުޅެނީ.....؟" ލީނާ އަކީ އޭނަގެ އާއިލާއާއި ވަރަށް ގާތް އާއިލާއެއްގެ ކުއްޖަކަށްވާތީއާއި އޭނަގެ މަންމަ ލީނާ ދެކެ ވާ ލޯތްބެއްގެ ސަބަބުން ލީނާ އާއި ދިމާލަށް އެއަށްވުރެ ހަރުކަށި އެއްޗެއް ބުނުމަކީ ނަވީންއަށް ނުވާނެ ކަމެކެވެ.
"ގޮތަކަށްތަ މިއުޅެނީ....؟ ކީއްކުރަން ދަނީ....އިރުކޮޅަކު ހުރެލަބަލަ....." ނަވީން ގޮސް އަނެއްކާވެސް ޑްރެސިންގ ޓޭބަލް ކައިރިއަށް ހުއްޓުމުން ފަހަތުން ގޮސް ޑްރެސިންގ ޓޭބަލްމަތީ އިށީނދެލާފއި މައުސޫމް ހީލުމަކުން ހީލަމުން ލީނާ އެދުނެވެ. ނަވީންގެ ނުރުހުމާ ދޭތެރޭ ކުޑަވެސް ފަރުވާލެއް ލީނާ ނުބަހައްޓައެވެ.
"ލީނާކައިރީ އަހަންނަށް ބުނެވުނުތަ އަންނާށޭ މިގަޑީގަ؟ އެހެންނަމަތާ ހުންނާނީ" އަވަސް އަރުވާލާފައި ވޮލެޓުން އެއްޗެއް ހޯދަމުން ނަވީން ވާހަކަ ދެއްކިއެވެ.
"ވަކި މިގަޑިތަ؟ އެއްވެސް އިރެއްގައި ނަވީން ނުބުނާނެ އަންނާށެކޭ. އަހަރެން އަމިއްލައަށް ކޮންމެފަހަރަކު މި އަންނަން ޖެހެނީ." ލީނާ މިބުނި އެއްޗަކުން ނަވީން ހަމަ ހައިރާން ވިއެވެ. އަންނަން މިޖެހެނީ ކޮންމެ ފަހަރަކު އަމިއްލައަށޭ ބުނިއިރު ލީނާ އޭނަކައިރިއަށް އެގޮތަށް އަންނަން ޖެހޭ ސަބަބެއް ނެތްކަން ލީނާ ދުވަހަކުވެސް ހަނދާން ނުހުންނަނީ ކިހިނެއްވެގެން ބާއޭ ނަވީން ހިތަށް އެރިއެވެ.
ނަމަވެސް ހަމަ އެކައްޗެއްވެސް ނުބުނެ އަޅާވެސްނުލާ ކާރުގެ ތަޅުދަނޑި ހިފައިގެން ދޮރާއި ދިމާލަށް ހިނގައިގަތެވެ. އެ މައުޟޫއަށް ލީނާ އާއި ވާހަކަ ދެއްކުމަކީ ބޭކާރުކަމެއްކަން ނަވީން ދަނެއެވެ. އެކަމަށް ވަގުތު ހޭދަކުރުމަށްވުރެ އޭނަ ދާން އުޅޭ ތަނަކަށް ދިއުންވެސް މާ ރަނގަޅުވާނެކަން އޭނައަށް އެނގެއެވެ.
"ދެން ނަވީން.............." ޑްރެސިންގޓޭބަލްމަތިން ފުންމާލައިގެން ނަވީން ފަހަތުން ދުއްވައިގަނެވުނެވެ. އެ ދިޔަގޮތަށް ގޮސް ނަވީން ނުކުތުމުގެ ކުރިން އަތުގައި ހިފައި ހުއްޓުވިވެސްމެއެވެ.
"ލީނާ.........." ނަވީންއަށް އޭނަގެ އަތް ފޮޅުވާލެވުނެވެ.
"ކިހިނެއްވީ............؟" ލީނާ ތުންއޫކޮށްލިއެވެ.
ނަވީން ނުކުތީ ކޮޓަރިން ބޭރަށެވެ. ލީނާވެސް ނަވީންގެ ފަހަތުން ނުކުންނަން އައިއްސަ، ދޮރުލެއްޕިޔަނުދޭންވެގެން ދޮރުމަތީގައި ހުރެއްޖެއެވެ.
"ތި ސަމާސާ ހުއްޓާލަބަލަ. ކޮން ސަކަރާތެއް؟" ނަވީންގެ ހިތްހަމަނުޖެހުން އިހުނަށްވުރެ ބޮޑަށް ފާޅުވިއެވެ.
