"ޝާންތަ.....؟
ޝާން ހުރީތަ މިތާ؟ ދައްކަބަލަ އަހަންނަށް. ހިނގާ އިންޓްރޮޑިއުސްކޮށްދޭން."
އިނާއަށް ޔަގީންވެއްޖެއެވެ. ސޯފީ އެގޮތަށް އުޅޭނީ ޝާން ފެނުނީމައެވެ. އެ
ޒުވާނަކާހެދި ސޯފީ ހުންނަނީ މޮޔަވާވަރުވެފައިކަން އެނގޭނީ އިނާއަށް އެކަންޏެވެ.
"ނޫނެކޭ....ޝާންއެއް......" ސޯފިޔާއަށް ބުނެވުނީ އެވަރަށެވެ. ބަލާލިއިރު އިނާ ހުރީ ހިލަ ބުދަކަށް ވެފައެވެ. އޭނައާއި ދިމާލަށް އެނބުރުމުގެ ބަދަލުގައި އޭނަ ނުބަލާށޭ ބުނި ދިމާލަށް ބަލަހައްޓައިގެންނެވެ.
ސޯފިޔާއަށް ގުޑިލަންވެސް ނުކެރުނެވެ. އިނާއާއެކު ކުރިމަތިން ފެންނަ މަންޒަރަށް ބަލަން ހަމަ ހުރެވުނީއެވެ.
ސޯފިޔާ
ބުނީ ރަނގަޅަށެވެ. އެއީ ޝާންއެއް ނޫނެވެ. އެއީ ޒިޔާދުއެވެ. އެކަންޏެއްވެސް ނޫނެވެ.
ޒުވާން އަންހެންކުއްޖަކާއެކުގައެވެ.
ލެކިއުޓްގެ ސޭލްސް އެސިސްޓަންޓުންގެ އެހީގައި ފުޅިއަކަށްފަހު ފުޅިއަކުން ސެންޓްގެ ވަސްބަލަމުން ދިޔަ އަންހެންކުއްޖާ ކައިރީ ހުރެގެން ހިނިތުންވަމުން، އެ ކުއްޖާ ވަސްދައްކާ ކޮންމެ ސެންޓަކާއި ދޭތެރޭ ދެކޭގޮތް ހާމަކުރަމުން ޒިޔާދު ދިޔައެވެ. ވަށައިގެންވާ އެހެން އެއްވެސް ކަމެއް ޒިޔާދުއަށް ނޭނގޭފަދައެވެ. އެހެން ނޫންނަމަ މީހުންގެ ލޯތަކަށްވެސް ސަމާލުވީސްކަން ޔަގީނެވެ.
"ހިނގާ ދާން މިތަނުން. އޭނައަށް ފެނުމުގެ ކުރިން ހިނގާ ދާން." ޒިޔާދު އާއި އެ އަންހެންކުއްޖާގެ ގައިގޯޅިވުންތަކާއި ހިނިތުންވުމާއި ވާހަކަދެއްކުމުގައި އެ ގެންގުޅޭ ގޮތްތަކަށް ސަމާލުވެ ބަލަން ހުރި އިނާގެ އަތުގައި ހިފަމުން ސޯފިޔާ މިހެން ބުނުމުން އެއީ ހަދަން އެންމެ ރަނގަޅު ގޮތޭ އިނާގެ ހިތަށްވެސް އަރައިފިއެވެ. ޒިޔާދުއަށް ފެންނާކަށް އޭނަ ބޭނުމެއް ނުވިއެވެ. އެހެންކަމުން އިތުރު ބަހަނާއެއްވެސް ދެއްކުމެއް ނެތި ސޯފިޔާއާއެކު ގޮސް ކައުންޓަރަށް ލާރިދައްކަން މަޑުކޮށްލިއެވެ. ދެވަނަ ފަހަރަކު ޒިޔާދުމެން ތިބި ދިމާލަށް ބަލާވެސް ނުލައެވެ.
ކައުންޓަރުގައި އިން ކޭޝިއަރު ކޭޝްކާޑު އަނބުރާ ދިންހާ އަވަހަކަށް އިނާ އާއި ސޯފިޔާ ވަރަށް އަވަސް ފިޔަވަޅުތަކެއްގައި ލެކިއުޓުން ނުކުންނަން ހިނގައިގަތެވެ. ދެމީހުންވެސް ގަސްދުކޮށްގެން ދިޔައީ ޒިޔާދުއަށް ފެނުމުގެ ކުރިން އެތަނުން ނުކުންނާށެވެ.
"އުނހު.......އަދި ކަމަކުނުދޭ........" ކުއްލިއަކަށް މިހެން ބުނީ ގޮސްގޮސް ހުރި ސޯފިޔާއެވެ. އަދި ހުރިތަނަށް ހުއްޓިއްޖެވެސްމެއެވެ. އިނާއަށް އެއަޑު ނުވެސް އިވޭ ކަހަލައެވެ.
އިނާގެ ހިތުގައި އުފެދެމުން ދިޔައީ ސުވާލެކެވެ. "ހަމަ އަސްލުވެސް ޒިޔާދުގެ ފެންވަރަކީ އެއީހެއްޔެވެ" މި ނޫން އެއްޗެއް އިނާގެ ހިތަކަށް ނާރައެވެ. ނަގަމުން ދިޔަ ކޮންމެ ފިޔަވަޅަކާއެކުވެސް ހިތަށް އަރަނީ މިހެންނެވެ. އޭނައާއެކު ސޯފިޔާ ނާންނަކަންވެސް އިހްސާސް ނުކުރެވުނީ އެ ސުވާލުން އޭނަގެ ހިތް ކަޅިވެފައި ވާތީއެވެ.
ގޮސްގޮސް ހުރި އިނާއަށް ބަލަން ހިނދުކޮޅަކު ހުރެލާފައި ސޯފިޔާ އެނބުރި ހިނގައިގަތެވެ. ޒިޔާދުއާއި ދިމާލަށެވެ.
"ޒިޔާދު.........؟؟؟" ޒިޔާދުއަށް ސޯފިޔާ ގޮވާލީ ގޮސް ޒިޔާދުކައިރިއަށް ހުއްޓިލާފައެވެ. އެއަޑަށް ޒިޔާދު އާއި އޭނަ ކައިރީ ހުރި އެ އަންހެންކުއްޖާވެސް ފަސް އެނބުރި ބަލާލިއެވެ.
ސޯފިޔާ ފަރުވާތެރިކަމާއެކު ބަލާލީ އެ އަންހެންކުއްޖާއަށެވެ. ރީތި ކަމާއި ތަހުޒީބާއި ފެޝަނުގެ ނަމޫނާ އަންހެންކުއްޖެކެވެ. އަދި ހަމަ އެވަރަށް ބޮޑާ ކަމާއި ކިބުރުވެރިކަންވެސް ސޯފިޔާއަށް އެ އަންހެންކުއްޖާގެ މޫނުމަތިންނާއި ހަރަކާތްތަކުން ފާހަގަ ކުރެވުނެވެ. އެހުރިހާ ކަމަކާ އެކުވެގެންވެސް މޫނުމަތިން ފެނުނީ "ތިއީ އަނެއްކާ ކާކު" ހޭ އަހާލާކަހަލަ ގޮތެކެވެ.
