🌟🌟Fathisthari Vaahaka🌟🌟

Once upon a time it happened, how it happened is a fiction by me for you.

ފޯންކޯލް - 68 ވަނަ ބައި

އައި ރުޅީގައި ކަބަޑުގައި މުށްކަވާފަ ޖެހުނެވެ. އެންމެ ކަމެއް ދެކަމެއްގެ ރުޅިއެއް ނޫނެވެ. 
"
ޓަކް ޓަކް.....ޓަކް ޓަކް...." ދޮރުގައި މީހަކު ޓަކި ޖެހި އަޑު ނަވީނަށް އިވުނެވެ.
"
މަންމާ....؟" ހުޅުވާލި ދޮރު ކުރިމަތީގައި ނަވީންގެ މަންމަ ހުރިތަން ފެނުމުން ސުވާލުގެ ގޮތުގައި ނަވީނަށް އަހާލެވުނެވެ. 
"
އާނ....ދަރިފުޅާއި ވަރަށް ބޮޑު ވާހަކައެއް ދައްކަން މަންމަ އުޅޭތާ ކިތަންމެ ދުވަހެއް....މިއަދު ހެނދުނު ދިޔަ ގޮތަށް އަދި ތިއައީތަ؟" މަންމަ އައީ އޭނައާއި މުހިއްމު ވާހަކައެއް ދައްކަން ކަން އެނގުމުން މަންމަ ވަނުމަށް ނަވީން ތަންދެއްކިއެވެ.


"
ދަރިފުޅު ކައިފިންތަ...؟" ނަވީންގެ އެނދުގެ ފައިލާކޮޅުގައި، ފާރުކައިރީ ހުރި ސޯފާގައި އިށީނދެލަމުން ނަޖްމާ އެހިއެވެ.
"
އަދި...." ބުނާނެ އެއްޗެއް ނޭނގިގެން ބޯކަހާލާފައި ނަވީންވެސް މަންމައަށް ކުރިމަތިލައިގެން އެނދުގައި އިށީނދެއްޖެއެވެ.
"
މަންމަ ބުނަން މި އުޅެނީ....." ގޮނޑީގައި ހަމަޖެހިލައި އެއްފައިމައްޗަށް އަނެއްފައި ލަމުން ނަޖްމާ ވާހަކަ ފެށިއެވެ.
"
ބީޕް.....ބީޕް....." ނަވީންގެ ޖީބުގައި އޮތް ފޯނުން ނަވީނަށް ގޮވަން ފެށީ ހަމަ އެވަގުތުއެވެ.

ފޯން ރިންގުވާން ފެށުމާއެކު ކޮޅަށް ތެދުވެފައި ނަވީން ފޯން ނެގިއެވެ. އެއީ ދަންނަ ނަންބަރެއް ނޫނެވެ. އޭނައާއި ވާހަކަ ދައްކަން މަންމަވެސް އައިސް އިނުމާއެކު ނަވީން ގަސްތުކުރީ އިހަށް އެ ފޯން ނުނެގުމަށެވެ. ހީވާ ގޮތުން މަންމަ ދައްކަން އައިސް އެ އިނީ މުހިއްމު ވާހަކައެކެވެ.

"ކީކޭ މަންމަ ބުނަން އުޅުނީ....؟" ފޯން ނަގާ ފުރަގަހުން ތަންކޮޅެއް ދުރުގައި އެނދުމަތީގައި ބާއްވާފައި ނަވީން ސަމާލުވީ މަންމަ އާއި ވާހަކަ ދައްކާށެވެ.
"ތިމީހަކު ނުހުއްޓިއެއްނު. ދަރިފުޅު ތިޔަށް ޖަވާބު ދޭންވީނު...." ވާހަކަ ދައްކަން ފަށަން އުޅުނުތަނާ އަނެއްކާވެސް ނަވީންގެ ފޯން ރިންގުވާން ފެށުމުން ނަޖްމާއަށް އުނދަގޫވެގެން މިހެން ބުނެފައި ގޮނޑިއަށް ލެނގިލިއެވެ. އެ ފޯން ނިމޭނެ އިރަކަށް މަޑުކުރަން ގަސްދު ކޮށްގެންނެވެ.

