🌟🌟Fathisthari Vaahaka🌟🌟

Once upon a time it happened, how it happened is a fiction by me for you.

ފޯންކޯލް - 18 ވަނަ ބައި


 "ކޮންކަމަކު ނަވީންމެން އައިސް ތިއުޅެނީ." ކާރު ދުއްވާލުމުން ޒިޔާދު އަހާލިއެވެ.
"އަހަރެމެން އައީ އޮފީސް މީހެއް ފުރުވާލަންވެގެން. މިބުނީ މާލެއިން އައި މީހެއް. " ކާރުގެ ލޯގަނޑުން ފަހަތު ޝީޓްގައި އިން މާޔާއަށް ބަލާލަމުން ނަވީން ބުނެލިއެވެ.
އެބަލާލުމާއި އެ ދެމެދުގައި ބަދަލުކުރެވުނު ހިނިތުންވުންވެސް ޒިޔާދު ދެކުނެވެ. އަދި ގިނަ އެއްޗެހިތަކެއް ހިތަށް އެރިއެވެ. އިނާއާއި އޭނައާއި ދެމެދުގައި އެފަދަ ގާތްކަމެއް އޮތުމަށް ހިތް އެދެވުނެވެ.

"ޒިޔާދުގެ ރަހްމަތްތެރިޔާ މިހާރު ވީ ކިހާ ހިސާބެއްގަ؟" އިނާ އާއި ދޭތެރޭގައި ވިސްނާލަން އިންދާ ނަވީން އަހާލިއެވެ.
"
ގުޅިއިރު ހިތަދޫ ފަސްދީ އަތުވެއްޖެ. އެކަމަކު ބުނެފިން ނައަންނާށޭ. ބޭކާރު ދަތުރެއްނު. އަހަރެން ފޭދޫއަށް އަނބުރާ އަންނަން ޖެހޭނީ ގައިމުވެސް އޭނައާއެއްކޮށް. އެހެންވެ އެއް ދަތުރަކަށް ހަދަން މަޑުކޮށްލާށޭ ބުނެފިން." ޒިޔާދުގެ ވިސްނުން ރަނގަޅެވެ. 

"
ނަވީން މިކޮޅުގައި ހުންނަން ޖެހެނީ ކިހާ ދުވަހަކަށް؟" ޒިޔާދުވެސް އޮޅުން ފިލުވާލިއެވެ.
"
އަދި މި މާޗް ފެށުނީ. އެހެންވީމަ އެބައޮތް އަދި ތިންހަތަރު މަސް." ހަނދާންކޮށްލަމުން ނަވީން އޮޅުންފިލުވައި ދިނެވެ. އޭނަ އެރަށުގަ ހުރެވުނު ދުވަސްތަކުގެ އެކިއެކި ވާހަކަތައް ކޮންމެވެސް ވަރަކަށް ދެކެވުނެވެ. 

އެކަމަކުވެސް މާގިނަ ވާހަކަތަކެއް ނުދައްކައެވެ. ދައްކާކަށް ފުރުޞަތެއްވެސް ނުލިބެއެވެ. ގިނަ ވަގުތު ޒިޔާދު އިނީ ފޯނެއްގައެވެ. އޭނަގެ ވިޔަފާރިއާއި ރަހްމަތްތެރިންގެ އެކިއެކި ކޯލްތަކުގައެވެ. އެހެންކަމުން ގަމުން ހިތަދޫއަށް ކުރި ދަތުރު ވެގެން ދިޔައީ ހިމޭން ދަތުރަކަށެވެ. 

މެދުމިންވަރެއްގެ ސްޕީޑެއްގައި ވިއްސަކަށް މިނެޓްގެ ދިގު ދަތުރަތަކަށްފަހު ހިތަދޫއާއި ހަމައަށް ނަވީންގެ ކާރަށް ދެވިއްޖެއެވެ. ހިތަދޫއަށް އަރައިގެން މާ ދުރަކަށް ދާކަށް ނުޖެހުނެވެ. އިނާގެ ގެ ދުރުން ފެންނަން ފަށައިފިއެވެ. އެހިސާބުގައިވެސް ހުރި އެންމެ ރީތި ގެއެވެ. އެހިސާބުގައި 2 ބުރިއަށް ނަގާފައިވާ ހަމަ އެކަނި ގެވެސް މެއެވެ. އަދި ގޭގެ ބޭރު ދޮރާށި ކައިރީގައި ހަރުކޮށްފައިވާ ރީނދޫ ބޮކި އަލީގެ ސަބަބުން އެ ހިސާބުން އެގެ ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ. އެހާ ދުރުންވެސް އެގެފާހަގަ ވަނީ އެހެންވެގެންނެވެ.

"
ނަވީން ނުވަންނާނަންތަ ގެއަށް." އިނާމެންގެ ގެއާއި ކައިރި ވޭވޭ ހުއްޓާ ޒިޔާދު އަހާލިއެވެ. ނަވީންއަށް ހީވީ ޒިޔާދުގެ އަމިއްލަ ގެއަށް ނަވީން ނުވަދެގެން އަހާލި ހެންނެވެ.
"
ދެން މިރެއަކު ނޫން. މިހާރު މާޔާވެސް އިންނާނީ ލަސްވެފަ. އެހެން ފަހަރަކުން ދިމާވާނަން. ކިހާދުވަހެއްވަންދެން އުޅެންތަ މިކޮޅުގަ؟" ނަވީންވެސް އޮޅުންފިލުވާލިއެވެ. ފަހުން ބައްދަލުވާންވެސް ދުވަސް އެނގުން މުހިއްމުހެން ހީވާތީއެވެ.

"
ދެދުވަހެއްވަރު ހުރެވޭނީ. އެކޮޅުގަ ވަރަށް ކަންތައް އެބަހުރި. މިބުނީ އޮފީސް." ޒިޔާދު ބުނެދިނެވެ.
"
އެންމެ ދެ ދުވަހަށް ތިއައީ....އަނެއްކާ ހުރިހާ ކަމެއް ރަނގަޅުތަ؟ ކަމެއް ގޯސްވީތަ؟" ނަވީންއަށް ޝައްކު ވިއެވެ.
"
އާނ....ހެހެހެހެ........އާނ. ހުރިހާ ކަމެއްވެސް ރަނގަޅު. މިމަހު ފަހުކޮޅު ކައިވެނީގެ ކަންތައްވެސް އޮތީމަ މި ބަލަނީ އޭގެ ކުރިން އެކޮޅުގެ ކަންތަކަށް ބޮޑަށް ވަގުތު ދޭން." ހިނިގަނޑެއް ޖަހާލާފައި ޒިޔާދު ދެއްކި ވާހަކަތައް ވަރަށް އޮމާނެވެ. ޒިޔާދުއަށް ހޭވުނު "ހަޑި" ނޭނގޭ މީހަކަށް، އޭނަ އައިސް އެހެރަ ބޭނުން ރޭކާވެސް ނުލާނެއެވެ.
"
އާނ. ތިއީ ތެދެއް." ނަވީންގެ އަޑަށް ބަދަލެއް އައެވެ. އެކަން ޒިޔާދުއަށްވެސް އަދި މާޔާއަށްވެސް ފާހަގަ ވިއެވެ. އެހެންކަމުން ކާރުތެރެއަށް ވެރިވެގެން ދިޔައީ ހިމޭން ކަމެކެވެ.

ކާރުގޮސް އިނާމެންގެ ގޭ ދޮރުމައްޗަށް މަޑުކޮށްލުމުން ދަނީއޭ ބުނެފަ ޒިޔާދު ދޮރު ހުޅުވާލިއެވެ. ހަމަ އެވަގުތުމެ އިނާގެ ގޭގެ ދޮރާށިވެސް އެތެރެއިން ހުޅުވިއްޖެއެވެ. ނުކުތީ ޚާލިދެވެ. 
"
އަނހަ ޒިޔާދު. ހާދަ ކުއްލި ދަތުރެއް. އަންގާވެސް ނުލަމު." ޒިޔާދު އަންނަކަން ނުވެސް އެނގި ހުއްޓާ ކުއްލިއަކަށް ޒިޔާދު ފެނުމުން ޚާލިދުއަށް ހައިރާންކަމެއް ލިބުނެވެ.
"
ނަވީންތަ؟" ގެއާއި ވީ ފަޅިން ފައިބަ ފައިބާ ހުރި ޒިޔާދުއާއި ވާހަކަ ދައްކާފައި އަދި ޖަވާބެއް ނުދެވި އުޅެނިކޮށް ކަނާތްފަރާތު ސީޓްގައި ދުއްވަން އިނީ ނަވީންހެން ހީވެގެން ޔަގީންކޮށްލަން ގުދުވެ ބަލާލަމުން ޚާލިދު އެހިއެވެ. ނަވީންވެސް ކާރުގެ އެތެރޭ ބޮކި ދިއްލާލިއެވެ.

