🌟🌟Fathisthari Vaahaka🌟🌟

Once upon a time it happened, how it happened is a fiction by me for you.

ފޯންކޯލް - 61 ވަނަ ބައި

 "އަހަންނެއް ނުދެކެމޭ ސޯފީ......އެރޭވެސް ބުނީމެއްނު ނުދެކެމޭ އޭނަގެ މޫނެއް.....؟" އިނާގެ ގާތަށްވެސް ރުޅިއަންނަ ގޮތް ވިއެވެ.
"
ޝީލާއްތަމެންކައިރީ އިނާ ނުބުންޏަސް ހެޔޮ އިނގޭ. އަހަރެން މިފަހަރު ދާނީ މިވާހަކަ ބޮޑުބެއަށާއި ޝީލާއްތައަށް ކިޔާދީފަ.....އެހެން ނޫނީ އިނާ ނުބުނެ ހުއްޓާ އަނެއްފަހަރުވެސް އޭނަ ކޮންމެވެސް އެއްޗެކޭ ކިޔައިގެން މިގެއަށް އަންނާނެ.....އޭނަގެ އޮފީސްކަމެއްގެ މިރަށަށް އަޔަސް، މި ނޫން ގެއެއް އޭނައަށް ނުފެނުނީތަ ހުންނަން؟ އޭނަ ފޮނުވި އޮފީހުން އޭނައަށް އެކޮމޮޑޭޝަންވެސް ދޭނެނު. ޔަގީނޭ މީގަވެސް އޮންނާނެ އޭނަގެ ކޮންމެވެސް ރޭވުމެއް....." ސޯފީއަށް އެބުނެވުނު ތެދުބަހުގެ ހުރި ހަގީގަތް ސޯފީއަށް އެނގޭނެ ނަމައޭ ހިތަށް އަރާފައި އިނާއަށް ސޯފީއާއި ދިމާލަށް ހަމަ އެކަނިބަލާލެވުނީއެވެ.

"
ހަމަ ރަނގަޅަށް މިބުނީ.........ކޮންމެވެސް މީހަކު ވެއްޖެހެން ހީވަނީ ހަގީގަތް ހާމަކުރަން....." އިނާ ބަލާލުމުން ސޯފީ އަދިވެސް އިތުރަށް އަޑަށް ބާރުލާފައި ބުނެލިއެވެ.
ސޯފީ އަކީ އަބަދުވެސް ކެރޭ އަންހެންކުއްޖެއްކަން އިނާ ދަނެއެވެ.

އެކަމަކު މީގެ ސަބަބުން ދެން ވާނީ ކިހިނެއްހެއްޔެވެ؟ ނަވީންއާއި ވެސް ލީނާއާއި ގުޅުމެއް އެބަ އޮތްކަން ސޯފީއަށް އެނގޭނެހެއްޔެވެ؟ ޒިޔާދު އާއި އޭނަގެ ދެމެދަށް އައިގޮތަށްވުރެ ނުބައި ސިފައެއްގައި އޭނައާއި ނަވީންގެ ދެމެދަށްވެސް އެ ލީނާ އެހެރީ އައިސްފައިކަން ނުބުނެ އޭނައަށް ހުރެވޭނެ ހެއްޔެވެ؟

"
ނަސީބެއްނު އަހަންނަށް މިކޮޅަށް އާދެވުނުކަންވެސް....އެހެންނޫންނަމަ...." ލެޕްޓޮޕް ލައްޕާލާފައި ފޮތެއްހެން ހިފާލަމުން ސޯފީ ބުނެލިއެވެ. ވަގުތު ފާއިތުވިފަހުން ވިޔަސް، ސޯފީއަށް އެކަން އެނގުން އެއީ ހެޔޮ ނަސީބެއްކަމުގައި ސޯފީއަށް ގަބޫލު ކުރެވުނެވެ.

"
އޯކޭ...ދެން މާދަން މި ވާހަކަ ދައްކާނީ......ގުޑްނައިޓް........" އިނާގެ އެ ހިމޭންކަމުގެ ސަބަބަކީ ކޮބައިތޯ ވިސްނަންވެސް ނޫޅެ ސޯފިޔާ އަވަސް އަވަހަށް ހިނގައްޖެއެވެ. އެގޭގައި ލީނާ އުޅެފައި ދިޔަކަމުގެ ހަގީގަތް ހާމަވުމުން، ސޯފީގެ ހިތް ނުތަނަވަސް ވެފައި ހުރީ އެހެން އެއްވެސް ކަމަކަށް ސަމާލުކަން ދެވޭވަރަށްވުރެ ބޮޑަށެވެ.

ސޯފިޔާ ދިއުމުން ފޯން ހިފައިގެން ގޮސް އިނާ އިށީނީ އެނދުގައެވެ. އާދައިގެ މަތިން އިރުކޮޅަކުން ނަވީން ގުޅާނެއެވެ. މިދިޔަ ދެތިން ރެއެކޭ އެއްގޮތަށް މިރޭވެސް އޭނަ ވާހަކަ ދައްކާނެއެވެ. "ހޫމް" އަކާއި "އުނހުނ" އަކުން ފުއްދާލެވޭނެ ވާހަކަތަކެއް ދައްކާނެއެވެ. އެއަށްވުރެ އިތުރު ވާހަކައެއް ނުދެއްކޭނެއެވެ.
ނަވީން އާއި ދޭތެރޭގައި އޭނަގެ ހިތް ސާފު ނުވަނީސް ކުރިން ވާހަކަ ދައްކަމުން ދިޔަހެން ނަވީނާއި ވާހަކަ ދެއްކުމަކީ އޭނައަށް މިހާރު ދަތިކަމެކެވެ.

** ** ** ** ** ** **
"
ހަލޯވ........ޝީލާ.....މީ....އާމް.....އިނާ ގުޅައިފިތަ....؟" ޖެހިގެން އައި ދުވަހު، އައިސީޔޫ އިން ނިކުމެފައި މޮބައިލް ފޯނުން ގުޅާފައި މިހެން އަހާލީ ޚާލިދުއެވެ. ކަންބޮޑުވެ ނިތަށް ރޫއަރާފައިވާ ޚާލިދުއެވެ.

"
އާނ އެހެންތަ؟ އިނާ ޖެހިއްޖެއޭ ކުއްލިއަކަށް ބަލިމީހަކާއެކު މާލެ ދާން...ސީދާ މިތަނުން ފުރަންޖެހެނީ.......ދަބަހަކާއެއްޗެހި ތައްޔާރުކޮށްލަބަލަ އިނގޭ. އިރުކޮޅަކުން ދާނަން ބަލާ.....ނޫނީ ޒާހިރު އަތަށް ދީފައި މިކޮޅަށް ފޮނުވާލިޔަސް ރަނގަޅުވާނެ." އެއްފަހަރު އަތުކުރީގައި އޮތް ގަޑިއަށް އަނެއްފަހަރު ފުރަގަހަށް އެނބުރި އައިސީޔޫގެ ދޮރާއި ދިމާލަށް ޚާލިދުއަށް ބެލެމުން ދިޔައެވެ.

