🌟🌟Fathisthari Vaahaka🌟🌟

Once upon a time it happened, how it happened is a fiction by me for you.

ފޯންކޯލް - 39 ވަނަ ބައި


މުޅި އާއިލާގައިވެސް ބަސްކިޔޭ އަދި ބަސް ބުނެވޭ ހަމަ އެކަނި މީހަކީ ނަޖްމާކަން އެވަގުތު ޝީލާއާއި ޚާލިދުއަށްވެސް ވިސްނައިގަނެވުނެވެ.
އެކަމަކު.................
އެކަމަކު ނަވީންގެ ވާންއުޅޭ އަންބެއް ހުރިވާހަކައަކީ......އެއީ ޝީލާ އާއި ޚާލިދުއަށް އަދި އިނާއަށްވެސް މުޅިން އާ ވާހަކައެކެވެ. އެއީ އާވަހަކައަކަށްވުން އެކަންޏެއް ނޫނެވެ. ނޭނގޭ ކޮންމެވެސް ސަބަބަކާހެދި އެ އަޑު އިވުނީއްސުރެ އެންމެންނަށްވެސް ބުނަން ނޭނގޭ ކަހަލަ އުނދަގުލެއް ވަމުން އާދެއެވެ. 


އިނާއަށް އުނދަގޫވީ އިނާގެ ހިތުގައި ނަވީންގެ ތަސްވީރު ކުރެހިފައިވާތީއެވެ. ނަމަވެސް މިވަގުތުވެސް އިނާގެ ހިތުގެ އިހްސާސްތައް މޫނުމަތިން ދެނެގަންނާކަށް ފަސޭހައެއް ނޫނެވެ. އިނީ އިސްޖަހައިގެންނެވެ. 
ޚާލިދުއަށް އުނދަގޫވަމުން ދިޔައީ، ޚުދު އޭނަގެ ހިތުގައި އެކަނި އޭނަ ފޮރުވާފައި އޮތް ހަގީގީ ސިއްރަކަށްޓަކައެވެ. އެ ސަބަބަށްޓަކައެވެ. 

ހިނދުކޮޅެއް ވަގުތުކޮޅަކަށް ވެގެން، ވަގުތުކޮޅެއް ފަނަރަ ވަރަކަށް މިނެޓަށް ދެމިގެން ދިޔައިރުވެސް ނަވީން އެނބުރި ކާމޭޒު ދޮށަކަށް ނާދެއެވެ.
"
ވަރަށް ލާނެތްް ކުއްޖެއް އެ މަންޖެއަކީ....ނަވީން އާއި ދިމާވެއްޖިއްޔާ އަވަހަކަށް ފޯން ބޭއްވިޔަކަ ނުދޭނެ. އިށީނދެލާ އިށީނދެލާ....ފޯއްކޮޅެއް އެއްޗެއް ހަފާލައިގެނެއްނުންތޯ ދާންވާނީ..." ސައިބޯން ތިބި މޭޒުދޮށުން ތެދުވެގެން އައިސް ސިޓިންގރޫމަށް ނުކުމެފައި، މެހްމާނުންނަށް އިށީންނަން ތަން ދައްކަމުން ނަވީންގެ މަންމަ ނަޖްމާ މިހެން ބުނުމުން ދެކޮޅުހެދުމެއް ނެތި ޚާލިދުގެ އާއިލާގެ ތިންމީހުންވެސް އިށީނދެލައިފިއެވެ.

"
މާލަސްވެސް ވެއްޖެ ދޯ....ސޮރީ......" ޝީލާއާއި އިނާ ނުދުފައެވެ. ނަމަވެސް ޚާލިދު ފޯއްކޮޅެއް ނަގާ ހަފާލިތަނާހެން މިހެން ބުނީ ފޯން ނިންމާފައި، ހަމަ ދެންމެ އަކު އެތަނަށް އައި ނަވީންއެވެ. 

"
ތިދެން ދަރިފުޅުގެ ހާލު ހުންނަ ގޮތެއްނު މިހާރަކަށް އައިސް ..." ފަޚުރުވެރި ހިނިތުންވުމަކާއެކު ނަޖްމާ މިހެން ބުނެލުމަކުންވެސް އިނާ އާއި ޚާލިދުގެ މޫނުމަތިން ހިނިތުންވުމެއް ނުފެނެއެވެ. އޭގެ ބަދަލުގައި ޚާލިދުގެ ސަމާލުކަން ހުއްޓިފައި ހުރީ ފޯއްތަބަކަށެވެ. ފަރުވާވެ ބަލަން އިން މީހަކަށް ނޫނީ ނަވީން އެބުނި ސޮރީއަށް އެއްވެސް އެއްޗެއް ބުނަން ޚާލިދު ބޭނުން ނުވަނީކަން ނޭނގޭނެއެވެ.
އިނާގެ ނަޒަރު ހުރީ ސިޓީންގރޫމްގައި ހުރި ބޮޑު ޓީވީއިން ދައްކަމުން ދިޔަ ޕްރޮގްރާމަކަށެވެ. އޭގައި އެކިޔަނީ ކީކޭކަން އިނާއަށް އެނގުން މުހިއްމެއް ނޫންތާއެވެ. ނަވީން ފިޔަވައި އެންމެންވެސް ހީކުރި ގޮތުގައި އިނާ ޓީވީ ބަލަނީއެވެ. 

"
ދެން ގޮސްލާނަން. މިރޭ ފުރުމުގެ ކުރިން އަދި އެބަހުރި ބައިވަރު ކަންތައްތައް ހަމަޖައްސަންޖެހިފަ." އިސް ނެގީ ޚާލިދުއެވެ. ދާން ބޭނުންވެފައި އެންމެ ބޮޑަށް ހުރީ ޚާލިދުކަމާމެދު ޝައްކެއް ނެތެވެ.

"
ދުރުވަންވާނެ އިނގޭތޯ މިގެއަށް ކޮންމެ ދަތުރެއްގައިވެސް. ނަވީންގެ ތިހާ ގާތް އާއިލާއެއް މުޅި މިއާއިލާގެ ރަހްމަތްތެރިންނަށް ވުމަކީ އަޅުގަނޑުމެންނަށްވެސް ލިބޭ ހަމަ ފަޚުރެއް....މިއީ ދަޢުވަތެއް...." ޚާލިދު ތެދުވެލުމުން ފަހަތުން ތެދުވި ޝީލާ އާއި އިނާ އާއެކު ނަޖްމާވެސް ސޯފާއިން ތެދުވެފައި އެއް އަތްތިލައިން އަނެއް އަތްތިލައިގައި ބާރުކޮށްލަމުން އުފާވެރި ހިނިތުންވުމަކާއެކު އުމުރު ދުވަހުގެ ދަޢުވަތެއް ޚާލިދުމެންނަށް ދިނެވެ.

ޚާލިދު އާއި ޝީލާ އެ ދަޢުވަތު ބަލައިގަތީ ހިނިތުންވުމާއެކުގައެވެ. ކޮޅަށް ތެދުވެ ހުރި އިނާ ހިމޭންކަމާއެކު ހުރިތަން ސޯފާގައި އަދިވެސް އިށީނދެލައިގެން އިން ނަވީން ބަލަމުން ދިޔައެވެ. އެންމެންގެ ސަމާލުކަން ނަޖްމާއަށް ހުއްޓިފައި ހުރި ވަގުތުކޮޅުގެ ބޭނުން ނަވީން ހިފަމުން ދިޔައީ އޭނައަށް އެންމެ ހެޔޮ ގޮތުގައެވެ. މަސައްކަތް ކުރަމުން ދިޔައީ އިނާގެ އެ ހަމަހިމޭންކަމާއި އެ ބީރައްޓެހި ކަމުގެ މާނަ އޭނައަށް ކުރެވޭތޯއެވެ. ނަމަވެސް އެންމެ ކުޑަމިނުން އޭނައާއި ހަތަރުކަޅިވެސް އިނާ ހަމަނުކުރާތީ، ނަވީންއަކަށް އިނާގެ މޫނުމަތީގެ ކުލަވަރު މާނައެއް ނުކުރެވުނެވެ. 

ގޭގެ ބޮޑު ދޮރާއްޓާއި ހަމައަށްވެސް ނަވީން އާއި ނަޖްމާ އެމީހުންނާއެކު ދިޔައެވެ. އެންމެ ފަހު ފަހަރަށް ކާރަށް އަރަމުންވެސް އިނާ ހިނިތުންވެލީ ނަޖްމާއަށެވެ. ނަވީންއާއި ދިމާލަށް ބަލާވެސް ނުލާކަން ނަވީން ފާހަގަ ކުރިއެވެ.

