🌟🌟Fathisthari Vaahaka🌟🌟

Once upon a time it happened, how it happened is a fiction by me for you.

ފޯންކޯލް - 42 ވަނަ ބައި


"އިތުރަކަށް ދެން ވިސްނާނެ ވިސްނުމެއް ނެތް. ދެނެއް މި ކައިވެނި ނުކުރެވޭނެ." ޒިޔާދު އެނދުން ތެދުވެގެން ހިނގައިގަތެވެ.
"
އަޅެ އެހެން ނުބުނޭ ޒިޔާދު..." އިނާވެސް ޒިޔާދުގެ ފަހަތުން ތެދުވެގެން ގޮސް ޒިޔާދު އާއި އަރާހަމަ ކުރިއެވެ.

ޒިޔާދު ގޮސް ހުއްޓުނީ ޑްރެސިންގ ޓޭބަލް ކައިރިއަށެވެ. މޭޒުގައި އަތް އަޅުވާލައިގެން ޒިޔާދު ހުރި
ގޮތުން، ޒިޔާދު އެހެރީ ވަރަށް ހިތްހަމަނުޖެހިފައިކަން އިނާއަށް އެނގުނެވެ.
އެކަމަކުވެސް ގޮސް ކައިރިއަށް ހުއްޓި، ޒިޔާދުގެ އަތުގައި ހިފުނެވެ.

"
ބުނެފީމެއްނު......ނުވާނެ.....ނުކުރާނަން." ކުއްލިއަކަށް އިނާގެ އަތް ފޮޅުވާލަމުން ޒިޔާދު މިހެން ބުނެލީ ބާރަކަށެވެ. ސަބަބަކާ ނުލާ ޒިޔާދުގެ ރުޅި ފާޅުވަމުން ދިޔައެވެ. އޭނަގެ އަމިއްލަ ކުށް ފޮރުވުމުގެ ގޮތުންނެވެ. 

"
އެހެންނޫނަސް.......ބައްޕަ ކަށަވަރުނުވާ އަންހެނަކާ ކައިވެނި ކުރުމަކީ އަހަންނަށްވެސް ހުރި ހުތުރެއް." ޒިޔާދުގެ އަނގައިން ވިހަގަދަ ލަފްޒުތަކެއް ނުކުތެވެ. އެ އަޑު އިވިފައި އިނާގެ މެއަށް ގުޑުމެއް އެރިއެވެ. ސާބިތުކަމާއެކު އޭނަ ހުއްޓިހުރި ބިންގަނޑަށްވެސް ގުޑުމެއް އައިހެން ހީކުރެވުނެވެ.

އިވުނު އަޑު ކަންފަތަށް ގަބޫލުކުރަން ދަތިވިއެވެ. ފެންނަން ހުރީ ހަމަ ކުރީގެ ޒިޔާދުކަމާމެދު ހިތް ޝައްކުވިއެވެ. 

"
އެއީ ޒިޔާދުއަށް ނޭނގޭ ކަމެއްތަ؟" ޒިޔާދުއަށް ކުރެވުނު އެންމެ ބޮޑެއްކޮށް އިނާ ހިތްދަތިކުރުވަން ވެގެން ޒިޔާދު އެބުނެލި ވާހަކައަށް ނިސްބަތްކޮށް އިނާ މިހެން އަހާލީ ހިތި ގޮތަކަށެވެ.

އެހާ ރަހުމުކުޑަގޮތަކަށް އޭނަގެ ފަތިފުށުގެކަށިތައް އަޅުވާ އޭނަގެ ނަފްސުން ލޭއޮހޮރުވާލިކަމުގައި ވިޔަސް، ވީ ދެރަޔަށްވުރެ ބޮޑަށް އިނާއަށް އާދެވުނީ ރުޅިއެވެ. ހުރިހާ ކަމެއްގެ ހަގީގަތް އެނގިހުރެ އޭނައާއި ކައިވެނިކުރަން އުޅުނު މީހަކު، އަމިއްލަ މަގްޞަދަކަށްޓަކައި މިހާރު ދެން ކައިވެނި ނުކުރާންވެގެން ބަހަނާއަކަށް އެ ވާހަކަ ނަގައި އޭނައާއި ދިމާލަށް އެހާ ހަޑިގޮތަކަށް ބުނެލީތީއެވެ.

"
ޒިޔާދުއަށް އެހުރިހާކަމެއް އެނގިހުރެއެއްނޫންތަ މިހިސާބަށް ދިޔައީ؟" މަޑުއަޑަކުން އިނާ މިހެން އެހިކަމުގައި ވިޔަސް އިނާ ހުރީ ވަރަށް ހިތްހަމަ ނުޖެހި ފައެވެ. 
ޒިޔާދު އެ ބުނި ވާހަކައަކީ އެއްވެސް މީހެއްގެ ދުލުން އޭނަ އަޑުއަހަން ބޭނުންވާނެ ވާހަކައެއް ނޫނެވެ. އޭނަގެ ބައްޕައަކީ ކާކުކަން އެނގިފައި ނުވުން އެއީ އޭނަގެ ކުށެއް ނޫނެވެ.