"އަހަރެން ސަމާސާއެއް ކޮށްލީމަވެސް ރުޅިއާދޭ؟ ކީއްވެ؟" އަނެއްކާވެސް ހަމަ ކުރީގެ ރާގަށް ލީނާ އެހިއެވެ.
"އަހަންނަށް ލަސްވޭއެބަ. " ދޮރުމަތީގައި ލީނާ ހުރުމުގެ ސަބަބުން ދޮރުތަޅުލާފައި ނުދެވިގެން ނަވީންއަށް ލަސްވަނީއެވެ.
"އަނެއްކާވެސް ލީނާއާއި ތޮޅެނީދޯ؟" ނަވީންގެ މަންމައަށް އެހިސާބު ހުރަސްކޮށް ދިޔައިރު އެ މަންޒަރު ފެނިގެން އަހާލިއެވެ. ނަސީބެކޭ ނަވީންގެ ހިތަށް އެރިއެވެ. މަންމަ ފެނުމާއެކު ލީނާ ގޮސް މަންމަ ކައިރިއަށް ހުއްޓިއްޖެއެވެ. ބަލާކަށްނުހުރެ ނަވީން ދޮރު ތަޅުލާފައި ލީނާ އާއި ދިމާލަށް ބަލާވެސް ނުލާ ގޮސް ސިޑިން ފައިބަން ފެށިއެވެ.
"ހިނގާ އެއްޗެއް ކާލަންދާން ލީނާ. މަންމަ ހުންނާނެ ވަރަށް މީރު ކޭކެއް ހަދާފަ..." ނަވީން ހިނގައިގަތްއިރު ނަޖްމާ މިހެން ބުނި އަޑު ނަވީނަށް އިވުނެވެ.
ލީނާ އެ އުޅޭ ވައްތަރަށް އުޅެން ލިބޭހާވެސް ހިތްވަރަކީ އޭނަގެ މަންމަކަން އޭނައަށް އަބަދުވެސް އެނގެއެވެ. ލީނާ ލައްވާ އޭނަގެ މަންމައަށް މަންމަ ކިއުއްވަން ފެށީ ކޮން ދުވަހަކުކަމެއްވެސް އޭނަ ހަނދާނެއް ނެތެވެ. ފެށުނީއްސުރެންވެސް އިވެނީ އެހެން ކިޔާ އަޑެވެ. އޭގައި އޭނަގެ މައްސަލައެއް އޮތީކީވެސް ނޫނެވެ. އެކަމަކު ފަހަކަށް އައިސް ލީނާގެ ފަރާތުން ފެންނަމުން އެދާ ޖެހިލުންކުޑަ އަމަލުތަކާއިބެހޭ ގޮތުން މައްސަލަ ނުޖައްސައެއް އޭނައަށް ނުހުރެވޭނެއެވެ.
ލީނާ ވިހެއުމަށްފަހު، ލީނާގެ މަންމަ މި ދުނިޔެއާއި ވަކިވެފައިވާތީ، އުމުރުގައި އެންމެ ދޮޅުއަހަރުގެ ތަފާތުހުރި އެދެމީހުންވެސް ތުއްތު އުމުރުގައި ގިނަ ވަގުތުތަކެއް ހޭދަކޮށްފައިވަނީ ނަވީންމެންގެ ގޭގައެވެ. އެހެންކަމުން ބޮޑުވަމުން ޒުވާން ވަމުން އައި ދުވަސްވަރު ލީނާ އައިސް ކިޔާ އެއްވެސް އެއްޗަކަށް އޭނައަށް މާ ބޮޑު ސަމާލުކަމެއް ދެވިފައި ނުވެއެވެ. އެކަމަކު މިހާރު މިއީ އެ ޒަމާނެއް ނޫނެވެ. އަދި ކުރިން ލީނާގެ ހަރަކާތްތަކުގައި ހުންނަ މައުސޫމް ކަމުގެ ބަދަލުގައި އަމިއްލަ އެދުމަށް މަސައްކަތް ކުރާ ގޮތް އެކުލެވިފައިވާކަން ނަވީނަށް ފާހަގަ ކުރެވޭތާ ހަތަރު ވަރަކަށް އަހަރުވެދާނެއެވެ. އެއީ އޭނަ ލީނާއަށް ދިން ފުރުޞަތެއް ނޫނެވެ. އެކަމަކު ލީނާ ދަނީ އޭނައާއި ދިމާވާ ކޮންމެ ވަގުތަކުވެސް އޭނައާއި ޚާއްޞަ "ގާތް" ކަމެއް ބާއްވަން މަސައްކަތް ކުރަމުންނެވެ. މިހާރަކަށް އައިސް މިކަން އަދި މާބޮޑުހެން އޭނައަށް ހީވެއެވެ. އެކަމާ އޭނަ މަންމައާއި ވާހަކަ ދައްކަން ޖެހޭނެއެވެ. ލީނާ ކިތަންމެ ގިނައިން މިގެއަށް އަޔަސް، އޭނަގެ ކޮޓަރިއަށް އެގޮތަށް ގޮސް ވަދެގަތުން، އޭނައަކަށް ހިތްހަމައެއް ނުޖެހެއެވެ.
