🌟🌟Fathisthari Vaahaka🌟🌟

Once upon a time it happened, how it happened is a fiction by me for you.

ފޯންކޯލް - 13 ވަނަ ބައިޒިޔާދު އެއައީ އެގެއަށް އަލަކަށް ނޫނެވެ. ޚާލިދާ ނިޔާވެގެން ހޮސްޕިޓަލުން ގެންދިޔައިއްސުރެ އަސުރު ނަމާދަށްފަހު ވަޅުލަންދެންވެސް އެންމެ އިސް މީހެއްގެ ގޮތުގައި ޒިޔާދު އެތަނުގައި އުޅެފައި ވެއެވެ. އަދި އޭގެ ފަހުން، ދޭތެރެ ދޭތެރެއިން އައިސް އެގެއަށް ވަދެލައެވެ. ޚާލިދުގެ އެދުމުގެ މަތިން ކަމަށްވެސް ވެދާނެއެވެ. ނޫނީ، ޚާލިދާ ދުނިޔޭގައި ހުރިއިރު ބުނެ ބުނެވެސް އެގެއަށް މަހަކު އެއްފަހަރުވެސް ވަދެލެވިފައި ނެތްކަން އިހްސާސް ކުރެވުނުލެއް ބޮޑުކަމުން އެގެއަށް އައުން އެއީ އާދައަކަށް ހެދީކަމަށްވެސް ވެދާނެއެވެ.
ކޮންމެ ގޮތެއް ވެގެން ކަމުގައި ވިޔަސް، އެނގޭ ވަރަކީ، ފެންނަ މަންޒަރަކީ ފާއިތުވެދިޔަ 3 ރޭވެސް އޭނަ އެގެއަށް އައި ކަމެވެ. އިނާއަށްޓަކައެވެ. އިނާއަށް ލިބިފައިވާ ހިތާމައިގައި ބައިވެރި ވުމުގެ މަގްޞަދުގައެވެ.

ބޮޑުމަންމަ ނިޔާވީއްސުރެ ޒިޔާދުގެ ފަރާތުން އިނާއަށް ފެންނަމުންދާ އޯގާތެރިކަމާއި ލޯތްބަކީ އިނާގެ ސިކުނޑިއަށް ގަބޫލުކުރަންވެސް ދަތި ކަމެކެވެ. 

އެދުވަހު ހޮސްޕިޓަލަށް ޒިޔާދުއަށް ދެވުނީ ދިހައެއްޖަހަން އުޅެނިކޮށް ކަމުގައިވިޔަސް، އޭގެ ފަހުން އެންމެ ސިކުންތަކަށްވެސް ޒިޔާދު އެތަނުން އަދި އޭނަ ކައިރިން ދުރަށް ނުދެއެވެ. އޭނައަށް ޒިޔާދުގެ މާ ބޮޑު އެހީއެއް ބޭނުން ނުވާއިރުވެސް ޒިޔާދު ދިޔައީ ހުރިހާ އިރެއްގައިވެސް އޭނައާއެކުގައި ޒިޔާދު ހުރިކަން އަންގައިދެމުންނެވެ. ނަތީޖާއެއްގެ ގޮތުން އެންމެ 3 ދުވަސް ތެރޭގައި ޒިޔާދުއާއި ދޭތެރޭގައި ހިތުގައި ގަދަރާއި ލޯބި އިތުރުވެއްޖެއެވެ. ކުރިން އޮތްވަރަށްވުރެވެސް ބޮޑަށެވެ. ޒިޔާދުގެ ހުރިހާ އުނި ސިފައެއްވެސް ލޮލަށް ނުފެންނަ ވަރަށެވެ. 

ސިންފަނީ ރެސްޓޯރެންޓުން ކެއި ރޭގަނޑުގެ ކެއުމަކަށްފަހު ޒިޔާދު ދިޔައީ އިނާ ގޮވައިގެން ކުޑަކޮށް ދުއްވާލާށެވެ. އިނާވެސް މާބޮޑު ދެކޮޅުހެދުމެއް ނަހަދައެވެ. ދާހިތަކުން ނޫންވިޔަސް ޒިޔާދު އާއިއެކު ހޭދަކުރަން އޭނައަށް ލިބޭ ވަގުތުތަކުގެ ބޭނުން އޭނަ ހިފުމަކީ އޭނަ ކުރަން ޖެހޭކަމެއްކަމަށް ދެކޭތީއެވެ. 
މިދަނޑިވަޅަކީ އާއިލާއަށް ނިހާއީ ބޮޑު ހިތާމައެއް ލިބިގެން އުޅޭ ދަނޑިވަޅެއް ކަމުގައިވިޔަސް، ގާތް ތިމާގެ މީހުންނާއި ހެޔޮ އެދޭ މީހުންގެ އެހީއަކީ މިފަދަ ވަގުތެއްގައި އިނާއަށް ވަރަށް ބޭނުންވެފައި ހުރި އެހީއެއްކަމަށްވާތީ، ކައިވެނި ހަމަޖެހިފައި ހުރި މުސްތަގްބަލްގެ ފިރިމީހާގެ ފަރާތުން ލިބޭ އޯގާތެރިކަމާއި އަޅާލުމަށް ދެކޮޅު ހެދުމަކީ މޮޔަ ކަމަކަށް ނޫނީ ނުވާނެކަން އިނާއަށް އެނގޭތީއެވެ. 

"މިރޭ ވާނެ ދޯ ތަންކޮޅެއް އަވަހަށް ދާން." ސިންފަނީން ނިކުތީއްސުރެން މި ހޭދަވި ފަނަރަ މިނެޓް ތެރޭވެސް ހަމަ އަނގައިންވެސް ނުބުނެއިން އިނާއާއި ވާހަކަ ދެއްކީ ޒިޔާދުއެވެ. 
"ހޫމް......" ސިހިފައި އިނާ ޒިޔާދު އާއި ދިމާލަށް ބަލާލާފައި ކުރު ޖަވާބެއް ދިނެވެ. ދެން އަނެއްކާވެސް މަގާއި ދިމާލަށް ބަލަން ފެށިއެވެ.
"އިނާ ދަންތަ ހުޅުލެއަށް....؟؟" ކާރުގެ ހުންގާނަށް ސަމާލުކަން ދެމުންވެސް ދެފަހަރަކު އިނާއާއި ދިމާލަށް އެނބުރިލަމުން އަނެއްކާވެސް ޒިޔާދު އެހިއެވެ.
"ހިއެއް ނުވޭ ބައްޕަ ގެންދަވާނެހެނެއް..." އަނެއްކާވެސް ހަމަ އެ އިންގޮތަށް އިނދެފައި އިނާ ބުނެލިއެވެ. 

