ސިޓިންރޫމްގެ
ދޮރު ކައިރީ ބޭރު ދޮރާއްޓާއި ދިމާލަށް ބަލަން ހުރި ސޯނިއާ ހުރީ ހަގު ދަރިފުޅު
ރަޔާން އުރާލައިގެން ރޮވިފައެވެ. ސޯނިޔާގެ ކައިރިއަށް ހުއްޓިލަމުން އިނާ ބަލާލީ
ސޯނިޔާ އެބަލަން ހުރީ ކޮންކަމަކަށްތޯއެވެ. އޭނައަކަށް ފެންނާކަށް އެއްވެސް
މީހަކުވެސް އަދި އެހެންކަމެއްވެސް އެތާކު ނެތެވެ.
"ކިހިނެއްވީ
ދޮންތާ.......؟ ކިހިނެއްވެފަ ތިހިރީ.....؟" ސޯނިޔާގެ އުރުގައި އިން 9 މަހުގެ
ރަޔާން އުރާލަން މަސައްކަތް ކުރަމުން އިނާ އަހާލިއެވެ. ފަރުވާތެރިކަމާއެކުގައެވެ.
"އިނާ......!!" ސޯނިޔާއަށް އިނާ ފެނުމުން ހަމައެކަނި ބުނެލެވުނީ މިވަރަށެވެ. ދެން އެއަށްވުރެ ބޮޑަށް ރޮއިގަނެވިއްޖެއެވެ. އޭނަގެ އުރުގައި އިން ރަޔާންއަކަށްވެސް ސަމާލުކަމެއް ނުދެވުނެވެ.
ވީ ކީއްކަން ނޭނގޭ އިނާ ސޯނިޔާގެ އަތުގައި ހިފައިގެން އައިސް ސޯފާގައި އިށީނދެ ވީ ކިއްތޯ އަހަން ފެށިއެވެ.
"މަންމަ........މަންމަ ނިޔާވެއްޖެ..............!!!" ސޯނިޔާއަށް ސޯފާގައި އިށީނދެވުމާއެކު ބުނެލެވުނެވެ. އަދި ހަމައެއާއެކު މޫނުގައި ދެއަތް އަޅާފައި ސޯނިޔާއަށް ރޮއިގަނެވިއްޖެއެވެ.
އިނާއޭތޯއެވެ. އިނާއެކޭ ގަނޑުވެފައި އިން ބުދެކޭ އެއްގޮތެވެ. ހުއްޓިފައި ހުރި މަންޒަރެކޭ އެއްގޮތެވެ.
ކުޑަކުޑަ ރަޔާން އުނގުގައި ބައިންދައިގެން އިނާއަށް ހަމަ އިނދެވުނީއެވެ. އެއްވެސް އެއްޗެއް އިހްސާސް ވެސް ނުވާފަދައެވެ. ކުޑަކުޑަ ކުއްޖާގެ ހަރަކާތްތަކަށް ހުއްޓުމެއް ނާދެއެވެ. އެކަމަކު އިނާއަކަށް އެކަމެއް ނޭނގެއެވެ.
"ބޮޑުބެ ދެންމެ ގުޅުއްވާފަ.....!" ސޯނިޔާގެ އަޑު އަނެއްކާވެސް ކެނޑިއްޖެއެވެ.
"ޝީލާއްތަމެން އެންމެން ގޮއްސި ހޮސްޕިޓަލަށް." ޝޮކެއް ޖެހިފައި އިން އިނާ އެހެން އިންދާ އަނެއްކާވެސް ވާހަކަ ދެއްކީ ސޯނިޔާއެވެ. އެވަގުތު އިނާގެ އުނގުގައި އިނދެފައި ސޯނިޔާ ގާތަށް ދާން ރަޔާން ރޮއިގަތެވެ. ތުއްތު ކުއްޖެކެވެ. އުރާލައިގެން އިން މީހާ އަޅާނުލަންޏާ އިންނަހިތެއް ނުވާނެ ނޫންހެއްޔެވެ؟
ރަޔާންގެ ކުޑަކުޑ ދެއަތުން ސޯނިޔާގެ ހެދުމަށް ދަމަންފެށުމުން އިނާއަތުން ރަޔާން އުރާލައިގެން ސޯނިޔާ ތެދުވެއްޖެއެވެ.
ކުޑަކުޑައިރުކޮޅެއް ވިއެވެ.
މިވީ ކީއްކަން އިނާއަށް އިހްސާސްވާން ފަށައިފިއެވެ. އެ ރީތި ދެލޮލުން ކަރުނަ ނިރާލައިފިއެވެ.
އެކަމަކު ބޮޑުމަންމަގެ ހާލު މުޅިން ރަނގަޅެވެ. އިއްޔެއްސުރެން ރަނގަޅެވެ. ދެން މިހެންވީ ކީއްވެހެއްޔެވެ؟ ކުއްލިއަކަށް ކިހިނެއް ވީ ހެއްޔެވެ؟ ހޮސްޕިޓަލުން އޭނަ ނުކުތްފަހުން ކަމެއްވީކަން ޔަގީނެވެ. އެހެން ނޫންނަމަ.......
އޭނަ އަވަހަށް ދާން ޖެހޭނެއެވެ. ބޮޑުމަންމަ ދެކެން އޭނަ ދާން ޖެހޭނެއެވެ.
އަވަހަށް އިނާ ތެދުވެއްޖެއެވެ. މޭޒުމަތީގައި ބެހެއްޓި ދަބަސް ނަގައިގެން ގަރާޖްތެރޭ ދޮރުން ނުކުމެ ޑްރައިވަރު ކޮބައިތޯ ބަލާލިއެވެ.
** ** ** ** ** ** ** ** **
އިނާ ގޮސް އޭޑީކޭއަށް ވަންއިރު އެންމެ ފުރަތަމަވެސް ފެނުނީ މީހުންތައް ވަރަށް ހޭލަމޭލައަށް އުޅޭ މަންޒަރެވެ. އެއިން އެއްވެސް މީހަކީ އޭނައާއި އަދި އެ އާއިލާއާއި އެއްވެސް ގުޅުމެއް ނެތް މީހުންނަށް ވީއިރުވެސް، އަދި އެއިން ކޮންމެ މީހަކުވެސް އުޅެނީ އެމީހެއްގެ އަމިއްލަ ކަންތައްތަކުގައި ކަމަށްވިޔަސް، ހިތްއަވަސްވެ ހާސްވެފައިވާ އިނާގެ ހިތް އިތުރަށް ބިރުގަންނަ ގޮތް ވިއެވެ.
މީގެ ވިއްސަކަށް މިނެޓް ކުރިން އޭނަ އެ ހޮސްޕިޓަލްތެރެއިން ނުކުމެގެން ދިޔައިރު އެ ހަލަބޮލިކަމެއްވެސް ނެތެވެ. އިނާ ހިނގަމުން ދިޔަ ވަރަކަށް އަދި ބޮޑުމަންމަ އޮތް ކޮޓަރިއާއި ކައިރިއަށް ދެވޭ ވަރަކަށް އިނާގެ ފިޔަވަޅުތައް އަވަސް ވަމުން ދިޔައެވެ. ދުރުދުރުން ފެނުނު އިރުވެސް އެ ކޮޓަރި ދޮރުމަތިން ވަރަށް ގިނަ ނަރުހުންނާއި މަސައްކަތު މީހުން ފެނެއެވެ. ކުރިއަށްވުރެވެސް އިނާގެ ފިޔަވަޅުތައް އަވަސްވާން ފެށިއެވެ.
އިނާގެ ބޮޑުމަންމަ އޮތް ކޮޓަރި ކުރިމަތީގައި މަންޒަރު ބަލަން އެއްވެފައި ތިބި "ކަމާއިނުބެހޭ" މީހުންގެ ތެރެއިން ގޮސް އިނާ އެ ކޮޓަރިއަށް ވަދެއްޖެއެވެ. އެއާއެކު އިނާގެ ފައިތިލަ ތަތްވިފަދައެވެ. ހަގީގަތާއި ކުރިމަތިލާން އޭނަ ބޭނުން ނުވިފަދައެވެ. ނަމަވެސް ކޮޓަރިތެރެއަށް ރަނގަޅަށް ބަލާލެވުނެވެ. ފަރުވާތެރިކަމާއެކު ވަކިވަކި މީހުންނަށް ބަލާލެވުނެވެ.
ބޮޑުމަންމަގެ މޫނުކައިރީގައި މޫނު ޖައްސައިގެން އޮވެ ސޯފީ ރޮނީއެވެ. ސޯފީއަށް ހިތްވަރުދޭން ހުރި މަންމައާއި އަމީރާއްތަގެ ލޮލުންވެސް ކަރުނަ އަންނަލެއް ގިނަކަމުން އޮބަހައްޓަންވެސް އުޅެނީ އުނދަގޫ ވެގެންނެވެ. ބޮޑުމަންމަގެ ކަނައަތްތިލައިގައި ހިފައި ބާރުކޮށްގެން ގޮނިއެއްގައި ބައްޕަ އިންނެވިއެވެ. ދޮންބެ ހަމަ ގޮތްހުސްވެފައި ބޮޑުމަންމަގެ ފައިލާކޮޅުގައި އިށީނދެލައިގެން، ބޮޑުމަންމަގެ ފައިގައި ފިރުމާލަ ފިރުމާލާ އިނެވެ. ރީހާން ހުރީ އެދެމަފިރިންގެ ދޮށީ ދަރިފުޅު ސަނީހް އުރާލައިގެން ބޮޑުމަންމަގެ ބޯލާކޮޅުން އަނެއް ފަރާތުގައެވެ. އެންމެންގެ ލޮލުގައިވެސް ކަރުނައެވެ. މޫނުތައް ރަތްވެފައެވެ. އިވެނީ ސޯފީގެ ރުއިމުގެ އަޑު އެކަނި ކަމަށްވިޔަސް އެތާ ތިބި އެ އާއިލާ އެންމެންވެސް ރޮނީއެވެ. ދެ ނަރުހަކު ހަމަ ބަލަހައްޓައިގެން ތިއްބެވެ. ތިންވަނަ ނަރުހަކު ލިޔެކިއުންތައް ނިންމަން މަސައްކަތް ކުރަނީއެވެ.
އިނާއަށް ބެލުނީ އެވަރަށެވެ. މަޑުމަޑުން ގޮސް ޝީލާގެ ކައިރިއަށް ހުއްޓި ޝީލާގެ އަތުގައި ހިފިއެވެ. ޝީލާއަށް އިނާގެ ހިލަން ވުމުން އެނބުރިފައި އެ ދަރިފުޅުގެ އަތްތިލައިގައި ހިފިއެވެ. ބޮޑުމަންމަގެ މޫނު ފުރިހަމައަށް އިނާއަށް ފެނުނީ އެ ވަގުތުއެވެ. ބަލާބެލުމަށް ހަމަ ނިދާލާފައި އޮތް ފަދައެވެ. އެކަމަކުވެސް ބޮޑުމަންމަ ނިޔާވީހެއްޔެވެ؟
ޝީލާގެ އަތުގައި އިނާއަށް އޮޅުލައިގަނެވިއްޖެއެވެ. އިނާއަށް ކުރާނެ އަސަރު އެންމެ ރަނގަޅަށް އެނގޭނީ ޝީލާއަށް ކަމަށް ވާތީ، އިނާއަށް ހިތްވަރު ދިނުމުގެ ގޮތުން ގަޔާއި ކައިރިކޮށް އިނާގެ ބޮލުގައި ފިރުމަން ފެށިއެވެ. ވަށައިގެންވާ އެއްކަމެއްވެސް ސޯފިޔާއަށް ނޭނގުނު ކަމުގައިވިޔަސް އިނާ އައިތަން ފެނުމުން އަމީރާއަށް އިތުރަށް ރޮވުނެވެ. އިނާ އޭނަގެ ބޮޑުމަންމަ ދެކެ ވާ ލޯތްބާއި މިއަދު އިނާއަށް ކުރާނެ އަސަރު އިހްސާސް ކުރެވިފައެވެ.
"އަޅުގަނޑު ގެއަށް ދިޔައިރުވެސް ރަނގަޅަށް ނިދާފައި ...." އިނާ އޭނަގެ މަންމަގެ ކައިރީ ބުނަން މަސައްކަތްކުރިއެވެ.
