🌟🌟Fathisthari Vaahaka🌟🌟

Once upon a time it happened, how it happened is a fiction by me for you.

ފޯންކޯލް - 38 ވަނަ ބައި


ކަންތައް ރޭވުމަކީ އަހަރެމެން އިންސާނުން ކުރާ ކަމެކެވެ. އެކަންތައްތަކަށް އަންނަ ބަދަލުތައް އަހަރެމެންނަށް ވިސްނާލަން ނޭނގޭއިރުވެސް މޮޅެތި ރޭވުންތައް ރޭވުމަކީ އިންސާނުން ކޮށްކޮށްވެސް ފޫހި ނުވި ކަމެކެވެ.

ޚާލިދު އާއި ޝީލާވެސް ރޭވީ އެ ދުވަހު ހެނދުނު ޒިޔާދު އާއި ބައްދަލުކުރަން އެގެއަށް ދިޔަ ސޯފިޔާ އާއި އިނާ އައިހާ އަވަހަކަށް އެގެއަށް ގޮސް ޒިޔާދު އާއި ޒިޔާދުގެ އާއިލާ އާއި ވާހަކަ ދައްކާފައި އެކައިވެނި ރޫޅާލުމަށް
އެމީހުން އެއްބަސް ކުރުވުމަށެވެ. މެންދުރު ކައިގެން އައިސް ޚާލިދު ޖައްސާލީ އިނާ ގެއަށް އަންނާނެ ވަގުތަކަށެވެ. އައިހާ އަވަހަކަށް އެކޮޅުން ޒިޔާދު ކައިރިއަށް ދިއުމަށެވެ.
އެކަމަކު ނުދެވުނެވެ.
ޚާލިދުއަށް ނިދުނީއެވެ.
ސޯނިޔާގެ ދަރިފުޅުގެ ހެދުމެއް ފަހަން ހަދައިގެން ޚާލިދުއަށް ގޮވަންވެސް ޝީލާވެސް ހަނދާން ނެތުނީއެވެ.
ކޮންމެއަކަސް ކަންތައްވީ އެދެމަފިރިން ރޭވި ގޮތަކަށް ނޫނެވެ. އެ ދެމަފިރިންގެ އެ ރޭވުމާއި ބެހޭ އެއްވެސް ކަމެއް އިނާއަށް އެނގިފައި ނުވާތީ، މިއިން އެއްވެސް ކަމަކާ ކަންބޮޑުވާންވެސް އިނާ އަކަށް ނޭނގެއެވެ.

ޚާލިދު ކޮޓަރިން ނިކުމެގެން އައިއިރުވެސް އިނާ އިނީ ސޯފިޔާ އާއި ސޯނިޔާގެ ކުޑަ ދަރިފުޅާއެކު ސިޓީންގ ރޫމްގައެވެ.
"
ދެން އެދުވަހު މެރީ ނުކުރިޔަސް އުފަންދުވަސްވީތީ ކުޑަކޮށް ކަމެއް ބާއްވާލިނަމަ.......ނަވާވީސްދޯ އެވީ......." ސޯފިޔާ އާއި އިނާ އާއި ވާހަކަ ދައްކަން ތިއްބާ އެތަނަށް ނުކުތް ޚާލިދުގެ ކަންފަތުގައި އެންމެ ފުރަތަމަވެސް ޖެހުނީ ސޯފީ ބުނި މި ވާހަކައެވެ.

އެއަށް ޖަވާބެއް އިނާ ނުދިނީ ބައްޕަ އެވަގުތު އެތަނަށް ނުކުމެފައި މަންމަ ކޮބައިތޯ އެހުމުންނެވެ. އެހެންކަމުން ސޯނިޔާއާއެކު މަންމަ އިނީ ހެދުމެއް ފަހަން ކަމަށް ބުނުމުން އެ ދިމާލަށް ގޮސް އޮބާލަންދެން ދެމީހުންވެސް ކުރީގެ މައުޟޫއަކަށް އެނބުރި ނުދެއެވެ.

"
ދެން އިތުރު ކަމެއް ވަކި ނެތް. ސޯފީއަށް އެނގޭނެ އެއްވެސް އިރެއްގައި އުފަންދުވަސް ފާހަގަ ކުރާ މީހެއްނޫންކަން އަހަންނަކީ. މި އާއިލާ އެކަކުވެސް ނުކުރާކަމެއްނު އެއީ....." އިނާ ހަނދާންކޮށްދިނެވެ.
"
އާނ.....ތިއީ ތެދެއް..........ދެން އެކަމަކު ކިހާ ދެރަވާނެ އެދުވަހު މެރީވެސް ނުކުރެވި އެދުވަހު އެއްކަމެއްވެސް ނުވީމަ......." އެ ދުވަހު އިނާ ވާނެ ދެރަ ސޯފީއަށް ކިތަންމެ ރަނގަޅަކަށްވެސް އިހްސާސް ކުރެވެމުން ދިޔައެވެ.

"
އެހާ ދެރައެއް ނުވޭ .......ދިލް އެ ދުވަހު މެރީ ކުރާގޮތަށް ހަމަޖެހުނީމަ އެހާ ބޮޑަކަށް އެކަން ހަނދާނަކު ނެތް......" އިނާވެސް އެ ދުވަސް މަތިން ހަނދާންކޮށްފައި ކިޔާދިނެވެ.
"
ހީވަނީ އެދުވަހު ދިލްގެ ކަންތަކުގައި އުޅެވުނީމަ މާ އުފާވިހެން. ....މި ބުނީ އަމިއްލަ ކައިވެނި ނުކުރެވުނު ދުވަހެކޭ ހިތަކު ނެތް....ނުވޭ ދެރައެއް. އެހެން ނޫނަސް އަދި ނުކުރެވުނީކީ ނޫންތާ.....ދުވަސްކޮޅެއް ލަސްކޮށްލީނު....؟" އިނާ ވާހަކަ ދައްކަމުން ދިޔައީ ތެދުބަހުންނެވެ.

