🌟🌟Fathisthari Vaahaka🌟🌟

Once upon a time it happened, how it happened is a fiction by me for you.

ފޯންކޯލް - 30 ވަނަ ބައި


ކަންތައް ދިމާވީ ވަރަށްވެސް ރަނގަޅަށޭ ބުނެވިދާނެއެވެ. އެ ނުރައްކާތެރި ހަމަލާއަށްފަހު އިނާއަށް ހޭލެވުނީ އެދުވަހު އިރުއޮއްސެން ދަނިކޮށެވެ. ނަވީންވެސް ހުއްޓައެވެ. ދިލްމާ އާއި ހައިފާ އާއި ފާތުންވެސް ހުއްޓައެވެ. ހަމްދު އާއި ޚާލިދުވެސް އަދި ހަމަ ޝީލާވެސް ހުއްޓައެވެ. އާއިލާގެ އެންމެން ތިއްބައެވެ.
"ދަރިފުޅާ.......ކިހިނެއް މިހާރު.......؟" ދެންމެ ލޯ ހުޅުވާލި އިނާގެ ބޮލުގައި ފިރުމާލަމުން ޝީލާ އެހިއެވެ. ޖަވާބަކަށް އިންތިޒާރުކޮށްގެނެއް ނޫނެވެ.
"ހަމްދު ކޮބާ......؟" ނިންދަވާފައި އޮތްހުރިހާ ވަގުތެއްގައިވެސް ހުވަފެނުގައި ފެނުނު ކޮއްކޮ އާއި ބެހޭގޮތުން އިނާ ސުވާލުކޮށްލިއެވެ. ދެކެން ބޭނުންވިލެއް ބޮޑުކަމުންނެވެ.
އިނާ އެހީ ހަމްދުގެ ވާހަކަ ކަމުގައި ވިޔަސް، އިނާ އަނގައިން ބުނެލި އަޑު އިވުމުން އެތާ ތިބި އެންމެންގެ ހިތްވެސް ވަރަށް ބޮޑަށް ހަމަޖެހުނެވެ. އޭގެ ތެރެއިންވެސް ނަވީނަށް ލިބުނީ ބޮޑު ހިތްހަމަޖެހުމެކެވެ. އިނާއަށް ވާހަކަ ދެއްކުމަށް ދަތިވެދާނެއޭ އޭނަގެ ހިތަށް އެއްފަހަރު އަރާފައި ވާތީ، އެބިރު އޭނަގެ ހިތުގައި އުފެދިފައި އޮތްވާ އިނާގެ އަޑު އިވުމުން ހަމްދާއި ޝުކުރު ކުރެވުނެވެ.

"
އެހެރީނު........؟ ކިތަންމެ އިރެއް ހަމްދު ހުންނަތާ މިހާރު.....ދަރިފުޅާ އައިސްބަލަ މިކޮޅަށް....." އެނދުގެ ފައިލާކޮޅުގައި ހުރި ހަމްދުއަށް ގޮވާފައި ކައިރިއަށް އައުމަށް ޝީލާ އެދުނެވެ. އެ ދެކުދިންގެ އުމުރުގައި ހުރި 15 ވަރަކަށް އަހަރުގެ ތަފާތުގެ ސަބަބުން އެއް ކުއްޖަކު އަނެއް ކުއްޖަކަށް އުފެދިފައި އޮންނަ ލޯތްބަކީ ވަރަށް މަތީ ދަރަޖައިގެ ލޯތްބެއްކަން އެންމެ ރަނގަޅަށް އެނގޭނީވެސް އެ މަންމައަށެވެ. އެހެންކަމުން ޝީލާ އުފާ ކުރިއެވެ. އަދި އެތާ ތިބި އެންމެންވެސް ހަމްދުއަށް ކުރިއަށް ދިއުމަށް ތަން ދެއްކިއެވެ.

އިނާ ކައިރިއަށް ހަމްދު އައެއްކަމަކު، އިނާ އެއްވެސް ހަރަކާތެއް ނުކުރެއެވެ. ނުފެންނަތާ އެތަކެއް ދުވަސްވެފައިވާ ފަދައިން ހަމްދުއަށް ރަނގަޅަށް ބެލިއެވެ.
"
މިއަދު ޓިއުޝަނަށް ނުދާ ދުވަހަކީތަ؟" އެހެން ރޭރޭ އެ ގަޑީގައި ހަމްދު ހުންނާނީ ޓިއުޝަނުގައިކަން އިނާ ހަނދާން އެބަހުރިކަން ޔަގީނެވެ.
"
މިރޭ ނުދަން........" ހިނިތުންވެލަމުން ދޮންތަ ކުރި ސުވާލަށް ހަމްދު ޖަވާބު ދިނެވެ. މީހުން ގިނަ ތަންތަނުގައި އެންމެންގެ ސަމާލުކަން ތިމާއަށް ހުއްޓިފައި ހުރިކަން އެނގޭނަމަ އެ އުމުރުގެ ހުރިހާ ފިރިހެންކުދިންވެސް ލަދުގަންނަ ފަދައިން ހަމްދުގެ މޫނުމަތިންވެސް ފެންނަމުން ދަނީ ރަކި ހިނިތުންވުމެކެވެ. އެހެންނަމަވެސް އެއީ އޭނަގެ ދޮންތަ ރަނގަޅުވާ ކަމުގެ ނިޝާނެއް ފެނުމުން އައިސްފައި ހުރި ހިނިތުން ވުމެކެވެ. އޭނަގެ ދޮންތައަށްޓަކައެވެ.

"
ތަދުވޭތަ ދަރިފުޅާ.....މިބުނީ އެއްވެސް އުނދަގުލެއް އެބަވޭތަ؟" އިނާގެ ވައަތްފަރާތުން އައިސް ކައިރިވެލަމުން މި ސުވާލު ކުރީ އެވަގުތު ޚާލިދެވެ.
"
އުނހޫނ........" ކުރު ޖަވާބަކުން އިނާ ނިންމާލިއެވެ.
"
ދަރިފުޅަށް އެއްވެސް އުނދަގުލެއް ވަންޏާ ބުނަން ވާނެ އިނގޭ....އެނގިއްޖެ ދޯ ބައްޕަ މި ބުނި އެއްޗެއް؟" އިނާއަށް އެއްޗެއް ވިސްނައިދޭން ބުނާކަހަލަ ރާގެއް ޚާލިދުގެ އަޑުގައި ހުއްޓެވެ. ޝީލާއަށް އެ ކަން ވިސްނުނެވެ. އޭނަގެ ފިރިމީހާ އަކީ ޑޮކްޓަރަކަށް ވީ ފަދައިން ދަރިފުޅަކީ ސީނިއަރ ނަރުހެކެވެ. އެފަދަ ކަމެއްގައި ވާނެ ގޮތްތައް އެ ދެމީހުންނަށް ނޫނީ ދެން އެތަނުން އެނގޭނީވެސް ވަކި ކާކަށްހެއްޔެވެ؟ އޭނައަށް އެނގިދާނެތީ ސިއްރު ކުރަންވެގެން ޚާލިދު އިނާއަށް އިންޒާރެއް ދިނީތާއެވެ. އެކަމަކުވެސް އޭނައަށް އެނގިއްޖެއެވެ.