"
ރަނގަޅުވާނީ ދެން މިތަނުން ދިޔައްޔާ....." ޒިޔާދުގެ ޑްރެސިންގ ޓޭބަލް ކައިރީ އަދިވެސް ހުއްޓިލައިގެން ހުރި އިނާ އާއި ދިމާލަށް ބަލާލުމެއްވެސް ނެތި ޒިޔާދު މިހެން ބުނުމުން، އިނާއަށް ޒިޔާދުއާއި ދިމާލަށް ބަލާލެވުނެވެ. ހަގީގަތުގައިވެސް ޒިޔާދު އެހެރީ އެގޮތް ނިންމައިގެން ހެއްޔެވެ؟

"
މަންމަ އާއި ބައްޕަވެސް އެބައިންނެވި ސިޓިންގރޫމްގަ ޒިޔާދުގެ މަންމަ ކައިރީގަ. އަހަންނަކަށް ނޭނގެ އެމީހުންނަށް ދޭނެ ޖަވާބެއް؟" އިނާގެ އަޑުގައި ވަނީ އެދުމާއި ޝަކުވާއަށްވުރެ ބޮޑަށް ސުވާލުގެ ރާގެވެ. އާދޭހެއް ނެތެވެ. ކަންބޮޑުވުމެއް ވެސް ނެތެވެ.

އޭނަ އާއި ޒިޔާދުގެ ކައިވެންޏަކީ އޭނަ ޒިޔާދު ދެކެ ވާ ލޯތްބަކުން ހަމަޖެހިފައި އޮތް ކަމަކަށް ނުވާތީ ކަމަށްވެސް ވެދާނެއެވެ. އެ ކައިވެނި ނުކުރާނަމޭ ޒިޔާދު ބުނުމަކުން އިނާ ދެރައެއް ނުވެއެވެ. ދެރަވަނީ މަންމަ އާއި ބައްޕައަށް އަދި އެ އާއިލާއަށް ލިބޭނެ ހަޑި ނަމަކަށްޓަކައެވެ. ކަންބޮޑުވަނީ ދެމީހަކު ދިމާވާ ކޮންމެ ފަހަރަކު ޒިޔާދު އޭނަ އާއި ކައިވެނި ނުކުރީ އޭނަ އަކީ ބައްޕަ ކަށަވަރު ނުވާ މީހަކަށް ވީމައޭ ކިޔާނެތީއެވެ.

"
އިނާއަށް ބުނަންް ފެންނަ އެއްޗެއް އިނާ ބުނޭ." ރުންކުރު ފާޑަކަށް މިހެން ބުނެލާފައި ޒިޔާދު ގޮސް ކުރިންވެސް އޭނަ އިންހެން އޭނަގެ އެނދުގައި އިށީނދެއްޖެއެވެ. އެ މައުޟޫއަށް ދެން ޒިޔާދު ވާހަކަ ދައްކަން ބޭނުން ނޫނޭ ބުނާފަދައަކުންނެވެ.

އޭގެ ފަހުން އެތައް އިރެއްވީއިރުވެސް އިސް އުފުލާ ޒިޔާދު އިނާއާއި ދިމާލަށް ބަލާވެސް ނުލިއެވެ. 

"
ކީއްވެ ޒިޔާދު ތިގޮތަށް ކަންތައް ކުރީ؟ މިވަރު ބޮޑު ދެރައެއް އަހަންނަށް ދޭންޖެހުނީ އަހަރެން ކީއްކޮށްގެން؟" އަމިއްލަ ނަސީބު އައިސް މި ކުރިމަތިކުރުވި ކަންތަކުގެ މައްޗަށް ވިސްނާލުމުން ފެންކަޅިވެފައިވާ ދެލޮލުން ޒިޔާދުއަށް ބަލަން ހުރެފައި އިނާއަށް އަހާލެވުނެވެ.

"
އަޅެ ވީ ކީއްކަން ބުނެލަދެވިދާނެތަ؟" އިނާ އަދިވެސް އެދުނެވެ. ކުރެވެން އޮތް ގޮތަކަށް މަސައްކަތްކޮށްގެންވެސް އަދިވެސް އެ ކައިވެނި ސަލާމަތް ކުރަން އިނާ ބޭނުން ވެއެވެ.
ޒިޔާދު އަނގައަކުން ނުބުންޏެވެ. އިރުތަކެއް ވީއިރުވެސް ބަލާވެސް ނުލިއެވެ.
ނަމަވެސް އިނާ އަދިވެސް މަސައްކަތް ކުރަން ބޭނުން ވެއެވެ. އެހެންކަމުން މަޑުހިނގުމެއްގައި އައިސް ޒިޔާދު އިށީނދެ އިން އެނދުގައި އިނާވެސް އިށީނދެލިއެވެ.

"
ޒިޔާދު..........؟" އޭނަގެ ސުވާލަށް ޖަވާބު ދިނުން އެދި އަނެއްކާވެސް އިނާ ގޮވާލިއެވެ.
"
މިގޮތަށް އަހަރެންގެ ދިރިއުޅުމާ ޒިޔާދު ކުޅޭނެއެކޭ އަހަރެން ހިއެއް......" އަނގައިން ނުބުނެ ޒިޔާދު އިންނަން ފެށުމުން އޭނަ އެ އިނީ އެގޮތުގައި ސާބިތުވެކަން އިނާއަށް ޔަގީންވުމުން އުއްމީދު ފަނޑުވެފައިވާ އަޑަކުން އިނާއަށް ބުނެވެން ފެށުނެވެ.

"
އަހަރެންވެސް ހިއެއް ނުކުރަން މިހާ ދުވަސްވާއިރު މި ދެމެދުގައި އޮންނަން ޖެހޭ ގާތްކަން ނުއުފެދޭނެ ކަމަކަށް." ކުއްލިއަކަށް ޒިޔާދު ބުނެލިއެވެ.
"
އެއީތަ މައްސަލައަކީ......؟ އެކަމާތަ ޒިޔާދު ހިތްހަމަނުޖެހިގެން ތިއުޅެނީ؟" އިނާއަށް ޔަގީނާ ގާތަށް ހީވިއެވެ.
"
އެކަމަށް މަސައްކަތް ކުރާނަމޭ އަހަރެން ބުނީމެއްނު. ވަގުތާއެކު ހުރިހާކަމެއްވެސް ރަނގަޅުވާނެއޭ ޒިޔާދުވެސް ބުނީމެއްނު؟" އިނާ ހަނދާން ކޮށްދިނެވެ.