ވަގުތެއް ހޯދައިގެން ލީނާއާއި ތަންކޮޅެއް ހަރުކަށިކޮށް އޭނަ ވާހަކަ ދައްކަން ވެއްޖެއެވެ.
ލީނާއާއި ދޭތެރޭ ވިސްނަމުން ދުއްވާފައި ދިޔަ ކާރުގޮސް މަޑުކޮށްލީ އޭނަގެ ރަހްމަތްތެރި އާސިފްގެ ގެއަށެވެ.
** ** ** ** ** ** ** ** ** ** **
ޒިޔާދުމެންގެއިން ނުކުމެގެން އިނާގެ އާއިލާ ދިޔައީ ސީދާ އެއަރޕޯޓަށެވެ. ސޯފިޔާ އާއި ސޯނިޔާ އާއިވެސް ފުރުމުގެ ސަލާމް ކުރީވެސް ފޯނުން ގުޅާލާފައެވެ. ވަގުތުނެތީއެވެ.
އަވަހަށް ދާންބޭނުންވެފައި ތިބީމައިކަމަށްވެސްވެދާނެއެވެ. ހުޅުލެއަށް ގޮސް ޗެކިންއަށް ވަދެވެންދެންވެސް އެއްވެސް މީހަކު ޒިޔާދުގެ ވާހަކައެއް ނުދައްކައެވެ. ނުވެސް އަހައެވެ.
ނަމަވެސް ޗެކިންގކޮށްނިމިގެން އެތެރޭ ގޮނޑިތަކުގައި އިށީންނަން ދިޔައިރު ޝީލާ އިށީނީ އިނާ އަތުގައި ހިފައިގެން ގޮސް ޖެހިގެން ހުރި ގޮނޑީގައި އިނާ ބައިންދައިގެންނެވެ.
"ދެރަނުވާތި އިނާ....ދަރިފުޅަށް ނޭނގުނަސް މިއީ ކުއްލިއަކަށް އައިސް ދިމާވި ކަމެއް ނޫން. މިކަން ހިނގާތާ ކިތަންމެ ދުވަހެއް. ދަރިފުޅުގެ ބައްޕައަށް ހުރިހާ ކަމެއް އެނގޭ. އެކަމަކު އެ ވާހަކަ ދައްކަން ބައްޕައަށްވެސް ނުކެރިފަ ހުރީ. މަންމަ ކައިރީވެސް ބުނީ މާލެ އައިސް. އެންމެ ކުރިންވެސް މިރޭ އެގެއަށް ދާގޮތަށް މަންމަމެންވެސް ހަމަޖައްސާފައި އޮތީ. އެކަމަކު އޭރު ނުބުނީ އިނާ ކައިރީ އެ ވާހަކަތައް ބުނަން ޖެހޭނީ ޒިޔާދުގެ އަމިއްލަ އަނގައިންކަމަށް ބައްޕަ ދެކޭތީ." އިނާގެ އުނގުގައި އޮތް އަތްތިލައިގެން ހިފައިގެން އިނދެ ޝީލާ ވާހަކަ ދައްކަން ފެށިއެވެ.
"ކޮންކަމެއް ހިނގާ ވާހަކަ މަންމަ ތިބުނީ؟" ދެރަވެ މާޔޫސްވެފައިވާ މޫނަކުން ޝީލާއަށް ބަލާލަމުން އިނާ އެހިއެވެ.
"ޒިޔާދު ދެއްކި ވާހަކަތައް." ޝީލާ ޖަވާބު ދިނެވެ.
"އެކަމަކު....އަހަރެންނަކީ....އެެއީ ޒިޔާދުއަށް މިއަދު އެނގުނު ކަމެއްނޫނެއްނު؟ އަހަންނަކަށް ނުވިސްނޭ މިރޭ ކޮންމެހެން އެ ވާހަކަ ދައްކަން ޖެހޭ ސަބަބެއް. އަނެއްކާ ކުރީރޭ ދިޔައިރުވެސް ރަނގަޅަށް ހުރީ." އިނާއަކަށް އަސްލުވެސް ނުވިސްނެއެވެ.
