🌟🌟Fathisthari Vaahaka🌟🌟

Once upon a time it happened, how it happened is a fiction by me for you.

ފޯންކޯލް - 58 ވަނަ ބައި

އޭނައާއި ލީނާއާއި ގާތް ކުރުވަން މިހާރަކަށް އައިސް މަންމަ ޚާއްޞަ މަސައްކަތެއް ކުރާކަން އޭނައަށް ހީވާތާވެސް ދުވަސްކޮޅެއް ވެއްޖެއެވެ. އިނާ އާއި އޭނަގެ ކައިވެނި ކުރެވުނު ކަމަށް މަންމަ ގަބޫލު ނުކުރިޔަސް، ލީނާއާއި އޭނައާއި ދެމެދުގައި އިރެއްގައިވެސް އަދި މިހާރުވެސް އެއްވެސް ގުޅުމެއް ނެތް ކަމަކަށް މަންމަ ގަބޫލުކުރާ ގޮތެއް ނުވެއެވެ. 

ޚިޔާލުތަކާއި ފިކުރުތަކުން ސިކުނޑި ބަރުވަމުން ގޮސް، ނަވީންއަށް ނިދީގެ އަސަރު ކުރަން ފެށިއެވެ. ދެލޯމަރާލީ މާދަން ހެނދުނުން އިނާގެ ގާތަށް ދެވޭނެކަމުގެ ފޮނި އުއްމީދުގައެވެ. ލީނާ ކިތަންމެ ޖެއްސުމެއް ކުރިޔަސް، މަންމަ އަށް އިނާ ބަލައިނުގަނެވުނަސް، އޭނަ ހުރިއްޔާ އިނާއަށް އެއްކަމެއްވެސް އުނިވިޔަނުދޭނަމޭ ހިތާ ހިތާ ވަޢުދު ވަމުންނެވެ. 

** ** ** ** ** ** **

ކައިވެނީގެ ވަރަށް ކުރީކޮޅު ދެތަނެއްގައި އުޅެން ޖެހިފައިވާ އަލަތު ދެމަފިރިން، ބަރާބަރު އެއްމަހަށްފަހު އަނެއްކާވެސް ބައްދަލުވެއްޖެއެވެ. އެކުގައި ހޭދަކުރަން މި ލިބުނީ ހަމަ އެންމެ ހަފްތާއެއްކަމުގައިވިޔަސް، ދެމީހުންގެ ހިތުގައިވެސް އެއް ރާގެއް ކުޅެވެން ފަށައިފިއެވެ. އަބަދު ފަނޑުނުވެ ހުންނަ ހިނިތުންވުމެއްގައި ދެމީހުންވެސް ވަގުތު ހޭދަކުރަން ފަށައިފިއެވެ. ނަވީން ހުރީ ޗުއްޓީގައިކަމަށްވުމުން، ނަވީނަށް ޖެހުނީ އިނާ ޑިއުޓީ ނިންމާފައި އަންނާނެ ގަޑިއަކަށް އިންތިޒާރުކުރާށެވެ. އެކަން ވެގެން ދިޔައީ ނަވީނަށް ފޮނި އެހެނަސް އުނދަގޫ އިންތިޒާރެކެވެ.

އިނާ ފެންނަ ކޮންމެ ފަހަރަކުމެ ، އެ ރީތިކަމާއި ފުރިހަމަކަމަށް ނަވީން ދިޔައީ ގެނބެވެމުންނެވެ. ބަޔަކާއި ވާހަކަ ދައްކަން ހުއްޓަސް، އާއިލާއާއެކުގައި އެއް މޭޒެއް ދޮށުގައި ކާން އިނދެވުނަސް، އަދި ކިތަންމެ ގިނަ ބައެއްގެ ތެރޭގައި ހުއްޓާ އިނާ ގުޅާލިކަމުގައިވިޔަސް، ވަށައިގެންވާ ހުރިހާ ކަމެއްގެ މަތިން ނަވީން ހަނދާން ނެތިގެން ދެއެވެ. ހުރެވެންފެށީ، އެހުރިހާ ކަމަކާ ދުރަށް ގޮސް އިނާއާއެކު އެކަނިވެލުމަށް އެދިއެދިއެވެ. ފިރުމާލާ ލޯބިކޮށްލާހިތްވަމުން ދިޔައީ އިންތިހާއަށެވެ. ލިބިފައިވާ އެއްހަފްތާގެ ވަގުތުކޮޅުގެ އޮތީ ކުޑަވެފައެވެ. އިނާއާއި ދުރުގައި އަނެއްކާވެސް އަނެއްމަސް ހޭދަކުރަންޖެހޭނެކަމުގެ ހަނދާނުން ނަވީންގެ ހިތަށް ދިޔައީ އުނދަގޫ ވަމުންނެވެ. 

ނަވީން ފެންނަ ކޮންމެ ފަހަރަކު އިނާގެ މޫނުމަތިން ފެންނަ ސިއްރުވެރި ހިނިތުންވުމާއި، ތިރިކޮށްލެވޭ އެސްފިޔައިގެ ނިވަލުގައި ފޮރުވާލާ ފުން ނަޒަރުން ނަވީންގެ ހިތްކަތިލެވެމުން ދިޔަނަމަވެސް، އޭނައާއި ދޭތެރޭގައި ނަވީންގެ ޝައުގުވެރިކަން ހުރި މިންވަރު އެނގެންފެށުމުން އިނާ ދިޔައީ އެކަމުން އުފާ ލިބިގަންނަމުންނެވެ. އެމީހުންގެ ކޮޓަރީގައި ނަވީން އޭނައަށް އިންތިޒާރުކުރާކަން އެނގޭ ކިތަންމެ ވަގުތުތަކެއްގައިވެސް، ހަމަ ދެނަހުރިކަމަށްވެސް ހަދާނުލާ މަންމަ ކައިރީ ނުވަތަ ހަމްދު އާއެކު ތިރީބުރީގައި އޭނަ އިންނަނީވެސް އެގޮތަށް ނަވީން ތަޅުވާލުމުން އޭނައަށް ލިބޭ އުފަލެއްގެ ބޮޑުކަމުންނެވެ. އަލަށް ރައްޓެހިވެގން އުޅޭ ދެ ލޯބިވެރިން ފަދައިން އޭނަގެ ފޯނަށް މެސެޖަކަށްފަހު މެސެޖެއް ނަވީން ފޮނުވަމުން ދިޔަޔަސް، ދިއުމުގެ ބަދަލުގައި އިނާ ދިޔައީ ވީ ކީއްތޯ އާއި އަދި ކުޑަކޮށް ލަސްވާނެ ކަމަށް ބުނެ ހީލަމުންނެވެ. އޭނަގެ ހަޔާތަށް ނަވީން އައިފަހުން އޭނަގެ ވުޖޫދުވެސް އެހެން މީހަކަށް ބަދަލުވި ކަމުގެ އިހްސާސް ނަވީނަށް ސިއްރު ކުރަމުންނެވެ. އުފާވެރި ކަމާއި ލޯބި ނޫން ވިންދެއް އޭނަގެ މުޅި ހަށިގަނޑުގައިވެސް ނުޖަހާކަން ބަސްތަކަކުން އޭނަ ހާމަ ނުކުރިޔަސް، ނަވީނަށް މިހާރު ޔަގީންވާނެކަމުގެ ޔަގީންކަމާއެކުގައެވެ.

"
ގޯޑް..........ކީއްވެ އަހަރެން ތިވަރަށް ތަޅުވަނީ........" ހަވީރު ސައިބޮއިގެން ކާކޮޓަރިން ނިކުންނަމުން، ލޮލުގެ އިޝާރާތުން އަންނަން އެދިފައި ނަވީން ދިޔަތާ އެތައް އިރެއްވީއިރުވެސް ސިޓިންރޫމްގައި މަންމައާއެކު ވާހަކަ ދައްކަން އިނދެފައި ބައިގަޑިއިރުފަހުން އައިސް ވަން އިނާ އައިސް އެނދުގައި އިށީނދެލުމުން އަތުގައި ހިފާ ގާތަށް ދަމާލިގޮތުން ނަވީންގެ ހިތަށް ތަދުވެފައިވާކަން އިނާއަށް އެނގުނެވެ. 
"
ވަރަށް ތަދުވިތަ....؟" ނަވީންގެ ގައިދުގެތެރޭގައި އޮވެވުމުގެ އުފާ އިހްސާސްކުރަމުން އިނާ ހިނިތުންވެލިއެވެ. ނަވީންގެ ހިތާދިމާލުން ފިރުމާލަމުންނެވެ.
"
ޔޫ ލަވް ޓީޒިންގ މީ ދޯ....." ބޯހަލުވާލަމުން ނަވީން ސުވާލު ކޮށްލިއެވެ. އިނާގެ ދިގު އެސްފިޔަތަކަށް އެ އަންނަ ހަރަކާތުން، އޭނަގެ ހިތާ ރޫޙްވެސް ކަތިވެ ނިމިއްޖެކަން އެހެން އެހިއިރުވެސް ނަވީނަށް ޔަގީންވެއެވެ. އިނާ އޭނައާއި އެ ކުޅެލާގޮތަކީ އިނާއަށް ވަރަށް ކާމިޔާބު ގޮތެއްކަން އެ ސުވާލަށް އިނާ ޖަވާބު ނުދިނަސް އޭނައަށް އެނގެއެވެ.
"
ވަރަށް......." ލަފުޒުގެ ރާ އަށް ދަމާލާފައި އިނާ ބުނެލިއެވެ. ހަތަރުކަޅިހަމަވާ ކޮންމެ ފަހަރަކު ޖާދުލެއްގައި ޖެހި ރީތި ވާދީއެއްގެ މީރުވަހުގެ ތެރެއަށް ގެއްލިގެންދާފަދަ، ނަވީންގެ ރީތި ލޮލަށް ފުންކޮށް ބަލާލަމުންނެވެ.
"
އެނގިދާނެތާ......" މިހެން ބުނެފައި ނަވީން ހަދާލިގޮތަކުން މިފަހަރު އޮށޯވެ އޮވެވުނީ އިނާއަށެވެ. ނަވީންގެ ބާރުގެ ދަށުގައި ރަނގަޅަށް ގައިދުވެފައެވެ. އެހެންނަމަވެސް، އެއީ އަދަބެއް ނޫނެވެ. އެ ގައިދެއްގައި އަބަދުގެ އަބަދަށްވެސް ވާން އިނާ ބޭނުންވާ ގައިދަކީ އެއީއެވެ.
** ** ** ** ** ** **
 
ތެދުވެރި ޠާހިރު ލޯބީގެ ރޫޙާނީ މީރު ވަހަކާއި އެފަދަ ރީތި ރާގެއްގައި އުޅެފައި މިއަދަކީ ނަވީން ފުރާދުވަހެވެ. 2002 ވަނަ އަހަރުގެ ޑިސެމްބަރު ނިމި ސްކޫލްތައް ބަންދު ވުމުން، ހަފްތާއެއްހާ ދުވަހަށް މާލެދާން ހަމްދު އެދިފައިވާތީ، ނަވީން މާލެ ދާއިރު ހަމްދުވެސް ފޮނުވާ ގޮތަށް ޝީލާ އާއި ޚާލިދު ވަނީ ނިންމާފައެވެ.
އުނގެނުމާއި ދަސްކުރުމުގައި ހަމްދު އަކީ މާތްﷲ ރަހްމަތް ލައްވާފައިވާ ކުދިންގެ ތެރެއިން ކުއްޖެއްކަމުން، ޖެނުއަރީގައި އޯލެވެލް އޮތެއްކަމަކު، އެކަމަކާ ޚުދު ހަމްދުވެސް އަދި އެ އާއިލާގެ އެއްވެސް މީހަކުވެސް ކަންބޮޑުނުވާތީ، ހަމްދު އެދުނު އެދުން ހަމްދުގެ ބައްޕަ ހަމަޖައްސައިދީފައިވަނީ އިތުރު ސުވާލެއްވެސް ނެތިއެވެ. ސްކޫލްގެ ކެޕްޓަނަށްވުމުގެ އިތުރުން، މުޅި އަތޮޅުންވެސް ހޮވާލެވޭ ވަރުގެ ރަން ވަނަތައް ގެންނަ ދަރިއަކާ ދޭތެރޭ އެ ކުއްޖާގެ ފަހު އިމްތިހާނުގެ ސުވާލު އުފެއްދުމަކީވެސް ބޭކާރު ކަމެކެވެ. އޭގެ ބަދަލުގައި އެ ކުއްޖާގެ ފަރާތުން އާއިލާއަށް އެ ލިއްބައިދޭ ރީތި ނަމާއި ފަޚުރަށްޓަކައިވެސް އެ ކުއްޖާއަށް އުފަލެއް ހޯދައިދިނުން މުހިއްމުކަމުގައި އެ ދެމަފިރިން ދެކުނެވެ. 

