ނަވީން
ބަލަން ހުއްޓާ ލީނާ މަޑުމަޑުން އެނދުން ފައިބައިގެން ގޮސް ހުދުބޮކި އައްޔަކުން
ކޮޓަރިތެރެ ދިއްލައިފިއެވެ.
ނަވީންއަކަށް ލީނާއާއި ހަތަރުކަޅި ހަމަކުރާކަށް ނުކެރުނެވެ. ނަވީން ހިނގައިގަތީ ކޮޓަރިން ނުކުތުމަށެވެ.
\"ޕްލީޒް ނަވީން......\" ލީނާ އަވަސް އަވަހަށް ގޮސް ނަވީންގެ އަތުގައި ހިފިއެވެ. ކަންތައް މިވީގޮތުން ލިބިފައި ހުރި ޝޮކްގައި އަދިވެސް ހުރި ނަވީންއަށް ލީނާއާއި ދިމާލަށް އެއްޗެއް ނުބުނެވުނެވެ. އެނބުރިފައި ބަލަހައްޓައިގެން ހުރެވުނީއެވެ.
\"ޕްލީޒް ނުދޭ......\" އެއްޗެއް ނުބުނެ ނަވީން ބަލަން ހުރުމުން ލީނާއަށް ފެހި ސިގްނަލް ލިބުނެވެ.
\"ނަވީންދެކެ އަހަރެން މިހާ ލޯބިވާއިރު ކީއްވެ ނަވީން ގަބޫލުނުކުރަނީ....\" ކަރުއެލުވާލާފައި އާދޭހާއެކު ލީނާ އެހިއެވެ.
ނަވީންއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ބަލާލެވުނީ އޭނަގެ އަމިއްލަ މޭގައި ލީނާގެ އަތްޖައްސާފައި ހުރުމުން ލީނާގެ އަތަށެވެ.
މިވަނީ ކީއްހެއްޔެވެ؟ އޭނައަށް މި ކުރެވެނީ ކީއްހެއްޔެވެ؟
\"މިދުނިޔޭގެ ހުރިހާ އުފަލަކަށްވުރެ.....\" ލީނާ ބުނަން ފެށިއެވެ.
\"ހުއްޓާލާ.....\" ލީނާ ދައްކަމުން ދިޔަ ވާހަކަ ހުއްޓުވީ ނަވީން އެވެ. ގަދަ ރުޅިއަކާއެކުގައެވެ. ކުއްލިއަކަށް ލީނާގެ އަތް ދުރަށް ލާފައި ލީނާގެ އަތް ނުފޯރާ ފަށަށް ދުރަށް ޖެހެމުންނެވެ.
\"ލީނާ މޮޔަވީތަ.....؟\" އަލަމާރީގައި އެއް އަތް އަޅުވާލަމުން ނަވީން މިހެން އަހާލިއިރު އަނެއްއަތް އުނަގަނޑުގައި ވިއްދައިގެން ހުރި ގޮތުންވެސް ނަވީންގެ ނުރުހުމާއި ހިތްހަމަނުޖެހުން ފާޅުވަމުން ދިޔައެވެ. އެކަމަކު އެއީ އެކަން ފާހަގަ ކުރަން މީހަކު އުޅޭނަމަތާއެވެ.
\"އަހަރެން އެކަންޏެއްނޫންކަންނޭނގެ މޮޔަވީ....\" ހަމަ މީގެ ހިނދުކޮޅެއްކުރިން އޭނަގެ އެނދުމަތީގައި ނަވީން އާއި އޭނައާއި ދެމެދުގައި އެ ހިނގި ކަންތަކަށް ނިސްބަތްކޮށް ލީނާ މިހެން ބުނެލީ ފަޚުރުވެރި ރާގަކަށެވެ.
\"ކޮންހެނެއްތަ ލީނާއަށް ވިސްނޭނީ....ތިގޮތަށް އުޅޭތީ ލީނާ ދެކެ ރުޅިއާދެވެނީ...." ނަވީންއަށް އަބަދުވެސް ލީނާ ދެކެ ނުރުހެވޭ އެންމެ ބޮޑު ސަބަބު ނަވީން ހާމަ ކުރިއެވެ.
\"ނަވީން މިހާރު ދެކޮޅުތިހަދަނީ ނަވީންގެ އަމިއްލަ ހިތާ.....އަހަންނަށް ޔަގީން....\" ހަމަޖެހިލާފައި ލީނާ މިހެން ބުނީ ވަރަށް ޔަގީންކަމާއެކުގައެވެ.
ނަވީނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ނުވަތަ އެނގުނު ނަމަވެސް ނުވެސް ބުނެވުނެވެ. ބަލަހައްޓައިގެން ހުރެވުނީ ދެގޮތެއް ނުވެ ލީނާ އޭނައަށް އެކަހަލަ އުނދަގޫކުރަމުން އަންނާތީ ހިތްހަމަ ނުޖެހިފައެވެ. ލީނާގެ މަޅީގައި އޭނައަށް ޖެހެވުނީތީ ޚުދު އޭނަގެ އަމިއްލަ ނަފްސު ދެކެ އާދެވިފައި ހުރި ރުޅިއަކުންނެވެ. ހިނދުކޮޅަކަށްވިޔަސް އިނާއަށް ޚިޔާނާތްތެރިވެވިއްޖެ ކަމުގެ އިހްސާސުން އަމިއްލަ ނަފްސު ކުށްވެރި ކުރެވިފައެވެ.
އެކަމަކު އޭނައަށް ކުރެވުނު އެއްވެސް ކަމަކީ އޭނަ ގަސްތުގައި ކުރި ކަމެއް ނޫނެވެ. އޭނައަށް އޮވެވުނީވެސް އިނާގެ ފިކުރުގައި ކަމަށްވުމުން ހުވަފެނުގައިވެސް އޭނައަށް އުޅެވުނީ އިނާއާއެކުގައެވެ. ޙަގީގީ ދުނިޔޭގައި އޭނަގެ އަތުގެތެރޭގައި މީހަކު ވީ ކަމެއް އޭނައަކަށް އޭރަކު ނޭނގެއެވެ. އެއީ އޭނަގެ ހުވަފެނީ ޢާލަމެވެ.