"ހަލޯވ....ކާކުބާ....؟" ދެފަހަރަކު ހަލޯވއޭ ބުނުމުންވެސް އެކޮޅުން އަނގައިން ނުބުނުމުން ނަވީން މިހެން އެހިއެވެ.
"ލީނާ އަކީ އަހަރެންގެ މިލްކެއް. ލީނާގެ ބޮލަށް އެރިގެން އޭނަ އަނބުރާލެވޭނެ ކަމަށް ހީނުކުރައްޗޭ. " އޭނަގެ ސުވާލަށް އައި މި ޖަވާބުން ނަވީނަށް ހައިރާންކަމެއް ލިބުނެވެ. އޭނައަށް ގުޅާފައި އެކަހަލަ އެއްޗެއް ބުނަން، ޒިޔާދުއަށް އެހާ ބޮޑު ކެރުމެއް ލިބުނީ ކޮންތަނަކުން ހެއްޔެވެ؟

"ކީކޭ.........؟" އެ ބުނީ ކީކޭކަން ރަނގަޅަށް ސާފުވާއިރުވެސް ނަވީނަށް އެހުނީ އެހެންނެވެ. އެއީއޭނަ އުއްމީދު ކުރި ކަހަލަ ކޯލެއް ނޫނެވެ.

"ހޫމް.......ދަރިފުޅަށް ފޯނެއް އައިއްސިއްޔާ ދެން ސަލާމަތެއް ނުވާނެ. ތިފޯން ނިމުނީމަ އައިސްބަލަ ބޭރަށް. މަންމަ ބޮޑު ވާހަކައެއް ދައްކާލަން ވެގެން." ކަންބޮޑުވެގެން ނަވީނަށް އެނދުން ތެދުވެވުނުތަން ފެނުމުން އެ ކޯލަކީ އަވަހަކަށް ނުނިމޭނެ ކޯލެއް ކަމަށް ވިސްނާފައި ނަޖްމާ ނިކުތީ އެ ކޮޓަރިން ބޭރަށެވެ.
މަންމަ އެ ބުނި އެއްޗެއް އަޑުއަހަން ނަވީން ހުރި ނަމަވެސް ނަވީންގެ ހުރިހާ ސަމާލުކަމެއްވެސް ދެވިފައި ހުރީ ކަންފަތުގައި ޖަހާފައިވާ ފޯނަށެވެ.

"ތިމާ އުޅޭގޮތަށް އެންމެން އުޅޭނެއޭ ހީކުރަނީތަ؟ ހަނދާން ނެތުނީތަ ކާކުކަން ކާކުގެ ބޮލަށް އެރިގެން އުޅެނީ." ނަވީންގެ ބަސްމަގާއި ރާގު ކުއްލިއަކަށް އެހެން ދުވަސްތަކާއި ވަރަށްވެސް ތަފާތު ވެއްޖެއެވެ.
"ކަލެޔާއި މާ ގިނަ ވާހަކަ ދައްކާކަށް ނޫން މި އުޅެނީ. ކަލޭކައިރީ ރަނގަޅުވާހަކައެއް ބުނަންތަ؟ ރަށުން ބޭރު މީހަކާ އިނދެފަ އޭނަ ރަށުގަ ބަހައްޓާފަ ޗުއްޓީއަށް އަންނަ ކޮންމެ ފަހަރަކު ކަލޭ ގެންގުޅޭ އަންހެނެއްހެން ލީނާއާއެކު ގަނޑުގަނެވޭނެހާ ދުވަހު ގަނެ ނިމުނީ. މިހާރު އެއީ އަހަރެންގެ. ކަލޭގެ ކަރުބުޑުގަ ހިތިރަހަ ލައްވާނެ ގޮތެއް އަހަރެން ހޯދާތާ ކިތަންމެ ދުވަހެއް ވެއްޖެ. ކަލޭ ރަނގަޅުވާނީ ދެން ލީނާއާއި ދުރުގަ ހުރިއްޔާ."  ނަވީންގެ ވާހަކައަކަށް ސަމާލުކަމެއް ނުދީ ޒިޔާދު ބުނެ ނިންމާލިއެވެ.

"ތިކަހަލަ އިންޒާރެއް އަހަންނަށް ދެވޭ ފެންވަރެއްގެ މީހެއް ނޫން ތިއީ. ތިކުޅިގަނޑު އެއްފަހަރު ކުޅުނުތަން ބަލަން އަހަންނަށް ހުރެވުނީ އަހަރެންގެ ބާރު ނުފޯރާ ކަމެއް ވީމަ. ދެނެއް ނުވާނެ ތިކަމެއް. ލީނާގެ ދިރިއުޅުމުން އަމިއްލައަށް ދުރަށް ދިއުން ބުއްދިވެރިވާނީ."  މިއަދު ދިމާވި ހުރިހާ ކަމެއްގެ ރުޅީގަ ހުރި ނަވީންގެ ކިބައިން މިރޭ ޒިޔާދުއަށް އަޑު އިވުނީ މުޅިން އާ ވައްތަރެއްގެ ވާހަކަތަކެކެވެ. އެއީ ނަވީން މީގެ ކުރިން ވާހަކަ ދައްކާފައިވާ ރާގަކާއި އަޑެއްވެސް ނޫނެވެ.

