އިނާގެ
ހިތާހިތާ ނިންމުނެވެ.
ހެނދުނުގެ އިރުގެ ފުރަތަމަ ދޯދިތަކުން ދުނިޔެމައްޗަށް ރަންކުލަ ވެރިކުރުވަމުން ދިޔައިރު، ޓެރަސްގެ އެއްފަރާތުގައި ހައްދާފައިވާ ގަސްތަކުގައި ވާ މާތައްވެސް އާ ދުވަހަކާއި މުނާސަބުވުމަށްޓަކައި ފޮޅެން ފަށައިފިއެވެ.

ފިޔާތޮށްޓާއި ރީނދުލެވެ. ހުދާއި އޮރެންޖެވެ.
އަދިވެސް އިތުރު ކުލަ ތަކެވެ. އެ މަންޒަރުން ކޮންމެ ލޮލަކަށްވެސް ފިނިކަން ލިބި
ރޫހަށް ތާޒާކަން ލިބޭނެކަން ގައިމެވެ. ނަމަވެސް ހަމަ އެދިމާލަށް ބަލަން އިން
އިނާއަށް، ގަހުގައި މާތަކެއް ހުރިކަންވެސް، އަދި އެއީ ކޮން ކުލަތަކެއްގެ
މާތަކެއްކަންވެސް ފާހަގަކުރެވޭނެހެނެއް ހިއެއް ނުވެއެވެ. މޫނުމަތިން ފެންނަނީ
ވަރުބަލިކަމާއި ނާއުއްމީދީ ކުލަވަރެކެވެ.
ކިތަންމެ ވަރުބަލިވެ ފޫހިވެފައި ހުރި ނަމަވެސް ހެނދުނު ހަތްގަޑިބައިވީއިރު ސައިކޮޓަރިއަށް އިނާވެސް އަތުވެއްޖެއެވެ. ޑިއުޓީއަށް ދާން ނަރުސް ޔުނިފޯމްގައި ފުރިހަމައަށް ތައްޔާރުވެގެންނެވެ.
"ދަރިފުޅަށް ހަމަ އެންމެ ދުވަހަކުވެސް ގޭގަ މަޑެއް ނުކުރެވުނު ދޯ. އެންމެފަހުން...." އިނާ އައިސް ސައި ކޮޓަރިއަށް ވަންތަން ފެނިފައި ޝީލާ ބުނެލިއެވެ. ސުވާލަކަށްވުރެން ބޮޑަށް އެއީ ބުނެލި އެއްޗެކެވެ. ކުރިންވެސް އެކަން ވާނީ އެހެންކަން އެނގެއޭ ބުނާ ކަހަލަ ރާގަކަށެވެ.
އިނާ ވަކި އެއްޗެއް ނުބުނެ ހިނިތުންވެލީއެވެ. އޭނަ ޑިއުޓީއަށް ނުކުންނަން ޖެހޭ ދުވަހަކީ މާދަން ކަން އެންމެންނަށް އެނގެއެވެ. އެކަމަކުވެސް ރޭގަވެސް އޭނަ ބުނަމުން ދިޔައީ ހެނދުނުން ޑިއުޓީއަށް ދާހިތްވާ ވާހަކައެވެ. އެއް ދުވަސް ގޭގައި މަޑުކޮށްލުމަށް ރޭގައި ވެސް މަންމަ އެދުނު ކަން އޭނަ ހަނދާން ނެތުނީކީ ނޫނެވެ. އެކަމަކު އޭނަ ބޭނުންވީ ގޭގެ ހިމޭން މާހައުލާއި ދުރަށް ގޮސް މަސައްކަތެއްގައި މަޝްޢޫލު ވާށެވެ. އޭރުން ބޭކާރު ޚިޔާލުތަކާ ފިކުރުތަކަކުން ބޮލުގަ ރިހުމެއް އުފެދިފައި ނުހުންނާނެތީއެވެ.
ދުވަސްކޮޅެއްވަންދެން ނުފެނި ހުރެފައި ހޮސްޕިޓަލަށް ގޮސް އިނާ ވަނުމުން ރަހްމަތްތެރި ނަރުސް ކުދިންގެ އިތުރުން ތަނުގެ ސީނިއަރ ސްޓާފުންނާއި އެހެނިހެން މުވައްޒަފުންވެސް އިނާއަށް މަރުޙަބާ ކިޔާ އުފާ ފާޅުކުރިއެވެ. އަދި ހަމަ އެހެން އެންމެންވެސް ބޮޑުމަންމަގެ ވަކިވެ ދިއުމަށް ހަމްދަރްދީވެސް ފާޅުކުރިއެވެ. ހިތްވަރު ކުރުމަށް ނަސޭހަތްތެރިވިއެވެ.
"ނަސީބެއް އިނގޭ އިނާ އަވަހަށް އައިކަން. ބޮޑުކަންތައްގަނޑެއް އޮތް ދުވަސްކޮޅަކާ ތި އާދެވުނީ." ނަރސް ސްޓޭޝަނުގެ ގޮނޑިއެއްގައި އިނާ އިށީނދެލުމުން ފާތުން އައިސް ބުނެލައިފިއެވެ.
"އެއީ ތެދެއް.....އަހަރެމެން މުޅިން މަރައިފި." ހައިފާވެސް ފާތުންއާއި އެއްބައިވިއެވެ.
"ކިހިނެއްވީ އަނެއްކާ....؟" އަތްދަބަސް ނަގާ ޑްރޯވަރއަށް ލާފައި ތެދުވެ އިނާ ހިންދެމިލިއެވެ.
"ނުދެނަހުރިންތަ؟ ރޭ ނޫން ކުރީރޭ އެކްސިޑެންޓެއްވެގެން ތިންމީހަކު ގެނެސް އެޑްމިޓްކޮށްފަ އެބައޮތް. ވަރެއްގެ އެކްސިޑެންޓެއް އެއީ އިނގޭ." ފާތުން އާއި އިނާ އަކީ އޮޕަރޭޝަންތިއޭޓަރުގެ ނަރުހުން ކަމަށް ވިޔަސް ހައިފާ އަކީ ޖެނެރަލް ވޯޑްގެ ނަރުހެކެވެ. އެހެންވެ އެ ވާހަކައިގެ ތަފްޞީލް ކިޔައިދިނީ ހައިފާއެވެ. އެންމެ ރަނގަޅަށް އެނގޭނީ އޭނައށްކަން ޔަގީނެވެ.
"އެހެންތަ. ނުދެނަހުރިން. ވަރަށް ސީރިއަސްތަ؟" އިނާވެސް ސަމާލުކަން ދިނެވެ.
"އެކަކު ވަރަށް ހާލު ބޮޑު. އަނެއް ދެމީހުން ދެން އެހާ ވަރެއް ނުވޭ. އެކަމަކު އެ ދެމީހުންގެވެސް ގައިގެ އެތަންމިތަން ވަރަށް ބޮޑަށް ކަނޑައިގެންގޮސް ހުރީ." ހައިފާ ކިޔާދެމުން ދިޔައެވެ.
"އެންމެ ސީރިއަސްކޮށް އުޅެނީ....އެއްކަލަ އުޅެއްނު އިއްބެ.....އެ ދިރާގުގަ އުޅޭ އިއްބެ....އޭނަ. އޭނަގެ ހާލު ވަރަށް ބޮޑު."ހައިފާ އަދިވެސް ތަފްޞީލްކޮށްދެއެވެ. އެ ބުނާ އިއްބެއަކީ މުޅި އައްޑުއަތޮޅަށްވެސް މަޝްހޫރު މީހެކެވެ. ދިރާގުގެ ޓެކްނީޝަނެއްގެ ގޮތުގައި އުޅޭތާ އެތަކެއް އަހަރުވެފައިވާތީ، އޭނަ ނުދަންނަ މީހަކު ހަމަ މަދުވާނެއެވެ.
