"މިހާރު މިހިރީ ރަމީޒް ކައިރިއަށް
ހޮސްޕިޓަލަށް އައިސް." އަފްރާހް ހުރިހާ އެއްޗެއް އޮޅުންފިލުވަމުން އެބަ
ދެއެވެ.
"ނޭނގެ. ހަމަ ބޯ ގޮވައިގެން އާދެވުނީ. އެކަމަކު އޭނަ ކައިރީ ކިހިނެއް ވާހަކައެއް ކިޔާނީ. ރަނގަޅުވަގުތެއްގަ ތިގުޅީ އިނގޭ" ހަގީގަތުގައިވެސް އަފްރާހް އެގުޅީ އޭނައަށް ގޮތްހުސްވެފަ ހުރި ވަގުތެއްގައެވެ.

"އާނ. އޭނަ ފަހަރެއްގަ ނިދާވެސް ފާނެ.
އޭގެ ކުރިން ގުޅާލަން ޖެހޭނެނު." ޒިޔާދު އަވަސް އަރުވާލާފައި ހުރީ އިނާއަށް
ގުޅުމަށެވެ.
އާނ........މާދަން މެންދުރުފަހުފްލައިޓުން ފުރަނީ.......ހޫމް. އޯކޭ." އިތުރު ވާހަކައެއް ދައްކަންވެސް މިހާރު ޒިޔާދު އަކަށް ވަގުތެއް ނެތެވެ. ބޭނުން ވަނީ އަވަހަށް އިނާއަށް ގުޅާށެވެ.
އަފްރާހްގެ ފޯން ނިމުމުން ޒިޔާދު ބަލާލީ ރަމީޒް ކޮބައިތޯއެވެ. ރަމީޒް އަދިވެސް އެނބުރި ނާދެއެވެ. އެހެންކަމުން ޒިޔާދުގެ މަގްޞަދަކަށްވީ ރަމީޒް އައުމުގެ ކުރިން އިނާއަށް ގުޅާލެވޭތޯއެވެ.
އިނާގެ ފޯން ރިންގު ވާންފެށީ އެމީހުން ފަޒާ ފިހާރަ ތެރޭގައި ތިއްބައެވެ.
"ކާކު ގުޅަނީ....؟" އިނާއަށް އަދި ފޯން ބަލާނުލެވިގެން އުޅެނިކޮށް ދިލްމާ އަހާލިއެވެ.
"އެވާނީ ޒިޔާދު ކަމަށް........" މިހެން ބުނެފައި އިނާ ފޯން ނަގައިގެން ބަލާލިއިރު އޭނައަށް ބުނެވުނު ބަސް ތެދުކަން ޔަގީން ވިއެވެ.
"ހަލޯވ..........؟" އެކޮޅުން ބުނާ އެއްޗެއްގެ އިންތިޒާރުގައި ހުރިކަން އެނގޭފަދަ ރާގަކަށް އިނާ ބުނެލިއެވެ.
އެހެން މީހަކު ނަމަ ތިހެދީ ކިހިނެއްހޭ ދިޔައީ ކީއްވެހޭ އަހާނެކަން ޔަގީނެވެ. އެކަމަކު އިނާ ނާހައެވެ. އެއީ ކީއްވެބާއޭ މިއަޑު އަހަން ހުރި ދިލްމާގެ ހިތަށް އެރިއެވެ.
"އާނ ބައްޕަ ބުނުއްވި...." އެކޮޅުން ކުރި ސުވާލަށް އިނާ ޖަވާބު ދިނެވެ.
"ދެން ބުނާނެ މާ ބޮޑު އެއްޗެއް ނޯންނާނެދޯ؟ ކަންވީ ގޮތުގެ ވާހަކަ ބުނުއްވީ" އިނާ ބުނީ މިހެންނެވެ. ނަމަވެސް މި އަޑު އިވުނު ޒިޔާދުއަށް ހީވީ އޭނަގެ ވަށައިގެންވާހައި ތަނަކަށް ކުއްލި ގުޑުމެއް އައިހެންނެވެ. ކަންތައް ވީ ގޮތުގެ ވާހަކަ ބުނެފިއްޔާ އިނާ މިހާރު އޭނައާއި ވާހަކަ ނުދައްކާނެކަން ޒިޔާދުއަށް ވިސްނުނީ މާފަހުންނެވެ.
"ހާދަ ވަރަކަށް ތި ސުވާލު ތިކުރަނީ. ބައްޕަ ބުނުއްވީ މާ ބޮޑުކަމެއް ދިމާވެގެން ޒިޔާދު ހިނގައްޖެޔޯ.......އެއީއެއްނޫންތަ ވީ ގޮތަކީ؟" ބައްޕަ ބުނުއްވީ ކީކޭތޯ ޒިޔާދު އަހާވަރުން އިނާއަށްވެސް އެކަން އެންމެ ފަހުން ފާހަގަ ކުރެވިއްޖެއެވެ.
"މިތިބީ ފަޒާގަ...." ތިބީ ކޮންތާކުތޯ އެހުމުން އިނާ ޖަވާބު ދިނެވެ.
"ދެވިދާނެ. އެކަމަކު އިރުކޮޅެއްވާނެ ޒާހިރު އައިސްގެން ދާން. ޒާހިރު ވީ ދިލްމާމެންގެ ކައިރީ." ޒިޔާދު އެދުނީ އިނާމެން އޭނަ ބުނާ ތަނަކަށް ދިއުމަށެވެ. ޒިޔާދުގެ މަގްޞަދާއި ދޭތެރޭ ޝައްކެއްވެސް ނުއުފެދޭ އިނާމެން އެތަނަކަށް ދާން އެއްބަސް ވެސް ވެއްޖެއެވެ.
"ދާންވީތަ؟" ފޫޓެއްހާ ދުރުގައި، މާ ރީތި ފައިފުހިތަކެއް ބަލަން ހުރި ދިލްމާ އެހެން އަހާލީ އިނާ ފޯން ބޭއްވުމުންނެވެ.
"އާނ...އެކަމަކު ދެމީހުން ދާނީ" އިނާ އެދުނީ އެގޮތަށެވެ.
"އައްދޭ........ޒިޔާދު ކައިރިއަށް ދާއިރު އެހެން މީހަކު ގެންދަން ފެށީ ކޮންދުވަހަކުއްސުރެތަ؟" ދިލްމާ ދިމާކޮށްލިއެވެ.
"އޭނަ ކައިރި ކައިރިއަކަށް ނޫނޭ މިދަނީ. ކޮންމެވެސް ވާހަކައެއް ބުނެލަން ވެގެންނޯ....އައިސްބަލާށޯ ބުނީ."
"އެހެނެއް ނޫން އެއީ. އެއްޗެއް ބުނަން ނަމަ ފޯންކުރިއިރު ބުނާނެނު. އެއީ އިނާއާއެކު ވަގުތުކޮޅެއް ބޭނުންވެގެންކަމަށް ވާނީ. އަހަރެން ދާނީ ގެއަށް." ދިލްމާ ގޮތް ނިންމިއެވެ.
"ނޫނެކޭ........އަހަންނާއެކު ދިލް ވާނެ ދާން." ޒިޔާދު ވަގުތުކޮޅެއް ބޭނުންވިޔަސް، ޒިޔާދުއާއެކު އިތުރު ވަގުތުކޮޅެއް މިރޭ ދެން އަލަކުން ހޭދަކުރާހިތެއް އޭނަގެ ނެތެވެ.