ޒިޔާދު އަށް އަނެއްކާވެސް ދެތިންފަހަރަކު އިނާއަށް ބަލާލެވުނެވެ. ކޮންމެވެސް އެއްޗެއް ބުނަން ބޭނުންވެފައި އެކަމަކު ބުނަން ޖެހިލުންވެފައި އިން ކަހަލަ ގޮތެއް ޒިޔާދުގެ މޫނުން ފެނެއެވެ. އިނާ އާއި ވާހަކަ ދައްކަން ބޭނުންވެފައި އިން ގޮތެވެ. އެއާއި ޚިލާފަށް އިނާގެ މޫނުމަތިން ފެންނަނީ އެއްވެސް ކަމަކަށް ސަމާލުކަމެއް ނެތް ކަހަލަ ގޮތެކެވެ.
** ** ** ** ** ** ** ** **
ހިމޭންކަމާއެކު ދުވަސްތައް އޮވެގެން ދެއެވެ. އިނާގެ އާއިލާ މާލޭގައި ހޭދަކުރަން ކަނޑައެޅި ހަފްތާ ނިމެން އެންމެ ދެ ދުވަހަށް ވެއްޖެއެވެ. އަދިވެސް އެ އާއިލާގެ އެންމެންގެ ތެރޭގައި އުފެދިފައިވަނީ މަޑުމޮޅި ކަމެވެ. އާއިލާގެ އެއްވެސް ބަޔަކު ޚާއްޞަ އެއްވެސް ކަމަކާ ނޫޅެއެވެ. އެފަދަ ވާހަކައެއްވެސް ބަހުސެއްވެސް ނެތެވެ. ކޮންމެ ދުވަހަކުވެސް ކުރަން ހުންނަ ކަންތައްތައް ވާޖިބުތަކެއްފަދައިން ކުރަމުން ދަނީއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ގޭގެ މަންމަ ނިޔާވިތާ އަދި މިވީ އެންމެ އަށް ދުވަހެވެ.

"ދޮންތަ ފޯނެއް...." ހަވީރުގެ ހިތްގައިމު ވަގުތުގައި ވެހެމުން ދިޔަ ވާރެއަށް ބަލަން ސިޓިންގ ރޫމް ކުޑަދޮރުކައިރީ ރަޔާން އުރާލައިގެން އިނާ ހުއްޓާ އިނާގެ މޮބައިލް ފޯން ހިފައިގެން އައިސް ދިއްކޮށްލަމުން މިހެން ބުނީ ހަމްދުއެވެ.

"ގުޅާލެވިއްޖެދޯ......؟؟" ފޯން ނެގުމުގެ ކުރިން އެ ގުޅަނީ ކާކުކަން ބަލާފައި ދެން ފޯން ނަގާފައި އެންމެ ފުރަތަމަވެސް އިނާ ބުނެލީ އެހެންނެވެ.
"ނުބުނާވަރެއްނޫނެއްނު؟ ދެދުވަސްވެއްޖެ އަހަރެން ގުޅާތާ. އެކަމަކު ހަމަ ނުގުޅޭ ކިޔަނީ. ތިއީ ކޮންކަހަލަ ތަނެއްތަ؟" އިނާ ޝަކުވާ ކުރިއެވެ.
"ހޫމް........އެންމެ ރަނގަޅޭ....!!" އިނާގެ މޫނުމަތިން ހިނިތުންވުން ފެނުނެއްކަމަކު އަޑުން ފާޅުކުރަން އިނާ ބޭނުންވަނީ ނުރުހިފައި ހުރި ކަމެވެ.
"ނޫނެކޭ....އެނގޭ...." އެކޮޅުން ބުނަމުން ދިޔަ އެއްޗަކަށް އިނާ ޖަވާބު ދެމުން ދިޔައެވެ. ޝަކުވާ އާއި ނުރުހުމުގެ ރާގު ކެނޑި ގާތްކަން އެކުލެވޭ ގޮތަކަށެވެ.

"ގަބޫލުވެސް ކުރަމޭ.....އެވާހަކަ ބާއްވަބަލަ ދެން. މިހާރު ދެން ދިލް އަންނަ ދުވަސް ކަންފާރމް ވެއްޖެތަ؟" އިނާ އޮޅުންފިލުވިއެވެ.
"އެހެންތަ؟ އެހެންވެއްޖިއްޔާ މިކޮޅަކުން އަހަރެމެންނާ ދިމަލެއް ނުވާނެތާ؟ މާދަން ނޫން އަނެއްދުވަހުގެރޭ އަހަރެމެން ފުރާނަން." ތަފްޞީލް ދެމުން އިނާ ދިޔައެވެ.
"އާނ ދެން ރަށުން ދިމާވާނެނު. ހޫނ ދެން ބާއްވަން އުޅޭ. މިރޭ އޮންލައިން ވާނަން. މިކޮޅުން 9 ޖަހާއިރު ވާނީ. ނެތިއްޔާ މަށެއް ނުހުންނާނަން އިނގޭ 5 މިނެޓަށްވެސް. " އިނާ އިންޒާރު ދިނެވެ. ފޯން ބޭއްވިއިރު އިނާގެ މޫނުމަތިން ހިނިތުންވުމެއް ހުއްޓެވެ.

އިންޑިޔާގެ ސެންޓް. ފިލޯމެނާސް ކޮލެޖުން ޑިގްރީ ކޯހެއް ފުރިހަމަ ކުރުމަށް މައިސޫރުގައި ހުރި އޭނަގެ އެންމެ ގާތް ރަހްމަތްތެރިޔާ ދިލްމާއާއި ގުޅަންވެއްޖިއްޔާ އަބަދުވެސް އެފަދަ ހާލެއްގައި ނޫނީ ނުދާނެއެވެ. ގިނަ ވާނީ ފޯން ކަނެކްޝަން ކޮންމެވެސް މައްސަލަތަކެއް އުޅޭ ދުވަސްތަކެވެ. އެހެން ނޫނީ ފޯން ނުނަގާނެއެވެ. އެހެން ނޫނީ އިނާ އޮންލައިންވާގަޑިއަކު ދިލްމާއެއް އޮންލައިނަކު ނުހުންނާނެއެވެ. އަބަދުވެސް އެ ޝަކުވާ އޮންނަނީ ކުރަން ޖެހިފައެވެ. 

މޭޒުމަތީގައި ފޯން ބާއްވާފައި ރަޔާން އަށް ސަމާލުކަން ދިންތަނާ އަނެއްކާވެސް އިނާގެ މޮބައިލް ފޯން ރިންގުވާން ފެށިއެވެ. އަނެއްކާވެސް ދިލްމާ ގުޅީ ކަމަށް އިނާއަށް ހީކުރެވުނެވެ. ގުޅަން ފަށައިފިއްޔާ ހުއްޓައެއް ނުލާނެއެވެ. ހުރެވުނީ ރާއްޖެއިން ބޭރުގަ ކަމެއް، އަދި ޚަރަދަށް ބަލަން ޖެހޭނެ ކަމެއް ދިލްމާއަށް ދުވަހަކުވެސް ނޭނގނެއެވެ. ކޮންމެ ރެއަކު އެއްފަހަރު އޮންލައިނުން ދެމީހުން އެތަކެއް ވާހަކަ ދައްކާއިރުވެސް އިންޑިޔާގެ މައިސޫރުގައި ހުރެފައި ފޯނުން ގުޅާލުމަކީ ދިލްމާއަށް ހަމަ މެޓައެއް ކާލުން ކަހަލަ ކަމެކެވެ.

އިނާ އަތްދިއްކޮށް ފޯން ނަގާ ބަލާލިއިރު ގުޅަނީ ދިލްމާއެއް ނޫނެވެ. ޒިޔާދުއެވެ. 

"ކީކޭ ޒިޔާދު......؟" ފޯން ނަގާފައި އިނާ އެހިއެވެ.
"ގޭގަ....... އެއީ ރަޔާން" އެކޮޅުން ކުރި ސުވާލަށް އިނާ ޖަވާބު ދިނެވެ.
"އުނހުނ.........ހޫމް.........ހޫމް.......އާނ. އެންމެ ރަނގަޅު. " އިނާ ޖަވާބު ދެމުން ދިޔައީ ކުރުކޮށެވެ.
"ހޫމް........އާނ. ހޫމް. 9 އެއް ރަނގަޅުވާނެ. އާނ." ޒިޔާދު ބުނި ގަޑިއަކަށް އެއްބަސް ވެފައި އިނާ ފޯން ބާއްވައިފިއެވެ. 

