(މިވާހަކަ ޕަބްލިޝްކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ
ހަފްތާއެއްގެ ހޮނިހިރު ދުވަހު އެކަންޏެވެ)
އިރުއޮއްސެން
ދަނީއެވެ. ހަވީރުގެ އެންމެ ފަހު ދަޅަތައް ދުނިޔެއަށް އަލިކުރަމުން ދެއެވެ. ރަށުގެ
ކޮންމެ ދިމާލަކަށް ބަލާލިޔަސް އުޑުމަތިން ފެންނަނީ ރަންކުލައާއި އޮރެންޖް ކުލައާއި
އެކުވެގެން އުފެދިފައިވާ ރީތި ކުލަވަރެކެވެ. އެކަމަކު ބަލާލާކަށް އުނދަގޫވާކަހަލަ
ގޮތެއް ނެތެވެ. މުޅި އުޑުމަތި ވިލާތަކުން ބައްދާލާފައި އޮތީ މުޅި ދުވަހަކީވެސް
ވިއްސާރަ ފާޑަކަށް އޮތް ދުވަހެއް ވީމަކަމަށްވެދާނެއެވެ. އެހެންކަމުން އޮއްސެންދާ
އިރުގެ ދަޅަތައް އެ ވިލާތަކަށް އެޅިފައި ހުރިއިރު ފެންނަނީ ވަރަށްވެސް ރީތި
ހިތްގައިމު އަދި ހުވަފެނީ ގޮތެކެވެ. ރީތި ރީތި ހަވީރެކެވެ.
"ހަމަ އަސްލު ރަންކުލަތަ ހުންނަނީ." އަމީރާ އަހާލިއެވެ.
"އާނއެކޭ.......ހަމަ ރަންކުލައޭ އަހަރެން ބުނާނީ. އަމީއަށް އެނގެއެއްނު ނަދާ ބުނާނީ ތެދެއްކަން." ނަދާ އޭނަގެ ރަހްމަތްތެރިޔާގެ އަތުގައި ހިފައިގެނެސް ގަސްގަނޑުމަތީ ބައިންދަމުން އުފަލުން ފޮޅެމުން ކިޔައިދިނެވެ.
އެއްވެސް ފިކުރެއް ޚިޔާލެއް ނެތް ޒުވާން ދެ އަންހެންކުދިންނެވެ. ޒުވާންކަމުގެ ގުލްޒާރުގައި ހަވީރު ފިންޏަށް ދެންމެ ފޮޅެން ފެށި އާ މާތަކެކޭ އެކުދިންނެކޭ އެއްފަދައެވެ.
"އަޅެ މަޑުކޮށްބަލަ.....އޭއި....އޭއި...އިއްސެ..އާދެބަލަ. މިކޮޅަށް އާދެބަލަ ފޮނިނުވެ." މިހެން ބުނެފައި ނަދާ ގޮވީ އެމަގުން ގޮސްގޮސް ހުރި އެމީހުންގެ ރައްޓެހި ކުއްޖަކަށެވެ. ފާތުމައްތަގެ އިހްސާން އަށެވެ.
"ކިހިނެއްވީތަ ހަޅޭއްފަޅޭއް ޖަހަނީ މަގުމަތީ." ނަދާގެ ހުންނަ ސަކަރާތް ބޮޑު ގޮތެއްގެ ސަބަބުން އަބަދުވެސް އެހެން ކިޔައިގެން ނަދާ އާއި ދިމާކުރުމަކީ އިހްސާން އަށް އުފާ ލިބޭ ކަމެކެވެ. މިފަހަރުވެސް އެހެން އެބުނީވެސް އެހެންވެގެންނެވެ. ނަދާ ރުޅިއަރުވާލުމުގެ ބޭނުމުގައެވެ.
"ބުނެބަލަ....އަމީއަށް ކިޔާދީބަލަ....ކޮން ކުލައެއްތަ އުޑުމަތިން ފެންނަނީ....އަޅެ ރަންކުލައެއް ނޫންތަ މިފެންނަނީ. ނޫންތަ؟" އިއްސެ ކުރި ސުވާލެއްވެސް ނަދާއަށްް އަޑު ނީވޭ ކަހަލައެވެ. ކައިރިއަށް އައިސް އައިސް ހުއްޓާ ގޮސް އަތުގައި ހިފައި ދަމައިގެންފައި ނަދާ ދައްކަން ފެށީ އޭނަ އިއްސެއަށް ގޮވި ބޭނުމުގެ ވާހަކައެވެ.
"ރަންކުލައޭ....މަށަކަށް ނުފެނޭ. ކޮންތާކު ހުރި ރަންކުލައެއްތަ؟ " ނަދާ އާއި އަމީރާ އިށީނދެ އިން ގަސްގަނޑު މަތީ އިށީންނަމުން އޭނަ މިހެން ބުނެލިގޮތުން ހީވަނީ އެބުނީ ތެދެއްހެންނެވެ.
"އެއްކަލަ ދޮގުހަދާމީހާ ދޯ....މީ ނުބައިމީހަކަށް މި ގޮވުނީ. ދާންއުޅޭ....ކަމުދާ މީހެއް ނޫންތިއީ." ނަދާއަށް ވިސްނުނީ މާފަހުންނެވެ. އިއްސެ ހަމަ އާދައިގެ މަތިން އޭނައަށް ޖެއްސުންކުރަނީކަން ނަދާއަށް އެނގުނީ އިއްސެ މޫނު ފެނުމުންނެވެ. އެހެންކަމުން ތުން އަނބުރާލާފައި އަމީރާ ކައިރީ ނަދާ އިށީނދެއްޖެއެވެ.
