🌟🌟Fathisthari Vaahaka🌟🌟

Once upon a time it happened, how it happened is a fiction by me for you.

ފޯންކޯލް - 52 ވަނަ ބައި"އުމުރަށްވެސް....އިންތިޒާރު ކުރާނަން...." ދެބަސް ދޭތެރެއަށް ހުއްޓުމެއް ގެނެސްފައި ޔަގީންކަމާއެކު އިނާ ބުންޏެވެ. އެކަހަލަ އެއްޗެއް އިނާ ބުނަނީ ވަރަށް މަދުންކަމަށްވާތީ، އެބަސް އިނާ މާނަ އެކުރީ ވަރަށް ފުންކޮށްކަން ނަވީންއަށް ވިސްނުނެވެ. އެއީ އިނާގެ ހިތުގެ އެންމެ އަޑިން އިވުނު އަޑެއްކަން ނަވީންއަށް ސާބިތުކޮށްދިނީ އިނާގެ ރީތި ދެލޮލާއި މޫނުގެ ކުލަވަރެވެ.

އޭރު ހުރީ ކާރުގެ ތަޅުދަނޑި ނަގައިގެން ދާން ތައްޔާރުވެގެންކަމަށްވިޔަސް ނަވީނަކަށް ނުދެވުނެވެ. އެންމެ ފަހު ފަހަރަށް އިނާގެ ދެއަތްތިލައިގައި އޭނަގެ ދެއަތުން ހިފައި ބާރުކޮށްލިއެވެ.

"
އަންނާނަން....އިރާދަކުރެއްވިއްޔާ ދެހަފްތާވާންވާއިރަށް އަންނާނަން." އިނާގެ ދެއަތްތިލަ ކައިރިކޮށް ދެއަތްތިލައިގެ ނުފުށުގައި ބޮސްދިނީ ވީ ވަޢުދަށް ދިން ބާރެއްގެ ގޮތުންނެވެ. ޔަގީންކަމާ އިތުބާރު ދިނުމުގެ ގޮތުންނެވެ.

ހިތާއި ނަފްސުން، ޖާނާއި ފުރާނައިން ރުހިގެން އާނއެކޭ ބުނުމުގެ ގޮތުން އިނާ މަޑުމަޑުން ބޯ ޖަހާލިއެވެ. އެހާ އަވަހަށް ވަކިވާންޖެހޭތީ ދެރަވެފައި ހުރި ނަމަވެސް، އެ ހިނިތުންވުމުގައި އެތަކެއް މާނަ ފޮރުވިފައިވާ ފުން ހިނިތުންވުމަކާއެކު ވަކިވުމުގެ ސަލާމްކުރިއެވެ.

** ** ** ** ** **

ނަވީން ގެ ފިޔަވަޅުތަކުގެ އަޑު ބޭރުން އިވުމާއެކު ސިޓީންރޫމް ދޮރުމައްޗަށް ނަޖްމާ ނުކުތެވެ. ލެޕްޓޮޕް ދަބަސް ކޮނޑުގައި އަޅުވައިގެން އެއް އަތުން ދަބަހެއް ހިފައިގެން އައިއިރު،އަނެއް އަތުން ފުރޮޅުލީ ކުޑަކުޑަ ދަބަހެއްވެސް ދަމަމުން ނަވީން ވަދެގެން އަންނަތަން ފެނުމުން ނަޖްމާގެ ހިތް އުފަލުން ފުރުނެވެ. އޭނަގެ ދަރިފުޅު އެއްކޮށް އައީއެވެ. 
ސިއްހަތު ރަނގަޅު، ޒުވާން ކަމުގައި ފުރިހަމަ ފިރިހެން ދަރިއެކެވެ. އެހާ ތަޢުލީމީވެފައި ހަރުދަނާއެވެ. ތުއްތު އިރުއްސުރެން ފަޚުރާއި ޝަރަފް ނޫނީ އޭނައަށާއި އާއިލާއަށް ގެނެސް ނުދެއެވެ. ހުރިހާ ގޮތަކުންވެސް ބަސްއަހާ ކިޔަމަންތެރި އެހާ ރީތި ފިރިހެން ދަރިއެކެވެ. މާތްކަލާނގެއަށް ޝުކުރު ހުއްޓެވެ.

މަންމައާއި އަރާހަމަވުމުން އެއްއަތް ނަވީން ހުސްކުރިއެވެ. ދަބަސް އަވަހަށް ބިންމަތީ ބެހެއްޓިއެވެ. ދެވަނައެއް ނެތްފަދަ ލޯބިވާ މަންމައާއި ސަލާމް ކުރުމަށެވެ.

"
ދަރިފުޅު އެންމެ ފަހުން ސަލާމަތްވެއްޖެ ދޯ...." ނަޖްމާގެ ގާތަށް ނަވީން އައުމުން އުފަލާ ލޯތްބާއެކު ނަވީންގެ ކޮނޑުގައްޔާއި މޭގައި ފިރުމާލާފައި ނަޖްމާއަށް ބުނެވުނެވެ. 
ނަވީން އޭނަގެ ހުހަށް އޮތް އަތުން މަންމަގެ ކޮނޑުވަށާލައި މަންމަ ކައިރިކޮށްލިއެވެ. އޯގާތެރިކަމާއި ކުލުނާއެކުގައެވެ. 
"
އަވަހަށް ވަދޭ....." ދަރިފުޅުގެ ދާދި ކައިރީގައި ހުރެގެން ދަރިފުޅާއެކު ނަޖްމާ ހިނގައިގަތީ އެތެރެއަށެވެ. ނަވީންވެސް މަންމަގެ ކޮނޑު އޭނަގެ އަތުން ވަށާލިގޮތަށް ހުރެގެން ގޮސް ވަނެވެ.

"
ބައްޕަ ނުއުޅުއްވަނީތަ؟ ..." ބައްޕައަށް ދެވިފައިވާ ދަރަޖައިން ނަވީން އަހާލިއެވެ.
"
ހޫމް....އެބައުޅުއްވާ....އަވަހަށް ހިނގާ ސައިބޯން.....އިހަށްދުވަހު ދިޔަވަރަށްވުރެވެސް ހިކިހެން މަންމައަށް ހީވަނީ..." ނަވީން ގެނައި ދަބަސްތައް ބަހައްޓާފައި ނަވީން ސިޓިންރޫމްގައި އިށީނުމުން ނަޖްމާ ނަވީނަށް ބަލާލިއެވެ.
"
ހެހެހެހެ........އެއީ މަންމައަށް ހީވާގޮތް....." އޭނަ ހިކިކަމަށް މަންމައަށް ފެންނަނީ އެއީ މަންމަގެ ލޯބިކަމަށް ނަވީން ގަބޫލު ކުރެއެވެ. ހީލާފައި މަންމައަށް ޖަވާބުދިނީ އެހެންވީމައެވެ.

** ** ** ** ** ** **
 

ނަވީން މާލެ އައިތާ ބަރާބަރު ތިންދުވަސް ވެއްޖެއެވެ. ބަރާބަރަށް އިނާއަށް ގުޅާހަދައެވެ. ހާލު ބަލައެވެ. ނަވީން ފުރީއްސުރެ އިނާގެ ޑިއުޓީ އަދި އޮތީ ހެނދުނުން ކަމަށްވީނަމަވެސް، މިތިންރޭވެސް އިނާގެ ނިދި ފުރިހަމައަށް ލިބިފައި ނުވެއެވެ. ރޭގަނޑު ނިދުމުގެ ކުރިން ނިދުމުގެ ސަލާމް ކުރަން ގުޅާ ކޯލް ދެމިގެން ދަނީ އެތަކެއް ދަމަށެވެ. މާގިނަ ވާހަކަތަކެއް ނުވަތަ މާ އޮލަ ވާހަކަތަކެއްވެސް ދައްކާތީ ނޫނެވެ. ބުނެލާކޮންމެ އެއްޗަކުންވެސް، އަހާލާ ކޮންމެ އެއްޗަކުންވެސް، ދުރުގައި ތިބެމެ ދެމީހުން ކައިރިކައިރީގައި ތިބެވޭކަމުގެ އިހްސާސް ކުރެވޭތީ، ދެމީހުންވެސް ބާއްވާހިތްނުވަނީއެވެ. އެދެމެދަށް ދުރުކަން އަޔަނުދެނީއެވެ. އެހެންވިޔަސް މިކަމަށް އެންމެ ބޮޑަށް ބާރުލަމުން ދިޔައީ ނަވީންކަމާމެދު އެ ދެމީހުންވެސް އެއްބަހެވެ. ރޭވެސް ނަވީނަށް ފޯން ބޭއްވުނީ ނިދިއައިސްގެންގޮސް، ދެން ހަމަ ވާހަކަ ނުދެއްކޭނެއޭ ހީވީމައެވެ. 

