Thursday, March 15, 2012

ފޯންކޯލް - 78 ވަނަ ބައި


އިނާ އުރާލައިގެން ހުރެ ނަވީންވެސް ހެނީއެވެ. އެދެމަފިރިން އުފަލުން ފޮޅެނީއެވެ. ތިބެވުނު ތަނަކާއި ވަގުތަކަށް ނަވީންގެ އެއްވެސް ސަމާލުކަމެއް ނުދެވެއެވެ. ދުނިޔޭގައި ތިބި އެންމެ އުފާވެރި ދެމަފިރިންފަދައެވެ. އެދެމީހުން އެކަނި އުޅޭ ޢާލަމެއްގައި ތިބެވުނު ފަދައެވެ.

އެހެންނަމަވެސް އެއީ ކުޑަ ވަގުތުކޮޅަކަށެވެ. އެކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހަން ފެށި އަޑަށް އިނާއާއި ނަވީންގެ ހުނުން ހުއްޓިއްޖެއެވެ. މަޑުމަޑުން އިނާ ބިންމަތީގައި ބަހައްޓާފައި ނަވީން ހިންދެމިލިއެވެ. އިނާވެސް އަވަސް އަވަހަށް އިސްތަށިގަނޑާއި ހެދުން ރީތިކޮށްލިއެވެ. ހެމުން ހިނިތުންވަމުންނެވެ. ބަދަލުކުރެވެމުން ދިޔަ މާނަފުން ނަޒަރަކުން ދެމީހުންވެސް އެކަކު އަނެކަކަށް ބަލަމުންނެވެ.


"ޓަކް ޓަކް...." ދެވަނަ ފަހަރަށްވެސް ޓަކި ޖަހައިފިއެވެ.
ދަށަށް ޖަހާފައި ހުރި ނަވީންގެ ގަމީހުން ދެމިފައި ހުރި ބައި އަވަސް އަވަހަށް އަތުން ރީތިކޮށްލަމުން ގޮސް ނަވީން އެ ދޮރު ހުޅުވައިފިއެވެ. އެއީ ކާކުތޯ ބަލާލަން ބޭނުންވެގެން ހުރި އިނާވެސް މީހަކަށް ފެނިދާނެތީ އުޅޭކަހަލަ ގޮތަކަށް ، އެ ހިނިތުންވުން ފޮރުވާން މަސައްކަތްކުރެއެވެ.

"ވަދޭ ވަދޭ......" އެއްފަރާތަށް ޖެހިލާފައި ނަވީން މިހެން ބުނެލުމާއެކު ކޮޓަރިތެރެއަށް ވަނީ ސޯނިޔާގެ ބޮޑުދަރިފުޅެވެ. ހަތަރުފަސްއަހަރަށްދާ ކުޑަކުޑަ ސަނީހް އެވެ. ސޯނިޔާއާއި ރީހާން އާއި އެދެމަފިރިންގެ ކުޑަދަރިފުޅު ރަޔާންވެސް  ވަދެއްޖެއެވެ. ސުހެއިލް އާއި ސުހެއިލްގެ އަންހެނުންގެ އިތުރުން ހަމްދުވެސް އެމީހުންގެ ފަހަތުން ވަނެއެވެ. އިނާގެ އާއިލާގެ ދެބައިކުޅަ އެއްބައި މީހުން ވަދެއްޖެއެވެ. އުފަލުން ފޮޅިފައި ތިބެގެންނެވެ. ހެމުން ހިނިތުންވަމުންނެވެ.

ނަވީން ބައްޕައަކަށް ވާން އުޅޭކަމުގެ އުފާވެރި ޚަބަރު، އެމީހުންނަށް ލިބިފައި ވާތީ އެ އެންމެންވެސް ނަވީނަށް މަރުޙަބާ ކިޔެވެ. އިނާ ދެކެ ލޯބިވާ އެތައް ބައެއްގެ ތެރޭގައި އުފާވެރި ހިނިތުންވުމަކާއި، ވިދާ ދެލޮލަކާއެކު އިނދެ އިނާ ވާހަކަ ދައްކާތަން ބަލަން އިރުކޮޅަކު ނަވީން ހުއްޓެވެ. އޭނަގެ ނަސީބު ރަނގަޅުކަމާއޭ ހިތަށް އަރާފައެވެ.

"ކޮބާ ސޯފީ......" އަދި އިތުރު މީހަކު އާދޭތޯ ދޮރާއި ދިމާލަށް ބަލާލާފައި އިނާ ސުވާލު ކުރިއެވެ.
"ދިލްއާއި ހުސެން ކައިރީ އެތާ ކައުންޓަރު ކައިރީގައި އެބަހުރި..އަންނާނެ މިހާރު" އިނާގެ ދޮންތަ، ސޯނިޔާ ޖަވާބު ދިނެވެ.

"އިނާ ގެއްލުނަސް އަހަރެން ނުގެއްލޭނެޔޭ ޅިޔަންބޭ...!!!" އެމީހުންގެ ފުރަގަހުން މިއަޑު އިވިގެން ބަލާލިއިރު ސޯފީ އައިސް އެކޮޓަރިއަށް ވަނީއެވެ. ހުދާއި ރީނދުލުގެ ފިނިފެންމާތަކަކުން ހަދާލާފައި އޮތް ބޮޑު މާބޮނޑިއަކާއެކުގައެވެ.
ސޯފީގެ ލާނެތް ކަމަކީ އެންމެންވެސް ދަންނަ ކަމަކަށް ވާތީ، ނަވީން އާއި ދިމާކޮށްލުމުގެ ގޮތުން އެ ބުނި އެއްޗަކުން އެންމެންގެ ގާތަށްވެސް ހިނިއައެވެ.
ސޯފިޔާގެ ފަހަތުން ވަދެގެން އައި ދިލްމާ އާއި ހުސެންވެސް އެމީހުންގެ ހުނުމުގައި ބައިވެރިވިއެވެ. އެންމެންވެސް ދިމާކުރީ ނަވީން އާއެވެ. ސާބަސް ދިނީ އިނާއަށެވެ.  

