އަނެއްމީހާ ހިތުގަޖެހި ދެރަވެއްޖެކަން އެނގުމާއެކު، އެންމެ
ބޮޑު ބޭވަފާތެރިޔާގެ ހިތުގައިވެސް ތިމާއަށް ފަތަޙަ ވާނެކަމުގެ ޔަގީންކަން
އުފެދޭނެއެވެ. ޒިޔާދުއަށްވެސް ވީ އެހެންނެވެ.
ކިތަންމެ ނުރުހިގެން އިނާ ދާން އުޅުނުކަމުގައި ވިޔަސް އިނާގެ ލޮލުން ކަރުނަ ހިލުނުތަން ފެނި، ޝަކުވާގެ ދެސުވާލެއްވަރު އިނާގެ ދުލުން ބޭރުވުމާއެކު އޭނައަށް އަދި އިނާ ރުއްސުވިދާނެކަން އެނގިއްޖެއެވެ. އެހެންކަމުން އޭނަ ކުރި ކުށުން ދިފާޢުވާން ޒިޔާދު ބޭނުން ކުރީ ލޯބީގެ އައްޑަނައެވެ.
"އިނާ......އޯވހ އިނާ ނުރޮއި. ސޯ ސޮރީ. އިނާ...." ކުރިއަށް ޖެހި ވަގުތުން އިނާގެ ހަށިގަނޑު އޭނަގެ އަތުތެރެއަށް ގެންނަމުން ޒިޔާދު ބަލަން ފެށީ އިނާ ރުއްސާލެވޭތޯއެވެ. ސިކުންތެއް ދެސިކުންތެއްވަރުގެ ހިމޭންކަމެއް ދިޔައެވެ.
"އާދޭ އިށީންނަން.....ހުރިހާ ވާހަކައެއް ކިޔައިދޭނަން. އާދޭ...." އިނާގެ ކޮނޑުގައި ހިފާ ގަޔާ ކައިރިކޮށްލައިގެން ހުރެ ޒިޔާދު ހިނގައިގަތީ އޭނަގެ އެނދާ ދިމާލަށެވެ.
"އިނާއަށް އަޑުއިވުނީ ކިހާ ހިސާބަކުންކަމެއް ނޭނގެ. އެކަމަކު.....އިނާ ބުނިހެން....ތިއިވުނީ ރަނގަޅަށް. އެކަމަކު އޭގެ ހަގީގަތެއް އިނާއަކަށް ނޭނގޭނެ...." އިނާ އެނދުގައި ބައިންދާފައި އިނާ ކައިރީ އިށީންނަމުން ޒިޔާދު ކިޔާދޭން ފެށިއެވެ.
އިނާ ހަމަ ކިޔަމަންތެރި ދަރިއަކުފަދައިން އިނީއެވެ.
"ތިހީކުރާކަހަލަ ގުޅުމެއް ނޫނޭ އެއީ. އެއީ ބޮޑު އުނދަގުލެއްކަހަލަ އަންހެނެއް. އަހަންނަށް ޖެހިފަ ހުރި ހެޑޭކެއް އެއީ. އޭނަގެ ފަރާތުން ސަލާމަތް ނުވެވިގެން އަހަރެންވެސް މިއުޅެނީ. ސިކުނޑި ސަކަރާތްމީހެއް އެއީ. ސައިކޯ މީހެއް. އެކަހަލަ ގޮތަކަށް ވާހަކަ ދައްކައިގެން ނޫނީ އޭނަގެ ފަރާތަކުން ސަލާމަތެއް ނުވެވޭނެ. އެހެންވެ އެހެން ވާހަކަ...." ޒިޔާދު ކިޔައިދެމުން ދިޔައެވެ.
"އޭނައަކަށް ނޭނގޭތަ ޒިޔާދުގެ ކައިވެނި ކުރެވެން އުޅޭކަމެއް؟" ވަރަށް މަޑުއަޑަކުން އިނާއަށް އަހާލެވުނެވެ. ޒިޔާދުއާއި ދިމާލަށް އިސް އުފުލާފައި އެބަލާލި ބެލުމުގައި ވަނީ ޔަގީންކަން ކުޑަ ގޮތެކެވެ.
"ބުނީމޭ. ބުންޏަކަސް....." ގޮތްހުސްވެފައިވާކަހަލަ ގޮތަކަށް ޒިޔާދުއަށް އޭނަގެ އަމިއްލަ ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގާ ލެވުނެވެ.
"އެހެންވެއޭ މިބުނީ އިނާ އިހަށް އަޑުއަހާށޭ. ޔޫ ނޯވ...!! އޭނައަކީ އަހަރެމެން ނަގައިގެން އުޅޭ ޕްރޮޖެކްޓެއްގެ ބޮޑުމީހާގެ ދަރިއެއް. އޭނައަށް ތަޢާރަފްވީއްސުރެ އޭނަ އުޅެނީ އެ ވައްތަރަށް. މަސްލަހަތަށްޓަކައި އަހަރެން އޭނައާއި ވާހަކަ ދައްކަނީ. ނުދައްކާ ނުވެގެން. އޭނަގެ ކަންތައް ބޮޑުވެގެންގޮސް އަތުން އެތައް ލައްކަ ރުފިޔާ ގެއްލުން ވުމަކީ އެތައް ދަރަންޏެއް ބޮލުގަ އެޅޭނެކަމެއް. އަހަރެންގެ ބޮލުގަ. އެހެންވެ މިހާރު ކުރަމުންދާ މަސައްކަތް ނިމެންދެން ހިފަހައްޓާލެވޭތޯ މި މަސައްކަތް ކުރަނީ." ޒިޔާދު ވަރަށް ފަރުވާތެރިކަމާއެކު ކިޔައިދިނެވެ. ހަގީގަތެއް ނޭނގެއެވެ. ފެންނަ ފެނުމަށް ޒިޔާދު އެ ދައްކަނީ ސަމާސާ ވާހަކައެއް ނޫނެވެ.
އިނާ އަނެއްކާވެސް އިސް އުފުލާ ބަލާލިއެވެ. އެ ބެލުމުގެ މާނައެއް ޒިޔާދުއަކަށް ނުވިސްނުނެވެ.
"ދެތިންމަސްތެރޭގައި މިކަން ނިމޭނެ. ނިމުނީމަ ދުވަހަކުވެސް އޭނައާއި ވާހަކަ ނުދައްކާނަން. ޕްރޮމިސް. ގަބޫލުކުރޭ. އަހަރެންވެސް އިނާއަށް ގަސްތުގަ ދެރަގޮތެއް ނަހަދާނެނު؟ އެއީ އެއްވެސް މީހެއްނޫން. އެކަން ހަނދާންނައްތާލާ. އެކަމާ ފިކުރުބޮޑުނުކުރާތި. މިހާރުވެސް ތިއުޅޭ ފިކުރުތައް މަދެއްނޫން. އަހަރެން ބޭނުމެއް ނޫން އިނާ އިތުރަށް ކަންބޮޑުކުރުވާކަށް. އެކަންތައް އެއީ ނުވާކަމަކަށް ހަދާލާ." އިނާގެ ގައިގަ ފިރުމަމުން ވަރަށް ލޯތްބާ ހަމްދަރްދީއާއެކު ޒިޔާދު ވިސްނަދެމުން ދިޔައެވެ.
"އަހަރެން ބޭނުން ގެއަށް ދާން." އިސްޖަހައިގެން އިނދެފައި އިނާ ބުނެލިހާވެސް އެއްޗަކީ އެއީއެވެ. ޒިޔާދުއަށް ސިހުމެއް ލިބުނެވެ. މިވީ ކީއްބާވައޭ ހިތަށް އެރިއެވެ.
"އިނާ އަދިވެސް ގަބޫލެއް ނުކުރަމު ދޯ؟" އިނާގެ މޫނުގައި ހިފާ އުފުލާލަމުން ޒިޔާދު ސުވާލު ކުރިއެވެ. ޒިޔާދުގެ ލޮލާ ހަތަރުކަޅިހަމަވި ވަގުތު ޒިޔާދުއަށް އިނާގެ ލޮލުން ކަރުނަ ނިރާލިތަން ފެނުނެވެ.
"އޯވހ އިނާ. ވަރަށް ބޮޑަށް ސޮރީ އިނާ ދެރަކޮށްލެވުނީތީ. އެކަން ހަނދާންނައްތާލާ. އެއްވެސް ތާކުންތާކު ނުޖެހޭ ކަމަކާ އިނާ ހިތުގަ ޖެއްސުނީ. ސޯ ސޮރީ." މިހެން ބުނަމުން އަނެއްކާވެސް އިނާ ގެނެސް ގަޔާކައިރިކޮށް ފިރުމަން ފެށިއެވެ. އިރުކޮޅެއްވަންދެން ޒިޔާދުއަށް އެ ފުރުޞަތު ލިބުނެވެ.
"މިހާރު މަންމަވެސްލަސްވެގެން އުޅޭނެ." ޒިޔާދުގެ ގަޔާއި ދުރަށް ޖެހިލަމުން އިނާ އަންގަދިނީ އޭނަ ގެއަށް ދާން ބޭނުންވެފައި އިންކަމެވެ.
"އާނ...ހިނގާ ދާން. އެކަމަކު ބަލަ......މިކޮޅު ބަލާ.......އެއްވެސް ހިތްހަމަނުޖެހުމެއް އޮވެގެން ނުވާނެ އަހަރެމެން ދެމެދު. " އެނދުން ތެދުވުމުގެ ކުރިން އިނާގެ މޫނުގައި ހިފައި އޭނައާއި ދިމާލަށް އަނބުރާލަމުން ޒިޔާދު މަސައްކަތް ކުރީ އިނާ ލައްވާ އެއްބަސް ކުރުވާށެވެ. އިނާގެ ހިތުގައި އޮތީ ކޯޗެއްކަމެއް ނޭނގެއެވެ. އިނާ ހަމަ އެކައްޗެއްވެސް ނުބުނެއެވެ. އޭނަގެ މޫނުން މަޑުމަޑުން ޒިޔާދުގެ އަތް ދުރުކުރުން ފިޔަވައި އިތުރު ހަރަކާތެއްވެސް ނުކުރެއެވެ. ދެން ފެނުނީ ތެދުވެ ހިނގައިގަތް ތަނެވެ. ޒިޔާދު އިނީ ބަލާށެވެ.
އިނާ ގޮސް ލޯކުރިމަތިން އޮބާލުމުން ގޮށްމުށްކަވާފައި ޒިޔާދުއަށް ޖަހާލެވުނީ އެނދުގައެވެ. ކޮންމެވެސް ކަމަކުން ޒިޔާދުއަށް ނާކާމިޔާބީއެއް ވެއްޖެކަން އެ ހަރަކާތުން ކިތަންމެހާވެސް ރަނގަޅަށް ދޭހަވެއެވެ.
** ** ** ** ** ** ** ** ** **
"އިނާ.....ޒިޔާދު އައިސްއެބަހުރި." ސޯފިޔާ އާއި އިނާ އުޅޭ ކޮޓަރިއަށް ބޯދިއްކޮލަމުން މިހެން ބުނީ ސޯނިޔާއެވެ. އެއީ ޖެހިގެން އައި ރެއެވެ.
އިނާއަށް ގޮވާލާފައި ސޯނިޔާ ދިޔައީއެވެ. ނަމަވެސް ލެޕްޓޮޕް ހިފައިގެން އެނދުގައި އިށީނދެލައިގެން އިން އިނާ ތެދުވުމުގެ ބަދަލުގައި ބަލާލީ ލެޕްޓޮޕްގެ ގަޑިއަށެވެ. ރޭގަނޑުން 10 އެއް ޖަހައިފިއެވެ. ފަރުވާކުޑަ ގޮތަކަށް ދެން ބަލާލީ ހަމަ ދާދި ގާތުގައި އެނދުމަތީގައި އޮން މޮބައިލް ފޯނަށެވެ. ފޯނުގެ ޑިސްޕްލޭއިން ޒިޔާދުގެ 20 ކޯލް މިސްވެފައި ހުރިކަން ފެންނަން ހުރުމަކުންވެސް އިނާގެ މޫނުމަތިން ހާސްކަމެއް ނުފެނެއެވެ.
ހަމަ ކަމެއްވީކަމަށްވެސް ނަހަދާ އިނާ އިނީއެވެ. ނަމަވެސް އިރުކޮޅަކުން ކޮންމެވެސް އެއްޗެއް ވިސްނާލާފައި ކޮޓަރިން ބޭރަށް ނުކުތުމަށް ހިނގައިގަތެވެ. އިނާ ނުކުތްއިރު ސިޓީންގރޫމްގެ ސޯފާއެއްގައި ޒިޔާދު އިނެވެ. ދޮންތަގެ ފިރިމީހާ ރީހާންވެސް އިނެވެ. އެހެންކަމުން ޒިޔާދުއަށް އިޝާރާތް ކޮށްލާފައި ގަރާޖް ދޮރުން އިނާ ނުކުތީ ބޭރަށެވެ. ޒިޔާދުވެސް އިނާގެ ފަހަތުން ނުކުތެވެ.
"ހާދަ ވަރަކަށް ގުޅައިފީމޭ....ފޯނަށް ކަމެއް ވީތަ؟" އިނާގެ ފަހަތުން އަންނަމުން ޒިޔާދު އަހާލިއެވެ. އިނާ ޖަވާބެއް ނުދެއެވެ. މުޅިން އެއްކޮށް ދޫކޮށްލާފައި އޮތް އިސްތަޑިގަޑުން ބައެއް ކަންފަތްދަށަށް ލަމުން ހިނގަމުން ކުރިޔަށް ދިޔައެވެ.
"އިނާ...ވެއިޓް....އިނާ...." ޒިޔާދު ވާހަކަ ދެއްކުމުންވެސް މަޑުނުކުރުމުން އަދި އަޅާނުލުމުން ޒިޔާދުއަށް ނިކަމެތިކަމެއް އިހްސާސްވި ކަހަލައެވެ. ތަންކޮޅެއް ބާރަށް ގޮސް އިނާއާއި އަރާ ހަމަކުރިއެވެ. އިނާ ހުއްޓުނީ ކުއްލިއަކަށެވެ. ގަރާޖްގައި އޮތް ކާރު ފަސްދީފައި ގޮސް ގަރާޖް ގޭޓާއި އަރާ ހަމަވިފަހުންނެވެ.
"މިތަނަށް ކީއްކުރަން....މި......ހެހެހެހެ.......ހިނގާ ކުޑަކޮށް ބޭރަށް ޖައްސާލަން." އިނާ ހުއްޓުމުން އުނަގަނޑުގައި ދެއަތް ވިއްދާލަމުން ވަރަށް ވަރުބަލިވެފައި ހުރި މީހަކު ފަދައިން ޒިޔާދު އެދުނެވެ. ލުއި ހީލުމަކާއެކުގައެވެ.
