🌟🌟Fathisthari Vaahaka🌟🌟

Once upon a time it happened, how it happened is a fiction by me for you.

ފޯންކޯލް - 73 ވަނަ ބައި

"ވަރިއަށް އެދި މާދަމާ ސިޓީލާނެ ވާހަކަ ބުނެލަން ވެގެން މި ގުޅީ. " ކޮށި އަޑަކުން އެކޮޅުން ވާހަކަ ދެއްކީ އިނާކަން ނަވީންއަށް ޔަގީންވީ ދެނެވެ.

"އިނާ..........!!!......!!!"  އިނާ ބުނި އެއްޗެއް ނަވީނަށް އެއްގޮތަކަށްވެސް ނީވޭފަދައެވެ.
"އިނާތަ.......؟ އިނާ.....ކޮންތާކު ތިހިރީ....ކޮންތާކު؟ ބުނެބަލަ....ބަލާދަންތަ؟ ކޮންތާކަށް ދާންވީ....؟ އިނާ.....!!" ދެވަނަ ފަހަރަކު އިނާ އަނގައިން ނުބުނާއިރުވެސް، އެތަކެއް ސުވާލު އެއްފަހަރާ ނަވީނަށް ކުރެވުނެވެ. ޙަރަކާތްތަކުން އަލިމަނިކުއަށް ފެނުނީ، ހަމަ ދެންމެ ގެންގުޅުނު ޖަވާހިރެއް ބިންމައްޗަށް ވެއްޓުމުން އެ ދިޔަ ދިމާލެއް ނޭނގިގެން ވަށައިގެން އެނބުރޭ މީހެއްގޮތަށް ކޮޅަށް ތެދުވެފައި އެކި ކޮޅުކޮޅަށް ނަވީން އެނބުރޭ ތަނެވެ.


"އިނާ....ތި ރުޅިމަޑުކޮށްލަބަލަ....އިނާ ހުރި ތަނެއް ބުނެބަލަ. ހުރިހާ ވާހަކައެއް ގޮއްސަ ކިޔައިދޭނަން...އިނާ..." އެއްފަހަރު އަތުން ބޮލުގަ އަނެއްފަހަރު މޭގަ އަތްޖައްސަމުން، އަނެއްފަހަރު ޔަގީންކަން ދޭމާނައިގައި މުށްކަވަމުން، މިކަހަލަ ގޮތަކަށް ނަވީން ވާހަކަ ދައްކަމުން ދިޔައެވެ. އަލިމަނިކު ހުރީ އޭނަގެ ދަރިފުޅުގެ މި ޙަރަކާތްތަކަށް ބަލާށެވެ.

"އިނާ...މި ހުރިހާ ކަމެއް މިއީ ބައެއްގެ ރޭވުމެއް...ޔޫ ޝުޑް ޓްރަސްޓް މީ...." ނަވީން ބުނަމުން ދިޔައެވެ.
"ނަވީނަށް އަޑުނީވުނީތަ އަހަރެން ބުނި އެއްޗެއް. ނޫނީ އެހެންވާހަކަތައްހެން އެ ވާހަކަވެސް އަޑުނައަހާ ދޫކޮށްލީތަ؟" ނަވީން ކޮންމެ އެއްޗެއް ބުންޏަސް އިނާ ދެއްކީ އޭނަ ދައްކަން ގުޅި ވާހަކައެވެ.
"ކޮން އެއްޗެކޭ ބުނީ...ކީކޭ އިނާ ބުނީ....؟ ސޮރީ...އަޑުނީވުނޭ.....ކީކޭ ބުނީ....؟" އިނާއަށް ގަބޫލުކުރަން ކިތަންމެ ދަތިވިނަމަވެސް، ހަގީގަތުގައިވެސް އިނާ ބުނި އެއްޗެއް ނަވީނަށް އަޑު ނީވެއެވެ. އެކަން ގަބޫލުކުރަން ވަރަށް އުނދަގޫވާނެކަން ނަވީނަށް އިހްސާސް ކުރެވުނެވެ. އެކަމަކު އިނާ ބުނި އެއްޗެއް އޭނައަށް އަޑު ހަމަ ނީވުނީއެވެ. ނޫނީ ބުނި އެއްޗެއް ހަނދާންނެތުނީއެވެ.

"ބުނެބަލަ އިނާ...ކީކޭ ބުނީ....އިނާ...އެބަހުރިންތަ؟" އިނާ އަޑެއް ނީވެން ފެށުމުން ނަވީނަށް ހީކުރެވުނީ އިނާ ދިޔައީ ކަމަށެވެ.
"އަހަރެން ބޭނުމެއް ނޫން ނަވީނާއެއްކޮށް އުޅެން. މާދަން ފޯމް ލާން އުޅޭވާހަކަ ބުނަން ގުޅީ." ވަރަށް އާދައިގެ ވާހަކައެއް ބުނެލާހާ ފަސޭހައިން އިނާ ބުނެލިއެވެ.

ނަވީނަށް ހުއްޓުން އެރިއެވެ. ނޭވާވެސް އެތެރެއަށް ހުއްޓުނު ކަހަލައެވެ.