އެކަމަކުވެސް އެކަން ވެ ނިމިއްޖެއެވެ. ދެން ހަދާނީވެސް ކިހިނެއް ހެއްޔެވެ؟
އަނެއްކާ އޭނަ މިގޭގައި ހުއްޓާ އޭނަގެ މަންމަވެސް މިގެއަށް އައިސްދާނެއެވެ.
މިހެން ހިތަށް އެރުމާއެކު ދިއުމަށްޓަކައި ނަވީން ހިނގައިގަތެވެ. އެވަގުތަކީ ކޮޓަރިން ބޭރުން ކޮންމެވެސް އަޑެއް އިވިގެން ލީނާވެސް އެފަރާތަށް އެނބުރިލި ވަގުތެވެ. އެ އަޑު ބޮޑަށް ވައްތަރުވީވެސް ދޮރެއް ލައްޕާލިފަދަ އަޑަކާއެވެ.
\"މަންމަ....؟\" އެ އަޑުއިވުމުން އެންމެ ފުރަތަމަވެސް ނަވީންގެ ހިތަށް އެރީވެސް އަދި ދުލުން ބޭރުކުރެވުނީވެސް މި ލަފުޒެވެ. ލީނާގެ ބައްޕަވެސް ރަށުގައި ނެތުމުން، އެގެއަށް އައިސް ގޮސްހަދާނެ ބަޔަކު ނުއުޅޭނެކަން ނަވީނަށް އެނގޭތީއެވެ. ކޮންމެ ރެއަކު އެތަކެއްފަހަރު އެގެއަށް އައުމަކީ އޭނަގެ މަންމަގެ އާދައެއްކަން އެނގޭތީއެވެ.
އެހުރި ހިސާބުގައި ނަވީންއަށް ހުއްޓެވުނެވެ.
ނަވީންގެ އަނގައިން މަންމާއޭ ބުނިއަޑަށް ނަވީން އާއި ދިމާލަށް ބަލަން ހުރެފައި ކޮޓަރިން ނިކުންނަން ހިނގައިގަތީ ލީނާއެވެ. ނަވީން އެ ބުނިހެން މަންމަ އައީއޭ ލީނާއަށްވެސް ހީކުރެވުނެވެ.
ކޮޓަރީގެ ދޮރު ލައްޕާލާފައި ދިޔަ ލީނާ އެނބުރި ނައިސް ލަސްވާން ފެށުމުން، އޭނައަށް ހީކުރެވުނު ހީ ނަވީން މުޅިން ޔަގީން ކުރިއެވެ.
މިވީ ކިހާ ދެރަ ކަމެއް ހެއްޔެވެ؟
ފުރަތަމަ ލީނާއެވެ. މިހާރު އެހެރީ މަންމަ އައިހެވެ. އަޅެ މަންމަ އައުމުގެ ކުރިން މިކޮޓަރިން ނުކުމެވުނު ނަމައެވެ. އެކަމަކު މަންމަ ދަންދެން މިހެން ހުންނަންވީހެއްޔެވެ؟ މިހެން ހުއްޓާ މަންމަ މި ކޮޓަރިއަށް އައިއްސިއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ. ރޭގަނޑުން ދިހައެއް ޖަހާ ބޮޑުވިއިރުވެސް ލީނާގެ ނިދާ ކޮޓަރީގައި އޭނަ ހުރިކަން މަންމައަށް އެނގިއްޖެނަމަ މަންމައެއްކަމަކު، އެ މަންމަގެ ހިތްވެސް އޭނަގެ ނިޔަތާއި ދޭތެރޭ ޝައްކު ކުރާނެއެވެ.
ރަނގަޅު އެއްގޮތެއްވެސް ނެތެވެ.
ނޫނެކެވެ. މިހެން ހުރެއްޖެނަމަވެސް ވާނީ ބަދުނާމެކެވެ. އޭނަ އެ ކޮޓަރީގައި ހުރިކަން މިހާރު ލީނާ ނުބުނާ ކަމެއްވެސް ނޭނގެއެވެ. މަންމައަށް އޭނަ ފެނިގެން ސުވާލު އުފެދުމުގެ ކުރިން، މިހާރު ލީނާ ފަހަރެއްގައި މަންމަ ކައިރީ ބުނެވެސް ފާނެއެވެ. އެންމެ ރަނގަޅުވާނީ ނިކުތިއްޔާއެވެ. ފިލައިގެން ބޮނދައިގެން އޮތުމަކީ ދޮގު ތުހުމަތު އެޅޭނެ ކަމެކެވެ.
ކުއްލިއަކަށް ދޮރު ހުޅުވާލާފައި ނަވީން ނިކުމެއްޖެއެވެ. ދެފަރާތަށް ބަލާލިއެވެ. ސިޓިންރޫމްގެ އެއްވެސް ދިމާލަކުންވެސް އަދި ބަދިގެއާއި ވީ ދިމާލުންވެސް މީހަކު ނުފެނެއެވެ. ވަރަށް މަޑުމަޑުން ދޮރު ލައްޕާލާފައި ނަވީން ހިންދެމިލިއެވެ.
ނަސީބެކެވެ. ލީނާވެސް ނެތެވެ. މަންމަ އެގެއަށް އައި ބޭނުމެއް ނިމުމުން މަންމަ ދިޔައީ ކަމަށް ނަވީން ނިންމިއެވެ. ނޫނީ ލީނާއާއެކު ކޮންމެވެސް އެހެން ކޮޓަރިއެއްގައި ކޮންމެވެސް އެހެން ކަމެއްގައި ވީ ކަންނޭނގެއެވެ.
