🌟🌟Fathisthari Vaahaka🌟🌟

Once upon a time it happened, how it happened is a fiction by me for you.

ފޯންކޯލް - 8 ވަނަ ބައި


ކުޑައެއް ނުވާނެ މި މައްސަލަ. ނަވީންގެ ކާރު އެއްކޮށް ހަލާކުވެފަ. އެ ރުކުގައި ޖެހުނީމަ ކަންނޭނގެ އެވަރުވީވެސް. އެވެސް ނަސީބެއްކަންނޭނގެ. އެހެންނޫންނަމަ.... " އިނާއަށް އަޑުއިވެމުން ދިޔައީ އޭނަގެ ބައްޕަގެ އަޑެވެ. ކަންބޮޑުވުމާއި ގޮތްހުސްވެފައިވާ ކަހަލަ ރާގެކެވެ.
އިތުރު ވާހަކައެއް އަޑުއަހަން އިނާއަކަށް ނުހުރެވުނެވެ. ގޭތެރެއަށް ވަނުމުގެ ބަދަލުގައި ނުކުމެވުނީ ގޯތިތެރެއަށެވެ. ގޮސް އިށީނދެވުނީ ހެނދުނުގެ ސައިތަށި ބޯން ބަގީޗާ ކައިރީ އޭނަ އިށީންނަ ގޮނޑިތަކުން ގޮނޑިއެއްގައެވެ.

އިނާއަކަށް އޭނަގެ ބައްޕަ އެ ދެއްކެވި ވާހަކައާއި ދޭތެރޭ ކުޑަވެސް ޝައްކެއް ނެތެވެ. ބައްޕަ އެ ފާޅުކުރަނީ ބައްޕަގެ އަމިއްލަ ޚިޔާލެއް ނޫނެވެ. އެތާ ތިބި މީހުން ބުނި ވާހަކަތަކެވެ. މަންޒަރު ދުށްމީހުން ބުނި ވާހަކަތަކެވެދިން ބަޔާނުގެ ވާހަކައެވެ.
އެކަމަކު އޭނަ ހައިރާންވެ އަންތަރީސް ވެއްޖެއެވެ. ޒިޔާދު އެކުރީ ކީއްހެއްޔެވެ. އެކުރެވުނީ ކީއްކަން ޒިޔާދުއަށް އެނގޭބާވައެވެ. އޭގެ ނަތީޖާ ނުކުންނާނެ ގޮތް ޒިޔާދުއަށް އެނގޭބާވައެވެ. ޒިޔާދު އެކަން ކުރީ ނަވީނާއި އޭނައާއި ގުޅުމެއް އޮންނަ ކަމަށް ހީކޮށް އޭގެ ބަދަލު ހިފަންކަމަށް ވެއްޖެނަމަ، ޒިޔާދު އަކީ އޭނަ ހީކުރިވަރާއި ގާތަށްވެސް ރަނގަޅު މީހެއް ނޫނެވެ. އެއްވެސް ހަގީގަތެއް ނެތް ކަމެއްގައި އޭނައަށް އެވަރަށް ޝައްކުކޮށް، ހަމަ ރީތިކޮށް މީހަކު ހުއްޓާ ގޮސް އޭނަގެ ފުރާނައަށާއި ހަށިގަނޑަށް ނުރައްކާ ވެދާނެފަދަ އަމަލެއް ކުރުމަކީ ޒިޔާދުގެ އަގު އޭނަގެ ކުރިމަތީގައި ވެއްޓޭނެ ކަމެއްކަން ޒިޔާދަށް ނޭނގުނީ ހެއްޔެވެ.

ޒިޔާދުއަކީ ހަމަ އެހާ އަމިއްލަ އެދުންބޮޑު ހަމަ އެހާ ރަހުމެއް ނެތް މީހެއް ހެއްޔެވެ؟ ކީއްވެ ހެއްޔެވެ؟ އޭނައަށް ޒިޔާދުގެ އެ ސިފަތައް މީގެ ކުރިން ފާހަގަ ނުކުރެވުނީ ކީއްވެހެއްޔެވެ؟ އެކަހަލަ މީހަކާއި އޭނަގެ ކައިވެނި ހަމަޖެހުނީ ކީއްވެހެއްޔެވެ؟ ފުރަތަމަ ކަމަކަށް އޭނައާއި ދިމާވީވެސް ކީއްވެހެއްޔެވެ؟

ވަގުތީގޮތުންވިޔަސް ޒިޔާދު ދެކެ އިނާއަށް ފޫހިވެވިއްޖެއެވެ. އިނާއަށް ނޭނގުނު ކަމުގައިވިޔަސް އިނާއަށް ޒިޔާދު ދެކެ ފޫހިވެވުނީ އެފަދަ އަމިއްލަ އެދުންބޮޑު އަމަލެއް ޒިޔާދު ކުރަން އުޅުނީތީއެއް ނޫނެވެ. ނަވީންއަށް ގެއްލުމެއް ދޭން ޒިޔާދު އުޅުނީތީއެވެ. ހުރިހާވެސް މައްސަލައަކަށްވީ، އެތަނުގައި އަނިޔާލިބެން ދިމާވި މީހަކީ ނަވީނަށް ވީކަމެވެ. ނަވީން އައިސް އެމީހުންގެ ދިރިއުޅުމަށް އެއްވެސް ކަހަލަ އުނދަގުލެއް ނުކުރާއިރުވެސް ޒިޔާދު ގޮސް އެކަހަލަ އަނިޔާއެއް ނަވީނަށް ދޭން ވިސްނުންވެސް އެއީ އިނާއަށް ހިތްފަސޭހަ ޚިޔާލަކަށް ނުވިއެވެ. ޒިޔާދު ދެކެ އިނާއަށް ނުރުހެވުނީ ވަރަށް ބޮޑަށެވެ.

"
ދޮންތަ ކޮން ކަމެއް....." އިނާއަށް ހަމްދުގެ އަޑު އިވުނީ ވަރަށް ކައިރިންނެވެ.
"
ކޮންތާކުން ތިއައީ. " ހަމްދުގެ މިސްރާބު ހުރީ ބޭރުން އެތެރެއަށް ވަންނަން ކަމަށްވާތީ އިނާ އެހީ އައި ތަނެކެވެ.
"
ހެހހެހެހެ........މާ ބޮޑުތަނަކުންނެއް ނޫން. ޓިއުޝަނުން." އޭނަގެ ސަމާސާއަށް ދޮންތަ އެހާ ބޮޑަށް ސިހުމުން ހަމްދު ގާތަށް ލުއި ހިންޏެއް އައެވެ. އިނާގެ ސުވާލަށް ހަމްދު ޖަވާބުދިނީ ހިނގައިގަންނަމުންނެވެ. ފަހަތުން ޒާހިރު ވަދެގެން އަންނަތަން ފެނުމުން އިނާއަށް އެނގުނެވެ. އޭނަ ގެއަށް ބާލާފައި ޒާހިރު ދިޔާ ހަމްދު ބަލާތާއެވެ.
ހަމްދު ވަދެގެން ދިއުމާއެކު އޭނަ ކޮބައިތޯ ބައްޕަ އައްސަވާނެކަން ހިތަށް އަރާފައި އިނާވެސް ގޮސް ގޭތެރެއަށް ވަދެއްޖެއެވެ. ނަމަވެސް މަންމަ އާއި ބައްޕަ ދައްކަމުން އެދަނީ ކޮން ވާހަކައެއްކަން އެނގޭތީ އެތާގައި އެ ވާހަކަ އަޑުއަހަންވެސް އަދި ބައިވެރިވާންވެސް އިންނަން ބޭނުން ނުވާތީ އިނާ ހިނގައިތީ މައްޗަށް އަރާށެވެ.