"
މަޑުމައިތިރި ބަސްމަދު ކުއްޖެއް އެއީ. ރީތިކަމުގެވެސް ހުރިހާ ސިފައެއް ދެއްވާފައި ވާފަދަ." ބޮޑު ދޮރާށިން އެތެރެއަށް ވަންނަމުން އަމިއްލަ އަމިއްލައަށް ނަޖްމާއަށް ބުނެވުނީއޭ ނަވީން ހީކުރިއެވެ. އެވަގުތު މަންމަ ފަހަތުން ހިނގައިގަންނަން ނަގައިގެން ހުރި ފިޔަވަޅުވެސް ބިންމަތީގައި ތަތްވި ކަހަލަ އިހްސާސެއް ނަވީނަށް ކުރެވުނެވެ.

ހަގީގީ އިނާ އާއި ދޭތެރޭ މަންމަ ދެކެނީ ކިހިނެއް ކަމެއް ނަވީނަށް ނޭނގެއެވެ. ނަމަވެސް އިނާގެ ބޭރުފުށުގެ ސިފަތައް މަންމަ ވަރަށް ރަނގަޅަށް ދެނެގެންފިކަން ނަވީން ޔަގީން ކުރިއެވެ.
ކާމިޔާބު ހިނިތުންވުމަކާއެކު ދޮރު ލައްޕާލާފައި ނަވީންވެސް ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. 

މާގިނަ ވާހަކަތަކެއް ނުދެއްކޭ ކާރު ދަތުރަކަށްފަހު އިނާމެން އައިސް ކާރުން ފައިބައިފިއެވެ. ގެއަށް ވަދެވުމާއެކު އިނާ ހިނގައިގަތީ އޭނައަށް ޚާއްޞަ ކުރެވިފައިވާ ކޮޓަރިއަށެވެ. 
އެއްވެސް މީހަކަށް ނޭނގުނު ކަމުގައި ވިޔަސް އިނާގެ ލޭ އަވަސް ވަނީއެވެ. އެނދުގައި އިށީނދެލާފައި ތެދުވެދެއެވެ. ދެން އަނެއްކާވެސް ގޮސް ޑްރެސިންގ ޓޭބަލްގެ ގޮނޑީގައި އިށީނދެއްޖެއެވެ. އަނެއްފަހަރު އައިސް އެނދުމަތީގައި އޮތް ފޯން ނަގައިފިއެވެ. ބަލައިފިއެވެ. ނުއެއް ގުޅައެވެ. ބާއްވައިފިއެވެ. ދެން ވަނީ ފާހާނާއަށެވެ. 

އިރުކޮޅެއްފަހުން ނިކުތްއިރު ހުރީ މޫނުދޮވެލާފައެވެ. ލޯގަނޑުކައިރީ އިށީނދެ ޓިޝޫއަކުން މޫނު ހިއްކާލާފައި އިރުކޮޅެއްވަންދެން އަމިއްލަ މޫނަށް ބަލަހައްޓައިގެން އިނެވެ. މަޑުމަޑުން ތެދުވެގެން ގޮސް އެނދުގައި އިށީނދެ ފޯން ނަގައިގެން ބަލަން ފެށިއެވެ. ފެންނަ ފެނުމަށް ހީވަނީ ކުރަން ބޭނުން ނުވާ ފޯންކޯލެއް ކުރަންޖެހިފައި އިންހެންނެވެ. ދެފިކުރެއްގައި އިންހެނެވެ. ހަދަންވީގޮތެއް ނުނިންމިފައި އިންހެނެވެ. ގަޑިން ވީ ކިހާއިރެއްތޯ ބަލަން ބޭނުން މީހަކަށް ފޯނުންވެސް ބަލާލެވިދާނެއެވެ. އެކަމަކު އަތުގައި ފޯން އޮވެމެ އިނާ ބަލާލީ ފާރުގައި ހުރި ގަޑިއަށެވެ. އެތަކެއް ޚިޔާލުގެ ތެރޭގައި އިންކަން ދޭހަވާ ސިފައެކެވެ.

އިރުއޮއްސި ހަގަޑި ފަނަރަ ވެއްޖެއެވެ. އަށްގަޑި ބައިގައި ޒިޔާދު އާއެކު އެގެއަށް ދިއުމަށް ހަމަޖައްސާފައި އޮތްކަން އެވަގުތު ހަނދާން ވިއެވެ.

އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. ކުރާހިތްނުވިޔަސް، މިހާރު މި އޮތް ހިސާބުންވެސް އެ ކައިވެނި ކުރަން ބޭނުމިއްޔާ އޭނަ ޖެހޭނީ ޒިޔާދުގެ އެދުންތަކަށް ބޯލަނބާށެވެ. ދިހަގަޑި ބަޔަށް ޗެކިން އަށް ދާންޖެހޭއިރު، އިތުރަށް ތަންތަނަށް ދާން ވަގުތުނެތޭ ބުނުމުންވެސް ޒިޔާދު ވަނީ އޭނައާއި ވަރަށް މުހިއްމު ވާހަކައެއް ދައްކަން ބައްދަލުކޮށްލަން ބޭނުންވާ ކަމަށް ބުނެފައެވެ. ގެއަށް އައުމަށް އެދުމުން އެކަމަށްވެސް ޒިޔާދު ވަނީ ދެކޮޅު ހަދާފައެވެ. އިނާގެ އަމިއްލަ ގެއެއްވެސް ނޫންއިރު، މިނިވަންކަމާއެކު ވާހަކަ ދައްކާލަން ތިބުން އުނދަގޫ ވެދާނެ ކަމަށާއި އޭގެ ބަދަލުގައި ޒިޔާދުގެ ގެއަށް އައިސް ދިނުމަށް އެދުނީ އެހެންވެގެންނެވެ. އޭނަވެސް އެއްބަސްވީ ޒިޔާދު އެބުނި އެއްޗެއް އޭނައަށްވެސް ގަބޫލުކުރެވޭތީއެވެ. ބައިގަޑިއިރަށްވިޔަސް އެގެއަށް އޭނަ މިރޭ ދާން ޖެހޭނެއެވެ. 

ޒިޔާދުއާއި ދޭތެރޭ ވިސްނުމުގައި ހޭދަވި ވަގުތުކޮޅަކަށްފަހު، އަނެއްކާވެސް އަތުގައި އޮތް ފޯނަށް ބަލާލާފައި މިފަހަރު ނަންބަރަކަށް ޑައިލް ކުރަން ފެށިއެވެ.

** ** ** ** ** ** ** ** ** **
 
ނަވީންމެންގެއިން އިނާމެން ދިޔަފަހުން ގޭތެރެއަށް ވަދެގެން އައި ނަވީން އަދިވެސް އިނީ ސިޓިންރޫމް ސޯފާގައެވެ. މީގެ އިރުކޮޅެއް ކުރިން އިނާ އިށީނދެ އިންތަނުގައި އިނދެގެން ޓީވީ އާއި ދމާލަށް ބަލަމުން ދިޔައިރު ނަވީންގެ ހިތަށް ފެންނަމުން ދިޔައީ އިނާއެވެ. އެތަނުގައި އިނާ އިށީނދެ އިން ހިމޭން ގޮތާއި މަޑުމައިތިރި ގޮތެވެ. މޫނުމަތިން ފެންނަމުން ދިޔަ ފަރުވާކުޑަ ގޮތަކާއެކުވެގެން ފެންނަމުން ދިޔަ ނުރުހުމެއްގެ ކުލަވަރު ނަވީންގެ ހަނދާނަށް އަންނަމުން ދިޔައީ ހަމަ މިވަގުތު ލޯ ކުރިމަތިން ފެންނަމުންދާ މަންޒަރެއް ފަދައިންނެވެ. ޗެނަލްވެސް ބަދަލުނުކޮށް ބަލަހައްޓައިގެން އިންއިރު، ބީބީސީ އިން ފޮނުވަމުން ދިޔަ ޕްރޮގްރާމެއް ނަވީނަށް ފެނެއެވެ. އެކަމަކު އޭގެ ތެރެއަށް ނަވީންއަށް ވަދެވިފައި ނެތްކަން އެ ސިޓިންގރޫމްގެ އަނެއް ސޯފާގައި ކުރީންވެސް އިންހެން އިން ނަވީންގެ ބައްޕައަށް ފާހަގަ ކުރެވެމުން ދިޔައެވެ. 

