🌟🌟Fathisthari Vaahaka🌟🌟

Once upon a time it happened, how it happened is a fiction by me for you.

ފޯންކޯލް - 59 ވަނަ ބައި

"ދައްކަން މާ ފަސޭހަ ވާހަކައެއް ނޫން މިއީ. އެކަމަކު ކޮންމެހެންވެސް ކޮންމެވެސް އެކަކު ކައިރީ މިވާހަކަ ދައްކަން އެބަޖެހޭކަން އަހަންނަށް އެނގެނީ. މި ވާހަކަ އިނާ ކައިރީ ދައްކަން އަހަރެން އުޅޭތާ ކިތަންމެ ދުވަހެއް....." އިރުކޮޅެއްގެ ހިމޭންކަމަށްފަހު، ހިތާމައިގެ ރާގަކަށް ފާތިން ވާހަކަ ފެށިއެވެ. އިނާ ކުއްލިއަކަށް ކަންބޮޑުވިއެވެ. ފާތިން އަށްޓަކައެވެ. އަނެއްކާ ފާތިންއަށް ވީ ކީއްބާވައޭ އިނާ ހިތަށް އެރިއެވެ. 
ބީރައްޓެހި ރަށެއްގައި އެފަދަ ރީތި އަދި ޒުވާން އަންހެންކުއްޖަކަށް ކޮންމެފަދަ ކަމެއްވެސް ދިމާވެދާނެ ކަމަށް އޭނަ ގަބޫލު ކުރެއެވެ.

"
ބުނެބަލަ.....ކިހިނެއްވީ.....އަހަންނަށް ވެވުނު ގޮތަކުން ފާތިންއަށް އެހީވާނަން...." އިނާގެ ހިތުގައި ފާތިންމައްޗަށް އަސްލުވެސް ހަމްދަރްދީ އުފެދުނެވެ.
"
އަހަރެން ބަނޑުބޮޑު.....ޕްރެގްނަންޓް އަހަރެން....." އިސް ޖަހާލާފައި ފާތިން ބުނީ މިހެންނެވެ.

އެއްފަހަރާ އެތަކެއް މިލިއަން ބިއްލޫރިގަނޑު ތަޅައިގެން ދިޔަފަދަ އަޑެއް އިނާގެ ކަންފަތުގައި ގުގުމައިގެން ދިޔައެވެ. 

ފާތިން އެބުނީ ހަމަ ރަނގަޅަށްހެއްޔެވެ. ފާތިންވެސް ބަނޑުބޮޑީހެއްޔެވެ؟ އެކަމަކު އޭނަ އަދި މީހަކާ ނީންނަ ވާހަކަ ބުނިތާ އަދި މިއުޅެނީ ހަފްތާއެއް ނުވެގެންނެވެ. އަނެއްކާ..........
އިނާހިތަށް އެރި އެކައްޗެއްވެސް ނުއެއް އެހުނެވެ. ނުކެރިގެންނެވެ. ފާތިން އާއި ދިމާލަށް ބަލަހައްޓައިގެން އިނދެވުނީއެވެ.

"
ވަރަށް ގިނަ ސުވާލު އުފެދޭނެކަން އެނގޭ.....މިވާހަކަ އެނގުމުން އަހަރެން ދެކެ ރުޅި ނައަންނާނެކަމަށް ވަޢުދުވޭ އިނާ.....އެހެން ނޫނީ އަހަންނަށް މި ވާހަކަ ދައްކަން އުނދަގޫ..." ފާތިން އިނީ ވަރަށް ދެރަވެ ފިކުރުބޮޑުވެފައެވެ. 

"
ނައަންނާނަން....." އިނާ އަކީ މާ ވާހަކަ ގިނަ މީހެއް ނޫނެވެ. އެހެންވެ މިފަހަރުވެސް ދެވުނީ ކުރު ޖަވާބެކެވެ. 

އެހެންނަމަވެސް، ފާތިންގެ ހާލުގެ ހަގީގަތް އެނގުމުން އޭނަ އަންނަންވީ ކޮން ރުޅިއެއްބާއޭ އިނާ ހިތަށް އެރިއެވެ. އޭނައަށް އުނދަގޫވަނީ އެންމެ ކަމަކާހެދިއެވެ. ހޮސްޕިޓަލްގެތެރޭގައި އޭނަގެ ބައްޕައާއި ފާތިންއޭ ކިޔައިގެން އިވޭ އަޑުތަކާއި، ފާތިން އެގެއަށް އައިސް އެ އުޅޭގޮތުން، އެކަމުގައި ސިއްރެއް ވެދާނެއޭ ހީވާތީ ގަންނަ ބިރަކަށްވުރެ އިތުރު ބިރެއް އިނާގެ ނެތެވެ. އެކަމަކު އެހެން ވެއްޖެނަމަވެސް އޭނަ ރުޅިއަންނަންވެސް ޖެހޭނީ ފާތިން ދެކެ ނޫންކަން އޭނައަށް އެނގެއެވެ.

"
ޔަގީންތަ...........؟" އަދިވެސް ފާތިން ބޭނުންވަނީ ޔަގީންކަމެވެ.
"
ހޫމް....ޔަގީން........" އިނާ ވަޢުދުވިއެވެ.

"
އަސްލު މިއީ އަހަންނަށް ވިސްނާނުލާ ކުރެވުނު ކުށެއް. މިނަށްވުރެ ބޮޑަށް މީހަކު ދެކެ ލޯބިވެވުމުން ވީ ގޮތް. އަހަރުތަކެއް ވެއްޖެ އަހަރެން އެމީހަކަށް އިންތިޒާރުކުރާތާ....އެންމެފަހުން މި ގޯސްވެސް މި ހެދުނީ ..... އެވެސް އަދި އެއްވެސް ހާލަތެއްގައި ދެން އޭނައަށް އަހަންނާއި ކައިވެނި ނުކުރެވޭނެ ހިސާބަށް ދިޔަފަހުން....." އަމިއްލަ ބަނޑުގައި އަތް ޖައްސާލައިގެން ބަނޑަށް ބަލަހައްޓައިގެން އިނދެ ފާތިން ވާހަކަ ދެއްކިއެވެ. 

"
އެއީ ކީއްވެ.....ތި ވާހަކަ ބުނަންވީނު އޭނަ ކައިރީ....އޭރަށް ފާތިން ހާލުގައި ނުޖައްސާ ސަލާމަތްކޮށްދޭންވެސް ކައިވެނިކޮށްފާނެ ކަންނޭނގެއެއްނު." އިނާ އަކީ އެއްވެސްމީހެއްގެ ވާހަކައިގައި ހުންނަ އޭނަ ކުރަން ނުޖެހޭ ސުވާލު ނުކުރާ މީހަކަށް ވާތީ، މިފަހަރުވެސް އެއީ ކާކުތޯ ނާހައެވެ. އެކަމުގައި އިނާ ދެއްކީ ފާތިންއަށް ކުރެވިދާނެ ކަމެއްގެ ވާހަކައެވެ.
"
އިނާއަށް ތިހެން ބުނަން ތި ފަސޭހަ ވަނީ ހަގީގަތް ނޭނގޭތީ...." އިނާ ދިން ލަފައަށް ފާތިންގެ މޫނުމަތިން ފެނުނީ ނުރުހުމެވެ. ބުނެލި ޖުމްލައިގެ ރާގުގައިވެސް ހުރީ ނުރުހުމެކެވެ.
"
ދެން ކޮބާ ހަގީގަތަކީ....؟" އިނާ އިނީ ޝައުގުވެރިކަމާއެކު އަޑުއަހާށެވެ. ފާތިންއަށްޓަކައި އޭނައަށް ކޮށްދެވޭނީ ކޮންކަމެއްބާއޭ ވިސްނާލަ ވިސްނާލާއެވެ.

"
އިނާ އިނާގެ ފިރިމީހާއަށް ކިހާ ވަރަކަށް އިތުބާރު ކުރަންތަ.....؟" ފާތިން ކޮށްލީ މުޅިން މައުޟޫއާއި ނުގުޅޭ ސުވާލެކެވެ. 
"
ދެވަނަ އެހެން އެއްވެސް އިންސާނަކަށް ނުކުރާ ވަރަށް...." ފާތިން އެހެން އެހީ ކޮން މަގްޞަދެއްގައިބާއޭ ހިތަށް އެރުމުން އެ ނެގި ސިކުންތުކޮޅަކަށްފަހު އިނާ ޖަވާބު ދިނެވެ.
"
އިނާގެ ފިރިމީހާ އެއްވެސް އަންހެންކުއްޖަކަށް މިފަދަ ގޮތެއް ހަދާފާނެކަމަށް ގަބޫލުކުރަންތަ؟" ފާތިން އިނީ ސީދާ އިނާގެ މޫނަށް ބަލަހައްޓައިގެންނެވެ.
"
ކޮންކަހަލަ ސުވާލެއް ފާތިން ތިކުރަނީ....؟" އުނދަގޫވެގެން އިނާއަށް އަހާލެވިއްޖެއެވެ. ގަދަކަމުން ހިނިތުންވެލަމުންނެވެ. 

"
ނުކުރަން ދޯ ގަބޫލެއް.....އެނގޭ ނުކުރާނެކަންވެސް.....އެކަމަކު ގަބޫލުކުރޭ........" ފާތިންގެ އަޑުގައި ވަނީ ޔަގީންކަމެވެ.
އިނާއަށް އެކައްޗެއްވެސް ނުބުނެވުނެވެ. ފާތިން މި ވާހަކަ ދައްކާ ވައްތަރުން މިވަނީ ކީއްކަންވެސް ވިސްނައިގަންނަން އިނާއަށް އުނދަގޫ ވެއްޖެއެވެ. ބުނަން ނޭނގޭ ނުތަނަވަސްކަމެއް ލިބެން ފެށިއެވެ. 

"
އިނާ ތި އިތުބާރުކުރާ ނަވީންގެ ވާހަކަ މި ދައްކަނީ. އަހަންނަށް މި ގޯސް ހެދުނީ އޭނައާއެކު.....އަހަރެންގެ ދަރިފުޅުގެ ބައްޕައަށް ވާނީ އިނާ ތި އިތުބާރު ކުރާ އިނާގެ ފިރިމީހާ...." އެއްފަރާތަށް ކަރު އެލުވާލާފަ ވަރަށް ހިތާމަވެރި ، މަޑު އަޑަކުން ފާތިން އެ ފާޅުކުރި ހަގީގަތުގެ އަޑުއަހަން ފާތިން އާއި ދިމާލަށް ބަލަހައްޓައިގެން އިން އިނާއަށް އަދިވެސް އިނދެވުނީ އެހެންނެވެ. ފާތިން އެބުނި އެއްޗެއް އަދި އޭނަގެ ސިކުނޑިއާއި ހަމައަށް ވާޞިލް ނުވާފަދައެވެ. ހަމަ އެކަނި އިވުނީ އަޑުތަކެކެވެ. ބަސްތަކެކެވެ. ލަފުޒު ތަކެކެވެ. އަދި އޭގެ މާނަ އިނާއަށް ވިސްނައިނުގަނެވެއެވެ.

އިނާ އިނީ ހަގީގަތުގައިވެސް ގަނޑުވެފައެވެ. ބޮލަށް އެނބުރުން އަރައިގަނެ، އުނދޯލިން ވެއްޓިދާނެހެން އިނާއަށް ހީވީ އަދި އިރުކޮޅަކުންނެވެ. އެއީ ފާތިން އެ ބުނި އެއްޗެއް ވިސްނުނު ހިސާބެވެ. 
އުނދޯލިން ފައިބައިގެން ގޮސް ، އެއްތެޔޮ ފުރި ދިގު ގޮނޑިއެއްގައި އިނާ އިށީނީ އޭނައާއެކު މުޅި ދުނިޔެ އެނބުރޭހެން ހީވެގެންނެވެ. 

ފާތިން އެކިޔަނީ ކީކޭ ހެއްޔެވެ؟ އޭނަގެ ނަވީން....؟ 
އޭނަގެ ނަވީން އާއި ފާތިން އާއި ގުޅުމެއް އޮންނަންވީ ކީއްވެހެއްޔެވެ؟ ކޮން އިރަކުއްސުރެންހެއްޔެވެ؟ އެއީ ކިހާ ވަރެއްގެ ގާތް ކަމެއްހެއްޔެވެ؟ ގާތްކަމެއް ނެތް މީހަކާ އެފަދަ "ގާތް" ގުޅުމެއް އެކަކުވެސް ނުބާއްވާނެއެވެ. އެކަމަކު އެއީ ކޮން އިރަކު އުފެދުނު ގާތްކަމެއްހެއްޔެވެ؟ އޭނަގެ ނަވީން އަކީ ހަމަ ހަގީގަތުގައިވެސް އެފަދަ ދަށުދަރަޖައެއްގެ މީހެއް ހެއްޔެވެ.؟

ގޮނޑީގައި އިށީނދެ ލެނގިލައިގެން އިނދެ އިނާ ވިސްނަމުން ދިޔައެވެ.