"އޭއި ދެން އިއްސެ. ކިޔާދީބަލަ." އިހްސާންގެ އަތުގައި ހިފައި ތަޅުވައިގެންފައި އަމީރާ އެހިއެވެ. ހަގީގަތުގައިވެސް ވަރަށް އެނގެން ބޭނުންވެފައި އިނދެގެންނެވެ.
"އޯކޭ....ދެން އަމީ ވިއްޔަ. އާނނނނނނމް.......ވަރަށް ރީތި. އަސްލު އުޑެއް ނުފެނޭ އިނގޭ. މުޅި އުޑުބައްދާލަފަ އޮތީ ވިލާތަކުން. އެނގެއެއްނު ދޯ. މިއަދުވެސް ހެނދުުނު ވެހުނީ ވާރެއެއްނު....ދެން...އާނނނނނނމް....." އިހްސާން އަކީ އަބަދުވެސް އަމީރާއަށް ހެޔޮ އެދޭ ގާތް ކުއްޖެއް ވީމަ އަމީރާ އެދުނު ކަމެއް ކޮށްދޭންވެގެން ކިޔައިދޭން ފެށިއެވެ. އެކަމަކު ހާލެއްގައެވެ. އެތައް އިރެއްވަންދެން ވިސްނަން އިނދެ އިނދެފައެވެ.
" އެކަމަކުވެސް އިރުއޮއްސޭއިރު އެ ހުންނަނީނު ކުލަވަރެއް ދޯ. އެކުލަ ފެންނަނީ.....އެކަމަކު އަސްލު އުޑުމައްޗަށްވުރެ މޫދު މާ ރީތި.....މޫދުގައިވެސް ހުރީ އެކުލަ.....ވަރަށްވެސް ރީތި. ދެން އާނނނނނނމް.....އެއްކަލަ ޝިފާނާމެން ގްރޫޕްތަ އެހެރަ ދަނީ....؟؟" ކިޔާދީދީ އިންދާ އިހްސާންއަށް ޝިފާނާމެން ފެނުމާއެކު އަހާލެވިއްޖެއެވެ.
"ދެން........!!!" ޝިފާނާމެންގެ ވާހަކަ އިހްސާން ބުނުމާއެކު ދެންއޭ ކިޔާފަ ނަދާ ދަމާލިއެވެ.
"ކީއްތަވީތަ؟ ބަލަ އެވެސް އަހަރެން ރައްޓެހި ކުދިންނޭ...." އަމީރާގެ އެފަރާތުގައި އިން ނަދާއާއި ދިމާލަށް ގުދުވެލާފައި ލޯ އަޅާލަމުން އަނެއްކާވެސް އިހްސާން ބުނެލިއެވެ.
"ހެވޭ.......ދާން އުޅޭ. ދެން މިރޭވެސް ތިދާގޮތަށް ގެއްލޭ. އަބަދު ދެން މިހާރު ހުންނަނީ ޝިފާނާ ވެފަ. ދޭ ދޭ ދޭ..." ޝިފާނާމެންނާއެކު އިހްސާން އުޅޭތީ ނަދާ ވަރަށް ނުރުހޭކަން އިހްސާންއަށް ނޭނގެނީކީ ނޫނެވެ. އެކަމަކުވެސް ނަދާ ނުރުހުނީމަ އިހްސާންއަށް ހަމަ މަޖާ ވަނީއެވެ.
"މަބުނަމެއްނު އަމީ....އެއީ އޭނަގެގޮތް....ދެން އަމީ ބުންޏެއްކަމަކު އިއްސެއަށް ކިހިނެއްތަ އަންހެންކުއްޖެއްހެން އިރުއޮއްސޭމަންޒަރު ކިޔާދޭން އެނގޭނީ. އިއްސެއަށް އެނގޭނަމަ ކިޔާދޭނަން. .....ހެހެހެހހެ.....ދަނީ އިނގޭ އަމީ. " ކައިރީގައި އިން އަމީ ކައިރީ މަޑުމަޑުން މިހެން ބުނެލާފައި އިއްސެ ތެދުވެއްޖެއެވެ.
"ދަނީ.....ފޮނިގަނޑު....!!!" އަމީރާ ކައިރީ އިނދެފައި ތެދުވިއިރު ނެގި ވެލިކޮޅު ނަދާ އާއި ދިމާލަށް އުކާލާފައި އިހްސާން ދުއްވައިގަތެވެ. ނަދާވެސް ބަލާކަށް ނުހުރެ ބިންމަތިން ވެލިކޮޅެއް ނަގާ އިހްސާން އާއި ދިމާލަށް އުކާލިއެވެ.
"ޖެހުނުތަ.....؟" އަމީރާ އަހާލިއެވެ.
އެއާއެކު ނަދާ ދިޔައީ ހިނިގަނޑު ފަޅައިގެންނެވެ. އަމީރާވެސް ހީހީ ވަރުބަލިވަންދެން ހުނެވެ.
