އިނާއަށް
ލަސްވިކަން އެއީ ނަސީބޭ ހިތަށް އަރުވަމުން ކާރު ދުއްވަމުން ޒިޔާދު ދިޔައީ އޭނައަށް
ދެންމެ ގުޅާފައި ބަލާއައިސް ދިނުމަށް އެދުނު އަންހެންކުއްޖެއް ކައިރިއަށެވެ.
ހެންވޭރުކޮޅުގައި ދުވަންގޮސްހުރި އަންހެންކުއްޖާގެ އެއްވެސް އެދުމެއް އޭނައަށް
ފުއްދައިނުދީ ނުހުރެވޭނެއެވެ. އެއީ އިނާގެ ފަރާތުން އޭނަ ބޭނުންވި
"އެކުވެރި" ކަމާއި "ގާތްކަން" އޭނައަށް ދިން
އަންހެންކުއްޖާއެވެ. ކައިވެނި
ކުރެވުމަށްފަހުވެސް، އެ ސިއްރު ގުޅުމާއި ދުރަށް ދިއުން އޭނައަށް ދަތިވާނެއެވެ. އެއީ އޭނަ
ވިސްނަންވެއްޖެ ކަމެކެވެ. އިނާއަށް މިކަން އެނގޭ ދުވަހަކުން ވާނީ ކިހިނެއްބާވައެވެ؟
ކުރެވެމުން
ދާ ޚިޔާލުގެ ސަބަބުން ލިބުނު ކުއްލި ހާސްކަމެއްގައި ކާރުގެ ހުންގާނުން
ވައަތްދޫކޮށް ބޮލުގެ އިސްތަށިގަނޑުގައި ހިންގާލެވުނެވެ.
ހަގީގަތުގައިވެސް
އެކަމަށް އޭނަ ގޮތެއް ހޯދަންޖެހޭނެއެވެ.
ސިކުނޑީގައި
ހިނގަމުންދާ ހުއްޓުމެއް ނެތް ޚިޔާލުތަކާއެކު ކާރުގެ ފުރޮޅުވެސް ހުއްޓުމެއް ނެތި
ކުރިއަށް ދެއެވެ. ދަރުބާރުގޭ ފުރަގަހުން އޮތް އުސްގަނޑުގެ ވަށާފާރުމަތީގައި،
ކޮންމެ ދުވަހެއްގެވެސް އާދައިގެމަތިން އޭނައަށް އިންތިޒާރުކުރަމުން ދިޔަ އަންހެން
ކުއްޖާއާއި ހަމައަށް ދެވެންދެނެވެ. އެކަމަކުވެސް އެހާ ބާރަށް ދިޔައިރުވެސް އޭނަގެ
"ސްވީޓީ" ހުރީ ރުޅިއައިސްފައެވެ. ލަސްވެގެން ނުރުހިފައެވެ.
"އަޅެ.....ހަމަ ތިއަށްވުރެ އަވަހަކަށް އެންމެ ދުވަހަކުވެސް
ޒިޔާދުއަށް ނާދެވޭނެތަ....؟" އެ އަންހެންކުއްޖާ އިން ދިމާލަށް ގޮސް ކާރު
މަޑުކޮށްލާފައި ޒިޔާދު ފޭބުމާއެކު ޒިޔާދުގެ ސްވީޓީ ބުނެލިއެވެ. ނުރުހުމުގެ
ގޮތަކާއެކުގައެވެ.
ކަސްެރަތުކުރަން
ލާން ޚާއްޞަކުރެވިފައިވާ ވައްތަރުގެ ހުދު ޓީޝާޓަކާއި ރަތްކުލައިގެ ހަރުވާޅެއްގައި
ހުރި އެ އަންހެންކުއްޖާގެ ނުރުހުމާއެކުވެސް ޒިޔާދުއަށް އެ އަދާވެސް އަދި އެ
މޫނުވެސް އިތުރަށް ރީތިކަމަށް ފާހަގަ ކުރެވުނެވެ.
" އެހާބޮޑުކަމަކަށް ނަހަދަބަލަ ސްވީޓީ. މިއައީނު ހިނގާ ދާން
އަވަހަށް. މާދަންރޭ އަންނާނަން އަވަހަށް" ދެމީހުން އެނގުނީއްސުރެ
މިހާތަނަށްވެސް އެ އަންހެންކުއްޖާގެ ނަން ޒިޔާދުއަށް ބޭނުންކުރެވިފައި ހުންނާނީ
މަދުފަހަރެއްގައެވެ. އަބަދުވެސް މުޚާޠަބް ކުރެވެނީ ސްވީޓީގެ ނަމުންނެވެ.
"ތިހެން ބުނި ރޭވެސް. އެކަމަކު ވަނީ ހަމަ އެއްގޮތެއްނު؟
ކޮންމެ ރެއަކުގެވެސް އާދައިގެ މަތިން މާދަން އަވަހަށް އަންނާނަމޭ ޒިޔާދު
ބުނެލުމުންވެސް އެވަރުން އެ އަންހެންކުއްޖާގެ މޫނުމަތިން ހިނިތުންވުން
ދައުރުވެލިއެވެ. މާދަންރޭވެސް ލަސްވާނެކަން އޭނައަށް އެނގޭކަހަލައެވެ.
"ދެން އަވަހަށް ދާން ހިނގާ...." ނުރުހިގެން ދެ
އުކުޅުގައި އަތްވިދެލައިގެން ހުރި އެ އަންހެންކުއްޖާގެ އުނަގަނޑުމަތިން
އަތްގެންގޮސް ގަޔާއި ކައިރިއަށް އަންހެންކުއްޖާ ލަފާލަމުން ނުހަނު ލޯތްބާއެކު
ޒިޔާދު އެދުނެވެ.
