ދެމީހުން
އެތަކެއް މަސްދުވަސްވަންދެން އެދެމުން އައި ލޯބި ލިބުނުކަމުގެ
ޔަގީންކަންލިބުމުންނާއި، އެކަކު އަނެކެއްގެ އަތުތެރޭގައި އިހްސާސްކުރަމުން ދިޔަ
ފޮނިމީރުކަމުގެ ސަބަބުން ދެމީހުންނަށްވެސް ތިބެވުނީ ހިނދުކޮޅަކަށްވިޔަސް، ބުނެދޭން
ނޭނގޭކަހަލަ މަސްތެއްގައެވެ. އާއްމުގޮތެއްގައި ލޯބިވެރިން މިސާލުޖަހާ ހަނދުވަރު
މިރޭ ދުނިޔެމަތިން ފެންނަން ނެތްނަމަވެސް، އެދެމީހުންގެ އެ ގާތްކަމަށް އެންމެ ބޮޑު
ބާރެއް އަޅައިދިން މޫސުންވެސް ދިޔައީ އެދެމީހުންނާއެކު އުފާ ކުރަމުންނެވެ.
ފިނިރޯޅިތައް ދިޔައީ ގޯތިތެރޭގެ ގަސްތަކުގައި އެ އަޅުވާލާ ވަޔާއެކު ފޮނި ރާގެއް
ކުޅެމުންނެވެ. އެވަޔާ ބައިވެރިވެ އިރުއިރުކޮޅާ ބައިބަޔަށް އެ އަންނަ ވާރޭގެ
ތިކިތައް ދިޔައީ އުފަލާއެކު ނަށަމުންނެވެ. އެއްވެސް މީހަކު ނުކިޔާއިރުވެސް، އާ
ލަވައެއް، މުޅިން އާ ރާގަކަށް ޖައްވުތެރޭގައި އަޑު ހިއްޕާލާފައި ވެއެވެ. މުޅިން އާ ލޯތްބެއްގެ އާ ގުޅުމެއް އުފަން ވުމުގެ އުފަލުގައި މުޅި ކާއިނާތުވެސް އުފާ ކުރަނީއެވެ.
** ** ** ** ** **
ލިބުނު ކުއްލި އުފަލުގައި ވަށައިގެންވާ މާހައުލުމަތިން ހަނދާންނެތިފައި ތިބެވުނީ އިރުކޮޅަކަށެވެ. ނަވީންގެ އަތުތެރެއަށް އާދެވުނީއްސުރެ މެރިފައި ހުރި އިނާގެ ދެލޯ ހުޅުވުނުއިރުވެސް އިނާއަށް ހުރެވުނީ މީރު އިހްސާސަކުން ގެނެސްދިން ހިނިތުންވުމެއްގައެވެ. މި ތިބެވުނު ތަނާއި ތިބެވުނުގޮތް އިނާގެ ހަނދާނަށް އައީ އޭގެ އަދި އިރުކޮޅެއްފަހުންނެވެ. ނަވީންގެ ކޮނޑުމަތިން ގޭގެ ސިޓީންރޫމް ދޮރު ފެނުމުންނެވެ.
އަވަހަށް ނަވީންއާއި ދުރަށް ޖެހިލަން އިނާ އުޅުނެވެ. އެކަމަކު ގަދަ މަޖްބޫރަކުން ނޫނެވެ. މަޑުމަޑުން ލޯބިންނެވެ. ނަވީންވެސް އިނާއަށް މަޑުމަޑުން ދޫ ދިނެވެ.
ލޯބިވާ މީހާގެ އަތުތެރޭގައި ، އަދި އެމީހާގެ ނޭވާގެ ހޫނުކަން ފޯރާހިސާބު ކައިރީގައި ހުރެވޭ ފުރަތަމަ ފަހަރށްފަހު، ދުރަށްޖެހި، އެމީހާއާއި ހަތަރުކަޅި ހަމަކުރުމަކީ ލަދުވެތިކަން ހުރި އެއްވެސް އަންހެންކުއްޖަކަށް އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫންކަމުން ، ނަވީނަށް ފެނުނީ އޭނަގެ މޫނަށް ބަލަންވެސް، އަދި އޭނައަށް އިނާގެ މޫނު ދައްކަން ވެސް ނުކެރިގެން އިނާ އުޅުނުތަނެވެ. އެހާ ގައިގޯޅިކޮށް އުޅެވުމުން އިނާ ހުރީ ވަރަށް ބޮޑަށް ލަދުގަނެފައިކަން ނަވީނަށް ފާހަގަ ކުރެވުނެވެ.
"ބައްޕަމެން ނުކުމެދާނެ........" އިޝާރާތުން ސިޓިންރޫމް ދޮރު ދައްކަމުން އިނާ ބުނެލިއެވެ. ޔުނިފޯމް ރަނގަޅުކޮށްލުމުގެ ގޮތުން އުނަގަނޑާދިމާލުން ދެއަރިމަތިން ހިފައި ތިރިއަށް ދަމާލަމުންނެވެ.
"މިރެއަކު ނުނުކުންނާނެ....." އަދިވެސް އިނާގެ އަތްތިލައިގައި ހިފައިގެން ހުރެ ގެއާއި ދިމާލަށް ބަލާލަމުން ޔަގީންކަމާއެކު ނަވީން ބުނެލިއެވެ.
"ނަވީންއަށް ހާދަ ޔަގީންވެޔޭ ދޯ ހުރިހާކަމެއް........" މިރޭ ނަވީން ބުނާ ކޮންމެ އެއްޗެއް އެހާ ޔަގީންކަމާއެކު ބުނާތީ، އިނާއަށް އުނދަގޫ ވިއެވެ.
"ހޫމް....ފުދޭ ވަރަކަށް ޕޮޒިޓީވް ވާނެ.....އެހެން ނޫނަސް އިނާހެން އެއްވެސް ކަމެއްގަ އުއްމީދުކަނޑާލާ މީހެއް ނޫން އަހަންނަކީ. މިރޭ މިގޮތަށް އަންނާނެތަ އެހެންނަމަ....؟" އިނާގެ އަތްތިލައަށް ނަވީން ފިތާލިއެވެ.
އިނާ ހަމަ އެކަނި ހިނިތުންވެލައިގެން ބަލަހައްޓައިގެން ހުރީއެވެ. އެއްޗެއް ނުބުނެއެވެ. ބުނާނީވެސް ވަކި ކީކޭހެއްޔެވެ. ބޮޑު އަތޮޅެއްގައި ފޯނާއި އިންޓަނެޓްގެ ޚިދުމަތް ދޭ ހަމަ އެކަނި ތަނުގެ ވެރިޔަކަށް ފޮނުވާފައި ހުންނާނީވެސް ޕޮޒިޓިވް ވާން ނަވީނަށް އެނގޭތީކަމާމެދު އިނާ ޝައްކެއް ނުކުރެއެވެ.
"ނަވީން ހަމަ އަސްލުވެސް ފުރަންތަ ފަތިހުން....؟؟" ނަވީންގެ އަތުތެރެއިން މަޑުމަޑުން އަތް ދަމައިގަންނަމުން އިނާ ކޮށްލީ އޭނައަށް މިވަގުތަށް އެންމެ މުހިއްމު ސުވާލެވެ. ޖަވާބުގައި ނަވީން ބޯ ޖަހާލިއެވެ.
ދެންވާނީ ކިހިނެއްބާއޭ އަހަން އިނާ ބޭނުންވިޔަސް، އިނާ ނާހައެވެ. ވިސްނާލަން ހުރެވުނީއެވެ.
"އެކަމަކު ފުރުމުގެ ކުރިން އިނާއާއި ދައްކަން ބޭނުން ބައިވަރު ވާހަކަ އެބަހުރި.....އިރުކޮޅަކު ހުރެލަދޭނަން ދޯ؟" ނަވީން އެދުނެވެ.
"އެކަމަކު ނަވީންވެސް ތިހިރީ އެކަށް ތެމިފައެއްނު..." އިނާއަށް ކަންބޮޑުވީ އެތާ ފެންޑާމަތީގައި ބަހައްޓައިގެން އިނާ އާއި ވާހަކަ ދައްކަން ޖެހޭތީއެވެ. އެކަމަކު ގޭތެރެއަށް ވެއްދޭނީވެސް ނުތެމި ހުރިނަމަތާއެވެ.