މިރޭވެސް ނަވީނުގެ ހާލު އެހިސާބަށް ގޮއްސިއެވެ. ގަޑިން ދެގަޑި ފަހެއް ހިނގައިފިއެވެ.
"
މާދަމާވެސް ނުބުނެވޭނެކަންނޭނގެ ދޯ....؟" ބޮޑު އެނދުގެ މެދުގައި ބަންޑުން އޮށޯވެލައިގެން އޮތްއިރު، އަޅިކުލައިގެ މަޑު ބާލީހުގެ ތެރެއަށް ނަވީންގެ މޫނު ގެނބިފައިވާފަދައެވެ. ދެލޯމެރިފައި އޮތްއިރުވެސް ނިންޖާ ދިޔައީ ހަނގުރާމަ ކުރަމުންނެވެ. ބާލީސްދަށަށް ކޮއްޕާލެވިފައި އޮތް އަތްކައިރީގައި ފޯން ބާއްވައިގެން ހެޑްފޯންޖަހައިގެން ފަސޭހަކަމާއެކު ވާހަކަ ދައްކާތާ މިހާރުވެސް ދެގަޑިއިރަށްވުރެ ގިނައިރު ވެދާނެއެވެ.

"
މާދަން ބުނާނަން...." ނިދީގައި އޮވެގެން އެހެން ދައްކާ ވާހަކަ މާދަން ހެނދުނުވާއިރު ނަވީން ހަނދާން ހުރެއްޖެއްޔާވެސް ރަނގަޅެވެ. 
"
އިނާ............." އެއްވެސް ވާހަކައެއް ނުދެކެވި ދިޔަ ހިމޭންވަގުތުކޮޅަކަށްފަހު ނަވީން ގޮވާލިއެވެ.
"
ނިދެނީ ދޯ......" ނަވީން އެހިއެވެ.
"
ހިނގަ ދޯ ބާއްވަން.....ހެނދުނުން ގުޅާނަން....." ނިންޖާ ބަރުވެފައި ހުރިއަޑު ނަވީން އޮތްގޮތުން އިތުރަށް ބަރުވެ ބެދިފައިވެއެވެ. 
"
އިނާ......." އިނާގެ އަޑު ނީވި ދާ ކޮންމެ ފަހަރަކު ނަވީން އެހެން ގޮވާލައެވެ. ނަމަވެސް މިފަހަރު ގޮވާލީ ޚާއްޞަ އެއްޗެއް ބުނަން އުޅޭކަހަލަ ގޮތަކަށެވެ.
"
ލަވްޔޫ...........ގުޑްނައިޓް. ދެންނިދާލާ އިނގޭ." ފޯންބޭއްވުމުގެ ކުރިން ނަވީން ބުނި ބަސްކޮޅުން އިނާއަށް ވަރަށްބޮޑު އުފަލެއް ލިބޭނެކަން ގައިމެވެ.

** ** ** ** ** **

ހެނދުނު ލޯހުޅުވާލެވުމާއެކު ނަވީންގެ ހަނދާނަށް އިނާ އައެވެ. އެއާއެކު ރޭގައި ދެއްކުނު ވާހަކަތައްވެސް ނަވީން ހަނދާންވާން ފެށިއެވެ. ވަގުތުން ފުންމައިގެން ތެދުވެއްޖެއެވެ. އެނދުން ބޭރަށް ފައިއެލުވައިގެން އިނދެވުނީ ވިސްނުމެއްގައެވެ.

ތިން ދުވަސްވެގެން ހަތަރުވަނަ ދުވަހަށް އިރުއެރިއިރުވެސް އޭނަގެ މައިންބަފައިން ކައިރީގައި، އޭނަ ކައިވެންޏެއް ކުރަން ބޭނުން ވާ ވާހަކައާއި އެމީހަކީ އިނާ ކަން އޭނައަށް އަދިވެސް ނުބުނެވެއެވެ. ވަގުތު ދަނީއެވެ. އޭނަ އައީ ދެހަފްތާ ނިމެންވާއިރަށް އަންނާނަމޭ ބުނެފައެވެ. އޭގެ ކުރިން މަންމަ އާއި ހުރިހާ ވާހަކައެއް ދައްކާ ނިންމަން އޭނަ ބޭނުން ވެއެވެ.

އެކަމަކު އެ ހިތްވަރު އޭނަ ހޯދަނީ ކޮންތާކުން ހެއްޔެވެ؟ ލީނާ ނޫން މީހަކާއި އޭނަ ކައިވެނިކުރަން އުޅޭ ވާހަކަ ބުނާވަގުތު މަންމައަށް ވާނެގޮތް އޭނައަށް މިހާރުވެސް ފެންނަ ފަދައެވެ. އަދި ޚާއްޞަކޮށް އައްޑޫމީހަކާއި އޭނަ ކައިވެނި ކުރަން އުޅުމަކީ މަންމައަށް ކެތްވާނެ ކަމަކަށް ނުވާނެއެވެ. އިނާގެ އެ ބޮޑު ހަގީގަތް އޭނައަށް މަންމައަށް ކިޔާދޭންވެސް ކެރޭނީ ކިހިނެއްހެއްޔެވެ. ޚާލިދުއާއި ޝީލާ އަކީ ގަދަރުލިބިގެންވާ އާއިލާއެއްގެ ވެރިންކަމަށްވާތީ، އެމީހުންނާއި މަންމައަށް ރުހެވުނަސް، އެކަން އެނގުމުން މަންމައާއި އިނާއަށް ރުހެވޭނެހެން ހަމަ ހީނުވެއެވެ. އޭނަ އެންމެ ކަންބޮޑުވަނީ އެކަމާއެވެ. އެ ވާހަކަ ކިޔައިދިނުމުން އިނާ އާއި ދޭތެރޭ މަންމަ ދެކޭގޮތްވެސް ނުބައިވެދާނެތީއެވެ. އެގެއަށް އައި ދަތުރުގައި، އިނާއަށް ކިތަންމެ ތަޢުރީފެއް ކުރިޔަސް މަންމަގެ ދަރިފުޅު، އިނާ އާއި ކައިވެނި ކުރަން ދެކޮޅުހަދާފާނެހެން ވަރަށް ހީވެއެވެ.

އެހެންކަމުން އެއްދުވަހުން އަނެއްދުވަހަށް ނަވީން ދަނީ ފަސްޖެހެމުންނެވެ. ފިނޑިވެގެނެއް ނޫނެވެ. މަންމައާއި ބައްޕައަށް އޭނަގެ ސަބަބުން ދެވޭނެ ހިތާމައަކާއި ހިތްހަމަނުޖެހުމެއްގެ ބޮޑުކަން ހިތަށް އަރާފައި ހަމަ ފަސްޖެހެވެނީއެވެ.

ވަގުތު ނުވަނީކަމަށާއި، މަންމައާއި ބައްޕައާއި އެއްވަގުތެއްގައި ދިމާނުވާތީ އެވާހަކަ އަދި ނުދެއްކެނީ ކަމަށް އޭނަ ބުނުމުން އިނާ އޭނައަށް ޝައްކެއްވެސް ނުކުރެއެވެ. އިނާއާއި އޭނަ ކައިވެނި ކުރަން އޭނަގެ މަންމަ ގަބޫލުނުވާނެކަމުގެ ޔަގީންކަން އޮތްލެއް ބޮޑުކަމުން އެވާހަކަ ދުލުން ބުނަންވެސް އޭނައަށް ނުކެރިގެން އުޅެނީއޭ އިނާ ހިތަށްވެސް އަރާނީ ކިހިނެއްހެއްޔެވެ.

އެކަމަކު ވަގުތެއް ނެތެވެ. އެކަން އޭނަ ކުރަން ޖެހޭނެއެވެ. މިއަދު ކުރަން ޖެހޭނެއެވެ.
ނިދީގެ އަސަރު ހަށިގަނޑުން އަދިވެސް މުޅިން ނުފިލާތީ، އުނދަގޫ ގޮތަކަށް ލޯކުޑަކޮށްލާފައި، ފާރުގައި ހުރި ކަޅުކުލައިގެ ގަޑިއަށް ބަލާލިއެވެ. ގަޑިން 7 ޖަހައި ބޮޑުވެއްޖެކަން އެނގުމާއެކު އަވަސް އަވަހަށް ތެދުވިއެވެ. ހޭވިފައި ބޮލުގައި އަތް ހާކަމުން ގޮސް ވަނީ ފާހާނާއަށެވެ. އޮފީސް ގަޑިއަށް ތައްޔާރު ވުމަށެވެ.

** ** ** ** ** **
 

"
މަންމަ ކީއްކުރަނީ.....ވާހަކައެއް ދައްކާލަންވެގެން....." އެންމެ ފަހުން އެ ވަގުތު ނަވީން ގެނުވައިފިއެވެ. އެރެއެވެ. 
ނަވީންގެ އަޑު އިވުމާއެކު ނަޖްމާ އެނބުރިބަލާލިއެވެ.

