އެއީ
ޒިޔާދުއަށްވެސް ލީނާ އާއި ނަވީންއާއި ގުޅުމެއް އޮންނަކަން ނޭނގޭ ފަދައިންނެވެ.
މީގެއިތުރުން ލީނާ އެއްފަހަރާ ގުޅުން ބާއްވަނީ އޭނަފަދަ މުއްސަނދި، ތަޢުލީމީ ކިތައް
ފިރިހެނުންނާއިކަންވެސް ނޭނގޭ ފަދައިންނެވެ. އަދި ލީނާއަށްވެސް ޒިޔާދު އިންނަން
އުޅޭ އިނާ އާއި ނަވީން އާއި ގުޅުމެއް އޮންނަކަން ނޭނގޭ ފަދައިންނެވެ. އަދި ހަމަ
އެހެންމެ، ނަވީންއާއި އޭނަގެ ދެމެދުގައި ގާތްކަމެއް އުފެއްދޭތޯ މިންނެތް
މަސައްކަތް ކުރަމުން އަންނަ ނަވީންގެ މަންމައަށްވެސް ލީނަގެ މި "ނުލަފާ"
ހަގީގަތް ނޭނގޭ ފަދައިންނެވެ.
ތިމާ
އުޅޭގޮތް ޒިޔާދުއަށް ސިއްރުކުރަން ކުރާ މަސައްކަތާއެކު، ލީނާ މަސައްކަތް ކުރަމުން
އަންނަނީ އަބަދުވެސް، ޒިޔާދުއަށްވެސް އަދި ނަޖްމާއަށްވެސް އޭނަގެ މިނިވަންކަމަށް
އަރައިގަތަ ނުދިނުމަށެވެ. އޭނަ އުޅޭނެ ގޮތް އެނގޭނެ ހަމަ އެކަނި މީހަކީ ލީނާ ދެކޭ
ގޮތުގައި އަބަދުވެސް އޭނައެވެ. އިމެއް، ހުރަހެއް، މިނެއް ހައްދެއް، މިއީ ލީނާގެ
ފޮތުގައި މުޅިންމެ ނެތް ބަސް ތަކެކެވެ.
** ** ** ** ** ** ** **
ނަވީންއާއެކު ސްކޫލްގައި އުޅުނީއްސުރެންވެސް އެންމެ ގާތް އެންމެ ރަހްމަތްތެރި އާސިފްގެ ކައިވެނި މާދަމާ ކުރެވޭތީ، ބައެއް ކަންތައްތައް ހަމަޖައްސާލަން އެގޭގައި އާސިފް ކައިރީގައި އިނދެފައި ނަވީން އައިސް ގެއަށް ވަންއިރު ރޭގަނޑުން އެގާރަގަޑި ފަނަރަވެސް ވެއްޖެއެވެ.
"ދަރިފުޅު އެއްޗެއްކާނަން؟" ކާރު ގަރާޖަށް ލާފައި އައިސް ގެއަށްވަދެ ސިޓިންރޫމް ދޮރު ތަޅިއަޑަށް، ގްރައުންޑް ފްލޯރގައި ހުންނަ މަންމަގެ ކޮޓަރިން ނިކުމެފައި މަންމަ އެހިއަޑު އިވުނެވެ.
"ނޫނޭ....އާސިފްމެންގެއިން ވަރަކަށް ކައިގެން މިއައީ" ސިޓިންގރޫމްގެ ލައިޓްގެ އަލި ފަނޑުކުރަން ސްވިޗަށް އަނބުރާލަމުން ނަވީން ޖަވާބު ދިނެވެ.
"މާދަން ދޯ އާސިފް އިންނަނީ. ޕާޓީ ކޮން އިރަކުން؟" ދެއަތް ދެއަތާ ލޯޝަނެއް ހާކަމުން ނަޖްމާ އެހިއެވެ.
"މާދަންރޭ.....؟" މަންމަ ކޮޓަރިއަށް ނުދާތީ، ސިޑިކައިރީ ހުރެ ނަވީން ޖަވާބު ދިނެވެ.
"އެހެންތަ؟ އާނ. ދެން މަންމަ ދިޔައީއޭ ނިދަން. ބައްޕަ ބުނި އިނގޭ މާދަން ދަރިފުޅު ވަގުތެއް ހޯދާލައިގެން ބެންކަށް ޖައްސާލަންޖެހޭ ވާހަކަ ބައްޕައާއެކު. އެކަމާ އުޅެއްޗޭ." ކޮޓަރިއާއި ދިމާލަށް އެނބުރެމުން ނަޖްމާ ބުންޏެވެ.