"
ނުވާނެ....." ޒިޔާދު އަނެއްފަރާތަށް މޫނު އަނބުރާލިއެވެ.
"
ތިހެން ނުބުނޭ ޒިޔާދު. ކުރެވެން އޮތްހާ މަސައްކަތެއް ކޮށްގެންވެސް އަހަރެން ބޭނުން..." އިނާ އެދުނެވެ.

"
މިހާރު ތިއީ ދެން ބޭކާރު ވާހަކަތައް. ވަގުތު ފާއިތުވެއްޖެ. އެހެން ނޫނަސް.....އެބަހުއްޓެއްނު ސިއްރު ލޯބިވެރިއަކު ހޯދާފަ. އޭނައާއި ކައިވެނި ކުރަން ބޭނުންވާ ވާހަކަ ބުނޭ ބައްޕަ ކައިރީ." ވިހަ ހިނިތުންވުމަކާއެކު މަލާމާތުގެ ރާގަކަށް ޒިޔާދު ބުނެލިއެވެ. ސީދާ އިނާގެ މޫނަށް ބަލަން އިނދެގެންނެވެ.

އިނާއަށް ލިބުނު ހައިރާން ކަމުގެ ބޮޑުކަމުން ބުނާނެ އެއްޗެއްވެސް ނޭނގުނެވެ.

ޒިޔާދު އެއުޅެނީ ކިހިނެއް ވެގެންހެއްޔެވެ؟ އޭނައާއި ދިމާލަށް ހިތަށް އެރިހާ އެއްޗެއް ޒިޔާދު އެ ބުނަނީ ކީއްވެހެއްޔެވެ؟ މި ދެމެދުގައި މިހުރިހާ ދުވަހު އޮތް އިހްތިރާމްވެސް ގެއްލިދިޔައީ ހެއްޔެވެ؟ އެވެސް ހަމަ އެންމެ ދެ ރެއިން ހެއްޔެވެ؟ އިހަށްރޭ ސޯފިޔާއާއެކު މިގެއަށް އައިއިރުވެސް ޒިޔާދުއަށް މި ބަދަލެއް އައިސްފައެއް ނެތެވެ. އެރޭވެސް އޭނައަށް ފެނުނީ ހަމަ ކުރީގެވެސް ޒިޔާދުއެވެ. ދީވާނާއިންގެ ދަރަޖައަށް އޭނަ ދެކެ ލޯބިވާ ޒިޔާދުއެވެ. ދެން މިރޭ މިއުޅެނީ ކޮންކަމެއް ޖެހިގެން ބާވައެވެ؟
އިނާގެ ހިތަށް އެރިއެވެ.

"
އޭނަގެ ވާހަކަ ދެއްކީމަ ބަސްވެސް ހުއްޓިއްޖެ ދޯ؟ ފުރަތަމަ ދުވަހުވެސް އެނގޭ އޭނަގެ މަގްޞަދަކީ އެއީކަން." އަމިއްލަ އަމިއްލައަށް ޒިޔާދު ބުނެލިއެވެ.
އެއީ ކާކުތޯވެސް އަހާލާނެ ހިތްވަރެއް އިނާގެ ނެތެވެ. ޒިޔާދު އެ ދައްކަނީ ކާކުގެ ވާހަކަކަން އެނގޭތީއެވެ.

"
ދޭ....ގޮސް ބުނޭ ބައްޕަ ކައިރީ ނަވީންއާއި ކައިވެނި ކުރަން ފުރުޞަތު ލިބިއްޖެއޭ." ހަމަ ކުރިއެކޭ އެއްފަދައިން ނުލަފާ ހީލުމަކާއެކު ޒިޔާދު ވާހަކަ ދައްކަން ފެށިއެވެ.

"
ކީއްވެ ޒިޔާދު ތިކަހަލަ އެއްޗެހި ތިބުނަނީ؟" ހިތްހަމަނުޖެހިފައި އިނާއަށް އަހާލެވުނެވެ.
"
ކީއްވެ ނުބުނާންވީ.....؟ އެއީއެއްނޫންތަ ހަގީގަތަކީ؟ މިވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތް. އަހަރެން ބުނަންވާ އެއްޗެއް ވިއްޔާ ބުނެފިން. މި ކައިވެންޏެއް ދެނެއް ނުވާނެ." ޒިޔާދު ބޭނުންވަނީ ވީހާވެސް އަވަސް ގޮތަކަށް ވީހާވެސް ކުރުގޮތަކަށް މައްސަލަ އެއްކޮށް ނިމޭށެވެ. ކަމަކީ ކިހާ ބޮޑު ކަމެއްކަމެއް އޭނަގެ ކޮށި ވިސްނުމަކަށް ނާދެއެވެ.

"
ކީއްވެ.......؟" އިނާ ހަމަ ވަގުތުން އެހިއެވެ.
"
ކީއްވެހޭ...؟ މި ދެއްކި ހުރިހާ ސަބަބުތައް ނުފުދޭތަ؟ ދެންވެސް ރަނގަޅުވާނީ އަވަހަށް ދިޔައިއްޔާ." ތަޢުލީމީ، ވިސްނުންތެރި، އަދި އުމުރުންވެސް މެދު އުމުރުގައި ހުރި ފިރިހެނަކާ ބަލާފަ ޒިޔާދުގެ ބަސްމަގާ އަމަލުތައް ވަރަށް ފިނޑިވެފައި ތާކުންތާކު ނުޖެހެއޭ އެވަގުތު އިނާގެ ހިތަށް އެރިއެވެ.

