"އެހުރިހާ ކަމެއް ސިއްރު ކުރެވުނީވެސް،
އެހެންވެގެން ކަންނޭނގެ. އެކަމަކު އެއީ އަހަރެން ގަސްދުގަ ކުރި ކަމެއް ނޫން."
ޒިޔާދު އިނީ ވަރަށް ދެރަވެ ކަރު އެލިފައެވެ. ކުށްވެރިއެއްގެ އިހްސާސް ކުރެވޭނެ
އެންމެ ބޮޑަކަށް ކުރެވިފައެވެ.
އިނާއަކަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އަދި އިނާގެ ހިތަށް އަރަނީ ކީކޭކަމެއްވެސް ޒިޔާދުއަށް ވިސްނައި ގަންނާކަށްވެސް ނޭނގުނެވެ. އެދެމެދަށް ވެރިވެފައިވާ ހަމަހިމޭންކަމުން އެމީހަކަށް ކުރެވުނު މާނައެއް ކުރަން ދެމީހުންވެސް ތިބީއެވެ.
އެކަކުވެސް އަނެއް މީހާއާއި ވާހަކަ ދައްކާހިތުން ހިތެއް ނުތެޅެއެވެ.
ނިންމަންވީ ކޮން ގޮތަކަށްކަން ދެމީހުންވެސް ވިސްނަނީ ކަންނޭނގެއެވެ.އިނާއަކަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އަދި އިނާގެ ހިތަށް އަރަނީ ކީކޭކަމެއްވެސް ޒިޔާދުއަށް ވިސްނައި ގަންނާކަށްވެސް ނޭނގުނެވެ. އެދެމެދަށް ވެރިވެފައިވާ ހަމަހިމޭންކަމުން އެމީހަކަށް ކުރެވުނު މާނައެއް ކުރަން ދެމީހުންވެސް ތިބީއެވެ.
"އެނގޭ ދޯ ކައިވެނި ލަސްކުރަން ބޭބެ ނިންމެވިކަން...؟" ވިސްނުމުގެ ތެރޭގައި ގެއްލިފައި ތިބެފައި އިސްވެ މިހެން އަހާލީ ޒިޔާދުއެވެ. އިނާ އާނއެކޭ ބުނީ ބޮލުގެ އިޝާރާތުންނެވެ.
"އަހަންނަށް ހީވަނީ އެއީ ހަމަ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްހެން. މިބުނީ އިނާއަށް އަދި ވަގުތުދޭންޖެހޭނެހެން އަހަންނަށްވެސް ހީވަނީ." ޖުމްލައިގެ ކުރީ ބައި ޒިޔާދު ބުނުމާއެކު އިނާ ބަލާލުމުން ޒިޔާދު އެ ވާހަކަ އަވަހަށް ތަފްޞީލްކޮށްދިނެވެ.
"ކޮންދުވަހަކަށް ހަދަން އިނާއަށް ފެންނަނީ...؟؟" ޒިޔާދު ދައްކަމުން ދަނީ ކުރިއަށް އޮތް އެމީހުންގެ ކައިވެނީގެ ވާހަކައެވެ.
"އަދި ނުވިސްނަން..." އިނާ ދިނީ ތެދު ޖަވާބެކެވެ.
ބޭބެ ބުނުއްވީ ދެމަހެއްހާދުވަސް ލަސްކުރާވާހަކަ. އަހަރެން އޮންނާނީ ބުނެފަ އިނާއާއި ވާހަކަ ދައްކާލާފައި ދުވަހެއް ކަނޑައަޅާނަމޭ." ޖެހިލުންވެއިނދެވިޔަސް ޒިޔާދު ބުނަމުން ދިޔައެވެ. މަޑުމަޑުންނެވެ.
އިނާ ހަމަ އަނގައިން ނުބުނެ އިނީއެވެ. އިރުއޮއްސެން ދާތީ ދުނިޔެމައްޗަށް ވެރިވެފައިވާ އަނދިރިކަމުގައި މާހައުލުގެ ހުސްކަމަށް ބަލަހައްޓައިގެން އިނީއެވެ. ޒިޔާދު އެ ދައްކާ ވާހަކައަށް ބުނާނެ އެއްޗެއް ނޭނގޭ ތަނުގަ، އެއްޗެއް ބުނާހިތްވެސް އިނާ ނުވަނީއެވެ.
"އިނާ.............!!!" އެތައް އިރެއްވީއިރުވެސް އެތާ އިން މީހެކޭވެސް ހީނުވާހާ ހިމޭނުން އިނާ އިންދާ، ޒިޔާދު ގޮވާލިއެވެ. އިނާގެ ކަކޫމަތީގައި ބާއްވާލާފައި އޮތް އިނާގެ އަމިއްލަ އަތްތިލައިގެ މަތީގައި ޒިޔާދުގެ އަތްބޭއްވީ، ކޮންމެ ގޮތެއް ވިޔަސް ހެޔޮ ކަމަށެވެ.
އޭނަ ހީކުރި ގޮތާއި ޚިލާފަށް އަތްދަމައިގަންނާކަށް އިނާ ނޫޅެއެވެ. ޒިޔާދުއާއި ދިމާލަށް ނުބެލި ކަމުގައިވިޔަސް އިނާގެ ކިބައަކުން ދެކޮޅުހެދުމުގެ ކުޑަވިޔަސް ނިޝާނެއް ނުފެނެއެވެ. ޒިޔާދުއަށް ބޮޑަށް ލަފާ ކުރެވެނީ، ކުޑަކޮށް ހިތްހަމަނުޖެހިފައި އިނާ އިން ކަމުގައިވިޔަސް، އިނާ އޭނަ ދެކެ ނަފްރަތު ނުކުރާ ކަމެވެ. އޭނައާއި ވަކިވާން އިނާ ބޭނުން ނުވާ ކަމެވެ. މައްސަލަ ގޯހުން ގޯހަށް ފޮނުވާލުމުގެ ބަދަލުގައި މައްސަލަ ހައްލުވާން އިނާ ބޭނުންވެފައި އިންކަހަލަ ގޮތެއް ޒިޔާދުއަށް ހީވިއެވެ.
"އިނާ ދެރަކޮށްލެވުނީތީ ސޮރީ.......!" އިނާ އޭނަގެ އަތް ދުރަށް ނުލާ އިންނަން ފެށުމުން އިނާގެ އަތުގެ އިނގިލިތަކާއެކު އަމިއްލަ އަތުގެ އިނގިލިތައްވެސް މަހާލަމުން ޒިޔާދު މަޢާފަށް އެދުނެވެ.
އިނާ އެނބުރިލާފައި ޒިޔާދުގެ މޫނަށް ބަލާލިއެވެ. ރުޅިވެރިކަމެއް ނުރުހުމެއް ނެތް މޫނަކުންނެވެ. ދެރަވެ ވަރުބަލިވެފައިވާ ލޮލަކުންނެވެ.
"އެންމެ ފުރަތަމަ އަދި އެންމެ ފަހު ފަހަރަށް ކަމަށް މަޢާފްކޮށްދީ. ދެން ދުވަހަކުވެސް އިނާ ހިތުގަ ނުޖައްސާނަން." އިނާގެ ރީތި ލޮލާއި ލުއިލުއި ހިނިތުންވުން ފެނުމުން އިޚްތިޔާރަކާއި ނުލައި ޒިޔާދުއަށް އެ އަހުދު ވެވިއްޖެއެވެ.
އިނާ އިނީ އޭނަގެ ވައަތުގެ އިނގިލިތަކާއެކު ލާމެހި ބާރުވެފައިވާ ޒިޔާދުގެ ކަނައަތްތިލައަށް ބަލާށެވެ. އޭނަގެ އަމިއްލަ އެއްވެސް ބާރެއް ނުލާ އޭނަގެ އިނގިލިތައް ދޫކޮށްލައިގެން އިނާ އިނީ ޒިޔާދު ބޭނުން ގޮތަކަށް ކުޅޭށެވެ. ޒިޔާދު އިންތިޒާރުކުރަމުން ދިޔައީ އިނާ ބުނާނެ އެއްޗަކަށެވެ.
" ވީކަމެއް ނުވާކަމަކަށްވެސް ނެހެދޭނެ. އެކަމަކު..........." އަސަރުންގޮސް ޒިޔާދުގެ އަޑު ބެދިއްޖެއެވެ. އެވަގުތު ޒިޔާދުއަށް އޭނަގެ އަތުގެ އިނގިލިތަކުގައި އިނާގެ އިނގިލިތަކުން ބާރުކުރިކަންވެސް އިހްސާސް ވިއެވެ. ޒިޔާދު ބަލާލިއިރު އިނާ އިނީ އޭނައާއި ދިމާލަށް ބަލާށެވެ. އަދި ޒިޔާދުއަށް ލުއިލުއި ހިނިތުންވުމެއް ދިނެވެ. ދުލުން ނުބުންޏަސް އިނާގެ މޫނުން ހުރިހާ އެއްޗެއް ޒިޔާދުއަށް ދޭހަވިއެވެ.