ކަންތައް ދިމާވި ގޮތުން މިވަގުތު ދިލްމާ އޭނައާއެކު ވީ ކަމީވެސް އިއްތިފާގެކެވެ. އިނާ ބޭނުންވީ އެ އިއްތިފާގުގެ ބޭނުން އޭނަ ހިފާށެވެ.
"ނުކެރޭނެ އަހަންނަކަށް. އަދި ޒިޔާދު އާއި ބައްދަލުވީވެސް އެންމެ ފަހަރަކު. ކިހިނެއް ކެރޭނީ ތި ދެމީހުންގެ ބައްދަލުވުމަކަށް ދާން؟" ދިލްމާ އޭނަގެ ނުކެރުން ފާހަގަ ކުރިއެވެ.
"ޒިޔާދު ކައިރިއަކަށް ނޫނޭ ދިލް ދާނީ. ދިލް ދާނީ އަހަންނާއެކު" އިނާ ތަންކޮޅެއް ހަރު ގޮތަކަށް ބުނެލިއެވެ. ނަމަވެސް އިނާ އެހެން ބުނެލި ގޮތުން ދިލްމާ ގާތަށް އައީ ހިންޏެވެ.
"އެންމެ ރަނގަޅު. ދާނަން." ހިނިއައިސް ހުރެގެން ދިލްމާ އަވަހަށް އެއްބަސްވެއްޖެއެވެ. ކިޔަމަންތެރި ކުޑަ ކުއްޖެއްފަދައިންނެވެ.
** ** ** ** ** ** ** **
އިނާ އާއި ދިލްމާ އައިސް ފޭބީ ޒިޔާދު ބުނިހެން ހޮސްޕިޓަލް ކައިރިއަށެވެ. އެމީހުންނަށް ގުޅިއިރުވެސް ޒިޔާދު ހުރި ތަނަށެވެ.
"ކޮބާ ޒިޔާދު......؟" ފެންނަ ހިސާބެއްގައި ޒިޔާދު ނެތުމުން ދިލްމާވެސް ޒިޔާދު ފެނޭތޯ ވަށައިގެން ބަލާލަމުން އަހާލިއެވެ.
"ނޭނގެ....ގުޅަންވީކަންނޭނގެ...." މިހެން ބުނެފައި އިނާ އޭނަގެ ފޯން ނަގާ ޒިޔާދުގެ ނަންބަރަށް ޑައިލްކުރަން ފެށިއެވެ.
"އެހެރީ....................." އިނާ ގުޅަ ގުޅާ ހުއްޓާ ޒިޔާދު ހުރިތަން ދެއްކީ ދިލްމާއެވެ.
ޒިޔާދު ހުރީ ހޮސްޕިޓަލްގެ ދެވަނަ ގޭޓް ކައިރީގައި އޮތް ކާރެއް ކައިރީގައެވެ. އެ ހިސާބަކީ އެހާ އަލި ނޫން ހިސާބެއްކަމުން އެތާނގައި މީހަކު ހުރިކަންވެސް ޔަގީންވާނީ ހަމަ އެކަނި ދުއްވާއެއްޗެއްގެ ލައިޓް އެދިމާލަށް އެޅުނިއްޔާއެވެ.
"އަނހަނ...ދިލްމާވެސް އެބަހުރިން ދޯ؟" އިނާ އެކަނި އައުމުގެ ބަދަލުގައި ދިލްމާވެސް އިނާއާއެކު އައިސް އެތަނަށް ހުއްޓުމުން ޒިޔާދު މިހެން ބުނެލީ ވަރަށް ފާޑެއްގެ ރާގެއްގައެވެ. ދެކޭ ކޮންމެ މީހަކަށްވެސް ސިއްރު ނުވެ ފާޅުކަންބޮޑު ގޮތަކަށް އެނގެން ހުރި ހިތްހަމަނުޖެހުމެއް ޒިޔާދުގެ މޫނުމަތިން ދިލްމާއަށްވެސް ފެނުނެވެ.
"ދިލްއާއެކު ފިހާރައިގަ ހުރީ. އެހެންވެ ނިމިގެން އެކީ އެކައްޗަކަށް ގެޔަށް ދާންވެގެން އަވަހަށް އައީ" އިނާގެ ޖަވާބު ވަރަށް ފުރިހަމައެވެ.
ޒިޔާދުގެ އިޝާރާތަށް ޒިޔާދުގެ ފަހަތުން ހިނގައިގަންނަމުން ދިލްމާ ކައިރީ މަޑުކޮށްލުމަށް އިނާ އެދުނެވެ. އޭނަގެ ކުރީގައި ހުރި ޒިޔާދު ހުއްޓުނީ ވިއްސަކަށް ފޫޓް ދުރަށެވެ.
"މާ ބޮޑު ވާހަކައެއް ބުނަންވެގެންތަ ޒިޔާދު ތިއުޅެނީ؟" ކުޑަ ހިނިތުންވުމަކާއެކު އިނާ މިހެން އަހާލިއެވެ. ޒިޔާދު އުޅޭ ގޮތުން މާ ދެން ސިއްރުވެރި ގޮތެއް މިރޭ ހީވާތީއެވެ.
"އެހެން ހީކޮށްލިޔަސް ރަނގަޅުވާނެ...." އިނާއަށް ކުރިމަތިލައިގެން ހުރިއިރު، އެމީހުންނާއި ތަންކޮޅެއް ދުރުގައި ގޭޓް ކައިރީގައި ހުރި ދިލްމާ އެމީހުންގެ އިންތިޒާރުގައި ހުރިތަން ޒިޔާދުއަށް ފެނެއެވެ.
"އިނާ ބައްޕައާއި މިރޭ ވާހަކަ............." ޒިޔާދުއަށް ބުނެވުނީ އެހިސާބަށެވެ. އިނާގެ ސަމާލުކަން އަތުލީ ރިންގުވާން ފެށި ފޯނެކެވެ.
"ބައްޕަގެ ނަމާއެކު ބައްޕަ އެ ގުޅުއްވަނީ...." ދަބަސްތެރޭން ފޯން ނަގައި ޒިޔާދުއަށް ސްކްރީން ދައްކާލަމުން އިނާ ބުނެލިއެވެ. ޒިޔާދުއަށް ދެކޮނޑު އަރުވާލެވުމާއި ފުން ނޭވާއެއް ލެވުމާ ދިޔައީ އެކުއެކީގައެވެ.
"އަދި ގެއަށް ނުދެވޭ.....ދިލްއާއެކު ބޭރުގަ" އިނާ ފޯން ނެގުމުން ބައްޕަ ކުރެއްވި ސުވާލަށް އިނާ ޖަވާބު ދިނެވެ.
"އޫމް.......ހޮސްޕިޓަލަކު ނޫން. ހޮސްޕިޓަލް ކައިރީ. ބޭރުގަ މިހިރީ." ހޮސްޕިޓަލްގައި އޭނަ ކުރަނީ ކީއްތޯ ބައްޕަ އެއްސެވުމުން އިނާ އަށް ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް ލިބުނެވެ. އޭނަ ހުރީ ހޮސްޕިޓަލްކައިރީކަން ބައްޕައަށް އެނގުނީ ކިހިނެއްބާއެވެ. އެ ޚިޔާލުގައި ހުރުމުގެ ސަބަބުން ބައްޕަގެ ސުވާލަށް އޭނައަށް ޖަވާބު ދެވުނީވެސް ތަންކޮޅެއް ލަސްލަހުންނެވެ.