އެގެއިން ނުކުންނަން ނަވީން ހިނގައިގަތީ އެޕާރޓްމަންޓް ދޮރާއި ދިމާލަށެވެ. އެ ދިޔަދިއުމުގައި ސިޓިންރޫމްތެރެއިން ނުކުމެވެން ހުންނަ ބެލްކަނީއަށް ކަޅިއެއް އެއްލުނީ އެއްވެސް ގަސްދެއް ނެތިއެވެ. އަދި އެ އެއްލުނު ކަޅިން ނަވީންގެ ލޮލުގައި އެތަނުގައި ހުރި ލީނާ އަޅައިގަތެވެ. ބެލްކަނީގެ ފާރާއި ނިވާވެފައި ހުރި މީހަކާއި ވާހަކަ ދައްކަން ހުރި ލީނާގެ ބުރަކަށިން ބަޔަކާއި އިސްތަށިގަނޑުން ބައެއް ރީތިކޮށް ފެނެއެވެ.
އެހެންވީމަ އައީ އޭނަގެ މަންމައެއް ނޫންތާއެވެ. ލީނާ އެހެރީ އެ އައި މީހަކާ ވާހަކަ ދައްކާށެވެ. އާދައިގެ މަތިން ލީނާ ގެންގުޅޭ މުއްސަނދި ލޯބިވެރިންކުރެ ކޮންމެވެސް އެކަކަށް އެ ނޫނީ ނުވާނެއެވެ. ލީނާގެ މި ގޮތެއް ދުވަހަކުވެސް ބަދަލު ނުވިތާއެވެ. ލީނާގެ ހަތަރު އިރުގެ ކެއުމަކީވެސް މުއްސަނދި ފިރިހެނުން ފަދައެވެ.
އެއައީ އޭނަ މަންމަކަމަށް ނުވިކަން އެއީ އޭނައަށް ހުރި ހެޔޮ ނަސީބެކެވެ. ލީނާ އުޅޭނެ ގޮތެއް އެނގޭނީ ލީނާއަށެވެ. އޭނަގެ މައްސަލައެއް ނެތެވެ.
ދެފަރާތަށް ބޯ ހޫރާލާފައި، ދިއުމަށްޓަކައި ނަވީން ހިނގައިގަތެވެ.
\"ނޫނެކޭ....މަޑުކޮށްބަލަ....އަންނާނަން ވަރަށް އަވަހަށް....\" އެޕާރޓްމަންޓުން ބޭރަށް ނުކުންނަ ދޮރުގެ ތަޅުގައި ހިފަން ނަވީން އަތް ދިއްކުރި ވަގުތަކީ އޭނަގެ ފުރަގަހުން މި އަޑު އިވުނު ވަގުތެވެ. މީހެއްގެ އަޑު އިވުމުން އެ އަޑު އައި ދިމާލަކަށް ކޮންމެ މީހަކުވެސް ބަލާނެ އާއްމު އުސޫލުން ނަވީނަށްވެސް ހަމަ ވަގުތުން އެ އަޑުއައި ދިމާލަށް އެނބުރިލެވުނެވެ.
އެއާއެކު ނަވީންގެ މޫނަށް ސިހުމެއް ވެރިވެގެން ދިޔައެވެ.
އޭނައަށް މިފެންނަނީ ރަނގަޅަށްބާވައޭ ހިތަށް އެރިއެވެ.
އާނއެކެވެ.
އެއީ ޒިޔާދުއެވެ.
އިނާއާއި ކައިވެނި ކުރަން ހުރިހާ ކަމެއް ހަމަޖައްސާފައި، އިނާގެ ބައްޕައެއް ނެތޭ ކިޔާފައި ކައިވެނި ނުކުރި ޒިޔާދު އެވެ. އޭނައާއި އިނާއާއި ގުޅުމެއް ނެތް އިރުވެސް އޭނައަށް ޝައްކުކޮށް، އޭނައަށް ލަނޑެއް ދިނުމުގެ ގަސްތުގައި ހިތަދޫގެ ލިންކް ރޯޑުން އޭނަގެ ކާރާއި އެކްސިޑެންޓްވި ގޮތް ދައްކައި އޭނަގެ ކާރަށް ގެއްލުންދިން ޒިޔާދުއެވެ.
އެކަމަކު މިގޭގައި ލީނާއާއެކު ޒިޔާދު ކުރަނީ ކީއްހެއްޔެވެ. ނަވީން އަދިވެސް ބޮޑަށް ފަރުވާވެ ބަލާލިއެވެ.
ލީނާ އުޅެނީ ކޮންމެވެސް އެއްޗެކޭ ކިޔާފައި ދާށެވެ. ޒިޔާދު އުޅެނީ ލީނާ ނުފޮނުވާށެވެ.
އޯވހ...
އެހެން ވެގެން ނުވާނެއެވެ. ހަމަ އަސްލުވެސް ހެއްޔެވެ؟ ޒިޔާދުގެ މިހާރުގެ ޝިކާރައަކީ ލީނާހެއްޔެވެ؟
މަންޒަރު ބަލަން ހުރި ނަވީނަށް ދާދި ފަސޭހައިން އެ ދެމެދުގައިވާ ގުޅުން ވިސްނިއްޖެއެވެ.
އެޕާރޓްމަންޓަށް ވަންނައިރު ސިޓިންރޫމާއި އެޕާރޓްމަންޓުގެ ދޮރާއި ދެމެދުގައި ބިމުން މައްޗަށް ސީލިންގ އާއި ހަމައަށް ޖަހާފައިވާ ވަރުނީސްލީ ލަކުޑީގެ ގޮޅިޖެހި ޕާރޓިޝަނުގެ އެފަރާތުގައި ނަވީން ހުރުމުން ލީނާމެނަށް ނަވީން ނުފެނުނު ނަމަވެސް، ހަ އިންޗި ހަ އިންޗީގެ އެ ގޮޅިތަކުގެ ދޭތެރެއިން ނަވީންއަށް އެ ދެމީހުން ވަރަށް ރީތިކޮށް ފެނެއެވެ.
މީހަކަށް ފެނިދާނެތީ އަވަހަށް ދާން ގަސްތުކޮށްގެން ހުރި ނަވީން ދިއުމުގެ ޚިޔާލު މުޅިން ދޫކޮށްލާފައި އަނބުރާ އެތެރެއަށް ވަނުމަށް ހިނގައިގަތެވެ.