"އެކަމަކުވެސް މިތަނަކުން ނޫޅޭ އޭނަ މާލެއަށް ފޮނުވާކަށް. ހަމަ ހިތަށް އެރުން މި އޮންނަނީ." ހައިފާގެ ވާހަކައިގައި ބައިވެރިވަމުން މިފަހަރު ވާހަކަ ދެއްކީ ފާތުންއެވެ.
"އެ ކީއްވެ. ނޭނގެނީކަންނޭނގެއެއްނު އޭނަގެ ސީރިއަސްކަމެއް." އިނާ ކަންބޮޑުވެފައި އެހިއެވެ.
"ނޭނގި ހުންނާނެތަ؟ ޚާލިދުވެސް މިހާރު ބުނުއްވައިފި މާލެއަށް ގެންދަން. އެކަމަކު މެނޭޖްމަންޓަށް އަދި ނުފެންނަނީ. އެއީޔޭ މިތަންތަނުގަ އެންމެ ބޮޑު މައްސަލައަކީ. ޑޮކްޓަރުންނަށްވުރެ މޮޅަށް އެބަ އެނގޭ މެނޭޖްމަންޓަށް." ފާތުން އަކީ އަބަދުވެސް އެކަހަލަ ކަންތަކާ ދެކޮޅު ހަދާ ނަރުހެހެކެވެ. އެހެންކަމުން މިފަހަރުވެސް ހޮސްޕިޓަލުގެ އެ ފަރުވާކުޑަ ކަމާއި ގޮތް ދޫނުކުރުމަށް ފާތުން ނުރުހުން ފާޅު ކުރިއެވެ.
އިނާ ވަކި އެއްޗެއް ނުބުންޏެވެ. ދެން ދިޔައީ ހިމޭން ވަގުތުކޮޅެކެވެ. މެނޭޖްމަންޓުގެ ވާހަކަ ދެއްކުމުންވެސް އެންމެންގެ ހިތަށްވެސް ސިހުން ވެރިވީ ކަމަށްވެދާނެއެވެ.
އެދުވަހު ދެން އެންމެ ފުރަތަމަ ކަމަކަށް އިނާ ދިޔައީ ހައިފާއާއެކު ޖެނެރަލް ވޯޑަށެވެ. އެބުނާ ހާލުބޮޑު ބަލިމީހުން ދެކިލުމަށެވެ. ޖެނެރަލް ވޯޑުގެ އެއްފަރާތުގައި ހުރި 3 އެނދުގައި އެޑްމިޓްކޮށްފައި ތިބި 3 މީހުން ފެނުމުން އިނާއަށް ސިހުމެއް ލިބުނެވެ. ބޮޑެތި ޒަޚަމްތަކެއް އެމީހުންގައިގައި ހުރީމައެވެ. އަދި ޚާއްޞަކޮށް އިއްބެ ފެނުމުން އިނާ ހަމަ ރަނގަޅަށްވެސް ހައިރާން ވިއެވެ. ގައިގެ ގިނަ ތަންތަނުގައި ބޭސް އަޅާފައި ހުރުމުންނެވެ. ނިތްކުރިމަތިންވެސް ދެތަނެއް ފަހާފައި ހުއްޓެވެ.
"ކޮންކަހަލަ އެކްސިޑެންޓެއްވީބައެއްތަ މިއީ؟" ޖެނެރަލް ވޯޑުގެ ނަރުހަކަށް ހުރި ސަޢީދާ ކައރިން އިނާ އަހާލިއެވެ.
"އެމީހުން މަސައްކަތުގައި އުޅެނިކޮށް ކަރަންޓް ސޯޓެއް ވީޔޯ. ވެފަ ވެއްޓި ވީ ގޮތްތައް ތިއީ." ސަޢީދާ އަވަހަށް ކިޔައިދިނެވެ.
އެހެންހޭ އަހާލުމުގެ ގޮތުން އިނާ ބޯޖަހާލި ކަމުގައި ވިޔަސް އެއްޗެއް ނުބުނެއެވެ. މިވަރުގެ ކަމެއް ވެގެން އުޅޭއިރު އޭނަގެ ބައްޕައަކީ އަބަދުވެސް ބަލިމީހުންނަށް ބޭނުންވާ ފަރުވާ ހޯދައިދިނުމަށް އެންމެ އިސްކޮށް އުޅޭ މީހާއެވެ. އެކަމަކު މިފަހަރު މިހާ ހާލުބޮޑުވިއިރުވެސް ބައްޕަ މިކަމާ ނޫޅުއްވަނީ ކީއްވެބާއޭ އިނާގެ ހިތަށް އެރިއެވެ.
"ތިންމީހުންވެސް........؟" އިރުކޮޅަކު ބަލަން ހުރެފައި އިނާ އަހާލިއެވެ.
"ހޫމް..........." ހައިފާ ޖަވާބު ދިނެވެ.
ކުރާނީ ކީއްހެއްޔެވެ. އެފަދަ ނުރައްކާތެރި މަސައްކަތް ކުރާއިރު ހޯދަންޖެހޭ ރައްކާތެރިކަން ހޯދައިގެން މަސައްކަތުގައި އުޅޭނަމަ މިފަދަ ދެރަގޮތްތައް މެދުވެރި ނުވާނެއެވެ.
ދުވަސް އޮވެގެން ކުރިއަށް ދެއެވެ. އިނާވެސް ޚިޔާލުތަކާ ފިކުރުތަކާއެކުވިޔަސް، ފަރުވާތެރިކަމާއެކު ޑިއުޓީ އަދާކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
"އަޅެ ދެން. އެބައުޅޭ ހަމަ ދެނަހުރިކަމަކަށްވެސް ނަހަދާ. ކިހާ މެސެޖެއް ކޮށްފިންތަ؟ އެންމެފަހުން މިޖެހުނީ އަންނަން." އޮޕަރޭޝަން ތިއޭޓަރުން ދެންމެ ނެރުނު މާބަނޑު އަންހެނެއްގެ ފައިލް ބަލަން ހުރި އިނާއާއި ދިމާލަށް ފާތުން އައިސް މިހެން ބުނެލީ ހަމަ ކުއްލިއަކަށެވެ. ދެލޯބޮޑުކޮށްގެން ހުރެއެވެ.
"ކިހިނެއްވީ. ފޯން ނުގެންނަމޭ މިއަދު." އިނާ ޖަވާބު ދިނެވެ.
"ނުގެންނަމޭ....؟ އެވެސް ދެން މީހުން ގޭގައިބާއްވާފައި އަންނަ އެއްޗެއްތަ؟ އެނގޭތަ. ޝިޔާމް އެބައިން ކޮންމެވެސް ކުޑަކުއްޖަކު ގޮވައިގެން ޑޮކްޓަރަށް އައިސް. އެހެންވެ އެތާ ހުރެފަޔޭ މަ މެސެޖް ކުރީ. ކިހާ އިރެއް." ފޫހިވެފައި ގޮނޑީގައި އިށީންނަމުން ފާތުން ބުންޏެވެ.