"ކޮންކަމެއް........؟" އިނާ އެ ދައްކާ ވާހަކައާއި އޭނަގެ ވާހަކައާއި ކުޑަ ތަފާތެއް އެބައުޅޭ ކަމުގެ އިހްސާސް ޝީލާއަށް ކުރެވުނެވެ.
"އަހަރެން....." އޭނަގެ ނުއުފަން މައިންބަފައިންކަމުގައި ވިޔަސް، ޝީލާ ކައިރީވެސް އެކަހަލަ އެއްޗެއް ބުނަން އޭނައަށް އުނދަގޫވިއެވެ.
"ކުރީރޭވެސް....އޭނަ ރަށުން އައިފަހުންވެސް، އަދި އޭގެ ކުރިންވެސް އޭނަ ހިންގަމުން އަންނަ ކަމެކޭ ބައްޕަ ބުނީ. އިނާ ކަރު ހަލާކުވެގެން ހޮސްޕިޓަލުގައި އޮތްއިރުވެސް ވިޔަފާރި ދަތުރެކޭ ކިޔާފައި އޭނަ ދިޔައީ ހަމަ އެ އަންހެންކުއްޖާ ގޮވައިގެން." ދެފަރާތުން މި ދެއްކޭ ވާހަކަ ދިމައެއް ނުވެއޭ ހިތަށް އެރީ މިފަހަރު އިނާއެވެ.
"ކޮން އަންހެންކުއްޖެއް........؟" އިނާއަށް އެއީ ހަމަ މުޅިން އާ ވާހަކައެކެވެ. އިނާގެ ލޯމައްޗައް ވައްޓާލެވިފައިވާ އަނދިރި ފަރުދާ ކަޝްފުވާން ފެށީ އަދި ކިރިޔާއެވެ.
ޝީލާ އޭނައަށް އެނގޭ ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އަންތަރީސް ވެފައި އަޑުއަހަން އިނާ އިނެވެ.
އޭނަގެ ބައްޕައަށް ހުރިހާ ކަމެއް އެނގުމުން، ޒިޔާދުއަށް އޭނަގެ އަމިއްލަ ކުށަށް އިއުތިރާފްވާން ޖެއްސީމަ، އޭގެ ބަދަލުގައި ނުބައިމީސްކުރީ ޚުދު އޭނައެވެ. ކައިވެންޏާ ދެކޮޅުހެދީ އޭނަ ލަދުގަންނަވާލާ ނިކަމެތިކޮށްލައިގެންނެވެ. ނަމަވެސް ޒިޔާދު ކަންތައް އެކުރި ގޮތުގެ ވާހަކަ މަންމަ ކައިރީ ބުނާކަށް އިނާ ބޭނުމެއް ނުވިއެވެ.
ޒިޔާދު އޭނައާއި ދިމާލަށް ކޮންމެފަދަ ވާހަކައެއް ދެއްކި ކަމުގައިވިޔަސް، ހަގީގަތަކީ ދެން އެ ދެމެދަކު ދެން ގުޅުމެއް ނެތްކަމެވެ. ދެން އެ ކައިވެންޏެއް ނުކުރެވޭނެ ކަމެވެ. އެ ވާހަކަ އަލުން ނަގަނަގައިގެން ދައްކަން ޖެހޭނީވެސް، އެ ދެމެދުގައި ގުޅުމެއް އޮވެމެ ހާޞިލްކުރަން ބޭނުންވާ ހިސާބެއް އޮތް ނަމަތާއެވެ. މީގެ އިރުކޮޅެއް ކުރިން ޒިޔާދުގެ ކޮޓަރީގައި އޭނައާއި ދިމާލަށް ޒިޔާދު އެބުނި އަނިޔާވެރި ބަސްތަކުން އެކަނިވެސް އޭނަގެ ހިތް ޒިޔާދު މައްޗަށް ހިލަވެއްޖެއެވެ. މިހާރު އަމުދުން އޭނައަށްޓަކައި ޒިޔާދު މަރުވެއްޖެކަމަށް އިނާއަށް ނިންމުނެވެ.
ޒިޔާދުއަކީ ހަގީގަތުގައިވެސް އަނިޔާވެރި ކެހިވެރިއެކެވެ. އެ މީހާގެ ނުބައި މަޅިން އޭނަ ސަލާމަތްވިކަން އެއީ އޭނައަށް ހުރި ހަމަ ނަސީބަކަށް ނުވާނެކަން ޔަގީނެވެ.