"އެއީ މައްސަލައެއްނޫން. ކުޑަކޮށް ފެންހިއްކާލާނެ އެއްޗެއް ލިބެނިކޮށް މިތަނުން ގޮނޑިއެއްގަ ޖައްސާލެވިދާނެނު....އެންމެ ރަނގަޅުތަ އެގޮތް؟" ފެންޑާގެ އެއްކޮޅުގައި، ހުރި ގޮނޑިތަކަށް ނަވީން އިޝާރާތްކޮށްލީ އެއީ ލަކުޑި ގޮނޑިތަކަކށް ވެފައި ތެމުނަކަސް އެއީ މާ ބޮޑު ކަމަކަށް ނުވާނެތީއެވެ.
"އަނެއްކާ ގެއަށް ދާނީވެސް ކިހިނެއް....." ނަވީން މިހެން ބުނީ ކުރިން ވެހުނު ވަރަށް ބޯކޮށް ނުވެހުނު ނަމަވެސް އަދިވެސް ތުނިކޮށް ވެހެމުން ދާ ވާރެއަށް އިޝާރާތް ކޮށްފައެވެ.
އިނާއަށްވެސް ނަވީންގެ އެ ވާހަކަ ގަބޫލު ކުރެވުނެވެ.
"އަންނާނަން......" ސިޓިންރޫމްގެ ދޮރު ހުޅުވާލާފައި އިނާ އެތެރެއަށް ވަނީ ނަވީން ފެންޑާމަތީގައި ބަހައްޓާފައެވެ.
"ފެން ހިއްކާލަންވީނު...." މާލަސްތަކެއްނުވެ އައިސް ބޮޑު ހުދު ތުވާއްޔެއް ނަވީންއަތަށް އިނާ ދިއްކުރިއެވެ.
"އަދި އަންނާނަން..........މަޑުކޮށްލަދޭނަން ދޯ؟" ދެވަނަ ފަހަރަށްވެސް އަންނާނަމޭ ބުނެފައި އިނާ ހިނގައިގަތީ ރީތި ހިނިތުންވުމަކުން ނަވީން ހިތްހަމަޖައްސައި ދީފައެވެ. އެކަމަކު އިނާގެ ހިތް އޮތީ ހަމަޖެހިފައެއް ނޫނެވެ. ނަވީން މާދަން ފުރާކަން ޔަގީންވާތީއެވެ.
އޭނަވެސް ނަވީން އާއި ދައްކަން ބޭނުންވާ ބައިވަރު ވާހަކަ އެބަހުއްޓެވެ. އެކަމަކު ހާދަ ވަގުތު ކުޑަތަންވެއްޖެއެވެ. މާދަން ނަވީން ފުރާކަމަށްވަންޏާ އެދެމީހުންގެ ދެމެދުގައި މި ފެށުނު ގުޅުމާއި ދޭތެރޭގައިވެސް މިރޭ އެމީހުން ވާހަކަ ދައްކަން ޖެހޭނެއެވެ. ނަވީންގެ ގަސްދަކީ އެކުގައި އުމުރަށް އުޅުންކަން ކިތަންމެހާވެސް ޔަގީންކަމާއެކު އޭނައަށް އެނގެއެވެ. އޭގެ ނުސީދާ މާނަވެސް އޭނައަށް އެނގެއެވެ. އެކަމަކު އެއީ ކޮން ދުވަހަކުހެއްޔެވެ؟ ކޮން އިރަކު ކޮންތާކު ކިހިނެއް ހެއްޔެވެ؟ ނަވީންގެ މީހަކަށް އޭނަ ހަދަން ނަވީން އެނބުރި އަންނާނީ ކިތައް ދުވަހުން ނުވަތަ ކިތައް މަހުން ހެއްޔެވެ؟
މަންމަމެން....
މަންމަމެނަށް މިކަން އެނގުމުން ވާނީ ކިހިނެއް ހެއްޔެވެ؟ މަންމަމެނަށް މި ހަގީގަތް ކިޔައިދޭން އޭނައަށް ކެރޭނެހެއްޔެވެ؟ އަނެއްކާ މިރޭ އޭނައާއި ނަވީން ތެމިގެން އެތާގައި ތިއްބާ ފެނިއްޖެއްޔާ މަންމަ އާއި ބައްޕައަށް ވިސްނޭނީވެސް ކޮން ގޮތަކަށްހެއްޔެވެ؟ އޭނައާއި ނަވީންއާ ދެމެދުގައި "އެކަހަލަ" އެއްވެސް ގުޅުމެއް އިރެއްގައިވެސް އުފެދެން އުޅުނުކަންވެސް މަންމަމެނަކަށް ނޭނގޭނެއެވެ. ވީއިރު، ޒިޔާދު އާއި އޭނަގެ ކައިވެނި ނުކުރެވޭގޮތަށް ހަމަޖެހުނުތާ އަދި މާ ގިނަ ދުވަސް ނުވަނީސް އެހެން މީހަކު ޚިޔާރު ކުރިކަން އެނގުމުން މަންމަމެން ދެކޭނީވެސް ކިހިނެއ ހެއްޔެވެ. އަދި އެގޮތަށް ޚިޔާރު ކުރީ މިހުރިހާ ދުވަހު އާއިލާގެ ރައްޓެއްސެއްގެ ހައިސިއްޔަތުން ގެއަށް އައިސްއައިސްހުރި ނަވީންކަން ބައްޕައަށް އެނގުމުން އެކަމާ ބައްޕަމެން ގަބޫލު ވާނެހެއްޔެވެ؟ ހިތް ނުރުހި ނުދާނެހެއްޔެވެ؟
މިރޭ މަންމަ އާއި ބައްޕަ އެ ނިދީ ހާދަ އަވަހަކަށެވެ. އާއްމުގޮތެއްގައި އޭނަ އަންނަންދެން މަންމަވެސް ހޭލާ އުޅޭނެއެވެ. އެކަމަކު މިރޭ ގޭގައި އެކަކުގެވެސް ހިލަމެއް ނެތެވެ. ޒާހިރުވެސް ކޮބައި ހެއްޔެވެ؟ އޭނަ ބަލާ ކާރު ނުދިޔައީވެސް ކީއްވެހެއްޔެވެ؟
ހައްތާވެސް ސުވާލުތަކެވެ. އެކަމަކު އެ ހުރިހާ ސުވާލަކަށް ޖަވާބު ހޯދާކަށް ވަގުތެއް ނެތެވެ.
ހިތުގައި އެތަކެއް ސުވާލު އުފެދެމުން ދިޔައިރު އިނާ ދިޔައީ ވަރަށް އަތްމަތި އަވަސްކޮށްލާފައި އޭނަގެ ތެތް ހެދުން ބަދަލު ކުރަމުންނެވެ. ނަވީން ބޭރުގައި އިންނާނެއެވެ. މާދަން ފުރާނެއެވެ. ލިބެން އޮތް އެންމެ މިނެޓެއްވެސް ނަވީން އާއި ވަކިން ދުރުގަ ހުންނަން އިނާ ބޭނުމެއް ނޫނެވެ. އެހެންކަމުން ފުނާވެސް އެޅުމުގެ ބަދަލުގައި ފަން އިސްތަށިގަނޑު ތުވާލިން ހިއްކާލި ގޮތަށް ބަހައްޓާފައި، ފުރަގަހުން ނަގާ ބޮޑު ދައްޗަކުން އިސްތަށިގަނޑު ހިފަހައްޓާލީއެވެ. ތެމިފައި ހުރުމުން ހިކެންދެން އިސްތަށިގަނޑު ދޫކޮށްގެން އިންނަން ބޭނުންވިޔަސް، އެގޮތަށް ނަވީންގެ ކުރިމައްޗަށް ދާކަށް އިނާއަކަށް ނުކެރުނެވެ.
މަޑުފިޔަވަޅުތަކެއްގައި ސިޓިންރޫމް ހުރަސްކޮށް ގޮސް އިނާ ނުކުތްއިރު، އެތާހުރި ލަކުޑި ގޮނޑިތަކުގެ ތެރެއިން އެންމެ ދިގު ގޮނޑީގައި ނަވީން އިނެވެ. ކުރިމައްޗަށް ކުޑަކޮށް ގުދުވެލައިގެން އިނދެ އެއް އަތުން އަދިވެސް ބޮލުގެ އިސްތަށިގަނޑު ހިއްކަނީއެވެ. އެ އަތުގައި އޮތް ބޮޑު ތުވާލީގެ ސަބަބުން އިނާ އެތަނަށް އައިތަންވެސް ނަވީނަށް ނުފެނުނެވެ. އެނގުނީ އޭނަ ކައިރީގައި އިނާ އިށީނުމުންނެވެ.