"
ކިހިނެއް ތިހެދީ..........؟" ޒިޔާދު އެ ފޭބީ ނަވީންގެ ކާރުންކަމާމެދު ގަބޫލުކުރަންވެސް ޚާލިދުއަށް ދަތިވިއެވެ. ވާނީވެސް އެހެންތާއެވެ. އެންމެފަހުން އެ ދެމީހުން އެއް ތަނަކުން ފެނުނު ދުވަހަކީ ނަވީން ދެކެ ޒިޔާދު ރުޅިއަންނަވަރު ފެނިފަ ހުރި ދުވަހެކެވެ. 

"
އާދޭ އާދޭ. އެތެރެއަށް ވަދެލާފައި ދާނީ. " ގެއަށް ވަދެލާފައި ދިއުމަށް ނަވީންއަށް ޚާލިދު ދަޢުވަތު ދިނެވެ. ނަވީން ހިނިތުންވެލާފައި ވިސްނާލިއެވެ. އަދި ފަހަތު ސީޓަށް އެނބުރި ބަލާލިއެވެ.
"
އެހެން މީހަކުވެސް އިނީތަ؟" އަދިވެސް ބޮޑަށް ބަލާލަމުން ޚާލިދު އެހިއެވެ.
"
ނަވީންގެ ރަހްމަތްތެރިއެއް އެބައިން." ޖަވާބު ދިނީ ޒިޔާދު އެވެ.
"
އެހެންތަ..........އާދޭ އާދޭ. ކޮފީއެއް ބޯލާ ހަދާލައިގެނެއްނު ދާންވާނީ." އެއީ ކާކުކަން ނޭނގުނު ނަމަވެސް އެއީ އަންހެންކުއްޖެއްކަން ޚާލިދުއަށް އެނގުމުން އެވާނީ ނަވީނަށް ވަރަށް ޚާއްޞަ އަންހެންކުއްޖެއްކަން ޚާލިދު ވިސްނައިގަތެވެ. 

"
ނޫނޭ. އެހެންފަހަރަކުން އަންނާނަން. މިހާރު މި ދަނީ މާޔާ ތަނަކަށް ގެންދަން ވެގެން. " ކާރުގެ ޑްރައިވަރު ސީޓްގައި އިނދެފައި އަތްދިއްކޮށް ޚާލިދު އާއި ސަލާމް ކޮށްލަމުން ނަވީން އުޒުރުވެރިވިއެވެ. 
"
އެންމެ ރަނގަޅު. އެކަމަކު ނަވީންގެ ތި ރަހްމަތްތެރިޔާއާއެކު ރޭގަނޑުގެ ކެއުމަކަށް ދަޢުވަތު މިދިނީ. މާދަމާރޭ ދުރުވަން ވާނެ." ކާރު ކައިރިން ދުރަށް ޖެހި ހިންދެމިލަމުން ޚާލިދު ބުނެލިއެވެ. ޖީބަށް އަތްޖަހާލާފައި ފަހަތަށް ޖެހިލިގޮތުން އެހިސާބުން ދެން އިތުރަށް ނަވީން ހިފަހައްޓަން މަސައްކަތް ނުކުރާނެކަން ނަވީނަށް އެނގުނެވެ.
"
ޝުކުރިއްޔާ. ދެން މިވަގުތު ގޮސްލާނަން. " ޒިޔާދު އާއި ޚާލިދުއާއި ދެމީހުންނަށް އެކުއެކީ މުޚާޠަބް ކޮށް މިހެން ބުނެލާފައި ނަވީން ކާރު ސްޓާޓް ކޮށްލިއެވެ.
** ** ** ** ** ** ** **
 
ކާރުގައި އިނީ ނަވީންކަން އެނގުމާއެކު ޚާލިދުގެ ހުރިހާ ސަމާލުކަމެއް ނަވީންގެ މައްޗަށް ހުއްޓިގެން ދިޔަ ގޮތަކީ ޒިޔާދުއަށް ފާހަގަ ކުރެވުނު ކަމެކެވެ. އެވީ އިރުކޮޅުގެތެރޭގައި އެ މަންޒަރު ބަލަން ޒިޔާދުއަށް ހުރެވުނީ ކޮންމެވެސް ވަރެއްގެ ހަސަދަވެރި ކަމަކާއެކުގައެވެ. ނަވީން އެގެއަށް ނުވަދެ ދިއުމުން ފުން ނޭވާއެއް ޒިޔާދުއަށް ލެވުނީ އެހެންވެގެންނެވެ. ހިތްހަމަޖެހުނު ވަރުންނެވެ. އެކަމަކު....މާޔާއާއެކު ނަވީން ހުއްޓާ އިނާއަށް ފެންނަންވެސް އޭނަގެ ހިތް އެދެވުނެވެ.

"
ޒިޔާދު ހާދަ އަވަސް އަވަހަށް އައިސް ގޮސް ތިހަދަނީ؟ އިއްޔެއެއްނު އަހަރެމެން މިއައީ.؟" ނަވީން ގޮސް އޮބާލުމުން ޒިޔާދުގެ ކޮނޑުގައި މަޑުމަޑުން ޖަހާލާފައި އެތެރެއަށް ވަނުމަށް ހިނގައިގަންނަމުން ޚާލިދު ބުންޏެވެ.
"
އާނ......ދުވަސް މިހާ ކައިރިވެފަ އޮތީމަ އެބަހުރި މިކޮޅުގައިވެސް ހަމަޖައްސާލަން ޖެހޭ ކަންތައް. އެހެންވެ މިއައީ އިނާ އާއި ކުޑަކޮށް ވާހަކަ ދައްކާލަންވެގެން." ޚާލިދުއާއެކު ގޭތެރެއަށް ވަންނަމުން ޒިޔާދުވެސް އޭނަ އައި މަގްޞަދު ބުނެދިނެވެ.

"
ކޮބާ ދަބަސް..." ޒިޔާދުގެ އަތުގައި އެއްވެސް ދަބަހެއް އެއްޗެއް ނެތްކަން ޚާލިދުއަށް ފާހަގަކުރެވުނެވެ.
"
މާބޮޑު ދަބަހެއް ނުގެންނަން. ރަމީޒުމެންގޭގަ ވީ." ޒިޔާދު ޖަވާބު ދިނެވެ.
"
އެއީ ކީއްވެ؟ ބޭބެ ބުނީމެއްނު މިއަތޮޅަށް އައިއްސިއްޔާ ހުންނަންވާނީ މިގޭގައޭ." އެއީ ތެދެކެވެ. ޚާލިދުގެ ގޭގެ ދޮރު ޒިޔާދުއަށްޓަކައި އަބަދުވެސް ހުރީ ހުޅުވިފައެވެ. އެކަމަކުވެސް ، އޭނަގެ ފަރާތުން އިނާއަށް ލިބުނު ހިތާމަ ޚާލިދުއަށް އެނގޭނަމަ އެ ދޮރު އުމުރަށް ލައްޕާނެކަންވެސް ޒިޔާދުއަށް އެނގެއެވެ. 
"
އެދެން މާދަމާ ހެނދުނުން ފުރަންޖެހޭތީ.........." ޒިޔާދު ބުނަން އުޅުނެވެ.
"
އެހެންތަ؟ މާދަމާ ފުރަންތަ؟ ތިއީ ވަރަށް ދެރަގޮތެއް.........އެހާ އަވަހަށް" ޚާލިދު ފުން ވިސްނުމަކަށް ދިޔަތަން ޒިޔާދުއަށް ފެނުނެވެ.
"
އެދެން ހަމަ މަސައްކަތް ހުރި ގޮތުން.........." ޒިޔާދު އޭނަގެ ސަބަބު ބުނެދިނެވެ.

"
ހަގީގަތުގަ ޒިޔާދުއާއި ވާހަކައެއް ދައްކާލަންވެސް ޖެހިފަ މި ހުންނަނީ. މާލޭގަ ހުރިއިރުވެސް އެކަމާ ވިސްނިން. އެކަމަކު އެކަމާ ދޭތެރޭ ވިސްނާލަން ވަގުތުކޮޅެއް ބޭނުންވީމަ އަޅާނުލާ އައީ. މިތާ ބޭރުގަ އިށީންނަމާ." ގޭގެ ގޯތިތެރޭގައި ކޮފީ ބޯން އިށީނދެލެވޭ ގޮތަށް ބަހައްޓާފައި ހުންނަ ވަށް މޭޒަށް އިޝާރާތް ކުރަމުން ޚާލިދު ވާހަކަ ދެއްކިއެވެ. 