"އެނގޭ ދަރިފުޅާ......ބޮޑުމަންމަ އެންމެ ފަހު ނޭވާލީވެސް ހީވަނީ ދަރިފުޅު މިތާ އިންދާހެން. އެކަމަކު ކީއްކުރާނީ. އެވަގުތަކީ އެއްވެސް މީހަކަށް އެނގިގެންވާ ވަގުތެއް ނޫން.....ނުރޮއި.....ހިތްވަރު ކުރަންވާނެ...." ވާހަކަ ދައްކަން އުޅުމުންވެސް އިނާއަށް ވާހަކަ ނުދެއްކުމުން ޝީލާ އިނާއަށް ބުނެދިނެވެ. ނުރޯށޭ ބުނާއިރުވެސް ރޮމުންނެވެ. ހިތްވަރު ކުރާށޭ އިނާ ކައިރީ ބުނާއިރުވެސް އަމިއްލަ ހިތްވަރުވެސް ދަށްވަމުންދާކަން އެނގިހުރެއެވެ.
ނަމަވެސް އެ ބުނެދިން ވާހަކަކޮޅުން އިނާގެ ހިތް އިތުރަށް ޒަޚަމް ވި ކަހަލައެވެ. އޭނައަށް ހަމަ ނޭނގުނީއެވެ. އެކަމަކު އޭނައަކީ ކިތައް ބަލިމީހުންގެ ފަހު ނޭވާގެ ވަގުތު އެމީހުން ކައިރީ ހުރެ އެ މަންޒަރު ދެކެފައި ހުރި މީހެއް ހެއްޔެވެ؟ އެކަމަކު އޭނަގެ ބޮޑުމަންމަ އޭނައާއި ވަކިވި އިރު އޭނައަށް އިހްސާސްވެސް ނުވީއެވެ.
ކުއްލިއަކަށް ދޮރު ހުޅުވުނު އަޑަށް އެންމެން އެއްފަހަރާ އެ ދިމާލަށް ބަލާލިއެވެ. އެންމެންނަށްވެސް ފެނުނީ ސޯނިޔާ އާއި ރަޔާން ދޮރުން ވަންތަނެވެ. ސޯނިޔާ ފެނުމާއެކު ރީހާން އަވަހަށް ގޮސް ސޯނިޔާގެ ކޮނޑުގައި ހިފައި ގަޔާ ކައިރިކޮށްލަމުން ޚާލިދާ އޮތް އެނދާއި ދިމާލަށް ހިނގައިގަތެވެ. ސުހައިލް އަވަހަށް ކުރިއަށް ޖެހި ސޯނިޔާ އަތުން ރަޔާން އުރާލިއެވެ. ސޯނިޔާއަށް ވާނެގޮތް އޭނައަށް އެނގޭތީއެވެ. ދޮންބެއަކުގެ އެހީ ކޮއްކޮއަކަށް އެފަދަ ވަގުތެއްގައި ބޭނުންވާނެކަން އެނގޭތީއެވެ.
މަންމަގެ މަގަތުން ގޮސް މޫނުގައި އަތްލެވެންދެންވެސް ސޯނިޔާ ހުރީ ލޮލުން ކަރުނަ އައެއް ކަމަކު ވަރަށް ހިތްވަރު ކޮށްގެންނެވެ. ނަމަވެސް މަންމަގެ މޫނުގައި ދެތިންފަހަރު ފިރުމާފަ ބޮލުގައި ފިރުމުނުއިރު ސޯނިޔާގެ ބަޑި ފަޅައިގެން ހިނގައްޖެއެވެ. ކައިރީގައި ހުރި ފިރިމީހާގެ މޭގައި މޫނުޖައްސާލެވުނީ ހިތަށް ކުރަމުން ދިޔަ ވޭނީ އަސަރުން ތަސައްލީއަކަށް އެދެވުނުލެއް ބޮޑުކަމުންނެވެ.
ސޯނިޔާ ކައިރީ ނުރޯށޭ ހަމަ އެންމެ ފަހަރަކުވެސް ރީހާން ނުބުނެއެވެ. ބުނާނީ ވެސް ކިހިނެއް ހެއްޔެވެ. ގެއްލިގެން އެ ދިޔައީ ކިހާ ހެޔޮ މަންމައެއްކަން އޭނައަށް އެނގޭ ވަރަށްވުރެ ބޮޑަށް އެ މަންމަގެ އުފަންދަރިއަށް އެނގޭނެކަން އޭނަ ޝައްކެއް ނުކުރެއެވެ. އެ މަންމަ ވަކިވީކަން އެނގުނީއްސުރެން އޭނަގެ ލޮލުން ކަރުނަ ނުހިފެހެއްޓިގެން އުޅޭއިރު އެ މަންމަގެ ދޮށީ އަންހެން ދަރިކައިރީ ނުރޯށޭ އޭނަ ބުނާނީވެސް ކިހިނެއް ހެއްޔެވެ؟ އެއީ ކިހިނެއް ކުރާނެ ކަމެއް ހެއްޔެވެ؟ ރީހާން އަށް އެކަން ވިސްނެނީ ކަންނޭނގެއެވެ. ރީހާން ނުބުނެއެވެ. އޭގެ ބަދަލުގައި ލޯބިވާ އަންހެނުންގެ ގިސްލުންތަކަށް އޭނަ އެހީވީ އޯގާތެރި ފިރުމުންތަކަކުންނެވެ.
ވަނީ ކީއްކަން ނޭނގޭ އެންމެ ހަތަރު އަހަރުގެ ކުޑަކުޑަ ސަނީހްވެސް މި ހުރިހާއިރު ނުރޮއި ހުއްޓެއްކަމަކު މަންމަ ރޯތަން ފެނުމުން ރޮވެން ފަށައިފިއެވެ. އެ އަޑު އިވުމާއެކު ތުއްތު ތުއްތު ބަލާކަށް ނުހުރެ ރޯން ފަށައިފިއެވެ.
ކުޑަކުޑަ ކުދިންނަކަށް ވާނުވާ ނޭނގޭނެއޭ ބުނަނީ އެއީކީ މުޅިއަކުން ރަނގަޅުވާހަކައެއް ނޫނެވެ. އެ ކުދިންނަށްވެސް އެނގޭނެއެވެ. ހަމަ އެކަނި ބަސްތަކަކުން ހާމަ ނުކުރެވެނީއެވެ.
** ** ** ** ** ** ** ** **
މުޅި އާއިލާގެ ދިރުން ކަމަށްވާ ޚާލިދާ މި ދުނިޔެއާއި ވަކިވި ހިމޭން ހެނދުނަށްފަހު މިއަދު އިރު އަރައިގެން އެ އަންނަނީ ތިންވަނަ ދުވަހަކަށެވެ. ހީވާ ގޮތުން މިއީވެސް ހަމަ އެފަދަ ރީތި ހެނދުނެކެވެ.
އެކަމަކުވެސް...ޚާލިދާގެ އާއިލާގެ އެއްވެސް މީހެއްގެ ހިތަށް މިފަދަ ހެނދުނަކުންވެސް އުފާވެރިކަމެއް އައުމަކީ ނާދިރު ކަމެކެވެ. ހިތާމައާއި މޮޅިން ނޫން ގޮތަކަށް އެގޭގެ އެކަކުވެސް ހުއްޓާ ނުފެނެއެވެ. ވާނީވެސް އެހެންނެވެ. އެ އާއިލާއާއި އެ ވަކިވީ ހަމަ އެކަނި މަންމައެއް ނޫނެވެ. އެ އާއިލާގެ ހުރިހާ މީހަކީވެސް އެއީއެވެ. ކޮންމެ ކުއްޖަކަށްޓަކައިވެސް އެއީ ރަހްމަތްތެރިއެކެވެ. އެހީތެރިއެކެވެ. ކައުންސިލަރެކެވެ. ލަފާދާރެކެވެ. ހެޔޮ އެދޭ މީހެކެވެ. މިހެން ގޮސް އެމީހުންގެ ހަޔާތުގެ ހުރިހާ މަގާމްތަކެއްގެ ނަން ހުސްކޮށް ފުރާފައިވާ ހަމަ އެކަނި މީހަކީ އެ މަންމައެވެ.
ކަރުނަ ނިރާލާފައި ހުންނަ ލޮލެއްމެ ނޫނީ ނުފެނެއެވެ. ވަށައިގެންވާ ކަންތައްތަކުގެވެސް ހިލަން އޮބޭވަރަށް މަންމަގެ މަތިން ހަނދާން ވެފައި ކޮންމެވެސް އެއް ކުއްޖަކު ހުއްޓާ ނުފެންނަ ވަގުތެއް ނާދެއެވެ. ހިތުގެ އަޑިން ހެޔޮ ދުޢާކޮށްލަ ކޮށްލާ ގޭގެ ކޮންމެވެސް އެއް ދިމާލެއްގައެވެ. ނޫނީ ކުރަން އިން މަސައްކަތް ހުއްޓުމަކަށް އައިސްފައި އިނދެވެނީއެވެ.
ކޮންމެ ކުއްޖެއްގެ ހާލަކީވެސް މިއީއެވެ. ޚާލިދާއާއި ޝީލާގެ ހާލަކީވެސް މިއީއެވެ. އިނާއާއި ހަމްދުގެ ހާލަކީވެސް މިއީއެވެ. ގޭގައި އުޅޭ ނޯކަރުންގެ ހާލަކީވެސް މިއީއެވެ.
"އެކޮޅަށްވެސް ބޭނުންވެގެން އެބަގުޅާ އެވަރަށް. ނުގޮހެއް ނުވާނެނު ކޮންމެ ގޮތެއްވިޔަސް." ހެނދުނު ހެނދުނާ ޚާލިދު އާއި ޝީލާއާއި ދެމަފިރިންގެ ދެމެދުގައި ދެކެވެން ފެށި ވާހަކައަކީ މިއީއެވެ.
"އެކަމާ ދެން އެހާ ކަންބޮޑުވާ އެއްޗެއް ނޫނޭ. އަހަރެން ހުންނާނަމެއްނު ދުވަސްކޮޅަކަށް. އިނާއާއި ހަމްދުވެސް ހަފްތާއެއްވަންދެން މިކޮޅުގަ އުޅޭނެނު. ދެން ޚާލިދުވެސް އެކަމާ އެހާ ފިކުރުބޮޑުނުކޮށްބަލަ." ދެންމެ ޚާލިދު ދިއްކޮށްލި ތުވާލި ހިފައިގެން ގޮސް ތުވާލި އަޅުވާ ހަރުގައި އަޅުވަމުން ޝީލާ ޖަވާބު ދިނެވެ.
"އާނ ދެން.....!!!" ބުނާނެ އެއްޗެއް ނޭނގިގެން ޚާލިދު ހުއްޓާލި ކަހަލައެވެ.
"ކުދިވެރިން ވަރަށް ކަންބޮޑުވި ދޯ އެހާ އަވަހަށް ފުރާތީ.؟" ޝީލާވެސް އައިސް ޚާލިދު ހުއްޓިހުރި ލޯގަނޑު ކައިރިން ކުޑަ ގޮނޑީގައި އިށީނދެ ފުނާއަޅަން ފެށިއެވެ.
"ސޯފީ ހަމަ ވަގުތުން ރޯން ފެށީ. ދެން ސޯނިޔާ އެނގެއެއްނު. ހިތްވަރު ކުރާނެ އެ ކުއްޖާ ކޮންމެ ހާލެއްގަވެސް." ޝީލާގެ ފުރަގަހުގައި ހުރެގެން ޚާލިދުވެސް ދިޔައީ ލޯގަނޑުން ބަލަން ހުރެ ފުނާ އަޅަމުންނެވެ.
"ސުހެއިލް......؟" ޝީލާ މިހެން އަހާލީ ފަސް އެނބުރުމުގެ ބަދަލުގައި ލޯގަނޑުން ޚާލިދުގެ މޫނަށް ބަލާލަމުންނެވެ.
"ސުހެއިލް ނުބުނާނެނު އެއްޗެއް. އެކަމަކު މަށަށް ހީވަނީ ސުހެއިލްވެސް އުއްމީދެއް ނުކުރޭ ކަންނޭނގެ އެންމެ 3 ދުވަސްތެރޭ ބޮޑުބެ ދާނެ ކަމަކަށް." ޚާލިދު ޖަވާބު ދިނެވެ.
"ހޫމް........." ޝީލާވެސް ބުނެލީ ހަމަ އެކަނި މިވަރަށެވެ.
ތެދެކެވެ. އެހާ އަވަހަށް ދިއުމަކީ އެމީހުންގެ މަގްޞަދެއް ނޫނެވެ. އެކަމަކު އެކޮޅުގައި، ހޮސްޕިޓަލުގައި ޚާލިދުގެ އިންތިޒާރުގައި އެތައް ބަލިމީހުނެއް ތިބިއިރު، އެމީހުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އޭނަ ދިއުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެކެވެ. އެއީ އޭނަގެ ވާޖިބެކެވެ. އެހެންކަމުން ހަމްދުއާއި އިނާއާއި ޝީލާ ބަހައްޓާފައި ޚާލިދު ނިންމީ އޭނަ އެކަނި ދިއުމަށެވެ. ދައްތަގެ ކުދިންކޮޅު އެކަނި ކޮށްފައި ދިއުމަށް ހިތް ނުރުހުނު ވަރުން އޭނަގެ އަމިއްލަ އާއިލާއާއި އެ އާއިލާ އާއި ހަވާލުކޮށްފައި އޭނަ ދަނީއެވެ. ދާން ޖެހޭތީއެވެ.