ނަވީން ބަލާލިއިރު ކަޅުރަތްކުލައިގެ އަތްދިގު ރީތި މައްޗަކާ ކަޅު ޖިންސެއް ލައިގެން އިނާ އިންދާ ފެނުމުން ނަވީންއަށް އެހެން ދިމާލެއް ނުވެސް ބެލުނެވެ. މޫސުން ކިތަންމެ ފިނިވިޔަސް، އިނާ ފެންނަ މީހެއްގެ ހަށިގަނޑަށް މީރު ހޫނުކަމެއް އިހްސާސްވާނެއޭ ނަވީންގެ ހިތަށް އެރިއެވެ. ކަޅުރަތްކުލައިގެ އެ ހެދުން އިނާއާއި ވަރަށް ގުޅެއެވެ. އަދި ޚާއްޞަކޮށް ނަވީން އަޅައިގަތީ އިސްތަށިގަނޑަށް ހަދާފައި އޮތް ގޮތަކުންނެވެ. އެނޫނިއްޔާ ދުވަހަކުވެސް އިނާގެ ބޮލުގައި ފުނާ ނާޅައި ހުއްޓާ އޭނައަށް ފެނިފައި ނެތެވެ. އެކަމަކުވެސް އެހެން ހުންނައިރުވެސް ހާދަ ފުރިހަމައޭ ހިތަށް ނައަރުވައެއް ނަވީންއަށް ނުހުރެވުނެވެ.
"ނަވީން ގެއަށް ދާން ބޭނުންތަ ހިކެން...؟ ކާރު ނެރެދެންތަ؟ " އިނާ ގަސްދުކުރީ ނަވީން އާނއެކޭ ބުނެފިނަމަ ނަވީން އަށް ކާރުގެ ތަޅުދަނޑި ހަވާލުކުރުމަށެވެ.
"އަހަރެންގެ ކާރުވެސް އެބައޮތޭ ބޭރުގަ. ނުދެކެންތަ އިނާ؟" ފެން ހިއްކަން ގެންގުޅުނު ތުވާލި ގޮނޑީގެ އަތްގަނޑުމަތީގައި ބާއްވާފައި އިނާއާއި ދިމާލަށް ނަވީން އެނބުރުނެވެ. އޭރު އިނާ އިނީ ނަވީންގެ ފަރާތުން މިރޭ މިފެންނަ ނޭނގޭ ސިއްރުތައް އަދިވެސް އިތުރަށް ހުންނާނެބާއޭ ހިތަށް އަރާ ދެބުމަ އަރުވައިގެންނެވެ.
"ނަވީންގެ ކާރު މިގޭ ކައިރީ ބާއްވާފަ ހޮސްޕިޓަލަށް ދިޔައީ ކިހިނެއް؟" ނަވީން އެބުނީ އެއީ ތެދެއްކަމަށް ގަބޫލު ނުކުރާތީ އިނާ މިހެން އަހާލީ ސަމާލުކަން ކުޑަ ގޮތަކަށެވެ.
އިނާގެ މި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ނަވީން އިރުކޮޅަކަށް ވިސްނާލިއެވެ.
"އިނާ ހޯދަން އަހަރެން ފުރަތަމަ އައީ މިގެއަށް. އޭރު އިނާ ބަލާ ދާން ޒާހިރު އުޅެނީ.....ޒާހިރުއާއެކު އިނާ ބަލާ އަހަރެންވެސް ދިޔައީ....ދިޔައީ އެކާރުގަ އިނާ ގޮވައިގެން އަންނަން.....އެކަމަކު އެހިސާބުން ޕްލޭން ބަދަލުވީ. ހޮސްޕިޓަލަށް ގޮސްފައި ޒާހިރު ކައިރީ ގެއަށް ދާށޭ ބުނީ އަހަރެން. އަހަރެން މަޑުކުރީ....." ހުއްޓަ ހުއްޓާފައި ލަސްލަހުން ނަވީން ކިޔައިދިނެވެ. ވީގޮތް ހަގީގަތަށެވެ.
ނަވީންއަށް ބަލަހައްޓައިގެން އިނާ އިނީއެވެ. ސުވާލުތަކަކާއެކުގައެވެ.
"ގެއަށް ގޮއްސަ އަންނަންވީތަ....؟" އިނާ ކުރެން ނަވީން އެހިއެވެ.
"އޭރު މަންމަމެން ނޫޅެނީ ދޯ؟" ޔަގީނާއި ގާތަށް އިނާއަށް ހީވީ އެހެންނެވެ.
"ނޫން....މަންމަވެސް ބައްޕަވެސް....ހަމްދުވެސް އުޅޭ.........." އިނާގެ ވާހަކަ އެދަނީ ކޮން މިސްރާބަކަށްކަން ނަވީންއަށް އެނގެއެވެ.
"އިނާގެ ބައްޕަގެ އެއްވެސް މައްސަލައެއް ނެތް އިނާއާއި އަހަރެން މެރީ ކުރުމުގަ. އިނާގެ އެބައޮތްތަ؟" އެއީ ނަވީންގެ ގޮތެވެ. ވީގޮތް ސީދާ ނުބުންޏަސް ހަގީގަތް އަންގައިދޭނެއެވެ. އާދަޔާ ޚިލާފު ގޮތްގޮތަށެވެ.
"ބައްޕަ ..........؟" އިނާއަށް ކުއްލި ސިހުމެއް އައެވެ.
"ހޫމް........އަހަރެން އިނާއާއި ކައިވެނި ކުރަން ބޭނުންވާ ވާހަކަ އެންމެ ފުރަތަމަ ބުނީ އިނާގެ ބައްޕަ ކައިރީ. މިރޭ އެވާހަކަ ދައްކާފަ، އެކަމަށް އާނއެކޭ ބުނީމަ ހުއްދަ ލިބިގެން އިނާ ބަލާ ދިޔައީ." ކަން ހިނގާ ދިޔަގޮތަށް ނަވީން ބުންޏެވެ. އެހެންނަމަވެސް އެ ކައިވެންޏަށް އެދުނީ ޚާލިދުކަމަށް ބުނަން އަދިވެސް އޭނައަށް އަވަހެވެ.
އިނާއަށް ހަމަ އަންތަރީސްކަމާއި ކަންބޮޑުވުމެވެ.
"އެހެންވެ ޚާލިދުމެން ހޭލާ ނެތީ.....ޒާހިރުވެސް ނުހުންނާނެތާ ދޯ؟ މިރޭ މިގެ މިއޮތީ އަހަރެމެންނަށް ހިތަކަށް. ނައަންނާނެ އެއްވެސް މީހަކު." އަނެއްކާވެސް މާ ބޮޑު ޔަގީންކަމަކާއެކު ނަވީން ބުންޏެވެ.
"ކީއްވެ ކުއްލިއަކަށް ބައްޕައާއި ވާހަކަ ދައްކަން އަންނަން ޖެހުނީ....ފުރާތީތަ؟" އިނާއަށް ނުތަނަވަސްކަން ލިބެން ފެށީ ބައްޕައަށް އެނގެއޭ ބުނި ހިސާބުންނެވެ.
"އެވާހަކަ އިހަށް ބަހައްޓަބަލަ....ބުނެބަލަ....އެބައޮތްތަ މައްސަލައެއް...ޝަކުވާއެއް ދަޢުވާއެއް އޮތިއްޔާވެސް މިރޭ ބުނަންވާނެ އިނގޭ. ވަގުތު ވަރަށް ކުޑަ" އެއްފައިމައްޗަށް އަނެއްފައިލައިގެން ހަށަން ބަނދެލައިގެން ގޮނޑިއަށް ލެނގި އިން އިނާއެކޭ އެއްގޮތަށް ނަވީންވެސް ގޮނޑިއަށް ލެނގިލާފައި އިނާގެ ކަކޫމަތީގައި އަތް ބޭއްވިއެވެ.
"އުނހުނ......." ނަވީންއާއި ކައިވެނި ކުރަން އެއްވެސް މައްސަލައެއް ނެތްކަމަށް ރަކި ހިނިތުންވުމަކާއެކު އިނާ އެއްބަސްވިއެވެ.
"އަހަންނާއި މެރީ ކުރާނަން ދޯ؟" އިނާގެ ދާދި ގާތުގައި ޖެހިގެން އިނދެ އިނާގެ އަތްތިލައިގައި ހިފަމުން ނަވީން އެހިއެވެ.
އިނާއަށް ލިބުނު އުފަލުންނާއި ގަތް ލަދެއްގެ ސަބަބުން ނަވީންގެ ނަޒަރުން ސަލާމަތްވާން ނަވީންގެ ކޮނޑުގައި ބޯއެޅުނެވެ. އޭނަގެ ކޮނޑުގައި އިނާ ބޯ އެޅުމުން އޭނައަށް އިނާގެ މޫނު ރަނގަޅަކަށް ނުފެނެއެވެ. ފެންނަނީ ހިނިތުންވެފައިވާ ތުންފަތާއި ނޭފަތުން ބަޔެކެވެ. ދެން ތިރިކޮށްފައިވާ އެސްފިޔަތަކެވެ.