** ** ** ** ** ** **

އެއްބަޔަކު އާއިލާއާ އެކުގައެވެ. އަނެއްބަޔަކު ފުން ހިތާމައާއި ހިތްދަތިކަމުގައެވެ. އަނެއްބަޔަކު އުފާވެރި އިންތިޒާރެއްގައެވެ. މިއިން ކޮންމެ ހާލަތެއްގައިވެސް އެއްވެސް މީހަކަށް ދުނިޔޭގެ ދައުރުވުން ނުހުއްޓުވެއެވެ. ކަންތައްތައް ބަދަލުކުރުމުގެ އިޚްތިޔާރަކީ މާތްﷲ އެންމެހާ އިންސާނުންނަށް ދެއްވާފައިވާ ފުރުޞަތަކަށްވާތީ، އަމިއްލަ ގަސްދުގަ ކުރެވުނު ގޯސްކަންތައް ރަނގަޅު ފުށަށް ފުރޮޅާލެވެންދެން ، އިތުރަށް ގޯސްވިޔަ ނުދީ ހިފަހައްޓައެއް ނުލެވެއެވެ. ދުވަސްތައް އޮވެގެން ދެއެވެ. 
އިނާ އާއި ނަވީންވެސް ދުރުގައި ތިބެމެ، އެކުގައި އަނެއްކާވެސް އުޅެވޭނެ ދުވަހަކަށް އިންތިޒާރު ކުރަމުން ދިޔައެވެ. ދުވާލަކު އެތައްފަހަރު، ރޭގަނޑު އެތައްފަހަރު ކުރެވޭ ފޯންކޯލްތައް ނޫން އެއްޗެއް އެ ދެމެދުގައި ނެތް ގޮތެއްގައެވެ. 

ދުވަސްކޮޅަކީ އައްޑުއަތޮޅުގެ ރީޖަނަލް ހޮސްޕިޓަލުގެ ތާރީޚުގައިވެސް ނުވާވަރުގެ ބޮޑެތި ކަންތައްތައް ވަމުން އަންނަ ދުވަސްކޮޅެކެވެ. އެއަށްވުރެ ބޮޑަށް ބެލެވެނީ، ޚާލިދުމެން އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަން ފެށިފަހުން މިހާތަނަށް ދިމާނުވާފަދަ އެތައް ކަމެއް ދިމާވަމުން އަންނަ ދުވަސްކޮޅެއްގެ ގޮތުގައެވެ. ފުރަތަމަ ދިމާވި ކަމަށްވުރެ ދެން ދިމާވި ކަންތައް ބޮޑެވެ. 

އެ ހޮސްޕިޓަލަށް އދ. އިން ލިބިފައިވާ އެހީއެއްގެ ފައިސާގެ ބޮޑު ޢަދަދަކަށް ޚިޔާނާތްތެރި ވުމުގެ ކުށުގައި ހޮސްޕިޓަލް ހިންގުމާއިޙަވާލުވެ ހުންނެވި އިބްރާހިމް ފަޔާޒު ގޭގައި ބަންދު ކުރެވިއްޖެއެވެ. މިކަން ވެގެން ދިޔައީ ޚަބަރުތަކުގެ ފަލަ ސުރުޚީތަކުގެ ހަތިޔާރަކަށެވެ. ޙަގީގީ ޚަބަރަށް ކުނިބުނި ލައިގެން ގެނެސްދެވޭ އިތުރު "ބޭކާރު" ތަފްޞީލްތަކުގެ ސަބަބުން ބައެއްމީހުންގެ ޢަބުރާއި އިއްޒަތްވެސް ނެގެމުން ދިޔައީ އެކަން ކުރާ ބަޔަކަށް މި ކުރެވެނީ ކީއްކަންވެސް ނޭނގި ތިއްބައެވެ. ރައްދުވާ މީހުންނަށް ބަސްހުސްވެ ގޮތްހުސްވެފައި ބަލަހައްޓައިގެން ތިބެވުނީއެވެ. 

ޚާލިދުއަކީ ހޮސްޕިޓަލުގެ ބޯޑް މެމްބަރަކަށް ވުމުން، އިބްރާހިމް ފަޔާޒު ވެފައި ވަނީ ޚާލިދުގެ އޮފީސް ވެރިމީހާގެ ގޮތުގައި އެކަންޏެއް ނޫނެވެ. އެއަށްވުރެ ބޮޑަށް އެއީ ގާތް ރައްޓެއްސެކެވެ. އެހެންކަމުން، އެކަން ނަގާނެ ގޮތެއްވެސް ޚާލިދުއަށް ވިސްނަން ދަތިވެފައި ވެއެވެ.

"
މާދަމާ އެބައާދޭ މާލެއިން ޓީމެއްވެސް....އދ. ގެ އޯޑިޓް ގްރޫޕެއް.. ހުރިހާ ރިކޯޑްތަކެއް އަތްމަތިކުރަންޖެހޭނެ." ޚާލިދު މިހެން އެބުނީ އެ މައްސަލަ ފެންމަތިވިތާ ތިންވަނަ ދުވަހުގެރޭގެ ޚަބަރު ގަޑީގައި ސިޓިންރޫމްގައެވެ. 
"
އެއީ ބޭރު ބައެއް.....؟" އެހެން އެހީ ޝީލާއެވެ.
"
ނޫނޭ.....އެއީ މާލޭގެ އދ. އޮފީހުގައި މަސައްކަތްކުރާ ދިވެހިން." ޚާލިދުގެ ލޯ ހުއްޓިފައި ވަނީ ޓީވީއަށެވެ. 
ޝީލާ އާއި އިނާވެސް އަނގައިން ނުބުނެ ޚަބަރު ބަލަމުން ދިޔައެވެ. ބުނާނީވެސް ކީކޭހެއްޔެވެ؟ މަންމައަށްވުރެ ބޮޑަށް އިނާއަށް ހޮސްޕިޓަލުގެ އެތެރޭގެ ހާލަތާއި އޭނަގެ ބައްޕަގެ ބޯހާސްކަން ހުންނާނެ މިންވަރު ލަފާ ކުރެވުނު ނަމަވެސް، އޭނައަށް ކުރެވޭނެ ކަމެއް ނެތެވެ. ހިތުގެ އަޑިން އެދެވެމުން ދިޔައީ އޭނަގެ ބައްޕަ، މިކަމުގައި ނުބެދުމަށެވެ. 
ޚާލިދު އަކީ އެފަދަ އެއްވެސް ކަމެއްގައި ބައިވެރިވާނެ މީހެއް ނޫންކަން ބުނުމަކާ އެހުމަކާ ނުލާވެސް ޝީލާ އާއި އިނާއަށް އެނގެއެވެ.

** ** ** ** ** ** ** **
 

މާލެއިން އައި ޓީމް އައިސްފިއެވެ. ހޮސްޕިޓަލުގެ ހުރިހާ ރެކޯޑެއް ބަލައި ހިސާބު ކިތާބު ބެލުމުގެ ކަންތައްތަކުގައި އެ ޓީމް ޙަރަކާތްތެރިވަމުން ދިޔައީ ހަމައެކަނި ދުވާލުގެ ރަސްމީގަޑީގައި އެކަންޏެއް ނޫނެވެ. ރޭގަނޑުގެ 9 އެއް ޖަހާލަންދެންވެސް އެ ޓީމް ދިޔައީ ކޮންމެ ރެއަކު އެ މަސައްކަތުގައި ހޭދަކުރަމުންނެވެ. މިސަބަބަށްޓަކައި ޚާލިދުއަށް މިހާރު ގެއަށް އާދެވެނީވެސް ވަރަށް ލަހުންނެވެ. 

"
ބައްޕަ އަދިވެސް ނުދުރުވަނީ ދޯ...؟" ހަމްދުއަށް ޓޯސްޓާއި ބިސްގަނޑު ހަދައިގެން އައިސް މޭޒުމަތީގައި ބަހައްޓަމުން ކަންބޮޑުވެފައި ޝީލާ މިހެން ބުނީ ކާކޮޓަރީގެ ފާރުގައި ހުރި ގަޑިން 10 ޖެހިތަން ފެނިފައެވެ.
"
ސޮސެޖް ބޭނުންތަ...؟" މަންމަގެ އެ ވާހަކައަށް އެއްޗެއް ނުބުނި ނަމަވެސް ގޭތެރޭގައި މިހާރު އަބަދު ދެކެވޭ އެ ވާހަކައަށް ކަންބޮޑުވުމުގައި ބައިވެރިވާން ޖެހިފައިވާ ހަމްދުއާއި ތަށިތައް ކައިރިކޮށްލަމުން ޝީލާ އެހިއެވެ. 

ޖެނުއަރީ މަސްފެށި އޯލެވެލްދުވަސް ކައިރިވެފައިވާތީ، ބަދަލުވެފައި ވަނީ ހަމްދުގެ ފިލާވަޅު ދަސްކުރުމުގެ ޝެޑިއުލް އެކަންޏެއް ނޫނެވެ. ކުރިއަށްވުރެ ގިނަ ވަގުތު ތަކުގައި ކެއުމަކީވެސް މިހާރު ހަމްދުގެ ފަރާތުން ފެންނަ އާދައެކެވެ. ހަމްދު އަކީ ސިއްހަތު ރަނގަޅު ކާއެއްޗިހި ގަޑިން ގަވާޢިދުން ކާން ދީގެން ބޮޑުކޮށްފައި ހުރި ކުއްޖަކަށް ވުމުން، މިހާރު ކައިހަދާ ލުއި ކާނާގެ ބާވަތްތަކަކުން، ހަމްދުގެ ހެދިބޮޑުވަމުން އަންނަ ހަށިގަނޑަށް ބޭކާރު މަސްތައް ޖަމާނުވާތީ، މިދުވަސްކޮޅު ހަމްދު ބުނި ކޮންމެ އެއްޗެއް ކޮންމެ ގަޑިއެއްގައި ހަދައި ތައްޔާރުކޮށްދިނުމަކީ ހަމްދުގެ މަންމަ ޝީލާއަށްޓަކައި އުފަލެކެވެ. ހިތަށް ފިނި ކަމެކެވެ. 

"
މަންމަ އަންނާނަން ބައްޕައަށް ގުޅާލާފަ...." ސޮސެޖް ބޭނުންހޭ އަހައި ކުރި ސުވާލަށް ބޮލުގެ އިޝާރާތަށް ހަމްދު އާނއެކޭ ބުނުމުން، ހަދާފައި ހުރި ސޮސެޖްތަކެއް ތަށްޓަކަށް ލައިގެން ގެނެސް މޭޒުމަތީގައި ބަހައްޓާފައި ހަމްދުގެ ބުރަކަށީގައި ފިރުމާލާފައި ޝީލާ ހިނގައްޖެއެވެ.