** ** ** ** ** ** ** ** ** ** ** ** ** ** **
"ނަދާ އަދިވެސް ނިދާކަށް ނުވޭތަ...؟ އެހެރަ ދިހަގަޑިބައިވީނު...." ގޯތިތެރޭގައި ހުރި އުނދޯލީގަ އިނދެފައި އެގޮވާލީ ނަދާގެ މަންމައެވެ. ނަދާ ނުނިދާއުޅޭކަން ހަރީރާ އަށް އެނގުނީވެސް ނަދާ އައިސް ބަދިގެއަށް ވަންތަން ފެނުމުންނެވެ.
"ބަނޑުފައިވަނީ މިރޭ ހަމަ.....ނިދަން އުޅެއުޅެ ނުނިދިގެން މިއައީ...." ބަދިގެތެރޭގައި ހުއްޓާ މަންމަ އެހެން ބުނި އަޑުއިވިގެން ބޯކަހަމުންކަހަމުން އައިސް ބަދިގެ ދޮރުމައްޗަށް އަރާފައި ސާދަ ވަރަކަށް އަހަރުގެ ނަދާ ބުނެލިއެވެ.
"ހޫމް. ތިވީގޮތް އެނގިއްޖެޔޭ....ކިރުތައްޓެއް ނުބޮންދޯ. މަންމަ ހުންނާނެ ކިރުދަޅެއް ގެނެއްސަ.....މަންމައަކަށް ނުބުނެވޭދޯ. ދޭ އަވަހެއް ބޯލައިގެން ނިދަން. މާދަން ސްކޫލަށް ދާން ނުހޭލެވިދާނެ ތިހެން އުޅެންޏާ." ރޭގަނޑުގެ ކެއުމުގެ ފަހުން ދުފާއެތިކޮޅެއް އަނގައަށް ލައިގެން ހިތްހަމަ ޖައްސާލަން އުނދޯލި ހެއްލަން އިން ހަރީރާގެ ގާތަށް ލުއި ހިންޏެއް އައެވެ. އިރުއިރުކޮޅާ ކިރުތައްޓެއް ބޯލަން ނުލިބެންޏާ އެ ދަރިފުޅަށް ނުއުޅެވޭނެކަން ހަރީހާއަށްވުރެ ރަނގަޅަށް ދެން އެނގޭނީ ކާކަށްހެއްޔެވެ.
"ނަދާ ބުނީމެއްނު މަންމާ ކިރު ޕެކެޓެކޭ.....ދެން މަންމާ.....!!!" ކިރުދަޅެއް ހުންނާނެހޭ ހަރީރާ ބުނިއިރު ނަދާއަށް ވިސްނައިނުގަނެވުނީކަންނޭނގެއެވެ. ކުސްތަޅައިގަތީ ގޮސްގޮސް ހުރެފައެވެ.
"މަންމަ ހަނދާން ނެތުނީއޭ. ..." ކުއްލިއަކަށް ހަރީރާއަށް ހަނދާން ވެއްޖެއެވެ. އަވަހަށް އުނދޯލިން ފައިބައިގެން ގޮސް ބަދިގެއަށް ވަދެއްޖެއެވެ.
"ހުރޭ މަންމަ ހަދާދޭނަން. މަންމަ ހަދާދިނީމަ ހަމަ ކިރުޕެކެޓްގެ ރަހަ ދޭނީ...." ހަރީރާ މަސައްކަތް ކުރީ ނަދާ ރުއްސޭތޯއެވެ.
"ދެން ނޫން ...." އަނެއްކާވެސް ނަދާ ބޮޑާހާކާލިއެވެ.
"ދަރިފުޅު ހުރެބަލަ ބަލަން. މަންމަ ހަދާދިނީމަ އުޅޭނެ މީރުވެގެން. އިށީނދޭ އަވަހަށް. " ވަރަށް އަތްމަތި އަވަސްކޮށްލާފައި ކިރުތަށި ހަދާދޭން ހަރީރާ އުޅެގެންފިއެވެ. ކިތަންމެ ނުރުހިފަ ނަމަވެސް ބަދިގޭ މޭޒުކައިރީ ހުރި ގޮނޑީގައި ނަދާ އިށީނދެއްޖެއެވެ.
"އަންމިހިރީ.....އަވަހަށް ބޯލާ. " ނަދާ ކައިރީ މޭޒުމަތީގައި ކިރުތަށިބަހައްޓަމުން ހަރީރާ އަވަހަށް ބުންޏެވެ.
"ދެން މާ ފިނި......" ތަށީގައި އަތް ޖެހުމާއެކު ތަށީގެ ބޭރުން އައިސްކަން އިހްސާސް ކުރެވުމުން ނަދާ އަނެއްކާވެސް އަތް ނަގައިފިއެވެ.
"ނޫނެކޭ ދަރިފުޅާ....ހަމަ މީރު ވަރަކަށް ހުންނާނީ . އަވަހަށް ބޯލާ...." ހަރީރާ ވަރަށް ލޯތްބާއެކު ބުނެދިނެވެ.