"
ދަރިފުޅުގެ ހުރިހާ ރައްޓެހިކުދިން އެބަތިބި........" އިނާއަށް ފެންނާނެހެން ކުޑަކޮށް ދުރަށް ޖެހިލަމުން ޝީލާ ބުނެލިއެވެ. ވަކިވަކިން ފަހަރަކު މީހެއްގެ މޫނަށް އިނާ ބެލިއެވެ. ނަޒަރު ގޮސް ހަރުލީ ނަވީންގެ މޫނުގައެވެ. އިނާގެ މޫނުގެ ކުލަ ބަދަލުވެގެން ދިޔައީވެސް އެވަގުތުއެވެ. ރަހުމާއި އޯގާތެރިކަމުގެ ލޯތަކަކުން އިނާ އަށް ބަލަން ތިބި އެންމެންނަށްވެސް މިކަން ފާހަގަ ކުރެވުނެވެ.

"
ނަވީން .............." ހިމޭންކަމުގެ ސިކުންތުކޮޅަކަށްފަހު ޚާލިދުގެ މި ގޮވާލުމުން އެންމެންނަށްވެސް އެނބުރިލެވުނެވެ. ވޯޑުން ނުކުންނަން ގޮސްގޮސް ހުރި ޚާލިދު ނަވީނަށް ގޮވީ ކޮންމެވެސް ވާހަކައެއް ދައްކަންވެގެންނެވެ. އެއީ އިނާއާއި ނަވީން އެވަގުތަށް ދުރުކުރަން ކަމެއް ނުވަތަ އެތާ ތިބި އެހެން މީހުންނަށް އެ "ދެމީހުންގެ ހަގީގަތް" އެނގިދާނެތީކަމެއް ނުވަތަ ޚާލިދު ޚުދު އޭނަގެ އަމިއްލަ ނަފްސަށް ހިތްވަރު ހޯދުމުގެ ގޮތުން ނަވީން ގެންދިޔައީކަމެއް ނޭނގެއެވެ.

ކޮންމެއަކަސް، އިނާއާއި އަނގައިން ބުނެލާނެ ފުރުޞަތެއްވެސް އަދި މައާފަށް އެދިލާނެ ފުރުޞަތެއްވެސް ނަވީނަކަށް ނުލިބުނެވެ. އެކަމަށް ނަވީން އިންތިހާއަށް އެދި ހުއްޓެއްކަމަކު އެކަމަށް ނަވީނަށް ވަގުތެއް ނުލިބުނެވެ.
މިހުރިހާ މަންޒަރަކާއި އަޑެއް ދިލްމާ ދިޔައީ ފާހަގަ ކުރަމުންނެވެ.

ދިޔަ ވަރަށްވުރެ އަވަހަށް ޚާލިދު އަތުވެއްޖެއެވެ. ދެ ޑޮކްޓަރަކު ގޮވައިގެންނެވެ. ޔުނިފޯމްގައި ހުރި ނަރުހަކުވެސް ފަހަތުން އައެވެ. އެމީހުންގެ ތަންކޮޅެއް ފަހަތުން ނަވީންވެސް ހުރެގެން އަންނަތަން ދިލްމާއަށް ފެނުނެވެ.

ޑޮކްޓަރުން އައިސް އިނާގެ ޒަޚަމް ބަލާ ލޭ ބަލާ އަދިވެސް މިފަދަ ޗެކަޕްތައް ކުރަމުން ދިޔައެވެ. އިނާގެ ޒަޚަމުގެ ފަހުން އެ ހޭލެވުނީ އަދި ކިރިޔާ ކަމުން، ބަލަން ޖެހޭ ކިތަންމެ ބެލުންތަކެއް ހުއްޓެވެ. ކައިރީގައި ހުރި ނަރުހަށް ޑޮކްޓަރުން ދިޔައީ އެކިއެކި އިރުޝާދުތައް ދެމުންނެވެ. ހައިފާ އާއި ފާތުން އެކޭ އެއްވަރަށް އިނާވެސް ޑޮކްޓަރުގެ ވާހަކަތަކަށް ސަމާލުކަން ދެމުން ދިޔައެވެ.

"
ހުރިހާ ކަމެއްވެސް އަދި ރަނގަޅު. އިރާދަކުރެއްވިއްޔާ ދެން ވާނީވެސް ރަނގަޅު." ފަނަރަ ވަރަކަށް މިނެޓްވަންދެން އިނާއާއެކު ހޭދަކުރުމަށްފަހު ޑޮކްޓަރުން ކުރި ކޮމެންޓަކީ އެއީއެވެ.
ނަމަވެސް އެ ކޮމެންޓާއެކު ޚާލިދު އެތަކެއް ސުވާލުކުރިއެވެ. އެތަކެއްވާހަކަ ދެއްކިއެވެ. އެންމެންވެސް ހިމޭން ކަމާއެކު ތިބެގެން އަޑުއަހަމުން ދަނިކޮށް ތަނުގެ ހިމޭންކަން ނަގާލީ ނަވީންގެ ފޯން ރިންގުވާން ފެށުމުންނެވެ.

"
އެކްސް ކިއުޒް....." ވަރަށް އަވަސް ހަރަކާތާއެކު ޖީބުން ފޯން ނަގަމުން މިހެން ބުނެލާފައި ނަވީން ހިނގައިގަތީ ފޯން ހިފައިގެން ބޭރަށެވެ. އިނާ ބަލަން އައި ޑޮކްޓަރުންނާއެކު ޚާލިދު އެ ވޯޑުން ނުކުމެގެން ދިޔައިރުވެސް ނަވީންއެއް އެނބުރި ނާދެއެވެ.
** ** ** ** ** ** ** **
އިނާއަށް ލިބުނު ބޮޑުގެއްލުމުން އިނާ ސަލާމަތްވި ކަމަށްޓަކައި އުފާ އުފަލާއެކު އިނާގެ ރަހްމަތްތެރި ކުދިން އެކިއެކި ވާހަކަތައް އިނާއާއި ދައްކަމުން ދިޔައެވެ. އޭގެ ތެރޭގައި އެވަގުތު ޑިއުޓީގައި ތިބި ނަރުހުންގެ ތެރެއިންވެސް ގިނަ ބަޔަކު ހިމެނެއެވެ.
މާ ލަސްތަކެއް ނުވެއެވެ. ގަޑިއަކީ ބަލިމީހުންނަށް ޒިޔާރަތް ކުރާ ގަޑިކަމަށް ވުމުން، ބަލިމީހުންނަށް ޒިޔާރަތް ކުރަން ގޮސްތިބި މީހުންގެ ތެރެއިންވެސް ގިނަ ބަޔަކު އިނާގެ ހާލު އަހުވާލު ދެކިލުމަށް އަންނަން ފެށިއެވެ.