އިނާ ނިންމީ އެގޮތަށެވެ. ދާދި ފަސޭހައިންނެވެ.
ވާނީވެސް އެހެންތާއެވެ. އެ ދެމެދުގައި ލޯތްބެއް ނުވާ ގުޅުމަކީ ހަމަ ކޮންމެ ވަގުތަކުވެސް ފުރާނަ ހިނގައިދާނެފަދަ ހާލު ދެރަ ބަލިމީހެއްގެ އެ ބައްޔަށް ޝިފާއެއް އެދިއެދި ހުރުން ފަދަ ކަމެކެވެ.
އެފަދަ ހާލަތުގައި އޮންނަ ބަލިމީހާގެ ގައިގައި އަޅާވޭނުން ސަލާމަތް ވާން އެދެވޭނީ އަމިއްލަ ނަފްސަށްވެސް ސިއްރުންނެވެ. އެކަމަކު ފުރާނަ ދިއުމުން، ލޮލުން ކަރުނަ އައިސް ހިތަށް ތަދުވިނަމަވެސް، ޝިފާއެއް ނެތް ބައްޔެއްގައި ދެމިއޮތުމަށްވުރެ ދިއުން ރަނގަޅޭވެސް ހިތަށް އަރާ ހަމްދު ކުރެވޭނެއެވެ.
ޒިޔާދު އާއި އޭނައާއި ދެމެދުގައި އޮތް މިބުނިފަދަ ގުޅުމުގައި ދެމިހުރުމަށްވުރެ ކަފުންކުރުން ޚުދު އޭނައަށްވެސް ހަމަޖެހުމެއް ގެނެސްދޭނެއޭ އިނާ ހިތަށް އެރިއެވެ.
** ** ** ** ** ** ** ** ** ** ** **
އިނާ ދިއުމުން އިރުކޮޅަކު އޭނަގެ އަމިއްލަ ކޮޓަރީގައި އިނދެފައި ޒިޔާދު ނިކުތްގޮތަށް ނިކުމެގެން ގޮސް އެރީ ކާރަށެވެ. އޭނަގެ ސްވީޓީ ހޯދަން ދާން ދުއްވާލީ، މިވަގުތު އެހެން އެއްވެސް ކަމަކާ ވިސްނަން ބޭނުން ނުވާތީއެވެ.
އެގޭ ދޮރުމަތީގައި އިންނަތާ މާގިނައިރުތަކެއް ނުވަނީސް އޭނަގެ ލޯބިވެރިޔާ ފެނިއްޖެއެވެ. އޭނަގެ ކާރު ފެނުމާއެކު އެ ދިމާލަށް ބާރުބާރަށް އަންނަން ފެށިއެވެ. ފެނިގެންނެވެ.
އިނާ ގެއްލުމަކުން އޭނަ ދެރަވާންވީ ކީއްވެހެއްޔެވެ؟ އިނާހާ ރީތި ނުވިޔަސް، އޭނަގެ ލޯބިވެރިޔާ އަކީވެސް ރީތީގެ ރާނީއެއްފަދަ ކުއްޖެކެވެ. އޭނަ އަތުގައި ފައިސާ އައި ތަނަވަސްކަން ހުރިހާ ހިނދަކު އޭނަ ބޭނުން އަންހެންކުއްޖެއް އޭނައަށް ލިބޭނެއެވެ. އޭނަ ހާހެއް ނުވެއެވެ.
ފަރި ހިނގުމެއްގައި އައިސް އޭނައާއި ޖެހިގެން ހުރި ސީޓަށް އެ އަންހެންކުއްޖާ އެރިއިރުވެސް ޒިޔާދު އިނީ އޭނަގެ ލޯބިވެރިޔާ އާއި ދޭތެރޭ ފަޚުރުވެރިކަމާއެކު މި މޭރުމުން ވިސްނާށެވެ.
