🌟🌟Fathisthari Vaahaka🌟🌟

Once upon a time it happened, how it happened is a fiction by me for you.

ފޯންކޯލް - 79 ވަނަ ބައި


އިނާ އެނބުރި އައުމުން ކުރެވޭ ފޮނި އިހްސާސުގައި އިނާއާއި ދޭތެރޭ ވިސްނަމުން، އުފާވެރި މޫޑެއްގައި ހުރެގެންގޮސް ، ފާހާނާގެ ޝަވަރަށް ދޫކޮށްލާފައި، އޭގެން އޮހޭ ބޮޑެތި ބޮޑެތި ފެންތިކިތަކުގެ ދަށުގައި ނަވީން ހުއްޓިއްޖެއެވެ. އަލި ނޫކުލައާއި އަލި ފެހިކުލައާއި އަލި ރީނދޫކުލައިން، އެކިފަހަރު އެކިކުލައިން ދިއްލެމުންދާ ޝަވަރުން އޮހޭ ފެންތަކުގެ ދަށުގައި އިސް އޮބައިގެން ހުރިއިރު ނަވީންގެ މޫނުމަތީގައި ވަނީ މީގެ ކުރިން ދުވަހަކުވެސް ނުއުފެދޭފަދަ ހިނިތުންވުމެއް އުފެދިފައެވެ. ކުރިމައްޗަށް ދެއަތް ދަމާލައި ޓައިލްސް ފާރުގައި އަތް ޖައްސައިގެން ދެލޯމަރާލައިގެން ހުރިއިރު، ހިތް އެދެނީ އަދިވެސް މިވަގުތުވެސް، މިތަނުގައި  އިނާއާއެކުގައި ވުމަށެވެ. އިނާ ހުރުމަށެވެ.

ފެންވަރާ ތައްޔާރުވެލައިގެން ނަވީން ދިޔައީ އޭނަގެ މަންމަ ހޯދުމަށެވެ. މަންމަ އުޅެނީ އޭރު ކޮޓަރީގައެވެ. މަންމަގެ ހުއްދަ ލިބިގެން ނަވީން ކޮޓަރިއަށް ވަނެވެ.


އަލަމާރީގެ ތިރީ ވަތްގަނޑުތައް ހުޅުވައިގެން ކޮންމެވެސް މަސައްކަތެއްގައި އުޅޭ ނަޖްމާއަށް ނަވީން ފެނުމުން ރަނގަޅަށް އެ މޫނަށް ބަލާލިއެވެ.
ނަވީންގެ މޫނުމަތިން ފެންނަނީ ހަމަޖެހުމާއި ތާޒާ ކަމެވެ. މިއިން ދުވަހަކުވެސް ނުފެންނަފަދަ ހަމަޖެހުމެކެވެ. އަދި އަމުދުން އިއްޔެގަ އެ ހިނގި ކަންތަކުގެ ފަހުން ނަވީންގެ މޫނުމަތިން ، ދުވަހަކުވެސް ހިނިތުންވުމެއް ފެންނާނެ ކަމަށް ނަޖްމާ ހީނުކުރެއެވެ. އަނެއްކާ ވީ ކީއްބާވައެވެ.

"މަންމާ....އިނާ އަތުވެއްޖެ...." އެހެން ބުނާހިތުން ނަވީން ހުންނަތާ ކިތަންމެ އިރެކެވެ. އަމިއްލަ ދުލުން އެބަސްތައް ބުނެލާއިރު ވެވޭނެ ފޮނި އިހްސާސް ތައް ތަޖްރިބާކުރާހިތުން ހުންނަތާ ކިތަންމެ އިރެއް ފަދައެވެ. މަންމަގެ ދާދި ކައިރިއަށް ހުއްޓި ނަވީން މިހެން ބުނެލީ ހިތުގައި އެ ބަސް ނުބޭއްވިގެން ފަދައެވެ. ދެއަތް ދެއަތާ އުނގުޅާލަ އުނގުޅާލަ ހުރެ މިހެން ނަވީނަށް ބުނެވުނީ ހަގީގަތުގައިވެސް ވަރަށް ފުން ހިނިތުންވުމަކާއެކުގައެވެ.
އެ ޚަބަރު ވެގެން ދިޔައީ ނަޖްމާއަށްޓަކައި ވަރަށް ކުއްލި ޚަބަރަކަށެވެ. ވެދާނެއޭ ހީވެސް ނުކުރާކަހަލަ ކަމެކެވެ.


"އެހެންތަ... މަންމަ ދެން ކީކޭ ބުނާނީ...؟" ނަވީން އެ ދިން ޚަބަރުން ކުއްލި ހުއްޓުމެއް ހަރަކާތްތަކަށް އައި ނަމަވެސް، އެ ދޭތެރޭގައި ނެގީ ނަވީން އެ ބުނި އެއްޗެއް ހިތާއި ސިކުނޑިއަށް ވާޞިލް ވާން ނެގި ހިނދުކޮޅެކެވެ. ކުރިން ކުރަން ހުރި މަސައްކަތަށް ނަޖްމާ ރުޖޫޢަ ވެއްޖެއެވެ. އެ ވާހަކައަކީ މުހިއްމު ވާހަކައެއް ކަމަށް ހަދަން ނަޖްމާ ބޭނުން ނުވިއެވެ.


ނަވީން އުފާ ކުރިއެވެ. މީގެ ކުރިން އިނާގެ ނަން އިވޭ ކޮންމެ ފަހަރަކުވެސް އިންތިހާއީ ނުރުހުމެއް ދައްކަމުން މަންމަ އައި ނަމަވެސް، މިފަހަރު އެ ރުޅިއެއް މަންމަގެ ކިބައިން ނުފެނުނީތީއެވެ. އަޑާއި މޫނުގެ ކުލަވަރުގައިވެސް އެ ގޮތް ނެތީމައެވެ.

"ވެދިޔަތަން ހަނދާން ނައްތާލާފަ ، އިނާއަށް ފުރުޞަތު ދޭންވީނު މަންމާ.." މަންމަގެ އެނދުގެ ފައިލާ ކޮޅުގައި އށީންނަމުން ނަވީން އެދުނެވެ.

ނަޖްމާ އަނގަޔަކުން ނުބުންޏެވެ. ނަވީނަށް އޭނަގެ މަންމަގެ މޫނެއް ނުފެނެއެވެ. މަންމަ އިނީ ފުރަގަސްދީގެން އަދިވެސް އަލަމާރި ކައިރީގައެވެ.
"މަންމާ..........؟" ނަވީން ގޮވާލިއެވެ. މަންމަގެ ފަރާތުން އިޖާބައެއް ނުލިބުނީމައެވެ.

"މަންމަ ތި ދޭތެރެއަށް ނުވައްދާ ދަރިފުޅު އިނާއާއެކު އުޅޭ ރީތިކޮށް. މަންމަގެ އެއްވެސް މައްސަލައެއް ނެތް." ވެގެން ދިޔަ ކަންތަކުގެ ކުށް އިހްސާސް ކުރެވުނު ނަމަވެސް އިނާއާއެކު ގުޅިގެން އުޅެން، ނުވަތަ އިނާ ބަލައިގަންނާކަށް ނަޖްމާ އަދިވެސް ތައްޔާރެއް ނޫނެވެ.

ނަވީން އެތަނަށް އައީވެސް މަންމަ ބުނާ އެއްވެސް އެއްޗަކަށް "އެއީ ކީއްވެ" ތޯ އަހައިގެން، ބަހަނާތަކާ ސަބަބުތައް ދައްކާނެ ފުރުޞަތު މަންމައަށް ނުދޭން ނިންމައިގެން ކަމަށް ވާތީ ޝަކުވާ ކުރާނެ ފުރުޞަތެއް ނަޖްމާއަށް ނުލިބނެވެ.