"
މިދަނީވެސް ޚާލިދުއަށް ގުޅަންކަމަށް...." ސިޓިންރޫމަށް ގޮސް ނިކުމެވުނުތަނާ ގޭގެ ދޮރުން ޚާލިދު ވަންތަން ފެނިގެން ޝީލާ ހިނގައިގަތީ ކޮޓަރިއަށް ދިއުމުގެ ބަދަލުގައި އެދިމާލަށެވެ.

އޭރު ހުރީ ފިރިމީހާ ފެނުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއްގައި ކަމުގައިވިޔަސް، ޚާލިދުގެ ފަހަތުން ދެން ވަދެގެން އެ އަންނަ ނުދަންނަ މީހާ ފެނުމުން މެހްމާނަކާއި ބައްދަލުކުރަންޖެހިއްޖެކަން ޝީލާއަށް އެނގުނެވެ.

"
މިއީ ޝީލާ.....ޝީލާ މިއީ ފާތިން......" ފެންޑާމައްޗަށް އާދެވުމުން ޚާލިދު އެމީހަކު ތައާރަފް ކޮށްދިނެވެ. ހިނިތުންވުމާއެކު އެ ޒުވާން އަންހެންކުއްޖާއާއި ޝީލާ ސަލާމް ކުރިއެވެ. 

"
ޝީލާ ކާކުކަން އެނގުނަސް އަދި ފާތިން ކާކުކަން ނުބުނެވޭ ދޯ.....މިއީ އެ ޓީމްގެ މެމްބަރެއް. " ޚާލިދު މިހެން ބުނެލިއިރު ލޮލުން އެ ދިން އިޝާރާތް ޝީލާއަށް ފެނުނެވެ. އެކަމަކު ވިސްނައެއް ނުގަނެވުނެވެ. 
"
އާދޭ އާދޭ...." ސިޓިންރޫމް ދޮރުމަތިން ދުރަށް ޖެހި ފާތިން އާއި ޚާލިދު އަށް ވަނުމަށް ޝީލާ ތަންދެއްކިއެވެ. 

ކަޅުކުލައިގެ އޮފީސް ހަރުވާޅަކާއި ކަޅު ތިކިޖެހި ސާފުހުދުކުލައިގެ ގަމީހެއްގައި ހުރި އެ އަންހެންކުއްޖާގެ މޫނުމަތިން ޝީލާއަށް ފެންނަނީ ވަރުބަލިކަމާއި ލޮޑުކަމެވެ. އެހެންނަމަވެސް އެއީ ރީތި އަންހެންކުއްޖެއްކަން ޝީލާއަށް ފާހަގަ ކުރެވުނީ ޚާއްޞަ ގޮތެއްގައެވެ. އަދި އެ ވަރުބަލިކަމާއެކުވެސް މާނަފުން ހިނިތުންވުމެއްވެސް ޝީލާގެ ތަޖްރިބާހުރި ލޮލަށް ފެނިގެން ދިޔައެވެ.

ފާތިން އޭނަގެ އޮފީސް ބޫޓް ބާލާފައި ގޭތެރެއަށް ވަނުމުން ޚާލިދުވެސް ވަދެފައި އޭނަގެ އަތްދަބަސް ޝީލާއަށް ދިއްކޮށްލިއެވެ.
"
މިހާ ލަސްގަޑީގައި ކެއުން ރަނގަޅުވާނެކަމެއް ނޭނގެ. އެކަމަކު ވާނެ ކޮންމެވެސް އެއްޗެއް ބޯލަން. އަންނާނަން." ފާތިން އާއި ޚާލިދުއަށް މުޚާޠަބްކޮށް ޝީލާ މިހެން ބުނެފައި ކާކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.

"
ހިނގާ ސައިބޯލަން އެކޮޅަށް ދާން." ޝީލާ ހިނގައިގަތްފަހުން ޚާލިދު މިހެން ބުނެލި އަޑަށް ޝީލާވެސް މަޑުޖެހިލިއެވެ. އެގޮތް މާ ރަނގަޅުކަމުގައި ޝީލާއަށްވެސް ފެނުމުން ފާތިން އާއި ޚާލިދު އަށް އައުމަށް ދަޢުވަތު ދެމުން ކުރީގައި ހުރެގެން ޝީލާ ގޮސް ކާކޮޓަރިއަށް ވަނެވެ.

** ** ** ** ** ** ** **

"
މިހާރުވެސް މި ދެކެވޭ ވާހަކަތަކުން އަހަރެން މި ހުންނަނީ ބިރުން ޚާލިދު މީގައި ބެދިދާނެތީ. ދެން ތިގޮތަށް އެ ޓީމްގެ މީހަކު މިގެއަށް ގެނައުމުން ކިހިނެއްވާނީ...." ފާތިން އާއި ޚާލިދު އާއި ހަމްދު އެއް މޭޒަކުން ލުއި ސައެއް ބޯލައިގެން ، ކާރުގައި ފާތިން ގެއަށް ލާން ޒާހިރު ފޮނުވާލާފައި އެތެރެއަށް ޚާލިދު އަޅާލި ފުރަތަމަ ފިޔަވަޅާއެކު ޝީލާ ކުރީ ވަރުގަދަ ސުވާލެކެވެ. އެއީ އެ ޓީމުގެ މެމްބަރެކޭ ޚާލިދު ބުނީއްސުރެ އޭނަ ހުރީ އުނދަގުލެއް ވެފައެވެ. 

ޚާލިދު އެއްވެސް އެއްޗެއް ނުބުނެ ގޮސް ސިޓިންރޫމްގައި އިށީނީއެވެ. ފުން ނޭވާއެއް ލާފައި ޚާލިދު ހަރަކާތް ކޮށްލި ގޮތުން، ޚުދު ޚާލިދުވެސް އެ އިނީ އެކަމާއި އެހާ ހިތްހަމަޖެހިގެން ނޫންކަން ޝީލާއަށް އެނގުނެވެ.

"
ޚާލިދު..........؟" ސުވާލުގެ ގޮތަކަށް ޝީލާއަށް ގޮވާލެވުނީ އޭނަގެ ސުވާލަށް ޖަވާބު ދީގެނެއް ނޫނެވެ. ކަންބޮޑުވަނީ ކީއްވެހޭ އަހާލުމުގެ ގޮތުންނެވެ. 

"
އޭނައަކީ އެ ޓީމު ގޮވައިގެން އައި ކުއްޖާ....އެއީ އެ މައްސަލަ ބެލުމުގަ އުޅޭ ކުއްޖެއް ނޫން." ޚާލިދު މި ޖަވާބު ދިނީ ވަރަށް ފެން ގޮތަކަށެވެ. އެ ޖަވާބަކުން ޝީލާގެ ހިތްހަމައެއް ނުޖެހުނެވެ. ރެއާއި ދުވާލު އޭނައަށް ހުރެވެނީ އޭނަގެ ފިރިމީހާ އެކަމުގައި ކުށްވެރިވެދާނެތީ ބިރުން ވިރިވިރިއެވެ. އެކަހަލަ ކަމަކަށް މަގުފަހިވާ ކަހަލަ ކަމެއް ޚާލިދު ކުރުމުން އެކަމާ ސުވާލުކުރުމުން ޚާލިދު އެހާ ހަމަޖެހިލާފައި އެއީ އެއްވެސް ކަމެއް ނޫނޭ ބުނާ ކަހަލަ ރާގަކަށް ޖަވާބު ދިނުމުން ޝީލާއަށް ކަމަކު ނުދިޔައެވެ. 

"
އެހެންވިޔަސް އެ ޓީމުގެ އެއްވެސް މީހަކާ ޚާލިދު ރައްޓެހިކަން ބޭއްވުން ރަނގަޅުވާނެތަ؟ އަދި އަމުދުން އެހާ ޒުވާން އަންހެންކުއްޖަކާ؟ މީހުން ކިޔާފާނެ ކޮންމެ އެއްޗެއްވެސް....މިހާ ލަސްގަޑިއެއްގަ މިގެއަށް އައިކަން އެނގުނަސް ނިމުނީ. މިރަށުގެ މީހުންގެ ގޮތް ޚާލިދުއަށް އެންމެ ރަނގަޅަށް އެނގޭނީ." ޝީލާ އިނީ އަސްލުވެސް ކަންބޮޑުވެފައެވެ.

"
އޭނައާ ރައްޓެހިކަން ބޭއްވުން ނުވާނެ މައްސަލައަކަށް." އިންތަނުން ތެދުވެގެން ޚާލިދު ހިނގައިގަތީ ކޮޓަރިއާއި ދިމާލަށެވެ. ޝީލާއަށް ލިބުނީ ސިހުމެކެވެ. 
ވިސްނާލެވުނެވެ. އޭނަގެ ފިރިމީހާ އެހާ ބޮޑު ބޯހާސްކަމެއްގެ ތެރޭގައި އުޅޭއިރުވެސް، މި ކުރެވުނު ސުވާލުތަކާއި މި ކިއުނު ފާޑުކިއުންތަކުން ހިތްހަމަނުޖެހުނީކަން ޝީލާއަށް އިހްސާސް ކުރެވުނެވެ. މިއީ އޭނަގެ ފަރާތުން ޚާލިދު އުއްމީދުކުރާނެ ކަންތަކެއް ނޫންކަން ޔަގީނެވެ. ކުރިން އޭނައަކީ މިކަހަލަ މީހެއް ނޫނެވެ. މި އަޑުތަކަކާ މި ކަންބޮޑުވުން ތަކަކާހެދި ޚުދު އޭނަވެސް މިހާރަކަށް އައިސް މި ހުންނަނީ އަބަދު ހާސްވެފައެވެ. މިހެން ވެގެން ނުވާނެއެވެ. އޭނަގެ ފިރިމީހާއަށްޓަކައި އޭނަ ވާން ޖެހެނީ އޯގާތެރިއަކަށެވެ. ފާޑުކިއުންތެރިއަކަށް ނޫނެވެ.

ޚާލިދު ހިތްހަމަނުޖެހުނީކަން އެނގުމުން، އެވަގުތު ކޮޓަރިއަށް ނުގޮސް ހުރެފައި ޝީލާ ދިޔައީ އޭގެ ފަނަރަވަރަކަށް މިނެޓް ފަހުންނެވެ. ގޭތެރޭގެ ބޮކިތައްނިވާލާ، ދޮރުތައް ތަޅުލާ ހަދަން ޒާހިރު ކައިރީބުނެފައި ރޭގަނޑުގެ ނިދުމަށާއި އެއްކޮށެވެ. އެހެންނަމަވެސް ކޮޓަރިއަށް ވަދެވުމުން ލިބުނީ އިތުރު ހައިރާން ކަމެކެވެ. 
އޭނަ ހީކުރީ މިހާއިރުވާއިރު ޚާލިދު އޮންނާނީ ނިދާފައި ކަމަށެވެ. ނަމަވެސް ޚާލިދު އިނީ ފޯނެއްގައެވެ. ހީވާ ގޮތުން ކޮޓަރިއަށް ވަނީއްސުރެ އެ އިނީ އެ ފޯނެއްގައެވެ. 
ހައިރާންކަމުގައި ހުރެގެން ގޮސް ޑްރެސިންގ ޓޭބަލް ކައިރިއަށް ހުއްޓި ބުރުގާގެ ދަތިތައް ނަގަން ފެށިއިރުވެސް ޝީލާއަށް އޭނަގެ ފިރިމީހާއާއި ދިމާލަށް ބެލެނީއެވެ. ހިނިއައިއްސަ އިން ޚާލިދުވެސް ޝީލާއާއި ދިމާލަށް ބެލިކަމުގައި ވިޔަސް ފޯން ކަނޑައެއް ނުލައެވެ. ކުރު ކުރު ޖަވާބުތަކުން އެ ފޯނަށް ވާހަކަ ދައްކަމުން ދިޔައެވެ. 
ފާހާނާއަށްވަދެ ތާޒާ ވެލާ ހަދާލައިގެން ޝީލާ ނިކުތްއިރުވެސް ހަމަ އެ ފޯނުގައެވެ. ފޯން ނިމުނީ ފުނާ އަޅާހަދާލައިގެން އައިސް ޚާލިދުގެ ކައިރީގައި ޝީލާ އިށީންފަހުންނެވެ. އެކޮޅުން ބާއްވައިގެނެއް ނޫނެވެ. އެތަކެއްފަހަރު ކިޔައިގެން އެ ފޯންބޭއްވީ ވެސް ޚާލިދެވެ.