މިރޭ އޮތީ ކުރުނބާ ބޯންދާން ހަމަޖައްސާފައި ކަމުގައިވިޔަސް، ކާރަށް އަރާފައި އެ އަންހެންކުއްޖާ އެދުނީ ކާލަން ތަނަކަށް ދިއުމަށެވެ. އެވެ. ބަނޑުހައިވަނީ މާ ބޮޑަށްކަމަށް ބުނެލީ ދެރަވެފަޒިޔާދުވެސް ލަހެއް ފަހެއް ނެތި މާލޭގެ އެންމެ ފެންވަރު ރަނގަޅު އެއް ރެސްޓޯރެންޓްކަމުގައިވާ "ސިމްފަނީ" ރެސްޓޯރަންޓަށް އެ އަންހެން ކުއްޖާ ގޮވައިގެން ގޮސްވަނެވެ. އެ އަންހެންކުއްޖާއަށްޓަކައި އޭނަގެ ޖީބު ހުސްކުރަންވެސް ޒިޔާދުގެ ހަމަ އެއްވެސް މައްސަލައެއް ނެތެވެ.
"އުފާވެރި ޚަބަރެއް ދެންތަ؟" ސިންފަނީގެ އެތެރޭ ބައިން ހިތްފަސޭހަ ޖާގައެއް ހޯދާލައިގެން އިށީނދެ ހަމަޖެހިލަމުން އޭނަގެ ކުރިމަތީގައި އިން ރީތި އަންހެންކުއްޖާގެ ރީތި އިނގިލިތަކާ ކުޅެލަމުން ޒިޔާދު ހިނިތުންވެލިއެވެ.
"އޯވހ ހާދަ ރަނގަޅޭ. އަވަހަށް ބުނޭ...." ކެތްތެރިކަމެއް ނެތިފައި އެ އަންހެންކުއްޖާވެސް އެދުނެވެ. ޒިޔާދުވެސް ލޯތްބާއެކު އަދިވެސް ބޮޑަށް އެ އަތްތިލައިގައި ހިފައި ބާރުކޮށްލިއެވެ.
އިނާ އާއި ކައިވެނި ނުކުރާގޮތަށް އޭނަ ނިންމި ވާހަކަ އެނގުމުން އޭނަ އުފާވާނެކަން ޒިޔާދުއަށް ވަރަށް ބޮޑަށްވެސް އެނގެއެވެ.
"އަނހަނ ލީނާ......." ކުއްލިއަކަށް މީހަކު މިހެން ބުނެލި އަޑަށް ޒިޔާދުގެ ބަސްތައް ހުއްޓުނެވެ. ބަލާލިއިރު ޒުވާން ދެ އަންހެންކުއްޖަކު އެމީހުންނާއި ދިމާލަށް ހިނިތުންވެގެން ތިއްބެވެ. އެއީ އޭނަގެ ރައްޓެހިންނެއް ނޫނެވެ. އެހެންކަމުން އޭނަ ކުޑަކޮށް ގޮނޑިއަށް ލެނގިލާފައި އެ ކުދިންނަށް އޭނަގެ ލޯބިވެރިޔާ އާއި ވާހަކަ ދެއްކުމުގެ ފުރުޞަތު ދިނެވެ. ހީހީފައި އެ ތިންއަންހެންކުދިން ވާހަކަ ދައްކަމުން ދިޔައިރު އޭނަގެ ލޯބިވެރިޔާގެ ރީތި އާދަތަކަށް ބަލަން ޒިޔާދުއަށް އިނދެވުނީއެވެ.
"ލީނާއަކީ ބުނަން ކާމިޔާބު މީހެއް........އެވަރަށް މުއްސަނދިވީމަ ވާނީ އެހެނެއްނު؟" ލީނާއަށް ގޮވާލި ދެ އަންހެންކުދިން ލީނާ އާއި ވާހަކަ ދައްކާލާފައި އައިސް އެހެން މޭޒެއްގައި އިށީންނަމުން މިހެން ބުނެލީ އާޝޯޚް ވެފައެވެ. ޚުދު އެދެކުދިންގެ ހުރި މުއްސަނދި ކަމަކާއި "ކާމިޔާބު" ވަރެއް މިވަގުތަކު އެ އަންހެންކުދިންގެ ހަނދާނަކު ނެތް ކަހަލައެވެ.
"ޒިޔާދު ހިތުން އޭނަ....އަނެއް މީހާ ހިތުން އޭނަ....އެއްފަހަރާ އެތައް ބައެއް އެ ގެންގުޅެލަނީ" އަންހެނުންގެ އެންމެ ނުބައި ސިފަ ކަމަށްވާ، ނެތިމޮށުމުގައި، މި ބުނި ދެ އަންހެންކުދިންވެސް ފޯރިއާއެކު ލީނާގެ ވާހަކަ ދައްކަމުން ދިޔައެވެ. ހެމުން ހެމުންނެވެ.