މީހަކު ގޮވާލުމުން ޒިޔާދު އެނބުރި ބަލާލީ ކޮނޑުމަތިންނެވެ. ނަމަވެސް އެއީ ކާކުކަން ފެނުމުން އެއްކޮށް އެނބުރެވުނެވެ. ސޯފިޔާއަށް ޒިޔާދުގެ މޫނުމަތިން ފެނުނީ ސިހުމާއި ކަންބޮޑުވުމެވެ.
ޒިޔާދު ހަމަ އަނގައިން ނުބުނެ ބަލަހައްޓައިގެން ހުރީއެވެ. ސޯފިޔާއަށް ބޮޑަށް ހީވަނީވެސް ޒިޔާދުއަށް އަނގައިން ނުބުނެވުނީހެންނެވެ.
"ހޫ އިޒް ދިސް....؟؟" އެ އަންހެން ކުއްޖާ ދެބުމައިން ގޮށް ޖަހާލާފައި އަހާލިއެވެ.
އެއާއެކު ޒިޔާދުއަށް ހޭވެރިކަން އައި ފަދައެވެ.
އަވަސް ހަރަކާތްތަކަކާއެކު އެއްފަހަރު ސޯފިޔާއަށް އަނެއްފަހަރު އެ އަންހެންކުއްޖާއަށް ދެފަހަރަކު ބަލާލިއެވެ.
"ޒިޔާދު................؟؟"ސުވާލުގެ ރާގަކުން ގޮވާލީ ސޯފިޔާއެއް ނޫނެވެ. ކުރިން ކުރި ސުވާލަށްވެސް ޖަވާބު ނުދިނުމުން އަނެއްކާވެސް އެ އަންހެން ކުއްޖާއަށް ސޯފިޔާ އަކީ އެއީ ކާކުކަން ނޭނގިގެން ޒިޔާދުކައިރިން އެހީއެވެ.
"ނޭނގެ...." ޒިޔާދުގެ ޖަވާބު ކުރެވެ. އެކަމަކު ހީވީ އެ އަޑު މުޅި ލެކިއުޓްތެރޭގައި ގުގުމައިގެން ދިޔަހެންނެވެ. އަޑުނުކެނޑި އެ "ނޭނގެ" ގެ އަޑު އެތާނގައި ހަރުލާފައި ހުރި ހެން ސޯފިޔާއަށް އިހްސާސް ކުރެވުނުލެއް ބޮޑުކަމުން ސޯފިޔާގެ ދެލޯބޮޑުވެގެން ދިޔައެވެ.
ނޭނގެއޭ ބުނެލާފައި އަނެއްކާވެސް އެނބުރުނީ ސެންޓް ހަރުގަނޑާއި ދިމާލަށެވެ.
ހައިރާންވެ އަންތަރީސް ވެފައި ޒިޔާދު އާއި ދިމާލަށް ބަލަން ސޯފިޔާ ހުއްޓާ އެ އަންހެންކުއްޖާވެސް ފަރުވާކުޑަގޮތަކަށް ދެކޮނޑު އުފުލާލާފައި އަނެއްކާވެސް ކުރިން ހުރި ގޮތަށް ސެންޓް ފުޅިތަކާއި ދިމާލަށް އެނބުރިއްޖެއެވެ. އެއީ ކާކުކަން ނޭނގޭ ކަމަށް ޒިޔާދު ބުނުމުން ސޯފިޔާ އާއި ދޭތެރޭގައި އެއްވެސް ސަމާލުކަމެއް އެ އަންހެންކުއްޖާވެސް ނުދިނީއެވެ. ދޭންޖެހޭނެ ކަމަކަށް ނުވިސްނިއެވެ.
ސޯފިޔާ ބަލާލީ ލެކިއުޓުން ނުކުންނަން ހުރި ދޮރާއި ދިމާލަށެވެ. އޭނައަށް ހީކުރެވުނު ގޮތަށް، ލެކިއުޓުން ނުކުންނަން ގޮސްފައި، އޭނަ ނެތްކަން އެނގުމުން ދޮރުކައިރީ މަޑުކޮށްލައިގެން ސޯފިޔާގެ ހަރަކާތްތަކަށް ބަލަން އިނާ އެބަހުއްޓެވެ.
ސޯފިޔާއަށް އިތުރު ހިތްވަރެއް ލިބުނު ފަދައެވެ. އަތުގެ އިޝާރާތުން އަދި މަޑުކޮށްލާށޭ އިނާގާތު ސޯފިޔާ ބުނެލިއެވެ. އަދި ރަނގަޅަށް ތައްޔާރު ވެލިއެވެ.
ޒިޔާދުއަށް ސޯފިޔާގެ ގޮތް ނޭނގުނަސް ސޯފިޔާ އަކީ އެކަހަލަ ކަމަކާ ޖެހިއްޖެއްޔާ ދޫކޮށްލާނެ އަންހެންކުއްޖެއް ނޫނެވެ. ބިރެއް ސިހުމެއްވެސް އޭނަގެ ނުހުންނާނެއެވެ. ކުރަން ބޭނުންވި ކަމެއް ކޮށްފައި ނޫނީ އޭނަ ދޫނުކުރާނެއެވެ. ކުށެއް ކޮށްފިމީހަކަށް އޭގެ ހައްގު އަދަބު ލިބެން ޖެހޭނެކަމަށް ބުނުމަކީ ސޯފިޔާގެ އާއްމު ވާހަކައެވެ.
"ޒިޔާދު..........؟" ޒިޔާދު އާއި އެ އަންހެންކުއްޖެއްގެ ހުރި ފަރުވާކުޑަކަން ބަލަން ހުރެފައި އަނެއްކާވެސް ސޯފިޔާ ގޮވާލިއެވެ.
"އޮހ ކަމޯން. އިޒް ދިސް އިންޑިއާ.....ގޮތް ނޭނގޭ މީހުން އައިސް ތިހެން އުޅޭތަ މި މާލޭގަވެސް." ސޯފިޔާ ގޮވާލުމުން މިފަހަރު އުނދަގޫވީ އެ އަންހެންކުއްޖާއަށެވެ. އެހެންކަމުން ބޮލަށް އުނދަގޫވެގެން އުޅޭ ޒާތަކަށް އެނބުރިލާފައި ސޯފިޔާ އާއި ދިމާލަށް ލޯ އަޅާލިއެވެ.
"ބުނަން ވާހަކައެއް. އަހަރެންވެސް ދަންނަން އިނގިރޭސިން ވާހަކަ ދައްކަން. އެކަމަކު ތިއީ އަހަރެން ދަންނަ މީހެއްނޫން. އަހަރެން މި ވާހަކަ ދައްކަނީ ޒިޔާދުއާ. ނުބެހޭ ކަންތަކާ ނުބެހި ހުންނަން ވީނު؟" ސޯފިޔާގެ އަސްލު ކުލަވަރު ޒިޔާދުއަށް ފެނުނެވެ. އޭނަ ކައިރީ ހުރި ޒުވާން އަންހެންކުއްޖާއާއި ދިމާލަށް ސޯފިޔާ މިބުނެލި އެއްޗަކުން ޒިޔާދު ހުރީ އަންތަރީސްވެފައެވެ. ސޯފިޔާގެ ކެރުމާ ހިތްވަރު ފެނިފައި ބުނާނެ އެއްޗެއް ނޭނގިފައެވެ.