"ހިނގާ ކުރުނބައެއް ބޯލައިގެން ދާން...." ޒިޔާދުގެ
އަތުގެ ހިމާޔަތް ލިބިގަންނަމުން އަންހެންކުއްޖާ ޅަ ގޮތަކަށް ބުނެލިއެވެ.
"މިރޭ ތަންކޮޅެއް ފަހުން އަންނާނީ ކުރުނބާ ބޯން. މިހާރު
ވަރަށް މުހިއްމު ތަނަކަށް ދާންވެސް އެބަޖެހޭ. މިރޭ ދާނަން ސްވީޓީ ބަލާ 12
ޖަހާއިރު. ....ހިނގާ މިވަގުތު ދާން ދޯ؟" ޒިޔާދުގެ ހަނދާނަށް ކުއްލިއަކަށް
އިނާ އައެވެ.
"އަހަންނަށްވުރެވެސް މުހިއްމު ކަމެއްތަ އެއީ؟"
އަންހެންކުއްޖާ އަނެއްކާވެސް ނުރުހިއްޖެއެވެ.
ޒިޔާދުއަށް
އެ ސުވާލަ މާނަ ކުރެވުނީ އަޅާލި އެލާމެއް ގޮތަށެވެ. ހަގީގަތުގައިވެސް އޭނަ
އަތުތެރޭގައި މިހިރަ އަންހެންކުއްޖާއަށްވުރެ އޭނައަށް އިނާ މުހިއްމު ބާވައޭ ހިތާ
ހިތާ ވިސްނާލިއެވެ.
"ނޫނޭ....އެހެންނަކުން ނޫން. އެކަމަކު އެވެސް ކޮންމެހެން
ކުރަންޖެހޭ ކަމެއްވީމަ...." އިނާ އާއި އޭނަގެ ކުރެވެން އުޅޭ ކައިވެންޏަކީ އެ
އަންހެންކުއްޖާއަށް އޭގެ އެންމެ އަޑީގައި އޮތް މަގްޞަދާއެކު އެނގޭ
ކަމަކަށްވާއިރުވެސް، މިވަގުތު އޭނަ ދާން އެ އުޅެނީ އިނާ ކައިރިއަށޭ ބުނާހިތެއް
ޒިޔާދު ނުވިއެވެ. ބަދަލުގައި އެ ވާހަކަ އެހެން މިސްރާބަކަށް ފޮނުވާލީ، އެ ރީތި
އަންހެންކުއްޖާގެ އުނަގަނޑުގައި އަތް އަޅުވާލައިގެން، ޒިޔާދުގެ ކާރާއި ދިމާލަށް
ހިނގައިގަންނަމުންނެވެ. އާއްމުންގެ ލޯތަކަކަށް ކުޑަވެސް ސިހުމެއް ޖެހިލުމެއް
ނެތިއެވެ.
"އޯކޭ....އޯކޭ.......މިރޭ އަދި ދިމާވާނެ ދޯ؟ އަންނަންވާނެ
އިނގޭ. ހުޅުލެއަށް ގޮސްލާފަ އައިސް ގުޅައްޗޭ.... " އިނާ ފުރުވަން ހުޅުލެއަށް
ދާންޖެހޭ ވާހަކަވެސް ޒިޔާދު އެ އޮތީ އެ އަންހެންކުއްޖާ ކައިރީ ބުނެފައެވެ.
އެކަމަކު، މިހާރު މި އައީ އޭނަގެ އިންތިޒާރުގައި އިނާ ބައިންދާފައޭ ބުނުމުގެ
ހިތްވަރެއް ޒިޔާދު އަކަށް ނުލިބުނެވެ.
ތެދެކެވެ.
އެހާ ބޮޑަށް ހިތް އެދޭ ކަމަކަށް ކިލަނބުކަމެއް އައިސްދާނެ އެއްވެސް ކަމެއް
ކުރުމަށް އުޒުރުވެރިވުމަކީ އެއީ ހަމަ ފިޠުރީ ކަމެކެވެ. އެކަމަކު ފިޠުރަތުގެ އެ
އުޞޫލު ރަނގަޅު ކަންތައްތަކުގައި އަހަރެމެން އިންސާނުން ބޭނުންކުރާނަމަ ކިހާ
ރަނގަޅުތޯއެވެ.
"އާނ........އަވަހަށް ހިނގާ....ލަސްވަނީ........." އެ
ރީތި އަންހެންކުއްޖާގެ އުނަގަނޑުގައި އަތް އަޅުވާލާފައި ހަދާލި ގޮތަކުން
އަންހެންކުއްޖާ އަށް އިޚްތިޔާރެއް ނެތި ހީލެވިއްޖެއެވެ. ޒިޔާދުވެސް އެ ހީލުމާއި
ގަޔާވެވި، އަދިވެސް އިތުރަށް އެ އަންހެންކުއްޖާ ހެއްވާލުމުގެ ގޮތުން އަނެއްކާވެސް
އަންހެންކުއްޖާގެ އުނަގަނޑުމަތީގައި ގޮތެއް ހަދާލިއެވެ.
ހުރިހާ
ގޮތަކުންވެސް އެއީ ދެލޯބިވެރިންކަން ބަލާމީހަކަށް ސިއްރަކާ ނުލާ އެނގޭހާ
އެމީހުންގެ އަމަލުތައް ހާމަކަން ބޮޑެވެ. ކަސްރަތު ކުރަން ހެންވޭރުކޮޅަށް
ގޮސްއުޅެނީ އެ އަންހެންކުއްޖާ އެކަނި ނޫންކަމުން، ވަށައިގެންވާ އެތަކެއް ލޯތަކުން
އެމީހުންނަށް ބަލަމުން ދިޔައެވެ.