ޚާލިދުގެ އުމުރުގެ ބޮޑުބައި ބޭރުގައި ހޭދަކުރެވިފައިވާތީ ކަމަށްވެސް ވެދާނެއެވެ. އެގެ ފަރުމާކުރެވިފައި ހުރީ ދިވެހި ގެތަކާއި ޚިލާފަށެވެ. ގޯތިތެރޭގައިވެސް ބޮކިތައް ދިއްލާ ޒީނަތްތެރިކޮށްފައިވަނީ ރޭގަނޑުވެސް އެތަނުގައި އިށީނދެލައިގެން ތިބެވޭނެ ގޮތަށެވެ. ކެއުމަކަށް ވިޔަސް އަދި ހަމަ ރޭގަނޑުގެ ފިނި މާހައުލުން ހިތްގައިމުކަން ހޯދަން ގަސްތަކުގެ ތެރޭގައި އިށީނދެލަން ބޭނުންވެއްޖެ ހިނދެއްގައި އެފަދަ މީހަކަށްވެސް ބޭނުން ފުދޭނެ ގޮތަށެވެ. ގޮދަޑި އަޅާފައިވާ އެއްތެޔޮ ބޮޑު ގޮނޑިތަކަކާއި ހަމަ އެއް ފަރުމާއެއްގެ އެއްތެޔޮ ފުރި ބޮޑު ވަށް މޭޒެކެވެ.

ޒިޔާދުއަށް ކޮންމެވެސް ވަރެއްގެ ކަންބޮޑުވުމެއް ލިބުނެވެ. އަނެއްކާ ޚާލިދު ދައްކަވަން މި އުޅުއްވަނީ ކޮން ވާހަކައެއްބާއޭ ޒިޔާދު ހިތަށް އެރިއެވެ. ނަމަވެސް ހާސްކަން ނުދައްކަން މަސައްކަތް ކުރަމުން ޒިޔާދު އިށީނދެއްޖެއެވެ.

ހޮސްޕިޓަލަށް ދާން ނިކުތް ޚާލިދު ދޮރާށިން ނިކުތުމުން ޝީލާ ހުރީ ގޮސް ބަދިގެފަރާތުގައެވެ. ނަމަވެސް އަނެއްކާވެސް ދެވަނަފަހަރަށް ދޮރު ލެއްޕުނު އަޑުއިވިގެން އިނާ ގެއަށް އައީ ކަމަށް ހީކޮށް ޝީލާ ނުކުތްއިރު ފެނުނީ ޒިޔާދު އާއެކު ޚާލިދުވެސް އިށީނދެގެން އިންތަނެވެ.

"
އަނހަނ.........ހާދަ ކުއްލިއަކަށް........" ޒިޔާދު ފެނުމުން އުފާވެލާފައި ޝީލާވެސް ގޯތިތެރެއަށް ނުކުތެވެ.
"
އިނާ އަށް އެންމެ ދުވަހަކު ފޯން ނުލާ ދެވުނީމަ އެހެންވެ އައީތަ؟" އުފާވެރި ހީލުމަކާއެކު ޝީލާ މިހެން އަހާލީ ހަމަ ދިމާކޮށްލުމުގެ މަގްޞަދުގައެވެ. އެއީ ހަގީގަތްކަން އެނގޭ ޒިޔާދުއަށް ޝީލާގެ އެ ވާހަކައަށް ހޭން ޖެހުނީ މަޖްބޫރު ވެގެންނެވެ. އެއްގޮތަކަށްވެސް ޒިޔާދުއަށް އެވާހަކަ މަޖަލެއް ނުވިއެވެ.

"
ކޮފީ ގެންނަންތަ؟" ޚާލިދުގެ ކައިރީ ހުއްޓިލައިގެން ހުރި ޝީލާ އެހެން އެހީ ޒިޔާދު ކައިރިންނެވެ.
"
އާނ. ވަރަށް ރަނގަޅުވާނެ." ޖަވާބު ދިނީ ޚާލިދެވެ. 
ޝީލާ ވަކި އެއްޗެއް ނުބުނެ ކޮފީ ހަދަން ހިނގައްޖެއެވެ. ބަދިގޭގައި ގެންގުޅެން ޚާއްޞަ މީހަކު ހުންނައިރުވެސް، އަމިއްލަ ފިރިމީހާއަށާއި ކުދިންކޮޅަށް އަމިއްލަ އަތުން އެއްޗެހި ހަދައި ދިނުމަކީ ޝީލާއަށް އެއްވެސް ކަމެއް ނޫނެވެ. ފިރިމީހާއަށް އަޅާދޭންޖެހޭ ފެން ތައްޓާއި ކޮފީތަށި ފަދަ ކުދިކުދި އެހެނަސް ވަރަށް އަމިއްލަވަންތަ ކަންތައްތައްކަކީ ނޯކަރަކު ލައްވާ ކުރުވަން ޖެހޭ ކަމެއް ކަމަކަށް ޝީލާ ގަބޫލެއް ނުކުރެއެވެ. 

ރަނގަޅު ގޮތަކީވެސް އެއީއެވެ. ގޭގައި ގެންގުޅޭ ނޯކަރު ލައްވާ އެފަދަ ކަންތައްތައް ކުރުވުމަކީ، ފިރިމީހާ އާއި ދަރިންނާއި ދެމެދުގައި އޮންނަންވާ ގާތްކަން ބަލަބަލާ ހުއްޓާ ކެނޑިގެން ދާނެ ކަންތަކެވެ. ވަގުތު ފާއިތުވެ ބަލަން ކަމުނުދާވަރުގެ މަންޒަރުތައް އާއިލާތަކާއި ގެތަކުން ފެންނަން ދިމާވާ ސަބަބަކީވެސް މިފަދަ ކުދިކުދި، އެހެނަސް ވަރަށް ބޮޑެތި ކަންތައް އަހަރެމެން މި ދިވެހިންގެ ލޮލަށް ފާހަގަ ކުރެވޭލެއް ލަސްވުމެވެ.

"
ދައްކަން މި ބޭނުންވަނީ ކައިވެނީގެ ވާހަކަ. ޒިޔާދުގެ ކައިވެންޏެއް އެކަންޏެއް ނޫން ދޯ. އަހަރެންގެ ދަރިފުޅުގެވެސް ކައިވެނި. ހެހެހެހެ" ޝީލާ ދިއުމުން ޚާލިދު ވާހަކަ ދައްކަން ފެށިއެވެ. އެ ޖުމްލަ ނިންމާލީ ލުއިލުއި ހިނިގަނޑަކާއެކު ކަމުގައި ވިޔަސް ޒިޔާދުގެ ކަރުގައި އެއްޗެއް ތާށިވިއޭ ޒިޔާދުއަށް ހީވިއެވެ.

"
ކިހިނެއްވީތޯ އަނެއްކާ....؟" މޫނުމަތިން ފިކުރުބޮޑު ނޫން ގޮތް ދައްކަމުން ޒިޔާދު އަހާލިއެވެ. އިށީނދެ އިން ގޮނޑީގައި އަދިވެސް ބޮޑަށް ހަމަޖެހިލިއެވެ.
"
މިކަމާ ޒިޔާދު ވިސްނާފަ ޖަވާބެއް ދޭންވާނީ. މިއީ ހަމަ އެކަނި ބޭބެގެ ދެމަފިރިންނަށް ފެންނަ ގޮތް. އަދި އިނާއާއި ވެސް މި ވާހަކަ ނުދައްކަން." ޚާލިދު ވާހަކަ ފެށިއެވެ.