"ހޫމް.............." ޔަގީންކަމާއެކު ނަވީން ޖަވާބު ދިނެވެ.
"ދަރިފުޅު ފުރަނީ ކޮން އިރަކުން މިހާރު؟" މަންމަ ދިއުމުން ނަވީންވެސް ކޮޓަރިއަށް ދިއުމަށްޓަކައި ދެތިންހަރުފަތަށް އެރުނުތަނާ އަނެއްކާވެސް މަންމަ ގޮވާލި އަޑު ނަވީނަށް އިވުނެވެ.
"މާދަން ނޫން އަނެއްދުވަހު" ނަވީންވެސް އެ ހުރި ހިސާބުން މިހެން ގޮވާލިއެވެ.
ނިދަން ތައްޔާރުވެގެން އައިސްފަވެސް، އަނެއްކާވެސް ނަވީން އިށީނީ ސޯފާގައެވެ. ކުރިމަތީހުރި ކުޑަ މޭޒުމަތީގައި އޭނަ ބަލަން ފަށާފައި ހުރި ލިއުންތަކެއް ހުއްޓެވެ. އޮފީސް ލިއުންތަކެއް ނޫނެވެ. އޭނަގެ ފިހާރައިގެ ލިޔެކިއުންތަކެވެ. ފިރިހެނުންނަށް ޚާއްޞަ ހުރިހާ ބާވަތެއްގެ ހެދުމާއި، އޮފީސްހެދުމާއި ޓައީ އާއި ބޫޓް ވިއްކުމަށްޓަކައި މީގެ ތިންއަހަރުކުރީއްސުރެ އޭނަ ހުޅުވާފައިވާ "ދަ ސްޓައިލް" އަކީ މާލޭގައި ނަން މަޝްހޫރު އަދި އެހާމެ ނަފާ ލިބޭ ފިހާރައެކެވެ.
ފިހާރައަކީ ވަކި ކުޑަ ފިހާރައެއްވެސް ނޫނެވެ. ނަމަވެސް އޭނައާއި އާސިފް ގުޅިގެން ފެށި މި ވިޔަފާރިއަށް، އޭނަގެ އެހެން ރައްޓެއްސަކުވެސް، އިންވެސްޓަރެއްގެ ހައިސިއްޔަތުން ވަންނަން ބޭނުންވާތީ، ހަމަޖައްސަންޖެހޭ މުހިއްމުކަންތައްތަކެއް ހުރުމާއެކު، ނަވީން މަސައްކަތް ކުރަނީ އޭނަ ފުރައިގެން ދިއުމުގެ ކުރިން އެކަންތައްތައް ހަމަޖައްސާލެވޭތޯއެވެ. ފިހާރައިގެ ޖާގަ ބޮޑުކޮށް އަދި މިހާރަށްވުރެވެސް އިތުރު ބާވަތްތައް ގަންނަން ލިބެން ހުންނަ ތަނަކަށް އެތަން ހެދުމަކީ ހަމަޖައްސަން ޖެހޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ނަމަވެސް......
ކުރަން ގަސްތުކޮށްގެން އިނީ ކިތަންމެ މުހިއްމު މަސައްކަތެއް ކަމުގައި ވިޔަސް، މާގިނައިރަކު އެ މަސައްކަތުގައި ނަވީނަކަށް ނީނދެވުނެވެ. އެފަދަ ހިމޭން ކޮންމެ ވަގުތަކީ، އެވަގުތަކަށް އިންސާނާއަށް އެންމެ މުހިއްމު ޚިޔާލުތައް އައިސް އެމީހާ ވަށާލަ ވަގުތަކަށް ވެދާ އުޞޫލުން ނަވީންގެ ސިކުނޑީގައިވެސް ހިނގަންފެށީ އޭނަގެ ވަރަށް އަމިއްލަވަންތަ ޚިޔާލުތަކެކެވެ.
ވިސްނެން ފެށީ އިނާ އާއި ދޭތެރޭގައެވެ.
އިނާމެންނަށް އަދި ރަށާއި ހަމައަށް ނުދެވޭނެއެވެ. ދެން ބަލާލެވުނީ ފޯނެވެ. ފުރުމުގެ ކުރިން ޚާލިދުވެސް ގުޅާލާފައި ހުރިތޯ ބެލުނެވެ. އެއިން އެކަކުގެވެސް މިސްކޯލެއް ނެތެވެ.