ދެމީހުން
ކުރަމުން ދިޔަ އުފަލުގައި ގެއްލިފައި ހުރެވުނު ވަރުން، އަދި ޢާއްމުންނާއި ދޭތެރޭ
އެމީހުންނަކީ އެއްވެސް އިރެއްގައި ސަމާލުކަން ނުދޭބައެއްކަމުން، ޒިޔާދު ސަމާލުކަން
ދޭންޖެހޭ މީހަކު ޒިޔާދުއާއި ދިމާލަށް ބަލަހައްޓައިގެން ހުރިކަންވެސް ޒިޔާދުއަށް
ނޭނގުނީއެވެ.
ޑްރައިވަރު
ސީޓްކައިރީ ހުރި ސީޓަށް އަންހެންކުއްޖާ އަރުވާފައި ޒިޔާދުވެސް ޑްރައިވަރު ސީޓްގެ
ދޮރު ހުޅުވާލަން ހިފާލިއެވެ. އާއްމުގޮތެއްގައި ބަލާލެވޭ އުޞޫލުން އެއްލުނު
ކަޅިއަކުން ޒިޔާދުއަށްް ފެނުނު މީހެއްގެ ސަބަބުން ޒިޔާދުއަށް ހުއްޓުން އަރައިގެން
ދިޔައީ އެވަގުތުއެވެ. ކާރުގެ ދޮރުފަތް ހުޅުވާލާފަ އެތެރެއަށް އެ އަޅާލި އެއް
ފިޔަވަޅު ހަމަ އެ ހިސާބުގަ ހުއްޓިއްޖެއެވެ.
ޒިޔާދުގެ
ކާރު ޕާކްކޮށްފައި އޮތް ދިމާލުން ވިއްސަކަށް ފިޔަވަޅު ދުރުގައި ހުއްޓިލައިގެން
އޭނައާއި ދިމާލަށް ބަލަހައްޓައިގެން އެހެރީ އޭނަގެ ވާން އުޅޭ ބަފައިބެއެވެ. އިނާގެ
ބައްޕައެވެ. ޚާލިދުއެވެ.
ޒިޔާދުއަކަށްވެސް
ދެން ހަދަންވީ ކިހިނެއްކަމެއް ނުވިސްނުނެވެ. އަމިއްލަ ބާރުގައި ކުރާ
ކަމެއްނޫންގޮތަށް، ކާރުގެ ދޮރުލައްޕާލާފައި އޭނަގެ ފިޔަވަޅުތައް ޒިޔާދުއަށް
ހަމަކުރެވުނީ ކާރުން ބޭރަށެވެ. ޚާލިދުގެ ފަހަތުގައި މަޑުކޮށްގެން އޮތް
ސޯފިޔާމެންގޭ ޕްރައިވެޓް ކާރާއި އެ ކާރު ކައިރީ ހުއްޓިލައިގެން ހުރި ސޯފިޔާވެސް
ޒިޔާދުއަށް ފެނުނީ އެ ވަގުތުއެވެ.
ޒިޔާދު
އާއި ސޯފިޔާގެ ނަޒަރު އެކިދިމަދިމާލަށް އެނބުރުނު ނަމަވެސް ޚާލިދުގެ ނަޒަރު
ހުއްޓިފައި ހުރީ ހަމަ އެކަނި ޒިޔާދު އާއި ދިމާލަށެވެ. އެހެން ދިމާލަކަށް ޚާލިދު
ކަޅިވެސް ހިންގާނުލައެވެ.
ކާރުން
ބޭރުގައި މި ހިނގަނީ ކޮން ކަމެއްކަން ނޭނގި އިނީ ދެންމެއަކު އަތުލަފިކޮށްގެން
ކަހަލަ ގޮތަކަށް ގެނެސް ކާރަށް ޒިޔާދު ލި އަންހެންކުއްޖާއެވެ. ބިއްލޫރިގަނޑުގެ
ބޭރުން އެ އަންހެންކުއްޖާއަށް ފެންނަނީ ޒިޔާދު ދެޖީބަށް އަތްޖަހާލައިގެން ކާރަށް
ފުރަގަސްދީގެން ހުއްޓައެވެ. ވާނުވާއެއް އޭނައަކަށް ނޭނގެއެވެ. އެފަދަ ހުރިހާ
ޒުވާން އަންހެންކުދިންނެކޭވެސް އެއްފަދައިން އެ އަންހެންކުއްޖާގެވެސް ސަމާލުކަން
ހުރީ ހަމައެކަނި އޭނަގެ އަމިއްލަ ނަފްސަށެވެ. ވަށައިގެންވާ ކަންތައްތަކަކީ
އޭނައަށް މުހިއްމު ކަންތައްތަކެއް ނޫނެވެ. ޒިޔާދު ކާރަށް އަރަންވާއިރަށް، ބޮލުގެ
ރީތި އިސްތަށިގަނޑުން ނިތްކުރިމައްޗަށް އައިސްފައި އޮތްބައި ރީތިކޮށްލާ ފަރިވެލަން
އެއިނީ މި ބުނި ބީދައިންނެވެ.