"އެހެންތަ؟ ކަލޭ ހީކުރަނީތަ އިނާ ޖަހައިގަނެވުނުހެން ކަލެއަށް ލީނާވެސް ޖަހައިގަނެވޭނެއޭ. މާ ލަހެއް ނުވެ ކައިވެނި ކޮށްފަ ކަލެއަށް އަންގާލާނަން. ކޮބާ ކަލޭގެ އަލަތު އަނބި އަދި ނާދޭތަ؟ ހެހެހެހެހ.......އެވަރަކުން ފޭރިގަތީމަވެސް އުފަލެއް ހާޞިލް ނުވަނީސް ރައްކާވީ ދޯ؟ ދެންވެސް މީސްމީހުންގެ ކަންތަކަށް އަރައިނުގަނެ ހުރެވޭތޯ ކަލޭ ބަލާބަލަ." މަލާމާތުގެ ހުނުމަކާއެކު ޒިޔާދު ވާހަކަ ދައްކަމުން ދިޔައެވެ. މީގެ ކުރިން ދުވަހަކުވެސް އޭނައާއި މުޚާޠަބްކޮށްފައި ނުވާ ވައްތަރަކަށެވެ.

"އަހަރެން ބޭނުންވަރަކަށް ބޭނުންކޮށް ނިމުނީމަ ކަލެއަށް ލީނާވެސް ދޭނަން. އިހަށް ކަލޭ ހުރޭ ދުރުގަ. ކަލެއަށްވެސް ކަލޭގެ ކައިވެންޏަށްވެސް ރަނގަޅުވާނީ އެގޮތް." ޒިޔާދުގެ އަޑުގައި ވަނީ ވިހަ ހުނުމެއްގެ އަސަރެވެ.

ނަވީންގެ ދަތްތަކަށް ބާރުލެވެން ފެށިއެވެ.
ކޮން އެއްޗެއް ވިސްނާފައި ކަމެއް ނޭނގެއެވެ. ވަގުތުން ފޯން ކަނޑާލައިފިއެވެ. އެކަމަކުވެސް ކޮޓަރިން ނުކުތީ ފޯން ހިފައިގެންނެވެ. އެދިޔަ ގޮތަށް ނުކުމެގެން ގޮސް ސިޓީންރޫމް ފަސްދީ ގޮސް ގޯތި ތެރެ ހުރަސްކޮށް ދާން ނަވީން ފެށިއެވެ. ރުޅިގަދަވެފަ ހުރެގެން އެހާ ބާރުބާރަށް ނަވީން އެ ދަނީ ކޮންތަނަކަށްތޯ އާއި ވީ ކީއްތޯ އެނގެން ބޭނުންވެގެން ސިޓިންރޫމްގައި އިން ނަޖްމާވެސް ބަލަމުން ދިޔައެވެ. އެހެންނަމަވެސް ގޮވާފައި އެއްޗެއް ނޭހެނީސް ނަވީން ގޮސް ގޭގެ މައި ދޮރުން ނުކުމެއްޖެއެވެ.

ނަވީން އެ ދިޔަ ގޮތަށް ގޮސް ވަނީ އިންވެގެން ހުރި ލީނާމެންގެއަށެވެ. ސިޓިންރޫމްގެ ދޮރުގައި ޓަކި ޖެހުމުން ދޮރު ހުޅުވީ އެ ގޭގައި ލީނާއަށް އެހީވާން ގެންގުޅޭ އަންހެންކުއްޖާ ފާތުން އެވެ.
މީހަކު އައިސް ގެއަށް ވަންއަޑަށް ކާމޭޒު ކައިރީ އިން ލީނާވެސް ތެދުވެ ބަލާލިއެވެ.
ރުޅިއައިސް ރަތްވެފައި ހުރެގެން ނަވީން އަންނަތަން ފެނުމުން މޭޒު ކައިރިން ދުރަށް ޖެހި ނަވީން އާއި ދިމާލަށް ބަލަން ލީނާއަށް ހުރެވުނީއެވެ. ނަވީން އެ އައީ ޒިޔާދުގެ ކަންތަކާ ކަން އޭނައަށް ޔަގީންވިއެވެ.

" ކޮބާ ޒިޔާދު.........؟ މިގޭގައި އެބައުޅޭތަ؟" ލީނާ ކުރިމައްޗަށް ހުއްޓިފައި ރުޅިވެރިކަމާއެކު ނަވީނަށް އަހާލެވުނެވެ.
"ނުއުޅޭ......" ސިހިފައި ފާޑަކަށް ހުރެ ލީނާ ޖަވާބު ދިނެވެ. ނަމަވެސް ހިތަށް ހަމަޖެހުމެއްވެސް ލިބުނެވެ. ޒިޔާދު ފެނުނު ވަގުތުން ފެށިގެން ނަވީންގެ ހަމަޖެހުން ނަގާލެވިއްޖެކަން އެނގުމުންނެވެ. ނަވީނަށް އުނދަގޫކުރެވިއްޖެކަމުގެ ޔަގީން ކަމުން ލިބުނު ހިތްހަމަޖެހުމަކުންނެވެ.