"
ދަރިފުޅަށް އެނގޭތަ. ވަރަށް މައްސަލަ ގޯސްވެއްޖެ. ޒިޔާދު....މިބުނީ....އެއީ ގަސްދުގަ ހިންގި އެކްސިޑެންޓެއްކަމަށް އެތަން ފެނުނު އެންމެންވެސް ބަޔާން ދެނީ. " އިނާ ގޮސްގޮސް ހުއްޓާ މަންމަ ވާހަކަ ދައްކަން ފެށުމުން މަޑުކުރަން އިނާއަށް މަޖްބޫރު ވިއެވެ.
"
އެއީ ކީއްވެ. ؟" އެކަމާއިބެހޭ ގޮތުން އޭނަ ދައްކާނެ މާ ގިނަ ވާހަކައެއް ނެތުމާއެކުވެސް ކޮންމެވެސް އެއްޗެއް ބުނަންޖެހޭނެއޭ ހީވާތީ އިނާ އަހާލިއެވެ.
"
މަންމައަކަށް ނޭނގެ. ބައްޕަ އެބުނަނީ އެހެން...." ޝީލާ އެހެން ބުނުމުންވެސް ޚާލިދު ހަމަ މަޑުމަޑުން އިނީއެވެ. އެ ވާހަކަ ދައްކަން އެއްވެސް ވަރަކަށް ބައްޕަ ތައްޔާރުހެން އިނާއަކަށް ހިއެއް ނުވެއެވެ.
"
ދެން ކިހިނެއް ހަދަންތޯ ބައްޕަ ތިއުޅުއްވަނީ؟" ޚާލިދު އާއި ޝީލާގެ ކުރިމަތިން އަނެއް ސޯފާގައި އިށީންނަމުން އިނާ އަހާލިއެވެ.
"
ދެން ހެދޭނެ ގޮތެއް އޮންނާނެތަ ދަރިފުޅާ. ނަވީން ހުރީ ދަޢުވާ ކުރާ ގޮތަކަށް ނޫން. އެކަމަކު އެއީ ނަވީންގެ ކާރެއްވެސް ނޫން. އެހެންވީމަ ނަވީން ޖެހޭނެތާ އެ އޮފީހަށް އޭތި ހަދަން ހިނގާ ޚަރަދު ނޫނީ އެ ގެއްލުމުގެ ޚަރަދު ދޭން. އެއީ ވަރަށް ބޮޑު އެއްޗަކަށް ވާނެ." ބައްޕަގެ ރާގާއި މޫނުމަތިންވެސް އިނާއަށް ފެންނަނީ ކަންބޮޑުވުމެވެ.

"
އެއްވެސް މީހަކު ނުޖެހޭނެ ނޫންތޯ ޚަރަދު ދޭކަށް. އެކްސިޑެންޓެއް ހިނގާފާނެނު ކޮންމެ މީހަކަށްވެސް." ޚާލިދުގެ ވާހަކައަށް ނިސްބަތްކޮށް އިނަ ބުނެލީ ދެމާނައެއް އެކުލެވޭ ޖުމްލައެކެވެ.

"
ހިނގީ ކަމަށް ބަޔަކު ގަބޫލުކޮށްގެނެއްނު. ޒިޔާދު ގަސްދުގައި ޖެއްސީއޭ ބަޔަކު ބުނަންޏާ ދެން....؟ މަންމައަށް ނުވިސްނެނީ ޒިޔާދު އާއި ދެކޮޅަށް މިރަށު މީހުން ބަޔާން ދޭންޖެހޭ ސަބަބެއް. ޒިޔާދުއަކީ އެފަދަ އަމަލެއް ކުރާކަހަލަ ކުއްޖެއް ނޫން." ޝީލާ ވާހަކަ ދެއްކީ ޒިޔާދު އާއި އެއްކޮޅަށެވެ. އޭގެ މައްސަލައެއް އިނާއަށް ނެތެވެ. އެއީ ވާނެވެސް ގޮތެވެ. މަންމައަކަށް އެއްވެސް ހަގީގަތެއް ނޭނގޭ ވިއްޔާއެވެ.

ޒިޔާދުގެ ގޮތް އެނގިގެން ދޭ ބަޔާނަކަށްވުރެ ކަންހިނގިގޮތް ފެނިގެން ބަޔާން ދިނުމުން މާ ތެދުވެރިވާނެ ނޫންހޭ ބުނަން އިނާގެ ހިތަށް އެރިއެއްކަމަކު އެހެން ނުބުނީ އޭނަ ވަކިފަރާތަކަށް ބުރަވަނީއޭ މަންމައާއި ބައްޕަވެސް ހީކުރައްވަފާނެތީއެވެ.

"
ދެން ކިހިނއްތޯ ބައްޕަ ހަދަން ތިއުޅުއްވަނީ؟" ކުރިންވެސް ކުރި ސުވާލު ކުޑަވަރެއްގެ ތަފާތަކާއެކު އިނާ އަނެއްކާވެސް ކޮށްފިއެވެ.

"
ބައްޕަ ގަސްދުކުރަނީ ނަވީންގެ ކާރު ހަދަން ހިނގާ ޚަރަދު....ނޫނީ އެގެއްލުމުގެ ޚަރަދު ދޭން. އޭރުން ނަވީނަކަށްވެސް ދެރައެއް ނެތް. އަދި ދަރިފުޅާއި ޒިޔާދުގެ ނަންވެސް ކިލަނބެއް ނުވާނެ. ބައްޕަ މިއައީވެސް ނަވީން ކައިރީ ބުނެފަ ކާރުގެ ގެއްލުން އަގުކޮށްފަ ބައްޕައަށް އެންގުމަށް. މިހާރަކަށް އައިސް ނަވީން އުޅެނީވެސް ވަރަށް ފާޑަކަށް. ފަހަރެއްގަ ނުވެސް އަންގަފާނެ. އެކަމަކު ބައްޕަ އެކަން ބަލާނަން. ދަރިފުޅު ކަންބޮޑުނުވޭ. ޒިޔާދުގެ އަގުވެއްޓުނަކަ މި ބައްޕައެއް ނުދޭނަން." ބައްޕައަކު އަންހެންދަރިއަކަށް ދޭނެ އެންމެ ބޮޑެއްކޮށް އިތުބާރާއި ޔަގީންކަން ޚާލިދު ދިނެވެ. އިނާއަކަށް އެކައްޗެއްވެސް ނުބުނެވުނެވެ. އޭނަގެ ބައްޕަ އާއި މަންމަގެ ހެޔޮ ކަމާއި އޯގާތެރިކަމާއި ދޭތެރޭ ވިސްނާލަން އިނދެވުނީއެވެ.
ނަމަވެސް އިނާ އުފާކުރިއެވެ. އޭނަގެ ސަބަބުން ނަވީނަށް އެ ލިބުނު ގެއްލުމަށް ނުސީދާގޮތުންވިޔަސް އޭނައަށް އެހީވެވޭނެކަން އެނގުނީމައެވެ.

ބައްޕަ ހީކުރީ އޭނަ ކަންބޮޑުވަނީ ޒިޔާދުގެ އަގުވެއްޓިދާނެތީ ކަމަށް ހެއްޔެވެ؟ ނޫނެކެވެ. ޒިޔާދު އަކީ މީހުންގެ ކުރިމަތީގައި މާ މާތް މީހަކަށްވިޔަސް މިހާރުވެސް އޭނަގެ ކުރިމަތީގައި ޒިޔާދު ވަރަށް ދަށަށް ވެއްޓިއްޖެއެވެ.

"
ބައްޕަ ކައިފިންތޯ؟" އެވާހަކަ އެހިސާބަށް އިނާ ހުއްޓުވިއެވެ. ދައްކަންވީވެސް ކީއްކުރަން ހެއްޔެވެ؟ ވީ ކީއްކަން އެނގިއްޖެއެވެ. ވާންވީގޮތްވެސް ބައްޕަ ބުނުއްވައިފިއެވެ. އިތުރަށް އެ ވާހަކަ ދެއްކުމަކުން ފައިދާއެއް ނުކުރާނެއެވެ. އަމުދުން ޒިޔާދުގެ ވާހަކަ މާ ގިނައިން ދައްކާހިތެއް އޭނަ އެއްގޮތަކަށްވެސް ނުވެއެވެ.

"
ބައްޕަ ދެންމެ އެ ދުރުވީ. ހިނގާ ދަރިފުޅުވެސް ކާންދާން. މުޅި ރޭ މިދިޔައީ ސަކަރާތެއްގަ. ހިނގާ ޚާލިދުވެސް." އާއިލާގެ އެންމެންވެސް އެއް މޭޒެއް ދޮށަށް ކާން ޖަމާވެއްޖެއެވެ.