އިނާ މާލެ އައިފަހުން ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއްގަޑިއެއްގައި ޒިޔާދުގެ އާއިލާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށް އެގެއަށް އައުމަށް ޒިޔާދުގެ މަންމަ އޮންނަނީ އޭނައަށް ދަޢުވަތު ދީފައެވެ. ކޮންމެ ދުވަހަކު ނުދެވުނަސް އޭނަ ދެއެވެ. އެންމެފަހުން ދިޔަރޭވެސް އެގޭގައި ޒިޔާދުގެ ދޮންތަ ކައިރީ އެތައް އިރަކު އޭނަ އިންނަން ޖެހުނެވެ. ޒިޔާދުއަށް އޮފީހުގެ ކަމެއްގައި ފޯނެއް އައިސްގެން ޒިޔާދު ގޮސް ކޮޓަރިއަށް ވަން ގޮތަށް ނިމެންދެން އޭނައަށް ޖެހުނީ ޒިޔާދުގެ ދޮންތަ ޒާހިރާ ކައިރީ އޭނަ ފަހާތަން ބަލަން އިންނާށެވެ. 

މިހާރު އޭގެ ފަހުން ދެދުވަހެއް ވަރުވެދާނެއެވެ. އެގެއަށް ގިނަގިނައިން ނުދާތީ ޒިޔާދުގެ މަންމަ މައްސަލަ ޖައްސާތީ އަނެއްކާވެސް ޒިޔާދު އެގުޅީ މިރޭ އެގެއަށް ދިއުމަށް ގަޑިއެއް ކަނޑައެޅުމަށެވެ. ކޮންމެހެން އޭނައަށް ޚާއްޞަ ވަކި ގަޑިއެއް އޮތީކީ ނޫނެވެ. އެކަމަކުވެސް ޒިޔާދު ކަނޑައެޅި ކޮންމެ ގަޑިއަކީވެސް އޭނައަށް ރަނގަޅު ގަޑީއެއް ކަމަށްވާތީ މިރޭ ނުވައެއްޖަހާއިރު ބަލާ އަޔަސް އެންމެ ރަނގަޅުކަމަށް އިނާވެސް އެއްބަސްވީއެވެ. 

އިނާއާއި ޒިޔާދު އެގެއަށް އެރޭ ދިޔައިރު ސިޓިންގރޫމް އޮތީ ފުރިފައެވެ. މުޅިންވެސް ޒުވާން އަންހެންކުދިންނެވެ. ހީވަނީ ކަމެއް ފާހަގަކުރަން އައިސް ތިބި ކުދިބައެއް ހެންނެވެ. އެންމެންވެސް އުފަލުން ހިނިއައިސްފައެވެ. އުފާވެރި މާހައުލެކެވެ. 

އިނާއަށް ޖެހެވުނީ ފަހަތަށެވެ. ކޮން ކަމެއްބާއޭ އިނާ ހިތަށް އެރިއެވެ. ކައިރީގައި ހުރި ޒިޔާދުއާއި ދިމާލަށް ބަލާލެވުނީ ސުވާލުގެ ބެލުމަކުންނެވެ.
"އިނާ ނައިސްދާނެތީ ކުރިން ނުބުނީ. އަސްލު މިރޭ މިގޭގައި ކުޑަކުޑަކަމެއް ފާހަގަކޮށްލަނީ." ރީތި ހިނިތުންވުމަކުން ހިނިތުންވެލަމުން ޒިޔާދު ޖަވާބު ދިނީ އިނާގެ ހިތުގައި އޮތް ސުވާލަށެވެ.

އާނއެކެވެ. ޒިޔާދުއަށް އެހީވީ ރަނގަޅަށެވެ. މިއީ ޕާޓީ އާއި ހަފްލާ ތަކާ އުފާފާޅުކުރުންތަކުގައި އޭނަ ބައިވެރިވާހިތްވާ ދުވަސްކޮޅެއް ނޫނެވެ. އެންމެ ކުޑަމިނުން ޒިޔާދުއާއެކުގައިވެސް ވަގުތު ހޭދަކުރަން އޭނަ އަންނަނީ އަންނަ ހިތްވެގެންނެއް ނޫނެވެ. ވާން އުޅޭ ފިރިމީހާ ކަމަށްވާތީ، އެ އާއިލާ އާއި ތިމާގެ މީހުންނާއި ބައްދަލުވެ އުޅުމަކީ ދެރަށެއްގައި އުޅޭ ދެމީހަކަށް ކޮންމެ ކޮންމެ ދުވަހަކު ކުރެވޭނެ ކަމަކަށް ނުވާތީ، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ގޮތުން އޭނަ އަންނަނީއެވެ. އެހެން ނޫންނަމަ ގެއިން ބޭރަށް ނުކުންނަ ހިތްވެސް އޭނަ ވަނީކީ ނޫނެވެ. ޒިޔާދުއަށް އެކަން ނޭނގެނީ ހެއްޔެވެ؟ އިނާ ހިތަށް އެރިއެވެ.

"ކޮންކަމެއް......؟؟" ކިތަންމެ ގިނަ އެއްޗެއް ހިތަށް އެރި ކަމުގައި ވިޔަސް އިނާ އަހާލީ ކުޑަކުޑަ ސުވާލެކެވެ.
"ދޮންތަގެ ދަރިފުޅު މާދަން ނޫން އަނެއް ދުވަހު މެލޭއަށް ފުރަނީ. ކޯހުގަ. މިރޭ މިއީ ފެއަރވެލް" އިނާގެ ބުރަކަށީގައި ލޯބިން އަތްޖައްސާލައިގެން ހުރެ ޒިޔާދު ބުނެދިނެވެ.

ވަކި އެއްޗެއް ނުބުނެ އިނާ އިސްޖަހާލިއެވެ.
"އިނާ......!!!" ބަސްހުއްޓިފައި އިނާ ހުރީމަ ޒިޔާދު ގޮވާލިއެވެ. އެ ގޮވާލުމަށް އިނާ އިސްއުފުލާ ބަލާލިވެސް މެއެވެ. އެއްޗެއް ބުނުމުގެ ބަދަލުގައި ޒިޔާދު އެދުނީ އެތެރެއަށް ވަނުމަށެވެ. އިޝާރާތުންނެވެ. 

ކުރެވޭނެ ކަމެއް ނެތެވެ. އެހެރީ އާދެވިފައެވެ. ޒިޔާދު އެހެރީ ކައިރީގައެވެ. ދެން އޭނަ ނުވަދެ ދާން އުޅެފިއްޔާވެސް މައްސަލައަކަށް ނޫނީ ނުވާނެއެވެ. ކުރިންވެސް ޖެހުނު މައްސަލަ އޮބިފައި އޮތްވާ އަނެއްކާ އަނެއް މައްސަލައަކާ އޭނައަށް ކުރިމަތި ނުލެވޭނެއެވެ. އެހާ ހިތްވަރެއް މިދުވަސްކޮޅަކު އޭނަގެ ނެތެވެ.

މިހެން ހިތަށް އަރާފަ އިތުރު އެއްޗެއް ބުނުމަކާ ނުލާ އިނާ ސިޓިންގރޫމަށް ވަދެއްޖެއެވެ. ސިޓިންގ ރޫމްގައި ތިބި ވިހި ވަރަކަށް ކުދިން އެއްފަހަރާ ކަހަލަ ގޮތަކަށް އެދިމާލަށް އެނބުރުނެވެ. 