އިނާ އޭނައަށް މަޢާފް ކޮށްފިއެވެ. އިނާ އޭނަގެ ވާހަކަ ގަބޫލުކޮށްފިއެވެ. އުމުރަށް އެއްކޮށް ގެއްލެން އުޅެފައި އޭނައަށް އޭނަގެ އިނާ އަނބުރާ ލިބިއްޖެއެވެ. ކޮންފަދަ ބޮޑު އުފަލެއް ހެއްޔެވެ.
ޒިޔާދު، އޭނަގެ ވައަތުން އިނާގެ ކޮނޑުގައި ވަށާލަމުން އޭނަގެ ގަޔާއި ކައިރިކޮށްލިއެވެ. އެދެމީހުން އިށީނދެ ތިބި ދެގޮނޑީގެ ހުރަހުގެ ސަބަބުން އުނދަގޫވެގެން އެކަކުވެސް ނޫޅެއެވެ. އިނާވެސް ޒިޔާދުގެ ގަޔަށް ކުޑަގޮތަކަށް ލެނގިލިއެވެ.
** ** ** ** ** ** ** **
އޭގެ އަނެއް ރެއެވެ. ހޮސްޕިޓަލްގެ ކަމެއްގައި އުޅެން ހަދައިގެން ރޭގަނޑުގެ ކެއުމަށްވެސް ގެއަށް ނާދެވުނު ޚާލިދަށް ގެއަށް އައިސް ކެއުމާއިގެން އުޅެވުނީ ދިހައެއްޖަހަން އުޅެނިކޮށެވެ.
"ކޮބާ އިނާ.....ޒިޔާދުގެ ތަޅުދަނޑިފަތި އެބައޮތް ބޭރު މޭޒުމަތީ....ބޭރަށްތަ ދިޔައީ؟" ކާން އިށީނދެފައި ޚާލިދު މިހެން އަހާލީ ޒިޔާދު ފެންނަން ނެތުމުންނެވެ.
"އާނ ދެން ބޭރަށް ދިޔައީ. އެކަމަކު ދިޔައީ ދިލްމާއަށް ޒިޔާދު ތަޢާރަފްކޮށްދޭން." އާއިލާ އެއްކޮށް ކާން ލިބޭ ހަމައެކަނި ކެއުންކަމަށްވާ ރޭގަނޑުގެ ކެއުމަށް މިރޭވެސް ޚާލިދު އަންނާނެކަމަށް ހީކޮށް ތައްޔާރުކުރި ގްރީން ސަލަޑް ތަށި އަލަމާރިން ނަގައިގެން ގެނެސް މޭޒުމަތީގައި ބަހައްޓަމުން ޝީލާ ޖަވާބު ދިނެވެ.
"ބޮޑު ރެއެއްތާ ދޯ.....؟؟" ޚާލިދުގެ އަޑުގައިވަނީ އުފާވެރި ކަމެވެ.
ތެދެކެވެ. ބޮޑު ރެއެކެވެ. ދެވަނަ ދުވަހަކު ޒިޔާދު މޫނު ދެކެންވެސް ބޭނުން ނުވަމޭ ހީވި ހާލަތަކަށް ގޮސްފައިމެ، އަލުން އަނބުރާ ޒިޔާދު އާއި ގުޅެން ރޭގައި އިނާ ނިންމި ނިންމުމަށްފަހު، މިރެއަކީ ޒިޔާދުއާއިއެކު އޭނަ ބޭރަށް ނުކުތް ފުރަތަމަ ރެއެވެ. އަދި އޭގެ އިތުރުން، ނަވީން އާއިއެކު ހިނގި އެކްސިޑެންޓްގެ ފަހުން އިނާގެ ރަށުގައި ޒިޔާދާއެކު ބޭރަށްދާ ފުރަތަމަ ރެއަށްވުމުންވެސް، ކޮންމެވެސް ސަބަބަކާހެދި އިނާއަށް މިރޭ ޚާއްޞަ ވެގެން ދިޔައެވެ. ތެދަށް ބުނަންޏާ އެ އެކްސިޑެންޓް ހިނގި ރޭގެ ފަހުން ޒިޔާދުއާއިއެކު ހިނިތުންވެ ވާހަކަ ދެއްކި މިއީ ފުރަތަމަ ރެއެވެ.
ދިލްމާގެ ގޭގައި ހޭދަކުރި އުފާވެރި ވަގުތުކޮޅަކަށްފަހު، އިނާއާއި ޒިޔާދުގެ ދެމެދުގައި ކުޑަކުޑަކޮށް ވިޔަސް ގާތްކަމެއް އުފެދިގެން ދިޔަކަން އިނާއަށް ފާހަގަވި ކަމެއް ނޭނގެއެވެ. ނަމަވެސް އެ ގާތްކަން ގާއިމުވެ ނިމިއްޖެއެވެ. ދިލްމާގެ ގެއިން ނުކުމެގެން ދުއްވާލަން ދިޔަ މަގުމަތީގައިވެސް ޒިޔާދު ދެއްކި ވާހަކަތަކަށް އިނާއަށް ޖަވާބު ދެވެއެވެ. ރުހިގެން ހިނިތުންވެސް ވެވެއެވެ. އަތުގައި ހިފުމުން ނުރުހުމެއް ނުދެއްކެއެވެ.
މިހުރިހާކަމެއްވެސް ފާހަގަ ކުރެވެމުން ދިޔައީ ޒިޔާދު އަށެވެ. ޒިޔާދުއަށް ލިބެމުން ދިޔައީ އާދަޔާ ޚިލާފު ހިތްހަމަޖެހުމެކެވެ. އޭނަގެ މަސައްކަތް ކާމިޔާބު ވީތީއެވެ. އެހާ ދުރުގައި ހުރެފައި އޭނަ ދެ ދުވަހަށް އައިސް ކުރި މަސައްކަތުގެ ނަތީޖާ ފޮނިކަން އެނގެން ފެށުމުން ޒިޔާދުގެ ހިތަށް ހަމަޖެހުން ލިބި ނާކާމިޔާބީގެ ސިހުންތަކުން އޭނައަށް ސަލާމަތް ވެވިއްޖެއެވެ. ދެދުވަހަށް އައި އައުން 5 ދުވަހަށް ބަދަލުކޮށްލަން ޒިޔާދު ނިންމިއެވެ. އިނާގެ މޫނަށް ބަލަން އިނދެއެވެ.
** ** ** ** ** ** ** **
"އަނހަނ ދަރިފުޅު އައީ ދޯ.......މަންމަ މިއުޅުނީ ނިދަން ދާންކަމަށް. ދަރިފުޅަށް ވަރަށް ލަސްވާނެކަމަށް މަންމަ ހީކުރީ މިރޭ." ސިޓިންގރޫމްގެ ސިޑިން އަރަން ގޮސް ފުރަތަމަ ހަރުފަތުގައި ފައިތިލަ އެޅި ޝީލާއަށް، ބޭރު ދޮރާށި ލެއްޕުނު އަޑު އިވުމުން މަޑުކޮށްލާފައި ވަދެގެން އަންނަނީ ކާކުތޯ ބަލާލިއިރު އިނާ ފެނުމުން ބުންޏެވެ.
"ވަރަށް ލަސްވީތަ؟" އަތުގައި އޮތް ކުޑަކުޑަ ޕާރސްގެ ޖީބުން ފޯން ނަގާފައި ބަލާލަމުން އިނާވެސް ގަޑި ޔަގީން ކޮށްލިއެވެ.
"ނޫނޭ އަދި ހަމަ އެގާރަޖެހީ. އެކަމަކުވެސް މަންމަ ހީކުރީ........" ދެމާނަ އެކުލެވޭ ގޮތަކަށް އިނާއާއި ދިމާލަށް ބަލާލާފައި ޝީލާ އެތެރެއަށް ޖެހިލިއެވެ. އިނާއަށް އޭނަގެ މަންމަގެ މޫނުމަތިން އެ "ސިއްރުވެރި" ހިނިތުންވުން ފެނުނެވެ. އެކަމަކު އޭނައަކީ އެގޮތަށް މައިންބަފައިންނާއި އެކަހަލަ ސަމާސާ ކުރާ ދަރިއަކަށް ނުވާތީ، މަންމަގެ އެ ލާނެތް ހިނިތުންވުން އޭނަ ނުފެންނަ ކަމަށް ހެދީއެވެ.
"ދިލްމާމެންގޭގަ ކިހިނެއް ކަންތައްތައް....ދިލްމާ މަންމަ އާއި ޒިޔާދު އާއި ދިމާވިތަ؟" އަރައިގެން ދިޔަ ކަޅު ފައިވާން ނަގައިގެން ގޮސް ފައިވާން ހަރުގަނޑުގައި ބަހައްޓަން ހުރި އިނާއާއި ސުވާލުކޮށްލިއެވެ.