އޭނައާ ކައިވެނި ނުކުރާނަމޭ ޒިޔާދު އެބުނަނީ އޭނަގެ ބައްޕައެއް ނެތީމައެވެ. އޭނަގެ ކައިވެންޏަށް އެދުނު ފުރަތަމަ ދުވަހު އެކަމުގެ ހަގީގަތް އޭނަގެ ބައްޕަ ޒިޔާދުއަށް ކިޔައިދީފައި ވާއިރުވެސް އެ ވާހަކަ ނަގަނީއެވެ. ނުވިތާކަށް އޭނައާއި ނަވީން އާދެމެދު ގުޅުމެއް އޮންނަ ކަމަށްވެސް ޒިޔާދު ތުހުމަތު ކުރަމުންނެވެ. އެވެސް އަދި މިހާ ދުވަސްފަހުންނެވެ.

މިހެން ވާންޖެހުނީ ކީއްވެގެންކަމާމެދު އިނާއަށް އެކައްޗެއްވެސް ނުވިސްނެއެވެ. ޒިޔާދުގެ މޫނަށް ބަލަހައްޓައިގެން އިނާއަށް އިނދެވުނީ ހަމަ ހައިރާންވެފައެވެ. ޒިޔާދުގެ ކިބައިން ދުވަހަކުވެސް ނުފެންނަ ވައްތަރުގެ ގޮތްތަކެއް ފެންނަމުން ދާތީއެވެ.

އިރުކޮޅެއްވަންދެން ވިސްނާލަން އިން އިނާއަށްވެސް ކުއްލި ހަރުދަނާކަމެއް ލިބިއްޖެ ކަހަލައެވެ. އަނގައިންވެސް ބުނުމަކާ ނުލާ ތެދުވެ އެނދުމަތީގައި އޮތް އޭނަގެ ރިހިކުލައިގެ އަތްދަބަސް ނަގައިގެން ދޮރާއި ދިމާލަށް ހިނގައިގަތެވެ. ދޮރުހުޅުވާލާފައި ނުކުމެ ފަހަތުން ދޮރުލައްޕާލިއިރުވެސް ޒިޔާދު ހަމަ ބަލަހައްޓައިގެން އިނީއެވެ.
** ** ** ** ** ** ** **
 
އިނާ އޭނަގެ ފުރަގަހުން ދޮރުލައްޕާލާއި މަޑުޖެހިލިއެވެ. ކުޑަކޮށް ވިސްނާލިއެވެ. 

ޒިޔާދު ކޮންމެ އެއްޗެކޭ ހީކުރިޔަސް މައްސަލައެއް ނެތެވެ. އޭނަގެވެސް ކޮންމެވެސް ގޮތެއް ހުންނާނެއެވެ. އޭނައާއި ދޭތެރޭ އެހާ ރަހުމުކުޑަކޮށް ކަންތައް ކުރި މީހަކަށް އާދޭސް ކުރުމަކީ އޭނަ ކުރާނެ އެންމެ ފަހު ކަންތަކެވެ.

ޒިޔާދު އާއި އޭނައާއި ދެމެދު މި ދެކެވުނު އެއްވެސް ވާހަކައެއް މިވަގުތު ގޮސް މަންމަ އާއި ބައްޕައަށް އަންގާކަށް އޭނަ ބޭނުމެއް ނުވިއެވެ. ރަށަށް ދެވުމުން ހަމަޖެހިލައިގެން އެ ވާހަކަ ދެއްކުން ބުއްދިވެރި ވާނެ ކަމަށް ވިސްނާފައި ލޯ ފޮހެލާފައި ފުން ނޭވައެއް ލާފައި އިނާ ހަމަޖެހިލިއެވެ. އަދި އޭނަގެ އާދައިގެ މަތިން މަޑުފިޔަވަޅުތަކެއްގައި ގޮސް ސިޓިންރޫމަށް ނުކުމެއްޖެއެވެ.
ސިޓިންގރޫމްގައި ތިބި ހަތަރު މީހުންގެ ލޯ އިނާއާއި ދިމާލަށް ހުއްޓުނީ އެއްފަހަރާއެވެ.
"
އާދޭ ދަރިފުޅާ އިށީންނަން." އިނާއަށް އައުމަށް ގޮވާލީ ޒައިނަބުއެވެ.
އެހަތަރު މީހުންގެ މެދުގައި އޭނައާއި ޒިޔާދުގެ ވާހަކަ ދައްކައި ނިމިފައިވާކަން ނޭނގޭ އިނާ، ވީވަރަކުން އޭނަ މޫނުމަތިން އެކަން ފާޅުވިޔަ ނުދޭން މަސައްކަތް ކުރަމުން ގޮސް ވަކިން ހުރި ސޯފާގޮނޑިއެއްގައި އިށީނދެލިއެވެ. ހިނިތުންވެފައިވާ މޫނަކާއެކުގައެވެ.

"
ހުޅުލެއަށް ދާގަޑިވެސް ޖެހެނީ ދޯ؟" އިނާ އިށީނުމުން ސިޓިންގރޫމް ފާރުގައި ހުރި ބޮޑު ގަޑިއަށް ބަލާލާފައި ޒައިނަބު މިހެން ބުނެލުމުން އިނާވެސް ބަލާލިއެވެ. ތެދެކެވެ. ދިހަގަޑި ބައިވާން ދެން ހުރީ އެންމެ ފަސްމިނެޓެވެ.