"އިނާ މޮޔަވީތަ؟ ކޮންކަހަލަ ވާހަކައެއް ތި ދައްކަނީ؟ ކޮންތާކު އިނާ ތިހިރީ....އެއެއް ނިކަން ބުނެބަލަ..." ކޮޅުކޮޅުމައްޗަށް އެނބުރި އެނބުރި ހުރެގެން ވާހަކަ ދެއްކި ނަވީން މަޑުމަޑުން އެނދުގައި އިށީނދެއްޖެއެވެ.
"ކައިވެންޏެއް ކުރަން ނަވީން ނިންމިއިރު ނަވީން ހީކުރީތަ އަހަރެން ހުންނާނެޔޭ ނަވީން ބޭނުންހާ ގޮތެއް ހެދިގެން؟ އަހަރެން ބޭނުންވަނީ ނަވީންއާއި ވަކިވާން." އިނާގެ ވާހަކަ ހުރީ ވަރަށް ހަރުކަށި އިބާރާތްތަކަކުންނެވެ. އެކަމަކުވެސް ހަމަ އަބަދުގެވެސް އާދައިގެ މަތިން އަޑު މަޑުވެފައި ހިމޭނެވެ.

"ކައިވެންޏޭ....؟ ކާކު ކައިވެންޏެއް ކުރަން އުޅެނީ....؟ އިނާ...މީހުން ދައްކާ ވާހަކަ އަޑުނައަހަބަލަ ދެންވެސް. އިނާ ހުރިތަނެއް ބުނީމަ އަހަރެން ދާނަން އިނާ ބަލާ. ނުބުނަންޏާ އިނާ އާދޭ ވީހާވެސް އަވަހަކަށް....އިނާއަށް ހުރިހާ ހަގީގަތެއް އެނގޭނެ އައީމަ." އިނާ އެ ދެއްކި ކައިވެންޏެއްގެ ވާހަކަ ނަވީން އަށް ވީ ވަރަށް ތާކުންތާކު ނުޖެހޭ ވާހަކައަކަށެވެ. އެހެންވެ އެ ވާހަކައަކަށް މާ އެދެވޭ ޖަވާބެއްވެސް ނަވީނަށް ނުދެވުނެވެ.

"ނޫނެކޭ ނުބުނަމެއްނު ނަވީން...ދެން އެވާހަކަ ހުއްޓާލާ...އަހަރެން އެދެނީ ރީތި ގޮތުގަ ނަވީން އަހަރެން ދޫކޮށްލަން." އިނާ ކުރި ސުވާލަށް ނަވީންއަށް ދެވުނު ޖަވާބަކީ އިނާއަށްޓަކައި ވަރަށް މުހިއްމު އެއްޗަކަށް ވެއްޖެކަން އިނާ، ނަވީނަށް އަންގައިދިނެވެ.

"ނުބުނިއްޔާ އިނާއަށް ނޭނގޭނެތަ އަހަރެން ދެވަނަ އެހެން މީހަކާ ނީންނާނެކަން؟ ތިއީ ހައްތާވެސް މީހުން ހަދަހަދައިގެން ދައްކާ ވާހަކަ. ތި ވާހަކަ ދޫކޮށްލަބަލަ ނިކަން....ކޮންތާކު ތިއުޅެނީ..." އަނެއްކާވެސް ނަވީން އެދުނީ އިނާ އެހެރަ ތަނެއް ބުނުމަށެވެ.

"އެއެއް ނުބެލުން ރަނގަޅުވާނީ..." ނަވީންއަށް އެ ކޯލް އިނާ އެކުރީ އެ ކޯލަށް ވާހަކަ ދައްކަން ވަރަށް ރަނގަޅަށް ތައްޔާރުވެގެންކަން ނަވީނަށް އެނގުނެވެ.

"ބުނީމަ ގަބޫލުކޮށްބަލަ އިނާ...ތިއީ މުޅިންވެސް ކުށްހީއޭ. މީހުން ދައްކަފާނެ ކޮންމެ ފަދަ ވާހަކައެއްވެސް. މިހާރު ބަލަ އަލަށް ތި ދައްކައިގެން އުޅޭވާހަކައެއް. އަހަރެން އަލުން އަނެއް ކައިވެނިކުރަން...؟ މޮޔަވީތަ އެމީހަކު...؟" ނަވީންއަށް އެވާހަކަތައް ގަބޫލުކުރަންވެސް ދަތިވެއެވެ.

"ތިއެއް ނަވީން އަހަންވީނު ލީނާ ކައިރިން....ތިކަން އެންމެ ރަނގަޅަށް އެނގޭނީ ލީނާއަށް....؟" ކުރީގެވެސް ރާގުގައި އިނާ ބުނެލި އަޑު ނަވީނަށް އިވުނެވެ.

"ލީނާ....؟ ލީނާތަ އިނާކައިރީ ތިހެން ބުނީ....ކޮން އިރަކު...." ނަވީން ހަމަ ރަނގަޅަށްވެސް އަންތަރީސް ވެއްޖެއެވެ.
"މަޑުކުރޭ...މިވަގުތު ލީނާ މިތަނަށް ގެނުވާފަ އިނާއާއި ވާހަކަ ދައްކުވާނަން. ނުކަނޑައްޗޭ....އިހަށް...." ނަވީނަށް އެކަންތައް ކުރަން ފެނުނު އެންމެ ރަނގަޅު ގޮތް އިޚްތިޔާރުކުރަން ނަވީން އުޅުނެވެ.

"ބުނިމީހެއް ދޯ ނަވީންއަށް މުހިއްމުވަނީ؟ ނަވީންއަކަށް މުހިއްމެއް ނޫންތަ މި ދެކެވޭ ވާހަކަ؟ މިވާހަކަ މިގޮތަށް ދެއްކެން ޖެހުނު ސަބަބު ނަވީންއަށް ކީއްވެ މުހިއްމު ނުވަނީ....ލީނާއާއި ވާހަކަ ދައްކާކަށް ބޭނުމެއް ނޫން..." އިނާގެ އަޑުން ނަވީނަށް ފާޅުވަނީ ދުވަހަކުވެސް އަޑު ނައަހާފަދަ ހިތްހަމަނުޖެހުމަކާއި ހިތްދަތި ކަމެކެވެ. ރުޅިއެކެވެ.