"
އިނާގެ ހުރިހާ ސުވާލަކަށްވެސް ޖަވާބު ލިބޭނެ މި ބަލާލީމަ...." އިނާ އިށީނދެ އިން ގޮނޑީގައި އިނާއާއި ފޫޓެއްހާ ދުރުގައި އިށީނދެފައި ފާތިން އެއްޗެއް ދިއްކޮށްލިއެވެ. އިނާއަށް ފާތިން އާއި ދިމާލަށް މިފަހަރު ބަލާލެވުނީވެސް އެހެން ކަހަލަ ގޮތަކަށެވެ. ދުވަހަކުވެސް ނުދަންނަ މީހަކާއި ދިމާލަށް ބަލާލާފަދަ ގޮތަކަށެވެ. 
ފާތިންގެ އަތުގައި އޮތް އެއްޗަކަށް އިނާ ބަލާލިއެވެ. އެއީ ފާތިންގެ އައިޑީ ކާޑެވެ. އޭނައަކަށް އޭގެ މާނައެއް ނެތެވެ. އެއިން އޭނައަށް އެނގޭނީ ކޯޗެއް ހެއްޔެވެ.؟ އެއަށްވުރެ ފާތިން އަނގައިން ދެންމެ އެ ދެއްކި ވާހަކަ މާ ބޮޑަށް ފުދެއެވެ.

"
އޭރަށް އިނާއަށް އެނގޭނެ އަހަންނަކީ ކާކުކަން....މިހެން ވާން ޖެހުނީ ކީއްވެކަންވެސް...." އިނާ އައިޑީކާޑުގައި ނުހިފާ އިންނަން ފެށުމުން އަނެއްކާވެސް ފާތިން ބުނެފިއެވެ. އެއްވެސް ޝައުގެއް ނެތި އިނާ އެ ކާޑު އަތުލައިގެން ބަލާލިއެވެ. 
ފުރަތަމަވެސް ލޮލަށް ފެނުނީ ނަމެވެ.

"
ލީނާ...........؟؟" އިނާއަށް އަހާލެވުނެވެ. ހައިރާންވެ އަންތަރީސްވެފައެވެ. 

"
ހޫމް.............ފާތިމަތު ލީނާ ސަލީމް.....އޮފީސް މީހުންނަށް އަހަންނަކީ ފާތިން.....ބައެއް މީހުންނަށް ފާތު.....ބައެއް މީހުންނަށް ލީނާ...." އިނާ ސުވާލު ކުރީ ތިއީހޭ އެބުނާ ލީނާއަކީ މިހެން އެހުމުގެ ގަސްދުގަ ކަމަށްވިޔަސް، ލީނާ ބުނެދިނީ އޭނަގެ ނަމުގެ ތަފްޞީލެވެ. 

ކޮންމެ މީހަކު ކޮންމެ ނަމެއް ކިޔަސް، އޭނައަށްޓަކައި އެއީ ފާތިންއެވެ. ލީނާގެ ނަމުން އޭނައަށް އެ ފާތިންއާއި މުޚާޠަބް ނުކުރެވޭނެކަން އިނާއަށް ޔަގީން ވިއެވެ.
އަދިވެސް އެއްފަހަރު ފާތިންގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލާފައި، އެ އައިޑީކާޑު ފާތިން އަތަށް އިނާ ދިއްކޮށްލިއެވެ. އިތުރަށް ސުވާލެއްވެސް ކުރާ ހިތެއް ނުވިއެވެ.

"
ނަވީން އާއި އަހަރެމެންނަކީ ކުޑައިރުއްސުރެ އެކުގަ އުޅޭ ދެމީހުން....ގާތްގަނޑަކަށް އެއްގެއެއްގެ ތެރޭގަ....ނަވީން މަންމައަށް އަހަރެންވެސް ކިޔަނީ މަންމަ....އެކަމަކު އަހަރެމެން އުޅުނީކީ އެއްގޮތަކަށްވެސް ދެބެއިން ގޮތަކަށް ނޫން....ހެހެހެހެ.....އެހެން ދެން ނުވާނެތާ ދޯ؟ އަހަރެމެންގެ ގުޅުމުގަ ހުންނަނީ ކޮންގޮތެއްކަން އެނގޭތީ ނަވީން މަންމަވެސް މީގެ އެތަކެއް އަހަރު ކުރިން އަހަރެމެން ދެމީހުންގެ ކައިވެނި ހަމަޖައްސައިފި. އޭރު ނަވީންވެސް އެކަން ގަބޫލުކުރީ ހިތުން ރުހުމުން. މި އަތޮޅަށް ވަޒީފާ ބަދަލުވުމާއި ހަމައަށްވެސް އަހަރެމެންގެ ހުރިހާކަމެއްވެސް ހަމަ ރަނގަޅު. އެއީ އުފާވެރި ދުވަސްތަކެއް....." އިނާ އަޑުއަހަން ބޭނުން ނުވާއިރުވެސް ފާތިން ދިޔައީ އޭނަގެ ހަޔާތުގައި ނަވީންގެ މަގާމު އަންގައިދިނުމުގެ ގޮތުން އެ ވާހަކަ ދައްކަމުންނެވެ. އުފާވެރި ހަނދާންތަކުގެ ވާހަކަ ދައްކާއިރު ކޮންމެ މީހަކަށްވެސް ވާފަދައިން ފާތިންގެ މޫނުމަތިންވެސް އެކި ޒަމާންތަކުގެ އެކި ކުލަ ފެންނަމުން ދިޔައެވެ.
އިނާއަށް އެކައްޗެއްވެސް ނުބުނެވެއެވެ. އޭނަދެކެ އެހާ ލޯބިވާ ކަމަށް ދަޢުވާ ކުރަމުން އައި މީހަކަށް، މިފަދަ ގުޅުމެއް ގާއިމުކުރަން ފުރުޞަތު ލިބުނީވެސް ކިހިނެއްބާއޭ ހީވި ސުވާލާއެކު އިނދެވުނީއެވެ. 

"
މިކޮޅަށް އައިފަހުން ނަވީންއަށް ބަދަލުތަކެއް އަންނަހެން ހީވި. އޭރުވެސް އެހިން އަންހެންކުއްޖަކު ފެނުނީ ދޯއޭ. ދެން އިނާއަށްވެސް އެނގޭނެ ފިރިހެނުންގެ ވައްތަރު. ނަވީންވެސް އެއްބަހެއްނުވި އޭރު. ކަމެއް އުޅޭކަން އަހަންނަށް އެނގުނީވެސް ނަވީން މާލެ ގޮއްސަ މަންމައާ ދެބަސްވެފަ މިކޮޅަށް އައިފަހުން. އޭރު އަހަރެން މާލޭގައި ހުރިނަމަ ނަވީން އަހަރެންގެ ބަސް އަޑުއަހާނެކަން ޔަގީން. އެކަމަކު ކީއްކުރާނީ...." ފާތިން ދައްކަމުން ދިޔަ ވާހަކަތަކުން އިނާއަށް ލިބެނީ ހައިރާން ކަމެވެ.
އެބުނަނީ އޭނަ ހުރި ނަމަ ނަވީން ހުއްޓުވާނެ ވާހަކަ ހެއްޔެވެ. އޭނައަށް އެ ވާހަކަތައް އެ ދެއްކެނީ ނަވީންގެ އަނބިމީހާކައިރީ ކަމެއްވެސް ހަނދާން ނެތީހެއްޔެވެ؟ މަންމަ އާއި ދެކޮޅު ހަދާފައި އައިސް ނަވީން އޭނައާއި އިންނާނީ ކީއްވެގެންކަންވެސް ފާތިންއަށް ވިސްނާނުލެވެނީހެއްޔެވެ؟ މިއީ ކޮންކަހަލަ ވާހަކަތަކެއް ހެއްޔެވެ؟ އޭނަ ބޭނުންވަނީ އެތަނުން ދާށެވެ.

"
އިނާ އާއި މެރީ ކުރިކަން އެނގުނީމަ އަހަރެން މަސައްކަތް ކުރިން ނަވީން އާއި ދުރުވާން. އެކަމަކު މަންމައާއި ދެބަސްވެފަ މިކޮޅަށް އައިފަހުން ހީވޭ މާ ގިނައިން ގުޅާހެން. މަންމަ އޭރު ނަވީން އާއި ވާހަކަ ނުދައްކާކަން އިނާއަށްވެސް އެނގެއެއްނު. ނަވީންވެސް އަހަންނަށް ގުޅަނީ އެހެންނޭ ކިޔާފަ. އެކަމަކު ނިމިގެން ދަނީ އެހެން ގޮތަކަށް. ގަބޫލުކުރޭ އިނާ.....ވަރަށް މަސައްކަތް ކުރިން ނަވީންއަށް ވިސްނަދެވޭތޯ....ވަރަށް މަސައްކަތް ކުރިން އެ ގުޅުން އެ ހިސާބުން ކަނޑާލަން. އެކަމަކު އިނާމެންގެ ހަނީމޫންގެ ފަހުން އަނެއްކާވެސް...ހަމަ ކުރިއެކޭ އެއްގޮތް. ނަވީން ހިއެއްނުވޭ އެއްވެސް ވަރަކަށް ބަދަލުވިހެން....." ދާން ބޭނުންވެފައި އިންނަމަވެސް ފާތިން ދައްކާ ވާހަކައެއް ދައްކައި ނިމެންދެން އެތާ އިންނަން އިނާއަށް މަޖްބޫރުވިއެވެ. ޚުދު އޭނަގެ ފިރިމީހާ އޭނައަށް އޮޅުވާލިގޮތުގެ ތަފްޞީލް އެނގެންވެސް ބޭނުންވާތީއެވެ. އޭގެ އިތުރަށް ފާތިން އަކީ އެގެއަށް އައިސް އިން ބައްޕަގެ މެހްމާނަކަށް ވެސް ވާތީއެވެ. އޭނަގެ ވެސް ރަހްމަތްތެރިއެއްކަމުގެ ލަގަބު އޭނަ އޮތީ ފާތިންއަށް ދީފައި ކަމަށް ވާތީއެވެ.

ނަވީން އޭނައަށް އޮޅުވާލާފައި އޮތް މިންވަރުގެ ބޮޑުކަން އިރެއް އިރަކަށް އިނާއަށް ހާމަވަމުން ދިޔައެވެ. ބުނާނެ އެއްޗެއްވެސް ކުރާނެ ސުވާލެއްވެސް އިނާއަކަށް ނޭނގެއެވެ. ބޯހާސްވެ ބެދޭހެން ހީވާއިރުވެސް އިނާއެކޭ ތަސްވީރެކޭ އެއްގޮތެވެ.

"
އިނާ ހައިރާންވާނެކަން އެނގޭ އަހަންނަށް. އެކަމަކު އަހަންނަށް ހީވަނީ ކޮންމެވެސް ދުވަހަކުން ކޮންމެވެސް މީހަކު ވާނެކަންނޭނގެ އިނާއަށް ހަގީގަތް ސާފުކޮށްދޭން. ބުނި ދޯ އިނާއާއި ކައިވެނި ކުރަން މަންމަ ނުރުހުނު ވާހަކަ....." ފާތިން އަކީ ވިސްނުންތެރި ހިތްހެޔޮ އަންހެންކުއްޖެކޭ އިނާ ހިތަށް އެރިއެވެ. 

"
އެކަމަކު ނުބުނެއެއްނު އެއީ ކީއްވެގެންކަމެއް.....އެ ހުންނަނީ އެމީހުންގެ ތެދުވެރިކަން ހުންނަ މިންވަރު." ފާތިން ކުރި ސުވާލަށް، ބޮލުގެ އިޝާރާތުން އިނާ އާނއެކޭ ބުނުމުން، އެކަން ވީގޮތް ކިޔައިދޭން ފާތިން ފެށިއެވެ. އަނެއްކާވެސް އަނެއް ހަގީގަތެއް ހާމަވާން އުޅޭކަމުގެ އިހްސާސް އިނާއަށް ކުރެވުނެވެ.

