Tuesday, February 28, 2012

ފޯންކޯލް - 70 ވަނަ ބައި


ބައްޕަ ދެއްކި ވާހަކައިން އޭނަގެ ޚިޔާލު ބަދަލުވީކަމެއް ނުވަތަ ހިތްވަރު ލިބުނީކަމެއް ނަވީނަކަށް ޔަގީނެއް ނޫނެވެ. އެނގޭހާވެސް ވަރަކީ އޭނަ ކޮންމެވެސް ކަމެއް ކުރަންވެއްޖެ ވަގުތު ޖެހިއްޖެ ކަމެވެ.

އެނދުގައި އިށީނދެލައިގެން އިނދެ ނަވީން ދިޔައީ، ޚާލިދުއަށް ގުޅާފައި އޭނަ ދައްކަން ހުރި ވާހަކަތައް ސިކުނޑީގައި ތަރުތީބު ކުރަމުންނެވެ.

ވިސްނާލަން ހޭދަކުރި ކުޑަވަގުތުކޮޅަކަށްފަހު ދެވަނަ ފަހަރަށް ޚާލިދުގެ މޮބައިލަށް ގުޅާލިއެވެ. ހަތަރު ފަސް ރިންގަށްފަހު އެކޮޅުން ޚާލިދު ފޯން ނަގައިފިއެވެ.

Saturday, February 25, 2012

ފޯންކޯލް - 69 ވަނަ ބައި


--------ބާރު ފިޔަވަޅުތަކެއް އަޅަމުން ދިޔަ ނަވީންއާއި ދިމާލަށް ބަލަހައްޓައިގެން ހުރި ލީނާގެ މޫނުމަތިން ފެންނަނީ ފަތަޙައާއި ހިތްހަމަޖެހުމުގެ ފާޅުކަން ބޮޑު ހިނިތުންވުމެކެވެ. އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވިޔަސް އޭނަ ނަވީން ހާޞިލްކުރާނެއެވެ. ކޮށްފަ ނޫނީ ހުއްޓައެއް ނުލާނެއެވެ. އެއީ އޭނަގެ މަގްޞަދެވެ.

ނަވީން ގޮސް ގެއިން ނުކުމެއްޖެ ކަން ޔަގީންވަންދެން އެ ދިމާލަށް ބަލަހައްޓައިގެން ހުރެފައި މޭޒުމަތީގައި އޮތް ލީނާގެ ފޯން ނެގިގޮތަށް ނަގާ ކަންފަތުގަ ޖައްސާލިއެވެ.

Thursday, February 23, 2012

ފޯންކޯލް - 68 ވަނަ ބައި

އައި ރުޅީގައި ކަބަޑުގައި މުށްކަވާފަ ޖެހުނެވެ. އެންމެ ކަމެއް ދެކަމެއްގެ ރުޅިއެއް ނޫނެވެ. 
"
ޓަކް ޓަކް.....ޓަކް ޓަކް...." ދޮރުގައި މީހަކު ޓަކި ޖެހި އަޑު ނަވީނަށް އިވުނެވެ.
"
މަންމާ....؟" ހުޅުވާލި ދޮރު ކުރިމަތީގައި ނަވީންގެ މަންމަ ހުރިތަން ފެނުމުން ސުވާލުގެ ގޮތުގައި ނަވީނަށް އަހާލެވުނެވެ. 
"
އާނ....ދަރިފުޅާއި ވަރަށް ބޮޑު ވާހަކައެއް ދައްކަން މަންމަ އުޅޭތާ ކިތަންމެ ދުވަހެއް....މިއަދު ހެނދުނު ދިޔަ ގޮތަށް އަދި ތިއައީތަ؟" މަންމަ އައީ އޭނައާއި މުހިއްމު ވާހަކައެއް ދައްކަން ކަން އެނގުމުން މަންމަ ވަނުމަށް ނަވީން ތަންދެއްކިއެވެ.

Monday, February 13, 2012

Phone Call - Ep 30


ކަންތައް ދިމާވީ ވަރަށްވެސް ރަނގަޅަށޭ ބުނެވިދާނެއެވެ. އެ ނުރައްކާތެރި ހަމަލާއަށްފަހު އިނާއަށް ހޭލެވުނީ އެދުވަހު އިރުއޮއްސެން ދަނިކޮށެވެ. ނަވީންވެސް ހުއްޓައެވެ. ދިލްމާ އާއި ހައިފާ އާއި ފާތުންވެސް ހުއްޓައެވެ. ހަމްދު އާއި ޚާލިދުވެސް އަދި ހަމަ ޝީލާވެސް ހުއްޓައެވެ. އާއިލާގެ އެންމެން ތިއްބައެވެ.
"ދަރިފުޅާ.......ކިހިނެއް މިހާރު.......؟" ދެންމެ ލޯ ހުޅުވާލި އިނާގެ ބޮލުގައި ފިރުމާލަމުން ޝީލާ އެހިއެވެ. ޖަވާބަކަށް އިންތިޒާރުކޮށްގެނެއް ނޫނެވެ.

Phone Call - Ep 29


ކަންތައް ދިމާވީ ވަރަށްވެސް ރަނގަޅަށޭ ބުނެވިދާނެއެވެ. އެ ނުރައްކާތެރި ހަމަލާއަށްފަހު އިނާއަށް ހޭލެވުނީ އެދުވަހު އިރުއޮއްސެން ދަނިކޮށެވެ. ނަވީންވެސް ހުއްޓައެވެ. ދިލްމާ އާއި ހައިފާ އާއި ފާތުންވެސް ހުއްޓައެވެ. ހަމްދު އާއި ޚާލިދުވެސް އަދި ހަމަ ޝީލާވެސް ހުއްޓައެވެ. އާއިލާގެ އެންމެން ތިއްބައެވެ.
"ދަރިފުޅާ.......ކިހިނެއް މިހާރު.......؟" ދެންމެ ލޯ ހުޅުވާލި އިނާގެ ބޮލުގައި ފިރުމާލަމުން ޝީލާ އެހިއެވެ. ޖަވާބަކަށް އިންތިޒާރުކޮށްގެނެއް ނޫނެވެ.