ޚާލިދު އޭނަކައިރީ ބުނެފައި އޮތްފަދައިން ޒިޔާދު އާއި ޚާލިދުމެންނާއި ވާހަކަ ދެކެވުނުބާވައެވެ؟ އެކަން ނިމިގެން ދިޔަގޮތް އަނެއްކާ މާ ގޯސްވީބާވައެވެ. އެކަމުގެ ސަބަބުން އިނާއަށް އައީ އަނެއްކާ ކޮންކަހަލަ ބަދަލެއް ބާވައެވެ.
ލިޔުންތައް ބަލަމުން ދިޔައިރުވެސް ނަވީންއަށް ވިސްނެމުން ދިޔައެވެ. ކުރީދުވަހު އޭނައަށް ގުޅާފައި އިނާ އޭނައާއި ދިމާލަށް އެބުނިއެއްޗަކާމެދު ވިސްނެން ފެށުމާއެކު ލިއުންތަކުންވެސް އަތް ދޫކޮށްލެވުނެވެ.
"ދޮގުވެރިއަކަށް....." ވާން އޭނަ އިނާއަށް ހެދީ ކޮން ދޮގެއްހެއްޔެވެ؟ އެ ބުނި އެއްޗެއް އޭނައަކަށް ނުވިސްނެވެ.
ރަނގަޅުވާހަކައެކެވެ. އޭނައާއި އިނާގެ ރަހްމަތްތެރިކަމުގައި އެތަކެއް ދުވަސްވީއިރުވެސް ޒިޔާދު އަކީ އިނާގެ ކާކުކަން އިނާ އޭނަ ކައިރީ ނުބުނެ އޮތުމުން އޭނަ ހިތްހަމަނުޖެހުނެވެ. އެކަން އިނާއަށް ނައަންގާކަށް އޭނަ މަސައްކަތެއްވެސް ނުމެކުރޭމެއެވެ. އޭނަ ގަބޫލުކުރާ ގޮތުގައި ހުރިހާ ގޮތަކުންވެސް އެ ހައްގު އޭނައަށް އޮންނާނެއެވެ. އަންހެންކުއްޖެއްގެ ފަހަތުން އެގޮތަށް ފިރިހެނަކު އުޅޭނީ ކޮން ބޭނުމެއްގައިކަން އިނާއަށްވެސް އެނގޭއިރު، ނޭނގޭ ކަމަށް ހަދައިގެން، އޭރު ދިމާވެފައި އޮތް އެ ހާލަތުން ސިއްރު އުފަލެއް ލިބިގަތުމަކީ އިނާއަށް އޮންނާނެ ހައްގެއް ނޫނެވެ.
އޭނައަށް އިނާ ފެންނަންފެށިތާ މާގިނަ ދުވަސްތަކެއް ނުކޮށް ހޮސްޕިޓަލްތެރެއިން ތައާރަފްވީ ރެއަކީވެސް އިނާ ބަލާ ޒިޔާދު ދިޔަ ދުވަހެކެވެ. ހަގީގަތް އޭނައަށް ހާމަކުރުމުގެ ފުރުޞަތު އިނާއަށް އޮތީ އަބަދުވެސް ހުޅުވިފައެވެ. އެކަމަކު އިނާ ހުރީ މަޑުޖެހިލައިގެންނެވެ.
ކޮންމެ ގޮތަކަށްވިޔަސް އިނާ އެކުރީ އިނާ އާއި ވަރަށް ނުވައްތަރު ކަމެކެވެ. އޭނައަށް ގުޅާފައި އޭނައާއި ދިމާލަށް އެކަހަލަ އެއްޗެއް އެ ބުނި މަގްޞަދު އޭނައަށް ނޭނގުނުތަނުގައި، އިނާގެ އުޅުމަށް އެ އައި ކުއްލި ބަދަލުގެ މާނަ ކުރަންވީ ކިހިނެއްކަމެއްވެސް ނަވީނަކަށް ނޭނގެއެވެ.
ބަހައްޓާނީއެވެ. އޭނަގެ ވަޒީފާއަށް އެނބުރި އައްޑުއަށް ދެދުވަހެއްގެ ތެރޭގައި އޭނައަށް ދެވޭނެއެވެ. ފުރުޞަތު ލިބިއްޖެއްޔާ އިނާ އެބުނި އެއްޗެއްގެ މާނަ އަހާނީއެވެ.