"
ނަވީން ބުނެފަ އޮންނާނީ އަހަރެންނާއި މެރީ ނުކޮށް އިނާ އާއި މެރީކުރަން އުޅުނީމަ މަންމަ ނުރުހުނީއޭ ދޯ؟ ޔަގީން އެކަން. އެކަމަކު އެއީ ހަގީގަތުގެ އެއްބައި.....އަހަރެން ގަބޫލުކުރާ ގޮތުގަ އިނާ އާއި ކައިވެނި ކުރާއިރު ނަވީން ޖެހޭނެ ހުރިހާ ހަގީގަތެއް ރީތިކޮށް އިނާއަށް އަންގާފަ ބާއްވަން. ސިއްރު ކުރަން ޖެހޭ ކަމެއް އޮވެގެން ނުވާނެ. އެހެން ނޫނީ ފަހުން އެކަމާ ޑީލް ކުރަން އުނދަގޫވާނެ." އެއްވެސް ސިއްރެއް ނެތި ސާފުބަހުން ފާތިން ވާހަކަ ދައްކަމުން ދިޔައެވެ.
"
ކީއްވެގެން ނުރުހުނީ.........؟" އިނާއަށް އަހާލެވުނެވެ. އެނގެން ވަރަށް ބޭނުންވެ އިނދެގެންނެވެ. އެކަމަކުވެސް ކޮންމެވެސް ކަހަލަ ފޫއްސަކާވެސް އެކުގައެވެ.
"
އަސްލު ނަވީން މަންމަ ނުރުހުނީ ބައިވަރު ސަބަބުތަކާހުރެ. އަހަންނަށް އެނގޭނެތާ އަހަރެން ކައިރީވިއްޔާ މަންމަ އެ ވާހަކަތައް ދެއްކީ....މަންމަ ބުނީ އަހަންނާއި ކައިވެނި ނުކުރިޔަސް.....ސޮރީ އިނގޭ މިހެން ބުނަން ޖެހޭތީ.....އިނާގެ ބައްޕައެއް ނުހުންނާތީ ، މި ބުނީ ބައްޕަ ނޭނގޭތީ އަސްލު މަންމަ ދެކޮޅުހެދީ......އެއީ މަންމަ އަށް ބަލައިނުގަނެވުނު ސަބަބަކީ." މިހާ ދުވަސް ވީއިރުވެސް އިނާ ކައިރީ ނަވީން ނުބުނެ އޮތް ވާހަކަ އެބުނީ މާ ދުރުން އައި ބީރައްޓެއްސެކެވެ. މަސްލަހަތަށްޓަކައި ނަވީން ސިއްރު ކުރި ވާހަކައިން އިނާގެ ހިތް ޒަޚަމް އެކޮށްލީ އެންމެ ނާޒުކު ދަނޑިވަޅުގައެވެ.

އޭނަގެ ހަޔާތުގައި އައި އެންމެ ބޮޑު އުފާ އޭނައަށް ލިބެން މެދުވެރިވި ނަވީންގެ ސަބަބުން އޭނައަށް ލިބޭނެ އެންމެ ބޮޑު ހިތްދަތިކަންވެސް ލިބި ނިމިއްޖެއެވެ. އޭނަގެ ހިތް މަރުވެއްޖެއެވެ.

"
އަދިވެސް މިއަދާއި ހަމައަށްވެސް ނަވީން މަންމަ ނައަހާ ނަވީން ކައިރިން އިނާ ކޮބައިހޭވެސް....ނަވީން މީހަކާއި އިންކަމަކަށްވެސް ގަބޫލެއް ނުކުރޭ. ނުވެސް ކުރާނެ ވާހަކަ އޮތީ ނަވީންއާއި ދިމާލަށްވެސް ބުނެފަ. މަންމަ އަދިވެސް ގަބޫލެއް ނުކުރޭ ނަވީންއަކީ މީހެއްގެ ފިރިއެއް ކަމަށް. އިނާއާއި މެރީ ކުރަން ނަވީން އައީވެސް މަންމަގެ ފުރާނަ މަތިކޮށް ތި ކައިވެނި ނުކުރާށޭ ބުނެފަ އޮތްވާ........ދެރަވޭ މި ހުރިހާ ވާހަކައެއް ދައްކާ މީހަކަށް އަހަރެން ވާންޖެހުނީމަ....އެކަމަކު އަހަރެން ދެކެނީ ތިއީ އަހަރެންގެ ގާތް ރައްޓެއްސެއްކަމަށް. ހަގީގަތް ނޭނގި އަނދިރީގައި ހުރުމަކީ ކިހާ ބޮޑު ސަޒާއެއްކަން އަހަންނަށް އެނގޭ....." ފާތިން އަށްވުރެ ތެދުވެރި، ފާތިންއަށްވުރެ ބޮޑަށް ރަހްމަތްތެރިކަން ދަންނަ މީހަކުވެސް ދުނިޔޭގައި ނެތް ފަދައެވެ. 

ދައްކަން ނުޖެހޭ ވާހަކަތަކެއް ދައްކައިގެން، ނުފެންނަ އަތަކުން އިންސާނަކު ކަތިލަމުން ފާތިން ދިޔައެވެ. އެއްވެސް އެއްޗެއް އިހްސާސް ނުވާ މީހެއްފަދައެވެ. އެއީ ދެމަފިރިއެއްގެ ދިރިއުޅުން ހަލާކުކުރަން ނޫނީ ނުދައްކާނެފަދަ ވާހަކަތަކެކެވެ. ކައިވެނީގެ ކުރިން އެ ވާހަކަތައް ނަވީން ދެއްކިނަމަވެސް އެއިން އެއްވެސް ވާހަކަ އަކީ އެމީހުންގެ ގުޅުމަށް އަދި އެމީހުންގެ ކައިވެންޏަށް އެއްވެސް ހުރަހެއް އަޅާނެވަރުގެ ވާހަކައެއް ނޫނެވެ. އެއަށްވުރެ އެމީހުންގެ ގުޅުން ވަރުގަދައެވެ. 

އެހެންނަމަވެސް މިއަދު ހާލަތު ތަފާތެވެ. ލީނާ އައިސް ފާތިންގެ ނަމުގައި އެ ވާހަކަ ދައްކަމުން އެދަނީ ނުރައްކާތެރި ދަނޑިވަޅެއްގައެވެ. ވެދާނެ ގޮތަކާއި ދޭތެރޭ ވިސްނާލައިގެނެއް ނޫނެވެ. އެދުވަހު އޭނައަށް މުހިއްމު ނުވިޔަސް، މިއަދު އެ ހުރިހާ ވާހަކައެއް އިނާއަށްޓަކައި އެއީ ވަރަށް "ބޮޑު" ވާހަކަ ތަކެކެވެ. އަދި އަމުދުން ނަވީންގެ ދަރިއަކަށް ބަލިވެ އިނދެ، އެ ހިތްހަމަނުޖެހުމުގައި އިން އަންހެނަކުގެ ދުލުން އެފަދަ ވާހަކައެއް އެ ހާލަތު އޭނައަށް ޖެއްސި މީހާގެ އަނބިމީހާ ކައިރީ ދެއްކުމަކީ ކިހާ ވަރެއްގެ ކަމެއްކަން ފާތިން އަށް އެނގެން ޖެހޭނެއެވެ. 

"
ހަގީގަތުގަ އެހުރިހާ ކަމެއް އެހެން ހުއްޓަސް ނަވީން އަހަންނާއި ގުޅުން ބާއްވަން ނެގި ބަހަނާއަކީ އަހަންނަށް ގަބޫލުކުރެވޭނެ ބަހަނާއެއް ނޫން. އެކަމަކު މިކޮޅުން ދިޔަފަހުން ނަވީންގެ ހުރިހާ ހުސް ވަގުތެއް ނަވީން އަހަންނާއެކު ހޭދަކުރީ އެހެން ކިޔައިގެން." ފާތިން ދައްކަން އަދިވެސް ބައިވަރު ވާހަކަ އެބަހުރިފަދައެވެ.

"
އެއީ............؟" އިނާއަށް އެއްޗެއް އަހާލެވެނީ ހަމަ ކިރިޔަ ކިރިޔާއެވެ. 
"
ނަވީން ބުނެބުނެ އިނާ ނުދިޔައީނު މިކޮޅުން. އައިޖީއެމްއެޗް އިން ގައިމު އިނާއަށް ވަޒީފާ ހަމަޖެހޭނެ. ކީއްވެ ނުދިޔައީ؟" ފާތިން އެހެން އަހާލިއިރު ހުރީ ހިތްހަމަނުޖެހުމެއްގެ ރާގެވެ. ހީވަނީ ނަވީންގެ މީހަކީ އޭނަ ހެނެވެ. 

"
އެހެންތަ ނަވީން ބުނީ ....؟" މިހާރު އިނާގެ އަޑުވެސް ތުރުތުރު އަޅައެވެ. ރުޅިއާއި ދެރައިން އިނާގައި އޮށްދާހިއްލަންވެސް ފަށައިފިއެވެ.

"
އަހަރެން ބުނީމެއްނު އަހަންނަކަށް ނަވީން ސިއްރެއް ނުކުރެޔޭ އެއްވެސް ކަމެއް. އެއަށްވުރެ މާބޮޑު ގާތްކަމެއް އޮތީ. އެވާހަކަވެސް އަހަރެން ކައިރީ ބުނި. ކޮންމެ ފަހަރަކުވެސް ބުނާނެ އިނާއަށް އާދޭސް ކޮށްކޮށް އިނާ ނައޭ މާލެ. އިނާވެސް ކަންތައް ތިކުރި ގޮތް ވަކި ގޯހެއް ނޫންކަންނޭނގެ. އެއީ ދެން އިނާ އާއި ނަވީންގެ ކަމެއް.....އެކަމަކު އޭގެ ބަދަލު ނަވީން މިހިފީ އަހަރެންގެ ފަރާތުން....މިއަދު ހާލުގަ ޖެހުނީ އަހަރެން. " ހުރިހާ ވާހަކައެއްގެ ފަހުން އޭނަގެ އަމިއްލަ ހާލުގެ ވާހަކަ ދައްކަން ފެށުމާއެކު ފާތިންއަށް ފުން އަސަރުތަކެއް ކޮށް އަނެއް ފަރާތަށް މޫނު އަނބުރާލެވުނެވެ. 

މިއަޑު އަހާފައި އިނާއަށް ހަމަ ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. 
އޭނައަށް އަދި ނަވީން އެނގެން ގާތްވެސް ނުވޭތާއެވެ. އެހާ ބޮޑު އޮޅުވާލުމެއް އޭނައާއި ދޭތެރޭގައި ނަވީން ގެންގުޅެން ޖެހުނު ސަބަބަކީ ކޮބައި ހެއްޔެވެ؟ އޭނަ މާލެ ގެންދަން ނަވީން އުޅުނު ދުވަހެއް ދުނިޔޭގެ މި އުޑުދަށަކުން އަދި ފެނިފައި ނުވާނެއެވެ. އެއީ މިހާތަނަށް ދުވަހަކުވެސް ދެއްކުނު ވާހަކައެއް ނޫނެވެ. އަބަދުވެސް ބުނަމުން އަންނަނީ ކުޅުދުއްފުށީގައި ހޭދަކުރަން ޖެހޭ 6 މަސް ހޭދަކޮށްފައި އަނެއްކާވެސް އަންނާނީ އައްޑޫއަށް ކަމަށެވެ. އޭނަގެ އަންހެނުންނަކީ ހިތަދޫގައި ހުންނަ މީހެއްކަން އެނގޭނެ ލިއުމަކާއެކު ހުށަހެޅުމުން ދާއިމީ ގޮތެއްގައި އަތޮޅު ދިރާގަށް އޭނަ ހަމަޖައްސައިދިނުންވެސް އެކަށީގެންވާ ކަމަށް ނަވީން ވާހަކަ ދައްކާފައިވަނީ އުއްމީދާ އެކުގައެވެ.

އެކަމަކު މި އިވޭ އަޑުތަކުން އޭނައަށް މި ހުރިހާ ދުވަހު އުޅެވުނީ ނަވީން އާއިއެކުގައި ކަމާމެދު ޝައްކުން ފުރިއްޖެއެވެ. 

"
އިނާ.........އަހަރެން ދެން ކިހިނެއް ހަދާނީ.....އަހަރެން ބޭނުމެއް ނޫން ތުއްތު ތުއްތު ފުރާނައަކަށް ގެއްލުމެއް ދޭކަށް. އަހަރެން ބޭނުން ނަވީންގެ ފަރާތުން ހިނދުކޮޅަކަށްވިޔަސް ލިބުނު ލޯބީގެ ހަނދާނެއްގެ ގޮތުގައިވެސް، މި ކުއްޖާ ދުނިޔެއަށް ގެންނަން. ގެންގުޅެ ބޮޑުވާތަން ދެކެން ބޭނުން. ހިނގަން ފަށާތަން ދެކެން ބޭނުން.....ލޯބިލޯބިކޮށް މަންމައޭ ކިޔާލާ އަޑުއަހަން ބޭނުން....އިނާ ނަމަ އިނާވެސް ބޭނުންވާނެކަން ޔަގީން....ކިހިނެއް އަހަރެން ހަދާނީ އިނާ....." ފާތިންގެ ލޮލުން ކަރުނަ އޮހެން ފެށިއެވެ. ކޮށްފަ އިން ފުން އަސަރެއްގެ ބޮޑުކަމުން އަޑުވެސް ކުރަކިވާން ފެށިއެވެ.

މި މަންޒަރު ބަލަން އިން އިނާގެ ހިތަކަށް ކެތެއް ނުވިއެވެ. ފާތިންގެ ހާލާއި، ފާތިންގެ މޫނުމަތިން އެފެންނަ ކަރުނައާއި ހިތާމަވެރި އަސަރުފެނުމުން އިޚްތިޔާރަކާ ނުލާ އިނާގެ ލޮލުން ކަރުނަ އޮހެން ފެށިއެވެ. އެއީ ފާތިން އެ ވާހަކަ ދައްކަން ފެށީއްސުރެ އޭނަ އޮބަހައްޓައިގެން އިން ކަރުނަ ތަކެވެ. 