"އެނބުރިއައީތީ...މަރުޙަބާ.....މަންމައަކަށް ވާން އުޅޭތީ...މަރުޙަބާ..." ދެފަހަރު ދެކަމަށް މަރުޙަބާ ކިއުމުގެ ގޮތުން އިނާގެ ދެކޮލުގެ ދެފަރާތުގައި ބޮސްދިނީ އެނދުގައި އިށީނދެ އިން އިނާއަތަށް މާބޮނޑި ދީފައެވެ.
ސޯފިޔާ މިގޮތަށް ކަންތައް ކުރުމުން އެންމެންގެ މޫނުމައްޗަށްވެސް އުފާވެރި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ލަދުން އިނީ އިނާ އެކަންޏެވެ.
"ފޯން އެބައޮތްތަ...؟" ސޯނިޔާ އާއި ސޯފިޔާ އާއި ދިލްމާގެ ސަމާލުކަން އިނާއަށް ހުއްޓުމުން ހުސެން ކައިރިން ނަވީން މަޑުމަޑުން އަހާލިއެވެ.
"އާނ...ހަނދާން ނެތުނީޔޭ. މިއޮތީ..." ޖީބުން ނަގައި ނަވީންގެ އަތަށް ހުސެން ފޯން ދިނެވެ.

"ދެން މިތާގަނތަ ތިބެނީ. ހިނގާ އަވަހަށް ގެއަށް ދަމާ..." އެންމެން އެކިއެކި ވާހަކައިގަ ތިއްބާ ކޮޓަރިއަށް އައިސް ވަން ޚާލިދު އާއި ޝީލާއާއި ހަމްދުގެ ތެރެއިން މިހެން ބުނެލީ ޚާލިދުއެވެ.

"އިނާ ދަނީ ކޮން ގެއަކަށް..." ހަމަ ވަގުތުން ސޯފިޔާ މި ސުވާލު ކުރިއެވެ.
އެންމެންގެ މޫނުވެސް އެނބުރުނީ ނަވީން އާއި ދިމާލަށެވެ.

އެ ސުވާލަކީ ވަރަށް މުހިއްމު ސުވާލެކެވެ. އޭނައާއި އިނާއަށްވެސް އަދި އެކަމުގެ ވާހަކަ ނުވެސް ދެއްކި އޮތް ސުވާލެކެވެ.

"އިހަށް އިނާމެންގެއަށް ދާނީ..." އެންމެންގެ މޫނު އޭނައާއި ދިމާލަށް އެނބުރުމުން ވިސްނާލާފާއި ނަވީން ބުނެލިއެވެ. އެއާއެކު އެންމެންގެ ހިތް އުފަލުން ފޮޅިއްޖެއެވެ.

"ވަރަށް ހިތްވަރު ކޮށްފީމު ނަވީން...." ނަވީންގެ ކޮނޑުގައި އަތް ބާއްވާލަމުން ތަޢުރީފް ކުރީ ޚާލިދުއެވެ.

"ހުސެން އާއި ދިލްމާ ހުރިހާ ވާހަކައެއްވެސް ކިޔައިދީފި...ކީއްކުރާނީ. އިނާ ބުނީމަ އަހަރެމެންނަށް ޖެހުނީ އިނާއާއި އެއްބައިވާން. ދަރިފުޅުވިއްޔަ ދޯ. ނޭނގޭނެއެއްނު މި ކަހަލަ ކަންތައްތައް މީހުން ކުރާ ކަމެއް. ޒަމާނީ ތަރައްގީ ދޯ މިއީ." އިނާ ވީ ތަނެއް ނޭނގިގެން ނަވީން އެވަރަށް އުޅުނުއިރުވެސް، އެކަމާއި ގުޅޭ ގޮތުން އެއްވެސް ކަހަލަ އެހީއެއް އެމީހުންނަށް ވެދެވިފައި ނުވާތީ އެކަމަށް މައާފް އެދެމުންނެވެ.

އެއީމައްސަލައެއް ނޫނޭ ބުނެ ނަވީން އެ ވާހަކަ ކުރުކޮށްލިއެވެ.
މިހާރު ދެން އެއިން އެއްވެސް ވާހަކައެއް ދައްކައިގެން އޭނަ ކުރާނެ ޝަކުވާއެއް ނެތެވެ. މިވަގުތު އޭނައަށް އިހްސާސް ކުރެވެނީ ދުނިޔޭގެ އެންމެ އުހުގައި ހުރި އެންމެ އުފާވެރި އެންމެ މުއްސަނދި އެންމެ މާލާއި ޖާހު ގިނަ އެންމެ ނަސީބުގަދަ މީހާ ކަމުގައެވެ. އިތުރު އިހްސާސެއް ކުރެވޭ ވަރަށްވުރެ އޭނަގެ ހިތް ވަނީ ފުރިފައެވެ.

"ނޭނގެ ނަވީން ގަބޫލުކުރާނެކަމެއް. އެކަމަކު ހުޅުލެއިން ނޫނީ ނޭނގެ އިނާ ބަނޑުބޮޑުކަމެއް....ފްލައިޓް ޖެއްސިއިރު އިނާގެ ހާލު ވަރަށް ދެރަ. ހޮޑުލާ ލާ ކުއްޖާގެ ކަމެއް ނެތް. ފައިބާފަވެސް މާގިނައިން އިނާ ހޮޑުލާން ފެށީމަ ސީދާ އެއަރޕޯރޓުން މިކޮޅަށް ގެނައީ...އެމަޖެންސީގަ އެމްބިއުލަންސްގަ ގެނައީވެސް....މާބޮޑަށްވެސް ވަރުދެރަ އޭރު. އަނެއްކާ ފުރަތަމަ ދެތިންމަހަކީ ވަރަށް ވިސްނައިގެން ނޫޅެފިއްޔާ ބަނޑުގައި އޮންނަ ކުޑަދަރިފުޅަށް ދެރަގޮތެއްވެސް ވެދާނެ ކަމެއް ވީމަ....ޚާލިދުވެސް ބިރުން އުޅުއްވީ." ޚާލިދުއާއެކު ޝީލާވެސް ނަވީނަށް ވާހަކަތައް އޮޅުންފިލުވައިދޭން ފެށިއެވެ. އިނާގެ ފިރިމީހާގެ ހައިސިއްޔަތުން ކޮންމެހެންވެސް ނަވީނަށް އެނގެން ޖެހޭ ކަންތަކެވެ.

"އެއީ ކިހާއިރަކު....؟" ނަވީންއަށް ވީ ހީއެއް ޔަގީންކުރުމުގެ ގޮތުން ނަވީން އެހިއެވެ.
"ބާރަ ޖަހަން ދޯ އުޅޭނީ...؟" ޝީލާ ދޯ ދިނީ ޚާލިދުއަށެވެ. އާނއެކޭ ބުނުމުގެ ގޮތުން ޚާލިދު ބޯ ޖަހާލިއެވެ.