ފެންނަ ފެނުމަށް ހަމަޖެހިލައިގެން އުޅެވިދާނެއެވެ. އެކަމަކު އެއީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ހަގީގަތް ފާޅުވާނެ ކޮންމެވެސް އިރެއް އަންނާނެއެވެ. އިނާއަށްވެސް ވީ އެހެންނެވެ.
މަންމަ އާއި ބައްޕަގެ ކުރިމަތީގައި އެ ޚިޔާލަކީ ސިކުނޑިއަށް ނުވެސް އަންނަ ޚިޔާލެއްކަމަށް ހަދައިގެން އޭނަ ހުއްޓަސް އެހެނެއް ނުވެއެވެ. އެރޭ ކޮޓަރީގައި އޭނަ އެކަނިވުމުން އެ ހަނދާންތައް ކުރެވެން ފެށިއެވެ.

އޭނަގެ ސަބަބުން ނަވީނަށް މިރޭ އެ ލިބުނީ ކިހާ ބޮޑު ގެއްލުމެއްހެއްޔެވެ؟ ފައިސާއަކީ އިރާދަކުރެއްވީތީ ނަވީނަށް މައްސަލައަކަށް ނުވެދާނެއެވެ. އެކަމަކު ބީރައްޓެހި ރަށެއްގައި އެވަރުގެ ބޮޑު ކަމެއް ހިނގައި މުޅި ރަށުގައި އެވާހަކަ ފެތުރެމުން ދާއިރު ޚުދު އޭނަ ކައިވެނި ކުރަން އުޅޭމީހާގެ ނަން އޭނަގެ ނަމާއެކުވެގެން ދެކެވެމުން ދާނެއެވެ. އެއީ ޒިޔާދު ގަސްދުގައި ކުރި ކަމެކޭ ބުނާއަޑު އިވޭ ކޮންމެ ފަހަރަކު އޭނަގެ ސަބަބުން ނަވީންގެ ހިތަށް އުނދަގޫވަމުން ދާނެއެވެ. އޭނަ ދެކެ ނަވީން ނަފްރަތު ކުރާނެއެވެ. ފޫހިވާނެއެވެ.
އެކަމަކު އޭނަ ކުރާނީ ކިއްހެއްޔެވެ. ނަވީން އެނގެން ފެށި ދުވަހުން ފެށިގެން ޒިޔާދު އޭނައަކަށް އިތުބާރެއް ނުކުރެއެވެ. އެދުވަހު ހޮސްޕިޓަލުން ދިމާވެގެން ޒިޔާދުއަށް ނަވީން ތަޢާރަފްކޮށްދިން ގޮތުގެ ވާހަކަވެސް ލަދުގަންނަވާކަހަލަ ގޮތަކަށް މިރޭ ޒިޔާދު އެދިޔައީ ގޮވާލާފައެވެ. ހަޑި ގޮތަކަށެވެ. އެދުވަހުގެ ފަހުން ޒިޔާދު އޭނައަށް ޝައްކުކުރާކަންވެސް މިރޭ އެނގިއްޖެއެވެ.

އެހެންވީމަ އެއްވެސް ވަރަކަށް ޒިޔާދުއަށް އޭނަ ނޭނގުނީތާއެވެ. އޭނައަކީ އެކަހަލަ ގޮތަކަށް އުޅެފައިވެސް ހުރި އަންހެންކުއްޖެއް ނޫނެވެ. ނުވެސް އުޅޭނެއެވެ. ހިތްއެދޭ ހުރިހާ ގޮތަކީ ވާންޖެހޭ ގޮތްކަމަކަށް އޭނަ ގަބޫލެއް ނުކުރެއެވެ. އޭނަ ނިންމާ ގޮތެއްގެ ސަބަބުން އޭނައާއެކު ދެން ތިބިހާ ބައެއްގެ ދިރިއުޅުމަށް ދަތިވާކަހަލަ ކަމެއް އޭނައެއް ނުކުރާނެއެވެ. ޒިޔާދުއާއި ކައިވެނި ކުރަން އޭނަ އެއްބަސްވީ މަންމަގެ އުފަލަށްޓަކައެވެ. މަންމަ އެހެންކިޔާލެއް ގިނަވެގެންނެވެ. އޭނަ އެދޭ ހުރިހާކަމެއްވާން ޖެހޭކަމަށް ގަބޫލުކުރާނަމަ، އެދުވަހުވެސް އޭނަ ޚިޔާރުކުރީހީ އޭނަގެ ހިތުން ދައްކާ މަގެވެ. އެކަމަކު އޭނަ އެހެނެއް ނަހަދައެވެ. ފެށުނީއްސުރެންވެސް އޭނަގެ ދިރިއުޅުން އައިސްފައިވަނީ އޭނަގެ އިޚްތިޔާރަކު އޭނަ އެދޭ ގޮތަކަށް ނޫންކަން އޭނައަށް އެނގެއެވެ. އެހެން ނޫންނަމަ.......އެހެން ނޫންނަމަ....ޒިޔާދުއާއެކު އުޅެން އޭނަ އެއްބަހެއް ނުވާނެއެވެ.

ގަޑިން ދަންވަރު ދޭއްޖަހަން އުޅުނެއްކަމަކު އިނާ އިނީ ކޮޓަރީގެ ސޯފާގައި ފޮތެއް ކިޔާލުމަށެވެ. ފާރުކައިރީގައި ހުރި ސޯފާގައި އިންއިރު ސޯފާގައި ޖެހިގެން ފާރުކައިރީގައި ހުރި އޭނަގެ ލިޔާ މޭޒުމަތީގައި ހުރި ލައިޓުން ދީފައިވާ ރީނދޫ އަލީގައި ފޮތް ކިޔޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އޭނަގެ ބައްޕަ އެންމެ ފަހުން އިންޑިޔާއަށް ކުރި ދަތުރުގައި ގެނައި ޑޮކްޓަރީ ފޮތްތަކުގެ ތެރެއިން ފޮތެކެވެ. ނަމަވެސް އަދި ހަމަ އޭނައަށް ދެވުނީ ޕެރެގްރާފަކާއި ކުރިއަށެވެ. ކުރެވެމުން ދަނީ މިރޭ ހިނގި ކަންތަކުގެ ޚިޔާލެވެ. އޭގައި ނަވީންގެ ޚިޔާލު އިރުއިރުކޮޅާ އައިސް އޭނަގެ ސިކުނޑީގައި ޓަކި ޖަހާލައެވެ.

ނަވީން..........................
އެއްރަށެއްގައި އުޅޭއިރުވެސް މަގެއްމަތިންވެސް އޭނައަށް ނަވީން ފެނިފައި ނެތެވެ. އެކަމާ ހައިރާންވާންވީވެސް ކީއްކުރަން ހެއްޔެވެ. ނަވީންގެ ވަޒީފާގެ ގޮތުންނާއި ނަވީނަކީ ފިރިހެނަކަށް ވީތީވެސް ތާއަބަދު ގޭގައި ނަވީން ނީންނާނެކަން އޭނައަށްވެސް އެނގެއެވެ. އެކަމަކުވެސް އެހެންވެސް ބޭރުތެރެއިން ފެންނާނީ ޚުދު އޭނަވެސް ބޭރަށް ނިކުންނަ ނަމަތާއެވެ. ހޮސްޕިޓަލް ޑިއުޓީއެއް ދިއުން ފިޔަވައި އޭނައަކީ މާގިނައިން ގެއިން ނުކުންނަ މީހެއް ނޫނެވެ. އެންމެ ގާތްކޮށް އުޅޭ ތިން ރަހްމަތްތެރިންގެ އެދުމުގެ މަތިންވެސް އޭނައަށް އޮންނަނީ ހިނގާލާ ހަދާލަންވެސް ނުނުކުމެވިފައެވެ. ދިލްމާ އަކީ އެކަމުގައި އެންމެ އަޑުގަދަ ކުރާ މީހާއެވެ. އެންމެ ގާތް ރަހްމަތްތެރިޔަކީ ދިލްމާކަމަށްވީތީ އެ ހައްގުވެސް އޭނައަށް އޮންނަނީއެވެ. އެކަމަކުވެސް ކުރާނީ ކީއްހެއްޔެވެ؟ ގެއިން ބޭރަށް އޭނަ އެހާ ދާހިތް ހަމަ ނުވަނީއެވެ. އަމިއްލަ ރަށޭ އަދިވެސް ހީނުކުރެވެނީއެވެ. އެހެން ދެވޭނަމަ ނަވީން ފެނިވެސްދާނެއެވެ.