"އިނާގެ އާއިލާ އެންމެން މިކޮޅުގަ އެބަތިބި.  މިގެއަށް ގެންނަންވީ ދޯ ހަވީރު." އިނާއާއި ގުޅުމެއް ނުބާއްވަން މަންމަ ނިންމައިގެން އެހުރި ނިންމުމަށް މާބޮޑު އަޅާލުމެއް ނެތި ނަވީން އެހިއެވެ.

ނަވީންއަށް ލިބިފައި ހުރި އުފާވެރިކަމެއްގެ ސަބަބުން، އިނާއަށް މަންމަގެ ރުހުން ހޯދަން އެ ވާހަކަތައް ދެއްކުމަކީ މިއަދު ނަވީނަށް ބޮޑުކަމެއް ނޫނެވެ. މަންމަގެ ސަބަބުން، އަދި ލީނާގެ ސަބަބުން ދިމާވި ކަންތައްތައްވެސް ނަވީން އެއްވެސް ވަރަކަށް ހަނދާން ނެތް ފަދައެވެ.

"ދެން ކޮންމެހެން މިއަދު ހަމަ ނުގެނަޔަސް ރަނގަޅުވާނެ. އެމީހުން ފުރަންވެސް ޖެހޭނެނު..." މަންމަ އެހެން އެބުނީ ކަނޑައެޅިގެން އެގެއަށް އިނާގެ އާއިލާ މީހުން ގެންނަން ބޭނުން ނުވާތީކަން ނަވީނަށްވެސް ވިސްނެއެވެ. އެހެން ނޫންނަމަ މިއަދުން މިއަދަށް އެމީހުން ފުރައިގެން ނުދާނެކަން މަންމައަށް އެނގޭނެކަން ޔަގީނެވެ.

"އެމީހުން ފުރާނީ މާފަހުންނެއްނު...ހަވީރު ސަޔަށް ގެންނަންތަ؟" މަންމަ އެހެން ބުނީ އެއްވެސް ވަރަކަށް އިނާއާއި ގާތްކަމެއް އުފައްދަން ބޭނުން ނުވާތީކަން ނަވީނަށް ނުވެސް ވިސްނެނީއޭ މީހަކަށް ހީވެދާނެއެވެ. ނަވީންގެ ފަރާތުން ފެންނަނީ އެހާވެސް އުފާވެރި ގޮތެކެވެ.


"ބޭރުން އެއްޗިއްސަށް އޯޑަރުކޮށްގެން ގެނައީމަ ކިހިނެއްވާނެ؟ އޭރުން ރަނގަޅުވާނެ ދޯ މަންމާ.." ނަވީން، އޭނައަށް ފުރަގަސް ދީގެން، މަސައްކަތުގައި މަޝްޢޫލުވެގެން ހުރި މަންމައަށް ދޯ ދިނެވެ.


ނަވީން ސިހުނީ ދެނެވެ.
މަންމަގެ އަލަމާރީގެ ދޮރު ވަރަށްބާރަށް ލެއްޕުނު އަޑަށް އެދިމާލަށް ބަލާލެވުމާއެކު ނަވީންގެ މޫނުމަތިން ހިނިތުންވުން ގެއްލުނެވެ. އަލަމާރީގެ ދޮރު ލެއްޕުނީ ނޫންކަމާއި މަންމަ ލެއްޕީކަން އެނގުނެވެ.

"ބުނަން ނަވީން ވާހަކައެއް....އެ އާއިލާއާއިވެސް އަދި ނަވީންގެ އަންހެނުންނާވެސް ގުޅުމެއް އުފައްދަން އަހަރެން ބޭނުމެއް ނޫން. މިކަން ނަވީނަށް އޮންނާނީ ވަރަށް ރަނގަޅަށް ވިސްނަދީފަ." އަލާމާރީގެ ދޮރު ލައްޕާލާފައި ނަވީން އާއި ދިމާލަށް އެނބުރި ނަޖްމާ ވާހަކަ ދައްކަން ފެށީ ދަތްތަކަށް ބާރު ލަމުންނެވެ. ރުޅިއައިސް ރަތްވެފަ ހުރެގެންނެވެ.

"ނަވީން އޭނައާއި އިނދެގެން އުޅެން ބޭނުމިއްޔާ އިނދެގެން އުޅެންވީ. އެކަމަކު މިގެއަށް، މަގޭ ކުރިމައްޗަށް އޭނަ ގެނެސްގެން ނުވާނެ. އޭރުވެސް އޭނައާއި ގަބޫލެއް ނުވަން، މިހާރު އަމުދުން ނުވެވޭނެ. އޭނަގެ ސަބަބުން...." މިހިސާބަށް ނަޖްމާގެ ވާހަކަ ދަންދެންވެސް ނަވީން އިނީ އަމިއްލަ އަތްތިލައަށް ބަލަހައްޓައިގެން އިސްޖަހައިގެންނެވެ.

"ސަބަބުން ކިހިނެއްވީ މަންމާ؟ އިނާގެ ސަބަބުން މަންމައަށް ލިބުނީ ކޮން ގެއްލުމެއް؟ " މަންމަ ދައްކަން ފެށި ވާހަކަ ވަކި ހިސާބަކަށް ދިއުމުން މަންމަގެ ވާހަކަ މެދުކެނޑުވީ ނަވީންއެވެ.

ނަޖްމާއަށް ނަވީންގެ އެ ދެ ސުވާލަށްވެސް އެއްޗެއް ނުބުނެވުނެވެ. ބުނާނީވެސް ކޮން ދުލަކުން ހެއްޔެވެ؟ އިނާގެ ސަބަބުން މަންމައަށް އުނދަގުލެއް ވެފައިނެތްކަން މަންމަގެ ދުލުން ބުނުމަކީ މަންމަ އިނާ ދެކެ އެ އަންނަ "ސަބަބެއް ނެތް ރުޅި" އާއި މުޅިން ނުބައްދަލު ސިފައެކެވެ.

"މަންމައަށް ކުރެވުނު ކަމެއް އެންމެ ރަނގަޅަށް އެނގޭނީ މަންމައަށް. އެވާހަކަ ދެއްކުމުގެ ފައިދާއެއް ނެތް މަންމާ. ހެޔޮ ހިތަކުން އިނާއާއި ދޭތެރޭ މަންމަ ވިސްނާލަންވީނު" އަދިވެސް ނަވީން ބުނަމުން ދިޔައެވެ.

"ވިސްނަން ޖެހޭ ވިސްނުމެއް ނޯންނާނެ. ފުރަތަމަ ދުވަހުވެސް ތި ކައިވެނި ނުކުރާށޭ ބުނީމަ ނަވީނަށް އަޑުނޭހުނު. ދެންވެސް ތި އަންހެނާގެ ކަމެއްގަ ވެއްޖިއްޔާ ނަވީނަށް މި މަންމަ ދައްކާ ވާހަކަ އަޑުނޭހޭނެކަން އެނގޭ މާ ރަނގަޅަށްވެސް. ނަވީން ދާން ބޭނުމިއްޔާ ދޭ. މިގެއަށް އެމީހުން ގެނެސްގެން ނުވާނެ." އެންމެ ފަހުގެ ނިންމުން އިޢުލާން ކޮށްފައި ނަޖްމާ ހިނގައިގަތީ ޑްރެސިންގ ޓޭބަލާއި ދިމާލަށެވެ. އެ މައުޟޫޢަށް ދެން ނަވީން އާއި ދައްކާނެ ވާހަކައެއް ނެތޭ ބުނާފަދައަކުންނެވެ.