** ** ** ** ** ** ** ** **
"އައްސަލާމް އަލައިކުމް......." ޚާލިދު ފުރަން އޮތް ދުވަހުގެ ރޭ އައިސް ސިޓިންގ ރޫމަށް ވަދެފައި ސަލާމް އެގޮވާލީ ޒިޔާދު އެވެ.
"ވައަލައިކުމުއްސަލާމް....ވަދޭ ވަދޭ.." ސަލާމް ބަލައިގަތީ ސިޓިންގ ރޫމްގައި ތިބި 3 މީހުންގެ ތެރެއިން ރީހާން އެވެ.
ޓީވީއަށް ބަލަން އިން ސުހެއިލްވެސް ޒިޔާދު ފެނުމުން ހިނިތުންވެލާފައި އިށީނުމަށް ތަން ދެއްކިއެވެ. ޒިޔާދު ގޮސް އިށީނީވެސް ސުހެއިލް އިން ބޮޑު ސޯފާގެ އަނެއްކޮޅުގައެވެ. އަނެއް ސޯފާގައި އިނީ ރީހާން އާއި ކުޑަ ދަރިފުޅު ރަޔާން އެވެ. ހަމްދުވެސް ވަކި ސޯފާއެއްގައި އިނެވެ.
"މިރޭ ޚަބަރުގަ ކިޔައިފި ތި ކުންފުނިން މުޅިން އާ ކަމެއް ފަށައިގެން އުޅޭ ވާހަކަ. ވާނެތަ އެކަން؟" ޒިޔާދު އައިސް އިށީނުމާއެކު ވާހަކަ ދައްކަން ފެށީ ސުހެއިލްއެވެ.
"ތިބުނީ ސޯލާ ޕެނަލްގެ ވާހަކަ ދޯ......؟؟ ކީއްވެ ނުވާންވީ..........؟؟" ސޯފާގައި ހަމަޖެހިލަމުން ޒިޔާދުވެސް ކޮށްލީ ސުވާލެކެވެ.
"ނުވާންވީ ސަބަބެއް ނެތް.......އެކަމަކުވެސް ހަމަ ތިމީހުން އަދި އަލަށް ފަށައިގެން އުޅޭ ކަމެއްވީމަ ޝައްކުވަނީ......ކުރިންވެސް އެ އުޅޭ ސަންރޭ ހޯލްޑިންގސް އިންވެސް ފަށާފަ ދެން ނޭނގެ ވީ ގޮތެއްވެސް. އޮބިއްޖެ." ސުހެއިލްއަކީ އަބަދުވެސް ވިޔަފާރީގެ މަޢުލޫމާތު ވަރަށް ފުރިހަމަ މީހެކެވެ. ސުހެއިލް އަށް ނޭނގޭ ވިޔަފާރިވެރިއަކު މަދުވާނެއެވެ. ވާނީވެސް އެހެންތާއެވެ. ރާއްޖޭގެ ހުރި އެންމެ ބޮޑު ލޯންޗް އޮޕަރޭޓިންގ ކުންފުންޏަކީ ސުހެއިލްގެ ސަތޭކަ އިންސައްތަ ހިއްސާވާ ތަނެކެވެ.
"އެހެނެއް ނުވާނެ. ފުދޭވަރެއްގެ ރިލައިބަލް ކުންފުނިތަކެއް މިކަމުގައި އަހަރެމެންނާއެކު ބައިވެރިވެގެން އުޅެނީ...." ޒިޔާދު ބުނަން ފެށިއެވެ.
"ކުންފުނިތަކެކޭ........؟؟" އެމީހުން ދައްކަމުން ދިޔަ ވާހަކައަށް ރީހާންވެސް އިނީ ސަމާލުވެގެންކަމުން ރީހާންއަށް އަހާލެވުނީ އެންމެ މުހިއްމު އެއް ސުވާލެވެ.
"އާނ.......އަނެއްހެން ޕަބްލިކަށް ނޭނގުނަސްވެސް.......ޖުމްލަ 5 ކުންފުނީގެ އެހީއާއެކު މިކަން ކުރަނީ. އަހަރެމެން އެކަނި ކިހިނެއް މާލޭގެ ކޮންމެ ގެއެއްގައި ސޯލާ ޕެނަލް ބަހައްޓަން ޚިޔާލުވެސް ކުރާނީ." ޒިޔާދު އަކީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ކަމަށް ވުމުން ޒިޔާދުއަށް ހުރިހާ މައުލޫމާތެއް ބަރާބަރަށް އެނގެއެވެ.
"މާލެއަށް އެކަނިތަ ސޯލާ ޕެނަލް ބޭނުންވަނީ؟" ސުހެއިލް އަހާލިއެވެ.
"ނޫނޭ....އެހެންނަކުން ނޫން. އެކަމަކު ފަށާއިރު ފެށޭނީ މިގޮތަކަށްނު؟ އަހަރެމެންގެ ޓާގެޓަކީ 2010 އަންނަން ވާއިރަށް މި 5 އަހަރުތެރޭގައި މާލޭގެ ގެތަކަށް ސޯލާ ސިސްޓަމް ތަޢާރަފްކޮށް، ކަރަންޓާއި ފެނުގެ ޚަރަދު ކުޑަކޮށްދޭން ދަސްކޮށްދިނުން." ޒިޔާދު އޭނަގެ ޝާހީ ގޮތުގައި ބުނެލިއެވެ.
"ބުނަން ވަރަށް ފަސޭހަ ވާނެ ތިކަން. ކުރެވޭނެބާއޭ ހިތަށް އަރަނީ" ސުހެއިލް އަކަށް އެ ވާހަކައަށް ތާއީދެއް ނުކުރެވެއެވެ.
"ކުރެވިއްޖެއްޔާ ރަނގަޅުކަމެއް ތިއީ އިނގޭ. ތިމާވެށީގެ މައްސަލައަށް އޭރުން ކިހާ ބޮޑު ހައްލެއް އެ ލިބެނީ." ރީހާންވެސް އެ ވާހަކައަށް ތާއީދު ކުރިއެވެ.
"އާނއެކޭ. ކަން އޮތީ ތިހެން. އެކަމަކު ބުނަން. އަހަރެމެން މި ދިވެހި ސޮސައިޓީގަ ތި ފިކުރު ގެންގުޅޭ މީހުން ވަރަށް މަދު އިނގޭ. މިކަން ހުއްޓުނަސް ހުއްޓޭނީވެސް އެ ގޮތްވެގެން. ތިމާވެށީގެ މައްސަލަ އަކީވެސް މީހުންނަށް ފެންނަން ހުންނަ ކަމެއް ނޫންވީމަ އެކަމަށް ރަނގަޅު ބަދަލެއް އަތުވެދާނެކަމަކަށް ގަބޫލުކުރުމަކީ މީހުންނަށް ވަރަށް އުނދަގޫ ކަމެއް. އަނެއްކޮޅުން...މި ރާއްޖޭގެ މީހުންނަކަށް ނޭނގެ ފައިސާގެ އަގު ކުރާކަށެއް. ދެން ކިހިނެއް....؟؟" ޒިޔާދު އަކީ ތަޢުލީމީ މީހެކެވެ. ޒިޔާދު އެ ދައްކަމުން ދަނީ ތޯތޯ ވާހަކަތަކެއް ނޫނެވެ. އެއީ ހަގީގަތެވެ.
"އަނހަނ....ޒިޔާދުވެސް އެބައިނީމު ދޯ.....ހިނގާ ކާންދާން...." ދެންމެއަކު ގެއަށް އައިސް ވަން ޚާލިދުއަށް ޒިޔާދު އިންދާ ފެނުމުން އުފާވެރިކަމާއެކު ރޭގަނޑުގެ ކެއުމަށް ދަޢުވަތު ދިނެވެ.
"ނޫނޭ....އަޅުގަނޑު .... އިނާއާއެކު ބޭރުން ކާން ބުނެފަ އަޅުގަނޑު އޮތީ." ޖެހިލުންވެ އިނދެ ޚާލިދުގެ ދަޢުވަތާ ދެކޮޅު ހަދަމުން ޒިޔާދު ބުންޏެވެ.
"އެހެންތަ އެހެންވެއްޖިއްޔާ މާ ލަސްވެސް ވެއްޖެއެއްނު. އެހެރަ އަށްގަޑި ބައިވީވިއްޔަ. ބޭބެ ފުރަން ދާންޖެހޭނެ ދިހަގަޑިބައިގަ. އެހާއިރަށް އަންނަންވާނެ." އަތުކުރީގައި އޮތް ގަޑިއަށް ބަލާލަމުން މިހެން ބުނެލާފައި ޚާލިދު ވަދެގެން ދިޔައީ އެތެރެއަށެވެ. އިނާއަށް އައިސް ސިޓިންގރޫމަށް ނުކުމެވުނީ އެވަގުތުއެވެ.
** ** ** ** ** ** ** ** **
ޒިޔާދު އެއައީ އެގެއަށް އަލަކަށް ނޫނެވެ. ޚާލިދާ ނިޔާވެގެން ހޮސްޕިޓަލުން ގެންދިޔައިއްސުރެ އަސުރު ނަމާދަށްފަހު ވަޅުލަންދެންވެސް އެންމެ އިސް މީހެއްގެ ގޮތުގައި ޒިޔާދު އެތަނުގައި އުޅެފައި ވެއެވެ. އަދި އޭގެ ފަހުން، ދޭތެރެ ދޭތެރެއިން އައިސް އެގެއަށް ވަދެލައެވެ. ޚާލިދުގެ އެދުމުގެ މަތިން ކަމަށްވެސް ވެދާނެއެވެ. ނޫނީ، ޚާލިދާ ދުނިޔޭގައި ހުރިއިރު ބުނެ ބުނެވެސް އެގެއަށް މަހަކު އެއްފަހަރުވެސް ވަދެލެވިފައި ނެތްކަން އިހްސާސް ކުރެވުނުލެއް ބޮޑުކަމުން އެގެއަށް އައުން އެއީ އާދައަކަށް ހެދީކަމަށްވެސް ވެދާނެއެވެ.
ކޮންމެ ގޮތެއް ވެގެން ކަމުގައި ވިޔަސް، އެނގޭ ވަރަކީ، ފެންނަ މަންޒަރަކީ ފާއިތުވެދިޔަ 3 ރޭވެސް އޭނަ އެގެއަށް އައި ކަމެވެ. އިނާއަށްޓަކައެވެ. އިނާއަށް ލިބިފައިވާ ހިތާމައިގައި ބައިވެރި ވުމުގެ މަގްޞަދުގައެވެ.
ބޮޑުމަންމަ ނިޔާވީއްސުރެ ޒިޔާދުގެ ފަރާތުން އިނާއަށް ފެންނަމުންދާ އޯގާތެރިކަމާއި ލޯތްބަކީ އިނާގެ ސިކުނޑިއަށް ގަބޫލުކުރަންވެސް ދަތި ކަމެކެވެ.
އެދުވަހު ހޮސްޕިޓަލަށް ޒިޔާދުއަށް ދެވުނީ ދިހައެއްޖަހަން އުޅެނިކޮށް ކަމުގައިވިޔަސް، އޭގެ ފަހުން އެންމެ ސިކުންތަކަށްވެސް ޒިޔާދު އެތަނުން އަދި އޭނަ ކައިރިން ދުރަށް ނުދެއެވެ. އޭނައަށް ޒިޔާދުގެ މާ ބޮޑު އެހީއެއް ބޭނުން ނުވާއިރުވެސް ޒިޔާދު ދިޔައީ ހުރިހާ އިރެއްގައިވެސް އޭނައާއެކުގައި ޒިޔާދު ހުރިކަން އަންގައިދެމުންނެވެ. ނަތީޖާއެއްގެ ގޮތުން އެންމެ 3 ދުވަސް ތެރޭގައި ޒިޔާދުއާއި ދޭތެރޭގައި ހިތުގައި ގަދަރާއި ލޯބި އިތުރުވެއްޖެއެވެ. ކުރިން އޮތްވަރަށްވުރެވެސް ބޮޑަށެވެ. ޒިޔާދުގެ ހުރިހާ އުނި ސިފައެއްވެސް ލޮލަށް ނުފެންނަ ވަރަށެވެ.
**********(ނުނިމޭ)**********