ނަވީންގެ ދާދި ކައިރީގައި އޮތް މޮބައިލް ފޯން ރިންގުވާންފެށީވެސް ނަވީންގެ ބައްޕަ އެއްފަހަރު ނަވީނަށް އަނެއްފަހަރު ޓީވީއަށް ބަލަމުންދަނިކޮށެވެ.

މާބޮޑު ސަމާލުކަމެއް ނެތް ކަހަލަ ގޮތަކަށް ފޯން ނަގާފައި ނަވީން ކަންފަތުގައި ޖެއްސިއެވެ. ނަމަވެސް ހަމަ ޖެއްސިވަރަށްވުރެ އަވަހަށް ކަންފަތާއި ދުރުކޮށްފައި ފޯންގެ ބޮޑު ސްކްރީނަށް ބަލާލިއެވެ. އޭނައަށް ހީވީ ހަމަ ރަނގަޅަށެވެ. އެއީ އިނާގެ ކޯލެކެވެ.

"
ހަލޯވ..........ހަލޯވ........." ހަމަ ވަގުތުން ސޯފާއިން ތެދުވެފައި ސިޓިންގރޫމުން ބޭރަށް ފެންޑާއަށް ނުކުންނަމުން ނަވީން ދެފަހަރަކު ހަލޯވ ގޮވާލިއެވެ. 
"
އިނާ.....؟ " އެއީ އެއްގޮތަކަށްވެސް، އެ ވާހަކަ ދައްކަނީ ކާކުތޯ އެހުމުގެ ގޮތުން ނަވީން ކުރި ސުވާލެއް ނޫނެވެ. އެކަމަކު އިނާ އެ ބުނި އެއްޗެއް ގަބޫލުނުކުރެވިގެން ގޮވާލެވުނު ގޮވާލުމެކެވެ.
ނަވީންގެ މޫނުމަތިން ފެންނަނީ ހައިރާން ކަމާއި ގަބޫލުކުރަން ދައްޗޭ ބުނާ ކަހަލަ ކުލަވަރެކެވެ. މިވަނީ ކީއްކަންވެސް ނަވީނަށް ވިސްނައި ނުގަނެވޭފަދައެވެ. 

އެއީ އޭނަ ދަންނަ އިނާއެއް ނޫނެވެ. އެކަހަލަ އެއްޗެއް ބުނުން ކީއްހެއްޔެވެ؟ ގެންގުޅޭ ފޯން ކިތަންމެ މޮޅުވިޔަސް، އިސްވެ މީހަކަށް ފޯންކޮށްލުމަކީވެސް އޭނަ ދަންނަ އިނާގެ ގޮތެއް ނޫނެވެ. 

** ** ** ** ** ** ** ** ** ** ** **
 
ނަވީނަށް ފޯންކުރީ ހަގީގަތުގައިވެސް އިނާއެވެ. ފުރަތަމަ ފަހަރަށެވެ. ހިތަށް ކެތް ނުވެގެންނެވެ. ނުގުޅާ ނުހުރެވިގެންނެވެ. ނަމަވެސް ނަވީން ފޯން ނެގުމުން އިނާއަށް އެއްޗެއް ބުނަން ފަސޭހައެއް ނުވިއެވެ. އެކަމަކުވެސް އޭނަ ބުނަން ބޭނުން ވެއެވެ. 

"
ނަވީންވެސް ވީ ހަމަ އެހެން ފިރިހެނުންފަދަ ދޮގުވެރިއަކަށް ދޯ؟" ވާހަކަ ފެށުމުގެ ގޮތުން އިތުރު އެއްޗެއްވެސް ބުނުމެއް ނެތި އިނާ އަހާލީ މިހެންނެވެ. ނަވީންއަށް އޭނަގެ ކަންފަތަށް އިވުނު އަޑާއި ދޭތެރޭ ޔަގީން ކަން ކުޑަވީވެސް އިނާ އެހެން އެހުމުންނެވެ.

"'
އަހަރެންނާއި ދިމާވިއިރު އަހަރެންގެ ކައިވެނި ހަމަޖެހިފައި ހުރިކަން ނޭނގިހުރެ އަހަންނާއި ރަހްމަތްތެރިކަން އުފެއްދުނީތީ ނަވީން ދެރަވެގެން އުޅުނުއިރު، ނަވީން ހިތަކަށް ނާރާތަ ނަވީންވެސް ކަންތައްތަކެއް ސިއްރު ކުރިކަން؟" ސިހުމެއް ފަސްޖެހުމެއް ނެތި އިނާ ވާހަކަ ދައްކަމުން ދިޔައެވެ. 
އިނާއަށް ހުރެވުނީ ހަގީގަތުގައިވެސް ނަވީން އާއި ދޭތެރޭ ހިތްހަމަ ނުޖެހިފައެވެ. އެކަމުގެ ހައްގު އޭނައަށް އޮތްތޯ ނެތްތޯ އިނާ ނުވިސްނާ ކަހަލައެވެ. 
އަނެއްކާ ނަވީންއާއި ދިމާލަށް މި ބުނެވުނު އެއްޗަކުން، އޭނަގެ ހިތުގެ ސިއްރު ބޭޒާރުވެ ތޮށިގަނޑުން ބޭރަށް އޭނަގެ ނަފްސު ނިކުތީކަންވެސް އޭނަ ހަނދާނެއް ނުވި ކަހަލައެވެ. 
ނޫނީ.....ކޮންމެ ގޮތެއް ވިޔަސް ހެޔޮކަމަށް ބުނީހެއްޔެވެ؟

"
ނަވީންއަކީވެސް ދޮގުވެރިއެއްކަން މިހާރު އެނގިއްޖެ."' މަޑުޖެހުމެއް ނެތި މިހެން ބުނެފައި އިނާ ފޯން ކަނޑާލައިފިއެވެ. އަތުގައި ފޯން އޮތުމުން އަތަށް ހޫނުވެގެން އުޅޭމީހެއްހެން ފޯން ނަގާ އެނދުމައްޗަށް އެއްލާލާފައި ދެއަތް ދެއަތާއި އުނގުޅަން ފެށިއެވެ. މި ކުރެވުނީ ރަނގަޅު ކަމެއްބާއޭ އިނާއަށް ހީވާން ފެށީ ދެނެވެ.

** ** ** ** ** *** ** **
އަނެއްކޮޅުން......
އެ ކޯލް ލިބުނު ނަވީންއަށް ގޭގެ ފެންޑާގައި އިނދެވުނީ ހަމަ އަންތަރީހުން އަންތަރީސް ވެފައެވެ. މިވީ ކިހިނެއް ހެއްޔެވެ؟ އިނާ އޭނަ އާއި ދިމާލަށް އެ ބުނީ ކީކޭހެއްޔެވެ؟ އިނާގެ އަޑުގައި އެހާ ބޮޑު ނުރުހުމެއް އެހެރީ އޭނަ ކީއްކޮށްގެންހެއްޔެވެ؟ ދޮގުވެރިއެކޭ ބުނިއިރު އޭނަ ހެދީ ކޮން ދޮގެއްހެއްޔެވެ؟ ދޮގުހެދި މީހަކާއި ހިތުގައި ޖެއްސި މީހެއްގެ ވާހަކަ ދައްކަންޏާ އެ ލިސްޓުން އިނާގެ ވާހަކަ ގައިމުވެސް އިސްތިސްނާއެއް ނުކުރެވޭނެއެވެ. އެކަމަކު މިއަދު އިނާގެ ރާގާއި ބަސްމަގުން ހީވަނީ އެކަން އިނާ ހަނދާންނެތިއްޖެހެންނެވެ.