އެރޭ އޭނަ ދާންހުރި ގިނަ ތަންތަން ކެންސަލް ކޮށްލާފައި ދިހައެއްޖެހުމުގެ ކުރިން ނަވީން ގެއަށް އައީ، އެގަޑީގައި މަންމަ ގޭގައި އުޅޭނެކަމަށް ވަރަށް އުއްމީދުކޮށްގެންނެވެ. ހީކުރިގޮތަށް މަންމަ ގޭގައި އުޅޭކަން ނަވީނަށް އެނގުނީ މަންމަގެ "ކުޑަކޮޓަރި" ދިއްލާފައި ހުރީމައެވެ. 

މަންމަގެ ފެހުމާއި، ގޭތެރެ ޒީނަތްތެރި ކުރުމުގެ އެކިއެކި މަސައްކަތްތައް ކުރުމަށާއި، އެ މަސައްކަތްތަކުގައި ބޭނުންކުރާ ތަކެތި ބެހެއްޓުމަށްޓަކައި، ބައްޕަ ތައްޔާރުކޮށްދީފައިވާ އެ ކޮޓަރިއަކީ މަންމައަށް ޚާއްޞަ ކުރެވިފައިވާ މަންމަގެ ކޮޓަރިއެވެ. ބަދިގޭގައި މަންމަ ނެތިއްޔާ މަންމަ ހޯދަން އެންމެ ފުރަތަމަވެސް ދާންޖެހޭނީ އެ ކޮޓަރިއަށްކަން އެގެއަށް އައިސްގޮސްވާ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. 

"
އަވަހަށް ބުނޭ....މަންމަ މިއުޅެނީ ކާކޮޓަރީގެ ގޮނޑިތަކަށް ކަވަރު ހަދާލަންވެގެން...." ފެހުމާއި ފޮތްކިއުމުގެ މަސައްކަތަށް އެކަނި ބޭނުންކުރާ ނަންބަރު އައިނުގެ މަތިން ބަލާލާފައި ނަޖްމާ ޖަވާބު ދިނެވެ. 
ކުޑަކޮޓަރީގެ ހުރަސް ފާރުގައި ޖައްސާފައި، ކޮޓަރީގެ ދިގުމިނަށް ހަދާފައިވާ ކަބަޑުބަރީގެ މައްޗަކީ ކަފާހެދުމަށްޓަކައި ފުދޭވަރެއްގެ ބޮޑު މޭޒެކެވެ. ނަޖްމާ ހުރީ އެތަނުގައި އެބުނާ ކަވަރުތައް ފެހުމަށް ފޮތިތަކެއް ކަފާށެވެ.

"
ދަރިފުޅާ.....ކިހިނެއްވީތަ އަނެއްކާ....؟" އެތަނަށް ވަދެފައި އޭނަ ކަފަން ހުރި ފޮތިގަނޑު ބަލަން ހުއްޓިލިގޮތަށް ނަވީން ހުންނަން ފެށުމުން ނަޖްމާ އަނެއްކާވެސް ބަލާލިއެވެ. ލޮލުގެ ބަދަލުގައި ނަޖްމާގެ އައިނު ހަމެޖެހިފައި އިންނަނީ ނޭފަތްމަތީގައި ކަމަށްވާތީ، މިފަހަރުވެސް ނަޖްމާ ބަލާލީ އައިނުގެ މަތިންނެވެ.

މޭޒުމަތީގައި އޮތް ފޮތެއްހިފައިގެން ގޮސް ނަވީން އިށީނީ އެ ކޮޓަރިއަށް ދެވަނަ މީހަކު އަތުވެއްޖެނަމަ އިށީނުމަށް ބަހައްޓާފައި ހުންނަ ބޮޑު ގޮނޑީގައެވެ. 

"
ސެޕްޓެމްބަރުގަ ކައިވެނި ކުރަން ކަމަށް މިއުޅެނީ........" އެއްފައިމައްޗަށް އަނެއްފައި ނަގައިގެން، ފައިގެ މަތީގައި ފޮތް ބާއްވައިގެން އިނދެފައި ނަވީން ބުނެފިއެވެ. ދުރުދުރުން ދިއުމުގެ ބަދަލުގައި ސީދާ ވާހަކައެވެ. ސާފު ސީދާ ބަހުންނެވެ.

އިވުނު އަޑުން ލިބުނު ހައިރާންކަމެއްގެ ބޮޑުކަމުން ނަޖްމާ ކަފަން ހުރި ފޮތިގަނޑުގައި ކަތުރުވެސް ތާށިވެއްޖެއެވެ.

ބަދިގެ ޒީނަތްތެރިކޮށް ރީތިކޮށްބެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާއި އެފަދަ ފޮޓޯތަކުން ފުރާލާފައި އޮތް ފޮތް ހިފައިގެން އެ ފޮތުން ގަނޑުތައް އުކާލަ އުކާލާ އިން ނަވީންއަށްވެސް މަންމައަށް އެވީގޮތް ފެނުނެވެ. އެއާއެކު ހިތުގައި ބިރުވެރިކަމެއް ހިނގައިގެންދިޔައެވެ. އޭނަ ދެން ބުނާ އެއްޗަކުން މަންމައަށް ވެދާނެ ގޮތަކަށްޓަކައެވެ.

ކަފަން ގެންގުޅުނު ކަތުރާއި ފޮތިގަނޑު ބާއްވާފައި ނަޖްމާ އިށީނދެއްޖެއެވެ. ނަވީން އިނީ މަންމަ ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ.

"
ދަރިފުޅު ތިހެން ނުބުނެގެން މަންމަ ހުންނަތާ ކިހާ ދުވަހެއް....؟؟" ލޮލުގައި ހުރި އައިނު ނަގާ ދުނިގަނޑުން ލައްޕާލަމުން ނަޖްމާ މިހެން ބުނެލީ ފުންނޭވައާއެކު ހިތްހަމަޖެހިލައިގެންނެވެ. ނަވީންވެސް ހިތްހަމަޖެހުނެވެ.
"
މަންމަ ވަރަށް އުފާވެއްޖެ......މިހާރު ދުވަހެއް ކަނޑައަޅައިފިންތަ....؟" ހަގީގަތުގައިވެސް ނަޖްމާގެ މޫނުމަތިން އުފާވެރިކަން ފެނެއެވެ.

"
ނޫނޭ....އަދި....." ނަވީން ބުނަން އުޅުނެވެ.

"
އާނ....މަންމަ ހަނދާންނެތުނީއޭ....ލީނާ ނެތޭ ދޯ ރާއްޖޭގަ.....އައިމަތާ ކަނޑައެޅޭނީ.....މަންމަ ހައިރާންވެއްޖެ އެކަމަކު. ތިކަން ތިހިސާބަށް ދިޔައިރުވެސް ލީނާވެސް މަންމައަށް ޝައްކުވިޔަކަވެސް ނުދެޔޭ. ވަރުގަދަ ކުއްޖެއް އެއީ...." ނަވީން ބުނަން އުޅުނުއެއްޗެއްވެސް މެދުކަނޑާލާފައި ނަޖްމާ ބުންޏެވެ. ކުށްހީއެއްގެ ސަބަބުން މަންމަގެ އަޑަށް އައިސް ހުރި އުފާވެރިކަމާއި މަންމައަށް އޮޅިފައިވާ މިންވަރު ފެނުމުން ނަވީން ހަމަ ހައިރާން ވިއެވެ. 

އޭނަ ކައިވެނި ކުރަންޏާ ކުރާނީ ލީނާއާއޭ މަންމަ ޔަގީންކޮށްފައި އެހެރީ ހާދަ ވަރަކަށެވެ. ލީނާގެ ކަންތައްތައް ހުންނަ ގޮތުން އަބަދާ އަބަދު އޭނަ ހިތްހަމަނުޖެހިފައިހުންނަތަން މަންމައަށް ނުފެނުނުއިރު، ލީނާއާއި ރުހިގެން އޭނަ އުޅުނު އެއްވެސް ފަހަރެއް މަންމައަށް ފެނުނީވެސް ކިހިނެއް ހެއްޔެވެ.

"
މަންމާ........." އިށީނދެއިންތާ ކައިރީ ހުރި ފޮތި ކޮތަޅެއްމަތީ އަތުގައި އޮތް ފޮތް ނަވީން ބާއްވައިފިއެވެ. ހަގީގަތް މަންމައަށް ސާފުކޮށްދޭން ނަވީން ތައްޔާރުވީއެވެ.

"
މަންމައަށް ކުށްހީއެއްކަންނޭނގެ ތިވީ.......ލީނާއެއް ނޫން އެއީ....." ހިތްވަރުކޮށްލާފައި ނަވީން ބުނެފިއެވެ. މަންމަގެ މޫނަށް ބަލަން އިނދެގެންނެވެ. ސްވިޗަކުން ބޮތްކެއް ނިވާލީމަ އަލިކަން ގެއްލިގެންދާހާ އަވަހަށް ނަޖްމާގެ މޫނުމަތިން ހިނިތުންވުން ގެއްލިއްޖެއެވެ.