އިނާ ދެން ބަލާލީ އޭނަގެ މަންމަ އާއި ބައްޕަގެ މޫނަށެވެ. ބައްޕަ އިނީ ޓީވީ އާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އެކަމަކު އޭނަ ދެކެ އާދަޔާ ޚިލާފު ލޯތްބަކުން ލޯބިވަމުން އަންނަ އޭނަގެ މަންމަގެ ލޮލުން އޭނައަށް ފެނުނީ ހިތާމައެއްގެ އަސަރެވެ. އޭނައާއި ހަތަރުކަޅި ހަމަވުމުން ހިނިތުންވެލި ނަމަވެސް އެ ހިނިތުންވުމުގައިވެސް ވަނީ ހިތާމައެއްގެ އަސަރުތަކެވެ. އަނެއްކާ އޭނައަށް ހީވާގޮތް ބާވައެވެ. ވާންވާނީ އެހެންނެވެ. އެ ކޮޓަރީގައި ޒިޔާދު އެ ދެއްކި ވާހަކައެއް ގައިމުވެސް މިތާ ތިބި ބަޔަކަށް އަޑުނީވޭނެއެވެ.

އިނާ ޔަގީންކުރީ އެއީ އޭނައަށް ހީވާ ހީއެއް ކަމަށެވެ.

"
ދަރިފުޅާ.....މަންމަމެނަށް މައާފް ކުރާތި އިނގޭ." އޭނައަށްވި ކުށްހީއެއްކަމަށް ނިންމާފައި އިނާ ހަމަޖެހިލިތަނާ ޒިޔާދުގެ މަންމަ މިހެން ބުނެލުމުން އޭނައަށް ލިބުނީ ވަރަށް ބޮޑު ސިހުމެކެވެ. އެއްޗެއް ނުވެސް ބުނެވި އަނެއްކާވެސް ބަލާލެވުނީ އޭނަގެ އަމިއްލަ މަންމަގެ މޫނަށެވެ. ޒިޔާދުގެ މަންމަ އެ ބުނީ ކީކޭތޯ އަހާލާ ކަހަލަ ގޮތަކަށެވެ. 

"
ދަރިފުޅުގެ ބައްޕަ ހުރިހާ ވަހަކައެއް ކިޔައިދީފި. މަންމަމެންނަށް ކުރެވޭނެ ކަމެއް ނަމަ، ތިކަހަލަ ބަސްއަހާ ރަނގަޅު ދަރިއަކު މިގެއިން ދިޔަކަ ނުދޭނަން. އެކަމަކު ޒިޔާދު........" ޒިޔާދުގެ މަންމަ ދެރަވެ ކަރުއެލިފައި އިނދެގެން ވާހަކަ ދައްކަން ފެށިއެވެ. 

އިނާގެ ދެލޯބޮޑުވެގެން ދިޔައެވެ.

ބައްޕަ...........؟؟
ބައްޕައަށް އެނގެނީހެއްޔެވެ؟ މިރޭ މިގެއަށް އައިއިރުވެސް ހުރިހާ ކަމެއް މަންމައާއި ބައްޕައަށް އެނގެނީހެއްޔެވެ؟ އެކަމަކު ބައްޕަ ބޭރުން އައިއިރު މަންމަ އިނީވެސް އޭނައާއެކުގައެވެ. ދެން....؟؟
މިވަނީ ކީއްކަން ވިސްނައިގަންނަން އިނާއަށް އުނދަގޫ ވިއެވެ. 
ޒިޔާދު އޭނައާއި ކައިވެނި ނުކުރާނަމޭ ބުނި ބުނުމުގެ ނިވަލުގައި އަދި އެތައް ކަމެއް ފޮރުވިފައިވާކަން، މީހަކު ނުބުނާހާ ހިނދަކު އިނާއަށް އެނގޭނީވެސް ވަކި ކިހިނަކުންހެއްޔެވެ؟

"
ޒިޔާދު އަށް އަދި ނުވިސްނެނީ." އަމިއްލަ ދަރިފުޅުގެ ކުށް އެނގިހުރެވެސް އަމިއްލަ ދަރިއަށް ބަދުބަހެއް ބުނުމަކީ ގިނަ މަންމައިންގެ ގޮތެއް ނޫނެވެ. ޒައިނަބުއަށްވެސް އެވީ އެހެންނެވެ. 
ނަމަވެސް އިނާއަކަށް އޭނަގެ ކަރުނަތައް އޮބަހައްޓައިގެން ނީނދެވުނެވެ. އިސްޖަހައިގެން، ވަރަށް ހިތްވަރުކޮށްގެން އިނުމާއެކުވެސް އެސްފިޔަތައް ފޫއަޅުވާލާފައި އިނާގެ ކަރުނަތައް ފައިބަން ފެށިއެވެ.

"
ދަރިފުޅާ.....ކެތްތެރިވާންވާނެ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވެދާނެ." އިނާއަށް ރޮވެންފެށުމުން އަނގައިން ނުބުނެ ޚާލިދަށް ނީނދެވުނެވެ.
އެހެންކަމުން ކުރިއަށް ޖެހި އިނާގެ ކޮނޑުގައި ފިރުމާލަމުން ޚާލިދު ހިތްވަރު ދިނެވެ.
"
ދެން މިވަގުތު ގޮސްލާނަން އިނގޭތޯ. ފުރަންދާގަޑިވެސް ޖެހެނީ. އެކޮޅަށް ގޮސްފައި އަދި ގުޅާލާނަން." ޒިޔާދު އާއި އިނާގެ ކައިވެންޏާއި ބެހޭ ގޮތުން ދެފަރާތު އާއިލާއިން ދައްކަން މުހިއްމު ހުރިހާ ވާހަކައެއް، އިނާ އެތަނަށް ނުކުތުމުގެ ކުރިން ދައްކައި ނިމިފައިވާތީ، ރޮވެން ފަށާފައި އިން އިނާ އެތާ ބައިންދައިގެން އިނދެ އަލުން އެ ވާހަކަ ދައްކަން ފަށަން ޚާލިދުއަކަށް ނުފެނުނެވެ. ދިއުމުގެ ހުއްދައަށް އެދުނީ އެހެންވެގެންނެވެ.