ފަހަރެއްގައި ސޯފީއަށް އެ ވާހަކަ ގަބޫލުކުރަން ދަތިވެދާނެއެވެ. އެކަމަކު ހަގީގަތަކީ، ޒިޔާދު އާއި ކައިވެނި ނުކުރެވުމަކުން އެ ދުވަހު އިނާ އެއްވެސް ވަރަކަށް ދެރަ ނުވާ ކަމެވެ. އޭގެ ބަދަލުގައި ދިލްމާގެ ކައިވެނީގެ ކަންތަކުގައި އޭނައަށް އުޅެން އެ ލިބުނު ފުރުޞަތުގެ ސަބަބުން އޭނަގެ ހިތަށް ލިބުނީ ބުނެދޭންވެސް ނޭނގޭ ކަހަލަ އުފަލެކެވެ.

ލޯބިނުވާ މީހަކާއެކު ކައިވެނި ކުރެވޭ ދުވަހަކު އުފާވާނީ ކޮން އަންހެންކުއްޖެއް ހެއްޔެވެ؟ ހަމަ އެގޮތަށް ޚުދު އިނާވެސް ހުރީ ޒިޔާދު އާއި ކައިވެނި ކުރެވޭތީއޭ ކިޔާފަ މާ ބޮޑު އުފަލަކުން ނޫނެވެ. ވީއިރު އެކައިވެނި ނުކުރެވުމަކުން އޭނައަށް ލިބުނު މާ ބޮޑު ހިތާމައެއް ނެތެވެ. އެންމެ ކަމެއް ފިޔަވައެވެ.
ތިމާގެ އަސްލު އައިސްފައިވާ ގޮތަށް ވިސްނާލުމުން އެއްވެސް މީހަކަށް ބޭނުން ނުވި ދަރިއަކަށް އޭނަ ވީބާވައޭ ހީވާ ކޮންމެ ފަހަރަކު އެ ލިބޭ ހިތާމަ ފިޔަވާ އޭނައަށް އިތުރު ހިތާމައެއް ނެތެވެ.

"
ކޮބާ މިހާރު ދިލް..........." ސޯފީ އަހާލިއެވެ.
"
ދިލް އެހާ އަވަހަށް މެރީކުރީވެސް ކޯހަށް ފުރަން ޖެހޭތީ. 27 ގަ ފުރައިފި މައިސޫރަށް." އިނާ އޮޅުންފިލުވައިދިނެވެ.
"
ދިމާވެސް ނުވޭދޯ...........؟" ސޯފިޔާ އަދިވެސް އަހަމުން ދިޔައެވެ.
"
ހޫމް........ނުވޭ ދިމައެއް. އަންނާނަން.........ބައްޕަމެން ދާންކަންނޭނގެ އެ ތައްޔާރު ވަނީ...." މަންމަ ހޯދަން ބައްޕަ އެ ފަރާތަށް ދިޔައިރު ބައްޕަ ހުރީ ބޭރަށްދާން ތައްޔާރުވެގެންކަން ހަނދާންވުމުން ނަވީންގެއަށް ހަވީރު ސަޔަށް ދާން ޖެހިފައި އޮތްކަން އިނާ ހަނދާން ވިއެވެ.

"
ތިއީ ހާދަ ޚާއްޞަ ނަވީނެކޭ ދޯ؟ އާނ ތިހުންނަނީ މީގެ ގަޑިއެއްހާއިރު ކުރިން ތައްޔާރުވެގެން ވިއްޔަ....." ސޯފިޔާ ބޭނުންވަރަކަށް ވާހަކަ ދައްކަން ނީނދެ އިނާ ތެދުވެގެން ހިނގައިގަތުމުން ހިތްހަމަ ނުޖެހިފައި ސޯފީ ގޮވާލިއެވެ.
އިނާ ހަމަ އެ ދިޔަ ގޮތަށް ދިޔައީއެވެ.
** ** ** ** ** ** ** ** ** **
މައްޗަންގޮޅިއާއި މާފަންނާއި ދެމެދުގައި މާ ދިގު ރާސްތާއެއް ނެތްނަމަވެސް ބަންދުކޮށްފައިވާ މަގުތަކުގެ ސަބަބުން މާފަންނު ޕާރލް ވިއު އަށް ދެވުނީ އިރުކޮޅަކު ދުއްވާލައިގެންނެވެ.
އެގެއަކީ ކުރިންވެސް ޚާލިދު ދަންނަ ގެއަކަށް ވާތީ ޚާލިދު މާބޮޑު ހައިރާނެއް ނުވި ނަމަވެސް، ދިހަބުރިއަށް ނަގާފައިވާ އެ ރީތި ބޮޑު ގެ ފެނުމުން އިނާ އާއި ޝީލާއަށް ބަލާލެވުނެވެ.
އިނާމެންގެ ކާރު މަޑުކުރި އަޑަށް ޕާރލްވިއުގެ ދޮރު ހުޅުވާފައި ނުކުތީ ނަވީންއެވެ. ރީތި ސްމާޓް ނަވީން އެވެ. ނުފެންނަތާ ހަފްތާއެއްފަހުން ފެނުމުން ކުރިއަށްވުރެވެސް ބޮޑަށް ނަވީން ރީތި ކަމުގައި އިނާއަށް ހީވިއެވެ.

ގޭގެ ދޮރު ހުޅުވާލާފައި ނަވީން ނިކުތްވަގުތު ފުރަތަމަވެސް ލޮލާ ލޯ ގޮސް ބައްދަލުވީ އިނާ އާއެވެ. އެތައް އިރެއްވިއޭ އިނާއަށް ހީވިއެއް ކަމަކު އެއީ ހަމަ ފަޅި ސިކުންތުކޮޅެއްގެ ކަމެކެވެ. ނަވީން ގޮސް ހިފީ ޚާލިދުގެ އަތުގައެވެ.
"
އައްސަލާމް އަލައިކުމް....." އިނާއަށް ސަބަބު ވިސްނައިނުގަނެވުނު ހިތްހަމަ ޖެހުމަކާއި އުފާވެރިކަމެއް ނަވީންގެ މޫނުމަތިން އިނާއަށް ފެނިގެން ދިޔައެވެ.