އިނާ އަކީ އެ ހޮސްޕިޓަލުގެ އެންމެ އިސް ނަރުހުންގެ ތެރެއިން ނަރުހަކަށް ވުމާއި، މުޅި އަތޮޅުގެ އެންމެންގެވެސް ރުހުން ލިބިފައިވާ މީހަކަށް ވާތީ، އިނާ އެތާ އޮތްކަން އެނގިގެން އެތަނަށް އައި މީހުންގެ އަދަދު ވަރަށް ގިނައެވެ. އެރޭގެ ބަލިމީހުންނަށް ގޮވާލަންދާ ގަޑި ނިމުނުއިރު ރަށުގެ އެކި ހިސާބުތަކުގައި އެ ވާހަކަ ފެތުރިއްޖެއެވެ. މަޝްހޫރު ޑޮކްޓަރ ޚާލިދުގެ ދަރިފުޅު މަޝްހޫރު ނަރުސް އިނާ ބޮޑު ޒަޚަމެއް ވެގެން ހޮސްޕިޓަލުގައި އޮތް ވާހަކަ މުޅި ރަށުތެރެއަށް ފެތުރި ނިމިއްޖެއެވެ.

"
ތަދުވޭތަ..........؟؟" އިނާއަށް ޒިޔާރަތް ކުރަން އައިމީހުންތައް މަދުވުމުން އިނާގެ އެނދުގެ ވަށައިގެން ސްކްރީން ދަމާލުމަށްފަހު ގޮނޑީގައި އިށީންނަމުން ދިލްމާ އަހާލިއެވެ.
"
ތަދެއް ނުވޭ ކަންނޭނގެ......އެކަމަކު ކަރަށް ވާންވެފަ ހުންނަނީ...." އިނާއަށް އަށް ވާހަކަ ދެއްކެނީ ވަރަށް މަޑުމަޑުންނެވެ.
"
ބޭސްއަޅާފަ ހުރީ މާ ބާރަށް ކަންނޭނގެ ދޯ؟ މިބުނީ ޓޭޕްގަނޑު...؟" އެތަން ބަލާލަމުން ދިލްމާ ބުނެލިއެވެ.
"
ވެދާނެ.........." ވަރުބަލި ގޮތަކަށް އިނާ ލޯމަރާލިއެވެ. ދިލްމާވެސް ވަކި އެއްޗެއް ނުބުނެއެވެ. އިނާގެ މޫނަށް ބަލަހައްޓައިގެން އިނދެވުނީ އިނާއަށް މި ދިމާވި ގޮތާއި ދޭތެރޭ ވިސްނުމެއްގައެވެ.

"
އެންމެން ދިޔައީތަ މިހާރު.............؟؟" އަނެއްކާވެސް ދެ ލޯ ހުޅުވާލަމުން އިނާ އެހިއެވެ.
"
ޝީލާއްތަ އެ ދިޔައީ ހަމްދުއަށް ކާންދީ ހަދާފަ އަންނާނަމޭ ކިޔާފައެއްނު.......ބުނެފައެއްނު ދިޔައީ...؟؟" ދިލްމާ ހަނދާން ކޮށްދިނެވެ. އިނާ ވަކި އެއްޗެއް ނުބުނެއެވެ.
"
ޚާލިދުބެ އުޅުއްވާނެކަންނޭނގެ އަދި ބޭރުގަ...އެއްކަލަ އިރު ނަވީންއާއެކު ނުކުންނެވި ގޮތަށް އަދި އެތެރެއަކަށް ނާދޭ....ގޮވަންވީތަ..........؟؟" ދިލްމާ އަނެއްކާވެސް އެހިއެވެ.
"
އުނހުނ..................." އިނާގެ ޖަވާބަކީ އެއީއެވެ.
"
ދިލްއަށް އިނދެވޭނެތަ މިރޭ އަހަރެން ކައިރީ..........؟" ދިލްމާ އާއި ދިމާލަށް ބަލާލަމުން އިނާ އަހާލިއެވެ.
"
ތިބުނީ ......؟ ހޭލާތަ.......؟ އިނދެވިދާނެ. އެކަމަކު ޝީލާއްތަ ކަންނޭނގެ އިންނާނީ" ދިލްމާއަށް ފެންނަ ގޮތެއް ދިލްމާ ބުންޏެވެ.
"
މަންމަ ވަރަށް ފިކުރުބޮޑުވާނެ.........ދިލް އިންނަންޏާ މަންމަ ހިތްހަމަ ޖެހޭނެ." އިނާ އެބުނީ ތެދެކެވެ.
"
އެންމެ ރަނގަޅު....." ދިލްމާގެ މި ޖަވާބާއެކު އިނާ އަނެއްކާވެސް ލޯ މަރާލިއެވެ. ވަރުބަލިކަމާއެކުގައެވެ. ނަމަވެސް އިނާގެ މޫނުމަތިން ހަމަޖެހުމުގެ އަސަރެއްވެސް ދިލްމާއަށް ފެނުނެވެ.
** ** ** ** ** ** ** **
އިނާއަށް ހޭލެވުނުތާ މާގިނައިރެއް ނުކޮށް ނަވީން ގޮވައިގެން ބޭރަށް ދިޔަ ޚާލިދު އެނބުރި އައީ އޭގެ ގަޑިއެއްހާއިރު ފަހުންނެވެ. އެކަންޏެވެ.

"
ހާދަލަހެއް ވީ...........؟؟" ޚާލިދު ފެނުމުން ޝީލާ ސުވާލު ކުރިއެވެ.
"
އޮޕަރޭޝަން ކުރި ޑޮކްޓަރު ޑިއުޓީގައި ނެތުމުން އެގެއަށް ގޮސް ވާހަކަ ދައްކާ ހަދާލާފައި މިއައީ. އެހެންވެ ލަސްވީ.....ކޮބާ ދަރިފުޅު ހާލު ކިހިނެއް؟" ޝީލާއަށް ޖަވާބު ދެމުން ދެމުން ގޮސް އިނާ ކައިރިއަށް ހުއްޓިފައި އެ ޖުމްލައިގައި އިނާވެސް ހިމަނާލިއެވެ.
"
ރަނގަޅު....." އިނާ ޖަވާބު ދިނެވެ. އެކަމަކު ހިތް އެދެމުން ދިޔައީ ނަވީން ކޮބައިތޯ ބައްޕަ ގާތު އަހާށެވެ. އެކަމަކު އެ ހިތްވަރު އޭނަ ހޯދާނީވެސް ކިހިނެއް ހެއްޔެވެ؟
"
ކޮބާ ހަމްދު....ގެއަށް ދިޔައީތަ؟" ވަށައިގެން ކުޑަކޮށް ހޯދާލަމުން ޚާލިދު އެހިއެވެ.
"
މިއައީ ގެއަށް ލާފަ. ޚާލިދު ކާން އަންނާނެކަމަށް ގޭގައި ހުރެހުރެފަ މިއައީވެސް....މިހާރު ކޮބާ ނަވީން....." ޚާލިދުގެ ސުވާލަށް ޖަވާބު ދީފައި ޝީލާވެސް ސުވާލު ކޮށްލިއެވެ. އެއީ ދިލްމާވެސް ޖަވާބު އެނގެން ބޭނުންވެގެން އިން ސުވާލެއްކަމުން ދިލްމާވެސް ޚާލިދުގެ ވާހަކައަށް ސަމާލު ވެލިއެވެ.