ވަގުތަކީ ހަވީރުގެ އެންމެ ފަހު މިނެޓްކޮޅެވެ. ރީތި ޒުވާން ދެ އަންހެންކުދިން، އެކަކު އަނެކަކަށް ބަލަބަލާފައި ކަރުނަ އޮއްސަނީއެވެ. އެކަކަށް ކައިވެނީގެ ބޭރުން ދަރިއަކަށް ބަލިވެ އިނދެވުމުން އެކަމުގެ ހިތާމައިގައިހަދާނެ ގޮތް ހުސްވެގެންނެވެ. 
އަނެކަކު ރޮނީ ބޭވަފާތެރި ފިރިމީހާގެ މަތިން ހަނދާން ކޮށްކޮށްފައެވެ. ދުނިޔެއިން އެންމެ ލޯބިވި އިންސާނާ ލިބި، އެ އިންސާނާއާއެކު އުފާވެރި އެތައް ވަގުތެއް ހޭދަވެ، އެ އުފަލާއި ހިތްހަމަޖެހުމަށް އިތުރު ހިތްހަމަޖެހުން މިންވަރުކޮށްދެއްވި ﷲ އެއަށްވުރެވެސް ބޮޑު އުފަލެއް ލެއްވިހިނދު، އެ ލޯބިވި އިންސާނާގެ ހުރި ބޭވަފާތެރިކަމުގެ ވާހަކައާއި މުޑުދާރު ވާހަކަތައް އޭނަފަދަ އެހެން އަންހެންކުއްޖެއްގެ ދުލުން ކިޔައިދޭން ފެށުމުން ހިތް ކަތިލެވިގެންނެވެ. މިފަދަ އުފަލެއް އޭނައަށް ލިބުނުވަގުތު އޭނައަށް ކުރިމަތިލާން މިޖެހުނީ ކޮންފަދަ ހިތާމައަކާހެއްޔެވެ؟ 

ހިލޭ އަންހެނަކާއި ހަމައެކަނި ވާހަކަ ދައްކާލިނަމަ، އޭނައަށް ކޮންމެވެސް ދުވަހަކުން މައާފް ކުރެވިއްޖައީހެވެ. އެކަމަކު ނަވީންގެ ކުއްޖަކަށް އެހެން އަންހެނަކު، ކައިވެނިން ބޭރުގައި ބަލިވެ އިންނަވަރުގެ ކަމެއް ނަވީންއަށް ކުރަން ކެރުނުކަމީ، އޭނައަށްޓަކައި ނަވީން މަރުވުމެވެ. އޭނަގެ ހަޔާތުން ނަވީންގެ ސޫރަ ދެކެންވެސް ދެން އޭނަ ބޭނުމެއް ނޫނެވެ. 

"
އަހަރެން މިރަށަށް އައިއިރުވެސް އަހަންނަށް އެނގޭ އިނާވެސް، އިނާ ބައްޕަވެސް، ގާތްކަމާއި ރަހްމަތްތެރިކަން ބޭއްވީ، ނަވީން އިނާއާއި ކައިވެނި ކޮށްގެން އުޅޭހާ ހިނދަކު ތިއީ ހަމަ އަހަރެންގެވެސް އާއިލާކަމަށް ދެކިގެން އެ ގުޅުން އުފައްދަންވެގެން. އަސްލު ވިސްނައިގެން ހުރީ ދުވަސްކޮޅަކުން މިގޭ މީހުން ކައިރީ އަހަރެން ކާކުކަންވެސް ބުނަން.......އެކަމަކު އަހަރެން ބަނޑުބޮޑުކަން އެނގުނީ މިދިޔަ ހަފްތާގަ. އަހަންނަށް ހަމަ ގޮތްހުސްވެގެން މިވާހަކަ މި ބުނެލެވުނީ....އަހަންނަކަށް ނޭނގެ ހަދަންވީ ގޮތެއް. އަދި ނުބުނަން ނަވީން ކައިރިއަކުވެސް....އިނާ ބުނެބަލަ އަހަރެން ހަދަންވީ ގޮތެއް..." ކަރުނަތަކުގެ ތެރެއިން އަނެއްކާވެސް ވާހަކަ ދައްކަން ފެށީ ފާތިން އެވެ.

އިނާ ވިސްނާލިއެވެ. ހަދަންވީ ގޮތް އޭނައަށް ބުނެވޭނެ ހެއްޔެވެ؟ އެ ތުއްތު ފުރާނައަށް ގެއްލުން ދޭން ބޭނުން ނުވާ ވާހަކައާއި ބޮޑުވެގެން މަންމާއޭ ކިޔާ ދުވަސް ދެކެން ބޭނުންވާ ވާހަކަ ފާތިން ބުނެފިއެވެ. އެހެންވީމަ ހަދަންވީގޮތްވެސް ފާތިންއަށް އެނގޭނެތާއެވެ. 
އެހެން ނޫނަސް، މިތަނުގައި ފާތިންއަށް ގޮތް ކިޔައިދޭން އޭނައަކީ ކާކުހެއްޔެވެ؟ އޭނައަށްވުރެ ކުރިން ފާތިން އަށް އެހެރީ ފާތިން ބަނޑުބޮޑުކަން އެނގިފައެވެ. އޭނައަށްވުރެ ކުރިން ނަވީން އެ ގުޅުމެއް ބޭއްވީ ފާތިންއާއިކަން ކިތަންމެ ރަނގަޅަކަށްވެސް އެއޮތީ އެނގިފައެވެ. ދެން އޭނަ ކިޔާނެ ވަކި ގޮތެއް އެބައޮތްހެއްޔެވެ؟
އިނާ ނިންމީ އެގޮތަށެވެ. 

"
އަހަންނަކަށް ނޭނގެ ބުނާނެ އެއްޗެއް.....އާއިލާ މީހަކާ ވާހަކަދައްކާލައިގެން ރަނގަޅު ގޮތެއް ހޯދަންވީހެން ހީވަނީ......" އަޑު ހަމައަކަށް އެޅޭތޯ މަސައްކަތް ކުރަމުން އިނާ ޖަވާބު ދިނެވެ. ނަވީން އާއެކު އެ ކުށް ކުރުމުގައި ފާތިން ބައިވެރިވި ކަމުގައި ވިޔަސް، މިއަދު އަނިޔާ ލިބެން އެޖެހުނީ ފާތިން އެކަންޏަށް ކަމަށްވީތީ، ފާތިން ދެކެ ރުޅިއައުމުގެ ހައްގެއް ނެތް ކަމަށް އިނާއަށް ވިސްނުނެވެ.

"
އިނާ ރުޅިއައީތަ އަހަރެން ދެކެ.......ތެދެއް މިބުނީ އިނާ.....އަހަންނަށް މިކަމާ ކަންބޮޑުވިވަރުން މި ހުރިހާ ވާހަކައެއް ދެއްކުނީ. ތި ދެމީހުން އުފަލުގައި އުޅުން އަހަރެންވެސް އެދެނީ. އެކަމަކު އަހަރެންވެސް ބޭނުން މި ދުނިޔެއަށް ނޭވާލާން.....ނަވީންގެ ސަބަބުން މިހާރު އަހަންނަށް ޖެހިފައި މިއިން ހާލުން ނިކުންނާނެ ގޮތެއް އަހަންނަށް ނޭނގޭތީ ދެއްކުނީ މިވާހަކަ....އެކަމަކު އިނާ ރުޅިއައިއްސިއްޔާ އަހަރެން ދެން މި ވާހަކަ ނުދައްކާނަން.....އަހަރެން ހީކުރީ އިނާފަދަ އަންހެންކުއްޖެއްކަމަށް ދެކި އަހަންނަށް ހައްލެއް ހޯދައިދޭނެ ކަމަށް....." އިނާ ނުރުހުނީ ކަމަށް ހީކޮށް އަދިވެސް ބޮޑަށް ރޮވިފައި ފާތިން ދައްކަން ފެށި ވާހަކަ މިހިސާބަށް ބުނެވުމާއެކު، ތެދުވެގެން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ފާތިން ސިޑިން ފައިބަންފެށިއެވެ. ރޮވޭވަރުން ކެތް ނުކުރެވިގެން ދާ މީހެއްފަދައިން ފާތިން ދިޔައީއެވެ.

އިނާ ހަމަ އިނީއެވެ. ވިސްނަންވީ ކޮން ކޮޅަކަށް ކޮން ގޮތަކަށްކަންވެސް ކަނޑައަޅަން އިނާއަށް މިވަގުތު އުނދަގުލެވެ. 
ފާތިން އެދިޔަގޮތަށް ގޮސް ގެއިންވެސް ނުކުތީއެވެ. ނަސީބަކުން ސިޓީންރޫމްގައިވެސް އެއްވެސް ބަޔަކު ނެތުމުން ފާތިންގެ އެ ހާލު އެކަކުވެސް ނުދެކެއެވެ. 

"
ހަލޯވ............" މަގުމައްޗަށް ނުކުމެފައި ނަންބަރަކަށް ޑައިލްކޮށްލާފައި އަގުބޮޑު ފޯނެއް ކަންފަތުގައި ޖައްސާލާފަ ހަލޯވ އޭ ގޮވާލީ ފާތިންއެވެ. 
"
އާނ.....ނިމިއްޖެ.....ހުރިހާ ވާހަކައެއް ދައްކައިފިން......" ދެންމެ ރޮއި ރޮއި އިން ފާތިންގެ މޫނުމަތިން ނުހިކޭ ކަރުނަ ހުއްޓެއް ކަމަކު ފެންނަނީ އުފާވެރި ކަމުގެ އިންތިހާއީ ހިނިތުންވުންތަކެވެ. މަގުގެ އަނެއްފަރާތަށް ޖެހި ކުރިއަށް ހިނގައިގަތީ އެ ފޯނުގައި ހުރެގެންނެވެ.

"
ދެން އިނދެދާނެނު އަމިއްލައަށް ގިލްޓީވެފަ....ހުރިހާ ގޯހެއްވީވެސް އޭނަ މާލެ ނުދިޔައީމައޭ އަހަރެން ބުނިން.....ހެހެހެހެހެ.....އަސްލުވެސް އޭނައަކަށް ނޭނގެ ނަވީންގެ މަންމަ އޭނަ ބަލައިނުގަތް ސަބަބުވެސް. އެވާހަކަވެސް ގޮވާލާފަ މިއައީ.....މަޖާ އިނގޭ....." ފާތިންގެ ހަގީގަތަކީ އެއީއެވެ. 

"
އަހަރެން ބުނީމޭ އަހަރެން މި ކުއްޖާ ބޭނުމޭ....އޭރަށް އެބޯޓް ކުރުމަކީ އަހަރެންގެ އޮޕްޝަނެއް ނޫންކަން އޭނައަށް އެނގޭނެނު ދޯ؟ އަހަންނާއި އިނުމަށް ނަވީނަށް އޭނަ މަޖްބޫރުކޮށްފިއްޔާ ރަނގަޅުވާނީ.....އެއީ އަސްލު އަހަރެންގެ މަގްޞަދަކީ....އަހަރެން ބޭނުންވީ އޭނަގެ އަނގައިން އެހެން ބުނުވަން.....އެކަމަކު ވަރުގަދަ އަންހެނެއް އެއީ އިނގޭ.....މީހަކު އަދި ދެއްކިހާ ވާހަކައަކަށް އޭނަ އަކީ ވާހަކަ ދައްކާ މީހެއް ނޫނޭ ....އެނގޭތަ އެކަން...؟؟ ވަރަށް ގޮތުގަ ހުންނަނީ.....އެހެންވިޔަސް ހެޔޮ......ގަނޑުވަރެއްކަހަލަ ގެއެއްގައި ކަމަނާއަކަށް ހެދިގެން އިނަސް، އޭނަގެ އިއްޒަތެއް ނެތްކަން މިހާރު އޭނައަށް އެނގޭނެ...." ވާހަކައާއެކު ފާތިން އަނެއްކާވެސް ހީގަތެވެ. އެކޮޅުން އަޑުއަހަން ހުރި މީހާ ބުނި އެއްޗަކަށް ދެވަނަ ހުނުންގަނޑެއްވެސް ޖަހާލިއެވެ.

ކޮންމެއަކަސް ފާތިން އެ ދިޔައީ އޭނަގެ މަގްޞަދު ވަރަށް ފުރިހަމައަށް ހާޞިލްކޮށްގެންނެވެ. 
އުޑުމަތި އަނދިރިވެގެން ދިޔައިރުވެސް އިނާ އެ ގޮނޑީގައި ހަމަ އެހެން އިނެވެ. އޭނަ އިންގޮތުން ހީވަނީ ލޯބިވާ މީހަކު ވަޅުލާފައި އައިސް އިން ހެނެވެ. ބައެއްފަހަރަށް ވިސްނުމުގައެވެ. އަނެއްބައިފަހަރަށް ލޮލުން އޮހޭ ކަރުނަ ފޮހުމުގައެވެ. އެއްވެސް އުފާވެރިކަމެއް ނެތް ތަސްވީރެކޭ އޭނައެކޭ އެއްގޮތެވެ. 