އިނާ ހަމަ ހަށަން ބަދެލައިގެން ހުރީއެވެ. ޒިޔާދުގެ މޫނަށްވެސް ބަލާނުލައެވެ.
"އޯވހ ކަމޯން. އަދިވެސް އިނާ ތިހިރީ ރޭގެ ކަންތަކާ ހިތްހަމަނުޖެހިފަތަ؟" ޒިޔާދުގެ އަޑުގައި ވަނީ ޖޯޝެވެ. އެދެމެދުގައި މައްސަލައެއް އުޅޭހެންވެސް އޭނަގެ އަޑަކުން ހިއެއް ނުވެއެވެ.
"އަހަރެން ބޭނުން ވިސްނާލަން ވަގުތުކޮޅެއް." ޒިޔާދު ދައްކަމުން ދިޔަ ވާހަކައަށް ކުޑަވެސް ޝައުގުވެރިކަމެއް ނެތް ކަހަލަ ގޮތަކަށް، އެކަމަކުވެސް ވަރަށް ހިމޭން އަޑަކުން އިނާ، އޭނަ އެދޭ ގޮތް ފާޅުކޮށްފިއެވެ.
"ތިބުނީ.....؟" އޭނައަށް އަޑުއިވުނުގޮތާ މެދުވެސް ޒިޔާދުއަށް ޔަގީންކަން ނެތް ކަހަލައެވެ.
"އަހަރެން ބޭނުމޭ ވިސްނާލަން ވަގުތުކޮޅެއް." ޒިޔާދު އުއްމީދުކުރީ ތަފްޞީލަށްކަމަށްވިޔަސް، އިނާގެ އަނގައިން ލިބުނީ ކުރިންވެސް ލިބުނު ޖަވާބެވެ. އަބަދުގެވެސް ބަސްމަދު އިނާ މާ ގިނަ ވާހަކަތަކެއް ނުދައްކާނެކަން ޒިޔާދުއަށް ހަނދާންނެތުނީއެވެ.
"ކޮންކަމަކާ....؟ އަހަންނާއެކު ބޭރަށް ދެވެނީވެސް ވިސްނާލާފަތަ؟" ޒިޔާދު ހެދީ ނޭނގޭ ކަމަށެވެ. އިނާއަށްވެސް އެކަން އެނގުނެވެ. އެހެންކަމުން ޒިޔާދު ކުރި ސުވާލަށް ޖަވާބު ނުދޭންވެގެން ހަމަ ބަލަހައްޓައިގެން ހުރީއެވެ.
"އެންމެ ރަނގަޅު. ކިހާ ދުވަހެއް....؟" ނޭނގޭކަމަށް ހަދައިގެން މޮޅެއް ނުލިބޭނެކަން އެނގުމުން ޒިޔާދުއަށް މަޖްބޫރުވީ ސަމާސާގޮތް ދޫކޮށްލާފައި ސީރިއަސް ވާށެވެ.
"ނޭނގެ...." ހަގީގަތުގައިވެސް އިނާއަކަށް ނޭނގެއެވެ. އިނާ އެބުނީ ތެދެކެވެ.
"އެންމެ ރަނގަޅު. އެކަމަކު އިނާއަށް އެނގޭ ދޯ އިނާއަށް ތިއެދެވެނީ ކޮންކަހަލަ ކަމަކަށް ކަން؟" ޒިޔާދުގެ އަޑާއި ރާގުގައިވެސް ވަނީ ނުރައްކަލެއްގެ އިންޒާރެވެ.
"އެނގޭ..........." ޒިޔާދުގެ އެ އިންޒާރަކުންވެސް އިނާއަށް އަސަރެއް ނުކުރިއެވެ. އިނާ ހުރީ ސާބިތުކަން މަތީގައެވެ.
"ފުރުމުގެ ކުރިން ދެން ދިމައެއް ނުވާނެތަ؟" ބަލިގަބޫލުކުރާ ކަހަލަ ރާގަކަށް ދެރަވެފައި ޒިޔާދުއަށް އަހާލެވުނެވެ.
"މިގެއަށް އައިއްސިއްޔާ ދިމާވާނެ. އެކަމަކު......" އިނާ ބުނަން އުޅުނުއެއްޗެއް މަޑުޖައްސާލިއެވެ.
"އެކަމަކު..............؟ އެކަމަކު އިނާ ބޭނުމެއްނުވޭ ދޯ އަހަރެންނާ ބައްދަލުކުރާކަށް؟" ލައިގެން ހުރި ޓީޝާޓުގެ ގޮށްފަތީގައި ހިފައި ރަނގަޅުކޮށްލަމުން ޒިޔާދު އަހާލިއެވެ. ޒިޔާދުއަށް އޭނަގެ ކުށް ވަރަށް ބޮޑަށް ގަބޫލުކުރެވިފައި ހުރިކަން އިނާއަށް އެނގުނެވެ. އެކަން ޒިޔާދުގެ މޫނުމަތިން ފާޅުކޮށް އެނގެއެވެ.
"އެނގޭ އެއްޗެއް ނުބުނާނެކަންވެސް. އެންމެރަނގަޅު. ދަނީ. ފަހުން ގުޅާނަން." މިހެން ބުނެފައި އައިކޮޅަށް ދާން ޒިޔާދު ހިނގައިގަތެވެ.
"ޒިޔާދު.........!!!" ދެތިންފިޔަވަޅު އަޅާލުމާއެކު އިނާ އޭނައަށް ގޮވާލި އަޑުއިވުމުން ޒިޔާދުގެ ފިޔަވަޅުތަކަށް ހުއްޓުން އައިސް އެނބުރި ބަލާލެވުނީ އިޚްތިޔާރުން ބޭރުގައި ކުރެވޭ ހަރަކާތެއްފަދައިންނެވެ.
"މިދޮރުން ނުކުންނަންވީނު." ޒިޔާދު އެނބުރި ބަލާލުމުން އިނާ އޭނަގެ ފުރަގަހުން ފެންނަން ހުރި ގަރާޖް ގޭޓަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ. ޒިޔާދުގެ މޫނުމަތިން ހަމަ ދެންމެއަކު އެ ފެނުނު އުޖާލާކަން ކުއްލިއަކަށް ކެނޑިގެންދިޔަތަން އިނާއަށް ފެނުނެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އިނާ ގޮވާލުމުން ޒިޔާދުއަށް ހީކުރެވުނީ، އޭނަ ދާތަން ފެނިފައި އިނާގެ ހިތަށް ކެތް ނުވީ ކަމަށެވެ. އެ އިހްސާސްގައި ހުރެވުނު ދެތިން ސިކުންތުގެ އުފާ ޒިޔާދުއަށް ލިބުނެއްކަމަކު، އިނާ ގޮވި އަސްލު މަގްޞަދު އެނގުމުން ޝައުގުވެރިކަން ގެއްލިގެން ދިޔައެވެ.
ގަރާޖް ގޭޓް ހުރީ ނުވެސް ހުޅުވައެވެ. ނަމަވެސް އިނާއާއި އިތުރަށް ދެކޮޅު ނަހަދާން ވެގެން ޒިޔާދު ގޮސް އެ ދަގަނޑު ދޮރު ހުޅުވާފައި ބޭރަށް ނުކުމެއްޖެއެވެ. އަދި ނުކުމެފައިވެސް އެ ގޭޓް ލައްޕާލަވެސް ދިނެވެ. އެ ހުރިހާ އިރުވެސް ޒިޔާދުގެ ހަރަކާތްތަކަށް ބަލަން އިނާ ހަމަ ހުރީއެވެ.
ޒިޔާދު ދިއުމުން އަނެއްކާވެސް އެނބުރި ގޮސް އިނާ ވަނީ ކޮޓަރިއަށެވެ. ލެޕްޓޮޕް ނަގައިގެން އައިސް މޭޒުމަތީ ބަހައްޓައިގެން ވަކި މަގްޞަދެއް ނެތި ނެޓް ސާރޗް ކުރަން ފެށިއެވެ. އެކަމަކުވެސް ސިކުނޑީގައި ހިނގަމުން ދަނީ ޒިޔާދުގެ ޚިޔާލު ތަކެވެ.
ކައިވެނީގެ ކުރިން އެކަކު އަނެކަކަށް އެނގެންޖެހޭނެޔޭ ކޮންމެ މީހަކުވެސް ބުނެއެވެ. އެކަމަކު، ކައިވެނީގެ ކުރިން މީހަކު އެނގޭނެހެއްޔެވެ؟ އެނގެން މަސައްކަތް ކުރިޔަސް އެކަން ވާނެހެއްޔެވެ؟ މީހުން އެހެން ބުނަނީ ކީއްވެގެން ހެއްޔެވެ؟ މުޅި އުމުރު އެކުގައި، ކޮންމެ ދުވަހަކު ހޭދަކުރިޔަސް މީހަކަށް މީހަކު ދަހެއް ނުވާނެއެވެ. މާދަންވާން އޮތް ގޮތް އެނގޭ އިންސާނުން ދުނިޔޭގައި އުޅޭނަމަ ފަހަރެއްގަ އެކަން ވެއްޖައީސްތޯއްޗެކެވެ.
އޭނަ ކޮންމެހެން ޒިޔާދު އަކީ ކާކުކަން އެނގެން މާ ބޮޑު މަސައްކަތެއް ކުރީކީވެސް ނޫނެވެ. އެކަމަކުވެސް، އޭނައަށް ހީކުރެވިފަ އޮތީ ޒިޔާދު އޭނަ ދެކެ އިންތިހާއަށް ލޯބިވާ ކަމަށެވެ. އޭނަ ފެނުނީއްސުރެން އޭނަގެ ފަހަތުން އުޅުނު ގޮތުން އޭނައަށް ހީކުރެވިފަ އޮތީ ޒިޔާދު އޭނަ ދެކެ ވަނީ ހަގީގީ ލޯބި ކަމަށެވެ. އަދި އެފަދަ ލޯތްބެއް ހިބައިން ލިބިގެން ހުރެމެ އެހެން އަންހެނަކާ އެފަދަ ގުޅުމެއް ޒިޔާދު އުފައްދަފާނެ ކަމާމެދު ވިސްނާލަންވެސް އިނާގެ ހިތަށްވެސް ނާރައެވެ.
އޭނަ ހީކުރީ ޒިޔާދު ހުންނަނީ ދީވާނާއިންގެ ދަރަޖައަށް އޭނަ ދެކެ ލޯބިވެފައި ކަމަށެވެ. ޒިޔާދުގެ ހުރިހާ އަމަލަކާއި ބަހަކުންވެސް މިހާތަނަށް ފާޅުވެފައި ހުރީވެސް އެގޮތެވެ. ވީއިރު އެ ނޫންގޮތަކަށް ހީކުރުމުގެ ޖާގައެއްވެސް މީގެ ކުރިއަކުން އޭނައަށް ނެތެވެ.
ޒިޔާދުއަށް ގުޅާލާއިރު އަބަދު ކޯލް ވެއިޓިންގ ގައި ހުރުމާއި އޭނައާއެކުގައި ހުންނައިރުވެސް ގޮތްނޭނގޭފޯންތަކެއް އައުމާއި، ބައެއް ފޯންތައް އައުމުން އޭނަ ކައިރީ ހުރެފައިވެސް އޭނައަށް އަޑުނީވޭ ހިސާބަށް ދުރަށްގޮސް އެތަކެއްއިރުވަންދެން ވާހަކަ ދައްކަން ޒިޔާދު އިނުމާ، މިފަދަ އެތައްކަމެއް ފެންނަމުން ، ދިމާވަމުން އައިއިރުވެސް އޭނައަށް ޒިޔާދުއާއި ދޭތެރޭ އެއްވެސް ކަހަލަ ޝައްކެއްވެސް ނުކުރެވުނީ އޭނަ ހާޞިލްކުރަން ޒިޔާދު ކުރި މަސައްކަތްތައް ތާރީޚުގެ ތެރެއަށް ވަދެ ގެއްލޭހާ ގިނަ ދުވަސްތަކެއް އަދި ނުވާތީއެވެ. އިއްޔެ ވީކަމެއްހެން އަދިވެސް އެކަންތައްތައް އިނާގެ ހިތަށް ފެންނާތީއެވެ. އޭނަ ދެކެ ވާ ލޯބި ފާޅުކުރުމުގައި ޒިޔާދުގެ ބަސްމަގާއި އަމަލުތައް ހުރި ގޮތުން އޭނަ ނޫން މީހަކާއި ދިމާލަށް ޒިޔާދު ބަލާލާނެއޭވެސް އިނާއަށް ހީކުރެވިފައި ނެތެވެ. ޒުވާން އެހެން އަންހެންކުދިންފަދައިން އޭނަގެ ވާން އުޅޭ ފިރިމީހާ، އެހެން އަންހެންކުއްޖަކަށް ބަލާލަފާނެތީ، ނުވަތަ ވާހަކަ ދައްކަފާނެތީ ހަސަދަވާން އޭނައަށް ނޭގުނީވެސް އެހެންވެގެން ކަމަށްވެދާނެއެވެ.
އެކަމަކު އެއީ އޭނައަށް ހީކުރެވުނު ކިހާ ބޮޑު ކުށެއް ހެއްޔެވެ. ހަގީގަތް މި އެނގުނީ ރޭގެ އެ ފޯންކޯލަށް ޒިޔާދު ދެއްކި ވާހަކަ އޭނައަށް އަޑުއިވުނީމައެވެ. އަދި އޭގެ ކުރީރޭ އެގެއަށް ގޮސް އުޅެނިކޮށްވެސް ޒިޔާދުއަށް އެއައި ދިގު ފޯންކޯލަކީ ހަމަ އެކަހަލަ ފޯން ކޯލެކޭ އޭނައަށް ހީކުރެވުނީވެސް ރޭގަ ޒިޔާދު އެ ދެއްކި ވާހަކަ އަޑުއިވުމުންނެވެ. އެހެން ނޫންނަމަ އޭނައަށް މިއިން އެއްކަމެއްގެވެސް ހިލަމެއް ނުވާނެއެވެ.
ދެން އޭނަ ހަދާނީވެސް ކިހިނެއް ހެއްޔެވެ؟
ވިސްނާލަން ވަގުތު ބޭނުމޭ އޭނައަށް އަދިވެސް ބުނެވިދާނެއެވެ. އެކަމަކު އެއީ ކިހާ ދުވަހަކަށް ހެއްޔެވެ؟ ކިތަންމެ ވިސްނުމެއް ވިސްނިޔަސް، ޒިޔާދުގެ އެ ސިއްރު ގުޅުމުގެ ހަގީގަތް އޭނައަށް ހޯދޭނެ ހެއްޔެވެ. ނޫނީ އޭނަ ހޯދާހިތްވޭ ބާވައޭވެސް އެއީ އުފެދޭ ސުވާލެކެވެ. އަދި ހޯދުނަސް ޒިޔާދުގެ އެ އަމަލު ކުށްވެރިކޮށްފައި އެ ކައިވެނި ނުކުރާނަމޭ އޭނައަށް ބުނެވޭނެހެއްޔެވެ؟ އެހެން ބުނަން ދެފަރާތުގެ އާއިލާ ކުރިމައްޗަށް އޭނަ ދާނީވެސް ކޮން މޫނަކާއިގެން ހެއްޔެވެ؟ ނޭނގެއެވެ. ހަދަންވީ ގޮތެއް ނޭނގެއެވެ.