އެކަމަކު އެ އަންހެންކުދިން އެބުނީ ތެދެކެވެ. ޒިޔާދު ހިތުން އޭނަ ކުރިމަތީގައި އެ އިންދަ އަންހެންކުއްޖާގެ މުޅި ދުނިޔެ އަކީވެސް އޭނައެވެ. ޒިޔާދުގެ ލޯބިވެރިޔާއަށްވީގޮތަށް، ނަވީންގެ ލޯބިވެރިޔާއަށްވެސް ވާން ލީނާ ބޭނުންވާކަމަކީ ހަގީގަތެކެވެ. އިއްތިފާގުން އެ ދެމީހުންނަށް ނޭނގޭ ހަގީގަތެކެވެ. އަދި މި ނޫނަސް އެތައް އެތައް ބަޔަކާ ލީނާ އާއި ގުޅުން އޮންނަ އޮތުމަކީ އެފަދަ އަންހެންކުދިންގެ ބަސްމަގުގައި ނަމަ "ކާމިޔާބު" ވުމެވެ. ނަމަވެސް ނަވީންމެންފަދަ އުޅުމާއި ގޮތް ހުރި މީހުންގެ ބަހުގައި ނަމަ އެއީ "އަގެއް ނެތުން" ކަމުގައި ވެދާނެއޭ އެއިން އެކަކުވެސް ހީނުކުރާނެ ކަންޔަގީނެވެ.
އެއީ ޒިޔާދުއަށްވެސް ލީނާ އާއި ނަވީންއާއި ގުޅުމެއް އޮންނަކަން ނޭނގޭ ފަދައިންނެވެ. މީގެއިތުރުން ލީނާ އެއްފަހަރާ ގުޅުން ބާއްވަނީ އޭނަފަދަ މުއްސަނދި، ތަޢުލީމީ ކިތައް ފިރިހެނުންނާއިކަންވެސް ނޭނގޭ ފަދައިންނެވެ. އަދި ލީނާއަށްވެސް ޒިޔާދު އިންނަން އުޅޭ އިނާ އާއި ނަވީން އާއި ގުޅުމެއް އޮންނަކަން ނޭނގޭ ފަދައިންނެވެ. އަދި ހަމަ އެހެންމެ، ނަވީންއާއި އޭނަގެ ދެމެދުގައި ގާތްކަމެއް އުފެއްދޭތޯ މިންނެތް މަސައްކަތް ކުރަމުން އަންނަ ނަވީންގެ މަންމައަށްވެސް ލީނަގެ މި "ނުލަފާ" ހަގީގަތް ނޭނގޭ ފަދައިންނެވެ.
ތިމާ އުޅޭގޮތް ޒިޔާދުއަށް ސިއްރުކުރަން ކުރާ މަސައްކަތާއެކު، ލީނާ މަސައްކަތް ކުރަމުން އަންނަނީ އަބަދުވެސް، ޒިޔާދުއަށްވެސް އަދި ނަޖްމާއަށްވެސް އޭނަގެ މިނިވަންކަމަށް އަރައިގަތަ ނުދިނުމަށެވެ. އޭނަ އުޅޭނެ ގޮތް އެނގޭނެ ހަމަ އެކަނި މީހަކީ ލީނާ ދެކޭ ގޮތުގައި އަބަދުވެސް އޭނައެވެ. އިމެއް، ހުރަހެއް، މިނެއް ހައްދެއް، މިއީ ލީނާގެ ފޮތުގައި މުޅިންމެ ނެތް ބަސް ތަކެކެވެ.

********(ނުނިމޭ)********
މުރާސިލް ހޯމްޕޭޖް އަށާއި
ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ
އެވެ.
ނޫނޭވާ ރީތި... ހަމައޮބިނޯވޭ.... ދެންބުނާނެ އިތުރު
ވާހަކައެއްނެތް... ބަސްހުއްޓި، އަނގަހުޅުވި، ހަރަކާތްހުއްޓިފަ މަމީނީ
ވާއު..ދެން ކޮންއިރަކުންތަ ސޮފާ ؟؟
ފޯން ކޯލް މެކުހަށް ޖަހާފަދޯ ސޮފާ! ސަޅި އިނގޭ
ސަޅި
އަޅޭ!! ހާދަ ރީއްޗޭ...ޝުކުރަން!!!!
ވ ރީތި އަނެޕާޓަށް އިންތިޒާރުގައި ޝޮފާގެ "ބޮޑާ
ނަފުސް" މިވާހަކަ އެއްކޮން ކިޔާލަން ލިބޭނީ ކިހެނެއް ކަން ބުނެދީފާނަންތަ ޕލޒ
އައިންތު: ސަޒޫ ބޮޑާނަފްސު ވަހަކައަކީ ވަރަށް ވަރަށް
ސަޅި ވާހަކައެއް. އައިންތު އަތު އިންނާނެ އެއްކޮށް އެވާހަކަ.