"އިނާއާއި ކައިވެނި ކުރެވެން ނެތްވާހަކަ ޒިޔާދުގެ އަނގައިން
ޒިޔާދު ޖެހޭނެ ބުނަން. މިރޭ...." ޒިޔާދު ހުރި ހިސާބަށް އައިސް ޒިޔާދު
ކުރިމައްޗަށް ހުއްޓިލާފައި ހަރުކަށި އެހެނަސް މަޑު އަޑަކުން ޚާލިދު ޒިޔާދަށް
އިންޒާރެއް ދިނެވެ. ކުށްކުރީ ޒިޔާދުކަމަށްވާތީ، ކުށަށް އިޢުތިރާފް ވާން ޒިޔާދުއަށް
ޚާލިދު ޖެއްސިއެވެ.
"ތިއީ މުޅިން ކުށްހީއެއް........." ޚާލިދު އެ
އެދުނުގޮތަށް އޭނަ ކަންތައް ނުކުރާނެކަމުގެ ޔަގީންކަން ޒިޔާދު ދިނެވެ. ނުގޮތަކަށެވެ.
ޒިޔާދުގެ
އެ ޖެހިލުންކުޑަ ރާގުގެ ސަބަބުން ޚާލިދަށް އިތުރު ސިހުމެއް ލިބުނެވެ. އޭނަގެ
ކުރިމަތީގައި އެހާ ބޭއަދަބީވެގެން ޒިޔާދުއަށް ވާހަކަ ދައްކަން ކެރޭނެއެކޭ އޭނަ
ހީނުކުރެއެވެ. އެހެނަސް ލަދެއް އަގަލެއްވެސް ޒިޔާދުގެ ނެތީއޭ ޚާލިދު ހިތަށް
އެރިއެވެ.
"މިއީ އިންޒާރެއްކަމަށް ހީކުރިޔަސް ނަސޭހަތެކޭ ހީކުރިޔަސް
މައްސަލައެއް ނެތް. މިރެއިން މިރެއަށް ޒިޔާދު ޖެހޭނެ އިނާއަށް ހަގީގަތް
ހާމަކޮށްދޭން. ޒިޔާދުގެ ތި ކުޅިވަރުގެ ހިލަންވެސް އިނާއަކަށް ނެތް. އެކަމަކު
ޒިޔާދުގެ ތި އުޅޭ އުޅުމުގައި އަހަންނަށް ސިއްރު އެއްވެސް ކަމެއް މިހާރަކު ދެން
ނެތް. އަހަރެން ފުރާނަ ހުރިހާ ހިނދަކު ތިކައިވެންޏަކަށް އަހަރެން ދެނެއް ގަބޫލެއް
ނުވާނަން. ހަނދާން ބަހައްޓާތި." ސާބިތުކަމާއެކު ޚާލިދު އިންޒާރު ދިނެވެ.
"ކޮބައިތަ ސަބަބަކީ؟" އަނެއްކާވެސް ޒިޔާދު އެހިއެވެ.
ޚާލިދުއަށް
ލިބުނީ އިތުރު ހައިރާން ކަމެކެވެ. ސަބަބަކީ ކޮބާހޭ ޒިޔާދު އެ އަހަނީ އޭނަ
ކައިރިންހެއްޔެވެ؟
"ހިއެއް ނުވޭ ސަބަބު އެހެން މީހަކު ޖެހޭނެހެނެއް ޒިޔާދުއަށް
އައިސް ބުނެދޭކަށް. " ކާރުގެ ތެރޭގައި އިށީނދެލައިގެން އިން
އަންހެންކުއްޖާއަކީ ކާކުކަން ޚާލިދުއަށް އެހާ ރަނގަޅަށް ނުފެނުނު ނަމަވެސް އެއީ
އިނާ ކަހަލަ ޒުވާން އަންހެންކުއްޖެއްކަން ޚާލިދުއަށް އެނގެއެވެ. އެހެންކަމުން
އިތުރު ސަބަބެއް ބޭނުން ނުވާނެކަމަށް ޒިޔާދު އާއި ދިމާލަށް ޚާލިދު ބުނެލީ ކާރަށް
އިޝާރާތް ކުރަމުންނެވެ.
ޒިޔާދު އެ
ކުއްޖާގެ އުނަގަނޑުގައި އަތް އަޅުވާލައިގެން އައި މަންޒަރު އޭނަ ކިތަންމެ ރަނގަޅަކަށްވެސް
ދެކުނެވެ. އެއީ ކާކުތޯ ބެލުމުގެ ސަމާލުކަމެއް އޭނަގެ ނެތުމުން ނުބެލި ނަމަވެސް
އޭނަގެ ދަރިފުޅުގެ ކައިވެނި ޒިޔާދު އާއި ނުކުރެވޭނެކަމުގެ ސާބިތު ހެއްކަކަށް އެ
އަންހެންކުއްޖާ ޚާލިދުއަށް ފުދެއެވެ.
"ކައިވެންޏަކީ ކުޅޭކުޅޭ ކުރިވަރެކޭ ޒިޔާދުއަށް ހީވިޔަސް
އަހަރެމެންނަށް އެއީ ވަރަށް މާތް އެއްޗެއް. އަހަރެމެންގެ ދިރިއުޅުމުން ޒިޔާދަކަށް
ޖާގައެއް ދެނެއް ނޯންނާނެ." އެންމެ ފަހަށް ބުނެލި މި ބަސްކޮޅާއެކު އައިކޮޅަށް
ދިއުމަށްޓަކައި ޚާލިދު އެނބުރި ހިނގައިގަތެވެ. ޒިޔާދު ހަމަ ބަލަހައްޓައިގެން
ހުރީއެވެ.
