Showing posts with label Vaudhu Vaahithun. Show all posts
Showing posts with label Vaudhu Vaahithun. Show all posts

Tuesday, June 16, 2020

Vaudhu Vaahithun - Ep 4

ވަޢުދު ވާހިތުން – 4 ވަނަ ބައި
"އަހަރެން އައީ ސޯލްވް ކޮށްފަ. އެވާހަކަ ބުނީމެއްނު. އައި ވޯންޓް އެ ޑިވޯސް. ނަތިންގ އެލްސް." ނީރާގެ މެސެޖުއައިލެއް ވަރަށް އަވަހެވެ.
ނީރާގެ އެ މެސެޖަށް ސިނާނަށް ބުނާނެ އެއްޗެއް ނުވެސް އެނގުނެވެ. ގަނޑުވެފައި އިނދެވުނީއެވެ. އެތައް އިރެއް ވަންދެންނެވެ.

Sunday, June 7, 2020

Vaudhu Vaahithun - Ep 3

ވަޢުދު ވާހިތުން – 3 ވަނަ ބައި
ކިތަންމެ މައްސަލަ ގޯސްވެގެން ދިޔަޔަސް ވަރިއަށް ނީރާ އެދޭނެ ކަމަކަށް ސިނާން ހިއެއް ނުކުރެއެވެ. އޭނައަށް ކުރެވުނު ކަންތަކުގެ ނަތީޖާއާއި ކުރިމަތިލާން ޖެހުނީ ހީކުރިގޮތަށްވުރެ ގޯސްކޮށެވެ.
"އޯވ ކަމޯން ނީރާ....ޕްލީޒް..." ނީރާއާއި ދިމާލަށް ދެއަތް ދިއްކުރަމުން ސިނާން ބުނެލިއެވެ.

Sunday, May 31, 2020

Vaudhu Vaahithun - Ep 2

ވަޢުދު ވާހިތުން - 2 ވަނަ ބައި


ސިނާން އެ އަންގައިދިނީ ހުރިހާ ގޮތަކުންވެސް އޭނައަކީ ސިނާންއާއި އެކަށީގެންނުވާ މީހެއްކަން ހެއްޔެވެ؟ އެކަމަކު މި ހުރިހާ ދުވަހު އެ ވާހަކަތައް ނުދައްކާ އެހެންވިއްޔާ ސިނާން ހުރީ ކީއްވެހެއްޔެވެ. 
ސިނާން އާއި އަނޫޝާއާއި އޮންނަ އާދަޔާ ޚިލާފު ގާތްކަމާއިބެހޭ ގޮތުން ދެހަފްތާއެއްހާ ދުވަސްކުރީން އެދެމީހުން ހުރީ ވަރަށް ރަނގަޅަށް ވަރަށް ތަފްޞީލުކޮށް ވާހަކަ ދައްކާފައެވެ. ސިނާން އާއި އެ އަންހެންކުއްޖާއާއި ދެމެދު ލޯބީގެ ގުޅުމެއް އޮތްކަން އެނގޭ ދުވަހަކުން އޭނާ ދޫކުރާނެ ކަމަށް ވަޢުދުވީ އެދުވަހު ޚުދު ސިނާން އަމިއްލައަށެވެ. އެއީ އޭނަ އެދިގެން އޭނަ ބޭނުންވެގެނެއްވެސް ނޫނެވެ. ވަރިއަށް އެދޭފޯމް ސިނާންއަށް އޭނަ ޙަވާލުކުރީވެސް ސިނާން އަމިއްލައަށް ވެފައި އޮތް އެ ވަޢުދު ސިނާންއަށް ހަނދާން ކޮށްދިނުމަށެވެ. އެކަން އެހެން ކުރާނަމޭ ކުރިން ބުނެފައި އޮތީމައެވެ. 

Sunday, May 24, 2020

Vaudhu Vaahithun - Ep 1

qnutihAv   uduWav


(މިވާހަކަ މި ބްލޮގްގައި ގެނެސްދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ އާދީއްތަ / އަންގާރަ / ބުރާސްފަތި މި 3 ދުވަހުއެވެ.)




ނިދާފައި އޮތް ނީރާ އަށް ހޭލެވުނީ ވަރަށް ބޮޑަށް ފިނިވެގެންނެވެ. ރަޖާގަނޑު ދަމާ ކަރާ ހަމައަށް ގެނެސް ބާރުކޮށްލީ ނިދީގެ ތެރެއަށް އިތުރަށް ފީނައިގަންނަމުންނެވެ. އެހެންނަމަވެސް ދެން އިވުނު އަޑަކުން ސިކުނޑި ހޭލާން އުޅެގެންފިއެވެ.
"ހޫމް....އެންމެ ރަނގަޅު...." ކިތަންމެ ވައި އަޑުން ވާހަކަ ދެއްކިނަމަވެސް އެއީ އޭނަގެ ފިރިމީހާގެ އަޑުކަން ނީރާއަކަށް ސިއްރެއް ނުވެއެވެ. އަނެއްކާވެސް ސިނާންގެ މަންމަގެ ޙާލު ބޮޑުވީކަންނޭނގެއޭ ހިތަށް އެރުމުން  ނީރާއަށް ކަންބޮޑުވެވުނެވެ. ފާއިތުވި ތިން ހަތަރު މަހަކީވެސް މައިދައިތަގެ ޙާލު ދޭތެރެ ދޭތެރެއިން ގޯސްވެގެން ދިޔަ ދުވަސްތަކެކެވެ. 
"އޮފްކޯޒް....ޔެސް...ހެހެހެ...ޓްރަސްޓްމީ ލަވް، އައިކޭން. އޯކޭ. ގުޑްނައިޓް. ލަވްޔޫ." ނިދަން ގަސްތުކޮށްގެން އޮތް ނީރާގެ ލޯ މިއަޑަށް ހަމައެކަނި ހުޅުވުނީއެއްވެސް ނޫނެވެ. ނިދިވެސް ފިލިކަހަލައެވެ. ހަފުތާއެއްހާ ދުވަސްފަހުން އަނެއްކާވެސް އެއްކަލަ "ދަންވަރު" ކޯލް ސިނާނަށް އައީކަން ނީރާއަށް އެނގުނެވެ.