"އިނާއާއި މެރީކުރުން ނޫން ކަމެއް މަންމައާއި ދެކޮޅަށް އަހަރެން ނުކުރަން. އެކަމަކު އެކަން ކުރީއިރުވެސް މަންމައަށް އިނާ ކަމުދާނެކަމުގެ ޔަގީންކަން އޮތް. އަދިވެސް އެޔަގީންކަން ދެން މަންމައަށް. އިނާ އެނގެން މަންމަ މަސައްކަތް ކޮށްފިއްޔާ މަންމަ ލޯބިވާނެ އިނާ ދެކެ." ނަވީންގެ އަޑުގައި ވަނީ މަންމައަކުގެ ސަބަބުން ފިރިހެން ދަރިއެއްގެ ހިތުގައިޖެހިގެން ވާހަކަ ދައްކާއިރު ހުންނާނެ ނިކަމެތި ކަމާއި މަޑުމޮޅިކަމެވެ.

"އަހަރެން ކުރާ ކޮންމެ ކަމެއްގައި މަންމަގެ ރުހުމާއި ތާއީދު އަހަރެންނަށް އަބަދުވެސް މުހިއްމުވިކަން މަންމައަށް އެނގޭނެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އަހަރެންނާއެކު މަންމަ ވުމަށް އަދިވެސް އަހަރެން އެދެނީ. އެހެންވެ ތަކުރާރުކޮށް މަންމަގެ ރުހުން ހޯދަން މަސައްކަތް މި ކުރެވެނީ. އަހަރެން ކިތަންމެ ބޮޑުވިޔަސް، މަންމައާއި ނުލާ އުޅޭވަރަށް ދުވަހަކުވެސް އަހަރެން ބޮޑެއް ނުވާނެ މަންމާ." މަންމައާއި ދިމާލަށް ބަލަހައްޓައިގެން، ވަރަށް ދެރަވެފައި އިނދެ ވާހަކަ ދައްކައި ނިންމާލާފައި ނަވީން އަނެއްކާވެސް އިސް ތިރިކޮށްލިއެވެ. އެގޮތަށް އިރުކޮޅަކު އިނދެފައި ، އިންތަނުން ތެދުވެގެން މަޑުފިޔަވަޅުތަކެއްގައި ނަވީން ހިނގައިގަތީ އެ ކޮޓަރިން ނުކުންނާށެވެ.

ނަމަވެސް ދޮރާއި ހަމައަށް ގޮސްފައި، އަނެއްކާވެސް އަނބުރާލާފައި ނަޖްމާއާއި ދިމާލަށް ދާން ފެށިއެވެ. އޭނައަށް ފުރަގަސް ދީގެން ޑްރެސިންގ ޓޭބަލް ކައިރީ ހުރި މަންމަ ކައިރިއަށް ހުއްޓި، ލޯގަނޑުން ފެންނަން ހުރި މަންމަގެ ނުރުހުންތެރި މޫނަށް ހިނދުކޮޅަކު ބަލަހައްޓައިގެން ހުއްޓެވެ.

"އިނާ ބަނޑުބޮޑު މަންމާ. އިރާދަކުރެއްވިއްޔާ ހަތް މަސްފަހުން އަހަރެން ވާނީ ބައްޕައަކަށް. އެދުވަހަކުން މަންމަ އަހަރެންނާއެކު ހުންނާނެ ކަމަށް އަދިވެސް އުއްމީދުކުރާނަން." ނަވީން ބުނެލި އެންމެ ފަހު ވާހަކަ އަކީ މިއީއެވެ.


މޭޒުމަތީގައި ހުރި ޕިން ތަކަކާއި އަދިވެސް އެފަދަ ކުދިކުދި ސާމާނު އަޅާފައި ހުރި ފޮށްޓެއް ހާވަން ހުރި މަންމަގެ ހަރަކާތަށް ހުއްޓުމެއްވެސް ނައެވެ. އެއްޗެއް ނުބުނި ތަނުގައި، މަންމަ އެނބުރި ބަލާވެސް ނުލުމުން، މަޑުމަޑުން ގޮސް ނަވީން އެކޮޓަރިން ނުކުމެއްޖެއެވެ.

ނަޖްމާތޯއެވެ. ނަޖްމާއަކީ ގޮތުގައި ސާބިތުވެ ހުންނަ ހަރުހިތެއްގެ ވެރިޔެކެވެ. ދަރިއަކަސް އެހެން މީހަކަސް، އޭނަ ނިންމައިފި ގޮތެއް ބަދަލުކުރުމަކީ އޭނަ ކުރާ ކަމެއް ނޫނެވެ. އަދި މީހަކަށްޓަކައި އޭނަ ގޮތްދޫކުރިކަމުގެ އުފާ އެމީހަކަށް ދިނުމަކީވެސް މިހާތަނަށް އޭނަ ކުރި ކަމެއް ނޫނެވެ.
ނަވީން ވިޔަސް ވެހެވެ.
އަލިމަނިކުވިޔަސް ވެހެވެ.
ކަން އޮންނާނީ އެއްގޮތަކަށެވެ.

އެހެންނަމަވެސް، ނަވީން އެބުނެފައި ދިޔަ އެއްޗަކުން ނަޖްމާގެ ހަރަކާތްތައް ހުއްޓިއްޖެއެވެ. އެ ޚަބަރުގެ ސަބަބުން އޭނައަށް އައި ބަދަލު ނަވީނަށް އެނގިދާނެތީ ސިއްރު ކުރުމުގެ ގޮތުން ސާބިތުވެ ހުރި ނަމަވެސް، ނަވީން އެކޮޓަރިން ނިކުތްކަން އެނގުމާއެކު ނަޖްމާކުރަން ހުރި ކަމެއް ހުއްޓާލެވިއްޖެއެވެ.

ނަވީން އެބުނީ ކީކޭހެއްޔެވެ؟ އޭނައަށް އެ އިވުނީ ހަމަ ރަނގަޅަށް ހެއްޔެވެ؟
އިނާއަށް ދަރިއަކު ލިބެނީހެއްޔެވެ؟ އޭނަގެ ޒުވާން ދަރިފުޅު ބައްޕައަކަށް ވަނީހެއްޔެވެ؟ އޭނަ މާމައަކަށް ވަނީ ހެއްޔެވެ؟ އަލިމަނިކު ކާފައަކަށް ވާކަން އެނގިއްޖެނަމަ އަލިމަނިކު އަށް ވާނީ ކިހިނެއްބާވައެވެ؟ މިކަން އަނެއްކާ އަލިމަނިކުއަށް މިހާރު އެނގިއްޖެބާވައެވެ؟

** ** ** ** ** ** ** ** ** **


ނަވީން ހީކުރީ އޭނަ ބައްޕައަކަށް ވާން އުޅޭ ވާހަކަ އެނގުމުން، އިނާއާއި ދެކޮޅަށް މަންމަ ނަގާފައިވާ ހުރިހާ ހަތިޔާރެއް ބަހައްޓާނެ ކަމަށެވެ. އިނާ ދެކެން ދާން ބޭނުންވާނެ ކަމަށެވެ. އެ އުފާވެރިކަން އިނާއާއިއެކު ހިއްސާކުރަން މަންމަގެ ހިތް ތެޅިފޮޅޭނެ ކަމަށެވެ. އަންހެނަކަށްވެ ހުރެ، އެ ޚަބަރުން މަންމަގެ ހަރުކަށިކަމާއި ރުޅިއަށް މަންމަގެ ހިތުން ޖާގައެއް ނުދޭނެ ކަމަށެވެ.