އެކަމަކު މިރޭ އޭނައަށް ނަވީން އެ ފެނުނީ ކިހާ ޒަމާނެއް ފަހުން ހެއްޔެވެ. ނަވީންގެ އެންމެ ބެލުމަކުންވެސް އޭނަގެ ހަށިގަނޑުގައި ކަރަންޓްގެ އޮއިވަރު ހިނގާލިއެވެ. ޒަމާންތަކެއް ފަހުންވިޔަސް ނަވީން މިރޭވެސް އޭނައަށް ބަލާލީ ހަމަ އެ ނަޒަރުންނެވެ. އާދޭހާއި އެދޭ މިންވަރު ހާމަކޮށްދޭ ބެލުމެކެވެ. އެކަމަކު އެ ސުވާލުގެ ބެލުމަށް އޭނަ ދޭނެ ޖަވާބެއް ނެތެވެ. އެއްވެސް ކަމެއް ބަދަލުކުރުމުގެ ބާރެއް އޭނައަށް ލިބިފައި ނެތެވެ.

ގޮތްހުސްވެފައިވާ ކަހަލަ ގޮތަކަށް އިނާ އޭނަ ހިފައިގެން އިން ފޮތް ކައިރީގައި ހުރި މޭޒުމަތީ ބާއްވާލިއެވެ. މޭޒުމަތީ ހުރި ފޮތްކިޔާ ލައިޓް ނިއްވާލުމުގެ ކުރިން ގޮސް ސައިޑްކަބަޑްމަތީގައި ހުރި ބެޑްލޭމްޕް ދިއްލީ މޭޒުމަތީ ހުރި ލޭމްޕް ނިވާލައިފިނަމަ ދެވަނަ އެހެން އަލިކަމެއް އެ ކޮޓަރީގައި ނުވާނެތީއެވެ. އެއަށްފަހު އޭސީ އަދިވެސް ކުޑަކޮށް ދަށްކޮށްލާފައި އަރާ އޮށޯވެއްޖެއެވެ. އޮށޯތީ ނިދި އައިސްގެންކަން އިނާގެ މޫނަށް ބަލާލާ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. މާގިނައިރެއް ނުވެއެވެ. ބެޑްލޭމްޕްގެ އަލިކަމާއި ދިމާލަށް ބަލަން އޮތްވާ މަޑުމަޑުންގޮސް ދެލޯ މެރިއްޖެއެވެ. ނިންޖަށް އަރަގު ވެއްޖެއެވެ. އެކަމަކު ހަމަ އެންމެ ފަހު ސިކުންތާއި ހަމައަށްވެސް ސިކުނޑީގައި ދައުރުވަމުން ދިޔައީ ނަވީންގެ ތަސްވީރެވެ. އެމީހަކާއި އެއްވެސް ކަހަލަ ގުޅުމެއް އުފެދިފައިނުވާ މީހާގެ ސޫރަ ހިތުގެ ލޮލަށް ފެންނަމުން ދިޔައީ މަހެއްހާ ދުވަސްފަހުން ކައިވެނި ކުރެވެން އުޅޭ ޒިޔާދުވެސް އަދި ދުނިޔޭގައި ހުއްޓައެވެ.
** ** ** ** ** ** ** ** **
ހެނދުނު ހޭލައިގެން ސައިބޯން ކާކޮޓަރިއަށް ދިޔައިރު އެހެން ދުވަސް ދުވަހު އެގަޑީގައި ސައިބޯން އިންނަ ބައްޕަ ފޯނެއްގައި ހުއްޓާ އިނާއަށް ފެނުނެވެ.
"
ބައްޕަ އަދިވެސް ފޯނުގަ ދޯ" ބަދިގެތެރެއިން ނުކުމެގެން އައި ޝީލާ މިހެން އަހާލުމުން އެއީ ގިނައިރުތަކެއްވީ ފޯނެއްގަކަން ބައްޕަ އެހެރީ އިނާއަށް އެނގުނެވެ.
"
ކާކު ގުޅައިގެން އުޅެނީ.؟" މިއަދު ސައިބޯހިތްނުވާތީ އަލަމާރިން ނަގައިގެން ގެނައި ޖޫސްޕެކެޓުން ތައްޓަކަށް ޖޫސް އަޅަމުން އިނާވެސް އަހާލިއެވެ.
"
ޒިޔާދު ގުޅީމަ ބައްޕަ ނުކުތީ. މަންމައަކަށް ނޭނގެ މިހާރު ކާކުކަމެއް. އެކަމަކު މިހާރު ސައިތަށިވެސް ހިހޫވެއްޖެ.އެހެންވެ." ކައްކަން އުޅޭ ޒުލޭޚާ ދެންމެ އަޅައިގެން ގެނައި ބިސްގަނޑުތައް އަޅާފައި ހުރި ތަށިން ބިސްގަނޑެއް ނަގައި ޚާލިދުގެ ތައްޓަށް ލައި ޓޯސްޓްކޮށްފައި އޮތް ދެޕާންފޮތިވެސް ތައްޓަށް ލިއެވެ. ޚާލިދުއަށްޓަކައި ޝީލާ ސައި ތައްޔާރުކުރަނީއެވެ.

މިހާ ހެނދުނާ ގުޅީ ޒިޔާދުކަމަށް މަންމަ ބުނުމުން އިނާގެ ހަރަކާތަށް މަޑުޖެހުމެއް އައި ނަމަވެސް އިނާ އަވަހަށް ޖޫސްތަށި ތުމުގައި ޖެއްސިއެވެ. ނަސީބަކުން މަންމަ އިތުރު އެއްޗެއް އަދި ނުބުނަނީސް ކާކޮޓަރިއަށް އައިސް ބައްޕަ ވަދެއްޖެއެވެ.
ޝީލާ އާއި އިނާއަށްވެސް ޚާލިދުގެ މޫނަށް ފަރުވާވެ ބެލުނެވެ.

"
ކަމެއް ގޯސްވީތަ؟" ޚާލިދުއާއި މިސުވާލުކުރީ ޝީލާ ކަމުގައިވިޔަސް އިނާއަށްވެސް ބައްޕަގެ މޫނުން ފެނުނީ އެ ގޮތެވެ.
"
ދައްތަ ވަރަށް ހާލުދެރަވެއްޖެ ކުއްލިއަކަށް. ނުގޮސްވާނެހެނެއް ހިއެއްނުވޭ." މޭޒުގެ އެންމެ ކޮޅުގައި ހުރި ގޮނޑީގައި އިށީންނަމުން ޚާލިދު ބުންޏެވެ.
"
ދައްތަ........؟ އަނެއްކާ ކިހިނެއްވީ" މޭޒުގެ ކަނާތްފަރާތުން ފުރަތަމަ ގޮނޑީގައި އިނާ ކުރިމަތީގައި ޝީލާ އިށީނދެއްޖެއެވެ. ޚާލިދުގެ އެއްމާބަނޑު ދައްތައަށް ކަމެއް ވެއްޖިއްޔާ ޚާލިދު އެތަނަކަށް ނުގޮސް ނުހުންނާނެކަން ޝީލާއަށް މާ ރަނގަޅަށް އެނގެއެވެ. ދާހާވެސް ވެއެވެ. އެއަށްވުރެ ރަނގަޅު އެހެން އިންސާނެއް އަދި ޝީލާއަށް ފެނިފައެއްވެސް ނެތެވެ. ޚާލިދު ފިޔަވައެވެ.