"މިއީ ކާކު ޒިޔާދު......؟" ސޯފިޔާ އެހެން ބުނުމުން ކަންނޭނގެއެވެ. މިފަހަރު އެ އަންހެންކުއްޖާ ވާހަކަ ދެއްކީ ދިވެހި ބަހުންނެވެ.
ސޯފިޔާ ހުރީ ސާބިތު ކަމާއެކު ޒިޔާދު އާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އެއީ ތެދެކޭ ބުނާށޭ ބުނާށޭ .....މިހެން ބުނެލާކަހަލަ ގޮތެއް ސޯފިޔާގެ މޫނުމަތިން ފެނެއެވެ.
"ފަހަރެއްގަ މިއީ ކާކުކަން ނޭނގެނީ ކަންނޭގެ. އެކަމަކު ހީވަނީ އެއީ ކާކުކަން އެނގޭނެހެން؟ " ޒިޔާދު އަނގައިންއެއްޗެއް ނުބުނުމުން ސޯފިޔާ ވާހަކަ ދެއްކިއެވެ. އަދި އަތުގެ އިޝާރާތުން އިނާ ދެއްކިއެވެ. ސޯފިޔާއަކީ ދަންނަ މީހެއްކަމަށްވެސް ނެހެދީތީ މިފަހަރު ސޯފިޔާ ދެއްކީ ގައިމުވެސް ޒިޔާދު ދަންނާނެހެން ހީވާ މީހެކެވެ.
ޒިޔާދުއަށް އިނާ ފެނުމާއެކު ތެޅިގަނެވުނެވެ. ނޫނެކެވެ. ޒިޔާދު އެކަންޏެއް ނޫނެވެ. އެ އަންހެންކުއްޖާއަށްވެސް ސިހުމެއް ލިބި ހަރަކާތްތައް އަވަސް ވިއެވެ. ދެން ހަދާނީ ކިހިނެއްބާއޭ ހީވާ ކަހަލަ ގޮތްތަކަށް އުޅެގަތެވެ. އަދި އަވަސް އަވަހަށް ޒިޔާދުއާއި ދުރަށް، ފަހަތަށް ޖެހި އިނާއަށް އޭނަގެ މޫނު ނުފެންނާނެހެން ހުރެއްޖެއެވެ.
"ހޫމް.......މިހާރު ރަނގަޅު......" ފަޚުރުވެރި ހިނިތުންވުމަކާއެކު މިހެން ބުނެލާފައި ސޯފިޔާ ހިނގައްޖެއެވެ.
"ސޯފީ..............!!!" ޒިޔާދުއަށް ގޮވާލެވުނީ އިޚްތިޔާރުން ބޭރުގައެވެ.
"މިހާރު އެނގުނީތަ ކުއްލިއަކަށް މިއީ ކާކުކަން......." ހުރި ފިޔަވަޅުމަތީގައި ހުރެ ފަސް އެނބުރިލާފައި ފޮނި ގޮތަކަށް ސޯފިޔާ ބުނެލިއެވެ. އަދި އެ އަންހެންކުއްޖާ އާއި ދިމާލަށްވެސް ބަލާލާފައި ޖަވާބަކަށް އިންތިޒާރު ކުރުމަކާ ނުލާ ފަސް އެނބުރި ބެލުމެއްވެސް ނެތި ގޮސް އިނާކައިރިއަށް ހުއްޓިލިއެވެ.
"ހިނގާ ދާން." އެ ދިޔަ ގޮތަށް ގޮސް އިނާގެ އަތުގައި ހިފަމުން ސޯފިޔާ އެދުނެވެ. އެވަގުތުވެސް އިނާ ހުރީ ޒިޔާދު އާއި ދިމާލަށް ބަލާށެވެ.
"އަޅައެއް ލާނެކަމެއް ނެތް. ބިރު ދައްކާލާފަ މިއައީ. އަންނާނެ އާދޭސްކުރަން ފަހުން. ބަހައްޓާ." އިނާގެ އަތުގައި ހިފައިގެން ގޮސް ލެކިއުޓުން ސޯފިޔާ ނުކުމެއްޖެއެވެ. އިނާ ހަމަ އެކައްޗެއްވެސް ނުބުނެއެވެ.
"އެކަހަލަ ކޮންމެ ފިރިހެނަކުވެސް އުޅޭ ނޫޅޭ ގޮތް އެނގޭކަން ވާނެ އަންގާލަން. އަނެއްކާ އިނާ ދަންނަ އަންހެންކުއްޖެއްތަ އެއީ؟" ކާރަށް އަރައި ހަމަޖެހިލުމުން ސޯފިޔާ އެހިއެވެ.
"އުނހުނ.....!" އިނާ ޖަވާބު ދިނެވެ.
"ކުރިން ނުވެސް ދެކެންތަ؟" ސޯފިޔާ އަނެއްކާވެސް އެހިއެވެ.
"ނޭނގެ ފެނުނުކަމެއް. ދެންމެވެސް ނުދެކެން އޭނަ މޫނެއް."
"ފޮނި އަންހެނެއް އެއީ އިނގޭ. އިނގިރޭސިން ނޫނީ އެއްޗެއްވެސް ނުބުނެވޭ. ހީވަނީ އޭނަ އެކަނިހެން މި ގައުމުން އިނގިރޭސި ދަންނަނީ." އަދިވެސް ހިތްހަމަނުޖެހިފައި ހުރި ސޯފިޔާ ގޮވާލިއެވެ.
"އެއީ ކާކުކަމެއް ޒިޔާދު ނުބުނޭތަ؟ ސޯފީ ނާހަންތަ؟" އިނާ އެގެން ބޭނުންވި މައުލޫމާތު އެނގޭތޯ އިނާވެސް އުޅުނެވެ.
"އަހަރެން ނާހަން އެއީ ކާކުތޯއެއް. އެކަމަކު އޭނަ އެހި އަހަރެން މިއީ ކާކުހޭ. އެހީމަ ޒިޔާދު ބުނި އެއްޗެއް އެނގޭތަ؟ ނޭގެއޭ ބުނީ. އަސްލު އެހެންވެ އަހަރެން ގާތަށް ރުޅިއައީ. އަހަރެންވެސް އައީ އޭނަގެ ލިމިޓްގަ އޭނަ ހުންނާށޭ ބުނެފަ." ސޯފިޔާ އިނީ ވަރަށް ރުޅިއައިސް ފައެވެ.
"އަސްލުވެސް ޒިޔާދު ބުނީ އެހެންތަ؟" އިނާއަށް ޔަގީނެއް ނުކުރެވުނެވެ.
"އާނއެކޭ.......އިނާއަށް ހީވަނީތަ ޒިޔާދުއޭ ކިޔައިގެން އަހަރެން ދޮގުހަދާފާނެޔޭ. އޭނަގެ ނުލަފާކަމެއް ހުރީމައެއްނު އަޅެ އަހަރެން މިއީ ކާކުކަން ނޭނގެޔޭ އޭނަ ބުނާނީ. އެހިސާބުން އަހަންނަށް އެނގުނު އެ އަންހެނަކާ އޭނައާ އެ އޮންނަނީ ރަނގަޅު ގުޅުމެއް ނޫންކަން. އާނ ދެން އެހެން ނޫންނަމަ އަހަރެން މިއީ ނުދަންނަ މީހަކަށް އޭނަ ނަހަދާނެނު. އަހަރެން ދިޔައީ އެ އަންހެނަކުވެސް ތަޢާރަފްކޮށްދޭނެ ކަމަށް. އެކަމަކު މިހާރު އަހަރެން ގަބޫލުކޮށްފިން އެއީ ރަނގަޅުކަމެއް ނޫން. " ސޯފިޔާއަށް ވަރަށް ޔަގީންވެއްޖެއެވެ. އިތުރަށް އެއްޗެއް އެނގެންވެސް ސޯފިޔާ ބޭނުން ނޫންފަދައެވެ.