ކުރެވެމުން ދިޔަ ޚިޔާލުތަކުގެ ސަބަބުން ބޮލަށް އުނދަގޫވެގެން އިނާ ގޮނޑިން ތެދުވެއްޖެއެވެ. އަދި އެއްވެސް މާނައެއް ނެތި ހުޅުވާފައި ހުރި ދިރާގުގެ އިންޓަރނެޓް ޕޭޖްވެސް ކްލޯޒް ކޮށްލާފައި ލެޕްޓޮޕްގެ ސްކްރީންވެސް ކުޑަކޮށް ލައްޕާލިއެވެ.
އެ ޚިޔާލުތަކާއި ދުރުވުމުގެ މަގްޞަދުގައި އިނާ ދިޔައީ ކޮޓަރިން ނުކުތުމަށެވެ. އެނދުމަތީގައި އޮތް މޮބައިލް ރިންގުވާން ފެށީ ހަމަ އެވަގުތުއެވެ.
ޒިޔާދު ދިޔައީ ގުޅާނަމޭ ބުނެފައެވެ. ގެއަށް ދެވުމާއެކު ގުޅީތާއެވެ.
މިހެން ހިތަށް އަރައި އިނާ ގޮސް ފޯން ނަގާ ބަލާލިއެވެ. އެއީ ޒިޔާދެއް ނޫނެވެ. އެއީ އޭނަގެ ލޯބިވާ ރަހްމަތްތެރިޔާ ދިލްމާއެވެ.
"ދިލް....!! ހާދަރަނގަޅޭ ގުޅާލީމަ. ދިލްއާއި ވާހަކައެއް ދައްކަންވެފަ މި ހުންނަނީވެސް." ދިލްމާ ގުޅުމުން ހަގީގަތުގައިވެސް އިނާއަށް އުފާވެރިކަމެއް ލިބުނެވެ.
"މީގެ އިރުކޮޅެއްކުރިން އިނިން އޮންލައިންގަ. ޒިޔާދު އައިސްގެން ދިޔައީ. ދިލްއަށް އޮންލައިން ވެވޭނެތަ މިހާރު. މާލަސްވެސްޖެ ދޯ؟" އިނާ އަހާލިއެވެ.
"އެބަ އަންނަން މަންމަ ކައިރިއަށް ގޮސްލާފަ. އަންނަންވާއިރަށް އޮންލައިންވެބަލަ. އާނއެކޭ....ވަރަށް އަވަސްކުރާނަން." ހީލަމުން އިނާ ޖަވާބު ދީފައި ފޯން ބޭއްވިއެވެ.
އޭނަގެ އެ ރަހްމަތްތެރިޔާ އަކީ ކިތަންމެ ދުރުގައި ހުރި ނަމަވެސް އޭނަގެ ހިތާމައާއި އުފަލުގައިވެސް ބަރާބަރަށް ހިއްސާވާ ބައިވެރިޔާއެވެ. އިންޑިޔާގަ ހުރެގެންވެސް އެހާ ގިނައިން ގުޅާތީ އޭނަ މައްސަލަ ޖެއްސިޔަސް ދިލްއަށް އެއީ ބޮޑުކަމަކަށް ނުވަނީވެސް އެހެންވެގެންނެވެ. އޭނަ ދެކެ ދިލް ވާ ލޯތްބެއްގެ ސަބަބުން އަތުން ދާ ލާރިއެއްވެސް އެއީ މާ ބޮޑުއެއްޗަކަށް ދިލްއަށް ނުވަނީއެވެ.
އޭނައަށްވެސް އެކަން ނޭނގެނީކީ ނޫނެވެ. އެކަމަކުވެސް، ދިލްއަކީ މެދުމިންވަރުގެ އާއިލާއެއްގެ ކުއްޖަކަށް ވެފައި ލިބޭ އެއްޗަކުން ދެކޮޅު ނުޖެހިދާނެތީ ކަންބޮޑުވާތީ އެހެން ބުނެލެވެނީއެވެ. އެއިން ކޮންމެ ފަހަރަކު ދިލް އޭނައަށް އަޑުލައިހަދައެވެ. އަބަދު އެހެން ކިޔަންޏާ ދެން ދުވަހަކުވެސް ނުގުޅާނަމޭ ދިލް ބުންޏަސް އަނެއް ދުވަހުވެސް އޭނައަށް އެވާހަކަ ދެއްކެނީ ޚުދު އޭނަވެސް ދިލް ދެކެ ވާ ލޯތްބަކުންކަން ދިލްއަށްވެސް އެނގޭކަން އޭނައަށްވެސް އެނގެއެވެ.
އުމުރުން އޭނައަށްވުރެ 2 އަހަރު ދޮށިވުމުން ކަމަށްވެސް ވެދާނެއެވެ. ހުރިހާ ގޮތަކުންވެސް ދިލް އަކީ އޭނައަށް ހުރި ފަރުވާއެކެވެ. މިކަމުގައިވެސް ދިލްގެ ލަފަޔެއް ލިބިގެން ނޫނީ އޭނައަކަށް ކުރިއަކަށް ނުދެވޭނެއެވެ. ކޮންމެހެންވެސް ދިލްގެ އެހީ ބޭނުން ވެއެވެ.
** ** ** ** ** ** ** ** ** **
ރަށަށް ފުރުމަށްޓަކައި އިނާމެން ވާންޖެހޭ ހުރިހާ ތައްޔާރީއެއްވެސް ވެ ނިމިއްޖެއެވެ. އިންތިޒާރު ކުރެވެމުން ދަނީ ނުވަގަޑިބަޔަށެވެ. ދިހައެއް ޖަހާއިރު ޗެކިންގ ފެށޭނެތީ ހުޅުލެއަށް ދިއުމަށެވެ.
ރޭގަނޑުގެ ކެއުމަށްފަހު އާއިލާގެ ހުރިހާ ކުދިންކަހަލަ ގޮތަކަށް އައިސް ސިޓިންރޫމްގައި ތިއްބެވެ. އާއިލާގެ އެންމެ އިސް މީހެއްގެ ގޮތުގައި ޝީލާވެސް އެތާ އިނެވެ.
"ކޮބާ ޒިޔާދު......މިރެއަކު ނާދޭތަ؟" މިހެން އެހީ ސުހެއިލް އެވެ.
"މިއަދު ހަވީރު އައިސް އުޅުނު. ދަމުން ބުނި މިރޭ މިތާކައިރި ރިސޯޓަކަށް ކޮންމެވެސް މަސައްކަތެއްގައި ދާވާހަކަ. ނާދެވޭނެއޭ ބުނެފަ ދިޔައީވެސް. އެއީދެން އަނެއްހެން މައްސަލައެއްވެސް ނޫންތާ؟ ވަރަށް އަވަހަށް ޒިޔާދު ދާނެ ރަށަށް." ސުހެއިލް އެހެން އެހީ އިނާ ގާތުކަމަށްވިޔަސް ޖަވާބު ދިނީ ޝީލާއެވެ.
"ސޯފީއަށް ދެވޭނެތަ އަހަންނާއެކު ލެކިއުޓަށް؟" ދައްކަމުން ދިޔަ ވާހަކައަކަށް ސަމާލުކަމެއް ނުދީ އިނާ ވާހަކަ ދެއްކީ ސޯފިޔާއާއެވެ. ސޯފިޔާ ހަމައެކަނި ސުވާލުގެ ބެލުމަކުން ބަލާލީއެވެ.
"އަދިވެސް ދަރިފުޅު ނުގަންނަނީ ދޯ...؟؟" އިނާ އެ ދެއްކި ވާހަކައަކީ ކުރިންވެސް ދައްކާފައި އޮތް ވާހަކައެއްކަން އެހިސާބުން ސޯފީއަށް އެނގުނެވެ.
"ދެން އެހާ ދާކަށް މަޖްބޫރެއްވެސް ނޫން. އެކަމަކު....." އިނާ އިނީ ދެފިކުރެއްގައެވެ.
"ހޫމް........ދުވަހަކުވެސް ޔަގީން ނުވާނެ. އެންމެރަނގަޅޭ. ހިނގާ ދާން. އަވަހަށް ދިޔައިއްޔާ އަވަހަށް އާދެވޭނީ." އިނާއަށް އަޑުލީ ސޯފިޔާއެވެ.
ލެކިއުޓަށް އިނާ ދިޔައީ ކޮންމެހެންވެސް ގަންނަން ބޭނުންވާ ލޯޝަނާއި ބޮލުގެ ކްރީމް އާއި އަދިވެސް މިފަދަ ބާވަތްތައް ގަނެލުމަށެވެ. ދުވަސްވެ ވަސްކެނޑި ބާރުކެނޑިފައި ހުންނަ އެއްޗެހި ގަތުމަކީ އިނާގެ އާދައެއް ނޫނެވެ. އަބަދުވެސް އިނާއަށް ކަމުދާނީ ލެކިއުޓުން ގަންނަ ތަކެއްޗެވެ. އެހެންވެ މާލެ އާދެވުނީއްސުރެ ލެކިއުޓަށް ދާން ގަސްތުކޮށްގެން ހުއްޓެއްކަމަކު އާއިލާގެ ކަންތައް ދިޔަ ގޮތުން އެހިތްވެސް ކެނޑިފައި ހުރެވުނީއެވެ. އެންމެ ފަހުން ދާން މިޖެހުނީ ވަގުތު އައިސް ޖެހުނީމައެވެ.
"މި އެއްޗިހި ނުހުރޭތަ ހިތަދޫއަކު؟ ގައިމު މީހުން ބުނޭ ހިތަދޫގަވެސް ބައިވަރު ފިހާރަތައް ހުރެޔޭ" ލޯޝަނާ ކްރީމްތައް ބަލަމުން ދިޔައިރު ސޯފިޔާވެސް އެތަނުން ފަހަރަކު ފުޅިއެއް ނަގަމުން ބަލަމުން ސުވާލު ކުރިއެވެ.
"މީހުން ދައްކާނެ ހުރިހާ ވާހަކައެއްވެސް. އެކަމަކު އެނގޭނީ ގޮސް ބަލާލީމަ. ފިހާރަވެސް ހުރޭ. އެކަމަކު ދެން މާލެ ވަރެއް ނުވާނެއެއްނު." އިނާ ހަގީގަތް ބުނެދިނެވެ.
"އެހެންވަނީ ދޯ. ނަމެއްގަ އިނގިރޭސިން ދޯ؟ އެކަމަކު މާލެއަށް ކޮންމެ މީހަކުވެސް އަންނަނީ އެއްޗެއް ހޯދަންވެއްޖިއްޔާ؟" ސޯފިޔާ ދިމާކޮށްލިއެވެ. އިނާއަށް އެބަސް ބަލައިނުގަނެވޭނެކަން އެނގިހުރެއެވެ.
"އަވަހަށް ހުއްޓާލާ." އިނާ އަމާން ދިނެވެ. ކާމިޔާބީއެއް ލިބުނުފަދަ ހީލުމަކުން ސޯފިޔާ ހީލިއެވެ.
ހަތަރުފަސްވައްތަރެއްގެ ރީތިވާ ސާމާނުތައް ނެގުނުއިރު ދެމީހުންގެވެސް އަތް ފުރިއްޖެއެވެ. އެހެންކަމުން ހިފައިގެން ގޮސް ލެކިއުޓް ކައުންޓަރު މަތީ ބަހައްޓާފައި އަނެއްފަހަރު ގޮސް އިނާއާއި ސޯފިޔާ އެތަނުން ފުޅިފުޅި ބަލަން ފެށިއެވެ. މިފަހަރު ދިޔައީ ސެންޓް ހަރުގަނޑެއް ކައިރިއަށެވެ.
"އިނާ....." ކުއްލިއަކަށް ސޯފިޔާ މާ ޒާތަކަށް ގޮވާލުމުން އިނާއަށް ބަލާލެވުނެވެ. އޭރު ސޯފިޔާ އައިސް އޭނަގެ ދާދިގާތަށް ހުއްޓި ހުރެގެން މީހަކަށް ފިލަން އުޅޭކަހަލަ ގޮތްތަކެއް ދައްކަމުން ދިޔައެވެ.
"ކިހިނެއްވީ؟ ބުނެބަލަ....ކާކުތަ؟" އިނާވެސް މަޑުމަޑުން އަހަން ފެށިއެވެ.
"ސް....ޝްޝް....ނުބަލައްޗޭ. ކަނައަތްފަރާތުގަ...ނޫނެކޭ.....ނުބަލަބަލަ..." ނުބަލާށޭ ސޯފިޔާއަށް ބުނެވުނުއިރު އިނާއަށް ހުރީ އެނބުރެވިފައެވެ. އެކަމަކުވެސް އިނާގެ އަތުގައި ސޯފިޔާ ވިކައިގަތުމުން އެއްޗެއް އަދި މީހެއްވެސް ފެންނަ ވަރެއް ނުވިއެވެ.
"އަޅެ ދެން ބުނެބަލަ....ކީއްތަވީ؟" އިނާއަށް އުނދަގޫވިއެވެ. ސޯފިޔާ ހަމަ ހުރެގެން ބޮނދަނީއެވެ. ކުއްލިއަކަށް އިނާއަށް ވިސްނައިގަނެވިއްޖެއެވެ.
"ޝާންތަ.....؟ ޝާން ހުރީތަ މިތާ؟ ދައްކަބަލަ އަހަންނަށް. ހިނގާ އިންޓްރޮޑިއުސްކޮށްދޭން." އިނާއަށް ޔަގީންވެއްޖެއެވެ. ސޯފީ އެގޮތަށް އުޅޭނީ ޝާން ފެނުނީމައެވެ. އެ ޒުވާނަކާހެދި ސޯފީ ހުންނަނީ މޮޔަވާވަރުވެފައިކަން އެނގޭނީ އިނާއަށް އެކަންޏެވެ.
"ނޫނެކޭ....ޝާންއެއް......" ސޯފިޔާއަށް ބުނެވުނީ އެވަރަށެވެ. ބަލާލިއިރު އިނާ ހުރީ ހިލަ ބުދަކަށް ވެފައެވެ. އޭނައާއި ދިމާލަށް އެނބުރުމުގެ ބަދަލުގައި އޭނަ ނުބަލާށޭ ބުނި ދިމާލަށް ބަލަހައްޓައިގެންނެވެ.
ސޯފިޔާއަށް ގުޑިލަންވެސް ނުކެރުނެވެ. އިނާއާއެކު ކުރިމަތިން ފެންނަ މަންޒަރަށް ބަލަން އޭނައަށްވެސް ހަމަ ހުރެވުނީއެވެ.
**********(ނުނިމޭ)**********