ޒިޔާދުގެ ރުހުމާއި ދެކޮޅަށް ކަހަލަ ގޮތަކަށް ގޮސް ލީނާއަށް ލީނާގެ ކޮޓަރީގެ ދޮރުގައި ހިފުނު ވަގުތަކީ ނަވީން ސިޓިންރޫމަށް އެނބުރި ވަން ވަގުތެވެ. ބެލްކަނީގައި ހުރެފައި ގޭތެރެއަށް ވަދެހުރި ޒިޔާދު އަށާއި، ލީނާގެ ކޮޓަރީގައި އޭނަ އަދިވެސް އިންނާނެ ކަމަށް ހީކޮށް އެ ކޮޓަރިއަށް ވަންނަން ދިމާކޮށްގެން ހުރި ލީނާ އާއި ދެމީހުންނަށް ނަވީން ފެނުމުން އެނބުރުން ފާޅުގައި ސިހިގެން ދިޔައެވެ. ދެމީހުންމެ ބަލާލެވެނީ އެކަކު އަނެކެއްގެ މޫނަށެވެ. ދެން ނަވީން އާއި ދިމާލަށެވެ.
\"ޒިޔާދު މިގޭގަ ކީއްކުރަނީ....؟\" ލީނާ ބޭނުން މީހަކު ލީނާގެ ގެއަށް ގެނެވޭނެކަން އެނގިހުރެ، އަދި ލީނާ އާއި ޒިޔާދު އާއި އޮންނަ ގުޅުމަކާއި އޭނަގެ ބެހުމެއް ނޯންނާނެކަން ހަނދާން ހުރިއިރުވެސް ނަވީންއަށް އެ ސުވާލު ނުކޮށް ނުހުރެވުނެވެ.
އިރުގަނޑެއް ދިޔައި އެކަކުގެ އަނގައިންވެސް އެކައްޗެއްވެސް ނުބުނެވިއެވެ.
އެގޭތެރެއިން ނަވީން ފެނުމުން ޒިޔާދުއަށް ލިބުނު ހައިރާންކަންވެސް ވަކި ކުޑައެއް ނޫނެވެ.
އޭނަ ނިކުތްއިރު އޭނަގެ ކޮޓަރީގައި ހުރި ނަވީން، ކޮޓަރިން ބޭރުން ފެނުމުން ލީނާއަށް ލިބިފައި ހުރި ހައިރާންކަމާއި އޭނަގެ ގޭގައި އޭނައާއި ބައްދަލުކުރަން ޒިޔާދު އައިސްހުރިތަން ދެކެން ނަވީން ހުރުމުން ގަނެފައިވާ ބިރު އަދި މާ ބޮޑެވެ.
\"ޒިޔާދު މިގޭގައި ކީއްހޭ ކުރަނީ....؟\" ނަވީންގެ އަޑުގައި ވަނީ އަމުރުވެރި ގޮތެކެވެ. ޒިޔާދު އައިސް ވަދެފައި ހުރީ ނަވީންގެ އަމިއްލަ ގެއަށް ފަދައެވެ.
އިނާ އާއި ކައިވެނި ނުކުރާނެކަމަށް ޒިޔާދު ބުނިފަހުން މިހާ ކައިރިން ޒިޔާދު ފެނުނު އަދި މިއީ ފުރަތަމަ ފަހަރެވެ. އެހެންކަމުން ބުނަން ނޭނގޭ ސަބަބަށްޓަކައި ނަވީންއަށް ހުރެވުނީ ރުޅިއާދެވިފައެވެ.
\"ތި ސުވާލު އަހަންނަށްވެސް ކުރެވިދާނެ...\" މޫނުމައްޗަށް ކާމިޔާބީގެ ހިނިތުންވުމެއް ގެނެސްފައި ޒިޔާދު ދިނީ ޖެހިލުންކުޑަ ޖަވާބެކެވެ.
ނަވީންއަށް ހުއްޓުމެއް އައެވެ.
އެއީ ތެދެކެވެ.
މިވަގުތު މިތަނުގައި އޭނައާއި ޒިޔާދު އާއި ދެމީހުންގެ ތަފާތުވާ ކަމެއް ނެތެވެ.
ޒިޔާދުވެސް އައިސް އެހެރީ ލީނާ ކައިރިއަށެވެ. އޭނަ އެ ނިކުތީ ލީނާ އާއެކު އެއް އެނދެއްގައި އޮވެފައެވެ. ޒިޔާދުއަށް އެކަން ނޭނގުނަސް އޭނައަށް އެނގެއެވެ.
"މިއީތަ ލީނާ މިހާރު ކުޅޭ ކުޅިވަރަކީ....މިއީ ކާކުކަން އެނގޭތަ؟\" ވަރަށް އަމިއްލަ މީހަކު ކުށެއް ކުރާތަން ފެނުމުން އެކަމަށް ފާޑުކިޔާ ކަހަލަ ގޮތަކަށް ލީނާއާއި މުޚާޠަބްކޮށް ނަވީން ވާހަކަ ދައްކަން ފެށިއެވެ.
ލީނާއަކަށް ޖަވާބެއް ނުދެވުނެވެ. އެއްފަހަރު ނަވީނާއި ދިމާލަށް ބަލާލާފައި ދުރު ބަލާލިއެވެ.
\"ލީނާއަށް އެނގެންވާ މިންވަރަށް އެނގިފަ ހުންނާނީ...\" ޒިޔާދުގެ އަޑުގައި ވަނީ ބޮޑާ ކަމާއި ފަތަޙައެވެ. އޭނައަށް އެ ހުރެވެނީ ނަވީންއާއި އެފަދަ ގޮތަކަށް މުޚާޠަބް ކުރަން އެންމެ އެކަށީގެންވާ މަގާމުގައި ފަދައެވެ.
\"ލީނާ އަށް ރަނގަޅުވާނީ މި ނޫން މީހަކު ހޯދުން" ޒިޔާދުގެ ޖެހިލުންކުޑަ ކަމާއި ކެރޭކަން ފެނިފައި އެ ބަހުސްގައި އިތުރަށް ކުރިއަށް ދާކަށް ނަވީން ބޭނުން ނުވިއެވެ. ލީނާއަށް ރަނގަޅު ނަސޭޙަތެއް ދީފައި ނަވީން ދިޔައީއެވެ.