Posted on 2011-02-19 20:13:22 | Report this Comment

ފަތިސްތަރި: އެކި މީހުންނަށް ވާނީ އެކިގޮތެއްނު ދޯ؟ އެއީ މައްސަލައެއް
ނޫން. ނަވާ އާފުރިލާ އިނގޭ.........!!!


Posted on 2011-02-19 20:26:07 | Report this Comment

Posted on 2011-02-19 20:43:23 | Report this Comment

ފަތިސްތަރި: އެދެން ހަމަ އަހަރެމެން އެންމެންނަށްވެސް މި ވާ ގޮތެއްނު
ދޯ؟ މިހެދެނީ ކޯޗެއްކަން އެނގޭއިރު އޮންނަނީ ހަޑިހޭވިފަ. ހެހެހެހެ.
Posted on 2011-02-19 21:27:21 | Report this Comment

Posted on 2011-02-19 21:56:50 | Report this Comment

Posted on 2011-02-19 22:36:05 | Report this Comment

ފަތިސްތަރި: ކީއްކުރާނީ ދޯ؟ އިނާގެ މަންމަ ހޮސްޕިޓަލްގައި އޮތްބައި
ލިޔެފަ ދެން ނުލިޔެވޭނެ ނު އޭނަގެ ކައިވެނީގެ ވާހަކައެއް ދޯ؟ މަންޒަރަކާ
ގުޅިގެނެއްނު އަނެއް މަންޒަރުވެސް ގެނެވޭނީ. މަރީއަށް ފޫހީކަމަށް ވެދާނެ. އެއީ
މައްސަލައެއް ނޫން. ތި ޚިޔާލުވެސް ބަލައިގެންފިން. ޝުކުރިއްޔާ އިނގޭ ސޮފާގެ ވާހަކަ
ކީތީ!!!

Posted on 2011-02-20 00:13:26 | Report this Comment

Posted on 2011-02-20 05:52:34 | Report this Comment

ފަތިސްތަރި: ޖަލަށޭ.................؟؟؟؟؟؟؟؟؟؟؟؟؟؟؟ ހަމަ ތެދެއް މި ބުނީ.
ހީހީ ހަލާކުވެއްޖެ. ހަމަ ހެވެނީ. ޖަލަށް....؟؟؟ އެނީވެއިސް.........ތޭންކސް
ވަރޫ.......ކީޕް އޮން ކޮމެންޓީންގ.
Posted on 2011-02-20 08:36:17 | Report this Comment

Posted on 2011-02-20 09:00:02 | Report this Comment

Posted on 2011-02-20 11:02:04 | Report this Comment

ފަތިސްތަރި: ސޮފާ ރަނގަޅު. ވަރަށް ބޮޑަށް ޝުކުރިއްޔާ ސޮފާގެ ވާހަކަ
ޝައުގުވެރިކަމާއެކު ފަޒޫ ކިޔާތީ. އަދި އެއަށްވުރެވެސް ބޮޑަށް އުފާވަނީ ދެކޭގޮތް
އަންގާލާތީ. ތޭންކސް އިނގޭ.!!
Posted on 2011-02-20 11:28:14 | Report this Comment

Posted on 2011-02-20 11:59:44 | Report this Comment

ފަތިސްތަރި: ވަރަށް ބޮޑަށް މިހާރު ގަބޫލުކުރެވިއްޖެ ލަޔާލް އަކީ ވާހަކަ
އަކީ ކޯޗެއްކަން އެނގިގެން ކިޔާ ކުއްޖެއްކަން. އެހެން ނޫންނަމަ ސޮފާގެ ކުރީގެ
ވާހަކަ އާއި މި ވާހަކައިގެ ހުރި ތަފާތު ތިހާ ފުރިހަމައަށް ބުނެދޭކަށް
ނޭނގުނީސްކަން ގައިމު. ލަޔާލްއަށް އެނގޭތަ. ހަގީގަތުގައިވެސް މިވާހަކައަކީ ތަފާތު
ވާހަކައެއް. ބޮޑާ ނަފްސު ވާހަކަ ގެނެސް ދިނުމުގައި ހުންނާނީ ވަރަށް އަވަސް
އިބާރާތްތަކެއް. މަންޒަރުތައްވެސް ހުންނާނީ ވަރަށް ސްޕީޑް އަވަސްކޮށް. ވަކިވަކި
ހާދިސާތައްވެސް ހުންނާނީ އެގޮތަށް. ކުރުކޮށް ބުނާނަމަ ބުނެވޭނީ ބޮޑާ ނަފްސު
ގެނެސްދީފަ ހުންނާނީ ވަރަށް ހައި ޕިޗްގަ. ބޮޑާ ނަފްސު ކިޔަމުންދާ މީހާ ހުންނާނީ ޓެންޝަންގަ،
ދެން ވާނީ ކިހިނެއްތޯ ބަލަން ހިތް އަވަސްެވެފަ. ނަމަވެސް މި ވާހަކަ، ފޯންކޯލް
އެއާއި ޚިލާފް ވާނެ. އެންމެ ކުރުކޮށް ބުނަންޏާ ބުނެވޭނީ ފޯންކޯލްއަކީ، ތަންކޮޅެއް
ރިލެކްސް ކޮށް، ތަންކޮޅެއް ސްލޯވކޮށް މަންޒަރާ ދޭތެރޭ ވިސްނަމުން ކިޔަންޖެހޭކަހަލަ
ގޮތަކަށް ގެނެސްދޭ ވާހަކައެކޭ. މިކަންތައްތައް ލަޔާލްއަށް ފާހަގަ ކުރެވުނުކަން
އެއީ ހަމަ ލަޔާލްގެ މޮޅުކަން. ވަރަށް އުފާކޮށްފިން ލަޔާލްގެ ކޮމެންޓް ތިހާ
ޓްރާންސްޕޭރެންޓް ކުރީތީ. ސޮފާ ނުވޭ ތިހެން ބުނެގެން އެއްވެސް ދެރައެއް. މިވާހަކަ
ގެނެސްދޭން ފެށުމުގެ ކުރިންވެސް ސޮފާގެ ގާތް ރައްޓެހިކުދިންކައިރީވެސް ބުނިން ދެން
ގެނެސްދޭ ވާހަކަ އަކީ ވަރަށް ހިމޭން ވާހަކައެކޭ. ބޮޑާ ނަފްސުގަ އެ ހުންނަ ގޮތެއް
ނުހުންނާނެއޭ. އެކަމަކު ސޮފާއަށް ޔަގީނޭ
އިންޓްރެސްޓިންގ ވާނެޔޭ. އެހެން ބުނިން އޭރުވެސް. ސޮފާއަށް އެނގޭނެތާ ދޯ ސޮފާއަށް
މިހެދޭ ނެހެދޭއެއް. ހެހެހެހެ..........ތޭންކސް ލަޔާލް. އަބަދުވެސް ލަޔާލްގެ
ކޮމެންޓްތަކަށް އިންތިޒާރު ކުރާނަން.....!!! ބުނައްޗޭ އިނގޭ ދެކޭގޮތް.
Posted on 2011-02-20 13:40:49 | Report this Comment

Posted on 2011-02-20 14:27:09 | Report this Comment

ފަތިސްތަރި: ސޮފާ މަސައްކަތް ކުރާނަން ޝީއަށްވެސް ކަމުދާ ކަހަލަ
ވާހަކައަކަށް މި ވާހަކަ ހެދޭތޯ. ޝުކުރިއްޔާ ވާހަކަ ކިޔާތީ.
Posted on 2011-02-20 15:08:30 | Report this Comment

Posted on 2011-02-20 15:18:28 | Report this Comment

ފަތިސްތަރި: ޝުކުރިއްޔާ ފަޖުރުތަރި....!!! ވަރަށް އުފާވޭ ކޮންމެ
ދުވަހަކުވެސް ފަޖުރުތަރި ގަވާޢިދުން މި ވާހަކަ ކިޔާތީ.......އަދި އެއަށްވުރެވެސް
ބޮޑަށް އުފާވޭ ދެކޭ ގޮތް އަންގަދޭތީ. ލަހެއް ފަހެއް ނެތި.
Posted on 2011-02-20 16:08:12 | Report this Comment

ފަތިސްތަރި: ޝުކުރިއްޔާ ވުލްފްގާރލް. އިނާއަށް އެވަނީ އެކަހަލަ ކޮންމެ
އަންހެންކުއްޖަކަށްވެސް ހަމަ ވާނެ ގޮތެއް ނޫންތަ؟ ނަވީން ދޯ؟؟؟؟؟؟؟ ނަވީންވެސް
ހީވަނީ އިނާއަށް ވީނުވީއެއް ނޭނގިފަހެން ހުންނާނީ މިހާރު. އަދި ކެތްކޮށްލާ.
ދިމާވެދާނެ ލަހެއް ނުވެ.
Posted on 2011-02-20 18:38:21 | Report this Comment

ފަތިސްތަރި: ފަތިސްތަރިއަކަށް ހިއެއް ނުވޭ މިތާ ފަތިސްތަރި އެއްޗެއް
ބުނަން ޖެހޭނެހެން. އެހެންވީމަ އެކަމަށް އެއްޗެއް ނުބުނާނަން. އެކަމަކު ބުނެލަން
ބޭނުން......ހަންޑި ހާދަ ދިމާނުވެއޭ މިހާރު. ފަތިސްތަރީގެ މި ވާހަކަ ކިޔާހިތް
ކެނޑުނީތަ؟؟؟؟
Posted on 2011-02-20 18:51:47 | Report this Comment

Posted on 2011-02-20 18:56:20 | Report this Comment

ފަތިސްތަރި: އެއީ ތެދެއް......!!! ކަމުނުދާ ސަބަބެއް ބުނައްޗޭ. އޭރުން
އެގޮތަކާ ދޭތެރޭވެސް ވިސްނާލަން އެނގޭނީ ދޯ؟
Posted on 2011-02-20 20:45:26 | Report this Comment
Posted on 2011-02-25 12:34:11 | Report this Comment