"
ކާކު.........؟" ޝީލާއަކީވެސް ހަމަ އެހެން އަންހެނުން ފަދަ އަންހެނެއް ކަމުން، އޭނަގެ ފިރިމީހާއަށް އެ އައި ކޯލަކީ މިވީ އެތަކެއް އަހަރުތެރޭވެސް ނައަންނަ ވައްތަރުގެ ކޯލެއްކަން ޔަގީންވާތީ ނައަހައެއް ނުހުރެވުނެވެ. 
ޖަވާބު ދިނުމުގެ ބަދަލުގައި ޚާލިދުގެ ގާތަށް އައީ ހިންޏެކެވެ. އޭރުވެސް ފޯނުން ކޮންމެވެސް ކަމެއް ޚާލިދު ކުރަނީއެވެ.
"
ކާކުތަ....؟" އެއީ އެ ދެފަރާތުގެ އާއިލާގެ މީހެއްގެވެސް ކޯލެއް ނޫންކަން ޝީލާއަށް ޔަގީންވާތީ ލަފާކޮށްލާފައިވެސް އެއީކާކުކަން ބުނާކަށް ނޭނގުނެވެ.

ޝީލާ ކުރި ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ޚާލިދު ދިއްކޮށްލީ އޭނަގެ މޮބައިލް ފޯނެވެ. ނުހިފާން އިނދެފައިވެސް ޝީލާ އެފޯން ގައި ހިފިއެވެ. ފޯނުން ހުރީ މެސެޖެއް ހުޅުވާފައެވެ.
"
މިއީ ކާކު........؟" ފުރިހަމަ އިނގިރޭސިބަހުން ލިޔެފައި އިން އެ މެސެޖް ކިޔާލާފައި ޝީލާއަށް އަހާލެވުނީވެސް ތަންކޮޅެއް ބާރަށެވެ. ހައިރާންވެ އަންތަރީސްވުމުގެ އިތުރަށް ޝީލާ އިނީ ހިތްނުރުހިފައެވެ. ވަރަށް ބޮޑަށެވެ. ނަމަވެސް ޝީލާއަށް ފެނުނީ ޚާލިދު ހީގަތް ތަނެވެ. 

ނުހިފެހެއްޓިގެން ހީގަނެވުނު ކަހަލަ ގޮތަކަށް ހީގަތްތަނެވެ. ޒުވާން އުމުރުއްސުރެ އޭނައާއެކު އުޅެ މިއަދު މުސްކުޅިވެ ބޮލުގެ އިސްތަށި އެކަށް ހުދުވެފައިވާ އެ ފިރިމީހާ، އެކަހަލަ ހިންޏަކުން ހެވުނުތަނެއް މި ނޫނިއްޔާ އޭނަ ދުވަހަކުވެސް ނުދެކެއެވެ. 
ހުނުމުގެ ތެރެއިން ތެދުވެގެން ގޮސް ޑްރެސިންގ ޓޭބަލް ކައިރިއަށް ގޮސް ޑްރެސިންގ ޓޭބަލްގައި އަތް އަޅުވާލައިގެން ހުރެގެން ހޭންފެށީވެސް ޝީލާ ބަލަހައްޓައިގެން އިންދައެވެ. 

ޝީލާ އަނެއްކާވެސް އެ މެސެޖް ކިޔައިފިއެވެ. އެތަކެއްފަހަރު ކިޔައިފިއެވެ. އެއީ ކޮންމެވެސް މީހަކު އޭނަގެ ފިރިމީހާގެ ރީތި ވާހަކަ އާއި އޭނަގެ ވިސްނުމާއި ފިކުރުތައް ދެކެ ލޯބިވާ ވާހަކައާއި، އެފަދަ ފިރިއަކު ލިބޭނެނަމަ ކިހާ ރަނގަޅުތޯއާއި، މަދު ދުވަސްކޮޅަކަށްނަމަވެސް އޭނަގެ ފިރިމީހާގެ ލޯތްބާއި އޯގާތެރިކަން ބޭނުންވާ ވާހަކަ ލިޔެފައި އިން ލޯބީގެ މެސެޖެކެވެ. ކައިވެންޏެއް ނުކުރެވުނު ނަމަވެސް، މިސްޓްރެސްއެއްގެ ގޮތުގައި ހުރުންވެސް އެއީ ނަސީބެއްކަމުގައި ދެކޭނަމޭ ލިޔެ ފޮނުވާފައިވާ މެސެޖެކެވެ. އޭނަގެ ފިރިމީހާގެ ފޯނުގައެވެ. 

އެ މެސެޖަކީ ކާކު ފޮނުވަފާނެ މެސެޖެއްކަމަށް ލަފާކޮށްލަންވެސް ޝީލާއަށް އެނގުނީ ތިންހަތަރުފަހަރު އެ މެސެޖް ކީފަހުންނެވެ. 
"
މިއީ........ފާތިން....ދޯ؟" ފޯން ހިފައިގެން ގޮސް ޚާލިދު ކައިރިއަށް ހުއްޓިލާފައި މަޑުމަޑުން އެހެން އަހާލެވުނީ ޔަގީނާއި ގާތްކޮށްލާފައެވެ. އޭނައަށް ހީވީ ރަނގަޅަށެވެ. ހުނުން ހުއްޓާލިކަމުގައިވިޔަސް، އަދިވެސް އެ ހުނުމުގެ އަސަރު ފެންނަން ހުރި ޚާލިދު ބޯޖަހާލުމުން އޭނައަށް އެކަން މުޅިން ޔަގީން ވެއްޖެއެވެ.
ޝީލާއަށް ހިމޭންކަމެއް އައެވެ. އެގެއަށް ފާތިން ގޮވައިގެން އައިސް ތައާރަފްކޮށްދިން ވަގުތު ޚާލިދު ދިން އިޝާރާތްމަތިން ހަނދާންވީވެސް އެވަގުތުއެވެ. 

"
ވަރަށް އެހެން ފާޑަކަށް އުޅޭ ކުއްޖެއް އެއީ. ފުރަތަމަ ދުވަހުއްސުރެ ޒަރީރުމެން އެހެން ކިޔާ. ޖެހިލުންވެސް ކުޑަ އަންހެންކުއްޖެއް އެއީ. ކިތަންމެ ގިނަ ބައެއްގެ ތެރޭގައިވެސް ފާޅުގަ އަހަންނާ ގާތްކަން ބާއްވަމުން އޭނަ އެ އަންނަނީ." ޚާލިދު ވާހަކަ ދައްކަން ފެށިއެވެ.
"
ދެން ޚާލިދުއެއް ނުބުނަންތަ....." ޝީލާއަށް އަހާލެވުނެވެ. 
"
މިރޭ ގެންނަން މިޖެހުނީ އެހެންވެގެންނެއްނު؟....ބުންޏަސް ގަބޫލެއް ނުކުރޭ....ލަދުންވެސް ބޯ ހަލާކު ވާވަރުވޭ...." ޚާލިދުއަށް އަނެއްކާވެސް ހީލެވުނެވެ.
"
ޝީލާ ތިކުށްވެރި ކުރަނީ އަހަރެންދޯ؟ ހެހެ ހެހެހެ............އަހަރެން ދުވަހަކުވެސް ދުށް ވައްތަރުގެ ކުއްޖެއް ނޫން އެއީ. އޭނަގެ ބައްޕަވަރު މީހެއްގެ ފަހަތުން އޭނަ އެހެން އުޅެން ލަދެއް ނުގަންނަކަމޭވެސް ހިތަށް އަރާ." ޝީލާ ބަލަން ހުރި ގޮތުން، ފުން ނޭވާއެއް ލާފައި ޚާލިދު ބުނެލިއެވެ.

"
އެކަމެއް ނޭނގުނުތާ ކޮޓަރިއަށް ވަނީއްސުރެ ތިއިނީ ފޯނުގައެއްނު؟" ޝީލާ މިހެން ބުނުމާއެކު ޚާލިދު ގާތަށް އަނެއްކާވެސް ހިނިއައެވެ. ނުހުރެވިގެން ޝީލާއަށްވެސް ހީގަނެވުނެވެ.
ހަގީގަތުގައިވެސް އެކަން ވީ އެ ދެމީހުންނަށް ބޮޑު ޖޯކަކަށެވެ. އެ އަންހެންކުއްޖާއަކީ ކޮންކަހަލަ ކުއްޖެއްބާއޭ އެ ދެމީހުން ހިތަށްވެސް އެރިއެވެ. އެހެންނަމަވެސް އެކަމުގެ ސަބަބުން ޝީލާގެ ހިތް ޚާލިދު އާއި ދޭތެރޭ ކިލަނބެއްވެސް ނުވެއެވެ. އޭނައާއެކު އުޅެ މި ހުރިހާ ދުވަސްވީއިރުވެސް ޚާލިދުގެ ފަރާތުން އެއީ އޭނައަށް ފެނިފައި ނުވާ ކަމެކެވެ.
އޭނަގެ ފިރިމީހާއަކީ، އުމުރުން ދުވަސްވީ ބައެއް ފިރިހެނުން ފަދައިން، ތިމަންނާގެ ހިތަކީ ދުވަހަކުވެސް މުސްކުޅިވާނެ ހިތެއް ނޫނޭ، ކޮންމެވެސް ދުވަހަކުން އަދި އިތުރު ކައިވެންޏެއް ކުރަން ބޭނުމޭ ކިޔަމުން ދާމީހެއް ނޫންކަން ޝީލާ ދަނެއެވެ. އޭނަގެ ފިރިމީހާގެ ފަރާތުން އެކަހަލަ ކަމެއް ނުފެންނާނެކަމުގެ ޔަގީންކަން އޭނައަށް ވަރަށް ބޮޑެވެ. 