"
އެހާ ގިނަ ދުވަހެއް ނުވާނެ....ހަމަ އެންމެ ދެ ދުވަސް...." ވަޒީފާގައި ވެއްޖެނަމަ ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަކީ އޭނަ އިނާއަށް ދަސްކޮށްދީފައިވާ ގޮތަކަށް ވާތީ، އެގޮތަށް ދާން ޖެހުމަކުން އިނާ މާ ކަންބޮޑެއް ނުވާނެކަން ޚާލިދުއަށް އެނގެއެވެ.

"
ނޫނޭ.....ދޯންޏެއްގައި ލޯންޗެއް ޖެހި މީހަކަށް ވަރަށް ބޮޑަށް އަނިޔާވެގެން އުޅެނީ.... އަވަހަށް ޒާހިރު ފޮނުވާލައްޗޭ...." ޝީލާ ބުނާ އެއްޗަކަށްވެސް ނުހުރެ ފޯން ބާއްވާފައި ޚާލިދު ވަނީ އަނެއްކާވެސް އައިސީޔޫ އަށެވެ. ވާހަކަ ދައްކަން ހުރެވެން ނެތީއެވެ.

އޭގެ ދިހަވަރަކަށް މިނެޓް ފަހެވެ. ހެނދުނުގެ ގަޑިން އެގާރަ ޖަހަން ދަނީއެވެ.
ސިޓީން ރޫމްގައި ތިބި ޝީލާ އާއި ސޯފީއަށް ބޭރަށް ބަލާލެވުނީ ، މީހަކު ގޭގެ ދޮރާށި ކުއްލިއަކަށް ހުޅުވާލި އަޑަށެވެ. އެއީ ޚާލިދު އެވެ.

"
އަނެއްކާ ކިހިނެއްވީ ބާ.......؟" އަވަސް އަވަހަށް ތެދުވެގެން ޚާލިދު އާއި ދިމާލަށް ހިނގައިގަންނަމުން ޝީލާއަށް އަމިއްލަ އަމިއްލައަށް ބުނެލެވުނެވެ.
"
އެއްޗެއް ހަނދާން ނެތުނީތަ....؟" ސިޓިންރޫމަށް އައިސް ވަން ޚާލިދުގެ ފަހަތުން ކޮޓަރިއާއި ދިމާލަށް ހިނގައިގަންނަމުން ޝީލާވެސް ހިތް އަވަސް ވެފައި އެހިއެވެ.
"
ސުހައިލްގެ އެއްކަލަ ސާމްޕަލް ފޮތް، އޭތި މިއަދު ފޮނުވާލެވިއްޖެއްޔާ......" ސިޓިންރޫމްގައި އިން ސޯފީއަށް އަޑުއިވުނީ މި ވަރަށެވެ. ބަލަން އިންދާ ޝީލާއްތަ އާއި ބޮޑުބެ ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އެއީ އޭނަގެ ބޭބެ ހިންގާ ކާޕެޓާއި ވޯލްޕޭޕަރގެ ވިޔަފާރިއާއި ގުޅުމެއް ހުރި ވާހަކައެއްކަން އޭނައަށް ޔަގީންވިއެވެ.
ޚާލިދު ފެނުމުން ލައްޕާލި ލެޕްޓޮޕް އަނެއްކާވެސް ސޯފީ ހުޅުވާލިއެވެ.

މާގިނައިރުތަކެއް ނުވެއެވެ. ޚާލިދު ފަހަތުން އަނެއްކާވެސް ޝީލާވެސް ނިކުމެއްޖެއެވެ. އަވަސް އަވަހަށް ސޯފީ އަނެއްކާވެސް ލެޕްޓޮޕް ލައްޕާލާފައި ހުރިހާ ސަމާލުކަމެއް އެދެމީހުންނާއި ދިމާލަށް އަނބުރާލައިގެން އިނދެއްޖެއެވެ.

"
ޝީލާއްތަ ނުބުނަން ދޯ؟" ޚާލިދު ދިއުމުން އަނެއްކާވެސް އައިސް އޭނަކުރިމަތީ ހުރި ސޯފާގައި އިށީން ޝީލާ ކައިރިން ސޯފީ މިހެން އަހާލީ ނުބުނާ ކަމުގެ ޔަގީން ކަމާއެކުގައެވެ.

"
ކިހިނެއް މިކަހަލަ ގަޑިއެއްގަ ބުނާނީވެސް....ބޮޑުބެ ވަރަށް ރުޅިދުރުވާނެ ތިކަން އެނގުމުން..." ޚާލިދު އައިއިރު އެމީހުން ދައްކަން ތިބި ވާހަކައަށް ނިސްބަތްކޮށް ޝީލާ ބުންޏެވެ.
ލީނާ އާއި ޒިޔާދު އާއި އެއްކޮށް މީގެ އަހަރެއްހާ ދުވަސްކުރިން ލެކިއުޓް ތެރެއިން ފެނުނު ވާހަކައާއި އެ ވާހަކައާއި ގުޅުން ހުރި ވާހަކައެއް ވިއްޔާވެސް ސޯފިޔާ ޝީލާއަށް ކިޔައިދީފިއެވެ. އަތުވެދާނެއޭ ހީވެސް ނުކުރާ ކަހަލަ ގަޑިއެއްގައި ޚާލިދު އައުމުން ޝީލާއަށް އެހާ ބޮޑު ސިހުމެއް ލިބުނީވެސް އެހެން ވެގެންނެވެ.
އެގޭގައި ލީނާ އުޅުނު ގޮތާއި ލީނާ ޚާލިދުގެ ފަހަތުން އުޅުނު ގޮތްތައް އެނގި ފެނިފައި ހުއްޓާ އަނެއްކާ މި އިވުނު ވާހަކައަކުން ޝީލާގެ އަންތަރީސްކަން އެތައް ގުނައަކަށް ދިޔައެވެ.

"
ޝީލާއްތަ ހިތަށް އަރަނީ ކޮބައިބާއޭ ލީނާގެ މަގްޞަދަކީ....؟ ކޮންކަހަލަ އަންހެންކުއްޖެއްތަ އެއީ؟" އެއްފައިމައްޗަށް އަނެއް ފައި އެއްލަމުން ޝީލާ އެހިއެވެ.
"
ސޯފީއަށްވެސް ތިއެއް ނޭނގެ......އޭނަ ހަދަން އުޅުނުއެއްޗެއް ވެއްޖިއްޔާ ހަދައި ނިމިއްޖެހެން ހީވަނީ މިހާރު. އެކަމަކު އަދިވެސް..." ސޯފީއަށްވެސް ނުވިސްނެނީ މިހާރު ދެން އިތުރަށް އޭނަ ކުރަން އެ އުޅެނީ ކީއްކަމެވެ.