"އަހަރެން ބޭނުންވަނީ އިނާގެ ދުލުން ބުނާ އަޑުއަހަން...." ކަނައަތުން އިނާގެ ވައަތަށް ބާރުކުރަމުން އިނާގެ ކޮލުގައި ފިރުމާލީ އޭނަގެ ވައަތުންނެވެ.
"ހޫމް.........." އިނާ ބުނީ މިވަރަށެވެ.
"ކޮން ކަމަކަށް ހޫމް ތިބުނީ...؟" ނޭނގޭ ކަމަށް ނަވީން ހެދިއެވެ.
"ނަވީންއާއި މެރީ ކުރަން ބޭނުން." ނަވީންގެ ކޮނޑުން ބޯ ނުނަގާ އެއިންގޮތަށް އިނދެ އިނާ ޖަވާބު ދިނެވެ. އެ އަޑުއިވުމުން އުފާވީ ނަވީން އެކަންޏެއް ނޫނެވެ. ޚުދު އިނާއަށްވެސް އޭނަގެ ދުލުން އެބަސް ބުނެވުމުން އުފަލެއް އިހްސާސް ވިއެވެ.
"ޝުކުރިއްޔާ.......ތިއަށްވުރެ ބޮޑު އުފަލެއް އެއްވެސް މީހަކަށް އަދި އަހަންނަކަށް ނުދެވޭ.......ތެންކްސް.....ފޯރ އެކްސެޕްޓިންގ މައި ލަވް." މިހެން ބުނެފައި އެނބުރިލާފައި އިނާގެ ނިތްކުރީގައި ނަވީން ބޮސްދިނެވެ. ޝުކުރުވެރިވުމާއި ލޯތްބާއެކުގައެވެ.
އިނާ އިނީ ނަވީންގެ ދާދި ގާތުގައި ޖެހިގެންކަމުން، ގަތް ލަދު ފޮރުވުމަށްޓަކައި އިނާއަށް ނަވީންގެ އަތުގައި އޮޅުލައިގަނެވުނެވެ. ނަވީންގެ ޓީޝާޓްގައި ހުރި ކުޑަ ތެތްކަންވެސް އިނާއަށް ވީ އަރާމު ފިންޏަކަށެވެ.
** ** ** ** ** **
ރޭގަނޑުން އެތައް ގަޑިއެއް ވޭތުވަމުން ދިޔައެވެ. ފިނިރޭގައި ވެހެމުން ދިޔަ ވާރޭވެސް އެކަށް ހުއްޓާލައިފިއެވެ. ދޭތެރެ ދޭތެރެއިން ޖެހިލާ ފިނި ރޯޅިއެއް ފިޔަވައި ވިއްސާރައިގެ މާ ބޮޑު އަސަރެއް މިހާރު ފާޅު ނުވެއެވެ. އެ ދެލޯބިވެރިންނަށް ޚާއްޞަވެގެން ބޭއްވުނު ލޯބީގެ ރާގުތަކުގެ އޮކެސްޓްރާއެއް ފަދައިން ރާގުތައް ކުޅެދިނުމަށްފަހު، މޫސުންވެސް ހިމޭންވެލައިފިއެވެ. ދެމީހުންވެސް ހިމޭންވެ މަޑުމަޑުން އިށީނދެލައިގެން އެކަކު އަނެކެއްގެ ގާތްކަމުން އުފާލިބިގަންނަމުން ދާތީ، އެ ވަގުތުކޮޅަށް ފުރުޞަތު ދީ، އިހްތިރާމް ކުރާ ފަދައެވެ.
އެ ގޮނޑީގައި މަޑުމަޑުން ތިބެގެން އެދެމީހުން ދައްކަން ހުރި ހުރިހާ ވާހަކައެއް އެކަކު އަނެކަކަށް ކިޔައިދެމުން ދިޔައެވެ. ރޭގަނޑުގެ ހިމޭންކަމުގެ ތެރޭގައި، ހިތުގެ އަސަރުން ފުރިފައިވާ އަޑު އަނެއްމީހާ އަހަމުން ދިޔައީ އަބަދުވެސް އެގޮތަށް އަޑުއަހަން ތިބެވޭނެނަމައޭ ހިތަށް އަރަމުންނެވެ.
އެންމެ އިސްކަމެއް ނަވީން ދިނީ ޚާލިދުގެ ވާހަކަ ކިޔައިދިނުމަށެވެ. ޚާލިދު އޭނަގެ ކައިރިއަށް ދިޔަ ވާހަކަ އާއި އިނާގެ ޙަގީގަތް ޚާލިދު ކިޔައިދިން ވާހަކައެވެ. ނަމަވެސް އެކަމާއި ބެހޭ ގޮތުން އިނާއާއި އެއްވެސް ސުވާލެއް ނުކުރެއެވެ. އޭނަގެ ލޯތްބާއި ދޭތެރޭ ޝައްކު ނުކުރުމަށް އެދެމުން، ޚާލިދު އޭނަގެ ކިބައިން އިނާއާއި ކައިވެނި ކުރުމަށް އެދުނު ވާހަކަވެސް ކިޔައިދިނެވެ. އޭގެ ފަހުން ފާއިތުވި ތިންދުވަހުވެސް އެތަކެއް ފަހަރު އެގެއަށް އަންނަން މަސައްކަތް ކުރި ކަމަށާއި އެކަމަކު ޚާލިދު އޭނައާއި ބައްދަލުކުރި ދުވަހުގެރޭނޫން އަނެއްދުވަހު ފުވައްމުލަކަށް ދާން ޖެހުމުން ނާދެވުނީ ކަމަށާއި، އޭގެ ފަހުން އައިސްފައި، ފުރުމުގެ ކުރިން ނިންމަން ޖެހޭ އެތަކެއް މަސައްކަތްތައް ހުރުމުން އެކަންތައްތައް ނިންމަން ހަދައިގެން ނާދެވުނީ ކަމަށް ބުނެދިނީ ލޯބިން ފިރުމަމުން އުޒުރުވެރިވެފައެވެ.
"ގުޅާލިނަމަ...." އެ ފުރުޞަތުވެސް އޭނައަށް ގެއްލުނީތީ އިނާ ދެރަވިއެވެ.
"ނުގުޅީ ވާހަކަ ފަށާތަނުން ކަނޑަންޖެހިދާނެހެން ހަމަ ހީވާތީ....ނުފެނި ހުރެ މިހުރިހާ ވާހަކައެއް ދައްކަން ފޯނުގަ ހުރުމަކީ އަހަންނަށް ހަމަ އަނިޔާއެއްނު." ނަވީން އެބުނިވެސް ތެދެކެވެ.
އެއީ ތެދެކެވެ. އޭނަވެސް ނަވީން އާއި ދުރުގައި ހުރެގެން މިހުރިހާ ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫނެވެ. މިކަން މިވީ އޭނަ އެންމެ ހިތް އެދޭ ގޮތަށެވެ.
އިނާ އުފާކުރިއެވެ. ބައްޕަ އާއި މަންމައާއި އެ ވާހަކަ ދައްކަން އޭނައަށް ނުޖެހުނީތީއެވެ. ނަވީން އަމިއްލައަށް އެބައި އެއްކޮށް ނިންމައިގެން އައިސް އިނުމުން، ވަރަށްވެސް ބޮޑު ހިތްހަމަޖެހުމެއް އިނާއަށް ލިބުނުމެއެވެ.
އެދެމީހުން މިހުރިހާ ދުވަހު ކުރަމުން އައި އިންތިޒާރަށް ނިމުން އައިއިރު، އެކުގައި ހޭދަކޮށްލަން، ވާހަކަ ދައްކާލަން، ގާތްކަން ލިބިގަންނަން، އޮތް ވަގުތުއޮތީ ވަރަށް ކުޑަތަންވެފައެވެ. ދުނިޔެމައްޗަށް ދެން އެންމެ އަވަހަށް ފެންނަ އިރުގެ ފުރަތަމަ ދޯދިއާއެކު، ރަށް ދޫކޮށް ނަވީން ފުރާނެއެވެ.