"
ރަނގަޅުވާހަކައެއް. މިހާރުވެސް މާ ލަސްވެއްޖެ ކަންނޭނގެ. އެކޮޅަށް ދިޔަޔަސް، މިކަމާއި ބެހޭގޮތުން ހަމަޖައްސަން ޖެހޭ ކަންތައްތައް ހަމަޖައްސާނަން މިކޮޅުން. ގުޅާނަން އިނގޭތޯ. " ދިއުމުގެ ހުއްދައަށް އެދި ޚާލިދު ތެދުވުމުން އިމްތިޔާޒުވެސް ތެދުވެފައި ޚާލިދު އާއި ސަލާމްކޮށްފައި އެކުއެކީގައި އެންމެންވެސް ސިޓިންގރޫމުން ނުކުންނަން ހިނގައިގަތެވެ.

އެތަކެއް ދުވަހުގެ ރޭވުމާއި ވާހަކަ ދެއްކުންތަކުން ހަމަޖެހުނު ބޮޑު ކައިވެންޏެއް، އާދަޔާ ޚިލާފު ހިމޭން ގޮތަކަށް ފަނޑުވެގެން މިދިޔައީ ކީއްވެބާއޭ ހިތަށް އަރަނީ އިނާގެ އެކަންޏެވެ. ކަމުގެ އަސްލު ހަގީގަތް ނޭނގޭތީއެވެ. އެކަމަކު ހަގީގަތަށް ވާހަކަ ކިޔައިދޭކަށް، ނުވަތަ ވާހަކަ ދައްކަން ތިބޭކަށްވެސް ވަގުތެއް ނެތެވެ.

** ** ** ** ** ** ** **

ރޭގަނޑުން ނުވަގަޑިބައިވެ ބޮޑުވެއްޖެއެވެ. އަވަސް އަރުވާލާފައި ނަވީން ތައްޔާރުވަމުން ދަނީ ކޮންމެވެސް ތަނަކަށް ދިއުމަށްޓަކައެވެ. ލައިގެން ހުރި ކަޅު ޖީންސާއެކު ލާންޖެހޭ ހުދު ޓީޝާޓް ބޮލުން ވައްޓާލުމާއެކު ދޮރުގައި ޓަކިޖެހި އަޑު އިވުނެވެ.

"
ހުޅުވާފަ....." އެގޮތަށް އައިސް ޓަކި ޖަހާނީ މަންމަ ކަމަށް ވިސްނައިގެން ނަވީން ގޮވާލިއެވެ.
"
ތަނަކަށް ދަނީތަ؟" މި އަޑު އިވުމާއެކު ނަވީން އެނބުރި ބަލާލިއެވެ. އެއީ ލީނާއެވެ. 

"
އާނ........މަންމަ ނެތްތަ ސިޓިންގރޫމްގަ؟" ލީނާ އެ އައި ގޮތަށް އައިސް ކޮޓަރިއަށް ވަނުމުން ހިތްހަމަނުޖެހިފައި ނަވީން އެހިއެވެ. ނަމަވެސް ނަވީންގެ ހުރިހާ ސަމާލުކަމެއް ދެވިފައި ވަނީ އަވަހަށް ތައްޔާރުވުމަށެވެ.

"
އަހަރެން އައީ މަންމަ ހޯދަންތަ؟" ހީލުމަކާއެކު ލީނާ އައިސް ނަވީންގެ ފުރަގަހަށް ހުއްޓުނެވެ. އަލަމާރި ހުޅުވައިގެން ވޮލެޓް ނަގާ ޖީބަށް ލާން ނަވީންހުއްޓާ ކުއްލިއަކަށް ނަވީން ސިހިގެން ދިޔައެވެ. 
ނަވީންގެ ފުރަގަހުން ނަވީންގެ ހަށިގަނޑުގައި ލީނާ ބައްދައިގަތީއެވެ.

"
ހޫމްމްމްމްމމްމްމމްމްމ............ސިފައާ އެއްވަރަށް ސެންޓްވެސް ސިހުރަކަށް ފުދޭ." ނަވީންގެ ބުރަކަށީގައި މޫނުޖައްސާލަމުން، ނަވީން ޖަހައިގެން ހުރި ސެންޓްގެ ވަސް ލީނާ ލިބިގަތެވެ. 
********(ނުނިމޭ)********

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

http://www.muraasil.com/images/comment_reply.pngPosted on 2011-09-02 21:30:25 | Report this Comment
ވަރަށް ރީތި.... މިވާހަކައިގެ ކުރީގެ ބައިތަށް 3 ދުވަސް ތެރޭގަ ކި ޔާނިންމާލިން.... ވަރަށް ރީތި އޭބުނާނީ ...3>
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހަމަ ރަނގަޅަށްތަ. އެންމެ 3 ދުވަސްތެރޭ؟ އުފާވެއްޖެ ވަރަށް. ތި ބަހައްޓާ ޝައުގުވެރިކަމަށް އިނގޭ. އުއްމީދުކުރަން ކުރިއަށް ހުރި ބައިތައްވެސް ފޫހިކަމެއްނެތި ކިޔާފައި ދެކޭ ގޮތް އަންގައިދޭނެ ކަމަށް.
މުތާ: ޔެސް ... ކިޔާހިތްވީމަ ކިޔާލީ ... ހީކުރި ވަރަށްވުރެ ރީތީ