ފަތިސްތަރި: ސޯ ފައިނަލީ ޔޫ އާ ހިއަރ ދޯ.........އުފާވެއްޖެ އާޔާގެ
ކޮމެންޓް ލިބުނީމަ. ޝުކުރިއްޔާ ވަރަށް ބޮޑަށް. !!!
"އިނާ......!!" ސޯނިޔާއަށް އިނާ ފެނުމުން ހަމައެކަނި ބުނެލެވުނީ މިވަރަށެވެ. ދެން އެއަށްވުރެ ބޮޑަށް ރޮއިގަނެވިއްޖެއެވެ. އޭނަގެ އުރުގައި އިން ރަޔާންއަކަށްވެސް ސަމާލުކަމެއް ނުދެވުނެވެ.
ވީ ކީއްކަން ނޭނގޭ އިނާ ސޯނިޔާގެ އަތުގައި ހިފައިގެން އައިސް ސޯފާގައި އިށީނދެ ވީ ކިއްތޯ އަހަން ފެށިއެވެ.
"މަންމަ........މަންމަ ނިޔާވެއްޖެ..............!!!" ސޯނިޔާއަށް ސޯފާގައި އިށީނދެވުމާއެކު ބުނެލެވުނެވެ. އަދި ހަމައެއާއެކު މޫނުގައި ދެއަތް އަޅާފައި ސޯނިޔާއަށް ރޮއިގަނެވިއްޖެއެވެ.
އިނާއޭތޯއެވެ. އިނާއެކޭ ގަނޑުވެފައި އިން ބުދެކޭ އެއްގޮތެވެ. ހުއްޓިފައި ހުރި މަންޒަރެކޭ އެއްގޮތެވެ.
ކުޑަކުޑަ ރަޔާން އުނގުގައި ބައިންދައިގެން އިނާއަށް ހަމަ އިނދެވުނީއެވެ. އެއްވެސް އެއްޗެއް އިހްސާސް ވެސް ނުވާފަދައެވެ. ކުޑަކުޑަ ކުއްޖާގެ ހަރަކާތްތަކަށް ހުއްޓުމެއް ނާދެއެވެ. އެކަމަކު އިނާއަކަށް އެކަމެއް ނޭނގެއެވެ.
"ބޮޑުބެ ދެންމެ ގުޅުއްވާފަ.....!" ސޯނިޔާގެ އަޑު އަނެއްކާވެސް ކެނޑިއްޖެއެވެ.
"ޝީލާއްތަމެން އެންމެން ގޮއްސި ހޮސްޕިޓަލަށް." ޝޮކެއް ޖެހިފައި އިން އިނާ އެހެން އިންދާ އަނެއްކާވެސް ވާހަކަ ދެއްކީ ސޯނިޔާއެވެ. އެވަގުތު އިނާގެ އުނގުގައި އިނދެފައި ސޯނިޔާ ގާތަށް ދާން ރަޔާން ރޮއިގަތެވެ. ތުއްތު ކުއްޖެކެވެ. އުރާލައިގެން އިން މީހާ އަޅާނުލަންޏާ އިންނަހިތެއް ނުވާނެ ނޫންހެއްޔެވެ؟
ރަޔާންގެ ކުޑަކުޑ ދެއަތުން ސޯނިޔާގެ ހެދުމަށް ދަމަންފެށުމުން އިނާއަތުން ރަޔާން އުރާލައިގެން ސޯނިޔާ ތެދުވެއްޖެއެވެ.
ކުޑަކުޑައިރުކޮޅެއް ވިއެވެ.
މިވީ ކީއްކަން އިނާއަށް އިހްސާސްވާން ފަށައިފިއެވެ. އެ ރީތި ދެލޮލުން ކަރުނަ ނިރާލައިފިއެވެ.
އެކަމަކު ބޮޑުމަންމަގެ ހާލު މުޅިން ރަނގަޅެވެ. އިއްޔެއްސުރެން ރަނގަޅެވެ. ދެން މިހެންވީ ކީއްވެހެއްޔެވެ؟ ކުއްލިއަކަށް ކިހިނެއް ވީ ހެއްޔެވެ؟ ހޮސްޕިޓަލުން އޭނަ ނުކުތްފަހުން ކަމެއްވީކަން ޔަގީނެވެ. އެހެން ނޫންނަމަ.......
އޭނަ އަވަހަށް ދާން ޖެހޭނެއެވެ. ބޮޑުމަންމަ ދެކެން އޭނަ ދާން ޖެހޭނެއެވެ.
އަވަހަށް އިނާ ތެދުވެއްޖެއެވެ. މޭޒުމަތީގައި ބެހެއްޓި ދަބަސް ނަގައިގެން ގަރާޖްތެރޭ ދޮރުން ނުކުމެ ޑްރައިވަރު ކޮބައިތޯ ބަލާލިއެވެ.
** ** ** ** ** ** ** ** **
އިނާ ގޮސް އޭޑީކޭއަށް ވަންއިރު އެންމެ ފުރަތަމަވެސް ފެނުނީ މީހުންތައް ވަރަށް ހޭލަމޭލައަށް އުޅޭ މަންޒަރެވެ. އެއިން އެއްވެސް މީހަކީ އޭނައާއި އަދި އެ އާއިލާއާއި އެއްވެސް ގުޅުމެއް ނެތް މީހުންނަށް ވީއިރުވެސް، އަދި އެއިން ކޮންމެ މީހަކުވެސް އުޅެނީ އެމީހެއްގެ އަމިއްލަ ކަންތައްތަކުގައި ކަމަށްވިޔަސް، ހިތްއަވަސްވެ ހާސްވެފައިވާ އިނާގެ ހިތް އިތުރަށް ބިރުގަންނަ ގޮތް ވިއެވެ.
މީގެ ވިއްސަކަށް މިނެޓް ކުރިން އޭނަ އެ ހޮސްޕިޓަލްތެރެއިން ނުކުމެގެން ދިޔައިރު އެ ހަލަބޮލިކަމެއްވެސް ނެތެވެ. އިނާ ހިނގަމުން ދިޔަ ވަރަކަށް އަދި ބޮޑުމަންމަ އޮތް ކޮޓަރިއާއި ކައިރިއަށް ދެވޭ ވަރަކަށް އިނާގެ ފިޔަވަޅުތައް އަވަސް ވަމުން ދިޔައެވެ. ދުރުދުރުން ފެނުނު އިރުވެސް އެ ކޮޓަރި ދޮރުމަތިން ވަރަށް ގިނަ ނަރުހުންނާއި މަސައްކަތު މީހުން ފެނެއެވެ. ކުރިއަށްވުރެވެސް އިނާގެ ފިޔަވަޅުތައް އަވަސްވާން ފެށިއެވެ.
އިނާގެ ބޮޑުމަންމަ އޮތް ކޮޓަރި ކުރިމަތީގައި މަންޒަރު ބަލަން އެއްވެފައި ތިބި "ކަމާއިނުބެހޭ" މީހުންގެ ތެރެއިން ގޮސް އިނާ އެ ކޮޓަރިއަށް ވަދެއްޖެއެވެ. އެއާއެކު އިނާގެ ފައިތިލަ ތަތްވިފަދައެވެ. ހަގީގަތާއި ކުރިމަތިލާން އޭނަ ބޭނުން ނުވިފަދައެވެ. ނަމަވެސް ކޮޓަރިތެރެއަށް ރަނގަޅަށް ބަލާލެވުނެވެ. ފަރުވާތެރިކަމާއެކު ވަކިވަކި މީހުންނަށް ބަލާލެވުނެވެ.
ބޮޑުމަންމަގެ މޫނުކައިރީގައި މޫނު ޖައްސައިގެން އޮވެ ސޯފީ ރޮނީއެވެ. ސޯފީއަށް ހިތްވަރުދޭން ހުރި މަންމައާއި އަމީރާއްތަގެ ލޮލުންވެސް ކަރުނަ އަންނަލެއް ގިނަކަމުން އޮބަހައްޓަންވެސް އުޅެނީ އުނދަގޫ ވެގެންނެވެ. ބޮޑުމަންމަގެ ކަނައަތްތިލައިގައި ހިފައި ބާރުކޮށްގެން ގޮނިއެއްގައި ބައްޕަ އިންނެވިއެވެ. ދޮންބެ ހަމަ ގޮތްހުސްވެފައި ބޮޑުމަންމަގެ ފައިލާކޮޅުގައި އިށީނދެލައިގެން، ބޮޑުމަންމަގެ ފައިގައި ފިރުމާލަ ފިރުމާލާ އިނެވެ. ރީހާން ހުރީ އެދެމަފިރިންގެ ދޮށީ ދަރިފުޅު ސަނީހް އުރާލައިގެން ބޮޑުމަންމަގެ ބޯލާކޮޅުން އަނެއް ފަރާތުގައެވެ. އެންމެންގެ ލޮލުގައިވެސް ކަރުނައެވެ. މޫނުތައް ރަތްވެފައެވެ. އިވެނީ ސޯފީގެ ރުއިމުގެ އަޑު އެކަނި ކަމަށްވިޔަސް އެތާ ތިބި އެ އާއިލާ އެންމެންވެސް ރޮނީއެވެ. ދެ ނަރުހަކު ހަމަ ބަލަހައްޓައިގެން ތިއްބެވެ. ތިންވަނަ ނަރުހަކު ލިޔެކިއުންތައް ނިންމަން މަސައްކަތް ކުރަނީއެވެ.
އިނާއަށް ބެލުނީ އެވަރަށެވެ. މަޑުމަޑުން ގޮސް ޝީލާގެ ކައިރިއަށް ހުއްޓި ޝީލާގެ އަތުގައި ހިފިއެވެ. ޝީލާއަށް އިނާގެ ހިލަން ވުމުން އެނބުރިފައި އެ ދަރިފުޅުގެ އަތްތިލައިގައި ހިފިއެވެ. ބޮޑުމަންމަގެ މޫނު ފުރިހަމައަށް އިނާއަށް ފެނުނީ އެ ވަގުތުއެވެ. ބަލާބެލުމަށް ހަމަ ނިދާލާފައި އޮތް ފަދައެވެ. އެކަމަކުވެސް ބޮޑުމަންމަ ނިޔާވީހެއްޔެވެ؟
ޝީލާގެ އަތުގައި އިނާއަށް އޮޅުލައިގަނެވިއްޖެއެވެ. އިނާއަށް ކުރާނެ އަސަރު އެންމެ ރަނގަޅަށް އެނގޭނީ ޝީލާއަށް ކަމަށް ވާތީ، އިނާއަށް ހިތްވަރު ދިނުމުގެ ގޮތުން ގަޔާއި ކައިރިކޮށް އިނާގެ ބޮލުގައި ފިރުމަން ފެށިއެވެ. ވަށައިގެންވާ އެއްކަމެއްވެސް ސޯފިޔާއަށް ނޭނގުނު ކަމުގައިވިޔަސް އިނާ އައިތަން ފެނުމުން އަމީރާއަށް އިތުރަށް ރޮވުނެވެ. އިނާ އޭނަގެ ބޮޑުމަންމަ ދެކެ ވާ ލޯތްބާއި މިއަދު އިނާއަށް ކުރާނެ އަސަރު އިހްސާސް ކުރެވިފައެވެ.
"އަޅުގަނޑު ގެއަށް ދިޔައިރުވެސް ރަނގަޅަށް ނިދާފައި ...." އިނާ އޭނަގެ މަންމަގެ ކައިރީ ބުނަން މަސައްކަތްކުރިއެވެ.
"އެނގޭ ދަރިފުޅާ......ބޮޑުމަންމަ އެންމެ ފަހު ނޭވާލީވެސް ހީވަނީ ދަރިފުޅު މިތާ އިންދާހެން. އެކަމަކު ކީއްކުރާނީ. އެވަގުތަކީ އެއްވެސް މީހަކަށް އެނގިގެންވާ ވަގުތެއް ނޫން.....ނުރޮއި.....ހިތްވަރު ކުރަންވާނެ...." ވާހަކަ ދައްކަން އުޅުމުންވެސް އިނާއަށް ވާހަކަ ނުދެއްކުމުން ޝީލާ އިނާއަށް ބުނެދިނެވެ. ނުރޯށޭ ބުނާއިރުވެސް ރޮމުންނެވެ. ހިތްވަރު ކުރާށޭ އިނާ ކައިރީ ބުނާއިރުވެސް އަމިއްލަ ހިތްވަރުވެސް ދަށްވަމުންދާކަން އެނގިހުރެއެވެ.