ނަސީބަކުން އިތުރު ބަހަނާތަކެއް ނުދައްކާ ނަދާ އެ ކިރުތަށި ބޯލިއެވެ. ހަރީރާ ހުރީ ނަދާއަށް ބަލާށެވެ. ނަދާ ތަށި ބަހައްޓާފައި ފުން ނޭވާއެއް ލިއެވެ. ދެންވީ ހަމަ ހިނދުކޮޅެކެވެ. ނަދާގެ މޫނުމަތިން އުފާވެރި ހިނިތުންވުމެއް ފެނިގެން ދިޔައެވެ.
"ތެންންކްޔޫ މަންމާ........" ގޮނޑިން ތެދުވެލާފައި ނަދާ އޭނަގެ މަންމައަށް ޝުކުރު އަދާކުރިއެވެ. ހަރީރާވެސް ދަރިފުޅުގެ އެ ޝުުކުރިވެރިކަން ހިނިތުންވުމަކާއެކު ބަލައިގަތެވެ.
"އަވަހަށް ދޭ ދެން. މަންމަ ގޮވާނަން ފަތިހު." ހަރީރާ ލޯތްބާއެކު ބުންޏެވެ. ނަދާވެސް ކިޔަމަންތެރި ދަރިއެއްފަދައިން ދާން ހިނގައިގަތެވެ.
"އަން އަން....ފެންބޯލައިގެން ދޭ." ކުޑަ ފެންފުޅިއެއް ދިއްކޮށްލަމުން އަނެއްކާވެސް ހަރީރާ ގޮވާލިއެވެ. އެނބުރިލާފައި ފެން ފުޅީގައި ނަދާ ހިފިއެވެ. ނަމަވެސް ބުއިމުގެ ބަދަލުގައި ހިނގައިގަތީ އެ ކުޑަ ފެންފުޅި ހިފައިގެންނެވެ.
ނަދާ ކިރުތަށިބުއި ތަށި ހިފައިގެން ހަރީރާ ނުކުތީ ބޭރަށެވެ. ބޭރުގައި ހުރި ފެންއެތިން އެ ތަށި ދޮވެލުމަށެވެ.
ނަދާ ނިދުމުން މުޅި ގޭތެރެއިން އަޑު ކެނޑުނީއެވެ. ގޭގެ ކޮންމެ ދިމާލެއްގައިވެސް ވަނީ ހިމޭން ކަމެވެ. މި ހިމޭންކަމުގެ ތެރޭގައި ހަރީރާ އަދިވެސް އިނީ ގޯތިތެރޭގައި ހުރި އުނދޯލިގޭގައި އެލުވާފައި ހުރި އުނދޯލީގައެވެ. އުނދޯލި ހެއްލެމުން އެދާ ބާރުމިނާއެކު އޭނަގެ ސިކުނޑިވެސް މަސައްކަތް ކުރެއެވެ.
މިހާރަކަށް އައިސް ނަދާ މުޅިންވެސް ބޭނުންވަނީ ކިރު ޕެކެޓެވެ. އެކަމަކު އެކަން އޭނަ ކޮށްދޭނީވެސް ކޮންފަދައަކުން ހެއްޔެވެ؟ ކިރުޕެކެޓެއް އެއީ ނަދާއަށްޓަކައި ހަމަ އެއް ދުވަހެވެ. ދަޅަކުން ގައިމު ހަފްތާއެއްވަރު ވާނެއެވެ. ދުވާލަކު ކިރު ޕެކެޓެއް 20 ރުފިޔާއަށް އޭނަ ގަނެދޭނީ ކިހިނެއް ހެއްޔެވެ. ކިރުޕެކެޓެއް އޭނަ ނުގަތީ އެހެންވެގެންނެވެ. ހަނދާން ނެތިގެނެއް ނޫނެވެ. ލިބޭ އެއްޗަކުން ދެކޮޅު ޖައްސައިގެން ނޫޅެފިއްޔާ އޭނަ އާއި އޭނަގެ ދަރިފުޅު ހާލުގައި ޖެހިދާނެތީއެވެ.
ހަރީރާ އަކީ ބ. އޭދަފުށްޓަށް އުފަންވެ އެރަށުގައި ޒުވާންވި އަންހެނެކެވެ. ކިޔަވަން ދިޔަ ދުވަސްވަރު އޭނައާއި މައްލަވަ ކުރި ފުރަތަމަ ޒުވާނާއާއި ކައިވެނި ކުރެވުނީ ހިތުގެ އަޑިން އެދިގެންނެވެ. ކިޔެވުންވެސް ހުއްޓާލާފައި އުމުރުން އެންމެ 17 އަހަރުގައި ކައިވެނި ކުރަން އުޅުމުން ހަރީރާގެ މަންމަ އާއި ބައްޕަވެސް ދެކޮޅު ހެދިއެވެ. އަދި ޚާއްޞަކޮށް ފަހީމު އަކީ ރަށުން ބޭރު މީހަކަށް ވުމުން އެކަމާ ބޮޑަށް ހިތްހަމަނުޖެހުނެވެ. ނަމަވެސް ހުރީ އެންމެ އަންހެން ދަރިއަކަށް ވުމުން ހަރީރާ ރޯ ރުއިން ބަލަން ކެތް ނުވެގެން ކައިވެންޏަށްވެސް ރުހެވުނީއެވެ. ކައިވެނި ކުރެވުނު ދުވަހު ތުޅާދޫއަށް ހަރީރާ އައިސްފިއެވެ. މައިންބަފައިންނާއި އާއިލާއާއި ގާތް ރައްޓެހި ރަހްމަތްތެރިންނާއި އުޅެ ބޮޑުވި މާހައުލާއިވެސް ދުރަށް އޭނަ އައީ ހިތުގައި ކުޑަވެސް ބުރަކަމެއް ނެތިއެވެ. ފަހުމީއާއިއެކު އުޅޭހިތްވާލެއް ބޮޑުކަމުންނެވެ. ފަހުމީ ހުރިއްޔާ ދުނިޔޭގެ ކޮންމެ ތާކު ކޮންމެ ފަދަ ހާލެއްގައިވެސް އޭނައަށް އުޅެވިދާނެކަމުގެ ޔަގީންކަން އޮވެގެންނެވެ.