އެހެންކަމުން ލޯބިވެރިޔާ އާއި ދައްކާނެހާ ވާހަކައެއް އިނާ އާއި ނަވީން ދައްކަމުން ދިޔައެވެ. ފުރަތަމަ ފެނުނީއްސުރެން މިރެއާއި ހަމައަށް އާދެވުނުއިރު، އެމީހުންގެ ހިތުގައި އުފެދިފައި ހުރި ޝައްކު ތަކާއި ޝަކުވާތަކަށް ޖަވާބު ލިބިގަންނަމުން ދިޔައީ، އުފެދުނު ހިތްހަމަނުޖެހުންތަކާއި ވަސްވާސްތަކުން ސަލާމަތްވުމުގެ ގޮތުންނެވެ. އެދެމީހުންގެ ހަނދާނުގައިވެސް ދެގޮތެއްނުވެ ހަރުލާފައި ހުންނަ އެކި ހަނދާންތަކުގެ ވާހަކަ އާއި ދިމާވެފައި ހުންނަ އެކިއެކި ކަންތަކުގެ ވާހަކަ ހިއްސާކުރަމުން ދިޔައީ، މިރޭ އަދި މިއަށްވުރެވެސް ދިގުވެގެން ދިއުމަށް އެދިއެދި ތިބެއެވެ.
އިނާގެ ރީތި ހަށިގަނޑުގައި ހުރި ހަމަ އެކަނި ލަކުނު ދެވުނު މީހަކީ ނަވީން ކަމަށްވީތީ އެކަމާ ދޭތެރޭ ނަވީން ވާ ދެރަ ނަވީން ބަޔާން ކޮށްދިނެވެ. އެއީ އިނާ ފެންނަ ކޮންމެ ފަހަރަކުވެސް ނަވީންގެ ހިތަށް ތަދުތަކެއް ގެނެސްދޭ ހަނދާންތަކެއްކަން އަންގައިދިނެވެ. އެތަކެއްފަހަރު މައާފް އެދެމުންނެވެ. ފިރުމަމުންނެވެ.
ދަންވަރުން ތިންގަޑި ބައިވެގެން މުނާޖާ ގޮވަން ފެށިއަޑަށް ދެމީހުންވެސް ބުރަކަށި ދަމާލާ ސީދާ ވެލިއެވެ. މިއިން ރެއަކުވެސް ނުނިދާ އެހާލަސްވަންދެން އިނާ އިނދެފައި ނެތެވެ. އެހެންކަމުން ނަވީން ކައިރީގައި ކިތަންމެ އިންނަހިތުން އިންނަމަވެސް އިނާގެ ލޮލަށް އައިސްފައިވާ ނިދީގެ އަސަރު ސިއްރެއް ނުވެއެވެ.
"ވަރަށް ނިދިއައިސްފި ދޯ...." ކުރީއްސުރެންވެސް އޭނަގެ އަތުތެރޭގައި އޮތް އިނާގެ އަތްތިލައިގައި ހިފާލަމުން ނަވީން އެހިއެވެ. ޚުދު އޭނައަށްވެސް ވަރަށް ބޮޑު ވަރުބަލިކަމެއް އިހްސާސް ކުރެވުނެވެ. ތެމިފައިހުރެގެން އެހާ ގިނައިރު އިނުމުގެ ސަބަބުންކަމަށްވެސް ވެދާނެއެވެ.
"ހިނގަ ދަމާ ދޯ.....ފަތިސްވުމުގެ ކުރިން ކުޑަކޮށް ނިދާލަންވެސް ބޭނުން....މިދިޔަ ދުވަސްތަކުގައި އުޅެން ޖެހުނީ ވަރަށް ބުރަކޮށް. އިނާވެސް ނިދާލަންވާނެނު" ފުރަތަމަ ނަވީން ތެދުވެފައި އިނާގެ އަތުގައި މަޑުމަޑުން ހިފައި އިނާވެސް ގޮނޑިން ކޮޅަށް ނެގިއެވެ.
"އަހަރެން އަންނާނަން އިރާދަކުރެއްވިއްޔާ މީގެ ދެ ހަފްތާފަހުން. އައިއްސަ ކައިވެނި ކުރާނެ ދުވަހެއް ކަނޑައަޅާނީ....އިނާ ވިސްނާލާފަ ބުނާތި. އިނާ ބޭނުންވާ ގޮތަކަށް ހުރިހާ ކަމެއްވެސް ދާނީ...." ކައިވެނި ކުރުމާއިބެހޭ ގޮތުން ވާހަކަ ދެއްކިއިރު ބުނެ އަންގަދީފައި އޮތް ވާހަކައެއް، އަނެއްކާވެސް ނަވީން ތަކުރާރުކޮށްލިއެވެ. ގޭގެ ދޮރާއްޓާއި ހަމައަށް ގޮސްފައެވެ.
"ނަވީން އަންނަންދެން ބައްޕަމެން ކައިރީ ނުބުނެ ބަހައްޓާނީ ދޯ؟" ކުރިންވެސް އިނާ އެކަމަށް އުރުޒުވެރިވިއެވެ. ނަވީނަށް އެކަން އެނގެއެވެ.
"އެކޮޅަށް ގޮއްސަ ހަމަޖެހިލައިގެން ޚާލިދުއަށް އަހަރެން ގުޅާނަން. އިނާ އެކަމަކާ ވިސްނާނެ ކަމެއް ނެތް." އިނާއަށް ފަސޭހަކޮށްދޭން ނަވީން މިހެން ބުނުމާއެކު އިނާ ހީލިއެވެ. ވަރަށް ބޮޑު ބުރައެއް ބޮލުން ނަގައިދިނީތީ އުފާކުރަމޭ ބުނާ ކަހަލަ ގޮތަކަށެވެ.
"ދެން ދަނީ އިނގޭ......ފުރަން ދިއުމުގެ ކުރިން ގުޅާނަން...." ދަނީއޭ ބުނެ ބޭރު ދޮރު ހުޅުވާލިއިރުވެސް ނަވީން ހުރީ އަދިވެސް އިނާގެ އަތްތިލައިގައި ބާރަށް ހިފައިގެންނެވެ.
ދޫކޮށްލީ ކާރުގެ ތަޅުދަނޑި ނެގުމަށްޓަކައެވެ. މަގުގެ ދެކޮޅު ބަލާލާފައި ކާރާއި ދިމާލަށް ހިނގައިގަތުމުގެ ކުރިން، އެންމެ ފަހު ފަހަރަށް އިނާ އާއި ދިމާލަށް ނަވީން އެނބުރިލިއެވެ. އޭރު އިނާވެސް ހުރީ ނަވީންގެ މޫނަށް ބަލަހައްޓައިގެންނެވެ. އިސްކޮޅުން ދިގު އެ ރީތި ޒުވާނާގެ މީހަކަށް އޭނަ އެންމެފަހުން ވީއެވެ. ޝުކުރު ހުއްޓެވެ. ވާރެޔާ ތެމިފައި ހުއްޓާ ތުވާލިން ހިއްކާލުމުން ހިކިފައިވާ ނަވީންގެ ރީތި އިސްތަށިގަނޑު ހޭވިފައި ހުރިގޮތް އިނާއަށް ވަރަށް ހިތްގައިމު ވިއެވެ. ވަރަށް ކަމުދިޔައެވެ. އަދިވެސް އިތުރަށް ހާވާލާހިތްވިއެވެ. އެ ފުރުޞަތު އޭނައަށް ލިބޭނެކަން ޔަގީންވުމުން ، އެ ޚިޔާލާއެކު އިނާ އަމިއްލައަށްވެސް ލަދުގަތެވެ.
"އަހަންނަށް އިންތިޒާރު ކުރާނަން ދޯ.؟" ރޭގަނޑުގެ އެހާ ލަސްގަޑިއަކަށްވުމާއި ކޮށްފައިވާ އަސަރުން ނަވީންގެ އަޑު އިތުރަށް ބަރުވެފައި ވެއެވެ.
އިނާ ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.
"ދެ ހަފްތާއަށްވުރެ ލަސްވެއްޖިއްޔާ ހުރެވޭނެތަ؟" އިނާ ޓެސްޓްކުރަން ނަވީން ފެށިއެވެ. އެއްޗެއް ބުނުމުގެ ބަދަލުގައި އިނާވެސް ބަލާލީ ނަވީންގެ ރީތި ދެލޮލަށެވެ. ނަވީންއަށްވެސް އިނާގެ ދިގު އެސްފިޔަތަކުގެ ޖާދޫގައި ޖެހެވުނެވެ.