"ރަނގަޅު އެގޭގެ ކަންތައްތައް...ވަރަށް ފާޑުފާޑު އެއްޗެހި ހަދާފަ ދިލް މަންމަ ހުރީ." އިނާ ތަފްޞީލް ދިނެވެ.
"އާނ. ދިލްމާ މަންމަ އަކީ އެކަމަށް ވަރަށް ކުޅަދާނަ މީހެއް. މީރުވެސް ވާނެ އެގޭ ހެދިކާ." ދިލްމާގެ މަންމަގެ ހީވާގި ކަމާއި މުރާލި ކަމަށް ޝީލާ ތަޢުރީފް ކުރިއެވެ.
"ދަރިފުޅު އަދި އިށީނީ ދޯ. މަންމަ ދަނީ. މަންމަ ވަރަށް ވަރުބަލިވެފަ މިއަދު މިހިރީ. ދޮރުތައް ތަޅުލަން ޒުލޭހާއަށް ކޮންމެހެންވެސް ދަރިފުޅު ހަނދާން ކޮށްދެއްޗޭ." ޝީލާ އޭނައަށް ވެފައ ހުރި ވަރުބަލި ވުމުގެ ސަބަބުން ބޮލުން ހުޅި ޖަހަމުން ގޮސް ސިޑިން އަރަން ފެށިއެވެ.
"އަދި އާނ.....ދަރިފުޅަށް އެނގޭތަ؟ ޒިޔާދު މިގެއަށް ލާން އައީ ނަވީންއޭ....." ގޮސް ގޮސް ހުރެފައި ޝީލާ އަނެއްކާވެސް ބުނެލިއެވެ.
އިނާއަށް ލިބުނީ ހައިރާންކަމުގެ އިންތިހާއެވެ.
"އާނއެކޭ. މަންމަވެސް ހަމަ ތިވަރަށް ހައިރާންވި. މަންމަ ހިތަށް އެރި އެއީ ހަމަ ތެދެއްބާއޭ. އެކަމަކު އެއީ ހަމަ ނަވީން އިނގޭ. ބައްޕަ ބުނުއްވި. އަދި ބައްޕަ ބުނުއްވި އަންހެންކުއްޖަކު ގޮވައިގެންނޭ އިނީވެސް. " ސޯފާގެ ފުރަގަހުގައި ހުއްޓިހުރެ ޝީލާ ކިޔައިދެމުން ދިޔައެވެ. އިނާގެ އަންތަރީސްކަން ދިޔައީ ބޮޑުވެގެންނެވެ. އިރުކޮޅަކަށް ވިޔަސް އިނާގެ ހިތުގެ ހިނގުމަށް ބަދަލުތަކެއް އައިސް ނަފްސުގައި ހަލަބޮލި އޮއިވަރެއް ހިނގާލިއެވެ.
"ބައްޕަ ބުނުއްވީ ގެއަށް ވަދެލާފައި ދާން އަންނާށޭ ބުނީމަވެސް ނުވަނޯ؟ ލަސްވަނީޔޭ ކިޔާފައި ދިޔައީ. ޒިޔާދު ޒިޔާދު ނުވެސް ބުނޭދޯ ނަވީން އާއެކު އައި ވާހަކަ..؟ " އިނާގެ ހިތުގައި ހިނގާ ޝުޢޫރުތަކުގެ އެއްވެސް ހަގީގަތެއް ނޭނގޭ ޝީލާ ފޯރިއާއެކު މިހެން ބުނެލާފައި ހިނގައްޖެއެވެ.
ނަވީން ހަމަ އަސްލުވެސް ޒިޔާދު ގޮވައިގެން އެގެއަށް އައީ ހެއްޔެވެ؟ އޭނަ ހީކުރީ ޒިޔާދު އަކީ ނަވީންގެ ދުޝްމަނެއް ކަމަށެވެ. އެކަމަކު މިވީ ކިހިނެއްހެއްޔެވެ؟ އެ ދެމީހުން ރަހްމަތްތެރިކަން އުފެއްދީ ކޮން އިރަކުހެއްޔެވެ؟ އަނެއްކާ އެރޭ ޒިޔާދުއާއި ނަވީން ދިމާވީ ކޮންތާކުން ހެއްޔެވެ؟ އެއަރޕޯޓުން ހެއްޔެވެ؟ މާނައަކީ އެރޭ ....އޭނަވެސް އެއަރޕޯޓްގައި ހުރި ވަގުތު.....ނަވީންވެސް އެތަނުގައި ހުރި ވާހަކަ ހެއްޔެވެ؟
އެކަމަކު...........
އެކަމަކު އޭނައަށް ނަވީން ނުފެނުނީ ކީއްވެގެން ހެއްޔެވެ؟ އޯވހ.........ނުފެނުނުކަން ނަސީބެކެވެ. އަންހެންކުއްޖަކާއެކު ނަވީން ހުރި ވާހަކަ މަންމަ އެ ބުނީއެވެ. ނުފެނުނުކަން އެއީ ހަމަ ނަސީބެކެވެ.
މަންމަ އެބުނީ ތެދެކެވެ. ޒިޔާދު އޭނަ ކައިރީ އެ ވާހަކަ ނުބުނީ ކީއްވެގެން ހެއްޔެވެ؟ އެ ވާނީ ހަނދާން ނެތުނީ ކަމަށެވެ. އެހެން ނޫނަސް އަހަންނާއި އެއްވެސް ގުޅުމެއް ނެތް މީހެއްގެ ވާހަކަ އަހަރެން ކައިރީ ނުވެސް ދައްކާނެތާއެވެ. އެކަމަކު ނުދައްކާނީ ގުޅުމެއް އޮތް ކަމަށް ޝައްކު ކުރާތީއެވެ. ދެން އެކަމަކު ކީއްވެހެއްޔެވެ؟
ބަހައްޓާށެވެ. ޒިޔާދުއަށް ކޮންމެވެސް އެއްދުވަހަކުން އޭނަ މައްޗަށް އިތުބާރު ކުރެވޭނެއެވެ. ނަވީން އާއި އޭނައާއި ގުޅުމެއް ނެތްކަން ކޮންމެވެސް އެއް ދުވަހަކުން ގަބޫލު ކުރެވޭނެއެވެ. ބައްޕަ އެ ބުނުއްވިހެން ނަވީން އަންހެންކުއްޖަކާއެކު އުޅޭތަން ފެންނަން ފަށައިފި ކަމަށްވަންޏާ، ޒިޔާދުއަށް އޭނައަށް އިތުބާރުކުރަން ވަރަށް އަވަހަށް ދަސްވެދާނެއެވެ.
އިނާގޮސް ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ.
** ** ** ** ** ** ** ** **
"މިބުނީނު.......އަހަންނަށް ވައްތަރެއް ނޫން އިނާ ތިބުނާ ކަހަލަ މީހެކޭ ޒިޔާދު އަކީ. ވަރަށް އުނދަގޫ ގަބޫލުކުރަން." ޖޯލިފަތީގައި އިލޮށިމަށަން އިން ދިލްމާ ކުރިންވެސް އޭނަ ބުނި އެތި އަދިވެސް އެއްފަހަރު ބުނެލައިފިއެވެ.
"ދިލްއަށް ފެންނަ ގޮތެއް ގަބޫލުކުރޭ." އިނާ އަކީ އެއްވެސް ކަމަކާ މާ ބޮޑަށް ހިފާ މީހެއް ނޫންކަމުން، އޭނަގެ ގާތް ރަހްމަތްތެރިޔާއަށް ހަގީގަތް ގަބޫލުކުރަން ދަތިވެގެން އުޅޭއިރު އެކަންވެސް ގަބޫލުކުރުވަން އިނާ މާ ބޮޑު ބާރެއް ނާޅައެވެ.
ދިލްމާއާއި އިނާ ދައްކަމުން ދަނީ ޒިޔާދުގެ ވާހަކައެވެ. ރޭގައި ޒިޔާދު އާއި ބައްދަލުވުމަށްފަހު، ދިލްމާގެ ހިތުގައި ޒިޔާދު އާއި ދޭތެރޭ ދެކޭ ގޮތް އެނގެން އިނާ ބޭނުންވެގެން އުޅޭތީ، މިއަދު ހެނދުނަކީ އޭނައަށް ހުސް ގަޑިއެއްކަމުން ދިލްމާ ކައިރިއަށް ވާހަކަ ދައްކާލަން އިނާ އައީއެވެ. އަމިއްލަ ގޭގެ ބޮޑު ހުސް މާހައުލުގައި މިނިވަންކަމާއެކު ވާހަކަ ދައްކާލަން ތިބެވޭނެކަން އެނގޭއިރުވެސް އިނާ އައީ ދިލްމާގެ ގެއަށެވެ. ގާތް ރަހްމަތްތެރިކަމުގައި، އަބަދުވެސް ބައްދަލުކުރަން ދާން ޖެހޭ އެކަކު ހުރުމުގެ ބަދަލުގައި ދެމީހުންވެސް އެކަކު އަނެކެއްގެ ގެއަށް އައުމަކީ އޮންނަން ޖެހޭނެ ގޮތެވެ.