** ** ** ** ** ** ** **
\"އޭނަ ކީއްކުރަން މިގެއަށް އެއައީ....؟\" ނަވީން ގޮސް ދޮރުން ނުކުމެ ދޮރުލައްޕާލުމުން ޒިޔާދު އެހިއެވެ.
\"ނޭނގެ....އެގޭ މަންމަ ފޮނުވައިގެން ކަމަށް އެ ވާނީ...." ކަނޑައެޅިގެން ބުހުތާނު ދޮގެއް ލީނާ ހަދާލިއެވެ.
"އެގޮތަށް ކިތައްފަހަރު އޭނަ އާދޭތަ މިގެއަށް...؟" ޝައްކުގެ ނަޒަރަކުން ލީނާއަށް ޒިޔާދު ބަލާލިއެވެ.
"ދެން ކަމެއް ޖެހިއްޖެއްޔާ އަންނާނެ...." ވަރަށް ވަރުބަލިވެފައި ހުރި މީހަކު ފަދައިން އައިސް ސޯފާގައި ލީނާ އިށީނދެއްޖެއެވެ.
\"އޭނައަށް އޭނަ ލިބުނީމަވެސް އަދިވެސް އެ ހުންނަނީ އަހަންނާ ދިމާކޮށްލާފައޭ ދޯ؟\" އިނާއަށް ނިސްބަތްކޮށް އަމިއްލަ އަމިއްލައަށް އަހާލި ސުވާލެއް ޒިޔާދު އަހާލިއެވެ.
ލީނާ ހަމަ އެކައްޗެއްވެސް ނުބުނެއެވެ.
"އަނެއްކާ އެހެން އުޅެލާފައި ލީނާވެސް ޖަހައިގަންނާނެ ކަންނޭނގެ އޭނަ...." ޒިޔާދުއައިސް ލީނާ ކައިރިއަށް ހުއްޓުނެވެ.
\"އަހަރެން ގުޅަންދެން ނައިސް ހުރިނަމަ މިހެނެއް ނުވީހެއްނު...؟" ކަންތައް މި ދިޔަ ގޮތުން ލީނާ އެއިނީ ކޮންމެވެސް ވަރަކަށް ޒިޔާދުއާއި ދޭތެރޭ ހިތްހަމަ ނުޖެހިފައެވެ.
\"އަޅާނުލާބަލަ....ކޮންމެވެސް އެއް ދުވަހަކުން އެނގޭނެނު...ގައިމުވެސް ކައިވެނި ނުކުރެވޭނެއެއްނު އޭނައަށްވެސް ނޭނގިއެއް. އަހަރެން ހާސްނުވާއިރު ކީއްވެ ލީން ހާސްވަނީ....؟" ހަމަޖެހިލާފައި ސޯފާގައި އިށީނދެލަމުން ޒިޔާދު ބުނެލިއެވެ.
ހަގީގަތުގައިވެސް އޭނަ ހާހެއް ނުވެއެވެ. ވާނީވެސް އެހެންތާއެވެ. ޒިޔާދު ހިތުން ޒިޔާދު އުޅެނީ ލީނާއާއި ސީރިއަސްކޮށް ރައްޓެހިވެގެންނެވެ. މާ ލަސްތަކެއްނުވެ އެ ދެމީހުންގެ ކައިވެނިވެސް ކުރެވޭނެއެވެ. މިދުވަސްކޮޅު އެންމެ ބާރަށް އެންމެ ގިނައިން ދެއްކޭ ވާހަކައަކީވެސް އެއީއެވެ. ލީނާއާއި އޭނައާއި ދެމެދުގައި ވަނީ އެފަދަ އެތަކެއް ވަޢުދުތަކުން ދީފައިވާ ޔަގީންކަމެއް އުފެދިފައެވެ. އެހެންކަމުން ޒިޔާދުއަކަށް އެއްގޮތަކަށްވެސް ހަގީގަތެއް ނޭނގެއެވެ. އޭނަގެ ފުރަގަހުގައި ލީނާ ކުޅެނީ ކޮންފަދަ ނުރައްކާތެރި ހީލަތްތެރި ކުޅިގަނޑެއްކަމެއް ޒިޔާދުއަކަށް ނޭނގެއެވެ.
އެއްކަހަލަ ދެ ހީލަތްތެރިން ޖެހުމުން އެކަކު އަނެކަކަށް ހަދާ ހީލަތާއި މަކަރަކީ އެދެމީހުންނަށްވެސް، އަދި އާދައިގެ އެއްވެސް ލޮލަކަށް ފަސޭހައިން ފާޅުވާނެ ކަމެއް ނޫންކަމުން، އެދެމީހުންގެ ސިއްރު ގުޅުން ސިއްރެއްގެ ގޮތުގައި މި އަދާއި ހަމައަށްވެސް އެ އަންނަނީ ކުރިއަރަމުންނެވެ.
އެކަމަކުވެސް ހަގީގަތަކީ އެއީއެއް ނޫނެވެ.
ހަގީގަތަކީ މުޅިން އެހެން އެއްޗެކެވެ.
ޒިޔާދު އަކީ ލީނާގެ ފޫހި ވަގުތު ތަކުގެ ބައިވެރިޔާއެވެ.
ޒިޔާދު އަކީ މުއްސަނދި މަހުޖަނެއްފަދަ މީހެކެވެ. ލީނާ އާއި ލީނާގެ އާއިލާއަށްހުރި ފައިސާގެ ތިޖޫރީއެއްފަދަ މީހެކެވެ. ޒިޔާދުއަށް ނޭނގުނު ނަމަވެސް އޭނަ ޒިޔާދު އާއި ގުޅިގެން އުޅޭ ސަބަބުތަކުގެ ތެރޭގައި މި ސަބަބަކީ ވަރަށް މުހިއްމު ދައުރެއް ކުޅޭ ސަބަބެކެވެ.