ނަމަވެސް
މިވަގުތު އެއީ މުޅިން ތަފާތު ޒިޔާދު އެކެވެ. ޒިޔާދުގެ އެ މުއްސަނދި ހެދުމާއި ރީތި
ސިފައިގައި ހުރިއިރު، މޫނުމަތިން މިހާރު ފެންނަނީ ބޮޑާވެ މަތިހަށިނަގާފައި ހުރި
ކަހަލަ ސިފައެކެވެ. ފަޚުރަކާއި ކާމިޔާބެއް ލިބިފައި ހުރި މީހެއްގެ ސިފައެވެ.
އެއްގޮތަކަށްވެސް ދެރައެއް ކަންބޮޑުވުމެއް ނެތެވެ. އޭގެ ބަދަލުގައި ފެންނަނީ
މަލާމާތުގެ ހިނިތުންވުމެއްގެ ނިޝާންތަކެވެ.
ޚާލިދު އެ
ދިޔަގޮތަށް ގޮސް ކާރަށް އެރުމަށްޓަކައި ޑްރައިވަރުކައިރީ ހުރި އަނެއް ސީޓް ދޮރު
ހުޅުވާލައިފިއެވެ. ސޯފިޔާވެސް ފަހަތު ސީޓަށް އަރައިފިއެވެ. އެ ކާރުގެ ޑްރައިވަރު
ކާރު ސްޓާޓް ކޮށްގެން ދުއްވާލިއިރުވެސް ޒިޔާދު ހަމަ ހުރީ ބަލަހައްޓައިގެންނެވެ.
ޚާލިދު ނުބެލި ކަމުގައިވިޔަސް ފަހަތު ސީޓްގައި އިން ސޯފިޔާ ވެސް އިނީ ޒިޔާދުގެ އެ
ޖެހިލުންކުޑަ ސިފައަށް ބަލަހައްޓައިގެންނެވެ. ނުރުހުމާއެކުގައެވެ.
** ** ** ** ** ** ** **
"ކާކު.....؟" އެނބުރި އައިސް ޒިޔާދު އައިސް ކާރަށް
އެރުމާއެކު ޒިޔާދުގެ ސްވީޓީ އަހާލިއެވެ.
"އަޅާނުލާ.............ހިނގަ ދާން ދޯ. ކުރުނބާ ބޮއިގެންތަ
ދާނީ؟" އެއީ ކާކުކަން ސްވީޓީ ކައިރީ ބުނަން ބޭނުން ނުވި ކަމުގައި ވިޔަސް،
ސްވީޓީ އެދުނު އެދުން ފުއްދައިދޭން ޒިޔާދު ނިންމައިފި ކަހަލައެވެ.
"ބުނީމެއްނު ލަސްވާ ވާހަކަ. އެހެންވެ............."
ސްވީޓީ ހަނދާން ކޮށްދިނެވެ.
"ނޫނޭ............އެހާ ލަހެއް އަދި ނުވޭ. ހިނގާ. ކުރުނބާ
ބޮއިގެން ދާނީ." ޒިޔާދުގެ އަޒުމާއި ރޭވުން މުޅިން އެހެން ގޮތަކަށް
ބަދަލުކޮށްފިކަން ޔަގީނެވެ. އެހެން ނޫންނަމަ އޭނަގެ އިންތިޒާރުގައި އިނާ
އިންނާނެކަން އެނގިހުރެ ނޫނެކޭ އަދި ލަހެއްނުވެއޭ ނުބުނާނެއެވެ.
"އޯވހ....ހާދަ ރަނގަޅޭ........." އުފާވެެރި ރާގަކަށް
މިހެން ބުނެލާފައި ޒިޔާދުގެ ސްވީޓީ ކާރުން ފައިބަން ފެށިއެވެ. ޒިޔާދުވެސް ފަހަތުން
ފޭބިއެވެ.
** ** ** ** ** ** ** **
ޚާލިދުއަށް
ފެނުނު މަންޒަރުންނާއި ޒިޔާދުގެ ރާގާއި ބަސްމަގުން، ޚާލިދުއަށް ރުޅިއާދެވުނުވަރުން
ފިނި ކާރެއްގެ ތެރޭ އިންއިރުވެސް ޚާލިދުގެ ލޭ ހޫނުވަމުން ދިޔައެވެ.
ޒިޔާދުގެ
ނުލަފާ ކަން އެހެރީ ހުރިހާ އިމެއް ހުރަސްކޮށްގޮސްފައި ކަހަލައެވެ. އެހެން
ނޫންނަމަ، ހިލޭ އަންހެންކުއްޖަކާއެކު އެހާ ގައިގޯޅި ގޮތްތަކަށް، އާއްމު އެތަކެއް
ލޯތައް ކުރިމަތީ އުޅޭކަށެއް ނުކެރޭނެއެވެ.
އަނެއްކާ.....މިކަހަލަ
ސަކަރާތްޖަހަންވެސް ޒިޔާދުއަށް މި ނޫންގަޑިއެއްވެސް ނުލިބުނީހެއްޔެވެ؟ އޭނަ އައިސް
އެ އަންހެންކުއްޖާޔާއެކު ބޭރު ތެރޭގައި އެ އުޅެނީ، އޭނައާއި ބައްދަލުކުރުމަށް
އެގެއަށް އައުމަށް އިނާކައިރީ އެދިފައެވެ. ކިހާ ރީތި ގޮތެއް ހެއްޔެވެ؟
ޒިޔާދުއާއި
ދޭތެރޭ އެފަދަ ޝައްކެއްވެސް ނުކުރާ އިނާ، ޒިޔާދުއާއި ބައްދަލުކުރަން ދާން
ލަސްވެގެން، އިރުއިރުކޮޅާ ސޯފިޔާއަށް ގުޅާފައި އަވަހަށް އައުމަށް ބުނަމުން
ދިޔައިރު ޒިޔާދު ކަންތައް އެކުރަނީ ކޮން ގޮތަކަށްހެއްޔެވެ؟ ސޯފިޔާ ގޮވައިގެން
ގެއަށް ދާ މަގުމަތީގައި ނަސަންދުރައިން އޭނަ ނަގައިގެން ގެއަށް ދިއުމަށް
ޑްރައިވަރުގާތު އޭނައަށް މިރޭ އެދެވުނީ ހަމަ ނަސީބެކެވެ. އެހެން ނޫންނަމަ، އެ
ފެނުނު މަންޒަރު އޭނައަށް ނުފެނުނީހެވެ.