"
މިޒަމާނުގެ އަންހެންކުދިންގެ ހުންނަ ގޮތެކޭ އެވެސް މިހާރު. އުމުރުން ދުވަސްވީ މީހުންގެ ފަހަތުން އުޅުމަކީ އެކުދިންނަށް ހަމަ ފެޝަނެއް." ނިދަން އޮށޯވެފައި ޝީލާ ބުނެލިއެވެ.
"
އަދި ޚާއްޞަކޮށް މުއްސަނދިންގެ ފަހަތުން." ޝީލާ ދައްކާ ވާހަކަ ޚާލިދު އަޑުއަހަމުން ދިޔައެވެ.
"
އަހަންނަކަށް ހިއެއްނުވޭ އެވެސް ވަކި ފަގީރު ކުއްޖެއްހެނެއް. ލަދުކުޑައީއޭ ބުނެވޭނީ. އެކަމަކު ދެން މި ޓީމް މިކޮޅުގަ އުޅޭހާ ހިނދަކު އަހަންނަކަށް ސަލާމަތެއް ނެތް." ޚާލިދު އެބުނީ ތެދެއްކަން ޝީލާއަށްވެސް ގަބޫލު ކުރެވެއެވެ.
"
ކިހާ ދުވަހެއްވަންދެންތަ އެމީހުން އުޅެނީ..." ޝީލާ އޮޅުންފިލުވާލިއެވެ.
"
ދެ ހަފްތާއަށޭ ބުނީ....." އެތަނުން ފޮނުވާފައި އޮތް ސިޓީގައި އޮތް ހަނދާން ޚާލިދު ވިއެވެ.
"
އަނެއްކާ އޭނަ ދާއިރު އޭނައާއެކު ދާހިތްނުވާނެބާ....؟" ޝީލާވެސް އޭނަގެ ފިރިމީހާ އާއި ސަމާސާ ކޮށްލިއެވެ. އެ ސަމާސާގައި ޚާލިދުވެސް ބައިވެރިވިއެވެ. 
އެކަމަކީ އެއްވެސް ތާކުންތާކު ޖެހޭ ކަމަކަށް އެ ދެމީހުންނަށްވެސް ނުވެއެވެ.
** ** ** ** ** ** ** **
އެހެންނަމަވެސް ކަންތައް ވީ އެހެނެއް ނޫނެވެ. އެއްވެސް ކަމެއް ނޫނޭ ހީކޮށްލައިގެން ޝީލާ އާއި ޚާލިދު ތިބި ކަމުގައި ވިޔަސް، ފާތިން ދިޔައީ އެއް ދުވަހުން އަނެއް ދުވަހަށް ޚާލިދު އާއި ގާތްކަން އުފައްދަން މަސައްކަތް ކުރަމުންނެވެ. ޚާލިދު ގެއަށް އަންނަނީ ހޮސްޕިޓަލުގައި ލަސްގަޑިތަކެއް ހޭދަކޮށްފައިކަމަށްވާއިރުވެސް، ޚާލިދު ގޭގައި އެ ހޭދަކުރާ ވަގުތުތަކުގައިވެސް ފޯން ކުރުމާއި މެސެޖުތަކުންވިޔަސް، ފާތިން ބަލަމުން ދިޔައީ އަބަދުވެސް ޚާލިދު އާއި ގުޅުން ބޭއްވުމަށެވެ. ގިނަގިނައިން އެގެއަށް އައުމަށް ބޭނުންވާ ވާހަކަވެސް ފާޅުގައި ފާތިން ދިޔައީ ޚާލިދުކައިރީ ބުނަމުންނެވެ. 

އެހެންނަމަވެސް މިކަމާއިދޭތެރޭގައި ޝީލާވެސް ޚާލިދުވެސް ކަންބޮޑެއް ނުވެއެވެ. ޝީލާގެ ލަފާގެ މަތިން ފާތިން އަކީ އެގެއަށް އައިސްގޮސް ހެދޭނެ ފަދަ އެ އާއިލާގެ ރައްޓެއްސެކެވެ. ޚާލިދު އާއި ދޭތެރޭ ފާތިން ދެކޭގޮތް ނޭނގޭ ކަމަށް ހެދިގެން ހުރެ ޝީލާ ދިޔައީ ގާތް ރައްޓެއްސަކަށް، ނުވަތަ އަމިއްލަ ދަރިއަކަށް ޚިދުމަތް ކުރާ ފަދައިން ފާތިންއަށް ޚިދުމަތް ކުރަމުންނެވެ. އެއީ މެހްމާނެއްކަން އޮތީ ހިތުގައެވެ. އަމަލުން އެއީ ހަމަ އާއިލާއެވެ. ހޮސްޕިޓަލްތެރެއިން އިވޭ އެކިއެކި އަޑުތަކާއެކުވެސް، އިނާވެސް ދިޔައީ މަންމަ އާއި ބައްޕަ ދައްކަމުން ދާ ނަމޫނާއިން ނަމޫނާ ލިބިގަނެ އެގޮތަށް ކަންތައް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން އިނާއަކީވެސް މިހާރު ފާތިންގެ ރައްޓެއްސެކެވެ. 

މިހުރިހާ ކަމެއްގެ ސަބަބުން ފާތިންގެ އާދަތަކަށްވެސް ބަދަލުތަކެއް އައިކަން އެންމެންވެސް އައީ ދެކެމުންނެވެ. ވިޔާނުދާ ޚިޔާލުތަކަކާއެކު ޚާލިދުގެ ފަހަތުން އުޅެންފެށި ފާތިންއަށް މިހާރު މަޖްބޫރުވެފައިވަނީ، އެ އާއިލާގެ ލޯބި ލިބިގަނެ އެ އާއިލާގެ މެމްބަރެއް ގޮތަށް އުޅެން ޖެހިފައެވެ. ކުރިން ދެއްކިފަދަ ވާހަކަ ތަކާއި އަމަލުތައް މިހާރު ފާތިންގެ ފަރާތުން ނުފެންނަނީ އެހެންވެގެންކަމަށް ޝީލާވެސް އަދި ޚާލިދުވެސް ހީކުރިއެވެ. 

ތެދެކެވެ. ކޮންމެ ކަމަކީވެސް ހައްލު އޮންނާނެ ކަމެކެވެ. އުނދަގޫވަނީ އެ ހައްލު ހޯދާށެވެ. އެކަމަކު ހޯދަން އެނގިއްޖެއްޔާ، ސަލާމަތް ނުވެވޭނެ މުސީބާތެއް ނޯންނާނެކަން ގައިމެވެ.
** ** ** ** ** ** ** **
ޑިއުޓީ ނިންމާފައި އިނާ އައީ ހަތަރެއްޖަހަން އުޅެނިކޮށެވެ. ފެންވަރާ ހަދާލައިގެން އިނާ އައިސް އޮށޯތީ ބޮލަށް އެނބުރުން އަރާ ކަހަލަ ގޮތެއް މިއަދު ވާތީއެވެ. އެހެން އެވަނީ ހެނދުނު ޑިއުޓީއަށް ދިޔައިރު ރަނގަޅަށް ސައިނުބޮވޭތީވެސް އެކުގައެވެ. އެކަމަކުވެސް އެއްޗެއް ކާލަން ދިއުމުގެ ކުރިން އިނާ ގަސްތުކުރީ ނަވީން އަށް ގުޅާލާށެވެ.

ދިހަވަރަކަށް މިނެޓް ވާހަކަ ދައްކާލާފައި ހިތްހަމަޖެހުމާއެކު ފޯންބާއްވާފައި ތެދުވެ އިނާ ފެށީ ފުނާ އަޅާށެވެ. ޑްރެސިންގ ޓޭބަލް އާއި އިންވެގެން ހުރި ފޮތް ހަރުގަނޑުގެ އެންމެ މަތީ ފިލާގައި ބަހައްޓާފައި ހުރި ކަލަންޑަރާއި ދިމާލަށް ބަލާލެވުނީ އެއްލުނުކަޅިއަކުންނެވެ. 

ކުއްލިއަކަށް ކަމެއް ހަނދާންވެގެން ދާހެން ގޮސް ކަލަންޑަރު ނަގާ ބަލަން ފެށިއެވެ. ޖެނުއަރީ މަހުން މިއަދު 25 އެވެ. ޖުމްލަ ފަސް ދުވަސް ލަސްވެއްޖެއެވެ. އޭނައަށް ވިސްނާވެސް ލެވިފައެއް ނެތެވެ. އޭނަ ބޯ އަނބުރާ މި ހުރިހާ ގޮތެއް މިވަނީ އެހެންވެގެން ކަންނޭނގެއެވެ.
ކަލަންޑަރު ބަހައްޓާފައި އައިސް އިނާ އިށީންއިރު ހުރީ ކޮންމެވެސް ވަރަކަށް ކަންބޮޑުވެފައެވެ. 
އޭނައަށްވެސް އެނގެއެވެ. މީހަކާއި އިނުމުން އަންހެނެއްގެ ހަށިގަނޑަށް އެތަކެއް ބަދަލު އަންނާނެއެވެ. އޭނައަށްވެސް އެ މައްސަލައާއި ދިމާވީ ކަންނޭނގެއެވެ. ޚުދު އޭނައަކީ އެކަން އެންމެ ރަނގަޅަށް އެނގޭނެ އެކަކެވެ. 
އަނެއްކާވެސް ކަލަންޑަރާއި ދިމާލަށް ލޯ ދިޔައެވެ. ނަމަވެސް މިފަހަރު ކުރީގެ ފިކުރެއް ނޫނެވެ. ދެން ބަލާލެވުނީ ނަވީން އަންނަން ދެން ބާކީ އޮތް ދުވަސްކޮޅެކެވެ. ޖެނުއަރީ އެންމެ ފަހު ދުވަހު އަންނާނެ ވާހަކަ ދެންމެވެސް ނަވީން ބުންޏެވެ. 

ހަވީރު ސަޔަށް ކޮޓަރިން ނިކުތްއިރު އިނާ ހުރީ ހިތްހަމަޖެހި އުފަލުންނެވެ. ނަވީންގެ ހަނދާންތަކުގައެވެ.
** ** ** ** ** ** **
އެދުވަހު އިނާ ކުރި ފިކުރުތަކާބެހޭ ގޮތުން އިނާއަށް ވާހަކަ ދެއްކުނީ ދިލްމާއާއެވެ. އޭގެ އަނެއް ރެއެވެ. އޮންލައިނުން ދެއްކި ވާހަކަ ތަކުން ދެމީހުންވެސް އެކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރިއެވެ.
ދިލްމާ ލަފާ ދިނީ ވީހާވެސް އަވަހަށް ޑޮކްޓަރަށް ދެއްކުމަށެވެ. އިނާ ހެދީ ދެކޮޅެވެ. އެ ހޮސްޕިޓަލުގެ ނަރުހަކަށް ވެހުރެ އެ ހޮސްޕިޓަލުގެ ޑޮކްޓަރަކަށް ދައްކާކަށް އިނާ އެއްބަހެއް ނުވިއެވެ. އިނާގެ އެ ޚިޔާލު ދިލްމާއަށްވީ ވަރަށް މަޖާ ވާހަކައަކަށް ކަމުގައިވިޔަސް، އިނާގެ އިހްސާސްތައް ދިލްމާ ގަދަރުކުރިއެވެ. އެރޭގެ ވާހަކަތައް ނިންމާލާފައި، ދިލްމާ އެރެއަށް ވަކިވީ، ރަށު ހޮސްޕިޓަލަށް ނުދައްކަންޏާ މާލެ ދިއުމަށް އިނާއަށް ލަފާދެމުންނެވެ. 

ފަހުން ނަވީން އާއި ވާހަކަ ދެއްކިއިރު އެ ވާހަކަ ދައްކަން އިނާގެ ހިތުގައި އޮތް ނަމަވެސް ނުބުނެވުނެވެ. އެކަހަލަ ކުޑަކުޑަ ކަމަކާ އެހާ ދުރުގައި ހުރި ފިރިމީހާ ކަންބޮޑުކުރުވާކަށް އިނާ ބޭނުމެއް ނުވިއެވެ. އެހެން ނޫނީ ކަމަކާ ނުލާ ނަވީން ކަންބޮޑުވެދާނެތީއެވެ. މާލެދިއުމަށް ތަކުރާރުކޮށް ކިޔަން ފަށާފާނެތީއެވެ. ތިންގަޑިއިރު ވާހަކަ ދެއްކިއިރުވެސް އެކަމުގެ ސުރުޚީވެސް އިނާއަޅާނުލިއެވެ.

އެހެންނަމަވެސް އިނާގެ ސިކުނޑީގައި އެކަން ހަރުލާފައިވަނީ ވަރަށް ބޮޑަށެވެ. ބޮޑަށް އެހެންވީވެސް ދިލްމާ އާއި ވާހަކަ ދެއްކިފަހުންކަން އިނާއަށް އެނގެއެވެ. އުނދަގޫ ނުވާ ހިތްބިރުގަތުމަކުން އިނާގެ ހިތް އަވަސްވަމުން ދިޔައެވެ. ނިދަން އޮންނަންވެސް އުނދަގޫވާ ވަރަށެވެ.