Phone Call - Ep 28


 "މާދަން ހަވީރު އާދެވޭނެ. އަންނަގޮތަށް ފުރާނީ ތިކޮޅަށް. އިނާއަށް އަޅުގަނޑުގެ ސަލާމް ބުނެދޭތި. މި ދަތުރު ނުގޮސް ވާނެ އެއްވެސް ގޮތެއް އޮތްނަމަ އެކަމެއް އަޅުގަނޑު ކުރާނަން. އެކަމަކު ހަމަ...." ވާހަކައިގެ ކުރިން ބުނިބައި ބުނިއިރު އަޑުގައި އެއްވެސް ހަމްދަރްދީއެއް އަދި ލަސްވެގެން އުޅޭ ގޮތް ނެތް ކަމުގައި ވިޔަސް، ފަހަތުބައި ބުނެލިއިރު ރާގު ވަރަށް ތަފާތެވެ. އެބުނި އެއްޗެއްގެ އަސަރު އަޑުންވެސް ފާޅުވެއެވެ.

Phone Call - Ep 27


 "މާދަން ހަވީރު އާދެވޭނެ. އަންނަގޮތަށް ފުރާނީ ތިކޮޅަށް. އިނާއަށް އަޅުގަނޑުގެ ސަލާމް ބުނެދޭތި. މި ދަތުރު ނުގޮސް ވާނެ އެއްވެސް ގޮތެއް އޮތްނަމަ އެކަމެއް އަޅުގަނޑު ކުރާނަން. އެކަމަކު ހަމަ...." ވާހަކައިގެ ކުރިން ބުނިބައި ބުނިއިރު އަޑުގައި އެއްވެސް ހަމްދަރްދީއެއް އަދި ލަސްވެގެން އުޅޭ ގޮތް ނެތް ކަމުގައި ވިޔަސް، ފަހަތުބައި ބުނެލިއިރު ރާގު ވަރަށް ތަފާތެވެ. އެބުނި އެއްޗެއްގެ އަސަރު އަޑުންވެސް ފާޅުވެއެވެ.

Phone Call - Ep 26


 ދޮރުގައި ޓަކި ޖެހިމީހާގެ ހަރަކާތްތައްވެސް ހިނގާދިޔަ ހާދިސާއާއި އައިސް ގުޅުނީ ހަމަ އެހާ އަވަހަށެވެ. އިނާ އަރި އަޅާލުމާއެކު އެދިމާއަށް ނަވީނަށް އުދުހިގަނެވުނު ފަދައެވެ. ނަމަވެސް ހިތާމައަކީ، އެފަދަ ވަގުތެއްގައި ވާން ހުރި ގޮތް ނަވީންއަށްވެސް އަދި އެދިމާލަށް ދުއްވައިގަތް ދިލްމާއަށްވެސް ނުހުއްޓުވުނު ކަމެވެ.
ނަވީންއަށް ގޮސް އިނާގެ ގައިގައި ހިފުނުއިރު ހުރިހާ ކަމެއްވެސް ވެނިމިއްޖެފަދައެވެ. މިވީ ކިއްކަންވެސް ވިސްނާލަން ވަގުތެއް ނުލިބުނެވެ. އޭނައަށް

Phone Call - Ep 25


 "ހުމް.....ތިހެން ބުނާއިރުވެސް އެނގޭނެ އަހަންނަށް ކެރޭނެކަން." ވަރުގަދަ އަޒުމެއްގައި ހުރި ފާޑަށް ޒިޔާދު ބުނެލިއެވެ.
"މިހާރު މިހިރީ ރަމީޒް ކައިރިއަށް ހޮސްޕިޓަލަށް އައިސް." އަފްރާހް ހުރިހާ އެއްޗެއް އޮޅުންފިލުވަމުން އެބަ ދެއެވެ.
"
ނޭނގެ. ހަމަ ބޯ ގޮވައިގެން އާދެވުނީ. އެކަމަކު އޭނަ ކައިރީ ކިހިނެއް ވާހަކައެއް ކިޔާނީ. ރަނގަޅުވަގުތެއްގަ ތިގުޅީ އިނގޭ" ހަގީގަތުގައިވެސް އަފްރާހް އެގުޅީ އޭނައަށް ގޮތްހުސްވެފަ ހުރި ވަގުތެއްގައެވެ.

Phone Call - Ep 24



ނަމަވެސް މިއީ އެފަދަ ފަހަރެއް ނޫނެވެ. ޒިޔާދު ކަތިމަގަށް އަޅުވަން އިނާ އެއްވެސް މަސައްކަތެއް ނުކުރެއެވެ. ގުދުރަތުން އިނާއަށް ދެއްވާފައިވާ ރީތި ސިފަ އެކަނިވެސް ޒިޔާދު ކަތިމަގަށް އަޅުވަން ފުދެއެވެ. މާލެއާއި އައްޑޫއާއި ދޭތެރޭގައި އަދަދު ނުކުރެވޭ ދަތުރުތަކެއް އިނާއަށްޓަކައި ކުރަމުން ދިޔައިރު އަތުން ޚަރަދުވަމުން ދިޔަ ފައިސާއަށްވެސް ވިސްނާނުލާ އިނާގެ ފަހަތުން ދެވުނީ ހަމައެކަނި ، އިނާގެ ރީތި ސިފައިގެ ޖާދޫގައެވެ. ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ހިއްސުތަކަށް ބާރުފޯރުވަން އުނދަގޫވާވަރަށް އިނާގެ ހަނދާންތައް ވަމުން ދާތީ ޒިޔާދު ބޭނުންވީ

Phone Call - Ep 23



"އެހުރިހާ ކަމެއް ސިއްރު ކުރެވުނީވެސް، އެހެންވެގެން ކަންނޭނގެ. އެކަމަކު އެއީ އަހަރެން ގަސްދުގަ ކުރި ކަމެއް ނޫން." ޒިޔާދު އިނީ ވަރަށް ދެރަވެ ކަރު އެލިފައެވެ. ކުށްވެރިއެއްގެ އިހްސާސް ކުރެވޭނެ އެންމެ ބޮޑަކަށް ކުރެވިފައެވެ. 
އިނާއަކަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އަދި އިނާގެ ހިތަށް އަރަނީ ކީކޭކަމެއްވެސް ޒިޔާދުއަށް ވިސްނައި ގަންނާކަށްވެސް ނޭނގުނެވެ. އެދެމެދަށް ވެރިވެފައިވާ ހަމަހިމޭންކަމުން އެމީހަކަށް ކުރެވުނު މާނައެއް ކުރަން ދެމީހުންވެސް ތިބީއެވެ.