ނަވީން ވިސްނަމުން ދިޔައެވެ. 
ކިތަންމެ ވަރަށް ވިސްނަމުން ދިޔަނަމަވެސް، ކާމޭޒުދޮށުގައި ސައިބޯން އެންމެން ތިއްބާ ނަވީނަށް ފޯނެއް އައިސްގެން ދިއުމުން އެކަމާއި ގުޅޭގޮތުން ނަވީންގެ މަންމަ ބުނިއެއްޗެއް ނަވީނަށް އަޑުއިވިފައި ނުވާތީ، އިނާގެ އެ ނުރުހުމުގެ ސަބަބު ވިސްނައިގަންނާކަށް ނަވީނަށް ފަސޭހައެއް ނުވިއެވެ. އަދި އިނާއަށް އެހެން ހީކުރެވިގެން އެ އުޅެނީ މަންމަގެ އެބަސްކޮޅުންކަމެއްވެސް ނަވީނަށް އެނގޭނީވެސް ކިހިނަކުން ހެއްޔެވެ؟

ނަވީން މަންމަ ބުނި އެއްޗެއް ނަވީންކައިރީ ބުނެދޭނެ އެކަކުވެސް ނެތުމުން، ނަވީންގެ ހައިރާންކަން އިރެއް އިރަކަށް އިތުރުވަމުން ދިޔައެވެ. އިނާ އެބުނި އެއްޗަކަށްވުރެވެސް ބޮޑަށް ނަވީންއަށް ވިސްނެމުން ދިޔައީ އިނާގެފަރާތުުން އެ ފެނުނު އާދަޔާ ޚިލާފު ގޮތާއި ދޭތެރޭގައެވެ. 

އެހާ ފާޅުގަ، އެކަހަލަ އެއްޗިހި އިނާ ބުނަން ފެށީ ކޮން ދުވަހަކުން ފެށިގެން ބާވައެވެ.
ނޫނީ އޭނައަށް ހަމަ ހަގީގަތުގައިވެސް އަދިވެސް އިނާ ނޭނގެނީ ބާވައެވެ.

** ** ** ** ** *** ** **
ނަވީނަށް ގުޅާފައި އިނާ ފޯން ބޭއްވިތާ ފަނަރަވަރަކަށް ސިކުންތުވީތަނާހެން، ދޮރުގައި އައިސް މީހަކު ޓަކިޖަހާލިއެވެ.
"
އިނާ.........ދަރިފުޅާ........." އެއީ އިނާގެ މަންމަ ޝީލާއެވެ.
"
ކީކޭ މަންމާ....." އަވަސް އަވަހަށް ގޮސް ކޮޓަރީ ދޮރު ހުޅުވާލަމުން އިނާ އަހާލިއެވެ.

"
މަންމަ ބުނީ.........މިރޭ އަދި ދަރިފުޅު ދަމުދޯ ޒިޔާދުއާއި ބައްދަލުކޮށްލަން." ހުޅުވާލި ދޮރުން އެތެރެއަށް ވަންނަމުން ޝީލާ އަހާލިއެވެ. 
"
އާނ....އަށްގަޑިބައިހާއިރު ދާންކަމަށް...ކަމެއް އޮތީތަ" މަންމަ އެ އައީ ކޮންމެވެސް ވާހަކައެއް ދައްކަންހެން ހީވާ ކަހަލަ ނިޝާންތަކެއް މަންމަގެ މޫނުމަތިން ފެންނަމުން ދާތީ އިނާ އަހާލިއެވެ.

"
ބައްޕަ އެބަ ބުނުއްވާ ފުރުމުގެ ކުރިން ޒިޔާދު އާއި ބައްދަލުކޮށްލަން ދާން ބޭނުންވާ ވާހަކަ. އެކަމަކު މަންމަ މި ހިތަށް އަރަނީ ދަރިފުޅުމެން ބޭރަށް ދަންޏާ ބައްޕަ އެގެއަށް ދިޔަޔަސް ޒިޔާދުއަކާއި ދިމައެއް ނުވާނެއޭ.އެހެންވެ...." ވެގެން އުޅޭގޮތް ޝީލާ އޮޅުންފިލުވާލަދިނެވެ.

"
ބޭރަކަށް ނޫން ދަނީ. އެގެއަށް އަންނާށޭ ޒިޔާދު ބުނީ. އެގޭ މަންމަ އާއި ބައްޕައާއިވެސް ދިމާނުވާތާ އެހާ ދުވަސްވީމައާއެކު ސީދާ އެގެއަށް ދަނީ." އިނާވެސް އެމީހުންގެ ޕްލޭން ކިޔިައިދިނެވެ.

"
އެހެންވިއްޔާ ބުނަން.....ދަރިފުޅު އެގެއިން ނުކުތުމުގެ ކުރިން މަންމައަށް ގުޅާލާތި އިނގޭ. އޭރުން މަންމަމެން ދާނަން. އަންނައިރު ދަރިފުޅަށްވެސް އާދެވޭނެނު މަންމަމެންނާއެކު ދޯ؟ އެގޮތް ކިހިނެއް ވާނެ؟" ޝީލާ އެހިއެވެ.ހިތުގައި އޮތް މަގްޞަދު ފޮރުވަމުން ރާވާފައި އޮތް ގޮތް ހާމަކުރިއެވެ.

"
ރަނގަޅުވާނެ ހަމަ...." އިނާ ބުނެލިއެވެ.
"
ޗެކިންގ އަށް ދާންޖެހޭނެ ދޯ ދިހައެއް ޖަހާއިރު؟" ފުރަން ތައްޔާރުކޮށްފައި ހުރި ފޮށްޓަށް ލޯޝަންފުޅިތަކެއް ލަމުން އިނާ އަހާލިއެވެ.
"
ނޫނޭ....ބައްޕަ ބުނީ އެގާރަޖަހާއިރު ދިޔަޔަސް ރަނގަޅުވަނެއޭ. އެކަމަކު ދިހައެއް ޖަހާއިރު ލަގެޖްތައް ގެންދާނެނު. އޭރުން ރަނގަޅު ވާނެ. ދަރިފުޅުވެސް ޒިޔާދުގެއަށް ދިއުމުގެ ކުރިން ހުރިހާ އެއްޗެއް ތައްޔާރުކޮށްލާފަ ބަހައްޓާތި. ފަހަރެއްގަ ލަސްވެއްޖިއްޔާ ގެއަށް ނައިސް ސީދާ އެއަރޕޯޓަށްވެސް ދާންޖެހިދާނެ. އިނގޭ" އެނދުން ތެދުވެގެން ހިނގައިގަންނަމުން މިހެން ބުނެލާފައި ޝީލާ ހިނގައްޖެއެވެ.

** ** ** ** ** *** ** **
ރޭގަނޑުން އަށެއް ޖެހިއިރު އިނާ އިނީ ސޯނިޔާމެން ފްލޯރގެ ސިޓިންގރޫމްގައެވެ. ސޯފިޔާ ގޮވައިގެން ފިހާރަކައަކަށް ގޮސްފައި އަދިވެސް ގޭގެ ޑްރައިވަރު ނާންނާތީއެވެ. ޒިޔާދުމިހާެރު ދެފަހަރަކު ގުޅައިފިވެސް މެއެވެ. އެކަމަކުވެސް، ޑްރައިވަރު އައިމަ ދާނަމޭ ބުނެފައި އިނާ އިނީއެވެ. ލަސްވަންޏާ ޒިޔާދު އޭނަ ބަލާ އައުމަށްވެސް އޭނަ އެދުނެވެ. ނަމަވެސް ޒިޔާދުވެސް އަންނަ ޚިޔާލެއް ނުކުރެއެވެ. އިނާގެ ބައްޕައާއި މަންމައާއި ކުރިމަތލާން ޖެހިދާނެތީ، އެގެއަށް ނާންނަން އުޅެނީކަމެއް އިނާއަށް އެނގިފައެއް ނެތެވެ.

"
އަދިވެސް ނާދޭ ދޯ ......" އިނާގެ އުނގުގައި އިން ސޯނިޔާގެ ތުއްތު ދަރިފުޅު އުރާލަމުން ސޯނިޔާ ނިސްބަތް ކުރީ ޑްރައިވަރަށެވެ.
"
ހޫމް....." އިނާގެ ޖަވާބު ކުރެވެ.
"
ސޯފީގެ ކަންތައްކަމަށް ވާނީ....ވަރަށް ތަތްވާނެ ތަނަކަށް ގޮއްސިއްޔާ...." ސޯނިޔާ ބުނެލި މިބަސްކޮޅަށް އިނާ ހިނިތުންވެލީއެވެ.