ނަވީންގެ ހަނދާނަށް އައީ ރޭގަ އޭނަ ކޮފީއަށް ދާން ދިޔައިރު އައިސް އޭޑީކޭއަށް ވަން އެންބިއުލާންސް އާއި ދެކާރެވެ. އެހެންވީމަ އެއީ އިނާމެންތާއެވެ. ތަގްދީރުގެ ރޭވުން ނިކަން ދެކެބަލާށެވެ. އެވަގުތު އޭނައަށް އެ މަގުން ދެވެން ދިމާވީ ހަމަ ތަގްދީރުގެ ނިޔާއިންނެވެ. އޭނަގެ ހިތުގެ އެކަތިކޮޅުފަދަ ލޯބިވާ އަނބިމީހާ، އެހާ ހާލުދެރަވެގެން އައިސް ހޮސްޕިޓަލަށް ވެއްދީ އޭނަ ކުރިމަތިންނެވެ. އޭނައަށް އެއީ ކާކުކަމެއް ނޭނގުނު ނަމަވެސް އެވަގުތު އެވަން އެމްބިއުލެންސްގައި އޮތީ އިނާއެވެ.

"އެކަމަކު އިރާދަކުރެއްވީތީ މިހާރު ހުރިހާ ކަމެއް ރަނގަޅު. ހިނގާ އަވަހަށް ދަމާ ދޯ..." ނަވީން އާއި ވާހަކަ ދައްކަމުން ގޮސް ދެން ތިބި މީހުންނާއި ދިމާލަށް އެނބުރިލާފައި މިހެން ބުނެލުމުން އެންމެންވެސް ދިއުމަށް އަވަސް ވެގެން ފިއެވެ.

"އާނ. މިހާރު ދެން މާލަސްވެސް ވެއްޖެ. ބިލްތައް ދައްކާ ނިންމިތާވެސް ކޮން އިރެއް...ހެހެހެހެ" މިވީހާ ވަގުތެއް ވީ އިނާ އާއި ނަވީން ވާހަކަ ދައްކަން ފުރުޞަތު ދިނުމުގެ ގޮތުންކަން ޝީލާގެ އެ ހުނުމުން އެނގުނެވެ.

"އެބަ އަންނަން...." އޭނައަށް މިވަގުތު އޭޑީކޭއަށް އާދެވުނު ސަބަބު ކަމަށްވި މުހައިމިނު މަތިން ނަވީން ހަނދާންވީވެސް އަދި ކިރިޔާއެވެ.

ފޯން ބަލާލިއިރު 4 ފަހަރު މުހައިމިނު ގުޅާފަވެސް އެބަހުއްޓެވެ. އަވަސް އަވަހަށް ނުކުތީ މުހައިމިނުއަށް ގުޅާފައި، ކަންތައް މިވީ ގޮތް ކިޔައިދިނުމަށެވެ. އޭނަ އެތަނަށް އައީ މުހައިމިނު އާއި އެކުގައި ކަމަށްވިޔަސް، މުހައިމިނު އާއިއެކު އެނބުރި ދާގޮތަށް ތަގްދީރުގައި ލިއުއްވާފައި ނުވާކަން އޭނަ ކައިރީ ބުނުމަށެވެ. އޭނަ ދާނީ އިނާމެންނާއެކު އިނާ ދާތަނަކަށް ކަމުގައި ބުނުމަށެވެ.

ޚާލިދު އާއި ޝީލާ އާއި ނަވީން އާއި އިނާ އެއްކާރުގައެވެ. ސޯފިޔާ އާއި ހަމްދު އާއި ސޯނިޔާއާއި ސޯނިޔާގެ ދެ ކުދިންނާއެކު އަނެއް ކާރުގައެވެ. ސުހެއިލް އާއި ސުހެއިލްގެ އަންހެނުންނާއި ސޯނިޔާގެ ފިރިމީހާ އަނެއްކާރުގައެވެ. ދިލްމާ އާއި ހުސެން އެމީހުންގެ ސައިކަލުގައެވެ. ތިން ކުލައިގެ ތިން ކާރާއި ދިލްމާމެންގެ ސައިކަލް ގޮސް މާގިނައިރެއް ނުވެ އިނާ މެންގެ ގޭ ދޮރުމައްޗަށް މަޑުކޮށްލިއެވެ.

އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދަނީ އުފާވެރި ކަމާއި އަދިވެސް އިތުރު އުފާތަށް އަންނަން ހުރިކަމުގެ ޔަގީންކަމެވެ. އިއްޔެ އިރުއޮއްސުނު ވަގުތާއި ހަމައަށް އެމީހުންގެ ފިކުރުތަކާއި ޚިޔާލުކުރުން ހުރީ ކިހިނެއްކަން އެކަކުވެސް ހަނދާން ނެތް ކަހަލައެވެ. އެދިޔަ ދުވަސްތައް ހަނދާން ކުރަން ބޭނުންވެސް ނުވާ ކަހަލައެވެ.

"އާދޭ އާދޭ ނަވީން...ވަދެލާފަވެސް ގެއަށް ދެވިދާނެ. ލަހެއް ނުވާނެނު." އެންމެންވެސް ފައިބައިގެން ގެއަށް ވަންނަން ފެށުމުން ޚާއްޞަ ސަމާލުކަމަކާއެކު މިހެން ބުނެލީ ޚާލިދުއެވެ.
ހިނިތުން މޫނަކާއެކު ނަވީންވެސް އެގެއަށް ވަންނަން ހިނގައިގަތެވެ. އިނާގެ ފަހަތުން ވެއްޖިއްޔާ އޭނަގެ ހިޔަނިވެސް ދާނެއެވެ.

** ** ** ** ** ** ** ** ** ** ** **

" ނަވީންގެ މަންމަ އާއި ބައްޕައާއި ބައްދަލުކޮށްލަން ތިގެއަށް ދާން އެބަޖެހޭ ކޮންމެހެންވެސް. ކޮންއިރަކުން ދިޔައިއްޔާތަ ރަނގަޅުވާނީ؟"

އެއީ ތެދެކެވެ. އެއީ އަދި އޭނަ ހައްލުކުރަން ޖެހޭ ކަމެކެވެ. ޚާލިދު އާއި ޝީލާ އެގެއަށް ދިއުމުގެ ކުރިން އެ މައްސަލަ އޭނަ ހައްލު ކުރަން ޖެހޭނެއެވެ. އެހެން އެކަކު އެ ގެއަށް ދިއުމުގެ ކުރިން އޭނަ އަމިއްލައަށް ގޮސް މަންމަ އާއި ބައްޕަ އާއި ދައްކަން ޖެހޭ ބައިވަރު ވާހަކަތައް އެބަހުއްޓެވެ.
އެހެންކަމުން ނަވީން ގަސްތު ކުރީ ވީ އެންމެ އަވަހަކަށް ގެއަށް ދިއުމަށެވެ.