"މިހާރު ތޯ........؟......އާމް....ޒިޔާދު ބުނެގެން އަޅުގަނޑު މިތަނަށް މި......." އޭނަ އެތަނަށް އަންނަން ޖެހުނު ސަބަބު އިނާ ބުނަން އުޅުނީ މިހާރު ގެއަށް އައިސް ދިނުމަށް ޚާލިދު އެދުމުންނެވެ.
"ލައްބަ އަޅުގަނޑު މިދަނީ...." ޚާލިދު އެދުނު ފަދައިން އެއްބަސްވުމަށްފަހު އިނާއަށް ހުރެވުނީ ފޯނާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އައިތާ ހިނދުކޮޅެއްވެސް ނުވަނީސް ދަނީއޭ ބުނަން ޖެހޭތީ ޖެހިލުންވެފައެވެ.
މިވަނީ ކީއްކަން އެނގޭ ޒިޔާދު ހުރީ ކަނުލާ އަޑުއަހާށެވެ. އިނާ އޭނައާއި ދުރުކުރުވަން ކުރެވެން އޮތްހާ މަސައްކަތެއް ޚާލިދު ކުރާނެކަން އޭނައަށް ނޭނގެނީކީ ނޫނެވެ. އެކަމަކު އެހާ ބަރާބަރު ގަޑިއަށް އިނާއަށް ގުޅަން ޚާލިދުއަށް އެނގުނުކަންވެސް އެއީ އޭނަ ހައިރާންވި ކަމެކެވެ. ނަސީބު އެހީވާނީ ހުރިހާ އިރެއްގައި ނުބައިމީހާއަށް ނޫންކަން ޒިޔާދު ހަނދާން ނެތުނީކަންނޭނގެއެވެ.
"ކަމެއް ދިމާވީތަ...؟" އިނާއަށް އައި ފޯނު ނިމުމުން އަދިވެސް ފޯނާއި ދިމާލަށް ބަލަން ހުންނަން ފެށުމުން ޒިޔާދު އަހާލިއެވެ. އެއްކަމެއްވެސް އެނގޭ ކަމަކަށް ނަހަދައެވެ.
"ބައްޕަ.......ކޮންމެވެސް ބަޔަކު އައިސް އެބަތިބި ގޭގަ. އެހެންވެ އެމީހުންނާއި ބައްދަލުކުރަން...." ޚާލިދު އެދުނު ކަންތައް އިނާ ބުނެދޭން މަސައްކަތް ކުރިއެވެ. ފަސްޖެހުމާއެކުގައެވެ.
"މިއީ ކޮން ގަޑިއެއް ގޭގެއަށް މީހުން އަންނަން. އެހެރަ އެގާރަ ޖަހަނީ." އިނާގެ ވާހަކަ ނުނިމެނީސް ޒިޔާދުއަށް ނުހުރެވިގެން ބުނެލެވިއްޖެއެވެ.
އިނާއަށް ލިބުނީ ސިހުމެކެވެ. އޭނަ ހިތަށްވެސް އެހެން ނާރަނީކީ ނޫނެވެ. އެކަމަކު އެއީ އޭނަގެ އާއިލާއެވެ. ގެއަށް އައުމަށް އެދުނީ އޭނަގެ ބައްޕައެވެ. ޒިޔާދުގެއެއް ނޫނެވެ. އެހެންކަމުން އެކަމުގައި އެހާ ރުންކުރު ގޮތަކަށް ޒިޔާދު އެއްޗެއް ބުނުމުން އިނާ ހިތްހަމައެއް ނުޖެހުނެވެ.
"ދަނީ......މާދަން އަދި ފުރުމުގެ ކުރިން ދިމާވާނެ ދޯ....." ޒިޔާދު އެހެން ބުނުމުން ނުރުހުނު ވަރުން، ދާން ޖެހޭތީވެސް އިނާ މިހާރު ކަންބޮޑެއް ނުވެއެވެ. އެހެންކަމުން އިނާވެސް ބެލީ އަވަހަށް ދެވޭތޯއެވެ.
"ފަހަރެއްގަ ދިމާނުވެދާނެ. ގުޅާނަން މިރޭ." އިނާ ހިނގައިގަތުމުން ޒިޔާދު ގޮވާލިއެވެ. އިނާވެސް އެގޮތް އެންމެ ރަނގަޅުކަން އެންގުމުގެ ގޮތުން ހިނިތުންވެލާފައި ބާރުބާރަށް ހިނގައިގަތެވެ. އިނާގެ ހިނގުން ހުރިގޮތުން އެ އަންނަނީ މަޑުކުރަން ނޫންކަން ދިލްމާއަށްވެސް އެނގޭފަދައެވެ. އިނާ އައިސް އަރާ ހަމަވާންވާއިރަށް ދިލްމާވެސް ހުރީ ހިނގައިގަންނަން ވެފައެވެ.
ޒިޔާދުއަށް ލިބުނު ނާކާމިޔާބީގައި ހިތްހަމަނުޖެހުނު ވަރުން، އިނާމެން ހިނގައިގަތުމުން، އެނބުރި ލާފައި ބިންމަތީގައި އޮތް ކަށިވެލިގަނޑުގައި ޖަހާލެވުމުން ވެލިތަކެއް ބުރައިގެން ދިޔައެވެ.
"ނޭނގެ ކޮން ބައެއްކަމެއް. ބައްޕަ ބުނުއްވީ އަވަހަށް އައިސްދޭށޯ" ކާރަށް އަރަން އައި އިރު ދިލްމާ ކުރި ސުވާލަށް އިނާ ޖަވާބު ދިނެވެ.
"ކިހިނެއްތަ ޚާލިދުބެއަށް އެނގުނީ މިތާގަކަމެއް " ދިލްމާވެސް އެ އެހީ ރަނގަޅު ސުވާލެކޭ އިނާގެ ހިތަށްވެސް އެރިއެވެ.
"ބޭބެ ގުޅުއްވި. މިތާނގައޭ ބުނީ އަޅުގަނޑު." ދިލްމާގެ އެ ސުވާލަށް ޖަވާބު ދިނީ ކާރު ޑްރައިވަރު ޒާހިރުއެވެ. އިނާ އާއި ދިލްމާގެވެސް ސުވާލުތައް އެހިސާބުން ހުސްވިފަދައެވެ.
ނަމަވެސް އިނާއަށް އެކަމާ ވިސްނާނުލައެއް ނުހުރެވުނެވެ.
ބައްޕަ އޭނައަށް ގުޅުއްވުމުގެ ކުރިން ޒާހިރުއަށް ގުޅުއްވާފަ އެމީހުން ތިބި ތަނަކާ ކުރާ ކަމެއް ބެލީ އެއީ ކީއްވެގެން ހެއްޔެވެ؟ އެއީ ބައްޕަ ވަރަށް ނުކުރައްވާ ކަމެކެވެ. އެކަމަކު މިރޭ.........
މިރޭ ބައްޕަ ހުރީ މާ ސީރިއަސް ގޮތަކަށްކަން ބައްޕަގެ އަޑުންވެސް އޭނައަށް ފާހަގަވިއެވެ.