"ކުޑަބެ ނައަންނާނެކަމަށް ސިތާ ހީކުރީ. އަވަހަށް ވަދޭ ވަދޭ" އެވަގުތު ގޭތެރެއިން ނުކުމެގެން އައި ސިތާއަށް ޒިޔާދު އާއި އިނާ ފެނުމާއެކު ބުނެލިއެވެ. 
"މިގެއަށް އައީމަ މި އެނގުނީ ސިތާގެ ފެއަރވެލްކަން. އެހެން ނޫންނަމަ....." ސިތާގެ އުފަލުގައި ބައިވެރި ވުމުގެ ގޮތުން ކުރިއަށް ޖެހި ސިތާއާއި ސަލާމްކުރަމުން އިނާ ބުނަން އުޅުނެވެ.
"އޯވހ. ޕްލީޒް. އެއްޗެއް ގެންނާނެކަމެއް ނެތޭ. އިނާދައްތަ އައީމަ ސިތާ އުފާވެއްޖެ. އެވަރު މާބޮޑަށްވެސް ރަނގަޅު." އެންމެ ވިހި އަހަރުގެ ސިތާގެ މޫނުމަތިން ފެންނަމުން ދަނީ ހަގީގީ އުފާވެރިކަމެވެ. 
"އެކޮޅުގައި މަންމަމެން އެބައުޅޭ. ވަރަށް ކަންތައް ހުންނާނެ އެކޮޅުގަ. އިނާދައްތަ ގޮސްބަލަ އަވަހަށް." މިހެން ބުނެފައި ސިތާ ހިނގައިގަތީ ސިޓިންގރޫމްގައި ތިބި ރަހްމަތްތެރި ކުދިން ކައިރިއަށެވެ. އިނާ އާއި ޒިޔާދު ވަނީ އެތެރެއަށެވެ.

ސިތާގެ ފެއަރވެލްއަށް ބޭއްވި ހަފްލާ ނިމުމަކަށް އައީ ބާރަވެސް ޖެހިފަހުންނެވެ. އިނާއަށް ވަރުބަލިކަން އިހްސާސްވެފައި ހުއްޓެއްކަމަކު އެހުރިހާ އިރުވީއިރުވެސް ގެއަށް ދާންވެސް ބުނަން ނުކެރުނީއެވެ. 
"އިނާ......ވަރުބަލިވެއްޖެ ދޯ މުޅިން." ސިޓިންރޫމްގައި ހުރި އެންމެ ފަހު ތަށިތައް ހިފައިގެން އައިސް ކާކޮޓަރިއަށް ވަންއިރު ސޯފާގައި އިނާއިން ގޮތުން ޒިޔާދުގެ ދޮންތަ، ޒާހިރާ ބުނެލިއެވެ.
އިނާ ބުނާނީވެސް ކީކޭހެއްޔެވެ؟ ބުނާނެ އެއްޗެއް ނެތެވެ. އެހެންވެ ހަމައެކަނި ހިނިތުންވެލީއެވެ.
"ކޮބާ ޒިޔާދު މިހާރު." ސިންކު ކައިރިއަށް ގޮސް ހުއްޓެމުން އަނެއްކާވެސް ޒާހިރާ އަނެއް ސުވާލު ކުރިއެވެ.

"ފޯނެއް އައީމަ ދިޔައީ....އެފަރާތަށް ނުކުތީ؟" ސިޓިންރޫމާއި ދިމާލަށް އިޝާރާތް ކުރަމުން އިނާ ޖަވާބު ދިނެވެ.
"އެހެރަ އަންނަ ފޯނެއް ދޯ ޒިޔާދުއަށް. ދަންވަރަކަސް މެންދުރަކަސް ހަމަ ފަދަ. ކައިވެނިކުރެވުނަސް ނޭނގެ ވަގުތެއްވާނެކަމެއް ޒިޔާދުއަށް. ކަންފަތުން ފޯން ދުރަށްލެވިގެނެއްނު އިނާއަށް ވަގުތެއް ދެވޭނީވެސް." ތަށިތައް ދޮންނަމުން ޒާހިރާ ވާހަކަ ދައްކަމުން ދިޔައެވެ.

"ކުޑަބެގެ ހާލު އެއީ. އަބަދުވެސް. އެކަމަކު އެންގޭޖްވިފަހުން ތަންކޮޅެއް މަދުކަންނޭނގެ ދޯ ދޮންތާ؟" ޒާހިރާއާއި ޒިޔާދުގެ ހަގަށް ހުރި ކޮއްކޮ ޒޫނާވެސް އޭނަގެ ކުޑަބެގެ ހާލު ބަޔާންކޮށްލިއެވެ. އެކަމަކު އެއީ މަލާމާތުގެ ރާގެއްގައެވެ. ހިނިގަނޑަކާއެކުގައެވެ. 

"އިނާ ދެން ހަމަ އިނީތަ؟ ދޭބަލަ. ގޮސްބުނޭ އިނާ ގެއަށްލާފަ އައިސް ތިހުންނަ ފޯނެއްގަ ހުންނާށޭ." ތަށިތައް ދޮންނަން ހުރެފައި އެނބުރިލަމުން ޒާހިރާ ބުނެލިއެވެ.
"އިނާދައްތަ މާ ބީރައްޓެހިކޮށް އުޅެނީ." ޒޫނާއާއި އިނާގެ އުމުރުގައި ހުރީ އެންމެ ދޮޅުއަހަރުގެ ތަފާތެއްކަމަކު ޒޫނާވެސް އިނާއަށް ކިޔަނީ ދައްތައެވެ.
" ދޭބަލަ އިނާ. މިއީ ހަމަ އިނާގެވެސް ގެއޭ. ގޮސް ބުނޭ ޒިޔާދުކައިރީ. އަސްލުވެސް މާލަސްވެސް ވެއްޖެ މިހާރު." އަނެއްކާވެސް ޒާހިރަ ބުންޏެވެ.
"އިނާދައްތައަށް ދެވޭނެއޭ މިހާރު ކުޑަބެގެ ކޮޓަރިއަށްވެސް. ދޯ ދޮންތާ؟" ޒޫނާ އޭނަގެ ލާނެތްކަމާއެކު ބުނެލިއެވެ. އެގޭގައި އިނާ ނުވަންނަ އެއްވެސް ތަނެއް ނުހުންނާނެކަން ޒޫނާއަށް ނޭނގޭތީކީ ނޫނެވެ. އިނާ ރަކިކޮށްލުމުގެ މަގްޞަދުގައެވެ. އެކަން ހާޞިލްވެސް ވިއެވެ. އަދި ހަމަ ހިތްވަރެއްވެސް އިނާއަށް ލިބުނެވެ. އެހެންކަމުން ތެދުވެގެން ހިނގައިގަތެވެ. 

ސިޓިންރޫމްގައި އިނީ ސިތާއެކަންޏެވެ. ސިތާވެސް އިނީ ފޯނެއްގައެވެ. އެކަމަކު ޒިޔާދުއެއް ނެތެވެ. 
"ކުޑަބެ ވީ ކޮޓަރީގަ........ސިތާ ދަންތަ ކުޑަބެއަށް ގޮވަން....." އަވަހަށް ތެދުވަމުން ސިތާ އޭނަގެ އެހީ ހުށަހެޅިއެވެ.

"ނޫނޭ ސިތާ މަޑުކޮށްލާ." ސިތާ ފޯނެއްގައި އިނީމަ އުނދަގުލެއް ނުކުރާންވެގެން ސިޑިއާއި ދިމާލަށް ހިނގައިގަންނަމުން އިނާ ބުންޏެވެ. ގޭގެ ފުރަތަމަ ފްލޯރގައި ހުންނަ ޒިޔާދުގެ ކޮޓަރިއަށް ދިއުމަށެވެ.