"
ދެން ކާކު..........؟" ލީނާއަށްވުރެ ރަނގަޅު އެހެން އަންހެންކުއްޖަކު ނަވީނަށް ފެނިދާނެކަމަށް ހީކުރަނީހޭ އަހާލާ ކަހަލަ ގޮތަކަށް ނަޖްމާ އަހާލިހެންނެވެ. 

"
އިނާ........." އޭނަގެ ހަޔާތުގެ ބައިވެރިޔަކަށް ހަދަން ބޭނުންވާ އަންހެންކުއްޖާގެ ނަން ނަވީން ހާމަ ކުރިއެވެ.
"
ކާކޭ....؟" ލޯކުޑަކޮށްލާފައި ނަޖްމާ އަހާލިއެވެ. މީގެ ދޮޅުމަހެއްހާ ދުވަސްކުރިން އެ ނަން ކިޔާ އަންހެންކުއްޖަކާ ބައްދަލުވެ ސަލާމްގަލާމް ކުރި ހަނދާންވެސް ހުރިހެނެއް ހިއެއް ނުވެއެވެ.

"
އިނާ މަންމާ....ޚާލިދުގެ ދަރިފުޅު....އިނާ....." މަންމައަށް ހަނދާންކޮށްދިނުމުގެ ގޮތުން ނަވީން ބާރުލައިދިނެވެ.
"
އޯވހ........." ނަޖްމާއަށް ސިހުމެއް ލިބުނެވެ. ހުރިހާ ކަމެއް ރަނގަޅަށް ސާފުވެއްޖެއޭ ބުނި ކަހަލަ ކުލަވަރެއް މޫނުމައްޗަށް އައީ އަދި އޭގެ ސިކުންތުކޮޅެއް ފަހުންނެވެ. 

ނަވީން އަނގައިންވެސް ނުބުނެއެވެ. މަންމަ ދެން ބުނަނީ ކީކޭތޯ އަޑުއަހަން މަންމަގެ މޫނަށް ބަލަން އިނީއެވެ. 
އޭނައަށް އެންމެ ބޮޑު ކަންބޮޑުވުމެއް ލިބެނީ މި ކައިވެންޏަށް މަންމަ ނުރުހިދާނެތީއެވެ. ބައްޕައަކީ އެއްވެސް ކަމަކަށް ދެކޮޅުހަދާނެ މީހެއްނޫންކަން ނަވީންއަށް އެނގެއެވެ. އެކަމަކު މަންމަ ނުރުހިއްޖެނަމަ ބައްޕަވެސް ތާއީދެއް ނުކުރާނެއެވެ. މަންމައާއި ބައްޕަގެ ނުރުހުމުގައި ކަންތައް ކުރުމަކީ އޭނަ އެއްއިރެއްގައިވެސް ފަރިތަކޮށްފައިވާ ކަމެއް ނޫންވީމަ، ހަޔާތުގެ އެންމެ މުހިއްމު ނިންމުމުގައި އެދެމީހުންގެ ތާއީދަކީ އޭނައަށް ވަރަށް މުހިއްމު އެއްޗެކެވެ.

"
ނަވީނަށް ކީއްވެ ލީނާ ކަމުނުދިޔައީ....؟" އިނާ އާއި ބެހޭ ގޮތުން އެއްޗެއް އެހުންވެސް ނަޖްމާއަށް މުހިއްމު ނުވިއެވެ.

"
މަންމާ…….ލީނާއާއި ދޭތެރޭ އެއްވެސް އިރެއްގައި އެކަހަލަ ގޮތަކަށް އަހަރެން ނުވިސްނަމޭ....ލީނާ އަމިއްލައަށް އުޅޭގޮތެއް އެއީ. މަންމައަށްވެސް ފެނެއެއްނު." ނަވީންގެ އަޑުގައިވެސް ވަނީ އުޒުރުވެރި ގޮތެކެވެ. އެކަހަލަ ވާހަކައެއް މަންމައާއި ދައްކަންވުމުން ތަންކޮޅެއް އުނދަގޫގޮތެއްވެސް ނަވީނަށް ހުއްޓެވެ.

"
މަންމައެއް ނުދެކެން. ދެކެންވެސް ބޭނުމެއް ނޫން." ނަޖްމާގެ ޖުމްލައިގެ ދެބައިގައި ވަނީ ދެކުލައެވެ. ދޮގާއި ހަގީގަތެވެ. 
މަންމަ އެބުނީ އޮޅުވާލުމެއްކަން ނަވީނަށްވެސް އެނގެއެވެ. ހައިރާންވެ އަންތަރީސް ވިއެވެ.

"
މި ރާއްޖޭގަ މިހުރިހާ މީހުން ތިއްބާވެސް.....ނަވީނަށް ހަމަ ފެނުނީ އައްޑުއަތޮޅު މީހެއް؟ ތިއީ މަންމަމެނަށް ނަވީން ގަސްތުގަ ދިން އަނިޔާއެއްތަ؟" އަކުރުތަކަށް ބާރުލާފައި، ވަރަށްވެސް ބޮޑަށް ހިތްހަމަ ނުޖެހިފައި ނަޖްމާ ކުރީ ވަރުގަދަ ސުވާލެކެވެ.
އޭނަ ހީކުރިގޮތް މިވަނީއެވެ. މަންމައަކަށް އެކަން ބަލައެއް ނުގަނެވޭނެކަން އޭނައަށް މާ ކުރިންވެސް އެނގުނެވެ.

"
އައްޑޫވީމަ ކޮބާތަ މައްސަލައަކީ މަންމާ...." ނަވީންވެސް ދިޔައީ އިނާގެ ދިފާޢުގައި ދެއްކެން އޮތް ވާހަކައެއް ދައްކަމުންނެވެ.

"
ނަވީނަކަށް ނޭނގޭތަ އެ އަތޮޅު މީހަކާއި މާލެ މީހަކު ކައިވެނި ކުރުމަށް މަންމަ އަބަދުވެސް ދެކޮޅު ހަދާ މިންވަރު. އަލަކަށް ނޫނެއްނު ނަވީނަށް މި އަޑު އިވޭނީ....އެއީ ކޮން ކަހަލަ ބައެއް ކަމާއި އެމީހުންގެ ހަސީލަތުގެ ނުބައި ވާހަކައަކީ އަބަދު އަހަރެން މި ދައްކާ ވާހަކަ. ތިކަމުގެ ސަބަބުން އަހަރެންގެ ރައްޓެހިންނަށް އަހަރެން ދައްކާނީ ކޮން މޫނެއް..." އޭނަގެ މުއްސަނދި ރަހްމަތްތެރިންގެ ކުރިމަތީގައި އޭނަގެ އަގު ދަށްވުމަކީ އޭނައަށް ރުހެވޭނެ އެންމެ ފަހު ކަންތަކެވެ.

އިނާއާއި ގަބޫލުނޫންކަން ހާމަކޮށްދޭން މަންމަ މި ނެގި ސަބަބު ނަވީނަށް ވީ ވަރަށް ތާކުންތާކު ނުޖެހޭ ސަބަބަކަށެވެ. މަންމައާއި މަންމަގެ ރައްޓެހިންގެ އަބަދުގެ މައުޟޫއަކަށް އެބުނާ ވާހަކަތައް ވެފައި އޮތުމަކީ އެ ކައިވެންޏަށް މަންމަ ދެކޮޅު ހަދަންވީ ސަބަބެއް ކަމަކަށް ނަވީނަށް ނުފެނުނެވެ. އަދި އަމުދުން އަމިއްލަ ދަރިފުޅުގެ ކައިވެންޏަށް ވީތީވެސް އެކަމާއި މަންމަ އެ ނޫން ގޮތަކަށް ވިސްނަން ޖެހޭނެއޭ ނަވީންގެ ހިތް ބުންޏެވެ. 

"
ތިއީ ކާކު މަންމަ ކައިރީ ދައްކައިގެން އުޅޭ ވާހަކައެއް. މަންމައަކީ ދުވަހަކު އައްޑުއަށް ދިޔަ މީހެއްވެސް ނޫން. މަންމައަށް ދެން ކިހިނެއް ތިގޮތަށް ބަޔަކު ޖަޖް ކުރަން އެނގޭނީ. ވަކިތަނެއްގަ އުޅެނީ ވަކި ކަހަލަ ބައެކޭ ބުނުމަކީ އެމީހުންގެ ހައްގަށް އުނިކަން ގެނައުންހެން ހީވަނީ. އެހެން ނޫނަސް....ހުރިހާ އެންމެންނަކީވެސް ގޯސްބައެއް ނޫނެއްނު.....ކޮންމެ ތަނެއްގައިވެސް އުޅޭނެ ނުބައިމީހުންނާއި ގޯސްމީހުން. މަންމައަށާއި ބައްޕައަށް އިނާ އަކީ ކޮން ކަހަލަ އާއިލާއެއްގެ ކުއްޖެއްކަން އެނގޭ. ހަމަ އެކަނި އެމީހުން ރަނގަޅު ބަޔަކަށް ވަނިކޮށް ނިމުނީނު. މުޅި އަތޮޅުގެ އެންމެންގެ ވާހަކަ ކީއްކުރަން އަހަރެމެން ދައްކަންވީ." ނަވީން ވާހަކަ ދައްކަމުން ދިޔައީ އޭނަ ގަބޫލު ކުރާ ހަގީގަތަށެވެ.