ލީނާގެ މި ޖަވާބުން ނަވީން ސޯފާގައި އިށީނދެލިއެވެ. އެކަމަކުވެސް ނަވީންގެ ރުޅި އެންމެ ތަންކޮޅެއްވެސް މަޑުނުވާކަން ނަވީނަށް ބަލާލުމުން ލީނާއަށް އެނގެއެވެ.
"ކިހިނެއްވީ ....؟" ކަންބޮޑުވެފައި ލީނާ އައިސް އެހިއެވެ.
"ލީނާ ކޮންތާކުން ޒިޔާދު ހޯދީ؟ ލީނާއަށް އެނގޭތަ އެއީ ކާކުކަން؟ އެ ނޫން މީހަކު ހަމަ ނުވީތަ؟" ލީނާ އެއްޗެއް ނުބުނެގެން ހުއްޓާ ބުނުމާއެކު ނަވީން ހިފަހައްޓައިގެން ހުރި ބަސްތައް ދުލުން ބޭރު ވާން ފެށިއެވެ.

ލީނާ އަނގައަކުން ނުބުނެއެވެ.

"އެނގޭ. އެހެންނު.....؟ އެކަމަކުވެސް ހަމަ ކުރިއަށް ދިޔައީ.؟؟" ލީނާ އަނގައިން ނުބުންޏަސް ލޮލަށް ހަދާލިގޮތަކުން ނަވީނަށް އެކަން ޔަގީން ވިއެވެ.
"އަހަރެންގެ މަންމަ އަށް މަންމަ ކިޔައިގެން އަހަރެންގެ ގޭތެރެއަށް ބޮޑުވި މީހަކު ބަލަން ޖެހޭނެ އަހަރެންގެ އާއިލާގެ ގަދަރަށްވެސް. އެކަކު ގަބޫލުނުކުރިއަސް އިނާ އަކީ އަހަރެންގެ އަންހެނުން. އިނާއަށް ލަނޑު ދިން މީހަކީ ޒިޔާދު. އެކަން އެންމެ ރަނގަޅަށް އެނގޭނީ އަހަންނަށް. އެހެންވެ މި ބުނަނީ....ލީނާ ތިތަނުން ސަލާމަތްވޭ." ލީނާ އަކީ ފިރިހެނެއްގެ ފަރާތުން ލިބިދާނެ ބޮނޑިއަކަށް ބިރުން އެމީހަކާ ދުރަށް ދާ ވައްތަރުގެ އަންހެންކުއްޖެއް ނޫންކަން ނަވީނަށްވެސް އެނގެއެވެ. އެހެންނަމަވެސް ނަވީންގެ ވިސްނުމުގައި ހުރީ ޒިޔާދުގެ ނުލަފާކަން އެކަނި ކަމަށްވާތީ، ލީނާއަށް ނަސޭޙަތްތެރިވެވެނީއެވެ.

"މަންމަ އިނާއާއި ގަބޫލުނުވިޔަސް، އިނާއަށް އެހެން ހެދި މީހާ އާއި ލީނާ ކައިވެނި ކުރަން މަންމަވެސް ގަބޫލުނުވާނެކަން އަހަންނަށް ޔަގީން . އެކަމަކު ޒިޔާދު އާއި ކައިވެނި ކުރަން ލީނާ ތި ތައްޔާރު ވަނީ. ތި ކައިވެންޏަށްފަހު ލީނާ އަށް ނުޖެހޭނެތަ އަހަރެމެންނާ ކުރިމަތިލާން؟ ލީނާ ނުދާނެތަ އަހަރެމެން ގެއަށް؟ ކުޑަކޮށްވެސް ވިސްނާލިންތަ މިއިން ކަމަކާ؟" ބަސްމަދު ނަވީންގެ އަނގައިގައި މިރޭ ބަސްތައް ވަރަށް ގިނައެވެ. އެކަން ލީނާއަށް ފާހަގަ ކުރެވުނީ ވަރަށް ބޮޑު ގޮތަކަށެވެ. އެއީ ނަވީންގެ ކިބައިން ފެންނަ އާއްމު ސިފައެއް ނޫނެވެ.