ނަވީން ހުޅުވާލި ބޮޑު ދޮރާށިން އެތެރެއަށް ވަނުމުން އިނާގެ އާއިލާއަށް ފުރަތަމަވެސް ފެނުނީ ގޭގެ މައިފާރުން ފެށިގެން އެތެރެއަށް ފަސްވަރަކަށް ފޫޓް ދޫކޮށްފައި ، ޖަހާފައި ހުރި ބޮޑު ތިން ތަނބުގެ އެތެރެއަށް އޮތް ތަނަވަސް ބޮޑު ހުސް ތަނެކެވެ. އެއްވެސް ދޮރެއް ދޮރުފޮއްޗެއް ނެތި ހާމައަށް ހުސް ތަނެކެވެ.
އެބޮޑު ގޭގެ ދިހަބުރީގެ ފައުންޑޭޝަން ވަރުގަދަ ކުރުމަށްޓަކައި ޖަހާފައިވާ ތިންތަނބު ހަދާފައިހުރީ ގޭގެ އެތެރޭގެ ރީތި ކަމަކަށެވެ. ރީތި ގޮތަކަށް ފަރުމާކޮށް، ވަށްކޮށް ރާނާފައި ހުރި ބޮޑު ތިން ތަނބުން ފެށިގެން އެތެރެއަށް، އެއްވެސް ކުރެހުމެއް ނެތް އަޅިކުލައިގެ އޮމާން ޓައިލްސްއިން އެ ބޮޑު ހުސްތަން ވަނީ ޒީނަތްތެރިކޮށްފައެވެ.
އެއީ އެގޭގެ ފެންޑާއެވެ. އެއްފަރާތުފާރުކައިރިން ފަށައިގެން ހިމަ ދިގު ގޮޅިއެއް ގޮތަށް ރީތި ގޮނޑިތަކަކުން އެތަން ތައްޔާރުކޮށްފައި އޮތުމުން އެއީ އެގޭގެ ފެންޑާކަށް ފެންނަ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.

ޚާލިދުއާއި ކޮންމެވެސް ވާހަކައެއް ދައްކަމުން މަޑުމަޑުން ގޮސްގޮސް ތިބި ނަވީންއާއި ޚާލިދުގެ ފަހަތުން ޝީލާއާއި އިނާވެސް ވަދެގެން ގޮސްގޮސް ތިއްބައި، ފެންޑާގެވެސް ބިއްދޮށުން ފެންނަން ހުރި ރީތި ބޮޑު ދޮރާއްޓަކުން ނުކުމެގެން އައި އަންހެނަކު ހިނިތުންވެލާފައި އައިސް ސަލާމް ގޮވާލިއެވެ. އުމުރު ލަފާކުރާއިރު ޝީލާއަށްވުރެވެސް ދުވަސްވެފައިވާނެކަން ޔަގީނެވެ. އެކަމަކު އެއީ ރީތި ލޫޅާފަތި އަންހެނެކެވެ.

"
މަންމާ....މިއީ ޚާލިދު އާއި ޝީލާ........" މަންމަ ނުކުތްތަން ފެނިގެން އަވަސް އަވަހަށް މަންމައާއި ދިމާލަށް ދަމުން ނަވީން އެދެމަފިރިން ތަޢާރަފްކޮށްދިނެވެ.
"
މިއީ އަޅުގަނޑުމެންގެ އިނާ....." ނަވީންގެ ވާހަކަ މެދުކަނޑާލާފައި އިނާ ތަޢާރަފްކޮށްދިނީ ޚާލިދު އެވެ.

ޚާލިދުއާއި ސަލާމް ކުރުމުގެ ބަދަލުގައި ސަލާމް ގޮވާލާފައި ނަޖްމާ ހިފީ ޝީލާގެ އަތުގައެވެ. ދެން އެއަށްފަހު އިނާގެ އަތުގައެވެ. ސަލާމް ގަލާމަށްފަހު ނަވީންގެ މަންމަ ދަޢުވަތު ދިނީ އެތާ ފެންޑާގައި ހުރި ގޮނޑިތަކަށެވެ.
އުފާވެރި ހިނިތުންވުމެއް ހުރި ހިތްހެޔޮ މީހެކޭ ޝީލާގެވެސް ހިތަށް އެރިއެވެ.

ހިމޭންކަމާއެކު ވެލީ ހިނިތުންވުމަކަށްފަހު އިނާވެސް ގޮސް އިށީނދެލައިފިއެވެ. މިއިށީނދެވުނީ އަދި ރަނގަޅު ދިމާލެއްގައި ނޫންކަން އެނގުނީ އިށީނދެ ނިމުނު ފަހުންނެވެ.
މެދުގައި ހުރި ތިރިތިރި ހަތަރެސްކަން މޭޒުގެ ވަށައގެން ވާކަހަލަ ގޮތަކަށް ގޮދަޑި ޖެހި ބޮޑެތި ގޮނޑިތައް ހުރިއިރު، އިނާ އާއި ނަވީންއަށް އިށީނދެވުނީ ދިމާ ކުރިމަތިން ދެކޮޅުގަ ހުރި ދެ ގޮނޑީގައެވެ. ޝީލާ އާއި ނަޖްމާއަށް އެއްގޮނޑީގައި ތިބެވުނުއިރު ޚާލިދުއަށް އިނދެވުނީ ޝީލާމެން ކުރިމަތިން ހުރި ބޮޑު ގޮނޑީގައެވެ. ކުރިމައްޗަށް ބަލާލާ ކޮންމެ ފަހަރަކު ފެންނަނީ ނަވީން އޭނައާއި ދިމާލަށް ބަލަހައްޓައިގެން އިންނަ ތަނެވެ.
އެހެން ދިމާލަކަށް ނަޒަރު ބަދަލުކުރަން ޖެހެނީ ނުވަތަ އިސްޖަހަން ޖެހެނީ އެނޫންގޮތެއް ނެތިގެންނެވެ. ތެދުވެގެން އެހެން ގޮނޑިއަކަށް ދިއުމަކީ އިނާއަށް ކުރަން ކެރޭނެ ކަމެއް ނޫނެވެ.