"ހަވީރުން ދާން ހެދީމަ ރަނގަޅުވާނެ...." ނަވީންގެ ހިތަށް ލިބުނު އުނދަގޫކަމެއްގައި، އިންގޮތް ބަދަލުކޮށްލަމުން ނަވީން ބުނެލިއެވެ.

"އަންނާނަން ގެއަށް ގޮސްލާފަ އިނގޭ...." އިނާގެ އާއިލާއާއެކު އެންމެން އެއް މޭޒެއްގައި، ހެދިކާއާއި ސައި ބޮއިގެން އިނާއާއެކު ގޮސް އިނާގެ ކޮޓަރިއަށް ވަދެފައި ނަވީން ބުނެލިއެވެ.

"ހާދަ އަވަހަކަށް ދަނީ...." އިނާއަށް ބުނެވުނެވެ.
"ކީކޭ ތިބުނީ؟ އިނާތަ އެހެން ތިބުނީ؟ " އޭނަ ދާން އުޅޭތީ ހިތުގަ އޮތް އެއްޗެއް އެހާ ފަސޭހައިން އިނާ ބުނި އަޑެއް މީގެ ކުރިން އޭނަ އަހާފައި ނުވެއެވެ. އެހެންކަމުން މިއަދު އެހެން ބުނުމުން އިނާ ރަކިކޮށްލުމުގެ ގޮތުން ނަވީން އެހެން އަހާލީއެވެ.

އިނާއަށްވެސް ނަވީން އެހެން އެހި ސަބަބު އެނގިއްޖެއެވެ. ނޫން ކަމަށް ހަދާފައި އަވަހަށް އިނާ ހިނގައިގަތީ އެނދުގައި އިށީންނާށެވެ. ނަމަވެސް ގޮސްގޮސް އިނާ ހުއްޓުވަން ނަވީން އިނާގެ އަތުގައި ހިފިއެވެ. އެހާ ފަސޭހައިން އިނާ ދިޔަދޭހިތެއް ނަވީން ނުވިއެވެ. އެދެމީހުންގެ އެކަނި ވަގުތުކޮޅަކަށް އެދި އެދި އޭނަ ހުންނަތާ މިހާރު މިއީ ކިހާ އިރެއްހެއްޔެވެ؟

"ކިހިނެއް ތިހާ ފަސޭހައިން ދިޔަދޭނީ؟ އަހަންނަށް ހާދަ ތަދެއް ކޮށްފަޔޭ ތިހިރީ...؟" ގުޑިވެސް ނުލެވޭހާ ބާރަށް އިނާ ގައިދުކޮށްލަމުން ނަވީން ބުނެލިއެވެ.
"ކޮންތަނަކަށް...؟" ނަވީން ކުރާ ސަމާސާގައި އިނާވެސް ބައިވެރިވިއެވެ. ލާނެތް ހިނިތުންވުމަކާއެކުގައެވެ.
"ހުރިހާ ތަނަކަށް...." އިނާގެ އެސްފިޔަ ދިގު ލޮލުގެ ޖާދޫގައި ޖެހިގެން އޮޔާ ގޮސްގޮސް އޮތް ހިތް ނުހުއްޓޭތޯ ހިތްވަރުކުރަމުން ނަވީން ޖަވާބު ދިނެވެ.
"އޯވ.....ހާދަ ދެރަޔޭ...." މޫނަށް ހަދާލި ގޮތަކުން، ދެރަވާ ގޮތް އިނާ ދައްކާލިއެވެ.
އިނާގެ އެ ހަރަކާތްތަކާއި އެ އާދަތަކުން ނަވީންގެ ހިތް ކަތިވެ ނިމިއްޖެއެވެ. ދެން ސަލާމަތް ނުވެވޭނެފަދަ ފުން ކަމެއްގެ ތެރެއަށް ނަވީންގެ ނަފްސާއި ރޫޙްވެސް ގެނބި ހުސްވެއްޖެއެވެ.
ކުއްލިއަކަށް ދެއަތްމައްޗަށް އިނާ ނަގައިގެން ގޮސް އެނދުގައި ބާއްވައިފިއެވެ.

"ޔޫ ޓީޒިން މީ.....؟ ހޫމް...؟ ހޫމް.....؟" އިނާގެ ދެއަތް އުފުލިޔަނުދޭން ހިފަހައްޓަމުން ނަވީން ތައްޔާރުވެލީ އިނާއަށްވެސް ގޯނާ ކުރުމަށެވެ. ލޯބީގެ ކުދި ކުދި ގޯނާއެވެ.
"ޔޫ ޕްލެއިންގ ވިތް މީ...؟ ހޫމް...؟ އަދިވެސް ކުރާނަންތަ؟" ހެމުން ހެއްވަމުން، އިނާގެ މޫނުގައްޔާއި ކަނދުރާގެ އެތަން މިތަނުގައި ބޮސް ދެމުން ނަވީން ބުނަމުން ދިޔައެވެ.
އިނާއަށް ކެތް ނުވެގެން ހުއްޓާލުމަށް އެދި އާދޭސްކުރަންދެން ނަވީންގެ އެކިއެކި ގޯނާތަކުން އިނާ ހެއްވަމުން ނަވީން ދިޔައެވެ.

ހޫނު ލޯބީގެ ފޮނި މީރުކަމުގެ ޖާދޫގައި ޖެހި، ވަށައިގެންވާ ހުރިހާ ކަމެއް މަތިން ދެމަފިރިން ހަނދާން ނެތެން މާ ގިނައިރެއް ނުނެގިއެވެ.

** ** ** ** ** ** ** ** ** **

އިނާއާއިއެކު ހޭދަކުރެވުނު ފޮނި މީރު ވަގުތުކޮޅަކަށްފަހު، ގެއަށް ދިޔަ މަގުމަތީގައި ދިރާގަށް ވަނުމުގެ ސަބަބުން ނަވީނަށް ގެއާއި ހަމައަށް ދެވުނީ މެންދުރު އެކެއްވެސް ޖެހިފަހުންނެވެ.

