ބެސްޓް
ފްރެންޑް
މިއީ ޚާއްޞަ ރެއެކެވެ. ބޮޑު ރެއެކެވެ.
ކައިވެންޏަށް ފަސް އަހަރު ފުރުމުގެ ގޮތުން
މިރޭ ގޭގައި އޮތް ޕާޓީއަށް ތައްޔާރު ވުމުގައި ރާނިޔާ ހޭބޯ ނާރާ އުޅެނީ
ހެނދުނުއްސުރެންނެވެ. ބަދިގޭގައި އަވަދިނެތި އުޅެނިކޮށް އައިސް ވަނީ ނީނާއެވެ. ސްކޫލް
ދައުރުއްސުރެންވެސް މިހާތަނަށް ދެގޮތެއް ނުވާ އެންމެ ގާތް އެކުވެރިޔާ ނީނާއެވެ.
"ސާބަހޭ...އަދި ކިރިޔާ ތި
ދައްކާލީ..." ކޮށާފައި ހުރި ތަރުކާރީކޮޅު ތެއްޔަށް އަޅާލަމުން ރާނިޔާ
ދައްކާލީ ރުޅި މޫނެކެވެ. ގާތް ދެ އެކުވެރިންނެވެ. އެހެންނަމަވެސް އުޑާބިމާހާ
ތަފާތޭވެސް ފަހަރެއްގަ ބުނެވިދާނެއެވެ.