"
މިއަދު މިއީ މާރޗް މަހުން ތިނެއް. ކައިވެނި ކުރެވެން އޮތީ ތޭވީހުގަ. ޒިޔާދުއަށްވެސް އެނގޭނެ ދައްތަ.... މިބުނީ ޚާލިދާ. ދައްތަ ނިޔާވިތާ އަދި ފަނަރައެއްވެސް ނުވޭ. ދައްތަގެ ކުދިންކޮޅުވެސް އެތިބީ މުޅިން ރޫހް ގެއްލި ހިތާމައިގަ. އެކުދިން އެކަންޏެއްވެސް ނޫން. ޚުދު ބޭބެއަށްވެސް.........އަދި ޚާއްޞަކޮށް އިނާ. ބޭބެއަކަށް ހިއެއް ނުވޭ އިނާވެސް އަދިވެސް ހަމައަކަށް އެޅުނުހެން. ފަހަކަށް އައިސް އެހުންނަނީ މުޅިން ޚިޔާލެއްގަ ގެއްލިފަ. އަބަދު ފިކުރުބޮޑުވެފަ ހުންނަ ފާޑު ބޭބެއަށް ޖަހަނީ. މާލޭގައި ހުރިއިރު އިނާގެ ހާލު ހުރިގޮތްވެސް އިނާ މަންމަ ބޭބެއަށް ކިޔައިދިން. ބޭބެއަށް ހިއެއް ނުވޭ އިނާގެ ހިތުން އޭނަގެ ބޮޑުމަންމަ ނެތުމުގެ ހިތާމަ އެހާ ފަސޭހައިން ދާނެހެނެއް....." ހުއްޓަ ހުއްޓާފައި ޚާލިދު ވާހަކަ ދައްކަމުން ދިޔައެވެ. މައުޟޫއަށް ވަންނަން އުޅެފައިވެސް ދުރުދުރުންނެވެ. ދައްކަން ޖެހޭ ވާހަކައިގެ ބާވަތުންނެވެ. 

"
އެނގޭ އަޅުގަނޑަށް......." ވަރަށް ވިސްނުންތެރިކަމާއެކު ޒިޔާދުވެސް އެ ވާހަކަ ގަބޫލުކުރިއެވެ.
"
އެހެންވެ.....ބޭބެ ހިތަށް އަރަނީ ކިހިނެއްވާނެބާއޭ ކައިވެނި ލަސްކޮށްލަން." ޚާލިދު ބުނަން ބޭނުންވި އެތި ޚާލިދު ބުނެފިއެވެ. ޚާލިދު ވާހަކަ ދައްކަމުން ދިޔައިރު މޭޒުގެ ބިއްލޫރިގަނޑަށް ބަލަން އިން ޒިޔާދުގެ އިސް އުފުލިގެން ދިޔައީ ހަމަ ވަރަށް ކުއްލިއަކަށެވެ.

"
ޒިޔާދުއަށް ފެންނަ ގޮތެއް ބުނެވޭނެ ޒިޔާދުއަށް. އެކަމަކު ބޭބެ މިހެން މި ބުނީ.......މާލޭގައި ކައިވެނި ކުރެވެން ހަމަޖެހިފައި އޮތް ކަމުގައި ވިޔަސް، އެ އުފަލުގައި ދައްތަގެ ކުދިންނަށް ބައިވެރިވާން ފަސޭހަ ވާނެހެން ހީނުވާތީ. އެކުދިން ބައިވެރި ވާނެ. އެކަމަކު އެ ކުދިންގެ މަންމަ ވަކިވިތާ އަދި މަހެއްހާ ދުވަސްވެސް ނުވަނީސް، އެގޭގައި އެފަދަ އުފަލެއް ފާޅުކޮށް އަޑުގަދަ ކުރުމަކީ ދައްތައަށް ކުރެވޭ އިހްތިރާމް ކުޑަކުރުމެއްކަމަށް ނޫނީ ނުވާނެ. ދައްތަގެ ކުދިންގެ ހައްގުގައިވެސް، ބޭބެއަށް ހީވަނީ ކައިވެނި ލަސްކޮށްލަންވީހެން." އެވާހަކަ ދައްކަން ޖެހޭތީވެސް ޚާލިދު އުޒުރުވެރިވާކަން ޚާލިދުއަށް ބަލާލުމުންވެސް އެނގެއެވެ. 

"
ރަނގަޅު ވާހަކައެއް ތިއީ އިނގޭތޯ. އަޅުގަނޑުވެސް ގަބޫލުކުރަން އެއީ ރަނގަޅު ގޮތެއް ނޫންކަން. އެހެންވީމަ ......ކޮން އިރަކަށްތޯ ކައިވެނި ލަސްކުރަން ބޭބެމެނަށް ފެނިލައްވަނީ؟" ޒިޔާދުގެ ވާހަކަ ކޮޅުގެތެރެއަށް ކޮފީ ހިފައިގެން ޝީލާ އައިސް ތަބައް މޭޒުމަތީގައި ބެހެއްޓުމުން ޝީލާ އާއި ޚާލިދުއަށް މުޚާޠަބްވާ ގޮތަށް ޒިޔާދު އަހާލިއެވެ.

ދެއްކެމުން މިދަނީ ކޮން ވާހަކައެއްކަން އެނގުމުން ޝީލާވެސް ހިމޭން ވެއްޖެއެވެ. ކޮފީތަށިތައް ތަބަކުން ނަގާ ދެމީހުންގެ ކައިރީ ދެ ތަށި ކޮފީ ބަހައްޓާފައި ޝީލާވެސް އެތާނގައި ހުހަށް ހުރި ތިން ގޮނޑިތެރޭން ޚާލިދުގެ ކައިރީގައި ހުރި ގޮނޑީގައި އިށީނދެއްޖެއެވެ.

ޒިޔާދުގެ ސުވާލަށް ޚާލިދު އާއި ޝީލާވެސް އެކަކު އަނެކެއްގެ މޫނަށް ބަލާލިއެވެ. އެދެމަފިރިން އެވާހަކައާއި ބެހޭ ގޮތުން ކުރިން ވާހަކަ ދައްކާފައިވާކަން އެނގެހާވެއެވެ.
"
ބޭބެއަށް ހީވަނީ ދެމަހެއްހާ ދުވަސް ލަސްކޮށްލަންވީހެން. ކިހިނެއްވާނެ؟" ޝީލާ އާއި ޒިޔާދުގެ މޫނަށް ބަލާލާފައި ޚާލިދު ސުވާލު ކޮށްލިއެވެ.
ދެމަހޭ ޚާލިދު ބުނުއްވުމުން ލިބުނު ޝޮކެއްގެ ބޮޑުކަމުން ޒިޔާދުއަށް ކޮފީތަށި ނަގާ ތުމުގައި ޖެއްސުނީވެސް މާ އަވަސް ހަރަކާތަކާއެކުގައެވެ. 
"
ރަނގަޅުވާނެ.......ނޫންތޯ؟" ކޮފީތަށިން ބޯލެވުނު ކުޑައެތިކޮޅަކަށްފަހު ތަށި އަނެއްކާވެސް ބަހައްޓާފައި ކަރުކެހިލަމުން ޒިޔާދު ޖަވާބު ދިނެވެ. އަދި ޚާލިދު އާއި ޝީލާގެ މޫނަށް ބަލާލިއެވެ.
"
ޒިޔާދުއަށް ރަނގަޅިއްޔާ ރަނގަޅުވާނެ. ދެން ވަކި ދުވަހެއް ކަނޑައަޅާނީ ތި ދެކުދިން ވާހަކަ ދައްކާލައިގެން. ބޭބެމެން އެކަމަކާ ނުބެހޭނަން. ބޭބެމެން ބޭނުންވަނީ ދުވަސްކޮޅެއް ލަސްކޮށްލަން ކައިވެނި. މިއީ އެކަމަށް އެންމެ ރަނގަޅު ދަނޑިވަޅުކަމަކަށް ނުފެނޭ ބޭބެމެނަށް." ވާހަކަ ދެއްކީ ޚާލިދެވެ. 
ޚާލިދު ބުނި މުއްދަތަކީ އެންމެ ރަނގަޅު މުއްދަތެއް ކަމުގައި ޒިޔާދު ބުނުމުން، ކުރިން ބުނަމުން އައީ "ހީވަނީ" އޭ ކަމުގައި ވިޔަސް އޭގެ ބަދަލުގައި "ނުފެނޭ" ބުނުމުގެ ހިތްވަރު ޚާލިދުއަށް ލިބިގެން ދިޔައެވެ.

