އެދެވުނު ތަދު – 1 ވަނަ ބައިން ފެށިގެން 9 ވަނަ ބަޔާއި ހަމައަށް
1 ވަނަ ބައި
އޮއްސެމުން ދިޔަ އިރުގެ
ރަންދަޅަތައް، ހުޅުމާލޭގެ މަލަމަތިން ފޮހެވެމުން ދިޔަތަން ބަލަން ބެލްކަނީގައި
އިނދެފައި ރީމާ ކުއްލިއަކަށް ތެދުވެއްޖެއެވެ. މިހާރު އޭނަގެ ފިރިމީހާ ގެއަށް
އަންނާނެއެވެ. އަވަހަށް ތެދުވެ ، އިށީނދެ އިން ގޮނޑި އެތެރެއަށް ވައްދާ ބިއްލޫރި
މޭޒުކައިރީ ބަހައްޓައިފިއެވެ. އަދި އެތެރެއަށް ވަނުމުގެ ކުރިން އަދި އެއްފަހަރު
ބެލްކަނީގައި ހުރި ގުރާކޮށީގެ ދޮރު ރަނގަޅަށް ލެއްޕި، އޭގެ މަތީގައި އަޅަންވާ
ފޮތިގަނޑު ރަނގަޅަށް އެޅިފައިވޭތޯ ބަލާލިއެވެ. ދެން އަވަސް އަވަހަށް އެތެރެއަށް
ވަދެ ބެލްކަނީގެ ދޮރު ލައްޕާލިއެވެ. ގޭތެރެއަށް ވަށައިގެން ނަޒަރު ހިންގާލީ އޭގެ
ފަހުންނެވެ.