ދެން ދުވަހަކުވެސް އޭނައަށް ނަވީން އާއި ހަތަރުކަޅި ހަމަކުރެވޭނެ ކަމާމެދުވެސް އޭނައަށް ޝައްކެވެ.

http://www.muraasil.com/images/comment_reply.pngPosted on 2011-10-06 20:19:59 | Report this Comment
ޕިސް ޕިސް ދެން މިއުޅޭ ލީނާ އެއް ދޯ.......... ދެން ހަމަ ޖެހޭތަ މީސް މީހުން ގެ ދިރިއުޅުން ހަލާކު ކުރަން.......... އިނާ ގޯހެއް ނުހަދައިފިއްޔާ ކިތަންމެ ހާ ވެސް ރަނގަޅު............
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ތި ކުރެއްވި ކޮމެންޓަށް ޝުކުރިއްޔާ.


http://www.muraasil.com/images/comment_reply.pngPosted on 2011-10-06 20:29:03 |
ވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވ.ސަޅި.އިނގޭ. އެ ފާތިން ދުނިޔެއަށް ބޭޒާރު ކޮށް ލާނެ އަދި. ހުހް. ނޫޅެން
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ދޮންދީނި. ޚާއްޞަގޮތެއްގައި ވާހަކަ ކިޔަމުންދާތީ އުފާކުރަން.
ދޮންދީނި: އސްލު ދޮންދީނި ވެސް ހުރީީ ވވވވވވވވ.ރުޅިއައިސް. އެކަމު ލޭ މައްޗަކަށް ނުދޭ. ސޮފާ އަނެއްކާ ކިހިނެއް ހަދަން ތިއުޅެނީ.


http://www.muraasil.com/images/comment_reply.pngPosted on 2011-10-06 20:45:54 | Report this Comment
ދެން އަޅެ.... އެނޫން މީހަކު ނޭނގުނީތަ އެގެއަށް ވައްދަން. ހާދަ ރުޅިގަދަވިޔޭ ކިޔަމުންދިޔައިރު. މަށަށް ފެންނަ ހިސާބުގަ ތިޔަ ލީނާ އެއް ހުރިނަމަ އެނގޭނެ ހަދާނެގޮތް. 100% އަށް ލޭމައްޗަށްގޮސް މިހުރީ މާދަން އަނެއްބައި ގެނެސްދީބަލަ ޕްލީޒް ޕްލީޒް
http://www.muraasil.com/images/reportAbuseIcon.gif
ދޮންދީނި: އޭ ފްރެންޑާ !!! އެހާ ރުޅިގަދަ ވަންޏާ އަވަހަށް އަޢޫޛު، ބިސްމި ކިޔާފަ ލޮނުމެދު ތެޔޮ ފޮދެއް ބޯލާ... ހެހެހެ
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ކޮންތާކު....ފްރެންޑާ އަކީ ރުޅި އަންނަން އެނގޭ މީހެއްވެސް ނޫން......ހެހެހެހެހެ.........ބަލަ މާދަން ހުކުރޭ.....އެނގެއެއްނު މަ ބިޒީވާނެކަން.


http://www.muraasil.com/images/comment_reply.pngPosted on 2011-10-06 21:16:17 | Report this Comment
ހުނނ... >_< ވ ފޫހިވޭ ލީނާ ދެކެ.. ދެން އަޅެ ކިހިނެއް ވާނީ... ނަވީން އާއި އިނާ އަނެއްކާ ދުރުވާކަށް ބޭނުމެއް ނޫން... އެދެމީހުން އަދި ގުޅުނުތާ މާކަ ގިނަ ދުވަހެއް ވެސް ނުވޭ.... ދެން ފަތިސްތަރި... ރަނގަޅު ގޮތެއް ހަދައިދެއްޗޭ.. ޕްލީޒް... ދެން އޮތް ޕާޓްގެ އިންތިޒާރުގަ ):
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އާނދޯ....އަދި ކިރިޔާ އެންމެ ހަތަރު މަސްވީ..........އެވެސް މީހުންނަށް ދިމާވާ ގޮތް ދެން. ކީކޭ ބުނާނީ؟


http://www.muraasil.com/images/comment_reply.pngPosted on 2011-10-06 22:55:18 | Report this Comment
މިހާރު މުރާސިލަށް ވަދެވޭވަރެއްނޫން ބިޒީކަމުން ވަރަށްފޫހިވޭ އަދި އެހާގިނައިރުވޭ، ސޮފް ކޮބާ ކިހިނެއްތަ؟ މިފަހަރު މިވާހަކަ ގެނެސްދެން ފެށިފަހުން ކުރާ ފުރަތަމަ ކޮމެންޓްމީ އެކަމް ހުރިހާ ބައެއްވެސް ކިޔަމުންއައީ، އޭއް ސިފަކުރުމުގެ ދެވަނަ ތަރިޔާ ކިހިނެއް ތިހެދީ މިވާހަކާގައި އައި އެންމެ މުހިންމު ދެބައިގައި ހަގީގަތަށްބުނައްޏާ ބުނެވޭނީ ކޮބާހޭ ކަމަނާގެ އެކުޅަދާނަ ސިފަކުރުންތައް ވާހަކަ ކިޔުންތެރިންގެ އާކައިވެނީގެރޭ ގެއެއްވެސް ހަނދާނެއް އެބައިތަކަކުން ނުފެނުނު އެބައިތަށްކިޔަމުންދިޔައިރުހީވަނީ އެއްޗެއް ފެނިދާނެތީ އެދޭތެރެއަށް ވައިކޮޅެއްޖެހިދާނެތޯ އަވަސްއަރުވާލާފައި ހުރިހެން އެޅެ ކީއްވެތަ އެހެން އެހެދީ އަސްލު އުމްމީދުކޮށްގެން ހުރީ އާކައިވެނީގެ ރޭވަރަށް ސަޅިކޮސް ގެނެސްދޭނެކަމަށް، މާބޮޑަށް ހިތްއަވަސްކޮށްލައިގެން ވަރަށް ބޮޑަށް ޝޯޓްކޮށްލާފަހުރިކަން ފާހަގަކުރެވޭ. ދެން މިބަޔާއި ދޭތެރޭގައި ބުނެލާލީ މިވީގޮތް ވވވވވވ ފޫއްސޭ ތިން ނަމުގެގެ ބަޑިއެއް އިބިލީހެއް ފާވާހެން އައިސް އެއޮށް ފާވެގަތް ގޮތް ނިކަން ދެކިބަލަ މިސް މިސް މިސް މިސް...... .......... އެނޫނީ އެކުއްޏަށް ހަމަ ނުފެނުނީތަ ކުރާނެ މޮޅުކަމެއް، ފުރަތަމަ ހީވީ ހާލިދުގެ ބޮޅުގައި ރީތި ލައްގަނޑެއް ޖައްސަން އުޅުނުހެން، ދެން އެއަށްފަހު ހީވެސް ނުކުރާގޮތަކަށް ވާހަކައިގެ މިސްރާބް ބަދަލުވެގެން އެދިޔައީ މިވެސް މީ އިންސާނުން އުޅެންވާނެ ގޮތްތަ؟؟؟؟ ސޮފް މައިކަލާކޯ ނެކްޓް ޕާރޓްގައި މިހާސަރު އެހާދިގު ނުކުރާތި ފޫހިވެގެން މަރުވެދާނެ. އުމްމީދުކުރަން އިނާގެ ދެމަފިރިންނަށް ވީހާ އަވަސް ގޮތަކަށް ހަމަޖެހޭ ދިރިއުޅުމެއް ލިބުމަށް އިނާގެ ހިތުގައިއެވާ ޝައްކާއި ވަހުމުގެ ވަބާ އަވަހަށް ފުހެވި ނުގުޑާފަދަ ކުނިކޮޅަކަށްވެސް ނުވަދެވޭފަދަ ފާގަތި ދިރިއުޅުމެއް އުޅުމަށް. ސޮފް ޓޭކް ކެއަރ
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ލަޔާލްގެ ދިގު ކޮމެންޓަށް ބުނަން އޮތީ........ސޮފާ ހީކުރި ގޮތް މިހާރު ތިވީ އިނގޭ......ގިނަ ކިއުންތެރިންތަކެއް މައްސަލަ ޖެއްސީ މި ވާހަކައިގަ ހާސަރު ގިނައީއޭ ކިޔާފަ. ދެން އެކަމަކު ސޮފާއަށް އެނގޭ އެއީ ހާސަރެއް ނޫންކަން. މި ވާހަކައިގެ އެންމެ މުހިއްމު ބައިކަކންނޭނގެ އެ ދެމީހުންގެ ކައިވެންޏަކީ. އެ ކައިވެނީގެ ފަހުން ދެން އެމީހުންނަށް ވާން އޮތް ގޮތް އެނގެނީ ސޮފާއަށް ކަމަށްވާތީ، ސޮފާ އައީ ކައިވެނީގެ ބައިވެސް ތަފްޞީލްކޮށް ގެނެސްދެމުން. އެކަމަކު އެހެން އެއްވެސް ދުވަހެއްގަ ނުލިބޭހާ ނުރުހުން އެ އެޕިސޯޑްތަކަށް ލިބުނު. ދެން ސޮފާ ބެލީ ކިއުންތެރިންގެ ތާއީދު ލިބޭނެ ގޮތަކަށް ގެނެސްދެވޭތޯ. އެހެންވެ ކައިވެންޏާއި ހަމައަށް ތަފްޞީލް ކޮށްފައި، ކައިވެނީގެ ރޭގެ ވާހަކަ ކުރުކޮށްލީ. ރަނގަޅުވާނީ އެގޮތް ކަމަށް ހީކޮށް. އެކަމަކު މިހާރު އެނގިއްޖެ އެގޮތްވެސް ކަމު ނުދިޔަކަން. ލަޔާލް ނޫނަސް އެތައް ކުދިންނެއް ބުނެފި އެހާ ކުރުގަޅުވާލާފަ ހުރީ ކީއްވެހޭ. އަނެއްކާ ހަމަ މެޖޯރިޓީ ކުދިން ބުނެފި ވާހަކަ ދެން ނިންމަން އުޅޭށޭ. ފޫހިވެއްޖެއޭ....ދެން އެކަމަކު ސޮފާ މިދަނީ މި ވާހަކަ ފެށިއިރުވެސް ޕްލޭން ކޮށްފައި އޮތް ގޮތަށް ގެނެސްދެމުން. ހަމަ އެގޮތަށް މިބައިވެސް މިއީ ވާހަކައިގެ އެންމެ މުހިއްމު އެއްބަޔަށް ވާނެ. ކިއުންތެރިންގެ ހިތުގައި މިހާތަނަށް އުފެދިފައި ހުރި ހުރިހާ ސުވާލެއްގެ ޖަވާބު ލިބެން ފަށާ ހިސާބު މިއީ. އެކަމަކުވެސް ލަޔާލް ތިބުނީ ހާސަރޭ. ކިހާ ދެރަވާނެ ސޮފާ. އެކަމަކުވެސް ހިތްވަރު ކޮށްފަ ކުރިއަށް ދާނަން. ވާހަކަ ނިންމޭތޯ މަސައްކަތް ކުރާނަން. ޔޫ ޓޫ ޓޭކް ކެއަރ ލަޔާލް. ވަރަށް ދުވަސްފަހުންވިޔަސް ކޮމެންޓެއް ކޮށްލީތީ އުފާކުރަން.
އެނަލިސްޓް: ލަޔާލްގެ ހިޔާލަށް ތާއީދުކުރަން.އެކަމު މީ ހާސަރެކޭ ނުބުނާނަން. މިބައިވެސް ވަރަށް ފުރިހަމަ. ހަމަ އެނަލިސްޓް ލަފާކުރި ގޮތަށް މިދަނީ. ސޮފާ އަށް ބުނެލަން އޮތް ވާހަކަ އަކީ 56 ވަނަ ބައި ދެވަނަ ފަހަރަށް އަޕްލޯޑް ކުރީމަ ވަރަށް ދެރަވި. ހިތަށްއެރި ސޮފާ ވަރަށް ހިތުގަ ޖެހުނީމައޭ އެހެން އެހެދީ..އަސްލު ސޮފާގެ ސިފަކުރުންތައް ވާހަކަ އަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ. ސޮފާ އަށް ކާމިޔާބީއަށް އެދެން.
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އާނ އެނަލިސްޓް. ހިތުގަ ޖެހުނު. ދެރަވި.....އެކަމަކު ކިއުންތެރިންގެ ތާއީދު ދޯ ސޮފާމެން ކަހަލަ، މޮޅު ލިއުންތެރިއަކަށް ވެވޭތޯ މަސައްކަތް ކުރާ މީހުންނަން އޮތްހާވެސް އެއްޗަކީ. އެހެންވީމަ އެ ފާޑުކިއުންވެސް ރަނގަޅަށް ބަލައިގަތީ. ތިމާ ކުރާ ކަންތަކާ ޚުދު ތިމާއަށް އޮންނަ އަމިއްލަ ޔަގީންކަމާއި އިތުބާރުވެސް ބައެއްފަހަރަށް ގާތް މީހާ ބުނެލާ އެންމެ ދެތިން އެއްޗަކުން ގެއްލިދެއެއްނު ބައެއްފަހަރަށް ދޯ؟ އެއީވެސް އެކަހަލަ ކަމެއް. އެކަމަކު މިހާރުވެސް 56 އާއި 57 ކިޔާލީމަ، އެއީ މި ސޮފާ ލިޔެފަ އޮތް އެއްޗެކޭ ބުނަންވެސް އުނދަގޫ. އެހާވެސް ކޮށި އެބައިތައް. ދެން އެކަމަކު އަޅާނުލަމާ ދޯ؟ ތި ހެޔޮ ދުޢާއަށް ޝުކުރު އަދާކުރަން. ހިތުގެ ފުންމިނުން.
އެނަލިސްޓް: ރަނގަޅު ވާހަކައެއް ތި ބުނީ. ލިޔުންތެރިޔަކަށް ކުރިއަށް ދެވޭނީ ކިޔުންތެރިން ހިތްހަމަ ޖައްސައިދީގެން. ސޮފާގެ މަސައްކަތަށް ތައުރީފު ޙައްޤު. އެނަލިސްޓް މިއަންނަނީ ސޮފާގެ ވާހަކަތައް ކިޔަމުން. އެކަމު މިހިސާބަށް އައިމަ ކޮމެންޓް ކޮށްނުލާ ނުހުރެވުނީ. ހިތުގައޮތް އެއްޗެއް ސޮފާއާ ހިއްސާކޮށްލަން ބޭނުންވީ... ތިގޮތަށް ކިޔުންތެރިންނާ ގުޅިގެން ކުރިޔަށް ދޭ. އެނަލިސްޓެ ހެޔޮދުޢާ ސޮފާއާއެކު....
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ތި ޚިޔާލާއި ހެޔޮ ދުޢާ އަށް ޝުކުރިއްޔާ. ކުރިއަށް ދެވޭތޯ މަސައްކަތް ކުރާނަން.