ހެނދުނު ލޯހުޅުވާލެވުނީ ހަގަޑިބައިގައި ކަމަށްވިޔަސް، ހަމަ ވަގުތުން އިނާގެ ލޮލުން ނިދިވެސް ފިލައިފިއެވެ.
އަވަސް ފިޔަވަޅުތަކަކާއެކު ކޮޓަރީގެ ވައަތްފަރާތުގައި ހުރި ކުޑަ ކޮޓަރިއަކަށް ވަދެއްޖެއެވެ. އެއީ ތުވާލިއާއި ބެޑްޝީޓާއި ، ލައިފައި ހުންނަ ހެދުމާއި އެފަދަ އެހެނިހެން ސާމާނު ބަހެއްޓުމަށްޓަކައި ފާހާނާއާއި ގުޅުވާފައި ހަދާފައި ހުންނަ ތަނެކެވެ. ކޮޓަރީގެ ބައެއް ކަމުގައި ވިޔަސް، ކޮޓަރިތެރެއަށް ވަންނަ މީހަކަށް އެތަނަށް ނުވަންނަ ނަމަ އެތާ އެތެރެ ނުފެންނާނެއެވެ. ފާހާނާއަށް ވަދެވޭނީ އެތާ އެތެރެއިން ލާފައި ގޮސް އަދި ވަކި ދޮރަކުންނެވެ. 

ވަން ކޮޓަރީގެ ފުރަތަމަ ޖެހުނު ކަބަޑުގެ ވަތްގަނޑެއް ހުޅުވާފައި ނެގި ކޮންމެވެސް އެއްޗަކަށް ބަލަން އިނާ ހުރެއްޖެއެވެ. އެއީ އޭނަ ކުރަން ވެއްޖެ ކަމެކެވެ. ނުކޮށެއް ނުހުރެވޭނެއެވެ. ފަހަރެއްގަ މާ އަވަސްވެސް ވެދާނެއެވެ. އެކަމަކު އޭނައަށް ހީވަނީ ހަމަ މާ ބޮޑަށެވެ. އޭނަގެ ހިތް ތެދޭ އޭނަ ހިތަށް އަރަނީ މާ ބޮޑަށެވެ. އިއްޔެ ހެނދުނު ޑިއުޓީއަށް ގޮސްފައި، ހުރިހާ ލޯތަކަށް ސިއްރުން، އެޗް.ޕީ.ޓީ (ހޯމް ޕްރެގްނަންސީ ޓެސްޓް) ކިޓެއް އޭނަ ގަންނަން ޖެހުނީވެސް އެކަމުގައި އޭނަގެ ހުރިހާ ހިއްސެއްވެސް އޭނައާއި އެއްބައިވާތީއެވެ. 

އޭގެ ފަނަރަ މިނެޓް ފަހެވެ. 
ކޮޓަރީގެ އެނދުގައި އިށީނދެލައިގެން އިން އިނާގެ މޫނާ ކަނދުރާވެސް ހުރީ ރަތްވެ އަރާފައެވެ. އަނިޔާއަކުން ނުވަތަ ތަދަކުންވެސް ނޫނެވެ. ކުރެވޭ ފުން އަސަރުތަކެއްގެ ބޮޑުކަމުންނެވެ. ލޮލުން ކަރުނަ ފައިބަނީއެވެ. ދެރަވެ ހިތުގައި ޖެހިގެނެއް ނޫނެވެ. އުފަލުންނެވެ. ހިތްފުރިގެން ބަންޑުން ވާތީއެވެ. މުޅިހަށިގަނޑުގައިވެސް ތުރުތުރެއް އުފެދިފައެވެ. ލިބުނު އުފަލުން ހުރިހާ ނާރެއްގައިވެސް ލޭ ހަލަބޮލިވެފައެވެ. އަމިއްލަ އަތުން އަމިއްލަ ހަށިގަނޑު ވަށާލައިގެން އިން އިނާއަށް ވަމުން ދަނީ ދުވަހަކުވެސް ނުވާ ގޮތެކެވެ. އޭނައަށް އޭނަގެ އިހްސާސްތައް ކޮންޓްރޯލްކުރަންވެސް ނޭނގެއެވެ. އެއީ އޭނައަށް ފަރިތަ އިހްސާސްތަކެއް ނޫނެވެ.

މަންމައަކަށް ވުމުގެ އެ އުފާވެރި އިހްސާސަކީ މިއީހެއްޔެވެ؟ މިއީ ކޮންކަހަލަ ނިޢުމަތެއްހެއްޔެވެ؟ ކޮންފަދަ އަސަރުތަކެއްހެއްޔެވެ؟ ކޮންފަދަ މީރުކަމަކާއި ލައްޒަތެއްހެއްޔެވެ؟ މާތްކަލާކޯއެވެ. އޭނަ މޮޔަވެދާނެއެވެ. އުފަލުންގޮސް މަރުވެދާނެއެވެ. 

އިށީނދެވެސް ނީދެވިގެން އިނާއަށް އެނދުގައި އޮށޯވެލެވިއްޖެއެވެ. ބާލީހުގައި ބާރަށް ބައްދައިގަނެވުނެވެ.
އޯވހ ނަވީން.....މިތާ ނެތީ ކީއްވެހެއްޔެވެ؟ އަހަރެންގެ ކައިރިއަށް އަންނާށެވެ. އަހަރެން ތިއަތުގެ ތެރެއަށް ލައިދޭށެވެ. ތިމޭގައި އަހަރެން ބާއްވާލަދޭށެވެ. އަހަރެންގެ ހަށިގަނޑުގެ މި ތުރުތުރުއެޅުން ހުއްޓުވާދޭށެވެ. އަހަރެންގެ ލޮލުން މި އޮހޭ ކަރުނަ ބަލާލަން ނެތީ ކީއްވެހެއްޔެވެ؟ އަހަރެން ގައިގައި ފިރުމާލަދޭށެވެ. ހެޔޮ ނުވާނެއެވެ. އަންނާށެވެ. އަހަންނަށް ނަވީން މިވަގުތު ހާދަ ބޭނުމެވެ. މިދުވަސް އައިއިރު އަހަރެން ކައިރީ ނަވީން ނެތީ ކީއްވެހެއްޔެވެ؟ 

ލޯމަރާ ބާރުކޮށްގެން ބާލީހުގައި ބައްދައިގެން އޮތް އިނާގެ ހިތުގެ އަޑު މުޅި އެ ކޮޓަރިތެރޭގައިވެސް ގުގުމާހެން އޭނައަށް ހީވެއެވެ. އެހާވެސް ބޮޑަށް އޭނަގެ ހިތާއި ފުރާނަވެސް ނަވީނަށް އެދެން ފެށިއެވެ.

އިނާއަށް މިހުރިހާ ގޮތެއްވެސް ވަމުން ދިޔައީ، މީގެ ދެދުވަސްކުރީއްސުރެ އޭނައަށް ހީވި ހީ ޔަގީންވުމުންނެވެ. ހަގީގަތުގައިވެސް އޭނަ އިނީ ބަލިވެކަން އެ ކުރެވުނު ޓެސްޓުން ޔަގީން ވުމުންނެވެ. އަލަތު އަތްބަކަށްޓަކައި އަލަށް މަންމައަކަށްވުމުގެ އިހްސާސަކީ ފިޠުރަތުން މި ދުނިޔޭގައި ލައްވާފައިވާ އެންމެ ފުން އެންމެ މީރު އެންމެ ރީތި އިހްސާސާއި އަސަރު ކަމާމެދު ޝައްކެއް ނެތެވެ.
އިނާ އެދަނީ، އިންތިހާއަށް ލޯބިވާ ފިރިއަކު ހުރެމެ، އެ ފިރިމީހާ ނެތުމުން ވާ ދެރައާއެކު، އެ އުފާ އިހްސާސް ކުރަމުންނެވެ. އެކަނި އެކަންޏަށެވެ. އެފިރިމީހާ ހުރި ނަމަ އެ އުފާވެރިކަން ދިހަގުނައަށްވެސް އިތުރުވެގެންދާނެ ކަމުގެ ޔަގީންކަމާއެކުގައެވެ.

** ** ** ** ** ** ** **
އާދައިގެ މަތިން އެ ދުވަހުވެސް އިނާ ޑިއުޓީއަށް ދިޔައެވެ. ހެނދުނު ސައިގަޑީގައި މަންމަވެސް އޭނަ ބަލިވެތޯ ސުވާލު ކުރިއެވެ. އެހެންނަމަވެސް އޭނަގެ އެ އުފާވެރިކަން އިނާ ސިއްރު ކުރިއެވެ. ކޮޓަރިން އޭނަ ނުކުތީވެސް ވަރަކަށް ތައްޔާރުވެގެން ކަމުން، އެކަން ސިއްރުކުރަން އޭނައަށް ފަސޭހަ ވިއެވެ.

އޭނަ ބޭނުންވަނީ އެންމެ ފުރަތަމަ ކަމަކަށް އެ ވާހަކަ ނަވީނަށް އެންގުމަށެވެ. މަންމައަށްވެސް އަދި ދިލްމާއަށްވެސް އަންގާނީ އޭގެ ފަހުން ކަމަށް އިނާ ހުރީ ނިންމައިގެންނެވެ. އެހެންނަމަވެސް އެ ދުވަހުގެ އެއްވެސް ގަޑިއެއްގައި އިނާ އެ ވާހަކަ ނަވީން ކައިރިއަކު ނުބުނެއެވެ.

އިނާ އިންތިޒާރު ކުރަމުން އައީ އެރެއަށެވެ. ހުރިހާ ފިކުރަކާއި ޚިޔާލެއް ދޫކޮށްލާފައި ހަމަޖެހިލައިގެން އެމީހުންނަށް ވާހަކަ ދައްކާލަން ލިބޭ ވަގުތަކީ ރޭގަނޑުގެ ނިދާގަޑި ކަމަށްވާތީ، އިނާ ގަސްތުކޮށް ހުރީ އެރޭ އެ ވާހަކަ ނަވީން ކައިރީ ބުނުމަށެވެ. 
ނަމަވެސް ކަންތައް ވީ އިނާ ހީކުރި ގޮތަކަށް ނޫނެވެ. 
ކުރީ ދެ ދުވަހު ހަމަޖެހުން ގެއްލިފައި އޭނަ އުޅެންޖެހުމުގެ ސަބަބުން، އެރޭ، ނަވީން ގުޅާނެ އިރެއްގެ އިންތިޒާރުގައި އޮތްވާ އިނާއަށް ނިދުނީއެވެ. އެއްފަހަރެއް ނޫނެވެ. ފަސްފަހަރު ނަވީން ގުޅިއިރުވެސް އިނާއަކަށް ނުހޭލެވުނެވެ. ހިތަށް ލިބުނު ހަމަޖެހުމާއި ވެފައި ހުރި އުފަލެއްގެ ބޮޑުކަމުން، ނިދިވެސް އައިސް ރަޙުމަތަކަށް ވެގެން އިނާގެ ހިއްސުތައް ނިންދަވާލީ އެހެން ހުރިހާ ރެއަކަށްވުރެ އަވަހަށެވެ. 

** ** ** ** ** ** ** **
 

އަނެއް ދުވަހުގެ ހަވީރުގެ ވަގުތެވެ. އާދައިގެ މަތިން ޑިއުޓީ ނިންމާލާފައި އައިސް ފެންވަރާ ހަދާލައިގެން އިނާ އިނީ ޓެރަސްގެ އުނދޯލީގައެވެ. މާހައުލުގެ ފިނި ވައިރޯޅިއާއި ހިތްގައިމުކަމުން ހިތަށާއި ރޫހަށް އުފާ ލިބިގަންނަނީއެވެ. ހަވީރުގެ ފަސްގަޑިބައިވެ މާ ލަސްތަކެއް ނުވެ އިރުއޮއްސިދާނެ ކަމުގެ ކުލަވަރު އުޑުމަތިން ފެންނަން ފަށާފައި ވެއެވެ. 