"އަޑުއަހާބަލަ....އިހަށް...ހަމަ އެންމެ މިނެޓަށް މަޑުކޮށްލަދީ....އަހަރެންގެ ފޯނުން ލީނާއަށް ގުޅާފައި ގެނުވާނަން. މަޑުކޮށްލަދީ...ތި ޝައްކުތައް ފިލުވަދޭން އަހަރެން ބޭނުން. މަޑުކުރޭ މަޑުކުރޭ...." މިހިސާބަށް ބުނެ ނިމުނުއިރު މޮބައިލް ފޯން ނަގައިގެން ލީނާއަށް ގުޅަން ނަވީން، އެ ނަންބަރަށް ޑައިލް ކުރަނީއެވެ.

"ބޭނުމެއް ނޫން އޭނައާއި ވާހަކަ ދައްކަން. ނަވީން ދައްކާ އޭނައާއި ދައްކާނެ ވާހަކައެއް...." ނުރުހުމާއެކު ކުރިއަށްވުރެ ކުޑަ ތަންކޮޅެއް ބާރަށް އިނާ ބުނެލިއެވެ.
މީގެ ތިން ގަޑިއިރު ކުރިން އިނާ އެހެން ބުނިނަމަ އޭނަ ހައިރާންވާނެކަން ޔަގީނެވެ. ނަމަވެސް ލީނާގޭގައި ޒިޔާދު އާއި ލީނާ އާއި ދެމެދު ދެކެވުނު ވާހަކަ އިވުމަށްފަހު، އެ ވާހަކަ އޭނައަށް ހައިރާންކަމެއްވެސް ކަންބޮޑުވުމެއްވެސް ގެނެސް ނުދެއެވެ. އިނާ އެގޮތަށް ކަންތައް ކުރީ ލީނާ ބުނި އެއްޗެއްގެ ސަބަބުން ކަމަށްވާނަމަ އެކަން އޭނައަށް ޙައްލު ކުރެވޭނެކަން އޭނައަށް ވަރަށް ޔަގީނެވެ. އެކަމަކު އޭނައަށް އުނދަގޫވާނީ އޭނަ ދައްކާ ވާހަކަ އިނާ ލައްވާ އަޑުއެއްސުވުންކަން ވެސް ނަވީނަށް ދިޔައީ އެނގެމުންނެވެ.

"އޭނަ ފޯން ނުނަގާ....އެގެއަށް މި ފޯން ގެންދާނަން. މަޑުކޮށްލާ....އޯވހ...މީ އަހަރެންގެ މޮބައިލެއް ނޫނޭ....ކެނޑޭނެ އެހިސާބަށް ދާންވާއިރަށް....އިނާ މަޑުކޮށްލަދޭންވީނު އެގެއަށް ގޮސް އަހަރެން ލީނާ ގޮވައިގން އަންނަން ދެން. ނޫނީ މޮބައިލަށް ގުޅާލަދީ...އޭރުން...." ވިސްނަމުން ނަވީން އަށް ބުނެވުނީ މިހިސާބަށެވެ.

"އޭނަކައިރިން އިތުރަށް އޮޅުންފިލުވާނެ އެއްޗެއް ނެތް. ނަވީންއަށް އޮތިއްޔާ ނަވީން ގޮއްސަ އެގޭގަ ވާހަކަ ދައްކަން މަޑުކޮށްލިޔަސް އަލުން ވާނެ ގޯހެއް ނެތްކަންނޭނގެ." ނަވީންގެ ވާހަކަ މެދުކަނޑާލާފައި އިނާ ބުނެލިއެވެ.