އިނާ ގޮސް ޒިޔާދުގެ ކޮޓަރިއަށް ވަންނަން އުޅެފައިވެސް ޓަކި ޖަހާލިއެވެ. އެހާ ބާރަކަށް ނޫނެވެ. ޓަކި ޖަހާލުމަކާ ނުލާވެސް ވަދެވޭނެކަން އެނގޭއިރުވެސް އެގޮތް އިނާއަށް ގަބޫލުނުކުރެވުނީ ކަންނޭނގެއެވެ. 
ދެފަހަރަކު ޓަކިޖަހާލުމުންވެސް އެތެރެއިން ހިލަމެއް ނުވުމުން އިނާ މަޑުމަޑުން ދޮރު ހުޅުވާލިއެވެ. ދިމާލަށް ފެންނަން ހުރި ތަނަކުން ޒިޔާދެއް ނުފެނެއެވެ. ފޮތްބަހައްޓާ ބޮޑު ހަރުގަނޑާއި ސޯފާގެ އިތުރުން ކުޑަ މޭޒު ފެނެއެވެ. އަދި އެނދުގެ އެއްފަޅިވެސް އެ ދިމާލުން ފެނެއެވެ.

އިނާ މިކޮޓަރިއަށް ވަން ފުރަތަމަ ދުވަހުވެސް ޒިޔާދުގެ ފާޑުވެރި ކަމާއި ޒިޔާދުގެ ތަހުޒީބީ ވިސްނުން ހުރިގޮތް ކޮޓަރިތެރެއިން ހާމަވާން ހުރުމުން ޒިޔާދު އާއި ވަރަށް ރުހެވުނެވެ. އަގުބޮޑު މޮޅު އެއްޗެހިން ޒީނަތްތެރިކޮށްފައިވާ ފިރިހެންވަންތަ ފުރިހަމަ ކޮޓަރިއެކެވެ. ކޮންމެއެއްޗެއްވެސް ތަރުތީބު ވެފައި ފުރިހަމައެވެ. 

ކޮޓަރިއަށް ވަދެފައި ދޮރުލައްޕާލާފައި އިނާ އަދިވެސް އެތެރެއަށް ހިނގައިގަތެވެ. ޒިޔާދު ވީ ފާހާނާގައި ކަމަށް ނިންމާފައެވެ. ނިކުންނަންދެން ކޮޓަރީގައި މަޑުކޮށްލާނީއޭ ހީކޮށެވެ.
ދިމާވީ މާ ރަނގަޅަށެވެ. ފުރަތަމަ ދޮރުން ވަދެގެން އަންނައިރު ނުފެނުނު ކަމުގައި ވިޔަސް، އެތެރެއަށް ވަންއިރު ޒިޔާދު އޭނާގެ އެނދުގެ އަނެއްފަރާތުގައި ކޮޓަރީގެ ދޮރަށް ފުރަގަސްދީގެން އިނެވެ. އަދިވެސް އިނީ ފޯނެއްގައެވެ.

އޮފީހުގައި ވަރުގަދަ ކަންތައްގަނޑެއް ލައިގަތީ ކަމަށް ނޫނީ ނުވާނެއެވެ. މައްސަލައެއް ނެތެވެ. ފޯން ނިމެންދެންވެސް އޭނައަށް މަޑުކުރެވިދާނެއެވެ. މިހުރިހާއިރުވެސް އޭނަ ހުރީ ވިއްޔާއެވެ. މިހެން ހިތަށް އަރާފައި ޒިޔާދު ކައިރީ އިށީންނަން ދާން އިނާ ހިނގައިގަތެވެ. ކޮޓަރިތެރޭގެ ފުރިހަމަކަމަށް ބަލަމުންނެވެ. 

މިފަހަރު މާލެ އައިފަހުން އޭނަ އަދި މި ކޮޓަރިއަށް ނުވަދެއެވެ. އެހެންކަމުން ކުރީފަހަރު ހުރި ތަކެތީގެ ތެރެއިން ވަރަށް ގިނަ ތަކެތި މިހާރު އާކޮށްފައިވާކަން އިނާއަށް ފާހަގަކުރެވުނީ ހަމަ ދެންމެއެވެ. އެނދުކައިރީ އަޅާފައި އޮތް ދޫލަވެސް އޮތީ ބަދަލުކޮށްފައެވެ. ކުރީފަހަރު އޭނަ އައިއިރު އޮތީ ކަޅުކުލައިގެ ދޫލައެކެވެ. މިހާރު އެއޮތީ އަޅި ކުލައެވެ. ކުރީފަހަރަށްވުރެ މިފަހަރު މާ ގުޅެއޭ އިނާ ހިތަށް އެރިއެވެ.

އިނާ ބަލާލިއިރު އަދިވެސް ޒިޔާދު އިނީ ގެއްލިފައެވެ. ފޯނުން ކޮންމެވެސް ވާހަކައެއް ދައްކަނީއެވެ. ނޫނީ އެކޮޅުން ދައްކާ ވާހަކައެއް އަޑުއަހަން އިނީކަންނޭނގެއެވެ. ޒިޔާދު ނިމެންދެން މަޑުކޮށްލާންކަމަށް ގަސްދުކޮށް އިނާ ގޮސް ފޮތްހަރުގަނޑު ބަލަން ފެށިއެވެ.

"ޕްލީޒް. ގަބޫލުކޮށްބަލަ. ބައްދަލުނުކުރެވިފައެއް އަދި ނެތެއްނު. ދެދުވަހު ބައްދަލުނުކުރެވުނީމަ އޭގެ މާނައަކީ ތިއީތަ؟ އޭނަ ދިޔައީމަ ހަމަ އަނެއްކާވެސް އަހަރެން މިހިރީނު. ސައުވީސްގަޑިއިރުވެސް އުޅެވޭނެނު ދެމީހުންނަށް." ފޮތްހަރުގަނޑުގައި ހުރި ފޮތްތަކަށް ބަލަން ހުއްޓާ އިނާއަށް އަޑުއިވުނީ ޒިޔާދުގެ މި ވާހަކަ ކޮޅެވެ. ސިހުނު ވަރުން ފަހަތަށް އެނބުރި ޒިޔާދުއާއި ދިމާލަށް ބަލާލެވުނެވެ. 

"އެހާ ފަސޭހައެއް ނޫނޭ. މިދުވަސްކޮޅު އަހަރެން ކޮންމެހެންވެސް ހުންނަން ޖެހޭނެއެއްނު. އެހެން ނޫންނަމަ....އާނއެކޭ. މާދަން ނޫން އަނެއްދުވަހު އިނާ ފުރާނެ. އާނ. ޕްރޮމިސް. ދާނަމޭ. ހެހެހެހެ.....އާނއެކޭ. ސްވީޓީ ގަބޫލެއްނުކުރަމު ދޯ އަދިވެސް." ވަރަށް ލޯތްބާ އަސަރާއެކު ޒިޔާދު ދިޔައީ ފޯނުން ވާހަކަ ދައްކަމުންނެވެ. ފަހަތުގައި މީހަކު ހުރި ކަމުގެ ހިލަންވެސް ޒިޔާދުއަކަށް ނުވެއެވެ. ފޮތްހަރުގަނޑު ކައިރީ ހުރެފައި އައިސް އިނާ ޒިޔާދުއާއި ފަސްވަރަކަށް ފޫޓް ދުރުގައި ހުރިކަމުން ޒިޔާދު ދައްކަމުން ދިޔަ ވާހަކަތައް ސާފުކޮށް އިނާއަށް އަޑުއިވުނެވެ.