"
ނަވީން ހިނގައްޖެ ކުއްލިއަކަށް ފޭދޫއަށް ދާންޖެހިގެން....." ޚާލިދުގެ މޫނުމަތިން ފެންނަނީ ހަމަޖެހުމެވެ. ދިލްމާގެ ނިތަށް އެރީ ދެތިން ރުލެކެވެ.
"
ތީ ވަރަށް ދެރަގޮތެއް.......އަދި ނަވީންއަށް އިނާއާއި އަނގައިންވެސް ނުބުނެވޭ.....އަންނާނެތަ މިރޭ؟" ޝީލާ އެހިއެވެ.
"
ހީވަނީ އަންނާނެހެން. ބުނި އާދެވިއްޖެއްޔާ އަންނާނަމޭ......އަންނާނަން ގެއަށް ވަދެލާފަ." ޚާލިދު ބުނެލިއެވެ.
"
މިރޭ ބައްޕަމެން އެއްކޮށް ގެއަށް ދުރުވަންވީނޫންތޯ؟" ވަރަށް މަސައްކަތުންވިޔަސް މިހެން ބުނީ އިނާއެވެ.
"
އެޔޯ............؟ ބައްޕަމެން ދިޔައީމަ ކިހިނެއްވާނީ؟" ޚާލިދު ވަގުތުން އެހިއެވެ.
"
އިރާދަކުރެއްވިއްޔާ ކަމެއް ގޯހެއް ނުވާނެ....." ޚާލިދުގެ އެ ވާހަކައަށް އިނާ ބުނީ މިހެންނެވެ.

އިނާ އެދުނު ފަދައިން އެރޭ އިނާ ކައިރީ ހޭލާ އިނީ ދިލްމާއެވެ. ނަމަވެސް އެކަމަށް ޚާލިދު އެއްބަސްވެލެއްވީ ވަރަށް މަސައްކަތުންނެވެ. ހޮސްޕިޓަލުގެ ކޮންމެ ނަރުހަކުވެސް އޭނަ ގޮވާލައިފިއްޔާ އޭނައަށް އެހީވާން އަންނާނެކަމަށް ދަރިފުޅު ބުނި ނަމަވެސް، އިނާގެ ހާލަތު އަދި ވާނުވާވެސް ނޭނގޭއިރު ބައްޕަ ނުވަތަ މަންމަ ހުރުން މުހިއްމުކަމުގައި ޚާލިދު ބުނުއްވިއެވެ. އެކަމަކުވެސް އިނާގެ އެދުމަށް ޚާލިދު ދެކޮޅެއް ނެހެދިއެވެ.

"
އެންމެ ރަނގަޅު. ދަރިފުޅަށް ރަނގަޅު ގޮތެއް......" އެހާ ހިތްހަމަ ނުޖެހުނު ނަމަވެސް، ޚާލިދު އެއްބަސް ވިއެވެ. އިނާ ލުއި ހިނިތުންވުމަކުން ހިނިތުންވެލިއެވެ.

އޭނަގެ ހިތުގެ މަގްޞަދު އެނގޭނަމަ އޭނަގެ މަންމަވެސް ބައްޕަވެސް އަދި އެއަށްވުރެ ބޮޑަށްވެސް ނުރުހޭނެކަން އޭނައަށް ޔަގީނެވެ. އެކަމަކުވެސް ކީއްކުރާނީހެއްޔެވެ؟ ބަސްއަހާ ދަރިފުޅަށް ކުށެއް ކުރެވިއްޖެއެވެ.

ހިނިތުންވުމުގެ ތެރެއިންވެސް އިނާ ވިސްނާލިއެވެ.

"
މަންމާ.....ގޭގައި އޮންނާނެ ފޯން....ފޮނުވާލަދެއްޗޭ....." އިނާ އެދުނެވެ.
"
ދަރިފުޅު ތިހާލުގައި އޮވެ ފޯނުން ވާހަކަ ދެއްކޭތަ؟ ނޫނޭ.....ޒިޔާދު ގުޅާފާނެ. އަދި މިހުންނަނީ ބުނަންވެސް ހަނދާން ނެތިފަ. ޒިޔާދު ވަރަށް ގުޅި ދަރިފުޅު އޮޕަރޭޝަން ތިއޭޓަރުގައި އޮތްވާ....މަންމަ ބުނިން ވެގެން އުޅޭގޮތް. ޒިޔާދު ބުނީ މާދަން ހެނދުނުން އަންނާނަމޭ....ކުއްލިއަކަށް ލަންކާއަށް ފުރަން ޖެހިގެން ލަންކާއަށް ދިޔައީ...." ކުރުގޮތަކަށް ޝީލާ ކިޔައިދިނެވެ.
"
އެހެންވީމަ ޒިޔާދު ގުޅާފާނެ ދަރިފުޅަށްވެސް.....މަންމަ ގެއަށް ގޮއްސަ ޒާހިރު އަތަށް ދީފަ ފޯން ފޮނުވާނަން. "

ޝީލާއާއި ޚާލިދު ހިނގައްޖެއެވެ. ހެނދުނުން އަންނަން ވަޢުދުވެފައެވެ.
** ** ** ** ** ** **
ރޭގަނޑުން އެގާރަ ގަޑިބައިވެއްޖެއެވެ. ނަރުހުންގެ ޝިފްޓް ޑިއުޓީ ބަދަލުވާން ފަށައިފިއެވެ. އަލަށް އައި ޝިފްޓްގެ ނަރުހުންނަށް ހޭންޑް އޯވަރ ކުރުމުގެ ގޮތުން ބަލިމީހުންގެ ހާލަތާއި ދޭ ފަރުވާ އާއި ސަމާލުކަމުގައި ބަހައްޓަންވީ ކަންތައްތައް، އަލަށް އައި ޝިފްޓްގެ ނަރުހުންނަށް ކިޔާދެމުން ދިޔައެވެ. ބަލިމީހުންގެ އުނދަގޫ ނޭވާތަކުގެ އަޑުގެ އިތުރުން ވޯޑުތެރެއިން އިވޭހާވެސް އަޑަކީ އެ ނަރުހުން މަޑުމަޑުން ދައްކާ ވާހަކަތަކެވެ.