"އިނާ....އިނާ....އަޑުއަހާބަލަ. އިހަށް ނުބާއްވާ މި ވާހަކަ އަޑުއަހާލަބަލަ....އަހަންނަށް މީގެ ކުރިން ނޭނގޭ ކިތަންމެ ކަމެއް މިއަދު އެނގިއްޖެ. ލީނާގެ ކަންތައްވެސް. ލީނާ ދެއްކި ވާހަކަތައްވެސް. ނޭނގެ ކޮންފަދަ ނަސީބެއްކަމެއް މިއަދުގެ މި ގަޑީގައި އިނާއަށް ތި ގުޅުނީ. ކޮންމެ ގޮތަކުންވިޔަސް އިނާއަށް ތި ގުޅުނީ އަހަންނަށް ހުރިހާ އެއްޗެއް އޮޅުންފިލާ ނިމުނުތަނާ. ވެގެން ދިޔަ ގޮތަށް ބަލާއިރު އިނާގެ މަގާމުގައި އަހަރެން ހުރި ނަމަވެސް ލީނާ ދެއްކި ވާހަކަތައް ގަބޫލުކުރެވޭނެ. އެކަން އަހަރެންވެސް ގަބޫލުކުރަން. އެކަމަކު އޭރު އަހަންނަށް ނޭނގުނަސް މިހާރު ހުރިހާ ކަމެއް އަހަންނަށް އެނގޭ. އަހަރެން މިހިރީ އިނާއަށް އޮޅުންފިލުވައިދޭން. އެއިން އެއްވެސް ވާހަކަ އަކީ ހަގީގަތެއް ނެތް ވާހަކަތަކެއްކަމުގެ ޔަގީންކަން އިނާއަށް މިދެނީ އަހަރެން. އަހަރެމެންގެ ދެމެދަށް އެފަދަ ވާހަކަތަކުން ދުރުކަމެއް އައިސްގެން ނުވާނެއެއްނު އިނާ.؟ އަހަރެން ބޭނުމެއް ނޫން އިނާ އާއި ވަކިވާކަށް. އިނާއާއި އަހަރެން މެރީ ކުރީ މިހެން މިކަހަލަ ގޮތަކަށް ދޫކުރާކަށް ނޫން. ދޫކޮށް ދަންޏާ ދާންވާނީ އެއްފަހަރު. އެއީ އެނބުރި އައުމެއް ނެތް ބިމަށް. އެނޫން އެހެން ގޮތަކަށް އިނާ ދޫކުރާގޮތަކަށް އަހަރެން އަދި ނުވިސްނަން. އެ ވަޢުދުގަ އަދިވެސް މިހިރީ. އެހާ އަވަހަށް އިނާ ހަނދާން ނެތުނީތަ.. ؟" ގުޅީ އިނާކަން އެނގުނު ވަގުތު ލިބުނު ހުރިހާ ހާސްކަމަކާއި ހިތް އަވަސްވުމެއް ކަނޑުވާލާފައި ހަމަޖެހިލައިގެން ނަވީން ވާހަކަ ދައްކަން ފެށިއެވެ. ރުޅިއައިސް ހިތްހަމަނުޖެހިފައި ހުރި މީހަކު ހަމަޖެއްސުމަށްޓަކައި އިތުރަށް އަޑުގަދަ ކޮށްފައި ގޮތްކިޔައިދީގެން އެ ރުޅި މައިތިރި ނުވާނެކަން ނަވީން ދަނެއެވެ. އަމުދުން އަންހެންކުއްޖަކު ހިތްހަމަ ނުޖެހިފައި ހުއްޓާ އޭނަ ހިތްހަމަ ނުޖެހޭ ގޮތަށް ވާހަކަ ދެއްކުމުގެ ބަދަލުގައި މަޑުމައިތިރިކަމާއި އެކު އެދެމެދުގައި އޮތް ގާތްކަން ހަނދާންކޮށްދިނުމަކީ އެންމެ މުހިއްމު ކަންތައްކަންވެސް ނަވީން ދަންނަކަން ޔަގީނެވެ.

"ސީރިއަސްކޮސް އިނާ....ބައިވަރުވާހަކަ ދައްކަން އެބަހުރި. ބުނެބަލަ ހުރިތަނެއް؟ އަހަރެން ދާނަން ހަމަ މިރެއިން މިރެއަށްވެސް ދެވެންޏާ....އުނހުނ...އިހަށް މަޑުކުރޭ...ލީނާ އާއި ވާހަކަ ދައްކަންވީނު ފުރަތަމަ. އޭނައާއި އިނާ ވާހަކަ ދައްކަން އެބަޖެހޭ ކޮންމެހެންވެސް. މަޑުކުރާނަން ދޯ އަހަރެން ގޮސް ލީނާ ގެންނަންދެން. ނޫނީ މޮބައިލަށް ގުޅާލަންވީނު...ޕްލީޒް...ފުރުޞަތެއްދީ އިނާ...މި މައްސަލަގަނޑުގެތެރެއިން ނުކުތުމަށް އިނާގެ ހިތްވަރެއްވެސް ބޭނުންވޭ އެބަ...ޕްލީޒް..." ހެޔޮހިތަކުން އާދޭހާއެކު ނަވީން އެދުނެވެ.

"އެންމެ ރަނގަޅު....ލީނާ ތިގެއަށް ގެނޭ. އަހަރެން ގުޅާނަން ފަހުން....." އިނާ ބުނެލިއެވެ.
"ފަހުން....؟ މިހާރު ކިހިނެއްވީ؟ ފޯން ނުކަނޑާ އިހަށް މަޑުކުރޭ....ލީނާ......" އިނާ ދެން ނުގުޅަފާނެކަމުގެ ބިރުން ނަވީންއަށް ތެޅިގަނެވުނެވެ.
"ފަހުން ގުޅާނަން. ބައިގަޑިއިރުފަހުން..." ނަވީން ބުނާއެއްޗަކަށް އިނާ އަޅައެއް ނުލައެވެ. އޭނަގެ އަމިއްލަ ޝަރުޠާއެކު ހަމަ ވަގުތުން ފޯން ކަނޑާލައިފިއެވެ.
"އިނާ...އިނާ.....އެބަހުރިންތަ........؟" ކުއްލިއަކަށް އެކޮޅުން އަޑު ކެނޑުނުކަން ޚުދުނަވީނަށްވެސް އެނގެއެވެ. އެކަމަކުވެސް ދެންވެސް ނަވީނަށް ގޮވާލެވުނީއެވެ.
އަދި ހަމަ އަޑު އިވިދާނެ ކަމަށެވެ. އަދި ހަމަ ލައިނުގެ އެކޮޅުގައި އިނާ ހުރެދާނެ ކަމަށެވެ.
އެހެންނަމަވެސް ކަންފަތާ ދުރަށް ފޯން ލާން ޖެހުނީ ވަރަށް ބޮޑު ނާއުއްމީދަކާއެކުގައެވެ. ހަމަ ރަނގަޅަށްވެސް އިނާ ފޯން ބާއްވައިފިއެވެ.

މިހުރިހާ އަޑަކާއި މަންޒަރެއް ބަލަން، އޭނަގެ އެނދުގެ ފައިލާކޮޅާއި ދިމާލުގައި ހުރި ސޯފާގައި އިށީނދެއިން ބައްޕަ މަތިން ނަވީން ހަނދާންވީވެސް އެ ފޯން ބޭއްވިތާ އިރުކޮޅެއް ފަހުންނެވެ.