"
އަޅުގަނޑަށް ރަނގަޅު. ދެން އިނާއާއި ވާހަކަ ދައްކާލައިގެން އެނގޭނީ. މިބުނީ ދުވަހެއް ކަނޑައަޅަން." އަނެއްކާވެސް ކޮފީތަށި ނަގަމުން ޒިޔާދު ބުނެލިއެވެ.
"
އާނ........ދެކުދިން ވާހަކަ ދައްކައިގެން ނިންމާނީ. އިނާ އައިއްސިތަ މިހާރު؟" ޒިޔާދުއަށް ޖަވާބު ދީފައި ޚާލިދު ސުވާލުކޮށްލީ ޝީލާއާއެވެ.
މިއަޑު އަހަން ކޮފީތަށި ހިފައިގެން އިން ޒިޔާދުގެ އަތަށް ހުއްޓުމެއް އައެވެ. އިނާ ނެތީ ހެއްޔެވެ؟ ދިޔައީ ކޮންތަނަކަށް ހެއްޔެވެ؟ ދާންވީ ކީއްވެހެއްޔެވެ؟ ޒިޔާދުގެ ހިތުގައި ވަރަށް އަވަސް އަވަހަށް މި ތިން ސުވާލު އުފެދިގެން ދިޔައެވެ. އަދި ހަމަ އެ ތިން ސުވާލާއެކު ނަވީންގެ މަތިންވެސް ޒިޔާދު ހަނދާން ވިއެވެ.

"
އަދި ނާދޭ. ނުވެސް އަންނާނެ އަވަހަކަށް. އެހާ ދުވަސްފަހުން އެ ދެކުދިން ދިމާވީމަ ކިހިނެއް އަވަހަށް އަންނާނީ. އިނާއަށް ގުޅައެއް ނުލަންތަ ޒިޔާދު؟" ދުފާ ތަބައް ބަލާ ދާން ތެދުވެފައި ޝީލާ އަހާލިއެވެ.
"
އަދި ގުޅައެއް ނުލެވޭ. ހިއެއް ނުކުރަންވިއްޔަ އިނާ ނުއުޅޭނެއެކޭ ގެއަކު. ކޮންތާކަށްތޯ އިނާ ދިޔައީ؟" ވަރަށް ފާޑަކަށް ޒިޔާދު ޖަވާބު ދިނެވެ. މިކަން ޝީލާއަށްވެސް ފާހަގަ ކުރެވުނުހެން ހީވެއެވެ.
"
އިނާ ދިޔައީ އޭނަގެ ވަރަށް ގާތް ރައްޓެހި ކުއްޖަކު............." މިހިސާބަށް ބުނެފައި ޝީލާއަށް ހުއްޓެވިއްޖެއެވެ. ކުއްލިއަކަށް ކަމެއް ހަނދާންވާފަދައިންނެވެ.
"
ދިލްމާ އާއި ޒިޔާދު އެއްފްލައިޓަކުން ނޫންތަ ތިއައީ....ޒިޔާދު ނުދެކެންތަ އިނާ." ޝީލާއަށް ހަނދާންވި ކަމަކީ އެއީއެވެ. އިނާވެސް ދިޔައީ އެއަރޕޯޓަށެވެ. ޒިޔާދުވެސް އެ އައީ އެ އެއަރޕޯޓުންނެވެ. ދިމާނުވީ ކީއްވެހެއްޔެވެ؟

ޒިޔާދުގެ ހައިރާންކަން އިހުނަށްވުރެ ބޮޑު ވެގެން ދިޔައެވެ.
"
ތިބުނުއްވީ...........؟" ޒިޔާދުގެ ވިސްނުމަށް އައި އެއެއްޗެއް ދުލަށް ގެންނަންވެސް ޒިޔާދުއަށް ކުޅަދާނައެއް ނުވިފަދައެވެ. ބުނެލެވުނީ އެވަރަށެވެ.

"
އިނާ ދިޔައީ އެއަރޕޯޓަށޭ. ދިލްމާވެސް އެ އައީ ޒިޔާދުއާއި އެއްފްލައިޓަކުން. މިރޭ މިގަޑިއަކު ނޯންނާނެ ދެ ފްލައިޓެއް. އެއް ފްލައިޓަކުން ތި އާދެވުނީ. ހުންނާނެ އިނާވެސް އެތާ ދިލްމާ ބަލާގޮއްސަ. ހަމަ ނުދެކެންތަ؟" ޝީލާއަށް އެ ވާހަކަ ވީ ކޮންމެވެސް ވަރަކަށް މަޖާ ހަކައަކަށެވެ. އެހެންކަމުން ޝީލާ ވާހަކަ ދައްކަމުން ދިޔައީ އުފާވެރި ހިނިތުންވުމަކާ އެކުގައެވެ. އެކަމަކު ޒިޔާދުގެ ހާލު އެނގޭނީ ޒިޔާދުގެ ހަށިގަނޑުގެ އެތެރޭގެ ހުރި ބައިތަކަށް އެކަންޏެވެ. ބޭރުން ފުށުން ފެންނަނީ ހަމަޖެހެން މަސައްކަތް ކުރާ ގޮތެވެ.

"
އެވާނީ ތަންކޮޅެއް ކުރިން އިނާމެންގެ ކާރު ގަމުން ނައްޓާލީކަމަށް. އަޅާނުލާ. އަތުވެދާނެ މާ ލަހެއް ނުވެ." ޒިޔާދު ހައިރާންވެ ކަންބޮޑުވެފައި އިންތަން ފެނިފައި ހަމަޖައްސާލަންވެގެން ޚާލިދު ބުނެލިއެވެ. ޖަވާބުގައި ޒިޔާދު ހިނިތުންވެލާފައި ބޯ ޖަހާލިއެވެ.

ޝީލާ ގެނައި ދުފާ ތަބަކުން ދެމީހުންވެސް ފޯއްކޮޅަކާ ކަރަންފުލެއް ނަގާ އަނގައަށް ލިއެވެ. އެވަގުތު ޚާލިދުގެ ފޯން ރިންގު ވާން ފެށިއެވެ.
"
ބޭބެ ނުކުތީވެސް ހޮސްޕިޓަލަށް ވަދެލަން ދާން ކަމަށް. މިހާރު ލަސްވެގެން އެ ގުޅަނީ. އަންނާނަން. އެތެރޭގަ ގޮސް މަޑުކޮށްލަންވީނު އިނާ އަންނަންދެން. އަތުވެދާނެ މާ ލަހެއް ނުކޮށް. ބޭބެވެސް އިނާއަށް ގުޅާލާނަން." ރިންގުވާން ފެށި ފޯން ނަގާ ބަލާލާފައި ޒިޔާދުއަށް އެތެރެއަށް ވަނުމަށް ޚާލިދު ބުންޏެވެ. ދެން ޝީލާ ކައިރީ ދަނީއޭ ބުނެފައި ހިނގައްޖެއެވެ.
** ** ** ** ** ** **

ޒިޔާދުގެ ފަހަތުގައި ހުރެގެން ޝީލާވެސް ގޮސް ގެއަށް ވަދެއްޖެއެވެ. ޝީލާ އެދިޔަ ގޮތަށް ތަށިތައް ހިފައިގެން ވަދެގެން ދިޔައީއެވެ. ޒިޔާދު އިށީނީ ސިޓިންގ ރޫމްގައެވެ.

މިއީ ކިހިނެއްވީ ކަމެއް ހެއްޔެވެ؟ އެ އެއަރޕޯރޓުން އޭނައަށް އިނާ ނުފެނުނީ ކީއްވެހެއްޔެވެ؟ ގައިމުވެސް ފްލައިޓުން އައި މީހުންގެ ތެރެއިން އެންމެ ކުރިން ނުކުތް ދެތިން މީހުންގެ ތެރޭގައި އޭނަ ވާނެއެވެ. އެއީ ޔަގީން ކަމެކެވެ. ވީއިރު އޭނައަށްވުރެ ވަކި ކުރިންނެއް އިނާއަށް ގަމުން ނައްޓައެއް ނުލެވޭނެއެވެ. އެކަމަކުވެސް އޭނަ އެތަނުގައި ހުއްޓާ އިނާ އޭނަ ކައިރިން އަޅާފައި ދިޔައީ ހެއްޔެވެ؟ އަނެއްކާ.........އިނާއަށް އޭނަ ފެނި އޭނައަށް އިނާ ނުފެނުނީ ނޫން ބާވައެވެ. 

ޒިޔާދުގެ ވިސްނުން ކަތިވާން ފެށިއެވެ.