** ** ** ** ** ** ** ** ** **
އިނާމެންނަށް ގެއާއި ހަމައަށް ދެވުނުއިރު ދަންވަރު އެއްގަޑިބައިވަނީއެވެ. ކާޑެއްދޫގައި ޖައްސާފައި ދިޔަ ފްލައިޓަކަށް ވުމުން އިތުރަށް ބައިގަޑިއިރު ލަސްވީއެވެ.
"ދަރިފުޅު އެއްޗެއް ކައެއްނުލާނަންތަ؟" ފޮށިތައް ގެއަށް ވައްދާ ނިމުމުން އެމީހުން ބަލާ ޑްރައިވަރާއެކު ދިޔަ ހަމްދު ކުރެން ޝީލާ އެހިއެވެ.
"ކައިގެން މިހިރީ....." ސިޓިންރޫމްގައި އިށީނދެލަމުން ހަމްދު ބުނެލިއެވެ.
"ކޯޗެއް.......؟" ޝީލާ ވާހަކަ ދައްކަމުން ދިޔައެވެ.
"މުގުރިހަޔާއި ރޮއްޓާ" ހަމްދު ޖަވާބުދިނެވެ.
"އިނާ....އަންނައްޗޭ ކާން....." މުގުރިހައާއި ރޮށްޓަކީ އިނާއަށް ވަރަށް މީރުކެއުމެއްކަން ހަނދާން ވުމުން، ސިޑިން އަރައިގެން ގޮސްގޮސް ހުރި އިނާއަށް ގޮވާލާފައި ޝީލާ ބުނެލިއެވެ.
"ޝީލާ........." ކާންދާކަހަލަ ޚިޔާލެއް ހަމްދުގެ ނެތުމުން ބަދިގެއާއި ދިމާލަށް ގޮސްގޮސް ހުރެފައި އަނބުރާލާފައި އައިސް ހަމްދު ކައިރީ އިށީންނަން ހަމަ ދިމާކޮށްލިތަނާ ޚާލިދު ގޮވާލި އަޑު ޝީލާއަށް އިވުނެވެ.
"އިނާއަށް ސަމާލުވައްޗޭ........އެހާގިނައިން އެކަނިވިޔަނުދީ ގިނައިން ވާހަކަ ދައްކައި ހިތްވަރު ދީ ހަދާތި...." ޝީލާ ގޮސް ކޮޓަރިއަށް ވަނުމުން ޚާލިދު ބުނީ މިހެންނެވެ.
"ދެން ހަމަ މި ނިމުނީތަ މިކަން......؟ މިހާ ފެންކޮށް؟" ޝީލާއަކަށްވެސް ގަބޫލުކުރަން ފަސޭހައެއް ނޫނެވެ.
"މި ނިމުނީކީނޫން. ކިތަންމެ ދުވަހެއް މިކަމެއް ނިމުނުތާ؟ " ފާހާނާއަށް ވަންނަން ޚާލިދު ހިނގައިގަތެވެ.
"ދެން އެކަމަކު.........ކިހިނެއް ހަދާނީ؟ ޒިޔާދުއަށް އެހާ ފަސޭހައިން އެކަން ނިންމާލެވުނަސް، އިނާ ދެން ކިހިނެއް ހަދާނީ؟ މީހުންގެ ސުވާލުތަކަށް ކީކޭ ކިޔާފައި ޖަވާބުދޭނީ؟ މީހުންނަށް އެނގުނީމަ ހާދަ ވާހަކައެއް މީހުން ދައްކާނެއޭ." އެއީ ހަގީގަތުގައިވެސް ޝީލާ ކަންބޮޑުވާ މައްސަލައެކެވެ.
ޝީލާ އެ ބުނި އެއްޗެއް ޚާލިދުއަށް ފުރިހަމައަށް އަޑުއިވުނެވެ. އެކަމަކު ބުނާނެ އެއްޗެއް ނޭނގޭތީ ޚާލިދު ގޮސް ފާހާނާއަށް ވަނީވެސް އަނގައިން ނުބުނެއެވެ.
ޝީލާ އާއި އިނާގެ އެ ސުވާލުތަކަށް އޭނަ ދޭނެ ވަކި މޮޅު ޖަވާބެއް އޭނަ ތައްޔާރުކޮށްފައެއް ނެތެވެ. އެކަމަކު އެއީ ކުރިމަތިލާން ޖެހޭނެ ކަމެއްކަން ޔަގީނެވެ.