Phone Call - Ep 22



"އެހުރިހާ ކަމެއް ސިއްރު ކުރެވުނީވެސް، އެހެންވެގެން ކަންނޭނގެ. އެކަމަކު އެއީ އަހަރެން ގަސްދުގަ ކުރި ކަމެއް ނޫން." ޒިޔާދު އިނީ ވަރަށް ދެރަވެ ކަރު އެލިފައެވެ. ކުށްވެރިއެއްގެ އިހްސާސް ކުރެވޭނެ އެންމެ ބޮޑަކަށް ކުރެވިފައެވެ. 
އިނާއަކަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އަދި އިނާގެ ހިތަށް އަރަނީ ކީކޭކަމެއްވެސް ޒިޔާދުއަށް ވިސްނައި ގަންނާކަށްވެސް ނޭނގުނެވެ. އެދެމެދަށް ވެރިވެފައިވާ ހަމަހިމޭންކަމުން އެމީހަކަށް ކުރެވުނު މާނައެއް ކުރަން ދެމީހުންވެސް ތިބީއެވެ.

Phone Call - Ep 21



"އެހުރިހާ ކަމެއް ސިއްރު ކުރެވުނީވެސް، އެހެންވެގެން ކަންނޭނގެ. އެކަމަކު އެއީ އަހަރެން ގަސްދުގަ ކުރި ކަމެއް ނޫން." ޒިޔާދު އިނީ ވަރަށް ދެރަވެ ކަރު އެލިފައެވެ. ކުށްވެރިއެއްގެ އިހްސާސް ކުރެވޭނެ އެންމެ ބޮޑަކަށް ކުރެވިފައެވެ. 
އިނާއަކަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އަދި އިނާގެ ހިތަށް އަރަނީ ކީކޭކަމެއްވެސް ޒިޔާދުއަށް ވިސްނައި ގަންނާކަށްވެސް ނޭނގުނެވެ. އެދެމެދަށް ވެރިވެފައިވާ ހަމަހިމޭންކަމުން އެމީހަކަށް ކުރެވުނު މާނައެއް ކުރަން ދެމީހުންވެސް ތިބީއެވެ.

Phone Call - Ep 20


ދުވަހަކީ ބަންދު ދުވަހަކަށްވެފައި، ގަދައަށް ވިއްސާރަ ދުވަހެއްކަމުން، ކޮޓަރީގެ ފިނި މާހައުލުގެ އުފާ ލިބިގަންނަން ޖައްސާލައިގެން އޮތް އިނާއަށް ހަވީރުވެސް ނިދުނީއެވެ. މާބޮޑަށް ސިކުނޑި ވަރުބަލިވެފައި ހުރީކަމަށްވެސް ވެދާނެއެވެ.

"
ޓިކް ޓީކް.......ޓީކް ޓީކް........ޓިކް ޓީކް....." އިނާގެ ފޯން ރިނގު ވާންފެށިހެން ނިދީގެ ތެރެއިން އިނާއަށް ހީވިއެވެ. ނަމަވެސް ރިންގު އަޑު ކެނޑުނުއިރުވެސް އިނާ އަޅައެއް ނުލައެވެ. ހައްތާވެސް އެއީ ހީވާގޮތެކޭ ހީކޮށެވެ.

Phone Call - Ep 19


ނަވީންގެ ކާރު ގޮސް އޮބާލަންދެން ބަލަން މާޔާ ހުއްޓެވެ. އެއް އޮފީހެއްގައި މަސައްކަތް ކުރަން ޖެހުމުން އުފެދުނު ގާތްކަން ފިޔަވައި އިތުރު ގާތްކަމެއް އެ ރީތި ޒުވާނާގެ ހިތުގައި އޭނައަށްޓަކައި އުފެދޭނެ ނަމަ ކޮންފަދަ ހެއްޔެވެ؟ އެފަދަ ދުވަހަކަށް އޭނަ އިންތިޒާރުކޮށްކޮށް ވަރުބަލި ވެއްޖެއެވެ. އެކަމަކު އަދިވެސް..........
ނާއުއްމީދުވެގެން ހުރެ ގޮސް މާޔާ ގެއަށް ވަދެއްޖެއެވެ."އަހަރެން ދެން ދަނީ ދިލް....މިހާރު ވަރަށް ލަސްވެއްޖެއެއްނު." ދިލްމާމެންގޭގެ ގޯތިތެރޭގައި ހުރި ޖޯލީގައި

Phone Call - Ep 18


 "ކޮންކަމަކު ނަވީންމެން އައިސް ތިއުޅެނީ." ކާރު ދުއްވާލުމުން ޒިޔާދު އަހާލިއެވެ.
"އަހަރެމެން އައީ އޮފީސް މީހެއް ފުރުވާލަންވެގެން. މިބުނީ މާލެއިން އައި މީހެއް. " ކާރުގެ ލޯގަނޑުން ފަހަތު ޝީޓްގައި އިން މާޔާއަށް ބަލާލަމުން ނަވީން ބުނެލިއެވެ.
އެބަލާލުމާއި އެ ދެމެދުގައި ބަދަލުކުރެވުނު ހިނިތުންވުންވެސް ޒިޔާދު ދެކުނެވެ. އަދި ގިނަ އެއްޗެހިތަކެއް ހިތަށް އެރިއެވެ. އިނާއާއި އޭނައާއި ދެމެދުގައި އެފަދަ ގާތްކަމެއް އޮތުމަށް ހިތް އެދެވުނެވެ.