"
އެ ވެދާނެ ދެން އިއްތިފާގުން މިރަށަށް އާދެވުނީމަ އަހަރެމެން ކޮންކަހަލަ ބައެއްތޯ ބަލައިލަން މިގެއާއި ގުޅިގެން އުޅުނީ ކަމަށްވެސް. މާލެ ދިޔަފަހުން އަދި ގުޅައެއްނުލާ ދުވަހަކުވެސް. އެކަމަކު ދަމުން ބުނި ގުޅާނަމޭވެސް.." ލީނާ ނުވަތަ ފާތިން އެހެން ބުނި އަދަދުވެސ ޝީލާއަކަށް ނޭނގެއެވެ. އެހާވެސް ގިނައެވެ.
"
ހެހެހެހެ..........ކަމަކާނުލާ އެހެން އައިސް އުޅެން ކެރޭނެތަ އެކަކަށްވެސް؟ ޝީލާއްތައަކަށް ނޭނގޭނެ ..... އެކަހަލަ މީހުންގެ ގޮތް ސޯފީ ދަންނަމޭ...." ލެޕްޓޮޕް ނަގާ މޭޒުމަތީ ބަހައްޓާފައި ތެދުވެގެން ސޯފީ ހިގައިގަތީ ބަދިގެއާއި ދިމާލަށެވެ.

"
އިނާއާއިވެސް އެހާ ރައްޓެހިކޮށޭ އުޅުނީވެސް...." ބަދިގެއަށް ގޮސްސަ އައިއިރު ކެޝޫނަޓްސް ތަކެއް އަތަށް އަޅައިގެން އައި ސޯފީ އަނެއްކާވެސް ސޯފާގައި އިށީނުމުން ޝީލާ ބުނެލިއެވެ.
"
ރޭގަ ތިވާހަކަ ސޯފީ ބުނުމުން އިނާ ކީކޭ ބުނީ....؟" ޝީލާ އެހިއެވެ.

"
ނުބުނޭ އެއްވެސް އެއްޗެއް. އެކަމަކު ވަރަށް ހައިރާން ވެފަ ހުރީ؟ " އެވާހަކަ ބުނުމުން އިނާގެ ލޮލުން ކަރުނަ ހިލުނު ވާހަކަ ގަސްތުގައި ސޯފީ ސިއްރު ކުރިއެވެ.
"
އަނެއްކާ މިހާރު އެ ދަނީ މާލެއަށް ދާން. ނޭނގެ އެތަނުން ފާތިން އާއި ދިމާނުވާނެ ކަމެއްވެސް...." އެއީ ފާތިން ނޫން ކަމާއި ލީނާކަމަށް ސޯފީ ބުނި ނަމަވެސް ޝީލާއަށް އަދިވެސް ކިޔެނީ އެމީހުންނަށް އޭނަ ދަސްވެފައި އޮތް ނަމުންނެވެ.

"
އެއީ މައްސަލައެއް ނޫނެއްނު ޝީލާއްތާ؟ ދެން މިހާރު އެ ހުރިހާ ކަމެއް ނިމުނީނު؟ އެކަމަކު ޚާލިދުބެ ކައިރީ ބުނަންވާނެ މިއީއޭ އެމީހަކީ...." އަތްތިލައަށް އަޅައިގެން އިން ކެޝޫނަޓްތަކުގެ ތެރެއިން ރީތި ނަޓެއް ހޮވައިގެން ކާލަމުން ސޯފީ ބުނެލިއެވެ.

** ** ** ** ** * ** ** **

ވެދާނެއޭ އަހަރެމެން އެކަކުވެސް ހީނުކުރާ ކިތަންމެ ގޮތްތައް އަހަރެމެންގެ ހަޔާތަށް މެދުވެރި ވެއެވެ. އިނާއަށްވެސް ވީ ހަމަ އެފަދައިންނެވެ.

އެ ދުވަހު އޭނަ ހޮސްޕިޓަލަށް ދިޔައީ އެފަދަ އެއްވެސް ކަމަކަށް އުއްމީދުކޮށްގެނެއް ނޫނެވެ. ސިކުނޑީގައި ހުރީ ނަވީންގެ ހަނދާންތަކާއި، އޭނަ އިނީ ބަލިވެކަން ނަވީން ކައިރީ ބުނާނެ ގޮތެއް ހޯދުމަށް ވިސްނަމުން ދިޔަ ވިސްނުން ތަކެކެވެ. ނަމަވެސް ދުވަހަށް އެރި އިރާއެކު ހިތަދޫއަށް އަދި އަތޮޅަށްވެސް ފެތުރިގެން ދިޔަ އެ އެކްސިޑެންޓްގެ އަޑާއެކު އިނާގެ ނަސީބުގައި އެދުވަހަށް ލިއުއްވާފައި ހުރި ގޮތަށް ކަންތައް ވާން ފެށިއެވެ.

އިނާ އަކީ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރާއި އައިސީޔޫގައި ވެސް މަސައްކަތް ކުރާ ސީނިއަރ ނަރުހަކަށް ވުމުން، އެފަދަ ހާލުދެރަ ބަލި މީހަކާއެކު ދިއުމަށް ހޮސްޕިޓަލުން ހަމަޖެއްސީ އިނާއެވެ.
އެހެންކަމުން މެންދުރު އޮތް ފްލައިޓުން އިނާއަށް ޖެހުނީ ފުރައިގެން ދާށެވެ. އެއްގޮތަކަށްވެސް ކުރިއަށް އޮތް ދުވަސްތަކާއި ވަގުތުތައް ދާނީ ކިހިނެއްކަންވެސް އޭނައަށް އެނގިފައި ނުވެއެވެ.

ހޮސްޕިޓަލަށް ގެންދިޔަ ބަލިމީހާގެ ކަންތައްތަކުގައި އައިޖީއެމްއެޗް ގައި އުޅެފައި އިނާއަށް ގެއަށް އާދެވުނީ އިރުއޮއްސި ހަތެއްވެސް ޖެހި ފަހުންނެވެ. ވަރުބަލިވެ ލޮޑުވެފައި ހުރި އިނާ ފެނުމުން ލޯތްބާއެކު ސަލާމް ގަލާމްކޮށް ގެއަށް މަރުހަބާ ކީ ކަމުގައިވިޔަސް، ކުރިކަމުގައިވިޔަސް އިރުކޮޅަކަށްވިޔަސް އެތާ އިންނާކަށް ސޯނިޔާ ދަޢުވަތު ނުދެއެވެ. އޭގެ ބަދަލުގައި ސޯނިޔާ އެދުނީ ފެންވަރާލައިގެން އަވަހަށް ކާން އައުމަށެވެ.

"
ދޮންތަ ހީކުރީ މިހާރު ނިދާފާނެޔޭ...." އިނާގެ ކޮޓަރީގެ ދޮރުގައި ޓަކިޖެހުމުން އިނާ ގޮސް ހުޅުވާލި ދޮރުން އެތެރެއަށް ބަލާލާފައި ސޯނިޔާ ބުނެލިއެވެ.

"
ނޫނޭ.....އަދި އެބައުޅެން.....ކަމެއް އޮތީތަ އަނެއްކާ....؟" ރޭގަނޑުގެ ކެއުމުގެ ފަހުން ސޯނިޔާއާއި ކުދިންނާއެކު ވާހަކަ ދައްކާލާ ހަދަން އިނދެފައި އިނާ އޭނަގެ ކޮޓަރިއަށް އައީ ވަރުބަލިވެއްޖެ ކަމަށް ބުނެފައި ކަމަށްވިޔަސް، އޭގެ ދެގަޑިއެއްހާއިރު ފަސްވީއިރުވެސް އިނާ އަދި އޮށޯވެނުލައެވެ.