ނަމަވެސް ނަވީން ގެއިން ނުކުމެގެން ދާންޖެހުނީ މަންމަގެ ދެގޮތެއް ނުވި ގޮތް ދޫނުކުރުންތަކުން، އުއްމީދު ގެއްލި މާޔޫސްވުމެއްގައި ހުރެގެންނެވެ. ކާރަށް އަރައި ދުއްވާލީ ފުންނޭވާއެއް ލަމުންނެވެ.


މަންމަ ގަބޫލުނުވި ނަމަވެސް، މަންމަ ނުރުހުނު ނަމަވެސް، އޭނައަށް އިނާއާއި ވަތްކެއް ނުވެވޭނެއެވެ. އެއީ އޭނައަށް ކުރެވޭނެ ކަމެއް ނޫނެވެ. އޭނަ އިނާ އާއި ކައިވެނި ކުރީވެސް ވަކިވާކަށް ނޫނެވެ. އަދި އަމުދުން މިހާރު އޭނައަށް އިނާއާއި ވަތްކެއް ނުވެވޭނެއެވެ. އެއީ ވާނެ ކަމެއް ކަމަށް މަންމަ އުއްމީދު ނުކުރުން ރަނގަޅުވާނެއެވެ.


ގޮތް ދޫނުކުރުމުގައިވެސް ހައްދެއް އޮންނަން ވާނެއެވެ.
މަންމަ އިނާ ދެކެ ނަފްރަތު ކުރާ "ސަބަބު" ކަމަށް ބައްޕަ ބުނި އެ ސަބަބަކީ، އޭނައަށް ފެންނަ ފެނުމުގައި، މަންމަގެ ގޮތް ދޫނުކުރުމެވެ. އިނާއާއި ދޭތެރޭ، އަދި އޭނައާއި ދޭތެރޭ އޭނަގެ އުފަން މަންމަ އެގޮތަށް ކަންތައް ކުރަނީ އެ ސަބަބާހެދި ކަމަށް ވަންޏާ އެއީ ގަބޫލުކުރެވޭނެ ސަބަބެއް ނޫނެވެ. މަންމަގެ އެ އަމަލުތަކާ އެ ސަބަބާ އަޅާކިޔޭކަށް ނެތެވެ. އެކަމަކު އޭނައަށް އޭނަގެ މަންމައާއި ދިމާލަށް އެހެން ނުބުނެވޭނެއެވެ. މަންމަ އަމިއްލައަށް އެކަން ވިސްނުނު ދުވަހަކުން ނޫނީ ހައްލެއް ނެތްކަން ނިންމަން ނަވީނަށް ޖެހުނެވެ.


އެހެންނަމަވެސް، އޭނައަށް އޭނަގެ މަންމަ މިވަގުތު ވަރަށް ބޭނުމެވެ.
ޚާއްޞަކޮށް އޭނައާއެކު މި ހާލަތުގައި ހުރެދިނުމަށް މަންމަގެ ކިބައިން އަދިވެސް އެދޭހިތް ވެއެވެ. އޭނައަށް ދަރިއަކު ލިބި، އެ ދަރިފުޅު އުރާނެ ގޮތާއި އެ ދަރިފުޅަށް ކަންތައްތައް ކޮށްދޭނެ ގޮތް އޭނައަށް ކިޔައިދޭން މަންމަ ހުރެދިނުމަށް އެދެވެއެވެ. މަންމަގެ ފަހަތުގައި ހުރެގެން މަންމަ އެ ކުޑަކުއްޖާއާއި ދޭތެރޭ ކަންތައްތައް ކުރާ ގޮތް ބަލައި ދަސްކުރަން އޭނަ ބޭނުމެވެ. ކުދިން ގެންގުޅޭނެ އެކި ގޮތްތައް މަންމަ ކިޔައިދޭ އަޑު އަހަން އޭނަ ބޭނުން ވެއެވެ. އެދުވަހަކުން، މަންމަގެ އެކިއެކި ކުދިކުދި ނަސޭޙަތްތައް އޭނައަށް ނުލިބިއްޖެނަމަ، އެދުވަސް ފުރިހަމަ ނުވާނެއެވެ. އޭނައަށް ދަރިއަކު ލިބުމުގެ އުފާ އޭގެ އެންމެ އެކަށީގެންވާ ގޮތުގައި އޭނައަށް ނުލިބޭނެއެވެ.


އޭނަގެ ނަސީބު ރަނގަޅުނަމަ، އެ ދުވަސް އައުމުގެ ކުރިން ފަހަރެއްގަ މަންމައަށް ވިސްނިދާނެއެވެ. އިނާގެ އެއްވެސް ކުށެއް ނެތް ކަމާއި، އިނާގެ އާއިލާއަކީވެސް ހިތްތިރި އޯގާތެރި ބައެއްކަމަށް މަންމަގެ ހިތަށް ގަބޫލު ކުރެވިދާނެއެވެ. އަދި މަންމައަށް އިނާއާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތާއި، އެއީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫންކަންވެސް މަންމައަށް ކޮންމެވެސް ދުވަހަކުން ގަބޫލުކުރެވިދާނެއެވެ.


އެދުވަހަކަށް އޭނަ އިންތިޒާރު ކުރާނެއެވެ. އޭނަ މަންމައަށް އަދިވެސް އެ ފުރުޞަތު ދޭނެއެވެ. އޭނަ ތުއްތުއިރު، ގޯސްކޮށް އޭނައަށް ކުރެވުނު ކޮންމެ ކަމަކަށް މަންމަ ފުރުޞަތު ނުދިންނަމަ، މިއަދު އޭނައަށް މިހިސާބަކަށް ނާދެވުނީހެވެ. ވީއިރު އޭނަގެ މަންމައަށްވުރެ މަތިން އޭނައަށް ބަސްކިޔޭނެ ދުވަހެއް އައިސްގެން ނުވާނެއެވެ.   


** ** ** ** ** ** ** **


"އެއީ ހަމަ އިއްތިފާގެއް...އެހެން ނޫންނަމަ ނޭނގެ ކަންތައްތައް ދާނީ ކިހިނެއްކަމެއްވެސް..." އިނާގެ ކޮޓަރީގައި އިނދެގެން އިނާގެ މެޑިކަލް ފައިލް ބަލަން އިނދެ މިހެން ބުނެލީ ދިލްމާއެވެ.


"ހީވެސް ނުކުރަން މިހެން ވެދާނެ ކަމަކަށް...." އެނދުގެ ހެޑްބޯޑަށް ލެނގިގެން އިށީނދެ އިން އިނާ މިހެން ބުނެލީ ވިސްނުމެއްގެ ތެރެއިންނެވެ.


އެ ދެ ރަހްމަތްތެރިން ދައްކަމުން އެ ދަނީ އިނާއާއި ނަވީންގެ ވާހަކައެވެ. މިއަދު ހެނދުނު ހޮސްޕިޓަލްތެރެއިން ދިލްމާމެންނާއި ނަވީން އާއި ދިމާވި ގޮތުގެ ވާހަކައެވެ. ހަގީގަތްތައް ހާމަވެގެން ދިޔަ ގޮތުގެ ވާހަކައެވެ. އެކަމާއި އެމީހުން އުފާކުރާ ވާހަކައެވެ.

"މިހާރު އިނާއަށް ގަބޫލުކުރެވިއްޖެ ދޯ....؟" ގެންގުޅުނު ފައިލް މޭޒުމަތީގައި ބާއްވާފައި ދިލްމާ އައިސް އިނާއިން އެނދުގެ މަގަތުން އިށީނދެއްޖެއެވެ.