"
ނަވީން ބުނާނީ ތިހެންކަން މާކުރިންވެސް އެނގޭ.....އަހަރެންގެ ހިތަށް އަރާ......" ނަޖްމާގެ ގާތަށް ރުޅިއައިވަރުން ބުނަން އުޅުނުއެތިވެސް ނުބުނެވުނެވެ. ކުއްލިއަކަށް ތެދުވެގެން ގޮސް ކުރިން ވެސް ފޮތިކަފަން ހުރި މޭޒުކައިރިއަށް ހުއްޓި ނަވީން އަށް ފުރަގަސްދީގެން ހުރެއްޖެއެވެ.

"
ނަވީނަށް ލީނާގެ ކިބައިން ކޮން އުނިސިފައެއް ފެންނާތީތަ ތި ގޮތަށް ތި ނިންމީ. ލީނާ ހުރީ ކިޔަވައިގެން. މަތީ މަގާމެއްގަ. ރީތި....ޒަމާނީ.....އަޚްލާގް ރަނގަޅު....ހިތްހެޔޮ....ކޮންމެ މީހަކާއި ދިމާވިޔަސް ހީލާފައި ވާހަކަ ދައްކާނެ. ބޮނދައިގެން ކޮޓަރީގަ އޮންނަ ވައްތަރެއް ނޫން. ފިކުރެއް ނެތި ހޭދަކޮށްލެވޭހާ ފައިސާ އެބަހުރި. މީހެއްގެ ހުރި ހަމަ އެންމެ ދަރިއެއް......ހުރިހާ ގޮތަކަށް ބަލާއިރުވެސް ނަވީން އާއި ގުޅޭ. ދެން ތިއީ ކޮން ސަކަރާތެއް.....ތި ބުނާ މީހާއަށް ސައުވީސްގަޑިއިރުވެސް އޮންނާނީ ބަލިމީހުން ގައިގަ ފިރުމުން. ގެއަށް އަންނަ ކޮންމެ ފަހަރަކު އަހަރެމެން އެންމެން ތިބެން ޖެހޭނީ ނުރައްކަލުގެ ތެރޭގަ. ގެނެސްދާނެ ބައްޔެއް ނޭނގޭތީ." ނަޖްމާ އެއްފައްޗަކަށް އަމުނަމުން ދިޔައެވެ.

ނަވީން ހަމަ ހުއްޓިފައި އިނީއެވެ. މަންމަގެ ހިތުން އިނާއަށްޓަކައި އޭނަ ޖާގައެއް ހޯދަން ޖެހޭނީ ހާދަ ބުރަމަސައްތުންނޭ ހީވެފައެވެ. 

"
ނަވީނަށް އެނގޭނެ މަންމައަކީ އެއްވެސް އިރެއްގައި ތިބުނާ ނަރުހުންނާ ގަބޫލު މީހެއް ނޫންކަން. އޭނައަކަށް ވަގުތެއް ނުވާނެ ދުވަހަކުވެސް ނަވީނާއެކު....ކާލަން....ހިނގާލަން ބޭރަށް ޖެހިލާކަށް. ކޮންމެވެސް އެއް ޑިއުޓީއެއް އޮންނާނެ ކުރިމަތީގަ. މިއިން އެއްވެސް ކަމަކަށް ނަވީން ވިސްނައެއް ނުލަންތަ." ނަޖްމާ އޭނަ އެކައިވެންޏާއި ނުގަބޫލުވުމުގެ މައްޗަށް ގަދަ ސަބަބުތަކެއް ދައްކަމުން ދިޔައެވެ. 

"
އަހަރެން ނުވިސްނަން މަންމާ....އަހަންނަށް ވިސްނެނީ ނަރުހުންގެ މުހިއްމުކަން....އެކަމަކު އިނާގެ ވަޒީފާއަށް ބަލާފައެއް ނޫން އަހަރެން އިނާ ޚިޔާރު ކުރީ . އިނާއަކީ ރަނގަޅު އަޚްލާގެއްގެ އަންހެންކުއްޖެއް. މަންމަ ތިބުނާ ލީނާއަށްވުރެ ހާސްބައިވެސް ރަނގަޅު ކުއްޖެއް. މަންމަ އަޅެ އިނާ އެނގެން މަސައްކަތް ކުރަންވީނު." ނަވީން އެދުނެވެ. އިނާއާއި ބެހޭގޮތުން މަންމައަށް އަދި ނޭނގިހުރި ހަގީގަތްތައް އެނގުމުން މަންމަ ބުނާނީ ކީކޭބާވައޭ ނަވީން ހިތަށް އަރައެވެ.

"
ބުނަން ނަވީން ވާހަކައެއް. އޭނަ ކާކުކަން ނޭނގިފަ ތިއޮތީ ނަވީނަށް. މިވާހަކަ މިގޮތަށް ނުދައްކާން މި ހުންނަނީ. އެކަމަކު އަލަގަހަކުން ދުވަހަކުވެސް ކެޔޮ ނިރެއް ނުފަޅާނެ. އޭނައަކީ ކާކުކަން އޮޅުންފިލުވަންވީ ފުރަތަމަ ނަވީންހެން މަންމައަށް ހީވަނީ." ކުއްލިއަކަށް އެނބުރި ބަލާލާފައި ރުޅިވެރިކަމާއެކު މަންމަ މިހެން ބުނުމުން ނަވީން ސިހި ހައިރާން ވެއެވެ. 

"
އިނާއަކީ ކޮންކަހަލަ ކާކުކަން ވަރަށް ރަނގަޅަށް އެނގިހުރެ ވިސްނާފަ މިގޮތަށް ނިންމީ...." ނަވީން މަޑުމަޑުން ބުންޏެވެ.

"
މާނައަކީ ނަހަލާލަށް ލިބިފަ ހުރި އަންހެނަކާ އިންނަން ތިއުޅެނީ އެނގިހުރެޔޭ ދޯ؟ ނަވީން ތިހިރީ ހަމަހޭގަތަ؟ ތިބުނާ މީހަކަށް ތިވަރަށް މަރުދެވުނުއިރު ނަވީނަށް ނޭނގޭތަ ނަވީން ނިންމާ ކޮންމެ ނިންމުމެއްގެ ފަހަތުން ހުރިހާ ހަޑި ނަމެއް ލިބޭނީ އަހަރެމެންނަށްކަމެއް." ނަޖްމާގެ ރުޅި ކޮންޓްރޯލުން ނެއްޓުނެވެ.

ނަވީން އިނީ ސިހިފައެވެ. މަންމައަށް އިނާގެ އެ ހަގީގަތް އެނގޭތީއެވެ. އިނާއާއި ދޭތެރޭ މަންމަ ދެކޭގޮތް ބުނެލި އަނިޔާވެރި ގޮތުން އޭނަގެ ހިތް ޒަޚަމް ވެގެން ދިޔައެވެ. 
ކިތަންމެ ހިތްހަމަނުޖެހުނަސް، ނަވީން އާއި ވާހަކަ ދައްކާއިރު މަންމަ ނޫން ނަމަކުން ދުވަހަކުވެސް އަމިއްލައަށް މުޚާޠަބްނުކުރާ އެ މަންމަ، މިފަހަރު "އަހަރެމެންނޭ" ބުނުމުން، މަންމަގެ ހިތްހަމަނުޖެހުން ހުރި ހިސާބު ނަވީނަށް ވިސްނައިގަނެވުނެވެ. 

"
މަންމަމެނަށް އެއްވެސް ހަޑިނަމެއް ދިނުން އެއީ އަހަރެން ކުރާނެ ކަމެއްނޫން މަންމާ. އެކަމަކު އިނާގެ ކުށެއް އެކަމުގައި އޮތްކަމަކަށް އަހަރެން ނުދެކެން. އެކަމެއް ކުރިބަޔަކަށްނު އެކަމުގެ ފާފަ އޮތީ.؟" އޭނަ ކިތަންމެ ބޮޑުވެފައި ހުއްޓަސް، މަންމައަށްވުރެ ބޮޑުވާކަށް ނަވީން ދުވަހަކުވެސް ގަސްތެއް ނުކުރެއެވެ. މަންމަގެ ރާގާއި ބަސްމަގު ހުރިގޮތުން ހިތްހަމަނުޖެހުނު ނަމަވެސް، މަޑުމައިތިރިކަމާއެކު ވާހަކަ ދެއްކީ އެހެންވެގެންނެވެ. 

