ތެދުވެ
ހަމަޖެހިލާފައި އިނާ ހިނގައިގަތެވެ. ސިޓިންގރޫމަށް ގޮސް ނިކުތްއިރު ކަމަކުދާކަށް
ނެތެވެ. އެތާގައި އިނީ ނަވީންއެކަންޏެވެ. އެއްވެސް ދިމާލަކުން ހަމްދު ފެންނާކަށް
ނެތެވެ.
ލާނެތް ކުއްޖެކެވެ. އެ ވާނީ ހަމަ ގަސްތުގައި އޭނަ އެކަނި ބަހައްޓާފައި ދިޔައީ ކަމަށެވެ.
އިނާއަށް މަޖްބޫރުވެގެން ގޮސް ހުއްޓިއްޖެއެވެ. ނަވީން އެނބުރިލީމަ ފެންނަ ހިސާބުގައެވެ. އެކަމަކު އެއީ ކުރިން ހަމްދު އިށީނދެ އިން ސޯފާގެ ފުރަގަހުގައެވެ.

މެހްމާންދާރީ
އަދާކުރުމަކީވެސް ބައެއްފަހަރަށް ހަމަ ތަކުލީފެކޭ އިނާގެ ހިތަށް އެރިއެވެ.
"ބައްޕަމެން ނުއުޅުއްވާ ގޭގަ" ނަވީން އާއި ދިމާލަށް ނުބަލާންވެގެން ޓީވީއާއި ދިމާލަށް ބަލަން ހުރެ އިނާ ބުނެދިނެވެ.
"އެނގޭ އެކަން...." ދެކެން ބޭނުންވެފައި ހުރި ސޫރަ ފެނުމުން ނަވީން މިހެން ބުނެލީ ވަރަށް ހަމަޖެހިފައެވެ.
ދެން އެނގެންޏާ ބައްޕަމެން ނުއުޅުއްވާއިރު މިގެއަށް އައީ ކީއްކުރަންހޭ އަހަން އިނާގެ ހިތް އެދުނެވެ. އެކަމަކު އެކަހަލަ އެއްޗެއް ބުނާކަށް އިނާއަކަށް ނުކެރުނެވެ.
"ޚާލިދު އެބަދުރުވޭ މިހާރު. ގޭގައި މަޑުކޮށްލާށޭ ބުނެގެން އައީ." ޚާލިދުމެން ނެތީސް އޭނަ އައުމުން އިނާ ހިތްހަމަނުޖެހިއްޖެހެން ހީވުމުން ނަވީން ބުނެދިނެވެ.
އިނާގެ މޫނުމަތިން ހަމަޖެހުން ފެނުނެވެ. އަދި ހަމަ ދެވަނަ ސިކުންތުކޮޅުގައި، އެތެރެއަށް ދިއުމަށްޓަކައި އިނާ ހިނގައިގަތެވެ. އެއާއެކު ނަވީންއަށް އެނބުރެވުނެވެ.
"އިނާ............؟" ގޮވާލެވުނީ ވަރަށް އަވަސް ރާގަކަށެވެ. ނަމަވެސް ހަމަ ބަލާވެސް ނުލާ އިނާ ދިޔައީއެވެ. ސިޑިން އަރައިގެން މައްޗަކަށް ނޫނެވެ. ބަދިގެއަށެވެ.
މާ ލަސްތަކެއް ނުވެ އިނާ އައީ، ކޮފީތައްޓަކާ ފެންތައްޓެއް ތަބަކުގައި ބަހައްޓައިގެންނެވެ. އކިތަންމެ ހިތް ނުވިޔަސް، ގެއަށް އަންނަ މެހްމާނުންނަށް ކަމޭހިތަން ޖެހޭނެއެވެ. އެއީ އެ އާއިލާގެތަރުބިއްޔަތެވެ.
މޭޒުމަތީގައި ތަބައް ބަހައްޓާފައި ކޮފީތަށި ނަގާ ނަވީން އާއި ކައިރި ފަރާތުގައި ބެހެއްޓިއެވެ. ފެންތަށި ބެހެއްޓީ ތަބަކުގައެވެ.
"އިނާ ހާލު ކިހިނެއް؟" ތަބައް ބަހައްޓާފައި އިނާ ހިންދެމިލިތަނާ ނަވީން އަހައިފިއެވެ. ނަވީންގެ މަގްޞަދަކީ އިނާ ގޮސްދާނެހެން ހީވާތީ ވާހަކައެއްގައި މަޝްއޫލު ކުރުވުމެވެ.
"ރަނގަޅު...." މިފަހަރުވެސް އިނާ ޖަވާބުދިނީ ނަވީންއަށް ނުބަލައެވެ.
"ވާހަކައެއް ދައްކާލަން މަޑުކޮށްލެވިދާނެތަ؟" އޭނައަށް ކޮފީ ދީފައި ދާންވެގެން އެނބުރުމުން އެތާކު ދެން އިނާ މަޑެއްނުކުރާނެކަން އެނގިގެން ނަވީން އެދުނެވެ.
"ކޮން ވާހަކައެއް....؟" ނަވީން އާއި ދިމާލަށް މިފަހަރު އިނާ އެނބުރުނެވެ.
އިނާގެ އެ ސުވާލަށް ދޭނެ ޖަވާބެއް ނަވީންގެ ނެތީކަމެއް ނުވަތަ އިނާ އާއި ހަތަރުކަޅި ހަމަވުމުން ވާހަކަ ދައްކަންވެސް ނަވީން ހަނދާން ނެތުނީކީ ނޫންކަމެއް ނޭނގެއެވެ. ދެމީހުންމެ އެތަނަށް ގެނެސްދިނީ ހިމޭންކަމެކެވެ.
އަނެއްކާ ޒިޔާދު އާއި އޭނަގެ ކަންތައް ނަވީންއަށް އެނގެނީ ބާވައެވެ. އެ ކައިވެނި ނުކުރެވޭނެކަމާއި އޭނައަކީ މިނިވަނެއްކަން ނަވީނަށް އެނގުނީ ބާވައެވެ. އޭނަ އާއި ދިމާނުވިއެއްކަމަކު، އޭނަ މާލެއިން އައިފަހުން ދެ ރެއަކު ނަވީން އެގެއަށް އައިކަން އޭނައަށް އެނގެއެވެ. ބައްޕައާއި ބައްދަލުވެ ވާހަކަ ދެކެވިއްޖެއްޔާ ބައްޕައަށް އެ ވާހަކަ ބުނެވިފަވެސް އޮވެދާނެއެވެ. އެހެންވެއްޖެނަމަ ދެން ނަވީން ހަދާނީ ކިހިނެއް ހެއްޔެވެ؟
"އިނާ އެރޭ އަހަންނަށް ގުޅީ ކޮންކަމެއްގެ ރުޅީގަތަ؟ އެހެންމީހެއްދެކެ އައި ރުޅީގަ އޮޅިގެން ދޯ ގުޅުނީ؟" ކަނޑައެޅިގެން އެނގިހުރެވެސް ނަވީން އެހެން އެހީ ހަމަ ގަސްތުގައެވެ. އިނާ ލައްވާ ވާހަކަ ދައްކުވަންވެގެންނެވެ.