އެކަކަށް ތެދުވެރިވެ ހުރުމާއި، ވަފާތެރި ވުމަކީ ލީނާގެ ބަހުގައި ނަމަ މާ "ކަޓު" ގޮތެކެވެ. އަބަދުވެސް "ކުރިއަށް" ދާން ޖެހޭނެއެވެ. ބުއްދިވެރިން ބުނާ "ފަސްއެނބުރި ނުބަލާ އަބަދުވެސް ކުރިއަށް ދާށޭ" ބުނާބަސްވެސް ލީނާ މާނަކޮށްފައިވަނީ އޭނަގެ އަމިއްލަ ގޮތަކަށެވެ. އޭގެއިން އޭނައަށް ނެގެނީ ހަމަ އެކަނި އޭނަގެ އަމިއްލަ އެދުމުގެ މާނައެވެ. ތިމާއާއެކު އެހެން އެތައް ބައެއްގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވެއްޓުނަސް އޭނަ މަސައްކަތްކުރާނީ އޭނައަށް އުފާ ޙާޞިލް ވާނެހާ ގޮތަކަށެވެ.
މިއީ ލީނާގެ ގަވާޢިދެވެ.
** ** ** ** ** ** ** **
ލީނާއާއިއެކު ގާތް ގުޅުމެއް އުފެއްދުނީތީ އެކަމުގެ ދެރަހީވެފައި ހުއްޓާ އެތަނުން ޒިޔާދު ފެނުމުން ނަވީންގެ ސިކުނޑިއަށް ލިބުނީ އިތުރު ބުރަ ކަމެކެވެ. ހިތްހަމަނުޖެހިފައި ހުރި ވަރުން ގޭތެރެއަށް ވަދެގެން ދެވުނީވެސް ވަރަށް ބާރަށެވެ. އެ ދިޔަ ގޮތަށް ގޮސް ސިޑިން މައްޗަށް އަރައި ކޮޓަރިއަށް ވަދެ ދޮރުލައްޕާފައި ކޮޓަރީގައި ހުރި ސޯފާގައި އިށީނދެއްޖެއެވެ. ފުން ނޭވާއެއް ލެވުނީ ދެނެވެ.
އޭނަ ހަމަ ހައިރާން ވެއްޖެއެވެ.
ޒިޔާދު ހެއްޔެވެ؟ ލީނާ އާއި ޒިޔާދު ހެއްޔެވެ؟ އެއީ ކިހިނެއްވީ ކަމެއް ހެއްޔެވެ؟
ޒިޔާދުގެ ނުލަފާ ކަމެއް އެބަހުރިތާއެވެ. ލީނާގެ އާއިލާއާއި އޭނަގެ އާއިލާގެ ގާތްކަން އެނގިހުރެވެސް ލީނާއާއި އެފަދަ ގާތްކަމެއް ބާއްވަން ޒިޔާދުއަށް ކެރިއްޖެތާއެވެ. އިނާ އާއި ދޭތެރޭ ޒިޔާދު ކަންތައްކުރި ގޮތް ލީނާއަށް އެނގޭބާވައެވެ. އަނެއްކާ ލީނާ ކައިރިން އޭނަ ދުރަށް ދާނީ ކޮންފަދަ ލަނޑެއް ދީފަ ކަމެއްވެސް ނޭނގެއެވެ. އެ ޒިޔާދުއަކީ ކާކުކަމާއި އިނާއާއި ދޭތެރޭ އޭނަ ކަންތައް ކުރިގޮތް ލީނާއަށް އެނގޭތޯ ބަލަން އޭނަ ބޭނުމެވެ. ކޮންމެވެސް ވަގުތެއް ހޯދާލައިގެން ލީނާއާއި އޭނަ އެ ވާހަކަ ދައްކާނެއެވެ. އޭނަ ބޭނުން ނުވާ ގުޅުމެއް އޭނައާއިއެކު ބާއްވަން ލީނާ މަސައްކަތް ކުރާތީ ލީނާދެކެ އެފަދަ ވަގުތުތަކުގައި ރުޅިއައި ނަމަވެސް، ލީނާއަށް ދެރައެއް ލިބޭކަށް އޭނަ ނޭދެއެވެ. ވަގުތު ފާއިތުވުމުގެ ކުރިން ލީނާއަށް އެކަންތައްތައް އަންގަން އޭނަ ބޭނުމެވެ. އިނާ އާއި ގުޅިގެން އުޅުނުއިރުވެސް ވަފާތެރިވާން ނޭނގުނު މީހަކަށް ލީނާ ފަދަ "ފަސޭހަ" އަންހެންކުއްޖަކަށް ދީފާނެ ލަނޑަކަށް ލީނާގެ ލޯހުޅުވަދޭން އޭނަ ބޭނުން ވެއެވެ.
އިނާ....
ކުރެވެމުން ދިޔަ ޒިޔާދު އާއި ލީނާގެ ޚިޔާލުގެ ތެރެއިން ނަވީނަށް އިނާއާއި ހިސާބުން ހުއްޓެވިއްޖެއެވެ. ނަވީނަށް އިހްސާސް ކުރެވެން ފެށީ ވަރަށް ބޮޑު ކުށެއް ކުރެވިފައިވާ ކަމުގެ އިހްސާސެވެ. އިނާއަށް ޚިޔާނާތްތެރިވެވުނު ކަމުގެ އިހްސާސެވެ.
މިއަދު ލީނާއާއި އޭނައާއި ދެމެދުގައި މި ހިނގި ކަންތައް އިނާއަށް އެނގިއްޖެނަމަ އިނާ ބުނާނީ ކީކޭބާވައެވެ؟ އެނގޭނީ އޭނަ ބުނިއްޔާއެވެ. އެކަމަކު ބުނަން ޖެހޭނެބާވައެވެ. ބުނެފިއްޔާ އިނާ އޭނައަށް މައާފް ކުރާނެ ބާވައެވެ.
ކަންބޮޑުވެ ހާސްވެގެން ގޮސް ނަވީނަށް އިންތަނުން ކުއްލިއަކަށް ތެދުވެވުނެވެ. ވަކި މާނައެއް ނެތި ގޮސް ހުއްޓެވުނީ ފާހާނާގެ ބޭރު ފާރުގައި ހަރުކޮށްފައި ހުންނަ މޫނުބަލާ ލޯގަނޑުކައިރިއަށެވެ. އެދިމާލުގައި ހުރި ކަބަޑުގައި ދެއަތް އަޅުވައިގެން އަމިއްލަ މޫނަށް ލޯގަނޑުން ބަލަހައްޓައިގެން ހުރެވުނީ އެ ޚިޔާލުގައެވެ. އޭނަގެ މޫނުން އިނާގެ ސޫރަ ފެނޭތޯ ބަލާ ފަދައެވެ.