"ދެން ބުނޭ ދާށޭ. މިހާރުވެސް މާ ލަސްވެއްޖެ. ދޮންތަމެންކައިރީ އިނާ ބައިންދާފަ އައިސް މިއިނީ. ކިހާއިރެއް މިހާރު. އިނާ ގެއަށް ލާފަ އައިސް ގުޅާނަމޭ. ދެން....އާނއެކޭ....ހެހެހެ.......ޕްރޮމިސް. ކޮންމެ ކަމަކަށްވެސް ޕްރޮމިސް ކުރުވީމަ ދޯ ގަބޫލުކުރެވެނީ." ޒިޔާދުގެ އަޑުގައި ވަނީ އުފާވެރި ކަމެވެ. ލޯތްބެވެ. ނަމަވެސް އެ އަޑުތައް އަހަން އެހެރަ އިނާގެ މޫނުމަތިން ފެންނަނީ ހައިރާން ކަމެވެ.

"އޯކޭ...އައިސް ގުޅާނަން އިނގޭ. ނުނިދާތި. އަންނާނަން ވަރަށް އަވަހަށް. އޯކޭ. ބައި" އެންމެ ފަހު ވާހަކަކޮޅަށްފަހު ޒިޔާދު ފޯން ކަނޑާލައިފިއެވެ. ނަމަވެސް ދެންވެސް އަތުން ފޯން ހިފަހައްޓައިގެންވެސް އިނީއެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރަނީކަމެއް ނުވަތަ ދެކޮޅުންކުރެ ޚިޔާރުކުރަންވީ ކޮން ކޮޅެއްކަން ނިންމަނީކަމެއް ނޫންކަމެއްވެސް ނޭނގެއެވެ.

އިނާ ހަމަ ބަލަހައްޓައިގެން ހުރީއެވެ. ޒިޔާދުއަކީ ކޮންކަހަލަ ފިރިހެނެއް ހެއްޔެވެ؟ 

ދިހަވަރަކަށް ސިކުންތުގެ ވަގުތުކޮޅަކަށްފަހު، ވަރަށްވެސް ފުން ނޭވާއެއް ލާފައި އެނދުން ތެދުވެފައި ޒިޔާދު އެނބުރިލިއެވެ. އެއާއެކު ޒިޔާދުއަށް ހީވީ ތޫނު އެއްޗަކަށް ފައިން އެރުނު ހެންނެވެ.

"އިނާ..........!!!......؟؟؟" ހައިރާންކަމާއި ސުވާލުގެ ރާގުގައި ގޮވާލެވުނެވެ.

އިނާ ހަމަ އެކައްޗެއްވެސް ނުބުނެއެވެ. ޒިޔާދުއާއި ދިމާލަށް ބަލަހައްޓައިގެން ހުރީއެވެ. 

"އިނާ......" ހަދަންވީ ގޮތެއްވެސް ނޭނގިފައި ހުރެފައި އިނާއާއި ދިމާލަށް ޒިޔާދު ހިނގައިގަތެވެ.
"އެއީ.....އެއީ........" އުއްމީދުނުކުރާ ކަހަލަ ހާލަތަކަށް އައުމުން ޒިޔާދުއަށްވެސް ދައްކާނެ ވާހަކައެއްވެސް ނޭނގުނެވެ.

"ޕްލީޒް........އިތުރު ދޮގުތަކެއް ހަދަން ދެން މަސައްކަތް ނުކުރޭ." ޒިޔާދު އޭނަގެ ކުށެއް ނެތްކަން ސާބިތުކޮށްދޭން ވާހަކަ ދައްކަން މަސައްކަތް ކުރުމުން ޒިޔާދުއަށްޓަކައި އެކަން އިނާ ލުއިކޮށްދީފިއެވެ. އަދި ހުރި ފިޔަވަޅުމަތިން އެނބުރިލީ ޒިޔާދު އާއި ދުރަށް ދިއުމަށެވެ. ކޮޓަރީން ނުކުމެގެން އަވަހަށް ދިއުމަށް ގަސްދުކޮށްގެންނެވެ. 

"އިނާ .......އަޑުއަހާބަލަ........!!!" ޒިޔާދުއަށް އިނާގެ ފަހަތުން ދުއްވައިގަނެވުނު ކަހަލައެވެ.
"އަދިވެސް އެބަހުރިތަ އަހަރެން އަޑުއަހާނެ ވާހަކައެއް؟ " އެނބުރިލާފައި މިހެން ބުނެފައި އަނެއްކާވެސް އިނާ ހިނގައިގަތެވެ. ނަމަވެސް އިނާއަކަށް ކާމިޔާބެއް ނުވިއެވެ. ޒިޔާދު އެ ދިޔަގޮތަށް ގޮސް އިނާގެ ކުރިމައްޗަށް އަރައި މަގަށް ހުރަސް އެޅިއެވެ.

"ތިހީކުރިހެނެއްނޫނޭ އެއީ.........އެއީ.......ރުޅިނައިސް ހަގީގަތް އަޑުއަހާބަލަ" ޒިޔާދު މަސައްކަތް ކުރީ ދެންމެ އެފޯންކޯލުން އޭނަ ދެއްކި ވާހަކައަކީ ކޮން ވާހަކައެއްކަން އަންގަ ދިނުމަށެވެ. އެކަމަކު.....ހަގީގަތާ ޚިލާފަށް ވާހަކަ ދެއްކުމަކީ ހުރިހާ ފަހަރެއްގައި ކާމިޔާބު ވާނެކަމެއް ނޫންކަން އަދި ޒިޔާދުއަށް ނޭނގެނީކަންނޭނގެއެވެ.

"ހަގީގަތް އަޑުއަހާށޭ....؟؟ އަހަރެން އަޑުއަހައިފިން. އެއީ ހަގީގަތް. މިހާރު ހަދަން ތިއުޅެނީ ދޮގު. ޒިޔާދު ކީއްވެގެންތަ ތިހެން ހަދަންޖެހުނީ އަހަންނާ ދޭތެރޭ؟ ކާކު ޒިޔާދުއަށް ތި ހައްގު ދިނީ؟" އިނާއަކީ ހަރުކަށި އިބާރާތަކުން މީހަކާ ވާހަކަ ދައްކަންވެސް އެނގޭ މީހެއް ނޫނެވެ. އަދި ރުޅިއައިކަމުގައި ވިޔަސް ރުޅި ފާޅުކުރަންވެސް އެނގޭ މީހެއް ނޫނެވެ. އެއީ އޭނަގެ ކިބައިގައި ހަރުލާފައި ނެތް ދެސިފައެވެ. މިހާރުވެސް ވީ އެހެންނެވެ. ކަނޑައެޅިގެން ފާޅުގައި ޒިޔާދު ކުށެއް ކޮށްފިކަން އެނގިހުރެވެސް އިނާއަކަށް ރުޅިއެއް ނުދެއްކުނެވެ. ނުރުހުމާއި ނަފްރަތުގެ ބަދަލުގައި ކުރެވެން ފެށީ ޝަކުވާއެވެ. ކަރުނައާއެކުގައެވެ.