"
މާބޮޑަށް ހަކުރު ދަށްވީ އަނެއްކާވެސް." ތަށީގައި އޮތް ބިސްގަނޑުން ބައެއް އުލާއި ވަޅިބޭނުންކޮށްގެން ކަނޑާލަމުން ޚާލިދު ބުނެދިނެވެ.
ޝީލާއާއި އިނާއަށްވެސް އައިސް ހުރީ ހިމޭން ކަމެކެވެ. ޚާލިދާގެ ބަލި ހާލުގެ ވާހަކައަކީ އަބަދުވެސް އެމީހުންނަށް އެ ހިމޭންކަން ގެނެސްދޭ ކަމެކެވެ. އެ ދައްތައަށްޓަކައި އެ އާއިލާގެ އެންމެންގެ ހިތުގައިވެސް ދެވިފައި އޮންނަނީ ޚާއްޞަ ގަދަރަކާއި ލޯތްބެކެވެ.
"
އަނެއްކޮޅުން ޒިޔާދުގެ މައްސަލަވެސް. ޒިޔާދު މާ ދެން ހާސްވަނީ. ބައެއްފަހަރަށް ހީވޭ ޒިޔާދު އުޅެނީ އެހެން މަގްޞަދެއްގައިހެންވެސް." ކުޑަ ހީލުމަކާއެކު ޚާލިދު ބުންޏެވެ.
"
ދެން ކަންބޮޑުވާނެތާ. އެކަމަކުވެސް ޒިޔާދުއަށް އެނގޭނެ ޚާލިދު ހުއްޓާ އެއްވެސް މަޅިއަކަށް ޒިޔާދު ނުމެހޭނެކަން. އެނގޭނެ. އެކަމަކުވެސް ޚާލިދު ތިބުނިހެން ކޮންމެވެސް އެހެން ކަމެއް އޮންނަނީކަންނޭނގެ." ޚާލިދު ދެއްކި ވާހަކައަށް ޖަވާބު ދިނީ ޝީލާއެވެ. ނިންމާލީ ނުގޮތަކަށް އިނާއާއި ބަލާލާފައި ހީލި ކުޑަ ހީލުމަކުންނެވެ.
އިނާ ހަމަ އަޅާވެސް ނުލައެވެ. ސައިބުއިމާއިގެން ކުރިއަށް ދިޔައީއެވެ.
** ** ** ** ** ** ** ** **
"
ދަރިފުޅާ....ބައްޕަ ހަމަ ކުއްލިއަކަށް ފުރަން ޖެހިއްޖެ. ދައްތަގެ ހާލު ވަރަށް ކްރިޓިކަލް. އެހެންވީމަ....މީ...އާނ...އަދި ބުނަން..... ފަހުމީ ނުއުޅުއްވާ އޮފީހަކު. ބައްޕަގުޅާނަން ފަހުމީއަށް. އެކަމަކު އެއަށްވުރެ ކުރިން ފަހުމީއަށް ދަންނަވައިގެން ޝިފްޓް އެޑްޖަސްޓް ކުރުވަބަލަ އިނގޭ. ބައްޕަ ދާންމިދަނީ." އެދުވަހުގެ އެކެއްވެސް ޖެހިފަހުން އިނާ ނަރުސް ސްޓޭޝަނުގައި ހުއްޓާ އަވަސްއަވަހަށް ނުކުންނަން ދިޔަ ޚާލިދުއަށް އިނާ ފެނުމުން މިހެން ބުނެލާފައި އަވަހަށް ނުކުމެގެން ހިނގައްޖެއެވެ. ކަރުގައި އަޅުވާފައި އޮތް ސްޓެތިސްކޯޕްވެސް ދިނީ އިނާ އަތަށެވެ.

"
ލައްބަ....އަޅުގަނޑު އެކަން ހަމަޖައްސާނަން." ޚާލިދު އަވަސް އަރުވާލާފައި ހުރި ވަރުން އިނާ އިތުރު ވާހަކައެއް ނުދައްކައެވެ. ބައްޕަގެ މޫނުމަތިން ފެންނަމުން ދިޔައީ ނުރައްކަލެއް ހިނގައިފިކަމުގެ ކުލަވަރުކަން އިނާއަށް ވިސްނައިގަނެވުނެވެ. އެހެން ނޫންނަމަ އޭނަވެސް ދާން ބޭނުންވާ ވާހަކަ ބައްޕަކައިރީ ބުނީހެވެ. އިނާ އަދި އެހެން ނުބުނި ނަމަވެސް ދައްތައަށް ކަމެއް ވެއްޖެނަމަ އެއީ އިނާއަށް ހުރި ކިހާ ބޮޑު ހިތާމައެއްކަން ބައްޕައަށް ހަނދާންވީހެވެ.

ކޮންމެއަކަސް ޚާލިދު ހަމަ އެދުވަހުގެ ހަވީރު ފްލައިޓުން ފުރައިގެން މާލެ ހިނގައްޖެއެވެ. ޚާލިދުގެ އެއްމާބަނޑު ދައްތަ ޚާލިދާގެ ހާލު އިރެއް އިރަކަށް ދަށަށް ދަމުން ދާތީ، އެތަނުގައި ޚާލިދު ހުންނަން ބޭނުން ވެގެންނެވެ. މާލެ ދިޔަ ގޮތަށް އޭޑީކޭއަށް ދިޔަ ޚާލިދު ގެއަށް އައީ އެރޭ ދިހައެއް ޖެހިވެސް ފަހުންނެވެ. ޚާލިދާގެ ހާލު ކުޑަކޮށް ރަނގަޅުވެ ނިދުމުންނެވެ. ކިރިޔާވެސް ކަމެއް ބޮޑުވެއްޖިއްޔާ އަވަހަށް އޭނައަށް ގުޅުމަށް ބުނެފައި ޚާލިދު ގެއަށް އައީ ބޮލުގައި ގަދަ ރިހުމެއްވެސް ހުރުމުން ގަޑިއެއްދެގަޑިއެއްހާއިރު ނިދާލުމުގެ މަގްޞަދުގައެވެ. ސުހައިލް އާއި ސޯފިޔާ ގެ ހަވާލަށް ޚާލިދާ ދޫކޮށްލާފައި އައީ އެކުދިންނަށް ވަރަށްބޮޑަށްވެސް އިތުބާރު ކުރާތީއެވެ. އެކުދިންނަށްވުރެ ބޮޑަށް އެ ކުދިންގެ މަންމައަށް އަޅާލެވޭނެ ބަޔަކު ނުއުޅޭނެކަމީ ޔަގީން ކަމެކެވެ.

ޚާލިދާގެ އެ ބައްޔަކީ މީގެ ފަސްވަރަކަށް އަހަރުކުރީއްސުރެން ފެނުނު ހަކުރު ބައްޔެވެ. ދިވެހިންގެ ތެރޭގައި ފަހަކަށް އައިސް ވަރަށް ޢާއްމު އެހެންނަމަވެސް ނުރައްކާތެރި ބައްޔެކެވެ. ޑޮކްޓަރުންގެ ލަފާގެ މަތިން ހަކުރު ދަށް ކުރަން ނުވަތަ ކޮންޓްރޯލް ކުރެވެން ކުރެވެން އޮތްހާ މަސައްކަތެއް ޚާލިދާ އައީ ކުރަމުންނެވެ. އެކަމުގައި ކޮއްކޮ ޚާލިދުގެ އެހީތެރިކަން އައީ ވަރަށް ބޮޑަށްވެސް ލިބެމުންނެވެ. އެކަމަށް ހެޔޮ ނަސީބުވެސް އައީ ލައްވަމުންނެވެ.
ޚާލިދާގެ ހަށިގަނޑުން އެ ބަލި އެއްކޮށް ފިލީއޭ ހީވި ޒަމާނެއްވެސް އައެވެ. އެހެންނަމަވެސް މި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޚާލިދާގެ ހާލު އަންނަނީ ވަރަށް ދެރަ ވަމުންނެވެ. އާދަޔާއި ޚިލާފަށް އަވަސް އަވަހަށް ހަކުރު ދަށްވުމުން މަރަށް ހާޟިރުވީއޭ ހީވި ދެފަހަރެއްވެސް މިދިޔަ އަހަރުތެރޭގައި އައިސްފައި ވެއެވެ. މިކަމުގެ ސަބަބުން އެ އާއިލާގެ ތިންކުދިންގެ ފިކުރުވަނީ ވަރަށް ބޮޑުވެފައެވެ.