"ދެން ކިހިނެއް ހަދަނީ. ދެދުވަހެއް ފަހުން ޒިޔާދު ފުރައެއް ނޫންތަ؟" ދިލްމާ އަހާލިއެވެ.
"ތިބުނީ............" ދިލްމާ ގެންގުޅުނުތަނުން ފަންވަތެއް ނަގައިގެން އިން އިނާއަށް އަހާލެވުނެވެ.
"މިބުނީ ޒިޔާދު ފުރާނެނޫންހޭ މާދަން ނޫން އަނެއް ދުވަހު.....ދެން ނާހަންހޭ ތިބުނި ނަވީންގެ ވާހަކައެއް.؟" ދިލްމާ ހީލިއެވެ.
"އެބައޮތްތަ ބޭނުމެއް. މިހާރު މިއީ ޒިޔާދު އައިތާ ތިންވަނަ ދުވަސް. އަހަންނަށް ހީވަނީ ބުނަން ބޭނުންނަމަ މިހާރު ހުންނާނީ ބުނެފަހެން." އިނާ އަށް ވަނީ ހީއެކޭ ބުންޏެއްކަމަކު އިނާއަށް އެއީ ޔަގީން ކަމެކެވެ.
"އެއްޗެއް އަހާލަންތަ އިނާ.........އެއްޗެކޭ ހީނުކުރާތި އިނގޭ. އެކަމަކު ހަމަ ނައަހާ ނުހުރެވިގެން. ހެޔޮތަ އެހިޔަސް" ދިލްމާ އޭނަ އެންމެ ފަހުން މަށަން ގެންގުޅުނު ފަންވަތް ނަގާ ބާއްވާފައި އިނާ އާއި ދިމާލަށް އެނބުރިލާފައި އަހާލިއެވެ.
"ހުއްދައަށް އެދި އަހަންނަށް ސިޓީއެއް ލިޔަންވީނު؟" އިނާ އޭނަގެ ރަހްމަތްރެރިޔާ އާއި ސަމާސާ ކޮށްލިއެވެ.
"ސީރިއަސް އިނގޭ. ވަރަށް އެނގެން ބޭނުން މި ސުވާލުގެ ޖަވާބު." ދިލްމާ ސަމާލުވެލިއެވެ.
"ދެން ދިލް...............އަލަށްތަ އަހަރެމެން ދިމާވެގެން މިއުޅެނީ؟" އިނާ އެހިއެވެ.
"ނޫން........އެހެންވެއްޖިއްޔާ އެންމެ ރަނގަޅު. ނިކަން ބުނެބަލަ.......ނަވީން އެއީ ކާކު؟" ދިލްމާ އެހިއެވެ. އޭނަގެ ހިތުގައި އެ ސުވާލުގެ އުނދަގޫ ކުރާތާ އެތަކެއް ދުވަސް ވެއްޖެއެވެ.
"ދިލްއަކަށް ނޭނގޭތަ އެއީ ކާކުކަމެއް. އެއީ މި އަތޮޅު ދިރާގުގެ އެމް.ޑީ އޭ . ކުރީންވެސް ބުނީމެއްނު. އެއީ ދިރާގުގެ އެމްޑީ." އިނާ ވަރަށް ފަރުވާތެރިކަމާއި އެކު ކިޔާދީފިއެވެ.
"ތިކަން ވަރަށް ރަނގަޅަށް އެނގޭ. އެކަމަކު މި އަހަނީ އިނާއަށް އެއީ ކާކުހޭ؟" ދިލްމާ އިނީ ފަރުވާވެ އިނާގެ މޫނަށް ބަލާށެވެ.
"ނަވީން އެއީ އަހަރެންގެ ރައްޓެއްސެއް. ހަމަ އެކަނި ރައްޓެއްސެއް. އެކަމަކު ޒިޔާދު ނުރުހޭހެން ހީވާތީ، ނަވީން އާއި ވާހަކަ ދައްކައެއް ނޫޅެން މިހާރަކު. ނުދެކޭތާވެސް އެތައް ދުވަސް ވެއްޖެ." އިނާ މަޑުމަޑުން ޖަވާބު ދިނެވެ.
"ބުނީމެއްނު ތިގެއަށް އާދެއޭ...؟" ދިލްމާ އަނެއްކާވެސް އެހިއެވެ.
"އެއީ ކުރިން..........ފަހުން ފަހުން އައިސް ނާދޭ." ނަވީން ނައަންނާން ފެށީ ކިހާ ހިސާބަކުން ކިހިނެއް ވެގެން ކަމެއް އިނާ ނުބުންޏެވެ.
"އެހެންވަނީ ދޯ..........މާނައަކީ ނަވީން ތިގެއަށް ނުގޮސް ހުއްޓާލީ ޒިޔާދު........." ދިލްމާ ބުނަން އުޅުނެވެ.
"ހޫމް. އެ އެކްސިޑެންޓްގެ ފަހުން." އިނާ ހަމަ ގަސްތުގައި ދިލްމާއަށް އޮޅުވާލީއެވެ. ކޮނުނު ކޮނުނުހެން ފަސްގިނަވާނެތީއެވެ.
** ** ** ** ** ** ** **
ހަފްތާގެ އާދީއްތަ ދުވަހެވެ. އިނާގެ ޑިއުޓީ މި ހަފްތާގަ އޮތީ މެންދުރުފަހުއެވެ. ތިންގަޑި ތިރީހުގައި ފެށޭ ޑިއުޓީ ނިމޭ ގަޑިއަކީ ރޭގަނޑު އެގާރަ ގަޑި ބައިކަމަށް ވުމުން ޒިޔާދު އެކަމުގެ ޝަކުވާ ވަރަށް ކުރިއެވެ. އޭނަ ފުރަން ދެން އޮތީ ހަމަ އެންމެ ދެ ދުވަސްކަމުން، އޭނައަށްޓަކައި ރޭގަނޑު ތަންކޮޅެއް އަވަހަށް ގެއަށް އައުމަށް، ނޫނީ މި ދެ ދުވަހު ޑިއުޓީއަށް ނުދިއުމަށް އޭނަ އިނާކައިރިން އެދުނެވެ. އެހެންނަމަވެސް އިނާ އެހެރީ އައިސް ޑިއުޓީގައެވެ.
ހިތުގެ ލޯތްބަކީ މީހަކު އެދިގެން، ބޭނުންވެގެން ހޯދަން އުޅުމުން ލިބޭނެ އެއްޗެއް ނަމަ، ޒިޔާދުގެ އެދުމަށް އިނާއަށްވެސް އެ ދެވުނީހެވެ.
ޒިޔާދު އާއިއެކު ކުރަން ހަމަޖެހިފައިވާ އޭނަގެ ކައިވެނި އޭނަ ކުރާނެއެވެ. ޒިޔާދު އާއެކު ދިރިއުޅުމުގެ ދެން އޮތްހާ ދުވަހެއްވެސް އޭނަ ހޭދަ ކުރާނެއެވެ. އެކަމަކު، ލޯބީގައި މަސްތުވެފައި ތިބޭ ލޯބިވެރިން ފަދައިން ވަޒީފާއާއި ޒިންމާތަކަށް މަކަރު ހަދާފައި، ލޯބިވެރިޔާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން އެ އަންނަ އައުން، އެއީ އިނާއަށް ކުރެވޭނެ ކަމެއް ނޫނެވެ. ލޯބިވާ ދެމީހަކު ރާވައިގެން އެހެން ހޯދާ "ފޮނި ފުރުޞަތު" ތަކަކީ ވަރަށްވެސް ހިތްގައިމު، ވަގުތުކޮޅެއް ކަމަށްވިޔަސް، ޒިޔާދަށްޓަކައި އެފަދަ ވަގުތު ހޯދުމަކީ އޭނައަށް ހަމަ ނުކުރެވޭނެ ކަމެކެވެ. އޭގެ ބަދަލުގައި އޭނައަށް ބެލެވެމުން އަންނަނީ، ލިބުނު ހުރިހާ ފުރުޞަތެއް ހޯދައިގެން އިރުކޮޅަކަށްވިޔަސް ޒިޔާދު އާއި ދުރުގައި ހުރެވޭތޯއެވެ.
ފާއިތުވެދިޔަ ދެމަހެއްހާ ދުވަހުގެ ތެރޭގައި ޒިޔާދުގެކިބައިން ފެނުނު އެކިއެކި ކަންތައްތަކުން އޭނައަށް އަދި ޒިޔާދުމުޅީން ނޭނގޭ ކަމާއި، ޒިޔާދުގެ މިޒާޖުގައި އޭނަ ހިތް ނުހުރޭ ކަންތައްތަކެއް ހުރިކަންވެސް އިނާއަށް ފާހަގަ ވެފައި ވުމުން، މި ދުރުކަން އަންނަނީ ބޮޑު ވަމުންނެވެ. އަދި ޚާއްޞަކޮށް މާލޭގައި އެ ދިމާވި ކަންތައްތަކަކީ އޭނައަށް ބަލައިގަންނަން އުނދަގޫ ކަންތައްތަކެކެވެ.