ރަންކުލައާއި އޮރެންޖް ކުލަ އެކުވެގެން އުފެދިފައިވާ އިރުގެ ދަޅަތަކުން ހުދު ވިލާތަކަށް އެޅިފައިވާ ރީތި އަލިކަމުގެ އުފާ ލިބިގަންނަމުން ދިޔަ އިނާ އިނީ އޭނަ އާއި ނަވީންގެ އުފާވެރި ހަނދާންތައް ކުރުމުގައެވެ. އެ ޓެރަސް، އެ އުނދޯލި އެއީ އެމީހުންގެ އެތަކެއް ވަގުތު ހޭދަކުރެވިފައިވާ ތަނެކެވެ. ޓެރަސްގެ އެއްކަނެއްގައި ހުރި ގަހެއްކައިރީ އުދުހެމުން ދިޔަ ދެތިން ދޮންދޫނީގެ އުދުހުމަށް ޝައުގުވެރިކަމާއެކު ބަލަމުން ދިޔަ އިނާއަށް އެ ދޮންދޫނިތަކުގެ ފިޔަތަކަށް އެޅިފައިވާ ރަންކުލަ ފެނެއެވެ. ކިހާ ރީތި ހެއްޔެވެ. 

އޭނައަށް ލިބިފައި މިވާ އުފަލުގައި ކޮންމެ އެއްޗެއްވެސް އޭނައަށް ރީތިކޮށް ފެންނަނީ ބާވައެވެ. ނޫނީ ހަމަ ހަގީގަތުގައިވެސް ދުނިޔޭގެ ބައެއް ކަންތައް ސަމާލުކަމާއެކު ބަލާލައިފިނަމަ ރީތި ވަނީހެއްޔެވެ.
އިނާއަށް އަމިއްލަ އަމިއްލައަށް ހީލެވުނެވެ.

"
އިނާ............." އިނާއަށް ނަޒަރު އަނބުރާލެވުނީ މިއަޑަށެވެ. 
އެއީ ދެންމެ ސިޑިން އަރައިގެން ޓެރަސް އަށް އައި ފާތިން އެވެ. 
"
ކީއްކުރަނީ..........ހާދަ ރީއްޗޭދޯ މިތަނުން ބަލާލީމަ އުޑުމަތި...." ވަށައިގެން އުޑުމައްޗަށް ބަލާލާފައި ފާތިން މިހެން ބުނެލުމުން، އެހެންވީމަ އެއީ ހަމަ އެކަނި އޭނައަށް ފެންނަ ގޮތެއް ނޫންތާއޭ އިނާ ހިތަށް އެރިއެވެ. 

"
އާދޭ އިށީނދެލަން........" ފާތިން ބުނި އެއްޗަކަށް ޖަވާބެއް ނުދީ އިނާ ދެއްކީ އުނދޯލިން ތަކޮޅެކެވެ. ފާތިން ވެސް އޭނަ އާއެކު އިށީނުމަށެވެ. 

މިވީ ދެހަފްތާތެރޭގައި ފާތިން ވެގެން ގޮސްފައިވަނީ އޭނަގެ ގާތް ރައްޓެއްސަކަށެވެ. އޭނައަށްވުރެ ފަސް މަސް ފާތިން ހަގުވިނަމަވެސް، ދާދި އެއް އުމުރަކަށް ވުމުން ކަމަށްވެސް ވެދާނެއެވެ. ގިނަ އަދަދަކަށް އެގެއަށް އައިސް ގޮސް ހެދުމުގެ ސަބަބުން އިނާ އާއި ފާތިން އާއި ދެމީހުންނަކީ ރަނގަޅު ދެ ރައްޓެހިންނަށްވެ ނިމުނުތާ ކިތަންމެ ދުވަހަކެވެ. 
މާލެއަށް ދެވޭ ފަހަރަކުން ބައްދަލުވެލަންވާނެ ކަމަށާއި އިނާ ކަހަލަ ރަނގަޅު ރައްޓެއްސަކު ލިބުނު ކަމަށްޓަކައި އުފާ ކުރާ ވާހަކަ އެތަކެއްފަހަރު ފާތިން ބުނެފައިވެސް ވެއެވެ.
"
ވަރަށް ހިތްގައިމު ދޯ މިތަން.......މިކަހަލަ ތަނެއް އަހަރެމެން ގޭގަވެސް ހުންނަނަމައޭ ހާދަ ހިތަށް އަރައޭ...." އެ ޓެރަސްގައި އެ އުނދޯލީގައި އެމީހުން ތިބޭ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އެތަނުގެ ފުރިހަމަ ކަމަށް ފާތިން އަބަދުވެސް ތަޢުރީފްކުރެއެވެ.

"
ތިގޭގަ ހަދައިފިއްޔާ ފާތިން ދެން ނައަންނާނެނު މިގެއަކަށް." އިނާ ސަމާސާ ކޮށްލިއެވެ. އެއީ އޭނަގެ މިޒާޖެއް ނޫންއިރުވެސް، މިގަޑީގައި ހަމަ ސަމާސާ ކޮށްލެވުނީއެވެ.
"
ހެހެހެހެ........ވެދާނެ ދޯ އެހެން....." ފާތިންވެސް ހީލިއެވެ.
"
ކޮންއިރަކުން ފުރަނީ.....؟" އިނާ އަހާލިއެވެ. ހަމަ ދެން ވާހަކައެއް ދައްކާލުމުގެ ގޮތުންނެވެ.
"
މާދަންރޭ....." ފާތިން މިހެން ބުނީ ދެރަވެލާފައެވެ.
"
އަދިވެސް އާދެވޭނެނު......މިހާރު މަސައްކަތް ނިމިއްޖެ ދޯ އެއްކޮށް." ކަމުގެ ބާވަތުން ތަފްޞީލްކޮށް ނައަހާންވެގެން އިނާ އެހީ ހަމައެކަނި އެވަރަށެވެ.
"
ހޫމް...................." މިހެން ބުނެފައި ފިކުރުބޮޑުވެފައި ކަހަލަ ގޮތަކަށް ފާތިން އިސްޖަހާލިތަން އިނާއަށް ފެނުނެވެ.

"
ކަމެއް ގޯސްވީތަ އަނެއްކާ....؟" ފާތިންގެ މޫނުމަތިން އުދާހުގެ ކަމެއް ފެނުމުން އިނާއަށް އަހާލެވުނެވެ.
"
އިނާއަށް އަޑުއެހޭނެތަ...؟" އިނާއާއި ދިމާލަށް އެނބުރިލާފައި ފާތިން އެހިއެވެ.
"
އާނ......ކިހިނެއްވީ އަނެއްކާ.....މިރަށުން ކަމެއް ވެއްޖިއްޔާ ގައިމުވެސް ބައްޕަ ކައިރީ ބުނެގެން އަހަންނަށް ހީވަނީ އަހަންނަށް ފާތިންއަށް އެހީވެވޭނެހެން." މަޑުމަޑުން ހެއްލަ ހެއްލާ އިން އުނދޯލިވެސް މަޑުޖައްސާލާފައި އިނާ ބުނެލިއެވެ. 

"
ދައްކަން މާ ފަސޭހަ ވާހަކައެއް ނޫން މިއީ. އެކަމަކު ކޮންމެހެންވެސް ކޮންމެވެސް އެކަކު ކައިރީ މިވާހަކަ ދައްކަން އެބަޖެހޭކަން އަހަންނަށް އެނގެނީ. މި ވާހަކަ އިނާ ކައިރީ ދައްކަން އަހަރެން އުޅޭތާ ކިތަންމެ ދުވަހެއް....." އިރުކޮޅެއްގެ ހިމޭންކަމަށްފަހު، ހިތާމައިގެ ރާގަކަށް ފާތިން ވާހަކަ ފެށިއެވެ. އިނާ ކުއްލިއަކަށް ކަންބޮޑުވިއެވެ. ފާތިން އަށްޓަކައެވެ. އަނެއްކާ ފާތިންއަށް ވީ ކީއްބާވައޭ އިނާ ހިތަށް އެރިއެވެ. 
ބީރައްޓެހި ރަށެއްގައި އެފަދަ ރީތި އަދި ޒުވާން އަންހެންކުއްޖަކަށް ކޮންމެފަދަ ކަމެއްވެސް ދިމާވެދާނެ ކަމަށް އޭނަ ގަބޫލު ކުރެއެވެ.

"
ބުނެބަލަ.....ކިހިނެއްވީ.....އަހަންނަށް ވެވުނު ގޮތަކުން ފާތިންއަށް އެހީވާނަން...." އިނާގެ ހިތުގައި ފާތިންމައްޗަށް އަސްލުވެސް ހަމްދަރްދީ އުފެދުނެވެ.
"
އަހަރެން ބަނޑުބޮޑު.....ޕްރެގްނަންޓް އަހަރެން....." އިސް ޖަހާލާފައި ފާތިން ބުނީ މިހެންނެވެ.

އެއްފަހަރާ އެތަކެއް މިލިއަން ބިއްލޫރިގަނޑު ތަޅައިގެން ދިޔަފަދަ އަޑެއް އިނާގެ ކަންފަތުގައި ގުގުމައިގެން ދިޔައެވެ. 

http://www.muraasil.com/images/comment_reply.pngPosted on 2011-10-05 17:00:59 | Report this Comment
vara nice.. anikaa kaaka preg v
http://www.muraasil.com/images/reportAbuseIcon.gif
ލައީ: އެބުނާހެން. ފާތިން ޕްރެގްވީ ކާކަށްތަ ސޮފް.އެބައި އަވަހަށް ކިޔަން ބޭނުން.
http://www.muraasil.com/images/reportAbuseIcon.gif
Ikkk: Who is this Fathim? She not gooooood dho? She bad girl? Khalidh is an old man nu? Bt she is after him???? Hehehe..Soffff…kihineh thi hadhaneeee….avas aneh bai. U r a grt writer soff.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ލައީއާއި އިކް ގެ ސުވާލުތަކަށް އަނެއްބައިން ޖަވާބު ލިބޭނެހެން ހީވަނީ .


http://www.muraasil.com/images/comment_reply.pngPosted on 2011-10-05 17:24:39 | Report this Comment
ވަރަށްވެސް ސަޅި މި ދެ ފާރޓް ވެސް........ ދެ ޕާރޓް އެއްކޮށް މި ކިޔާލީ....... ސޮފް ތިހަ ބުރަކޮށް އުޅެމުންވެސް ކިއުން ތެރިންނަށްޓަކައި ތިކުރާ މަސައްކަތަށް ވަރަށް ވެސް ބޮޑަށް ޝުކުރިއްޔާ..........ޝަޒް މި ޕާރޓް ކިޔާފަ މިފަހަރު ކުޑަކޮށް ދެރަވެއްޖެ........ ޝަޒް އަށް ވީގޮތް އިނާއަށް ނުހަދައްޗޭ އިނގޭ ސޮފް............މާތް ﷲ ސޮފް އަށް ހެޔޮރަހްމަތް ލައްވާށި!!!!އާމީން!!!! :)
http://www.muraasil.com/images/reportAbuseIcon.gif
ބަކުރު: ޝަޒްއަށް ތާއީދު.
http://www.muraasil.com/images/reportAbuseIcon.gif
ކުޑާ: ޝަޒްއަށް ދެރަކަމެއް ދިމާވީތަ؟ ހޯޕް ނޮޓް.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝަޒްއަށް އެއްވެސް ދެރަގޮތެއް މެދުވެރި ނުކުރައްވާށި. އަދި އެފަދަ ކަމެއް ދިމާވިޔަސް، ކެތްތެރިކަމާއި ސާބިތުކަމާއި އީމާންތެރިކަމުން ޝަޒްއަށް ކެތްތެރިކަމާއި އުއްމީދު ދެއްވާށި. އާމީން. ޝަޒް އިޒް އަ ލަވްލީ ގާރލް.