މިރޭ އޭނަ
ނިންމައިގެން ހުރީ ޒިޔާދު އާއި ބައްދަލުކޮށްފައި، އެ ކައިވެންޏާއި ބެހޭ ގޮތުން
ވާހަކަ ދައްކަން ކަމަށްވީނަމަވެސް، ދެން އިތުރަށް އޭނަ ޒިޔާދު އާއި ވާހަކަ
ދައްކާކަށްވެސް މުހިއްމެއް ނޫނެވެ. މީގެ ދުވަސްކޮޅެއް ކުރިން ފޯނަކުން ޒިޔާދު
ދެއްކި އެ ވާހަކައިން އެ ކައިވެނި ކުރެވިގެން ނުވާނެކަން ޚާލިދު ހުރީ
ނިންމައިގެންނެވެ. އޭގެ ފަހުން ސްޓެލްކޯ ސަލީމް އެ ދެއްކި ވާހަކައަކީ އެކަމަށް
އަޅާދިން ބާރެކެވެ. އެހާ އަގެއް ނެތް މީހެއްގެ އަންބަކަށް އިނާވުމަށްވުރެ މީހަކާ
ނީނދެ އިނާ ހުއްޓަސް އޭނައަށް ރަނގަޅެވެ. އަދި މިރޭ، މި ދިމާވި ގޮތުން ހަމަ ހިލާ އެކަމެއް
ނުވާނެކަން އޭނައަށް ޔަގީނެވެ. ޒިޔާދުގެ ހީލަތާއި މަކަރުން ފުރިގެންވާ އެ ސިފަ
އިނާއަށް ހާމަކޮށްދޭން ޒިޔާދުއަށް މިރޭ އޭނަ މަޖްބޫރު ކުރާނެއެވެ. އެކަމާދޭތެރޭ
ޒިޔާދުއަށް ޝައްކުވަންޏާ އެއީ ކުށްހީއެކެވެ.
ދުނިޔޭގެ
ކޮންމެ ބައްޕައެކޭ އެއްފަދައިން ޚާލިދުއަކަށްވެސް އޭނަގެ ދަރިފުޅުގެ ދިރިއުޅުން
ހަލާކުކޮށްލަން ފިރިހެނަކު ގަސްތުކުރީތީ އެކަމާ ރުޅިނައިހެއް ނުހުރެވުނެވެ.
ވިސްނުންތެރި ތަހުޒީބު ފިރިހެނަކަށް ޚާލިދު ވީކަމުން ނޫންނަމަ، ޒިޔާދުއާއި ދޭތެރޭ
އޭނައަށް ކަންތައް ކުރެވުނީހީ އެއަށްވުރެން ގޯސްކޮށެވެ.
އަމިއްލަ
އުފަން ދަރިއަކަށް ނުވިޔަސް، އިނާ އަކީ ، އެ ތުއްތު ކުއްޖާގެ އުމުރުން
ފަސްމަސްވީއްސުރެން އޭނަގެ ބެލުމުގެ ދަށުން ބަލަމުން އައި ކުއްޖެކެވެ. އޭނަގެ
އުފަންދަރިއަށްޓަކައި ހިތުގައި ޖަހާ ވިންދެކޭ އެއްފަދައިން އިނާއަށްޓަކައި
އަބަދުވެސް އޭނަގެ ހިތުން ޖަހަމުން އަންނަނީ ބައްޕަވަންތަކަމުގެ ލޯބިން ފުރިގެންވާ
ވިންދެކެވެ. އެ ވިންދަކީ އިނާގެ އެންމެ ކުޑަކުޑަ ވޭނަށްވެސް ތެޅިފޮޅޭނެފަދަ
ވިންދެކެވެ.
އިނާއަށް
ދެރައެއް ހިތާމައެއް ލިބިދިނުމަކީ އޭނަ ހަމަހޭގައިހުރެގެން ވިޔަދޭނެ ކަމެއް ނޫނެވެ.
** ** ** ** ** ** ** **
"އިނާ ކައިރީ ބުނޭ ތިރިއަށް އަންނާށޭ. ޝީލާއްތައަށްވެސް
ގޮވާލައްޗޭ." ގެއަށް ވަދެ ސިޓިންގރޫމްގައި އިށީންނަމުން ޚާލިދު މިހެން އެދުނީ
ސޯފިޔާ ގާތުންނެވެ.
ބޭރުތެރެއިން
ދިމާވި ކަންތައްތަކުގެ ސަބަބުން ދެން ވާނީ ކިހިނެއްކަން ނޭނގި ކަންބޮޑުވެފައި ހުރި
ސޯފިޔާ، ކަންބޮޑުވެފައި ހުރެގެން ގޮސް ސިޑިން އަރަން ފެށިއެވެ.