ސަޒޫ: ސަޒޫއަށް ކީޕާޓްތަށް ރީތި ވެގެން
އެއްކޮންކިޔާލަށް ބޭނުން ވާތީ މިއުޅެނީ ލިބޭނެ ގޮތެއް ހަމަނެއްތަ
Very Beautiful ..... thanks for
uploading so fast
ވަރަށް ރީތި އިނގޭ. މިހާ ރީތި ވާހަކައެއް އަދި ނުކިއަން
oh wow..varah rythi..leenaa
haadha goahey dhoa..e gothah ulheykah nuvaaneyeh nun..varah rythi mi part..waiting
4 nxt part..gudnyt
އަހަރެންގެ ހިތްވެސް ޒިޔާދުއަށް ހަމަ ހުޅުވާލެވިފަ.
އެކަމަކުބުނަން. ނަސީބެއް ޒިޔާދު އާ އިނާ ކައިވެނި ނުކުރެވުނުކަން. އެހެން ނަމަ
ނަވީން ފަކީރަށް ވާނެގޮތެއްވެސް ނޭނގޭ
soff darling this is one of the
best part for me.. i just love it.. love the way you connected all this.. yuh
are just awesome writer.. yuހ the best :) i don't know what to say even.. am speechless..
impatiently waiting for the next part.. you take good care..be safe.. mwah
ތަރިގަނޑާ. ހާދަ މޮޅޭ. ހީވެސް ނުކުރާކަހަލަ ގޮތަކަށް
ވާހަކަ އަންފޯލްޑް ކުރަމުން
ތިދަނީ....ވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވ މޮޅު ކުއްޖެއް
ތިއީ. އޮބިނޯވޭ.
ހަމަ ވަރަށް ރީއްޗޭ ބުނެވޭނީ... ވަރަށް ކިޔާލަން ފަސޭހަ
ގޮތަކަށް ލިޔެފަ މިހިރީ، އަނެއްކާ ވާހަކަވެސް ސަޅި... ކުރިޔަށް ފަތިސްތަރި
ކުރިޔަށް!
މީ ކުއްލި ކުއޮލި އަށް ވާކަމެއްތަ؟ ސޮފާ މި ވާހަކަ
ލިޔުންމީ
"ހީހީފައި އެ ތިންއަންހެންކުދިން ވާހަކަ
ދައްކަމުން ދިޔައިރު އޭނަގެ ލޯބިވެރިޔާގެ ރީތި އާދަތަކަށް ބަލަން ޒިޔާދުއަށް
އިނދެވުނީއެވެ." ކިހިނެއްބާ ވާނީ "ފަރި އަދާ" ތަކޭ ލިޔުނު
ނަމަ........
ހާދަ ކުރިއެއްގައޭ ތިއުޅުއްވަނީ .ވވވވވ.ލޯބި،
ވވވވވވވ.ސަޅި، ދެން މިހެން ގޮސް ތަޢުރީފްގެ ބަސްތައް ހުސްވާވަރުވާނެ، ސޯ ސޭޑް ދޯ،
އުއްދަނޑި : ވ،ވ،ވ، ސަޅި. ފުރިހަމަ. އަދިމަހާތަނަށް
ބަރާބަރަށް ކިޔަމުން އައި ވާހަކަ... ވވވއޮބި. ދެން ކޮންއިރަކުން އަޕްޑޭޓްވާނީ
.....
ވަރަށް ވަރަށް ވަރަށް ރީތި.. =)
sofa nikan avahah upload
kohba.. miharu kiya hithun hurevenyki nun.. vvvvvvvvvvvvvvvvv nice plz
maadhanves aabaeh upload kohdhehchey
ކޮބާތަ ކަނބުލޯ މީގެ އަނެއްބައި!!!!!!
ސަޅި
މީދެން ހާދަ މޮޅަށް ވާހަކަ ގެނެސްދޭ ލިޔުނެތެރިޔެކޭ
ދޯ...... ހިތަށް އެރީމަ ގެނެސްދީފަ ...މިދެން ބޮޑުވަރު. އަނެއްކާ ހުރިހާ ރަނގަޅު
ކޮމެންޓްތަށް މީގަ މި ޝާއިރު ކުރަނީވެސް..... ހާދަ ފޫއްސޭ...
ހަމަ ކުއްލި ކުއްލި އަށ

No comments:
Post a Comment