އަނެއްމީހާ ހިތުގަޖެހި ދެރަވެއްޖެކަން އެނގުމާއެކު، އެންމެ ބޮޑު ބޭވަފާތެރިޔާގެ ހިތުގައިވެސް ތިމާއަށް ފަތަޙަ ވާނެކަމުގެ ޔަގީންކަން އުފެދޭނެއެވެ. ޒިޔާދުއަށްވެސް ވީ އެހެންނެވެ. 
ކިތަންމެ ނުރުހިގެން އިނާ ދާން އުޅުނުކަމުގައި ވިޔަސް އިނާގެ ލޮލުން ކަރުނަ ހިލުނުތަން ފެނި، ޝަކުވާގެ ދެސުވާލެއްވަރު އިނާގެ ދުލުން ބޭރުވުމާއެކު އޭނައަށް އަދި އިނާ ރުއްސުވިދާނެކަން އެނގިއްޖެއެވެ. އެހެންކަމުން އޭނަ ކުރި ކުށުން ދިފާޢުވާން ޒިޔާދު ބޭނުން ކުރީ ލޯބީގެ އައްޑަނައެވެ.

"އިނާ......އޯވހ އިނާ ނުރޮއި. ސޯ ސޮރީ. އިނާ...." ކުރިއަށް ޖެހި ވަގުތުން އިނާގެ ހަށިގަނޑު އޭނަގެ އަތުތެރެއަށް ގެނައެވެ. ބ

**********(ނުނިމޭ)**********ވޯޓް
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

http://www.muraasil.com/images/comment_reply.pngPosted on 2011-02-21 01:48:57 | Report this Comment
މިވާހަކަ އަކީ ނަޝްގެ ފެވަރިޓް ވާހަކަ.. ވ ވ ވ ވ ވ ރީތި އިނގޭ.. ކީޕް އިޓް އަޕް..!! ކުރިއަށް ހުރި ބައި ތަކަށްވެސް އިންތިޒާރު ކުރަން.. އަވަހަށް ގެނެސްދެށްޗޭ އިނގޭ.. ބާއި.. ޓޭކް ކުޔަރ
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ނަޝް.......ޕްރައިވެޓް ވާހަކައޭ؟ ތިބުނީ ކޮންމާނައެއްގަ؟ އެބަ ބަލަން އަވަހަށް ގެނެސްދެވޭތޯ.ޝުކުރިއްޔާ!!!!
ރާއި: އޯހޯ.....ފޭވަރިޓް.............ނޮޓް ޕްރައިވެޓް
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ގުޑްނެސް......ނިދި ލޮލަށް ބަރުވެފަ ހުރީމަ ސޮފާއަށް ފެނުނީވެސް ނުބައިކޮށްހެން ހީވަނީ. ހެހެހެހެ........ސޮރީ......ނޮޓް ޕްރައިވެޓް. ބަޓް ފެވަރިޓް. ގޮޓް އިޓް. ހެހެހެހެހ. ސޯ ސޮރީ!!!


http://www.muraasil.com/images/comment_reply.pngPosted on 2011-02-21 02:25:59 | Report this Comment
އަޅެ ޕްލީޒް ސޮފާ މިފަހަރު ޒިޔާދުގެ ކިބައިން އިނާ ސަލާމަތް ކޮށްދީފަ ނަވީން އާއި އިނާ އަވަހަށް ގުޅުވަބަލަ..!!! ޕްލީޒް.. ނަވީން ގެ ހާލު ނޭނގޭތާ ހާދަ ދުވަހެއްވެއްޖެޔޭ... ދެން ގެނެސްދޭ ބައި ގައި ނަވީން ގެ ޙަބަރެއް ހިމަނާލަށްޗޭ އިނގޭ...!! މިހާރު އެސޮރު ހެޔޮ ހާލުގައި ހުރި ކަމެށްވެސް ނޭނގެ.. ސޮފާ ޕްލީޒް ނަވީން ގެ ހާލު ބުނެދީބާ..!
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ރިޝްމާ .....އެހާ ދެރަނުވެބަލަ. ނަވީންގެ ހާލު ހަމަ ރަނގަޅު. އެސޮރު އެބައުޅޭ އައްޑޫގަ. އަދި ދިމާވާނެ. ރަނގަޅުތަ މިވަރު. ހީކުރަން ރަނގަޅުވާނެ ކަމަށް.


http://www.muraasil.com/images/comment_reply.pngPosted on 2011-02-21 08:34:14 | Report this Comment
މިހާރު އެބަހީވޭ ވާހަކަ ހޫނު ގަދަވެ ހިތަށް ދަމަން ފަށައިހިހެން، މިބައި ވަރަށް ސަޅި އިނގޭ ސޮފް ބުނިހެން މިސްޓޯރީ ވަރަށްވެސް ތަފާތު، ހީވަނީ ކުރިއަށް އޮތް ބައިތަށް މިއަށްވުރެވެސް ޝައުގުވެރުވާނެހެން، މިހެން މިބުނީ މިހާރު ވަކިން ޝައުގުވެރި ނުވާތީކީ ނޫން. ކުރިއެކޭ އެއްގޮތަށް މިހާރުވެސް ކޮންމެދުވަހަކުވެސް ހެނދުނަހެނދުނާ ފުރަތަމަވެސް ޗެކްކޮށްލެވެނީ މުރާސިލް، މި ދާއިރާގައި ސޮފް ތިޔަކުރާ ބުރަ މަސައްކަތަށް ލަޔާލް ބުނެލަން ބޭނުމީ ހަމަ އައްސަރި ބަހާއި ސާބަސް........
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ލަޔާލް.....!!! ވާހަކައެއް ވެއްޖިއްޔާ ފެށުމާ، މެދުތެރެއާ ނިމޭބައިގަ ހުންނަންވާނެނު ތަފާތެއް ދޯ؟ އެ ތަފާތު ތިފެންނަނީ.


http://www.muraasil.com/images/comment_reply.pngPosted on 2011-02-21 08:54:46 | Report this Comment
އަޅެ ވާހަކަ ކިޔާ ނިމުނު އިރު ލޮލުން އެއްޗެއް ފައިބާތީ ބަލާލި އިރު ކަރުނަ ހަމަ ރަނގަޅަށް ވެސް ރޮވިއްޖެ ޒިޔާދު ގެ ހަގީގަތް އިނާއަށް އގުނީތަ ނޫނީ ޒިޔާދު އެކްޓް ތަކުން އަނެއްކާ އިނާއަށް އޮޅުވާލާ ނީތަ؟ ދެން ކޮންއިރަކުން ނަވީން އާ އިނާއާ ބައްދަލް ވާނީ
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހިނގާ ދޯ ބަލަމާ ޒިޔާދު އެ ހެދިއެއްޗެއް. ވަރަށް ޒާތެއްގެ މީހެއް އޭނައަކީ. ހެދި އެއްޗެއް އެނގޭނީ ހަމަ ހަދާ ނިމުނީމަ. ހެހެހެހެ......ނަވީން ދޯ...!!! މާލަހެއް ނުވެ ނަވީންވެސް ފެންނަން ފަށާފާނެ.


http://www.muraasil.com/images/comment_reply.pngPosted on 2011-02-21 09:50:12 | Report this Comment
ނުހެދޭނެ ޒިޔާދު ބޭނުންހާ ގޮތެއް އިނާއަކަށް. އިނާ ދެރަނުވެ ބަލަ! އަދި ކިރިޔާ ތި ވިސްނެންފެށީ. އަވަހަށް އައްޑުއަށް ދަމާ ހިނގާ. އެބަހުއްޓޭ ނަވީން. އިނާ ދެކެ އަދިވެސް އެހާ ލޯބިވޭ.
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ބުނާތީ އިވޭ އިންސާނުންނަށް ސިއްރުވާ ކަންތައްވެސް ހަންޑިންނަށް އެނގެޔޭ. އެއީ ރަނގަޅުވާހަކައެއް ކަންނޭނގެ ދޯ.