"
ކުށެއް ނެތޭ........؟؟ ނަވީންއަށް ނުވިސްނިގެން އުޅެންޏާ ބުނެދެންތަ؟ އަހަރެން ބޭނުމެއް ނޫން ނަސްލު އޮޅޭކަހަލަ ދަރިން ނަވީންއަށް ލިބޭކަށް. ވިސްނިއްޖެތަ މިބުނާ އެއްޗެއް." ރުޅިއައިސްފަހުރިވަރުން ނަޖްމާގެ އަޑުވެސް ބާރުވަމުން ދިޔައެވެ. 

ނަވީންއަށް ލިބުނީ ބޮޑުވެގެންވި ހައިރާންކަމެކެވެ. ލިބޭ ދަރިން ނިސްބަތް ވާނީ ބައްޕައަށްކަން މަންމައަށް ހަމަ ނޭނގެނީހެއްޔެވެ؟ އިނާއަކީ ބައްޕަ ނެތް ކުއްޖަކަށްވިޔަސް އިނާއަށް ލިބޭ ދަރިންނަށް އެކަމުން އަސަރެއް ނުކުރާނެކަން މަންމަ ގަބޫލުނުކުރުން އެއީ ކިހާ މޮޔަ ވިސްނުމެއް ހެއްޔެވެ.

"
ލިބޭ ދަރިން ނިސްބަތްވާނީ އަހަންނަށް މަންމާ. އިނާއަކަށް ނޫން. އަހަންނަކަށް ނުވިސްނޭ މިކަމުގަ މަންމަ ތިހާ ހިތްހަމަނުޖެހެންވީ ސަބަބެއް." އަދިވެސް ނަވީން މަސައްކަތް ކުރަނީ މަންމައަށް ވިސްނައިދެވޭތޯއެވެ.

"
ކިހިނެއްތަ އެހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ނަވީނަށް ތިހާ ބޮޑު ޔަގީންކަމެއް އޭނައާއި ދޭތެރޭގައި ލިބުނީ. މީހަކު ބުނާ އެއްޗެއްވެސް އޭނަގެ އަވައިގަ ޖެހިފަ ހުރިވަރުން ނަވީނަށް މިހާރު ގަބޫލު ނުކުރެވޭދަރަޖައަށް ދެވިފަ ތިހިރީ ކިހިނެއް؟ ނަވީނަށް ކިހިނެއް އެނގެނީ އޭނައަކީ ކޮންކަހަލަ އަންހެނެއްކަމެއް.....އޭނަ އުޅެފަހުރިގޮތް ކިހިނެއް އެނގެނީ. ނަވީނަށްވެސް ފެނިފަ ހުންނާނީ އޭނަ ދެއްކި ކުލަވަރެއް. އޭނަވެސް ވާނީ އޭނަ ވިހެއި މީހާ ގޮތަށް. އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެ. އެ ވާނީ ހަމަ އެއަށް......" މަންމަގެ ބަސްތަކުން ނަވީނަށް ޔަގީނާއި ގާތަށް އެނގެމުން ދިޔައީ މަންމަގެ ރުހުން އިނާއަށް ނުލިބޭނެ ކަމެވެ. 

"
ތިހެން ނުބުނޭ މަންމާ. އިނާގެ މަންމަ ދުނިޔޭގައިވެސް ނެތްކަން މަންމައަށް އެނގޭއިރު ތިކަހަލަ އެއްޗިހި ބުނުން ހިއެއް ނުވޭ ރަނގަޅުހެނެއް. " ހިތްވަރުކޮށްފައި ނަވީން ބުންޏެވެ.

"
ބުނަން.....ހެވާއި ނުބައިގެ ވާހަކަ އަހަންނަށް ކިޔައިދެވޭވަރަށްވުރެ ނަވީން ތިހިރީ ލޯއަނދިރިވެފަ. އޭނަ ރަނގަޅުތޯ އޭނަ މަންމަ ރަނގަޅުތޯ ބަލާކަށް އަހަންނަކަށް މުހިއްމެއް ނޫން. އަހަންނަކަށް އޭނައެއް ނޯޅޭ. އެ ނުވާނެ ނަހަލާލް ދަރިއަކަށް ނޫނީ. އޭނަ ވާނީ ހަރާމް ފުރާނައަކަށް. އެކަހަލަ އަންހެނަކާއި އިނދެގެން މިގެއަށް ގެންނަން ހިތަށް އެރުވިއިރު، ނަވީން ބޭނުންވަނީ އަހަރެންގެ ފުރާނަ ދުއްވާލުން ކަމަށްވަންޏާ ފުރަތަމަ އެކަން ކުރޭ. އޭގެ ފަހުން ތިކައިވެނި ކުރެވޭނީ." ނަޖްމާގެ ފަހުބަސް ނަޖްމާ އިއްވިއެވެ.

ނަވީންގެ ބަސްހުސްވެ ހަރަކާތް ހުއްޓިއްޖެއެވެ. މަންމަ އާއި ދިމާލަށް ބަލަހައްޓައިގެން އިނދެވުނީ ނާއުއްމީދު ވެފައެވެ. ވަރަށްވެސް ބޮޑަށެވެ.
ވާހަކަ އެދައްކަނީ ހަމަ އޭނަގެ މަންމަ ބާވައޭ ނަވީންގެ ހިތަށް އެރިއެވެ.
*******(ނުނިމޭ)*******


http://www.muraasil.com/images/comment_reply.png

ދޮންދީނި ކައިރީ ބުނީ 9 ޖަހާއިރަށޯ. އެކަމު އެއޮއް 10 ޖަހަނީ.. ހެހެހެ އަދި ނުވެސް ކިޔަން.. ކިޔާފަ ކޮމެންޓް ކޮށް ލާނަން އިނގޭ
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ދޫންޏާ.....ސޮފާ ބުނިހެން 8:45 ގަ އަޕްލޯޑްކުރަން އުޅެފިން.........އެކަމަކު ހަމަ ޕޭޖް ނުހުޅުވި ނުހުޅުވި ގޮސް 9 އެއް ޖެހީ.....ދެން ހުޅުވުނު ގޮތަށް ޕަބްލިޝް ނުކުރެވިގެންވެސް އެތައް ވަގުތެއް ދިޔަ.....އޭގެ ފަހުން ކިއުންތެރިންނަށް ނުހުޅުވިވެސް ދާނެކަން ޔަގީން ވަގުތު.....އަސްލުވެސް އެއީ ވީ ގޮތަކީ.....http://www.muraasil.com/images/comment_reply.png
Posted on 2011-09-17 10:32:30 | Report this Comment

އަޅޭ، ސޮފާ. ތިހެން ނަހަދަބަލަ. ނަވީން އާ އިނާ ގުޅުވައްޗޭޭ، އެހެންނޫނީ ވވވވވ.ސަކަރާތް ވެދާނެ.............. ޓޭކް އަ ގުޑް ކެއަރ ސޮފާ.
ދޮންދީނި: ސޮފާ. މިހާރުގެ މީހުން ގެ ވައްތަރު އެއީ. ނަޖްމާާ ވެސް ދޯ! އުޅޭ ގޮތެއް ދޯ!
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: މިހާރުތަ....މީގެ ކުރިންވެސް ހަމަ އެކަހަލަ މީހުން އުޅުނު......އެކަމަކު އެހެން ރުޅީގަ ނިންމާ ކަންތަކުގެ ނަތީޖާ ނުކުމެފަ ހުރި ގޮތްތަކަށް ބަލާފަ ތަޖްރިބާ ލިބިގަންނަންވެއްޖެ ދޯ މީސްމީހުން މިހާރު. އެކަހަލަ އެތައް ކަމެއް ސޮފާއަށް އެނގިގެންވެސް އެބަހުރި ވެފަ.
ދޮންދީނި: އަސްލުތަ؟ ....http://www.muraasil.com/images/comment_reply.png
Posted on 2011-09-17 10:43:22 | Report this Comment

އަޅެ ދެން... އެގޮތަށް ވިސްނާކަށް ނުވާނެއެއްނު؟ ނަޖްމާ ހާދަ ކްލޯޒް މައިންޑަޑްއޭދޯ؟ ކީށްތަވާނީ ނަވީންގެ އުފަލާމެދު ވިސްނާފަ އަމިއްލަ ވިސްނުން ބަދަލު ކުރަން... ދެން އަޅޭ... ހަމަ އެއްބަހެއް ނުވެވޭނެތަ؟ ނަވީން ކިހާ ދެރަ ވާނެ؟ އަދި އިނާއަށް އެނގުނީމަ އިނާއަށް ވާނީ ކިހިނެއް؟ ވަރަށް ރީތި އިނގޭ ސޮފާ... ވަރަށް ރިއަލް...
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ވަރަށް އުފާވެއްޖެ މާޝާ ގަވައިދުން މި ވާހަކަ ކިޔާތީ. އަދި ވިސްނުންތެރިކަމާއެކު ކިޔާފަ ކޮމެންޓެއް ކޮށްލީތީވެސް ޝުކުރިއްޔާ.http://www.muraasil.com/images/comment_reply.png
Posted on 2011-09-17 11:04:22 |