"އެންމެ ބޮޑު މައްސަލައަކީ އިނާގެ އެހުންނަ ހިމޭންކަން. އެކުއްޖާ ފާޅެއް ނުކުރާނެ ކިތަންމެ ވަރެއްވިޔަސް، އެއްކަމެއްވެސް. އެކަމާވެސް ހާދަ އުނދަގޫވެޔޭ. ބޮޑުމީހަކަށް ވީމަވެސް އިނާގެ އެ ހުންނަނީ އެގޮތް. ކިހިނެއް ދެން އެހީވާނީވެސް." ޚާލިދު ފާހާނާއިން ނުކުތުމުން އަނެއްކާވެސް ޝީލާ ވާހަކަ ދައްކަން ފެށިއެވެ.
"ޒިޔާދު އިނާގެ ފަހަތުން އުޅުނުގޮތް ފެނުނު މީހަކު ނުބުނާނެ މި ދުވަސް މިހެން އައިސްދާނެއޭ. އެކަމަކު.....ހާދަ ނުލަފައޭ އޭނަވެސް." ޝީލާ ހަމަ ކަންބޮޑުވެގެން އަމިއްލަ އަމިއްލައަށް ވާހަކަ ދައްކަމުން ދިޔައެވެ.
"ތިއިން އެއްވެސް ވާހަކައެއް ދެން ދައްކާނެ ކަމެއް ނެތް. އަހަރެމެން ބަލަންވީ އިނާ ހަމައަކަށް އެޅުވޭތޯ. އިނާއަށް ވިސްނައިދެވޭތޯ" ކަންބޮޑުވެފައި އިން އަނބިމީހާ ކައިރީ އެނދުގައި އިށީނދެ، އެ އަތްތިލައިގައި ހިފައި ބާރުކޮށްލަމުން ޝީލާއަށް ވިސްނައިދޭން ޚާލިދު ފެށިއެވެ.
"ތިއީކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ. ކައިވެންޏެއްގެ ހުރިހާ ކަމެއް ހަމަޖެހި ނިމުނުފަހުން، އެފަދަ ގޮތަކަށް ކައިވެނި ރޫޅުމަކީ، އަންހެންކުއްޖަކަށްޓަކައި ކޮންކަހަލަ ކަމެއްކަން ޚާލިދުއަށް އެނގޭނަމަ......." ޝީލާއަށް ބުނެވުނެވެ.
"އެނގޭ.......އެނގޭތީ މިހެން މި ބުނަނީ. ކޮންމެ ގޮތެއްވިޔަސް ދެން ކުރެވޭނެ ކަމެއް ނެތް. އިނާގެ މިޒާޖު އަހަންނަށްވެސް އެނގޭ....އެ ހަމަހިމޭންކަމުން ނުބައި ނަތީޖާއެއް ނުކުތުމުގެ ކުރިން އިނާއަށްވިސްނައިދޭންވީ، ޒިޔާދު އާއި އިނާ ދުރުވީވެސް ނަސީބަކަށްކަން." ޚާލިދުގެ ސިކުނޑީގައިވާ އެއްޗެއް ޝީލާއަށް ނޭނގުނެއްކަމަކު އެއީނަސީބެކޭ ބުނުމުން ޝީލާއަށް ބަލާލެވުނެވެ.
"އަހަރެމެންނަކަށް ނޭނގެއެއްނު މާދަމާ އިނާއަށް ހުރީ ކޮން ނަސީބެއްކަމެއް. ކޮންމެ ނާކާމިޔާބަކީ ކޮންމެވެސް ކާމިޔާބީއަކަށް ހުޅުވޭ ދޮރެއް ކަމަށް ގަބޫލުކުރަންވާނީ. ދެރަނުވޭ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. އެކަމަކު ޝީލާ ވާނެ އިނާއާއި ވާހަކަ ދައްކައި ވިސްނައިދޭން އިނގޭ." ހަރުދަނާ ކަމާއެކު ވިސްނައިދެމުން ޝީލާގެ އަތުގައި ޖަހާލަމުން ޚާލިދު ތެދުވިއެވެ. ދައްކަން ހުރި ހުރިހާ ވާހަކައެއް ދައްކައި ނިމުނުފަދަ ގޮތަކަށެވެ.