Phone Call - Ep 17


ޒިޔާދު އާއި އިސްތިގްބާލް ކުރާކަށް އިނާ ބޭނުމެއް ނުވިއެވެ. އެހެންކަމުން ވާނެ އެއްޗެއް ވާން ދޫކޮށްލާފައި ޒިޔާދުއަށް ފެނުމުގެ ކުރިން އަވަސް އަވަހަށް ކާރުގެ ފަހަތު ސީޓަށް އަރައި އިށީނދެއްޖެއެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި އޭނަ އެތާ އިންކަމެއް އެހާ ފަސޭހައިން ލޮލުގަ އަޅައިނުގަންނާނެކަމަށް އިނާ ވިސްނިއެވެ.

މީހުންގަނށޑުގެ ތެރެއިން ނުކުމެފައި އެންމެ ފުރަތަމަވެސް ދިލްމާ ހޯދާލީ އިނާ ފެނޭތޯއެވެ. ނަމަވެސް އިނާގެ ބަދަލުގައި ހިކްމާ ފެނުމުން އެހެން ހުރިހާ ޚިޔާލެއް ދިލްމާ ދޫކޮށްލިފަދައެވެ. ޒަމާންތަކަކަށްފަހު ކޮއްކޮ ފެނުމުން

Phone Call - Ep 16


 މިހުރިހާ ސުވާލުތަކުގެ ޖަވާބުވެސް އޭނަ ބޭނުމެވެ. އޭނަގެ ސުވާލުތަކަށް ޒިޔާދު ޖަވާބުދާރީވާން ޖެހޭނެއެވެ. އެހެން ނޫނީ.....އެހެން ނޫނީ އޭނަ އެ ކައިވެންޏެއް ނުކުރާނެއެވެ.
އިނާގެ ހިތާހިތާ ނިންމުނެވެ.
ހެނދުނުގެ އިރުގެ ފުރަތަމަ ދޯދިތަކުން ދުނިޔެމައްޗަށް ރަންކުލަ ވެރިކުރުވަމުން ދިޔައިރު، ޓެރަސްގެ އެއްފަރާތުގައި ހައްދާފައިވާ ގަސްތަކުގައި ވާ މާތައްވެސް އާ ދުވަހަކާއި މުނާސަބުވުމަށްޓަކައި ފޮޅެން ފަށައިފިއެވެ.

Phone Call - Ep 15


"ޝާންތަ.....؟ ޝާން ހުރީތަ މިތާ؟ ދައްކަބަލަ އަހަންނަށް. ހިނގާ އިންޓްރޮޑިއުސްކޮށްދޭން." އިނާއަށް ޔަގީންވެއްޖެއެވެ. ސޯފީ އެގޮތަށް އުޅޭނީ ޝާން ފެނުނީމައެވެ. އެ ޒުވާނަކާހެދި ސޯފީ ހުންނަނީ މޮޔަވާވަރުވެފައިކަން އެނގޭނީ އިނާއަށް އެކަންޏެވެ.

"
ނޫނެކޭ....ޝާންއެއް......" ސޯފިޔާއަށް ބުނެވުނީ އެވަރަށެވެ. ބަލާލިއިރު އިނާ ހުރީ ހިލަ ބުދަކަށް ވެފައެވެ. އޭނައާއި ދިމާލަށް އެނބުރުމުގެ ބަދަލުގައި އޭނަ ނުބަލާށޭ ބުނި ދިމާލަށް ބަލަހައްޓައިގެންނެވެ.
ސޯފިޔާއަށް ގުޑިލަންވެސް ނުކެރުނެވެ. އިނާއާއެކު ކުރިމަތިން ފެންނަ މަންޒަރަށް ބަލަން ހަމަ ހުރެވުނީއެވެ.

Phone Call - Ep 14


އަނެއްމީހާ ހިތުގަޖެހި ދެރަވެއްޖެކަން އެނގުމާއެކު، އެންމެ ބޮޑު ބޭވަފާތެރިޔާގެ ހިތުގައިވެސް ތިމާއަށް ފަތަޙަ ވާނެކަމުގެ ޔަގީންކަން އުފެދޭނެއެވެ. ޒިޔާދުއަށްވެސް ވީ އެހެންނެވެ. 
ކިތަންމެ ނުރުހިގެން އިނާ ދާން އުޅުނުކަމުގައި ވިޔަސް އިނާގެ ލޮލުން ކަރުނަ ހިލުނުތަން ފެނި، ޝަކުވާގެ ދެސުވާލެއްވަރު އިނާގެ ދުލުން ބޭރުވުމާއެކު އޭނައަށް އަދި އިނާ ރުއްސުވިދާނެކަން އެނގިއްޖެއެވެ. އެހެންކަމުން އޭނަ ކުރި ކުށުން ދިފާޢުވާން ޒިޔާދު ބޭނުން ކުރީ ލޯބީގެ އައްޑަނައެވެ.

Phone Call - Ep 13



ޒިޔާދު އެއައީ އެގެއަށް އަލަކަށް ނޫނެވެ. ޚާލިދާ ނިޔާވެގެން ހޮސްޕިޓަލުން ގެންދިޔައިއްސުރެ އަސުރު ނަމާދަށްފަހު ވަޅުލަންދެންވެސް އެންމެ އިސް މީހެއްގެ ގޮތުގައި ޒިޔާދު އެތަނުގައި އުޅެފައި ވެއެވެ. އަދި އޭގެ ފަހުން، ދޭތެރެ ދޭތެރެއިން އައިސް އެގެއަށް ވަދެލައެވެ. ޚާލިދުގެ އެދުމުގެ މަތިން ކަމަށްވެސް ވެދާނެއެވެ. ނޫނީ، ޚާލިދާ ދުނިޔޭގައި ހުރިއިރު ބުނެ ބުނެވެސް އެގެއަށް މަހަކު އެއްފަހަރުވެސް ވަދެލެވިފައި ނެތްކަން އިހްސާސް ކުރެވުނުލެއް ބޮޑުކަމުން އެގެއަށް އައުން އެއީ އާދައަކަށް ހެދީކަމަށްވެސް ވެދާނެއެވެ.
ކޮންމެ ގޮތެއް ވެގެން ކަމުގައި ވިޔަސް، އެނގޭ ވަރަކީ، ފެންނަ މަންޒަރަކީ ފާއިތުވެދިޔަ 3 ރޭވެސް އޭނަ އެގެއަށް އައި ކަމެވެ. އިނާއަށްޓަކައެވެ. އިނާއަށް ލިބިފައިވާ ހިތާމައިގައި ބައިވެރި ވުމުގެ މަގްޞަދުގައެވެ.