"ކޯޗެއް....؟" ލަދުރަކި ހިނިތުންވުމަކާއެކު އިނާ އަހާލިއެވެ. ދިލްމާ ބުނަން އެ އުޅެނީ ކީކޭކަން އޭނައަށް އެނގޭ ކަހަލައެވެ.


"ކިހާ ވަރަކަށް އަހަރެން ބުނިން ހަގީގަތަކީ ކޮބައިތޯ ބަލާށޭ. އަހަންނަށް ނަވީންއާއި ބެހޭ މާ ބޮޑު އެއްޗެއް ނޭނގުނަސް، ނަވީން ބަލާލާފައި އަހަންނަށް ހަމަ ހިއެއްނުވޭ ލީނާ އެބުނާ ފެންވަރުގެ ދަށް މީހެއްހެނެއް އެއީ. އެހެންވެ އެވަރަށް ކިޔުނީ ނަވީން އާއި ވާހަކަ ދައްކާށޭ. މިހާރު ގަބޫލުކުރެވިއްޖެ ދޯ؟" ދިލްމާ އަނެއްކާވެސް އަހާލިއެވެ.


ހީލާފައި އިނާ ބޯ ޖަހާލީއެވެ. އެއީ ތެދެކެވެ. ދިލް އެހެން ބުންޏެވެ. އެކަމަކު އޭނައަށް އޭރު އާދެވިފައި ހުރި ރުޅިއެއްގެ ސަބަބުން އެ އަޑު ނޭހުނީއެވެ.


"ދެން މައްސަލައެއް ނެތްތާ ދޯ؟ އެކަމަކު ދެންވެސް ދިމާވާ ކަމެއްގަ އެހެން ނަހަދައްޗޭ އިނގޭ. ކުރަންޖެހޭ ހިތާމަ މާ ބޮޑު." އެނދުން ބާލީހެއް ނަގައި އުނގުގައި އަޅާލަމުން، ދިލްމާ މިހެން ބުނެލީ އިނާ ރުއި ރުއިމާއި ކުރި ހިތާމަ ފެނިފައި ވާތީއެވެ.


ނަވީން އާއި ދުރަށް ދާންކަމަށް ގަސްތުކޮށްގެން ގޮސް އެހާ ދުރުގައި ހުރިއިރުވެސް، ނަވީންގެ ޚިޔާލުތަކުން އިނާއަށް ނުކުމެވުނު އެންމެ ދުވަހެއްވެސް އެންމެ ހިނދުކޮޅެއްވެސް އައިސްފައި ނުވާކަން ދިލްމާއަށް ސިއްރު ވެފައި ނެތީމައެވެ.  ނަރުހަކަށްވެ ހުރެވެސް، އަމިއްލަ ހިތުގައި ވޭން އަޅަން ފެށި ދުވަހު، ކާއެއްޗެއް ކާންވެސް އިނާ އައީ ދެކޮޅު ހަދަމުންނެވެ. ކާން އުޅުނަސް ނުވެސް ކެވެނީއެވެ. ކިތަންމެ ސިއްރުން ކުރި ނަމަވެސް ހިތާމަކޮށް ރުއިން ނޫން ކަމެއް އިނާކޮށްފައި ނުވާކަން އެނގޭނީ ދިލްމާއަށެވެ. އަބަދުވެސް ހިމޭން މަޑުމައިތިރި އިނާ، އަދި އެއަށްވުރެވެސް ބޮޑަށް މައިތިރިވެ، ދެކޭ މީހުން ބިރުގަންނަ ފަދަ ހިމޭން ތަސްވީރަކަށް ބަދަލުވެގެން ދިޔަތަން ފެނުނީވެސް ހަމަ ދިލްމާއަށެވެ.

"ދެން ކިހިނެއް ހަދާނީ އެ ފޯމަށް...؟" އިނާ އަމިއްލައަށް ނިންމި ނިންމުމެއް އަނެއްކޮޅަށް އަނބުރާލަން ޖެހުނު ވަގުތު ހަދާނެ ގޮތް ނޭނގިގެން މިހެން އެހީ އިނާއެވެ.

"ކޮން ފޯމެއް...އޯވހ...އެ ފޯމް ދޯ...ކިހިނެއް ހަދަންތަ އިނާ ބޭނުންވަނީ...؟" ފުރަތަމަ އެއީ ކޮން ފޯމެއްކަން ނޭނގުނު ނަމަވެސް، އިނާ އެ ދައްކަނީ މިއަދު ހެނދުނު ހެނދުނާ ކޯޓަށް ލީ ވަރީގެ ފޯމްގެ ވާހަކަ ކަން ދިލްމާ ހަނދާން ވެއްޖެއެވެ.

"ނޭނގެ ހަދަންވާ ގޮތެއް....؟" ހިނިތުންވުމެއްގައި އިނދެ އިނާއަށް ބުނެވުނެވެ.
"އެކަމަކު ވައްތަރު ވަނީ އެގޮތެއް ނޫން....." އިނާއަށް ނޭނގެއޭ ބުނި ނަމަވެސް، އިނާގެ މޫނުމަތިން އެ ފެންނަ ލަދުރަކި ގޮތާއި އެ ހިނިތުންވުމުން ހުރިހާ އެއްޗެއްވެސް ދިލްމާއަށް އެބަ އެނގެއެވެ.

"ދެން ނަވީން ކައިރީ ބުނޭ....ބުނެގެން އެ ފޯމް ކެންސަލް ކުރަންވީ އަވަހަށް. ބޭކާރު ކަމެއްނު އެއީ މިހާރު....ފިރިމީހާ ހާލުގަ ޖެއްސިޔަސް ތި ދެން ބޮޑުވަރު އިނގޭ....ނަވީން ފަކީރު....." ދިލްމާއަށް މިހިސާބަށް ބުނެވުމާއެކު އިނާއަށް ނީނދެވިގެން ހީގަނެވިއްޖެއެވެ. ހިތުގައި ހުރި ހުރިހާ އުދާހެއް ބޭރުވަންދެން އިނާ ހުނުނެވެ. އަޑެއް ނީވޭ ހުނުމަކުންނެވެ.

ލޯބިވާ ރަހްމަތްތެރިޔާގެ ހުނުން ފެނިފައި ދިލްމާގާތަށްވެސް ރަނގަޅަށްވެސް ހިނި އަތުވެއްޖެއެވެ. ނަމަވެސް ހުނުމުގައި ވަގުތުކޮޅެއް ހޭދަވެގެން ދިޔައިރުވެސް އެކަކުގެވެސް އަނގައިން ހުނުމުގެ ގަދަ އަޑެއް ނީވެއެވެ. އެއީ ތަން ފަޅައިގެން ދާވަރުގެ ގަދަ ހުނުމެއް ނޫނެވެ. އެއީ ޢަބުރުވެރި މަޑުމައިތިރި އަންހެން ދެ ރައްޓެހިން ހީލާނެފަދަ ލަޠީފީ ހީލުމެކެވެ.

"ދެން ނުހީ...ޕްލީޒް...ބަނޑަށް ތަދުވަނީ..." މޫނުމައްޗަށް އައިސްފައިވާ އިސްތަށިތައް އެއްއަތުން ދުރަށް ލަމުން އަނެއް އަތުން ދިލްމާގެ އަތުގައި ހިފަހައްޓާފައި އިނާ ބުންޏެވެ.

"ހޫމް....މަތަ ހޭންފެށީ....." ދިލްމާވެސް މޫނަށް ގޮތެއް ހަދާލިއެވެ.