ދިލްމާ ގެއަށް ލާފައި އިނާއަށް ގެއަށް ދެވުނުއިރު ބަރާބަރު އެގާރަގަޑި ފަހެއް ހިނގީއެވެ. އިނާ ސިޓިންގރޫމަށް ވަންއިރު ބައްޕަ އާއި މަންމަގެ އިތުރުން އެހެން އަންހެނަކާއި ފިރިހެނަކުވެސް ސިޓިންގރޫމްގައި ތިއްބެވެ. ފުރަގަހުން އެއީ ކޮން ބައެއްކަން ނޭނގުނު ނަމަވެސް އިނާ ގޮސް އޭނަ މަންމަ އިށީނދެ އިން ސޯފާ ކައިރިއަށް ހުއްޓިލުމުން އެއީ ކޮން ބައެއްކަން އެނގުނެވެ. އެއީ އިނާގެ މަންމަގެ ބޮޑުދައިތަގެ ދަރިއެއްކަމަށްވާ އަލީ ނިޒާރު އާއި އޭނަގެ އަންހެނުން ރައުޟާއެވެ. ތިމާގެ ކަމުގެ ގުޅުމަށްވުރެ ބޮޑަށް އެ ނިޒާރުބެ ވެފައިވަނީ މަންމައަށް ވަރަށް ގިނަ އެހީތަކެއް ވެދީފައިވާ، އަދި މަންމަވެސް އެ މީހަކަށްޓަކައި ވަރަށް އިހްތިރާމް ކުރާ މީހަކަށެވެ.
އިނާއަށް އެނގެއެވެ. މުހިއްމު ކަމަކު ނޫނީ އެގޮތަށް ގުޅުއްވާފައި އަވަހަށް ގެއަށް އައުމަށް އޭނަގެ ބައްޕަ ނުބުނުއްވާނެ ކަން އޭރުވެސް އޭނައަށް އެނގެއެވެ.
"މިހާރު އެނގިއްޖެ ދޯ ކޮންބައެއްކަން. ބައްޕަ ނުބުނީ ދަރިފުޅު އަވަހަށް ގެނުވަންވެގެން." އިނާ ފެނުމުން ޚާލިދުގެ މޫނަށް ވެރިވެގެން އެ ދިޔަ ހިނިތުންވުމަކީ އެއްގޮތަކަށްވެސް އިނާއަށް ސަޕްރައިޒެއް ދެވުމުން އެކަމުގެ އުފަލުގައި ޚާލިދު ހީލި ހީލުމެއް ނޫނެވެ. އެއީ ވަގުތީ ގޮތުންވިޔަސް، އިނާ ޒިޔާދުއާއި ދުރުކުރެވިއްޖެކަމުގެ އުފަލެވެ.
"ނިޒާރު އަނެއްކާވެސް އެ އައީ އެއްކަލަ ކަކޫ ހިފައިގެން. މިހާރު އަނެއްކާ މާ ބޮޑަށް ތަދުވަނީޔޯ...." އިނާއަށް ބުނެދިނުމުގެ ގޮތުން ވާހަކަ ދެއްކީ ޝީލާއެވެ.
ނިޒާރުބެގެ އެ ބުނާ ކަކުލަކީ އޭނަގެ ބައްޕަ އައިޖީއެމްއެޗް ގައި މަސައްކަތް ކުރެއްވިއިރު އެތަނުން ހޯދި ފަރުވާއިން ރަނގަޅުވެފައި ހުރި ކަކުލެއްކަން އޭނައަށްވެސް އެނގެއެވެ. އެހެންކަމުން އަނެއްފަހަރުވެސް މައްސަލަ ޖެހުމުން އޭނަގެ ބައްޕަ ހުރި ހިސާބަކަށް ބޭސް ފަރުވާއަށް އެދި އެތިބީ އައިހެވެ. ކުރިންވެސް ބުނެފައި އޮތް ފަދައިންނެވެ.
** ** ** ** ** ** ** **
މިނިވަން ކަމާއެކު އިނާއާއި ވާހަކަ ދައްކާލަން އޭނަ ހޯދި ފުރުޞަތުންވެސް އޭނަ ނާކާމިޔާބު ވުމުން ޒިޔާދު ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ވީ ފޫހިން އެތައް އިރެއްވަންދެން އިނާމެން ދިޔަ ދިމާލަށް ބަލަން ޒިޔާދުއަށް ހުރެވުނެވެ. އޭނަ ރޭވި އެއްވެސް ގޮތަކަށް ކަންތައް ނުދިޔަ ތަނުގައި، އިނާއާއިވެސް އޭނަ ބޭނުންވަރަކަށް "ގާތްކަމެއް" ނުއުފެއްދުނުކަން އެއީ އޭނައަށް ލިބުނު ވަރަށް ބޮޑު ވެއްޓުމެކެވެ. އެކަމަކު އެކަން އެހެން ވެގެން ނުވާނެއެވ.
އެހުރިހާކަމެއްވެސް އެހެން އެވީ އޭނަ ދެއްކި ވާހަކަތައް ޚާލިދު އަޑުއެހީތީއެވެ. އެހެން ނޫންނަމަ، ހަމަޖެހިލައިގެން ހުރެ އޭނަގެ ރޭވުމާއި އެއްގޮތަށް ހުރިހާ ކަމެއް އޭނަ ކާމިޔާބު ކުރާނެއެވެ. ފާތުއަށްވެސް އެނގޭނީ އޭނަ ބުނި އެއްޗެއްތާއެވެ. އޭނަ ބޭނުންވި އިރަކުން އޭނަ ކައިރިއަށް ފާތު އަންނާނެކަން އޭނައަށް އެނގެއެވެ. ނުލިބޭނީ، ނައަންނާނީ އިނާއެވެ. އެހެންކަމުން ވަގުތުގެ ބޭނުން ހިފައި، އިނާއަށް ގިނަ ވަގުތު ދީގެންވިޔަސް، އޭނަގެ މަގްޞަދު ހާޞިލް ކުރުމަކީ އޭނަ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެކެވެ.
އެކަމަކުވެސް......
މިހާރު ދެން ވަގުތެއް ނުވެސް ނެތެވެ. އޭނަ އެހެރީ މާދަން ފުރަން ވެފައެވެ. އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވިޔަސް އޭނަ ހުރި ހިސާބަކަށް އިނާ ގެނުވޭނީވެސް އޭނަ ރަށުގައި ހުންނަ ނަމަތާއެވެ.
ދެން ހަދާނީވެސް ކިހިނެއް ހެއްޔެވެ؟
ފޯން ނަގައި ގުޅާލިއެވެ. އެފަދަ ކަންތައްތަކުގައި ދެބަސްވުމެއް ނެތި އަބަދުވެސް އޭނައާއި އެއްމަގަކުން ހިނގާ އެކުވެރިޔާ އަށެވެ.
"ހަމަ ހޭގަތަ ތިހިރީ؟ ކިހިނެއް ތިހެން ހެދޭނީ؟" މިރޭގެ ކަންތައް ދިޔަ ގޮތާއިބެހޭގޮތުން އެންމެ ފަހުގެ ހުރިހާ މައުލޫމާތެއް ދީ ނިމުމުން އަފްރާހް ބުނި އެއްޗަކަށް ހިތްހަމަ ނުޖެހިފައި ޒިޔާދު ބުނެލިއެވެ.