http://www.muraasil.com/images/comment_reply.pngPosted on 2011-02-21 10:42:12 | Report this Comment
އޯހޯ އިނާ އަޅެ ފޭކް ޒިޔާދުގެ ސްޓޯރީ އަށް ނުހެއްލެއްޗޭ... ތެންކްސް ސޮފާ މިބައި އަވަހައް އަޕް ކޮށްދިނީތީ.. ކެއްތެރިކަމެއް ނެތި އަނެއް ބަޔައް އިންތިޒާރު ކުރަން. ޓޭކް ކެއަރ އިނގެ...
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ވުލްފް ގާރލްއަށްވެސް ތޭންކްސް. ތިހެން ކޮމެންޓްކޮށްލާ ހަދާލީމައޭ މި ވާހަކަ ކުރިއަށް ގެންދަންވެސް ހިތްވަރު ލިބޭނީ. އެހެން ނޫނީ މިހާ ބިޒީކޮށް އުޅެމުން ކިހިނެއް މިކަން ކުރާނީ. ކީޕް އޮން ޓެލިން މީ ޔޯ ތިންކިންގ. އައި ވުޑް ލަވް ޓު ނޯ. ތޭންކސް.


http://www.muraasil.com/images/comment_reply.pngPosted on 2011-02-21 10:52:46 | Report this Comment
ތި ޒިޔާދު ތީ ހާދަ ގޯސް މީހެކޭ ދޯ.. އެއީހަމަ މިހާރު މިއުޅޭ ގިނަ ފިރިހެނުންގެ ފާޑް.. ސޮފާ އިނާ އަށް ދެރަގޮތެއް ނަހަދައްޗޭ ދެން އިނގޭ.. ވާހަކަ ވަރަށް ރީތި ސޮފާ. ވަރަށް އުފާ ވެއްޖެ އަވަހަށް ގެނެސްދިނީމަ.. އަނެއްބައި ވެސް ައވަހަށް ގެނެސްދެޗޭ އިނގޭ. ޓޭކް ގުޑް ކެއަރ..
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޒިޔާދު ދޯ.....!!! ސޮފާ ނެތިން އިތުރު އެއްޗެއް ބުނާކަށް. ކުރިއަށް ހުރި ބައިތަކުން އެނގިދާނެތާ ވާގޮތެއް ދޯ. ތޭންކސް ރިއު.


http://www.muraasil.com/images/comment_reply.pngPosted on 2011-02-21 15:14:56 | Report this Comment
ވވވވވވވ ރީތި ވާހަކަ މިހާރު ޔޫ ބުނާނީ ސޮފާއަށް ވަރަށް ބޮޑަށް ތޭންކްސް އޭ ވާހަކަ މިހާރު އަވަހަށް އަޕް ކޮށްދޭތީ އަސްލު ވަރަށް އުފާވޭ ވާހަކަ އަވަހަށް ގެނެސްދޭތީ
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ....111 ސޮފާއަށް ވަގުތު ވާނަމަ ދުވާލަކު ދެބައިވެސް ގެނެސްދީފީމުސް. އެކަމަކު ހަމަ ނުވަނީ. މި ދެދުވަހު ކުޑަކޮށް ވަގުތު ވާތީ މި ގެނެސްދެވެނީ. ަމސައްކަތް ކުރާނަން އިނގޭ ދުވާލަކު އެޓްލީސްޓް 1 ބައިވެސް ގެނެސްދެވޭތޯ.


http://www.muraasil.com/images/comment_reply.pngPosted on 2011-02-21 18:07:02 | Report this Comment
އޭ ... ކޮބާތަ މިހާރު ނަވީން. ދެން އަޅެ ޒިޔާދު ކަމަކުނުދޭ އިނާ އާ އަނެއްކާ ގުޅުވާކަށް. ނަވީން އާ އިނާގެ ބައި މާ ބެސްޓްވާނެ އަޅެ ޕްލީޒް، ޒިޔާދުއާ އިނާ ނުގުޅުވައްޗޭ ދެން ވަރަށް ފޫހިވޭ އެ ޒިޔާދު ދެކެ
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ފްރެންޑާގެ ކޮމެންޓެއް ފެންނަ ކޮންމެ ފަހަރަކު ހާދަ ހިނިއާދެއޭ މަގޭ ގާތަށް. ދެން އެނގެއެއްނު ދޯ ކީއްވެގެންކަން. ހެހެހެހެ.....ޒިޔާދު ދޯ؟ ކަމަކުނުދޭތަ އޭނަ. ރީތި ސޮރެކޭ އެއީ.


http://www.muraasil.com/images/comment_reply.pngPosted on 2011-02-21 18:47:11 | Report this Comment
ހިތަށްއަރަނީ މި އެންމެން މި ހީކުރާހާ ނުބައި މީހެއްބާއޭ ޒިޔާދު އަކީ؟ ސޮފާއަކީ ހަމަ 'ގޮތްނޭނގޭ' ލިޔުންތެރިއެއް. ހީނުކުރާ ގޮތަކަށްވެސް ވާހަކަ ހިނގައިދާނެ.
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ފަޖުރުތަރީގެ ކޮމެންޓެއް ނުލިބިގެން މުޅި ދުވަހު މި އިންތިޒާރު ކުރީ. ވަރަށް އުފާވެއްޖެ ފަޖުރުތަރި ކޮމެންޓް ކުރީމަ. ވަރަށް މިސްވި އިނގޭ. އެކަމަކު މިހާރު ހެޕީ. ދެން އޮތީ ޒިޔާދުގެ ވާހަކަ........ޒިޔާދުއަކީވެސް ހަމަ ވަރަށް "ގޮތްނޭނގޭ" ފިރިހެނެއް. ތިބުނިހެން ކިއުންތެރިން ހީނުކުރާ ގޮތަށްވެސް އޭނަ އުޅެފާނެ ހަމަ. ބަލަމާ ދޯ؟؟


http://www.muraasil.com/images/comment_reply.pngPosted on 2011-02-21 19:01:17 | Report this Comment
ތި ފޯނުކޯލާއި މިވާހަކައިގެ ނަމާއި ވަރަށް ބޮޑު ގުޅުމެއް ވާހެން ޝަލީންގެ ހަވަނަ ހިއްސު ބުނޭ، ސަޅި އިނގޭ މިވާހަކަ. ކީޕް އިޓް އަޕް ސޮފާ
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހަގީގަތުގައި މުޅި ވާހަކައިގައިވެސް ހިމެނޭނީ ގިނައިން ފޯންކޯލްތައް. ފޯންކޯލްތަކުން ޖެހޭ މައްސަލަ......ފޯންކޯލްތަކުން ކެނޑޭ ގުޅުމާ އުފެދޭ ގުޅުން. އެހެންވެ މިވާހަކައަށް "ފޯންކޯލް" މި ނަން ސޮފާ ދިނީވެސް. ޝަލީންގެ ހަވަނަ ހިއްސުވެސް މުޅިއަކުން ގޯހެއް ނޫން. އުފާކުރަން ތިހާ ފުންކޮށް ސޮފާގެ ވާހަކައާއި ދޭތެރޭ ވިސްނާ ކިއުންތެރިންވެސް އުޅޭކަން އެނގުނީމަ. ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭ ޝަލީން.
ޝަލީން ، މާލެ: މަރުހަބާ.. (: .. ކުރިއަށް އޮތްތާނގަވެސް ޝަލީންގެ ކޮމެންޓްތައް ފެންނާނެ އިނގޭ، ކޮމެންޓްސް އަކީ ކުރިއެރުމަށް ވަރަށް މުހިއްމު އެއްޗެއްނުން ދޯވް ސޮފާ... (:

0 comments:

Post a Comment