http://www.muraasil.com/images/comment_reply.pngPosted on 2011-10-06 23:31:50 | Report this Comment
އަސްލު މިވާހަކަ މިހިސާބުން އަޅުގަނޑުގެ ޚިޔާލެއް ބުނެލާ ހިތްވީ. ހީވާ ގޮތޮން ލީނާގެ ޙަޤީޤަތް ހާމަ ނުކޮށް ތަންކޮޅެއް ފަހުން ހާމަ ކުރަން ބޭއްވިނަމަ ވ. ރީތިވީސް ކަންނޭނގެ. އޭރުން ކިޔުންތެރިންނަށްވެސް ނޭނގޭނެ ދޯ ކަންތައް ވެފަހުރި ގޮތެއްވެސް، ކިޔަމުންދިޔަ އިރު އުއްމީދު ކުރަމުން ދިޔައީ އެގޮތަށް ކަމަށް ކުރިއަށް ގެންދާނީ. އެކަމަކު މި ޕާރޓް ނިމިގެން ދިޔައިރު ލީނާގެ ޙަޤީޤަށްވެސް ކިޔުންތެރިންނަށް އެނގިއްޖ،. އޭނަ ކުރާ ކަންތައްވެސް އެނގިއްޖެ މަޤުޞަދުވެސް. މީ ހަމައެކަނި އަޅުގަނޑުގެ ޚިޔާލެއް އިނގޭ! ވަރަށް ޝައުޤުވެރިކަމާއެކު ކިޔާލެވޭ ވާހަކައެއް މީ. އަބަދުވެސް ކާމިޔާބަށް އެދެން. ޝުކުރިއްޔާ :)
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝާޑުއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ޝައުގާއެކު މި ވާހަކަ ކިޔަމުންގެންދާ ކަމަށްޓަކައި އިނގޭ. ދެން ޝާޑުގެ ތި ޚިޔާލުވެސް ވަރަށް ގަބޫލުކުރެވިއްޖެ. ބުނަން އޮތީ އެންމެ އެއްޗެއް. ވާހަކަ ނިންމަން މިހާރު ބޭނުންވަނީ.......ޕްލޭން ކޮށްފަ ހުރި ހުރިހާ ޕޮއިންޓްތައް ހިމަނައިގެން، މިހާތަނަށް ކިއުންތެރިންގެ ހިތުގައި ހުރި ސުވާލުތަކަށް ޖަވާބު ހޯދައިދީފަ ވާހަކަ ނިންމުމަށް މިސްރާބް ޖަހާފަ މިހާރު މިހިރީ. އެހެންވީމަ ކަންނޭނގެ ތިބުނާ ގޮތްވެފަ އެހެރީ. އެކަމަކުވެސް ކަމުދާ ކަމަށް ހީކުރަން.


http://www.muraasil.com/images/comment_reply.pngPosted on 2011-10-07 01:29:51 | Report this Comment
އަލޭ ޑިއާރ.ތިހެން ނުހަދާ!! ނަވީން އާ އިނާ ދުރު ނުކުރޭ....ޕްލީޒް :(
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ދެން ސޮފާ ވެސް އެހެން ނަހަދާނެނު.........ހެހެހެހ.........ދެރަ ނުވޭ އިނގޭ. އަދި ރަނގަޅުވާނެ.


http://www.muraasil.com/images/comment_reply.pngPosted on 2011-10-07 03:11:00 | Report this Comment
varah ufaavey fathis thari mihaaru regular koh komme dhuvahaku vaahaka up kuraathy..hageegathugaves miee muraasil in mihaathanah kiyunu vaahaka thakun huriha gothakun first dheyne vaahaka..publish kuran kufoo hamavaa hamaekani vaahaka..aslu 27th part shazy ah eha kamakunudhey maa kurugalhuvaafa huryma..but 28 and 29 obinoavey..varah hiyhamajehey..dhen e leena gandu dheke haadha foosseh veyey..ina keehve gaboolu kuree...inaa gaboolu kureema kada..let her find truth by herself..sofa ge vaahakaige varah faahanga kurevey kameh bunantha...meehunge physical appearence ahvure bodah feelings thah describe kohdheefa hunnany..i like that style..it makes story very real and touching..aslu human emotions and feelings are very important dho!...fathisthari ah hama saabas1..thigothuga kuriyah dhaathi...sofa ah huriha gothakunves Allah kaamiyaabu dhehvaashi!..:):)
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހަމަ ބޮޑުބޮޑު ޝުކުރިއްޔާއެއް ބުނެލާހިތްވަނީ...........ބަލާނަން ގަވާޢިދުން އަޕްލޯޑް ކުރެވޭތޯ އިނގޭ. އެންޑް ބައި ދަވޭ..........އައި ލައިކް ވަޓް ޔޫ ސެޑް. ޔޯރ ބިލީފްސް އާ ސޯ މަޗް ލައިކް މައިން.....ތޭންކްސް.
http://www.muraasil.com/images/reportAbuseIcon.gif
ޝަޒީ: ތެންކްޔޫ ފަތިސްތަރި..ޔޫ އާރ ސޯ ސްވީޓް...:)...ވަރަށް ވަރަށް ހެޕީ


http://www.muraasil.com/images/comment_reply.pngPosted on 2011-10-07 11:00:58 | Report this Comment
އާނ...މިހާރު އެނގިއްޖެ މިވާގޮތް.....ހަމަ ވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވ އޮބިއޭ ބުނެވޭނީ. ވަރަށް ފައްކާ.....ސޮފް އަނެއްބައި ކޮން އިރަކުން؟؟؟
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އެނގިއްޖެ ދޯ....ހެހެހެހެހެ.........


http://www.muraasil.com/images/comment_reply.pngPosted on 2011-10-07 11:01:48 |
އަޅޭ.އެހެރާ ފާތިންއެއް...މަރާލާ...އަލިފާނަށް ލާ....ނުލަފާ އަންހެން އެއްޗެއް.....
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހެހެހެހެ..................ވަރަކަށް ފިލްމު ބަލާފަ ދޯ ތިހިރީ.


http://www.muraasil.com/images/comment_reply.pngPosted on 2011-10-07 11:33:03 | Report this Comment
އަޅެ އަޅެ އަޅެ...އަނެއްކާ އިނާ ފަކީރަށް ހާލުގަ ޖެހެނީ ދޯ؟ ސޮފް އެހެން ނަހަދަބަލަ އިނާއަށް. އެދެމީހުން ގުޅުނާތަވެސް އަދި އެހާ ދުވަހެއް ނުވޭ. ފާތިން އެ ދެއްކި ވާހަކައިގަ ކޮންމެވެސް ވަރަކަށް އެބަހުރި ދޯ ހަގީގަތް . ނަވީން އަސްލުވެސް ދެކޮޅުން ކަޓްޖެއްސީއޭވެސް ތާތު ހިތަށް އެބައަރާ.
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ދެން ސޮފާ ކީއްކުރާނީ. ވާހަކަ ޕްލޭން ކުރެވިފަ އޮތް ގޮތަށްނު ދާނީ ދޯ.


http://www.muraasil.com/images/comment_reply.pngPosted on 2011-10-07 13:05:57 | Report this Comment
އަޅެ މައި ޑިއަރ އިނާ އެހާލުގަ އިންދާ އޭނަ ދެރަ ނުކުރޭ................. ލީނާ ގެ ކަންތައް ނަވީން ކައިރީ ބުނާނެ މީހަކު ވާނެނަމަ..................
http://www.muraasil.com/images/reportAbuseIcon.gif
މަ: އަހަރެން ބުނެފާނަން ސައު..


http://www.muraasil.com/images/comment_reply.pngPosted on 2011-10-07 13:36:22 |
vara nice leena meehaadha kanthabodu meehekeii


http://www.muraasil.com/images/comment_reply.pngPosted on 2011-10-07 13:50:19 |
ޚާލިދުއަށް ފާތިން ނޫނީ ލީނާ ނޭގެންވީ ކީއްވެ؟ މާލެއިން ޒިޔާދު އާއެއްކޮށް ލީނާ ފެނުނެއްނުން؟..
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: "ހިއެއް ނުވޭ ސަބަބު އެހެން މީހަކު ޖެހޭނެހެނެއް ޒިޔާދުއަށް އައިސް ބުނެދޭކަށް. " ކާރުގެ ތެރޭގައި އިށީނދެލައިގެން އިން އަންހެންކުއްޖާއަކީ ކާކުކަން ޚާލިދުއަށް އެހާ ރަނގަޅަށް ނުފެނުނު ނަމަވެސް އެއީ އިނާ ކަހަލަ ޒުވާން އަންހެންކުއްޖެއްކަން ޚާލިދުއަށް އެނގެއެވެ. އެހެންކަމުން އިތުރު ސަބަބެއް ބޭނުން ނުވާނެކަމަށް ޒިޔާދު އާއި ދިމާލަށް ޚާލިދު ބުނެލީ ކާރަށް އިޝާރާތް ކުރަމުންނެވެ. އެއީ 40 ވަނަ ބައިގަ އިން ތަންކޮޅެއް. އެއީ ކަންނޭނގެ ނިޒޫ ތި ބުނި ހިސާބަކީ ދޯ؟ އެކަމަކު އެތަނުން ޚާލިދުއަށް ލީނާ ފެނިފައި ނެތްކަން އަންގަދީފަ ސޮފާ އެ އިނީ......އެއީ މި ދުވަސް މިހެން އަންނާނެކަން އެނގޭތީ އެބައިގަ އެހެން ހެދީވެސް. ހޯޕް އިޓް އިޒް ކްލިއަރ ނައު. ނޫންތަ ؟؟؟