"ކަންނުވެ ނަން ވާން އަހަރެން ބޭނުން ނުވާތީ." ފަޚުރުވެރިކަމާއެކު ޒިޔާދު ދެއްކީ އޭނަ ގެންގުޅޭ އުޞޫލުގެ ވާހަކައެވެ.
"ތިއެއްދެން އަހަންނަކަށް ނޭނގޭ. އަހަރެން ބޭނުމެއް ނޫން ނަމެއްގައި ބަނދެވޭކަށް." އެއީ ތެދެކެވެ. އެއީ އެއްގޮތަކަށްވެސް އޭނަ ބޭނުންވާ ކަމެއް ނޫނެވެ.
"ތިއީ ހީވާ އެއްޗެއް. އަދި މަށަކަށް ފުރުޞަތު ނުގެއްލޭ. އެރޭ އެއްވެސް އެއްޗެއް ނުބުނެ އަހަރެން އައީ ބުނާނެ އެއްޗެއް ނޭނގިގެން. އެކަމަކު އެކަން އެނގޭނެތަ ޚާލިދަށް؟ އިނާ ކައިރީ ޚާލިދު އެ ވާހަކަ ދައްކައިފިއްޔާ އަހަރެން ބުނާނެ އެތި އަހަންނަށް މިހާރުވެސް އެބައެނގޭ." ޒިޔާދުއަށް ގޮތް ހުސްވާނެހެއްޔެވެ؟ ސީދާ މަގުން ކުރިއަށް ދާން އުޅޭ މީހާއަށްވުރެ ނުބައި މަގުން ދާން އުޅޭ މީހާއަށް ފެންނަ ދޮރުތައް މާ ގިނަވާނެކަމީ އަހަރެމެން އެންމެންވެސް ދަންނަ ހަގީގަތެކެވެ.
"ބުނަން މިއުޅެނީ..........ޚާލިދު އެވާހަކަ ދައްކައިފިއްޔާ އަހަރެން ބުނާނަން އެއީ އިނާއަށް އެނގޭ ކަމެކޭ. ނަސީބަކުން އަހަރެން އޮތީ އެވާހަކަ ކުރިން އިނާއަށް ކިޔާދީފަ." ޒިޔާދު ވާހަކަ ކުރިއަށް ގެންދިޔައެވެ.
"މައްސަލައެއް ނެތޭ. އިނާއަކަށްވެސް ނޭނގޭނެނު އަހަރެން ހެދީ ދޮގެއްކަމެއް. އޭނަވެސް ހީކުރާނީ ހަގީގަތުގައިވެސް އެއީ އަހަރެން ފަހަތުން އުޅޭ އަންހެނަކު ހައްލާލަން އަހަރެން ދެއްކި ވާހަކަތަކެއް ކަމަށްނު. އޭނަ އޭނަގެ ބައްޕަ ކައިރީ ބުނާނެނު ތިމަންނައަށް ޒިޔާދު ކިޔާދީފަ އޮތްވާހަކައެކޭ ތިއީ. އެހެންވީމަ އެ ވާހަކަ ނުވާނެނު އެއްވެސް ތާކުންތާކު ޖެހޭ ވާހަކައަކަށް." ޒިޔާދުގެ ރޭވުން މޮޅެއް ނޫންހެއްޔެވެ.
"ބޯރަނގަޅު ނުވެއެއް މިކަހަލަ ކަންތަކެއް ނުވާނެ. ޚާލިދުއަށްވެސް އިނާއަށްވެސް އެއްވެސް ހެއްކެއް ނެތް އަހަންނާއި އިދިކޮޅަށް. ދެން އެރޭ އެދެއްކި ވާހަކަތައް ޚާލިދު އިނާ ކައިރީ ބުނެފިއްޔާ އަހަންނަށް ޔަގީން، އިނާ ހުންނާނީ އަހަންނާއި އެއްކޮޅަށް. އޭނަ ބުނާނެ އެއީ އޭނައަށް އެނގޭ ކަމެކޭ. އޭނަ ނަހަދާނެ މާ ބޮޑު ވާހަކައަކަށް. އޭރުން އަނެއްކާވެސް އަހަންނަށް ހަމަ ފުރުޞަތު." ޒިޔާދުގެ ތުންފަތްމަތިން ފެންނަނީ ވިހަ ހިނިތުންވުމެކެވެ. ފަތަޙައިގެ ހިނިތުން ވުމެކެވެ.
ޒިޔާދު ބޭނުންވަނީ އަދިވެސް މިހިސާބުންވެސް، އިނާއާއި ގުޅޭށެވެ. އޭނަ އެ ބުނާ މަގްޞަދު ފުރިހަމަ ވަންދެން އޭނަ އެކަމަށް މަސައްކަތް ކުރާނެއެވެ. އެބުނިހެން، އޭނައާއި ދެކޮޅަށް ފެންނާނެ އެއްވެސް ކަމެއް ނެތުން އެއީ އޭނަގެ ނަސީބެވެ.
** ** ** ** ** ** ** **
އަލީ ނިޒާރު އާއި ރައުޟާ އެގެއަށް އައުމުން ވާހަކައިގައި ތިބެފައި އެންމެންވެސް ނިދަން ދިޔައީ ވަރަށް ލަސްވި ފަހުންނެވެ. އިނާވެސް ހުރީ ވަރަށް ވަރުބަލިވެފައެވެ. ނަމަވެސް ނިދަނީއޭ ބުނަންވެސް މިރޭ ޒިޔާދުއަށް ގުޅާހިތެއް އިނާގެ ނެތެވެ. ގުޅައިފިއްޔާ ވާހަކަ ދައްކަން ގަސްދުކޮށްގެން އިނާ ލޯމަރާލީ ރޭގެ އަރާމު ނިންޖަށް އެދިގެންނެވެ.
ނަމަވެސް ހީކުރި ގޮތާއި ޚިލާފަށް، ހެނދުނު ވީއިރުވެސް ޒިޔާދުގެ އެންމެ މިސް ކޯލެއްވެސް ފޯނުގައި ނެތުމުން އިނާ ކޮންމެވެސް ވަރަކަށް ފިކުރުބޮޑު ވިއެވެ. އެއީ ޒިޔާދުގެ ގޮތެއް ނޫނެވެ. ޒިޔާދު ރޭގައި ނުގުޅީ ކީއްވެ ބާވައެވެ.
ހެނދުނުގެ ސަޔަށް ކާކޮޓަރިއަށް ދިޔައިރު ކާން ހެދުމުގައި އަވަދިނެތި އުޅެނީ މަންމައެވެ.
"މަންމަ އެކަނިތަ.....؟؟" ދެތިން ހަތަރުބުރަށް ތަށިތައް ހިފައިގެން މަންމަ އައިސް ގޮސް ހެދިއިރުވެސް ގޭގައި ގެންގުޅޭ ޒުލޭޚާގެ އެއްވެސް ނިޝާނެއް ނެތުމުން އިނާ އަހާލިއެވެ.
"ޒުލޭހާ މަންމައަށް ފަތިހު ގުޅައިފި. ޒުލޭޚާގެ މާމަ ދަރިއަކު ހޮސްޕިޓަލްގައި ބާއްވައިގެން ވަރަށް ހާލު ދެރަވާހަކަ ބުނި. މަންމަ ބުނިން މިއަދު އެއްކޮށް އޮފް ކޮށްލާށޭ." ފަތުސަޓަނި ތަށި ގެނެސް މޭޒުމަތީ ބަހައްޓަމުން ޝީލާ އޮޅުންފިލުވަ ދިނެވެ. އެހިސާބުން ފެށިގެން ސައި ތައްޔާރުކުރުމުގައި އިނާގެ އެހީތެރިކަން ޝީލާއަށް ބަރާބަރަށް ލިބެމުން ދިޔައެވެ.