"ކީއްވެ އެހެންމީހަކު ދެކެ އަހަރެން ރުޅިއަންނަންވީ.....؟" އިނާވެސް ކޮށްލީ ސުވާލެކެވެ.
"ހީވީ އެހެން. އަހަރެން ދެކެ އިނާ ރުޅިއަންނަން ޖެހޭނެ ސަބަބެއް ނޯންނާނެތީ މިހެން މި އެހީ...." ކޮފީތަށި ނަގަމުން ނަވީން ބުންޏެވެ. އެކަމަކުވެސް ނަޒަރު ހުރީ އިނާގެ މޫނަށެވެ.
"އެއީ.....އެއީ އަސްލު އަހަރެން ކޮށްގެންވާނެ ކަމެއް ނޫން. ވިސްނާނުލާ ގުޅާލެވުނީ." ނަވީން ކޮންމެ ގޮތަކަށް އުޅުނަސް އެއީ އޭނައާއި ބެހޭ ކަމެއް ނޫންކަމަށް އިނާ ވިސްނީ ހަމަ އެވަގުތުއެވެ.
"ކޮން ކަމެއްގައި އިނާއަށް ދޮގުހެދިކަމަށްތަ އިނާއަށް ހީވީ...." އިނާގެ ޖަވާބަށްފަހު ދެންވެސް އިނާ ހިނގައިގަތީ ދާށެވެ. ނަވީން ބޭނުންވަނީ އެ ވާހަކަ ކޮންމެވެސް ގޮތަކަށް ދައްކުވާށެވެ.
"އެއީ ހީވި ގޮތެއް....." ސިޓިންރޫމްގައި ހުރި ކުޑަމޭޒުކައިރިން ގޮސް ސޯފާބަރި ވަށާލާފައި އެހިސާބުން ބޭރަށް ނިކުމެވުނު ފަހުން ވިޔަސް ނަވީންގެ ސުވާލަށް އިނާ ޖަވާބު ދިނެވެ. އިނާ ބޭނުން ވަނީ ވީ އެންމެ އަވަހަކަށް އެތަނުން ދިއުމަށެވެ.
ނަވީން ބޭނުންވީ އިނާ އެތާ އިންނާނެ ގޮތެއް ހެދުމަށާއި އެ ވާހަކަ ކޮންމެވެސް ގޮތަކަށް އިނާ އާއި ދައްކަން ކަމުގައިވިޔަސް އިނާ އެކަމަށް އެހާ ފޯރިއެއް ނެތުމުން ނަވީން ކުޑަކޮށް މާޔޫސްވިއެވެ. މިދަނީ އަދި ރަނގަޅަކަށް ނޫންކަމަށް ނަވީން ވިސްނިއެވެ. އެކަމަކު އެ ނޫންގޮތަކަށް ވާހަކަ ދެއްކެން މިގަޑިއަކު ނުވެސް ނެތެވެ. ޚާލިދު އާއި ޝީލާ އައިސް ގެއަށް ވަންނާނީ ކޮން އިރަކު ކަމެއް ނޭނގެއެވެ.
"އެދުވަހު ފޯންކުރިއިރު ވަރަށް ކެރޭގޮތް ހުރި. ކީއްވެ މިހާރު އެ ވާހަކަ ދައްކަން ތިހާ ޖެހިލުން ވަނީ؟" އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުން ވިޔަސް އިނާ ހުއްޓުވަން ނަވީން ބޭނުން ވެއެވެ.
އިނދެވުނު ތަނާއި ގަޑީގެ ގޮތުން ނޫންނަމަ އިނާއަށް ކުރިއަށް ދިޔަކަވެސް ނަވީން ނުދޭނެއެވެ. ފިރިހެނަކު ކަމެއް ބޭނުން ވެއްޖިއްޔާ އެ މީހެއްގެ ކުރިމަތީގައި ވަރަށް ގިނަ ގޮތްތައް ހުންނަކަން މިއީ އެންމެންވެސް ދަންނަ ކަމެކެވެ.
ހީކުރިގޮތަށް، ސޯފާބަރީގެ ބޭރުން ކުރިންވެސް ހުއްޓިހުރި ދިމާލުގައި އިނާއަށް ހުއްޓެވުނެވެ. އަދި ނަވީންއާއި ދިމާލަށް ބަލަހައްޓައިގެން ހުރެއްޖެއެވެ.
"އެ ދުވަހު އެހެން ބުނީ.......ނަވީން ހުރީ ހިތްހަމަނުޖެހިފައެއްނު އަހަރެންގެ ކައިވެނި ހަމަޖެހިފައި ހުރިކަން އެނގުނުލެއް ލަސްވެގެން. ކީއްވެ އެވަގުތު ނަވީން ހިތަށް ނޭރީ ނަވީންވެސް ހަމަ އެފަދަ ކަމެއް ސިއްރުކޮށްގެންނޭ ހުރީ." ނަވީން އެހާވަރަށް އޭނަގެ ދުލަށް ދަމަންޏާ ނަވީން އަޑުއަހަން ބޭނުންއެއްޗެއް ބުނަން އިނާ ނިންމިއެވެ. އޭނަގެ އުޞޫލުތަކާއި ޚިލާފަށެވެ.
"ކޮންކަމެއް....؟ އަހަރެން ނޫޅެން އަދިއެއް މީހަކާ އިންނާކަށް." ނަވީނަށް އެ ވާހަކަ ވީ މަޖާ ވާހަކައަކަށެވެ. އިނާގެ މޫނުމަތީގައި ހުރި ސީރިއަސް ކަމާއި ދޭތެރޭވެސް ވިސްނާނުލާ ނަވީން ގާތަށް ލުއި ހިންޏެއް އައީ އެހެންވެގެންނެވެ.
އިނާ ލަދުގަނެ ޖެހިލުންވިއެވެ. އެކަން ނަވީނަށް ފެނުނެވެ. އެކަމަކުވެސް ހިތްވަރުގަދަވާން އިނާ މަސައްކަތްކުރާތަންވެސް ނަވީންއަށް ފެނުނެވެ.