އިނާ ގަސްދުގައި އޭނަ ނުފެންނަ ކަމަށް ހަދާފައި އޭނަ ލޯކުރިމަތިން އައީ ނޫންބާވައެވެ. އަނެއްކާ ނަވީންވެސް.......ނަވީންވެސް އެ އައީ ހަމަ އެ އަރޕޯރޓުންނެވެ. ނަވީން އާއި އިނާ ..............
އެއީ ރޭވުމެއް ހެއްޔެވެ؟ އޭނަ ފެނުމުން އައިސް އިސްވެ އޭނައާއި ނަވީން ވާހަކަ ދެއްކީ އެހެން ވެގެން ހެއްޔެވެ؟ މާ ހިންޏެއް އައިސްފަ ނަވީން ހުރީ އެހެންވެ ކަމަށްވުން ގާތެވެ. 
އޭނަގެ ވަށައިގެން ހިނގި ކަންތައް އޭނައަށް ނޭނގުނީ ކީއްވެހެއްޔެވެ. ނަވީން އާއި އިނާގެ މަޅީގައި އޭނަ ޖެހި އެ މީހުން ހެއްދިހާ މޮޔައެއްގައި އޭނައަށް ހެދިފައި ހުރެވުނީއެވެ. 
އޭނައަށް ހީކުރެވުނީ ރަނގަޅަށެވެ. އިނާ އާއި ނަވީންގެ ގުޅުމަކީ ކުރިއަށް ދާ ގުޅުމެކެވެ. އޭނައަށް ސިއްރުންނެވެ. މިރޭވެސް މިއީ އޭގެ ރެއެއްތާއެވެ.
އޭނައަށްވެސް އެއްޗިހި ބުނެވޭނެއެވެ. އޭނަ ދެނެއް މަޑަކުން ނުހުންނާނެއެވެ. އެގާރަ ޖަހަނީއެވެ. އަދިވެސް އިނާ ގެއަށް ނާދެއެވެ.
ޚާލިދުވެސް ދިޔައީ އިނާއަށް ގުޅާފައި އޭނަ އެގޭގައި އިންވާހަކަ ބުނާނެކަމަށްވެސް ބުނެފައެވެ. ގުޅާފަ ބުނާނެކަމާމެދު ޝައްކެއްވެސް ނެތެވެ. އެކަމަކުވެސް އިނާ ހަމަ އަޅާވެސް ނުލީތާއެވެ. 

ޒިޔާދު ފަދައިން ލޯބިވެރިޔާއަށް ދޮގުހަދާ އޮޅުވާލާފައި ހުރި ކޮންމެ ފިރިހެނަކަށްވެސް ވާނެހެން، ޒިޔާދުއަށްވެސް އިނާއާއި ދޭތެރޭ ޝައްކު ކުރެވެން ފެށިއެވެ. އިނާއާއި ނަވީން އެކުއެކުގައި އެއްތަނަކުން ދުވަހަކުވެސް ދެކެފައި ނުވާއިރުވެސް، އެ ދެމީހުންގެ ދެމެދުގައި ސިއްރު ގުޅުމެއް އޮންނަ ކަމަށްވެސް ހީވާން ފެށިއެވެ. ނަވީން މިރޭ ފެނިފައިވަނީ އެހެން އަންހެންކުއްޖަކާއެކުކަން އެނގިހުރެވެސް، ހަމަ މިރޭ ނަވީން އާއި އިނާ ރޭވުމެއް ރާވައިފިޔޭ އޭނައަށް ހީވާން ފެށިއެވެ. އަދި ނުވިތާކަށް އިނާ ކުށްވެރިކޮށްލެވޭނެ ކިރިޔާވެސް ތަންކޮޅެއް އޮތްތޯ ސިކުނޑި ގާނަމުން ދިޔައެވެ. ޒިޔާދުއަކަށް ޒިޔާދުގެ ކުށެއް ނުވެސް ފެންނަ ފަދައެވެ.

އިތުބާރާއި ޔަގީންކަން ނެތް ހިނދެއްގައި ދެން އޮންނާނީވެސް ޝައްކާއި ވަހުމާއި، އެކަކު އަނެކަކަށް ކުށްވެރިކުރުން ނޫން ދެން ކޮން ކަމެއް ހެއްޔެވެ. ދެރައީ އެ އިތުބާރު ގެއްލުވާލި މީހާ، އަނެއްމީހާގެ ކުށް ހޯދަން މަސައްކަތް ކުރާތީއެވެ.

"
ޒިޔާދު ދަނީތަ..............؟" އިރުގަނޑެއްފަހުން ޝީލާ އައިސް ހުއްޓިލުމާއެކު ޒިޔާދު ތެދުވިތަން ފެނުމުން ޝީލާ އަހާލިއެވެ.

"
މިރޭ ފޭދޫއަށް ދާންޖެހޭތީ......ރަމީޒް ދެންމެ ގުޅާފައި ބުނެފި އޭނަ އެކޮޅަށް ދާ ވާހަކަ. އެހެންވެ އޭނައާއެކު ދާންވެގެން. މިހާރު އެބައޮތް މިގެ ކައިރީ." ޒިޔާދު ހެދީ ކަނޑައެޅިގެން ދޮގެވެ. 
ހަގީގަތަކީ އެއީ އެއް ނޫނެވެ. ހަގީގަތަކީ އޭނަ އިތުރަށް ދެން މަޑުކުރަން ބޭނުން ނުވީއެވެ. އިނާއާއި ދެން ބައްދަލުވާއިރަކުން، ޝަކުވާ ކޮށްލަން އޭނައަށް ފުރުޞަތު އޮންނާނީ މިރޭ ބައްދަލުނުވީމަކަން އޭނައަށް އެނގެއެވެ.

"
އެހެންތަ....؟ ކީއްކުރަންތަ ޒިޔާދު ފޭދޫގަ ހުންނަނީ. މިގޭގައި ހުންނާށޭ އަބަދު ދައްތަމެން މިކިޔަނީ." ޝީލާ ޝަކުވާ ކުރިއެވެ.
"
ރަމީޒު ކިޔާވަރުން އެހެން ހެދީވެސް." އެވެސް ހަގީގަތެއް ނޫނެވެ. އިނާއާއި ކުރިމަތިލާނެ ހިތްވަރު ނެތީއޭ ބުނާނެ ހިތްވަރުވެސް އޭނަގެ ކިބައަކު ނެތެވެ.
"
ދެން މާދަން ފުރާނަމެއްނު. މިރޭ އިނާއާއި.........." ޝީލާ ބުނަން އުޅުނެވެ.
"
އިނާއާއި ދިމާނުވެ ނުއެއްފުރާނެތާ. އަދި ދެދުވަހެއްވަރު މަޑުކޮށްލަން މިހާރު މި ވިސްނަނީ." އެންމެ ފަނަރަ ވަރަކަށް މިނެޓް ތެރޭގައި ޒިޔާދުގެ ސިކުނޑީގައި ރަނގަޅު ޕްލޭނެއް ކުރެވިއްޖެކަން ޔަގީނެވެ. 

"
އެހެންތަ........އާނ. އެހެންވެއްޖިއްޔާ ރަނގަޅު. ހީވަނީ އިނާ އަންނާނީވެސް ތަންކޮޅެއް ލަހުންހެން މިރޭ. ރަނގަޅުވާނީވެސް މާދަމާ ބައްދަލުވާން ހެދިއްޔާ. އެކަމަކު މާދަން ނުފުރަންޏާ މާދަން އަންނައިރު މިކޮޅުގައި މަޑުކުރަން އަންނާތި." މަންމައަކު ފަދައިން ޝީލާ ބުންޏެވެ.
"
އެންމެ ރަނގަޅު. ދެން މިވަގުތު ގޮސްލާނަން." ލައިގެން ހުރި ދަނބު ރަތްކުލައިގެ ޓީޝާޓް އުނަގަނޑުމަތިން ރަނގަޅުކޮށްލަމުން ޒިޔާދު ސިޓިންރޫމުން ނުކުމެއްޖެއެވެ.
** ** ** ** ** ** ** ** **
ނަވީން ދުއްވަމުން ދިޔަ ކާރު ގޮސް މަޑުކޮށްލީ މާޔާގެ ގޭ ދޮރުމައްޗަށެވެ.
"
މިހިރީ އާދެވިފަ...........ދިގު ދަތުރެއް ދޯ؟" ކާރު ހުއްޓާލަމުން އާދައިގެ ގޮތަކަށް ނަވީން އަހާލިއެވެ.
"
ދަތުރުގެ ދިގުމިނަށްވުރެ ދަތުރުގެ ފޯރި ގަދައެއްނު....ހެހެހެހެ" މާޔާ ހީލިއެވެ. ނަވީންއަށްވެސް ނީދެވިގެން ހީގަނެވުނު ކަހަލައެވެ.
"
ކީއްކުރާނީ.......އެއީ ހަމަ މަޖްބޫރުން ހަދަން ޖެހުނު ދޮގެއް." ހީ ނިންމާފައި ނަވީން ބުންޏެވެ.