"އޭއި...އަހަރެން ދަނީ...ހަތަރެއް ޖަހަން އެ އުޅެނީ....މިއަދު މިއީ ބޮޑު ދުވަހެއް. ހުސެންގެ ތިއްތަމެން މިއަދު އަންނަނީޔޭ މަބުނީމެއްނު ދޯ. އެމީހުންނާ ބައްދަލުކުރަން ދާން . ހުޅުމާލެއަށް ދާންޖެހޭތީ މައްސަލައަކީ..." މިހެން ބުނެފައި ތެދުވެ ދިލްމާ އަތްދަބަސް ނެގިއެވެ.

"އެ އޮތީ ފޯން. އެ ބާއްވާފަ ނުދާތި..." އިރުކޮޅެއް ކުރިން އޭނަގެ މެޑިކަލް ފައިލް ބަލަން ހުރި ތަނުގައި އޮތް ދިލްމާގެ ފޯނަށް އިޝާރާތް ކޮށް އެ ފޯންމަތިން އިނާ ހަނދާން ކޮށްދިނެވެ.

"ދިލް.......ތެންކްސް އިނގޭ...." ފޯން ހިފައިގެން އައިސް އައިސްހުރި ދިލްމާއަށް އިނާ ބުނެލިއެވެ.

"ކޮން ކަމަކަށް....؟" ވަރަށް އާދައިގެ ގޮތަކަށް ދިލްމާ އަހާލިއެވެ. އިނާއަކީ އެންމެ ކުޑަކުޑަ ކަމަށްވެސް އޭނައަށް އަބަދުވެސް ޝުކުރު އަދާކުރާ މީހެއްކަން ދިލްމާ ހަނދާން ނުނެތެއެވެ.

"އަހަރެންނަށް އެހީތެރިއަކު އެންމެ ބޭނުންވި ދުވަހު އަހަރެންނާއެކު ހުރެދިނީ ދިލް. ކޯސް ނިމުނީމަވެސް އަހަރެންގެ ޙައްޤުގައި ރާއްޖެ ނައިސް އަހަންނާއެކު އަހަރެން ހިމާޔަތް ކޮށްދިން. އަހަންނަށް އެކަމުގެ ބަދަލު .... " ހަރުދަނާ އަޑަކުން އިނާ ވާހަކަ ދައްކަމުން ދިޔައެވެ.

"އެންމެ ރަނގަޅު. ތި ޝުކުރު ގަބޫލުކުރާނަން. އެކަމަކު ޕްލީޒް...ތި ބަދަލުގައޭ ކިޔައިގެން ނުކިޔާ." ދާން ތެދުވެފައިމެ އިނާ ދައްކަން މިފެށި ވާހަކައަކުން އަލުން އިށީނދެ އިނާގެ އަތުގައި ހިފާފައި ދިލްމާ ބުނަން ފެށިއެވެ.

"ބަދަލުގަ އެއްކަމެއްވެސް ކުރާނެ ކަމެއް ނެތް. އަހަރެމެންގެ ރައްޓެހި ކަމަކީ ބަދަލުގަ ކަމެއް ކޮށްދީގެން ދަމަހައްޓަންޖެހޭވަރަށްވުރެ މާ ބާރުގަދަ ގުޅުމެއް ނޫންތަ؟ އިނާއަށް ދެރައެއް ލިބޭތަން ބަލަން އަހަންނަށް ނުހުރެވޭނެކަން އެނގެއެއްނު އިނާއަށް. ސޯ....؟ އެހެން ނުކިޔާ އިނގޭ...." އިނާގެ އަތްތިލައިގައި ހިފައި ބާރުކޮށްލަމުން ދިލްމާ ޔަގީންކަން ދިނެވެ.

"އެންމެ ރަނގަޅު. އެކަމަކު އަބަދުވެސް ތެންކްސް ބުނާނަން . މައްސަލަ ނުޖައްސާތި." އިނާ ހިނިތުންވެލިއެވެ. ދިލްމާވެސް ބޯ ޖަހާލިއެވެ.

"ވާނެ ދޯ މިފަހަރު ރަހްމަތްތެރިކަމުގެ ދުވަސް ފާހަގަ ކުރަން. ކިތައް އަހަރުތަ މިވީ؟" ދަބަސް ނަގާ ކޮނޑުގައި އަޅުވާލަމުން ދިލްމާ ބުނެލިއެވެ.
"ފަސް އަހަރު...އެހާ ގިނަ ދުވަހެއް ނުވެއެއްނު އަދި..؟" އިނާވެސް އެނދުން ފައިބަމުން ޖަވާބު ދިނެވެ.
"މުއްދަތުތަ މުހިއްމުވަނީ؟ ގުޅުމެއްގައި ނަމަ މުހިއްމު ވާނީ އެކުގައި ހޭދަކުރެވުނު ދުވަހެއް ނޫން، ކޮށްދެވުނު ކަންތަކެއްވެސް ނޫން...އެކަކު އަނެކަކަށް އެހީވެވުނު މިންވަރެއްވެސް ނޫން....." ދިލްމާ ބުނަން ފެށިއެވެ.

"އެކަކު އަނެކަކަށް އަގުވަޒަންކުރާ މިންވަރު....އެއީ ރަހްމަތްތެރިކަމަކީ...ނޫންތަ؟ އެނދުން ފައިބައިގެން ގޮސް މޫނުބަލާ ލޯގަނޑު ކުރިމައްޗަށް ހުއްޓިލަމުން، ދިލްމާ ދައްކަމުން ދިޔަ ވާހަކަ ފުރިހަމަކޮށްލަދިނީ އިނާއެވެ.

ދެމީހުންވެސް ހިނިތުންވެލީ އެކަކު އަނެކަކަށް ކުރެވުނު ތާއީދަކުންނެވެ.

ތަފާތު ދެމީހެކެވެ. އެހެންނަމަވެސް، އެދެމީހުން ގުޅިފައިވާ ރަހްމަތްތެރިކަމުގެ ގުޅުމުގައި، ދެމީހުންވެސް ގެންގުޅެނީ އެއް ފަލްސަފާއެއްކަން ސާބިތުވެގެން ދިޔައެވެ.
ގުޅުމެއްގައިނަމަ، ހަމަޖެހުމާއި މަސަލަސްކަމާއި، ގާތްކަން ދެމިއޮތުމަށްޓަކައި، އެ ގުޅުމުގެ މައިގަނޑު ފަލްސަފާއަކީ އެކައްޗަކަށްވުން އެއީ ވަރަށް މުހިއްމުކަމެކެވެ.

"ދިލް.........؟" ކޮޓަރިން ނުކުމެގެން ހިނގައިގަންނަމުން އިނާ ގޮވާލިއެވެ.
"ހޫމް......؟" އިނާއަށްވުރެ ކުޑަތަންކޮޅެއް ކުރީގައި ހުރެގެން ފޯނުން ކޮންމެވެސް ނަންބަރަކަށް ޑައިލްކުރަމުން ދިލްމާ އަހާލިއެވެ.

"ދިލް ކޮން އިރަކުން ކުއްޖަކު ހޯދަނީ....މިހާރު މިއީ 35 ދޯ.....؟" އިނާ އަހާލިއެވެ.

"އަނެއްކާވެސް ތި ސުވާލު ތިކުރީ ދޯ....އިނާ ވިސްނަބަލަ...ކޮންމެ ކަމެއްގައިވެސް ޙިކުމަތެއް ވާނެ. އިނާއަށްވުރެ ކުރިން އަހަރެން މެރީ ކުރިޔަސް އޭގެ މާނައަކީ އަހަރެންނަށް ކުރިން ކުއްޖަކު ލިބެންޖެހެއޭތަ؟ އެހެނެއް ނޫން...." އެއީ ކުރިންވެސް އެތައްފަހަރު އެ ދެ ރަހްމަތްތެރިން ދައްކާފައިވާ ވާހަކައެކެވެ.