"އެވެދާނެނު ކަޒިންއަކަށް ނޫނީ އާއިލާގެ ކޮންމެވެސް ކުއްޖަކަށް." ސޯފިޔާ އެ ޔަގީންކުރާހާ ފަސޭހައިން އިނާއަށް ޔަގީން ނުކުރެވޭތީ، އިނާ ދިޔައީ އޭނަ ހިތަށް އަރާ އެއްޗެއް ބުނަމުންނެވެ.
"އެހެންތަ؟ އެހެންނަމަ އެ ވައްތަރަކަށް ނޫޅޭނެ އިނގޭ. އަހަރެންގެވެސް ބޭބެއެއްވެސް ހުރޭ. ރީހާންބެއާއެއްކޮށްވެސް އަހަރެން ދަން ތަންތަނަށް. އޭނަގެ މޫނުމަތިން އެ ފެނުނީކީ ތިމާގެ ކަހަލަ ވައްތަރެއްނޫން އިނގޭ." ސޯފީ ޔަގީންކަން ދިނެވެ.
އިނާ އެއްވެސް އެއްޗެއް ނުބުންޏެވެ. ކާރުގެ ބިއްލޫރިގަނޑުން ބޭރަށް ބަލަން އިނީއެވެ. ކާރުތެރެއަށް ވެރިވެފައި ވަނީ ހަމަހިމޭން ކަމެކެވެ.
"އަސްލު އަހަންނަށް ހީވަނީ ތަންކޮޅެއް ކުރީ ދުވަހަކުވެސް އަހަރެން ދުށީ ހަމަ އެ އަންހެންކުއްޖާހެން. ޒިޔާދުއާއެކު." ކުއްލިއަކަށް ސޯފިޔާގެ ހަނދާނަށް އެފަދަ އެހެން ދުވަހެއްވެސް އައެވެ.
އެހިސާބުން އަނެއްކާވެސް އިނާގެ ސަމާލުކަން އެކަމަށް ދެވުނެވެ.
"ކޮން އިރަކު........؟؟" އިނާ އެހިއެވެ.
"އެއީ އަހަރެން ލަންކާއަށް ގޮސްފަ އައިތާ މާގިނަދުވަހެއް ނުވެ.........ގާޑްން ވިއު އިން ފެނުނީ. ކާންގޮސް ތިބީ. އަހަރެން ކޮންމެވެސް ތަނަކުން އޭނަ ކުރިންވެސް ދުށްހެން ހީވީ އެހެންވީމަތާ. އެރޭވެސް އަހަރެން ހީކުރީ ރައްޓެއްސެއްކަމަށް. އެހެންވެ އެ ވާހަކަ އިނާ ކައިރީ ނުބުނީވެސް. އާނ......އެއީ އޭނަ.......ޔަގީން އިނގޭ." ސޯފިޔާ ކަށަވަރު ކޮށްދިނެވެ.
އިނާ ހަމަ އެކައްޗެއްވެސް ނުބުނެ ކާރުގެ ކުރިއަށް ބަލަހައްޓައިގެން އިނީއެވެ.
ސޯފިޔާ ލަންކާއިން އައީ މީގެ މަހެއްހާދުވަސް ކުރިންނެވެ. އޭރުއްސުރެން ވެސް ޒިޔާދުއާއި އެމީހަކާ ގުޅުން އޮންނަނީ ތާއެވެ. އެއީ ކޮން ކަހަލަ ގުޅުމެއްކަމެއް ނޭނގުނު ނަމަވެސް އެއީ ޒިޔާދުގެ ޚާއްޞަ މީހެއްކަން މިހާރު ގައިމުވެސް ޔަގީންވެއްޖެއެވެ.
ކުރީރޭ ޒިޔާދުއަށް އައި ފޯންކޯލްތަކާ، އެކަމާ ގުޅިގެން ޒިޔާދު ދެއްކި ވާހަކަ ތަކާއި، މިރޭ ކައިރީ ރިސޯޓަކަށް ދާން ޖެހޭތީ އެމީހުން ފުރުވަން އެއަރޕޯޓަށް ނުދެވޭނެ ވާހަކަ ޒިޔާދު ބުނެފަ އޮތުމާ، މިރޭ ލެކިއުޓް ތެރެއިން އެ އަންހެން ކުއްޖާއާއެކު ފެނުމާ .......މި ހުރިހާ ކަމެއް ގުޅުވާލީމަ ޒިޔާދުގެ ހުރިހާ ކަމެއްގައިވެސް ހީލަތާއި މަކަރު އެކުލެވިފައިވާނެޔޭ އިނާގެ ހިތް ބުނަން ފެށިއެވެ. ވިސްނެމުން ދިޔައީ ޒިޔާދު އާއި އޭނަގެ ގުޅުމާ ދޭތެރޭގައެވެ. އަދި ޒިޔާދުގެ ފަރާތުން ފަހަކަށް އައިސް އެ ފެންނަ ކަންތައްތަކާ ދޭތެރޭގައެވެ.
"މިހިރަ އާދެވުނީނު...." ކާރު އައިސް ގެކައިރިއަށް މަޑުކުރުމުންވެސް ގުޑާނުލާ އިން އިނާ އަށް ގޮވާލާފައި މިހެން ބުނެފައި ކާރުން ފައިބަން ސޯފިޔާ އުޅެގެންފިއެވެ.
"ސޯފީ..........." ކާރުގެ ދޮރުހުޅުވަން އަތްދިއްކޮށްކޮށް ހުއްޓާ ސޯފިޔާ ކޮނޑުގައި ހިފައި އިނާ ހުއްޓުވިއެވެ.
"މިރޭ މިދިމާވި ކަންތައް ގޭގެ އެއްވެސް މީހެއްކައިރީ ބުނެގެން ނުވާނެ. ގޭ މީހުން އެކަންޏެއް ނޫން. އެއްވެސް މީހެއްކައިރީ ބުނެގެން ނުވާނެ." އިނާ ސޯފިޔާއަށް އިންޒާރު ދިނެވެ.
"ކީއްވެ....؟ ކީއްވެ ނުބުނާންވީ...؟ ބުނީމައެއްނު ޒިޔާދުގެ ހަގީގަތް ހޯދޭނީ. އެއީ ކޮންކަހަލަ ކަމެއްތޯ ވެސް ބަލަން ޖެހޭނެނު." ސޯފިޔާ ހަމަ އަންތަރީސްވެފައި ސުވާލަކަށްފަހު ސުވާލެއް ކުރަން ފަށައިފިއެވެ.
"ހެޔޮ ނޭނގުނަސް......ބުނެގެން ނުވާނެ. ޕްރޮމިސް ކުރޭ އެއްވެސް މީހެއް ކައިރީ ނުބުނާނެ ކަމަށް" ސޯފިޔާގެ އަތްތިލައިގައި ހިފަމުން އިނާ އެދުނެވެ.