"ކޮބާ ކިހިނެއް ވަނީ...." ނަވީން ގޮސް ވަންއިރު ގެއިން ނުކުންނަން ދިޔަ އަލިމަނިކު ނަވީން ކައިރިން އަހާލިއެވެ.
"މިހާރު ދެން.....އިނާ އަތުވެއްޖެ.." އިޚްތިޔާރެއް ނެތި ހީލެވުނު ހިނިތުންވުމަކާއެކު ނަވީނަށް ބުނެވުނެވެ.

އޭނަގެ ދަރިފުޅުގެ މޫނުމަތިން އެ ފެނުނު ކުލަވަރުން އަލިމަނިކުއަށްވެސް ހީނުލާ ނުހުރެވުނެވެ.
"އެހެންވެއްޖިއްޔާ ދެން ނެތްތާ މައްސަލައެއް. އެގޭގަ ދޯ ވީ." ދެއަތް ފުރަގަހަށް ލަމުން އަލިމަނިކުވެސް ހިނިތުން މޫނަކާއެކު އަހާލިއެވެ. ކަންތައް ވެފައި އޮތް ގޮތުން އެގެއަށް އިނާ ނުގެންނާނެކަން އަލިމަނިކުއަށް މާކުރިންވެސް ވިސްނެއެވެ.

ނަވީން ބޯޖަހާލިއެވެ.
"ބައްޕަ އަންނާނަން އޮފީހަށް ވަދެލާފަ. އެގެއަށް ދަމުން ބައްޕަ ގުޅާލާނަން. ނަވީންވެސް އަންނާތި." އަލިމަނިކު ވިސްނީ އޮފީހަށް ވަދެލާފައި އަންނަމުން އިނާމެންގެއަށް ދިއުމަށެވެ.
"ނޫނޭ ބައްޕާ...މިގެއަށް އިނާ ގެންނާނީ ހަވީރުން. " ނަވީން އައީ ހިތުގައި ގޮތެއް ކަނޑައަޅައިގެން ކަމުން ނަވީން ބުނީ އެހެންނެވެ.
"ނަވީނަށް އެނގެއެއްނު މަންމަ ނުރުހޭނެކަން..." އަލިމަނިކު ހަނދާން ކޮށްލަދިނެވެ.
"މަންމައާއި އަޅުގަނޑު ވާހަކަ ދައްކާނަން. " އަތުގައި އޮތް ތަޅުދަނޑިއަށް ބަލާލަމުން ނަވީން ބުނެލިއެވެ. އޭނަގެ ހިތުގައި ވަރަށް ގިނަ ވާހަކަ އެބަހުރިކަން އަލިމަނިކުއަށް ވިސްނައިގަނެވުނެވެ.

"މަންމަ ގަބޫލުވާނެހެން ހީވަނީތަ؟" އަލިމަނިކު އަހާލިއެވެ. އެކަމަށް އަލިމަނިކު އެއްވެސް އުއްމީދެއް ނުކުރެއެވެ.
"އަޅުގަނޑަށް ޔަގީން...." ނަވީން ޔަގީންކަން ދިނެވެ.

"ނަވީނަށް ޔަގީންކަން އޮތިއްޔާ އެންމެ ރަނގަޅު ތިގޮތް." އަލިމަނިކު ހިނގައިގަތެވެ.
"ބައްޕަ ވާހަކަ ދައްކަންވީތަ މަންމައާ...؟" ނިކުންނަން ގޮސްގޮސް ހުރެފައިވެސް އަލިމަނިކު ގޮވާލިއެވެ.

"ނޫނޭ. އަޅުގަނޑު އެކަން ހަމަޖައްސާލަފާނަން." ފެންޑާއާއި ހިސާބުން ނަވީން ގޮވާލިއެވެ. ދެން ބައްޕަ ނިކުންނަން ދެން ބަލަހައްޓައިގެން ހުރެފައި ނަވީން ގޭތެރެއަށް ވަދެއްޖެއެވެ.

މަންމަ އާއި ވާހަކަ ދައްކައިގެން މަންމައަށް އެއްޗެއް ވިސްނައިދިނުމަކީ ކިހާ ވަރެއްގެ އުނދަގޫކަމެއްކަން ބައްޕައަށްވުރެ ބޮޑަށް އެނގޭނީވެސް ވަކި ކާކަށްހެއްޔެވެ؟ އެކަމަކު އެއީ އޭނަގެ މަންމައެވެ. އޭނަ އެއީ އެ މަންމައަށް މަންމަ ކިޔަން ހުރި ހަމަ އެކަނި ދަރިއެވެ. މަންމަގެ ހިތަކީ އޭނައަށްޓަކައި ކިހާ ލޮބުވެތި ހިތެއްކަން އޭނައަށްވުރެ ރަނގަޅަށް އެނގޭނެ އެހެން އިންސާނަކު ހުންނާނެ ކަމަށް އޭނަ ގަބޫލެއް ނުކުރެއެވެ.

މަންމަ އާއި ދޭތެރޭ ވިސްނަމުން ނަވީން ފުރަތަމަ ދިޔައީ ކޮޓަރިއަށެވެ. ފެންވަރާލައިގެން ތާޒާވެލަން ކޮންމެހެންވެސް ބޭނުންވެފައި ވާތީއެވެ.

ދަރިންނާއި މައިންގެ ގުޅުމަކީ ގުދުރަތުގެ އަޖައިބު ކުރުވަނިވި ގުޅުމެކެވެ. ބައެއް މަންމަމެންނަކީ ހުރިހާ އިރެއްގައިވެސް ލޯބިދޭ މަންމައިންނެވެ. އަނެއްބައިމަންމައިންނަކީ ހުރިހާ އިރެއްގައި ގޮތްކިޔާ މަންމައިންނެވެ. އެހެންވިޔަސް ގިނަ މަންމައިންނަކީ ލޯބިދެމުން ގޮތްކިޔަމުން ދާ މަންމައިންނެވެ.