ސޯނިޔާ ދިއުމުން އިނާ އަނެއްކާވެސް ގަޑިބަލާލިއެވެ. އަށްގަޑި ސާޅީސްފަހެއްވެސް ވެއްޖެއެވެ.
"
ހަލޯވ....." ލަސްވާ ވާހަކަ ބުނަން އިނާ ޒިޔާދުއަށް ގުޅާލިއެވެ.
"
އަދި ވެދާނެ ކަންނޭނގެ ފަސްވަރަކަށް މިނެޓް. މިހާރު އަންނަން އުޅޭނީ. ދާނަން އައިހާ އަވަހަކަށް." އިނާ ޔަގީންކަން ދިނެވެ.
"
ދެން އަހަރެން ދާއިރު ޒިޔާދުއެއް ނޫޅޭނެނު؟" އިނާ ދާނަމޭ ބުނުމުން ކޮންމެވެސް ތަނަކަށް ގޮސްލާފައި އަންނާނަމޭ ޒިޔާދު ބުނުމުން އިނާ ކަންބޮޑުވުން ފާޅުކުރިއެވެ.
"
އާނ. އެންމެ ރަނގަޅު.ހޫމް....ހޫމް...." އެއްބަސްވުމަކަށް އައުމަށްފަހު އިނާ ފޯން ބާވައިފިއެވެ.

ދިމާވާން ހުރި ކަމެއް އެކަކަށްވެސް ނުހުއްޓުވޭނެއެވެ. ޚާލިދު އާއި ޝީލާގެ ރޭވުމުގައި އޮތީ މިރޭ ޒިޔާދުމެންގެއަށް ގޮސް ޒިޔާދު އާއި ޒިޔާދުގެ މަންމަ އާއި ބައްޕައާއި ބައްދަލުވެ މި ކައިވެންޏާއި ބެހޭ ގޮތުން ވާހަކަ ދެއްކުމަށެވެ. އަދި ޚާއްޞަ ގޮތެއްގައި އެންމެ ފަހުން ޒިޔާދު ލަންކާ އަށް ކުރި ދަތުރުގެ ތަފްޞީލާއި ބެހޭ ގޮތުންވެސް އެ ދެމަފިރިންނާއި ވާހަކަ ދެއްކުމަށެވެ. އަމިއްލަ ދަރިފުޅު ކައިވެނި ކުރާ ފިރިހެންކުއްޖާއާއި ބެހޭ ގޮތުން އަޑުއިވިފައިވާ އެފަދަ ނޭދެވޭ ވާހަކަތަކަށް ބީރުކަންފަތެއް ދީފައި ކޮންމެ ގޮތެއް ވިޔަސް ހެޔޮ ކަމަށް ދޫކޮށްލުމަކީ ޚާލިދުގެ އުޞޫލުތަކާއި ޚިލާފު ކަމެކެވެ. އޭނައަކީ ވަރަށް ތުއްތުއިރުއްސުރެ ދިރިއުޅުމުގެ ވަރަށް އާދަޔާ ޚިލާފު ހަރުފަތްތަކެއް ގިރާކޮށްފައިވާ މީހަކަށް ވާތީ، ބައްޕައެއްގެ ހައިސިއްޔަތުންނާއި ކޮއްކޮއެއްގެ ހައިސިއްޔަތުންނާއި ދަރިއެއްގެ ހައިސިއްޔަތުން މީހަކު ވިސްނާނެ ހުރިހާ ގޮތަކަށް އޭނައަށް ވިސްނެއެވެ.

ޚުދު އޭނަގެ މަންމަ އާއި ބައްޕަގެ ކައިވެންޏަށް ވީ ގޮތާއި، އޭނަގެ އެއްމާބަނޑު ދައްތަ ޚާލިދާގެ ދިރިއުޅުމުގަ ޖެހުނު މައްސަލަ ތަކާއި އެމީހުންނަށް އިނާ ލިބުނު ގޮތާއި އެމީހުންގެ ބޮލުގައި އިނާގެ މަސްއޫލިއްޔަތު އެޅިފައިވަނީ ކޮން ފެންވަރެއްގައި ކިހާ ހިސާބަކަށް ނިމޭ ގޮތަށްކަން އޭނަ ހަނދާނެއް ނުނެތެއެވެ. 

އެހެންކަމުން ޒިޔާދުގެ އެ ފަރުވާކުޑަ ކަމާއި ޒިޔާދުއަށް އެ އަންނަ ސިއްރު ފޯންކޯލް ތަކާއި، ޒިޔާދު އާއި ބެހޭ ގޮތުން އެ އިވޭ އަޑުތަކަށް ބީރުކަންފަތެއް ހަމަ ހިލާ ނުދެވޭނެއެވެ. 

އިނާއަށް އެކަންތައްތަކުގެ އެއްވެސް ޙަގީގަތެއް އަންގައިދެވިފައި ނެތުމުން އެގެއަށް ޒިޔާދު އާއި ބައްދަލުކުރަން އިނާ ދާން އެއުޅޭ އުޅުންވެސް ހުއްޓުވޭކަށް ނެތެވެ. އެކަމަކު އެއީވެސް މައްސަލައެއް ކަމަކަށް ޚާލިދު ނުދެކެއެވެ. ޒިޔާދުގެ އެ ކުށްތައް އިނާ ކުރިމަތީގައި ހާމަކޮށް އިޢުތިރާފްވާން ޖެހޭނީ ޒިޔާދު އަމިއްލައަށެވެ. އެއީ މައިންބަފައިން ވަންނަންވީ ހިސާބެއް ނޫނެވެ. 

ދަރިންގެ ކަންތައްތަކުގައި މައްސަލަ ހާމަކުރުމާއި ހައްލު ހޯދައިދޭން މަސައްކަތް ކުރުމުގައި މައިންބަފައިންގެ ދައުރަކީ އެ ދެމެދުގައި ނުފެންނަ ފަނޑު ރޮގަކުން ހުރަހެއް ލެވިގެންވާ އިމެކެވެ. ފަރުވާވެ ގިރާކޮށްފިއްޔާ ނޫނީ ތަކުލީފުތަކެއް އުފުލަން ޖެހޭނެއެވެ.
** ** ** ** ** *** ** **
ކާކުގެ ކޮން ނަސީބެއް ކަމެއް ނޭނގެއެވެ. ޒިޔާދު އާއި ބައްދަލުކުރަން އިނާ ދާން ބުނި ގަޑި ހުރެގެން ފާއިތުވަމުން ދެއެވެ. ދެވޭނެ ގޮތެއް އަދި ނުފެނެއެވެ. އެންމެ ފަހުން ފަހަރު އެ ވާހަކަ ބުނަން ގުޅުމުން އޭނަ ބަލާ އެގެއަށް އައުމުގެ ބަދަލުގައި ޒިޔާދު ހާމަކުރީ، އޭނަވެސް ބޭރަށް ދާންޖެހިފައި އެބައޮތް ކަމަށާއި ވަރަށް އަވަހަށް ގޮސްލާފައި އަންނާނެ ކަމަށާއި އޭނައަށް ވުރެ ކުރިން އިނާއަށް އެގެއަށް ދެވިއްޖެއްޔާ މަޑުކޮށްދިނުމަށެވެ.

ކިތަންމެ ހިތްހަމަ ނުޖެހުނު ކަމުގައިވިޔަސް އިނާ އެއަށް ބުނީ "ހޫމް...." އެކޭ އެވެ.
** ** ** ** ** *** ** **
އިނާއަށް ލަސްވިކަން އެއީ ނަސީބޭ ހިތަށް އަރުވަމުން ކާރު ދުއްވަމުން ޒިޔާދު ދިޔައީ އޭނައަށް ދެންމެ ގުޅާފައި ބަލާއައިސް ދިނުމަށް އެދުނު އަންހެންކުއްޖެއް ކައިރިއަށެވެ. ހެންވޭރުކޮޅުގައި ދުވަންގޮސްހުރި އަންހެންކުއްޖާގެ އެއްވެސް އެދުމެއް އޭނައަށް ފުއްދައިނުދީ ނުހުރެވޭނެއެވެ. އެއީ އިނާގެ ފަރާތުން އޭނަ ބޭނުންވި "އެކުވެރި" ކަމާއި "ގާތްކަން" އޭނައަށް ދިން އަންހެންކުއްޖާއެވެ.

ކައިވެނި ކުރެވުމަށްފަހުވެސް، އެ ސިއްރު ގުޅުމާއި ދުރަށް ދިއުން އޭނައަށް ދަތިވާނެއެވެ.
އެއީ އޭނަ ވިސްނަންވެއްޖެ ކަމެކެވެ. އިނާއަށް މިކަން އެނގޭ ދުވަހަކުން ވާނީ ކިހިނެއްބާވައެވެ؟

ކުރެވެމުން ދާ ޚިޔާލުގެ ސަބަބުން ލިބުނު ކުއްލި ހާސްކަމެއްގައި ކާރުގެ ހުންގާނުން ވައަތްދޫކޮށް ބޮލުގެ އިސްތަށިގަނޑުގައި ހިންގާލެވުނެވެ.