ތެދެކެވެ. ކަމަކަށް ކުރި އުއްމީދު ގެއްލޭ ކޮންމެ ފަހަރަކީ އަމިއްލައަށް ކުފުރުވާންވީ ވަގުތެއް ނޫނެވެ. އަހަރެމެންނަށް ނުފެނުނު ނަމަވެސް، އެވަގުތުވެސް، ކޮންމެވެސް ދިމާލަކުން އުއްމީދެއްގެ އަލިކަން ފެންނަން ހުންނާނެއެވެ. އަހަރެމެންނަށް ޖެހޭނީ އެ ދިމާ ހޯދުމެވެ. އެ އަލިކަން އައިސް އަހަރެމެން ވަށާނުލާނެއެވެ. އަހަރެމެން ގޮސް އެ އަލިކަން ލިބިގަންނަންވީއެވެ.
** ** ** ** ** ** ** ** ** ** **
އޮފީހުން އެންގުމުން މާލެ ދިޔަ ބޭނުން ނިމުމުން، ނަވީން އެނބުރި އައްޑުއަށް އައިސްފިއެވެ.
"ދަތުރު ކިހިނެއް؟" ދުވަހުގެ އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ނަވީންގެ ކެބިންއަށް ވަންނަމުން މިހެން އަހާލީ މާޔާ އެވެ.
ނަވީން އައީ ރޭގެ ދަންވަރު ފްލައިޓުންކަމުގައިވިޔަސް، ހެނދުނު އައިސް އެއިނީ އޮފީހުގައެވެ.
"އަނހަނ މާޔާ.....ކިހިނެއް ހާލު.....ބަލިފާޑުޖަހަނީ ކީއްވެ؟" މޭޒުދޮށުގައި އިނދެފައި އިސް އުފުލާފާއި ނަވީން އަހާލިއެވެ. މާޔާ ފެނުމުން އުފާވެރި ހިނިތުންވުމަކާއެކުގައެވެ.
"ބުނީމެއްނު ފާޑެއްގެ ހުމެއް އައިސްގެންއުޅޭތާ ދެދުވަހެއްވަރު ވެއްޖެއޭ. އެހެންވެކަމަށްވާނީ." ނަވީން މާލޭގައި ހުއްޓާ އިއްޔެ ގުޅާފައި އެ ދެމެދުގައި ދެކެވުނު ވާހަކަތައް މާޔާ ހަނދާންކޮށްދިނެވެ.
"އާނ.އެއީ ތެދެކޭ ދޯ. މިއަދު ދެން އޮފް ކޮށްލިނަމަ...." މޭޒު ވަތްގަނޑު ހުޅުވާލާފައި އެއްޗެއް ނަގަމުން ނަވީން ވާހަކަ ދެއްކިއެވެ.
"އެހެން ކަމަކު ނުދާނެނު؟ ނަވީން ފުރުން މިހާރު ދެން އަވަސްވީމަ، ޖެހޭނޭނު ވަރަށް ބާރަށް ކުރިއަށް ގެންދަން. ނިންމަންޖެހޭ ކިހާ ކަމެއް އަދި އެބައޮތް؟" މާޔާ އަކީ ނަވީންގެ ސެކްރެޓަރީ ނޫން ކަމުގައި ވިޔަސް، ނަވީންގެ އޮފީސް ކަންތައް އެންމެ ބޮޑަށް ހިއްސާކުރާމީހަކަށް އޭނަ ވާނެއެވެ.
"ތިއީ ތެދެއް އިނގޭ. އެންމެ ސާޅީސް ދުވަސް ދެން އޮތީ." ނަވީންވެސް ހަނދާންވިއެވެ.
"އަސްލު ކީއްވެގެން ކުރިން އޮތްގޮތާއި ތަފާތު ވީ؟ ނަވީން އަމިއްލައަށް އެދިގެން ދޯ؟" ނަވީންގެ މޭޒުކުރިމަތީގައި ހުރި ގޮނޑީގައި މާޔާ އިށީނދެއްޖެއެވެ. އޭނަ އެތަނަށް އައީވެސް އެ ސުވާލު ކުރާށެވެ. އިއްޔެ މެންދުރު މާލޭގައި ހުރެފައި ގުޅާފައި އެހެން ބުނީއްސުރެ އޭނަގެ ފިކުރުތައް ބޮޑުވެފައިވަނީ އެކަމާއެވެ. ނަވީން އެ އަތޮޅުގައި ހުންނަން ހަމަޖެހިފައިވާ މުއްދަތު ހަމަވާން އޮތީ އަދި މީގެ ހައެއްކަ މަހަށް ކަމުގައިވިޔަސް، ކުއްލިއަކަށް އެ މުއްދަތު އަވަސްވި ވާހަކަ ބުނުމުން އެއީ ކީއްވެގެންތޯ ބަލަން މާޔާ ބޭނުން ވިއެވެ. ނަވީން އެހާ އަވަހަށް ދިއުމަށް އޭނަގެ ހިތް ނެއެދޭތީއެވެ.