"
އުނހުނ....ހަމަ ދެން ނިދީތޯ ބަލާލީ.....ހެނދުނުން ދާންޖެހޭ ދޯ ޑިއުޓީއަށް...؟" ދޮރުމަތީގައި ހުރެފައި ސޯނިޔާ އަހާލިއެވެ.
"
ހޫމް....ހަތެއްޖަހާއިރު ދާންޖެހޭނެ...." ލައިގެން ހުރި މަޑު ރީނދޫކުލައިގެ އަތްކުރު ހެދުމުގެ، އުޅަނބޮށިން މައްޗަށް ހުރި އަތުގެ ރަބަރުފަށުގައި ހިފައި ދެއަތުކުރިވެސް ރަނގަޅުކޮށްލަމުން އިނާ ޖަވާބު ދިނެވެ.
"
ދެން ފުރަނީ.........؟" ސޯނިޔާ އަދިވެސް އަހާލިއެވެ.
"
މާދަންރޭ ދިހައެއް ޖަހާއިރު ޗެކިން އޮތީ......ދޮންތަ އެކަނިވެގެން ދޯ ތިއައީ...." ސޯނިޔާގެ ސުވާލަށް ޖަވާބު ދީފައި އިނާ އޭނައަށް ހީވިގޮތް ބުނެލީ ސޯނިޔާ ކޮޓަރިއަށް ވަންނަ ކަހަލަ ޚިޔާލެއް ނެތުމުން ދޮރުލައްޕާލާފައި ނިކުންނަމުންނެވެ.

"
އާނ ދެން ސޯފީވެސް ނެތީމަ ވަރަށް ފަޅު....ކޮބާ ނަވީން....ކޮންއިރަކުން އަންނަނީ...." އިނާ ނިކުތުމުން ކުރީގައި ހުރެފައި ސޯނިޔާ ހިނގައިގަތެވެ. އިނާގެ ޖަވާބެއްގެ އަޑު ނީވުމުން އެނބުރިފައި ސޯނިޔާ ބަލާލިއިރު، މޫނުމަތީގައި ލުއި ހިނިތުންވުމެއް ހުރި ނަމަވެސް އިނާ ހިނގަމުން އައިސް އައިސް ހުރީވެސް އިސްޖަހައިގެންނެވެ.

"
އަނެއްކާ ނައަންނަނީތަ މިފަހަރު.....؟" ސޯނިޔާއަށް ހީވިގޮތަށް ސޯނިޔާ ސުވާލު ކުރިއެވެ.
"
މިފަހަރު މާ ބިޒީވެގެން ނާދެވޭނެ ވާހަކަ ބުނި...." ސިޓިންރޫމާއި ހަމައަށް ދެވުމުން އިނާ އިށީނދެއްޖެއެވެ.

"
މިދުވަސްކޮޅު ނަވީން ހުރިނަމަ ރަނގަޅޭ ދޯ އެގެއަށް ދާން. ނަވީން ނުދައްކާތަ އެކަހަލަ ވާހަކައެއް." ހަތަރުމީހުންނަށް އިށީނދެވޭވަރުގެ ދިގު ސޯފާގައި އިނާ އިށީނުމުން އެއް ސީޓްގެ ސޯފާއެއްގައި ސޯނިޔާވެސް އިށީނދެލިއެވެ.
"
ހޫމް.........." ސޯނިޔާގެ އެކަނިވެރިކަން ފިލުވައިދޭން އެތަނަށް އައި ނަމަވެސް، ނަވީން އާއި ބެހޭގޮތުން އެވަގުތު ވާހަކަ ދައްކާކަށް އިނާ ބޭނުމެއް ނޫނެވެ.

"
އެކަމަކު ދޮންތައަށް ހީވަނީ ދާންވެސް އެބަޖެހޭހެން....އޭރުންކަންނޭނގެ ދެންވެސް ކަންތައްތައް ރަނގަޅުވާނީ....." ސާފު ފެންކުލައިގެ ދައްޗަކުން ހިފަހައްޓާފައިވާ ރީތި އިސްތަށިގަނޑުން ދަތި ނަގައި، މިނިވަންކަމާއެކު އިސްތަށިގަނޑު ދޫކޮށްލަމުން، ސޯނިޔާ ގޮނޑީގައި ރަނގަޅަށް ހަމަޖެހިލިއެވެ.

މިވާހަކަ އަޑުއަހަން ހަވީރު ނޫސް ހިފައިގެން އިން އިނާ ހަމައެކަނި ލުއިހީލުމަކުން ހީލީއެވެ. އެއްޗެއް ނުބުނެއެވެ.

"
ނަވީންގެ ވާހަކަ އެހީމަ ހާދަ ގޮތަކަށް....؟" ސޯނިޔާ މިހެން އަހާލީ ދިމާކޮށްލުމުގެ ރާގުގައެވެ. އިނާއަށްވެސް އެކަން އެނގުނެވެ. ލިބުނު ނުތަނަވަސްކަމުގައި، އިންގޮތް ބަދަލުކޮށްލިއެވެ. އެވަގުތު އިނާގެ ބަނޑަށް ތޫނު ތަދެއްވެގެން ދިޔައެވެ. އެހެންނަމަވެސް، ދެފައިނަގާ ކަތިކޮށްލައިގެން ގައިދަށަށް ލައިގެން އަރިއަކަށް ސޯފާގައި އިށީނދެލިއެވެ.

"
ތަނަކަށް ތަދުވަނީތަ.....ކަމެއްވީތަ އަނެއްކާ...." ތަހުގީގުކުރާކަހަލަ ލޮލަކުން ނުވިނަމަވެސް، ސޯނިޔާ އިނީ އިނާއަށް ބަލަން ކަމުން، އިނާއަށް އެވީގޮތް ސޯނިޔާއަށް ފެނުނެވެ.
ސޯނިޔާ އެހެން އަހާލުމުން އިނާއަށް ލިބުނީ ސިހުމެކެވެ.

"
އުނހުނ.........." އިނާގެ ޖަވާބު އަވަހެވެ.
ދޮންތައަށް ފާހަގަ ކުރެވުނީ ހެއްޔެވެ. އެކަމަކު އެއީ އޭނައަށް ނޭގި ކުރެވޭ ހަރަކާތެކެވެ. އޭނައަށް މުޅިން އާ ހަރަކާތެކެވެ.
އޭނަގެ ވައަތްފަރާތުން ބަނޑަށް، މީގެ ދެތިން ދުވަހެއް ކުރީއްސުރެން އިރުއިރުކޮޅާ މި ވަންނަ ތަދަކީ ކޮން ކަހަލަ ތަދެއްކަމެއް އޭނައަކަށް ނޭނގެއެވެ. އެހެންނަމަވެސް، އިށީނދެ އިނދެފަ ތެދުވާއިރުއާއި، އޮށޯވެއޮވެފަ ފުރޮޅިލާއިރުވެސް އެ ތަދު އޭނަ އެ އަންނަނީ އިހްސާސް ކުރަމުންނެވެ. އެ ތަދުވާ ކޮންމެ ފަހަރަކު އިޚްތިޔާރަކާ ނުލާ އޭނަގެ އަތް އެދިމާލަށް ގެންދެވެނީ ވަންނަ ތޫނު ތަދެއްގެ ސަބަބުންނެވެ. އެކަމަކު އެކަން އޭނަ އެއްވެސް މީހަކަށް އަންގާކަށް ބޭނުމެއް ނޫނެވެ.