"ޒިޔާދު ފުރާނެ ދޯ މިއަދު؟" ސައި ބުއިމަށްޓަކައި އެންމެން މޭޒު ދޮށުގައި ހަމަވުމުން ޝީލާވެސް އިށީނދެލާފައި އަހާލިއެވެ.
"މެންދުރުފަހު ފުރާނެ" ޖޫސްތަށިން އެތިފޮދެއް ބޯލަމުން އިނާ ޖަވާބު ދިނެވެ. އަދިވެސް އޭނަ ޒިޔާދުއަށް ގުޅާނުލާކަން ހަނދާންވިއެވެ. މިފަހަރުވެސް ނުގުޅީ ސައިބޮއި ނިމިގެން ގުޅާލަން ގަސްދުކޮށްގެންނެވެ.
ޒިޔާދުގެ ނަން އަޑުއިވުމާއެކު ކުއްލި ސަމާލުކަމެއް ދެވުނު ނަމަވެސް، މޭޒުގެ އެއްކޮޅުގައި ހުރި ގޮނޑީގައި އިން ޚާލިދު އެކަކަށްވެސް ބަލާނުލާ އިނދެގެން ރޮށްޓާއި ފަތު މަސްހުންޏާ ކަމުން ދިޔައެވެ.
"ދަރިފުޅު ނުދަންތަ ފުރުވަން....؟؟" ޝީލާ ކޮށްލީ ސަމާސާ އެކެވެ. އިނާއަށްވެސް އެކަން އެނގި އެއަށް އެއްޗެއް ނުބުނެ މަޑުން އިނދެއްޖެއެވެ.
"ދަރިފުޅު ހާދަ މަދުން ތިކެއީ.......؟" އިށީންތާ މާގިނައިރެއް ނުވެ ކެއުން ނިންމާލާފައި ބޮޑު ފެންތަށްޓެއް ހަމްދު ނެގިތަން ފެނިފައި ޚާލިދު މިހެން ބުނެލިއެވެ. ދެ މަގްޞަދެއްގައެވެ. ހަމްދު ކެއީ ކިތަންމެ މަދުން ކަމަށްވިޔަސް، ޚާލިދުއަށް މުހިއްމުވީ އެ ވަގުތަށް އެތާ ދެއްކެމުން އެދާ ވާހަކަ ހުއްޓާލުމަށެވެ.
"އަދި ފަހުން ސައިބޯނީ ރަނގަޅަށް." ތުން ފޮހޭ ފޮތިކޮޅުން ތުން ފޮހެލަމުން ހަމްދު ތެދުވެއްޖެއެވެ. މިދުވަސްކޮޅު ޓެސްޓަށް ފަރިތަކުރަމުން ދާތީ ހަމްދުގެ ހުރިހާ ވަގުތެއްވެސް ހަމްދު ހޭދަކުރަނީ ފޮތްތަކާއެކުގައެވެ. އަވަސް އަވަސް ކޮށްލާފައި އެ ދިޔައީވެސް ޓިއުޝަން ޓީޗަރު 9 ޖަހާއިރު އަންނާނެތީއެވެ.
"މިއަދު ޒުލޭހާ ނާންނަންޏާ، މިރޭގެ ކެއުން ކިހިނެއް ހަދާނީ...؟؟" ސައިބޮއި ނިމިގެން ތެދުވަމުން ޚާލިދު އަހާލިއެވެ.
"އެއީ އެހާ ބޮޑު މައްސަލައެއް ނޫން. އަލީ ނިޒާރު އާއި ރައުޟާ އާއި ރައުޟާގެ ދައްތަ އެކަންޏެއްނު އިތުރުވާނީ. އެކަމާ ކަންބޮޑު ނުވޭ." ޒުލޭޙާ ނެތަސްވެސް ބަދިގޭ ކަންތަކުގައި ޝީލާ ކުޑަކޮށްވެސް ކަންބޮޑެއް ނުވާނެކަން އެ އާއިލާ އެންމެންނަށްވެސް އެނގެއެވެ.
"ދަރިފުޅުވެސް މެންދުރުފަހު ޑިއުޓީ ދޯ؟ މަންމަ އެކަނި މިރޭ ވަރަށް ބުރަވާނެތާ؟" ފެންބޮއިފަ ތަށި ނަގާ މޭޒުމަތީ ބަހައްޓަމުން އަނެއްކާވެސް ޚާލިދު ބުނެލިއެވެ.
"ހަވީރު ގޭގައި ހުރެލާފަ މިރޭގެ ޑިއުޓީއަށް ދާގޮތަށް ހަމަޖައްސާލެވިދާނެ. އެހެން ހަދަންވީ ދޯ މަންމާ؟" މޭޒުމަތިން ތަށިތައް ނަގައިގެން ގޮސް ސިންކް ކައިރީ ބަހައްޓަމުން އިނާ އެހިއެވެ.
"ނޫނޭ.... އެހެން ހަދާނެ ކަމެއް ނެތް. މިރެއަށް ދަރިފުޅު އާދޭ. ހަވީރު ޑިއުޓީއަށް ގޮސްލާ. ގޮއްސަ މިރޭ....ނުވައެއްޖަހާލާއިރު އާދޭ. އޭރަށް އެންމެން އެއްކޮށް ކެއުމުގައި ބައިވެރި ވެވޭނެ. މާބޮޑު އެއްޗެއް ނެހެދިޔަސް، ޚާއްޞަ ދެތިން އެއްޗެއް ހަދާލީމަ އެ ނިމުނީޔޭ. މަންމައަށް އެހާ އުނދަގުލެއް ނުވާނެ އެކަން." ކެއްކުމަށް ބޭނުންކުރާ ހަވާދުގެ ބާވަތްތަކުގެ ތެރެއިން އެއްވެސް އެއްޗެއް ހުސްވެފައި ވޭތޯ ޗެކް ކުރަމުން ޝީލާ ވާހަކަ ދެއްކިއެވެ.
ޚާލިދު އާއި އިނާއާއި ދެމީހުންނަށްވެސް، ޝީލާ އެބުނާ ޚާއްޞަ ދެތިން އެއްޗެއްގެ މާނަ އެނގެއެވެ. އެންމެ ފަހުންއެހެން ބުނި ދުވަހުވެސް އަވަށްޓެރި ފަސްގެއަކަށް ކާއެއްޗެހި ބަހައިގެން ނޫނީ އެގެއިން ކާއެއްޗެހި ހުސްނުކުރެވުނު ހަނދާން އެމީހުން އެބަހުއްޓެވެ.
** ** ** ** ** ** ** ** ** **
ހެނދުނުގެ ނާސްތާއަށްފަހު އިނާ އުޅުނީ އޭނަގެ މަންމަ އާއެކު ގޭތެރޭގެ މަސައްކަތްތަކުގައެވެ. އެ އާއިލާގެ ޚާއްޞަ ދަޢުވަތަކަށް މިރޭ އަލީ ނިޒާރުމެން ކާން އަންނާނެތީ، އެކިއެކި ކަންތަކުގައެވެ. ނަމަވެސް އޭނަ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް އޭނަ ހަނދާން ނައްތާ ނުލައެވެ.