"އަދިވެސް ދޮގެއް ހަދާލެވޭތޯ ދޯ؟ އަސްލު އެއީ އަހަންނާއި ބެހޭކަމެއްވެސް ނޫން. އެކަމަކު ހައްގުގެ ވާހަކަ ދައްކަންޖެހޭ ފަހަރުތަކުގަ އަނެއްމީހާގެވެސް ހައްގެއް އޮވެދާނެކަމަށް ވިސްނާލާނަމަ..." ހިތްވަރުކޮށްފައި އިނާ ވާހަކަ ދައްކަން ފެށިއެވެ.
އިނާއަކީ ދުވަހަކުވެސް އެހާ ވާހަކަ ގިނަ މީހެއް ނޫންކަން އިނާ ދަންނަ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. އެކަމަކު ދަމާ ކޮންމެވެސް ބާރެއްގެ ސަބަބުން، ނަވީންގެ ކުރިމަތީގައި އިނާއަށް ވާހަކަ ދެއްކެނީ ޚުދު އޭނައަށްވެސް ނޭނގިއެވެ.
"ތިބުނަނީ އަހަރެންގެ ކައިވެނި އަހަރެންވެސް ސިއްރު ކުރީއޭތަ؟" ހަގީގަތުގައިވެސް ނަވީންގެ ގާތަށް އަންނަނީ ހިންޏެވެ. ސިއްރުވެރި ހިންޏެކެވެ. އެހާ ފާޅުގައި އެހާ ސާފުކޮށް އިނާ އޭނައާއި ވާހަކަ ދެއްކި މިއީ ފުރަތަމަ ދުވަސްކަމަށްވާތީ، ގަސްދުގައި އިނާ ލަދުގަންނަވާލަނީއޭ އިނާ ހީކޮށްފާނެ ކަމުގެ ބިރަށްޓަކައި ނުހޭން ނަވީން ވަރަށް މަސައްކަތް ކުރިއެވެ.
"ލީނާ އަކީ ކާކު........؟" ފަސްޖެހުމެއްނެތި އިނާ އަހައިފިއެވެ.
ކޮފީތަށި މޭޒުމަތީގައި ބަހައްޓަން އުޅުނު ނަވީން ސިހުނެވެ.
އެކަމަކު މިވީ ގޮތް ނަވީންއަށް ވިސްނައިގަނެވުނެވެ. ހުރިހާ އެއްޗެއް މިހާރު އޮޅުންފިލައިފިއޭ ބުނާކަހަލަ ގޮތަކަށް ކަކޫމަތީގައި އަތުން ޖަހާލެވުނެވެ.
"ކޮންތާކުން އަޑުއިވުނު ނަމެއް ތިއީ......؟" ނަވީން އަދިވެސް ބޭނުންވަނީ އޮޅުންފިލުވާށެވެ. ގައިމުވެސް ދުވަހަކުވެސް އޭނަގެ ދުލުން އިނާ ކައިރީގައިވެސް އަދި އެ އާއިލާ މީހެއްގެ ކައިރީވެސް ލީނާގެނަމެއް އޭނަ ނުކިޔައެވެ.
އިނާ އެއްވެސް އެއްޗެއް ނުބުންޏެވެ. ނަވީން އާއި ދިމާލަށް ބަލަން ހުރީ ނުރުހިފައެވެ. އެހެން ހުރެފައި ދެން ނަވީންއަށް ފެނުނީ ހިނގައިގަތް ތަނެވެ.
"އަޑުއަހާބަލަ....އިނާ......" އިނާ ހިނގައިގަތުމުން ނަވީންއަށް ތެދުވެވުނެވެ. އިނާގެ ފަހަތުން ދާން ދެފިޔަވަޅެއްވެސް އަޅާލެވުނެވެ. އެކަމަކު......ނަވީނަށް ހުއްޓެންޖެހުނީއެވެ. ބޭރު ދޮރާށި ހުޅުވާލި އަޑަށް އެ ދިމާލަށް ބަލާލިއިރު ޚާލިދު އާއި ޝީލާ ވަދެގެން އަންނާތީ ފެނުމުންނެވެ.
"ކުޑަކޮށް ލަސްވެއްޖެ ދޯ؟ " އޭނަ ފެނުމާއެކު ޚާލިދު އަހާލިއެވެ.
"އެއްވެސް މީހަކު ނެތީމަ ދާންދޯ ތިއުޅުނީ.....ހާދަ ބީރައްޓެހިވެގެންނޭ ދޯ ތިއުޅެނީ މިހާރު" ނަވީން ތެދުވެ ހުރީ ދާންކަމަށް ހީކޮށް ޝީލާ ޝަކުވާކުރިއެވެ.
"ނޫނޭ......." ބުނާނެ އެހެން އެއްޗެއް ނަވީނަކަށް ނުވިސްނުނެވެ.
"އިށީނދެލާ.....ކާކު ކޮފީ ގެނެސްދިނީ. އިނާ ދޯ؟ " މޭޒުމަތީގައި ހުރި ކޮފީއާއި ފެންތަށި ފެނުމުން ޝީލާ ޔަގީންކޮށްލިއެވެ.
** ** ** ** ** ** ** **
"ހިނގާ މިތާ ބޭރަށް..........." މީގެ ފަނަރަވަރަކަށް މިނެޓްކުރިން ގެއަށް އައި ޚާލިދުވެސް ކޮފީތަށްޓެއް ހިފައިގެން އައިސް ނަވީންއަށް ދަޢުވަތު ދިނެވެ.
"އަނެއްކާ ކަމެއް މާ ގޯސްވީތަ؟" ގޭތެރެއިން ނުކުމެ އެތަނުގައި މީގެކުރިންވެސް ޚާލިދު އިނީ މުހިއްމު ވާހަކަތަކެއް ދައްކަންޖެހޭ ވަގުތު ތަކުގައި ކަމަށްވާތީ، މިރޭވެސް ޚާލިދު އޭނަ އެގެނައީ އެވަރުގެ ވާހަކައަކަށްކަން ނަވީނަށް ޔަގީނާއި ގާތަށް ހީވިއެވެ.
"ކީކޭ ބުނާނީ ދޯ........؟" ކޮފީތަށިން ކޯވަރެއް ބޯލާފައި މޭޒުމަތީގައި ބަހައްޓާފައި އެއްފައިމައްޗަށް އަނެއްފައި ނަގަމުން ޚާލިދު ބުނެލިއެވެ. އެކަށް ހުދުވެފައިވާ ވަރުގަދަ އިސްތަށިގަނޑުގައި އަތްހިންގާލި ގޮތުންވެސް ޚާލިދުގެ ކަންބޮޑުވުން ނަވީންއަށް އަންދާޒާ ކުރެވުނެވެ.