"އުމުރަށްވެސް....އިންތިޒާރު ކުރާނަން...." ދެބަސް ދޭތެރެއަށް ހުއްޓުމެއް ގެނެސްފައި ޔަގީންކަމާއެކު އިނާ ބުންޏެވެ. އެކަހަލަ އެއްޗެއް އިނާ ބުނަނީ ވަރަށް މަދުންކަމަށްވާތީ، އެބަސް އިނާ މާނަ އެކުރީ ވަރަށް ފުންކޮށްކަން ނަވީންއަށް ވިސްނުނެވެ. އެއީ އިނާގެ ހިތުގެ އެންމެ އަޑިން އިވުނު އަޑެއްކަން ނަވީންއަށް ސާބިތުކޮށްދިނީ އިނާގެ ރީތި ދެލޮލާއި މޫނުގެ ކުލަވަރެވެ.
އޭރު ހުރީ ކާރުގެ ތަޅުދަނޑި ނަގައިގެން ދާން ތައްޔާރުވެގެންކަމަށްވިޔަސް ނަވީނަކަށް ނުދެވުނެވެ. އެންމެ ފަހު ފަހަރަށް އިނާގެ ދެއަތްތިލައިގައި އޭނަގެ ދެއަތުން ހިފައި ބާރުކޮށްލިއެވެ.
"އަންނާނަން....އިރާދަކުރެއްވިއްޔާ ދެހަފްތާވާންވާއިރަށް އަންނާނަން." އިނާގެ ދެއަތްތިލަ ކައިރިކޮށް ދެއަތްތިލައިގެ ނުފުށުގައި ބޮސްދިނީ ވީ ވަޢުދަށް ދިން ބާރެއްގެ ގޮތުންނެވެ. ޔަގީންކަމާ އިތުބާރު ދިނުމުގެ ގޮތުންނެވެ.
ހިތާއި ނަފްސުން، ޖާނާއި ފުރާނައިން ރުހިގެން އާނއެކޭ ބުނުމުގެ ގޮތުން އިނާ މަޑުމަޑުން ބޯ ޖަހާލިއެވެ. އެހާ އަވަހަށް ވަކިވާންޖެހޭތީ ދެރަވެފައި ހުރި ނަމަވެސް، އެ ހިނިތުންވުމުގައި އެތަކެއް މާނަ ފޮރުވިފައިވާ ފުން ހިނިތުންވުމަކާއެކު ވަކިވުމުގެ ސަލާމްކުރިއެވެ.
*******(ނުނިމޭ)*******
ނަލަ....
Posted on 2011-09-15 10:19:07 | Report this Comment
އަޅޭ....ނަވީން ދަނީތަ :(....... އިންތިޒާރު
ކުރުމަކީ ހާދަ އުނދަގޫ ކަމެކޭ ނަވީން ގަނޑާ....... މިއޮއްހާ ދުވަހުވެސް އިންތިޒާރު
ކުރީ އެއްނު.....އަނެއްކާވެސް.................. ސޮފް އަޅޭ......... ހާދަ
ސަޅިއޭ..... އަދި ކިރިޔާދޯ މި ވާހަކަ މި ފެނުނީ :)))) ވަރށްވެސް ސަޅި އިނގޭ.......
މިހާރު މި ދަނީ ހިތް އެދޭ ގޮތަށް.... އެންމެ ބޭނުންވެސް ވާ
ގޮތަށް.......................... ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް
ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް
ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް
ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް
ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް
ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް
ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް
ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް
ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް
ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް
ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް
ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް
ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް
ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވެސް ރީތި.......... ސޮޕް ތިކުރާ
މަސަތްކަތުގައި މާތްﷲ ބަރަކާތް ލައްވާށި!!!!! އާމީން!!!!!!!! ގޯޑް ބްލެސް ޔޫ މައި
ސްވީޓެސްޓް ފްރެންޑް......................ލޮޓްސް އޮފް ލަވްސް އެންޑް
ހަގްސް.....................
Posted on 2011-09-15 10:50:27 | Report this Comment
ވަރަށް ރީތި.. ހަމަ ހިތަށް އަރަނީ ދެން ވާނީ
ކިހިނެއްބާއޭ.. ސޮފް ގެ ވާހަކަ ތަކުގަ ނޭގޭނެ ގެސްކުރަން ދެންވާނީ ކިހިނެއް
ކަމެއް.. އެންމެ ހީނުކުރާގޮތައް ވާނީ... އެއީ ރިއު އަށް އެންމެ ސަޅި ތަންކޮޅަކީ...
ހިންދީ ސީރީޒް ތަކުގެ ހުއްނަ ކަހަލަ ފޭކް އަސަރެއް ނުހުއްނާނެ.. ރިއު އެދެނީ
އަބަދުވެސް ސޮފް އަށް މިދާއިރާއިން ކުރިއެރުން..
Posted on 2011-09-15 10:59:18 | Report this Comment
ސޮފާ.............. ތެންކްޔޫ ތެންކްޔޫ
ތެންކްޔޫ ތެންކްޔޫ ތެންކްޔޫ ތެންކްޔޫ ތެންކްޔޫ ތެންކްޔޫތެންކްޔޫ ތެންކްޔޫ ތެންކްޔޫ
ތެންކްޔޫ ތެންކްޔޫ ތެންކްޔޫ ތެންކްޔޫ ތެންކްޔޫ.. މިހާ އަވަހަށް ވާހަކަ
ގެނެސްދޭތީ.............. :) :) :) މިއީ މުޅި ވާހަކައިގެވެސް އެންމެ ރީތި
ޕާރްޓް....... ހަމަ ޕާރފެކްޓް... ވ ވ ވ ވ ވވ ވ ވ ވ ވ ވ ވ ވ ރީތީ... >3 >3 >3 >3
Posted on 2011-09-15 11:14:59 | Report this Comment
hendhunu heylevumaa ehkoh belenii mi vaahaka eh upload vefa
inthoo... alhe haadha ufaa vejjey kiyaalan libuneethy.. varah varah happy
vaahakaiiga vaa gothaa medhun... love is soo beautiful... varah varah reethi mi
baii vess
Posted on 2011-09-15 11:16:44 | Report this Comment
ހާދަ ރަގަޅޭ. ތިޔަ ކުރައްވާ ހިއްވަރަށް ސާބަހާ
ޝުކުރު ދަންނަވަން. ފަތިސްތަރީގެ އުޖާލާކަން ފަނޑުކޮށްލެވޭނެ ދެވަނަ ތަރިއެއް
ނެތް. ތި ގޮތުގައި ކުރިޔަށް ވަޑައިގަންނަވާ!
ޗުޕް: ސޮފާ އެރޮންއާ ހެދި
ހާދަވަރެކޭ ތިވަނީ. އެރޮންއަކީ ސޮފާ ދަންނަ މާގާތް މީހަކީތަ. ހީވަނީ ވަރަށް ގާތް
ދަންނަ ވަރަށް ހާއްސަ ފަރާތެއްހެން. ތީ އެއްވެސް ގޮތެއްނޫން ސޮފާ އިގޭ. އަހަރެމެން
އެންމެން ސޮފާއަށް ތާއީދުކޮށްފަ ކޮމެންޓް ފޮނުވާއިރު ވަކިން ހާއްސަކޮށް އެރޮންގެ
ކޮމެންޓުގެ ސަބަބުން ސޮފާއަށް ހިތްވަރު ލިބޭކަން ފާހަގަ ކޮށްފަ އޮތިމަ.
އަހަންނަކަށް ވަކި ހާއްސަ ކަމެއް ފާހަގައެއް ނުކުރެވޭ އެރޮންގެ ކޮމެންޓަކުން.
އަސްލު ވަރަށް ހިތުގަޖެހި ވަރަށް ދެރަވެއްޖެ ވަކި ކިޔުންތެރިއް އެހާބޮޑަށް ފާހަގަ
ކޮށްފަ އޮތީމަ. އެރޮން ރުޅި ނާރައްޗޭ އިގޭ.
އެރޮން: ޝައްކެއްވެސް ނެތް. ރުޅި
އެއް ނާދެ. އަންނާކަށް ނުވެސް ޖެހޭ. އެ ފުރުސަތެއް ނުވެސް ނެތް. ޙައްލަކީ
އަނެކާއަށް ލިބެނީ ކޮންއެއްޗެއްތޯ ނުބަލައި، ތިމާ ޙާޞިލުކުރަން ބޭނުންވަނީ
ކޮންއެއްޗެއްކަން އެނގި ހުރެ، އެކަމަށް ގަދައަޅައި މަސައްކަތް ކުރާނަމަ ކާމިޔާބު
ލިބޭނެ. "އެދޭ މިގޮތާ ދިމާ ނުވެދާ ނަތީޖާއެއް ލޮލަށް ފެނުނަސް"
ހިނިތުންވާން އެނގޭތޯ މަސައްކަތް ކުރީމާ ހިނިތުންވެވޭނެ ދޯ.