Phone Call - Ep 12


ސިޓިންރޫމްގެ ދޮރު ކައިރީ ބޭރު ދޮރާއްޓާއި ދިމާލަށް ބަލަން ހުރި ސޯނިއާ ހުރީ ހަގު ދަރިފުޅު ރަޔާން އުރާލައިގެން ރޮވިފައެވެ. ސޯނިޔާގެ ކައިރިއަށް ހުއްޓިލަމުން އިނާ ބަލާލީ ސޯނިޔާ އެބަލަން ހުރީ ކޮންކަމަކަށްތޯއެވެ. އޭނައަކަށް ފެންނާކަށް އެއްވެސް މީހަކުވެސް އަދި އެހެންކަމެއްވެސް އެތާކު ނެތެވެ. 

"ކިހިނެއްވީ ދޮންތާ.......؟ ކިހިނެއްވެފަ ތިހިރީ.....؟" ސޯނިޔާގެ އުރުގައި އިން 9 މަހުގެ ރަޔާން އުރާލަން މަސައްކަތް ކުރަމުން އިނާ އަހާލިއެވެ. ފަރުވާތެރިކަމާއެކުގައެވެ.

Phone Call - Ep 11


ޒިޔާދު އެހާ ރުޅިއެއް އަންނަންވީ ސަބަބެއް އޭނައަކަށް ހަމަ ނުވިސްނެއެވެ.
ވިސްނޭނީވެސް ކިހިނެއް ހެއްޔެވެ؟ އޭނަ ގަބޫލުކުރާ ގޮތުގައި ނަމަ ކުށްކުރީ ޒިޔާދުއެވެ. ރުޅި އަންނަން ޖެހޭނީ އޭނައެވެ. އެކަމަކު ޒިޔާދު މިހާރު އެއިން އެއްކަމެއްވެސް ހަނދާން ހުރިހެނެއް ހިއެއް ނުވެއެވެ. އޭނަ ނުގުޅީތީ މެސެޖް ނުކުރީތީ އެކަމާ ތަކުރާރުކޮށް ސުވާލު ކުރަމުން ދާއިރު އެ އެކްސިޑެންޓްގެ ފަހުން ދެކެވުނު ވާހަކަ ތަކުންނާ ޒިޔާދުގެ އަމަލުތައް ހުރި ގޮތުން އޭނަ އެހެރީ ޒިޔާދު ދެކެ ހިތްހަމަނުޖެހިފައިކަމެއް ޒިޔާދުއަށް ހަމަ ނުވިސްނެނީހެއްޔެވެ.

Phone Call - Ep 10



"ޝީލާއްތަ އާއި ބޮޑުބެ އަކީ އިނާގެ އަސްލު މަންމައާއި ބައްޕަ ނޫންކަން އިނާއަށް އެނގުނު ދުވަހު.....މަންމަ ހަނދާން އެބަހުރިތަ އެ ދުވަސް....ސޯފީ ހިއެއްނުކުރަން އިނާ ދުވަހަކުވެސް ދެން ރަނގަޅުވާނެއެކޭ." ޚާލިދާއެކޭ އެއްފަދައިން ސޯފިއާގެ ޚިޔާލަށްވެސް މާޒީގެ ކަންތައްތައް އަންނަން ފެށިއެވެ. އެ ވާހަކަ ދެއްކުނީވެސް ޚިޔާލުގެ ތެރޭގައި އިނދެގެންނެވެ.

ޚާލިދާ މިފަހަރުވެސް ދިން ޖަވާބަކީ ހޫމް އެކެވެ. ބުނާނީވެސް ކީކޭހެއްޔެވެ. އޭނަގެ ހަނދާނުން އެ ދުވަސްތައް ދުވަހަކުވެސް ދާނެހެން ހިއެއް ނުވެއެވެ. 
ޚާލިދާއަށްވެސް އަދި ސޯފިއާއަށްވެސް ވިސްނާލެވުނީ އިނާއާއި ދޭތެރޭގައެވެ.

Phone Call - Ep 9


ދަރިފުޅާ......މަންމައާއެކު އަންނަން ދަރިފުޅުވެސް ހަމްދުވެސް ތައްޔާރުވޭ. ޓިކެޓްގެ ކަންތައް ބައްޕަ ހުންނާނީ މިހާރު ހަމަޖައްސާފަ. އެއަރޕޯޓަށް ދިޔައީމަ ޓިކެޓް ލިބޭނެ. ޒާހިރުއަށް އެނގޭނެ ކަންތައް ކުރަންވާ ގޮތް." އާ ދުވަހަކަށް އިރު އަރަމުން އައިއިރު އޭޑީކޭ ގޯތިތެރޭގައި ހުރެ އިނާއަށް ގުޅާފައި ޚާލިދު އެ އެންގީ ޚާލިދުގެ އާއިލާ ހިތަދޫއިން މާލެއަށް އައުމަށެވެ.


އާއިލާ އެއްތަންވާންވީ ވަގުތު ޖެހުނީއެވެ. ޚާލިދާގެ ހާލު ދަށްވަމުން ދަށްވަމުންގޮސް އެންމެ ފަހުން ޑޮކްޓަރުން އުއްމީދު ކަނޑާލައިފިއެވެ. ވާނެ ގޮތް ދެނެވޮޑިގެންވަނީ ﷲ އެވެ. އެކަމަކު ދުނިޔެމަތީގައި ތިބި އިންސާނުންނަށް ދެން އިތުރު އުއްމީދެއް ނެތެވެ. ޚާލިދާ އެދަނީ އެ ފުރާނައިގެ ފަހު ނޭވާ ގުނަމުންނެވެ.