ނަވީންގެ ހާލަކީތޯއެވެ. މީގެ ދެހަފްތާއެއްހާ ދުވަސްކުރިން ހިތަދޫ ހޮސްޕިޓަލުގައި އޭނައާއި އިނާއާއި ދޭތެރޭ ހިނގި "މުއާމަލާތު" ގެ ފަހުން އެންމެ ފަހަރަކުވެސް ނުފެނި ހުރެފައި ފެނުމުން ކިތަންމެ ނުބަލާން ހުއްޓަސް ނަވީނަށް ހަމަ ބެލެނީއެވެ. އިނާގެ ކަރަށް ލިބުނު ގެއްލުމުގެ ސަބަބުން ހޮސްޕިޓަލުގައި އޮންނަން ޖެހުމުގެ ސަބަބުން ވިޔަސް ކުރިއަށްވުރެ އިނާ ހިކިފައިވާކަން ފުރަތަމަ ބެލުމުންވެސް ނަވީނަށް ފާހަގަ ކުރެވުނެވެ.
އެކަމަކުވެސް ހިކުމަކުން، އިނާ ހުތުރެއް ނުވެއެވެ. ވިއްޔާ ވީ ކުރިއަށްވުރެވެސް ރީއްޗެވެ. އިސްތަށިގަނޑު ހަދާލާފައި ހުރި ގޮތަކުން ވައަތްފަރާތު ކޮނޑުމަތިން އިސްތަށިގަނޑު ކުރިމައްޗަށް ގެނެސްފައިވާތީ، އެ ރީތި ކަރުގައި ހުރި ލަކުނު ނަވީނަށް ނުފެނުނެއްކަމަކު އެލަކުނުގެ ސަބަބުން އިނާގެ ރީތި ކަރުދޮށަށް އައިބުވާނެ ވަރު މިހާރުވެސް ނަވީނަށް ފެންނަ ފަދައެވެ.

"
ނަވީން ބައްޕަ ނުއުޅުއްވަނީތޯ ގޭގަ......." އިނާ އާއި ދިމާލަށް ހުއްޓެމުން ދިޔަ ނަވީންގެ ލޯ ޚާލިދު އާއި ދިމާލަށް އަނބުރާލެވުނީ ކުއްލިއަކަށެވެ.
"
ބައްޕަ އެބައުޅުއްވާ އެތެރޭގަ.........ދުރުވާނެކަންނޭނގެ އިރުކޮޅަކުން......." ޚާލިދުގެ އެ ސުވާލަށް ޖަވާބު ދިނީ ނަޖްމާގެ ބަދަލުގައި ނަވީން އެވެ.

އަލަށް ދިމާވާ މީހުންނަކީ ދައްކާނެ މާ ގިނަ ވާހަކަތަކެއް ނޯންނަ ބައެއް ކަމަކު، ނަވީންގެ މަންމަގެ އުފާވެރި އަޑުން ޝައުގުވެރިކަމާއެކު ދައްކަމުން ދިޔަ ވާހަކަތަކުގެ ސަބަބުން އެއްވެސް މީހަކު ހަނު ހުންނަން ޖެހުނު ވަގުތެއް ވަރަށް ނާދެއެވެ. ދުނިޔަވީ އެކިއެކި ވާހަކަތަކެވެ. އެގޭގެ ވާހަކައެވެ. ޚާލިދުގެ ދައްތަ ނިޔާވި ހާދިސާގެ ވާހަކައެވެ. ޚާލިދުމެން އައްޑުއަށް ބަދަލުވުމުން ދިރިއުޅުމަށް ދަތިތަކެއް ދިމާވިތޯ އޮޅުންފިލުވުމުގެ ގޮތުން އެހި ސުވާލުތަކުންނެވެ. އައްޑޫއަށް ދަތުރެއް ކުރާ ހިތް އަބަދު ވާ ވާހަކައާއި އެކަމަކު އަދިވެސް ރަނގަޅު ވަގުތެއް ނުލިބޭތީ ނުދެވޭތީ އެހިތާމައިގެ ވާހަކައެވެ.

ކޮންމެއަކަސް މިއަޑުތައް އަހަން ތިބި ނަވީން އާއި އިނާއަށްވެސް ލިބިފައި ވަނީ ހަމަޖެހުމެވެ. މި ހުރިހާ ދުވަހު ނަވީން ކަންބޮޑުވެފައި ހުރީ އޭނަގެ މަންމައަށް އިނާ އާއި އިނާގެ އާއިލާ ކަމުނުގޮސްފާނެތީއެވެ. ޝީލާ އާއި ޚާލިދަށް އޭނަގެ މަންމަގެ މިޒާޖަކީ ކޮބައިކަމެއް ނޭނގުނު ނަމަވެސް އޭނައަށް އޭނަގެ މަންމަ އެނގޭތީ އެކަމާއި އަބަދުވެސް ކަންބޮޑުވިއެވެ.

"
ވަރަށް އުފާވެއްޖެ ތި އާއިލާ މިގެއަށް އައީމަ......މިއަދު ދެން ސައިވެސް ބޯލައިގެން ދާންވާނީ. ނަވީން ބުނެގެން ތަފާތު ވައްތަރު ވައްތަރުގެ އެއްޗިހި ހަވީރު ސަޔަށް ތައްޔާރު ކުރިން......ހިނގާ އެތެރެއަށް ދަމާ......." ބައިގަޑިއެއްހާއިރު ދެއްކުނު ވާހަކަ ތަކަކަށްފަހު ނަޖްމާ ދަޢުވަތު ދިނެވެ.

ފެންޑާ ހުރަސްކޮށް ގޮސް ގޭގެ ސިޓިންގރޫމަށް އެންމެންވެސް ވަނީ ނަޖްމާގެ ފަހަތުންނެވެ. ޚުދު ޝީލާ އާއި ޚާލިދު މެން އަބަދުވެސް އުޅެފައި ވަނީ މުއްސަނދިކަމުގައި ކަމަށްވިޔަސް، އަދި މިވަގުތުވެސް އެ އާއިލާ އުޅުމަށްޓަކައި ހިތަދޫގައި ހަދާފައިވާ ގެއަކީ މުޅި ހިތަދޫގައިވެސް ނެތް ވަރުގެ ރީތި، ޝާހީ ކަމާއި މުއްސަނދިކަމުން ޒީނަތްތެރި ކޮށްފައިހުރި ގެއެއްކަމަކު، ނަވީންގެ ގެ، ނުވަތަ ނަޖްމާ ގެ އާއިލާ އުޅެމުން މި އަންނަ ގެ ފެނުމުން ޝީލާވެސް ކުޑަކޮށް އާޝޯޚް ވިއެވެ. އާއިލާގެ މުއްސަނދިކަމަށްވުރެ ބޮޑަށް ފެންނަމުން ދިޔައީ ފާޑުވެރިކަމާއި ހުނަރުވެރިކަމެވެ. އެކި ތަންތަނަށް ޚިޔާރުކޮށްފައިވާ ފަރުނީޗަރާއި އެހެނިހެން ތަކެތީގެ ސަބަބުން ގޭގެ ކޮންމެ ދިމާލެއްވެސް ފުރިހަމައެވެ.