ހަގީގަތުގައިވެސް އެކަމަށް އޭނަ ގޮތެއް ހޯދަންޖެހޭނެއެވެ.*******(ނުނިމޭ)******

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

http://www.muraasil.com/images/comment_reply.pngPosted on 2011-08-29 13:17:39 | Report this Comment
after a long time dhoa..kihinehtha haalu?naaee rangalhu tha? varah rythi mi part ves..waiting 4 nxt part
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އާނއެކޭ ދޯ. ވަރަށް ގިނަ ދުވަސްފަހުން މިއައީ. ހާލު އިރާދަކުރެއްވީތީ ރަނގަޅު. ނާއީ ދޯ؟ ނާއީ މި ދުނިޔޭގައި ހޭދަކުރަން ހަމަޖެހިފައިވާ ވަގުތުހަމަކޮށް ދެމިއޮތުމުގެ އާލަމަށް ދަތުރުކޮށްފި. އެހެންވެ އެހާ ދިގު ބްރޭކެއް ނެގުނީވެސް. ޝުކުރިއްޔާ އިނގޭ ހަނާ....އުއްމީދުކުރަން މިވާހަކައިގެ ދެން އޮތްބައިތައްވެސް ޝައުގުވެރިކަމާއެކު ކިއުމަށްފަހު ދެކޭގޮތް އަންގައިދޭނެ ކަމަށް.


http://www.muraasil.com/images/comment_reply.pngPosted on 2011-08-29 13:19:03 | Report this Comment
އޯ މައިގޯޑް ......... އަޕް ކުރީތަ... އަދި ނުވެސް ކިޔަން. ކިޔާފަ އަދި ކޮމަންޓް ކުރާނަން
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އާނއެކޭ....އަޕްކުރީ....އަދި ކުރެވޭތޯ ބަލާނަން ކުރިޔަށް އިނގޭ.....ހެހ ހެހެހެހ ެ


http://www.muraasil.com/images/comment_reply.pngPosted on 2011-08-29 13:22:47 | Report this Comment
އެހާ ދުވަސްފަހުން އަޕް ކުރީމަ ހީވަނީ ވަރަށް ކުޑަ ތަންކޮޅެއްހެއް އަޕްކޮށްފަ އިނީ. ދެން ކޮންމެ ދުވަހަކު ވާހަކަ ކިޔާލަން ލިބޭނެ ކަމަށްހީކުރަން. އަސްލު ވަރަށް ރީތި މި ބައިވެސް ވަރަށް އިންޓްރެސްޓިންގ
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އަސްލުވެސް ދޯ؟ ކީއްކުރާނީ. ދެން ބަލާނަން ކޮންމެ ދުވަހަކު ގެނެސްދެވޭތޯ އިނގޭ. ތޭންކްސް މައި ފްރެންޑާ.


http://www.muraasil.com/images/comment_reply.pngPosted on 2011-08-29 13:27:48 | Report this Comment
ފުރަތަމަވެސް ކޮށްލަންބޭނުންވަނީ ސުވާލެއް.. ކީއްވެ މިވާހަކަ އަޕްކުރުން އެހާ ލަސްވެގެން މިދިޔައީ.. ވަރަށް ކިޔާހިތުން ކިޔަމުން ދިޔަ ވާހަކައެއް.. އަދި ވާހަކަ ކިޔާވެސް ނުލެވޭ، މިއުޅެނީ އެކަމާ އިގޭ.. ޓޭކް ކެއާރ..
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އެމެކްސް ގެ ސުވާލަށް ޖަވާބުދޭންވާނެ ދޯ؟ ވާހަކަ އަޕްކުރަން އެހާ ލަސްވީ ސޮފާގެ ޕާރސަނަލް ލައިފްއަށް ދިމާވި ހިތާމަވެރި ހާދިސާއެއްގެ ސަބަބުން. އުއްމީދުކުރަން ކުރިއަށް ހުރި ބައިތައްވެސް ކިޔާހިތުން ކިއުމަށްފަހު ދެކޭގޮތް އަންގައިދޭނެ ކަމަށް. ޝުކުރިއްޔާ.


http://www.muraasil.com/images/comment_reply.pngPosted on 2011-08-29 13:54:24 | Report this Comment
hey soff v hapy vejje up v ma adhi nuvx kiyan kiyalafa comment kohlaanan n ya eid mubaarik
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އޯހ...ހައި ޝިފޫ......އާނ. ކިޔާލާފަ ކޮމެންޓް ކުރައްޗޭ. އީދު މުބާރިކް ޝިފު އަށާއި އާއިލާއަށް.


http://www.muraasil.com/images/comment_reply.pngPosted on 2011-08-29 14:10:35 | Report this Comment
yas soff is back. am so happy..welcome back dear. adhi vaahaka kiyaalaafa comment kohlaanan ingey.mwah
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އޯވހ އައި ނޯ ހައު ހެޕީ ޔޫ ވިލް ބީ ޓު ސީ މީ. ތޭންކްސް ޑީއަރ. ޔޫ އާރ އެ ގްރޭޓް ފްރެންޑް. ތޭންކްސް.


http://www.muraasil.com/images/comment_reply.pngPosted on 2011-08-29 14:28:15 | Report this Comment
ހާދަ ދުވަހެއް ވެއްޖެއޭ އިންތިޒާރު ކުރާތާ!!!! ވ ފުރިހަމަ....ވ.އުފާ ކޮށްފިން...ޝުކުރިއްޔާ!!!
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ވަރަށް އުފާވެއްޖެ ފާތުންގެ ކޮމެންޓެއް ލިބުނީމަ. ތޭންކްސް.


http://www.muraasil.com/images/comment_reply.pngPosted on 2011-08-29 14:39:11 | Report this Comment
yas soff is back. am so happy..welcome back dear. adhi vaahaka kiyaalaafa comment kohlaanan ingey.mwah
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހެހެހހެެ...............ޝުކުރިއްޔާ ރިއު....


http://www.muraasil.com/images/comment_reply.pngPosted on 2011-08-29 14:40:57 | Report this Comment
ހޭ...ހެޕީ ޓު ސީ ޔޫ އާފްޓަރ އަ ލޯންގް ޓައިމް ސޮފާ....
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހައި ހަނޫ..........އޭމް ސޯ ގްލޭޑް ޓު ބީ ބެކް ޓޫ.........ތޭންކސް.


http://www.muraasil.com/images/comment_reply.pngPosted on 2011-08-29 14:40:57 | Report this Comment
ހޭ...ހެޕީ ޓު ސީ ޔޫ އާފްޓަރ އަ ލޯންގް ޓައިމް ސޮފާ....
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ތޭންކްސް..........


http://www.muraasil.com/images/comment_reply.pngPosted on 2011-08-29 15:00:35 | Report this Comment
ސަޕްރައިޒް އެއް ދޯ ތިދިނީ ސޮފް...ވަރަށް ރިތި މި ޕާރޓް ވެސް. މަންޒަރުތައް ހީވަނީ ކުރިމަތިން ސިފަވާހެން... "އަތުގައި ފޯން އޮތުމުން އަތަށް ހޫނުވެގެން އުޅޭމީހެއްހެން ފޯން ނަގާ އެނދުމައްޗަށް އެއްލާލާފައި ދެއަތް ދެއަތާއި އުނގުޅަން ފެށިއެވެ". ވާހަކަ ކިޔާއިރު ހީވަނީ ފިލްމު ބަލާލެވޭހެން... ސޮފް ވަރަށް ވަރަށް ވަރަށް ވަރަށް މޮޅު... ޔޫއަރ ދަ ބެސްޓް.. . ވިޝް ޔޫ އަ ވެރީ ހެޕީ އެންޑް ބްލެސްފުލް އީދް ސޮފް. އަދި ނޭގެ މިކޮޅަށް މާދަން އީދް ވާކަމެއްވެސް.. 31 އޭ ކިޔަނީ..
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ސަޕްރައިޒް ވެފަ ދޯ ތިހިރީ........އެކަމަކު ސޮފާ ހުރީ ގަސްތުކޮށްގެން އީދު ދުވަހުން ފެށިގެން ކޮންޓީނިއު ކުރާ ގޮތަށް. އިރާދަކުރެއްވިއްޔާ ވާނެ ދޯ؟ ތޭންކްސް ރިއު. ފޯރ ޔޯރ ކޮމްޕްލިމެންޓް. ތިކޮޅަށް އީދު ލަސްވިޔަސް ތީ މިތާ ކުއްޖެކޭ . އެހެންވީމަ އީދު މުބާރިކް އިނގޭ.....ހެ ހެ ހެހެހެ..........ތެންކްސް އަ ލޮޓް. ކީޕް އިން ޓަޗް އިނގޭ.