ނަމަވެސް.......
އޭރާއި މިހާރާއި ކިހާ ތަފާތު ހެއްޔެވެ.
އިންސާނުން ރާވާ ރޭވުންތައް އެއާއި އެއްގޮތަށް ނުހިނގާ އިދިކޮޅަށް ދަނީ ކިތައްފަހަރު ހެއްޔެވެ؟ އެފަދަ ވަގުތުތަކުގައި އަމިއްލަ ނަފްސު ކުށްވެރި ކުރުމުގެ ބަދަލުގައި ހެއްދެވިފަރާތާއި ޝަކުވާ ކުރަނީ ކީއްވެގެންހެއްޔެވެ؟ އުއްމީދުކުރާ ކޮންމެ ކަމަކީ ފެންނަ ހުވަފެނެއްފަދަ ކަމެއްކަން އަހަރެމެންނަށް ހަމަ ނޭނގެނީހެއްޔެވެ؟ ހޭލެވުމާއެކު އެ ހުވަފެނުންވެސް އެ ހޭލެވުނީކަމާ ކުރިމަތިން ހާމަވަނީ ހަގީގަތްކަން ނުވިސްނެނީހެއްޔެވެ؟ ފުރަތަމަ ދުވަހުވެސް ހުވަފެނަކީ ހަގީގަތެއް ނޫންކަމަށް ވިސްނުނު ނަމަ ހަގީގީ ދުނިޔޭގައި އެކަން ފުރިހަމަ ނުވުމަކުން ޝަކުވާ ކުރާކަށް ނުޖެހުނީސް ނޫންހެއްޔެވެ؟
**********(ނުނިމޭ)**********

މުރާސިލް ހޯމްޕޭޖް އަށާއި
ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ
އެވެ.
އުންމީދު ކުރަން ސޮފާގެ އެހެން ވާހަކަ އެކޭ އެއްގޮތަށް
މިވާހަކަ ވެސް ރީތި ވާނެ ކަމަށް..އެއީ ޝައްކެއް ވެސް އޮތް ކަމެއްނޫން... އޯލް ދަ
ބެސްޓް ސޮފާ..
އަލިމަހުގެ ވިދުމުގަ ހާދަ ސިޔާސީ ކުލަތައް ގަދައޭ. ހީވަނީ
ސިޔާސީ ވާހަކައެއްހެން. އަނެއްކާ ރަގަޅަށްތަ މި ހީވީ. ވަރަށް ރީތި ފޮޓޯގައި އޮތް
ޖުމްލަ، އެންމެ ހުނަރުވެރި ފަރުމާގައިވެސް އައިބެއް ނެތި ނުދާނެދޯ! އެކަމަކު
އެންމެ ގުރުޑު ފިޔައަކުން ފިނިފެންމާ ހުތުރެއް ނުވޭދޯ! ކުރިޔަށް ވަޑައިގަންނަވާ!
މީ މި ދުވަސްވަރަށް ބަލާފަ ވަރަށް ރަގަޅު ވާހަކައަކަށް ވާނެކަމަށް އުންމީދު
ކުރެވޭ!
މިވާހަކަގައި އުޅެނީ ނުހާތަ ނޫނީ ނަދާތަ. ފެށުންވަރަށް
ސަޅި.
ވާހަކައިގެވަރުއެގޭނީނިމުނީމަ ލިޔެބަލަވާގޮތެއްބަލާލަން
ފުރަތަމަ ބައިކިޔާފަ އަދި ނޭނގެ ބުނާނެ އެއޗްެއް. އެކަމަކު
ހީވަނީ މިއީ ވަރުަގދަ ވާހަކައެއްހެން. ކޮންމެ ހޮނިހިރަކު ވީމަ ތަންކޮޅެއް ލަސް.
ހަފްތާއަކު ދެ ދުވަހު ގެނެސްދޭންވީނު.
ހާދަ ސަޅިއޭ ފެށުން. ތަންކޮޅެއް އަވަހަށް ގެނެސްދެވޭކަށް
ނެތްތަ ސޮފް...؟؟
ހާދަ އުފާވެއްޖޭ ސޮފާގެ އާ ވާހަކައެއް ފެށީމަ. ފެށުން
ވ.ފުރިހަމަ. ސޮފާގެ އެހެން ވާހަކަތައް ހާ ރީތިވާނެ ކަމައް އުއްމީދު ކުރަން.