"ނޫނޭ.....އަހަންނަކަށް ކުރިން ނުވެސް އެނގޭ. ހދ. އޮފީހަށް އަހަރެން ދާންވީއޯ ދުވަސްކޮޅަކަށް. އެކަމަކު އެކޮޅުގައި ހަމަ އެންމެ ހަތަރުމަސް އިނގޭ. ނަސީބެއްނު ދޯ. މިއަތޮޅުގައި ގިނަ ދުވަހު އުޅެވުނަސް ހދ. ފަސޭހައެއް ނޫން އަހަންނަކަށް. ދެން މައްސަލައެއް ނެތްތާ. ވަޒީފާގައި އުޅެންޏާ ވެރިންނަށް ކިޔަމަންވާން ޖެހޭނެނު ދޯ؟ އެހެންނޫނީ ގޭގައި މަޑުކޮށްލަން ޖެހޭނީ. ނޫންތަ؟" ހިނިތުންވެފައި ނަވީން އަހާލިއެވެ.
"އެކަހަލަ އަމުރެއްތަ އެއީ؟ ނަވީންގެ މުހިއްމުކަން ބޮޑީކީ ނޫންތަ؟" ނަވީން އެ ކޮށްލީ ސަމާސާއެއްކަން އެނގޭކަން މާޔާވެސް އަންގާލިއެވެ.
"މިއީ އަހަރެން މާޔާއަށް ގެނައި ހަދިޔާއެއް." މޭޒުމަތީގައި ހުރި ކުޑަކުޑަ ހިމަ ފޮށްޓެއް ނަގާ ނަވީން ދިއްކޮށްލިއެވެ. މާޔާ އޭގައި ހިފަން އުޒުރުވެރިވިއެވެ.
"ކޮންމެ ފަހަރަކު ހަދިޔާ ގެންނަންޖެހޭނެތަ؟" އޭގައި ހިފަން އަތްވެސް އުފުލާނުލާ އިނދެ މާޔާ އެހިއެވެ.
"ދޭހިތްވަންޏާ ގެންނާނެނު. މީހުން ދޭ ހަދިޔާ ގަބޫލުކުރުމަކީ ރީތި ސިފައެކޭ ބުނާތީ ނާހަމުތަ؟" ނަވީން އަނެއްކާވެސް ސަމާސާ ކޮށްލިއެވެ.
"ދޭ މީހާ ދިންކަމުގައިވިޔަސް ހިފާމީހާ ހިފަން ވާނީ ވިސްނާފައޭ ބުނާތީ ނަވީން ނާހަމުދޯ؟" މާޔާވެސް ހީލިއެވެ. ނަވީން ދިން ފޮށީގައި ހިފަމުންނެވެ.
"ހުޅުވާފަ ބަލާލަބަލަ...." ވަރަށް ގިނަފަހަރަށް ހަދިޔާއެއްގެ ގޮތުން ނަވީން އޭނައަށް ގަލަމެއް ދީފައިވާތީ، މިފަހަރުވެސް އެ ވާނީ ގަލަމަކަށް ކަމަށް ވިސްނާފައި މާޔާ އެ ފޮށި ނުހުޅުވާ އިންދާ ނަވީން އެދުމުން މަޑުމަޑުން ހުޅުވަން މާޔާ ފެށިއެވެ.
މާޔާ ހީކުރި ގޮތާއި ޚިލާފަށް އެއީ ގަލަމެއް ނޫނެވެ. އެއީ އަތުކުރީގައި އަޅާ ހިމަ ހިމަ، އެހާމެ ތުނި ރަން ކެވެލިކޮޅެކެވެ. އެއްގޮތަކަށްވެސް ދިވެހިވަންތަ ކަމެއް ނެތް، އެކަމަކު އޭގެ އިންތިހާއަށް ރީތި ކެވެލިކޮޅެކެވެ.
އެކަމަކު ނަވީން އޭނައަށް މިފަދަ ހަދިޔާއެއް ދިނުމުގެ ބޭނުމަކީ ކޮބައިބާވައެވެ؟
އަނެއްކާ.........
އިނާއާއި ގުޅުމެއް ދެން ނުބޭއްވޭނެކަން އެނގުމުން، ނަވީންގެ މިސްރާބު.......