އުމުރުން ދޮށީ ވިއެއްކަމަކު ބަލާބެލުމަށް ސިއްހަތު ރަނގަޅު ފިރިހެނަކު އެވަގުތު އެތަނަށް ނުކުތެވެ.
"
މިއީ ބައްޕަ..........." ނަވީން ކުރިއަށް ޖެހި ޚާލިދު އަށް އޭނަގެ ބައްޕަ އަލި މަނިކު ތަޢާރަފް ކޮށްދިނެވެ. މަޑުމައިތިރި މިޒާޖެއްގެ މާތް ސިފައެއް ޖަހާ އަލިމަނިކު ހިނިތުންވެލުމާއެކު ކުރިއަށް ޖެހި ޚާލިދު އާއި ސަލާމް ކުރިއެވެ. އޭގެ ފަހުން ދެބައްޕައިންވެސް ކޮންމެވެސް ވާހަކައެއް ދައްކަމުން ދައްކަމުން ގޮސް ކާމޭޒު ދޮށުގައި އިށީނދެއްޖެއެވެ.

ސިޓިންގރޫމްގެ އެއްކަނެއްގައި ހުރި ބޮޑުބޮޑު ކާމޭޒެއް ދޮށުގައި އިށީނދެ، ދެ އާއިލާގެ މީހުންވެސް ކާއެއްޗިއްސަށް އިންސާފު ކުރަމުން ދިޔައެވެ. އާއްމު ދިވެހި މޭޒުތައް މަތިން ނުފެންނަ ފަދަ މޮޅެތި ވައްތަރު ތަކުގެ ފޮނި އެއްޗިއްސާއި ކުޅި އެއްޗިއްސާއެކު ޖޫހާ ސަޔެވެ.

"
ނަވީންގެ ވަރަށް ޚާއްޞަ ރަހްމަތްތެރިއެއްވީމަ، ޚާއްޞަ ގޮތަކަށް އަޅުގަނޑު މި ސައި ތައްޔާރު ކުރީ." ޖެހިގެން އިން ޝީލާ އާއި އިނާއަށް ބަލާލަމުން ނަޖްމާ މިހެން ބުނެލުމުން އިނާއަށް ބަލާލެވުނީ އެމީހުންގެ ކުރިމަތިން އަނެއްފަރާތުގައި، އިނާގެ ބައްޕަ ކައިރީ އިން ނަވީން އަށެވެ. ނަވީންގެ މަންމަކައިރީ ނަވީން އެބުނާ ޚާއްޞަ ރަހްމަތްތެރިއަކީ ކާކުބާވައޭ އިނާގެ ހިތަށް އެރިއެވެ. ނަވީންގެ މޫނު ފެނުމުން އެ ސުވާލުގެ ޖަވާބުވެސް ލިބުނު ކަހަލައެވެ.

ނަޖްމާއަކީ ތަނެއްގެ ބޮޑު ކައްކާއެއްނޫނެއްކަމަކު، މޮޅެތި ކާއެއްޗެހި ހެދުމުގައި ނަން މަޝްހޫރު އަންހެނެކެވެ. އެކަން ޝީލާއާއި ޚާލިދުއަށްވެސް މާ ކުރިންވެސް އެނގެއެވެ.
ބޮޑެތި ޕާޓީތަކާއި ހަފްލާތަކަށް ނަޖްމާގެ އެފަދަ އެހީއަކީ ވަރަށް ގިނައިން ލިބޭ ޚިދުމަތެކެވެ.

އެކި މީހުން އެކި ވާހަކަތަކުގައި މަޝްއޫލުވެގެން ތިއްބާ އެންމެންގެ ސަމާލުކަންވެސް އެއް ދިމާލަކަށް އަނބުރާލީ ފޯނެއް ރިންގުވާން ފެށި އަޑަށެވެ.
ތެޅިގެންފައި ނަވީން އޭނަގެ ފަޓްލޫން ޖީބުގައި އަތްޖައްސާލިތަން އެންމެ ފުރަތަމަ ފެނުނީ ނަޖްމާއަށެވެ.
"
ސޮރީ............." މަންމަ އާއި ބައްޕަގެ މޫނަށް ބަލާލާފައި ނަވީން ބުނެލިއެވެ. ޖީބުން ފޯން ނަގައިގެން އެ ގުޅަނީ ކާކުތޯ ބަލާލެވުނީވެސް އޭގެ ފަހުންނެވެ.

ހަމަ ވަގުތުން ނަވީންގެ މޫނުމައްޗަށް ބަދަލެއް އައެވެ. އިނާ އިނީ ކިތަންމެ ސިއްރުން ވިޔަސް އެތަން ބަލާށެވެ.
"
އެބަ އަންނަން..............." މޭޒުކައިރިން ތެދުވަމުން އެންމެންގެ ކިބައިން ނަވީން އެދުނެވެ. ނަވީން އާއި ދިމާލަށް ކަޅިޖަހާ ނުލާ ބަލަން އިން އިނާއަށް ނަވީންގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމެވެ. އޮފީސްކަމެއްގައި ދާން ޖެހުނީ ކަމަށް ނޫނީ ނުވާނެއޭ ހިތަށް އެރީ އިނާގެ އެކަންޏެއް ނޫނެވެ. ޝީލާ އާއި ޚާލިދުވެސް ހީކުރީ އެގޮތެވެ. މީގެ ކުރިންވެސް ނަވީންގެ އެކަހަލަ ކިތަންމެ ދުވަހެއް އެމީހުން ދެކެފައިވާތީއެވެ.