ނަވީނަށް މިހެން މިވީ އޭނަ ޒިޔާދުއާއިއެއްކޮށް އުޅޭކަން އެނގިގެންހެއްޔެވެ؟ ނުވަތަ އޭނަ އާއި އެހެން ފިރިހެނަކާއި އޮތް ގުޅުމެއް ލޯ ކުރިމަތިން ފެނުމުންހެއްޔެވެ؟
ލީނާގާތަށް ލުއިހިނިތުންވުމެއް އައެވެ. އެހެންނަމަވެސް އިސްތަށިގަނޑު ރަނގަޅުކުރާ ކަމަށް ހަދާލާފައި ނަވީނަށް އެ ހީލުން އޭނަ ސިއްރު ކުރިއެވެ.

ނަވީންއަށް އޭނަގެ މަންމަ އާއި ލީނާ އާއި ވެގެން އިނާ އާއި ދެކޮޅަށް ރާވާފައިވާ ރޭވުންތަކުގެ ހިލަންވެސް ވެފައި ނެތުމުން، ލީނާ އެއިން ކަމަކަށް ކުޑަކޮށްވެސް ޖެހިލުން ނުވާނެކަމެއް ނަވީނަށް ނޭނގެއެވެ. ނަވީން އާއި އިނާ ދުރު ކުރުވަން ކުރެވެން އޮތްހާ މަސައްކަތެއް ލީނާ މެދުވެރިކޮށްވެސް ނަވީންގެ މަންމަ ކުރުވާފައިވާ ކަމެއް ނަވީނަށް އެނގިފައި ނުވާތީ، ނަވީނަށް ފެންނަ މަންޒަރު ތަފާތެވެ. ހީކުރެވޭ ހީކުރުމާ ވިސްނޭ ވިސްނުންވެސް ތަފާތެވެ.

ދެންވެސް ލީނާ އެއްޗެއް ނުބުނުމުން ވިސްނުމުގެ ތެރޭގައި ނަވީނަށް އިރުކޮޅަކު އިނދެވުނެވެ.

"ލީނާ ޖެހޭނެ ތިކަން ހުއްޓަން. އެ ނޫން މީހުންވެސް ލީނާއަށް ވާނެ. ތިކަން ހުއްޓާލާ." ދެންމެ ޒިޔާދު އޭނައަށް ގުޅާފަ އެ ދިން އިންޒާރާއި އިނާއޭ ކިޔައިގެން އެ ދެއްކި ދަށު ދަރަޖައިގެ ވާހަކަތަކުގެ ހަނދާން ވުމުން ނަވީންގެ ލޭ ހޫނު ވެގެން ދިޔައެވެ.

"ކޮންކަހަލަ ވާހަކައެއް ނަވީން ތި ދައްކަނީ؟" ނަވީން އިށީނދެ އިން ސޯފާގެ ކުރިމަތީގައި ހުރި ސޯފާގައި އިށީންނަމުން ހިތްހަމަނުޖެހިފައި ލީނާ އަހާލިއެވެ.
"ލީނާއަށް އޭނަ އެނގެނީ ކިހާ ވަރަކަށް ކަމެއް ނޭނގެ. އެކަމަކު އޭނަ އަކީ ރަނގަޅު މީހެއް ނޫން. އޭނަ ލީނާ އާއި ގުޅިގެން ތި އުޅެނީ އަހަރެންގެ ކިބައިން ބަދަލު ހިފުމުގެ ނިޔަތުގަ ނޫންކަމެއް ކިހިނެއް އެނގެނީ." ނަވީން ރުޅިއައިސް ހުރެގެންވެސް ލީނާއަށް އެއްޗެއް ވިސްނައިދެވޭތޯ އުޅެން ފެށިއެވެ.
"ރަނގަޅަށް ތިބުނީ. ކިހިނެއް ނަވީންއަށް ތިހެން ބުނަން އެނގެނީ." ނަވީން ބުނި އެއްޗަކާއި ވިއްދާފައި ލީނާ ވަގުތުން އެހިއެވެ.

"ބަހުސަކަށްތަ ދާން ބޭނުންވަނީ؟ " ލީނާ ވާހަކަ ދެއްކި ވައްތަރުން ނަވީނަށް އުނދަގޫވިއެވެ.
"އަން....ގުޅާ މި ފޯނުން އޭނައަށް. ގުޅާ. ގުޅާފަ އަހާ ދެންމެ އޭނަ އަހަންނަށް ގުޅާފަ ކީ ކީކޭތޯ. " އަތުގައި އޮތް ފޯން ލީނާއާއި ދިމާލަށް ނަވީން ދިއްކުރިއެވެ.
"މާ ދެން ނޭނގޭ ކަމަށް ހެދޭނެ ކަމެއް ނެތް. އަހަންނަށް އެނގޭ އަހަރެންގެ ނަންބަރު ދޭނީވެސް ލީނަކަން. އަހަންނަށް އޭނަ ގުޅިކަންވެސް ލީނާއަށް އެނގޭނެ. ގުޅާ އޭނައަށް. ގުޅާފަ ގެނުވާ މިތަނަށް. މިރެއިން މިރެއަށް މިތަނުން މިތަނަށް މިކަން ނިންމަން ޖެހޭނެ." ފޯން ދިއްކޮށްގެން އިނދެ ނަވީން ބުނެލިއެވެ. ވަރުގަދަ އަޒުމަކާއެކުގައެވެ.