http://www.muraasil.com/images/comment_reply.pngPosted on 2011-10-07 17:42:03 | Report this Comment
ސޮފާ... ކޮންކަހަލަ ޓްވިސްޓެއްތަ ތިގެނައީ...ހެހެހެ.. މި ޓްވިސްޓާމެދު ޝިފާ ދެކޭގޮތް ބުނެލާނަން... މިބުނަން އުޅޭ ކޮމެންޓްގެ މަތިން ސޮފާ ހަނދާން ހުންނާނެ ކަމެއް ނޭގެ ...ނަވީން އިނާއާއި މެރީކުރަންވެގެން ފުރަންދާ ނުކުންނިކޮށް އެބައި ނިމިފަ އިންނާނީ.. ނަވީން މަންމަކައިރީ ހުރެފަ...ދެން އެދުވަހު ޝިފާ ކޮމެންޓް ކުރިން އަނެއްކާ މަންމަ މޮޅު އެކްޓެއް ޖައްސާފަ ނަވީން ހުއްޓުވާނީ ނޫންބާއޭ.. ދެން ސޮފާ ދިން ޖަވާބަކީ ކަނބުލޯ އޭ މީ ހިންދީ ޑްރާމާ އެއް ނޫނޭ... މީހުން މޮޅު އެކްޓް ޖައްސަން...ކޮބާ ލީނާ މިފަހަރު އެޖެއްސީ ހަމަ ހިންދީ ޑްރާމާ ތަކުގަ ޖައްސާއެކްޓެއް ނޫންބާ އޭ މިހިތަށް އަރަނީ....ހެހެހެހެހެހެހހެހެހެހެހެހ
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ބުނަން ތިއުޅެނީ މި ވާހަކަ ހިންދީ ޑްރާމާއަކަށް ވީއޭތަ؟ ނޫނީ....؟؟؟؟ ސޮފާ ގެ ވާހަކަތައް އަންނަ ގޮތަށް ބަލައިފިއްޔާ ޝިފާއަށްވެސް އެނގޭނެ ކޮންމެ ވާހަކައެއްވެސް ފެށިގެން އަންނަނީ "އޮޅުންބޮޅުންވެފަ އޮންނަ ބަރަންޏެއްހެން" ކަން......ނިމޭއިރުކަން އޮޅުންފިލަނީ.....މީގަވެސް މިވަނީ އެގޮތް. ދެން އެކި މީހުން ދެކޭނީ އެކި ގޮތް ދޯ؟
http://www.muraasil.com/images/reportAbuseIcon.gif
ޝިފާ: ހެހހެެހެހެހ.. ޑްރާމާތަކުގަހެން ލީނާވެސް އެޖެއްސީ މޮޅު އެކްޓެއްވީމާ އެހެން މިބުނީ އަސްލު... އެކަމު ނަވީން މަންމަ އެކްޓް ޖައްސަފާނެއޭ ޝިފާ ބުނިމާ ސޮފާއެނު ބުނީ މީޑްރާމާއެއް ނޫނޭ އެކްޓްޖަައްސަން.ހެހހެހެ. ލީވް އިޓް އަ ސައިޑް...ދެން އޯކޭ... މިގޮތްވެސް ހަމަ ސަޅިއޭ.... ވެއިޓިންގ ފޮރ ދަ ނެކްސްޓް ޕާޓް.....
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: މަސައްކަތް ކުރާނަން ހިންދީ ޑްރާމާއަކަށް ނަހަދާ ވޭތޯ. ޝުކުރިއްޔާ.


http://www.muraasil.com/images/comment_reply.pngPosted on 2011-10-08 00:47:10 | Report this Comment
http://www.muraasil.com/images/icons/comments_user.gif:
ސޮފާގެ ސްޓައިލް ހަމަ ބެސްޓް... ބަދަލު ނުކުރައްޗޭ... ސިފަ ކުރުމާ އެކީ ހަމަ ކަމުދަނީ. ދެން އެހެރަ އުޅޭ ލީނާއެއްދޯ؟ ކިހިނެއް ވެގެންތަ އެއުޅެނީ؟ ހިނގާބަލަ އޭނަ މައިތިރި ކޮށްލަން ސޮފާ.... ވަރަށް ރީތި އިނގޭ، ހީވަނީ ދެން މިއުޅެނީ ހުރިހާ ކަމެއް ސާފުވާން ހެން... އައި ލައިކް އިޓް... ކީޕް އިޓް އަޕް ސޮފާ... ގުޑް ލަކް!!!
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ.........ހެހެހެހެ.........ކީއްވެތަ ނަން ނީންނަނީ ފެންނަން.


http://www.muraasil.com/images/comment_reply.pngPosted on 2011-10-08 06:55:34 | Report this Comment
ސޮފާ، އިނާ އާއި ނަވީންގެ ދޭތެރޭ މައްސަލަޖެހެންތަ އެއުޅެނީ؟ އެދެމީހުން ނުލާހިކު ލޯބިން އުޅޭއިރު މައްސަލަ ނުޖައްސައްޗޭ އިންގޭ.އަބަދު އިނާއަށް ރޯންޖެހެނީ ކީއްވެތަ؟ ކީއްވެ އިނާ އެހާފަސޭހައިން މީސްމީހުން ބުނާހާއެއްޗެއް ތެދެއްކަމަށް ހީކޮށްގެން ހުންނަނީ؟ އެ ލީނާ ދޮގުހަދައިގެން އެއުޅެނީ ނަވީންގެ މަންމަ އާއި ދެމީހުން ރާވައިގެންތަ؟ ނޫނީ ޒިޔާދު އާއި ދެމީހުން ރާވައިގެންތަ؟ އަޅެ ޒިޔާދު އަށާ ނަޖުމާއަށާއި ދެންތިބި އެންމެނަށްވެސް އެ ލީނާގެ ނުބައިކަން ފަޅާއަރުވާލަބަލަ އަވަހަށް. ސޮފާ ސަޓަރޑޭގަ ދެންއޮތް އެޕިސޯޑް އަޕްލޯޑް ކޮއްލަދީބަލަ ޕްލީސް،،،،
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އެ އުޅެނީ ވަރުގަދަ ކަންތައްގަނޑެއް އަންނަން އެ ދެމެދަށް. އެކަމަކު ދެން މިދަނީ ވާހަކަ ނިމެންށެއްނު ދޯ. ދެން ދާނީ މަޑުމަޑުން އެނގެމުން ތި ބުނި ހުރިހާ ކަމެއް. ކިޔައްޗޭ އިނގޭ.


http://www.muraasil.com/images/comment_reply.pngPosted on 2011-10-08 13:13:16 | Report this Comment
vara foohi..hindhi drama akaa vataru..
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އަސްލުތަ؟ ހާދަ ދެރައޭ؟ އެހެން ނުވެ ވޭތޯ ބަލާނަން އިނގޭ.


http://www.muraasil.com/images/comment_reply.pngPosted on 2011-10-08 18:29:29 | Report this Comment
އިނާ އެއީ ދެން ގަމާރެއްތަ؟؟؟؟ އެހުރިހާ ވާހަކައެއް ތިމާގެ ފިރިމީހާއޭ ކިޔައިގެން ދައްކާއިރު އެކައްޗެއް ވެސް ފާތުންނާ ދެކޮޅަށް އެއްޗެއް ނުބުނެ އިންނަށް.ހިޔެއްނުވާ ދެން އެހާ ލޯބިވާ މީހެކޭ ކިޔައިގެން އެކަހަލަ ވާހަކަތަކެއް ދައްކާއިރު އަޑު އަހައިގެން މަޑުން އިންނާނެ ހެން. އެހެން ވަނީ ހަމަ އެކަނި ފިލްމް ތަކުގަ.
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އިނާގެ ކެރެކްޓަރ މުޅި ވާހަކައިގަވެސް ގެނެސްދީފަ ހުރި ގޮތަށް ބަލާއިރު، އެތަނުގައި އިނާ ގިނަގިނަ ސުވާލުކޮށްފިއްޔާ އައުޓް އޮފް ކެރެކްޓަރ ވާނެކަމަށް ސޮފާ ބަލާފަ އެ އިނީ. އަނެއްބައި ލިޔާއިރު ތިކަންތަކަށްވެސް ވިސްނާނަން އިނގޭ.
http://www.muraasil.com/images/reportAbuseIcon.gif
ކުޑޭ: ޝުކުރިއްޔާ.މީހުން ދޭ ނެގެޓިވް ކޮމެންޓް ވެސް ބަލައިގަނެގެން ދޯ ކޮންމެ ކަމެއް ވެސްކުރި އަރާނީ.އިރާދަކުރެއްވިއްޔާ ތީ މޮޅު ވާހަކަ ލިޔުންތެރިޔަކަށް ވާނެ.
http://www.muraasil.com/images/reportAbuseIcon.gif
ކުޑޫ: އިނާއަކީ ގަމާރެއް ނޫން. އިނާގެ ޝަޚްޞިއްޔަތު ގެނެސްދީފަ ހުރިގޮތް އެގޭނަމަ ތިހެން ބުނަން ކެރޭނެބާއޭ ހިތަށް އަރާ. ކުޑޭ އަށް ހިތަށް އެރި އެއްޗެއް ބުނެލަން ފަސޭހަ ވިޔަސް ބައެއް މީހުންނަކީ ހިތަށް އަރާހާ އެއްޗެއް ދުލުން ބޭރުކޮށްލާ ބައެއްނޫން.
http://www.muraasil.com/images/reportAbuseIcon.gif
ރީތި: ހެހެހެ. އިނާއެއް ނޫނޭ ގަމާރަކީ ކުޑޭއެއްނުދޯ! އަމިއްލައަށް އެކަން ޕްރޫފް ކޮށްދީފަ ތި އޮތީ. މި ދުނިޔޭގަ އުޅެނީ ހަމައެކަނި ކުޑޭ ފަދައިން ޝުޢޫރުފާޅުކުރާ މީހުނެއް ނޫނޭ. ވިސްނާލިންތަ އެކަމާ. އެއްޗެއް ބުނާ އިރު މި ބުނެވެނީ ކީކޭކަން އެގިގެން ބުނުން ވަރަށް މުހިންމު. އަނެކާއަށް އިގިލި ދިއްކުރާ އިރު އަނެއް ހަތަރު އިގިލި އަމާޒު ކުރަނީ ތިމާ ތިމާއަށް. ނޫންތަ ކުޑޭ. ކުޑޭ ކަތިލާފަ ދެން ދޭން އުޅުނީމަވެސް އެބަ އެނގޭ ތީ ހަމަ ފައްކާ ގަމާރެއްކަން. މަ ހީހީ ހަލާކު. ފަތިސްތަރި މިފަދަ ކޮމެންޓްތައް ބަލައިގަންނަކަމީ ހިތްތިރިކަމުގެ އިންތިހާ. މިހާރުވެސް ތީ މޮޅު ލިޔުންތެރިއެއް. ތިގޮތުގައި ސާބިތުވެ ހުރުން އެދެން.