އޭނަގެ މަންމައަކީ އޭނައަށް ގޮތްކިޔަމުން އުޅުނު މަންމައެއް ނޫނެވެ. ކުރަން އުޅުނު ކޮންމެ ކަމަކަށް އޭނަގެ މަންމަ އަކީ ހިތްވަރެކެވެ. ދުނިޔެތެރެއަށް އޭނަ ހޭލައްވަން މަދަދާ އެހީ ދިން މީހަކީ އެ މަންމައެވެ. އީމާން ކަމާއި އިހްސާން ތެރި ކަމަކީ ކޮބައިކަން ކިޔައިދީ އެގޮތް އޭނަގެ ކިބައިގައި ހަރުލައްވަން މަސައްކަތް ކުރީވެސް އެ މަންމައެވެ. އެ މަންމަ އޭނައަށްޓަކައި ފިދާވި މިންވަރެއް އޭނައަށް އަދަދު ކުރުމަކީ ކުޅަދާނަ ކަމެއް ނޫނެވެ. އޭނައަށް މުހިއްމުވި ހުރިހާ ކަމެއްގައި މީގެ ކުރިންވެސް އޭނަ އަށް އެންމެ މުހިއްމު ވީ އެކަމެއް މަންމައާއި ހިއްސާ ކުރުމަށެވެ.

މީހުން ބުނެއެވެ. ކޮންމެ ފިރިހެނަކުވެސް އެންމެ ބޮޑަށް ލޯބިވާނީ އޭނަގެ ލޯބިވެރިޔާ ދެކެއެވެ. އެންމެ ރަނގަޅަށް ލޯބިވާނީ އަނބިމީހާ ދެކެއެވެ. އެހެންނަމަވެސް، ކޮންމެ ފިރިހެނަކުވެސް އެންމެ ތެދުވެރި ކަމާއެކު އެންމެ ދިގު މުއްދަތަކަށް ހިތުގެ އެންމެ ފުން މިނުން ލޯބިވާނީ އެމީހާގެ މަންމަ ދެކެއެވެ. އެއީ ތެދެކެވެ. މިއަދު އެ އިހްސާސް ނަވީނަށް އެބަ ކުރެވެއެވެ.

ފެންވަރައިގެން ނުކުމެ މަންމައާއި ވާހަކަ ދެއްކުމަށް ދާން ނިންމާފައި ނަވީން ވަނީ ފާހާނާއަށެވެ.

އިނާ އެނބުރި އައުމުން ކުރެވޭ ފޮނި އިހްސާސުގައި އިނާއާއި ދޭތެރޭ ވިސްނަމުން، އުފާވެރި މޫޑެއްގައި ހުރެގެންގޮސް ، ފާހާނާގެ ޝަވަރަށް ދޫކޮށްލާފައި، އޭގެން އޮހޭ ބޮޑެތި ބޮޑެތި ފެންތިކިތަކުގެ ދަށުގައި ނަވީން ހުއްޓިއްޖެއެވެ. އަލި ނޫކުލައާއި އަލި ފެހިކުލައާއި އަލި ރީނދޫކުލައިން، އެކިފަހަރު އެކިކުލައިން ދިއްލެމުންދާ ޝަވަރުން އޮހޭ ފެންތަކުގެ ދަށުގައި އިސް އޮބައިގެން ހުރިއިރު ނަވީންގެ މޫނުމަތީގައި ވަނީ މީގެ ކުރިން ދުވަހަކުވެސް ނުއުފެދޭފަދަ ހިނިތުންވުމެއް އުފެދިފައެވެ. ކުރިމައްޗަށް ދެއަތް ދަމާލައި ޓައިލްސް ފާރުގައި އަތް ޖައްސައިގެން ދެލޯމަރާލައިގެން ހުރިއިރު، ހިތް އެދެނީ އަދިވެސް މިވަގުތުވެސް، މިތަނުގައި  އިނާއާއެކުގައި ވުމަށެވެ. އިނާ ހުރުމަށެވެ.

** ** ** ** ** ** ** (ނުނިމޭ) ** ** ** ** ** **

66 comments:

  1. Salaam all,

    Hope you all will like it. Kindly do let me know if u like or dislike , by a comment here.

    Thanks

    ReplyDelete
  2. wooooooooooooowwww...so interesting

    ReplyDelete
  3. Naveen fenvaran huri than fenifa ma ladhunnnnnnnnnnnnnnnnnnnnnnnnn........huvaaaa..

    ReplyDelete
  4. Alhe naveen aa inaa that romantic moment on bed......wow softey...u know all types dho. hama heevanee naveen kaireega ovevunee minnu hen.. adhives mi bai hama kiyaaa hivvanee. sofftey haadha molhey . haadha molhey.

    =minnu=

    ReplyDelete
  5. nowshan.
    owww :D come on ..:D...Happy Happy...hw much love and romance..hw much grace..beautiful soffaaa dhooneee..Inaa got wolds best family and parents...and inaage hunna sifathah describe kohfa hunna goi hama varah obi..just can see every character clean..u are one and Only the Best ...i wish you success success success and just everything that yu wish to have..God bless yu soff jaan <3..Be Happy and healthy :)

    ReplyDelete
  6. yaarabbeeeeeeee naween dhoruthalhunulaa hureema.. mashaves fenijje .. haadha reechey :P 100000000000000000000000000000000000000000000000000000000000000000000000000000000000000000000000 likes ingey salhi

    ReplyDelete
  7. soooo touching storyyy......:):)
    Zidhu

    ReplyDelete
  8. Maleeha :- koba kobaa heevey.. malee ehen bunithaa adhinuvey ehaa gina irreh.. dhemeehun second honey moon hedheedhoa.. haadha hoooooooom hooooooooooooom ey.. u r just awsomeeeeeeeeeeeeee softtey.. i love it malee adhi beynun mikahala ehen romantic thankolheh naweene aa ina ge.. ina gendhebala egeyah naweenge toilet ah malee gulhantha ina ah?? eyrun dhaane dhw..i wish u happiness happiness happiness ntn else softttey :)

    ReplyDelete
  9. ouch ouch ouch!!!!!!!!!!! veegotheh.. up kurikan neyguneema nukiyunee or else me hoadhaanee first.. haudhahaaaaaa romantic ey dhw.. pis pispispis hama pis ekamaku varah salhi....kiya hih vaningssssboddah lurrrrrrrrrrv .. i want mi vatharuge ehen parteh ves puleeeexeeeeeeeeeeeee :)))))))))) romance liyanves thivareh hama neiy ingey sweety <3

    ReplyDelete
  10. rameeza. wowwwwww habeys hama! inthizaaru koh koh varubali nuvee hama kiriyaaaaaanu :D

    ReplyDelete
  11. woooah woaaaah woooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooowwww...soo touching..they finally made it...!! so nice..♥ u r great sofa..keep it up :)