"ދިރިއުޅުން މިދެން ވަރަށް އެހެން ކަހަލަ އެއްޗެއް......ކިތަންމެ ޕްލޭންކުރިޔަސް، އެއްގޯސް ހެދިއްޖެއްޔާ އެ ގޯހެއްގެ އަދަބު އެކި ގޮތްގޮތުން ލިބޭ އެބަ........މީގެ ދެރައީ އަދަބު ލިބެން ނުޖެހޭ މީހާއަށް އަދަބު ލިބޭތީ......" ޚާލިދު ވާހަކަ ފެށިއެވެ. ނަވީން އަޑުއަހަން އިނީއެވެ.
"އަހަރެން މި ހުންނަނީ ހަމަ ހަދަންވީގޮތް ބޮޑުވެފަ. މި ޒިޔާދުގެ ކަންތަކާ.....އަހަރެއްވެއްޖެ އެ ކައިވެންޏަށް އަހަރެމެން ތައްޔާރުވާތާ. އެކަމަކު މާލެއިން މި އަންނަން ޖެހުނީ އެ ކައިވެނި ގަދަކަމުން އުވާލާފަ." ޚާލިދުގެ މި ވާހަކައަށް ނަވީންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
"އެއީ ކިއްވެ.........؟ " ނަވީންއަށް އެހުނީ އެވަރަށެވެ. އަމިއްލަ ހިތުގެ ސިއްރު ބޭޒާރުވާފަދަ އިޝާރާތެއްވެސް ކުރަން ނުވާނެކަން ނަވީން ދަނެއެވެ.
"ދެން ހަމަ ނެތީ އެހެން ގޮތެއް.........ފާޑެއްގެ އަންހެންކުއްޖަކާ ޒިޔާދު އުޅެނީ ގުޅުމެއް އުފައްދައިގެން. މީހަކާ ވާހަކަ ދެއްކުމަކީ ގޯހެއް ނޫން. އެކަމަކު ދެން......ޒިޔާދުގެ ކުއްޖަކަށް ބަލިވެ އިނީމަ އިހަށްދުވަހު އެ އައީ ލަންކާއަށް ގޮސް އެބޯރޓް ކުރުވައިގެން. އިނާ މި ރަށު ހޮސްޕިޓަލުގައި އޮތްއިރު، ޒިޔާދު އުޅުނީ އެކަމާ. " ޚާލިދު ކިޔައިދެމުން ދިޔައެވެ. ނަވީން ދިޔައީ އަޑު އަހަމުންނެވެ. ދެން ވާނީ ކިހިނެއްބާއޭ ހިތާ ހިތާ ސުވާލު ކުރަމުންނެވެ.
"ތިވެދާނެނު ކުށް ހީއެއްކަމަށްވެސް. މީހަކު ފަތުރައިގެން އުޅޭ އަޑަކަށްވެސް...؟" ޚާލިދު ނިންމާ ނިންމުމެއް ނިންމާނީ ވަރަށް ވިސްނާފައިކަން އެނގޭއިރުވެސް ނަވީން ބުންޏެވެ. ކޮންމެވެސް އެއްޗެއް އެކަމާ ބުނަން ޖެހެއޭ ހިތަށް އަރާފައެވެ.
"ނޫނޭ............ނަވީންއަށް އެނގޭނެ އަހަރެން ހަމަ ތޯތޯވާހަކައަކަށް އިޖާބަ ނުދޭނެކަން......" އެއް އުމުރެއްގެ ދެރައްޓެހިން ފަދައިން، ނުވަތަ އެކުގައި އުޅޭތާ ދުވަސްވެފައިވާ ރައްޓެހިންފަދައިން އިނާގެ ކައިވެންޏާއި ބެހޭ ގޮތުން ދައްކަން ހުރި ހުރިހާ ވާހަކައެއް ޚާލިދު ދިޔައީ ނަވީން އާއި މަޝްވަރާ ކުރަމުންނެވެ.
ޚާލިދުގެ ފިކުރުބޮޑުވުން ތަކާއި ކަންބޮޑުވުންތަކެކޭ އެއްގޮތަށް، އުއްމީދާއި އެދޭގޮތްވެސް ނަވީންއާއި ޚިޔާލު ބަދަލުކުރަމުން ދިޔައެވެ. ނަވީން ހުރިހާ ވާހަކައެއް އަޑުއެހިމެއެވެ. އެކަމަކު އެ ވާހަކަތައް އަޑުއެހި ވަރަކަށް އިނާ އާއި ބައްދަލުކޮށް އިނާއަށް ހަމްދަރްދީ ފާޅުކުރާހިތް ވިއެވެ. މިފަދަ ދަނޑިވަޅެއްގައި އިނާގެ ހިތުގެ އިހްސާސްތައް ހުންނާނެ ގޮތާއި އިނާ ދެރަވެ ހިތުގައި ޖެހިފައި ހުންނާނެ ވަރު ނަވީންއަށް ވިސްނެން ފެށިއެވެ. ހިތް އެދެމުން ދިޔައީ އިނާ ކައިރިއަށް ގޮސް އިނާ އާއި ވާހަކަ ދެއްކުމަށެވެ.
އެކަމަކު އެރޭ އެގާރަގަޑިބައިވަންދެންވެސް ނަވީނަށް ޖެހުނީ އެކިއެކި ވާހަކަ ދެއްކުމުގައި ޚާލިދު އާއެކު އެ މޭޒުދޮށުގައި އިންނާށެވެ. ގެއަށް ދިޔައިރުވެސް ހިތުގައި އޮތް އެ އެދުން ހާޞިލްވާގޮތެއް ނުވިއެވެ. އެތަކެއް ދަންވަންދެން އިނާއާއި ދޭތެރޭ ވިސްނެމުން ދިޔައެވެ. ޒިޔާދުގެ ސަބަބުން އިނާއާއި ދޭތެރޭ ކަންތައް އެވީގޮތުން އިނާގެ މައްޗަށް ނަވީންގެ ހިތުގައި ހަމްދަރްދީ އުފެދުނީ ވަރަށް ބޮޑަށެވެ. ނަތީޖާއެއްގެ ގޮތުން ފޯންކޮށްލާފައި އިނާއާއި ވާހަކަ ދައްކާލަން ނަވީންގެ ހިތް އެދުނީ ވަރަށް ބޮޑަށެވެ. އެކަމަކުވެސް.....