http://www.muraasil.com/images/comment_reply.pngPosted on 2011-09-02 21:55:27 | Report this Comment
ބަލަ ކަނބުލޯ. ސެންޓު ޖަހަންޏާ ޖަހަންވާނީ ވަސް ދުވާވަރަށޭ. ކޮއްކޮމެން އަދި އާ ވާނެ. ފަހަތު ޕެރެގްރާފް ކިޔާލީމަ ހިވީ ސެންޓުގެ ވަސް ތަޖުރިބާކޮއްލާފަ ލިޔެލާފައިން ތަންކޮޅެއްހެން. ދެން ވަރަށްސަޅި. އަނެއްބައި މާދަމާ ކިޔާލަން ލިބޭނެކަމަށް ހީކުރަން.
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ތިއީ ތެދެއް. ސެންޓް ޖަހަންޏާ ޖަހަން ވާނީ ވަސް ދުވާ ވަރަށް. ހެހެހެހެހެ........ދެން ބަލަ ފްރެންޑާ.......އަހަރެމެން އަންހެންކުދިންގެ ތެރޭގައި ކާކުބާ ހުރީ ތިޔަބުނާ ކަހަލަ "ސެންޓްގެ ވަސް ތަޖުރިބާ" ނުކޮށް؟ ހެހެހެހހެ..........


http://www.muraasil.com/images/comment_reply.pngPosted on 2011-09-02 22:21:02 | Report this Comment
ow..beautiful..varah rythi
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ތޭންކްސް ހަނާ. ކީޕް އޮން ރީޑިންގ.


http://www.muraasil.com/images/comment_reply.pngPosted on 2011-09-02 22:23:43 | Report this Comment
ow..beautiful..varah rythi
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އެގެއިން ތޭންކްސް......


http://www.muraasil.com/images/comment_reply.pngPosted on 2011-09-02 22:49:33 | Report this Comment
އައްޗީޑި!އޭއި!ލީނާ!!!!!ދުރަށްދޭ!!!!ސޮފާ އޭނަ ނަވީންއާ ދުރަށް ފޮޅުވާލަދީބަލަ!!މީ ކޮންތާކުން އައި މެއްސެއްތަ އަޅެ ފަހޭޭޭޭޭ!!!! ސޮފާ ކޮބާ ކިހިނެއް ކިހިނެއް!!ޝުކުރިއްޔާ އިނގޭ ވާހަކަ ގެނެސްދޭތީ!!އާޔާ ހާދަ އުފަލެއްވެޔޭ މި އަޕްވީމަ!!:)
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހެހެހެހެ...........ހީވަނީ ހަމަ ބަލަން އިނދެފައި ލީނާ ކައިރީ ދުރަށް ދާށޭ ބުނެލިހެން. އޭޒް ޔޫޝުއަލް ޔޫ އާރ ސްޓިލް މަޖާ. ހެހެހެހެހ......ސޮފާ ރަނގަޅު އިރާދަކުރެއްވީތީ. އަސްލުވެސް ސޮފާވެސް ހިތްހަމަޖެހޭ މިވަރަށްވިޔަސް ވާހަކަ ގެނެސްދެވޭތީ. އެކަމަކު އެނގޭތަ........އަދިވެސް ފުލް ޓަޗް ނާދޭ. އަދި ރަނގަޅުވާނެ ދޯ. ސޮފާއަށް ހިތްވަރުދޭން ހުންނައްޗޭ އިނގޭ.
އާޔާ: ޓަޗު އަންނާނެ ދެން ތިހެން މަޑު މަޑުން..ރަނގަޅުވާނެ އިންޝާ ﷲ..އަނެއްބައިވެސް ކިޔައިފިން..މި އިންނަނީ އަޕްނުވެގެން 44 ވަނަ ބައި..މި ވާހަކަ މީ ވަރަށް ޚާއްސަ ވާހަކައެއް..ހެހެހެހހެ


http://www.muraasil.com/images/comment_reply.pngPosted on 2011-09-02 23:01:07 | Report this Comment
ވ.ރީތި މިބައިވެސް. އަދި އެހާއުފާވެ މިހާރު އަވަހަށް އަޕްކޮށްދޭތީ. ތޭންކް ފަތިސްތަރި. ކީޕް އިޓް އަޕް. ހީވަނީ މިފަހަރުގެ ފަށުން ހަމަ ރަނގަޅީހެން. އުއްމީދުކުރަން ވާހަކަ ނިމެންދެން މެދުނުކެނޑި ކިޔާލަން ލިބޭނެކަމަށް. ދެން ލީނާ ކީއްކުރަންތަ އެތަނަށް އައީ. ނަވީން ދޫކޮށްލާ އިނާއަށް. ވޭހް އަ ނައިސްޑޭ ފަތިސްތަރި.
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހޫމް ދޯ...........ފެށުން ރަނގަޅީހެން ސޮފާއަށްވެސް ހީވަނީ. ވެދާނެ މިފަހަރު މި ވާހަކަ ލިޔަން ފެށުނުއިރު ސޮފާއަށް މި ހުރެވުނުތަން ރަނގަޅީކަމަށްވެސް. އިރާދަކުރެއްވިއްޔާ މިފަހަރު ވާހަކަ ނިމެންދެން ގެނެސްދެވޭތޯ ވަރަށް ހިތްވަރު އެބަކުރަން އިނގޭ. ޔޫ ޓޫ ހޭވް އަ ގްރޭޓް ޓައިމް. ގުޑްނައިޓް. މިހާރު އެހެރަ ދަންވަރު 1:30 ވީ. ލިޔަންވީ ދޯ މާދަމާގެ ބައި. ހެހެހެހެހ


http://www.muraasil.com/images/comment_reply.pngPosted on 2011-09-03 01:12:48 | Report this Comment
ރީތި
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ......އުއްމީދުކުރަން ކުރިއަށް ހުރިބައިތައްވެސް ކިޔާނެ ކަމަށް.