ނަމަވެސް އޭނަ ޒިޔާދުއަށް މަޢާފް ކުރީއެވެ. މައިންބަފައިންގެ އެދުމާ ދެކޮޅަށް އެ ކައިވެނި އޭނައަށް ނުހުއްޓުވޭނެތީއެވެ. ހުއްޓުވަން އޭނަ ބޭނުން ވިއެވެ. އެކަމަކު ޒިޔާދުގެ އެ އަމަލުތަކާ ބެހޭ ގޮތުން އޭނަގެ މަންމަމެނަށް ދައްކާނެ އެއްވެސް ހެއްކެއް ނެތެވެ. އޭނައަށް ކުރެވުނީ ކުށްހީއެއްކަމާ، ޒިޔާދުއާއި އެ އަންހެންކުއްޖާއާއި ދޭތެރޭ އެފަދަ ގުޅުމެއް ނޯންނަ ވާހަކަ ކަނޑައެޅިގެން ޒިޔާދު ބުނަމުން އަންނައިރު، ޒިޔާދު އޭ ކިޔައިގެން އޭނަ ދައްކާނެ ވާހަކައެއް ނެތީމައެވެ. އެކަން އެހެން ވުމަށްފަހުވެސް، މާލޭގައި ހުރެފައި އޭނަގެ ރުހުން ހޯދުމަށް އައިސް އެތައް އާދޭހެއް ކޮށް މައާފަށް އެދުނު މީހެއްގެ ކުށް އޭނަގެ މަންމަ އާއި ބައްޕައަށް އޭނަ ދައްކާނީ ކިހިނެއްކަމެއް އިނާއަކަށް ނުވިސްނުނެވެ. އެހެންކަމުން އޭނަ ޒިޔާދުއަށް މަޢާފްކޮށްފައި އަނެއްކާވެސް އެގުޅުމުގައި ގާއިމުވެ ހުންނަން ނިންމީއެވެ.
އެކަމަކު.......ރޭގައި މަންމަ އެބުނި ވާހަކައެއްގެ ސަބަބުން އިނާއަށް އުނދަގޫ ވާކަމީވެސް ހަގީގަތެކެވެ. ޒިޔާދު އަދިވެސް އޭނައަށް ޝައްކު ކުރާތީ ނޫންނަމަ ގަމުން ނަވީން އާއި ދިމާވި ވާހަކަ އާއި އެގެއަށްވެސް ގެނެސްދިނީ ނަވީންކަން އޭނަ ކައިރީ ޒިޔާދު ނުބުނީ ކީއްވެހެއްޔެވެ؟ ޒިޔާދު އައިފަހުން މިއީ ހަތަރުވަނަ ދުވަހެވެ. އެކަމަކު ހަމަ އެއްވެސް ވާހަކައެއްގެ ތެރެއިންވެސް އެ ވާހަކަ ނުދެކެވެނީ އެއީ ހަމަ އިއްތިފާގެއް ހެއްޔެވެ؟ ނޫނީ، ޒިޔާދު އެ ވާހަކަ ހަމަ ނުދައްކަން ވެގެން ނުދައްކަނީ ނޫންބާވައެވެ؟ ޒިޔާދު އަދިވެސް އޭނައަށް އިތުބާރު ނުކުރާ ކަމުގެ ހެއްކަކަކަށް އެކަންވެސް ފުދޭ ނޫންހެއްޔެވެ؟
"އަދިވެސް އެގާރަ ގަޑިބައިނުވޭތަ؟ މިރޭ ހަމަ ނިދިއަންނަނީ މާ ބޮޑަށް. އަވަހަށް ދާން ބޭނުންވަނީ." ނާރސް ސްޓޭޝަނުގެ މޭޒުގައި ބޯއަޅާލަމުން ފާތުން މިހެން އެހީ އެތާގައި މަސައްކަތެއްގައި ހުރި އިނާ ކައިރިންނެވެ.
"އަދި އެބަހުއްޓޭ ބައިގަޑިއިރު....." މުޅިރޭވެސް ފާތުން އެކަހަލަ ހާލެއްގައި އުޅޭތީ، ހީލަމުން އިނާ ގަޑިން ވީއިރު ބުނެލީ ގަޑިއަށް ނުވެސް ބަލައެވެ. ދެންމެ ވޯޑަކުން އައިއިރު އޭނައަށް ގަޑިފެނިފައި ހުރީމަ އެ ގަޑިއަށް ލަފާކޮށްލާފައި ބުނެލީއެވެ.
"އަދިވެސް........؟ އެގަޑި ހުއްޓިފަކަންނޭނގެ..." ފޫހިވެފައި ހުރި ރާގަކަށް ފާތުން ޝަކުވާ ކުރިއެވެ.
އިނާ ވަކި އެއްޗެއް ނުބުނެ ހިނިތުންވެހުރެ އޭނަ ފުރިހަމަ ކުރަމުންދާ ލިއުންތައް ފުރިހަމަ ކުރަމުން ދިޔައެވެ.
"ތޭންކް ގޯޑް....އިނާ ހިނގާބަލަ .... މަ އުޅެއުޅެ މަށަކަށް އިއްބެ އަތުން މިރޭ ލޭ ނުނެގުނު." ތެޅެމުން ފޮޅެމުން އެތަނަށް އައި ހައިފާއަށް އިނާ ފެނުމުން ވީ އުފަލާއެކު ބުނެލިއެވެ.
"އެއީ ކީއްވެ؟ އެހެން ދުވަހުވެސް....." އިނާ އަވަސް އަވަސް ކުރަން ފެށިއެވެ.
"އަބަދު އަބަދު އިންޖެކްޝަނާ އެއްޗިހި ގުޅާތީ އެތަންތަން ހުރީ މުޅިން ފުއްޕާފަ......އެހެން ނޫނަސް ފުރަތަމަ ދުވަހުވެސް އެހާ ފަސޭހައެއް ނޫން އިއްބެގެނާރުތައް ހޯދާކަށް. ހިނގާބަލަ....ޑިއުޓީ ނިމުމުގެ ކުރިން މިކަން ކުރަން އެބަޖެހޭ އަހަރެން." ހައިފާ އަކީ އެހެން ވޯޑެއްގައި މަސައްކަތް ކުރާ ނަރުހަކަށް ވިޔަސް، އެހީއަކަށް ބޭނުންވާ ކޮންމެ ހިނދެއްގައި އަބަދުވެސް އިނާގެ އެހީ އޭނައަށް ލިބެއެވެ. އަބަދުވެސް އެ އެހީތެރިކަން އިނާގެ ފަރާތުން ލިބޭނެކަން ހައިފާނޫން އެހެން ނަރުހުންނަށްވެސް އެނގޭނެއެވެ.
"ހިނގާ............" ފައިލް ލައްޕާލާފައި ގަލަން ޖީބަށް ޖަހަމުން އިނާ ހިނގައިގަތެވެ.
"އޭއި........ނިދަން ގެއަށް ދޭބަލަ....ހެހެހެހެހެ" މޭޒުގައި ބޯއަޅާލައިގެން އޮތް ފާތުންގެ ކޮނޑުގައި ޖަހާލާފައި ދަމުން ދަމުން ހައިފާވެސް ހީގަތެވެ.
ހައިފާ ބުނީ ތެދެކެވެ. އިއްބެގެ ދެ އަތުންވެސް ލޭ ނެގުން ވެގެން ދިޔައީ އިނާއަށްވެސް ދަތި ކަމަކަށެވެ. ނާރުތައް ހޯދަން އުނދަގޫ ވީއެވެ. ނަމަވެސް އޯގާތެރިކަމާއި މަޑުމައިތިރިކަމާއެކު މަސައްކަތް ކޮށްލައިގެން މާލަހެއް ނުވެ އިނާ އެކަން ކާމިޔާބު ކުރިއެވެ. ހައިފާއާއި އިއްބެގެ މޫނުމަތިންވެސް ހިތްހަމަޖެހުމާއި ޝުކުރުވެރިވުން ފާޅުވެގެން ދިޔައެވެ.
"މިހާރު އިއްބެ ކިހިނެއް....؟" ލޭނަގާފައި ހައިފާއަތަށް ދީފައި އިއްބެގެ ޒަޚަމްތަކުގައި އަޅާފައި ހުރިބޭސްތަކަށް ބަލާލަމުން އިނާ އަހާލިއެވެ.
"ރަނގަޅުވޭ އެބަ އިރާދަކުރެއްވީތީ. " އިނާގެ ހިތްހެޔޮ ކަމަށްޓަކައި ހިނިތުންވެލަމުން އިއްބެވެސް ޖަވާބު ދިނެވެ.