ނަމަވެސް އެ ބުނެދިން ވާހަކަކޮޅުން އިނާގެ ހިތް އިތުރަށް ޒަޚަމް ވި ކަހަލައެވެ. އޭނައަށް ހަމަ ނޭނގުނީއެވެ. އެކަމަކު އޭނައަކީ ކިތައް ބަލިމީހުންގެ ފަހު ނޭވާގެ ވަގުތު އެމީހުން ކައިރީ ހުރެ އެ މަންޒަރު ދެކެފައި ހުރި މީހެއް ހެއްޔެވެ؟ އެކަމަކު އޭނަގެ ބޮޑުމަންމަ އޭނައާއި ވަކިވި އިރު އޭނައަށް އިހްސާސްވެސް ނުވީއެވެ.
ކުއްލިއަކަށް ދޮރު ހުޅުވުނު އަޑަށް އެންމެން އެއްފަހަރާ އެ ދިމާލަށް ބަލާލިއެވެ. އެންމެންނަށްވެސް ފެނުނީ ސޯނިޔާ އާއި ރަޔާން ދޮރުން ވަންތަނެވެ. ސޯނިޔާ ފެނުމާއެކު ރީހާން އަވަހަށް ގޮސް ސޯނިޔާގެ ކޮނޑުގައި ހިފައި ގަޔާ ކައިރިކޮށްލަމުން ޚާލިދާ އޮތް އެނދާއި ދިމާލަށް ހިނގައިގަތެވެ. ސުހައިލް އަވަހަށް ކުރިއަށް ޖެހި ސޯނިޔާ އަތުން ރަޔާން އުރާލިއެވެ. ސޯނިޔާއަށް ވާނެގޮތް އޭނައަށް އެނގޭތީއެވެ. ދޮންބެއަކުގެ އެހީ ކޮއްކޮއަކަށް އެފަދަ ވަގުތެއްގައި ބޭނުންވާނެކަން އެނގޭތީއެވެ.
މަންމަގެ މަގަތުން ގޮސް މޫނުގައި އަތްލެވެންދެންވެސް ސޯނިޔާ ހުރީ ލޮލުން ކަރުނަ އައެއް ކަމަކު ވަރަށް ހިތްވަރު ކޮށްގެންނެވެ. ނަމަވެސް މަންމަގެ މޫނުގައި ދެތިންފަހަރު ފިރުމާފަ ބޮލުގައި ފިރުމުނުއިރު ސޯނިޔާގެ ބަޑި ފަޅައިގެން ހިނގައްޖެއެވެ. ކައިރީގައި ހުރި ފިރިމީހާގެ މޭގައި މޫނުޖައްސާލެވުނީ ހިތަށް ކުރަމުން ދިޔަ ވޭނީ އަސަރުން ތަސައްލީއަކަށް އެދެވުނުލެއް ބޮޑުކަމުންނެވެ.
ސޯނިޔާ ކައިރީ ނުރޯށޭ ހަމަ އެންމެ ފަހަރަކުވެސް ރީހާން ނުބުނެއެވެ. ބުނާނީ ވެސް ކިހިނެއް ހެއްޔެވެ. ގެއްލިގެން އެ ދިޔައީ ކިހާ ހެޔޮ މަންމައެއްކަން އޭނައަށް އެނގޭ ވަރަށްވުރެ ބޮޑަށް އެ މަންމަގެ އުފަންދަރިއަށް އެނގޭނެކަން އޭނަ ޝައްކެއް ނުކުރެއެވެ. އެ މަންމަ ވަކިވީކަން އެނގުނީއްސުރެން އޭނަގެ ލޮލުން ކަރުނަ ނުހިފެހެއްޓިގެން އުޅޭއިރު އެ މަންމަގެ ދޮށީ އަންހެން ދަރިކައިރީ ނުރޯށޭ އޭނަ ބުނާނީވެސް ކިހިނެއް ހެއްޔެވެ؟ އެއީ ކިހިނެއް ކުރާނެ ކަމެއް ހެއްޔެވެ؟ ރީހާން އަށް އެކަން ވިސްނެނީ ކަންނޭނގެއެވެ. ރީހާން ނުބުނެއެވެ. އޭގެ ބަދަލުގައި ލޯބިވާ އަންހެނުންގެ ގިސްލުންތަކަށް އޭނަ އެހީވީ އޯގާތެރި ފިރުމުންތަކަކުންނެވެ.
ވަނީ ކީއްކަން ނޭނގޭ އެންމެ ހަތަރު އަހަރުގެ ކުޑަކުޑަ ސަނީހްވެސް މި ހުރިހާއިރު ނުރޮއި ހުއްޓެއްކަމަކު މަންމަ ރޯތަން ފެނުމުން ރޮވެން ފަށައިފިއެވެ. އެ އަޑު އިވުމާއެކު ތުއްތު ތުއްތު ބަލާކަށް ނުހުރެ ރޯން ފަށައިފިއެވެ.
ކުޑަކުޑަ ކުދިންނަކަށް ވާނުވާ ނޭނގޭނެއޭ ބުނަނީ އެއީކީ މުޅިއަކުން ރަނގަޅުވާހަކައެއް ނޫނެވެ. އެ ކުދިންނަށްވެސް އެނގޭނެއެވެ. ހަމަ އެކަނި ބަސްތަކަކުން ހާމަ ނުކުރެވެނީއެވެ.
** ** ** ** ** ** ** ** **
މުޅި އާއިލާގެ ދިރުން ކަމަށްވާ ޚާލިދާ މި ދުނިޔެއާއި ވަކިވި ހިމޭން ހެނދުނަށްފަހު މިއަދު އިރު އަރައިގެން އެ އަންނަނީ ތިންވަނަ ދުވަހަކަށެވެ. ހީވާ ގޮތުން މިއީވެސް ހަމަ އެފަދަ ރީތި ހެނދުނެކެވެ.
އެކަމަކުވެސް...ޚާލިދާގެ އާއިލާގެ އެއްވެސް މީހެއްގެ ހިތަށް މިފަދަ ހެނދުނަކުންވެސް އުފާވެރިކަމެއް އައުމަކީ ނާދިރު ކަމެކެވެ. ހިތާމައާއި މޮޅިން ނޫން ގޮތަކަށް އެގޭގެ އެކަކުވެސް ހުއްޓާ ނުފެނެއެވެ. ވާނީވެސް އެހެންނެވެ. އެ އާއިލާއާއި އެ ވަކިވީ ހަމަ އެކަނި މަންމައެއް ނޫނެވެ. އެ އާއިލާގެ ހުރިހާ މީހަކީވެސް އެއީއެވެ. ކޮންމެ ކުއްޖަކަށްޓަކައިވެސް އެއީ ރަހްމަތްތެރިއެކެވެ. އެހީތެރިއެކެވެ. ކައުންސިލަރެކެވެ. ލަފާދާރެކެވެ. ހެޔޮ އެދޭ މީހެކެވެ. މިހެން ގޮސް އެމީހުންގެ ހަޔާތުގެ ހުރިހާ މަގާމްތަކެއްގެ ނަން ހުސްކޮށް ފުރާފައިވާ ހަމަ އެކަނި މީހަކީ އެ މަންމައެވެ.
ކަރުނަ ނިރާލާފައި ހުންނަ ލޮލެއްމެ ނޫނީ ނުފެނެއެވެ. ވަށައިގެންވާ ކަންތައްތަކުގެވެސް ހިލަން އޮބޭވަރަށް މަންމަގެ މަތިން ހަނދާން ވެފައި ކޮންމެވެސް އެއް ކުއްޖަކު ހުއްޓާ ނުފެންނަ ވަގުތެއް ނާދެއެވެ. ހިތުގެ އަޑިން ހެޔޮ ދުޢާކޮށްލަ ކޮށްލާ ގޭގެ ކޮންމެވެސް އެއް ދިމާލެއްގައެވެ. ނޫނީ ކުރަން އިން މަސައްކަތް ހުއްޓުމަކަށް އައިސްފައި އިނދެވެނީއެވެ.
ކޮންމެ ކުއްޖެއްގެ ހާލަކީވެސް މިއީއެވެ. ޚާލިދާއާއި ޝީލާގެ ހާލަކީވެސް މިއީއެވެ. އިނާއާއި ހަމްދުގެ ހާލަކީވެސް މިއީއެވެ. ގޭގައި އުޅޭ ނޯކަރުންގެ ހާލަކީވެސް މިއީއެވެ.
"އެކޮޅަށްވެސް ބޭނުންވެގެން އެބަގުޅާ އެވަރަށް. ނުގޮހެއް ނުވާނެނު ކޮންމެ ގޮތެއްވިޔަސް." ހެނދުނު ހެނދުނާ ޚާލިދު އާއި ޝީލާއާއި ދެމަފިރިންގެ ދެމެދުގައި ދެކެވެން ފެށި ވާހަކައަކީ މިއީއެވެ.
"އެކަމާ ދެން އެހާ ކަންބޮޑުވާ އެއްޗެއް ނޫނޭ. އަހަރެން ހުންނާނަމެއްނު ދުވަސްކޮޅަކަށް. އިނާއާއި ހަމްދުވެސް ހަފްތާއެއްވަންދެން މިކޮޅުގަ އުޅޭނެނު. ދެން ޚާލިދުވެސް އެކަމާ އެހާ ފިކުރުބޮޑުނުކޮށްބަލަ." ދެންމެ ޚާލިދު ދިއްކޮށްލި ތުވާލި ހިފައިގެން ގޮސް ތުވާލި އަޅުވާ ހަރުގައި އަޅުވަމުން ޝީލާ ޖަވާބު ދިނެވެ.
"އާނ ދެން.....!!!" ބުނާނެ އެއްޗެއް ނޭނގިގެން ޚާލިދު ހުއްޓާލި ކަހަލައެވެ.
"ކުދިވެރިން ވަރަށް ކަންބޮޑުވި ދޯ އެހާ އަވަހަށް ފުރާތީ.؟" ޝީލާވެސް އައިސް ޚާލިދު ހުއްޓިހުރި ލޯގަނޑު ކައިރިން ކުޑަ ގޮނޑީގައި އިށީނދެ ފުނާއަޅަން ފެށިއެވެ.
"ސޯފީ ހަމަ ވަގުތުން ރޯން ފެށީ. ދެން ސޯނިޔާ އެނގެއެއްނު. ހިތްވަރު ކުރާނެ އެ ކުއްޖާ ކޮންމެ ހާލެއްގަވެސް." ޝީލާގެ ފުރަގަހުގައި ހުރެގެން ޚާލިދުވެސް ދިޔައީ ލޯގަނޑުން ބަލަން ހުރެ ފުނާ އަޅަމުންނެވެ.
"ސުހެއިލް......؟" ޝީލާ މިހެން އަހާލީ ފަސް އެނބުރުމުގެ ބަދަލުގައި ލޯގަނޑުން ޚާލިދުގެ މޫނަށް ބަލާލަމުންނެވެ.
"ސުހެއިލް ނުބުނާނެނު އެއްޗެއް. އެކަމަކު މަށަށް ހީވަނީ ސުހެއިލްވެސް އުއްމީދެއް ނުކުރޭ ކަންނޭނގެ އެންމެ 3 ދުވަސްތެރޭ ބޮޑުބެ ދާނެ ކަމަކަށް." ޚާލިދު ޖަވާބު ދިނެވެ.
"ހޫމް........." ޝީލާވެސް ބުނެލީ ހަމަ އެކަނި މިވަރަށެވެ.
ތެދެކެވެ. އެހާ އަވަހަށް ދިއުމަކީ އެމީހުންގެ މަގްޞަދެއް ނޫނެވެ. އެކަމަކު އެކޮޅުގައި، ހޮސްޕިޓަލުގައި ޚާލިދުގެ އިންތިޒާރުގައި އެތައް ބަލިމީހުނެއް ތިބިއިރު، އެމީހުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އޭނަ ދިއުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެކެވެ. އެއީ އޭނަގެ ވާޖިބެކެވެ. އެހެންކަމުން ހަމްދުއާއި އިނާއާއި ޝީލާ ބަހައްޓާފައި ޚާލިދު ނިންމީ އޭނަ އެކަނި ދިއުމަށެވެ. ދައްތަގެ ކުދިންކޮޅު އެކަނި ކޮށްފައި ދިއުމަށް ހިތް ނުރުހުނު ވަރުން އޭނަގެ އަމިއްލަ އާއިލާއާއި އެ އާއިލާ އާއި ހަވާލުކޮށްފައި އޭނަ ދަނީއެވެ. ދާން ޖެހޭތީއެވެ.
** ** ** ** ** ** ** ** **
"އައްސަލާމް އަލައިކުމް......." ޚާލިދު ފުރަން އޮތް ދުވަހުގެ ރޭ އައިސް ސިޓިންގ ރޫމަށް ވަދެފައި ސަލާމް އެގޮވާލީ ޒިޔާދު އެވެ.
"ވައަލައިކުމުއްސަލާމް....ވަދޭ ވަދޭ.." ސަލާމް ބަލައިގަތީ ސިޓިންގ ރޫމްގައި ތިބި 3 މީހުންގެ ތެރެއިން ރީހާން އެވެ.