"އުނހޫނނނނނނނ. ނުވާނަން. ނުހުރެވޭނެ ނުބުނެއެއް." އަތްތިލަ ދަމައިގަންނަމުން ސޯފިޔާ ހަމަ ކަނޑައެޅިގެން ދެކޮޅު ހެދިއެވެ. އެގޮތަށް އަމިއްލަ ނަފްސަށް އަނިޔާ ދިނުމަކީ އެއްވެސް އިރެއްގައި ސޯފިޔާ ގަބޫލުކުރާ ކަންތައްތަކެއް ނޫނެވެ.
"ދެން ސަކަރާތް ނުޖަހާ ސޯފީ. މިއީ އަހަރެމެން ކުޑައިރެއް ނޫނޭ. މިހާރު މިއީ ސީރިއަސް ކަންތައްތަކޭ. އެވަރު ނޭނގޭތަ ސޯފީއަށް." އިނާގެ އަޑުގައި ވަނީ ހަރުދަނާ ކަމެވެ.
އިނާ ނިސްބަތް ކުރީ އެމީހުންގެ ކުޑައިރަށެވެ. ކުޑައިރުވެސް އިނާއަށް ކަމެއް ވާއިރަށް ދުވެފައި ގޮސް ބޮޑުމަންމަ ކައިރީ ސޯފީ ބުނާނެއެވެ. އެކަމަކާ އޭނައަށް ކިތަންމެ ރޮވުނަސް ކިތަންމެ ދެރަވިޔަސް ބޮޑުމަންމަ ކަންބޮޑުވެދާނެތީ ނުބުނާން އޭނަ ހުއްޓަސް ސޯފީއަކަށް ނުހުރެވޭނެއެވެ. ސޯފީ ލައްވާ ޕްރޮމިސް ކުރުވާފަ އޮތަސް ސޯފީއަށް ނުހުރެވިގެން ސޯފީ އެ ވާހަކައެއް ބޮޑުމަންމަ ކައިރީ ބުނާނެއެވެ.
"ސީރިއަސް ވީމައޭ ބުނަން ޖެހެނީ. އިނާ މިހާރު ދެން ކިހިނެއް ޒިޔާދުއަށް އިތުބާރު ކުރާނީ. އޭނަގެ ހަގީގަތް ބަލަން ޖެހޭނެނު. ބެލޭނީ ގޭ މީހުންކައިރީ ބުނެގެނެއްނޫންތަ؟ އަހަރެން ބޭނުމެއް ނޫން ނުބުނެ ހުރެ މަކަރުވެރި މީހެއްގެ މަޅީގައި އިނާ ޖެހި މުޅި އުމުރު ސިއްރު ސިއްރުން ރޮއިރޮއި ހުންނަން ޖެހޭކަހަލަ މީހަކަށް އިނާ ވާކަށް." ސޯފީ ހުރީ އިނާއާއި އެއްގޮތަކަށްވެސް އެއްބަސްވާ ގޮތަކަށް ނޫނެވެ. އެއްބަޑު އެއްބަފާ ދައްތައެއްފަދައިން ދެކޭ މީހަކަށް އަނިޔާއެއް ލިބޭކަށް ހަމަ އެއްވެސް ހާލެއްގައި ސޯފީގެ ހިތެއް ނެއެދޭނެއެވެ.
"އެހެންނެއް ނުވާނެއޭ. ޒިޔާދު އަކީ ގޯސްމީހެއް ނޫން. ސޯފީއަށް ތިހީވަނީ ގޯސްކޮށް." އިނާއަށް އުނދަގޫވެގެން އެންމެފަހުން ބުނެފިއެވެ. ނަމަވެސް ކުރީރޭ ޒިޔާދުއަށް އައި ފޯންކޯލަކަށް ޒިޔާދު އެ ދެއްކި ވާހަކަތަކަކީ އެއްވެސް މީހެއް ކައިރީ އޭނަ ނުދައްކާ އޮތް ވާހަކައަކަށް ވުމުން ސޯފިޔާއަކަށްވެސް އިނާ އާއި ޒިޔާދު އާއި ދޭތެރޭ މައްސަލައެއް ޖެހިފައި އޮތްކަމެއް ނޭނގެއެވެ. އިނާ ގަސްދުކޮށްގެން ހުރީ އެ ވާހަކަ އެއްވެސް މީހެއް ކައިރީ ނުދެއްކުމަށެވެ.
"ގޯސްކޮށޭ.......؟ އެހެންވީމަ އިނާއަށް އެނގެނީތާ އެއީ ކާކުކަން؟" ސޯފިޔާ ޝައްކު ކުރިއެވެ.
"އާނ އެނގޭ......ޒިޔާދު އޮތީ ކިޔާދީފަ. އެކަމަކު ނޭނގެ އެއީ އެ އަންހެންކުއްޖާކަމެއް. އަހަންނެއްވެސް ނުދެކެން. އެކަމަކު ހީވަނީ އެއީ އޭނަހެން." އިނާވެސް ކޮށި ގޮތަކަށް ބުންޏެވެ.
"ހީވަނީއޭ......؟ ހީއެއްގެ މައްޗަށް ދޫކޮށްލާވަރުގެ ކަމެއްތަ މިއީ؟ އިނާއެއް ނޫންތަ އޭނައާއި މެރީ ކުރާނީ؟ އިނާ ޖެހޭނެނު އެކަން ބަލަން." ސޯފިޔާ އިނާއަށް އަޑުލިއެވެ.
"އާނއެކޭ. ބަލާނަމޭ. އެހެންވެގެންނޭ މިބުނީ ގޭ މީހުން ކައިރީ ނުކިޔާށޭ އެއްވެސް އެއްޗެކޭ." އިނާ އަނެއްކާވެސް އެދުނެވެ.
އިރުކޮޅެއްވަންދެން ސޯފިޔާ ހަމަ އެކައްޗެއްވެސް ނުބުނެ ކާރުން ބޭރަށް ބަލަން އިނެވެ.
"އެންމެ ރަނގަޅު. ނުބުނާނަން އެއްވެސް މީހަކު ކައިރި. އެކަމަކު ޝަރުޠެއްގެ މަތިން." ސޯފީ ޝަރުޠު ކަނޑައެޅިއެވެ.
"ހޫމް........" އިނާ އެ ޝަރުޠެއް އޮޅުންފިލުވަން ތައްޔާރު ވިއެވެ.
"ތިވާހަކަ ޒިޔާދު އާއި ދައްކަން ޖެހޭނެ. ދައްކާފަ އެއީ ކޮން އަންހެނެއްތޯވެސް ބަލަން ޖެހޭނެ. ބަލާފަ އަހަރެން ކައިރީ ހުރިހާ ވާހަކައެއް ތެދަށް ކިޔާދޭން ޖެހޭނެ. ވާނެތަ މިކަން." އިނާއަށް ސޯފިޔާ މަޖްބޫރު ކުރިއެވެ.
"ހޫމް....ވާނެ. ދެން ހިނގާ ދާން އަވަހަށް." އިނާ އަވަސް އަވަހަށް ދާން އުޅުނެވެ.