އެބައިން ވާހަކައެއް އަހާލަން!! އެއްޗެއް ހިތައް
ނާރުވައްޗޭ.. ކޮންމެހެން މިވާހަކަ ހަޑީކީ ނޫން.. "އިހްސާން" މިނަން
ކިޔާކުއްޖަކަށް "އިއްސޭ" މިނަން ނިކްނޭމްއަކަށް ކިއިދާނެތަ؟! އެނީވޭ
ހޯޕް މި ސްޓޯރީވެސް ސަޅިވާނެކަމަށް.... ފެށުން ނައިސް
އަޅެ. ހަރީރާ ކިރުތަށި ކިރާފަ ބޭރުގަ ބެހެއްޓިނަމަ އެއްނު.
އޭރުން ހަންޑި ގޮސް ބޯލާނަން. ސޮފާ ޙަރީރާ ކައިރީ ބުނައްޗޭ ދެން ފަހަރަކުން ބޭރުގަ
ބަހައްޓާށޭ. އަސްލު މިހާރު ތި ސިފަކޮށްދޭ ތަންތަނުގައޭ ހަންޑިއަށް އުޅެވޭނީ.
އެހެންވީމަ ހަންޑި ވަރަށް ކިޔާހިތްވެއްޖެ މި ވާހަކަ. ތަންކޮޅެއް އަވަސް ވާ ގޮތެއް
ނުވާނެތަ
: ހެހެހެ. ހަމަ ބުނަންވީތަ! ހަންޑި ފެނުނީމަ އެނގޭނެ އިނގޭ!
ހަންޑިއާއި ކިރުތަށީގެ ގުޅުން. ކުޅަދާނަތަ ހަންޑި ދެކެން. އެހާ ހިތްވަރު ލިބުނު
ދުވަހަކުން ތި ސުވާލުގެ ޖަވާބުވެސް އެނގޭނެހެން ހީވަނީ
ޕިކްގަ ލިޔެފަ އެއިން ކެޕްޝަން ވަރަށްރީތީ. އެކަމު
ހިތަށްއަރަނީ ހަމަ ސޮފާ ބުނަންބޭނުންވި ގޮތަށްބާއޭ ބުނެފަ އެ އޮތީ؟ އެންމެ
ހުނަރުވެރި ފަރުމާގައިވެސް އައިބެއް ނެތި ނުދާނެއޭ ބުނީމަ ކަމުދޭތަ؟ ކޮންމެ
ހުނަރުވެރި ފަރުމާއެއްގަ އައިބެއް ހުރުން ލާޒިމެއް ނޫންދޯ؟ އައިބެއްނެތި ނެތިވެސް
ހިނގައިދާނެދޯ ހަމަ؟
ހިޔަލަ: މަށަށް ހީވަނީ ހަމަ ބުނަން ބޭނުންވި ގޮތަށޭ
ބުނެފަ އެ އޮތީ. ނިކަން ވިސްނަމާހިނގާ ބަލަ! ކޮންމެ ހުނަރުވެރި ފަރުމާއަކީ އެންމެ
ފުރިހަމަ ފަރުމާއެއް ނޫންދޯ! ފަތިސްތަރިބުނަނީ "އެންމެ" ހުނަރުވެރި
ފަރުމާގެ ވާހަކަ. "ކޮންމެ" ހުނަރުވެރިއެކޭ ނޫނެއްނުދޯ. އެހެންވީމާ
ތަފާތު ވާހަކައެއްނު ދިހުން ތި ދައްކަނީ.
ޝަޒް: ދިހުންނަށްޝަޒްބުނެލަން
ބޭނުންވަނީ..........ކޮންމެ އެއްޗެއްގައިވެސް ހުންނާނެ އައިބު
ކަމެއް......ފަހަރުގަ ލޮލަށް ނުފެނިދާނެ.......އޭގެ މާނައަކީ އެ އެއްޗެއްގައި
އައިބު ކަމެއް ނެތިއްޔެކޭ ނޫން ދޯ!!!!!!!!!!! ކޮންމެ މީހަކީ ހަމަ އެންމެ ފުރިހަމަ
މީހެއް ނޫން......ކޮންމެ އިންސާނެއްގެ ގައިގައިވެސް ހުންނާނެ އުނިކަމެއް.......ފަހަރުގަ
އެ އިންސާނާއަށް ހަމަ ނޭންގުންވެސް އެކަށީގެންވޭ......ހަމަ އެގޮތަށް އެފަދަ
އިންސާނުން ހަދާ ފަރުމާފަދަ އެއްޗެހީގައިވެސް އެ އައިބު ހުންނާނެ.......އަދި
އެހެން ބަލާ މީހުންނަށް ނުފެނުނު ކަމުގައިވިޔަސް!!!!!!!!!!!!! :)
އޭ.ލޯބި ސޮފް. މިވާހަކަވެސް ވަރަށް ސަޅި އިނގޭ . ކޮންމެ
ހޮނިހިރު ދުވަހަކީ ވާހަކަ ގެނެސްދޭން ކަމުދާ ދުވަހެއްނޫން. އެހެންވީމަ އަދި އެއަށް
ދެ ދުވަސް އިތުރުކޮށްލަންވީނު/ ވާހަކަ ހަމަ ވަރަށް ކިޔާހިތްވާގޮތަކަށް މި ފެށުނީ.
ބުނަން އުޅުނީ ހުނަރުވެރި ކޮންމެ އެއްޗެއްގެ ވާހަކަބާ .