"
މިރޭތަންކޮޅެއް ކުރިންވެސް އެކަހަލަ ގޮތެއް ހީވި....ކިހިނެއްވީ އަނެއްކާ...." އިނާ ކިތަންމެ ސިއްރުކުރަން އުޅުނަސް، އިނާގެ ހިތުގެ ޝުޢޫރުތައް މޫނުމަތިންނާއި ހަރަކާތުން ސިފަވަމުން ދިޔައެވެ.
އިނާ އެއްޗެއް ނުބުނެއެވެ.

"
އިނާ ޕްރެގްތަ...........؟" ކޮނޑުމައްޗަށް ދޫކޮށްލެވިފައި އޮތް ރީތި އިސްތަށިގަނޑު އަތުން ރީތިކޮށްލަ ކޮށްލާ އިން ސޯނިޔާގެ އަތުގެ ހަރަކާތް ހުއްޓި، މިހެން އަހާލެވުނީ ކުރިން އޭނަ ކުރި ސުވާލަށް، އިނާގެ ކިބައިން ފެނުނު އިންކާރުކުރުމެއް ނެތް ހަމަހިމޭންކަމުގެ ސަބަބުންނެވެ. އެހެން ހީކުރަންޖެހޭ އެއްވެސް ކަހަލަ ކަމެއް އެތާ ނުހިނގާއިރުވެސް ކުއްލިއަކަށް ސޯނިޔާއަށް މިހެން ބުނެލެވުނީ ދެލޯބޮޑުވެ ހައިރާންވެފައެވެ.

އިނާ ދެކޮޅެއް ނަހަދައެވެ. ހަދަން ބޭނުންވެސް ނުވީއެވެ.
އެ ޚަބަރު އެންމެ ފުރަތަމަ އޭނަ ދޭން ބޭނުންވީ އޭނަ އެންމެ ލޯބިވާ އިންސާނާއަށް ކަމަށްވިޔަސް، އެ ފުރުޞަތު އޭނައަކަށް ނުލިބުނެވެ. އެ އުފާ ނަވީނާއިއެކު ހިއްސާ ނުކުރެވުމުން މިއަދާއި ހަމައަށްވެސް އޭނަ އެހެރީ އެ އުފާ އެއްވެސް މީހަކާ ހިއްސާ ނުކޮށެވެ. އެހެންނަމަވެސް، ދެން އިތުރަށް ހުންނާނެހާ ހިތްވަރުނެތީކަންނޭނގެއެވެ. ކޮންމެވެސް ގާތް މީހަކާއެކު އެ އުފާ ހިއްސާކުރަން ބޭނުންވީކަންނޭނގެއެވެ. އެކަމާއި ގުޅޭ ގޮތުން ކޮންމެވެސް މީހެއްގެ ދުލުން އުފާވެރި ބަސްތަކެއް އަޑުއަހަން ބޭނުންވީ ކަންނޭނގެއެވެ.

ހިފައިގެން އިން ނޫސް ނަގާ މޭޒުމަތީގައި ބާއްވާފައި ސޯނިޔާއާއި ދިމާލަށް ބަލާލާފައި ހިނިތުންވެލެވުނީ ދެރައާއި އުފާ އެކުލެވޭ ހިނިތުންވުމަކުންނެވެ.

"
އަސްލުވެސް.....؟" އިނާގެ އެ ހިނިތުންވުމުގެ މާނަ އެނގިގެން، އިންތަނުންވެސް ތެދުވެގެން ގޮސް އިނާ ކައިރީގައި ސޯނިޔާއަށް އިށީނދެލެވިއްޖެއެވެ. މިޒާޖުގައި އިނާއާއި ދާދި އެއްގޮތް ގޮތެއް ހުންނަ މަޑުމައިތިރި ސޯނިޔާގެ މޫނުމަތިން މިހާރު ފެންނަނީ މަޑުމައިތިރި ގޮތެއް ނޫނެވެ. ފެންނަނީ އުފަލުން ފޮޅިފައި އިންކަމުގެ އަސަރުތަކެވެ. އެފަދަ އުފާވެރި ޚަބަރެއް ލިބޭއިރު އިޚްތިޔާރަކާ ނުލާ އުފާ ފާޅުނުކުރެވޭނެ އަންހެނަކު ހުރުމަކީ ނާދިރު ކަމެކެވެ.
އިނާ ބޯ ޖަހާލިއެވެ.

"
ވަރަށް އުފާވެއްޖެ....." އިނާގެ އަތްތިލަ މަތީގައި އަތް ބާއްވާލާފަ ސޯނިޔާ ބުނެލިއެވެ.

ޝީލާއްތަ ކައިރީ އަދި ނުބުނަންދޯ؟ " ޝީލާއަށް އެނގޭނަމަ އެ ދަތުރުގައި އިނާއަށް އަޔަކަ ނުދޭނެކަން ސޯނިޔާއަށް ޔަގީން ވެއެވެ.

"
ނަވީން ކައިރީ އެކަނި ދޯ ބުނެގެން ތި އުޅެނީ....." އިނާގެ ކަކޫމަތީގައި ބާއްވައިގެން އިން އަތްތިލައިގެ މަތީ ސޯނިޔާއަށްވެސް އޭނަގެ އަތުން ބާރުކޮށްލެވުނެވެ.
ސޯނިޔާ ހީކުރި ގޮތާއި ޚިލާފަށް ސޯނިޔާގެ މި ސުވާލަށް އިނާ ކަޅި ތިރިކޮށްލީއެވެ. ހިތުގެ ސިއްރު ފާޅުވެދާނެތީއެވެ.

"
ކިހިނެއްވީ ނުބުނީ......؟" ސޯނިޔާއަށް ލިބުނު ހައިރާން ކަމަކީ މިފަހަރު އުފާވެރި ހައިރާން ކަމެއް ނޫނެވެ. އެއީ ކަންބޮޑުވި ހައިރާން ކަމެކެވެ.

"
މިހާރު އެއީ ކުރީގެ ނަވީނެއް ނޫން...." އެސްފިޔަ އުފުލާލާފައި ސޯނިޔާއަށް ބަލާލަމުން އިނާ ބުނެލިއެވެ.
"
ކީއްވެ ތިހެން ތިބުނީ...." ސޯނިޔާ ދަނީ ވަރުވަރުން ސުވާލު ކުރަމުންނެވެ.
"
ހީވަނީ އަހަންނަށް ނަވީން ނޭނގުނުހެން...." ހަމަ ކުރިއެކޭވެސް އެއްގޮތަށް މަޑު އަޑަކުން އިނާ ޖަވާބު ދިނެވެ.