Phone Call - Ep 8


ކުޑައެއް ނުވާނެ މި މައްސަލަ. ނަވީންގެ ކާރު އެއްކޮށް ހަލާކުވެފަ. އެ ރުކުގައި ޖެހުނީމަ ކަންނޭނގެ އެވަރުވީވެސް. އެވެސް ނަސީބެއްކަންނޭނގެ. އެހެންނޫންނަމަ.... " އިނާއަށް އަޑުއިވެމުން ދިޔައީ އޭނަގެ ބައްޕަގެ އަޑެވެ. ކަންބޮޑުވުމާއި ގޮތްހުސްވެފައިވާ ކަހަލަ ރާގެކެވެ.
އިތުރު ވާހަކައެއް އަޑުއަހަން އިނާއަކަށް ނުހުރެވުނެވެ. ގޭތެރެއަށް ވަނުމުގެ ބަދަލުގައި ނުކުމެވުނީ ގޯތިތެރެއަށެވެ. ގޮސް އިށީނދެވުނީ ހެނދުނުގެ ސައިތަށި ބޯން ބަގީޗާ ކައިރީ އޭނަ އިށީންނަ ގޮނޑިތަކުން ގޮނޑިއެއްގައެވެ.

Phone Call - Ep 7

 އެވަގުތު ދެން ބަލާލެވުނީ ޒިޔާދުގެ ކާރު ކުރިމަތީގައި އަނެއްކޮޅުގައި އޮތް ކާރަށެވެ. އޭނަ ކުރިން ބަލާނުލީ ކީއްވެހެއްޔެވެ؟ އެއީ ހަމަ ކުރީގެވެސް ނަވީން ދުއްވާ ކާރެވެ. ނަވީންއަށް ދިރާގުގެ ފަރާތުން ދުއްވުމަށްޓަކައި ދީފައި އޮންނަ ރިހިކުލައިގެ ކާރެވެ. ކާރުގެ ކުރީކޮޅު ހަމަ އެއްކޮށް ހަލާކުވެ ފުނޑުފުނޑު ވެފައެވެ. އެއާއި ޚިލާފަށް ޒިޔާދު ދުއްވި ކާރުގެ ކުރީކޮޅުން ބައެއް ކޮންމެވެސް ވަރަކަށް ބަނޑިވެފައި ހުރުން ފިޔަވައި އިތުރު އެއްވެސް ގެއްލުމެއް ލިބިފައިހުރިހެނެއް ހިއެއް ނުވެއެވެ. ކާރަކީ ކޯޗެއްކަން އޭނައަށް މާ ބޮޑަށް ނޭނގުނު ކަމުގައިވިޔަސް މިވަރު އިނާއަށް އެނގުނެވެ.
އަނެއްކާ...........އަނެއްކާ މިއީ ގަސްދުގައި "ހިންގި" އެކްސިޑެންޓެއް ނޫންބާވައެވެ

Phone Call - Ep 6

ޒިޔާދުއަކީ ކިހާ އަމިއްލަ އެދުން ބޮޑު މީހެއް ހެއްޔެވެ؟ ލޯބި ވުމަކީ މިލްކު ކުރުން ހެއްޔެވެ؟ ލޯބިވެ އެ ލޯބި ނުލިބުން ނުވަތަ މަޖްބޫރީ ހާލަތަކަށްޓަކައި އެ ލޯތްބާއި ދުރަށް ދިއުމަކީ ލޯބީގެ އެންމެ މަތިވެރި ހިސާބުކަން ޒިޔާދުއަށް އެނގޭނެ ނަމައެވެ. ޒިޔާދު ބުނާގޮތުންނަމަ ލޯބީގެ އިންތިހާއަކީ ޒިޔާދު އެވާ ލޯބި ހެއްޔެވެ. ދުނިޔޭގެ އެހެން ހުރިހާ ލޯބިވެރިންނަށްވުރެ ޒިޔާދު އޭނަ ދެކެ ވާ ލޯބީގެ ބާރުގަދަ ވާހަކަ ހެއްޔެވެ. އެހެން މީހެއްގެ ލޯބީގެ އަގު ވަޒަން ކުރަން އަނެއްމީހާއަށް އެނގޭނީވެސް ކިހިނެއް ހެއްޔެވެ.
އެރޭގެ ނިދުމުގެ ވަގުތުގައި އިނާގެ ހިތުގައި ހިނގަމުން ދިޔަ ޚިޔާލަކީ މިއީއެވެ.
އޭނަ ބޭނުންވަނީ އެކައިވެނި ލަސްކުރާކަށްވެސް ނޫނެވެ. އެ ކައިވެނި ނުވުމަށެވެ. އޭނައަށް ވެގެން ވާނެނަމަ އޭނަ އެ ކައިވެނި ނުކުރާނެއެވެ.

Phone Call - Ep 5

ދެހާސް އެކެއްގެ ޑިސެމްބަރު މަސް ނިމި ޖެނުއަރީ ފެށުނުއިރު ހިތަދޫގައި ހުންނަ ހިތް ނަވީން މުޅިން ކެނޑިއްޖެއެވެ. އެކަމަކުވެސް ވަޒީފާގައި އެއްބަސްވެފައިވާ މުއްދަތު ހަމަވަންދެން އެރަށުގައި ހުންނަން ޖެހޭނެތީ ހުރީއެވެ.
މިވީ މަހެއްހާ ދުވަހުގެ ތެރޭގައި ދެފަހަރަކު ނަވީނަށް އިނާ ފެނިފައި ވެއެވެ. ދިމާވެދާނެކަމަށް ލަފާ ކުރެވޭ މަގަކުންވެސް ނުގޮސް ހުރި ނަވީނަށް އިނާ ނުފެނުމަކުން އަދި ބައްދަލު ނުވުމަކުން ނަވީންގެ ހިތުގައި އިނާއަށްޓަކައި އޮތް ލޯތްބެއް ބަދަލެއްނުވެއެވެ. އުނިކަމެއް ނާދެއެވެ. އޭގެ ބަދަލުގައި ކުރިއަށްވުރެ ބޮޑަށް ހަނދާންވާހެން ނަވީނަށް ހީވެއެވެ. އެހެންކަމުން އެކަމަށް ކުރަމުން އައިހާ މަސައްކަތެއް ބޭކާރުވާހެންވެސް ނަވީނަށް މިހާރު ހީވަނީ މާ ބޮޑަށެވެ.