"ހަލޯވ........ރޭގަ ގުޅާނަމޭ ބުނެފަ ޚަބަރެއް ނުވީ ކިހިނެއްވީ؟ ރުޅި އައީތަ؟" އިނާއަށް ގުޅާލެވުނީ ދިހައެއްޖަހަން އުޅެނިކޮށް ކަމުގައި ވިޔަސް ފުރަތަމަވެސް އިނާ އަހާލީ އެހެންނެވެ.
"ކޮންކަމަކާ ރުޅި އަންނަންވީ...؟؟ ނައަންނާނަންތަ އެއަރޕޯރޓަށް...؟؟" ރޭގަ ނުގުޅިއެއްކަމަކު ޒިޔާދު ހުރީ ކަންތައް ކުރަންވީ ގޮތް ވިސްނާފަކަން ޔަގީނެވެ.
އޭނަ އެއަރޕޯރޓަށް ނުގޮސްގެން އެއްވެސް އިރެއްގައި ސުވާލު ނުކުރާ ޒިޔާދު މިއަދު އެހެން އަހާލުމުން އިނާއަށް ހައިރާންކަމެއް ލިބުނެވެ.
"ދާން ބޭނުން. އެކަމަކު...." އިނާ ބުނަން އުޅުނެވެ.
"އެކަމަކު.........؟؟" ޒިޔާދު އަވަސް އަވަހަށް އަހާލިއެވެ.
"މިއަދު ޒުލޭޚާވެސް ނައާދޭ. މިރޭ ގެއަށް މެހްމާނުންތަކެއް އަންނާތީ މަންމަ އުޅޭނީ ވަރަށް ބުރަކޮށް. އެހެންވެ މަންމައަށް އެހީވާން ކޮންމެހެންވެސް ހުންނަން ޖެހޭ އެބަ..." ޒިޔާދު ފުރަން ދަނީ އެގާރަ ގަޑިބައިއެހާއިރު ކަމުގައި ވާއިރު، އިނާއަށް އެއަރޕޯރޓަށް ގޮސްފައި އަންނަން ކިތަންމެހާވެސް ވަގުތު އެބައޮތެވެ. ނަމަވެސް ނުދާން ބޭނުން މީހަކަށްޓަކައި، މިއަދު ލިބިފައި އެވަނީ ރަނގަޅު އުޒުރެކެވެ.
"އެހެންވިއްޔާ މިފަހަރު ދިމާނުވެތާ ދޯ ދާން މިޖެހުނީ." ޒިޔާދު މިހެން ބުނެލީ އޭނަ އެކަމާ ވަރަށް ދެރަވެއްޖެކަން އިނާއަށް އަންގައި ދިނުމުގެ ގޮތުންނެވެ.
"އެ ދެން އެހާ ބޮޑު ކަމަކަށް ނަހަދާ. އަދި ދިމާވާނެނު." ކޮންމެގޮތެއްވިޔަސް މިއަދު ޒިޔާދު ފުރާނެކަން އެނގޭތީ، އިނާ އެހެރީ އެކަމުގެ ހިތްހަމަޖެހުމުގައެވެ. ޒިޔާދު ރުއްސަން ކޮންމެ ވާހަކައެއްވެސް މިއަދު އިނާއަށް ބުނަން ފަސޭހައެވެ.
"ބަލާނަން އަވަހަށް އާދެވޭތޯ............" ޒިޔާދުވެސް ވަޢުދެއް ވިއެވެ.
އޭނަގެ ހިތުގެ މަގްޞަދު ނޭނގޭ އިނާއަށްޓަކައި، އެއީ ހަމަ ވަރަށް އާއްމު ވާހަކަ ތަކެކެވެ. އާއްމުގޮތެއްގައި ޒިޔާދު ދައްކާ އުޅޭ ލޯބީގެ ވާހަކަ ތަކެކެވެ. ވައުދުތަކާއި އަހުދުތަކެވެ.
ޒިޔާދުގެ ވާހަކަތައް އަޑުއަހާން އިރުކޮޅަކު ހުރެފައި، ވަކިވުމުގެ ސަލާމް ގަލާމަށްފަހު އިނާ ފޯން ބާއްވައިފިއެވެ.
** ** ** ** ** ** ** ** **
ހެނދުނު ވާހަކަ ދެކެވުނު ގޮތަށް، ރޭގަނޑު އަށެއްޖަހަންވީއިރަށް އިނާ ގެއަށް އަތުވެއްޖެއެވެ. އޭނަގެ ބަދަލުގައި އެ ގަޑިތައް ފުރާދޭން އެހެން ނަރުހަކު ހަމަޖައްސާފައި، އެރޭ އޭނަ ގެއަށް އައީ އާއިލާއިން ބާއްވާ ރޭގަނޑުގެ ޚާއްޞަ ކެއުމުގައި ބައިވެރި ވުމަށެވެ.
"ކޮންއިރަކު އައީ..........؟" އިނާ އައިސް ގެއަށް ވަންއިރު ބަދިގެ ފަރާތުގައި މަންމައާއެކު އުޅެމުންދިޔަ ދިލްމާ ފެނުމުން އިނާ ބުނެލިއެވެ. އެގޭގައި އެފަދަ އެއްވެސް ކަމެއް ދިލްމާ ނުހިމަނާ އިނާއަކަށް ނުބޭއްވޭނެއެވެ. އެހެންކަމުން މިއަދު ހެނދުނު އޭނަ އޮތީ ދިލްމާއަށް މިރޭގެ ކެއުމަށް ދަޢުވަތު ދީފައެވެ.
"ހަތެއްޖެހިއިރު އައިއްސިން އަހަރެން." ރޭގެ ކެއުމަށް އިނާގެ މަންމަ ތައްޔާރުކުރި ޕައިނަޕްލް ޓާރޓް ކެފުމުގެ މަސައްކަތުގައި އުޅެމުން ދިލްމާ ޖަވާބު ދިނެވެ.
"އަންނާނަން.........." އިނާ ދިޔައީ ހެދުން ބަދަލުކުރާށެވެ.
ރޭގެ ނުވައެއް ޖަހަން ފަނަރައަށް ވީއިރު އަލީ ނިޒާރުގެ އާއިލާވެސް އަތުވެއްޖެއެވެ. ހުރިހާ ކަމެއް ތައްޔާރުވެ ނިމިއްޖެއެވެ. ނަމަވެސް އަދިވެސް ގެއަށް ނައަންނަނީ އާއިލާގެ ބޮޑުމީހާއެވެ. ޚާލިދުއެވެ. ސިޓިންގރޫމްގައި އެންމެންވެސް އިންތިޒާރުކުރަމުން ދިޔައީ އެހެން ވެގެންނެވެ.
ދިލްމާ އާއި އިނާ އުޅެނީ ބަދިގޭގައެވެ. މަންމަ ތައްޔާރުކޮށްފައި ހުރި ފަނީގެ އިތުރުން، ފެޝަން ފްރުޓް ފަނި ގިރުމަށްޓަކައި އެކަމުގައެވެ.
"ކޮބާ މިކްސްޗަރު" ދިހަވަރަކަށް ޕެޝަން ފްރުޓް ފަޅިކޮށްގެން ބިއްލޫރި ބޯތަށްޓަކަށް އަޅަމުން ދިޔަ ދިލްމާ އަހާލިއެވެ.