އެރޮން: ޝައްކެއްވެސް ނެތް. ރުޅި
އެއް ނާދެ. އަންނާކަށް ނުވެސް ޖެހޭ. އެ ފުރުސަތެއް ނުވެސް ނެތް. އަނެކާއަށް ލިބެނީ
ކޮންއެއްޗެއްތޯ ނުބަލައި، ތިމާ ޙާޞިލުކުރަން ބޭނުންވަނީ ކޮންއެއްޗެއްކަން އެނގި
ހުރެ، އެކަމަށް ގަދައަޅައި މަސައްކަތް ކުރާނަމަ ކާމިޔާބު ލިބޭނެ. "އެދޭ މިގޮތާ
ދިމާ ނުވެދާ ނަތީޖާއެއް ލޮލަށް ފެނުނަސް" ހިނިތުންވާން އެނގޭތޯ މަސައްކަތް
ކުރީމާ ހިނިތުންވެވޭނެ ދޯ.
Posted on 2011-09-15 11:50:28 | Report this Comment
ފަތިސްތަރީގެ އުޖާލާކަން ފަނޑުކޮށްލެވޭނެ
ދެވަނަ ތަރިއެއް ނެތް އެއީ އެރޮން ބުންޏަސް އެއީ ވަރަށް ބޮޑުތެދެއް މަ ތާއީދު
Posted on 2011-09-15 13:08:41 | Report this Comment
ނަވީން ގެއަށް ދާން ބޭނުންތަ ހިކެން...؟ ...
އަދި ވާހަކަ އެއްކޮށް ކިޔާ ނުނިމޭ.... ވާހަކަ ވަރަށް ރީތި.... އެކަމަކު ކިޔުނު
ހިސާބުން މަތީގައި އެވާ ޖުމުލަ ފާހަނަގަ ކޮށްލެވުނީމަ އެއްޗެއް
ބުނެލާހިތްވީ...އޭގެ ބަދަލުގައި ... ނަވީން ގެއަށް ދާން ހިކެންބޭނުންތަ ...؟ .....
މިގޮތަށް ލިޔުނު ނަމަ ހިތާއި އެއްވަރަށް ސިކުނޑިއަށްވެސް ފަސޭހަވާނެހެން ހީވާތީ
ހަމަ ބުނެލެވުނީ
ތިއޮތީ
މާ ބޮޑަށްއެނގިފަ: ހެހެހެހެ. ތިއޮތީ މާ ބޮޑަށްއެނގިފަދޯ..... ތިޖުމްލައިގެ
ރަނގަޅު ގޮތަކީ " ނަވީން ހިކެން ގެއަށްދާން ބޭނުންތަ؟..." މިހާރު
ރަނގަޅު ގޮތް އެނގިއްޖެދޯ....ކާކަށްބާ އެނގޭނީ ލިޔެފަ ވާ ޖުމްލައިން މާނަ ނެގެނީ
ނަވީން ގެއަށް ދިއުމުގެ ކުރިން ހިކެން ބޭނުންހޭ. މިގޮތަށް. ޖުމްލަ މާ ބޮޑަށް
އޮޅުންއަރާ. ކާކަށްބާ އެނގޭނީ އަށްވުރެ ސޮފާ ލިޔެފަ އިންގޮތް ރަނގަޅީ.
ދިވެހި: ރަގަޅަށް ތި ބުނުއްވީ.
ޖުމްލައިގަ ލިޔުންތެރިޔާ ގެނެސްފައި އޮތްގޮތް ރަނގަޅީ. "ގެއަށްދާން
ހިކެން" އޮތީމަ ބޮލަށް އުނދަގޫ ގޮތެއް ހުންނަނީ.
އައިންތު: ކާކަށްބާ އަށް ތިއޮތީ
ހަމަ ރަގަޅަށްވެސް އޮޅިފަ. ސޮފް ލިޔެފައޮތްގޮތް ރަގަޅީ. ތިގޮތަށްވުރެ މިގޮތްވެސް
ރަގަޅު. ނަވީން ހިކެން ގެއަށްދާން ބޭނުންތަ.
Posted on 2011-09-15 13:39:12 | Report this Comment
މިއީ އަޅުގަނޑަށް ކިޔުނު އެންމެ ރީތީ
ވާހަކަ.ވަރަށް ފުރިހަމަ...އަބަދުވެސް އިންތިޒާރު މިކުރެވެނީ މިވާހަކައަށް ..ތިޔަ
ގޮތުގައި ކުރިއަށް ދިއުން އަބދުވެސް އެދެން... އޯސަމް ސްޓޯރީ
Posted on 2011-09-15 14:06:38 | Report this Comment
މެރީ ކުރަންއުޅޭ ވާހަކަ ބުނީމަ ފްރެންޑާވެސް
ނާވަސް ވެއްޖެ މިހާރު.
Posted on 2011-09-15 14:18:39 | Report this Comment
މެރީ ކުރަންއުޅޭ ވާހަކަ ބުނީމަ ފްރެންޑާވެސް
ހިތް އަވަސް ވެފަ މި ހުންނަނީ
Posted on 2011-09-15 14:20:12 | Report this Comment
ސޮފާ ވވވވވވވވވވވވވވވވވވވވވވވވވވވ ނައިސް
އިނގޭ..ވވވވވވވވވވ މޮޅު ވާހަކަ ލިޔަން...
Posted on 2011-09-15 14:47:28 | Report this Comment
ސޮފް އަޅެ ހާދަ ހާދަ ހާދަ ރީއްޗޭ. ހާދަ ފުރިހަމައޭ.
ހިތަށް ބުނެދޭންވެސް ނޭނގޭ ކަހަލަ ފޮނި ފޮނި އިޙްސާސެއް ކުރުވަނީ . ހީވަނީ އިނާގެ
ބަދަލު އައިންތުއަށް ނަވީން ކައިރީ އިދެވޭހެން. އައިންތުގެ ހިތަށްއެރި ބޮޑާނަފްސް
ވާހަކަހެން ނިމޭތަނުންނޭމީހުން ގުޅުވާނީ. އެކަމަކު.......... އަދި ކޮންމެ ދުވަހަކު
އާ ޕާޓެއް ގެނެސްދޭތީ ވަރަށް ވަރަށް ވަރަށް ބޮޑަށް ތޭންކްސް. ތިގޮތުގައި ކުރިއަށް
ވަޑައިގަންނަވާ. ސޮފާކުރާ ބުރަމަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާށި.
ޓޮމްކްރޫޒް: ސާބަހޭ އާންތޫ.
ވަރެއްވެފަދޯ ތިހުރީ. ޕްލީސް އަނެއްކާ އިނާއާއި ނަވީންއާއި ދެމީހުން އެއްކޮށް
ނުވާތި.
Posted on 2011-09-15 15:08:50 | Report this Comment
ޔަގީނެއްނު މެރީ ކުރަން ބޭނުން ކަން... ދޯ
އިނާ؟ ސަޅި އިނގޭ... މާޝާމެންވެސް ދެން ޖެހޭނީ އިނާ އާ އެކީ އިންތިޒާރު ކުރަންދޯ؟
ކުރާނީ.... ނަވީން އަންނަންދެން ހަމަ އިންތިޒާރު ކުރާނީ
ފަތިސްތަރި: ދޯ....؟؟ ކުރަން
ބޭނުންވާނެނު ....؟ ހެހެހެހެ......މާ ދިގު އިންތިޒާރެއް ކުރާކަށް ނުޖެހޭނެ. ނަވީން
އަންނާނެ. މާޝާވެސް އިނާއާއެކު ހުރެލަދީ މަޑުމަޑުން. އަންނާނެ.
Posted on 2011-09-15 15:26:05 | Report this Comment
ސޮފާ ތިކަޑަވީއޭ ނޭންގެ ހިތަށްއެރީ
ދެހަފްތާއަށް ވަކިވަމުން ބިގް ބިގް ހަގެއް ދޭނެކަމަށް.
Posted on 2011-09-15 16:50:41 | Report this Comment
ފަތިސްތަރީ..................... ވާހަކައިގެ
މިބައި ވަރަށް ރީތި. އެތުރުމާއި އެމުނުމާއި ... ދެން ބުނާނެ އެއްޗެއް ނެތް.