އިނާ އޮތީ އަންހެނުންގެ ވޯޑުގެ އެތެރޭ އެންމެ ކަނުގައި ހުރި 6 ނަންބަރު އެނދުގައި ކަމަށް ވުމުން އެއްފަރާތުން ސްކްރީން ދަމައި އިނާ ވަނީ ނިވާވެފައެވެ. ނަމަވެސް އިނާއަށްވެސް ނަރުހުންގެ ވާހަކަތައް އަޑުއިވެމުން ދިޔައެވެ. ދިލްމާވެސް ކިޔަން އިން ފޮތް ބާއްވާލާފައި އެތަނަށް ނަރުހުން އަންނަން ވާއިރަށް ތައްޔާރުވެލިއެވެ.

ނަރުހުންގެ މަޑުމަޑު އަޑުފިޔަވައި އިތުރު އަޑެއް ނެތް ވޯޑުގެ ހިމޭންކަން ފުނޑުފުނޑުވެގެން ދިޔައީ ކުއްލިއަކަށް ރިންގުވާން ފެށި ފޯނަކުންނެވެ.
ދިލްމާއަށް އޭނަގެ އަމިއްލަ ފޯން ބަލާލެވުނެވެ. ނޫނެކެވެ. އެއީ އޭނަގެ ފޯންގެ ރިންގެއްވެސް ނޫނެވެ.
"
ޓީކް ޓިކް.....ޓީކް ޓިކް....." މި އަޑުގެ މަޑުމަޑު ރާގެއް އިވެމުން ދިޔައެވެ. ލޯމަރައިގެން އޮތް އިނާވެސް ލޯހުޅުވާލާފައި ބަލާލިއެވެ.

ދެންދިލްމާ ހުޅުވާލީ މޭޒުކައިރީ ހުރި ކުޑަ ކެބިނެޓެވެ. އޭނައަށް ހީވީ ރަނގަޅަށެވެ. ރިންގު ވަނީ އިނާގެ ފޯނެވެ.
އެކަމަކު އެހީ ރަނގަޅު ނަމަވެސް ދެން އޭނައަށް ހީކުރެވުނު ހީ ވީ ނުބައެވެ. އޭނަ ހީކުރީ ޒިޔާދު ކަމަށެވެ. ނަމަވެސް ގުޅަނީ އެހެން މީހެކެވެ. އެ ނަންބަރު ސޭވް ކޮށްފައި އިނީ "މެކްސް" މި ނަމުގައެވެ. މީގެ އިރުކޮޅެއް ކުރިން އިނާ އެ ފޯން ބަލާފައި ލޮކް ނުކޮށް ބާއްވާފައި އޮތުމުން، މިހާރުވެސް ދިލްމާ ބަލަން ބޭނުން ނަމަ ބެލުނީހެވެ. އިނާ އެކަމަކާ ނުރުހުމެއްވެސް ނުވާނެކަން އޭނައަށް ޔަގީނެވެ.

"
ކިހިނެއް ހަދަންވީ..........؟" އެކަމަކުވެސް އެއީ ކޮން މެކްސް އެއްތޯ ނުބަލާ ދިލްމާ އެހީ ހަދަންވީ ގޮތެއްގެ ވާހަކައެވެ.

"
ކާކު ގުޅަނީ.......ޒިޔާދުތަ؟" އިނާ އެހިއެވެ. އެ ރިންގުގެ އަޑުންވެސް އެއީ ކާކުކަން އިނާއަށް އެނގެއެވެ. އެއީ ޒިޔާދު ނޫންކަން މާ ބޮޑަށްވެސް އެނގެއެވެ. އެކަމަކުވެސް ދިލްމާއަށް އެކަން އަންގަން ބޭނުން ނުވާތީ އެނގޭ ކަމަށް ނެހެދީއެވެ.
ދިލްމާ އަނގައަކުން ނުބުނެއެވެ. ފޯންގެ ސްކްރީން އިނާއަށް ދައްކާލީއެވެ.
"
ބާއްވާލާ.......މިހާރަކު ނޫން...." ނަޒަރު އަނބުރާލަމުން އިނާ ބުންޏެވެ.

ދިލްމާވެސް ފޯން ނަގާ އަނެއްކާވެސް ކުޑަ ކެބިނެޓްގެ ވަތްގަނޑަށް ލިއެވެ.

ފަހަރަކު އެނދެއް ކައިރިއަށް ދަމުން ދަމުން ގޮސް ނަރުހުންތައް އިނާގެ އެނދުކައިރިއަށް އަތުވެއްޖެއެވެ. ދިލްމާ އާއި އިނާގެ ހުރިހާ ސަމާލުކަމެއް އެ ނަރުހުންގެ ސުވާލު ތަކަށާއި ވާހަކަތަކަށް ދެވުނެވެ.
ނަމަވެސް މާގިނައިރެއްގައި އެހެން ހުރެވޭ ގޮތެއް ދިލްމާއަކަށް ނުވިއެވެ. އިނާގެ ފޯން އަނެއްކާވެސް ރިންގު ވާން ފެށީއެވެ. ފޯނުން ދިލްމާ އަޑު ކަނޑާލިއެވެ.
ރިންގު ވޭވޭ ގޮސް ފޯން ކެނޑިއްޖެއެވެ.
ދެން އިވުނީ މެސެޖެއްގެ އަޑެވެ. ނަރުހުންތައް ދިޔައީ އިނާއާއި ވާހަކަ ދައްކަމުން ކަމަށް ވާތީ، އެ މެސެޖްގެ އަޑެއް އިނާއަށް އިވުނުހެނެއް ހިއެއް ނުވެއެވެ. ދިލްމާ އެ ފޯން ނަގާ ބަލާލިއެވެ.
މެކްސް ގެ ނަމުން 3 ފަހަރު ގުޅާފަ އެބަހުއްޓެވެ. ވަރުގަދަ މެކްސްއެއްތާއޭ ދިލްމާގެ ހިތަށް އެރިއެވެ.

ބަލަން ނުޖެހުނު ނަމަވެސް މެސެޖް ކޮށްފައި އިނީ ކޮން ނަމަކުންތޯވެސް ދިލްމާ ބަލައިފިއެވެ. އޭނަގެ ހިތަށް އެ އަރާ ގޮތް ވަނީ ނޫންބާއޭ ހީވާލެއް ބޮޑުކަމުން ނުބަލާ ނުހުރެވިގެންނެވެ. ފޯން ލޮކްކޮށްފައި ނެތްކަން އެއީ ދިލްމާއަށް އެކަމުގައި އެހީވި ނަސީބެވެ.

ހީވީ ރަނގަޅަށެވެ. މެސެޖްވެސް ކޮށްފައި އޮތީ މެކްސް އެވެ.
"
ހައި......އިޓްސް މީ ނަވީން....ލެޓް މީ އެޕޮލޮޖައިޒް ފޯރ މައި މިސްޓޭކް....ކެން އައި ކަމް ނައު.....؟" މެކްސްގެ ނަމުން ފޮނުވާފައި އޮތް މެސެޖްގައި ލިޔެފައި އޮތީ މިހެންނެވެ.
އެއްފަހަރު އިނާގެ މޫނަށް އަނެއްފަހަރު މެސެޖަށް ދިލްމާ ބަލާލިއެވެ.
ނަމަވެސް އިރުތަކެއް ނަގާކަށް ދިލްމާ ނުވިސްނިއެވެ. ފޯންގެ ސްކްރީނުން ފެންނަ ކީޕެޑުގައި އިނގިލިތައް ހަރަކާތް ކޮށްލިއެވެ.