"ބޭބެ އެބައިންނެވި ތިރީ ސިޓިންގރޫމްގަ. އައިސްބަލާށޯ
އިނާ.....ޝީލާއްތަވެސް..." ސޯނިޔާގެ ފްލޯރއަށް ދިޔައިރު އެ ފްލޯރގެ
ސިޓިންގރޫމްގައި ޝީލާ އާއި އިނާ އިންދާ ސޯފިޔާ ގޮސް ބުންޏެވެ. ވީވަރަކުން އިނާ
އާއި ޝީލާ އާއި ހަތަރުކަޅިހަމަނުކޮށް ވޭތޯ ބަލަމުންނެވެ. އަތުގައި ހުރި ކޮތަޅުތައް
ސިޓިންރޫމް މޭޒުމަތީގައި ބަހައްޓަން އުޅުނުއިރު އެކަން ސޯފިޔާ ކާމިޔާބު ކުރިއެވެ.
އިތުރު
ސުވާލަކާއި ނުލައި އިނާ އާއި ޝީލާ ދިއުމުން ސޯފިޔާ ގޮނޑީގައި އިށީނދެ ފުން
ނޭވައެއް ލިއެވެ.
"ސޯފީ.......؟" ދަރިފުޅު ނިންދަވާލާފައި ސިޓިންގރޫމަށް
ނިކުތް ސޯނިޔާއަށް ސޯފިޔާ ފެނުމުން ވީ ކީއްތޯ އެހުމުގެ ގޮތުން ގޮވާލެވުނެވެ.
"ކިހިނެއްވެފަ.............؟" ގޮވާލުމުންވެސް ވަކި
އެއްޗެއް ނުބުނުމުން އަނެއްކާވެސް ސޯނިޔާ އަހާލިއެވެ. ދެންވެސް ސޯފިޔާ އެއްޗެއް
ބުނި އަޑެއް ސޯނިޔާއަށް ނީވޭތީ، ދަރިފުޅުގެ ބުއްފުޅު ދޮންނަން ގޮސް ބަދިގެއަށް
ވަންނަމުން ފަސްއެނބުރި އަނެއްކާވެސް ސޯފިޔާއާއި ދިމާލަށް ސޯނިޔާ ބަލާލިއެވެ.
"ދޮންތަ............އަހަންނަށް ހީވަނީ މިރޭ އިނާމެންނަށް
ނުފުރޭނެހެން........." ބަދިގެތެރެއިން ސޯނިޔާ ނުކުމެގެން އައުމުން ސޯފިޔާ
ބުނެލީ މިހެންނެވެ.
"އެޔޯ؟ އަލަކަށް ނޫނެއްނު ބޭބެމެން އެހާ ލަހުން އެއަޕޯޓަށް
ދަނީ.......ފުރޭނެ. ކޮބާ މިހާރު އިނާ؟" ސިޓިންގރޫމް މޭޒުމަތީގައި ސޯފިޔާ
ބަހައްޓާފައި ހުރި ކޮތަޅުތައް ހުޅުވާލާފައި ކުޑަގޮތަކަށް ބަލަމުން ސޯނިޔާ ވާހަކަ
ދެއްކިއެވެ.
"ބޭބެ އެބައިންނެވި ތިރީގަ؟ ހީވަނީ ކޮންމެވެސް ކަމެއް
ގޯސްވާނެހެން މިރޭ." ދެފައި ނަގައި ސޯފާއަށްއަރުވަމުން ކަންބޮޑުވެފައި ސޯފިޔާ
ދެއަތް ދެއަތާ ބާރުކޮށްލިއެވެ.
"ކިހިނެއްވީ އަނެއްކާ.......؟" ސޯނިޔާއަށް އެއްޗެއް
ހީވީ އަދި ކިރިޔާއެވެ.
ވީގޮތާއި
ފެނުނު މަންޒަރު ސޯފިޔާ ކިޔައިދޭން ފެށިއެވެ.
** ** ** ** ** ** ** **
"ބައްޕަވެސް ބޭނުން ޒިޔާދުމެންގެއަށް ދާން. ހިނގާ
މަންމަވެސް ގޮވައިގެން ދާން." ޚާލިދު ހިފައިގެން އިން ފޯނުން އަތް ދޫކޮށްލީ
އިނާ އާއި ޝީލާ އައިސް ސިޓިނރޫމަށް ވަނުމުން މިހެން ބުނެލުމަށެވެ.
"ފަހުން ނޫންތަ ދާނީ؟ އިނާ އައީމަ....؟" ކުރިން ރޭވިފައި
އޮތީ އެގޮތަށް ވީމަ، ޝީލާއަށް އަހާލެވުނެވެ.
"ނޫނޭ............އެއްކޮށް
ދާނީ.........ހިނގާ........." އިތުރު ތަފްޞީލަކަށް ދިއުމަކާ ނުލާ ޚާލިދު
ތެދުވެއްޖެއެވެ. އަދި ސިޓިނރޫމުން ނިކުންނަމުން އައުމަށް އެދި ހިނގައިގަތީފަސް
އެނބުރި ބެލުމެއް ނެތިއެވެ.
މިވީ ކީއްކަން
ނޭނގި ތިބެ އިނާ އާއި ޝީލާވެސް ޚާލިދުގެ ފަހަތުން ކިޔަމަންތެރިކަމާއެކު
ހިނގައިގަތެވެ.
********(ނުނިމޭ)********
ވޯޓް
މުރާސިލް ހޯމްޕޭޖް އަށާއި
ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ
އެވެ.
ވ. ސަޅި. ކޮން އިރަކުން އަނެއްބައި؟
ހަމަ ހަބޭސް ... ދެން އަވަހަާށް ޒިޔާދުގެ ހަގީގަތް
އެންމެނަށް ފަޅާ އަރުވާލަބަ ...