"ދެން މާލަހެއް ނުވެ އިއްބެ ގެއަށް ފޮނުވާލަފާނެ." އިއްބެގެ ހާލު އިތުރަށް އޮޅުންފިލުވައި ދިނުމުގެ ގޮތުން ހައިފާވެސް ބުނެދިނެވެ.
"އެހެންތަ.....ހާދަ ރަނގަޅޭ. އިއްބެ އަކީ ނަސީބުވެރިއަކަށް ނޫނީ ނުވާނެ." އިނާ އެހެން ބުނީ އިއްބެއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. ހިތްވަރާއި ހިނިތުންވުމަކީ ބަލިމީހާއަށްޓަކައި ވަރަށް ބޮޑު ފަރުވާއެއްކަމަށް އިނާ އަބަދުވެސް ދެކެއެވެ.
"ޔަގީން........." ކުޑަކޮށް ހީލަމުން އިއްބެވެސް އެކަމާ އެއްބަސްވިއެވެ. އިނާއާއި ހައިފާވެސް އިއްބެއާއި ބައިވެރި ވުމުގެ ގޮތުން ހިނިތުން ވެލިއެވެ.
"ކަމެއް ގޯސްވީތޯ އަނެއްކާ.......؟؟" އިނާއާއި ހައިފާއަށްވެސް މި އަޑު އިވުނެވެ. އެކަމަކު އޭގެ ތެރެއިން އިސް އުފުލާ ބަލާލީ އެނދުގެ އަނެއްފަރާތުގައި ހުރި ހައިފާއެވެ. އިނާ ހުރީ އަދިވެސް އިއްބެގެ މެޑިކަލް ރިކޯޑް ފައިލް ކިޔާށެވެ. އެހެން އެ އެހީ ކާކުތޯ ބަލަންވެސް އިނާއަށް އެނބުރި ނުލެވުނީ އެ ފައިލްތެރެއަށް ގެއްލިފައި ހުރި ވަރުންނެވެ.
"އެއްވެސް ކަމެއް ގޯސް ނުވޭ އިނގޭތޯ؟" ހައިފާ ހުރި ފަރާތް ނޫން އަނެއްފަރާތުގައި، އިނާއަށްވުރެ ކުޑަ ތަންކޮޅެއް ފަހަތުގައި ހުރެގެން އެހެން އެހި ޒުވާނާއަށް ބަލާލަމުން އަދަބުވެރިކަމާއެކު ހައިފާ ޖަވާބު ދިނެވެ. ނަމަވެސް ކިތަންމެ ހަމަޖެހެން މަސައްކަތް ކުރި ކަމުގައި ވީނަމަވެސް ހައިފާގެ އުފާވެރި ކަމާއި ހާސްކަން ސިއްރެއް ނުކުރެވެއެވެ. އެ މީހަކު ފެންނަ ކޮންމެ ފަހަރަކުވެސް ހައިފާގެ ހާލަކީ އެއީއެވެ.
"ނަސީބެއް. އަޅުގަނޑު ހީކުރީ......." އެ މީހަކުވެސް ހައިފާގެ ރީތި މޫނަށް ބަލާލާފައި ހިނިތުންވެ ހުރެ އިއްބެއާއި ގާތަށް ޖެހިލިއެވެ. އިނާއަށް އެދިމާލަށް ބަލާލެވުނީ ދެނެވެ. ނަމަވެސް ބެލުނުވަރަށްވުރެ އަވަހަށް އަނެއްކާވެސް ފައިލާއި ދިމާލަށް މޫނު އަނބުރާލިއެވެ.
"މިހާރު ރަނގަޅު ދޯ. ދެން ނެތެއްނު އެހެން ކަމެއް....." އިއްބެގެ ފައިލް ހައިފާއަތަށް ދިއްކޮށްލާފައި އިނާ ބެލީ އަވަހަށް އެތަނުންދެވޭތޯއެވެ.
"ދަނީ އިއްބެ...." އިއްބެގެ ފައިލްގައި ހައިފާ ހިފުމުން އަވަސް އަވަހަށް މިހެން ބުނެލާފައި އިނާ ދާން ހިނގައިގަތެވެ. ކޮންމެ ބަލިމީހަކީ އޭނައަށްޓަކައި ގާތް މީހަކަށް ވިޔަސް، އެބަލިމީހާއަށް ގޮވާލަން އައިސް ތިބޭ މީހުންނާއި ވާހަކަދެއްކުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަކަށް ނުވާތީ އިނާ ހިނގައިގަތީ އިއްބެ ކައިރީ ބުނެލާފައެވެ.
"އިނާ.................!!!" އިނާ ހިނގައިގަތުމުން ދެންމެ އެތަނަށް އައިސް އިއްބެ ކައިރީ ހުއްޓި ހުރި ޒުވާނާއަށް މަޑަކުން ނުހުރެވުނެވެ. އިނާއަށް ގޮވާލެވިއްޖެއެވެ. ހައިފާއާއި އިއްބެއަށްވެސް ލިބުނީ ސިހުމެކެވެ. އެދެމީހުން އެކަކު އަނެކަކަށް ދަންނަ ކަމެއް އިއްބެއަށްވެސް އަދި ހައިފާއަށްވެސް މީގެ ކުރިން އެނގިފައެއް ނެތެވެ.
އެއްވެސް މީހަކަށް އިހްތިރާމް ކުޑަކުރުމަކީ އިނާގެ ޠަބީޢަތެއް ނޫންކަމުން، އެ ގޮވާލުމަށް އިނާ މަޑުޖެހިލިއެވެ.
"ނަވީންތޯ.........ކިހިނެއްތޯ.........." އިނާގެ ރާގާއި ހަރަކާތުން ހީވަނީ އޭނަ ދާން ހިނގައިގަތީ ނަވީން އެތާހުރިކަން ނުފެނި ހެންނެވެ. ނަވީން ގޮވާލުމާއެކު އެނބުރި ކިހިނެއްތޯޔޯ އެހީ، ވޯޑްގައި ތިބި ހުރިހާ އެންމެންގެ ސަމާލުކަން އެ ދިމާލަށް ހުއްޓިފައި ހުރުމުގެ ސަބަބުން، ނުދަންނަ ބީރައްޓެއްސަކާ ވާހަކަ ދައްކާލާ ފަދައިންނެވެ.
*********(ނުނިމޭ)*********
ވޯޓް
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް
ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.
ލޯއްބަކީ
ކޮބައިކަން އޮޅޭ ވަރުވެއްޖެ... ލޯއްބަކީ މާއާފް ކުރުން، އަނެކާބުނާ ކަންތައް
ކޮއްދިނުން، މިކަންކަން އިނާ ޒިޔާދުއަށް ކޮއްދީ އަދި ޒިޔާދުއަށް އިތުބާރު ނުކުރަމޭ
އިނާ ހިތާހިތުން ބުނި ނަމަވެސް އެކަން ސާބީތު ނުކޮއްދެވެނީ ކީއްވެބާ؟ ޒިޔާދު އިނާއަށް
ބޭވަފާ ތެރިވަންޏާ މާލޭގަ ހުރެފަ އިނާއާ ބައްދަލުކުރަން އައުމުގެ ބޭނުމަކީ
ކޮބައިބާ؟ ވާހަކަ ވަރަށް ރީތި.. އެކަމަކު އިނާ މީ ކޮންކަހަލަ މިޒާޖެއްގެ
މީހެއްކަން ދެނެގަތުމަށް އަހަރެން ނުކުޅެދިއްޖެ.. އަނެއް ބަޔައްވެސް
އިންތިޒާރުކުރަން.. ވ. އަވަހައް އަޕް ވާނެކަމަށް އުންމީދު ކުރަން. މިހާދިގުކޮއް
ގެނެސްދިނީތީ ޝުކުރިއްޔާ.
ށ: ނ. އެބުނީ ތެދެއް. އިނާ
މީ ކޮންކަހަލަ އަންހެންކުއްޖެއްކަން އަހަންނަށްވެސް އޮޅޭ އެބަ. އެކަމަކު ހީވަނީ
ސޮފާގެ މާސްޓަރ ޕްލޭން އިން އެވަރު އޮޅުންފިލުވައިދޭނެހެން.