"
ޔެސް.....ޝުއަރ....." އިނާގެ ފޯނަށް އައި މެސެޖަށް ދިލްމާ ޖަވާބު ދީފިއެވެ.

*** ** ** ** ** ** (ނުނިމޭ) ** ** ** ** ** **
2
http://www.muraasil.com/images/icons/arrow_up.gif3 | http://www.muraasil.com/images/icons/arrow_down.gif1

ވޯޓް
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

http://www.muraasil.com/images/comment_reply.pngPosted on 2011-04-13 22:39:03 | Report this Comment
ވަރަށް ސަޅި!...ތޭންކްސް ދިލްމާ!..ތިގޮތަށް ރިޕްލައި ކުރީމަ!...މިހާރުދެން ނަވީން އާއި އިނާ އާއި ގުޅުން މާލަސްވަނީ!...
http://www.muraasil.com/images/reportAbuseIcon.gif
ލައިލެކް: އަސްލު ކޮމެންޓް އަދި މިއީ އިނގޭ... ސޮފާ ކިހިނެއްތަ؟ ތިހާ "ހާލުގަ" އުޅެމުން ވެސް ގެނެސްދިނީތީ ހާދަ އުފާ ވެއްޖެއޭ....ކޮންމެ ދުވަހަކު ގެނެސް ދެވެންޏާ ތިވަރު ވެސް އޯކޭ.... އެކަމް މިއަދުގެ ބަޔަކީ ކުރުބައެކޭ ނުބުނާނަން....ތޭންކްސް ފޯ ދަ ކްއިކް އަޕްލޯޑު...ޗުމްމްމްމްމްމުކްސް :)
http://www.muraasil.com/images/reportAbuseIcon.gif
މެކްސް: ލައިލެކް އަށް ކިހިނެށް އެނގެނީ ސޮފާ އުޅެނީ "ހާލުގަ" ކަމެށް.. ހިހި މަޖާ އިނގެ :-) .....
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: މަރީއަށް ޝުކުރިއްޔާ........!!!
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ލައިލެކް އަށް: ޝުކުރިއްޔާ........މިއަދުގެ ބައިވެސް އެހާ ދިގެއްނޫން. އެކަމަކު ދެން ފުދޭވަރެއްވޭ ދޯ........!
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: މެކްސް އަށް: ލައިލެކް އެހެން އެބުނީ ބަރާބަރަށް ވާހަކަ ނުގެނެސްދޭތީ ހެން ހީވަނީ. އެހެން ދޯ ލައިލެކް؟؟
http://www.muraasil.com/images/reportAbuseIcon.gif
ލައިލެކް: މެކްމެން ކުދިން ކުދިންނަށް ނޭގެނީ އޭ.... ވިސްނާލަބަ! އަމިއްލަ ކޮމްޕް ހަލާކުވެފަ....ކުރިން ލިޔަފަ އޮތް ވާހަކައިގެ ބައި ގެއްލިފަ.... އަމިއްލަ ލެޕް އެއް ނެތް .... އަލުން ލިޔެފަ އޮތް ބައި ލިޔަންވީ....ދެން ލިޔުންތެރިޔަކު ހާލުގަ ޖެހޭނީ މިހާވަރަށްކަންނޭގެ.... ދޯ ސޮފާ.... އެކަމް ވެސް ކިޔުންތެރިންނަށްޓަކައި ސޮފާ ތިކުރާ މަސައްކަތަށް ހަމަ "ހެޓްސް އޮފް" އިނގޭ!!!! ތިކަހަލަ ލިޔުންތެރިން މުރާސިލް އަށް ބޭނުންވަނީ :)
http://www.muraasil.com/images/reportAbuseIcon.gif
މެކްސް: އޯވހް.. އެހެންތަ ލައިލެކް؟ :-) ލައިލެކް އަށް ކިހިނެތް ތިހުރިހާ މަމެށް އެނގުނީ؟ ސޮފާ ބުނީތަ؟ :-) ހެހެ ސޮފާގެ ކޮމްޕަށް އަވަސް ޝިފާއަކަށް އެދެން.. އަސްލުވެސް ދޯ ލައިލެކް، މެކްސް އަށްވެސް ވަރަށް ކަމުދޭ ސޮފާގެ ވާހަކަތައް.. އެކަމް ކުޑަކޮށް ބޭކާރު ވާހަކަ ގިނަހެން ހީވަނީ.. ކުރިން އެބައި ވަރަށް ބޮޑު، އެކަމް މިހާރު އެބައިވެސް ވަރަށް ސަޅި

http://www.muraasil.com/images/comment_reply.pngPosted on 2011-04-13 22:53:16 | Report this Comment
"ތަދެއް ނުވޭ ކަންނޭނގެ......އެކަމަކު ކަރަށް ވާންވެފަ ހުންނަނީ...." ދިލްމާ އަށް ވާހަކަ ދެއްކެނީ ވަރަށް މަޑުމަޑުންނެވެ. :ދިލްމާ" އެއް ނޫން... އިނާ ދޯ؟؟؟
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ރަނގަޅަށް ލައިލެކް ތިބުނީ.........އެތާ އިންނާނީ އިނާ.....މިހާރު އެ ކުށް ސޮފާ ރަނގަޅުކޮށްފިން. ވަރަށް އުފާކޮށްފިން އިނގޭ ލައިލެކް.......ޝުކުރިއްޔާ.....!!!

http://www.muraasil.com/images/comment_reply.pngPosted on 2011-04-13 23:03:57 | Report this Comment
ހަހަހަ ދިލް ގަދަ އިނގޭ... ކޮނެވޭ ދުވަހު ކޮނެލާފަ ބަހައްޓާ
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހެހެހެހެހެ..........އެހެންތާ ވާނީ ދޯ.....؟؟؟