ޓީވީއަށް ބަލަން އިން ސުހެއިލްވެސް ޒިޔާދު ފެނުމުން ހިނިތުންވެލާފައި އިށީނުމަށް ތަން ދެއްކިއެވެ. ޒިޔާދު ގޮސް އިށީނީވެސް ސުހެއިލް އިން ބޮޑު ސޯފާގެ އަނެއްކޮޅުގައެވެ. އަނެއް ސޯފާގައި އިނީ ރީހާން އާއި ކުޑަ ދަރިފުޅު ރަޔާން އެވެ. ހަމްދުވެސް ވަކި ސޯފާއެއްގައި އިނެވެ.
"މިރޭ ޚަބަރުގަ ކިޔައިފި ތި ކުންފުނިން މުޅިން އާ ކަމެއް ފަށައިގެން އުޅޭ ވާހަކަ. ވާނެތަ އެކަން؟" ޒިޔާދު އައިސް އިށީނުމާއެކު ވާހަކަ ދައްކަން ފެށީ ސުހެއިލްއެވެ.
"ތިބުނީ ސޯލާ ޕެނަލްގެ ވާހަކަ ދޯ......؟؟ ކީއްވެ ނުވާންވީ..........؟؟" ސޯފާގައި ހަމަޖެހިލަމުން ޒިޔާދުވެސް ކޮށްލީ ސުވާލެކެވެ.
"ނުވާންވީ ސަބަބެއް ނެތް.......އެކަމަކުވެސް ހަމަ ތިމީހުން އަދި އަލަށް ފަށައިގެން އުޅޭ ކަމެއްވީމަ ޝައްކުވަނީ......ކުރިންވެސް އެ އުޅޭ ސަންރޭ ހޯލްޑިންގސް އިންވެސް ފަށާފަ ދެން ނޭނގެ ވީ ގޮތެއްވެސް. އޮބިއްޖެ." ސުހެއިލްއަކީ އަބަދުވެސް ވިޔަފާރީގެ މަޢުލޫމާތު ވަރަށް ފުރިހަމަ މީހެކެވެ. ސުހެއިލް އަށް ނޭނގޭ ވިޔަފާރިވެރިއަކު މަދުވާނެއެވެ. ވާނީވެސް އެހެންތާއެވެ. ރާއްޖޭގެ ހުރި އެންމެ ބޮޑު ލޯންޗް އޮޕަރޭޓިންގ ކުންފުންޏަކީ ސުހެއިލްގެ ސަތޭކަ އިންސައްތަ ހިއްސާވާ ތަނެކެވެ.
"އެހެނެއް ނުވާނެ. ފުދޭވަރެއްގެ ރިލައިބަލް ކުންފުނިތަކެއް މިކަމުގައި އަހަރެމެންނާއެކު ބައިވެރިވެގެން އުޅެނީ...." ޒިޔާދު ބުނަން ފެށިއެވެ.
"ކުންފުނިތަކެކޭ........؟؟" އެމީހުން ދައްކަމުން ދިޔަ ވާހަކައަށް ރީހާންވެސް އިނީ ސަމާލުވެގެންކަމުން ރީހާންއަށް އަހާލެވުނީ އެންމެ މުހިއްމު އެއް ސުވާލެވެ.
"އާނ.......އަނެއްހެން ޕަބްލިކަށް ނޭނގުނަސްވެސް.......ޖުމްލަ 5 ކުންފުނީގެ އެހީއާއެކު މިކަން ކުރަނީ. އަހަރެމެން އެކަނި ކިހިނެއް މާލޭގެ ކޮންމެ ގެއެއްގައި ސޯލާ ޕެނަލް ބަހައްޓަން ޚިޔާލުވެސް ކުރާނީ." ޒިޔާދު އަކީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ކަމަށް ވުމުން ޒިޔާދުއަށް ހުރިހާ މައުލޫމާތެއް ބަރާބަރަށް އެނގެއެވެ.
"މާލެއަށް އެކަނިތަ ސޯލާ ޕެނަލް ބޭނުންވަނީ؟" ސުހެއިލް އަހާލިއެވެ.
"ނޫނޭ....އެހެންނަކުން ނޫން. އެކަމަކު ފަށާއިރު ފެށޭނީ މިގޮތަކަށްނު؟ އަހަރެމެންގެ ޓާގެޓަކީ 2010 އަންނަން ވާއިރަށް މި 5 އަހަރުތެރޭގައި މާލޭގެ ގެތަކަށް ސޯލާ ސިސްޓަމް ތަޢާރަފްކޮށް، ކަރަންޓާއި ފެނުގެ ޚަރަދު ކުޑަކޮށްދޭން ދަސްކޮށްދިނުން." ޒިޔާދު އޭނަގެ ޝާހީ ގޮތުގައި ބުނެލިއެވެ.
"ބުނަން ވަރަށް ފަސޭހަ ވާނެ ތިކަން. ކުރެވޭނެބާއޭ ހިތަށް އަރަނީ" ސުހެއިލް އަކަށް އެ ވާހަކައަށް ތާއީދެއް ނުކުރެވެއެވެ.
"ކުރެވިއްޖެއްޔާ ރަނގަޅުކަމެއް ތިއީ އިނގޭ. ތިމާވެށީގެ މައްސަލައަށް އޭރުން ކިހާ ބޮޑު ހައްލެއް އެ ލިބެނީ." ރީހާންވެސް އެ ވާހަކައަށް ތާއީދު ކުރިއެވެ.
"އާނއެކޭ. ކަން އޮތީ ތިހެން. އެކަމަކު ބުނަން. އަހަރެމެން މި ދިވެހި ސޮސައިޓީގަ ތި ފިކުރު ގެންގުޅޭ މީހުން ވަރަށް މަދު އިނގޭ. މިކަން ހުއްޓުނަސް ހުއްޓޭނީވެސް އެ ގޮތްވެގެން. ތިމާވެށީގެ މައްސަލަ އަކީވެސް މީހުންނަށް ފެންނަން ހުންނަ ކަމެއް ނޫންވީމަ އެކަމަށް ރަނގަޅު ބަދަލެއް އަތުވެދާނެކަމަކަށް ގަބޫލުކުރުމަކީ މީހުންނަށް ވަރަށް އުނދަގޫ ކަމެއް. އަނެއްކޮޅުން...މި ރާއްޖޭގެ މީހުންނަކަށް ނޭނގެ ފައިސާގެ އަގު ކުރާކަށެއް. ދެން ކިހިނެއް....؟؟" ޒިޔާދު އަކީ ތަޢުލީމީ މީހެކެވެ. ޒިޔާދު އެ ދައްކަމުން ދަނީ ތޯތޯ ވާހަކަތަކެއް ނޫނެވެ. އެއީ ހަގީގަތެވެ.
"އަނހަނ....ޒިޔާދުވެސް އެބައިނީމު ދޯ.....ހިނގާ ކާންދާން...." ދެންމެއަކު ގެއަށް އައިސް ވަން ޚާލިދުއަށް ޒިޔާދު އިންދާ ފެނުމުން އުފާވެރިކަމާއެކު ރޭގަނޑުގެ ކެއުމަށް ދަޢުވަތު ދިނެވެ.
"ނޫނޭ....އަޅުގަނޑު .... އިނާއާއެކު ބޭރުން ކާން ބުނެފަ އަޅުގަނޑު އޮތީ." ޖެހިލުންވެ އިނދެ ޚާލިދުގެ ދަޢުވަތާ ދެކޮޅު ހަދަމުން ޒިޔާދު ބުންޏެވެ.
"އެހެންތަ އެހެންވެއްޖިއްޔާ މާ ލަސްވެސް ވެއްޖެއެއްނު. އެހެރަ އަށްގަޑި ބައިވީވިއްޔަ. ބޭބެ ފުރަން ދާންޖެހޭނެ ދިހަގަޑިބައިގަ. އެހާއިރަށް އަންނަންވާނެ." އަތުކުރީގައި އޮތް ގަޑިއަށް ބަލާލަމުން މިހެން ބުނެލާފައި ޚާލިދު ވަދެގެން ދިޔައީ އެތެރެއަށެވެ. އިނާއަށް އައިސް ސިޓިންގރޫމަށް ނުކުމެވުނީ އެވަގުތުއެވެ.
** ** ** ** ** ** ** ** **
ޒިޔާދު އެއައީ އެގެއަށް އަލަކަށް ނޫނެވެ. ޚާލިދާ ނިޔާވެގެން ހޮސްޕިޓަލުން ގެންދިޔައިއްސުރެ އަސުރު ނަމާދަށްފަހު ވަޅުލަންދެންވެސް އެންމެ އިސް މީހެއްގެ ގޮތުގައި ޒިޔާދު އެތަނުގައި އުޅެފައި ވެއެވެ. އަދި އޭގެ ފަހުން، ދޭތެރެ ދޭތެރެއިން އައިސް އެގެއަށް ވަދެލައެވެ. ޚާލިދުގެ އެދުމުގެ މަތިން ކަމަށްވެސް ވެދާނެއެވެ. ނޫނީ، ޚާލިދާ ދުނިޔޭގައި ހުރިއިރު ބުނެ ބުނެވެސް އެގެއަށް މަހަކު އެއްފަހަރުވެސް ވަދެލެވިފައި ނެތްކަން އިހްސާސް ކުރެވުނުލެއް ބޮޑުކަމުން އެގެއަށް އައުން އެއީ އާދައަކަށް ހެދީކަމަށްވެސް ވެދާނެއެވެ.
ކޮންމެ ގޮތެއް ވެގެން ކަމުގައި ވިޔަސް، އެނގޭ ވަރަކީ، ފެންނަ މަންޒަރަކީ ފާއިތުވެދިޔަ 3 ރޭވެސް އޭނަ އެގެއަށް އައި ކަމެވެ. އިނާއަށްޓަކައެވެ. އިނާއަށް ލިބިފައިވާ ހިތާމައިގައި ބައިވެރި ވުމުގެ މަގްޞަދުގައެވެ.
ބޮޑުމަންމަ ނިޔާވީއްސުރެ ޒިޔާދުގެ ފަރާތުން އިނާއަށް ފެންނަމުންދާ އޯގާތެރިކަމާއި ލޯތްބަކީ އިނާގެ ސިކުނޑިއަށް ގަބޫލުކުރަންވެސް ދަތި ކަމެކެވެ.
އެދުވަހު ހޮސްޕިޓަލަށް ޒިޔާދުއަށް ދެވުނީ ދިހައެއްޖަހަން އުޅެނިކޮށް ކަމުގައިވިޔަސް، އޭގެ ފަހުން އެންމެ ސިކުންތަކަށްވެސް ޒިޔާދު އެތަނުން އަދި އޭނަ ކައިރިން ދުރަށް ނުދެއެވެ. އޭނައަށް ޒިޔާދުގެ މާ ބޮޑު އެހީއެއް ބޭނުން ނުވާއިރުވެސް ޒިޔާދު ދިޔައީ ހުރިހާ އިރެއްގައިވެސް އޭނައާއެކުގައި ޒިޔާދު ހުރިކަން އަންގައިދެމުންނެވެ. ނަތީޖާއެއްގެ ގޮތުން އެންމެ 3 ދުވަސް ތެރޭގައި ޒިޔާދުއާއި ދޭތެރޭގައި ހިތުގައި ގަދަރާއި ލޯބި އިތުރުވެއްޖެއެވެ. ކުރިން އޮތްވަރަށްވުރެވެސް ބޮޑަށެވެ. ޒިޔާދުގެ ހުރިހާ އުނި ސިފައެއްވެސް ލޮލަށް ނުފެންނަ ވަރަށެވެ.
**********(ނުނިމޭ)**********
މުރާސިލް ހޯމްޕޭޖް އަށާއި
ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ
އެވެ.
ސޮފާ...ހަމަ ރޮވިއްޖެ..
rao manzaru dhigu kuree kiyun
therin roah vantha??? ekamaku aa furey goi vaneee
ފައިޝް: ވާހަކަ އަކީ ކޯޗެއްކަން ނޭނގޭ މީހުން ވާހަކަ
ކިޔަން ފެށީމަ ވާނީ ތިހެން. ނަސީބެއްނު ބޮލަށް އެނބުރުން ނޭރިކަން. މި ވާހަކަ ހަމަ
ވަރަށް ރަނގަޅު. ހަމަ ވަރަށް ފުރިހަމަ.
ޝަޒް: ނަސީބެއްނު ހޭ ނުނެތުނުކަން