އިނާ ދިޔައީ ކޮންތާކަށް ހެއްޔެވެ؟ ކީއްވެހެއްޔެވެ؟ އިނާ ދެކޭހިތުން ކައިރިއަށް ދާހިތުން އޭނަގެ ކެތްތެރިކަން ކޮޅުންލަނީއެވެ. އިނާއަށް މިވަރު ނުވިސްނެނީ ކީއްވެހެއްޔެވެ؟ މިއަދު ލީނާއާއި އޭނައާއި ދޭތެރޭ މި ހިނގިކަމެއްވެސް މި ހިނގީ ހަމަ އިނާގެ ސަބަބުންނެވެ. އޭގައިވެސް ކުށްވެރި ވާނީ އިނާއެވެ. އެގޮތަށް އިނާ ނުދިޔަނަމަ މިހެން ނުވީހެވެ.
އައި ރުޅީގައި ކަބަޑުގައި މުށްކަވާފަ ޖެހުނެވެ. އެންމެ ކަމެއް ދެކަމެއްގެ ރުޅިއެއް ނޫނެވެ.
"ޓަކް ޓަކް.....ޓަކް ޓަކް...." ދޮރުގައި މީހަކު ޓަކި ޖެހި އަޑު ނަވީނަށް އިވުނެވެ.
"މަންމާ....؟" ހުޅުވާލި ދޮރު ކުރިމަތީގައި ނަވީންގެ މަންމަ ހުރިތަން ފެނުމުން ސުވާލުގެ ގޮތުގައި ނަވީނަށް އަހާލެވުނެވެ.
"އާނ....ދަރިފުޅާއި ވަރަށް ބޮޑު ވާހަކައެއް ދައްކަން މަންމަ އުޅޭތާ ކިތަންމެ ދުވަހެއް....މިއަދު ހެނދުނު ދިޔަ ގޮތަށް އަދި ތިއައީތަ؟" މަންމަ އައީ އޭނައާއި މުހިއްމު ވާހަކައެއް ދައްކަން ކަން އެނގުމުން މަންމަ ވަނުމަށް ނަވީން ތަންދެއްކިއެވެ.
"ދަރިފުޅު ކައިފިންތަ...؟" ނަވީންގެ އެނދުގެ ފައިލާކޮޅުގައި، ފާރުކައިރީ ހުރި ސޯފާގައި އިށީނދެލަމުން ނަޖްމާ އެހިއެވެ.
"އަދި...." ބުނާނެ އެއްޗެއް ނޭނގިގެން ބޯކަހާލާފައި ނަވީންވެސް މަންމައަށް ކުރިމަތިލައިގެން އެނދުގައި އިށީނދެއްޖެއެވެ.
"މަންމަ ބުނަން މި އުޅެނީ....." ގޮނޑީގައި ހަމަޖެހިލައި އެއްފައިމައްޗަށް އަނެއްފައި ލަމުން ނަޖްމާ ވާހަކަ ފެށިއެވެ.
"ބީޕް.....ބީޕް....." ނަވީންގެ ޖީބުގައި އޮތް ފޯނުން ނަވީނަށް ގޮވަން ފެށީ ހަމަ އެވަގުތުއެވެ

**********(ނުނިމޭ)*********.
މުރާސިލް ހޯމްޕޭޖް އަށާއި
ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ
އެވެ.
އަދިނުވެސް ކިޔާ ކޮމެންޓް ކޮށްލަނީ މި..
ޝުކުރިއްޔާ ފަތިސްތަރި، ާ
މާ ބޮޑު ކަމެއްނުވެއެއްނު !!!!
މި ބައި ތަންކޮޅެއް ކުރު އަދި ހަމަ އެހާ
ހާސަރު ގިނަ. ދެން ޕްލީޒް އަވަހަށް އިނާ ގެނެސްބަލަ. ދެން ނަވީން ވެސް ކުރާ
ކަންތައް ދޯ. އިނާ ގެ ހުވަފެން ބަލަން ލީނާގެ އެނދުގަ. އަނެއްކާ އަނެއް ކަންތަށް
މި ޖެހުނީ. އިނާގެ ޝައްކު ގޮތަކަށް ޔަގީނަށް ބަދަލުވީ ދޯ. އެނީވޭސް ތި ކުރާ
މަސައްކަތަށް އައްސަރިބަހުން ސާބަސް. ދެން އޮތް ބައި އަވަސްކޮށްލައްޗޭ. ޕްލީޒް
ހާދަ ހިތް ދަތި ހިސާބަކުން ތި ނިންމާލީ؟
ކާކުބާ އެގުޅީ...؟ އިނާގެ ބައްޕަތަ؟ ނޫނީ ލީނާތަ؟ ހާދަ ސުވާލެއް ހިތުގަ އެބަ
އެނބުރެޔޭ!!! އަނެއްބައި އަވަހަށް އަޕް ކޮށްދެއްޗޭ ފަތިސް!!!! ވަރަށްރީތި އިނގޭ
މިބައި... ބޮޑާ ނަފްސުގެ އާ ބައެއް މިއަދު ނިކުންނާނެތަ؟ އެވާހަކަވެސް ވަރަށް
ސަޅި...
މިބަިއ ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް
ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް
ވަރަށް ވަރަށް ވަރަށް ވަރަށް ހަޑި. އެހާ ތާކުންތާކު ނުޖެހޭ. ދެން މަށަށް ފެންނަނީ
ލީނާއާއި ނަވީން އާއި ގުޅުވަން. ދެން ނުބުނަން ހުއްޓަސް ބުނެވެނީ ދޯ. ތި ހާ
ހަޑިކޮށް ކީއްވެތަ ވާހަކަ ލިޔަނީ. އަދި އެހާލަހުން.