http://www.muraasil.com/images/comment_reply.pngPosted on 2011-04-13 23:23:00 | Report this Comment
ކޮންއިރަކުން ދެން އަނެއް ބައި އަޕްލޯޑް ކުރާނީ؟؟؟؟؟ މިހާރު ނަވީން އައިސް ދެންވާނެގޮތެއް ބަލާލާހިތުން އިނދެވެނީ ކީ ނޫން... ޕްލީޒް އަޅެ އަނެއްބައި އަވަހަށް އަޕްލޯޑް ކޮށްލަަދެއްޗޭ! ވވވ... ސަޅި.. ހާދަ މޮޅޭ ... ކީޕް އަޕް ދަ ގުޑް ވަރކް... އޯލް ދަ ބެސްޓް... :)
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ދެން ކޮންމެ ގޮތެއް ވިޔަސް މިރެއަކު ނުވާނެ އަނެއްބައެއް. ވަރަށް ވަރުބަލިވެފަ މިހިރީ...........އެކަމަކު ބަލާނަން މާދަމާ އަނެއްބައި ގެނެސްދެވޭތޯ އިނގޭ...!!! ތޭންކސް އަ ލޮޓް
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ދެން އެހެން ނޫނަސް މިރޭ ހަތަރުދަމު އިންނާނެ ކަމެއް ނެތެއްނު. މިރޭ ދެން ނިދާލާ. އިރާދަކުރެއްވިއްޔާ އަނެއްބައި މާދަންރޭ . ރަނގަޅު ދޯ އެގ ޮތް؟

http://www.muraasil.com/images/comment_reply.pngPosted on 2011-04-13 23:37:21 | Report this Comment
ވަރަށް ރީތި. ތޭންކްސް ފޯ ދަ ކްއިކް އަޕްލޯޑު...............
http://www.muraasil.com/images/reportAbuseIcon.gif
ފެއަރީ ގާރލް: ވ ވ ވ ވ ވ ވ ނައިސް............

http://www.muraasil.com/images/comment_reply.pngPosted on 2011-04-14 07:59:03 | Report this Comment
އަޅެ ސޮފާ ދެން ދިލްމާ ކުރިމަތީގައި ނަވީން އިނާދެކެ ލޯބިވާ ވާހަކަ ބުނަން ވެއްޖެއްނު..މިހާރު އެފަކީރު އެހަލާކުވަނީ އިނާއާ ނަވީންއާ ދެމީހުންގެ މެދުގައި އޮންނަ ހާއްސަ ގުޅުން ނޭންގިގެން ..ވަރަށް ސަޅި އިގޭ މިބައިވެސް ..ލަވް ޔޫ
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ޝިއު..........އަދި އެނގޭނެ ތި ހުރިހާ ކަމެއްވެސް.......ކުޑަކުޑަ ހިތްވަރެއް........!!!
http://www.muraasil.com/images/reportAbuseIcon.gif
ޝިއު: މިހާރު ހިތްވަރު ކޮށް ކޮށް ވަރުބަލި ވެއްޖެ

http://www.muraasil.com/images/comment_reply.pngPosted on 2011-04-14 08:41:23 | Report this Comment
ކުޑަކޮށް ހަމަނުޖެހޭ ތަންކޮޅެއް އެބައިން ވާހަކައިގެ.... ފޯން ލޮކް ނުކުރާ ވާހަކަ.... މިހާރުގެ ގިނަކުދިން ބޭނުން ކުރާ ފޯނު ތައް އަމިއްލަ އަށް ސެޓިންގ ހަދާފަ އިންނަ ވަގުތު ހަމަވާ އިރަށް ލޮކް ވޭ ދޯ؟؟؟ އަޅުގަނޑު ފޯނު ވެސް 30 ސެކަންޑްސް ވާއިރަށް އޮޓަމެޓިކުން ލޮކް ވާނެ.... ފަހަރެއްގަ ވެދާނެ ދޯ އިނާގެ ފޯނަކީ މެނުއަލް ކޮށް ލޮކް ކުރާގޮތަށް އިންނަ ފޯނެއްކަމަށް ވެސް ..... :)
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ފޯން ލޮކް ނުކުރާ ވާހަކައިގަ ވީ ގޮތް އެނގޭނެ ކުރިއަށް ހުރި ބައިތަކުގަ........އެކަމަކު ލައިލެކް ތިބުނީ ރަނގަޅަށް. އެންމެންވެސް ފޯން ލޮކް ކުރާނެ. މިޒަމާނުގަ އެންމެ މުހިއްމު އެއްޗަކީ ފޯން.............

http://www.muraasil.com/images/comment_reply.pngPosted on 2011-04-14 08:45:38 | Report this Comment
ވަރަށް ސަޅި. އަނެއްބަޔަށް ކެތްތެރިކަމެއްނެތި އިންތިޒާރުކުރަން. މިލިއަން ތޭންކްސް ޓު ޔޫ.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ މިން. އެންމެ އުފާވަނީ ތިފަދަ އާ ނަންތަކުން އާ ކުދިން ސޮފާއަށް ކޮމެންޓް ކުރާތީ. އަނެއްބައިވެސް އަވަސް ކޮސްދެވޭތޯ ބަލާންން.

http://www.muraasil.com/images/comment_reply.pngPosted on 2011-04-14 09:02:46 | Report this Comment
ސޮފާ.. ޝިފޫ މިހިންނަނީ ބުނާނެ އެއްޗެއް ނޭނގިފަ... ހަމަ އަސްލު ވެސް އެއީ ނަވީން ތ... ދެން ދިލް އައް ވ ވ ބޮޑަށް ތެންކްސް.. ނަސީބެއް ނުން އިނާ ގެ މަމް އެން ޑޭޑް މަޑުނުކުރިކަން... ޕްލީޒް މިއަދު އަނެއްބައި ގެނއސްދީބަ.. އިނާ އަވަހަށް ރަގަނޅު ކުރުވާތި އިނގޭ
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހހެހެހެހެ..............އާނ ޝިފޫ.........އިނާ އެބަޖެހޭ އަވަހަސް ރަނގަޅުވާންވެސް.

http://www.muraasil.com/images/comment_reply.pngPosted on 2011-04-14 09:19:42 | Report this Comment
ވވވވވވ ސަޅި ، ސޮފާ ހާދަ ރަނގަޅޭ ކޮމްޕް ހަލާކުވެފަ ހުއްޓާވެސް އަޕްކޮއްދިނީތީ. ދިލް އެކުރީ ހަމަ ރައިޓް ޓައިމުގަ، ހަމ ރަނގަޅު ކަމެއް،ހެހެހހެ..ފްރައިންޑްސް ވެއްޖިއްޔާ އެހެން ވާންޖެހޭނެ..ބަޓް ނޮޓް އޯލްވޭސް ދޯ.ތޭންކްސް ލޮޓް ޑިޔަރ..
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: މިއީ ކޮން ސޮފާއެއް........އަނެއްކާ؟؟؟ ފްރެންޑްސް ވިޔަކަސް ހުރިހާ ކަމަކާ ބެހިގެން ނުވާނެ. އެކަމަކު......އަނެއް ރަހްމަތްތެރިޔާއަށް ރަނގަޅުގޮތެއްވާން އޮތް ހުރިހާ ކަމެއްގައިވެސް އެހީވުމަކީ އެއީ ކުރަން ރަނގަޅު ކަމެއް.