"އަދިވެސްތަ ފާތުން. އޭނަގެ ޚިޔާލު އަދިވެސް ދޫކޮށްލާކަށް ނުވޭތަ؟" ފާތުންގެ ދުވަސްވީ ލޯބިވެރިޔާގެ ވާހަކަ އަކީ ފާތުންއަށް އަދިވެސް ހިތުން ފޮހެނުލެވޭ ކަމެކެވެ. އޭނައާއެކު މަސައްކަތް ކުރާ ހުރިހާ ނަރުހުންނަށްވެސް އެކަން އެނގެއެވެ. ޝިޔާމްގެ ދުރުތާ ތިމާގެ މީހަކު ހޮސްޕިޓަލަށް ގެނަޔަސް ފާތުންއަށް އެވަރު ވާނެއެވެ.
"އިނާއަށް ފަސޭހަވާނެ ތިހެން ބުނަން. އެކަމަކު އަހަންނަކަށް ތިހާ ފަސޭހައިން ހަނދާންނައްތައެއް ނުލެވޭނެ." އިނާއާއި ވީފަރާތް ނޫން އަނެއްފަރާތަށް އެނބުރެމުން ފާތުން ބުނެލިއެވެ.
"ފާތުންއަށްވެސް ވާނެ. ހަނދާން ނައްތާލަން އުޅޭނަމައެއްނު ފަސޭހަވާނީ." އިނާގެ އަމިއްލަ ހިތުގެ ހާލު އެއްގޮތަކަށްވެސް ނޭނގޭ ފާތުންއަށް ދެންވެސް އަންގަދޭކަށް އިނާ ބޭނުމެއް ނުވެއެވެ.
އޭނައަކީ އޭނަގެ އަމިއްލަ ހަޔާތުގެ އެފަދަ ވާހަކަތައް އޮފީސް މީހުންނާ ރަހްމަތްތެރިންނާއެކު ހިއްސާ ކުރާ މީހަކަށް ނުވާތީ އޭނަގެ ހަގީގަތް ފާތުންއަށްވެސް ނޭނގެނީއެވެ. އެކަމަކު އޭނައަކީވެސް ލޯބިވާން ދަންނަ މީހެކެވެ. އަދި ލޯބި ވެވުމުން ވާ ތަދާއި އަޅާ ވޭންވެސް ރަނގަޅަށް ދަންނަ މީހެކެވެ. އެކަމަކުވެސް އޭނައަށް ވެގެން ވާނެނަމަ، މައިންބަފައިން ނޫން ބައެއް ދެކެ އެއްވެސް މީހަކު ލޯބިނުވާށޭ އޭނަ ބުނާނެއެވެ. އެއީ އިންތިހާއީ ބޮޑު އުފަލެއް ނޫނެވެ. އެއީ ހިތްދަތި ކަމެކެވެ.
ފައިލްގައި ހުރި ކަރުދާސްތައް ބަލަމުން ދިޔައިރު އިނާގެ ހިތަށް އަރަމުން ދިޔައެވެ.
"ހެޔޮ. ނުވާނެ މަށަކަށް." ފާތުން ހިނގައްޖެއެވެ. އޭނަ ދައްކަން އައި ވާހަކައަށް އިނާގެ މާ ބޮޑު ތަރުޙީބެއް ނުލިބޭނެކަން އެނގުމުން ދިޔައީއެވެ. ފާތުންއާއި ދިމާލަށް ބަލާލާފައި އިނާ ހިނިތުންވެލިއެވެ. ގޮސްގޮސް ހުރި ފާތުންވެސް އެނބުރި ބަލާލާފައި ހިނިތުންވެލުމެއް ދިނުމަށްފަހު ގޮސް އޮބާލައިފިއެވެ.
ފާތުން ނުރުހުނީ އޭނަ އަތުގައި ފޯން ނެތީމައެވެ. އެ ފޯން އޮތްނަމަ އޭނައަށް ޑިއުޓީވެސް އަދާނުކުރެވޭނެއެވެ. ޒިޔާދުގެ ކޯލްތަކަށް އޭނަ ޖަވާބު ނުދިނުމަކުން އެހިސާބުން ބޮލަށް ފަސޭހައެއް ނުވެއެވެ. އިރުއިރުކޮޅާ ހުއްޓާނުލާ އެ ގުޅާ ގުޅުންވެސް އިނާގެ ހަމަޖެހުން ނަގާލަން ފުދެއެވެ.
ރޭގައި މާލެއިން އޭނަ ފުރަންވަންދެންވެސް ޒިޔާދު ގުޅީއެވެ. ހުއްޓާނުލާ ގުޅީއެވެ. ނަމަވެސް އޭރު ފޯން ނިއްވާލެވެން ނެތީމަ ނުނިއްވާ އޭނަވެސް ކެތް ކުރީއެވެ. ދޭތެރެއަކުން އަންނަ އެހެން ކޯލްތަކަށް އޭނަ ޖަވާބު ދިނުމުގެ ސަބަބުން މިސްވަމުން ދިޔަ ކޯލްތަކުގެ އަދަދުވެސް ދިޔައީ ނޭނގެމުންނެވެ. އެހެންނަމަވެސް ފްލައިޓަށް އަރާފައި ފޯން ނިއްވަން ބަލާލިއިރު ގައިމުވެސް 15 ކޯލް މިސްވެފައި ހުއްޓެވެ.
އޭގެފަހުން އޭނަ ފޯން އޮން ކުރީވެސް މިއަދު ހެނދުނުއެވެ. ގުނާ އަދަދުނުކުރެވޭހާ ގިނަ މިސްޑް ކޯލްތަކާ ދިހަ ވަރަކަށް މެސެޖް ވެސް ފޮނުވާފައި އިނެވެ. ނުވިތާކަށް ޒިޔާދުގެ އެޑްރެހުން އޭނައަށް އީމެއިލެއްވެސް އައިސް ހުރިކަން އޭނައަށް ފޯނުން ފެނުނެވެ. އޭނަ ބަލާލީ އެތަނުން ދެތިން މެސެޖެކެވެ. މެއިލްވެސް ނުހުޅުވާ އޭނަ ފޯން ނިއްވާލީއެވެ. ބަލަންވެސް އެނގެންވެސް ބޭނުން ނުވަނީއެވެ.
އޭނަ ފޯން ނިއްވާލަން ޖެހުނީ އަދި ނުގެނައީވެސް ހަމަ މަޖްބޫރުވެގެންނެވެ. ޒިޔާދު ދައްކާ ވާހަކަތައް އަޑުއަހާނެހާ ހިތްވަރެއް އޭނައަށް ލިބުނު ދުވަހަކުން އޭނަ ފޯން އޮން ކުރާނެއެވެ. އެހެންނޫނީ އެކަމެއް ނުވާނެއެވެ. ޒިޔާދު ފޮނުވާ ކޮންމެ މެސެޖެއް އޭނަ ކިޔާނަމަ، އޭނަގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި އުޅެން އުނދަގޫ ވާނެއެވެ. އެކަހަލަ އުނދަގުލެއް އޭނައަށް މި ދުވަސްކޮޅަކު މުހިއްމެއް ނޫނެވެ. މިހާރު އޭނަ ބޭނުންވާހާވެސް ކަމަކީ ޒިޔާދު އާއި ދޭތެރޭ ގޮތެއް ނިންމުމަށް ވިސްނާލާނެ ވަގުތުކޮޅެކެވެ. މަންމަ އާއި ބައްޕަ ކައިރީ އެ ވާހަކަ ދައްކާނެ ގޮތެއް އޭނަ ވިސްނަން އެބަ ޖެހެއެވެ. އެކަންތައްތަކަށް ހިތްވަރު ލިބުނު ދުވަހަކުން އޭނަ ޒިޔާދު އާއި ކުރިމަތިލާނެއެވެ. ނަމަވެސް މިހާރު އޭނަ ބޭނުންވަނީ ޒިޔާދު އެއީ ނުވެސް ނެތް މީހެއްކަމަށް ވިސްނާށެވެ.