http://www.muraasil.com/images/comment_reply.pngPosted on 2011-08-29 15:04:59 | Report this Comment
އަހަރެން ހީކުރީ މަރުވީކަމަށް . އެއްވެސް ޚަބަރެއް ނުވެސްވޭ ވިއްޔާދޯ ! އެންމެ ރަގަޅު . ހާލުއަހުވާލު ކިހިނެއްތަ ؟ ރަގަޅުދޯ ! މިކޮޅުން ވަރަށް ސަލާމް އިނގޭ ! އިޓްސްމީ ޔަންގޫރާ
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހާލު ރަނގަޅު އިރާދަކުރެއްވީތީ. ސަލާމް އިނގޭ. ޝުކުރިއްޔާ.


http://www.muraasil.com/images/comment_reply.pngPosted on 2011-08-29 15:40:30 | Report this Comment
ވެރަށް ރީތި...އަނެއްބައި ކޮންއިރަކުން
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އިރާދަކުރެއްވިއްޔާ މާދަން. ޝުކުރިއްޔާ.


http://www.muraasil.com/images/comment_reply.pngPosted on 2011-08-29 15:59:10 | Report this Comment
މިވާހަކަ ނުގެނެސް ދެވެންޏާމު ދެން މިކަން ހުއްޓަންވީއެއްނުންދޯ!
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: މި ބަލަނީ ގެނެސްދެވޭތޯ. ފެށުނު ގޮތަށް ނިންމޭތޯ މި މަސައްކަތް ކުރަނީ.


http://www.muraasil.com/images/comment_reply.pngPosted on 2011-08-29 16:23:34 | Report this Comment
މާ ލަހުން އަޕްލޯޑް ކުރަންޏާ ކިހިނެތް ވާހަކަ ކިޔާނީ!!!
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ގަބޫލުކުރަން ތި ވާހަކަވެސް. އެކަމަކު ދެން ބަލާނަން އިނގޭ ރަނގަޅު ކުރެވޭތޯ.
http://www.muraasil.com/images/reportAbuseIcon.gif
ނަންނަ: ނިން . މިކޮމެންޓްތައް ކިޔާލީމާ ނަންނައަށް ހިވަނީ ސޮފާގެ ވަރަށް ގާތްމީހަކު މަރުވެގެން އެކަމުގެ ސަބަބުން ވާހަކަ އަޕްލޯޑްވުން ލަސްވިކަމަށް. ނަންނަ ބުނެލަން ބެނުމީ ނަންއަށްވެސް އަދި ނަންނައަސްވެސް އެކަހަލަ ހިތާމަވެރި ކަމެއް ދިމާވެއްގެ ނަމަ މިގޮތަށް ޑިލޭވުމެއް އައުން އެއީ ޕޮސިބަލް ކަމެކޭ. ވި ޝުޑް ރެސްޕެކްޓް އަދާސް ފިލިންސް ދޯ ނިން. އެއްވެސް ހާރޑްޝިޕެއް އޮވެގެންނެއް ނުޫން އިނގޭ މިބުނީ މިހެން.


http://www.muraasil.com/images/comment_reply.pngPosted on 2011-08-29 17:26:54 | Report this Comment
Koba hurihaa kameh khineh vane .dhuvas kohfa upload kurythyves v ufaa vejhe n vaahaka vra vra nice
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ އެނާ.........ކަންތައްތައް ދަނީ ރަނގަޅުވަމުން. މަޑުމަޑުން ރަނގަޅުވާނެތާ ދޯ؟


http://www.muraasil.com/images/comment_reply.pngPosted on 2011-08-29 17:57:13 | Report this Comment
ހޭއި.... ޞަފާ. ވަރަށް އުފާވެއްޖެ އަނެއްކާވެސް ވާހަކަ ކޮންޓިނިއު ކުރީމަ. އަދި ނުވެސް ކިޔައި މި ކޮމެންޓް ކޮށްލީ....... ވަރަށް ސަޅިވާނެ ކަމަށް ހީކުރަން. އުއްމީދު ކުރަން ޞަފާއާ ޞަފާގެ ޢާއިލާގެ ޙާލު ރަނގަޅުކަމަށް. ބެސްޓް އޮފް ލަކް ޞަފާ... ވީ އޯލް ލަވް ޔޫ
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ތޭންކްސް ކޭ................ދެޓް ވިޝް މީންސް ސޯ މަޗް ޓު މީ............ތޭންކްސް.........


http://www.muraasil.com/images/comment_reply.pngPosted on 2011-08-29 21:10:18 | Report this Comment
ހާދަ ދިގު ބްރޭކްއަކަށްފަހު އޭ ދޯ ................. މިބައިވެސް ވަރަށް ސަޅި .... ހީކުރަން ދެން ތަންކޮޅެއް އަވަހަށް ދެންއޮތްބައި ކިޔާލަން ލިނބޭނެކަމަށް
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އާނ............ކުޑޫ ތިބުނިހެން ވޭތޯ މަސައްކަތް ކުރާނަން.


http://www.muraasil.com/images/comment_reply.pngPosted on 2011-08-29 22:04:09 | Report this Comment
ސޮފާ!!! ހާދަ ދުވަހެއް ކޮއްލާފަ އޭ ދޯ އެކަމް ތިއައީ. ދެން ކޮންމެ ދުވަހަކު ވެސް މި ވާހަކަ އަޕްލޯޑް ވާނެތަ؟ މި ބައިވެސް ވަރަށް ރީތި (:
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އިރާދަކުރެއްވިއްޔާ ދެން ކޮންމެ ދުވަހަކުވެސް ވާހަކަ އަޕްކުރާނަން.


http://www.muraasil.com/images/comment_reply.pngPosted on 2011-08-30 00:09:42 | Report this Comment
އަޅެ ހާދަ ލަހަކުން. ވ ރީތި މި ވާހަކަ
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ރީން.


http://www.muraasil.com/images/comment_reply.pngPosted on 2011-08-30 00:13:19 | Report this Comment
މީ ވަރަށް ޝައުގުވެރިކަމާއެކު ކިޔަމުން އައިވާހަކައެއް. އެކަމް މިހާރު އަޕްނުވާތާ ގިނަދުވަސްވެގެން ވާހަކައިގަ ވީގޮތް ހަނދާންވެސްނެތް. ދެންވެސް އެހެންނުހަދާ އަވަހަށް އަޕް ކުރާނެކަމަށް ހީކުރަން.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އާނ އާތީ..............ތި ބުނީ ވަރަށް ބޮޑު ތެދެއް. އެގޮތަށް ގެނެސްދެވޭތޯ ބަލާނަން އިނގޭ.


http://www.muraasil.com/images/comment_reply.pngPosted on 2011-08-30 11:03:23 | Report this Comment
މިހުިހާ ދުވަހު އަޕްނުކުރީތީ ވ. ކދ ވެފަ މިހުންނަނީ. އެކަމު ސަބަބު އޮޅުންފިލީމަ އެއްވެސް ޝަކުވާއެއް ނެތް. މިބައިވެސް ސަޅި. އުންމީދު ކުރަން ދެންހުރި ބައިތައް އވަަސް ފުރުސަތެއްގައި ކިޔާލަން ލިބޭނެކަމަށް
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ އަލީ. އީދު މުބާރިކް.