"
އެހެން ނުބުނެބަލަ.....ކޮންމެ މަހަކު އެހެން ނާދެވިދާނެނު....އެކަހަލަ ކިތަންމެ ދުވަހެއް އަދި އަންނާނެ. ލޯބިވެރިއާ ފިރިއަކަށް ބަދަލުވުމުން، ލޯބި ދޭންޖެހޭނީވެސް އަދި ލިބިގަންނަންޖެހޭނީވެސް ތަފާތުކޮށް ކަމެއް އިނާއަކަށް ނޭނގޭތަ؟" ނަވީން އޭނައަށް ނޭނގުނޭ ބުނުމުން ސޯނިޔާއަށް ހީކުރެވުނީ އިނާ އެހެން ބުނީ މިފަހަރު ނަވީނަށް ނާދެވުމުން ކަމަށެވެ.

"
ދޮންތައަށް ނޭނގޭތީ ތިހެން ތިބުނަނީ......ނަވީން......" އިނާ އެހެން ބުނި ސަބަބު އޮޅުންފިލުވައިދޭން އިނާ ފެށިއެވެ.

އޭނަ އެފަދަ ވާހަކައެއް ދައްކަން ބޭނުންވާ ހަމަ އެކަނި ބަޔަކީ އޭނަގެ އެންމެ ގާތް ރަހްމަތްތެރިޔާ އާއި އިންތިހާއަށް ލޯބިވާ ފިރިމީހާ ކަމަށްވިޔަސް، ގާތުގައި އެމީހުން ނެތުމުގެ ސަބަބުން، އެއްވެސް މީހެއް ކައިރީ ނުދައްކައި އޭނަ ހިތުގައި ބަހައްޓައިގެން ހުރި ވާހަކަތައް ފަހަރަކު ޖުމްލައަކުން ޖުމްލައަކުން ދިޔައީ ބުނެވެމުންނެވެ.

ބޭނުންޖެހޭ ވަގުތު ގާތުގައި ހުންނަ މީހާގެ އެހީއަށް އެދި އެމީހާ ކައިރިއަށް އަހަރެމެންނަށް ދެވުމަކީ ވަރަށް އާއްމު ކަމެކެވެ. އެހެންނަމަވެސް އެއީ ދުރުގައި ހުރި މީހާގެ ގާތްކަން ކުޑަކުރީއެއް ނޫނެވެ. އަދި އެ ލޯބި އުނިކުރީއެއްވެސް ނޫނެވެ.
މި އުޞޫލުގެ ދަށުން އިނާއަށްވެސް ސޯނިޔާކައިރީ ހުރިހާ ވާހަކައެއް ކިޔައިދެވި ނިމިއްޖެއެވެ.
ފުރަތަމަ ލީނާގެ ވާހަކައެވެ. އޭގެ ފަހުން ނަވީންއާއި ދޭތެރޭ އޭނަ ދެން ކަންތައް ކުރަންވީ ގޮތް ނޭނގޭ ވާހަކައެވެ.
ވާހަކަ ނިމުނުއިރު އިނާ އިނީ ރަނގަޅަށްވެސް ފެންކަޅިވެފައެވެ.

"
ތިކަމާ މާ ބޮޑު ގޮތެއް ހަދާކަށްވެސް ނުޖެހޭނެނު....ނަވީން ކައިރިން އަހާ.....ނަވީން ބުނާ އެއްޗަކުން ކަންނޭނގެ ތި މައްސަލަ ހައްލުކުރަންވެސް އެނގޭނީ....ތިބުނާވަރު މީހެއްވެއްޖިއްޔާ ނަވީންއޭ ކިޔައިގެން ހަމަ ދޮގެއްވެސް ހަދާފާނެ. ކިހިނެއް އެނގޭނީ. އިނާ ދަންނަންތަ ލީނާ.... މި ބުނީ ސްކޫލް ދުވަސްވަރުވިޔަސް ދަންނަންތަ؟ އެކަހަލަ ހަސަދައެއްތަ އެ އޮންނަނީ އަނެއްކާ...؟" އިނާ ދެއްކި ހުރިހާ ވާހަކައެއް ފަރުވާތެރި ކަމާއެކު އަޑުއަހާފައި ސޯނިޔާވެސް އޭނައަށް ފެންނަ ގޮތެއް ބުންޏެވެ. އަދި ލީނާގެ އެ އަމަލުތަކާދޭތެރޭ އޭނަ ދެކޭގޮތްވެސް ފާޅުކުރިއެވެ.

"
ނޭނގެ....ހަނދާނެއް ނެތް އެހެންނެއް....." އިނާ ޖަވާބު ދިނެވެ. އަދި ދަތަސްވެސް އޭނަގެ ފަރާތުން މީހަކު އެހާ ބޮޑު ބަދަލެއް ހިފަންޖެހޭ ވަރުގެ ކަމެއް އޭނަ ކޮށްފައި ނޯންނާނެކަން އޭނައަށް ޔަގީންވެއެވެ.

"
ނަވީންއަށް ނާދެވުނަސް ތި ވާހަކަ ނަވީންއާއި ދައްކަން ދޮންތައަށް ފެންނަނީ....މިބުނީ ލީނާ ތިދެއްކި ވާހަކަ.....އޭރަށް ދެން އެނގިދާނެ ކަމުގެ ހަގީގަތް. ކޮންމެ ގޮތެއް ހަދައިގެންވެސް މިދުވަސްކޮޅު ތިހާ ފިކުރުބޮޑުވެ ކަންބޮޑުވާން ނުޖެހޭނެ ފަދަ ގޮތެއް އިނާ އެބަޖެހޭ ހޯދަން....ދޮންތައަށްވުރެ ރަނގަޅަށް މި ހުރިހާ ކަމެއް އެނގޭނީވެސް އިނާއަށްނު؟" ސޯނިޔާ ހިނިތުންވެލިއެވެ.

"
ދޮންތައަށް ހަމަ ހީވަނީ ތިއީ އޭނަ ހަދާލި ބޮޑު ދޮގެއްހެން...." ވިސްނާލަން އިނދެފައި އަނެއްކާވެސް ސޯނިޔާ ބުނެލިއެވެ.
"
ތިވާހަކަ ނަވީންއާއި ދައްކާ އަވަހަށް. ތިހުރިހާ ވާހަކައެއް ހިތުގައި ބާއްވައިގެން ހުރެ އަމިއްލައަށް ދެރަވީމަ ހަމަ ގެއްލުންވާނީ އިނާއަށް. މިރޭވެސް ދައްކަން ދޮންތައަށް ފެންނަނީ...." ސޯނިޔާ ދިޔައީ އިނާއަށް ހިތްވަރާއި ނަސޭހަތް ދެމުންނެވެ.

އިނާ ހަމަ އަޑުއަހަން އިނީއެވެ.