Phone Call - Ep 4

ވާނީވެސް އެހެންތާއެވެ. އެވާހަކަ އާ ވާހަކައަކަށްވީ ނަވީނަށެވެ. ޒިޔާދު އާއި އިނާގެ ކައިވެނީގެ ވާހަކައަކީ އެ އާއިލާއަށް އާ ވާހަކައެއް ނޫނެވެ. އެއީ މީގެ ދުވަސްތަކެއް ކުރިން ހަމަޖެހި ނިމިފައި އޮތް ކަމެކެވެ. އެކަން ނޭނގި އޮތީ ނަވީނަށެވެ.
އެކަމަކު ދެންމެ އެ އެނގުނީއެވެ.

"ނޫނޭ. އަޅުގަނޑު...މިދެން ވާވަރުވީހެން ހީވަނީ" ނަވީން މިހެން ބުނެލީ ދެ މާނައެއްގައެވެ. އަދި އެހެން ބުނީވެސް އިނާއާއި ދިމާލަށް ބަލާލަމުންނެވެ. ނަވީންގެ އެ ޖުމްލައިގެ އަޑު އިވިގެން އިނާވެސް ބަލާލިއެވެ. ހަތަރުކަޅި ހަމަވުމުން މިފަހަރު ނަޒަރު ބަދަލުކޮށްލީ އިނާއެއް ނޫނެވެ. ނަވީނެވެ. ނަވީން އެނބުރި ބަލާލީ ހަމްދު އާއި ދިމާލަށެވެ. އިނާގެ ސޫރަވެސް ދެކެން ބޭނުން ނުވީއެވެ.

Phone Call - Ep 3

މޮޅުކެއުމަކަށްފަހު އެރޭ ނިމިގެން ނަވީން އެގެއިން ދާން ޖެހުނީ އެގެއަށް އައިއިރު ގެނައި ސުވާލުތަކަށްވުރެ ގިނަ ސުވާލުތައް ހިފައިގެންނެވެ.
ހަމަ އެންމެ ސަބަބަކާހެދިއެވެ.
ޒިޔާދު އަކީ ކާކުކަން ނޭނގޭތީއެވެ.
އެނޫން ހުރިހާ ކަމެއްވެސް ރަނގަޅެވެ. އާއިލާގެ ފުރަތަމަ ބައްދަލުވުމުގައި އިނާއާއި ވާހަކަދައްކަން ވަގުތު ލިބޭނެކަމަށް އޭނަ އައީކީ އުއްމީދުކޮށްގެންވެސް ނޫންކަމަށްވާތީ އެކަމަކާއި އޭނަގެ ހިތަކަށް މާ ބޮޑު ތަދެއް ނުވެއެވެ. ބަލާލާ ކޮންމެ ފަހަރަކު ފެންނަ ހިސާބުގަ އިނާ އުޅޭތީ ކަމަށްވެސް ވެދާނެއެވެ.
ނަމަވެސް ނަވީން އެގެއިން ދާންވީ ވަގުތު އައިސް ޖެހުމުން ވަދާޢުގެ ސަލާމްކުރަން އޭނައާއެކު ދޮރުކައިރިއަށް ދިޔައީ އިނާ އެކަންޏެވެ. ޒިޔާދުއަކީ އިނާގެ ކާކުތޯ އަހާލަން އެއަށްވުރެ މޮޅު އެހެން ފުރުޞަތެއް އޭނައަށް ނުލިބޭނެއެވެ. އެކމަކުވެސް ހިތްވަރެއް ނުލިބުނެވެ.

Phone Call - Ep 2

އަނެއްކާ އިނާ........
އިނާ އޭނައާއެކު ކުޅިގަނޑެއް ކުޅެލަނީކީ ނޫންބާވައެވެ.

އެރޭ ގެއަށް ގޮސްފައި އޮފީސް މަސައްކަތްތައް ބަލާލުމަށް ގަސްދުކޮށް ލެޕްޓޮޕް ހިފައިގެން ނަވީން އިށީނެއްކަމަކު....ކުރެވެން ފެށީ އިނާގެ ޚިޔާލެވެ. އިނާއާއި ބައްދަލުވެ ވާހަކަ ދެކެވުނީތީ އުފާ ލިބެމުންދިޔައިރު ޖަވާބު އެނގެން ބޭނުންވާ ސުވާލުތައް ގިނަކަމުންވެސް ނަވީނަށް އުނދަގޫވާން ފެށިއެވެ.
މިހާ ސީރިއަސްކޮށް އަންހެންކުއްޖަކާއި ދޭތެރޭ އޭނައަށް ނުވިސްނޭތާވެސް ޒަމާންތަކެއްވެސް ވެއްޖެއެވެ. ފަޒީލާއާއި އޮތް ގުޅުން ކެނޑުނުފަހުން މިވީ ތިން އަހަރުތެރޭވެސް ވަޒީފާގެ ކަންތަކާ އުޅެފައި އެހެންކަމަކާ އަދި އޭނައަށް އޮތީ ނުއުޅެވިފައެވެ. އޭރުގެ އެ ހިތިރަހަ އޭނަގެ ކަރުތެރެއިން ކެނޑެން ތިންއަހަރު ނެގީއެވެ.

Phone Call - Ep 1

މަހުގެ ފަނަރަ ވިލޭރެއެވެ. އެހެންނަމަވެސް ހަނދުވަރުގެ ކުޑަ މިންވަރެއްވެސް ދުނިޔެމަތިން ނުފެނެއެވެ. އެއާއި ޚިލާފަށް ވައި ބާރުވެފައި ބޯކޮށް ވެހެމުން ދަނީ ވާރެޔެވެ. އެކަމަކުވެސް ޠޫފާނީ ރެއެއް ނޫނެވެ.