** ** ** ** ** ** ** ** **
"އިނާ ފޯން ނުލާ ދޯ މިއަދު ދެވުނީ." ޑިއުޓީ ނިންމާލާފައި މެންދުރުފަހު ގެއަށް އައިސް ވަނުމާއެކު ފުރަތަމަވެސް އަޑުއިވުނީ މަންމަ މިހެން ބުނި އަޑެވެ.
"ބާއްވާފަ ދިޔައީ." އިނާ ތެދުބަހުން ބުންޏެވެ.
"ދަރިފުޅާ ނުގުޅިގެން ޒިޔާދު އެބައުޅޭ.ދެފަހަރު ގުޅި ގެއަށް." ޒިޔާދު އާއި އިނާއާއި ދޭތެރޭ ކަންތައް ވެފައިވާގޮތުގެ ހިލަންވެސް ނުވާ ޝީލާ ހަމަ އާދައިގެ ގޮތަކަށް ބުނެލިއެވެ. ގޯތިތެރޭގައި ޝީލާ ހުރީ ދެންމެއަކު ފިހާރައަކުން އެގެއަށް ޑެލިވަރީ ކުރި އަލަނާސިތަކެއް ގޭތެރެއަށް ވެއްދުމުގެ ކުރިން ޒުލޭހާ ލައްވާ އެއީ ރަނގަޅުއެއްޗެއްތޯ ބަލާށެވެ.
"މަންމަ ކީއްކުރަން ހޯދައިގެން އުޅޭހާ އަލަނާސިތަކެއްތަ ތީ؟" އިނާ އެހެން އަހާލީ މައުޟޫ ބަދަލުކޮށްލުމުގެ މަގްޞަދުގައެވެ.
"ހަމްދު މާވަރެއް ހުންނަ އެއްޗެއްނު މިއީ. މަލްޓީއަށް މާ ތާޒާ އަލަނާސިތަކެއް ގެނެސްގެން އުޅޭ ޚަބަރު ލިބިގެން މަންމަ ގެނުވި އެތިކޮޅެއް މިއީ." ދިހަ ވަރަކަށް އަލަނާސި އޮތްއިރުވެސް އެއީ އެތިކޮޅެކޭ މަންމަ ބުނުމުން ޝީލާއަށް ހީލެވުނެވެ.
"މަންމަ ގޮސް ބަލާފަ ގެނައިނަމަ. މިހާރު ދެން ތި ހަލާކުވެފަ ހުއްޓަސް އެމީހުން ބަދަލުކޮށެއްވެސް ނުދޭނެނު" އިނާވެސް އެބުނީ ތެދެކެވެ.
"ނޫނޭ...މަލްޓީ ސްޓޯރ މީހުން މިގެއަށް ވަރަށް ނުފޮނުވާނެ ހަލާކުވެފަ ހުރި އެއްޗެއް." އެފިހާރައިގެ ސްޓާފުންގެ މައްޗަށް ޝީލާއަށް އެ އިތުބާރު އޮވެއެވެ.
"އެހެންނު ވާނީ. މަންމަ މިހާރު އަބަދު ހުރިހާ އެއްޗެއް ގަންނަނީ އެތަނުން ވިއްޔަ." މިހެން ބުނެލާފައި އިނާ އެތެރެއަށް ހިނގައިގަތެވެ.
"އާނ ދެން އެހެންތާ ވާނީ. އޯޑަރު ކޮށްލާއިރަށް އެމީހުން ފޮނުވަދޭނެ ކޮންމެ އެއްޗެއްވެސް. ގިނަފަހަރަށް ނުނަގާނެ ދިހަ މިނެޓްވެސް. އެހެންވީމަ އެތަނަށް މި އޯޑަރު ކުރެވެނީ. މާލޭގަވެސް އެގޮތަށް ޑެލިވަރީ ކޮށްދޭ ފިހާރަތައް ހުންނަނަމަ ދޯ." އިނާ އަށް ޖަވާބު ދެމުން ސުވާލެއްވެސް ޝީލާ ކޮށްލިއެވެ.
"މާލޭގަ ނުހުރޭތޯ އެގޮތަށް ގުޅާލާފަ ބުނީމަ އެއްޗެހި ޑެލިވަރީ ކުރާ ފިހާރައެއް؟" އިނާގެ ބަދަލުގައި މި ސުވާލު ކޮށްލީ އަލަނާސިތައް ޗެކްކޮށް ބަލާ ހަދަން އިން ޒުލޭހާއެވެ.
"ހިއެއްނުވޭ ހުންނަ ހެނެއް. ކިތަންމެ ބައިވަރުތަކެއް ގަތަސް އަދި އެކަތި ގަތަސް ހަމަ އަމިއްލައަށް ގޮސް ގަތިއްޔާ ގަނެވޭނީ. ޑެލިވަރީކޮށެއް ނުދޭނެ ފެނާ ގޭސް ނޫނީ." ޝީލާ އޮޅުންފިލުވަ ދިނެވެ.
"ފިސާރި ރަނގަޅަށްތަ؟ ކޮންކަހަލަ ބައެއް؟ އެހާ ބައިވަރު ފިހާރަތައް ހުންނައިރުވެސް އެވަރުކޮށްލާނެ ވިޔަފާރިވެރިއަކު ނޫޅޭތަ؟ އަނެއްކާ މިރަށަށްވުރެ މާލެ މާ ކުޑަވެސް ވާނެނު. މާ އަވަހަށް ގޮސް ޑެލިވަރީވެސް ކޮށްލެވޭނެނު. ހިތަށްއަރާ ދެން މީހުން ގޮސް މާލޭގަ މި އުޅެނީ ކޮން ފަސޭހައެއް ވެގެންބާވައޭ." ޒުލޭހާ ހަމަ އެއްފައްޗަކަށް އެތައް ވާހަކައެއް އަމުނާލިއެވެ.
"ޒުލޭހާއެއްކަމަކު ތިބުނީ ހަމަ ރަނގަޅަށް އިނގޭ. ބައެއްފަހަރު އަހަރެމެންވެސް ހިތަށް އަރާ މި ރީތި ރަށާ މި ފަސޭހަތައް ދޫކޮށްފަ ގޮސް މިރަށު މީހުންވެސް އެތާ ގޮސް އެހާ ހާލުގަ އެ އުޅެނީ ކޮން މޮޅެއް އޮވެގެންބާއޭ. އަޅާނުލާ. އަދިވިސްނިގެން އަންނާނެ ކަންނޭނގެ ކޮންމެވެސް ދުވަހަކުން."
މަންމަ އާއި ޒުލޭހާއްތަގެ ވާހަކަތައް އަޑުއަހަން ހުރެފައި އިނާ ގޮސް އެތެރެއަށް ވަދެއްޖެއެވެ. އެއީ ތެދެކޭ އިނާގެ ހިތަށްވެސް އެރިއެވެ.