"އެއްވެސް ވަރަކަށް އިނާ ގަބޫލުކުރިތަ؟" އަލިމަނިކު އިނީ އެކަމާ ކަންބޮޑުވެފައެވެ. ނަވީންގެ ވާހަކަ ހުރި ގޮތުން، އިނާ ނަވީންގެ ބަސް ގަބޫލުނުކުރާން ހުރިކަން އަލިމަނިކުއަށް ވިސްނިފައި ވެއެވެ.
"އަދި ނޭނގެ ބުނާކަށް. އެކަމަކު ބުނި ބައިގަޑިއިރުފަހުން ގުޅާނަމޭ....ލީނާއާއި ވާހަކަ ދައްކަން." އިނާ ގެ ފަރާތުން އޭނައަށް ލިބުނު ހަމައެކަނި އެދެވޭ ޖަވާބުގެ ވާހަކަ ބައްޕައަށް ނަވީން ކިޔައިދިނެވެ.
"ދެން ތި އިންނަނީޔޯ؟ ލީނާ ގެނުވާ...އެކަމަކު ބުނަން. ބައްޕައަށް ފެންނަނީ އިނާއާއި ވާހަކަ ދެއްކުވުމުގެ ކުރިން ނަވީން ލީނާއާއި ވާހަކަ ދައްކަން. އޭރަށް ...." އަލިމަނިކު ނަވީންއަށް ނަސޭޙަތްތެރި ވިއެވެ.
"ލައްބަ...." ޖުމްލަ އެއްކޮށް ނުނިންމިނަމަވެސް އަލިމަނިކު ގަސްތުކުރެއްވީ ކީކޭކަން ނަވީނަށް އެނގުނެވެ.

** ** ** ** ** ** ** ** **
ލީނާ އުޅޭ އެޕާރޓްމަންޓަށް ނަވީން ގޮސް ވަނި ޓަކި ޖެހުމެއްވެސް ހުއްދައަށް އެދުމެއްވެސް ނެތިއެވެ. ގަސްތުގަ އެހެން ހެދީއެއް ނޫނެވެ. ހިތްއަވަސްވެފައި ހުރި ވަރުން ، އެ ރީތި އާދަމަތިންވެސް އިރުކޮޅަކަށް ނަވީން ހަނދާން ނެތުނީއެވެ.

ސިޓިންރޫމުން ނަވީން އާއި ދިމާވީ ގޭގައި ގެންގުޅޭ ނޯކަރު އަންހެންކުއްޖާ އެކަންޏެވެ.
"ލީނާ އެބައުޅޭތަ؟...." އެ އަންހެންކުއްޖާ ކައިރިން ނަވީން މިހެން އަހާލުމުން ޖަވާބެއް ދިނުމުގެ ކުރިން އެ ކުއްޖާ ބަލާލީ ނަވީންގެވެސް ފައިވާން ބަހައްޓާފައި ހުރި ދިމާލުން ދޮރުން އެތެރޭގައި ހުރި ފައިވާންތަކާއި ދިމާލަށެވެ.  ކޮންމެވެސް މީހަކު އުޅޭތޯ ޔަގީން ކޮށްލި ކަހަލަ ގޮތަކަށެވެ.
"ނަވީންގެ މަންމައާއެކު ބަދިގޭގަ....." ޖުމްލައިގެ މިހިސާބަށް ދިޔައިރު ނަވީން ހުރީ ގޮސް އެ އަގުބޮޑު، މޮޅުފެންވަރަށް ހަދާފައިވާ ބަދިގޭގެ ދޮރުމަތީގައެވެ.

ކާމޭޒު ދޮށުގައި ޖެހިޖެހިގެން ހުރި ދެ ގޮނޑިއެއްގައި އޭނަގެ މަންމަ އާއި ލީނާ ތިއްބެވެ. އިސް ޖަހައިގެން އިނދެ ލީނާ ރޮނީއެވެ. އޭނަގެ ދިރިއުޅުމަށް ވިހަލީ ލީނާއެވެ. އެކަމަކު ޚުދު އޭނަގެ މަންމަ މިއަދުވެސް އެއިނީ ލީނާގެކަރުނަތައް ފޮހެދޭށެވެ. ލީނާ  ހުއްޓާލާތޯ އެކިއެކި ވާހަކަ ދައްކަމުން ހިތްވަރު ދެމުންދަނީ އޭނަގެ މަންމައެވެ.

"އަނެއްކާ މިހާރު އިނާ ކައިރީ ކޮން ވާހަކައެއް ދައްކައިގެން ތި އުޅެނީ؟ އިނގިއްޔަކަށް މީހަކު ހުންނައިރުވެސް ކޮންމެވެސް އެކެއްގެ ދިރިއުޅުން ހަރާމްކޮށްލީމަ ދޯ ހަމަޖެހުމެއް ލިބެނީ؟ ކޮންކަހަލަ........" އައިކަންވެސް ނޭނގި، އެދިޔަ ގޮތަށް ގޮސް އެމީހުން ތިބި މޭޒުގެ ކޮޅުގައި ހުއްޓި މޭޒުމަތީގައި ދެ އަތް އަޅުވާލާފައި ނަވީން މިހެން ބުނެލުމުން ނަޖްމާ އާއި ލީނާއަށްވެސް ކުއްލި ސިހުމެއް ލިބުނެވެ. މިއަދު ލީނާއާއި ނަވީން މުޚާޠަބް ކުރަމުން އެ ދަނީ މީގެ ކުރިން ދުވަހަކުވެސް މުޚާޠަބްކުރި ގޮތަކަށް ނޫނެވެ.