** ** ** ** ** ** **
ދުވަސްތައް އޮވެގެން ދެއެވެ. ހަދަންވީ ކިހިނެއް ކަމެއް ވާންވީ ކިހިނެއްކަމެއް އެކަކަށްވެސް ނޭނގޭފަދައެވެ. ކަނޑުގަދަ ދުވަސްތަކަކަށްފަހު ބާނިތައް އޮބިފައި، ކަނޑުގެ ސަތަޙައެކޭ އަޅާލާފަ އޮތް ދޫލައެކޭ އެއްގޮތްވެ އޮންނަ ފަދައިން އެންމެންގެ ދިރިއުޅުމަށްވެސް އައިސްފައިވަނީ ހިމޭން ކަމެވެ. އެއްވެސް ޚާއްޞަ ކަމެއް ނެތެވެ.
ޒިޔާދު އާއި އިނާއާއި ދެމެދުގައި އުފެދުނު ގުޅުން މާއްދީގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް އެއްކޮށް ކެނޑި ނިމިއްޖެއެވެ. ދެ އާއިލާއިން ބަދަލުކުރަން ޖެހޭ ވާހަކަތަކާއި ތަކެތިވެސް ބަދަލުކޮށް ނިމި އެ ގުޅުމުގައި ނިމުމުގެ ސިއްކަ ޖެހިއްޖެއެވެ.
އިނާ އާއި ނަވީންވެސް އެކަކު އަނެކަކަށް ފެނިވެސް ނުލާ އުޅެއެވެ. ނަވީން އެރަށުގައި ހޭދަކުރަން ޖެހޭ ސާޅީސް ދުވަހުގެ ތެރެއިން މިހާރު ބާކީ އޮތީ ހަމަ އެންމެ ހަތަރު ދުވަހެވެ. ފާއިތުވެގެން ދިޔަ 36 ދުވަހު ނަވީން އުޅުނު ގޮތުން އެއީ އެ އާއިލާއަށް ބީރައްޓެއްސެކޭ އެއްފަދައެވެ. ޚާލިދު އާއި ބައްދަލުވެލަންވެސް އެއްގޮތަކަށްވެސް ނަވީން އެގެއަށް ނައާދެއޭ ބުނުމަކީވެސް ދޮގެއް ނޫނެވެ. ޚާލިދުއާއި ވާހަކަ ދެކެވިފައި އޮންނަނީ ފޯނުންނެވެ. ދިމާވިއްޔާ ދިމާވަނީވެސް ބޭރުތެރެއިންނެވެ.
ގަޑީގެ ކަށި ކޮންމެވެސް ކަމަކަށް، ކޮންމެވެސް ދުވަހެއްގެ އިންތިޒާރުގައި ހުރެގެން ދާ ކަހަލައެވެ. ބަޔަކު ކިތަންމެ އިންތިޒާރެއް ކުރި ކަމުގައި ވިޔަސް، ކަމެއްވާނީ ވަގުތު ޖެހުމުންތާއެވެ. އެކަމެއް ނުވެގެން ފޫހިވާ ބަޔަކީ ދިރިއުޅުމާމެދު ޝައުގެއް ނެތް ބަޔެކެވެ. އެހެން ނޫންނަމަ ދިރިއުޅުމުގެ އަސްލު މާނައަކީވެސް އިންތިޒާރު ކުރުންކަން އެނގުނީހެވެ. އަދި އިންތިޒާރު ކުރުމަކީ ހުރިހާ އިރެއްގައި ފޮނިމީރުކަމެއް ލިބިދޭ ކަމެއް ނޫންކަންވެސް އެނގުނީހެވެ.
"މިހާރު ދެން ހުރެވިއްޖެނު ވާގޮތެއް ބަލަން.....ދެން ޚާލިދު ތިވާހަކަ ދައްކަންވީނު ނަވީން ކައިރީ......" ހެނދުނު އެރި އިރާއެކު އާ ދުވަހަކަށް ތައްޔާރުވަމުންދިޔަ ޚާލިދު ގެ ކިބައިން މިކަމަށް އެދުނީ ޝީލާއެވެ. ރޭގަވެސް ނިދީ އެ ވާހަކަ ދައްކާފައެވެ. ހެނދުނު ވުމާއެކު އަނެއްކާވެސް ޚާލިދު އެކަމާއިބެހޭ ގޮތުން ހަދަންވީ ކިހިނެއްތޯ އެހުމުން ޝީލާ އެބުނީ އޭނައަށް ފެންނަ ގޮތުގެ ވާހަކައެވެ.
"ނަވީން ހާދަ ނުވެސް އާދެޔޭ މިގެއަށް.....އަބަދުވެސް މިހާރު ފެންނަނީ މާޔާ ކާރަށް ލައިގެން އުޅޭތީ. މީހުންވެސް އެ ވާހަކަ ދައްކާ އެބަ." ޑްރެސިންގ ޓޭބަލްގެ ގޮނޑީގައި އިށީނދެ އިނދެ އިސްތަށިގަނޑުން ގޮށްފިލުވަމުން ޝީލާ މިހެން ބުނީ އޭނަގެ ފުރަގަހުގައި ހުއްޓިލައިގެން ހުރެ ތައްޔާރުވަމުން ދިޔަ ޚާލިދުގެ މޫނަށް ލޯގަނޑުން ބަލާލާފައެވެ.
"އާނ......އެ ނޫން ގޮތަކަށް މިހާރުނަވީން ނުފެނޭ......." ޚާލިދުވެސް ޝީލާގެ ވާހަކައަށް ތާއީދު ކުރިއެވެ. ކުރުގޮތަކަށެވެ.
"ނަވީން ފުރުމާއި ދޭތެރޭ މިއޮތް ހަތަރު ދުވަސްތެރޭ ތިވާހަކަ ދައްކަން ޚާލިދުއަށް ވަގުތެއް ވާނެތަ؟ ނަވީންއާއެކު ހުރިހާ އިރެއްގަ މިހާރު މާޔާ ހުރޭ. ނެތްވަގުތެއް އައިސްގެންތާ ތި ވާހަކަ ދެއްކޭނީ." ޝީލާ އަށް އެއީ ޝައްކު ވާ ކަމެކެވެ.
"އަހަންނަކަށް ނޫން ވަގުތު ނުވާނީ....ނަވީން ހޯދަން އުނދަގޫވާނީ...." ޚާލިދު އެބުނީ ތެދެކެވެ.
** ** ** ** ** ** ** **
އެރެއެވެ. ރޭގަނޑުން ނުވައެއް ޖަހަން އުޅެނީއެވެ. ޚާލިދު ދެފަހަރަކު ނަވީން އަށް ގުޅާލައިފިއެވެ. ނަމަވެސް ނުނަގައެވެ. ޝީލާވެސް ޚާލިދު ކައިރީ އިނީ ނަވީން އެ ފޯނަށްޖަވާބުދޭނެ އިރެއްގެ އިންތިޒާރުގައެވެ.