މިހާރު ދެން މާދިގު ކުރަނީ ތި. ވާހަކައިގެ
ކުންނު ވަރަށް ބޮޑަށް ގެއްލޭ އެބަ.
ކޯޗެއްގަތަ ބޮޑާ ނަފްސް އޮތީ. އޭޒް ފާރ އޭޒް
އައި ނޯ އެ ސްޓޯރީ ވަނީ ނިމިފަ. އަނެއްކާ އެއީ ޒީނިޔާ އެންޑް އަސީލް އުޅޭ ސްޓޯރީ
ތަ؟ ސޮފާ އެންމެ ޕާރޓެއް ގެނެސްދިން ވާހަކަެއެއް އޮންނާނެ. ލޯ އަނދިރި ކުއްޖެއް
އުޅޭ. ނަމެއް ހަނދާނެއް ނެތް. ދެން އެ ވާހަކަ ނުގެނެސްދޭނަންތަ
alhe kaaku tha e gulhany,, i hope its ina.. maybe now she is ready
to tlak him.. hehe..varah salhi mi baives, soff aneh bai avahah genes dehchey
ingey.
ވާސަރީ..................................ސޮފް...ސޮފް
ހާދަ މޮޅޭ ގުޅުވާލާފަ ހުންނަލެއް.
މިބައިވެސް ވަރަށް ރީތި.އަނެއް ބައި އަވަހަށް
ގެނެސްދެއްޗޭ ސޮފް. ޔޫ އާރ ޖަސްޓް ގްރޭޓް
މިވާހަކަ ހީވަނީ ރިއަލް ލައިފްހެން. ވވވވ
ރީތި. އެކަމު އަަހަށް އަފްކޮށްދީބާ ޕްލީޒޒޒޒޒޒޒޒޒޒޒޒޒް. ކުރިންދުވަހުވެސް ސޮފާ
ދޮގުހެދީ މާދަމާ އަފްކޮށްދޭނަމޭކިޔާފަ. 3 ދުވަސްފަހުން އަޕް ތިކުރީ. ދެން އެހެން
ނަހަދައްޗޭ
ހާދަ ހާސަރު ދިގޭ...ދެން މާގިނަ ދުވަސްވަނީ
އިނާގެ ކަންތައްވެސް...
ކާކުތަ އެގުޅީ!! ލީނާދޯ.. އަޅޭ ލީނާ
ފަޅާއަރުވާލަބަލަ ޒިޔާދުއަށް.. ވާގޮތްބަލާލާ ހިތްވޭ.. މިއަދު ގެނެސްދޭނަނަްދޯ
އަނެއްބައި.. ލީނާހާދަމޮޅޭ ދޯ މީހުންނަށް ދޮންކަޅު ނާންގާ ކަންތައްތައް
ސިއްރުކުރުމަށް.. މަވެސް މިހާރު ބޮޑާނަފުސު ކިޔާހިތުން ކެތްމަދުވެފަ..
އޯހް... ކިޔާބާތްހޭ.. ހެހެހެހެހހެހެހެހ ލީނާ
ދޯ ދެން ބަސްޓްވާކަށް ނެތް މާގިނަ ދުވަހެއް،، މިވާހަކަ ނިމެނީތަ.. އިފް ސޯ
އަވަހަށް އަޕް ލޯޑް ކުރައްޗޭ.. ވަރަށް ދުވަސްވެއްޖެ ދޯ.. އައްމިގެ ފޭވަރިޓް މީ..
ކޮންމެ ދުވަހަކު ބެލޭ އަޕޮްކޮށްފަތޯ.. ޝުކުރިއްޔާ މިހާ ރީތި ވާހަކައެއް
ގެނެސްދޭތީވެ ..
ދެން އެހާލަސްނުކޮށް ގެނެސްދެއްޗޭ! ވާހަކައިގެ
މިބައިވެސް ވަރަށްރީތި! މިހާރު ނަވީނަށް އެގުޅަނީ ކާކުތަ؟ އެލީނާގަޑުދޯ!
ވަރަށްފޫހި!. އިނާ ގުޅާނެހެން ވަރަށް ހީނުވޭ! އެކަމަކު އިނާއައިސްއުޅޭ
ވާހަކަބުނަން އިނާގެ ބައްޕަ ގުޅާލަފާނެދޯ! އަނެއް ބަޔަށް ވަރަށް ވަރަށް އިންތިޒާރުކުރެވޭ!
ދެންކޮންއިރަކުން އަނެއްބައި އަޕްވާނީ
އަސްލު އިނާއައީތަ؟ ދެން އެހެންވިއްޔާ
އިނޤގެނެބަލަ ނަވީންކާރިއަށް، މިހާރު ހަނީ މޫންވެސް ހަދާހިތްވާނެ ދޯ
އެހާދުވަސްވީމަ... އަޅޭ، ހީވަނީ ފެންނަހެން ހަމަ،،ސާބަސް ތިކުރާހިތްވަރަކަށް.
ސޮފާ ވ.ރީތި މިވާހަކަ އެކަމކު ހާދަ ދުވަހެއް
ތިވަނީ ތިގޮތަށް ހެދީމަ ކިޔުންތެރިން ފޫހިވާގޮތްވާނެ. ނިކަން ވެގެން އުޅޭ އެއްޗެއްވެސް
ކިޔުންތެރިންނަށް އަންގާލަބަލަ
ސޮފާ...
މާބުރަ ކޮށްލައިގެން އުޅޭ ދުވަސްކޮޅަކީތަ؟ ނޫނީ ބަލީތަ؟ ވާހަކައިގެ ކުރިއަށް ހުރި
ބައިތައް ކިޔާލަން ލިބޭނީ ކޮން ދުވަހަކުންތަ؟ ހާދަ އިންތިޒާރެއް ކުރެވެއޭ
މިވާހަކައަށް. އަޅެ މިކޮމެންޓަށް ރިޕްލައިއެއް ދެއްޗޭ. ލަވް ޔޫ ސޮފާ (:

Hi all readers....welcome to my blog. mi vaahaka kurin publish koffaivaneee muraasil ga kamah vaathee mi blog ga post koffa mi hiree muraasil ga huri gothah e coment thakaa eku. Thanks a lot.
ReplyDelete