"އޭ އޭ....އަދި މަޑުކުރޭ. ބުނަން. މިހާރު އަހަންނަކަށް ޒިޔާދުއަށް އިތުބާރެއް ނުކުރެވޭ އިނގޭ. މީގެ މަހެއްކުރީއްސުރެން އެ އަންހެނަކާއެކު ޒިޔާދު އެ ފެންނަނީ. އަހަރެން ބޭނުން އެއީ ކޮން ގެއެއްގެ ކާކުތޯ ބަލަން. ޒިޔާދު ކައިރިން އަހާ. އަހާފަ އަހަރެން ކައިރީ ބުނާތި. އިނާއަށްވުރެ އަހަންނަށް ފަސޭހަވާނެ މިކޮޅުން އެއީ ކާކުތޯ ބަލަން. އެހެން ނަހަދައިފިއްޔާ އަހަރެން ބުނާނަން ދޮންބެ ކައިރީވެސް ބޮޑުބެކައިރީވެސް." ސޯފިޔާ އަދިވެސް ބިރުދެއްކިއެވެ. ބުނަންވެސް ދިމާކޮށްފަ އެހެރީ އާއިލާގަ ތިބި ދެ ފިރިހެނުން ކައިރީގައޭ ހިތަށް އެރުމުން އިނާ ގާތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
"މަޖަލެއްނޫނޭ މިއީ އިނާ. ސީރިއަސް. އަސްލުވެސް އަހަރެން ބޭނުމެއް ނޫން ޒިޔާދު އަކީ މަކަރުވެރި ފިރިހެނަކަށް ވަންޏާ އޭނަގެ މަޅީގަ އިނާ ބަނދެވޭކަށް. އެނގެންވާނެ މިކަން އިނާއަށް." ސޯފިޔާގެ އަޑަށް މަޑުމައިތިރިކަން އައެވެ.
"އެނގެޔޭ. ސޯފީ ކައިރީ ބުނާނަމޭ. ރަނގަޅެއްނު. ދެން އާދޭ އަވަހަށް." ދެމީހުންވެސް ދެދޮރު ހުޅުވާފައި ކާރުން ފައިބައިފިއެވެ.
** ** ** ** ** ** ** ** ** ** **
ހުޅުލޭ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރައިގެން އައި ފްލައިޓް ގަމު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޖެއްސިއިރު ދަންވަރު އެއްގަޑިބައިވަނީއެވެ. ބޮޑަށް ލަސްވީ ކާޑެއްދޫގައި ޖައްސާފައި އައުމުންނެވެ. އިނާ ބޭނުންވެފައި ހުރީ ވީހާވެސް އަވަހަކަށް ގެއަށް ދިއުމަށެވެ. އެކަނިވެލުމަށެވެ. ދުނިޔޭގެ އެހެން ހުރިހާ ކަމަކާ ދުރަށް ގޮސް އެކަނިވެލުމަށެވެ.
އާ ދުވަހަކަށް އިރު އަރައިގެން އައިއިރު އިނާ އިނީ އެމީހުންގެ ގޭގެ ޓެރަހުގައި ހުރި ރިހިކުލައިގެ ރީތި އުނދޯލީގައެވެ. ރޭގަ މާލެއިން އާދެވުނީ ކިތަންމެ ލަހުން ކަމަށްވިޔަސް އިނާއަށް ނިދީގެ އަސަރުވެސް ނުކުރާ ކަހަލައެވެ. ސިކުނޑީގައި ހިނގާ ފިކުރުތަކާއި ޚިޔާލުތަކުގެ ސަބަބުން ނިންޖާ އަރާމުންވެސް އިނާ ވަނީ މަހްރޫމް ވެފައެވެ. ކުރެވެނީ ރޭގައި ލެކިއުޓްތެރެއިން އެ ފެނުނު މަންޒަރުގެ ޚިޔާލެވެ. ހަނގުރާމަ ކުރެވެނީ ހިތާއި ނަފްސާ ދެމެދުގައެވެ.
ޒިޔާދު އަކީ އަޅެ ކޮންކަހަލަ މީހެއް ހެއްޔެވެ؟ އޭނައާއި ޒިޔާދުގެ ކައިވެންޏަށް ދެން މިއޮތީ މަހެއްހާ ދުވަހެވެ. އެކަމަކު ޒިޔާދުގެ ފަރާތުން އެ ފެންނަނީ ކައިވެންޏަކަށް ތައްޔާރުވާ މީހެއްގެ ފަރާތުން ފެންނަން ޖެހޭނެ ކަންތަކެއް ނޫނެވެ. ކީއްވެހެއްޔެވެ؟ އޭނައާއި އޮތް ގުޅުންވެސް ދަމަހައްޓަމުން އަދި އެހެން އަންހެނަކާއެކު ޒިޔާދު އެފަދަ ގުޅުމެއް ބާއްވަން ޖެހުނު ސަބަބަކީ ކޮބައި ހެއްޔެވެ؟ ޒިޔާދުއަށް ބޭވަފާތެރިވާން އޭނަ އެއްކަމެއްވެސް ނުކުރާއިރު ޒިޔާދުއަށް އެހެން އެ އުޅެވެނީ ކިއްވެހެއްޔެވެ؟ އެންމެ ކުޑަމިނުން ޒިޔާދު އާއި ކައިވެނި ކުރަން އުޅުނީވެސް އޭނައެއް ނޫނެވެ. ކައިވެންޏަށް އެދުނީވެސް، އަދި ދިމާވާ ކޮންމެ ފަހަރަކާ ގުޅާ ކޮންމެ ފަހަރަކު ލޯބީގެ މާތައް ފޮޅުވީވެސް އޭނައެއް ނޫނެވެ. ވީއިރު މިހާރު މިއީ ދެން ކޮން ކަންތަކެއް ހެއްޔެވެ؟
ކުރީރޭގެ ފޯންކޯލަށް އެ ދެއްކި ވާހަކަތަކަކީވެސް އޭނައަށް ހަގީގަތް ހޯދޭނެ ކަންތަކެއް ނޫނެވެ. އެކަމުގައިވެސް އޭނަ އެހެރީ ޒިޔާދު ބުނެދިންވާހަކަތައް ގަބޫލުކޮށްލައިގެންނެވެ. އެކަމަކު އަނެއްކާ ރޭ އެފެނުނީ އަންހެންކުއްޖަކާއެކުގައެވެ. ދެންވެސް އޭނަ ގަބޫލުކުރަންވީ އެއީ ޒިޔާދުގެ ބޮލުގައި އެޅިފައިވާ ބޮޑު މުސީބާތެއްކަހަލަ އަންހެންކުއްޖެއްކަމަށް ހެއްޔެވެ؟ މުޞީބާތެއްކަމަށް ދެކޭ މީހުންނާއެކު ސެންޓް ގަންނަން ދިއުމާއި އަދި ގޮއްސަވެސް ސެންޓްގެ ވަސްތަކާ ބެހޭ ގޮތުން ލަފާދީ ހަދާނެ ހެއްޔެވެ؟ އެއީ ކޮންކަހަލަ ބަޔަކު އުޅޭގޮތެއް ހެއްޔެވެ؟
މިހުރިހާ ސުވާލުތަކުގެ ޖަވާބުވެސް އޭނަ ބޭނުމެވެ. އޭނަގެ ސުވާލުތަކަށް ޒިޔާދު ޖަވާބުދާރީވާން ޖެހޭނެއެވެ. އެހެން ނޫނީ.....އެހެން ނޫނީ އޭނަ އެ ކައިވެންޏެއް ނުކުރާނެއެވެ.