"ހުންނާނެ........އުނހުނ. ތިރިއަކު ނުހުންނާނެ ފަނި ގިރާ މިކްސްޗަރު. ހުރޭ.....ނަގާދޭނަން." ދެތިން ބިއްލޫރިތަށި ދޮންނަން ހުރި އިނާ އަވަސް އަވަސް ކޮށްލަމުން ބުންޏެވެ.
ތަށިތައް ދޮވެފައި ބަހައްޓާފައި އަތްފޮހެގެން އިނާ ގޮސް ނެގީ ބަދިގެތެރެއިން ގޮނޑިއެކެވެ. ގޮނޑިއަކަށްވުރެ ބޮޑަށް އެއީ ސްޓޫލް އެކެވެ.
"ތިޔޯ.........ކޮންތާކު ހުރި މިކްސްޗަރެއްތަ ނަގަން ތިއުޅެނީ؟" ބަދިގެތެރޭގައި ހުންނަ މޭޒު ތަންދޮށުގައި ބަހައްޓާފައި ހުންނަ ދެ ގޮނޑިންކުރެ ގޮނޑިއެއް ނަގައިގެން އިނާ ހިނގައިގަތުމުން ދިލްމާ އެހިއެވެ.
"މިތާ މަތީބައިގަ ހުންނާނީ." އަތްގަނޑެއްވެސް އަދި ލެނގޭ ތަނެއްވެސް ނެތް ލަކުޑި ސްޓޫލްއަށް އިނާ އަރަން ފެށިއެވެ. ދިލްމާ ބަލަހައްޓައިގެން ހުއްޓެވެ. ކޮންމެވެސް ވަރަކަށް ހިތް ތެޅުނު ކަމުގައިވިޔަސް ދިލްމާ އެއްޗެއް ނުބުނެއެވެ. ބުނެފިއްޔާ އިނާވެސް އެ ގޮނޑިއަށް އަރަން ޖެހިލުންވެދާނެތީއެވެ.
ގޮނޑިއަށް އަރައި ފާރުގައި ހުރި ކަބަޑުގެ މަތީބައިގެ ދޮރު ހުޅުވާލާފައި ބިއްލޫރި މިކްސްޗަރު ނަގާފަ އަދި ދޮރު ނުލެއްޕިގެން އުޅެނިކޮށް ބަދިގޭ ދޮރުގައި މީހަކު ޓަކި ޖަހާލިއަޑު އިވުނެވެ. ހުޅުވާފައި ހުރި ދޮރެއްގައި ޓަކި އެޖެހީ ކާކުބާއޭ އެދެމީހުންވެސް ހިތަށް އެރިއެވެ. އިނާއާއި ދިލްމާވެސް، އެ އަޑު އައި ދިމާލަށް ބަލާލީ އެކުއެކީގައެވެ.
ދެންވީ ހަމަ އެސްފިޔަ ޖަހާލާހާ ކުޑަ ހިނދުކޮޅެކެވެ. ޓަކި އެޖެހީ ކާކުތޯ ބަލާލުމަށް، ގޮނޑިމަތީގައި ހުރެފައި އެނބުރިލި އިނާއަށް ލިބުނު ސިހުމާއެކު އަރާހުރި ގޮނޑިމަތިން އަރިއަޅާލުމާއި، އަތުގައި ހުރި މިކްސްޗަރަށް އެއްވެސް ސަމާލުކަމެއް ނުދެވުމުގެ ސަބަބުން، ހުޅުވާފައި ހުރި ކަބަޑުގެ ދޮރުގެ ތިރީކަނުގައި ޖެހިފައި އިވުނު ގަދަފަދަ އަޑުފަށްގަނޑަކާއެކު އަތުން މިކްސްޗަރު ދޫވެގެންގޮސް، ހަމަ އެދިމާ ތިރީގައި ސިންކް ބަހައްޓާފައި ހުރި ކަބަޑުގެ މުށިގަނޑުމަތީ ޖެހި މިކްސްޗަރު ތަޅައިގެން ގޮސް މުޅިތަނަށް ބިއްލޫރި އެތިއެތިކޮޅުތައް ބުރަބުރައިގެން ދިއުމާ ދިޔައީ އެކުއެކީގައެވެ. ހުރިހާކަމެއްވެސް ހިނގަން ނެގީ ހަމަ އެންމެ ސިކުންތެއް ފަދައެވެ.
ދޮރުގައި ޓަކި ޖެހިމީހާގެ ހަރަކާތްތައްވެސް ހިނގާދިޔަ ހާދިސާއާއި އައިސް ގުޅުނީ ހަމަ އެހާ އަވަހަށެވެ. އިނާ އަރި އަޅާލުމާއެކު އެދިމާއަށް ނަވީނަށް އުދުހިގަނެވުނު ފަދައެވެ. ނަމަވެސް ހިތާމައަކީ، އެފަދަ ވަގުތެއްގައި ވާން ހުރި ގޮތް ނަވީންއަށްވެސް އަދި އެދިމާލަށް ދުއްވައިގަތް ދިލްމާއަށްވެސް ނުހުއްޓުވުނު ކަމެވެ.
ނަވީންއަށް ގޮސް އިނާގެ ގައިގައި ހިފުނުއިރު ހުރިހާ ކަމެއްވެސް ވެނިމިއްޖެފަދައެވެ. މިވީ ކިއްކަންވެސް ވިސްނާލަން ވަގުތެއް ނުލިބުނެވެ. އޭނައަށް ސަމާލުވެވުނުއިރު، އޭނަގެ އަތުތެރޭގައި ހުރި އިނާ ކޮށިކެއްސުމަކުން ކެއްސަނީއެވެ. ނޭވާލާން އުނދަގޫވެގެން އުޅޭ ފާޑަކަށެވެ. ގޮސް ހިފުނީ އިނާގެ ފުރަގަހުން ކަމަށްވެފައި، ހުރެވުނުގޮތުން އޭނައަކަށް އިނާގެ މޫނެއް ނުފެނެއެވެ. އެހެންކަމުން، ކަކޫމައްޗަށް ތިރިވެ އިނާ ބިންމަތީގައި ބައިންދަން މަސައްކަތް ކުރަމުން ނަވީން ބެލީ އިނާގެ މޫނު ފެނޭތޯއެވެ.
ނަވީންގެ ހޭބުއްދި ފިލާދިޔަ ކަހަލައެވެ. މިކްސްޗަރު ތަޅައިގެން ދިޔައިރު ފުނޑުފުނޑުވެގެން އެކި ދިމަދިމާލަށް ބުރައިގެން ދިޔަތަނުން އެންމެ ބޮޑު ބިއްލޫރިގަނޑު ވަދެ އެހެރީ އިނާގެ ވައަތު ކޮނޑުކައިރިން ކަރަށެވެ. ދުނިޖަހާފައި އެތަނުން ލޭތައް ފައިބައެވެ.
ދިލްމާއަށްވެސް ފެނުނީ ދެންމެ ފަދައެވެ.
"ޝީލާ ދައްތާ.........!!!" އަޑުގެ ނެތްތަނަށް ދިލްމާއަށް ގޮވާލެވުނީ ވޭނީ ރުއިމަކާއެކުގައެވެ.
** ** ** ** ** ** (ނުނިމޭ) ** ** ** ** ** **

2
ވޯޓް

No comments:
Post a Comment