އެންމެ ދޮށްޓަށް ހުރި ސުހެއިލު އާއި، ޖެހިގެން ހުރި ސޯނިއާ އަކީ ދިރިއުޅުމެއް ފަށައިގެން އުޅޭ ދެބެއިންކަމަށް ވިޔަސް، ފަހަކަށް އައިސް އެމީހުންގެ ގިނަ ވަގުތު ހޭދަކުރެވެމުން އައިސްފައިވަނީ މަންމަގެ ބަލިހާލާއިދޭތެރޭ ކަންބޮޑުވުމުގައެވެ. ސުހެއިލް ކައިވެންޏެއް ކޮށްގެން އުޅޭތާ ދެ އަހަރުވެފައި ވިއެއްކަމަކު އެ އާއިލާއަށް ދަރިއަކު އަދި ލިބިފައި ނުވާތީ، ސުހެއިލްގެ އަންހެނުން އަމީރާ ހުންނަނީ ގޮވާލި ކޮންމެ ފަހަރެއްގައިވެސް މަންމައަށް އެހީވުމަށް ތައްޔާރަށެވެ. ބޭސްދިނުމާއި ކާންދިނުމާއި އަދިވެސް މިފަދަ ކޮންމެ ކަމަކަށްވެސް އަމީރާ ހުންނަނީ އަބަދުވެސް އެންމެ ކުރީގައެވެ.

ސޯނިއާ އަކީ އަބަދުވެސް ހިމޭން އަންހެންކުއްޖެކެވެ. އުމުރުން އެއްތިރީސް އަހަރުވެ ކުޑަކުޑަ ދެ ކުދިންގެ މަންމައަކަށް ވިއެއްކަމަކު އަދިވެސް ސޯނިއާ އަކީ ހަމަ ކުރީގެވެސް ސޯނިއާއެވެ. އެހިމޭންކަމާއި އެ ބަސްމަދުކަމަށް ބަދަލެއް ނާދެއެވެ. އެހެންނަމަވެސް އަމިއްލަ ދަރިންނަށްވުރެ ސޯނިއާވެސް އަދި ސޯނިއާގެ ފިރިމީހާ ރީހާންވެސް ސަމާލުކަން ދެނީ މަންމައަށެވެ. މަންމަ ބަލިކޮށް އުޅޭ ދުވަސްކޮޅެއްގައި އެ ދެމަފިރިންގެ ނިންޖާއި އަރާމަކަށްވެސް އެމީހުންނަށް ފުރުޞަތު ނުދެވެއެވެ.

ހަގަށް ހުރި ސޯފިއާ އަކީ މަންމައަށްޓަކައި މަރުދޭންވެސް ތައްޔާރަށް ހުންނަ އަންހެން ކުއްޖެކެވެ. ޚާލިދާގެ އެތަކެއް އެދުމާއެކުވެސް އަދިވެސް ކައިވެންޏެއް ނުކޮށް އެހުންނަނީވެސް މަންމައާއި އަޅާނުލެވިދާނެތީއޭ ކިޔާފައެވެ. އެހެން އެންމެންވެސް މިހާރުވެސް މާ ބިޒީއެވެ. އޭނަ ކައިވެންޏެއް ކޮށްފިއްޔާ މަންމަ ކައިރީ އިންނާނެ ދެވަނަ މީހަކު ނުހުންނާނެއޭ ކިޔާފައެވެ. މީގެ ހަތަރު އަހަރުކުރިން އެކައުންޓީންގ ދާއިރާއިން ޑިގްރީ ހަދައިގެން އައިއިރު މަންމަ އަކީ ބަލިމީހަކަށް ވެފައިވާތީ، ދެން ލިބުނު އެއްވެސް ފުރުޞަތެއްގައި އިތުރަށް ކިޔަވަން ދާން ބޭނުންނުވީވެސް ހަމަ މި ސަބަބަށްޓަކައެވެ. އޮފީސް ނިންމާފައި އައިސް ރެޔަކަސް ދުވާލަކަސް ސޯފިއާ ހުންނާނީ މަންމަ ކައިރީގައެވެ. ކިޔަވަން ދިއުމުގެ ދެ އަހަރު ކުރިން ބައްޕަ ނިޔާވުމުން މަންމަގެ އެކަނިވެރިކަން ސޯފިއާއަށް މާ ބޮޑަށް އިހްސާސް ވަނީ ކަމަށްވެސް ވެދާނެއެވެ. ސޯފިއާ އަށްޓަކައި ޚާލިދާ އަކީ ދުނިޔޭގައިވާ ހުރިހާ އެއްޗެކެވެ.

އެހެން ނުވާންވީވެސް ސަބަބެއް ނެތެވެ. ލޯތްބާއި އޯގާތެރިކަމާއި އިހްތިރާމް ކުރުން ނޫން އެއްޗެއް އެ އާއިލާގެ އެއްވެސް ކުއްޖަކަށް ކުޑައިރުއްސުރެން މިއަދާއި ހަމައަށްވެސް ފެނިފައެއް ނުވެއެވެ. ޚާލިދާ އާއި އިލްޔާސްގެ ދިރިއުޅުމަކީ ދެކޭ މީހުންނަށް އެ ދިރިއުޅުމުން މިސާލު ނެގުން ހައްގުފަދަ ފުރިހަމަ ދިރިއުޅުމެކެވެ. ދަތި ދިރިއުޅުމެއް އުފާވެރި ދިރިއުޅުމަކަށް ބަދަލު ކުރެވިދާނެ ހުރިހާ ގޮތެއްވެސް ޚާލިދާއަށް އެނގިފައިވި ފަދައެވެ. އެކަމުގެ އުފާ އެންމެ ބޮޑަށް ލިބުނު އެކަކަށް ވާނީ ޚުދު ޚާލިދެވެ.

ދައްތައަށް ލިބިފައިވާ ނަސީބަށްޓަކައި ޚާލިދު އަބަދުވެސް އުފާ ކުރެއެވެ. މީގެ ހައަހަރުކުރިން ޅިޔަންބެ މި ދުނިޔެ ދޫކޮށްފައިވިއެއްކަމަކު އިލްޔާސްބެއާއި ދައްތަގެ ކައިވެނި ކުރިއިރުވެސް އިލްޔާސްބެއަކީ ތަނަވަސް މުއްސަނދި ދިރިއުޅުމެއް އުޅެމުން އައި ދެމަފިރިއެއްގެ ހުރި ހަމަ އެންމެ ފިރިހެން ދަރިފުޅެވެ. އެހެންކަމުން އެދުވަހުވެސް އަދި މިހާރުވެސް އިރާދަކުރެއްވީތީ އެ އާއިލާއަށް ފައިސާގެ ދަތިކަމެއް ފޯރާފައެއް ނުވެއެވެ.

ކައިވެނީގެ ފަހުން، އިލްޔާސްބެއާއި ދައްތަގެ ދިރިއުޅުން އެއްދުވަހުން އަނެއް ދުވަހަށް އައީ ރޯޝަން ވަމުންނެވެ. އެއީ ޚާލިދާ ލިބުމުގެ ނަސީބުކަމުގައި އަބަދުވެސް ޅިޔަންބެ ކިޔައެވެ. އެއީ ތެދެކޭ ޚުދު އޭނައަށްވެސް ބައެއްފަހަރު ހީވެއެވެ. ދައްތައަކީ ދައްތަ ދިޔަ ކޮންމެ ތަނަކުންވެސް، ކޮންމެ ބަޔަކުވެސް ރުހުން ލިބޭފަދަ ގޮތެއް ހުންނަ ދައްތައެކެވެ. މަސައްކަތްތެރިކަމާއި ހީވާގި ކަމާއި އޯގާތެރިކަމާއި ހިތްތިރި ކަމަކީ ދައްތަގެ ގަހަނާއެވެ. އެ އާއިލާއަށް ސޯފިއާ ލިބުމާއެކު އިލްޔާސްބެއަށް ވިޔަފާރީގަޔާއި އެހެނިހެން ގޮތްގޮތުންވެސް ބާއްޖަވެރިކަން ލިބެމުން އައެވެ. މިހެން ބުނީ ދައްތައާއި އިލްޔާސްބެ އެކަންޏެއް ނޫނެވެ. ދެކޭމީހުންވެސް މެއެވެ. އާދަޔާއި ޚިލާފް ކުރިއެރުންތަކާއި ހެޔޮ ރަހްމަތް އެ އާއިލާއަށް ލެއްވިއެވެ. އެކަމަށް ޝުކުރުވެރިވުމުގެ ގޮތުން އެ ދެމަފިރިން އޭގެ ތިންއަހަރު ފަހުން ހައްޖަށް ދިޔައިރު ދިޔައީ ސޯފިއާވެސް ގޮވައިގެންނެވެ. ވަކިދަރިއަކު އެއީ ރަހްމަތެއްކަމަށް ބަލާތީކީ ނޫނެވެ. އޭރު ސޯފިއާގެ އުމުރުން އެންމެ ތިންއަހަރުކަމަށްވެފައި، އެހާ ކުޑަކުޑައިރު ދޫކޮށްލާފައި ދާން ހަމަ ހިތް ނުރުހުނީއެވެ. ގޮވައިގެން ދިޔައީ އެހެން ވެގެންނެވެ. ސޯފިއާގެ ދޮންބެއާއި ދޮންތަގެ ވެސް ރުހުމުގައެވެ.