    ReplyDelete
  12. Grt work girrrrl. Best of luck on all your endeavors

    ReplyDelete
  13. Leem leemaMarch 15, 2012

    saabahey sofaaaaaa.. hivvarun mi blog fureyne thihaa romantic vanyyaa!!!!!! :{}

    ReplyDelete
  14. luv the story, mihaaru avas avahah genesdhee thi varah boda shukuriyyaa... waiting for next part

    ReplyDelete
  15. ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥ inage faraathun naween ah ingey.. buney elina dhin echekey :)

    dhen meee sofa ah ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    ReplyDelete
  16. meee ushage faraathun naween ah ♥♥♥
    usha naween dheke ma aloabivanee oa.. lol

    ReplyDelete
  17. sara / kobaa muskulhi buneynu dhoa masaiykatheh nukoh hurumah vure kureema kaamiyaabu vaaney.. naween ina hoadhan kuri bura masakathuge natheejaa mee. thivaruge hih varugadha firieh nulibeyne ekakkahves.. ehaaves loabivey

    sofa varah molhu hiyaaluves gengulhen dhoa..

    ReplyDelete
  18. salhi ^_^ nawweeeen ufaavaavarah aayaaves ufaavefa mihury ^-^ ..thankeww sofaa

    ReplyDelete
  19. anthareeeeeez vejje.. salhi ingey.. dhekudhin avahah dhey najuma kaari ah :)

    ReplyDelete
  20. salhi ingey keeeep it uppppppppppppppppppp sofa/ love it

    ReplyDelete
  21. sofaaaaa mihaa retehi vaahaka akkah kithamme varakah ves comment kurevidhaane ingey. mee hidhage best story n ur r my best writer. i love ur storys.

    ReplyDelete
  22. adam :- ♥♥♥♥ it :D mivaahaka ah hingaa filmeh hadhamaa dhw. adam kulhedheefaanan naween ge bai.. ok vaanetha?? :)

    ReplyDelete
  23. shamla{}{}{}{}{} reeeeeeeeeeethi ingey evves varehga haasareh dhamaafa netheema kiyenee ves sofage vaahaka.

    ReplyDelete
  24. dhen avahah 79 genesdheeeeeeeeee :)

    ReplyDelete
  25. SUPER!!!!!!! mivaguthu ithuru ethah ehcheh hithah eri namaves mihen bunely hurihaa vaahakaeh liyan undhagoo vaanethy... Sofaa aky gadha liyuntheriekey!!!!!

    ReplyDelete
  26. haadha reethi ey.. huvaa mibunny.. hama hyvany low kurimathyga sifa vamun dhaahen.. thnxx a lots sofa.. dhn in bayakah keh madhu vefa mi hury.. avahah genesdhy.. madly waitin 4 da nxt part.. <3

    ReplyDelete
  27. wow, bunaane ehcheh ves neygifa meenee, nimunu iruves neygunu, v v v v v v reethi inge sofaa dhoony, alhe dhen konirakun 79 fennaany, kiyaa hiy vaathee ehenee inge, dhen avaha inaa aah naveen ge bai genesdhee

    ReplyDelete
  28. sroty varah salhi, i cudnt find your group in fb :(, keep up the good work

    ReplyDelete
  29. kiyaali iru heevanee varah kuruhen. ekamaku varah reethi mibaives maadhan thankolheh dhigukohlachey, ekamaku ehfaharaa hurihaa baeh nugennaathi ingey

    (friender)

    ReplyDelete
  30. Naween : Each time I saw ina's smile, hope and joy rose up inside me with the force of blooming sunflowers. I was reminded by her beauty, and by her gestures, which were so dear to me, and by her luminous skin, that the center of the world, the center to which I must travel,i love u soo much.. thank U sooo much ina <3 luking forward for more :D

    well-done sofa ..cheeeeeeeeeeeeerz

    ReplyDelete
  31. : ooooooooooooooopzz naween u remind me of my hhhmmmm hhhmmmm.. its a thing u knw.. i admire u more now ^ _^ sofa haaaaaaaaaaaaaaaaaaaaadha ey molheeeeeeeeeeeee dheeeeeeeeeeeee. love it beeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeg :L

    ReplyDelete
  32. leem :{ ) vaahaka kiyamun dhiya iru varah ehen kahala ihusaas eh kurevunu. eo fon foni meerukameh dhw. kobaatha eleena aa xiyadhu aa? e dhemeehunah lan'deh dheythi hey araavaruge! salhi ingey mi part ves. ummeedhu nuves kuraavaruge kan kan fenijje.. ehenveema buneveynee thee hama gellifa in thari ekey.. leeme ge office kudhin varah salaam fonuvaa eba.. mi vaahaka kiyanee hurihaa kudhin.

    ReplyDelete
  33. To:

    Bliss/Minnu/Nowsha/Fazeel/
    Zidhu/Maleeha/Mariyam/Rameeza/
    Leem/Leema/Ushama/Elina/Sara/
    Aaaya/Aalima/Hidha/Adam/Marsha/Ash/
    Friender/Leem

    and all who commented anonymously

    I don't quite have the words to thank you all enough.
    You have all read the story with so much passion and so much devition.
    I do know that u all were eagerly waiting for my story and i did know that you guys would never dissapoint me, in letting me know of what you readers are thinking abt the story.

    So grt u guys are, with no greediness you guys are pouring ur hearttfelt feelings towards ths story in here.

    It is a bless for me to have all you readers
    Thanks.
    Thanks in loads.

    Inshaa Allah....I will try my best not to dissapoint you in up-coming parts even.

    ReplyDelete
  34. To Fazeel:

    Haadha hini anna kahala commenetekey Fazeel. anyways thanks fazeel...saaf hithakun koment kureetheee.

    Thanks a lot
    Ufaa kuran

    ReplyDelete
  35. To Ushaama

    Have received all the love you sent ingey. Tnaks.... :)

    Naveen ah fonuvi heart thah naveen ah ves mihaaru libidhaane. Thanks dear ingey.

    ReplyDelete
  36. To Nowshan.

    Yes Now...Ina is graceful and got the best family and parents.

    Im so glad if my simple words describe Inaa for you just like a neighbour from opposite house.

    Im so thankful to Allah if i could be the best in your eyes. Its all from Allah , no doubt.

    Thank you dear...for the kind prayers for me...
    Thank you
    I could not go through life without such well wishes. How could i thank you and all other readers enought... :)

    Thank you

    May Allah bless you with courage, good health, best wealth and most of all, may you be guided with best love all around you.