Posted on 2011-02-21 18:17:30 | Report this Comment

ފަތިސްތަރި: އުނހޫނނނނނނނނނނނނ...ދެން މިއަދަކު ނުވާނެ. ސޮފާ
ނިދިއައިއްސި. ހެހެހެހެ........އިރާދަކުރެއްވިއްޔާ ދެން މާދަމާ އިނގޭ!!!

Posted on 2011-02-21 18:24:40 | Report this Comment

Posted on 2011-02-21 21:29:43 | Report this Comment

ފަތިސްތަރި: ފްރެންޑާގެ ތިހުންނަ ގޮތެއް ދޯ؟ އަޅެ ކީއްވެތަ މަށަށް
ނުގުޅީ އެއީ ކާކުތޯ އަހަން.؟؟؟؟ ހަމަ ތެދެއް މިބުނީ. ހީހީ ހަލާކު....!!! ކިތަންމެ
އަވަހަށް ކިޔަސް ނެތް އެއްޗެއް ކިހިނެއް ފްރެންޑާއަށް އެނގޭނީ....!!!!

Posted on 2011-02-21 21:36:34 | Report this Comment

Posted on 2011-02-21 23:40:47 | Report this Comment

ފަތިސްތަރި: ޒިޔާދުތަ އެއީ؟ ސޮފާވެސް ޖެހޭނީ އަދި ބަލާލަން.
އަނެއްބައިވެސް އަވަހަށް އަޕްލޯޑްކޮށްދެވޭތޯ ބަލާނަން އިނގޭ. ތޭންކްސް.

Posted on 2011-02-22 01:07:47 | Report this Comment

ފަތިސްތަރި: ޝުކުރިއްޔާ އަލީ........އަލީއަށް ކަމުދާ ވާހަކައަކަށް މި
ވާހަކަ ވީކަން އެއީ ސޮފާއަށް ލިބޭ އުފަލެއް. ތޭންކްސް.
Posted on 2011-02-22 01:20:01 | Report this Comment

ފަތިސްތަރި: ހިތަށް އަރަނީ މި ކޮމެންޓް ކުރިމީހާ އަށް ހާދަ އެއްޗެއް
ނޭނގެޔޭ. ކީއްކުރާނީ. ބައެއް މީހުންގެ ވިސްނުން ހުންނަ ގޮތް މިވެސް. ހަމަ އޯކޭ.
Posted on 2011-02-22 08:01:34 | Report this Comment


Posted on 2011-02-22 08:44:29 | Report this Comment

ފަތިސްތަރި: ހާލު ރަނގަޅު އިރާދަކުރެއްވީތީ!! ޝުކުރިއްޔާ!!! މީގެ
ކުރިން ސޮފާއަށް ވާހަކަ ގަވާއިދުން އަޕްލޯޑް ނުކުރެވުނީ ސޮފާގެ ވަރަށް ޕާރސަނަލް
ކްރައިސިސްއެއްގަ އުޅެން ޖެހުނީމަ ވަގުތު ނުވެގެން. އަނެއްކާ ވާހަކަ ލިޔުމަކީވެސް
ރަނގަޅު މޫޑެއްގަ ހުރެގެން ނޫނީ ނުކުރެވޭކަމެއް ވީމަ، ސޮފާއަށް ހަމަ ނޫޅެވުނީ
އެކަމާ. އެކަމަކު ސޮފާ ހަމަ ވަރަށް ލައިކްވޭ މިވާހަކަ ގެންދެވޭ ގޮތާދޭތެރޭ އިނގޭ.
ސޮފާ ވާހަކަ ލިޔަން ފަށަނީ މުޅިން އެއްކޮށް ރާވައި ނިންމައިގެންވީމަ،
ކިއުންތެރިންނަށް ނޭނގުނަސް ސޮފާއަށް އެނގޭނެނު ދޯ ވާހަކައިގަ ވާނީ ކިހިނެއްކަން.
ވަރަށްވެސް ކަމުދޭ ސޮފާއަށް. އަސްލުވާގޮތަކީ ކުރީގެ ބައިގަ ވީނުވީއެއް
ހަނދާންނެތޭފަހުން އަނެއްބައި ގެނެސްދެވުނީމަ ޓަޗް ގެއްލޭނެނު ކިއުންތެރިންގެވެސް.
ސޮފާއަށް އެނގޭ އެކަންވެސް. އެކަމަކު ކީއްކުރާނީދޯ؟ އެނީވެއިސް ތޭނކްސް. ސޮފާ
މިއުޅެނީ ވަރުގަދަ އަޒުމެއްކޮށްގެން ގަވާޢިދުން ގެނެސްދެވޭތޯ. އިރާދަކުރެއްވިއްޔާ
ވާނެ. އަދި ޚާއްޞަކޮށް ލަޔާލްމެންކަހަލަ ކުދިން ހިތްވަރުދެންޏާ ވާންވާނެނު ދޯ؟؟
Posted on 2011-02-22 08:56:08 | Report this Comment

ފަތިސްތަރި: ކިއުންތެރިންނަށް ކަމުދާކަހަލަ ގޮތަކަށް ދަންޏާ އެއީ ދެން
ސޮފާގެ މަގްޞަދުވެސް ހާޞިލްވީ އިނގޭ. ވަރަށް މަސައްކަތް ކުރާނަން އަވަހަށް
އަނެއްބައި ގެނެސްދެވޭތޯ. ޝުކުރިއްޔާ ސަނޫ.
Posted on 2011-02-22 13:54:24 | Report this Comment

Posted on 2011-02-22 13:58:28 | Report this Comment

ފަތިސްތަރި: ހައި ހައި ވުލްފް ގާރލް. އޭމް ގެޓީންގ ބެޓަރ ނު؟ ސަޅިއްޔާ
އެވީ އިނގޭ. ޒިޔާދު ތޯ ޖެހޭނީ ހަމަ ޔަގީންކޮށްލަން އިނގޭ. ހެހެހެހެ.........ބަލާނީ
ދޯ.
Posted on 2011-02-22 14:26:57 | Report this Comment

Posted on 2011-02-22 15:04:56 | Report this Comment

ފަތިސްތަރި: ހުރިހާ ކޮމެންޓަކަށް ރެސްޕޮންޑް ކުރުމަކީ އަނެއްކާ
ސަކަރާތް ކަމެއްތަ؟ ހުރިހާ ކިއުންތެރިންނަށްވެސް އެއްވަރަކަށް އެޕްރެޝިއޭޓް
ކުރާކަން އަންގަންވެގެން ހުރިހާ ކޮމެންޓަކަށް ރެސްޕޮންޑް ކުރަނީ. ސޮފާއާއި
ފްރެންޑް ވާކަށް އެހާ އުނދަގުލެއް ނުވާނެ. ޖަސްޓް ގެޓް އޮންލައިން، އެޑް މީ. މައި
މެއިލް އައިޑީ އިޒް fathisthari@hotmail.com . ތޭންކްސް ހައިތޭ....!!!

Posted on 2011-02-22 16:23:58 | Report this Comment

Posted on 2011-02-22 17:49:11 | Report this Comment

Posted on 2011-02-22 18:16:52 | Report this Comment

Posted on 2011-02-22 19:07:44 | Report this Comment

Posted on 2011-02-22 19:37:38 | Report this Comment

ފަތިސްތަރި: ޝުކުރިއްޔާ އާމިނަތު. ވަރަށް އުފާވެއްޖެ ތި ކުރި
ތަޢުރީފަށް. ސޮފާ ބޭނުންވަނީވެސް މަންޒަރުތެރޭގައި ކިއުންތެރިޔާ ހުންނަން. އެގޮތް
ވަންޏާ އެވީ. މިއަދު އަނެއްބައި ގެނެސްދޭނަން އިނގޭ.
Posted on 2011-02-22 19:38:39 | Report this Comment

Posted on 2011-02-23 09:58:43 | Report this Comment

ފަތިސްތަރި: ޝުކުރިއްޔާ ވާހަކަ ކޮމް. ތި ސައިޓްގެ އިންވިޓޭޝަންތައް
ލިބޭ އެބަ ސޮފާއަށް. އެކަމަކު ސޮފާއަށް ވެގެން މިއުޅޭ ގޮތަކީ ސޮފާ ބޭނުންވަނީ ހަމަ
ތިސައިޓަށް ޚާއްޞަކޮށްގެން ވަކި ވާހަކައެއް ލިޔެފަ ތި ސައިޓްގަ ޖަހަން.
އެތައްބަޔަކު ކިޔާ ބާވެފަ ހުރި ވާހަކައެއް ތި ސައިޓަށް ނުދޭންވެގެން މި ހުންނަނީ.
އިރާދަކުރެއްވިއްޔާ ތި ދަޢުވަތު ގަބޫލުކޮށް ތި ސައިޓްގައިވެސް ސޮފާގެ މުޅީން އާ
ވާހަކައެއް ޝާއިޢުކޮށްދޭނަން. އަދިވެސް އެއްފަހަރު ތި ދަޢުވަތަށް
ޝުކުރިއްޔާ......!!!
Posted on 2011-02-24 13:15:35 | Report this Comment

ފަތިސްތަރި: އާނ ދޯ. ތަންކޮޅެއް ލަސްވެއްޖެ. އެކަމަކު މިއަދު
އަނެއްބައި ގެނެސްދެވޭނެ އިނގޭ. ނަވީންވެސް އެބައުޅޭ. ދެން މާލަހެއް ނުވެ
ފެނިދާނެހެން ހީވަނީ.
Posted on 2011-02-24 18:17:22 | Report this Comment