ހަގީގަތުގައި މިއީ ދިވެހިންގެ ގަބޫލުކުރުމގައި ހުންނަ ވަރަށް އުނި ސިފައެއް. ޚާއްސަކޮށް އަންހެންވެރިންގެ. ހުއްދަ ނޫން ގޮތުގައި ލިބޭ ދަރިފުޅުގެ ކުށަކީ ކޮބައި؟ އެކަމުގެ ހުރިހާ ސަޒާއެއް އޮތީ އެކަން ކުރި ދެމީހުންނަށް. މިއުއްމަތުގެ ރަސޫލާ މުޙައްމަދު ޞަލަﷲ ޢަލައިހި ވަސައްލިމ ގެ ބަސްފުޅެއްގެ މާނައިގައިވަނީ "ދަރި ލައްވާ ހުށީ ތަންމައްޗަށެވެ. ޒިނޭކުރި މީހުންނަށް އެކަމުގެ އަދަބު ހުއްޓެވެ." މިތަނުގައި "ދަރި ލައްވާ ހުށީ ތަންމައްޗަށެވެ" ދޭހަވާ މާނައަކީ ހުއްދަ ގޮތުގައި ހޯދާ ދަރިންވެސް ހަމަ ބާއްވާނީ ތަންމަތީގައެވެ. ނަހަލާލަށް ވިހެޔަސް އެ ދަރިފުޅާމެދު ކަންކުރަން ޖެހެނީ ހަމަ އެގޮތަށެވެ. އެކުއްޖާގެ ކުށެއް ނެތެވެ. އަހަރެންގެ ވަރަށް ގާތް ރައްޓެއްސަކަށްވެސް މިކަހަލަ ކަމެއް ދިމާވި. އެ ކުއްޖާއަކީ ނަހަލާލަށް ލިބުނު ކުއްޖެއްކަން ސާބިތު ކުރެވޭނެ ގޮތެއް ނެތް އިރުވެސް ރަހުމަތްތެރިޔާގެ މައިންބަފައިން ގަބޫލެއްނުވި. ޚާއްސަކޮށް އޭނާގެ މަންމަ. މިރާއްޖޭގެ މަޝްހޫރު އިސްލާމީ އިލްމުވެރިންނާ ގުޅާ ވާހަކަ ދެއްކުވުމުންވެސް ހިލާ ގަބޫލެއް ނުކުރި. އެއްމެ ފަހުން މަންމަމެންގެ ނުރުހުމުގައި ކައިވެނިކުރި. (އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުވިޔަސް). އެކަމަކު 2 އަހަރު ފަހުން މިހާރު މަންމަމެންވެސް ގުޅޭ.
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުޖާއުގެ ކޮމެންޓަކީ ވަރަށް ގިނަ ހެޔޮ މެސެޖްތަކެއް ކިއުންތެރިންނަށް ގެނެސްދޭނެ ކޮމެންޓެއްކަން ޔަގީން. ވަރަށް އުފާކޮށްފިން ހުއްދަނޫން ގޮތުގައި ލިބޭ ދަރިންނާމެދުގައި ރަހުމަތުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސްކުރައްވާފައިވާ ބަސްފުޅުގެ މާނައާއެކު ގެނެސްދިން ކަމަށްޓަކައި. ސޮފާ ވެސް މިހިރީ ވަރަށް ގާތުން މިކަހަލަ ކަމެއް ދެކި އެކަމުގެ ސަބަބުން އެ އާއިލާއަށް ލިބޭ ހިތާމައާއި ވޭންވެސް ދެކެފަ. އުއްމީދުކުރަން މައިންބަފައިން ދެއްކުންތެރިކަމާއި ބޮޑާކަން އެއްކިބާކޮށްފައި، ކަމުގެ އޮންނަ ރަނގަޅުގޮތަށް ވިސްނާނެކަމަށް. ކުށްކުރި މީހާ ނޫން މީހުންގެ ބޮލުގައި އިލްޒާމް ނައަޅުވާނެ ދުވަހަކަށް. އަނިޔާ ނުދޭންވާ މީހާ އަށް އަނިޔާ ނުދޭނެ ދުވަހަކަށް. ވަރަށް އުއްމީދުކުރަން އެ ގޮތަށް.http://www.muraasil.com/images/comment_reply.png
Posted on 2011-09-17 11:38:07 | Report this Comment

ވަރަށް ސަޅީ.......................................
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ވަރަށް ޝުކުރިއްޔާ.........http://www.muraasil.com/images/comment_reply.png
Posted on 2011-09-17 11:41:10 | Report this Comment

ހޭ......އައި އޭމް ފަސްޓް ޓު ކޮމެންޓް ދިސްޓައިމް ދޯ.............
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ނޮޕް........ސޮރީ. ޔޫ އާރންޓް. ދޮންދީނި ގޮޓް ދެޓް ޗާންސް.http://www.muraasil.com/images/comment_reply.png
Posted on 2011-09-17 11:44:42 | Report this Comment

ނަވީންގެ މަންމަ އުޅޭގޮތެއް ދޯ ދެން.....ހާދަ ރުޅިގަދައޭ.......ވާހަކަ ހަމަ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ރީތި!!! އުއްމީދުކުރަން ދެން އޮތް ބައިވެސް އަވަހަށް ފެންނާނެކަމަށް....ސޮފާއަށް މި ރޮނގުގައި އިތުރު ކުރިއެރުމަށް އެދެން.....ކީޕް އަޕް ދި އެކްސެލެންޓް ވޯކް! (:
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހެހެެހެހެ...........އިރާދަކުރެއްވިއްޔާ ދެން އޮތް ބައި މާދަން ގެނެސްދޭނަން. ޝުކުރިއްޔާ ފާތުން. ކީޕް އޮން ރީޑިންގ.http://www.muraasil.com/images/comment_reply.png
Posted on 2011-09-17 13:02:35 | Report this Comment

ނަވީންގެ މަންމަ ލީނާއާއި ހެދި ހާދަ ވަރެއް ވެފައޭދޯ! އަޅެ ދެންއަންނަ ބައެއްގާ މަންމަ ބަދަލުކޮށްލާ އިނާގެ ކޮޅަށް. އިނާ ކިހާ ރަނގަޅު.
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހެހެހެހެ.............މަންމަމެން ބަދަލެއް ނުކުރެވޭނެނު. އެކަމަކު މަންމަމެންގެ ވިސްނުން ވެއްޖެ ބަދަލުކުރަން ދޯ.http://www.muraasil.com/images/comment_reply.png
Posted on 2011-09-17 14:30:12 | Report this Comment

ޝުޖާގެ ކޮމެންޓަށް ވަރަށް ތާޢީދު. ވަރަށް ގިނައިން ދިމާވާ މައްސަލައެއް ތިއީ. ޚާއްޞަކޮށް އައްޑުއަތޮޅުގައި ނަމަ ކޮންމެވެސް ދީދީ އަކަށް ނުވަންޏާ އެއީ ވަރަށް ބޮޑު މައްސަލައެއް. ނަމަވެސް ކުދިވެރިން މިހާރަކު ދުލެއް ނުކުރާނެ. ދެން ހަމަ ޝުޖާ ބުނިގޮތަށް ފަހުން އޯކޭވޭ،
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހައްޖަ އަށް ސޮފާވެސް ވަރަށް ތާއީދު. އެކަމަކު އެއްތަންކޮޅު ބުނެލާހިތްވޭ....ހިއެއްނުވޭ ފަގީރު އާއިލާތަކުގެ މީހުން ދީދީ ތަކަކަށް އިންތިޒާރު ކުރާހެނެއް. އެ އުޅޭ މަތީ މަގާމްތަކުގެ މުއްސަނދި އިއްޒަތްތެރިންކަންނޭނގެ ދީދީ ތަކަށް އިންތިޒާރު ކުރަނީ. އެކަމަކު މިހާރު އެގޮތް ދޫކުރަން ވެއްޖެ ދޯ.....ޒަމާނާއެއްކޮށް ހޭލަންވެއްޖެ....ދީދީ އަކަސް....ވަޒީރަކަސް ވަކީލަކަސް....ބޭވަފާތެރިވާންވީމަ ވާކަށް ހަމަ ލަހެއް ފަހެއް ނޯވޭ. ނޫންތަ އަޅެ.http://www.muraasil.com/images/comment_reply.png
Posted on 2011-09-17 16:28:33 | Report this Comment

alhe najma ves dhoa..leena ge goi najuma ah neygives e kiyuny..mibuny..leena ulhey goas gothuge vaahaka dhoa..varah rythi mi part ves
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ހަނާ......ޝުކުރިއްޔާ....http://www.muraasil.com/images/comment_reply.png
Posted on 2011-09-17 16:35:03 | Report this Comment