ނަވާ..........ތީގަ ސަޅި ވީހީ ހޭނެތުންނަމަ އެއްނު.....ނުވިއެއްނު ކަމެއް ނަވާ
އަކަށް..........އެނީވޭސް ވާހަކަ އެއީ ކޯޗެއްކަން ނެންގި ކިޔަންޔާ ވާނެ ތިހެން :)
ހެހެހެހެ..........ތިކަހަލަ މީހުން ރަގަނޅުވާނީ ހަމަ ވާހަކަ އޭ މިކިޔާއެއްޗެއް
ނުކިޔުން..........ސޮފާ ޑޯންޓް ވޮރީ.......އެހެން ކުނަމެއްސެއް އައިސް ފުހިކަމުން
އާ ފުރުނޭ ބުންޔަސް އަޅައެއް ލާނެ ކަމެއް ނެތް..............ވާހަކަ ހަމަ150..........މިބުނީ ހަމަ އެހާވެސް
ސަޅިއޭ..........ސޮފާއަށް އިނގޭ ކިޔުންތެރިން ރޮއްވާލަންވެސް ހެއްވާލަންވެސް ދޯ
ސޮފާ.........ތޭންކްސް ފޯރ ދަ ލަވްލީ ސޮޓޯރީ ސޮފާ..............މާތްﷲ ސޮފާއަށް
އަބަދުވެސް ހެޔޮ ރަހުމަތްލައްވާށި!!!!!!!!!!!!އާމީން!!!!!!!!!! ވެއިޓިންގ ފޯރ
ނެކްސްޓް ޕާރޓް.............. :)
ޝުކުރިއްޔާ ސޮފާ މިވާހަކަ ގެނެސްދިނީތީވެ...! ޓޭކް ކެޔަރ..
ހާދަ ރަގަޅޭ. ހާދަ ހެވޭ. "ތިހެން ވާން ވާނެ އިނގޭ!
އެކަމު އިނާގެ ހިތަކީ ވަހުތާނެއްތަ! ޒިޔާދު ހަމަ ދަޅައެއް ދައްކާލާ އިރަށް
ބަދަލުވާން. އިނާ ހަމަ ހޭގަ ހުރެގެންތަ ޒިޔާދަށް ޤަދަރުކޮށް ލޯބިވަނީ. ހޭވެރިކަން
ވީމަ އެނގޭނެދޯ!
ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ރީތި......މިހިސާބުން
ނިމޭނެކަމަށް ހިއެއްނުކުރަން..އެހާވެސް އިނާގެ ލައިފްގެ ތެރޭގަ
އުޅެވުނީ......ތޭންކްސް އަޕްކޮށްދިނީތީވެ......އުއްމީދުކުރަން ދެންއޮތްބައިވެސް
އަވަހަށް ފެންނާނެކަމަށް....(:
ވާހަކަ ވަރަށް ރީތި.. ކިޔަމުން ދިޔައިރު ހީވަނީ މަންޒަރުތައް
ލޮލަށް ސިފަވާހެން.. އަނެއްބައިވެސް އަވަހަށް ގެނެސްދެއްޗޭ އިނގޭ ސޮފާ..
ފޫހި ދެން.. ފެމެލީ ވާހަކަ މާ ގިނައީ..
ކޮބާތަ މިހާރު ނަވީން. އޭނަގެ ޚަބަރެއވެސްނުވޭ.
އަޅޭ ހަމަ އެ ޖިޔާދު ގަޑަށް ރަގަޅުގޮތް ތި ހަދަނީ
ކީއްވެތަ... ޕްލީސް އިނާ ޔާ ޖިޔާދުއާ އަވަހަށް ދުރު ކުރުވާ.. ދެން ޖިޔާދު ޖަލަށް
ފޮނުވާލާ.... ހެހެހެހެ އިނާ އެ ކުޑަ ކުޑަ މޮޔައެއްދޯ ދެއްކޭމީހުން ވެސް ވަކި ނުވެ
އަޅަކަށް ވެފަ .....ރިއަލީ އައި ލަވް އިޓް ޔޫއާ ގުރޭޓް .... ޕްލީޒް އަޕްލޯޑް އޭސް
ސޫން އޭސް ޔޫކޭން...
ސޮފްޓީ...........ހާދަ ރަނގަޅޭ އަވަހަށް ގެނެސްދިނީމަ.
ވަރަށް ކިޔާހިތްވޭ ސޮފްޓީ ލިޔާ ވާހަކަ. ކިޔަމުންދާއިރު ވަރަށް ބޮޑަށް މަންޒަރު
ސިފަވޭ. ވވވވވވވވވވވވވވވވވވވވވވވވވވރީޓި . އަވަހަށް ގެނެސްދެއްޗޭ އަނެއްބައި.
އިންތިޒާރުގަ މިހިރީ.
ފަތިސްތަރި ހާދަ ރަނގަޅޭ ވާހަކަ އަވަހަށް ގެނެސްދިނީމަ.
ވަރަށް ސަޅި ފަތިސްތަރީގެ ވާހަކަތައް........ވވވވވވވވވވވވވ ރީތި. އެކަމަކު ޒިޔާދު
ދޯ..........ކޮންކަހަލަ ގޮލައެއް އެއީ.......ހެހެހެހެހ.............އަނެއްބަޔަށް
އިންތިޒާރު ކުރަން.
ހައި ސޮފާ ކިހިނެތްތަ؟ ދުވަސްކޮޅެއް ކޮއްލާފަ އަލުން ވާހަކަ
ގެނެސްދޭތީވވވ ތޭންކްސް އިނގޭ.ވާހަކަ ވވވ ނައިސް.ވވވ އިންޓްރެސްޓް ހަމަ.ކާކުބާ ދޯ
ވިން ވާނީ ޒިޔާދު އޯ ނަވީން... ލެޓްސް ސީދޯ.ޓީސީ.
ވަރަށް އުފާވޭ އަވަހައް
ގެނެސްދޭތީ................މުރާސިލްގެ ގިނަ ވާހަކަތައް ގެނެސްދޭލެއް ވަރައް
ލަސް......އެހެންވެ ވާހަކަ މަތިން ފޫހިވޭ.......މިވާހަކަ ވަރައް ސަޅި
ހެހެހެހޭ! އެއީހަމަ ލިޔުމުގެ މިސްޓޭކެއް އިނގޭ! ދެން
ވާހަކަދޯ! ސޮފްގެ ކުރީގެ ވާހަކަތަކާއި މިވާހަކައާއި ވަރަށް ތަފާތުހެން ހީވަނީ
ޔަގީންވެސް ކަންނޭއްގެ، ކުރީރިން ލިޔެފައި ހުންނަ ވާހަކަތާކާއި މިވާހަކަޔާ ވަރަށް
ތަފާތު ކުރީގެ ވާހަކަތަކުގައި ހުންނަ ކަހަލަ އެއްވެސް ހިތްދަމައިގަންނަކަހަލަ
އަސަރުގަދަ ގޮތެއް ފާހަގައެއް ނުކުރެވޭ، އެކަމަކު ހަމަ ބުނެލަން ބޭނުމީ
މިވާހަކާގެވެސް އިބާރަތް ބިނާކުރަމުން އަންނަލެއް ވަރަށް ސަޅިއޭ ބުނެލާނީ،
ދެރަނުވައްޗޭ ސޮފްއަށް ލިބޭ ކުރިއެރުމެއްނު ދޯ ތީހާރީތިކޮށް ވާހަކަލީޔާކުއްޖަކަށް
ދޮގު ކޮމެންޓްކުރާކަށް ނުވާނެއެއްނުދޯ ވ ފޫހިވޭ ދޮގުބުނަން އެހެންވެ ހަގީގަތަށް
މިބުނީ އެނގޭ އެކިމީހުންނަށް ރީތިވާނީ އެކިރީތިކަންވެސް، ލަޔާލް ދެކޭގޮތް މިބުނީ
ދެން ހީވަނީ ކުރިއަށް އޮތްބައި ސަޅިވާނެހެން، ޓޭކް ކެއަރ
އަޅެ، ދިސް އިޒް އޯސަމް......... ހަމަ ބަރާބަރު، އޮބިނޯވޭ،
ތިކުރާ މަސައްކަތަށް ހަމަ ސާބަސް، :)
ކަމަކު ނުދޭ.......އުއްމީކުރީ ވ ފުރިހަމަ ވާނެ
ކަމަށް.ވަރަށް ދުވަސް ކޮއްލާފަ މި ބަލާލެވުނީ ވެސް..ރަނގަޅުވާނެކަމަށް
އުއްމީދުކުރަން
ސޯލާ ޕެނެލްތަކުގެ ވާހަކައާ ވަރަށް ގަޔާވެވިއްޖެ! ޒިޔާދު
ކުރަންއުޅުނެއް ކަމަކު ސަޅި ކަމެއް އެއީ.
ފައިޝްގެ އެންމެފަހުގެ ކޮމެންޓް ކިޔާފަ ހީހީ ބަލިވެއްޖެ!
ހުއްޓާލަންވެސް އުނދަގު ވެއްޖެ! ހެ...ހެ...ހެ. ހާދިސާގަ ހިއްސާވާ އެންމެންގެ
އިޙްސާސްތައްވެސް، ޚާއްސަކޮށް ކުޑަކުއްޖާގެ އިހްސާސްވެސް ވަރަށް ފުރިހަމައަށް
ގެނެސްދީފަ އެބަހުރި. ސޮފާ! ޔޫ އާ ގްރޭޓް. ކީޕް އިޓް އަޕް!
އަޅެ ހާދަ ސަޅިއޭ ސޮފާގެ މި ވާހަކަވެސް... ދެން އެކަމް
އިނާ އަށް މިވާ ގޮތެއްދޯ.. ސޮފާ ކޮބާތަ ނަވީން މިހާރު؟ އިނާ އާ
ނަވީން އަދި ދިމާވާނެ ދޯ.. ހަމަ ވ.ސަޅި އިނގޭ ވާހަކަ ގެންދާ ގޮތް..
ހެހެހ. ނުވެސް ޖެހޭ ރޮއްވަން އުޅޭކަށް. އެއަށްވުރެ ކުރިން
ރޮވޭނެ. ޝަޒު ނިކަން ބުނެބަލަ! ހިއެއް ނުވޭތަ ނަވާ ނުރޯން ހިތްވަރުކޮށްގެން ހުއްޓަ
ރޮވުނީއެކޭ.
ތެދެއް އެކި މީހުނަށް ރީތިވާނީ އެކި ރީތި. ވެދާނެ ލަޔާލު
ގަޔާވާ ސްޓައިލްގެ ވާހަކައަކަށް ނުވަނީ ކަމަށް. ތެދަށް ބުނަންޏާ ބުނެވޭނީ ބޮޑާ
ނަފްސު ކިޔުމަށް ފަހު މިވާހަކަ ކިޔާ މީހަކަށް ފާހަގަ ކުރެވޭނީ ފަތިސްތަރީގެ
ކުޅަދާނަކަމާއި ހުނަރުވެރިކަމޭ. އެހެނީ، ތަފާތު ސްޓައިލްގެ ވާހަކަތައް ތަފާތު
އިޙްސާސްތަކާއެކު އެއް ލިޔުންތެރިޔަކު ހުށަހަޅައި ދިނުމަކީ ކޮންމެ
ލިޔުންތެރިއަކަށް ކުރެވޭ ކަމެއްނޫން. ފަތިސްތަރިއަށް އެރޮންގެ ކޮމެންޓް ލިބޭނީ
"ދޭތެރެއަކުން" ނޫން. ވަގުތު ވީ ވަރަކުން ޙާލަތު ތަންދިން މިންވަރަކުން
އެކަން ވާނެ. މަގު ވަރަށް ސާފު! ކުރިޔަށް ވަޑައިގަންނަވާ!
ޝީ ދަރިފުޅާ! ކަމަކު ނުދެއޭ އެކަނި ބުނެގެން އެނގޭތަ! އަޅެ
ބުނެދީ ބަލަ! ކަމު ނުދާ ސަބަބު. އޭރުންނެއްނު ލިޔުންތެރިޔާއަށްވެސް ފައިދާ އެއް
ކުރާނީ. ނޫނީ ޝީ އަށް ކަމުދާ ގޮތެއް ހެދޭތޯ މަސައްކަތެއް ކުރެވޭނީވެސް
ހަންޑި އާއި ގުޅޭ ވެއްޓެއް ނުފެންނާތީ ނާދެވެނީ.
ފަތިސްތަރިއަށް އެނގެއެއްނުދޯ! ހޮސްޕިޓަލް ތަކާއި ގޭގޭ ސިޓިންގ ރޫމް ތެރެއަށް
ހަންޑި ވަންނާކަށް ނުވާނެއެއްނު. އެހެންވެ ބަލަހައްޓައިގެން ހުރީ
ވަރަށް ޓަޗިންގ ޕާޓެއްމީ...... ވަރަށް ގިނަ ދުވަސް ކޮސްފަ
މިވާހަކަ މި ކިޔުނީ..... ވ ވ ވ ވ ރީތ.... ކީޕް އަޕް ދަ ގުޑް

No comments:
Post a Comment