Posted on 2011-02-25 12:48:04 | Report this Comment


Posted on 2011-02-25 20:33:59 | Report this Comment
Posted on 2011-02-26 01:03:20 | Report this Comment
ކިތަންމެ ނުރުހިގެން އިނާ ދާން އުޅުނުކަމުގައި ވިޔަސް އިނާގެ ލޮލުން ކަރުނަ ހިލުނުތަން ފެނި، ޝަކުވާގެ ދެސުވާލެއްވަރު އިނާގެ ދުލުން ބޭރުވުމާއެކު އޭނައަށް އަދި އިނާ ރުއްސުވިދާނެކަން އެނގިއްޖެއެވެ. އެހެންކަމުން އޭނަ ކުރި ކުށުން ދިފާޢުވާން ޒިޔާދު ބޭނުން ކުރީ ލޯބީގެ އައްޑަނައެވެ.
"އިނާ......އޯވހ އިނާ ނުރޮއި. ސޯ ސޮރީ. އިނާ...." ކުރިއަށް ޖެހި ވަގުތުން އިނާގެ ހަށިގަނޑު އޭނަގެ އަތުތެރެއަށް ގެންނަމުން ޒިޔާދު ބަލަން ފެށީ އިނާ ރުއްސާލެވޭތޯއެވެ. ސިކުންތެއް ދެސިކުންތެއްވަރުގެ ހިމޭންކަމެއް ދިޔައެވެ.
"އާދޭ އިށީންނަން.....ހުރިހާ ވާހަކައެއް ކިޔައިދޭނަން. އާދޭ...." އިނާގެ ކޮނޑުގައި ހިފާ ގަޔާ ކައިރިކޮށްލައިގެން ހުރެ ޒިޔާދު ހިނގައިގަތީ އޭނަގެ އެނދާ ދިމާލަށެވެ.
"އިނާއަށް އަޑުއިވުނީ ކިހާ ހިސާބަކުންކަމެއް ނޭނގެ. އެކަމަކު.....އިނާ ބުނިހެން....ތިއިވުނީ ރަނގަޅަށް. އެކަމަކު އޭގެ ހަގީގަތެއް އިނާއަކަށް ނޭނގޭނެ...." އިނާ އެނދުގައި ބައިންދާފައި އިނާ ކައިރީ އިށީންނަމުން ޒިޔާދު ކިޔާދޭން ފެށިއެވެ.
އިނާ ހަމަ ކިޔަމަންތެރި ދަރިއަކުފަދައިން އިނީއެވެ.
"ތިހީކުރާކަހަލަ ގުޅުމެއް ނޫނޭ އެއީ. އެއީ ބޮޑު އުނދަގުލެއްކަހަލަ އަންހެނެއް. އަހަންނަށް ޖެހިފަ ހުރި ހެޑޭކެއް އެއީ. އޭނަގެ ފަރާތުން ސަލާމަތް ނުވެވިގެން އަހަރެންވެސް މިއުޅެނީ. ސިކުނޑި ސަކަރާތްމީހެއް އެއީ. ސައިކޯ މީހެއް. އެކަހަލަ ގޮތަކަށް ވާހަކަ ދައްކައިގެން ނޫނީ އޭނަގެ ފަރާތަކުން ސަލާމަތެއް ނުވެވޭނެ. އެހެންވެ އެހެން ވާހަކަ...." ޒިޔާދު ކިޔައިދެމުން ދިޔައެވެ.
"އޭނައަކަށް ނޭނގޭތަ ޒިޔާދުގެ ކައިވެނި ކުރެވެން އުޅޭކަމެއް؟" ވަރަށް މަޑުއަޑަކުން އިނާއަށް އަހާލެވުނެވެ. ޒިޔާދުއާއި ދިމާލަށް އިސް އުފުލާފައި އެބަލާލި ބެލުމުގައި ވަނީ ޔަގީންކަން ކުޑަ ގޮތެކެވެ.
"ބުނީމޭ. ބުންޏަކަސް....." ގޮތްހުސްވެފައިވާކަހަލަ ގޮތަކަށް ޒިޔާދުއަށް އޭނަގެ އަމިއްލަ ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގާ ލެވުނެވެ.
"އެހެންވެއޭ މިބުނީ އިނާ އިހަށް އަޑުއަހާށޭ. ޔޫ ނޯވ...!! އޭނައަކީ އަހަރެމެން ނަގައިގެން އުޅޭ ޕްރޮޖެކްޓެއްގެ ބޮޑުމީހާގެ ދަރިއެއް. އޭނައަށް ތަޢާރަފްވީއްސުރެ އޭނަ އުޅެނީ އެ ވައްތަރަށް. މަސްލަހަތަށްޓަކައި އަހަރެން އޭނައާއި ވާހަކަ ދައްކަނީ. ނުދައްކާ ނުވެގެން. އޭނަގެ ކަންތައް ބޮޑުވެގެންގޮސް އަތުން އެތައް ލައްކަ ރުފިޔާ ގެއްލުން ވުމަކީ އެތައް ދަރަންޏެއް ބޮލުގަ އެޅޭނެކަމެއް. އަހަރެންގެ ބޮލުގަ. އެހެންވެ މިހާރު ކުރަމުންދާ މަސައްކަތް ނިމެންދެން ހިފަހައްޓާލެވޭތޯ މި މަސައްކަތް ކުރަނީ." ޒިޔާދު ވަރަށް ފަރުވާތެރިކަމާއެކު ކިޔައިދިނެވެ. ހަގީގަތެއް ނޭނގެއެވެ. ފެންނަ ފެނުމަށް ޒިޔާދު އެ ދައްކަނީ ސަމާސާ ވާހަކައެއް ނޫނެވެ.
އިނާ އަނެއްކާވެސް އިސް އުފުލާ ބަލާލިއެވެ. އެ ބެލުމުގެ މާނައެއް ޒިޔާދުއަކަށް ނުވިސްނުނެވެ.
"ދެތިންމަސްތެރޭގައި މިކަން ނިމޭނެ. ނިމުނީމަ ދުވަހަކުވެސް އޭނައާއި ވާހަކަ ނުދައްކާނަން. ޕްރޮމިސް. ގަބޫލުކުރޭ. އަހަރެންވެސް އިނާއަށް ގަސްތުގަ ދެރަގޮތެއް ނަހަދާނެނު؟ އެއީ އެއްވެސް މީހެއްނޫން. އެކަން ހަނދާންނައްތާލާ. އެކަމާ ފިކުރުބޮޑުނުކުރާތި. މިހާރުވެސް ތިއުޅޭ ފިކުރުތައް މަދެއްނޫން. އަހަރެން ބޭނުމެއް ނޫން އިނާ އިތުރަށް ކަންބޮޑުކުރުވާކަށް. އެކަންތައް އެއީ ނުވާކަމަކަށް ހަދާލާ." އިނާގެ ގައިގަ ފިރުމަމުން ވަރަށް ލޯތްބާ ހަމްދަރްދީއާއެކު ޒިޔާދު ވިސްނަދެމުން ދިޔައެވެ.
"އަހަރެން ބޭނުން ގެއަށް ދާން." އިސްޖަހައިގެން އިނދެފައި އިނާ ބުނެލިހާވެސް އެއްޗަކީ އެއީއެވެ. ޒިޔާދުއަށް ސިހުމެއް ލިބުނެވެ. މިވީ ކީއްބާވައޭ ހިތަށް އެރިއެވެ.
"އިނާ އަދިވެސް ގަބޫލެއް ނުކުރަމު ދޯ؟" އިނާގެ މޫނުގައި ހިފާ އުފުލާލަމުން ޒިޔާދު ސުވާލު ކުރިއެވެ. ޒިޔާދުގެ ލޮލާ ހަތަރުކަޅިހަމަވި ވަގުތު ޒިޔާދުއަށް އިނާގެ ލޮލުން ކަރުނަ ނިރާލިތަން ފެނުނެވެ.
"އޯވހ އިނާ. ވަރަށް ބޮޑަށް ސޮރީ އިނާ ދެރަކޮށްލެވުނީތީ. އެކަން ހަނދާންނައްތާލާ. އެއްވެސް ތާކުންތާކު ނުޖެހޭ ކަމަކާ އިނާ ހިތުގަ ޖެއްސުނީ. ސޯ ސޮރީ." މިހެން ބުނަމުން އަނެއްކާވެސް އިނާ ގެނެސް ގަޔާކައިރިކޮށް ފިރުމަން ފެށިއެވެ. އިރުކޮޅެއްވަންދެން ޒިޔާދުއަށް އެ ފުރުޞަތު ލިބުނެވެ.
"މިހާރު މަންމަވެސްލަސްވެގެން އުޅޭނެ." ޒިޔާދުގެ ގަޔާއި ދުރަށް ޖެހިލަމުން އިނާ އަންގަދިނީ އޭނަ ގެއަށް ދާން ބޭނުންވެފައި އިންކަމެވެ.
"އާނ...ހިނގާ ދާން. އެކަމަކު ބަލަ......މިކޮޅު ބަލާ.......އެއްވެސް ހިތްހަމަނުޖެހުމެއް އޮވެގެން ނުވާނެ އަހަރެމެން ދެމެދު. " އެނދުން ތެދުވުމުގެ ކުރިން އިނާގެ މޫނުގައި ހިފައި އޭނައާއި ދިމާލަށް އަނބުރާލަމުން ޒިޔާދު މަސައްކަތް ކުރީ އިނާ ލައްވާ އެއްބަސް ކުރުވާށެވެ. އިނާގެ ހިތުގައި އޮތީ ކޯޗެއްކަމެއް ނޭނގެއެވެ. އިނާ ހަމަ އެކައްޗެއްވެސް ނުބުނެއެވެ. އޭނަގެ މޫނުން މަޑުމަޑުން ޒިޔާދުގެ އަތް ދުރުކުރުން ފިޔަވައި އިތުރު ހަރަކާތެއްވެސް ނުކުރެއެވެ. ދެން ފެނުނީ ތެދުވެ ހިނގައިގަތް ތަނެވެ. ޒިޔާދު އިނީ ބަލާށެވެ.
އިނާ ގޮސް ލޯކުރިމަތިން އޮބާލުމުން ގޮށްމުށްކަވާފައި ޒިޔާދުއަށް ޖަހާލެވުނީ އެނދުގައެވެ. ކޮންމެވެސް ކަމަކުން ޒިޔާދުއަށް ނާކާމިޔާބީއެއް ވެއްޖެކަން އެ ހަރަކާތުން ކިތަންމެހާވެސް ރަނގަޅަށް ދޭހަވެއެވެ.
** ** ** ** ** ** ** ** ** **
"އިނާ.....ޒިޔާދު އައިސްއެބަހުރި." ސޯފިޔާ އާއި އިނާ އުޅޭ ކޮޓަރިއަށް ބޯދިއްކޮލަމުން މިހެން ބުނީ ސޯނިޔާއެވެ. އެއީ ޖެހިގެން އައި ރެއެވެ.
އިނާއަށް ގޮވާލާފައި ސޯނިޔާ ދިޔައީއެވެ. ނަމަވެސް ލެޕްޓޮޕް ހިފައިގެން އެނދުގައި އިށީނދެލައިގެން އިން އިނާ ތެދުވުމުގެ ބަދަލުގައި ބަލާލީ ލެޕްޓޮޕްގެ ގަޑިއަށެވެ. ރޭގަނޑުން 10 އެއް ޖަހައިފިއެވެ. ފަރުވާކުޑަ ގޮތަކަށް ދެން ބަލާލީ ހަމަ ދާދި ގާތުގައި އެނދުމަތީގައި އޮން މޮބައިލް ފޯނަށެވެ. ފޯނުގެ ޑިސްޕްލޭއިން ޒިޔާދުގެ 20 ކޯލް މިސްވެފައި ހުރިކަން ފެންނަން ހުރުމަކުންވެސް އިނާގެ މޫނުމަތިން ހާސްކަމެއް ނުފެނެއެވެ.
ހަމަ ކަމެއްވީކަމަށްވެސް ނަހަދާ އިނާ އިނީއެވެ. ނަމަވެސް އިރުކޮޅަކުން ކޮންމެވެސް އެއްޗެއް ވިސްނާލާފައި ކޮޓަރިން ބޭރަށް ނުކުތުމަށް ހިނގައިގަތެވެ. އިނާ ނުކުތްއިރު ސިޓީންގރޫމްގެ ސޯފާއެއްގައި ޒިޔާދު އިނެވެ. ދޮންތަގެ ފިރިމީހާ ރީހާންވެސް އިނެވެ. އެހެންކަމުން ޒިޔާދުއަށް އިޝާރާތް ކޮށްލާފައި ގަރާޖް ދޮރުން އިނާ ނުކުތީ ބޭރަށެވެ. ޒިޔާދުވެސް އިނާގެ ފަހަތުން ނުކުތެވެ.
"ހާދަ ވަރަކަށް ގުޅައިފީމޭ....ފޯނަށް ކަމެއް ވީތަ؟" އިނާގެ ފަހަތުން އަންނަމުން ޒިޔާދު އަހާލިއެވެ. އިނާ ޖަވާބެއް ނުދެއެވެ. މުޅިން އެއްކޮށް ދޫކޮށްލާފައި އޮތް އިސްތަޑިގަޑުން ބައެއް ކަންފަތްދަށަށް ލަމުން ހިނގަމުން ކުރިޔަށް ދިޔައެވެ.
"އިނާ...ވެއިޓް....އިނާ...." ޒިޔާދު ވާހަކަ ދެއްކުމުންވެސް މަޑުނުކުރުމުން އަދި އަޅާނުލުމުން ޒިޔާދުއަށް ނިކަމެތިކަމެއް އިހްސާސްވި ކަހަލައެވެ. ތަންކޮޅެއް ބާރަށް ގޮސް އިނާއާއި އަރާ ހަމަކުރިއެވެ. އިނާ ހުއްޓުނީ ކުއްލިއަކަށެވެ. ގަރާޖްގައި އޮތް ކާރު ފަސްދީފައި ގޮސް ގަރާޖް ގޭޓާއި އަރާ ހަމަވިފަހުންނެވެ.