"ނަވީންއަށް ކޮން ހައްގެއް އޮތީ؟ އަހަރެން ރައްޓެހިވާނެ މީހެއް އެނގޭނީ އަހަންނަށް. ނަވީން ގޮސް އިނާއާއި އިންއިރު އަހަރެން ބުނިންތަ ތިކަން ކޮށްގެން ނުވާނެޔޭ؟ އަހަރެން ބުނިންތަ އަހަންނާއޭ އިންނަން ޖެހޭނީ؟" ނަވީން ދިއްކޮށްގެން އިން ފޯންގައި ހިފުމުގެ ބަދަލުގައި ގޮނޑީގައި ފަހަތަށް ޖެހިލަމުން ލީނާވެސް ނުރުހުމާއެކު ސުވާލުތަކެއް ކޮށްލިއެވެ. އަބަދާ އަބަދު އޭނަގެ ފަހަތުން އޭނަގެ ސަމާލުކަން ލިބޭތޯ އުޅެމުން ދިޔަ ލީނާވެސް މިރޭ ދައްކަނީ ވަރަށް ހަރު ވާހަކަތަކެއްކަން ނަވީނަށް ފާހަގަ ކުރެވުނެވެ.

"އެއީ ލީނާއަށް ބުނެވޭނެ އެއްޗިއްސެއް ނޫންކަމެއް ލީނާއަކަށް ނޭނގޭތަ؟" ލީނާގެ ހުރި ނުވިސްނޭކަމާހެދި ނަވީން ހައިރާން ވިއެވެ.
"އެހެންވީމައޭ މި ބުނީ. ނަވީނަކަށްވެސް ނުބުނެވޭނެ އަހަރެން ގުޅޭނެ މީހެއް. " ލީނާވެސް ހުރީ ގޮތުގައެވެ.

"އޭނައާއި ވަކިވާށޭ އަހަރެން މި ބުނަނީ ލީނާއަށް ރަނގަޅަކަށް. އަހަންނަށް ޔަގީނޭ އޭނަ ލީނާ އާއެކު ނުއުޅޭނެކަން. ދާއިރު އޭނަ ދާނީ މުޅި ރަށަށް ބަދުނާމުކޮށް ލަދުގަންނަވާލާފަ. އެކަހަލަ ކަމެއް އޭނަގެ ހިތުގައި ނެތްނަމަ، އިނާއާއި އޮތް ގުޅުމަށްފަހު އައިސް މިއޮތްބޮޑު މާލެއިން އަހަންނާ ގުޅުމެއް ހުރި މީހަކު ނުހޯދާނެ." ފަރުވާކުޑަ ގޮތަކަށް އޭނައާއި ދިމާލަށް ބަލަހައްޓައިގެން އިން ލީނާއަށް ނަވީން ދިނީ ހެޔޮ ނަސޭޙަތެކެވެ. އެހެންނަމަވެސް ލީނާގެ ކިބައިން އެ ވާހަކައަށް މާ ބޮޑު ޝައުގެއް ފާޅު ނުވެއެވެ. އެ ވާހަކަ ގަބޫލުކުރާކަމުގެ ނިޝާނެއްވެސް ނުފެނެއެވެ.

"ގުޅާ ޒިޔާދުއަށް....ގުޅާފަ އަހާ އޭނަ އަހަންނަށް ދިނީ ކޮން ކަމެއްގެ އިންޒާރުތޯ؟ ގެނުވާ އޭނަ މިތަނަށް. އަހަރެން ބޭނުން އޭނައާއި ރަނގަޅަށް ވާހަކަ ދައްކަން." އަނެއްކާވެސް ޒިޔާދުއަށް ގުޅުމަށް ލީނާގެ ކިބައިން ނަވީން އެދުނެވެ.

"ތިދެން ވަރަށް ހެއްވާ ކަމެއް. ކީއްވެތަ ޒިޔާދު މިތަނަށް ގެންނަން ވީ؟ އިއްޔެ މެންދުރަކު ނޫނޭ އަހަރެން ޒިޔާދު ދަންނަނީ. އަހަންނަށް އެނގޭ އަހަރެންނަށް ކުރެވެނީ ކީއްކަން. ނަވީން ކޮންކަމަކާތަ ތިހާ ހާސްވަނީ." އިންތަނުން ތެދުވެގެން ހިނގައިގަންނަމުން ލީނާ އަހާލިއެވެ.