ދިރިއުޅުން ތަރައްގީވެ އުފާ ފާގަތިކަން ލިބެމުން އައިވަރަކަށް އިލްޔާސްބެގެ ވިސްނުން ހުއްޓިފައި ހުރީ ލިބުނު ތިންކުދިންގެ މުސްތަގްބަލާއި ދޭތެރޭގައެވެ. އެހެންކަމުން ތަޢުލީމު ޙާޞިލުކުރުމަށް އެކުދިންނަށް ވެވެން އޮތް ހުރިހާ ގޮތަކަށް އައީ އެހީވަމުންނެވެ. އާއިލާގެ ތަރައްގީއާއި ފަސޭހައާއި ތަނަވަސްކަމަށްޓަކައިވެސް ކުރެވެން އޮތްހާ ކަމެއް އައީ ކުރަމުންނެވެ. އެގޮތުން ތިންކުދިންނާއި ދައްތަ ގެންގޮސް އެހެން ތަނެއް ކުއްޔަށް ހިފާފައި އެގޭގައި އިލްޔާސްބެގެ މަންމައާއި ބައްޕައާއެކު ބައިތިއްބާފައި ދެން އިލްޔާސް ފެށީ އޭނަގެ މަންމައާއި ބައްޕަގެ މުސްކުޅިގެ، އެގެ ހުރި ބޮޑު ބިމުގައި ބުރިބުރިއަށް ނަގައި ޒަމާނާއި އެކަށޭނަހެން އަދި ދަރިންތައް ބޮޑެތިވާ ދުވަހަކުން އުޅެވޭނެ ފަސޭހަގޮތަކަށް ގެއެއް އެޅުމަށެވެ. ނެގީ އެންމެ ތިން އަހަރެވެ. ގެ ހުރީ ހަތްބުރިއަށް ހަދާފައެވެ. ލިފްޓް ލާ ހަދާފައިވާ ފެންވަރު ރަނގަޅު ގެއެކެވެ. ގޭގެ ތިރީބަޔަކީ މާލޭގެ ވިޔަފާރިބަޔަކަށް ކުއްޔަށް ދީފައި ހުރި ބޮޑު ގުދަނެކެވެ. ފުރަތަމަ ފްލޯރއަކީ އަމިއްލަ ކުންފުންޏެއްގެ އޮފީހެކެވެ. އަނެއް ފްލޯރ ދިނީ ދިވެހި އާއިލާއެއް ދިރިއުޅުމަށެވެ. ދެން ހުރި ފްލޯރ ޚާއްޞަކުރެވުނީ އިލްޔާސްބެއާއި ދައްތަގެ ދިރިއުޅުމަށް ކަމަށްވިޔަސް، އިލްޔާސްބެގެ މަންމަ އާއި ބައްޕަ ނިޔާވަންދެންވެސް އުޅެމުން ދިޔައީ އެ ދެމަފިރިންނާއެކު އެ ފްލޯރގައެވެ. އުފަލާއި ހަމަޖެހުމުގައެވެ. އެންމެ މަތީ ތިންބަޔަކީ ތިން ކުދިންނަށް ހުރި ތިން ފްލޯރއެވެ. ކުދިންނާއި އެކު އާއިލާ އުޅެމުން އައީ ހަމަޖެހޭ ދިރިއުޅުމެކެވެ.

** ** ** ** ** ** ** ** **
"
ހަލޯވް....އާނ...ކީކޭ ސުހައިލް؟" ދެވަނަ ރިންގާއެކު ނިދާފައި އޮތް ޚާލިދު ފޯން ނަގައި ސުވާލު ކުރިއެވެ. ހަމަ އެކަނި ފޯން ނެގީކީވެސް ނޫނެވެ. ފޯން ނެގިގޮތަށް ޚާލިދު އިނީ ތެދުވެ އިށީނދެގެންނެވެ.
"
މިހާރު މިދަނީ. " އިތުރު ވާހަކައެއްވެސް ދެއްކުމެއްނެތި ޚާލިދު ފޯން ބާއްވައިފިއެވެ.

ޚާލިދާގެ ހާލު ވަރަށް ސީރިއަސް ވެގެން ހޮސްޕިޓަލުގައި ހުރި ސުހައިލް ޚާލިދުއަށް ގުޅީ ދަންވަރު ތިނެއްޖަހަން އުޅެނިކޮށެވެ. ޚާލިދުއަށް ދެވުނުއިރުވެސް އައިސީޔޫއަށް ޚާލިދާ ލައިފިއެވެ. އެއްގޮތަކަށްވެސް ނޭވާނުލައިގެންނެވެ. ޚާލިދުއައީ ސަރުކާރުން ހުއްދަ ދެއްވާފައިވާ ޑޮކްޓަރެއް ކަމަށްވާތީ އޭޑީކޭގައި އެދިގެން ޚާލިދަށް އެތެރެއަށް ވަދެވުނެއްކަމަކު ޚުދު ޚާލިދުވެސް އެންގީ އެއްވެސް މީހަކު އިހަށް އެތެރެއަށް ނުވެއްދުމަށެވެ. ބޭރުގައި ތިބި ކޮންމެ މީހަކީ ޚާލިދާއަށްޓަކައި ފުރާނައިން ގުރުބާންވާން ތައްޔާރަށް ހުރި މީހަކަށްވާއިރު މިހާރު ޚާލިދާ އޮތް ހާލު ދުށުމަކީ އެއްވެސް މީހަކަށް ކެތްވާނެކަމަކަށް ނުވާނެތީއެވެ. އޭގެ ބަދަލުގައި ރަނގަޅަށް އުއްމީދު ކުރުމަށާއި އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށް ވިސްނުމަށް ޚާލިދު އެދުނެވެ. ހެޔޮ ދުޢާކުރުމަށް ސުހައިލްއައި ސޯފިޔާއަށް ޚާލިދު ނަސޭޙަތް ދިނެވެ.

ނަމަވެސް އެރޭ ފަތިހު ފަހެއްޖަހާލާހާއިރު ވީއިރު ޚުދު ޚާލިދުގެ ހިތުގައިވެސް ބިރެއް ހިނގަން ފެށިއެވެ. ދައްތަގެ ޙާލު ރަނގަޅު ވުމުގެ ބަދަލުގައި ގޯސްވަމުންދާކަން ދައްތަގެ ކުދިންނަށްވެސް ޚާލިދު އަންގައިފިއެވެ. އެއީ އެހިސާބުން ދެން ހަމަ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަކަށް ވާތީއެވެ.

"
ދަރިފުޅާ......މަންމައާއެކު އަންނަން ދަރިފުޅުވެސް ހަމްދުވެސް ތައްޔާރުވޭ. ޓިކެޓްގެ ކަންތައް ބައްޕަ ހުންނާނީ މިހާރު ހަމަޖައްސާފަ. އެއަރޕޯޓަށް ދިޔައީމަ ޓިކެޓް ލިބޭނެ. ޒާހިރުއަށް އެނގޭނެ ކަންތައް ކުރަންވާ ގޮތް." އާ ދުވަހަކަށް އިރު އަރަމުން އައިއިރު އޭޑީކޭ ގޯތިތެރޭގައި ހުރެ އިނާއަށް ގުޅާފައި ޚާލިދު އެ އެންގީ ޚާލިދުގެ އާއިލާ ހިތަދޫއިން މާލެއަށް އައުމަށެވެ.