"
ނޫނޭ ނަވީން ދޮގެއް ނަހަދަމެއްނު. އަހަރެން ހިތަށް އެރި އިނގޭ ކީކޭ ބާއޭ ބުނަން މިއުޅެނީ." މާޔާ ސީރިއަސް ވިއެވެ.
"
އާނދެން ދޮގެއް ނޫން ދޯ. އަސްލު ބުނަން އުޅުނީ އަހަރެންގެ ވާންއުޅޭ އަނބިމީހާއޭ. އެކަމަކު ޒިޔާދުއަށް ފަހުން ހަގީގަތް އެނގިދާނެތީ ނުބުނީ އެހެން." ނަވީންވެސް ވާހަކަ ދެއްކީ މިފަހަރު ސީރިއަސް ކޮށެވެ.
"
އޭނަ ހުރީ ގަބޫލުކޮށްގެންނޭ ދޯ އަހަރެމެންނަކީ އެކަހަލަ ދެމީހުންކަމަށް." މާޔާވެސް އޭނައަށް ޒިޔާދުގެ މޫނުމަތިން ފެނުނު ކުލަވަރުތައް ހަނދާން ކުރަމުން އެހިއެވެ.
"
އާނ ދެން އެއީ އާކަމެއްވެސް ނޫން. އޭނަ އެއީ ހަގީގަތް ނޭނގި އަހަރެންނާ އިނާއާއި ވެސް އެކަހަލަ ގުޅުމެއް އޮންނަ ކަމަށް ގަބޫލުކޮށްގެން ހުންނަ މީހެއް." ނަވީން ބުންޏެވެ.
"
މިމަހު ފަހުކޮޅު ކައިވެނި ކުރެވޭނެ ވާހަކަވެސް އޭނަ ބުންޏެއްނު ވަރަށް ފޮނިވެފަ." ޒިޔާދު އެހެން ބުނީ ހަގީގަތުގައިވެސް ފޮންޏެއް ކަނޑާލުމުގެ މަގްޞަދުގައިކަން މާޔާއަށްވެސް އަދި ނަވީންއަށްވެސް އޭރު އެނގުނެވެ.
"
އޭނައަށޭ އެ ފޮނި ކެނޑެން އޮތީ. އެހެންވީމަ ކަނޑާނެނު؟" ހިނިތުންވުމަކާއެކު މާޔާއާއި ދިމާލަށް ނަވީން ބަލާލިއެވެ.

"
އިނާ ދެކެ ނަވީން ތިހާ ލޯބިވާއިރު ނަވީން ކީއްވެގެންތަ ތި ވާހަކަ އިނާއާއި ނުދައްކަނީ. އަޅެ ކީއްވާނީ އެންމެ ފަހަރަކުވިޔަސް ތި ވާހަކަ ދައްކަން." އިނާގެ ވާހަކަ ދައްކަން ފެށުމާއެކު ނަވީންގެ މޫނަށް ވެގެން ދިޔަ ގޮތުން ނަވީންގެ ހިތުގެ ހާލު މާޔާއަށް އިހްސާސް ކުރެވުނެވެ. އެހެންކަމުން އިނާގެ ވާހަކަ މާޔާ ކައިރީ ނަވީން ދައްކާ ކޮންމެ ފަހަރަކު ބުނާ އެތި މިފަހަރުވެސް މާޔާ ބުނެލިއެވެ. މާޔާގެ ހިތުގެ ސިއްރު ފޮރުވާފައި ދުލުން ބުނާ އެއްޗަކީ އެއީއެވެ.
"
އެވާހަކަ ހުއްޓާލާ. އެއީ ދެން ހަމަ ނުވާނެ ކަމެއްކަން އަހަރެމެން ދެމީހުންނަށްވެސް އެނގޭ." ނަވީން ކާރު ސްޓާޓް ކޮށްލިއެވެ.
އެހިސާބުން ދެން އެ ވާހަކަ ނުދެއްކޭނެ ކަމާ އަދި ނަވީނާއިއެކު އެންމެ ސިކުންތެއްވެސް ދެން ހޭދަކޮށްލަން ނުލިބޭނެކަން މާޔާއަށް ވިސްނިއްޖެއެވެ. މާޔާވެސް އަތް ދަބަސް ނަގައިގެން ކާރުން ފައިބަން އުޅެގެންފިއެވެ.

"
ގުޑްނައިޓް......." ކާރުން ފައިބައިގެން އައިސް ނަވީންކައިރިއަށް ހުއްޓި ގުދުވެލާފައި މާޔާ ބުނެލިއެވެ.
"
ޝުއަރ........ގުޑްނައިޓް. ސީޔޫ ޓުމޯރޯ" ނަވީންވެސް މާޔާގެ ވަކިވުމުގެ ސަލާމް ބަލައިގަތެވެ. 

ނަވީންގެ ކާރު ގޮސް އޮބާލަންދެން ބަލަން މާޔާ ހުއްޓެވެ. އެއް އޮފީހެއްގައި މަސައްކަތް ކުރަން ޖެހުމުން އުފެދުނު ގާތްކަން ފިޔަވައި އިތުރު ގާތްކަމެއް އެ ރީތި ޒުވާނާގެ ހިތުގައި އޭނައަށްޓަކައި އުފެދޭނެ ނަމަ ކޮންފަދަ ހެއްޔެވެ؟ އެފަދަ ދުވަހަކަށް އޭނަ އިންތިޒާރުކޮށްކޮށް ވަރުބަލި ވެއްޖެއެވެ. އެކަމަކު އަދިވެސް......

***********(ނުނިމޭ)**********މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

http://www.muraasil.com/images/comment_reply.pngPosted on 2011-03-03 15:19:00 | Report this Comment
ވާހަކަ ވަރަށް ފުރިހަމަ، އަނެއްބަޔަށް އިންތިޒާރު ކުރަން .....................................
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ޝަފް.


http://www.muraasil.com/images/comment_reply.pngPosted on 2011-03-03 16:18:15 | Report this Comment
ވަރަށް ސަޅި
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ޝިއު....!!!


http://www.muraasil.com/images/comment_reply.pngPosted on 2011-03-03 16:28:48 | Report this Comment
ވަރަށް ރީތި އިނގޭ މިބައިވެސް... އަވަހަށް ގެނެސް ދެއްޗޭ އަނެއްބައި..ތޭންކްސް..
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ތޭންކްސް.......މަސައްކަތް ކުރާނަން އަނެއްބައިވެސް އވަހަށް ގެނެސްދެވޭތޯ.


http://www.muraasil.com/images/comment_reply.pngPosted on 2011-03-03 16:45:06 | Report this Comment
ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ސަޅި!!!! ބޮޑު ކަންތައްގަނޑެއްދޯ މިއީ.....ސޮފާއަށް ހަމަ ސާބަސް...އުއްމީދުކުރަން މިގޮތަށް އަޕްކުރަމުން ގެންދާނެކަމަށް....ބެސްޓް އޮފް ލަކް....(:
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހަމަ އެހާމެ ގިނަ ވ. ލާފަ ޝުކުރިއްޔާ ފާތުންއަށްވެސް. ބޮޑު ކަންތައްގަނޑެކޭ ތިބުނީ ކޮން މާނައެއްގަ؟ އަޅެ ފާތުންއަށް ކަމު ނުދިޔައީތަ އެހާ ކަންތައްތައް ހުންނާތީ. ބުނައްޗޭ އިނގޭ. އަޕްކުރެވޭތޯ ބަލާނަން މާދަންވެސް.
http://www.muraasil.com/images/reportAbuseIcon.gif
ފާތުން: ހެހެހެހެހެ...ނުނޭ...އެހެނެއްނޫން...މިބުނީ މިހާރު ވާހަކައިގެ ކުންނު ވަރަށް މަތީގަދޯއޭ މިއުޅެނީ..ހުރިހާ މައްސަލަތަކެއް ފެންމަތިވަމުން އަންނާތީވެ....ހިތަށް އެރިއޭ ފަހުން ކޮމެންޓް ކޮށްލާފަ ސޮފާ އެކަހަލަ އެއްޗެކޭ ހީކޮށްފާނެއޭ......ހަމަ ވާހަކަ ރީތިކަމުން އެއީ.....ފާތުންއަށް ވ ރީތި މި ވާހަކަ ކުރިއަށް ގެންދާގޮތް....އަބަދުވެސް ވިސްނާލެވެނީ ދެން ވާނެ ގޮތަކާ ދޭތެރޭ...ސޮފާގެ ކުރީގެ ވާހަކަވެސް ކީމު.......ވަރަށް ކަމުދޭ...... އާނ....އަޕްކޮށްދެއްޗޭ އިނގޭ.....ސޮފާގެ ޥާހަކައއްގަ ރަނގަޅުކުރަންޖެހޭ ތަނެއް އޮންނާނެހެނެއް ހިއެއްނުވޭ....އެހާވެސް ފުރިހަމަ....(: ކެރީ އޮން!!! ގުޑްލަކް!!!
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އޯވހ..............ހާދަ އުފާވެއްޖެއޭ. މަސައްކަތް ކުރާނަން އަދިވެސް މިއަށްވުރެވެސް ރަނގަޅު ކުރެވޭތޯ. ޝުކުރިއްޔާ!!!