http://www.muraasil.com/images/comment_reply.pngPosted on 2011-04-14 10:50:17 | Report this Comment
ދެން އިނާއާ ނާވީން އާ ގުޅޭނި ދޯ. މި ބުނީ ނަވީންވެސް ވެއްޖެއްނު އިނާދެކެ ލޯބިވާ ވާހަކަ ބުނއން ދެން. އަލޭއެ ޚާލިދުގެ ހިތައްވެސް ޒިޔާދު ގަނުގެ ވާހަކަމީހަކު ކައިރީ ބުނަންވެސް ހިތައް ނާރާތަ އަދިވެސް...އެޓް ލީސްޓް ޝީލާ އެވަރަށް ފޮނި ޒިޔާދު ގަނޑުގެ ވާހަކަ އެވަރަށް ދައްކާއިރު..... ދެން ޝީލާ ގާތު ބުނާނެނަމަ ދޯ. ސޮފާ ލޮލް ޕްލީޒް ދެން ޒިޔާދު ގަނޑު އެރަށައް ނުގެންނައްޗޭ. ފޫހި މީހާގަނޑެއް. ހާދަ ލަދު ހަޔާތެއްވެސް ނެތިގެނޭދޯ އެއުޅެނީ.
http://www.muraasil.com/images/reportAbuseIcon.gif
2668:ފަތިސްތަރި: ހެހެެހެހެ................ހިނގާ ދޯ ވާ ގޮތް ބަލަމާ...!!!

http://www.muraasil.com/images/comment_reply.pngPosted on 2011-04-14 11:35:00 | Report this Comment
ވަރަށްއުފާވެއްޖެ އަވަހަށް ވާހަކަ ނެރެދިނީމަ. ތެންކިޔޫސޯމަޗް ސޮފް. ތިނަންތަކަށް ބަދަލެއް ނުގެނެވޭނެތަ ސޮފް. ބާ ނަންތަކެއްހުރީމަ ދެން އެހެންކަހަލަގެ ގޮތެއްހެން ހީވަނީ. އެނީވޭސް . ކެއްތެރިކަމެއްނެތި އަނެއްބަޔަށް އިންތިޒާރު އެބަކުރަން. ލަވްޔޫ.
http://www.muraasil.com/images/reportAbuseIcon.gif
2668:ފަތިސްތަރި: އައިންތު ބޭނުން ވަނީ ކޮން ނަންތަކަކަށް ބަދަލު ގެންނަންތަ ކަނބުލޯ؟

http://www.muraasil.com/images/comment_reply.pngPosted on 2011-04-14 13:49:44 | Report this Comment
ވާހަކަ ކިޔަމުން ދިޔައިރު ވަރަށް އަޅައިގަންނަ ކަހަލަ ނަމެއް ކިޔުނު "މެކްސް" ދެން މީގަ މޮޅުކަމަކީ ދިލް ހާދަ އަވަހޭދޯ ރިޕްލައި ކޮށްލިލެއް، ސަޅި އިނގޭ ވާހަކަ ....
http://www.muraasil.com/images/reportAbuseIcon.gif
2668:ފަތިސްތަރި: މެކްސް ދޯ.........އެއީ ވަރަށް ޚާއްޞަ ނަމެކޭ. އެހެން އެކަކަށް ނޭނގުނަސް ފްރެންޑާ އަށް އެނގޭނެކަން ޔަގީން. ހެހެހެހެހެ........

http://www.muraasil.com/images/comment_reply.pngPosted on 2011-04-14 13:56:16 | Report this Comment
އަޅޭ!! ސޮފް ސޮރީ އިގޭ ލަސްވީމަ ، އެގްޒާމް ނިމުނީމަ މާލެ ދާން ވެގެން ޝޮޕިން ހަދާތީވެ ، ވާހަކަ އަޕް ވިތޯ ބަލައެއްވެސް ނުލެވޭ!! އައްމި އެޑް ކޮށްފަ އިންނާނެ ސޮފާ އިނގޭ ، މިހާރު ވަހަކަ އަޕްވަނީ ރޭޣަނޑުތަ ؟ އަސްލުވެސް ސޮފްގެ ކޮމްޕް ހަލާކުވީތަ ، އައްމި ހަދާދީފާނަމޭ ފޮނުވާ ، އައްމި މާލެ ދިޔާމަ ، އިނާ އަށް ގެޓްވެލް ސޫން ކާރޑެއް ހިފައިގެން އެބަދަން ، ވެރީ ސޫން ، އިންޝާ ﷲ :)
http://www.muraasil.com/images/reportAbuseIcon.gif
2668:ފަތިސްތަރި: އެގްޒާމް....!!1 ކިހިނެއް ވަނީ އެގްޒާމް....ސޮފާ އުއްމީދުކުރަނީ އައްމިގެ ރިޒަލްޓްސް ވަރަށް ރަނގަޅު ވާނެ ކަމަށް. މިހާރު ވާހަކަ އަޕްވާކަށް ަގުތެއް ވަގުތެއް ނޯވޭ. ސޮފާއަށް ވަގުތު ވީ ކޮންމެ އިރަކުވެސް އަޕްކުރަމުން މިދަނީ. އެ ނޫންގޮތެއް މިހާރު ނެތެއްނު ދޯ؟ ސޮފާ ވަރަށް އިންތިޒާރު ކުރިން އައްމިގެ ޚަބަރެއް އޮންލައިނުން ވޭތޯ. އެކަމަކު ދިމައެއް ނުވޭ އަދި. ބޮޑަށް ހީވަނީވެސް ސޮފާއަށް އޮންލައިން ވެވޭ ގަޑި މާ ލަހީކަންނޭނގެ ދޯ........!!! އައްމި މާލެ އަންނަނީތަ؟؟؟ ކޮމްޕް ވެސް ހަދާ ދޭނަން...؟؟؟ ހެހެހެހެހ........ހާދަ ރަނގަޅު ކުއްޖެކޭ...!!! އެކަމަކު އައްމިއަށް އެނގޭތަ. ނެތޭ ކޮމްޕް ހެދެންވެސް. ޖެހެނީ އާ އެއްޗެއް ގަންނަން....ދެރަ ކަމެއް ދޯ؟ އެކަމަކު އިރާދަކުރެއްވިއްޔާ ކޮންމެވެސް ރަނގަޅު ގޮތެއް ވާނެ. ސޮފާގެ އުއްމީދަކީ އެއީ...!!! އިރާދަކުރެއްވިއްޔާ ދޯ/..!!!

http://www.muraasil.com/images/comment_reply.pngPosted on 2011-04-14 15:53:22 | Report this Comment
މިލިޔަން ތޭންކްސް އަޕްކޮށްދިނީތީވެ......ދެން އޮތް ބަޔަށް ކެތްތެރިކަމެއް ނެތި އިންތިޒާރުކުރެވޭ......ވާނެ ގޮތަކާއިދޭތެރޭ ވިސްނާލެވެނީ ހަމަ.......ވާހަކައިގެ ސިފަކުރުންތައް ވ ރީތި.........(: ހޯޕް ޔޫ ވިލް އަޕްލޯޑް ދަ ނެކްސްޓް ޕާރޓް ސޫން......ޓޭކް ކެއަރ..ބާއި.....(:

0 comments:

Post a Comment