"ހަލޯވ......ނަވީން......؟ ބިޒީ ގަޑިއެއްތަ؟" ތިންވަނަ ފަހަރަށް ޑައިލްކުރި ތަނާ ނަވީން ނަގައިފިއެވެ.
"ވަރަށް މުހިއްމު ކަމަކު........ތިގެއަށް ޖައްސާލަންކަމަށް." ނަވީންގެ ހުއްދައަށް އެދި ޚާލިދު އެހިއެވެ.
"އެބައުޅޭ ގޭގަ. އަންނާނަން." ފޯންބާއްވާފައި ޝީލާ ކައިރީ މިހެން ބުނެލާފައި ޚާލިދު ގެއިން ނުކުތެވެ.
ނަވީންގެ ގެއަށް ޚާލިދު އެ އަންނަނީ އަލަށެވެ. ފުރަތަމަ ފަހަރަށެވެ. އެހެންކަމުން ޚާލިދުގެ އިންތިޒާރުގައި ގޭގެ ދޮރާށިކައިރީގައި މަގުމަތީގައި ނަވީން ހުއްޓެވެ.
"ހަމަ ސީދާ މިގެއަށްތަ؟ ކޮފީއަކަށް ގޮސްލާން ހިނގާ" ކާރުން ފައިބައިގެން އައިސް ނަވީން ކައިރިއަށް ޚާލިދު ހުއްޓުމުން މާ ހިނި މޫނަކާއެކު ނަވީން ދަޢުވަތު ދިނެވެ.
"ނޫނޭ.....މިފަހަރު ހަމަ މިގެއަށް. މިހާ ދުވަސްވަންދެން ނަވީން މިރަށުގައި ހުރިއިރުވެސް އަހަންނަށް މިގެއާއި ހަމައަށްވެސް ނާދެވިއޮތީމަ....މިގޮތް ރަނގަޅެއްނު. ތިގޭގަވެސް ކޮފީ ހުންނާނެތާ ދޯ؟" ނަވީންގެ ގެއަށް ވަނުމަށް ކުރިން ހިނގައިގަތީ ޚާލިދު އެވެ.
މިރޭ ދެން ހަމަ މާބޮޑު މަޖްބޫރަކުން ޚާލިދު އެގޭގައި މަޑުކުރަން އުޅޭތީ ނަވީންއަށް އެކަންވީ ވަރަށް ދެން މާނައެއް ނެތް ކަމަކަށެވެ. އެކަމަކުވެސް ޚާލިދުއަށް ކުރެވޭ އިހްތިރާމެއްގެ ބޮޑުކަމުން ޚާލިދު އާއި ދެކޮޅަށް މާގިނަވާހަކަތަކެއް ނުދައްކާ ނަވީންވެސް ޚާލިދު ފަހަތުން ވަދެގެން ހިނގައިގަތެވެ.
"މިގެއަށް އައީމަ ކޮންމެވެސް އެއްޗެއް ދޭންވާނެތާ ދޯ؟" ޚާލިދު ސިޓިންރޫމުގައި ބައިންދާފައި ގޮސް ނަވީން އައީ ހޫނު ހޫނު ދެ ކޮފީތަށި ހިފައިގެންނެވެ. ނަވީންގެ އަތުން ގިރައިގެންނެވެ.
"މި ހަމަ ރަނގަޅެއްނު؟ ކޮބާ މަންމަމެންގެ ޚަބަރު؟ ނަވީން މިކޮޅުން ދާއިރުވެސް އެންމެ ފަހަރަކުވެސް ނުގެންނަމުތަ މިރަށަށް؟" ކޮފީތަށިން ކޯވަރެއް ބޯލަމުން ނަވީންގެ އާއިލާއާއި ބެހޭ ވާހަކައިން ޚާލިދު ފެށިއެވެ.
ޚާލިދުގެ މިރޭގެ މަގްޞަދަކީ ކޮބައިކަމެއް ނޭނގޭތީ ނަވީންވެސް ދިޔައީ ޚާލިދު އާއެކު ދުނިޔަވީ އެކިއެކި ވާހަކަ ދައްކަމުންނެވެ.
"ނަވީން ކީއްވެ އަހަރެމެންގެއަށް މިހާރު ނާންނަނީ.....؟" ޚާލިދު ދާން ބޭނުންވާ ސީދާ މައުޟޫއަށް ޚާލިދުއަށް ފޯރާވަރުވީ، ކޮފީގެ ފަހުން ފެންބޮއިގެން ފޯއްކޮޅެއް ކާލައިގެންނެވެ.
"ވަރަށް ވަގުތު ނުވޭ މިހާރު. އަހަރެން ދާން އުޅޭތީ ހީވަނީ ހުރިހާ މަސައްކަތެއް އެއްފަހަރާ ނިންމަން އުޅޭހެން. ދުވާލަކު ވިއްސަކަށް އޯޑަރު އަހަރެންގެ ވެރިން އަހަންނަށް އެބަކުރޭ. އެހުރިހާ ކަމަކާ އުޅެ އުޅެފަ މި ނިމެނީ އެތައް ދަމެއްވާފަހުން. އެހެންވެ ނުދެވެނީވެސް." ވަރަށް ހަމަޖެހިލާފައި ނަވީން ޖަވާބު ދާރީ ވިއެވެ.
"އެކަމަކު އެހާ ވަގުތުނުވާ މީހެއްގެ ގޮތަކަށް ނުފެނޭ ނަވީން. އަބަދުވެސް ކާރުގައި އިންނަތަން ފެންނަނީ." ސީދާ މާޔާގެ ނަން ނުކީ ކަމުގައިވިޔަސް ޚާލިދު މުޚާޠަބް ކުރީ އެކަމަށެވެ.
"މާޔާ އަކީ ނަވީންގެ ވަރަށް ގާތްކުއްޖަކަށްވެ ނިމިއްޖެ ދޯ މިހާރު؟" އޭނަބުނި އެއްޗަށް އެއްޗެއް ބުނާނެ ފުރުޞަތުވެސް ނަވީނަށް ނުދީ އަނެއްފަހަރު ޚާލިދު އެހިއެވެ. މިފަހަރު ސީދާ އަމާޒަށެވެ.
"ހެހެހެހެހ........ނޫނޭ އެހެންނެއް ނޫން....." ލުއި ހީލުމަކާއެކު ގޮނޑީގައި އިންގޮތް ނޫން ގޮތަކަށް ނަވީން ބަދަލުވެލިއެވެ. ނަވީންގެ އެ ހަރަކާތުގެ މާނަ ޚާލިދަށް ފުރިހަމައަށް ވިސްނުނެވެ.