** ** ** ** ** ** **
ޒިޔާދު ގުޅިވާހަކަ މަންމަ ބުންޏެއްކަމަކު ފޯންގަ އިނާ އަތްލީވެސް ފެންވަރާ ހަދާލައިގެން ނުކުމެފައެވެ. ޒިޔާދު އޭނައަށް ގުޅިއޭ ބުނުމަކުން އެއްވެސް އަސަރެއް މިހާރަކު އޭނައަށް ނުކުރެއެވެ. އިނާގެ ހިތުގައި ޒިޔާދުއަށްޓަކައި އުފެދިފައި އޮތް އިހްސާސެއްވެއްޖިއްޔާ އެ އިހްސާސެއް މަރުވެއްޖެ ފަދައެވެ. ގަދަރު ގެއްލި އިހްތިރާމް ކެނޑިއްޖެއެވެ.
އިނާ ބަލާލިއިރު އެތަކެއްފަހަރު ޒިޔާދު ގުޅާފައި ހުއްޓެވެ. އޮފީސް ފޯނުންނާއި މޮބައިލް ފޯނުންނެވެ. ބަލަބަލާ އިންދާ އިނާގެ ފޯނަށް އަނެއްކާވެސް ޒިޔާދު ގުޅަން ފަށައިފިއެވެ. ފޯން އޮން ކުރުމާއެކު ޒިޔާދުގެ ފޯނަށް މެސެޖް ދިޔައީއެވެ. ވަގުތުން ގުޅަން އެނގުނީ އެހެންވެގެންނެވެ.
ދެންވެސް އިނާ ހަމަ ފޯނަށް ބަލަހައްޓައިގެން އިނީއެވެ. ރިންގް ވޭވޭ ގޮސް ކެނޑުނުއިރުވެސް ނަގާ ޚިޔާލެއް ނުކުރެއެވެ. އަނެއްކާ ދެވަނަފަހަރަށްވެސް ގުޅަން ފެށިއެވެ. ރިންގު ވީ ތިންފަހަރުއެވެ. އިނާ ފޯން ނަގައިފިއެވެ. ވަރަށް ކުއްލިއަކަށެވެ.
"ޒިޔާދު އަދިވެސް ދައްކާނެ ވާހަކަތަކެއް ހުރީތަ؟" ފޯން ނެގިގޮތަށް ނަގާފައި އިނާ ކޮށްލީ ސުވާލެކެވެ.
"ނުވޭ އަޑުއަހާހިތެއް. އަދިވެސް ދޮގުހެދުނުވަރު މަދީތަ؟" ނުރުހުމާއެކު އިނާ ބުންޏެވެ.
"ޕްލީޒް......ތިވާހަކަ ތައް ހުއްޓާލާ. އަހަރެންނަކަށް އަޑުނޭހޭނެ މިހާރަކު. " ޒިޔާދު އެދައްކާ ވާހަކައެއް އަޑުއަހާކަށް އިނާ ތައްޔާރެއް ނޫނެވެ.
"ނުދެއްކޭނެ ވާހަކައެއް. ބާއްވަނީ..." އިނާއަށް ކޮށްފައިވާ އަސަރެއްގެ ސަބަބުން ދެލޮލުން ފެން އައިސް އަޑުބެދޭގޮތްވާން ފެށުމުން މިހެން ބުނެފައި ޒިޔާދު ބުނާއެއްޗަކަށްވެސް އިންތިޒާރު ކުރުމެއް ނެތި އިނާ ފޯން ކަނޑާލައިފިއެވެ. ރޭއްސުރެން އަދި އޭގެ ކުރީރޭ ޒިޔާދު ފޯނަކުން ދެއްކި ވާހަކަތައް އަޑުއިވުނީއްސުރެން ކޮށްގެން ހުރި ހިތްވަރު ކަރުނައަށް ވެގެން އިނާގެ ދެލޮލުން ފައިބަން ފެށިއެވެ. ދެކަކުލުގައި އުޅަނބޮށި ޖައްސައިގެން މޫނުގައި އަތް އަޅައިގެން އިނދެ އިނާ ރޯން ފެށިއެވެ. އަނިޔާ ލިބި ޒަޚަމްވެފައިވާ މީހެއް ފަދައިން ގިސްލިއެވެ.
އިނާ ރުއީ ޒިޔާދުގެ ކޯލުގެ ފަހުން ކަމަށް ވިޔަސް، އިނާ އެ ރޮނީ ހަމަ އެކަނި ޒިޔާދުގެ ކަންތަކުގެ ސަބަބުން ނޫނެވެ. އެއީ ވަރަށް ގިނަ ކަންތައްތައް އެކުލެވޭ ރުއިމެކެވެ. އެތަކެއް ދުވަސްވަންދެން ހިފަހައްޓާލައިގެން ހުރި ކަރުނަތަކެކެވެ.
އަނެއްކާވެސް އިނާގެ ފޯން ރިންގުވާން ފަށައިފިއެވެ. ބަލާލިއިރު އެއީ ސޯފިޔާއެވެ.
"ހަލޯވ........" ރޯކަން ނޭނގޭ ކަހަލަ ގޮތަކަށް އިނާ ހަލޯވ ގޮވާލިއެވެ.
"އުނހުނ........ހަމަ ރަނގަޅު...." ކިތަންމެ ފޮރުވަން އުޅުނަސް ރޯމީހެއްގެ އަޑުން އެކަން ސިއްރެއް ނުކުރެވޭނެއެވެ. އެކޮޅުގައި ހުރި ސޯފިޔާއަށްވެސް އިނާ ރޮނީކަން އެނގިގެން އެހެންހޭ އެހުމުން އިނާ އެބުނީ ރަނގަޅު ކަމަށެވެ.
"ނުދައްކަން އަދި ޒިޔާދުއަކާ ވާހަކައެއް." އިނާ ދެނީ އެކޮޅުން ކުރަމުން ދާ ސުވާލުތަކުގެ ޖަވާބެވެ.
"އަހަންނަށް ހިތްވަރު ލިބުނު ދުވަހަކުން." ވާހަކަ ދައްކާނީ ކޮން ދުވަހަކުންހޭ އެހީމަ އިނާ ދިން ޖަވާބަކީ މިއީއެވެ.
"އެހެންވިޔަސް ހެޔޮ ސޯފީ.......އަހަރެން ފޫހިވޭ އޭނަގެ އަޑު އިވުނަސް. ނުވާނެ އަހަންނަކަށް." އިނާގެ އަޑުންވެސް އެވާ ފޫހީގެ މިންވަރު އެނގެއެވެ.
"ހޫމް.......ހޫމް....." އެއީ ކުރު ފޯންކޯލެކެވެ.
އިނާ ފޯން ބާއްވައިފިއެވެ.
** ** ** ** ** ** ** **
ވެފައި ހުރި ވަރުބައްޔާއި ސިކުނޑިއަށް ލިބިފައިވާ ބުރައިގެ ސަބަބުން މެންދުރުގެ ކެއުމަށްވެސް ނިކުންނަ ހިތެއް އިނާ ނުވިއެވެ. އެހެންކަމުން އެ ބޮޑު އެނދުގައި ނުގޮތަކަށް ޖައްސާލިއެވެ. ނަމަވެސް އަދި ހަމަ ރަނގަޅަށް ނޭވާއެއް ނުލެވިގެން އުޅެނިކޮށް ފޯން ރިންގު ވާން ފަށައިފިއެވެ. ފޯނަށް ބެލުމުގެ ކުރިން އިނާގެ ދެލޯ މެރިގެން ދިޔައެވެ. އަނެއްކާވެސް ޒިޔާދުއޭ ހީކޮށް ހިތްހަމަނުޖެހުނު ވަރުންނެވެ.