ފޯން ހިފައިގެން ވަރަށް މަޑުމަޑުން ހަލޯވ އޭ ބުނެފައި ނަވީން ނިކުތީ ބޭރަށެވެ.

"
އެވާނީ ލީނާ ކަމަށް..................އަބަދު ގުޅާލަ ގުޅާލާ އެ ހުންނަނީ. އިހަށްދުވަހު ލަންކާގަ އުޅެފަ އައީ. ނަވީންވެސް މިކޮޅުގަ ނުހުންނާތީއާއެކު، ހުރި ދުވަސްކޮޅުގެ ބޭނުން ހެޔޮ ގޮތުގައިހިފަނީ ކަމަށްވާނީ.....ދޯ؟" ކުރިއަށްވުރެވެސް ބޮޑަށް އުފާވެ ހިތްހަމަޖެހިލައިގެން އިނދެ ނަޖްމާ މި ބުނި އެއްޗަކުން އަލިމަނިކު ނޫން އެންމެންގެ މޫނުމަތިންވެސް ފެންނަނީ ސުވާލެވެ.

"
ލީނާއަކީ.......؟ ނަވީން ކޮއްކޮއެއް ދޯ....؟" ނަވީންގެ ކޮއްކޮއެއް ނުހުންނަކަން ހަނދާން ނެތި ޝީލާއަށް އަހާލެވުނީއެވެ. ނަމަވެސް އެކަން ހަނދާންހުރި ޚާލިދުގެ މޫނުމަތިން ފެންނަނީ އާދަޔާއި ޚިލާފު ސިރިއަސް ގޮތެކެވެ.

"
ނޫނޭ........ހެހެހެހެ........ނަވީން އަކީ ހަމަ އެންމެ ކުއްޖެއް.......ލީނާ އަކީ ނަވީންގެ ވާން އުޅޭ އަންހެނުން." ހިނިގަނޑަކާއެކު ނަޖްމާ މިހެން ބުނެލީ ވަރަށް ފަސޭހަ ކަމާއި ފަރިތަ ކަމާއެކުގައެވެ.
ނަމަވެސް އެއީ އިނާގެ ހިތަށް ބިންހެލުމެއް އައިފަދަ ޚަބަރެކެވެ.

ޚާލިދުއަށް ބަލާލެވުނީ އަލި މަނިކުގެ މޫނަށެވެ. މަޑުމަޑުން އިސް ޖަހާލައިގެން އިނދެ ސަމުސަލަކުން ކޭކުކޮޅެއް ކަމުން ދިޔަ އަލި މަނިކު އެތާނގައި ނުވެސް ނެތް ފަދައެވެ. އެ ކަމަށް އެއްޗެއް ބުނަން ހިތަށް ނުވެސް އަރާ ފަދައެވެ.

މުޅި އާއިލާގައިވެސް ބަސްކިޔޭ އަދި ބަސް ބުނެވޭ ހަމަ އެކަނި މީހަކީ ނަޖްމާކަން އެވަގުތު ޝީލާއާއި ޚާލިދުއަށްވެސް ވިސްނައިގަނެވުނެވެ.
އެކަމަކު.................
އެކަމަކު ނަވީންގެ ވާންއުޅޭ އަންބެއް ހުރިވާހަކައަކީ......އެއީ ޝީލާ އާއި ޚާލިދުއަށް އަދި އިނާއަށްވެސް މުޅިން އާ ވާހަކައެކެވެ. ***********(ނުނިމޭ)**********
101
http://www.muraasil.com/images/icons/arrow_up.gif103 | http://www.muraasil.com/images/icons/arrow_down.gif2

ވޯޓް
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

http://www.muraasil.com/images/comment_reply.pngPosted on 2011-06-08 13:27:08 |
ހެހެހެ..... އެންމެ ފުރަތަމަ ކޮމެންޓު މި ކުރެވުނީ ޝަކީ އަށް ދޯ......... މި ބައިވެސް ވވވވ ސަޅި... ދެން ކޮންއިރަކުން އަޕްލޯޑް ކޮށްދޭނީ.........
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހެހެހެ.........އާނ...ޝަކީއަށް ތިކަން ތިވީ.........ޝުކުރިއްޔާ......އަސްލު ޝަކީއަށް އެނގޭތަ.....ހިލެ ސާބަހަށް މި ވާހަކަ ލިޔާއިރު އިނާމެއްގެ ގޮތުން ލިބޭހާވެސް އެއްޗަކީ ކިއުންތެރިންގެ ކޮމެންޓާއި ލައިކްސް.........ދެން އެ ނުލިބެންޏާ ކިހާ ލިޔާހިތް ނުވާނެ ދޯ. ތިގޮތަށް ކޮމެންޓެއް ކޮށްލީމަ ނުވަތަ ލައިކްސް ދިނީމަ އަސްލު ލިޔާ ހިތްވޭ. ޝައުގުވެރިކަން އިތުރުވެ ހިތްވަރު ލިބޭ........ހޯޕް ޔޫ ގައިސް ވިލް ބީ ވިތް މީ.....ތޭންކްސް އަ ލޮޓް.
http://www.muraasil.com/images/reportAbuseIcon.gif
ރިޔާ: އަސްތާ، އެހުއްޓުނީ އިނަގެ ހިތް، އަޅޭ ސޮފާ ތިހެންނަހަދަބަލަ، ޕްލީޒް،، ދެން އުޅެ އަވަހަށް ޒިޔަދު ގަނޑު ފައްސާލަން، ވަރަށް ފޫހި އެނަން ފެނުނީމަވެސް، އިނޤ ދެރަނުވޭ ނަވީން އަކީ އިނާގެ މީހެކޭ، ޝައްކެއްވެސްނެތް، ސޮފާ ހައުދަހާ މޮޅޭ ދޯ، މިޕާޓުގެނެސްދީފަ އިންގޮތްވެސް ބެސްޓު ހަމަ ،
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހެހެހެހެ........ރިޔާ ހާދަ ފޯރި އެބަހުއްޓޭ ދޯ............ޝުކުރިއްޔާ އިނގޭ ރިޔާ.....!!!