"މިތަނަށް ކީއްކުރަން....މި......ހެހެހެހެ.......ހިނގާ ކުޑަކޮށް ބޭރަށް ޖައްސާލަން." އިނާ ހުއްޓުމުން އުނަގަނޑުގައި ދެއަތް ވިއްދާލަމުން ވަރަށް ވަރުބަލިވެފައި ހުރި މީހަކު ފަދައިން ޒިޔާދު އެދުނެވެ. ލުއި ހީލުމަކާއެކުގައެވެ.
އިނާ ހަމަ ހަށަން ބަދެލައިގެން ހުރީއެވެ. ޒިޔާދުގެ މޫނަށްވެސް ބަލާނުލައެވެ.
"އޯވހ ކަމޯން. އަދިވެސް އިނާ ތިހިރީ ރޭގެ ކަންތަކާ ހިތްހަމަނުޖެހިފަތަ؟" ޒިޔާދުގެ އަޑުގައި ވަނީ ޖޯޝެވެ. އެދެމެދުގައި މައްސަލައެއް އުޅޭހެންވެސް އޭނަގެ އަޑަކުން ހިއެއް ނުވެއެވެ.
"އަހަރެން ބޭނުން ވިސްނާލަން ވަގުތުކޮޅެއް." ޒިޔާދު ދައްކަމުން ދިޔަ ވާހަކައަށް ކުޑަވެސް ޝައުގުވެރިކަމެއް ނެތް ކަހަލަ ގޮތަކަށް، އެކަމަކުވެސް ވަރަށް ހިމޭން އަޑަކުން އިނާ، އޭނަ އެދޭ ގޮތް ފާޅުކޮށްފިއެވެ.
"ތިބުނީ.....؟" އޭނައަށް އަޑުއިވުނުގޮތާ މެދުވެސް ޒިޔާދުއަށް ޔަގީންކަން ނެތް ކަހަލައެވެ.
"އަހަރެން ބޭނުމޭ ވިސްނާލަން ވަގުތުކޮޅެއް." ޒިޔާދު އުއްމީދުކުރީ ތަފްޞީލަށްކަމަށްވިޔަސް، އިނާގެ އަނގައިން ލިބުނީ ކުރިންވެސް ލިބުނު ޖަވާބެވެ. އަބަދުގެވެސް ބަސްމަދު އިނާ މާ ގިނަ ވާހަކަތަކެއް ނުދައްކާނެކަން ޒިޔާދުއަށް ހަނދާންނެތުނީއެވެ.
"ކޮންކަމަކާ....؟ އަހަންނާއެކު ބޭރަށް ދެވެނީވެސް ވިސްނާލާފަތަ؟" ޒިޔާދު ހެދީ ނޭނގޭ ކަމަށެވެ. އިނާއަށްވެސް އެކަން އެނގުނެވެ. އެހެންކަމުން ޒިޔާދު ކުރި ސުވާލަށް ޖަވާބު ނުދޭންވެގެން ހަމަ ބަލަހައްޓައިގެން ހުރީއެވެ.
"އެންމެ ރަނގަޅު. ކިހާ ދުވަހެއް....؟" ނޭނގޭކަމަށް ހަދައިގެން މޮޅެއް ނުލިބޭނެކަން އެނގުމުން ޒިޔާދުއަށް މަޖްބޫރުވީ ސަމާސާގޮތް ދޫކޮށްލާފައި ސީރިއަސް ވާށެވެ.
"ނޭނގެ...." ހަގީގަތުގައިވެސް އިނާއަކަށް ނޭނގެއެވެ. އިނާ އެބުނީ ތެދެކެވެ.
"އެންމެ ރަނގަޅު. އެކަމަކު އިނާއަށް އެނގޭ ދޯ އިނާއަށް ތިއެދެވެނީ ކޮންކަހަލަ ކަމަކަށް ކަން؟" ޒިޔާދުގެ އަޑާއި ރާގުގައިވެސް ވަނީ ނުރައްކަލެއްގެ އިންޒާރެވެ.
"އެނގޭ..........." ޒިޔާދުގެ އެ އިންޒާރަކުންވެސް އިނާއަށް އަސަރެއް ނުކުރިއެވެ. އިނާ ހުރީ ސާބިތުކަން މަތީގައެވެ.
"ފުރުމުގެ ކުރިން ދެން ދިމައެއް ނުވާނެތަ؟" ބަލިގަބޫލުކުރާ ކަހަލަ ރާގަކަށް ދެރަވެފައި ޒިޔާދުއަށް އަހާލެވުނެވެ.
"މިގެއަށް އައިއްސިއްޔާ ދިމާވާނެ. އެކަމަކު......" އިނާ ބުނަން އުޅުނުއެއްޗެއް މަޑުޖައްސާލިއެވެ.
"އެކަމަކު..............؟ އެކަމަކު އިނާ ބޭނުމެއްނުވޭ ދޯ އަހަރެންނާ ބައްދަލުކުރާކަށް؟" ލައިގެން ހުރި ޓީޝާޓުގެ ގޮށްފަތީގައި ހިފައި ރަނގަޅުކޮށްލަމުން ޒިޔާދު އަހާލިއެވެ. ޒިޔާދުއަށް އޭނަގެ ކުށް ވަރަށް ބޮޑަށް ގަބޫލުކުރެވިފައި ހުރިކަން އިނާއަށް އެނގުނެވެ. އެކަން ޒިޔާދުގެ މޫނުމަތިން ފާޅުކޮށް އެނގެއެވެ.
"އެނގޭ އެއްޗެއް ނުބުނާނެކަންވެސް. އެންމެރަނގަޅު. ދަނީ. ފަހުން ގުޅާނަން." މިހެން ބުނެފައި އައިކޮޅަށް ދާން ޒިޔާދު ހިނގައިގަތެވެ.
"ޒިޔާދު.........!!!" ދެތިންފިޔަވަޅު އަޅާލުމާއެކު އިނާ އޭނައަށް ގޮވާލި އަޑުއިވުމުން ޒިޔާދުގެ ފިޔަވަޅުތަކަށް ހުއްޓުން އައިސް އެނބުރި ބަލާލެވުނީ އިޚްތިޔާރުން ބޭރުގައި ކުރެވޭ ހަރަކާތެއްފަދައިންނެވެ.
"މިދޮރުން ނުކުންނަންވީނު." ޒިޔާދު އެނބުރި ބަލާލުމުން އިނާ އޭނަގެ ފުރަގަހުން ފެންނަން ހުރި ގަރާޖް ގޭޓަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ. ޒިޔާދުގެ މޫނުމަތިން ހަމަ ދެންމެއަކު އެ ފެނުނު އުޖާލާކަން ކުއްލިއަކަށް ކެނޑިގެންދިޔަތަން އިނާއަށް ފެނުނެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އިނާ ގޮވާލުމުން ޒިޔާދުއަށް ހީކުރެވުނީ، އޭނަ ދާތަން ފެނިފައި އިނާގެ ހިތަށް ކެތް ނުވީ ކަމަށެވެ. އެ އިހްސާސްގައި ހުރެވުނު ދެތިން ސިކުންތުގެ އުފާ ޒިޔާދުއަށް ލިބުނެއްކަމަކު، އިނާ ގޮވި އަސްލު މަގްޞަދު އެނގުމުން ޝައުގުވެރިކަން ގެއްލިގެން ދިޔައެވެ.
ގަރާޖް ގޭޓް ހުރީ ނުވެސް ހުޅުވައެވެ. ނަމަވެސް އިނާއާއި އިތުރަށް ދެކޮޅު ނަހަދާން ވެގެން ޒިޔާދު ގޮސް އެ ދަގަނޑު ދޮރު ހުޅުވާފައި ބޭރަށް ނުކުމެއްޖެއެވެ. އަދި ނުކުމެފައިވެސް އެ ގޭޓް ލައްޕާލަވެސް ދިނެވެ. އެ ހުރިހާ އިރުވެސް ޒިޔާދުގެ ހަރަކާތްތަކަށް ބަލަން އިނާ ހަމަ ހުރީއެވެ.
ޒިޔާދު ދިއުމުން އަނެއްކާވެސް އެނބުރި ގޮސް އިނާ ވަނީ ކޮޓަރިއަށެވެ. ލެޕްޓޮޕް ނަގައިގެން އައިސް މޭޒުމަތީ ބަހައްޓައިގެން ވަކި މަގްޞަދެއް ނެތި ނެޓް ސާރޗް ކުރަން ފެށިއެވެ. އެކަމަކުވެސް ސިކުނޑީގައި ހިނގަމުން ދަނީ ޒިޔާދުގެ ޚިޔާލު ތަކެވެ.
ކައިވެނީގެ ކުރިން އެކަކު އަނެކަކަށް އެނގެންޖެހޭނެޔޭ ކޮންމެ މީހަކުވެސް ބުނެއެވެ. އެކަމަކު، ކައިވެނީގެ ކުރިން މީހަކު އެނގޭނެހެއްޔެވެ؟ އެނގެން މަސައްކަތް ކުރިޔަސް އެކަން ވާނެހެއްޔެވެ؟ މީހުން އެހެން ބުނަނީ ކީއްވެގެން ހެއްޔެވެ؟ މުޅި އުމުރު އެކުގައި، ކޮންމެ ދުވަހަކު ހޭދަކުރިޔަސް މީހަކަށް މީހަކު ދަހެއް ނުވާނެއެވެ. މާދަންވާން އޮތް ގޮތް އެނގޭ އިންސާނުން ދުނިޔޭގައި އުޅޭނަމަ ފަހަރެއްގަ އެކަން ވެއްޖައީސްތޯއްޗެކެވެ.
އޭނަ ކޮންމެހެން ޒިޔާދު އަކީ ކާކުކަން އެނގެން މާ ބޮޑު މަސައްކަތެއް ކުރީކީވެސް ނޫނެވެ. އެކަމަކުވެސް، އޭނައަށް ހީކުރެވިފަ އޮތީ ޒިޔާދު އޭނަ ދެކެ އިންތިހާއަށް ލޯބިވާ ކަމަށެވެ. އޭނަ ފެނުނީއްސުރެން އޭނަގެ ފަހަތުން އުޅުނު ގޮތުން އޭނައަށް ހީކުރެވިފަ އޮތީ ޒިޔާދު އޭނަ ދެކެ ވަނީ ހަގީގީ ލޯބި ކަމަށެވެ. އަދި އެފަދަ ލޯތްބެއް ހިބައިން ލިބިގެން ހުރެމެ އެހެން އަންހެނަކާ އެފަދަ ގުޅުމެއް ޒިޔާދު އުފައްދަފާނެ ކަމާމެދު ވިސްނާލަންވެސް އިނާގެ ހިތަށްވެސް ނާރައެވެ.
އޭނަ ހީކުރީ ޒިޔާދު ހުންނަނީ ދީވާނާއިންގެ ދަރަޖައަށް އޭނަ ދެކެ ލޯބިވެފައި ކަމަށެވެ. ޒިޔާދުގެ ހުރިހާ އަމަލަކާއި ބަހަކުންވެސް މިހާތަނަށް ފާޅުވެފައި ހުރީވެސް އެގޮތެވެ. ވީއިރު އެ ނޫންގޮތަކަށް ހީކުރުމުގެ ޖާގައެއްވެސް މީގެ ކުރިއަކުން އޭނައަށް ނެތެވެ.
ޒިޔާދުއަށް ގުޅާލާއިރު އަބަދު ކޯލް ވެއިޓިންގ ގައި ހުރުމާއި އޭނައާއެކުގައި ހުންނައިރުވެސް ގޮތްނޭނގޭފޯންތަކެއް އައުމާއި، ބައެއް ފޯންތައް އައުމުން އޭނަ ކައިރީ ހުރެފައިވެސް އޭނައަށް އަޑުނީވޭ ހިސާބަށް ދުރަށްގޮސް އެތަކެއްއިރުވަންދެން ވާހަކަ ދައްކަން ޒިޔާދު އިނުމާ، މިފަދަ އެތައްކަމެއް ފެންނަމުން ، ދިމާވަމުން އައިއިރުވެސް އޭނައަށް ޒިޔާދުއާއި ދޭތެރޭ އެއްވެސް ކަހަލަ ޝައްކެއްވެސް ނުކުރެވުނީ އޭނަ ހާޞިލްކުރަން ޒިޔާދު ކުރި މަސައްކަތްތައް ތާރީޚުގެ ތެރެއަށް ވަދެ ގެއްލޭހާ ގިނަ ދުވަސްތަކެއް އަދި ނުވާތީއެވެ. އިއްޔެ ވީކަމެއްހެން އަދިވެސް އެކަންތައްތައް އިނާގެ ހިތަށް ފެންނާތީއެވެ. އޭނަ ދެކެ ވާ ލޯބި ފާޅުކުރުމުގައި ޒިޔާދުގެ ބަސްމަގާއި އަމަލުތައް ހުރި ގޮތުން އޭނަ ނޫން މީހަކާއި ދިމާލަށް ޒިޔާދު ބަލާލާނެއޭވެސް އިނާއަށް ހީކުރެވިފައި ނެތެވެ. ޒުވާން އެހެން އަންހެންކުދިންފަދައިން އޭނަގެ ވާން އުޅޭ ފިރިމީހާ، އެހެން އަންހެންކުއްޖަކަށް ބަލާލަފާނެތީ، ނުވަތަ ވާހަކަ ދައްކަފާނެތީ ހަސަދަވާން އޭނައަށް ނޭގުނީވެސް އެހެންވެގެން ކަމަށްވެދާނެއެވެ.