އިނާގެ ހިތާހިތާ ނިންމުނެވެ.
ހެނދުނުގެ އިރުގެ ފުރަތަމަ ދޯދިތަކުން ދުނިޔެމައްޗަށް ރަންކުލަ ވެރިކުރުވަމުން ދިޔައިރު، ޓެރަސްގެ އެއްފަރާތުގައި ހައްދާފައިވާ ގަސްތަކުގައި ވާ މާތައްވެސް އާ ދުވަހަކާއި މުނާސަބުވުމަށްޓަކައި ފޮޅެން ފަށައިފިއެވެ. ފިޔާތޮށްޓާއި ރީނދުލެވެ. ހުދާއި އޮރެންޖެވެ. އަދިވެސް އިތުރު ކުލަ ތަކެވެ. އެ މަންޒަރުން ކޮންމެ ލޮލަކަށްވެސް ފިނިކަން ލިބި ރޫހަށް ތާޒާކަން ލިބޭނެކަން ގައިމެވެ. ނަމަވެސް ހަމަ އެދިމާލަށް ބަލަން އިން އިނާއަށް، ގަހުގައި މާތަކެއް ހުރިކަންވެސް، އަދި އެއީ ކޮން ކުލަތަކެއްގެ މާތަކެއްކަންވެސް ފާހަގަކުރެވޭނެހެނެއް ހިއެއް ނުވެއެވެ. މޫނުމަތިން ފެންނަނީ ވަރުބަލިކަމާއި ނާއުއްމީދީ ކުލަވަރެކެވެ.
**********(ނުނިމޭ)**********

މުރާސިލް ހޯމްޕޭޖް އަށާއި
ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ
އެވެ.
މިބައި ވ ވ ވ ވަރަށް ނައިސް... ވ ވ ވ އުފާ ވެއްޖެ މިވާހަކަ
އަޕްލޯޑް ކުރީމަ.. ތެންކްސް.. ލަވް ޔޫ
ސޯފީ އެ ހެދީ ހަމަ ރަގަޅަށް. އަސސްލުވެސް މި ވަގުތު އިނާ
އާއެކު ސޯފީ ނޫނީ ދިލްމާ ހުންނަންޖެހޭ. އިނާ ކަހަލަ "ފޮރުވަން" އުޅޭ
ކުއްޖެއްގެ ހިތް ހާވާލެވޭނީ އެކަހަލަ ކުއްޖަކަށް. އިނާއަށް ދެރަގޮތެއް ނުވަނީސް
އިނާގެ ހިތް ހުޅުވާލުން މުހިންމު އިނގޭ!
ހަމަ އޮބި ނޯވެ!.. ހަާދަ ރީތި ވާހަކަ އެކޭ........
ގިނަގިނައިން މިކަހަލަ ރީތި ވާހަކަ ފަތިސްތަރި ގެނެސްދޭނެ ކަމަށް އުއްމީދު ކުރަން
ވޫހޫ..... ލެކިއުޓް ގެ ސީން ގަދަ އިނގޭ ސޮފް.. ސޯފީ އައް
ޕްލަސް ޕޮއިންޓެއް .ހެހެ. ކަމޯން އިނާ އަވަހައް ޒިޔާދު ކިބައިން ސަލާމަތް ވެބަލަ
ދޯ ސޮފާ... ވ.ސަޅި މިބައި ވެސް. ވެއިޓިން ފޯ ނެކްސްޓް ޕާރޓް.. އެކަމް ހީވޭ ސޮފް
ތަންކޮޅެއް ބިޒީ ދުވަސްކޮޅެއް ހެން؟ :)
ހަމަ އޮބިނޯވޭ!!!!! އެހާމެ ސަޅި......އުއްމީދުކުރަން
ސޮފާއަށް ވަގުތު ވީވަވަރަކުން ގެނެސްދޭނެކަމަށް .....މިވާހަކަ މިހާރު އެއްކޮށް
ކިޔާލާފަ ދޫކޮށްލާހިތް ވަނީ......ބެސްޓް އޮފް ލަކް...ޓޭކް ކެއަރ...(:
ލައްލަލަލަލަލަލަލާ..............ވަރަށް ކިކް އައިއްސި
ސޯފީ ގަދަ. ހަމަ ރަނގަޅަށް ތިހެދީ. އެހެރަ ނުލަފާ
ފިރިހެނެއްދޯ.......ނޭނގެޔޯލަ....؟؟؟
ހަމަ ހީކުރިހެން ތިވީ. އޭރުވެސް ހިތަށް އެރި އެ ފޭކް
ޒިޔާދޭ އެތާ ހުންނާނީ. ސަޅި ސޮފް. ވވވވވވ. ފުރިހަމަ. އިނާ ސަލާމަތްކޮށްދެއްޗޭ.
އިނާ ފަކީރަށް ޒިޔާދު އެހެން އެ ހަދަނީ ކީއްވެގެންތަ؟ ހާދަ
ފޭކް މީހެކޭ އެއީ...........އެކަމަކު މިހާރު މި އުޅޭ ފިރިހެނުންގެ ހަމަ ވައްތަރު
އެއީ. ވވވވވ ފުރިހަމަ. ވަރަށް ރީތި ސޮފާގެ ވާހަކަ. އަވަހަށް ގެނެސްދެއްޭ އަނެއް
ބައި.
އިޝު: ހަމައެކަނި ފިރިހެނުނޗގެ ވައްތަރުބާ މިއީ؟ އަންހެނެއްގެ
ބައިވެރިވުން ނެތި ފިރިހެނަކަށް މިކަން ކުރެވިދާނެބާ؟ ޒިޔާދު ގާތުގައި ހުރި
އަންހެން ކުއްޖާއަށްވެސް އެނގޭ ޒިޔާދު އުޅެނީ އެހެން ކުއްޖަކާ ލޯބީގެ ގޮތުން
ގުޅިގެންކަން. ދެން އޭނާ ކީއްވެބާ ޒިޔާދާއެކު އެއުޅެނީ....! ވަކި ސަހަލު
އެކަކުވެސް ނޫޅޭ. ފަތިފުށް ފެނުނީމާ އެނގޭނީ ކިހާ މިލައެއްކަން ހުރީ.....
ސޮފާގެ ވާހަކަތަކުން ހަމަ ހީވަނީ ސޮފާ އަކީ ވަރަށް ގިނަ
"ކަންތައްތައް" ދިރިއުޅުމުގަ ފެނިފަ ހުރި ކުއްޖެއްހެން. ރަނގަޅަށްތަ
މިހީވަނީ ސޮފާ؟ ދޭދޭ ގުޅުންތަކުގެ ތަފްޞީލްތައް ސޮފާ ތި ލިޔާ ގޮތުން ވަރަށް ބޮޑަށް
އެބަ ހީވޭ ސޮފާއަކީ ރިލޭޝަންޝިޕްތައް ވަރަށް ރަނގަޅަށް ދަންނަ
ކުއްޖެއްހެން...ވރަށް ފުރިހަމަ ސޮފާގެ ލިއުންތައް. ރާވާލާފައި ހުންނަ ގޮތްވެސް
ވަރަށް ފުރިހަމަ. އިތުރު ކާމީޔާބީތަކަށް އެދެން.