"އަހަރެން ނުދައްކަން....އަހަންނަކަށް ....." އިސް އުފުލާ ނަވީން އާއި ދިމާލަށް ބަލަހައްޓައިގެން އިނދެ ލީނާ ވާހަކަ ދައްކަން ފެށިއެވެ. އެއާއެކު އެ މޭޒުކައިރިން ދުރަށް ގޮސް ބަދިގެތެރެއިން ބޭރަށް ހުޅުވެން ހުރި ބިއްލޫރި ކުޑަދޮރުކައިރިއަށް ހުއްޓި ފުރަގަސްދީފިއެވެ.
"ހޫމް....ހުއްޓާލާ....މިހާރު ފުދިއްޖެ...." ލީނާގެ އަނގައިން އިތުރަށް ވާހަކައެއް ދައްކާ އަޑު އަހާކަށް ނަވީން ބޭނުމެއް ނުވެއެވެ. ތެދުބަހުން އެ އަނގައިން އެއްޗެއް ބުނެވިދާނެކަމާމެދު ނަވީންއަށް ޔަގީންކުރަން ހަމަ އުނދަގުލެވެ.
ނަވީން ހުރި ގޮތުން، އެއިން އެއްވެސް އަޑެއް އަޑުއަހަން ނަވީން ބޭނުން ނޫންކަން ދޭހަވެއެވެ.
"ނަވީންވެސް ލީނާ ދައްކާ ވާހަކަ އަޑުއަހާލުން ރަނގަޅެއްނު....؟" ކަންތައް މިވާގޮތުން އެއްޗެއް ނުބުނެ ނީނދެވިގެން ނަޖްމާ ބުނެލިއެވެ.
"މަންމާ !!!........" ނަވީން އޭނަގެ މަންމަ ހުއްޓުވިއެވެ.
"މަންމަ އޭނަ ދެކެ މާ ބޮޑަށް ލޯބިވުމުގެ ސަބަބުން މިހެން މިވީވެސް....އަދިވެސް....ދެންވެސް...........؟" އެގެއަށް އައިއިރު އެތަނުގައި މަންމަ އިންނަމަވެސް،  މަންމައާއި އަނގައިން ނުބުނާން ގަސްތުކޮށްގެން ހުރި ނަވީންއަށް، އެއްޗެއް ނުބުނެ ނުހުރެވުނެވެ.
"މަންމަ ކީއްވެ އޭނައަށް ތި ހިތްވަރު ދެނީ؟ އަހަރެންގެ ހަމަޖެހުން ނަގާލައިގެން މި އުޅެނީ އޭނަ." ބައްޕަ އެތަނުގައި ނެތުމުން މަންމަ އާއި ވާހަކަ ދައްކަން ނަވީނަށް ކޮންމެވެސް ވަރަކަށް ފަސޭހައެވެ.
ނަވީން ބުނި އެއްޗަކަށް މަންމަވެސް އަދި ލީނާވެސް އަނގައިން ނުބުނެއެވެ. ލީނާ އިސްޖަހާލިއިރު ކައިރީގައި އިން ނަވީންގެ ލޯ ހުއްޓިފައި ހުރީ މޭޒުމައްޗަށެވެ. ފެންނަނީ ހިތްހަމަނުޖެހުމާއި ނުތަނަވަސްކަމެވެ.  
އެހެންވިޔަސް، ދައްކަން ޖެހޭ ވާހަކައެއް ނުދައްކައެއް ނުވާނެއެވެ. ވީގޮތް ނުވާ ކަމަކަށްވެސް ނެހެދޭނެއެވެ. ވާހަކަ ނުދައްކާ ހުރުމުގެ ސަބަބުން އިތުރަށް ގޯސްކުރާކަށް ނަވީން ބޭނުމެއް ނުވެއެވެ. ނަވީން ބޭނުންވަނީ ކޮންމެފަދަ ގުރުބާނެއްވެގެން ވިޔަސް އޭނަގެ ހަޔާތަށް އަލުން އަނބުރާ އިނާ ގެނައުމަށެވެ.
އޭނަގެ ހަޔާތުން ގެއްލުނު އެ އަގުބޮޑު ޖަވާހިރު އަލުން ހޯދުމަށެވެ.
** ** ** ** ** ** ** **
ރޭގަނޑުން ދިހަގަޑި ބައިވެ ބޮޑުވެއްޖެއެވެ.
ފެންޑާގެ ބޮޑު ގޮނޑިއެއްގައި ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އަލިމަނިކު އިނެވެ. އެކަނިމާއެކަންޏެވެ. ސިޓިންރޫމްގެ ދެ ގޮނޑިއެއްގައި ނަޖްމާ އާއި ލީނާ ތިއްބެވެ. މުޅިގެއަށް ވެރިވެފައި ވަނީ ހިމޭން ކަމެކެވެ.
ހިމޭންކަމުގެ ތެރޭގައި ކޮންމެ މީހަކުވެސް އެމީހާގެ އަމިއްލަ ވިސްނުމާއި ފިކުރުގެ ތެރެއަށް ގެނބިފައި ތިބެވުނީ ނަވީން ގޮވާލާނެ އިރެއްގެ އިންތިޒާރުގައެވެ. ކޮޓަރީގައި އިނދެގެން އިނާގެ ފޯނަށް އިންތިޒާރުކުރަމުން އަންނަ ނަވީން ގޮވާލާނެ އިރެއްގެ އިންތިޒާރުގައެވެ. މީގެ ބައިގަޑިއެއްހާއިރު ކުރިން، އޭގެ ބައިގަޑިއެއްހާއިރު ފަހުން ގުޅާނަމޭ ބުނި އިނާގެ ފޯންކޯލްގެ އިންތިޒާރުގައެވެ.
އެހެންނަމަވެސް....
އެ ބައިގަޑި ފާއިތުވެގޮސް، އިތުރަށް ދިހަ މިނެޓްވެސް ހިނގައިފިއެވެ. އަދި ހަމަ ގޭގެ އެއްވެސް ފޯނެއް ރިންގުވި އަޑެއް ނީވެއެވެ.
**********   (ނުނިމޭ) *******