http://www.muraasil.com/images/comment_reply.pngPosted on 2011-06-08 13:28:42 |
ސޮފާާާާާާާާާާާާާާ
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޒޯވީ ކެޓީޔޯ...............ހެހެހެހެ..........ކޮންމެވެސް ކުއްޖަކު ހުރީ ސޮފާ ވާހަކަ އަޕްލޯޑްކުރިތަން ބަލަން. އެއީ ޝަކީ.......އެއއޮތީ ނު ޝަކީ ކޮމެންޓް ކޮށްފަ. މިއަދު ޒޯވީ ކެޓީ. ދެން މާދަން ދޯ............ހެހެހެ
http://www.muraasil.com/images/reportAbuseIcon.gif
ޒޯވީ: ހެހެހ ގޮވާލި ގޮތުން ވެސް އެނގިއްޖެ ދޯ.. އަސްލު ވީގޮތަކީ ޒޯވީ އަވަހަށް ކޮމެންޓް ކުރަން ހަދައިގެން ސްޓަކްވީ.. ދެން އޯކޭ ވީއިރު ޝަކީ ކޮމެމްޓް ކޮށްފި :-) ހެހެހ ދެން މިއަދުވީ ގޮތް ދޯވ..  ވާހަކަ ހަމަ ވަރަށް ސަޅިއޭ ބުނެވޭނީ. އެކަމަކު ނަޖުމާ ދެކެ ކަމަކާނުލާ ވަރަށް ފޫހިވެވިއަޖެ.. ހީވަނީ ވަރަށް ރޫޑް ވާނެހެން.. ދެން އެ ލީނާ ވެސް މިނޫން ގަޑިއެއްގަ ގުޅާނަމަ.. ޔަގީން ލީނާ އަކީވެސް ނަޖުމާގެ ޗޮއިސް.. ނަވީން ލޯބިވެސް ނުވާނެކަން ޔަގީން ލީނާ ދެކެ.. ސީޔޫ ލޭޓަރ ސޮފާ :-)
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އާނޒޯވީ.......ގޮވާލި ގޮތުންވެސް އެނގިއްޖެ...........ހެހެހެހެ..........ޝަކީ އަށް މިއަދު ....ދެން މާދަން ހިތްވަރު ކޮށްލާތި. ނަޖްމަގެ ގޮތާއި ބާވަތް ދެން އޮތް ބައިތަކުން އެނގިގެންދާނެ.

http://www.muraasil.com/images/comment_reply.pngPosted on 2011-06-08 13:34:04 |
ނުވާނެ. އެހެން ވެގެންވާނެތަ! ނަވީންގެ ވާން އުޅޭ އަންބަކު ހުރިއްޔާ ވާންވާނީ އިނާއަށް. ހެޔޮ ނުވާނެ އެހެން މީހަކަށް ނަވީން ނުދެއްޗޭ
http://www.muraasil.com/images/reportAbuseIcon.gif
ފަތިސްތަރި: ހާދަ ވަރެއް ހަންޑިއަށް ތިވަނީ............އަޅެފަހެ މައިތިރިވެބަލަ އިހަށް.............އަދި މީހަކަށް މީހަކު ލިބުނީކީ ނޫނެ......!!!

http://www.muraasil.com/images/comment_reply.pngPosted on 2011-06-08 13:37:10 |
ތަންކޮޅެއް ކުރީ ދޯ، އިގޭ، އެކަމަކު ވަރަށް ރީތި ނަވީންގެ ގެވެސް ސިފަކޮށްދީފައިން ގޮތް، އައިލައިކް ދިސް ޕާޓް
http://www.muraasil.com/images/reportAbuseIcon.gif
ޒޯވީ: ޒޯވީ ވެސް ނަވީން މެން ގެއަށް ސައިބޯން ދާހިތްވަނީީީީީ
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޒޯވީ ގޮއްސިއްޔާ ނުވެސް ނިކުންނާނެ އެގެއިން. ހާދަހާ ވާ ރީތި ގެއެކޭ އެއީ އިނގޭ ޒޯވީ...........ވަރަށްސަޅި.
http://www.muraasil.com/images/reportAbuseIcon.gif
ޒޯވީ: ހެހެހ ނިކުންނަ ގޮތަކަށް ނޫނޭ ދާނީ D-: ނުނިކުމެ އެގޭގަ އަޅާފަ އޮންނަން ދާނީ
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޒޯވީއަށް: ހިއެއް ނުވެ ނަޖްމާ އެގޭގައި މީހަކަށް ހުރެވިޔަ ދޭނެހެނެއް. ހެހހެހެހެހެ

http://www.muraasil.com/images/comment_reply.pngPosted on 2011-06-08 13:42:52 |
ވަރަށް ރިތި އަވަހަށް އަޕްލޯޑް ކޮށްދެއްޗޭ
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޔެސް............ބަލާނަން.

http://www.muraasil.com/images/comment_reply.pngPosted on 2011-06-08 13:43:01 |
މިވީ ކިހިނެއް... (ނަވީންގެ ވާންއުޅޭ އަނބިމީހާ)ހިތްހަލާކުނުވީ ކިރިޔާ. މި ހުރިހާ ދުވަހު އިނާ ކުރި އުއްމީދު ފެނަށް ވަނީތަ. އެހެން ނަހަދައްޗޭ
http://www.muraasil.com/images/reportAbuseIcon.gif
އެނީ: އަޅެ ދެންނޭތްގެ އިނާ އަށް ސައިވެސް ބޮވޭނެ ކަމެއް، ހާދަ ދެރައޭ، ނަވީންގެ ގާލްފުރެންޑް ދެކިލާހިތްވެއްޖެ، ސޮފާ އަޅެ ހެލްޕް ކޮށްދީ މިކަމުގަ، ވަރަށް ސަޅ މި ބައި :)
http://www.muraasil.com/images/reportAbuseIcon.gif
ކ: ހުއް !!! ދެން ސޮފާ އެހެން ނަހަދަބަލަ
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އެނީ އަށް.................ނަވީންގެ ގާރލްފްރެންޑް ފެނޭތޯ ސޮފާވެސް މަސައްކަތް އެބަކުރަން. އެހީވާނަމޭ ތިކަމުގަ. ތޭންކްސް.