"ފަހުން ހާސްވެގެން ކުރެވޭނެ ކަމެއް ނޯންނާނެތީ. މިހާރު ލީނާ ތިކަން ހުއްޓާލިއްޔާ ހުއްޓޭނީ. ލީނާގެ ބައްޕަ ހުރިނަމަ މި ވާހަކަ އަހަރެން އަމިއްލައަށް އައިސް ލީނާއާއި ދައްކަން ހިތަށްވެސް ނާރުވާނަން. އެކަމަކު މިވަގުތު ލީނާ ތިއީ އަހަރެމެންގެ އާއިލާގެ މަސްއޫލިއްޔަތެއް. އެ ހައިސިއްޔަތުން މި ބުނަނީ. ތިއީ ލީނާއަށް ރަނގަޅު މުސްތަގްބަލެއް ފެންނާނެ ކަމެއް ނޫން. ތިކަން ހުއްޓާލާ. އޭނަ ކަނޑައެޅިގެން އެބަ ބުނެޔޭ އޭނަ ބޭނުންއެއްޗެކޭ ހަދާނީ." ލީނާގެ ފަހަތުން ތެދުވެގެން ގޮސް ނަވީންވެސް ހުއްޓުނީ ސިޓިންރޫމްތެރޭ އެއްފަރާތުގައި ބަހައްޓާފައި ހުރި ބޮޑު ކާމޭޒު ކައިރިއަށެވެ.

"ދެން ބޭނުންއެއްޗެއް ހަދަން ބަހައްޓަންވީނު. އެކަމާ އުޅޭނީ އަހަރެން. ނަވީނެއް ނޫން."  ދާދި ކައިރީގައި ހުއްޓިހުރި ނަވީންގެ  މޫނަށް ބަލާލާފައި ލީނާ ޖަވާބު ދިނެވެ.
"އެހެން ނޫނަސް ނަވީނަށް ކީއް އަހަރެން ކޮންމެ މީހެއްގެ މީހަކަށް ވިއްޔާ. ނަވީން އަންނާނަންތަ އިނާ ދޫކޮށްލާފަ އަހަރެން ކައިރިއަށް. އެހެންވެއްޖިއްޔާ އަހަރެންވެސް އައިސްދާނަން ޒިޔާދު ދޫކޮށްފަ ނަވީން ކައިރިއަށް." ނަވީންގެ މޫނަށް ބަލަން ހުރެ ލީނާ މި ބުނި އެއްޗަކުން ނަވީނަށް ބަސްހުސްވި ކަހަލައެވެ. ކުއްލިއަކަށް ހަނދާންވީ މީގެ ދެތިންގަޑިއެއްހާއިރު ކުރިން އޭނަ އާއި ލީނާ އާއި ދެމެދު ހިނގާދިޔަ ކަންތައްތަކެވެ.

"ލީނާ ހީކުރީ އެއީކަމަށްތަ މިވެގެން އުޅޭ ގޮތަކީ؟ އަހަރެން ލީނާ ބޭނުންވަނީޔޭތަ؟ މިހިސާބުން މި ވާހަކަ ހުއްޓާލީ....ލީނާ ބޭނުން ގޮތަކަށް އުޅޭ..." އޭނައާއި ދޭތެރޭ އަދިވެސް ލީނާ އެގޮތަށް ވިސްނާތީ ހައިރާންވެފަ ހުރެ މިހެން ބުނަމުން ބުނަމުން ނަވީން ހިނގައިގަތީ އެގެއިން ނުކުންނާށެވެ.

ބާރު ފިޔަވަޅުތަކެއް އަޅަމުން ދިޔަ ނަވީންއާއި ދިމާލަށް ބަލަހައްޓައިގެން ހުރި ލީނާގެ މޫނުމަތިން ފެންނަނީ ފަތަޙައާއި ހިތްހަމަޖެހުމުގެ ފާޅުކަން ބޮޑު ހިނިތުންވުމެކެވެ. އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވިޔަސް އޭނަ ނަވީން ހާޞިލްކުރާނެއެވެ. ނޫނީ އިނާއާއި ނަވީން ދުރުކުރުވާނެއެވެ. ކޮށްފަ ނޫނީ ހުއްޓައެއް ނުލާނެއެވެ. އެއީ އޭނަގެ މަގްޞަދެވެ.

*********(ނުނިމޭ)********

19 comments:

Your Name: Your comment.

Matheegaai bunefaivaa sample aa eggothah comment kurevvun edhen.

 

wow.. ehaa dhuvas kollaafa genes dhineema ves salhi ey buneveynee.. waiting for 69.. dhen las nukuraathi ingey..

 

ehaa dhuvas koffa genesdhin bai heekuri haa salhi eh noon.. vai.. dhen oiy bai las nukuraane kamah hope kuran. adhi inaa ge bai ais thankolheh intersting vaane kamah heekuran..