ދެފަހަރަކު ރިންގު ވުމުން އިނާ ފޯން ނަގައި ބަލާލިއެވެ. އެއީ ދަންނަ ނަންބަރެއް ނޫނެވެ. އެހެންކަމުން އިނާ ގަސްތު ކުރީ ފޯން ނުނެގުމަށެވެ.
ރިންގު ވޭވޭ ގޮސް ކެނޑުމުން ދެން އައީ މެސެޖެކެވެ.
"އިޓްސް މީ...ދިލް........އަންސަރ" މިހެންނެވެ.
އިނާއަށް ހިތްހަމަޖެހުމެއް ލިބުނެވެ. ވަގުތުން އެނދުން ތެދުވެވުނެވެ.
އެއީ ރާއްޖެ ފޯން ނަންބަރެކެވެ. މާނައަކީ..........
"ދިލް އައީތަ މާލެ." ފޯން ނަގާފައި އިނާ އަހާލިއެވެ. ޝައުގުވެރިކަމާ އުފާވެރިކަމާއެކުގައެވެ.
"އޯވހ........ހާދަ އުފާވެއްޖެއޭ. ކޮން އިރަކުން އަންނަނީ." މާލެއަށް އާދެވުމާއެކު ދިލް އަންނާނީ ރަށަށްކަން އިނާއަށް އެނގެއެވެ. ދިލް އަކީ އެއްވެސް އިރެއްގައި މާލޭގައި އުޅޭހިތްވާ ކުއްޖެއް ނޫނެވެ. ކަނޑައެޅިގެން ފާޅުގައި އެކަމާ ދެކޮޅުވެސް ހަދާނެއެވެ.
"އަސްލުތަ....؟ " އިނާއަށް އަހާލެވުނެވެ.
"އާނ....ދާނަން އިނގޭ ދިލް ބަލާ. ގޭމީހުން ދާން ބޭނުންވާނެތަ؟" ދިލް އަކީ ހިތް ވަރަށް ތަނަވަސް ރައްޓެއްސެއްކަމަކު މާލީގޮތުން ވަރަށް ތަނަވަސްކަން ކުޑަ އާއިލާއެއްގެ އަންހެން ކުއްޖެކެވެ. އެހެންކަމުން އެ އާއިލާއަށް އެއްވެސް ގޮތަކުން އެހީއެއް ވެވެން އޮތީއްޔާ އެކަމެއް ވޭތޯ އިނާ އަބަދުވެސް ބަލައެވެ. އެގެއިން ބަޔަކު ގަމަށް ދާން ހުރިއްޔާ އެބަޔަކުވެސް ގޮވައިގެން ދާން އެ ހުށަހެޅީވެސް އެހެންވެގެންނެވެ. އެކަހަލަ ކޮންމެ އެހީއަކާ ދިލް ދެކޮޅުހަދާނެކަން އެނގޭއިރުވެސް އިނާގެ އެ އާދައެއް ދުލެއް ނުކުރެވެއެވެ. ދިލްމާގެ ގާތް ރަހްމަތްތެރިކަމުގެ އަގަކީ އޭނަ ވެދޭ އެވަރުގެ ކުޑަކުޑަ އެހީއަކުން އަގުއަދާކުރެވޭނެ އެއްޗެއް ނޫންކަން އޭނައަށް އެނގެއެވެ.
"ހިކްމާ ކައިރީ ބުނާތި ތައްޔާރުވާށޭ. އަހަރެން ދާއިރު އޭނަ ގޮވައިގެން ދާނީ. އެންމެ ރަނގަޅެއްނު." އިނާ ބުންޏެވެ.
** ** ** ** ** ** ** **
ފްލައިޓް ޖައްސަނީ އަށްގަޑި ސާޅީހުގައި ކަމަށް ވިޔަސް އިނާއަށް އެއަރޕޯޓަށް ދެވުނުއިރު ނުވައެއް ޖަހަން ހުރީ ފަސްވަރަކަށް މިނެޓެވެ. ހިކްމާއަށް ތައްޔާރުވެވުނުލެއް ލަސް ކަމުން ކުޑަކޮށް ލަސްވީއެވެ. އެކަމަކުވެސް އިނާ އެހާ ކަންބޮޑެއް ނުވެއެވެ. ސާޅީހުގައި ޖެއްސި ފްލައިޓަކުން މީހުން ފައިބައިގެން އެހާ އަވަހަކަށް ނުނިކުމެވޭނެކަން އިނާއަށް އެނގެއެވެ.
"ދެން ނުވާނެ އެހާއިރެއް. ކިހިނެއް ހަދާނީ. އެކޮޅަށް ދާންވީތަ ހިކްމާ ބޭނުމިއްޔާ ކާރުގަވެސް ތިބެވިދާނެ." ކާރު ގޮސް މަޑުކޮށްލުމުން ފޭބުމުގެ ބަދަލުގައި އިނާ އަހާލިއެވެ.
"ފައިބާނީ ދޯ..." ހިކްމާ ދޯއެއް ދިނެވެ.
"އެންމެ ރަނގަޅު...." ހިކްމާއާއި އެއްބައިވެލުމުގެ ގޮތުން އިނާ ބުންޏެވެ.
ނަމަވެސް ހިތުގެ އަޑިން އެތަނަށް ފައިބާކަށް ބޭނުމެއް ނޫނެވެ. އެތަކެއް މީހުން އެތާގައި އެބަތިއްބެވެ. އެއިން ކޮންމެ މީހަކަށް އޭނަ ފެނުނަސް އެނބުރި އެނބުރިފައި ބަލާނެކަން އޭނައަށް އެނގެއެވެ. އައްޑުއަތޮޅުން އޭނައަށް އެންމެ ކަމުނުދާކަމަކަށް ފެނުނީ އެތާ މީހުންގެ ކިބައިގައި ހުންނަ އެގޮތެވެ. ކުރިމަތީގަ ހުންނައިރުވެސް ކަޅިޖަހާނުލާ ބަލަހައްޓައިގެން ތިބެދާނެއެވެ. އެބެލުން ރައްދުވާ މީހާ ލަދުން ހުރެ ވިރުނަސް ވެހެވެ.
އެކަމަކުވެސް ކުރާނީ ކީއްހެއްޔެވެ؟ ހިކްމާ އަކީ އަދި ހަމަ އެންމެ އެގާރަ އަހަރުގެ ކުޑަ ކުއްޖެކެވެ. އެ ކުއްޖާއަށް އެކަހަލަ ކަންތަކެއް ނުވިސްނޭނެއެވެ. ބޭރުން އެ ފެންނަ ރީތި ގަސްތަކާ ބަގީޗާއާއި ރީތި ތަންތަން ފެންނަން ހުއްޓާ އެ މާހައުލުން އުފާ ލިބުމުގެ ބަދަލުގައި އެއަރކަންޑިޝަން ކާރެއްތެރޭގައި އިންނަން ބޭނުންވާނީވެސް ކާކު ހެއްޔެވެ.
