ވަޢުދު ވާހިތުން - 2
ވަނަ ބައި
ސިނާން
އެ އަންގައިދިނީ ހުރިހާ ގޮތަކުންވެސް އޭނައަކީ ސިނާންއާއި އެކަށީގެންނުވާ
މީހެއްކަން ހެއްޔެވެ؟ އެކަމަކު މި ހުރިހާ ދުވަހު އެ ވާހަކަތައް ނުދައްކާ
އެހެންވިއްޔާ ސިނާން ހުރީ ކީއްވެހެއްޔެވެ.
ސިނާން
އާއި އަނޫޝާއާއި އޮންނަ އާދަޔާ ޚިލާފު ގާތްކަމާއިބެހޭ ގޮތުން ދެހަފްތާއެއްހާ ދުވަސްކުރީން އެދެމީހުން ހުރީ
ވަރަށް ރަނގަޅަށް ވަރަށް ތަފްޞީލުކޮށް ވާހަކަ ދައްކާފައެވެ. ސިނާން އާއި އެ
އަންހެންކުއްޖާއާއި ދެމެދު ލޯބީގެ ގުޅުމެއް އޮތްކަން އެނގޭ ދުވަހަކުން އޭނާ
ދޫކުރާނެ ކަމަށް ވަޢުދުވީ އެދުވަހު ޚުދު ސިނާން އަމިއްލައަށެވެ. އެއީ އޭނަ އެދިގެން އޭނަ
ބޭނުންވެގެނެއްވެސް ނޫނެވެ. ވަރިއަށް އެދޭފޯމް ސިނާންއަށް އޭނަ ޙަވާލުކުރީވެސް
ސިނާން އަމިއްލައަށް ވެފައި އޮތް އެ ވަޢުދު ސިނާންއަށް ހަނދާން ކޮށްދިނުމަށެވެ. އެކަން
އެހެން ކުރާނަމޭ ކުރިން ބުނެފައި އޮތީމައެވެ.