39 comments:

varah salhi mi part ves .... luv all ur storiesss

 

shaxx:
soff keeh thikuree :(....hama kiya kiya indhaa nimunee o :(..... (((aslu kurey nubunanvegen ingey mihaa beykaaru vaahaka mi dhehkkee ;)hehehe))))
as usual ur the best of the best....
soffge sifa kohdhinunthah asluves varah real... varah ves salhi...soffge vaahaka kiyaafa vaahaka kiyan foohivaa meehaaves kiyaa hievaane ingey.... ehaaves molhu.....enme hie edhey meehaage call ehgge inthizaaruga inna meehakah inaa e buni kahala ehcheh bunyakas eyakah ehaa samaalu kameh nudheveyne....eyah vuren emeehaa hurithanaa emeehaku huri haalu belun maa muhimmu vaane....naveenge magaamga miadhu konmme meehaku huri namaheeves veehee ehen.... shaxx ah hama sifa kurevunu naveenge e vaguthukolhuge haalathu...adhi anehkkaa phone kadaalumun vee goi.....oh my god.....anehkkaa anehkolhun inaage phonege inthizaaruga ehuree...ethankolhu kiyaalumun hithah faadehgge gothe vee....kihineibbaa inaa hadhaaneee....
dhen keekey bunaanee... hama totaly WOW....varah varah varah varah varh ves hama aalhi story dhaagoi.....aslu miadhu expecteh nukuran up vaane kamakah...its a surprise for me :D.....
liyuntheri kamuge rogunnaai hurihaa gothakun soff ah kuri erun dhehvvaashi....god bless u my frnd........<3<3<3

 

aslu varah molhu varah reyvuntheri ingay Sofx..wish u ol de best

 

thankx sofff.... bt naveen nah ehen nuhadha ba
i juxt hate e kathurufani leenaa dheke... avahah inaa ah hagygai angadhy.... luv u umah

 

aayaa
mirey meege anehbai genas dhenveenu alhe pleaaase!!!!varaaah varaah kiyaahiyvey.uni in aigothah ais mi balaalee sofaage vaahaka,magey naween ah thihen nahadhaa,hiykudhi kudhivedhaanenu,aayaaves mihaaru mihunnanee vaahaka serious vaa varun seriousvefa..sofaaa!!!!!!genasdhehchey ingey puleezu pulezzzu mirey aneh bai...umwaaa

 

simply awesome ! :D <3

 

neyvaa hiffa hhataa laigenn inn nan mijehunee hama. read 3parts together...cant wait for the next part

 

dhen alhe thankolheh avahah up kohbala ingey mibaives varah reethi ingey

(friender)

 

just amazing...well done soff

 

neeno: haadhahaa dhigu inthizaarekey thiyakuruvanee ina, ehen nahadhabala.. thiyavaruge hih dhathikamey naveen ah nudheyshey.. eves insaaneh, efakeeru athuga ves onnaanee hitheh, e hithah nikan finikameh ihusaas kohdheebala,,, hih balikashivaa vaguthu meehaage nafusuves onnaanee lineun beyruga.. loabivanyyaa loabivaa meeheege hih hama jessun ves muhimmu vaane.. maa boddah las nukoh naveen kaari ah dhey.. thi hithuge thelhun ves adu ivvaalabala.. mi vaahaka liyamundhaa fathsi thari ah bunelan, mi part kiyamun dhiyairu heevee hih daga daga laafa thelhunu hen, naveen ge hithuge vindhaa ekuga,, varah asarukuruvani vaahaka eh.. haassakoh naveen e call ga huri iru heevee ehen fadh akameh hen,, thiyavaruge liyuntherin nah dheyhaavey fah fashun assaribahaa saabas.. intihizaaru nukuruvaathi dhen oiy bayah,, thiyadhevvaa uploading surprise dhekeves ehaame gayaavey..

 

mariyam:- wow heeve ehama naveen fenunuhen,, sofaaa ehen nahadhabala naveen ah.. haadha dheravey!!

 

NaveeN :

I Love You True <3
I cud go on for days, telling of what i feel, but all u really must know is my love for u is real <3
.............

I love you true <3
Without u here i feel pain <3
.............


I love you true <3
No one else in this world will do <3
Nothing can split us two <3
Though you are not in view <3
In my mind there's only you <3

...........

I love you true <3
I want you to know it too <3
So together we can make it through <3
Oh baby please come to me <3
I just can't miss u any more <3
My heart never stops beating for U <3
Trust me baby i will never let U go <3
without U my nights are lonely <3
I wish i could HOLD U tightly rite now <3
And tell you that you mean the world to me <3


I love you true <3

 

This is jst awsome soffff.
U r grt...keep on writing.I no doubt am sure one day YOU WILL BE A SUPER WRITER OF THE MALDIVES.