އެކަމަކު އެއީ އޭނައަށް ހީކުރެވުނު ކިހާ ބޮޑު ކުށެއް ހެއްޔެވެ. ހަގީގަތް މި އެނގުނީ ރޭގެ އެ ފޯންކޯލަށް ޒިޔާދު ދެއްކި ވާހަކަ އޭނައަށް އަޑުއިވުނީމައެވެ. އަދި އޭގެ ކުރީރޭ އެގެއަށް ގޮސް އުޅެނިކޮށްވެސް ޒިޔާދުއަށް އެއައި ދިގު ފޯންކޯލަކީ ހަމަ އެކަހަލަ ފޯން ކޯލެކޭ އޭނައަށް ހީކުރެވުނީވެސް ރޭގަ ޒިޔާދު އެ ދެއްކި ވާހަކަ އަޑުއިވުމުންނެވެ. އެހެން ނޫންނަމަ އޭނައަށް މިއިން އެއްކަމެއްގެވެސް ހިލަމެއް ނުވާނެއެވެ.
ދެން އޭނަ ހަދާނީވެސް ކިހިނެއް ހެއްޔެވެ؟
ވިސްނާލަން ވަގުތު ބޭނުމޭ އޭނައަށް އަދިވެސް ބުނެވިދާނެއެވެ. އެކަމަކު އެއީ ކިހާ ދުވަހަކަށް ހެއްޔެވެ؟ ކިތަންމެ ވިސްނުމެއް ވިސްނިޔަސް، ޒިޔާދުގެ އެ ސިއްރު ގުޅުމުގެ ހަގީގަތް އޭނައަށް ހޯދޭނެ ހެއްޔެވެ. ނޫނީ އޭނަ ހޯދާހިތްވޭ ބާވައޭވެސް އެއީ އުފެދޭ ސުވާލެކެވެ. އަދި ހޯދުނަސް ޒިޔާދުގެ އެ އަމަލު ކުށްވެރިކޮށްފައި އެ ކައިވެނި ނުކުރާނަމޭ އޭނައަށް ބުނެވޭނެހެއްޔެވެ؟ އެހެން ބުނަން ދެފަރާތުގެ އާއިލާ ކުރިމައްޗަށް އޭނަ ދާނީވެސް ކޮން މޫނަކާއިގެން ހެއްޔެވެ؟ ނޭނގެއެވެ. ހަދަންވީ ގޮތެއް ނޭނގެއެވެ.
ކުރެވެމުން ދިޔަ ޚިޔާލުތަކުގެ ސަބަބުން ބޮލަށް އުނދަގޫވެގެން އިނާ ގޮނޑިން ތެދުވެއްޖެއެވެ. އަދި އެއްވެސް މާނައެއް ނެތި ހުޅުވާފައި ހުރި ދިރާގުގެ އިންޓަރނެޓް ޕޭޖްވެސް ކްލޯޒް ކޮށްލާފައި ލެޕްޓޮޕްގެ ސްކްރީންވެސް ކުޑަކޮށް ލައްޕާލިއެވެ.
އެ ޚިޔާލުތަކާއި ދުރުވުމުގެ މަގްޞަދުގައި އިނާ ދިޔައީ ކޮޓަރިން ނުކުތުމަށެވެ. އެނދުމަތީގައި އޮތް މޮބައިލް ރިންގުވާން ފެށީ ހަމަ އެވަގުތުއެވެ.
ޒިޔާދު ދިޔައީ ގުޅާނަމޭ ބުނެފައެވެ. ގެއަށް ދެވުމާއެކު ގުޅީތާއެވެ.
މިހެން ހިތަށް އަރައި އިނާ ގޮސް ފޯން ނަގާ ބަލާލިއެވެ. އެއީ ޒިޔާދެއް ނޫނެވެ. އެއީ އޭނަގެ ލޯބިވާ ރަހްމަތްތެރިޔާ ދިލްމާއެވެ.
"ދިލް....!! ހާދަރަނގަޅޭ ގުޅާލީމަ. ދިލްއާއި ވާހަކައެއް ދައްކަންވެފަ މި ހުންނަނީވެސް." ދިލްމާ ގުޅުމުން ހަގީގަތުގައިވެސް އިނާއަށް އުފާވެރިކަމެއް ލިބުނެވެ.
"މީގެ އިރުކޮޅެއްކުރިން އިނިން އޮންލައިންގަ. ޒިޔާދު އައިސްގެން ދިޔައީ. ދިލްއަށް އޮންލައިން ވެވޭނެތަ މިހާރު. މާލަސްވެސްޖެ ދޯ؟" އިނާ އަހާލިއެވެ.
"އެބަ އަންނަން މަންމަ ކައިރިއަށް ގޮސްލާފަ. އަންނަންވާއިރަށް އޮންލައިންވެބަލަ. އާނއެކޭ....ވަރަށް އަވަސްކުރާނަން." ހީލަމުން އިނާ ޖަވާބު ދީފައި ފޯން ބޭއްވިއެވެ.
އޭނަގެ އެ ރަހްމަތްތެރިޔާ އަކީ ކިތަންމެ ދުރުގައި ހުރި ނަމަވެސް އޭނަގެ ހިތާމައާއި އުފަލުގައިވެސް ބަރާބަރަށް ހިއްސާވާ ބައިވެރިޔާއެވެ. އިންޑިޔާގަ ހުރެގެންވެސް އެހާ ގިނައިން ގުޅާތީ އޭނަ މައްސަލަ ޖެއްސިޔަސް ދިލްއަށް އެއީ ބޮޑުކަމަކަށް ނުވަނީވެސް އެހެންވެގެންނެވެ. އޭނަ ދެކެ ދިލް ވާ ލޯތްބެއްގެ ސަބަބުން އަތުން ދާ ލާރިއެއްވެސް އެއީ މާ ބޮޑުއެއްޗަކަށް ދިލްއަށް ނުވަނީއެވެ.
އޭނައަށްވެސް އެކަން ނޭނގެނީކީ ނޫނެވެ. އެކަމަކުވެސް، ދިލްއަކީ މެދުމިންވަރުގެ އާއިލާއެއްގެ ކުއްޖަކަށް ވެފައި ލިބޭ އެއްޗަކުން ދެކޮޅު ނުޖެހިދާނެތީ ކަންބޮޑުވާތީ އެހެން ބުނެލެވެނީއެވެ. އެއިން ކޮންމެ ފަހަރަކު ދިލް އޭނައަށް އަޑުލައިހަދައެވެ. އަބަދު އެހެން ކިޔަންޏާ ދެން ދުވަހަކުވެސް ނުގުޅާނަމޭ ދިލް ބުންޏަސް އަނެއް ދުވަހުވެސް އޭނައަށް އެވާހަކަ ދެއްކެނީ ޚުދު އޭނަވެސް ދިލް ދެކެ ވާ ލޯތްބަކުންކަން ދިލްއަށްވެސް އެނގޭކަން އޭނައަށްވެސް އެނގެއެވެ.
އުމުރުން އޭނައަށްވުރެ 2 އަހަރު ދޮށިވުމުން ކަމަށްވެސް ވެދާނެއެވެ. ހުރިހާ ގޮތަކުންވެސް ދިލް އަކީ އޭނައަށް ހުރި ފަރުވާއެކެވެ. މިކަމުގައިވެސް ދިލްގެ ލަފަޔެއް ލިބިގެން ނޫނީ އޭނައަކަށް ކުރިއަކަށް ނުދެވޭނެއެވެ. ކޮންމެހެންވެސް ދިލްގެ އެހީ ބޭނުން ވެއެވެ.
** ** ** ** ** ** ** ** ** **
ރަށަށް ފުރުމަށްޓަކައި އިނާމެން ވާންޖެހޭ ހުރިހާ ތައްޔާރީއެއްވެސް ވެ ނިމިއްޖެއެވެ. އިންތިޒާރު ކުރެވެމުން ދަނީ ނުވަގަޑިބަޔަށެވެ. ދިހައެއް ޖަހާއިރު ޗެކިންގ ފެށޭނެތީ ހުޅުލެއަށް ދިއުމަށެވެ.
ރޭގަނޑުގެ ކެއުމަށްފަހު އާއިލާގެ ހުރިހާ ކުދިންކަހަލަ ގޮތަކަށް އައިސް ސިޓިންރޫމްގައި ތިއްބެވެ. އާއިލާގެ އެންމެ އިސް މީހެއްގެ ގޮތުގައި ޝީލާވެސް އެތާ އިނެވެ.
"ކޮބާ ޒިޔާދު......މިރެއަކު ނާދޭތަ؟" މިހެން އެހީ ސުހެއިލް އެވެ.
"މިއަދު ހަވީރު އައިސް އުޅުނު. ދަމުން ބުނި މިރޭ މިތާކައިރި ރިސޯޓަކަށް ކޮންމެވެސް މަސައްކަތެއްގައި ދާވާހަކަ. ނާދެވޭނެއޭ ބުނެފަ ދިޔައީވެސް. އެއީދެން އަނެއްހެން މައްސަލައެއްވެސް ނޫންތާ؟ ވަރަށް އަވަހަށް ޒިޔާދު ދާނެ ރަށަށް." ސުހެއިލް އެހެން އެހީ އިނާ ގާތުކަމަށްވިޔަސް ޖަވާބު ދިނީ ޝީލާއެވެ.
"ސޯފީއަށް ދެވޭނެތަ އަހަންނާއެކު ލެކިއުޓަށް؟" ދައްކަމުން ދިޔަ ވާހަކައަކަށް ސަމާލުކަމެއް ނުދީ އިނާ ވާހަކަ ދެއްކީ ސޯފިޔާއާއެވެ. ސޯފިޔާ ހަމައެކަނި ސުވާލުގެ ބެލުމަކުން ބަލާލީއެވެ.
"އަދިވެސް ދަރިފުޅު ނުގަންނަނީ ދޯ...؟؟" އިނާ އެ ދެއްކި ވާހަކައަކީ ކުރިންވެސް ދައްކާފައި އޮތް ވާހަކައެއްކަން އެހިސާބުން ސޯފީއަށް އެނގުނެވެ.
"ދެން އެހާ ދާކަށް މަޖްބޫރެއްވެސް ނޫން. އެކަމަކު....." އިނާ އިނީ ދެފިކުރެއްގައެވެ.
"ހޫމް........ދުވަހަކުވެސް ޔަގީން ނުވާނެ. އެންމެރަނގަޅޭ. ހިނގާ ދާން. އަވަހަށް ދިޔައިއްޔާ އަވަހަށް އާދެވޭނީ." އިނާއަށް އަޑުލީ ސޯފިޔާއެވެ.
ލެކިއުޓަށް އިނާ ދިޔައީ ކޮންމެހެންވެސް ގަންނަން ބޭނުންވާ ލޯޝަނާއި ބޮލުގެ ކްރީމް އާއި އަދިވެސް މިފަދަ ބާވަތްތައް ގަނެލުމަށެވެ. ދުވަސްވެ ވަސްކެނޑި ބާރުކެނޑިފައި ހުންނަ އެއްޗެހި ގަތުމަކީ އިނާގެ އާދައެއް ނޫނެވެ. އަބަދުވެސް އިނާއަށް ކަމުދާނީ ލެކިއުޓުން ގަންނަ ތަކެއްޗެވެ. އެހެންވެ މާލެ އާދެވުނީއްސުރެ ލެކިއުޓަށް ދާން ގަސްތުކޮށްގެން ހުއްޓެއްކަމަކު އާއިލާގެ ކަންތައް ދިޔަ ގޮތުން އެހިތްވެސް ކެނޑިފައި ހުރެވުނީއެވެ. އެންމެ ފަހުން ދާން މިޖެހުނީ ވަގުތު އައިސް ޖެހުނީމައެވެ.
"މި އެއްޗިހި ނުހުރޭތަ ހިތަދޫއަކު؟ ގައިމު މީހުން ބުނޭ ހިތަދޫގަވެސް ބައިވަރު ފިހާރަތައް ހުރެޔޭ" ލޯޝަނާ ކްރީމްތައް ބަލަމުން ދިޔައިރު ސޯފިޔާވެސް އެތަނުން ފަހަރަކު ފުޅިއެއް ނަގަމުން ބަލަމުން ސުވާލު ކުރިއެވެ.
"މީހުން ދައްކާނެ ހުރިހާ ވާހަކައެއްވެސް. އެކަމަކު އެނގޭނީ ގޮސް ބަލާލީމަ. ފިހާރަވެސް ހުރޭ. އެކަމަކު ދެން މާލެ ވަރެއް ނުވާނެއެއްނު." އިނާ ހަގީގަތް ބުނެދިނެވެ.
"އެހެންވަނީ ދޯ. ނަމެއްގަ އިނގިރޭސިން ދޯ؟ އެކަމަކު މާލެއަށް ކޮންމެ މީހަކުވެސް އަންނަނީ އެއްޗެއް ހޯދަންވެއްޖިއްޔާ؟" ސޯފިޔާ ދިމާކޮށްލިއެވެ. އިނާއަށް އެބަސް ބަލައިނުގަނެވޭނެކަން އެނގިހުރެއެވެ.
"އަވަހަށް ހުއްޓާލާ." އިނާ އަމާން ދިނެވެ. ކާމިޔާބީއެއް ލިބުނުފަދަ ހީލުމަކުން ސޯފިޔާ ހީލިއެވެ.
ހަތަރުފަސްވައްތަރެއްގެ ރީތިވާ ސާމާނުތައް ނެގުނުއިރު ދެމީހުންގެވެސް އަތް ފުރިއްޖެއެވެ. އެހެންކަމުން ހިފައިގެން ގޮސް ލެކިއުޓް ކައުންޓަރު މަތީ ބަހައްޓާފައި އަނެއްފަހަރު ގޮސް އިނާއާއި ސޯފިޔާ އެތަނުން ފުޅިފުޅި ބަލަން ފެށިއެވެ. މިފަހަރު ދިޔައީ ސެންޓް ހަރުގަނޑެއް ކައިރިއަށެވެ.
"އިނާ....." ކުއްލިއަކަށް ސޯފިޔާ މާ ޒާތަކަށް ގޮވާލުމުން އިނާއަށް ބަލާލެވުނެވެ. އޭރު ސޯފިޔާ އައިސް އޭނަގެ ދާދިގާތަށް ހުއްޓި ހުރެގެން މީހަކަށް ފިލަން އުޅޭކަހަލަ ގޮތްތަކެއް ދައްކަމުން ދިޔައެވެ.