ރީން: މީ މިހާރު ހުރިހާ
ފިރިހެނުންގެވެސް އާދަ. ހިތުން ވަރަށް މޮޅު ބައެއް އެއީ. މައުސޫމް އަންހެން
ކުއްޖެއްގެ ދިރި އުލުން ވިއްޔަ އެހަލާކު ކުރަނީ. އިނާ ފަކީރު އެހުންނަނީ މައިންބަފައިންނަށްޓަކާ
ފުރާނަވެސް ދޭން ތައްޔާރަށް. އިސްނަބަލަ..... ވަރަށްރީތި ވާހަކަ. ތަންކިޅެއް
އަވަހަށް އަޕް ކޮށްދީބަލަ. ޕްލީޒް
ވަރަށް
އުފާވެއްޖެ މިވާހަކަ އަޕްލޯޑް ކޮއްދިނީމަ... ތޭންކި ޔޫ ސޯމަޗޮ ސޮފާ... ކޮންމެ
ދުވަހަކުވެސް މިވާހަކަ އަޕްވީތޯ ބެލޭ.. މިބައި ވެސް ވަރަށް ވަރަށް ރީތި.. ސޮފާ
ކޮންމެސް އިނާ އެ ޒިޔާދު އާ މެރީ ނުކުރުވައްޗޭ އިނގޭ.. އަނެއްބައި އަވަސް
ގެނެސްދެއްޗޭ އިނގޭ.. ވިޝް ޔޫ އޯލް ދަ ވެރީ ބެސްޓް.. ޓޭކް ކެއަރ..
އޯވހ
ސަޅި.........ނަވީން އިޒް ބެކް ޓު ދަ ޕިކްޗަރ..........ސޮފާ އަވަހަށް އަނެއްބައި
ގެނެސްދެއްޗޭ.
ވާހަކަ
ކިޔާލީމަ ހިތަށް އަރަނީ ސޮފާ ހާދަ މޮޅޭ. ހާދަ ވިސްނާފަޔޭ ވާޙަކައިގެ މަންޒަރުތައް
ރާވަފަި ހުންނަނީ. މިހާރު ބޭނުންވަނީ މި ވާހަކަ އެއްކޮށް ކިޔާލަން. ވވވވވވވވވވވ
ފުރިހަމަ .
ވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވ
އުފާވެއްޖެ މިހާ ދިގުކޮށް ގެނެސްދިނީމަ. އަނެއްބަޔަށް ކެތްތެރިކަމެއް ނެތި
އިންތިޒާރު އެބަކުރަން. ވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވ ރީތި މި ވާހަކަ.
މިއަހަރު އަދި މިހާތަނަށް މުރާސިލްގަ ޕްބްލިޝް ކުރާ އެންމެ ރީތި ވާހަކަ މިއީ.
ސޮފާއަށް މި ރޮނުގގައި އިތުރުކާމިޔާބީއަށް އދެން.
ވާއޮ..........ނަވީން
އެހެރަ އައި ގޮތެއް ދޯ............އިނާ ހާދަ މޮޅޭ ދޯ މަކަރު ހަދަން. ހަމަ ދާންށޭ
ުޅުނީ ނުފެންނަ ކަމަށް ހަދާފަ. ެކަމަކު ހިތުގަ އޮންނާޏެ ދޯ އަޅެ އަޅެ ނަވީން
ގޮވާލާނެ ނަމައޭ. ހެހެހެހެހެހެހ............ސޮފާ ބުނަން މޮޅު.
ދެން އަޅެ
ކީއްކުރަންތަ އިނާ އެ ޒިޔާދުގަނޑަށް މަޢާފް ކުރީ..................ދެން ފޫހި
ފިރިހެނެއްނު އެއީ.......ވވވވ ފޫހި އިނާ ދެކެ. އެކަމަކު އަދި ރަނގަޅުވާނެ ދޯ
ސޮފް....؟ ސޮފްގެ ވާހަކަތައ ވަރަށް ސަޅި ......ވަރަށް އަސްލު މޮޅޭ ބުނާހިތްވަނީ
ސޮފާ ވާހަކަ ލިޔަން. ކިހިނެއް އެހާ އެކިއުރޭޓް އިންފޯ އިންކްލޫޑް ކުރަނީ.؟ ވަރަށް
ރިސާރޗް ޖައްސަން ދޯ؟ ސަޅި އިނގޭ. ކީޕް އިޓް އަޕް...............އަނެއްބައި މާދަން
ފެންނާނެތަ ސޮފް؟
ވަރަށް
ސަޅި. އެކަމަކު ހިއެއް ނުކުރަން އިނާއަކީ މޮޔައަކަށް ވާނެ ކަމަކަށް. އޭނަ ހަމަ
އެހެން އުޅެއުޅެފަވެސް ޒިޔާދުއަށް މައާފް ކުރީޔޭ ދޯ. އެކަމަކު ފާތުއަށް ޔަގީން އެ
ޒިޔާދު ނުވާނެ ރަނގަޅެއް.
އާނ.......މިހާރު
ރަނގަޅު. މިހާރު އެހެރީ އެބައި އެއްކޮށް ގެނެސްދީފަ ދޯ. ވަރަށް ފުރިހަމަ
............ވަރަށް ވވވވވވ ސަޅި މި ވާހަކަ.
ސޮފާ ހާދަ
ރަނގަޅޭ މިހާ އަވަހަށް މިހާ ދިގުކޮށް ގެނެސްދިނީމަ. ވވވވވ ރީތި. އެހާ މޮޅު. ވަރަށް
އިންޓަރެސްޓިން. އަނެއްބައިވެސް އަވަހަށް ފެންނާނެ ދޯ.
ޒިޔާދު
ކަހަލަ ފިރިހެނުންނަށް ހުރި އިބްރަތަކަށް މި ވާހަކަ ހަދައްޗޭ ސޮފާ. ސޯނީ އަކަށް
ހިއެއް ނުވޭ އަދިވެސް ޒިޔާދުގެ ކަންތައް އެ ނިމުނީހެނެއް. އިނާ ކިތަންމެ
ރަނގަޅަކަށް ޒިޔާދުއަށް ކަންތައް ކުރިޔަސް ޒިޔާދު ނުވާނެ ރަނގަޅެއް. ސޯނީ ނަމަ އެ
ޒިޔާދުގަނޑަށް މައާފްވެސް ނުކުރާނަން. އިނާ އާއި ނަވީން ގުޅުވަންވީނު
ސޮފާ......އޭރުން ވރަށް ސަޅިވާނެ މި ވާހަކަ.
އެއީ ހަމަ
ގިނަ ފިރިހެނުންގެ ގޮތް. ކުށެއް ކޮށްފަ އައިސް ދެން ބުނާނީ ތިމަންނަ
ދުރުކުރީމައޭ......ތިމަންނައާ އެހާ ވަރަށް އަޅާނުލީމައޭ އެހެން އަންހެނަކާ ގުޅުން
ބޭއްވުނީ. އެއީ ހަމަ އެމީހުންގެ ގޮތް. ތިއްތިގެ އަމިއްލަ ތަޖްރިބާއަށްވެސް އެނގޭ.
ތިއްތިވެސް ރާއްޖެއިން ބޭރަށް 3 މަހުގެ ކުރު ކޯހެއް ހަދަން ގޮސްފަ އައިއިރު ތިއްތި
ލޯބިން މެރީ ކުރި ހަޒްވެސް ގެއްލުނީ ހަމަ އެކަހަލަ މައްސަލައެއްގަ. ތިއްތި
ގަބޫލެއް ނުކުރަން ދުރުގަ ހުއްޓަކަސް ބޭވަފާތެރިވާން ޖެހޭނެ ކަމަކަށް. ސޮފާ
ވވވވވވވވވވވވވވވވވވ މޮޅު. ސޮފާއަށް ވަރަށް އެނގޭ މިކަހަލަ ކަންތައް. އެހެންވެ ސޮފާ
ލިޔާ ވާހަކަ މިހާ ކިޔާހިތްވަނީވެސް. ވަރަށް މޮޅު. ވަރަށް ފުރިހަމަ. އަނެއްބައި
އަވަހަށް ގެނެސްދޭނެ ކަމަށް ހީކުރަން.
ވަރަށް
ރީތި އިނގޭ މިބައި. އިނާ އުޅޭހެން އުޅޭ ކިތައް އަންހެންކުދިން އުޅޭނެބާއޭ ހިތަށް
އަރަނީ. އިނާފަދަ "ރީތި" އަންހެން ކުއްޖަކަށް ދެރަގޮތެއްއ މެދުވެރި
ނުކުރައްވާތޯ ދުޢާ ކުރެވޭ. ނަވީންއާއި އިނާ އެކަކު އަނެކަކަށް ފިލަން އުޅުނަސް
ލޯބި އެމީހުން އެއްތަން ކުރުވާދޯ
ސޮފާ، 19
ވަނަބައި ގެނެސްދީފަ ދެން ތި ގެނެސްދިނީ 21 ވަނަބައި. ކޮބާ 20 ވަނަބައި. އަނެއްކާ
މަށަށް 20 ނުފެންނަނީތަ....
ޗޮމްޕީ: ފަތިސްތަރި އަށް ކްލިކް
ކޮށްލަބަލަ.... އޭރުން އެންމެ ފަހުން އަޕްލޯޑުކޮށްފަ ހުރި ހުރިހައި ބައިތަކެއް
ފެންނާނެ....20 ވަނަ ބައި ވެސް :)
20 ވަނަ ޕާރޓް ކޮބާ؟؟؟؟؟؟
ރީއްޗޭ!!!!