 

NAVEEN FAKEERU HAADHA HAALEGGAYEY ULHEN MI JEHENY.DHEN INA DHEKE LOBI NUVAATHI.GOAS INAA EIY.HADI INA.ACCHI INAA.

 

Zaraa: FATHISTHARI yah engeytha.mi vaahaka kiyan mi feshy friend aku bunegen.eyna buneee "moya vaane" yey. kurin hee kuree eiy hama joke eh kamah.ekamaku..Aaaaaaaaaahhhhhhh....mi vareh hama nudheken. Sofa v.molhu. vaahaka genesdheefa hunna goi emme extraordinary. dhivehin nuliyey mi gothakah vaahakayeh. v.thafaathu. varah furihama. v.interesting komme part eh ves.

 

Softey...
Softey....
Kobaa aneh bai
Avahah geney
Ehen nooooooneee...........

 

keekeybaa mifaharau najumaa bunaanee dheeeeeeeeeeee.. hithaa hithun dhu'aa keraane thoache negulhaathoa/ konfadha mamma eh tha ei/ najumaa beurukurey thigeyn//////////

 

Inaaaa haadha fonivegen thi ulheny? naveen ah gotheh nahadhacchey. e fakeeru maruvedhaane. e fakeeru ah gotheh vejjiyya aharenn ge hiy huttidhaane. plx sofa....naveen salaamai kurey.

 

Thittha:

Najmaa...kaleyah saabas. kaleyge dhari ah kaley thi hedhy kihineh? hama vattharu theeee.foohi

Sofaa dhoonyaa.Thittha ah adhi kiriyaa vagutheh mi vee. Ekkala kantha mulhin nimijje mihaaru. dhen vaahaka varah furihama.avahah aneh bai genesdhecchey

 

mi ofees kudin moya vanee sofaaaaaaaaaaaa. avahah vaahaka genesdheee...vaahaka nukiyenyaa work ves nukureveyey kiyanee. (Saky)

 

Alhe magey naveeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeennnnnnnnnnnnnnn..lobi vaaa

 

life is not about finding your self. life is about creating your self. you are soo creative,so talented, u have a great gift from GOD, use it wisely, may u always write perfect stories just like this one. amen

 

kobaith aneh bai. ekkala vattharah anna aharu dho dhen aneh bai. v.foohivey thihen laskuraathy

 

aneh bai varah kiyaahithun mi hunnanee

 

avas avas...keevvetha las vanee..

 

up kohdhyba plsssssssss

 

minna : ey dhen nuvaane ketheh.. evves kamey kuraa hithey nuvey.. hama naveen mathin handhaanvanee ey.. thihen nahadhaa fathis thari avas kurey.. mirey nidhaalan beynumee e phone call ivuneema.

 

aayaa

sofa busyveetha anekkaa.mihaa hiythelhey hisaabakah nimmaalaafa thi hunnanee hama hiythalhuvan,meege baakee bai aayaa liyedhentha =D ..

 

zakiyya =)) week eh vejje mivaahaka kiyan fashaigen ulheythaa.. varah undhagulun kiyanfeshee ekamaku kiyaa kiyaa foossei nuvey,, mihaaru inthizaaru kurevenee. very reethi mi story.

 

comment thakah reply kuran ulhebala sweetyyyyyyyyyyyyyyyyyyyyyyyyyyy

 

neeno : kithah faharu mi blog belenee.. alhe dhen las nukurey.. heyonuvaaaaaaaaaaaaaaaane :C

 

fathun :::::: fathis thariyaaaa kobaa 74???? kiyaahithun mi indhevenee up veythoa balabalaa.

 

To: Shaxxx

Sofaa bunaaneeves keekey..Shaxx ge msg fenuneema indheveny hama aashokhu vefa. U not only read it, u even go with Naveen and Inaa whereever they go. Thats the most amazing thing you do. Thanks Shaxxx...U r just simply incomparable. If i am getting lucky...im Sure your prayers also is included in it. Thanks dear. Keep on leting me know how u feel with my stories ...and btw...sory for responding this late. Was so busy with so many things. Im sure you will forgive me. :)

 

To: Aaayaa

Thanks dear girl. and sorry i couldnt bring it the next night. Time wasnt corporating with me that much.

 

To: Friender

Shkuriyyaaa friender...Aaadhey migeyah liyedheyn. eyrun v.avas vaane.

 

To: Neeno

Alhe Neemo...oops Neeno...Ladhuganejje thaureef ossaafa huri varun. E hurihaa thaureefakah fah fashun shukuriyyaa...Ummeedhu kuran thiya fadhain sofa ge vaahaka gendhaa goi balai 2 vattharugeves faadukiyamun abadhuves dhaane kamah.

Thedheh...Lobivanyaa lobiveriyaa hiy hama jassadheyn jehey... :)

***Btw...uploading surprise thakakee kobaitho???

 

To Mariyam:
Kanbulo dhera nuvey....Naveen adhi mareh nuveyey.

 

To: Naveen

WOW.......what a grt poem of love.
Heevanee lobeege fen aarakun INAA fenvaruvaalihen. Or Inaa Naveen ah kiyaa dhin poem ettha eiy?

Komme gothakunviyas, it shows me how much you love my story. Thanks...Thanks might be only in few letters ...but believe me..its more than that. :)

 

neeno

uploading surprise ey bunefa eydhee, ummeedhu nukkoh hutta upload kureema . liyuntheri eh ga gaiga hunna jehey emme furathama sifa thiya ee, u r ready for -ve and +ve comments.. wat agreat writer.. no problem if thrs ny things which needs to be improved or ammend i will always let u know. sad that i have not found any yet..

 

Post a Comment