http://www.muraasil.com/images/comment_reply.pngPosted on 2011-06-08 13:55:36 |
ބަލަބަލާ އިންދަ ކޮމެންޓް ކުރީ ތި، ވަރަށް ސަޅި މިޕާޓުވެސް، އެކަމަކު ތަންކޮޅެއް ކުރޭ، ދެން ބައި ދިގު ކޮށްލާތި އިނގޭ ސޮފާ،
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އާނ..........ދެން ބައެއް ދިގު ކުރެވޭތޯ ބަލާނަން.

http://www.muraasil.com/images/comment_reply.pngPosted on 2011-06-08 14:12:22 |
ވަރަށް ސަޅި އަވަހަށް އެނެއްބައި ލިޔެދީ ޕްލީޒް
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ދެން އަނެއްބައި މާދަމައަށް ވާނީ ކަނބުލޯ.........ހާދަހާވާ ބިޒީއޭ.

http://www.muraasil.com/images/comment_reply.pngPosted on 2011-06-08 14:21:29 |
spp rythi..varah rythi mi vaahaka,,naveen mahma ge baaru dhoa kon me kamehga ves..hehe..aneh bayah ithixaaru kuran
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ނަވީންގެ މަންމަ ނުވާނެ ކަންނޭގެ ސަހަލު އަންހެނަކަށް...........އަނެއް ބަޔަށް އިންތިޒާރުކުރާނެ ކަމަށް ހީކުރަން. ޝުކުރިއްޔާ..!!!
http://www.muraasil.com/images/reportAbuseIcon.gif
ހަނާ: hehe dhoa,,nubunyas inthixaaru kuramey
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ެހހެހެހެހ............ހާދަ އުފާވެއްޖެއޭ.
http://www.muraasil.com/images/reportAbuseIcon.gif
ހަނާ: ufaaveye buny adhi maa ufaavehje..hehe

http://www.muraasil.com/images/comment_reply.pngPosted on 2011-06-08 14:44:32 |
އަޅޭ!!!! ވ ޝައުގުވެރިވި ހިސާބަކުން ތި ނިންމާލީ......ވާހަކައިގެ ތެރެއަށް ހަމަ ރަނގަޅަށްވެސް ވަދެވިފަ ހުރީ....އުއްމީދުކުރަން އަވަހަށް ދެން އޮތް ބައިވެސް އަޕްލޯޑްވާނެކަމަށް..ކިޔާހިތުން ކެތްމަދުވެފަ!!! (:
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ފާތުން.................ދެން އޮތް ބައި އަދި އޮތީ ނުލިޔެވި..........އެހެން ނޫންނަމަ މިއަދު އަޕް ކޮށްދިނީމުސް.........އެކަމަކު މާދަން ޔަގީން އިނގޭ.

http://www.muraasil.com/images/comment_reply.pngPosted on 2011-06-08 14:45:34 |
ސޮފާ، ކިހިނެތް ތިހެދީ. ނަވީން ޖެހޭނީ އިނާ އަށްޓަކައި ހުސްކޮށް ބަހައްޓަންނު.... ކިހާދެރަ ޚަބަރެއް އަނެއްކާވެސް އިނާއަށް މިލިބުނީ. ހުރި ހިތާމައެއްގެ ބޮޑުކަމާ.....
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އަޅެ ޒާމް ދެރަ ނުވޭ ތިހާ ބޮޑަށް. އިރާދަކުރެއްވިއްޔާ ރަނގަޅު ވާނެ.
http://www.muraasil.com/images/reportAbuseIcon.gif
ފަޒޫ: ތެދެއް އެއީ ސޮފާ....ހެޔޮނުވާނެ، އާދޭސްކޮށްފަ ބުނަން، ނަވީންއާއި އިނާ ގުޅުވަބަލަ...ނަވީން އިނާއަށް ނޫން އެހެން މީހަކަށް ނުދެއްޗޭ...އެހެން ނޫނީ ރޮއެ ރޮއެ ހަލާކުވެދާނެ
http://www.muraasil.com/images/reportAbuseIcon.gif
ލީޝް: ނަވީންގެ މިކަންތައްގަނޑު ވެސް އިނާއަށް އެންމެ ފުރަތަމަ މި ފަޅާއެރީ ފޯންކޯލަކުންނޭ ދޯ ސިފާ!!!!
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ތެދެއް ތިބުނީ...............ވާހަކައަށް އެ ނަން ދިނުމުގެ މަގްޞަދަކީވެސް އެއީ.....

http://www.muraasil.com/images/comment_reply.pngPosted on 2011-06-08 14:50:25 |
އިނާ އަކީ ޚާލިދުގެ ކުއްޖަކަށް ނުވާތީ ޚާލިދަށް އިނާ އަކަށް ވަލީ އެއްވެސް ނުދެވޭނެއެއްނު ދެން އެހެންވީމާ އިނާ އަށް ވެސް އެގޭނެ އެއްނު އެއީ އިނާގެ އަސްލު މަންމަ އާއި ބައްޕަ ނޫންކަން އަދި ކާވެނި ކުރާއިރު އިނާ އަށް ވަލީ ދެނެ މީހަކު ވެސް އެގެން ޖެހޭނެ އެއްނު ވ.ވ. ވަރަށް ރީތި ތޭންކްސް އަވަހަށް އަޕްލޯޑް ކޮށްދޭދި
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އެގްޒެކްޓްލީ...............ތި ހުރިހާ ސިއްރުތައް ހާމަވާން އެ އުޅެނީ.........!!! މާދަން އަނެއްބައި ގެނެސްދޭނަން.

http://www.muraasil.com/images/comment_reply.pngPosted on 2011-06-08 14:51:31 |
ސޮފާ ވަރަށް ހިތްވަރުގަދަ އިނގޭ، ކޮންމެދުވަހަކު އެބަގެނސްދޭ ވިއްޔަ، މިހާރީތި ވާހަކައެއްވީމަ، ނިކަން ކިޔާހިތްވެފަ މިއިނީވެސް. ތިކުރާ ހިްތަވަރަށް ހަމަ ސާބަސްދެން

0 comments:

Post a Comment