އެކަމަކު އެކަހަލަ ނިޔަތެއް ހިތުގައި ލުމުގެ ކުރިން އޭނަވެސް ވިސްނަނީ ކޮން ގޮތަކަށްތޯ ނަވީން ބަލަން ޖެހޭނެ ނޫންހެއްޔެވެ؟
އިތުރަށް އެކަމާ ވިސްނާލަންވެސް މާޔާ ޖެހިލުންވިއެވެ. އެހެންކަމުން އިސް އުފުލާ ނަވީންގެ މޫނަށް ބަލާލެވުނީ ސުވާލުގެ ބެލުމަކުންނެވެ.
"ކިހިނެއްވީ....ކަމަކު ނުދޭތަ؟" މާޔާގެ މޫނުމަތިން އުފާވެރިކަމެއް ނުފެނުމުން ނަވީން އެހިއެވެ.
"ނޫނޭ.....އެކަމަކު..........ކީއްވެ؟" މާޔާއަށް ނައަހައެއް ނުހުރެވުނެވެ.
ވާނީވެސް އެހެންތާއެވެ؟ އޭނައާއި އެއް އޮފީހެއްގައި ނަވީން މަސައްކަތް ކުރަން ފެށި ފުރަތަމަ ދުވަހުން ފެށިގެންވެސް އޭނައަށް ހުރެވުނީ ނަވީންގެ އިޝާރާތެއްގެ އިންތިޒާރުގައެވެ. އެކަމަކު މިހާރު އެ އުއްމީދު ފަނޑުވެ، އޭނަގެ ދިރިއުޅުމާއިގެން އޭނަ ކުރިއަށް ދާން ވިސްނިތާ މާގިނަ ދުވަހެއް ނުވެ ނަވީން އޭނައާއި ދޭތެރޭ ދެކޭގޮތް ބަދަލުވާން ފެށީހެން ހީވާހީވުމަކީ އޭނައަށް ޔަގީންކަން ނުހޯދާ ދޫކޮށްލެވޭނެފަދަ ކަމެއް ނޫނެވެ.

********(ނުނިމޭ)********
މުރާސިލް ހޯމްޕޭޖް އަށާއި
ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ
އެވެ.
މި ވާހަކަ އަޕް ވޭތޯ ބަލަ ބަލާ އިންދާ ތި އަޕް ކުރީ ވ ވ ވ
އުފާ ވެއްޖެ އަޕް ވީމަ. ވ ސަޅި މި ބައި ވެސް.
ވ.ރީތި!! މި ވާހަކަ އެއްފަހަރު ކިޔައިގެން ހިތް ހަމަ
ނުޖެހިގެން، ދެވަނަ ފަހަރުވެސް އެބަ ކިޔާލެވޭ!!! ވވވވވވވ ރީތި!!ވވވވވވވ
ފުރިހަމަ..އަދި ވ.މި ވާހަކަ ކިޔާހިތްވޭ...ވ ބޮޑަށް ޝުކުރިއްޔާ!! ތަން ކޮޅެއް
އަވަހަށް އަޕްލޯޑް ކޮށްދެއްޗޭ އިނގޭ!!!!ވ ކިޔާހިތްވޭ ނި ވާހަކަ......ލޮޓްސް އޮފް ލަވް....
ހާދަ އެހެން ކަހަލަ ހިސާބަކަށް ތި ނިންމާލީ. ވަރަށް
ބަލައިފިން. މި ވާހަކަ އަޕްވޭތޯވެސް. އުފާކުރަން ކިޔާލަން ލިބުނީމަ. ތަންކޮޅެއް
ކުރީ ގެނެސްދިންލެއް. ދެން ބުނަންތަ ނަވީން އަށް ހދ. އަށްގޮސް އުޅެން
އުނދަގޫވިޔަސް އަސްލުގަ އެހާ އުނދަގުލެއްނުވާނެޔޭ. ތަޖުރިބާ ކޮށްލީމަ އެނގޭނީ.
ފަސޭހަވާނެ ހަމަ
varah rythi..perfect..waiting 4
nxt part
ސޮފާ އަށް މާދަން ކިޔަން ދަސްކޮށްދިން މީހެއްގެ ކަމަކަށް
މިކަން ވާނީ ކޮންމެ ދުވަހަކު ގެނެސް ދީބަލަ
ރީތި ހަމަ.... އަނެއް ބައި ކޮންއިރަކުން އަޕް ކޮށްދޭނީ؟

No comments:
Post a Comment