ވ ރީތި..... ބަޓް ނަވީން އަށް އިނާ އިނގޭ.... އެކަހަލަ މަންމަ މެންދެކެ ވ ފޫހިވޭ... އެމީހުނަށް ދަރިންގެ އިހްސާސްތައް ނޭންގޭ ކަހަލަ....
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އިހްސާސްތައް ނޭނގެނީކީ ނޫންކަންނޭނގެ. ދެއްކުންތެރިކަން މާބޮޑަށް ކުރިއަށް ނެރެވެނީ. އޭގެ ސަބަބުން ހިތުގެ އިހްސާސްތަކަށް ގަދަރު ކުޑަކުރެވެނީ. ދަރިއެއް އެހެން މީހެއްވެސް ވަކި ނުވާވަރަށް ދުނިޔޭގެ ދަޅަތަކަށް ހެއްލެނީ.http://www.muraasil.com/images/comment_reply.png
Posted on 2011-09-17 17:31:18 | Report this Comment

އަހަރެންގެ ބަސްވެސް ހުސްވެ ހަރަކާތް ހުއްޓިއްޖެ... ދެން އަވަހަށް ލީނާ ގެ ހަގީގަތް ނަވީންގެ މަންމަ އަށް އަންގަދީބަލަ
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ފްރެންޑާ އެހެން ނޫނަސް މިހާރު ވަރަށް ބަސްމަދޭ.....http://www.muraasil.com/images/comment_reply.png
Posted on 2011-09-17 19:23:35 | Report this Comment

varah reethi... dhnme fb check kohleema inguny vaahak up kohfikan... varah kiyaa hithun indha eh nimuny... alhe thankolhe adhi dhigunama dhw... =)
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ތަންކޮޅެއް ކުރު ދޯ އަދި. ބަލާނަން އިނގޭ ދެންބަޔަކުންވެސް އެބައި ހަމަޖައްސާލެވޭތޯ. ޝުކުރިއްޔާ ކަނބުލޯ....http://www.muraasil.com/images/comment_reply.png
Posted on 2011-09-17 19:56:54 | Report this Comment

naveen ah haadha dhera gothekey mi dhimaa vii.. inaa libun dhuvahu mi jehunii parents aa hanguraama kuran.. dhen please naveen nd inaa gulhuvache..
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އަސްލުވެސް ދޯ؟ އެކަމަކު ދެން ކަމެއް ކާމިޔާބުވެސް ނުވާނެއެއްނު އިމްތިހާނެއްވެސް ނެތި. ހިނގާ ދޯ ބަލަމާ ނަވީންގެ ހުރި ހިތްވަރެއްވެސް.http://www.muraasil.com/images/comment_reply.png
Posted on 2011-09-17 21:09:50 | Report this Comment

އަޅެ ! ދެން ނަވީންއާ އިނާ ދުރުވިޔަ ނުދެއޗޭ! ކޮންމެވެސް ގޮތަކުން ލީނާގެ ކަންތައްތައް ނަވީންގެ މަންމައަށް އެނގޭނެގޮތް ހަދާލައްޗޭ! އޭރުން ވަރަށް އުފާވާބެ! ސޮފާގެ ވާހަތަތައް ހަމަ ބެސްޓް .......
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ނިޒް. ހިނގާ ދެން އެންމެންވެގެން މި ނަވީންގެ ހުރި ހިތްވަރެއްވެސް ބަލަން. ގައިމު އޭނަ ނުވެގެން އުޅުނުކަންތައް ވެފައެއްނު އެ އޮތީ. ދެން ބަލަމާ ދޯ ވާ ގޮތެއް. ފިނޑިވެއްޖެއްޔާވެސް ދެރަ ވާނީ ހަމަ އޭނައަށް. އަހަރެމެންނަކަށް ނޫން ދޯ ނިޒް. ހެހެހެހެހެެ.........މhttp://www.muraasil.com/images/comment_reply.png
Posted on 2011-09-17 21:15:31 | Report this Comment

ވާހަކަ ވ އަސަރާ އެކީ ގެނެސް ދެވިފަ އެބަހުރި....މި ވާހަކަ ކިޔަމުން ދިޔައިރު ހުރިހާ މަންޒަރެއް ވެސް ސިފަވާ ކަހަލަ... ވ ހިތާމަ ކުރަން ނަވީން ކަހަލަ ވިސްނޭ ކިޔަމަން ތެރި ދަރިއެއްގެ މަންމަ އަކިީ ހޭލުންތެރި ކަމެއް ނެތް ބޯދާ ޒަމާނު ގެ ވާހަކަ ގަބޫލު ކުރާ މީހަކަށް ޥިމަ....
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ކަނބުލޯ....ޒަމާނެއް ނޫންކަންނޭގެ މީހާގެ ވިސްނުން ބަދަލުކުރަނީ.....ވިސްނުމަކީ ހެވާއި ނުބައި ވަކިކުރަން އެމީހާއަށް އެނގޭ އެނގުމެއްގެ މައްޗަށް ބިނާވެފަ އޮންނަ ކަމެއް. އެހެން ނޫންނަމަ މި "ތަރައްގީ ޒަމާނުގައި" އަހަރެމެން އެންމެން ކުރާނީ ހައްތާވެސް ރަނގަޅު ކަންތައް. އެކަމަކު ކިހިނެއް މިވަނީ....އެއްބަޔަކު ހަމަ ނުލަފާކޮށް އުޅެނީ.....އަނެއްބަޔަކު ވަރަށް ޞާލިޙު....އަނެއްބަޔަކު ހަމަ ލެއްވީތީ ހަމަ ލާހޫރެނީ.... ގައިމު ކަމުގެ އޮންނަ ރަނގަޅުގޮތް އެނގެން މަސައްކަތް ކުރާމީހާއަށް ހާދަ ގިނަ ގޮތްތަކެއް އެބަހުއްޓޭ އެގޮތްތައް އެނގެން. އެކަމަކު ޝާޠިރާ ތިބުނިހެން ކީއްކުރާނީ.....ނަވީންގެ މަންމަގެ ވިސްނުން ވަރަށް ކަޓު.....އެއްގޮތަކަށްވެސް ނުވިސްނޭ އޭނައަކަށް.....ބައިދަވޭ......ވަރަށް އުފާވެއްޖެ މިތަނުން ސާތިރާ ފެނުނީމަ އިނގޭ.....އުއްމީދުކުރަން ކުރިއަށް އޮތްތަނުގައިވެސް އަދި ފެންނާނެ ކަމަށް.http://www.muraasil.com/images/comment_reply.png
Posted on 2011-09-17 22:46:08 | Report this Comment

ސޮފް ސޮފް އަޅޭ.. އަދި ކިރިޔާއޭ ރިއު އަށް ވާހަކަ ކިޔާލެވޭ ވަރު މިވީ.. ހޭޑް އަ ބިޒީ ޑޭ ެއެހެންވެ.. އެކަމް ވެސް ވާހަކަ ވަރަށް ވަރަށް ވަރަށް ރީތި.. އީޗް އެންޑް އެވްރީ ވޯރޑް އިން ދިސް ޕާރޓް އިޒް ސޯ ރިއަލް އެންޑް ޓްރޫ.. އޭނާ މަރަލާ.. ލީނާ މަރަލާ *މުހައްމަދް ރަސޫލުﷲ ސްޓއިލް * ނަޖްމާ ދެން ކޮން ފުއްޕުމައް ފުއްޕަނީ ދީ ސޮފް.. ނަޖްމާ މީ މީހަކާ ފެނޭކޯ އެމީހާގެ ފަތިފުށް ހޯދާ ވައްތަރި މީހައް ދީ ސްފޮ.. އެނީވޭސް ސްޓޯރީ އިޒް އޯސަމް..
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ނަޖްމާ ކަހަލެއި މީހުން ވަރަށް ގިނައިން ފެނެއި ނުނީ ދީ އަފިންނަށް. ސިކުނޑި އެއްބައި އުނީކަންނިއެނގި ދީ..........އެނީވޭސް. ތޭންކްސް ގާރލް.http://www.muraasil.com/images/comment_reply.png
Posted on 2011-09-18 00:02:00 | Report this Comment

މިފަހަރު ވާނެ ނަޖްމާ މަރާލާފަވެސް ތިކަން ކުރަން...ހީހީހީ...ޖަސްޓް ކިޑިންގ... ހާދަ ފޫއްސޭދޯ ދެން އޭނަވެސް... އަޅެ ތި ލީނާއެއްގެ ވާހަކަ އިވޭދުވަހަކުން އެނގިދާނެތާ ތި ހުރި ވަރެއްވެސް ދޯ... އޭރުން ދެފަހަރަށް މަރުވާނެކަންނޭގެ...ހީހީހީ... އެނީވޭ... ވާހަކަ ވަރަށް ރީތި އިނގޭ އޭސް އޯލްވޭސް...................
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހެ ހެހެހެެހެ..........ޝުކުރިއްޔާ ޝާމީ. އޭޒް އޯލްވޭސް.

0 comments:

Post a Comment