ވީ ހަމަ އިނާ ހީކުރި ގޮތެވެ. އިނާ ފެނުމާއެކު އެންމެންވެސް އެދިމާލަށް ބަލަން ފެށިއެވެ. ގަޔަށް ދޫ އަޅިކުލައިގެ ރީތި ކުރުތާއަކާ ކަޅު ކުލައިގެ ޖިންސެއްގައި ހުރި އިނާ ފެނުމުން އެތާ ތިބި އެންމެންވެސް އެމީހުން ދައްކަން ތިބި ވާހަކަވެސް ހުއްޓާލައިފިޔޭ އިނާއަށް ހީވިއެވެ. އަންހެނުންވެސް މިކަމުގައި އިސްތިސްނާއެއް ނުވެއެވެ. އެމީހުންނާ ދިމާލަށް ނުބަލަން ހުންނައިރުވެސް އެމީހުންގެ ލޯތައް އޭނަގެ ގަޔަށް އަމާޒުވެފައިވާ ކަމުގެ އިހްސާސް އޭނައަށް ކުރެވެމުން ދިޔައެވެ. ވަޔާއެކު ވިހުރެމުންދާ އޭނަގެ އިސްތަށިތަކުގެ ސަބަބުންވެސް އޭނައަށް އުނދަގޫވާން ފެށިއެވެ. އެންމެންގެ ލޯ އޭނައަށް އަމާޒުވެފައި ހުންނާތީ އަމިއްލަ އިސްތަޑިގަނޑު ރީތިކޮށްލަންވެސް ހަރަކާތް ކޮށްލަން އޭނައަށް ހުރެވުނީ ނުކެރިފައެވެ. އިތުރަށް މީހުންގެ ސަމާލުކަން ހޯދަން އުޅެނީއޭ މީހުން ހީކޮށްފާނެތީއެވެ.
ފްލައިޓުން އައި މީހުންތައް ނުކުންނަން ފަށައިފިއެވެ. އިނާމެން ތިބީ ޓާރމިނަލް އާއި އެހާ ކައިރީގަ ނޫންކަމުން، އިނާމެންނަށް އެތެރޭގެ އެއްވެސް މަންޒަރެއް ނުފެނެއެވެ. ކުރިމަތިން އޮތީ މީހުންތައް ތޮއްޖެހިފައެވެ. ތިމާގެ މީހުންނާއި އާއިލާމީހުން ބަލާ އައިސް ތިބި މީހުންގެ އިތުރުން ޓެކްސީ ޑްރައިވަރުންތައްވެސް ދަތުރުތައް ހޯދުމަށް އެތަނަށް ފުނިޖެހިފައި ވެއެވެ. އިނާމެން ތިބީ މި އެންމެނާއި ވަކިން ދުރުގައެވެ. ފަހަތުގައެވެ. ދިލްމާ ނުކުތީމަ ނޫނީ ނުފެންނަ ހިސާބުގައެވެ.
"ދޮންތަ ނުވެސް ފެނޭނު މިތަނުން...." ކުޑަކޮށް ކޮރާލަމުން ހިކްމާ ޝަކްވާ ކުރިއެވެ. އިނާއަށް ހީލެވުނެވެ.
"ދޮންތަ ނުކުތީމަ ފެންނާނެ. މަޑުކޮށްލާ." ދެއަތް ކުރިމައްޗަށް މަހާލައިގެން ހުރި އިނާ އަދިވެސް ފަހަތަށް ދެފިޔަވަޅުވަރު އަޅާލިއެވެ.
ދިހަވަރަކަށް މީހުން ނުކުތްއިރުވެސް އަދި ހަމަ ދިލްމާ ދައްކައެއް ނުލައެވެ. ބަރާބަރު އަށްމަސްފަހުން ފެންނައިރު ދިލް ހުންނާނީ ވަރަށް ބަދަލުވެފައިތާއޭވެސް އިނާގެ ހިތަށް އެރިއެވެ. ބޭކާރު އެންމެ މަސްކޮޅެއްވެސް ގައިގަ ނުހުންނައިރުވެސް، އަބަދުވެސް ފަލަވެގެން ހިކެން އުޅޭ މީހެކެވެ. ކޮންމެ ގޮތެއްހަދައިގެންވެސް ހުރެދާނެއެވެ.
"ދޮންތަ ފެނިއްޖެ..... ދޮންތަ ފެނިއްޖެ....."ކުއްލިއަކަށް އިނާގެ އަތުގަ ހިފާ ތަޅުވައިގެންފައި ހިކްމާ ގޮވާލިއެވެ. އިނާވެސް ފުންނާބު ހިއްލާލާފައި ކުޑަކޮށް ބަލާލިއެވެ. އެއީ ތެދެކެވެ. ދިލްމާ އެހެރަ އަންނަނީއެވެ.
"ހިނގާ ދާން...." އިނާއަތުން ދޫކޮށްލާފައި ހިކްމާ ހިނގައިގަތީ ދިލްމާ އާއި ދިމާލަށެވެ. ދިލްމާއަކީ ހިކްމާގެ ހުރި ހަމަ އެކަނި ދައްތައެވެ. ބޭބެއެއްވެސް ކޮއްކޮއެއްވެސް ނެތުމުން ދިލްމާ ނެތްތަން ފޫބައްދާނެ މީހަކުވެސް އެ އާއިލާގައި ނުހުރެއެވެ.
ހިކްމާގެ ހަރަކާތްތަކަށް ބަލަން ހުރެފައި އަނެއްކާވެސް ޓާރމިނަލްގެ ތެރެއަށް އިނާ ބަލާލިއެވެ. އެއާއެކު އިނާގެ ހިތް ހުއްޓުނުފަދައެވެ. ސަބަބަކީ، މިފަހަރު އިނާއަށް ފެނުނީ ދިލްމާއެކަންޏެއް ނޫން ވީމައެވެ. ދިލްމާގެ ފަހަތުގައި ހުރި އިސްކޮޅުން ދިގު ފިރިހެނަކުވެސް އިނާއަށް ފެނިއްޖެއެވެ.
އޭނަގެ ލޯ އޭނައަކަށް ކެއްސެއް ނުދޭނެއެވެ. އެއީ ހަމަރަނގަޅަށްވެސް ޒިޔާދެވެ. ޒިޔާދުގެ ކޯލްތަކަށް އޭނަ ޖަވާބު ނުދޭތީ އެންމެފަހުން އެހެރީ އައިހެވެ.
ދިލްއަށް ޒިޔާދު ނޭގުނީ ކީއްވެހެއްޔެވެ؟ އޭނައާއި ޒިޔާދު އާއި ދިމާވިފަހުން ދިލްއަށް ރަށުގައި ނުރުހެވުނެއްކަމަކު، އެތަކެއްފަހަރު މަތިން ޒިޔާދުގެ ފޮޓޯވެސް އޭނަ ވާނީ ދިލްއަށް ފޮނުވާފައެވެ. އެކަމަކުވެސް ދިލްއަށް އޭނަ އެއީ ކާކުކަން އަޅައިނުގަތީހެއްޔެވެ؟ ނޫނީ.........
ދިލްމާގެ ފަހަތުގައި ޒިޔާދު ހުރީ ކަމެއްވެގެންކަންނޭނގެއެވެ. އެދެމީހުން ވާހަކަ ދައްކާ ހަދާފައި ރާވައިގެން އައި ދަތުރެއް ހެއްޔެވެ؟ ޖެހުނު މައްސަލަ ހައްލު ކުރަން އޭނަގެ ރަހްމަތްތެރިޔާގެ ބޮލަށް އެރިގެން އައީ ބާވައެވެ؟
ޒިޔާދުއަކީ މޮޔައެއް ހެއްޔެވެ؟ ހަމަ ހިތަށް އަރާއިރަށް އެ އަންނަނީ، ލިބިފައިހުރި މުދަލުގެ ތަނަވަސްކަން މީހުންނަށް ދައްކަން ހެއްޔެވެ؟ އޭނައަށްޓަކައި ކޮންމެފަދަ ގުރުބާނީއެއްވެސް ވާން ތައްޔާރަށް ހުރިކަން އޭނައަށާއި އޭނަގެ މަންމަ އާއި ބައްޕައަށް އަންގައިދޭން ހެއްޔެވެ؟ ޒިޔާދު ކުރާ ގޯސްކަންތައްތައް އެގޮތަށް ފޮރުވޭނެއޭ، މަޢާފް ލިބޭނެއޭ ޒިޔާދު ހީކުރަނީ ހެއްޔެވެ؟ ފައިސާ އަކީ ހުރިހާ އެއްޗެއް ނޫންކަން ޒިޔާދުމެންކަހަލަ އެއްވެސް މުއްސަންޖަކަށް ނޭނގެނީތާއެވެ.