"ނޫނޭ....ނޫނޭ......ޖަވާބު ދިނުން މުހިއްމެއް ނޫން އެ ސުވާލަށް. އަމިއްލަ ހިތާ އިންކާރުކޮށް ދުލުން ބަސްތައް ބުނުމަކީ ކަމުދާގޮތެއް ނޫން. އެއީ ގޯހެއް......އެކަމަކު އަހަރެން ދައްކަން މިއުޅޭ ވާހަކައަށްފަހު ނަވީންގެ ޖަވާބެއް އަހަރެން ބޭނުން. މިގެއަށް މިވަރަކުން މިއައީވެސް އެހެންވެ." ޚާލިދު ރަނގަޅަށް ތައްޔާރުވެލިއެވެ. ނަވީންވެސް ތައްޔާރުވުމަށް އިންޒާރު ދެމުންނެވެ.
ނަވީންއަށް ކުޑަކޮށް އުނދަގޫވާކަހަލަ ގޮތެއް ވިއެވެ. ހަގީގަތުގައިވެސް ޚާލިދު އެގެއަށް އައިސް އެ އިނީ އޭނައާއި މާޔާ އާއި އޮތް ގުޅުމަކަށް ގޮތް ކިޔަންހެއްޔެވެ؟ އެއީ ވަރަށް ދެރަ ކަމެކެވެ. އެ މައުޟޫއަށް ޚާލިދު ވާހަކަ ދައްކަން ފަށައިފިއްޔާ އޭނައަށް ޚާލިދުގެ ކުރިމަތީގައި އެއްވެސް ބަހަނާއެއް ނުދެއްކޭނެއެވެ. އަނެއްކާ މާޔާ އަކީ ޚާލިދު އާއި އެއްވެސް ގޮތަކަށް ގުޅުމެއް ހުރި އަންހެންކުއްޖެއް ބާވައެވެ. ތިމާގެ ބާވައެވެ؟
"އަހަރެން ބޭނުންވަނީ އިނާއާއި ނަވީން ކައިވެނި ކުރަން." ސީދާ ނަވީންގެ މޫނަށް ބަލަން އިނދެ ވަރަށް މަދު ލަފުޒުތަކަކުން ޚާލިދު، އޭނަ އެގެއަށް އައި ބޭނުން ހާމަ ކުރިއެވެ.
ނަވީންގެ ބޮލަށް ހަގީގަތުގައިވެސް އެނބުރުން އެރިއެވެ. ލޭ ގަނޑުވެގެން ދިޔަކަހަލަ އިހްސާސެއް ކުރެވުނެވެ. މީހާއަށް ހުއްޓުމެއް އައެވެ. ސިކުންތުކޮޅަކަށްފަހު، ނަވީން އޭނަ ލެނގިލައިގެން އިން ގޮނޑިން ބުރަކަށި ނަގާ، ކުރިއަށް ޖެހިލިއެވެ. އެކަމަކުވެސް އެއްޗެއް ނުބުނެވުނެވެ. ޚާލިދު އެ ބުނި އެއްޗަށް ކުރާނެ ސުވާލެއްވެސް ނަވީނަށް ހަމަ ނުވިސްނުނީއެވެ.
"އެއްޗެއް ބުނުމުގެ ކުރިން ނަވީން ވިސްނާލާ..........އެންމެފަހުން ރޭ އަހަރެމެންގެއަށް ދިޔައީމަ އިނާގެ ކައިވެނި ޒިޔާދު އާއި ނުކުރެވޭގޮތަށް ހަމަޖެހިއްޖެއޭ ބުނުމުން، އެހިސާބުން ނަވީން ގެއަށް ނައިސް ހުއްޓާލީ. އެކަން އެނގޭ އަހަންނަށް. އަހަރެމެން މީ ނުދަންނަ ބަޔަކަށް ހަދައިގެން ތިއުޅެނީ އެރެއެއްސުރެ. އެކަމަކު ހިތަށް އަރަނީ....... ޒިޔާދުއާއި އިނާ ކައިވެނި ކުރެވެން ހުރިހާ ކަމެއް ހަމަޖެހިފައި ހުރިކަން އެނގިހުރެ އިނާ ދެކެން ދުވާލަކު އެތައްފަހަރު ރެއަކު އެތައްފަހަރު އައިސްގޮސް ހެދި މީހަކު ނައިސް ހުއްޓާލަންވީ މިވަގުތުބާއޭ. މިއެއް ނޫންތަ ނަވީން އަންނަންވީ ވަގުތަކީ....." ނަވީންގެ ކުރިމަތީގައި ނަވީންގެ މޫނަށް ބަލަން އިނދެ ޚާލިދު ވާހަކަ ދައްކަމުން ދިޔައީ ވަރަށް ކެރިހުރެގެންނެވެ.
ޚާލިދުގެ މިވާހަކައިންވެސް ނަވީނަށް ލިބުނީ ސިހުމެކެވެ. ޚާލިދު އެބުނީ ކިތަންމެހާވެސް ބޮޑު ތެދެކެވެ. އެކަމަކު އޭނަ ހަދައިގެން އެ އުޅެނީ އެހެންކަން އެކަކަށްވެސް އެނގިދާނެއޭ އޭނަ ހީނުކުރެއެވެ. ތިބުނީ ކީކޭހޭ ބުނާ ކަހަލަ ގޮތަކަށް ޚާލިދުގެ މޫނަށް ބަލާލެވުނީ އެހެންވެގެންނެވެ.
"ހެހެހެހެ.......ނަވީން ހީކުރީ އަހަންނަކީ މޮޔައެއްކަމަށްތަ؟ އަހަންނަކީ މޮޔައެއް ނޫން. އެކަމަކު އަހަންނަކީ އަންހެންދަރިއެއްގެ ބައްޕައެއްވީމަ....ހައްތާވެސް މަޑުން ހުރީ." ލުއި ހީލުމަކުން ހީލެވުނީ މިފަހަރު ޚާލިދު އަށެވެ.