http://www.muraasil.com/images/comment_reply.pngPosted on 2011-10-05 18:36:23 | Report this Comment
ސަޅިއޭ!!ސަޅިއޭ!! ފާތިން އަކީ ލީނާ އޭވެސް ހީވާ ވަރުން މި އިންނަނީ!!ފާތިން ބަނޑު ބޮޑުވާނީ ޒިޔާދުއަށް..ހެހެ


http://www.muraasil.com/images/comment_reply.pngPosted on 2011-10-05 18:53:57 | Report this Comment
ވަވަވަވަވަވަވަވަވަވަވވަަވަވ ރަށް ކަމުދޭ. ވަރަށް ސަޅި. ޚާއްޞަކޮށް ނަވީން އެންޑް އިނާ......ހޫމް.....ވ.ރޮމް.....އޮބި ހަމަ....ސޮފް ކުރިއަށް....ހެހެހެހެހ....އަނެއްބައި މާދަން ގެންނައްވޭ.


http://www.muraasil.com/images/comment_reply.pngPosted on 2011-10-05 18:55:47 | Report this Comment
ސޮފް ސޮފް. ކިހިނެއް ކިހެއް.ވަރަށް ދުވަސްވެއްޖެއޭ މިވާހަކަ ކިޔާނުލެވޭތާ.ރަށުން ބޭރަށް ގޮއްސަ މިއައީ.ވަރަށް ފުރިހަމަ.....ސަޅި އިނގޭ ނަވީން އާއި އިނޢ. ޝަޒް ބުނިހެން ތިކުރާ މަސައްކަތަށް ހަމަ ސާބަސް.


http://www.muraasil.com/images/comment_reply.pngPosted on 2011-10-05 19:00:04 | Report this Comment
އަނެއްކާ ކާކަށް ފާތިން ޕްރެގްވީ. ޚާލިދުއަށްތަ؟ ޗީޗީ. ހަޑިކަންތައް...އެހެން ނުވާނެ ދޯ އެކަމަކު.؟ ތި ފާތިން ނުވާނެކަންނޭގެ ސަހަލު ކުއްޖަކަށް.ސޮފް ވަރެއް ނުހުންނާނެ ޓްވިސްޓްތަކަށް.ސަޅި ސަޅި


http://www.muraasil.com/images/comment_reply.pngPosted on 2011-10-05 19:04:48 | Report this Comment
ސޮފް މިއަދުގެ ބައި ހާދަ ހިތްހަމަޖެހެއޭ.ވަރަށް ދިގުކޮށް ގެނެސްދީފަވެސް ހުރީ.ސަޅިސަޅި....އަބަދުވެސް މިގޮތަށް ގެނެސްދޭނަމަ. އަނެއްބައިދެން ކޮން އިރކުން ގެނެސްދޭނީ. ލަސްނުކޮށް ގެނެސްދެއްޗޭ.އެ ފާތިންގެ ހަގީގަތް ވަރަށް އެނގެން ބޭނުން.ޓޭކް ކެއަރ ސޮފް....


http://www.muraasil.com/images/comment_reply.pngPosted on 2011-10-05 19:07:47 | Report this Comment
ފާޠިން ދެން އިނާގެ ގެއަށް ނުވައްދާތި. އަނެއްކާ އޭނަ ބަނޑުބޮޑުވީ ކާކަށްބާ...


http://www.muraasil.com/images/comment_reply.pngPosted on 2011-10-05 19:21:19 | Report this Comment
ވ. ރީތި ވާހަކަ އަނެއްބައި ވ އަވަހައް އަޕް ކޮއްލަދޭނެކަމަށް އުއްމީދު ކުރަން. ދިސް އިޒް މައި ފަސްޓު ކޮމެންޓު ޓު މުރާސިލް


http://www.muraasil.com/images/comment_reply.pngPosted on 2011-10-05 22:42:24 | Report this Comment
ވަރަށް ރީތި މިބައިވެސް ... ވަރަށް އުފާވޭ އަވަހަށް އަޕް ކޮށްދޭތީ ... ތެންކްސް


http://www.muraasil.com/images/comment_reply.pngPosted on 2011-10-05 22:56:32 | Report this Comment
އިނާގެ ބައްޕައަށް ޒިޔާދުގެ ހަޤީޤަތް އެނގުނުރޭ ޒިޔާދުއަށް ގުޅި ފާތި އަކީ ފާތިންބާ؟؟؟ މިއީ އަނެއްކާ ޒިޔާދުގެ ރޭވުމެއްބާ؟؟؟ އެއްކޮޅުން ލީނާ އާއި ނަވީން، އަނެއް ކޮޅުން ފާތިން އާއި ޚާލިދު... މެދުގަ އިނާ... ޔަގީން ތިވާނީ ޒިޔާދުގެ ނުލަފާ ރޭވުމަކަށް... ފާތިން ބަނޑުބޮޑުވީ ޒިޔާދުއަށްތަ؟؟؟ އިނާއަށް ކިޔައިދޭން އެއުޅެނީ ޒިޔާދުގެ ޙަޤީޤަތް ތަ؟؟؟ "މި ވާހަކަ އިނާ ކައިރީ ދައްކަން އަހަރެން އުޅޭތާ ކިތަންމެ ދުވަހެއް....." މިއިން ދޭހަވަނީ ފާތިން ދައްކަން އެއުޅޭ ވާހަކައާއި ޙާލިދާއި މާބޮޑު ގުޅުމެއްނެތްކަން. "މިވީ ދެހަފްތާތެރޭގައި ފާތިން ވެގެން ގޮސްފައިވަނީ އޭނަގެ ގާތް ރައްޓެއްސަކަށެވެ. " ދެހަފްތާ ތެރޭގައި ޚާލިދުގެ ކުއްޖަކަށް ބަނޑުބޮޑުވުމަކީ ނާދިރުކަމެއް... އެނަލިސްޓަށް ބޮޑަށް ލަފާކުރެވެނީ ޒިޔާދުގެ ކަމެއް ކަމަށް. ދެން އޮތް ބައިގެ އިންތިޒާރުގައި ކެތްމަދުވެފައި.....
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: 59 އަދިވެސް ނުކިޔަންތަ އެނަލިސްޓް؟؟؟ މި ހުންނަނީ އެނަލިސްޓްގެ އިންތިޒާރުގަ. އެނަލިސްޓް ބުނާ އެއްޗެއް ވަރަށް އެނގެން ބޭނުން. އަދި އެއަށްވުރެ ބޮޑަށް ބޭނުން އެނަލިސްޓް އާއި ފްރެންޑް ވާންވެސް. ވެދާނެތަ އެކަން ؟؟؟؟
http://www.muraasil.com/images/reportAbuseIcon.gif
އެނަލިސްޓް: ކިޔައިފިން. ކޮމެންޓް ވެސް ކޮށްފިން. ޔޫ ހޭވް އޯލްރެޑީ އެކްސެޕްޓެޑް މައި ފްރެންޑް ރިކުއެސްޓް އިން ފޭސްބުކް...ހެހެހެ... ފޭސްބުކް އިން މެސެޖެއް ކޮށްލާނަން އިނގޭ... ވަރަށް އުފާވެއްޖެ..
http://www.muraasil.com/images/reportAbuseIcon.gif
އެނަލިސްޓް: ކިޔައިފިން. ކޮމެންޓް ވެސް ކޮށްފިން. ޔޫ ހޭވް އޯލްރެޑީ އެކްސެޕްޓެޑް މައި ފްރެންޑް ރިކުއެސްޓް އިން ފޭސްބުކް...ހެހެހެ... ފޭސްބުކް އިން މެސެޖެއް ކޮށްލާނަން އިނގޭ... ވަރަށް އުފާވެއްޖެ..


http://www.muraasil.com/images/comment_reply.pngPosted on 2011-10-06 04:29:53 | Report this Comment
އަދި ކިރިޔާ މި ކިޔާލެވުނީ ސޮފް....ސަޅި އިނގޭ....ޔާނާއަށް ހީވަނީ މި ފާތިން އަކީ ހަމަ ފޭކެއްހެން.ހެހެހެހެހެ..އަވަހަށް ގެނެސްދެއްޗޭ...ލަވްޔޫ


http://www.muraasil.com/images/comment_reply.pngPosted on 2011-10-06 04:31:39 | Report this Comment
ވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވ ވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވ ވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވ ވވވވވވވވވވވވވވވވވވވވވވވވވވވވވ ވވވވވވވވވވވވވވވވވވވވވވވވވވވވ އޮބި ވާހަކައެއް މިއީ. މުރާސިލްގެ އެންމެ ބެސްޓް ވާހަކަ. ސޮފާ ވަރަށް މޮޅުވާނެ ކަންނޭނގެ ޑިޓެކްޓިވް ސްޓޯރީސް ލިޔަން.އަހަރެމެން ކަހަލަ ބޯއި ކުދިންގެ ސަޕޯޓް ގައިމުވެސް ވަރަށް ލިބޭނެ.


http://www.muraasil.com/images/comment_reply.pngPosted on 2011-10-06 08:57:31 | Report this Comment
ކޮބާ އާޔާގެ ކޮމެންޓް؟؟ ='( .. ވާހަކަ ރީތި ފަތިސް!!! އެކަމް ކޮބާ އާޔާގެ ކޮމެންޓް؟ ފަތިސް އާޔާ އާ ރުޅިވީ؟ :'(


http://www.muraasil.com/images/comment_reply.pngPosted on 2011-10-06 10:20:57 | Report this Comment
ވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވ އަޅި


http://www.muraasil.com/images/comment_reply.pngPosted on 2011-10-06 12:39:54 | Report this Comment
ސޮފް މިބައި ހަމަ ވވވވވވވވވވވވވވވވވވވވވވވވވ ވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވަރަށް ސަޅި. ދެން އަނެއްބައި ކޮންއިރަކުންތަ ދޫނީ!.. އަޅެ ކިޔާ ހިތުން ހުރެވެނީކީ ވެސް ނޫން. ކޮންމެ ދުވަހަކު އެންމެ ފުރަތަމަ ބަލާ ލެވެނީ ސޮފްގެ ވާހަކައެއް އަޕް ވެފައިންތޯ. ޕްލީސް އަވަސް ކޮށްދޭތި ވވވވވވވވވވވވވވވވވވވ ނައިސް ކީޕް އިޓް އަޕް


http://www.muraasil.com/images/comment_reply.pngPosted on 2011-10-06 13:53:06 | Report this Comment
ވަރަށްސަޅިއިގޭ ސޮފް. އަނެއްކާ މިފާތުން ލީނާއަށް ނުވެދާނެބާ. ހާދަ ހީވެއޭ އެބަ އެކަލަ އެއްޗެއް.


http://www.muraasil.com/images/comment_reply.pngPosted on 2011-10-06 15:49:42 | Report this Comment
މައްޖަ އަށް ހީވަނީ ފާތުން ބުނާނީ ހާލިދު އަށޭ ބަނޑު ބޮޑުވީ...ފާތުން އުޅެނީ ފަނި ކުރަން......ސޮފާ ވާހަކަ ވަރަށް ސަޅި.


http://www.muraasil.com/images/comment_reply.pngPosted on 2011-10-07 09:09:13 | Report this Comment
ވ ވ ވ ވ ވވވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ .ސަޅި


http://www.muraasil.com/images/comment_reply.pngPosted on 2011-10-07 10:50:15 | Report this Comment
ހުރިހާ ކިއުންތެރިންނަށް ޝުކުރިއްޔާ. ޚާއްޞަ ގޮތެއްގައި، ކޮމެންޓް ކުރި ހުރިހާ ކިއުންތެރިންނަށް ޚާއްޞަ ޝުކުރެއް.


http://www.muraasil.com/images/comment_reply.pngPosted on 2011-10-13 01:04:16 | Report this Comment
ވަރަށް ސަޅި މި ވާހަކަ

0 comments:

Post a Comment