ޒިޔާދު އާއި އިސްތިގްބާލް ކުރާކަށް އިނާ ބޭނުމެއް ނުވިއެވެ. އެހެންކަމުން ވާނެ އެއްޗެއް ވާން ދޫކޮށްލާފައި ޒިޔާދުއަށް ފެނުމުގެ ކުރިން އަވަސް އަވަހަށް ކާރުގެ ފަހަތު ސީޓްއަށް އަރައި އިށީނދެއްޖެއެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި އޭނަ އެތާ އިންކަމެއް އެހާ ފަސޭހައިން ލޮލުގަ އަޅައިނުގަންނާނެކަމަށް އިނާ ވިސްނިއެވެ.
**********(ނުނިމޭ)**********

މުރާސިލް ހޯމްޕޭޖް އަށާއި
ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.
ވވ ރީތި އިނގޭ.ހަމަ ހިތައް އަރާ ދެންވާނީ ކިހިނެތްބާއޭ!
އިންސާނުން އެމީހުންގެ ހުންނަ އުނި ސިފަ ފޮރުވުމައްޓަކައި ހަމަ ކޮންމެފަދަ
ކަމެއްވެސް ކޮއްފާނެދޯ ސޮފާ.އަދި ކަމެއް ހާސިލްކުރުމައްޓަކައިވެސް.ހެހހެ
v v salhi.. thankxx.. luvr yuh... ކޮބާ ނަވީން...؟؟ ޕްލީޒް ދެން އެސޮރު ގެ
ވާހަކަ ގެނއސްދީބާ....!!
Dat was breath-taking hama… where is the other guy now?! Guess his name is naveen?! Dhoo?! Waiting to hear about him sooonerrr…. Yu are truly an amazing writer.. knws really how to play with the readers…dat was amazing inge.. yu got the real talent girl!! All the best.. impatiently waiting fr the next upload.. By the
way, thanks ingey.. ;)
ވަރަށް ރީތި އިނގޭ! މިހެން ވާންވާނެ. އުފާކުރަން ބުރަކޮށް
އުޅެމުން މިހާ އަވަހަށް ވާހަކަ ގެނެސްދޭތީ! ޝުކުރިޔާ އަޅެ އެ ޒިޔާދުގެ ކިބައިން
އިނާއަކަށް ނެތެއްނު ސަލާމަތެއް. ހަމަ ރަށަށް އަންނަ އިރަށް ރަށަށް ވެސް އައީދޯ!
މިފަހަރުވެސް އިނާ ރުއްސާނެބާ!
އަނެއް ކާދިލްވެސް އެއީ ޒިޔާދުގެބިތެއްތަ؟
ވ.ވ.ވ.ވ.ވ.ވ.ވ.ވ.ވ.ވ. ރީތި މިބައިވެސް އިނގޭ ސޮފާ.. ސޮފާ
ޔޫއަރ ދަ ބެސްޓް ހަމަ.. ވަރަށް މޮޅު.. ދެންއޮތްބައި ވެސް އަވަހަށް ގެނެސްދެއްޗޭ
އިނގޭ.. ޓޭކު ކެޔަރ
އަނާ!!!!!!!!!!!!!!!!!!!!!!!!!!!!!!!!! ހުނ ހޫނ.....!!!!
ދެން އެހެންވާނީ ކިހިނެއް؟ ދޯ ސޮފް؟ ސޮފާ! މިހާރު ޕިއްޒާ ދެލިވަރީ ހުއްޓާލީތަ
މާލޭގަ؟ އަޅެ ކިހާދެރަ.
ވ.ވ.ވ.ވ.ވ.ވ.ވ.ވ.ވ.ވ. ރީތި މިބައިވެސް އިނގޭ ސޮފާ.. ސޮފާ
ޔޫއަރ ދަ ބެސްޓް ހަމަ.. ވަރަށް މޮޅު.. ދެންއޮތްބައި ވެސް އަވަހަށް ގެނެސްދެއްޗޭ
އިނގޭ.. ޓޭކު ކެޔަރ
ޒިޔާދު ވަރެއް އެބަހުރި ދޯ ކުރާ ކުށް ފޮރުވާފަ މަތި
އަޅަން. ވާހަކަ ކުރިއައް ދާ ގޮތް ވ ސަޅި.
ޔޫއާދަ ބެސްޓް އިނގޭ!!!!!! މިހާރު އެބަ ފައްކާވޭ! ހާދަ
ހިތް ހުއްޓޭކަހަލަ ތަންކޮޅެއް އައިސްފިޔޭ ދޯ! ދިލްމާގެ ފަހަތުން ފުލައިޓުން ފޭބީ
ނަވީން ކަމަށް ހީކޮށް. ހާދަ ލަސްވީ؟ މާ ބޮޑަށް ބިޒީވީތަ؟
ސޮފާ!! މި ވާހަކައިގެ އަނެއް ބައި ނައިސްގެން މިއަދު އެއް
ކަމެއްވެސް ނުކުރެވިފަ މި އިނީ. އަވަސް (: ހެސްކިޔާފަ އޮބި ވާހަކަ އެއް މީ ^^
މިހާރު އެބަ ފައްކާވޭ! މިހާރު ހާދަ ދޭތެރެ ދުރުކޮށް ތި
އަޕް ކޮށްދެނީ؟ މާބޮޑަށް ބިޒީތަ ކަނބުލޯ؟ ހިތް ހުއްޓިގެން
ދިޔަވަގުތުކޮޅެއްވެސްއައި މިބައި ކިޔަމުން ދިޔައިރު ، ދިލްގެ ފަހަތުން ފުލައިޓުން
ފައިބައިގެން އައީ ނަވީން ކަމަށް ހީކޮށް އެކަމް އެހންނެއް ނުވިދޯ! ކިހާ ދެރަދޯ!
މިފަހަރުދެން ތިޔަ ޒިޔާދުގަނޑާ އިނާ ރައްޓެހިނުވާތި އިނގޭ. ކަނބުލޮ ތިޔަކުރާ ބުރަ
މަސައްކަތަށް އައްސަރިބަހާ ހަމަ ސާބަސް. އަނެއްބަޔަށް އެބަ އިންތިޒާރު ކުރަން.
އަނެއްކާ ދިލް ތަ ކުރީރޭ ޒިޔާދު އާއި އެކީ ލެކިއުޓް
ތެރެއިން ފެނުނީ؟؟؟؟؟؟؟؟؟؟؟ ހެހެހެހެހެހެ އިންޓްރެސްޓިންގ..... ވެއިޓިންގ 4
ނެކްސްޓް ޕާރޓް... ލާވް ދިސް ސްޓޯރީ :)...............

No comments:
Post a Comment