އާއިލާ އެއްތަންވާންވީ ވަގުތު ޖެހުނީއެވެ. ޚާލިދާގެ ހާލު ދަށްވަމުން ދަށްވަމުންގޮސް އެންމެ ފަހުން ޑޮކްޓަރުން އުއްމީދު ކަނޑާލައިފިއެވެ. ވާނެ ގޮތް ދެނެވޮޑިގެންވަނީ ﷲ އެވެ. އެކަމަކު ދުނިޔެމަތީގައި ތިބި އިންސާނުންނަށް ދެން އިތުރު އުއްމީދެއް ނެތެވެ. ޚާލިދާ އެދަނީ އެ ފުރާނައިގެ ފަހު ނޭވާ ގުނަމުންނެވެ.

*******(ނުނިމޭ)********http://www.muraasil.com/images/loading.gif
http://www.muraasil.com/images/comment_reply.pngPosted on 2010-12-25 18:40:53 | Report this Comment
ސަޅި!
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހަމަ އެންމެ ދެ އަކުރު.....؟؟؟ އެޔޯ އަނެއްކާ؟؟؟
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2010-12-25 20:23:11 | Report this Comment
އޭ... ކިހިނެއް ތިހެދީ، ކިޔަކިޔާ އިންދާ ނުވެސް އެނގި މި ނިމުނީ ކޮންކަހަލަ ހިސާބަކަށް.
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2010-12-25 21:54:38 | Report this Comment
waiting eagerly for the next part.. hope u will upload it soon
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2010-12-25 22:56:10 | Report this Comment
ވަރަށްވެސް ރީތި..މަންޒަރުތައް ހަމަ ސިފަވަމުން ދޭ........އުއްމީދުކުރަން ދެން އޮތް ބައިވެސް އަވަހަށް ފެންނާނެކަމަށް.....ގުޑްލަކް....(:
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ފާތުންއަށް ބޮޑު ޝުކުރިއްޔާއެއް. އަބަދުވެސް ތިގޮތަށް ހިތްވަރު ދޭނެކަމަށް ހީކުރަން. ތޭންކްސް.
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2010-12-25 23:19:09 | Report this Comment
ވ. ސަޅި އިގޭ.............
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2010-12-26 08:46:42 | Report this Comment
ސަޅިއޭ މިޕާޓްވެސް ..... އެކަމު އަޅެ އަވަހަށް އިނާ އާ ނަވީންއާ ދެމީހުން މީޓްކޮށްދީބަލާ ޕްލީޒްޒްޒްޒްޒްޒްޒްޒްޒްޒްޒްޒޒްޒްޒްޒްޒްޒްޒްޒްޒ ،
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އައްމި...........އަދި ކިހިނެއް އެނގެނީ އެމީހުން މީޓްވާނެކަމެއްވެސް. ލެޓްސް ސީ ދޯ؟ ހެހެހެ. ޝުކުރިއްޔާ އިނގޭ އެކަމަކުވެސް. އުފާވޭ.
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2010-12-26 13:52:57 | Report this Comment
ބޭކާރު ބައިތަށް ވަރަށް ގިނަ ދެން ހަމަ ރަގަޅު އެކަމަކު ވާހަކަ ވަރަށް ރީތި
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އެކިމީހުންގެ ޚިޔާލު ތަފާތުވާނެ ދޯ؟ އަފޫ ތިދެކޭގޮތަށްވެސް ސޮފާ އިހްތިރާމް ކުރަން އިނގޭ. އަސްލު ސޮފާ ބަލަނީ ވާހަކަ އަމާޒުވެފައިވާ މީހާއާއި ގުޅުންހުރި ހުރިހާ ފައުންޑޭޝަނެއް ބިލްޑް ކުރެވޭތޯ. އެކި ލިއުންތެރިން ގެންގުޅޭނީވެސް އެކި އުޞޫލެއްނު ދޯ؟
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2010-12-26 14:32:58 | Report this Comment
ވވވވވވވވ ސަޅި........
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2010-12-26 19:50:56 | Report this Comment
ބޭކާރު ގެ މާނައަކީ ކޮބައިބާއޭ ހިތަށް އަރައެވެ. އިނާއަކީ ކާކުކަމާއި އިނާގެ އަޞްލު ކިޔުންތެރީންނަށް އެނގުމަކީ މުހިންމު ކަމެއްނޫންބާވައެވެ! ވާހަކަ އަމާޒުވެފައިވަނީ އިނާއަށް ކަމަށް ވީއިރު މިކަންކަން އެނގުމަކީ މުހިންމުކަމެއްކަމަށް ފެނެއެވެ. ކުރިޔަށް ވަޑައިގަންނަވާށެވެ! ވާހަކަ ކޮންމެ ދުވަހަކު ގެނެސް ދެވޭ ގޮތެއް ހަމަ ނުވާނެބާ!
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2010-12-27 10:13:52 | Report this Comment
ވަރަށް ސަޅި. ވާހަކައިގެ އަނެއްބައިގެ އިންތިޒާރުގާ
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2010-12-27 10:46:10 | Report this Comment
ވާހަކަ މިކިޔުނީ 10 ވަނަ ފަހަރު އަނެއްބައި އަޕްނުވާތީ ހަމަ މިހެން މިބައި ކިޔާލަ ކިޔާލަ އިންނަންވީތަ؟؟؟؟ މިބައިވެސް ވ ރީތި އަނެއްބަޔައް އިންތިޒާރުގަ އަނެއްކާ މިބައި މިކިޔާލަނީ...ދެން މިހެންތާ ވާނީ ދޯ.......
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އަޅޭ.......އެހާ ދެރަނުވޭ އިނގޭ ޝައިނާ. ސޮފާއަށް ގެއަށް ދެވުނުހާ އަވަހަކަށް އަޕްކުރާނަން
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2010-12-27 14:56:36 | Report this Comment
ތޭންކްސް...މިހާރު ހަމަ ގައިމުވެސް އުފާވެއްޖެ...ތިކުރާ ހިއްވަރަށް ހަމަ ސާބަސް..ބިޒީ ވަންޏާ ޝައިނާ އަށް މެއިލް ކޮއްލަންވީނު ޢޭރުން ހަމަ ގައިމުވެސް ދުވަހުން ދުވަހަށް ކޮއްދޭނަން...
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2010-12-27 14:57:36 | Report this Comment
10ފަހަރު ކިޔާ އިރު ވާހަކަ ހިތު ދަހެއް ނުވޭތަ! ހެހެހެހެ ޝައިނާ އެކަންޏެއް ނޫން އިނގޭ! މަށަށްވެސް ވަރަށް ބެލޭ އިނާ ކޮބައިތޯ؟ އެކަމު ކީއްކުރާނީދޯ! ކިތަންމެ ކިޔާ ހިތްވިޔަސް..................................
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2010-12-27 20:23:15 | Report this Comment
އަޅޭ އަދިވެސް ގެއަށް ދެވޭވަރު ނުވަނީތަ...ދެންދޯ..މިހާރު ފޫހިވާން ފަށައިފި ވާހަކަ ކިޔަން..އިންތިޒާރުވެސް ކުރެވޭނީ ވަކިވަރަކަށް ދޯ...
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2010-12-27 21:28:53 | Report this Comment
އެބުނާހެން އަދިވެސް ނުކުރޭތަ ؟؟ :(
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2010-12-27 23:25:26 | Report this Comment
ނަވީންގެ ނަޒަރު ހާދަ ތޫނޭ. އަޞްލު ނުކެރެ އެ ލޮލަށް ބަލާކަށްވެސް. ބެލީމަ ފިނިވަނީ. ހީވޭ ހިތް ވިރިގެންދާހެންވެސް.
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2010-12-30 06:10:56 | Report this Comment
އިނާ!!!!!!!!!!!! ހެހެ

0 comments:

Post a Comment