"ކިހިނެއްވީ؟ ބުނެބަލަ....ކާކުތަ؟" އިނާވެސް މަޑުމަޑުން އަހަން ފެށިއެވެ.
"ސް....ޝްޝް....ނުބަލައްޗޭ. ކަނައަތްފަރާތުގަ...ނޫނެކޭ.....ނުބަލަބަލަ..." ނުބަލާށޭ ސޯފިޔާއަށް ބުނެވުނުއިރު އިނާއަށް ހުރީ އެނބުރެވިފައެވެ. އެކަމަކުވެސް އިނާގެ އަތުގައި ސޯފިޔާ ވިކައިގަތުމުން އެއްޗެއް އަދި މީހެއްވެސް ފެންނަ ވަރެއް ނުވިއެވެ.
"އަޅެ ދެން ބުނެބަލަ....ކީއްތަވީ؟" އިނާއަށް އުނދަގޫވިއެވެ. ސޯފިޔާ ހަމަ ހުރެގެން ބޮނދަނީއެވެ. ކުއްލިއަކަށް އިނާއަށް ވިސްނައިގަނެވިއްޖެއެވެ.
"ޝާންތަ.....؟ ޝާން ހުރީތަ މިތާ؟ ދައްކަބަލަ އަހަންނަށް. ހިނގާ އިންޓްރޮޑިއުސްކޮށްދޭން." އިނާއަށް ޔަގީންވެއްޖެއެވެ. ސޯފީ އެގޮތަށް އުޅޭނީ ޝާން ފެނުނީމައެވެ. އެ ޒުވާނަކާހެދި ސޯފީ ހުންނަނީ މޮޔަވާވަރުވެފައިކަން އެނގޭނީ އިނާއަށް އެކަންޏެވެ.
"ނޫނެކޭ....ޝާންއެއް......" ސޯފިޔާއަށް ބުނެވުނީ އެވަރަށެވެ. ބަލާލިއިރު އިނާ ހުރީ ހިލަ ބުދަކަށް ވެފައެވެ. އޭނައާއި ދިމާލަށް އެނބުރުމުގެ ބަދަލުގައި އޭނަ ނުބަލާށޭ ބުނި ދިމާލަށް ބަލަހައްޓައިގެންނެވެ.
ސޯފިޔާއަށް ގުޑިލަންވެސް ނުކެރުނެވެ. އިނާއާއެކު ކުރިމަތިން ފެންނަ މަންޒަރަށް ބަލަން އޭނައަށްވެސް ހަމަ ހުރެވުނީއެވެ.
**********(ނުނިމޭ)**********
މުރާސިލް ހޯމްޕޭޖް އަށާއި
ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ
އެވެ.
ދެން އޮތް ބަޔަށްވެސް ކެތްތެރިކަމެއް ނެތި
އިންތިޒާރުކުރަން.... ވާހަކަ ހަމަ އޮބިނޯވޭ
އަޅެ ÷ޕްލީޒް އަދި 1 ޕާޓް އަޕް ކޮށްބަ
ތެންކްސް ޑިޔަރ.. މިވާހަކަ އަޕްވިތޯ ބަލަބަލަ ހުއްޓާ
ތިއަޕް ކުރީ... އަދިވެސް 1 ފަހަރު ތެންކްސް.. މިހާ ދިގު ކޮށް ގެނެސްދިނީމަ އަދި މާ
ބޯޑަށް ހެޕީވެފަ މިހުރީ...!!
އަނހަ. ފްރެންޑް ކިހިނެއް ތި ނިންމާލީ، ކިޔަމުން ދިޔައިރު
ހީވީ ލެކިއުޓް ދޮރުމަތީގަ ހުރެވުނުހެން އެންމެ ހާސްވެފަ ވަރަށް އަވަހަށް
ކިޔާލިތަނާ ނިމިއްޖެ ކާކުކަންވެސް ނޭނގި. އެހާ އަވަހަށްކީވެސް ކާކުތޯ ބަލަން.
އަވަސް އިނގޭ
އަޅޭ!!! އައި ހޭޓް ކްލިފްހޭންގާރޒް! އަނެއްބައި އަވަހަށް
އަޕްލޯޑް ކޮށްދެއްޗޭ
އަޅެ ޒިޔާދުތަ އެފެނުނީ. ސޮފާ އިނާކައިރީ ބުނެބަލަ
ދާދޮތަށްގޮސް ވަރުގަދަ ބޮނޑިއެއް ޒިޔާދުގެ މޫނުގަ އަޅާބަލާށޭ. މަސައްކަތެއްގައޭ
ކިޔާފަ އިނާއަށް ފަޅާއެރީމަ ވަގުބިޓް ގޮވައިގެން ނިކުމެ ބާޒާރުކުރަނީދޯ.
ސޮފާކޮބާތަ މިހާރު އިނާގެ އަނެއްބިޓް. ދެން އެނައާއި ގުޅުވަބަލަ. ވވވވވވވ ރީތި
މިވާހަކަވެސް. އަނެއްބައި އަވަހަށް ލޯޑްކޮށްދެއްޗޭ.
ވަރަށް ރީތި...މަންޒަރު ލޯމަތިން ސިފަވާފަދަ...ކީޕް އިޓް
އަޕް...
crap !! .....seems like someone
is so against hithadhoo people..just stop shitting okay.......
ޒިޔާދު ދޯ ބިޓް ގޮވައިގެން ހުންނާނީ ހެހެހެހ ވަރަށް ސަޅި
ސޮފް ހާލް ކިހިނެތް؟ މިހާރު ވަރަށް ސަޅިވޭ އިނގޭ! އެ
ޒިޔާދު އެބުނާ މޮޔަ އަންހެނާއާއި އެކު ހުއްޓާ ދޯ އެފިހާރައިން އެފެނުނީ، ކީކޭ
ބުނާނީދޯ! މި ފިރިހެނުންވެ ހާދަ މަކަރޭ ދޯ! އަނެއްކާ ރަނގަޅައްތަ މިހީވީ؟ ވަރަށް
ފައްކާ ވާނެދޯ އެގޮތަށް ވެއްޖެޔާ، ވވވ އަވަސް އަނެއްބަޔަށް އިންތިޒާރުކުރަން، ސޮފް
މީގެ ކުރިން މިވާހަކަ އެހާ ގަވާއިދުން އަޕްލޯޑް ނުކުރީ ކީއްވެތަ؟ އަސްލު އޭރު
ސްޓޯރީ ގެންދިޔަ ގޮތުން ތިކުއްޖާވެސް އެހާ ލައިކް ނުވީތަ އަނެއްކާ؟؟؟؟؟؟؟؟/
ޒިޔާދު އަނެއްކާ ބަސްޓްވީ ދޯ... ހެހެހެ އެހެންވެއްޖެނަމަ
މަޖާވާނެ އިނގޭ ސޮފީ... ވާހަކަ ކުރިއަށްދާގޮތް ވަރަށް ކަމުދޭ.. އަނެއްޕާރޓް
އަވަހަށް އަޕްލޯޑް ކުރާނެކަމަށް އުންމީދުކުރަން..
ވަރަށް ލޯބި!!!!!
ހެލޯ ސޮފާ.. ހައު އާރ ޔޫ ޑިއަރ؟؟؟ ހާދަ ސަޅި ހިސާބަކުން ނިންމާލީ
ތި؟؟ ގިނަ ކިޔުންތެރިން 'ގެސް' ކުރި ގޮތައް ވުލްފް އަށް ވެސް ހީވަނީ ޒިޔާދު ވަގު
ބިޓާ އެކީ ބަސްޓް ވީހެން ދޯ.. ހީ ހަހަ..
ހެހެހ ގެސް ކުރަން ފުރުޞަތު ދީފަދޯ! ހައްތާ ފޯރިގަދަވާ
ގޮތް މިވަނީ. ދެން ކޮންއިރަކުން ނަތީޖާ އެނގޭނީ
މި ފަހަކުން ފާހަގަ ކުރެވުނު ކަމެއް! ފަތިސް ތަރީގެ ކުރީގެ
ވާހަކައިގައި ހުންނަ ހުރިހާ ކޮމެންޓުތަކަށް ނުހުރޭ ރިޕްލައި ކޮއްފަ... އެކަމަކު
މިވާހަކައިގެ ހުރިހާ ކޮމެންޓު ތަކަކަށްހެން ހުރޭ ރިޕްލައި ކޮއްފަ... އެއީ ސަޅި
ތަންކޮޅެއް.. ހެހެހެހެ އެނީވޭ ދިސް ސްޓޯރީ އިސް އޯސަމް... ކީޕް އިޓް އަޕް.. އެން 1
ތިން އައި ނީޑް ޔުއަރ ފްރެންޑްޝިޕް... ހައު ކެން އައި ބީ ޔުއާރ ފްރެންޑް... ހޯޕް
ވިލް ރިޕްލައި ދިސް ކޮމެންޓް
ހައިތޭ: ނޫން އެއްގޮތަކައްވެސް އެހެނެއްނޫން... އައި
މީން އިޓްސް ގުޑް އޭ.. ތޭންކްސް 4 ޔުއަރ ފްރެންޑްސް.
ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ސަޅި.. އުއްމީދު
ކުރަން އަވަހަށް ގެނެސްދޭނެ ކަމަށް އުއްމީދު ކުރަން
އަޅޭ އެންމެ ކިޔާހިތްވާ ތަންކޮޅުން ތި ނިންމާލީ.. ރިއު
އަށް ހީވޭ އެއީ ނަވީންހެންވެސް.. ހެހެ އެކަމް ބޮޑަށް ހީވަނީ އެ "ގުޑު ފޯ
ނަތިންގު" ޒިޔާދު ހެން.. ސޮފާ ކީޕް އިޓް އަޕް ދަ ގުޑު ވޯރކު.. ވަރަށް
ހިންހަމަޖެހޭ ވާހަކަ ކުރިޔަށް ދާ ގޮތާ ދޭތެރޭ.. ވަރަށް މޮޅު ސޯފާ.. ޓޭކު ކެއަރ >3
ސަޅި.. ކުރިއަށް ގެންދޭ.. އިތުރުކާމިޔާބީއަށް އެދެން..
ވ ވ ވ ވ ވ ވ ވ ވ ރީއްޗޭ.......ވެއިޓިންގ ފޯރ ދަ ނެކްސްޓް
ޕާރޓް،...މި ގޮތަށް ގެނެސްދޭނެ ކަމަށް އުއްމީދުކުރަން....ޓޭކް ކެއަރ....(:
އަސްލުވެސް ވ ވ ވ ވވ ވ އިންޓަރެސްޓިންގ. ހީވަނީ ހަމަ
މަންޒަރު ފެންނަހެން.އެކަމަކުވެސް އެތާ ހުރީ ކާކުކަމެއް ނޭނގުނު.ސޮފް އަވަހަށް
ގެނެސްބަލަ އަނެއްބައި.
އައްޔައްޔޯ.........................ދެން ކީއްކުރަން
އެހިސާބަށް ތި ނިންމީ. އަވަސް އަވަސް އަވަސް........ޕްލީޒް.
ވާހަކަ.ކޮމް ގައި ތިޔަ ބޭފުޅާއަށް ވާހަކަ ލިޔުމުގެ
ފުރުސަތު ވަނީ ހުޅުވާލެވިފައި. ވާހަކަ.ކޮމް ގައި ހިމެނޭނީ ހަމައެކަނި ވާހަކަ.
އިތުރު އެއްޗެއް ނުހިމެނޭނެ. ވާހަކަ.ކޮމްގެ ފޭސްބުކްއަށް ރިޕްލައި ކުރުމުން ޔޫސާރ
އެއް ހަދާ ދެވޭނެ. އޭރުން ބޭނުން އިރަކު އަޕްލޯޑް ކުރަންވީ. ކޮންމެ ކޮންމެ
މީހަކަށް ޔޫސާރ ހެދުމަށް ފުރުސަތު ނުދެނީ ވާހަކަ ނޫން އެއްޗެހި ޕޯސްޓް ކޮށްފާނެތީ.
ޝުކުރިއްޔާ http://www.vaahaka.com/
ސޮފާ! ހާދަ ލަހޭ. ދެން އަވަސްކޮށްބަލަ އަޅެ ޕްލީޒް! ސޮފާއާ
ވާހަކަދައްކާލާ ހިތްވަނީ. ކިހިނެއްހަދާނީ؟ ކޮބާތަ ނަވީން؟ އެފަކީރު އުޅޭނީ މިހާރު
ކިހިނެއްބާ؟
ސޮފާ.......ހަމަ އަޕްލޯޑް ނުކުރާން ދޯ ތި ހުންނަނީ.....!!!
އަނެއްކާ އެއި ނަވީންތަ؟...... ހިތް ތެޅެނީ...
ކޮންއިރަކުންތަ އަޕް ވާނީ؟ ސޯފް....ޕްލީޒް އަވަސް.... މިވާހަކަ ވަރަށް
މިސްވޭ.............
ހުންނަންތަ ވީ ޢުމުރަށް މިހެން، ހިތުގާ އެދުންވާ ނުފުދިފާ.
ސޮފާއަށް ނޭގެނީތަ އިންތިޒާރުގަ ހުރި ވޭނާއި އޭގެ ރިހުން. އަޅެ ރަހްމު ކޮށްބަލަ!
މިއަދު ނިމުނީނު މި. ތިހެން ނުހަދާދެން ނަވީން ގެނެސްދީ
އަޅެ ސޮފާ ޕްލީޒް އަވަހަށް ގެނެސްދީބާ...!! މިރޭ ނިދަން
ވެސް ނޯވެވިގެން މިތެދުވީ މިވާހަކަ އަޕްލޯޑް ކޮށްފިތޯ ބަލަން.. ވ ވ ވ ވ ވ ވ ވ
ވަރަށް ދެރަ ވެއްޖެ މިރޭ...!! ޕްލީޒް ޕްލީޒް ޕްލީޒް ތަނަކޮޅެށް އަވަހަށް
ދެނެސްދީބާ..

No comments:
Post a Comment