 

Tharigandaaaaaa.Haadha dhuvahekey.Dhen mihen lasnukuracchey.Kommeyakas v.salhi ingey.Naveen vilan akah vee dho.V.forigadha kollacchey. aneh bai maadhan libeyne kamah mi hiry.

 

Elina :

alhey sofa haadha molhey!! antharees vejje hama..ehaa dhuvas kohffa vaahaka genaimaves OBI hama.. adhi mi blog ge farumaa kurun ehaame salhi..superb hama!! blog eh ga emme furathama vaahaka publish kuran fesheeves sofa dhw!!ekamah eba jehey sofa ah inaameh dheyn ves.. sofa akee varah unique idea gengulhey original liyuntheri eh.. thifadha molhethi hiyaalugen gulhey liyuntherin mi haaru mi raaje ah beynumee.. assari bahaa saabas dhey haavey.. sofa ge komme vaahakaeh ge komme epiode ey ves ehaame gayaavegen kiyaalevey.. heevanee hama film eh balaa levey hen.. naveen ves huvafenuga gengulhemey.. ehaaves sofa ge sifa kurun thah salhi :P .. abadhuves mi rogun ithuru kaamiyaabah edhemu.. sofaa haadha kulha dhaanaey.. ely ves varah liyaahih vey mi gothah vaahaka.. ekamaku thihaa original koh neygeyne liyaakkah kithamme try kuriyas.. sofa alhey kihineytha eha amolhu idea hodhanee?? thi brain steal kollan vee dhw.. thifadha oroginal liyuntheri eh veema i pray to GOD ..abadhuves sofa ah liyuntherikamuga kuri erumaa klaamiyaabaa adhi hivaru dhevvaashi.. aameen.. :)
i love ur stories :-)

 

fan of sofa : woooooooooooooow salhi ey. keep up de good work .. eha ainthizaaru nukuru vachey ingey .

 

Hi Sofaa.How how.haadha zamaanekey.garuneh vejjehen heevanee.cant wait to see the big fight between ziyadh and naveen.hop hop.avas avas.maadhan aneh bai libeyne dho.tc.bye.love u

 

Seen: Hi Soffffffff.how u dear.Mis u bodukoh.Haadha dhuvaheh fahun thi aiy???? Konthaakah dhiyaeee????

I just want to tell you that this blog is just AWESOME. The design is very matchy matchy to your pen name.Its night sky dho.salheeeeeeeeeeeee varah.Vaaahakaves ehaa salhi.blog adhi maaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa bodavves reethi. Wish you luck in this field. Do not stop.keep on writing. You are my favourite among all dhivehi writers. Tc

 

Nithoo: pitchis sofaaaaaaaaaaaa.........dhen mihaa las nukuraathi. Inaa ves nufeneythaa kihaa dhuvaheh.Naveen salhi rulhi ais hunna iru.Avahah anehh bai. pleeeeeeeeeeeeeeese

 

Thank you all readers. Thank you.

 

ey softey alhe haadha kurey genesdhinleh, maadhan gennachey ingey

=friender=

 

From Maley,

Hi soff.how.adhi mi fenunee.a grt blog u hve created.grt work dear.and da story is grt.always suspense killing.hehehe.grt.btw,im coming next month.see u soon

 

Thuttha:

v.ufaa vejje Aisthu alun aima.Life ehaa undhagoo iruves ummeedhu kandaanulaa kuriyah dhaakan eiy asthu dheke thuttha emme lobivaa sababu.Huttaanulaa liyamun kuriyah dhey. Allah barakaai lavvashi.Aaameen.

 

Maisha Blue Raven
i just finished reading all parts of phone call story...great work Fathis Thari...didn't comment the previous part bcoz i didn't finished reading...like inaa's character very much...when is the next part?

 

chikoo :haadha kurey. miah vure dhigey nuvaanetha next bai,shukuriyyaa thyakohdheyvvaa minnaiy masaiy kathuge agu vazan kuramu. kuriah vadaigannanvaa. fas jehumey nethi. kurimathivaa komme thoofaanakun sofa salaamaiy kuravvaane iraadha kureiviyya. ameen.

 

ana : i give 1000000000000000 stars to this part wow nicely described u r soo real
wish u all the best a head..

 

ethah faharaku kiyas foohi kamey nuvaa vaahaka ey mee naveen ah varah hih varu dheyn beynun mi vaguthu,,buney ina eba ulheyey... ehaa rulhi gadha nukuruvabala .. ..

 

miss u
varaa salhi vahaka eh .....pls vara avaha upload kolhathi

 

To all readers who commented and liked and read:

Thank you. Its absolute gratitude i feel towards you guys. Thank you for the inspiration and thank you for your support.

 

Post a Comment