ކުރިއެކޭ އެއްގޮތަށް އަދި އެއަށްވުރެވެސް ބޮޑަށް ވ ވ ވ ވ ވ
ވވ ސަޅި.....ތޭންކްސް އަޕްކޮށްދިނީތީވެ......(:
varah rythi..best..aneh bayah
kehtherikameh nethi inthixaaru ga..varah kiyaahithun meenee..aneh kaa kihineh
baa vaany dhoa
welcome baCk sofa... v salhi..
kyp it up sofa... ☻
ހޫން !! ވަރަށް ފޫހިވޭ ތި ޒިޔާދު ދެކެ.. ޒިޔާދުގެ ބައި
ޑިލީޓް ކޮއްލާފަަ ހަމަ އެކަނި އިނާ ންޑް ނަވީން ގެ ވާހަކަ ގެނެސްދީބަރ ސޮފް.. ި
އައި ޖަސްޓް ހޭޓް ހިމް.. އެނީވޭ ވަރަށް ރީތި މިބައި ވެސް ސޮފް.. ދެން އަވަހަށް
އިނާ އަށް ޒިޔާދުގެ ހަގީގަތް ފަޅާ އަރުވަބަރ ޕްލީޒް.. އެންޑް ނަވީން ލޯބި ވަނީ
ވެސް އިނާ ދެކެ ކަން އިނާ އަށް އިނގޭ ގޮތެއް އަވަހަށް ހަދާބަރ ސޮފް ދޫންޏާ..
އަނެއްބައި އަވަހަށް ގެނެސްދެއްޗޭ އިނގޭ.. އަނެއްބައި ކިޔާހިތުން ހުރެވެނީ އެއް
ވެސް ނޫން މިހާރު.. ޔޫ ޓޭކް ގުޑް ކެއަރ.. ބީ ސޭފް..
އެ ޒިޔާދު އެއީ ކޮންކަހަލަ ފިރިހެނެއްތަ؟ އޭނަގެ ބޭނުމަކީ
ކޮބާތަ؟ ދެން ހުރިހާ ކަމެއް ފަޅާ އަރުވާލަބަލަ! ނަވީންގެ ހަގިގަތަކީ ކޮބާ؟ އޭނަގެ
މަންމަ ދޮގެއް ދޯ އެހެދީ؟
ދެން ހާދަ ހިތް އަވަސްވާ ހިސާބަކަށް ތި ނިންމާލީ.
ތަންކޮޅެއް އަވަހަށް އަޕް ކޮށްލަބަލަ. ބިޒީ ވެގެން ނުވަންޏާ ދެން އަހަރެން
ކޮށްދީފާނަން ދޭންވީނު ވާހަކަ
މިވާހަކައިގެ ސަސްޕެންސް ގެއްލިއްޖެ. އަބަދުވެސް އެނގޭ
ދެންވާނެ ގޮތް. އެއްވެސް އާކަމެއްނެތް..ލިޔުންތެރިޔާގެ މަގުސަދަކީ ކަންނޭގެ ވާހަކަ
ދިގުކުރުން..ބާބުތައް ގިނަކުރުން..އެކަމަކު އަކުރުން އަދަދު ގިނަކޮށް ބާބުން
ބައިތައް އިތުރު ކުރުމަށްވުރެ މޮޅު އިތުރީ ފޭރާން ހެޔޮކޮށް އޮށްޓަރެއް ހިމެނުން.
އަދި ކިޔުންތެރިން ފޫހި ނުވާނެހެން ވާހަކައިގެ ސަސްޕެންސް ގެންގުޅުން. މީގައި މިވާ
ގޮތަކީ ޒިޔާދުއޭ އެކިޔާ މީހާގެ މަޅީގައި އިނާ އޭ އެކިޔާ ކުއްޖާ އަބަދު ޖައްސާފަ
އިނާޔަށް ހަމަ ވާނުވާ ނާންގާ ގެންގުޅެނީ..އިތުރު އެއްވެސް
އާކަމެއްނެތް..އަބަދުވެސް އާ ހާލަތެއް ކްރިއޭޓް ކޮށް ސިހުންގެނުވާފަދަ
ހާދިސާތަކަކާއި އެކު ހުށައަޅަން މަސައްކަތްކުރުމަށް ބުނަން. ހަމަ އެހެންމެ
ވާހަކައެއް ވާހަކަ އަކަށްވާނީ އޭގައި ރަނގަޅު ފެށުމަކާއި ކުންނަކާއި ނިމުމެއް
އޮވެގެން. އެބަ ހީވޭ މިދާ މިސްރާބުން މީގައި މިހާރު ކުންނެއް ނުވާހެން. އެހެނީ
މީގައި އަބަދުވެސް ޒިޔާދު އާއި އިނާ އާއި މެދު ކަން ހިންގަމުން ދަނީ އެއް
އުސޫލަކުން. ހަމަ އެއް ސްޓޯރީ އެއް..ހަމަ އެއް ގަބޫލުކުރުންތަކެއް.. ދެން ނަވިނުގެ
މަންމަ އެދެއްކި ވާހަކަތަކެއް ދެއްކި ގޮތަކާއި ސަބަބެއްވެސް އެނގެން އެބަޖެހޭ...
ތޯއްޗެއް 4 ވަރަކަށް ބައި ލިޔެ ނިމޭއިރު އެކަންވެސް އެނގިދާނެ..
ވަރަށް ސަޅި!!!:)
ބޮހޮތް ހޫބް

No comments:
Post a Comment