http://www.muraasil.com/images/comment_reply.pngPosted on 2011-03-03 17:24:32 | Report this Comment
ވަރަށް ރީތި. ޒިޔާދަށް އިނާ ނުފެނި ދާން ޖެހުނީމަ ވަރަށް ހިނިވެސް އަތުވެއްޖެ އިނގޭ! އެވީ ހަމަ ވާންވީ ގޮތަށް. އަދި އެ ކައިވެނި ލަސްވާގޮތްވީމަ ވަރަށް އުފާވެއްޖެ.
http://www.muraasil.com/images/reportAbuseIcon.gif
ފަތިސްތަރި: ހެހެހެހެހެ................ހަންޑި ބުނާ އެއްޗިއްސަށް އެއްޗިހި ބުނަން އިންސާނުން ޖެހޭނެ ޖެހިލުން ވާން. އެހެން ނޫނީ........
http://www.muraasil.com/images/reportAbuseIcon.gif
: ހެހެހެ. އެހެންނޫނީ ކިހިނެއްވާނެހެން ހީވަނީ؟


http://www.muraasil.com/images/comment_reply.pngPosted on 2011-03-03 17:30:39 | Report this Comment
އިތުބާރާއި ޔަޤީންކަމެއް ނެތްތާކު ޝައްކާއި ވަހުމް ދިރިއުޅޭ ވާހަކަ އޮތީމަ ވަރަށް ގަޔާވެވިއްޖެ އިނގޭ! އެއީ ގުޅުމެއް ދެމިއޮތުމުގެ އަސާސްކަމަށް ހިތުގެ ފުންމިނުން ޤަބޫލުކުރަން. މިފަދަ ޢިބްރަތްތެރި ޖުމްލަތައް ފަތިސްތަރީގެ ވާހަކަތަކުން ފެންނަމުންދާތީ ވަރަށް ކަމުދޭ. އެފަދަ ކޮންމެ ޖުމްލައަކަށްޓަކައި ފިދާވެވޭ. ފަތިސްތަރިއަށް ކުރިއެރުމާއި ކާމިޔާބީއަށް އެދެން. ތިގޮތުގައި ކުރިޔަށް ވަޑައިގަންނަވާ!
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޢާއިޝާއަށް: ހާދަ ރީތި ނަމެކޭ ތިއީ. ވަރަށް އުފާކޮށްފިން ތިބުނެލި އިޚްލާޞްތެރި ބަސްކޮޅަށް. ވަރަށް ވވވވ ބޮޑަށް ޝުކުރިއްޔާ!!! އަދި ތި ހެޔޮ ދުއާއަށްވެސް ޝުކުރިއޔާ!!!


http://www.muraasil.com/images/comment_reply.pngPosted on 2011-03-03 17:46:08 | Report this Comment
މިބައި ކުރީ ބަޔަށް ވުރެވެސް ރީތި.. ވާހަކަ ގެނެސްދީފައިވާ ގޮތުން ހީވަނީ ހަމަ ކުރިމަތީގަ ސިފަވަމުން ދާހެން.. އަނެތް ބަޔަށް ހިފެހެއް ޓުމެއްނެތި އެބަ އިންތިޒާރު ކުރަން...
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ....ވަރަށް އުފާވެއްޖެ.


http://www.muraasil.com/images/comment_reply.pngPosted on 2011-03-03 18:34:16 | Report this Comment
ވޯއު ހާދަ ސަޅި އޭ މިބައިވެސް.. ސޮފާ ކިހިނެއްތަ ތިހާ މޮޅު އައިޑިޔާ ހޯދަނީ.. ރިއު އަށް އޭރު ވެސް އިނގުނޭ އެއީ ނަޥީންގެ ބިޓެއް ނޫންކަން.. ހެހެހެ.. ތޭންކުސް އަލޮޓް ސޮފާ.. މޭގޯޑް ބުލެސް ޔޫ..
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އައިޑިޔާ ސަޅި ދޯ..........ހެހެހެހެ.........ސޮފާއަށްވެސް ކަމުދޭ ވަރަށް. ތޭންކްސް އިނގޭ ރިއު. ތޭންކްސް ފޯރ. ޔޯރ ޕްރޭޔާރސް.


http://www.muraasil.com/images/comment_reply.pngPosted on 2011-03-03 20:30:05 | Report this Comment
ހެހެ! ވަރަށް ވަރަށް ސަޅި! ޒިޔާދު އެ އުޅޭހާލު ފެނިފަ ވަރަށް ހިނި އައިއްސި. ހާދަމަޖަލޭ. ޒިޔާދު ވަރަށް ތެޅިލާނެތާދޯ. ސޮފާ ހާދަމޮޅޭ އިނގޭ. ގޭގަ މަސައްކަތް ކުރާމީހާއަށް ކުރަން ޖައްސަންނުވާނެ މަސައްކަތްތަކަށްދަންދެން ގެނެސްދީފަ އެބަހުރިދޯ؟ އެވާހަކައަށް ވަރަށް ތާއީދު. ވަރަށް ކަމުގޮއްސި އިނގޭ!
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ...........އުފާކޮށްފިން ތި ތަޢުރީފަށް. އަދިވެސް ޝުކުރިއްޔާ!!!
http://www.muraasil.com/images/reportAbuseIcon.gif
މަށެއް ނޫން: މައްސަލައެއްތަ އެއީ. ބަލަގަ ދިވެހި އަނބިން އެވަރަށް ކަމޭހިތާތީ އެއް ނޫންބާ މި ރާއްޖޭގަ ވަރިގިނަވެގެން މި އުޅެނީ


http://www.muraasil.com/images/comment_reply.pngPosted on 2011-03-03 20:43:53 | Report this Comment
Sofaa! I really appreciate ur ‘great’ ideas and the way u present those. I would like to say “GO AHEAD”. Wish u success in this career...
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ވެލް.......ތޭންކްސް......އެންޑް ތޭންކްސް ފޯރ ޔޯރ ޕްރެޔަރސް ޓޫ. ތެންކްޔޫ.


http://www.muraasil.com/images/comment_reply.pngPosted on 2011-03-03 21:42:39 | Report this Comment
ވަރަށް ފުރިހަމަ ކިޔާހިތުން އިންދާ އެނިމުނީ
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ މައި.........ޝުކުރިއްޔާ.


http://www.muraasil.com/images/comment_reply.pngPosted on 2011-03-03 23:23:07 | Report this Comment
haadha sahli ey ... kyp it up buddy.. ol da besttttt...!!!
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ތޭންކްސް ނަޝް.............ތޭންކްސް އަ ލޮޓް.


http://www.muraasil.com/images/comment_reply.pngPosted on 2011-03-04 11:52:27 | Report this Comment
ވަރަށް ފުރިހަމަ އިނގޭ ސޮފާ
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ.........!!!


http://www.muraasil.com/images/comment_reply.pngPosted on 2011-03-04 11:56:19 | Report this Comment
ސަޅި
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ.


http://www.muraasil.com/images/comment_reply.pngPosted on 2011-03-04 15:27:47 | Report this Comment
ވަރަށް ރީތި އަވަހަށް އަޕްކޮށްދެއްޗޭ...............


http://www.muraasil.com/images/comment_reply.pngPosted on 2011-03-04 19:40:21 | Report this Comment
މި ބައި ވެސް ވަރަށް ރީތި. ތޭންކްސް އަ ލޮޓް ސޮފާ!!!


http://www.muraasil.com/images/comment_reply.pngPosted on 2011-03-04 21:06:20 | Report this Comment
ސަޅި ވަރަށް، އެއްބަޔަށް ވުރެ އަނެއްބައި ހަމަ ރީތިވަނީ...... ކިޔުންތެރިންނަށްޓަކައި ތޮޔަ ކޮށްދެއްވާ މަސައްކަތަށް ހަމަ ޝުކުރިއްޔާ ވަރށް ބޮޑަށް، :)


http://www.muraasil.com/images/comment_reply.pngPosted on 2011-03-05 09:09:00 | Report this Comment
ނައިސް............ ގުޑް ވޯރކް


0 comments:

Post a Comment