"ނޫނޭ އެހެނެއް ނޫން...." ދިލްމާ އެބުނި އެއްޗަކަށް އިނާވެސް އެއްބަސް ވިއެވެ.
" ވިސްނާލަބަލަ....އިނާ ޕްރެގް ވިއިރު އަހަރެން ޕްރެގްވެފަ އިންނަމަ ކިހިނެއް ވާނީ؟ " ދިލްމާ މަޑުކޮށްލިއެވެ. އިނާގެ ފަރާތުން ޖަވާބަކަށް އިންތިޒާރު ކުރަމުންނެވެ.

"ކިހިނެއްވާނީ...؟" އިނާއަކަށް ނުވިސްނުނެވެ.

"އެހެންނަމަ....އެހެންނަމަ ކިހިނެއް އަހަރެން އިނާއަށް އެހީވާނީ. މީހެއްގެ އެހީއަށް އިނާ ބޭނުންވިއިރު އިނާ ދިޔައީ އަހަރެން ކައިރިއަށް. އޭރު އަހަރެން ޕްރެގް ނަމަ އަހަންނަށް އަހަރެން ހިތްހަމަޖެހޭ ވަރަށް އިނާއަށް އަޅާލެވޭނެކަމެއް ކިހިނެއް އެނގެނީ. އެ ހުރިހާ ދަތުރުތައް ކޮށް، އިނާއަށް ހިތްވަރުދީ، އިނާ ކައިރީ ހޮސްޕިޓަލުގައި އިނދެ، އެހުރިހާ ކަމެއް އަހަރެންނަށް ކުރެވޭނެތަ އެންމެ ރަނގަޅަށް؟" ދިލްމާ ކުރީ ވަރުގަދަ ސުވާލު ތަކެކެވެ.
އިނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

"ކޮންމެ ކަމެއްވެސް ރާއްވަވާ ފަރާތުން ރާއްވަވާފައިވާނީ މާ ޙިކުމަތްތެރިކަމާއެކު. އަހަރެމެންނަކަށް ނޭނގޭނެ." ދިލްމާ ހިނގައިގަތެވެ. އިނާވެސް ދިލްމާގެ ފަހަތުން ގޮސް ސިޑިން ފައިބަން ފެށިއެވެ. އެއްޗެއް ނުބުނެ ވިސްނުމެއްގައި ހުރެގެންނެވެ.

" އަހަރެންގެ ވަގުތު ޖެހުނީމަ އަހަރެންގެ ކަންތައްތައްވެސް ހަމަޖެހިގެން ދާނެ. އަހަރެން މާ އުފާކުރަން، އިނާއަށް އެހީވެވޭފަދަ ޙާލަތެއްގައި މިދުވަސްކޮޅު އަހަރެން ހުސްކޮށް ހުރީތީ. އަހަރެން ޝައްކެއް ނުކުރަން ﷲ އާއި ދޭތެރޭ. ހުރިހާ ކަމެއްގައިވެސް ޙިކުމަތެއް ވާނެ. އެކަމަކު އެނގޭނީ ވިސްނާ ބަލައިފިއްޔާ. ނޫންތަ؟" ސިޑިބަރީގެ އެންމެ ފަހު ހަރުފަތުން ފައިބާފައި މަޑުކޮށްގެން ހުރެ ދިލްމާ ބުނެލިއެވެ.

އިނާ ބޯ ޖަހާލިއެވެ. އެއްބަސްވުމުގެ ގޮތުންނެވެ.
އިނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ނުވަތަ ދިލްމާގެ އެ ތެދުބަސްތަކުގެ ސަބަބުން ކުރި ފުން އަސަރެއްގެ ސަބަބުން ވާހަކަ ދެއްކުން ފަސޭހަ ނުވީއެވެ.

އިނާ އާއި ދިލްމާއަކީ އެކަކު އަނެކަކަށް ލޯބިވާ ހެޔޮ އެދޭ ދެ ރަހްމަތްތެރިންނެވެ. އެކަކު އަނެކަކަށް ޝައްކު ނުކުރާ، އަނެކާގެ ފަރާތުން ތިމާއަށް ދެވޭ ވަގުތުގެ މަދުކަމުގެ ޝަކުވާ ނުކުރާ ދެ ރަހްމަތްތެރިންނެވެ. ތިމާގެ ގައިދުގަ ބަނދެގެން ގެންގުޅުމުގެ ބަދަލުގައި ވައިރޯޅިއެއްފަދަ  މިނިވަން ރަހްމަތްތެރިކަމެއް އޮތް ދެ ރަހްމަތްތެރިންނެވެ. މުޅި ދުނިޔެވަށާ ބުރުޖަހާފަ، ކޮންމެ އަވަށަކުން މީހަކާއި ރަހްމަތްތެރިވަމުން އައި ނަމަވެސް، ތިމާއަށް އޮތް މަގާމު ނުގެއްލޭނެ ކަމުގެ އިތުބާރު އެކަކު އަނެކަކަށް އޮތް ދެ ރަހްމަތްތެރިންނެވެ. ނުފެނި އެތަކެއް ދުވަސްވިޔަސް، އަޑުނީވީ އެތަކެއް އަހަރުވިޔަސް، ގުޅުން ނުކެނޑޭނެކަމުގެ ޔަގީންކަން އެކަކު އަނެކަކަށް އޮތް ދެ ރަހްމަތްތެރިންނެވެ.

"ދަނީ އިނގޭ. ނަވީން ކޮބާ ...ހާދަ ލަސްވީ....؟" ދިއުމުގެ ކުރިން ދިލްމާ އަހާލިއެވެ.
"ގުޅާފަ ބުނި ކުޑަކޮށް ލަސްވެދާނެއޭ...." އިނާ ޖަވާބު ދިނެވެ.

"މިފަހަރު ރަށަށް ދާންވާނީ އިނާ އަމިއްލައަށް އިސްނަގައިގެން އެގެއަށް ގޮސް ނަވީން މަންމައާއި ވާހަކަ ދައްކާފަ އިނގޭ. އާއިލީ ގުޅުން ރަނގަޅު ކުރެވޭތޯ ކޮންމެހެންވެސް މަސައްކަތް ކުރަން ޖެހޭނެ މިހާރު." އެންމެ ފަހަށް ގެއިން ނުކުންނަމުންވެސް ދިލްމާ ދިނީ ނަސޭހަތެކެވެ.

ވަކި އެއްޗެއް ނުބުނެ އާނއެކޭ ބުނުމުގެ ގޮތުން އިނާ ބޯ ޖަހާލިއެވެ.

"އަދި ބުނަން....ކޯޓަށް ނަވީން ހޯދުމުގެކުރިން އެ ފޯމް ކެންސަލް ކުރުވާތި..." އެއާއެކު ދެމީހުންގެ ގާތަށްވެސް ނުލަފާ ހިންޏެއް އައެވެ.

ދިލްމާ ހިނގައްޖެއެވެ. ފެންޑާމަތީގައި ދޮރުކަނިއަށް ލެނގިލައިގެން އިނާއަށް ހުރެވުނީއެވެ.
ދިލްމާ އެބުނިހެން އިސްނަގައިގެން ނަވީންގެ މަންމައާއި ވާހަކަ ދައްކާނެ ގޮތަކާއި ދޭތެރޭ ވިސްނަން ހުރެވުނީއެވެ.