http://www.muraasil.com/images/comment_reply.pngPosted on 2011-08-30 13:43:14 | Report this Comment
ރަނގަޅު އީދު ހަދިޔާއެއް.... އުއްމީދު ކުރަން ތިފެށިގޮތައް ދެން ނިމެންދެން ކުރިއަށް ގެންދާނެ ކަމަށް... މިޕާޓުވެސް ވަރަށް ނައިސް.. ދެން ކިހިނެތްތަ މިވާހަކަ ނިމޭނީ.... އަހަރެން ބޭނުން ނިމޭތަންކޮޅު ކިޔާލަން....ހެހެހެހެހެ
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހެހެހހެ............ނިމޭނެ. ނިމޭނެ. ގަސްކަރަ އަށް ހީވަނީ ކިހިނެއް ހެން ނިމޭނީ؟؟؟


http://www.muraasil.com/images/comment_reply.pngPosted on 2011-08-30 16:13:19 | Report this Comment
އީދު މުބާރިކް. މިއީ ވަރަށްރީތި ވާހައެއް. ވާހަކައެއް އަހާލަންތަ ސޮފް. ނާއީއަކީ ކާކުތަ ސޮފްގެ.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އީދު މުބާރިކް. ޝުކުރިއްޔާ އައިންތުގެ ކޮމްޕެލިމެންޓަށް. ނާއީ ދޯ؟ ނާއީ އަކީ ސޮފާގެ ކަޒިން ކުޑަކުޑަ ކޮއްކޮއެއް. އެންމެ 9 އަހަރުގަ ސޮފާމެންނާއި ވަކި އެވީ. ސޮފާއާއެކު އެ 9 އަހަރުވެސް އެއް ގެއެއްގައި ހޭދަކުރީ. ސޮފާ ވަރަށް ބޮޑަށް ލޯބިވާ ވވވވވވވވވވވވވވވ ބަސް އަހާ ރަނގަޅު ކުއްޖެއް އެއީ. އާދަޔާ ޚިލާފު އެތައް ސިފަތަކެއް ހުރި ސްޕެޝަލް ކުއްޖެއް އެއީ. އެ ކުއްޖާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށި. އާމީން.


http://www.muraasil.com/images/comment_reply.pngPosted on 2011-08-30 18:59:18 | Report this Comment
ވެލްކަމް ބެކް ސޮފާ!!! ވ އުފާކޮށްފިން ވާހަކަ އަޕްވީމަ....ޢީދު ދުވަހުގެ ތަހުނިޔާ ސޮފާއަށާއި ޢާއިލާއަށް ފޮނުވަން.....ވާހަކަ ހަމަ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ރީތި!!! ފަހަރެއަގަ ކޮންމެ ބަޔަކަށް ދެން ކޮމެންޓް ނުކުރެވިދާނެ....ޓެސްޓް ކައިރިވާތީ...އެކަމަކު ވަގުތު ވީ ވަރަކުން ކިޔާނަން އިނގޭ! ވިޝް ޔޫ އޯލް ދަ ބެސްޓް.....އުއްމީދުކުރަން ދެން އޮތް ބައިވެސް އަވަހަށް ފެންނާނެކަމަށް...(:
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ފާތުން. ވަރަށް އުފާކުރަން ފޯރ ޔޫ ކީޕިންގ އިން ޓަޗް ދޭތެރެއަކުންވިޔަސް. ޢީދު މުބާރިކް ފާތުންއަށްވެސް.


http://www.muraasil.com/images/comment_reply.pngPosted on 2011-08-30 22:01:08 | Report this Comment
sofa wb dear. :) hows u..? and hows everything.. its glad that you are back. sofa ge phone call vaahakah varah kiyaa hithun hutta thi publish kury. thanks sofa. hoping to see the next part soon. tgc and Eid Mubaarik. :)
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: Oh. Hi fan of Laaraa……..Thanks . Im fine. Things gonna be alright within time dho. NO wound will be RAW forever nu dho. It will soon heal but will left the mark. Likewise…..one day things will be alright. Inshaa Allah. Eid Mubarik to you and all fans of Lara.


http://www.muraasil.com/images/comment_reply.pngPosted on 2011-08-30 22:59:17 | Report this Comment
މިހާރު ފަސްތަރިތައް ގިނަކަމުން ވަރަށްބޮޑު އޮޅުމެއް އަރައިފި ހަދިޔާ ލިޔެފައި އެވަނީ ކޮން ފަސްތަރިއެއްބާ، ފަސްތަރީގެ ތިލައިފަށްދިމާވި ހާދިސާ މިހާރު ކިހިނެއްތަ ރަނގަޅުވާނެކަމަށް އުއްމީދު މިކުރަނީ ކޮންމެ މީހަކަށްވެސް ދިމާވީމަ އެނގޭނީދޯ ހުދު އަހަރެންގެ ފެމެލީގަވެސް މިދޭތެރެއަކުން އެކަހަލަ ކަމެއް ދިމާވި އެކަމް މިހާރުދެން ބުނެވޭނީ ކޮންމެވެސްވަރަކަށް ރަނގަޅޭ،********* އީދު----- ޕީ --- ޕީ----- ސޮރީ----- ޓްރެފިކްގަ ޖެހިގެން ކުޑަކޮށް ލަސްވީ އިނގޭ------------------------------------------- އީދު މުބާރިކް ތިބާއަށާއި ތިބާގެ ލަވްލީ ފެމެލީއަށް ޓޭކް ކެއަރ ސީޔޫ ސޫން ނެކްސްޓް ޕާރޓް
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ނާޝާ. އީދު މުބާރިކް. ސޮފާ ނުލިޔަން ހަދިޔާ ކިޔާ ވާހަކައެއް.


http://www.muraasil.com/images/comment_reply.pngPosted on 2011-08-30 23:10:08 | Report this Comment
ހާދަ ދުވަހެއް ކޮށްފައޭ ވާހަކަ ތި އަޕް ކުރީ... ކިހިނެއް ވީ؟ ކަމެއް ދިމާވީތަ؟ ކުރިން މި ވާހަކައަށް ކޮމެންޓެއް ނުކުރަން، އެކަމަކު ހުރިހާ ބައެއްވެސް ކީން... ފަހުން ވާހަކަ އަޕް ނުވާތީ ވަރަށް ދެރަވި...ރުޅިވެސް އާދެވުނު... އެކަމަކު އީދު ހަދިޔާއެއް ގޮތަށް އަލުން ވާހަކަ ކިޔާލަން ލިބުނީމަ ވަރަށް އުފާ ވެއްޖެ... ދެންވެސް އެހާ ލަސް ވާނެތަ؟ އެހެން ނަހަދައްޗޭ.. އަސްލު މި ވާހަކަ ވަރަށް ރީތި، ވަރަށް ރިއަލް ތަންތަން ކޮޅު ހުރޭ... ދެން ބުނެލާނީ ގުޑްލަކްއޭ!!!


http://www.muraasil.com/images/comment_reply.pngPosted on 2011-08-31 10:33:56 | Report this Comment
މިވާހަކަ ކިޔާއިރު ވަރަށް ބޮލަށް އުދަގޫވޭ........ ނޭގެ ގިނަބައި ތަށް ވައްޓާލާފަ ކިޔަނީވެސް...... އެކަމުވެސް ސްޓޯރީ ވަރަށްރީތި.... ތަންކޮޅެއް ވާހަކަގިނަ ކޮށްކަންނޭގެ ތިގެނެސްދެވެނީ.....
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ބަލާނަން އަދިވެސް ރަނގަޅު ކުރެވޭތޯ އިނގޭ. ޝުކުރިއްޔާ.


http://www.muraasil.com/images/comment_reply.pngPosted on 2011-08-31 13:37:11 | Report this Comment
ސޮފާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ!!!!!!އައިއްޔޯ!!ވަރަށް އުފާވެއްޖެ ވާހަކަ އަޕްވީމަ!މިބައިވެސް ވަރަށް ރީތި!ހިތްވަރޭ!ހިތްވަރޭ!ހިތްވަރޭ!!!=)
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އަނހަނ..........އާޔާ...............ހާދަ ދުވަހެއް ވެއްޖެޔޭ........މިސް ޔޫ ވަރަށް ބޮޑަށް. ތޭނކްސް އިނގޭ.


http://www.muraasil.com/images/comment_reply.pngPosted on 2011-09-01 12:54:59 | Report this Comment
އާޔާވެސް ވަރަށް މިސްވިއޭ ސޮފާ!ދެން ސޮފާއަށް ތި ދިމާވި ހިތާމައިގަ އާޔާވެސް ބައިވެރިވަން..ހުރިހާކަމެއްވެސް ރަނގަޅުވާނެ ވަރަށް އަވަހަށް އިންޝާﷲ ..އިތުރު ކުރިއެރުމަށް އެދެން! )

0 comments:

Post a Comment