މިހާރު އަދި މާ ކިޔާލާ ހިތްވެއްޖެ.....ކުރީ ބަޔަށް ކޮމެންޓް ނުކުރިޔަސް ކިޔާފަ
އޮންނާނީ...ޓެސްޓް ދުވަސްވަރުވީމަ ކުޑަކޮށް ބިޒީކޮށް އުޅުނީ....މިޙާރު ނިންމާލާފަ
ވާހަކަ މި ކިޔާލީ....އުއްމީދުކުރަން ދެން އޮތް ބައިވެސް އަވަހަށް
ފެންނާނެކަމަށް....(:
އަޅޭ!!!!!!!!!!!!!!!
ސޮފާ އަށް އެގޭތަ އައްމި ހޮސްޕިޓަލަށް ދާހިތްވަނީ މިވަގުތު، މިއަދު މިޕާޓްކީމަ
ގޭތެރޭގެ އެއްވެސް ކަމެއްގަ އުޅެވޭގޮތެއްނުވި ، ހިތަށް އަރަނީ ހަމަ ނަވީންގެ
މަތިން ، ދެކިލާހިތްވަނީ އޭ!!! އެކަމު އަސްލު ވަރަށް ވަރަށް ބޮޑަށް ތޭންކްސް އިގޭ
އެހާއަވަހަށް އަޕްލޯޑްކޮށްދޭތި ، އެހެން ކުދިން ބުނިހެން މުރާސިލްގަވެސް އަދި ،
އައްމި ކިޔާ އެހެން ވާހަކައެއްވެސް ނެތް މިހާ ރީތި ، ވަރަށް ޓަޗިން ، މިރޮގުން
އަބަދުވެސް ކާމިޔާބަށް އެދެން ،، އާމީން ، ޔޫ އާ ތަ ބެސްޓް ސޮފް ޑާރލިން :).. އަދި
އައްމިގެ މަމްގެ ފަރާތުން 100000000000000 ފަހަރު ބުނެލަން ޔޫ އާ ދަ ބެސްޓް
މިވާހަކައިގެ
20 ވަނަބައި ފެންނަނީ މުރާސިލް ހުޅުވީމަ އިންނަ ފުރަތަމަ ޕޭޖުން. މުރާސިލްގެ
ވާހަކަ ބައިގާއެއް ނުއިދޭ 20 ވަނަ ބައެއް ފެންނާކަށް. ވާހަކަދޯ ވަރަށް ސަޅިއޭ
ބުނެވޭނީ. އިނާ ދެންކިހިނެއްބާ ހަދާނީއަޅެ. އިނާޔާ ނަވީންއާއި ދެމީހުން ރަގަޅަށް
ވާހަކަ ދައްކުވައްޗޭ އިގޭ ސޮފޫ .މާދަން އަސްލުވެސް ގެނެސްދެއްޗޭ ޕްލީޒް ޕްލީޒް
ޕްލީޒް. ކެއްތެރިކަމެއްނެތި އިންތިޒާރު ކުރަމުން ވަކިވެލަން.
ވަރަށް
ވަރަށް މޮޅު މިބައި. އިނާ ޒިޔާދުއަށް މާފު ކުރީމަ ވަރަށް ރިއަލް އިނގޭ! ޒިޔާދުއަކީ
ކާކުކަން އިނާއަށް އޮޅިގެން ނޫޅޭތާގަ، ޒިޔާދުދެކެ ލޯބިވާތީއެއްވެސް ނޫން އިނާ އެ
އުޅެނީ. އިނާއަކީ ހާދަ މާތް ކުއްޖެކޭ. އެކަމު ހީވަނީ މީ އިނާ ޒިޔާދުއަށް މާފު
ކުރާނެ އެންމެ ފަހު ފަހަރުހެން. ދެން ކަމެއްވެއްޖެއްޔާ ހަމަ ބުރުވާލާނޭ ހީވަނީ.
ހެހެހެ. އަދިވެސް ބުނެލަން ސޮފްއަށް. މި ޕާޓް ވަރަށް ޓަޗިންގ އިނގޭ!
ހަންޑި: ހިއެއް ނުވޭ އިނާއަށް
ބުރުވާލަން ކެރޭނެހެނެއް. އިނާއަކީ ވަރަށް މާތް އަންހެންކުއްޖަކަށް ވީހެން ވަރަށް
ގޮތްހުރި ޝާހީ އަންހެނެއް ހެން ހީވާތީ މިހެން މިބުނީ.
ސޮފާ!
ހާދަ މޮޅޭ. ވަރަށް ރީތި މިބައިވެސް. އެކަމަކު ތަންކޮޅެއް އަވަހަށް އިނާޔަށް ނަވީން
އާ ގުޅެވޭނ ގޮތެއް ވާނެނަމަދޯ!!
ނަވީން
ފެނުނީދޯ އަނެއްކާ، ވާހަކައިގެ ޖާދޫ ރަނގަޅަށްވެސް ފްރެންޑާ އަށް ޖެހިއްޖެ. އަސްލަ
ނަވީން އާ އިނާ ގުޅެނީ. ޒިޔާދު ދެކެ މިހާރު ފޫހިވެއްޖެ.
އަޅެ
ކީއްވެތަ އިނާ އެ ޒިޔާދަށް މާފު ކުރީ......... ވަރަށް އުފާވެއްޖެ ނަވީން
ފެނުނީމަ..... ވަރަށް އިންޓްރެސްޓިންގ އިނގޭ. ތޭންކްސް އަ ލޮޓް ސޮފާ!!!
ފަތިސްތަރި: އިނާމެން ކަހަލަ
ސިޓުއޭޝަންތަކުގައި ތިބޭ އަންހެން ކުދިންނަށް މަޢާފް ކުރަން ހަނދާން ހުރެއްޖެއްޔާ
ގައިމުވެސް އޭގެއިން މޮޅެއް ލިބޭނެ އެމީހަކަށް. އެހެންވީމަ ހިނގާ ދެން ބަލަމާ ވަނީ
ކިހިނެއްތޯ ދޯ<؟؟ ޝުކުރިއްޔާ
ނާއަށް އިނގޭ. އަބަދުވެސް ސޮފާގެ ވާހަކަ ކިޔާތީއާއި ކޮންމެ ބަޔަކަށްވެސް ނާ
ކޮމެންޓް ކުރާތީ. ޝުކުރިއްޔާ. އަބަދުވެސް ސޮފާގެ ވާހަކަ ކިޔާނެ ކަމަށް އުއްމީދު
ކުރަން.
ވާއު ހާދަ
ސަޅި އޭ ސޮފާ................. އިނާ އާ ނަވީން ގުޅުވަދީ ޒިޔާދު އަކީ ކަޑަ މީހެއް
އިނާ ގުޅެން ޖެހޭނީ ރަނގަޅު މީހަކާ ދޯ ހެހެހެހެހޭ........
ހެޔޮދެން،
މައިން ބަފައިންގެ ހައްގުގައިވިޔަސް އިނާ ތިދެން ބޮޑުވަރެއް، އިނާ ދެކެ ވވވވވވ
ފޫހިވެއްޖެ، އަދި އެޔާއި އެއްވަރަށް ޒިޔާދު ދެކެވެސް، މަޔަކު ބުނާނެތަ އެމީހެއްގެ
ދަރިފުޅުގާތު ، އެދަރިފުޅުގެ ދިރިއުޅުން ހަލާކުގެތެރެއަށް އެއލާލާށޭ، ދެން
އިނާވެސް ޒިޔާދުގެ އެވިޔާނުދާކަން އެނގޭއިރުވެސް އަނެއްފަހަރުވެސް އެމައާފު
ކުރީނުދޯ! އެދެން ބޮޑުވަރު. ވވވވ ބޮޑު ތެންކްސްއެއް އަވަހަށް އަޕް ކޮށްދިނީމައި
އިނގޭ!
ހިތަށްއަރަނީ
އިނާ ޒިޔާދުއަށް މަޢާފް ދިނީބާއޭ ހަމަ؟ ނޫނީ އިނާއަކީ މާތް ކުއްޖަކަށްވެފަ،
އެނޫންގޮތެއްނެތީމަ ރުހޭކަމަށް ހެދިގެން އުޅެނީކީ ނޫންބާއޭ؟
ތޫއަށް
ހީވަނީ އިނާއާއި ނަވީން ވާހަކަ ދައްކަން ފަށާއިރަށް ޒިޔާދުއަންނަނެހެން....އޭރަށް
އަނެއްކަ ޒިޔާދު ފުއްޕަންފެށީމަ އިނާ ރުޅިއަންނާނީހެން..ހައްހައްހާ
ސޮފާ
އައްމިގެ މޫޑް ރަގަޅުވާނީ 2 ގެނެސްދިނީމަ ދެން މިއަދު !!!!!!! ޕުލީޒް އަވަސް
ކޮށްދީބަލަ

No comments:
Post a Comment