"
މަންމަ ކައިރީވެސް އަދި އެހެން މީހެއް ކައިރީވެސް އިހަށް މިވާހަކަ ނުބުނައްޗޭ." ކޮންމެވެސް ސަބަބަކާހެދި އަދިވެސް އިނާ ބޭނުންވަނީ އެ ވާހަކަ ސިއްރު ކުރާށެވެ.
"
އެންމެ ރަނގަޅު.........އެކަމަކު އިނާ ނަވީންއާއި ތި ވާހަކަ ވީހާވެސް އަވަހަކަށް ދައްކަން ވާނެ އިނގޭ." އިނާގެ އެދުމަށް އިހްތިރާމް ކުރަމުން ސޯނިޔާ އަނެއްކާވެސް އެކަން ހަނދާން ކޮށްދިނެވެ.

** ** ** ** ** ** ** ** **

އަނެއްދުވަހު ހެނދުނު ރަސްމީ ގަޑިއަށް އައިޖީއެމްއެޗް އަށް އިނާ ޑިއުޓީއަށް ނުކުތެވެ. އެންމެ ފުރަތަމަ އިނާ ވަޒީފާ އަދާކުރި ތަނަކީވެސް އެ ހޮސްޕިޓަލް ކަމަށްވާތީ އެތަނުގައި އޭނައާއިއެކު މަސައްކަތް ކުރި މީހުންނާއި ރަހްމަތްތެރިންގެ ތެރޭގައި އުޅެމުންދިޔައިރު އާ މާހައުލެއްގެ އިހްސާސް ނުކުރެވެއެވެ. މީގެ އިތުރުން، ރޭގަ އެހުރިހާ ވާހަކައެއް ސޯނިޔާއާއި ދައްކައި، ސޯނިޔާގެ ހިތްވަރާއި ލަފާ އޭނައަށް ލިބިފައިވާތީ، ހިތަށް ލިބިފައިވާ ލުއިކަމަށް އިތުރު ފިނިކަމަކަށް އައިސްފައި ވެއެވެ.

ނަމަވެސް މާގިނައިރުތަކެއް ނުވެ އެހުރިހާ ޚިޔާލެއް އެއްފަރާތް ކުރެވިއްޖެއެވެ. ހިތަދޫއިން އޭނަ ގެނައި ބަލިމީހާ މިއަދު މެންދުރު ފަހު ފްލައިޓުން އިންޑިއާއަށް ފުރުވާލާތީ އެކަމުގައި އުޅެން ޖެހުނީ ވަރަށް އަވަދިނެތިއެވެ. އެހެން އެއްވެސް ކަމަކާ ވިސްނާލެވޭ ވަރެއް ނުވެއެވެ. އެންމެ ފަހުގެ ބެލުންތައް ބަލާފައި ސްޓޭޝަނުގައި އިން ނަރުސް އަތަށް ބަލިމީހާގެ ފައިލް އިނާ ދިއްކޮށްލިއެވެ. އައިސީޔޫގައި ހުންނަ އެޓެންޑެންޓު ހުރިތޯ ބަލާލެވުނީ ދޮރުގައި މީހަކު ޓަކިޖަހާލި އަޑުއިވުމުންނެވެ.
ބަލަބަލާ ހުއްޓާ ދެވަނަ ފަހަރުވެސް ޓަކި ޖެހި އަޑު އިވުމުން ގޮސް ދޮރު ހުޅުވީ އިނާއެވެ.

"
އެއްޗެއް އޮޅުންފިލުވާ....." އިނާ ހުޅުވާލި ދޮރުކުރިމަތީގައި ހުރި އަންހެންކުއްޖާއަށް ބުނެވުނީ މިވަރަށެވެ. ބަސް ހުއްޓިއްޖެއެވެ.
އިނާއަށްވެސް ހުރީ ހުއްޓުމެއް އައިސްފައެވެ.
އައިސީޔޫގެ ދޮރުކުރިމަތީގައި ތިބި ނަޖްމާ އާއި ލީނާ ފެނުމުން އިނާއަށް އެ ދޮރުން އަތް ދޫކުރާކަށްވެސް އަދި ކޮށްދޭންވީ ކޮންކަމެއްތޯވެސް އަހާކަށް ނޭނގުނެވެ. ދެފަހަރު ދެމީހުންގެ މޫނަށް ބެލުނީއެވެ.

އޭނަގެ ތަގްދީރު މި މީހުންގެ ކުރިމައްޗަށް އޭނަ މިގެނައީ އަނެއްކާ ކޮންފަދަ ކަމަކުބާވައެވެ؟ ނޫނީ އޭނަ ކުރިމައްޗަށް އެއާދެވުނީ އެމީހުންނަށް ބާވައެވެ. މިއީ އޭނަގެ ފުރުޞަތު ބާވައެވެ.
އިނާ ހިތަށް އެރިއެވެ.

ވޯޓް
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

http://www.muraasil.com/images/loading.gif
http://www.muraasil.com/images/comment_reply.pngPosted on 2011-10-24 22:01:09 | Report this Comment
ވ ރީތި. އަނެއް ބައި ކޮންދުވަހަކުން
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ލީ........އަނެއްބައި މާދަން ގެނެސްދެވޭތޯ މި އުޅެނީ.
Top of Form
ނަން:

ކޮމެންޓު:
Bottom of Form


http://www.muraasil.com/images/comment_reply.pngPosted on 2011-10-24 22:43:49 | Report this Comment
މިބައިވެސް ވަރަށް ފުރިހަމަ..ސޮފާގެ ދެވާހަކައިން ވެސް އެނަލިސްޓަށް ފާހަގަ ކުރެވުނު ވާހަކައިގެ މެއިން ކެރެކްޓަރ އަކީ ވަރަށް އަމިއްލަ ވަންތަ އަދި ގޮތުގައި ހިފަހައްޓައިގެން ހުންނަ މީހެއްކަން.އެނަލިސްޓްގެ ނަޒަރުގައި ވާހަކަ އެންމެ ރީތިވާ އެއް ސަބަބަކީ މިއީ..މި ޝަޚްސިއްޔަތު ގެނެސްދީފައިވާގޮތުން ޕްލޮޓަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ...މާޝާﷲ، މިރޮނގުގައި ސޮފާ ވަރަށް ހުނަރުވެރި...ސޮފާއަށް އަބަދުވެސް ކާމިޔާބީއަށް އެދެން
http://www.muraasil.com/images/reportAbuseIcon.gif
ރިއު: i agree with you
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: މިވާހަކަ އެނަލިސްޓް ކިޔަމުން ތިދަނީ ހަގީގަތުގައިވެސް އެނަލިސްޓެއްގެ ނަޒަރުން ބަލަމުން ކަމުގައި ވަރަށް ބޮޑަށް ގަބޫލުކުރެވިއްޖެ. ވާހަކައިގައި ސޮފާ އެންމެ މުހިއްމުކަން ދޭ "އައުޓް އޮފް ކެރެކްޓަރ" ނުވާކަން ތިގޮތަށް ފާހަގަކޮށްލަދިނުމުން، އެބައި ފުރިހަމައަށް ގެނެސްދެވޭކަމާމެދު އިތުބާރު ލިބި ހިތްހަމަޖެހިއްޖެ. ވަރަށް ބޮޑަށް ޝުކުރިއްޔާ އެނަލިސްޓް...!!! އެނަލިސްޓްގެ ހެޔޮ ދުޢާއާއެކު އަދިވެސް މިއަށްވުރެވެސް ރަނގަޅު ކުރެވތޯ މަސައްކަތް ކުރާނަން. ޝުކުރިއްޔާ. އަދިވެސް އެއްފަހަރު...!!!
Top of Form
ނަން:

ކޮމެންޓު:
Bottom of Form


http://www.muraasil.com/images/comment_reply.pngPosted on 2011-10-25 06:33:55 | Report this Comment
ވަރަށް ރީތި ވާހަކަ....
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ވަރަށް އުފާވެއްޖެ ސޯފީއަށްވެސް ކަމުދިޔައީމަ....ޝުކުރިއްޔާ.....އަބަދުވެސް ކިޔާނެ ކަމަށް ހީކުރަން..!!!
Top of Form
ނަން:

ކޮމެންޓު:
Bottom of Form


http://www.muraasil.com/images/comment_reply.pngPosted on 2011-10-25 07:14:52 | Report this Comment
ހުމް ދެން ސޮފޫޫ....ކީއްތި ކުރީ..!!ހަމަ ނިންމާލީއޭ ހިތް ތަޅުވާލާފަ....
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހެހހެެހެހެ.............އެހެން ބުނެލާއިރު އިންނާނެ ގޮތް ސޮފާއެއް ފެނުނު ހެން ހީވީ.....އަތުން ޖަހާލެވުނު ދޯ މޭޒުގަ...ނޫނީ ފައިގަތަ ޖަހާލެވުނީ....ކުސްތަޅާލާ ކަހަލަ ގޮތަކަށް ދޯ. މަޖާ ވަރަށް.....އެކަމަކު އެއީ ގަސްތަކު ނޫން އިނގޭ.....އެދެން ހަމަ މިއަދަށް ވާ ބައި....މާދަން އަނެއްބައި ގެންނާނަން އިނގޭ....ޝުކުރިއްޔާ ވަރަށް ބޮޑަށް.
http://www.muraasil.com/images/reportAbuseIcon.gif
hhhh: vaahaka koba mihar
Top of Form
ނަން:

ކޮމެންޓު:
Bottom of Form


http://www.muraasil.com/images/comment_reply.pngPosted on 2011-10-25 07:33:35 | Report this Comment
ވވވވ. ސަޅި.. އެކަމު ދެން ތި ނިންމާލި ހިސާބުން އަނެއް ބައި ކިޔާހިތުން ހުރެވެނީ ކީ ނޫނޭ!!!! ކޮންމެ ބައެއްވެސް ތިނިންމާލަނީ ނޭވާ ހިފަހައްޓާލަންޖެހޭ ކަހަލަ ހިސާބަކުންނެނު!ހެހެހެހ....ޕްލީޒް އަޕްލޯޑް ދަ ނެކްސްޓް ޕާޓް ސޫން އިނގޭ...އޯލް ދަ ބެސްޓް....
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޔެސް ޑިއަރ. އެމް ޓްރައިން ޓު އަޕްލޯޑް އޭޒް ސޫން އޭޒް ޕޮޒިބަލް. ތޭންކްސް .
Top of Form
ނަން:

ކޮމެންޓު:
Bottom of Form


http://www.muraasil.com/images/comment_reply.pngPosted on 2011-10-25 09:43:24 | Report this Comment
ވަރަށް ރީތި ސޮފާ... ބުނާނެ އެއްޗެއް ނޭނގުނު... ވަރަށް ހީވޭ ބޮޑު ކަންތައްގަނޑެއް ކުރިމަތި ވާން އުޅޭހެން... އެނގިދާނެތާ ދޯ! މިކަހަލަ ވާހަކަ ކިތަންމެ ދިގުކޮށް ކިޔަސް ބުނެވޭނީ އަދިވެސް ހަމަ ކުރޭ، ހެހެހެ މާޝާ ބޭނުން ވަނީ ނިމެންދެން އެއްފަހަރުން ކިޔާލަން... ސޮފާގެ ފުރަތަމަ ވާހަކަ ކިޔާލެވޭނެ ގޮތެއް ނެތްތަ؟
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އާނ ދޯ.........ނިމެންދާއިރު ބޮޑެތި ކަންތައްތައްވެސް ވާނެތާ ދޯ؟ ފުރަތަމަ ވާހަކަވެސް ކިޔާލެވިދާނެ. މިގެއަށް އާދޭ ވާހަކަ ބަލާ....ލިބިދާނެ. ހެހެހެހެެހެހެ......
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifމާޝާ: އަޅެ... ނިމެނީތަ؟ ނޫން.... އަސްލު؟ އަވަހަށް އެޑްރެސް ގެނޭ... މިގުޅަނީ ޓެކްސީއަށް....
Top of Form
ނަން:

ކޮމެންޓު:
Bottom of Form


http://www.muraasil.com/images/comment_reply.pngPosted on 2011-10-25 09:45:29 | Report this Comment
ބޭނުންޖެހޭ ވަގުތު ގާތުގައި ހުންނަ މީހާގެ އެހީއަށް އެދި އެމީހާ ކައިރިއަށް އަހަރެމެންނަށް ދެވުމަކީ ވަރަށް އާއްމު ކަމެކެވެ. އެހެންނަމަވެސް އެއީ ދުރުގައި ހުރި މީހާގެ ގާތްކަން ކުޑަކުރީއެއް ނޫނެވެ. އަދި އެ ލޯބި އުނިކުރީއެއްވެސް ނޫނެވެ. އަޅެ މިޕާރޓްވަރަށް ސަޅި، ނަވީންތަ އެކްސިޑެންޓްވެފަ އެއޮތީ؟؟
http://www.muraasil.com/images/reportAbuseIcon.gif
ރީން: އެލީ، ބަލިމީަކު ގޮވައިގެން އައްޑޫ އިން މާލެ ދެވޭއިރު އެމީހެއްގެ މޫނުވެސް ފެނިފަދޯ ހުންނާނީ. އެހެން ނުނަސް މާލެއިންވެސް އެ ބަލިމީހާއާއި އެންމެ ގާތުގަ އެއުޅެނީ އިނާދޯ. އެހެންވީމަ އެނުވާނެ ނަވީންއަކަށް.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ނޫނޭ އެލީ.........އެއީ ނަވީންއެއް ނޫނޭ......ރީން އެބުނިހެން އެއީ ނަވީން ނަމަ މިހާރު އިނާ އަށް ހުންނާނީ އެނގިފައެއް ނު ދޯ............ތޭންކްސް އެލީއަށްވެސް ރީން އަށްވެސް......
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އެލީއަށް: ހަގީގަތުގައިވެސް ބޭނުންޖެހޭ ވަގުތު ގާތުގައި ހުންނަ މީހާ ކައިރިއަށް ދެވޭ ދޯ އަހަރެމެންނަށް؟ (:
Top of Form

1 comments:

Hi all readers....welcome to my blog. mi vaahaka kurin publish koffaivaneee muraasil ga kamah vaathee mi blog ga post koffa mi hiree muraasil ga huri gothah e coment thakaa eku. Thanks a lot.

 

Post a Comment