މަވެސް ވަރަށް ހިތަށް އަރާ ސުވާލެއް ރީހާން ތި ކުރީ. ދޭ ދޭ
ގުޅުންތަކުގެ ވާހަކަ ރާވާލައިގެން އެ އަސަރާއެކު ގެނެސްދީފަ ހުންނަ ގޮތުން ހީވަނީ
ލިޔުންތެރިޔާގެ އަމިއްލަ ތަޖުރިބާހެން. ވަރަށް ރީތި އިނގޭ
. ސޮފީ ގަދަ އިނގޭ ތިހެން ވާންޖެހޭނެ.. އޭރުން
ތިގޮތަށް އުޅޭ ފިރިހެނުންނަށް ފިޅާވަޅެއް ލިބޭނީ.. ވަރަށް ސަޅި މބައިވެސް.. ސޮފާ
ހާދަ މޮޅޭ، ވާހަކަ ކިޔަމުން ދިޔައިރު ހީވި ލެކިއުތް ތެރޭ އުޅެވޭހެންވެސް..
ހެހެހެހެ. ތޭންކިޔޫ ސޯމަޗް ސޮފާ މިހާ ރީތި ވާހަކައެއް ގެނެސްދިނީތީ.. އަނެއްބައި
ވެސް އަވަހަށް ގެނެސްދެއްޗޭ އިނގޭ.. ޓޭކް ކެއަރ 3>
އިނާ ދެން ގަބޫލުކުރީމަ ވީއެއްނު ؟؟ އޭނަ ލައްވާ
ގަބޫލުކރވަބަލަ !!
ދިސް ސީމްސް ޓު ބީ އަ ގްރޭޓް ސްޓޯރީ ޓޫ.. ހޭވް ބީން
ރީޑިންގް ހަމަ އަޕްލޯޑް ވާ ވަރަކަށް.. އެކަމް ހާދަ ލަހުންނޭ މިހާރު އަޕްލޯޑް
ވަނީ.. ބައެއް ފަހަރު ހީވޭ ސޮފް ފޫހިވެގެން ވާހަކަ ލިޔުން ހުއްޓާލީ އޭ ވެސް..
އެކަމްވެސް އައި ލައިކް ޔުއަރ ސްޓޯރީ އަ ލޮޓް.. ސްވީޓްނެސް އިޒް ވެއިޓިންގް
ބިހައިންޑް އެވްރި ލޯންގް ވެއިޓިންގް.. އޯލް ދި ބެސްޓް ގާރލް.. ޔޫ ހޭވް އިޓް.. (:
ދިވެހިން ކޮމެންޓް ޓައިޕް ކުރަން ޖެހޭތީ ނުކުރެވެނީ ކޮންމެ
ދުވަހަކު.. އިޓްސް ސޯ ހާރޑް.. ހެހެ.. އެކަމްވެސް އައި ޗެކް އެވްރި ޑޭ ވެދަރ ދި
ސްޓޯރީ އަޕްލޯޑްސް.. މައި ބެސްޓް ވިޝަޒް އާރ އޯލްވޭސް ވިދް ޔޫ... ވިޝް ޔޫ އަ
ބްރައިޓް ފިއުޗަރ ޑިއަރ.. (: އައި ވިލް ބީ އޯލްވޭސް ޔުއަރ ނަމްބަރ ވަން ފޭން...
މިބައި ހާދަ ފައްކަލޭ........ސަޅި އިނގޭ. ސޮފާ ހާދަ މޮޅޭ.
ކިޔަމުން ދާއިރު ހީވަނީ ހަމަ މަންޒަރު ފެންނަހެން. ވވވވވވ ފުރިހަމަ.
އޯހް ހާދަ ފުރިހަމަޔޭ...ވވ ބެސްޓް އިނގޭ..ސޮފާ ތިއުޅެނީ
ކޮންމެގޮތެއް ހަދާފަ ނަމަވެސް ހަމަ ދެލޯބިވެރިން ގުޅުވަންދޯ.ހެހެހެ..ބަޓް
ކޮންމެފަހަރަކު ހަމަ އެހެންވޭބާ! ލޯބިވާމީހާ ހަމަ ލިބޭބާ!ހެހެހ...ޔޫނޯ ދޯ އަޓް
އައި މީން.ހެހހެ..ގްޑް ވޯރކް . އޯލްދަ ބެސްޓް އިނގޭ.ޔޫރ އޯލްވޭސް ނަންބަރ ވަން
އަސްލު ހީކުރީ ނަވީން ކަމަށް... ދެން ކިއްވެތަ އިނާ
އަދިވެސް މާ ހަމަ ޖެހޭކަން ދައްކަން އުޅެނީ...؟؟؟؟؟ ވ ވ ވ ވ ވ ރީތި އިނގޭ......
ސާބަސް ހަމަ ސޮފާއަށް....... މިބައި ގެނެސްދިފަ ހުރިލެއް ވަރަށް ފުރިހަމަ.... ހީވި
ހަމަ ލެކިއުޓް ތެރޭގަ ހުރެވުނުހެން... އާޔާނަމަ ހޭ އަރުވާލީމުސް.. ހަދަ ފޭކު
މީހެކެ ދޯ އެއީ.... . ވަރަށް އޮބި އިނގޭ ސޯފް.... ލަވް ދިސް ސްޓޯރީ...... ކީޕް
އިޓް އަޕް......
ހާދަހާވާ މޮޅޭ!!!! ރާއްޖޭގެ ނަންމަޝްހޫރު ލިޔުންތެރިން
ލިޔެފަ ހުރި ލިޔުންތަކާ ސޮފާ މިލިޔާ ލިޔުންތަކާ ހާދަ ތަފާތޭ!! ހެސްކިޔާފަ
އޮބިނޯވޭ.... ކީޕް އިޓް އަޕް ގާރލް ޔޫކޭން ޑޫ އިޓް ބެސްޓް އޮފް ލަކް.
ސޮފް ކޮމެންޓްތަކަށް ރިޕްލައި ކޮށްފަ ހުންނަ ގޮތުންވެސް
ހީވަނީ ވާހަކައިގެ ތަންކޮޅެއްހެން. އެހާ ފަށުވި. މި އިނާ ދެން މާބޮޑަށް މާތްވެގެން
އުޅެނިކޮން އޭނައަށޭ ލަނޑުވެސް ލިބޭނީ. ދެން ކޮންކަމެއް. އަސްލުގަ ވވވވ ސަޅި
ވާހަކަ. ތޭންކްސް
އިނާއަކީ މާތް ކުއްޖެއް. އަންހެނެއްގައި ހުންނަންވީ ހުރިހާ
ކަމެއް އެބަހުރިދޯ! ޚާއްޞަކޮށް އިނާގެ އެ ހުންނަ ލަދުވެތިކަމާއި
މަޑުމައިތިރިކަމާއި ގައއަވަސްއަރައި ނުގަތުމަށް ހަމަ ކޮންމެ ފިރިހެނަކު
ފިދާވާހައިވޭ. ހަމަ ފަތިސްތަރީގެ ސިފަކުރުމުގެ ކުޅަދާނަކަން އިނގޭ! ތި ގޮތުގައި
ކުރިޔަށް ވަޑައިގަންނަވާ!
ވ ވ ވ ވ ސަޅި

No comments:
Post a Comment