http://www.muraasil.com/images/comment_reply.pngPosted on 2011-10-08 18:40:53 |
ފޫހިވަންނާ ނުކިޔާ. މިވާހަކަ ވވވވވވވވ އޮބި. ތިގޮތުގަ ކުރިއަށްދޭ. އެކަމް އެހާ ދިގުނުކުރަށްޗޭ ދެން.
ސަޕޯޓަރު: އެ ތެދެއް.ފޫހިވަންޏާ ނުކިޔާ.ސޮފް ނުދެއެއްނު ތިމީހުން ބަލާ.
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އާނ ދެން އެހާ ދިގެއް ނުވާނެ. ގައިމުވެސް ދިޔަ ބައިތަކަށްވުރެ މަދުވާނެ ދެން ހުރި ބައިތައް.
ދޮންދީނި: ފޫހިވާ މީހުން މިސައިޓަށް ވަދެފަ މިވާހަކަ ނުކިޔާ ހުރީމަ ނިމުނީނު؟ ދޯ ސޮފާ؟؟؟
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އާނ ދެން އެހެންތާ ދޯ އެކަން އޮންނާނީ.
foohi: މި ތި ދޮންދީނި ނޫނީ ތި ސޮފާއޭ ކިޔާ މިހާގެ ސައިޓްއެތަ "މިސައިޓަށް ވަދެފަ މިވާހަކަ ނުކިޔާ ހުރީމަ ނިމުނީނު" އެހެން ބުނަން. ދިސް އިޒް އަ އޮޕަން ސައިޓް. ސޯ ކޮންމެ މީހަކަވެސް މިސައިޓްއަސް ވަދެ އެމީހަކު ބޭނުން ވާހަކައެއް ކިޔުމުގެ މިނިވަންކަން އެބައޮތް. ހީވަނީ މި ސޮފާއެކަނި ވާހަކަ ލިޔާ ސައިޓެހެން. ސޮފާއަށް ވާހަކަ ލިޔަން އިނގޭތީ ދެން އެކަމާ ވަރަށް ބޮޑާ ވެފަ ދޯ ތިހުންނަނީ. ތިކަހަލަ މީހުންވެސް އުޅޭނެ. ދެން ދޮންދީނިއަށް ކީ ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް. އަމިލަކަމަކާ އުޅެން ވީނު ދޯ. މި ސައިޓް ގަ ހަމައެކަނި ތި ދޮންދީނިގެ ހިޔާލުތަ ފާޅު ކުރެވެނީ. ތިކަހަލަ މިހުން އުޅޭނި ބެހިފަ ނުބެހޭނެ ކަމައް ނޭގިގެން. ތީނަވެސް މަވެސް މި ސައިޓް އަށް ވަންނަނީ ވާހަކަ ކިޔަން އެހެންވެ ތި ދޮންދީނިއާދިމާލަށް މިތަ އަދި ޗުއްޕު ވެސް ނުބުނޭ ދޯ. އެހެނވެ ނުބެހޭ ކަންތަކާ ނުބެހޭނީ. އެކަންނޭގެ އެންމެ ރީތި ގޮތަކީ. ދެން ސޮފާ ބުނޭ މަ ކޮންފަ އިން ކޮމެންޓް އަކީ އެވެސް ކަހަލަ ތާކުން ތާކުން ނުޖެހޭ ކޮމެންޓް އެކޭ. މަށަ ހީވި އެއްޗެ ދޯ މަ ޖަހާނީ. ވާހަކަ ކިޔާފަ ހަޑިޔަސް ދެން މަ ވީ ހާދަ ސަޅިއޭ ހަދަ ސަޅިއޭތަ ކިޔަން.
ދޮންދީނި: މަބުނީ ތިހެނެއް ނޫން. މަ އެއް ފަހަރުވެސް ބުނިން ތަ، ''ދިސް އިޒް އަ އޮޕަން ސައިޓް.'' އެއް ނޫނޭ، މަބުނީ ފޫހިވާ މީހުން މިސައިޓަށް ވަދެފައި ސޮފާ ލިޔާ ވާހަކަ ނުކިޔާށޭ.'' މި ސައިޓް ގަ ހަމައެކަނި ދޮންދީނިގެ ހިޔާލު ފާޅު ކުރެވެނީ'' މިިހެން ބުނިންތަ، 1 ފަހަރުވެސް؟
އެނަލިސްޓް: ލިޔުންތެރިޔާގެ އަމިއްލަ ޚިޔާލަށް ލިޔާ ވާހަކައެއް ހުރިހާ ކިޔުންތެރިންނަށް ކަމުދިޔުން ލާޒިމެއް ނޫން..ބިނާކުރަނިވި ފާޑުކިޔުމަކީ ލިޔުންތެރިންގެ ކުރިއެރުން...ނަމަވެސް މިތަނުން މިހާރު މިފެންނަކީ ވަރަށް ހިތާމަވެރި މަންޒަރެއް... އަޅުގަނޑާ ނިސްބަތްކޮށް އެއްޗެއް ބުނެފައި ނެތެއްކަމަކު ހަމަ އެއްޗެއް ނުބުނެ ނުހުރެވުނީ.. ހަސަދަވެރިކަމަކީ ވަރަށް ނޭދެވޭ ސިފައެއް.. ތިމާ ހިތް ހަމަ ނުޖެހޭ ކަމެއް މީހެއްގެ ފުށުން ފެނުނީމަ ކަންތައް ކުރަންޖެހޭ ގޮތެއްނޫން މީ... ލިޔުންތެރިޔާ ތިޔައިން އެއްވެސް ކޮމެންޓަކަށް ނޭދެވޭ އިބާރާތަކުން ޖަވާބު ދީފަ ވަނިކޮށް އަޅުގަނޑަކަށް ނުފެނޭ... ކިޔުންތެރިއަކަށް މިވާހަކަ ކަމުނުދިއުން އެއީ އެއްވެސް މައްސަލައެއް ނޫން... ކަމުނުދާ ނަމަ އެކަމު ނުދިޔަ ސަބަބެއް ބުނެލުން ވެސް މައްސަލައެއް ނޫން.. ދެން އެހާ ފޫހި ވާހަކަ އެއް ނަމަ އެއްވެސް މީހަކު މަޖުބޫރެއް ނުކުރޭ މިވާހަކަ ކިޔާކަށް.. ކޮންމެ ކަމެއްގަވެސް އޮންނަ ރިވެތި އުސޫލު އިޚްތިޔާރު ކުރުމަކީ ބުއްދިވެރިންގެ ގޮތް. ތިގޮތަށް ހިތަށް އައިހާ އެއްޗެއް ކިޔުމަކީ އަދަބު އަޚްލާޤެއް ނެތް މީހުންގެ ގޮތް.. ސުލްހަވެރިކަން ނަގާލާ މީހުންގެ މެދުގަ ނަފްރަތާ ރުޅިވެރިކަން އުފައްދަން އުޅުމަކީ ވަރަށް ދެރަ ކަމެއް.....
ދޮންދީނި.: އަސްލު ދޮންދީނި އަކީ މީހަކު ނުރުހުމުގެ ބަހެއް ބުނަން ޖެހޭ ވަރުގެ ބަހެއް ބުނި ކުއްޖެއްނޫން. ދޮންދީނި ބުނީ އެނަރލިސްޓް އެބުނި ހެން އެހާ ފޫހި ވާހަކަ އެއް ނަމަ އެއްވެސް މީހަކު މަޖުބޫރެއް ނުކުރޭ މިވާހަކަ ކިޔާކަށް.. އެމީހަކަށް ރީތި ލިޔުމެއް އެމީހަކު ކިޔާ!ހިތަށް އައިހާ އެއްޗެއް ކިޔުމަކީ އަދަބު އަޚްލާޤެއް ނެތް މީހުންގެ ގޮތް.. ސުލްހަވެރިކަން ނަގާލާ މީހުންގެ މެދުގަ ނަފްރަތާ ރުޅިވެރިކަން އުފައްދަން އުޅުމަކީ ވަރަށް ދެރަ ކަމެއް..... ދޮންދީނި އެދެނީ މިހާރުން ފެށިގެން ރުޅިވެރިކަން ނައްޓާލުމަށް. ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ދޮންދީނި ދުވަހަކުވެސް ދެރަ ނުވާ ވަރަށް ދެރަވި
އެނަލިސްޓް: "ދޮންދީނި: ފޫހިވާ މީހުން މިސައިޓަށް ވަދެފަ މިވާހަކަ ނުކިޔާ ހުރީމަ ނިމުނީނު؟ ދޯ ސޮފާ؟؟؟" މި ކޮމެންޓްގައި މީހަކު ހިތްހަމަ ނުޖެހޭން ޖެހޭވަރު އެއްޗެއް ވާކަމަކަށް ނުދެކެން.. އަދި "vara foohi..hindhi drama akaa vataru.. :foohi" މި ކޮމެންޓް ކުރިމީހާގެ ކޮމެންޓަށް ނުރުހިގެން ބުނި އެއްޗެއް ކަމަކަށް ވެސް ނުދެކެން. މި ދެ ކޮމެންޓް މިހިސާބުން ނިންމާލި ނަމަ މީގަ އެއްވެސް މައްސަލައެއް ނެތް. އެކަމު ދޮންދީނި ގެ ކޮމެންޓަށް ދީފައޮތް ރައްދަކީ އެ ކޮމެންޓާ އެންމެ އެކަށީގެންވާ ރައްދެއް ނޫން އަޅުގަނޑުގެ ނަޒަރުގަ... ދޮންދީނިގެ ކޮމެންޓްގައި އެއްވެސް ރުޅިވެރި ކަމެއް ނަފްރަތެއް ފެންނާކަށް ނެތް.. ނަމަވެސް "ފޫހި" ދީފަ އޮތް ރައްދުން ވަރަށް ގިނަ މާނަ ތަކެއް ދޭހަވޭ.. މާ އަވަހަށް ރުޅި އިސްކޮށްފައިވާކަން ފާހަގަ ކުރެވޭ.. ޙަޤީޤަތުގައި މިހެން ނެތްނޫން މިކަން ވާންޖެހޭނީ. އެއްވެސް މީހަކު "ފޫހި" ދެކެ ރުޅިއައިސްގެން ކޮމެންޓް ކޮށްފައެއް ނެތް. ލިޔުންތެރިޔާވެސް "ފޫހި"ގެ ކޮމެންޓް އެވަނީ ބަލައިގެންފަ.. ދެން "ފޫހި" އިތުރަށް ވާހަކަ ކިޔަން ބޭނުން ނޫން ނަމަ ނުކިޔުމުގެ ޙައްޤު އެބައޮތް.. ހަމައެގޮތަށް ކިޔަން ބޭނުން ނަމަ ކިޔުމުގެ ޙައްޤުވެސް އެބައޮތް.. މިއީ ވިސްނާލުމެއް ނެތި ރުޅި އިސް ކުރެވުމުން ވީ ގޮތެއް ކަމަށް އަޅުގަނޑު ދެކެނީ... އަޅުގަނޑު މި ކޮމެންޓް މިކުރީ ވަކި މީހަކާ ޖައްސާލައިގެނެއް ނޫން.. އަދި ވަކި މީހަކު ދިފާޢު ކުރާކަށް ވެސް ނޫން.. މި މައްސަލަ ހައްލު ކުރަންވެއްޖެ ކަމަށް އަޅުގަނޑުގެ އަމިއްލަ ނަފްސަށް ޤަބޫލު ކުރެވިގެން ކުރާ ކޮމެންޓެއް މިއީ... އަޅުގަނޑު ޤަބޫލުކުރަނީ "ފޫހި" އަދި "ދޮންދީނި" ހަމައެހެންމެ ލިޔުންތެރިޔާ ވެސް މިހާރު ބޭނުންވާނީ މި މައްސަލަ ހައްލު ކުރަން ކަމަށް... ރުޅި، ނަފްރަތު އަދި ހަސަދަ އަކީ ދޭދޭ މީހުންގެ މެދުގައި އޮންނަ ގުޅުން ފަސާދަ ކުރުވާ ކަންކަން.. އަޅުގަނޑު އުންމީދު ކުރަނީ މުރާސިލް ގެ ހުރިހާ ކިޔުންތެރިންނަކީ ވެސް މިފަދަ ނޭދެވޭ ކަންކަމުން ދުރުވެ ތިބޭ އެކުވެރި ބައެއްގެ ގޮތުގަ ވާނެ ކަމަށް....


http://www.muraasil.com/images/comment_reply.pngPosted on 2011-10-10 09:29:09 | Report this Comment
ވާހަކަ މިހާރ ވަރަށް ސަޅި. ބަދަލުކޮށްލިގޮތް މީގައި މޮޅީ، އިނާއާ ނަވީން ދުރުނުކުރުވައްޗޭ އޭރުން ވާހަކަ މާކަ ރިތިވާނެހެނެއް ހިއެއްނުވޭ. ދެން އުފެދޭ ސުވާލަކީ ނަވީންގެ ފޯނަށް އެހެން އަންހެންކުއްޖަކު ގުޅާކަން އިނާޔަށް ހަމަ ނޭންގެނީހޭ؟ ދެން ކީއްވެ އިނާ ސުވާލު ނުކުރަނީ
http://www.muraasil.com/images/reportAbuseIcon.gif
ދޮންތަ: ނޭގޭނެތާ! ނަވީން އިނާއާ ވަކިން މާލެ ގޮސް ހުންނަ ވަގުތުގަ ގުޅީމައެއް.


http://www.muraasil.com/images/comment_reply.pngPosted on 2011-10-11 09:09:59 | Report this Comment
މުސޭ ބުނާނީ އަދި މިވާހަކަ ވަރަށް ރީއްޗޭ މަށަށް ދޭށެ
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ސޮފާ ލިޔާ ވާހަކައެއް އެއްވެސް މީހަކަށް ދޭކަށް ސޮފާ ގަސްތު ނުކުރަން. އެކަމަކުވެސް މުސޭ ބުނެފިއްޔާ ދެވަނަ ވިސްނުމަކަށް ދާން އެބަޖެހޭ. ޝުކުރިއްޔާ މުސޭ.


http://www.muraasil.com/images/comment_reply.pngPosted on 2011-10-14 15:42:17 | Report this Comment
ސޮފާ ދެން އަޅެ 1 ވީކްވެއްޖެ،އަދިވެސް ވާހަކަ އަޕްލޯޑެް ނުކުރަމެންނު. ތިވަރަށް ކިޔުންތެރިން ނުތަޅުވަބަލަ ޕްލީސް ...އަޕްލޯޑް ސޫން.........
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ވަރަށް ބޮޑަށް މައާފް މަހާ...........މާލަސްތަކެއް ނުވެ ގެނެސްދޭނަން އިރާދަކުރެއްވިއްޔާ. ފޫހިކަމެއްނެތި ކިޔާކަމަށްޓަކައި ޝުކުރިއްޔާ ވަރަށް ބޮޑަށް.


http://www.muraasil.com/images/comment_reply.pngPosted on 2011-10-21 23:36:37 | Report this Comment
ސޮފާ ކިހިނެއް ތިހަދަނީ؟؟؟މުޅިން ފޫހި ވެއްޖެ...ދުވާލަކު ދިހަ ބާރަ ފަހަރު މި ސައިޓާ ސޮފާގެ ބްލޮގް ބަލަނީ މިވާހަކަ ކިޔާހިތުން....ތިހެން ނަހަދަ ބަލަ ޕްލީޒް....
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ވަރަށް ބޮޑަށް މައާފަށް އެދެން.....ޚުދު ސޮފާއަށްވެސް އުނދަގޫވޭ މިގޮތަށް މެދުކެނޑޭތީ. އެކަމަކު ކީއްކުރާނީ.....ކަންތައް ހުންނަ ގޮތުން ހަމަ ވާ ގޮތް މިއީ.....އެކަމަކު ދެން އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ. އެގޮތަށް މެދުކެނޑުނަސް ފޫހިނުވެ ކިޔާކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރިއްޔާ.


http://www.muraasil.com/images/comment_reply.pngPosted on 2011-11-05 23:26:42 | Report this Comment

1 comments:

Inaa saw leenaa at lecute dhen keeve faathin ey kiyaigen ulhunas neygen vee...soafee asked Inaa, Inaa ekujjeh dhannan tha n she looked at her she saw her b4

 

Post a Comment