http://www.muraasil.com/images/comment_reply.pngPosted on 2011-09-03 09:50:20 | Report this Comment
ވާއޮ.....ސޮފާ މެކުހަށް ޖަހާލާފަ ދޯ، ތި ދާ ބާރު މިނުގައި ގޮސް ވާހަކަ ނިންމާލާފަ ނޫނީ މިފަހަރު ހުއްޓާނުލައްޗޭ....ނަވީން އެ އުޅެނީ އިނާ ފުރުވަން އެއާރޕޯޓަށް ދާންދޯ، އުޅެނިކޮށް އައްޓަމަހެއް ހެން ލީނާ އައިސް އެ ތަތްކޮށްލީ، ހީވަނީ ލީނާ ވެސް ގޮވައިގެންހެން މި ވީގޮތުން އެއާރޕޯޓަށް ދާންޖެހޭނީ، އަނެއްކާ ވެސް އިނާ ދެރަވާނެ ކަމެއް ކުރިމަތިވަނީ....ކީޕް އޮން ރައިޓިންގ އިނގޭ، ވީ ވިލް ކީޕް އޮން ރީޑިންގ :) ލަވް ޔޫ ބޮޑު ބޮޑު ކޮށް.
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހެހެހެހެހެ...........މިހާރު ދެން އެއްވެސް ކަމެއް ކުރިއަކަށް ނުދާނެ މެކުހަށް ނުޖަހަންޏާ. ނަވީން ދިޔައީ އެއަރޕޯޓަކަށް ނޫނޭ. ރައްޓެއްސެއްގެ ކައިރިއަށް. ތެންކްސް އަ ލޮޓް އިނގޭ.


http://www.muraasil.com/images/comment_reply.pngPosted on 2011-09-03 11:00:09 | Report this Comment
ވަރަށް ރީތި... އަނެއް ބައި ވަރަށް ކިޔާހިތްވޭ... އަވަހަށް އަޕް ކޮށްދޭނަންދޯ؟
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ މާޝާ


http://www.muraasil.com/images/comment_reply.pngPosted on 2011-09-03 14:30:03 | Report this Comment
އަދީ ކިރިޔާ މި ބައި މިކިޔާލެވުނީ.. މީ ލަސްވެސް ވެއްޖެ ދޯ؟ ވަރަށް ބިޒީކޮށް މިއުޅެނީ. ވ.ވ.ވ.ވ.ވ.ވ.ވ.ވ. ސަޅި މިބައިވެސް ސޮފް..ހާއްސަކޮށް ޒިޔާދުގެ ކަންތައް ގަނޑު ނިމުނީމަ.. ހެހެހެ. ދެން އަނެއްބައި އަވަހަށް ގެނެސް ދެއްޗޭ އިނގޭ.. . ހޯޕް ެއޯލް އިޒް ގުޑް ވިތް ޔޫ.. ޓޭކް ކެއަރ.. މިސް ޔޫ..
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އެއީ ދެން އެހާ ބޮޑު މައްސަލައެއް ނޫނޭ ކުޑަކޮށް ލަސްވިޔަސް. ކިޔަންޏާމު އޯކޭ. ތިންގްސް އާރ ފައިން ރިއު. ހޯޕް ޔޫ އާ ޑުއިންގ ގްރޭޓް ޓޫ. ޓޭކް ކެއަރ.


http://www.muraasil.com/images/comment_reply.pngPosted on 2011-09-19 03:09:05 | Report this Comment
ވަރަށް ކުށް ގިނަ ކަން ފާހަގަ ކޮށްލެވޭ،،،މިވާހަކަ ކިޔަން ފެށި ފަހުންވެސް ވަރަށް ގިނައިން ފާހަގަ ވެއްޖެ..އެކަމަކުވެސް އަޅާ ނުލާ ހަމަ ކީ...ދެން އެކަމަށް ހައްލެއް ނައުމުން ހަމަ ބުނެލާ ހިތް ވީ...މީގަ ވެސް އެއްފަހަރު ދިހައެއް ޖަހަން ފަސް މިނެޓް...އޭގެ ފަހުން އިނީ ނުވަ ގަޑި ބައި ވެއްޖެ ވާހަކަ...ދެން މިނޫނަސް ފާހަގަ ކޮށްލެވޭ ވަރަށް ގިނަ ކުށް ތަކެއް.....އަޅުގަނޑު ބުނެލާނީ ވާހަކަ ލިޔެފަ އަދި އެއްފަހަރު ނަމަވެސް ކިޔާލާފަ އަޕްލޯޑް ކުރަން ފެނެޔޭ....އޭރުން އެބައި ރަނގަޅު ވާނެ ކަން ގައިމު....ކުށެއް ލިޔެވިދާނެ...އެކަމަކު ކުށް ތަށް މާ ގިނަ ވީމަ މައްސަލަ އަކީ...ވާހަކަ ޕްލޭން ކޮށްފަ އިންގޮތް ވަރަށް ވެސް ރީތި.. އުއްމީދު ކުރަން ރަނގަޅު ގޮތުގައި ކޮމެންޓް ބަލައިގަންނާނެ ކަމަށް.. ވަރަށް ސަލާމް.. :)

0 comments:

Post a Comment