ނޫނީ ހުނަރުވެރިކަމުގެ އެންމެ އިންތިހާގެ ވާހަކަބާ! ތަފާތު ފިކުރުގެ މީހުން ކުރާ
މާނަވެސް ތަފާތުވެދާނެ! އެހެނަސް އެއީ ގޯހެއްނޫން. ވިސްނުމާއި ފިކުރާ ޚިޔާލުގަ
ކޮންމެ މީހަކީ މިނިވަނެއް. އަޅުގަނޑަށް މާނަ ކުރެވުނީ ހުނަރު އޭގެ އެންމެ
އިންތިހާގެ ވާހަކަކަމަށް. އެހެންވީމަ އެ ޖުމްލަ ހަމަ ވަރަށް ކަމުދޭ އިނގޭ.
އެންމެ ހުނަރުވެރި ފަރުމާގަވެސް އައިބެއް ހުރުން
ލާޒިމްކަމަކަށް ނުދެކެން. ހަމަ ނުހުރެވެސްދާނެ. ދެން ސޮފާ އަށް ހެޔޮއެދޭ، ސޮފާގެ
ފޭނުންނަށް ބުނެލަނަ ބޭނުންވަނީ ސޮފާއަށް ހެޔޮއެދުމަކީ ހެޔޮހިތްތަކަކުން ކޮށްފަ
ހުންނަ ކޮމެންޓްތައް ސޮފާ ފަދައިން، ސޮފާ ފަދައިން، ސޮފާ ފަދައިން، ސޮފާގެ ތިޔަ
ފޭނުންވެސް ހަޖަމްކުރަން މަސައްކަތް ކުރަމާ ހިނގާށޭ. އެއީއޭ ސޮފާއަށް ކުރިއެރުން
ލިބުމަށް އެދޭ ފޭނުންގެ ގޮތަކަށްވާންވާނީ. އަޅުގަނޑަކީވެސް ތިބާފަދައިން ސޮފާގެ
ވާހަކަތައް ކިޔާ، ސޮފާގެ ހުނަރާމެދު ފަޚުރުވެރިވާ، ސޮފާގެ ކުރިއެރުމަށް ހިތުގެ
އަޑިން އެދެވޭ ހަމަ ތިބާފަދަ ސޮފާގެ ފޭނެއް. އަޅުގަނޑު ފާޅުކުރީ އަޅުގަނޑަށް
ފެންނަގޮތް. ސޮފާގެ ތިޔަ ފޭނުން ބޭނުންވަނީ ހަމަ އެކަނި ވާހަކަ ރީއްޗޭނުބެފަ
ނިންމާލުންކަމުގަ ވަނީނަމަ، އެހެންވެސް ހެދިދާނެ. އެކަމު ހަމަ އެކަނި އެވަރުން
ނިންމާލާ ހިތްނުވަނީ ހަމަ! އެކަމު ހަމަ އެކަނި މިވާހަކަ ކިޔާ މީހެއްގެ ގޮތުގަވެސް
ހުރެވިދާނެ އިނގޭ!
އެރޮން: ހިތަށް އަރަނީ ފޭނެއް ކުރާ ކޮމެންޓެއްގެ
ސަބަބުން ހަމަ އެކަނި ކިޔާ މީހަކަށް ވެގެން ހުންނާނެބާއޭ ސޮފާއަށް ޙަޤީޤީ
ހެޔޮއެދުމެއް ނޫނީ ކުރިއެރުމެއް އެދޭ ފޭނެއް. އަޅުގަޑު ކުރާ ކޮމެންޓެއްގެ ސަބަބުން
ތިޔަ ބޭފުޅާ ސޮފާގެ ވާހަކައަށް ކޮމެންޓް ނުކޮށް ހުންނަވަން ޤަޞްދުކުރައްވާނަމަ
ދަންނަވަން އޮތީ އަޅުގަނޑަށްވެސް ހުރެވިދާނޭ ކޮމެންޓް ނުކޮށް. ހަމައެކަނި ރީއްޗޭ
ބުނެފަ ނިންމާލެވިފައެއް ނެތްހެން ހީވަނީ. އަޅުގަނޑުގެ ބުއްދި ޤަބޫލެއް ނުކުރޭ
އައިބެއް ނެތް އެއްވެސް ފަރުމާއެއް އުފެއްދި ދާނެކަމަކަށް. އެހެނީ އިންސާނުންނަކީ
އުނިބައެއް. އިންސާނުން އުފައްދާ ކޮންމެ އެއްޗެއްގައިވެސް އުނިކަމެއް ހުންނާނެ.
އަޅުގަނޑަކީ ވާހަކަ ލިޔުމުގެ ހުނަރު އެއްވެސް ވަރަކަށްހުރި މީހެއް ނޫން. އެހެނަސް
ވާހަކަ ކިޔާމީހަކަށް ނޫނީ ނުވާނެ. އެހެންކަމުން ބުނަމުން މި އަންނަނީ އެ
ވާހަކައާމެދު އަޅުގަޑު ދެކޭގޮތް. ތިޔަ ބޭފުޅާގެ ކޮމެންޓްގައި ވިދާޅުވާ ވާހަކަވެސް
އަޅުގަޑުގެ ސިކުޑިއަށް ޤަބޫލު ކުރަން ދަތިވީމަ އެވާހަކަ ދެންނެވީ. ވެދާނެ
އަޅުގަޑުގެ ވިސްނުމުގެ ހުރި އުނިކަމަކަށް ކަމަށްވެސް. އެހެންވީމާ، ތިޔަފަރާތުން
އިޚްލާޞްތެރި ހިތަކުން މަޢާފަށް އެދޭ ވާހަކަ ދަންނަވާލަން.