ހިސާބަކީ ގަސްތަކާއި ރުއްތައް ގިނަ ހިސާބެއްކަމުން ވަޔާއި ވާރެޔާއެކު ގަސްތަކާ ރުއްތަކުގެ ފަންތަކުން އިވޭ އަޑުން ކުޑަކުދިންނާއި ޒުވާން ކުދިންގެ ހިތަށް ސިހުންވާހާ ވެއެވެ. ބޮޑެތި ވާރޭ ތިކިތައް ޓިނު ފުރާޅުތަކަށް ޖަހާއަޑު ކައިރިން އަހަން ހުރި މީހަކަށް ހިތްހަމަޖެހުމެއް ގެނެސްނުދޭނެކަން ޔަގީނެވެ. އެހެންނަމަވެސް ދުރުދުރުން އެ އަޑު އިވޭއިރު ވަރަށްވެސް ހިތްގައިމެވެ. ވަޔާ ވާރެޔާއެކުވެގެން ހީވަނީ އައްޑުއަތޮޅު ހިތަދޫއަށް ގުދުރަތުގެ ނާނާއެއް ކިޔައިދޭހެންނެވެ.

ފޯންކޯލް - 67 ވަނަ ބައި


ނަވީން ބަލަން ހުއްޓާ ލީނާ މަޑުމަޑުން އެނދުން ފައިބައިގެން ގޮސް ހުދުބޮކި އައްޔަކުން ކޮޓަރިތެރެ ދިއްލައިފިއެވެ.
ނަވީންއަކަށް ލީނާއާއި ހަތަރުކަޅި ހަމަކުރާކަށް ނުކެރުނެވެ. ނަވީން ހިނގައިގަތީ ކޮޓަރިން ނުކުތުމަށެވެ.

\"
ޕްލީޒް ނަވީން......\" ލީނާ އަވަސް އަވަހަށް ގޮސް ނަވީންގެ އަތުގައި ހިފިއެވެ. ކަންތައް މިވީގޮތުން ލިބިފައި ހުރި ޝޮކްގައި އަދިވެސް ހުރި ނަވީންއަށް ލީނާއާއި ދިމާލަށް އެއްޗެއް ނުބުނެވުނެވެ. އެނބުރިފައި ބަލަހައްޓައިގެން ހުރެވުނީއެވެ.

ފޯންކޯލް - 66 ވަނަ ބައި

އެހެންކަމުން އޭނަގެ ގެއިން، އޭނަގެ ކޮޓަރި ތެރެއިން އެގޮތަށް ނަވީން ފެނުމަކީ މިހާރު އޭނައަށް ވަރަށް އާއްމު ކަމެކެވެ. ނަމަވެސް މިފަހަރު ނަވީން އެއައީ އޭނަގެ ހާލު ބެލުމަށްވުރެ ބޮޑަށް ނަވީންގެ އަމިއްލަ ހާލު އޭނަ ލައްވާ ބަލުވަން ހެން ލީނާއަށް ހީވީ ކޮޓަރިއަށް ވަންގޮތަށް ވަދެފައި އޭނަގެ އެނދުމައްޗަށް ހުރަހަށް ނަވީން ވެއްޓިގަތުމުންނެވެ.
"
ނަވީން.........ކަމެއް...." ލީނާ ބުނަން އުޅުނެވެ. އިންތަނުން ތެދުވަމުންނެވެ.
"
ޕްލީޒް............ގެއަށް ނުވަދެ މިއައީވެސް މަންމަ އެކި އެކި ސުވާލުކުރާނެތީ.......އިހަށް ރެސްޓެއް ނެގިޔަދީ.......މަންމަ ކައިރީ ނުބުނާތި އަހަރެން މިގޭގައި އޮތް ވާހަކަ. އެހެންނޫނީ މިގެއަށްވެސް މަންމަ އަންނާނެ. " ނިތްކުރިމަތީގައި އެއް އަތުން ބާރަށް ހިފަހައްޓާލަމުން އެ އޮތްގޮތަށް އޮވެ ނަވީން ބުނެލިއެވެ

ފޯންކޯލް - 65 ވަނަ ބައި


ލީނާ ބަލާލިއިރު ނަވީން ފެންނަން ނެތުމުން ، ނަވީން ވީ ފާހާނާގައިކަން ޝައްކަކާ ނުލާ ލީނާއަށް އެނގުނެވެ. 
ލީނާ ގަސްތުކުރީ ނަވީން ނިކުންނަންދެން މަޑުކޮށްލުމަށެވެ. އެހެންކަމުން އަލަމާރި ކައިރިއަށް ހުއްޓި އަލަމާރީގެ ލޯގަނޑުން އަދިވެސް އިތުރަށް ފަރިބަލާލާ ރީތި ވެލިއެވެ. ނަވީން ނިކުންނާނެ އިރެއްގެ އިންތިޒާރުގައި ނަވީންގެ އެނދުގައި އިށީނދެލައިގެން އިނީ ޓީވީގެ އަޑުވެސް ކުޑަކޮށް މަޑުކޮށްލުމަށްފަހުގައެވެ. 

ހިލޭ ފިރިހެނެއްގެ ކޮޓަރީގައި، އަދި އެމީހާ ފާހާނާގައި ހުރިކަން އެނގިހުރެ އެހެން އިނުމަކީ ކިހާ އަދަބު ކުޑަކަމެއްކަން ލީނާމެން ކަހަލަ އަންހެން ކުދިންގެ ވިސްނުމަށް ނާންނާނެތީ މިފަހަރުވެސް އެކަމާ ލީނާއަކަށް ވިސްނާނުލެވުނެވެ. 

ފޯންކޯލް - 64 ވަނަ ބައި


"ނަވީން ކައިރީ ބުނިންތަ ދަރިފުޅާ...." އިނާ ހިނގައިގަތުމުން ފަހަތުން ހިނގައިގަންނަމުން ޝީލާ އެހިއެވެ.
"
ނޫން....." އެނބުރި މަންމަގެ މޫނަށް ބަލާލާފައި އިނާ ޖަވާބު ދިނެވެ. 

އެއްޗެއް ނުބުނި ނަމަވެސް އިނާގެ މޫނުމަތީގެ ކުލަވަރުން ޝީލާއަށް ހުރިހާ ކަމެއްވެސް ހަނދާން ވެއްޖެއެވެ. އެ ދެމައިން ވަނީ ރޭގައި ވަކި ގޮތަކަށް ވާހަކަ ދައްކައި އެއްބަސްވުމަކަށް އައިސްފައިކަން ޝީލާ ހަނދާން ވެއްޖެއެވެ.