"އިނާގެ ދަޢުވަތަކަށް ނަވީން އަހަރެމެން ގެއަށް އައި އެ ވިއްސާރަ ރޭ......ފުރަތަމަ ފެނުނުއިރުވެސް އަހަންނަށް އެނގުނު ނަވީން އަކީ އިނާ ނުވެސް ދަންނަ މީހެއްކަން. އަލަށްކަން ދިމާވެގެން އުޅެނީވެސް. އެކަމަކު ދެމީހުންވެސް ރައްޓެހިންނޭ ކިޔައިގެން އަމިއްލަ ނަފްސަށްވެސް އޮޅުވާލަމުން ދިޔައީ. ނޭނގިގެނެއްނޫން އަޅާނުލީ. އެރޭ ނިމިގެން ނަވީން ގެއަށްދިޔައިރު އަހަންނަށް ޔަގީންވެފަ ހުރީ ނަވީންގެ މަގްޞަދުވެސް އަދި ނަވީނަށް އިނާގެ ކައިވެނި ހަމަޖެހިފައި އޮތްކަން ނޭނގޭކަންވެސް. ނަވީންއަކަށް އެންމެ ކުޑަމިނުން ނޭނގޭ ކަންނޭނގެ ޒިޔާދު އަކީ އިނާގެ އާއިލާގެ ކާކުކަންވެސް. އެންމެފަހުން އޭގެ އެތަކެއް މަސްފަހުން އެކަން ނަވީނަށް އެނގުނުރޭ ވީގޮތްވެސް ދުށިން. ދެން އޭގެފަހުން ވީގޮތްވެސް ދެނަހުރިން. އެކަމަކު އޭރު.....އެއިން އެއްވެސް ކަމަކަށް ނަވީނަށްވެސް އަދި އިނާއަށްވެސް ހިތްވަރު ދިނުމަކީ ކޮންމެ މީހަކު ކުރިޔަސް ކުށެއް.
އެކަމަކު މިހާރު...........މިއީ އެކަމަށް އެއްވެސް ހުރަހެއް ނެތް ދަނޑިވަޅެއް. ނަވީން އެދިހުރި ފުރުޞަތު އައިސް ނަވީންގެ ފައިގައި ބޮސްދޭން ފެށީމަ ދުރަށްތަ ދާންޖެހެނީ؟ މިރޭ ނަވީން ކައިރިއަށް އަހަރެން އައިސް މިއިނީ އިނާގެ ބައްޕަގެ ހައިސިއްޔަތުން. ވަރަށް ވިސްނާފަ މިއައީ.
އެންމެފަހުންރޭ އެ ވާހަކަ ނަވީން ކައިރީ ދެއްކީވެސް މި މަގްޞަދު މިހެން އޮތީމަ. މިހުރިހާ ދުވަހު އިންތިޒާރުގަ މިހިރީ ނަވީން އަމިއްލައަށް އިސްނަގައިގެން އަންނަންދެން. އެކަމަކު ނަވީންވެސް ތި ހިފަހައްޓާލަނީ އިނާ ނަވީންގެ ކައިރިއަށް އަންނާނެކަމަށް ކަންނޭގެ. ހެހެހެހެހެ........ނަވީނަށް އަދި އިނާ ނޭނގޭނެ. އިނާވެސް ނާންނާނެ އެހެން ހުއްޓާ ނަވީން ފަސްމީހުންނާ ކައިވެނި ކުރިޔަސް. އެކަމަކު މިހާރު........މިކަމަށް މި އެދެނީ އަހަރެން.......އަހަރެން ބޭނުންވަނީ......ނަވީން މިރަށުން ފުރައިގެން ދިއުމުގެ ކުރިން މިކަމާދޭތެރޭ ވިސްނާލާފައި އަހަންނަށް އެހެން ނޫނީ އިނާއަށް ޖަވާބެއް ދިނުމަށް. ކޮށްދެވިދާނެތަ މިކަން؟" ޚާލިދު ދައްކަން ބޭނުންވާ ހުރިހާ ވާހަކައެއް އެއްފަހަރުން ދައްކައި ނިންމާލިއެވެ. ބޮޑު ސުވާލެއް ނަވީންއާއި ޙަވާލުކުރަމުންނެވެ.
"އުނހުނ.........އަދި ބުނަން......ނަވީން ބޭނުން ޖަވާބެއް ނަވީނަށް ދެވޭނެ އިނގޭ. ނޫނެކޭ ބުންޏަސް އާނއެކޭ ބުންޏަސް....ހަމަ ހިތްހެޔޮ. މިއީ ނަވީންގެ އަމިއްލަ ދިރިއުޅުމާމެދު ކުރެވޭ ސުވާލެއް. ނަވީންއަށް ފެންނަ ޖަވާބެއް ދޭނީ." ޚާލިދު އަށް ހަނދާންނެތި ނުބުނެވި އޮތް ވަރަށް މުހިއްމު ތަންކޮޅެއް އިތުރުކޮށްލިއެވެ.

********(ނުނިމޭ)********
މުރާސިލް
ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ
ތަރުހީބަށް ބެލޭނެ އެވެ.
އަޅެ ދެން ރަނގަޅު ޖަވާބެއްދީބަލަ. އަހަރެންގެ ޖަވާބަކީ
"ނޫނެކޭ" އެހާ އަވަހަށް އާއެކޭ ބުނާހިތެއްނެތް. އެހެންވެ ނޫނެކޭ މިބުނީ.
މަ އުފަލުން!!!!!!=) ..ނަވީން އަށް ގުޅާލާފަ ލަފާ
އަރުވާލާނަން..ޕަކާާާާާާާާާާާާާާާާާާާސް!!!ވަރަށް މަޖާވެސް ވެއްޖެ..އިންތިޒާރު
ނިމުމަކަށް އަންނަނީ
ވޯއް.. ވަރަށް ރީތި މިބައި.. އައި ޖަސްތް ލަވް ދިސް..
ހަލިދު އެއީ މީކަކީ.. ވަރަށް ސަޅި އެބައި ގެނެސްދީފަ އިންގޮތް... މިހާރު މި ޕާރޓް
ކިޔުން އަދަދެއް ވެސް ނޭގެ.. ވަރަށްރީތި.. ހާލިދު އެވާހަކަ ދެއްކިިއިރު ނަވީން ގެ
ފޭސް އެކްސްޕުރެޝަން ހުރިގޮތް ހަމަ މަންޒަރު ހީވަނީ ފެންނަހެން...
ސޮފް މޮލުކަން ދޯ...އަޅެ ތިކަން ކުރުވަބަލަ
ތަންކޮޅެއް ލަހީ ވާހަކަ ގެނެސްދޭލެއް؟؟؟؟؟؟ ސަޅި
އަޔާގެ ކޮމެންޓް ވ ސަޅި... މަ ވެސް އުފަލުން... އަނެއްކާ
އާޔާގެ ކޮމެންޓް ކިޔާފަވެސް އުފަލުން... ހެހެހެ
ވަރަށް ސަޅި....ވަރަށް ފުރިހަމަ.

No comments:
Post a Comment