Posted on 2011-09-15 17:52:01 | Report this Comment
އެކްސްޓްރީމްލީ
ބިއުޓިފުލް......އެވްރީތިންގ....ވ ވ ވ ވ ވ ވ ވ ވ ވ އުފާވެއްޖެ އާ ބައެއް ހުރިކަން
އެނގުނީމަވެސް...ކުރިން ހީކުރީ އިއްޔެގެ ބައެއް ކަމަށް ..ދެން ކޮމެންޓްތައް
ބަލާލަން ހުޅުވީމަ އެނގުނީވެސް....ތޭންކްސް އަ ލޮޓް ފޯ ގިވިންގ ސަޗް އަ ނައިސް
ސްޓޯރީ ޓު ރީޑް.....ވަރަށް އުފާވެއްޖެ...އުއްމީދުކުރަން ހަމަ މިގޮތުގަ، މި
ތާޒާކަންމަތީ ވާހަކަ އަބަދުވެސް އަންނާނަކަމަށް....ވީ އަރ އޯލް ވިތް ޔޫ......(:
Posted on 2011-09-15 19:49:23 | Report this Comment
wow..jus so nice..varah rythi..waiting 4 nxt part
Posted on 2011-09-15 19:52:54 | Report this Comment
އޯ...އަޅެ...އެދެމީހުން ދެން ވަކި ނުކުރައްޗޭ
Posted on 2011-09-15 21:27:37 | Report this Comment
މައި ނޭމް ވޯޒް ޔޫޒްޑް ސަމްވަން، ސޯ އައި
ޗޭންޖް މައިނޭމް. ސޮފާ. ޔޫއަރ ދަ ވަން އޮފް ދި ބެސްޓް ރައިޓާރ އިން މޯލްޑިވްސް،
ވވވވ.ނައިސް ދިސް ޕާރޓް ، ދޮންދީނި އަށް ކަމެއް ކޮށްދީފާނަން ތަ؟ ފޮތެއް ގެ
ސިފައިގަ މިވާހަކަ ނެރެދީފާނަން ތަ؟
ފަތިސްތަރި: އައި ވޮންޑަރ ވަޓް ޔޯ
ނޭމް ޔޫޒްޑް ޓު ބީ.........އެނީވޭސް....ދިސް އިޒް އެ ގްރޭޓް ނޭމް. ދަ ބާރޑް ފްރޮމް
މައި އެޓޯލް. ލަވް ޔޯރ ނޭމް އިނގޭ.....ތި ތަޢުރީފަށް ކީކޭ ބުނާނީ. ހަމަ ވވވވވވ
ބޮޑަށް ޝުކުރިއްޔާ. ބޭނުން މޮޅު މީހަކަށް ވާން. އަދި ވެވޭނެ ދޯ. ދޮންދީނިއަށް
އެނގޭތަ؟ ފޮތެއްގެ ސިފައިގައި ނެރެން ކިތަންމެހާވެސް ބޭނުން/ އެކަމަކު ސޮފާމެން
ކަހަލަ މީހުންނަށް އެއީ ވަރަށް ދަތި ކަމެއް ކުރަން. އެކަމަކު އެއީ ސޮފާ ދެކޭ
ހުވަފެނެއް އިނގޭ.
ދޮންދީނި: ސޮފާ ތީ އައްޑޫ ކުއްޖެއް
ދޯ.... މަސައްކަތް ކޮށްފިއްޔާ، އިރާދަ ކުރެއްވިއްޔާ އެހިސާބަށް ދެވޭނެ،ދޮންދީނި
އަށް ޔަޤީން،..... ދުޢާ ކުރޭ. ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑާ ނުލާތި. ޓްރައިކުރައްޗޭ.
ކެތްތެރިން ގެ ދުއާ ﷲ އިޖާބަ ކުރެއްވުން އަވަސް..... ހަނދާންކުރާތި ދޮންދީނި
މިދިން ނަޞީހަތް،...
Posted on 2011-09-15 21:39:30 | Report this Comment
ވާއު.ނައިސް ސްޓޯރީ. ރީތިކަމުން ކޮމެންޓް
ނުކޮށްލާ ހަމަ ނުހުރެވުނީ. ތެންކްސް ސޮފާ. ވާހަކަ ލިޔުމުގައި ތިގޮތުގައި ހުރުން
ނާނިގެ ދުޢާއަކީ. މާތް ﷲ ސޮފާއަށް ބާއްޖަވެރިކަން ދެއްވާށި.
Posted on 2011-09-16 00:22:11 | Report this Comment
މިވާހަކައަށް ދެން އިތުރަށް ކުރާނެ ކޮމެންޓެއް
ނުވެސް ނެތް ކަންނޭނގެދޯ..އެވަރަށް ތައުރީފް ކޮށްފަ އެބަހުރި....ތިވަރެއް ނެތް..
ތީ ހަމަ ބެސްޓް.. ޑިސްކްރައިބް ކުރުމުގަ ދެވަނައެއް ނެތް... ކުރިން ހީކުރީ
ރާއްޖެއިން އެންމެ މޮޅީ ބިންމާ ކަމަށް... އެކަމު މިހާރު އެކަމަށް އެއްބަހެއް
ނުވެވޭނެ... ސޮފާ ހާދަ ހާދަ ހާދަ ހާދަ ހާދަ އޭ މޮޅީ ޑިސްކްރައިބްކޮށްދޭން ...
ހީވަނީ މަންޒަރު ލޮލަށް ފެންނަހެން... މީ ޝިފާ ކުރިންވެސް ހަމަ އަބަދު ކުރާ
ކޮމެންޓެއް.... ނޭނގެ ސޮފާ ހަނދާން ހުންނާނެކަމެއް.. ހެހހެހެހ.....ހަމަ ސަޅިކަމުން
ރިޕީޓްކޮށް ވެސް މިހެން ބުނެވެނީ...ކޮންމެ ބައެއްހެން ދެފަހަރަށް ކިޔާނުލާ
ހިތްހަމައެއް ނުޖެހޭ... ކޮންމެ ބަޔަކަށް ކޮމެންޓް ނުކުރަނީވެސް ހަމަ އެކައްޗެއް
ބުނެލަންއޮތީމަ... ވިޝް ޔޫ އޯލް ދަ ބެސްޓް އިން ދިސް ފީލްޑް... ކީޕް އަޕް ދަ ގުޑް
ވަރކް....ގޯޑް ބްލެސް ޔޫ... ޓޭކް ކެއަރ....
Posted on 2011-09-16 00:38:06 | Report this Comment
ސޮފާ ވ ވ ވ ވ ރީތި މި ބައިވެސް.ކޮންމެ
ފަހަރަކު ހާދަވަރަކަށް އެކްސައިޓް ކޮއްލާފައޭ ތި ނނއމާލަނީ. ވ ރީ ތި އިނގޭ ޑިއާ.އްއި އެމް ވެއިޓިން ފޯ ދި ނެކްސްޓް
ޕާޓް...ވެން ޔޫ ވިލް އަޕްޑޭޓް؟
Posted on 2011-09-16 10:23:23 | Report this Comment
ވވވވވވ ވެސް ރީތި.
Posted on 2011-09-16 12:08:53 | Report this Comment
މަވެސް ތާއީދު އެރޮން އާއި މުސައިންގެ
ވާހަކައަށް. ހިއެއްނުވޭ ދެން އެހެން ތަރިއަކަށް ފަތިސްތަރީގެ އަލި
ފަނޑުކޮށްލެވިދާނެހެނެއް. އުއްމީދުކުރަން އަބަދުވެސް ފަތިސްތަރީގެ ލިއުންތައް
ފެންނާނެކަމަށް.
Posted on 2011-09-16 15:08:08 | Report this Comment
ސޮފާ . އެރޮންއަކީ ކޮންކުއްޖެއްތަ؟ އެރޮންގެ
ކޮމެންޓްތައް މާ ފަށުއި ކަމުން ހަމަ މަޑުން ނުހުރެވުނީ.
Posted on 2011-09-16 20:29:46 | Report this Comment
އޭ......... ސަހަރޯ... ކޮބާ ހާދަ ކަމެއް ނެތޭ
ތަންކޮޅެއް އަވަހައް އަނެއް ބައި އަޕްލޯޑް ކޮއްދީބަލަ މިހާރުވެސް ދެތިން ސަތޭކަ
ފަހަރު މުރާސިލް ޗެކްކުރެވިއްޖެޔޭ.......... ޕުލީޒް އަވަސް ކޮއްދީބަލަ.....
Posted on 2011-09-16 20:32:34 | Report this Comment
އަޅޭ، ހާދަ ލަހޭ. ބީކުއިކް
ސޮފާ...............
ދޮންދީނި: ބީ ކުއިކް. ޕްލީޒް،
ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް،
ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް،
ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް،
ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް،
ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް،
ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ޕްލީޒް، ސޮފާ
Posted on 2011-09-21 13:24:32 | Report this Comment
this is so heart touching... ތި ދެމީހުންނަށް ކައިވެނި ކުރެވޭނެތަ ؟
؟؟؟؟؟؟؟؟؟

No comments:
Post a Comment