ހޭ ސޮފާ..........އަދި ހަމަ ދެންމެ މި އިގުނީ މީ ސޮފާގެ
ވާހަކައެއްކަންވެސް..............ވާހަކައިގެ ފުށުން ހަމަ އޮބި ނޯވެ
އިނގޭ..............ޝަޒް ހަމަ ޔަގީން ކުރަން ސޮފާގެ މިވާހަކަ އަކީވެސް ވަރަށް ސަޅީ
ވެފަ އިބްރަތެއްލިބޭނެ ވާހަކައެއް ކަމަށް ވެގެން ދާނެ ކަމަށް....... ޔޫ އަރ ދި
ބެސްޓް އިނގޭ ސޮފާ....................ކޮންމެ ހޮނިހިރު ދުވަހަކު ހުންނާނަމޭ މި
ވާހަކައަށް ފާރަ ލައިގެން....ހެހެހެހެހެހެހެހެހެ............. :)
ޝަޒް: ބޮޑާ ނަފްސް އިން ލިބުނު..........އަދި ފޯން
ކޯލް އެއް ނުނިމެއެއްނު ދޯ.......ނިމުނީމަ ދޯ އޭގެ ވާހަކަ
ދައްކާނީ...........އިންނާނެ ކަންނޭގެ ޝަޒްގެ ކޮމެންޓް ތަކުގަ އެވާހަކަ ބުނެ
ލާފަވެސް............ :)........ލައިފްގަ ކޮންމެ ގޮތަކަށް ކަންތައް ވިއެއް ކަމަކު
ޖެހޭނެނުން ދޯ ހިއްވަރުކުރަން...........އެންމެން އެއްގޮތެއް ނުވާނެކަން ވެސް
ޖެހޭނެ ދޯ ވިސްނަން...........އަދުނާން އާއި އިސްމާއިލް ކަހަލަ ނުލަފާ މީހުން އުޅޭ
އިރު އަސީލް އާއި އަސަދު ކަހަލަ ރަނގަޅު މީހުން އުޅޭކަންވެސް ޖެހޭނެ ދޯ
ހަނދާކުރަން..........ހަމަ އެގޮތަށް ތިމާ ވިސްނާ ގޮތަކީ ހަމަ އެންމެ ރަގަޅު
ގޮތެއްނޫން......އަމިއްލަ ހިތުގަ ކަންތައް ނުފޮރުވާ، ކަންކަމުގަ ރައްޓެހިންނާ
އާއިލާ މީހުންގެ ޚިޔާލާ މަޝްވަރާ ހޯދުމަކީވެސް އޮންނަ ކަމެއް ދޯ .......ގޮތް
ދޫކުރީމަ ތިމާ އެހެން މީހެއްގެ ކުރިމަތީގަ ކުޑަ ވީކީ ނޫނެއްނު ދޯ.........ބޯޑާކަން
ދޫކޮށްލާ ގޮތް ދޫކުރުމަކުން ތިމާ މީހާ ކުޑަވެ ގެއްލުމެއް ނުވާނެ އެއްނު........ވީ
ހެވް ޓު ރެސްޕެކްޓް އަދާރސް ފިލިންގސް ދޯ :)........ހެހެހެ މިހެންގޮސް ހަމަ ދެއްކި
ދާނެ ދޯ އެވާހަކައިން ލިބުނު އިބްރަތްތަކުގެ ކިތަންމެ
ވާހަކައެއް...........ހީކުރަން ޖަވާބު ދެވިއްޖެކަމަށް..........ޝަޒް ސޮފާގެ
ވާހަކަތައް މިކިޔަނީ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ
ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ

ވ ވ ވ ވ ވ ވ ވ ވެސް ކިޔާހިތުން.............ސޮފާގެ
ވާހަކަ ތަކުގެ ސިފަކުރުންތައް ވަރަށް ވެސް ސަޅި..........މިޔަކަށް ބަދަލެއް
ނާއްނާނެ ހަމަ.............ހިވާނީ ހަމަ ކިޔަމުންދާއިރު ކުރިމަތިން އެމަންޒަރުތައް
ސިފަވަމުން ދާހެން............ދެން ޝަޒް ބޭނުންވޭ އަހާލަން ބޮޑާ ނަފްސް އަދި
އެއްފަހަރު ކިޔާލަން ލިބިދާނެ ތޯ؟؟؟؟؟؟؟!!!!!!! އަދިވެސް ވަރަށް ކިޔާ ހިތްވޭ
އެވާހަކަ..............:) ތޭންކްސް އެންޑް ގޯޑް ބްލެސް ޔޫ ސޮފާ :)
ހެހހެހެހެހެހ! އޯކޭ އޯކޭ! ޤަބޫލް ކޮށްފިން ތިވާހަކަވެސް.
ސޮފާ.....އަދިވެސް ހޮނިހިރު
ނާންނަނީތަ............................/؟؟؟؟؟
ހާދަ ލަހޭ މި ސްޓޯރީ އަޕް ކުރާލެއް...

No comments:
Post a Comment