** ** ** ** ** ** ** (ނުނިމޭ) ** ** ** ** ** **40 comments:

♥♥♥♥♥ Awesome

 

Vast knowledge ma friend

 

sofaa haadha salhi ey. i wish i have a such a beautiful friend. soffa u r the best. love the story sooooo much.
NEEEE

 

i lurve dis story very much..mihaathanah kee emme nyc eh story miee..sofaa describe kohdheefa hunna goiyy varah unique..sofaage dhe story ves v v v bst..

 

varah salhi, ekam ....................

 

reeethi...

 

oh my god, 3days fahun 35 vanee dho dhilma ah, rangalhukameh baahvan jeheyne dho. ey vaahaka hama varah salhi,thanka
(friender)

 

maa kuru. try to make a happening plsss :(

 

vara reethi sofa naveen kobaatha......eyna genesfa ninmaali nama.....alhe haadha reechey......thank u sofa......dhen kon dhuvahakun anehbai.....

 

alhey nimeythee sob sob..ehen vaahaka ey genesdheythi ingey love :)

 

vaahaka kiya kiya kiyaaaaaaaaaaa fa varah reethi comment eh kuran huree ekamaku nukurevunu. ehenveema mithanuga comment kollaanan.. ingey

sofa ah salaam,
what a story.. ina go n meet ur mom- in law .
she is not that bad
she loves her son so she will love yu too
i wana meet najuma,

ketherikamaa keiga 80 ah madukuraanamey :)

soooooooooper dooooooooooooooooper writer <3

 

leem beynun adhi mia vure rythi story ey. million likes to this part.. vaahaka reethikamun kuranvi comment eh neyge.

 

chankoooz for not letting us wait chooo long. this is just awsumeeee you r a super star fathihuge thariyaaaaaaaaaaaa

 

wOW haadha molhey sofff. u know what friendship is dho.salhi.very organaised the whole story is.

 

thankooooooooooooooooooooooooooooooooooooooooooooooooooooo for not delaying so much. love the story . ur thinking is awsome

 

try to make hapenings liyefa in kiuntheriyaa ah,

happenings eba veyey. naveen and mom talked. what else should happen in this part. i think fathisthari has written grt.

 

soff keevve naveen dhakkaa nulee? naveen fenunu nama mibai adhi miah vure maaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa furihama vaane.

v.furihama story eh.

 

sithoo; vaao. haadha molhey friendship kiyaidheyn. i bet you must be a really good friend to ur frinds. the story is simply owsome. supper.dupper.excellent work thariyaaaaa

 

mi bain naveen fennaane kamah v.heekoggen huttaa....ohhhhh..eyoh vee gotheh.nufenunu naveen. dhen anna baiga dhakkalacchey. love him. huvafenugaves fennaneee naveen.hehehehe

 

sameena

v.gina dhivehi vaahaka kiunuiruves mivareh hama nufenunu. thi thari ge vaahakathakuga hurihaa dhimaalakah ali alhuvaalhaafa hurun eiy v.gayaavaa sifayeh.v.furihama. thi thariyakee vaahaka liyan engumuge ithurah lobivaan dhanna hitheh ves oi meeheh kan yageen.

thi masaikkathugai abadhuves saabithuve hurun edhen. thi thariyashaai thareege aailaa ah heyo rahmai levvun edhen.

 

sofff dhoonigandaa...avahah 80 genesdheebala. kei nuvey.naveen dhekey hithun.

i love my Naveen. i love my Naveen.i love my Naveen.i love my Naveen.i love my Naveen.i love my Naveen.i love my Naveen.i love my Naveen.i love my Naveen.i love my Naveen.i love my Naveen.i love my Naveen.i love my Naveen.i love my Naveen.i love my Naveen.i love my Naveen.i love my Naveen.i love my Naveen.i love my Naveen.i love my Naveen.i love my Naveen.i love my Naveen.i love my Naveen.i love my Naveen.i love my Naveen.i love my Naveen.

 

nowshan...
..thiothy haadha vrugatha Najumaa ekey...keep up the gud work naveeen...naveen ah neyngunas mammage hithah kudakoh asaru kohfi ingay cute baby anna vaahak bunyma..And Inaa yu gotta make thing out for Naveen...he did everything to be with yu..so just try and athulaa naveen mom ge hih...after all u and naveen are made for ech Other..:)..

<3 wat a description sofaaa..seine thah hama loa kurimatheega fenna kahala.<3..
and <3 full of thanx to yu Dear

 

dhilma ge party ah dhaan beynun so that i can meet naween and ina. guraaaaaaaate ingey mi part ves :

 

vaahakaige furihamakamuge vaahaka dhakkaa dhakkaa nimumeh neiy ingey /.. ehaaves furihama.ina n naween ah libenee gurl eh tha boy eh tha? dhkudhinah salaam bunachey.. najumadhatha kaareebuney hihvaru kollaashey :) 1+1+!+ adhi ves ithurah eah vure ithurah likes to 79.

 

my dear ina, sweety don't worry she'z would be the perfect mom-in law. go go go go and meet her.i love the way you brought that friendship thing in to ths part. well i just lav it.. thanx a lot/

 

ithurah bunedheyne echeh nethey. ehaaves furihama. dhil and ina ge ekuverikamah maruhaba. abadhuves thihen thibeyne kamah ummeedhukuran.. hama best ingey mi part ummmmaahhhhhh

 

Adam : yaaarey adam haadha try eh kohffeemey mi blog ah vadheveythoa.. kiriyaanu. mi part nukiyanyyaa kihiney phone call ge shooting ah gossa hadhaane eves dho.. fathis tharige mi vaahaka ah adam miulhenee film eh hadhaigen naween ge bai kulhen. adamge gurl frnd hadhaane eina ah. obinexxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx salhi reeethi furihama

 

axu :- mivaruge furihama vaahaka eh adhi nukiyameve. shukuriyya :D

 

kobaatha 80? hussy up dhen nukureveyne madeh ingey///

 

muna: vaahaka kiyamundhaa iru thasveeru sifavanee hama inthihaa ah. haaadha molhu liyuntheri ekey hithah araa..

 

wow dear . billion star dhina madhuvaaney mi part ah <3

 

♥♥♥♥♥ lurved diss story sofaa ♥♥♥♥♥
alhe dhn in part thankolheh avahah up kohdhehcheh sofaa

 

=Nathoo=

Hi Fathisthari..how r u. this is out first meeting dho. am so happy i found u.

My frnd just introduced mee to this blog because i stay home these days. she said this blog wil make my day YIPPPPPPPPPEEEEEEEE.. guess what? just after i read only this part, i know what she said is very right. i dont think i can even sleep tonight without reading the whole story. Soooooooooooooooooooooooooooooooooooooooooooooo beautifuly presented. there is a unique way in ur wordins.i love it. Varah furihama. v.superb.varah furihama. mi blog ga hurihaa vaahakayeh nukiyaa hama nuhureveyne dheneh.

 

kobaa 80? avaskrey ingey <3

 

some writers can easily connect with their readers, you are a super star :} love this part.

 
Hafu / india

mulhi india ga othee phone call ge reethi vaahaka..college ga eulhey dhivehi kudhin naween aa hithaavejje.. salhi salhi salhi salhi

 

80 vana bai nufenunu

 

varah reethi mi vaahaka,dhen vaanee kihinehbaa?

 

afee ah varan reethi. kihineytha mihaa molhu hiyaali kerenee kan'buloh? saabahey beneveynee thikiraa hihvareh.

 

♥♥♥♥♥♥♥♥
mivaruves madhuvaaney hithah mi aranee. ehaaves reeethi ths part. haadha molhey sofa .

 

Post a Comment