    Be smily...no matter what.... :)

    ReplyDelete
  37. To Sara:

    Thedheh sara thi bunee. Dhiriulhumuga annaane dhuvahaku huvafenun ves nudhekey fadha kithamme kameh. Ekamaku ekan ehen vee keevehey kiyaafa amilla nafsaaa suvaalukolla kollaaa, heddhevi faraathah ithubaaru kandaalaigen indhegen eh kamevves rangalheh nuvaane.

    Thedhuve e kamaaai ulhuneema halleh fennaaneee.

    Sofaa gaboolu kuraa gothuga , hivvaru gadha meehaa yakeee, kanthah thah thahammalu kuraaa meehaa eh nooon....hivvaru gadha meehaa yakeee, thahammalu ko ekamkun ARAIGANNA meehaaa....

    Noontha Saaraa...?

    Naveen ves e veee e fadha meehakah.
    Thimaa ah heyo magu dhakkaa fadha loibbeh vaan engijje meehakee naseeb veriyeh.


    Shukuriyyaa Sara

    ReplyDelete
  38. To Hidhaa:

    Thanks Hidhaa..
    Hidhaage emme best WRITER ah Sofaa vikan eiy hama Sofaa ge heyo naseeb.

    Thank you
    Will try never to let u down in here.

    ReplyDelete
  39. To Adam:

    Adam ge small small hearts thah libijje ingey. thank you...am very glad

    Adhhi eh faharu Shukuriyyaa bunelan beynun Naveen ge role filmegga kulhenves thayyaarah hureetheee. Ekamun Sofaa ah angaidheny Adam ah mi vaahakayaaa naveen ge character kamu dhiya varu. Thanks

    Mi vaahaka yah filmeh kulhenyaaa , Kulhenyaa ingey....annacchey ethanah. Eyrunennu Adam aa dhimaaves vaaneee...

    :)

    ReplyDelete
  40. Kommes kujjaku bunefa eba in Sofaa ge group nufenuney.

    Here is the address,

    Fathisthari@groups.facebook.com

    Hope you will be able to find it. if not also, let me know ingey.

    Thanks for your support.

    ReplyDelete
  41. Naveen ge namugai Inaa ah Poem fonuvi kujja ah varah bodu shukureh.

    Varah reethi varah furihama e poem.
    Inaa ah libuneema varah ufaa vaane kan yageen

    Thanks dear

    ReplyDelete
  42. sooo reeethi.love it u r my fav

    ReplyDelete
  43. khald n shyla r the best in laws..mi part ves kamudhey
    kamudhey
    kamudhey
    kamudhey
    kamudhey

    ReplyDelete
  44. sofaa this address use kogen i cudnt find the group :(
    Fathisthari@groups.facebook.com

    can u plz give the full url .....

    sorry for the disturbance n inconvenience

    ReplyDelete
  45. Neeno : bunedheynves neyge ihusaaseh kurevenee hama!! kiyaa dheyne gothey type kuraane gotheh neyge.. ithurah bunaane echeh evs neiy u r just AWSOME/SUPER!! i love it.. thnx a lot

    soo sorry for commenting this late.. i was kinda busy once again this is AWSOME. :)

    ReplyDelete
  46. fahee>> vaasaree vahhhhh!! hih nuhuttunee haka kiriyaa ehnnu.. saabahey sofaaaaaaaaaaaaaaaaaaaaa :)

    ReplyDelete
  47. ina+naween=♥♥

    sofa+phonecall =SUPER salhi ♥♥♥♥

    ReplyDelete
  48. އަނެއް ބައި ތަންކޮޅެއް އަވަސް ޕްލީޒްޒްޒްޒްޒް..

    ReplyDelete
  49. Hamiya( hamy)/ ok vaanetha mi part print kolliyas?? kollevijje ingey.. reeeeeeeeeeethikamun aslu..thnx u r the best.

    ReplyDelete
  50. reeeeeeeeeeeeeeeeeeeeeeeeeeethi / kobaaaa 79 ?

    ekkala adam ey mee hama

    ReplyDelete
  51. Sofaa alhe koba tha nxt part.. avahah up kohla dhybala.. waitin madly 4 da part.. :(

    ReplyDelete
  52. alhe heyo nuvaane dhn in bai up kohdhybaa sofa..

    ReplyDelete
  53. kobaaa anehbai sofa!!! mihaaru dn naween vejjenu shower baarukuran fenvaraa nimeyhaa iruvehjeviyyaaa,,dhedhuvasvanee mioh (aayaa)

    ReplyDelete
  54. vahaaka v v salhi. Sofaa ah igey tha neege toilet ga ves inaanee ekahala hand shower ekey. fenvaraa iru heevenee naveen fennahen..... you are the my best story writer and PHONE CALL is the best story

    NEEE

    ReplyDelete
  55. zakiyya : kobaatha 79? miadh up kuraanameybuneemeynnu. kiyaa hivanee ey maabodah.. u r the best.

    ReplyDelete
  56. alhey.. mihaaru 2 dhuvas mi v sofage 4n call ah inthizaaru kuraathaa.. dhn avahah e call kohdhee.. waitin....

    ReplyDelete
  57. woooow varah salhi keep it up sofa
    sofayah ingeytha me ish ge first comment
    but hurihaabayehves gavaaidhun kiyan
    just love dhis story
    thanQ for uploading such a nice story
    kuriyahohthaangaves mikahala ithuru vaahaka fennanekamuge unmeedhaaeku vakivelan
    -love !$#@ -

    ReplyDelete
  58. inhizaaruves kureveyneee vaki varakannu.
    . heyo nuvaaaaaaaaaane avaskurey.
    . salhi ingey mi vaahaka ves..

    ReplyDelete
  59. Meethi salhiey,haadha molhey,,dhen kobaa 79? avahah up kohdheythi! Najuma ah visnadhee. efadha mom-law eh nulibeyne.hadha haaaaa nubai nulafa najuma ekey dhoa! obi hama obi obi obi obi obi obi obi.

    ReplyDelete
  60. vaahaka up vitho mibalanee? kobaa tha 79? vaahaka nukiyenyyaa hithakkah hama jehumeh nulibey. love ur story sweety :)

    ReplyDelete
  61. oops naween kobaa?? fenvaraa nunimeytha??

    ReplyDelete
  62. reethi abadhuves reethi phone call.

    ReplyDelete
  63. fathis thari kobaa vaahaka. nunereny tha miadhu. nw its 12. mi vaahaka ves gaigandakah v vatharu bodaa nafsu eh vaahaka yaa. anehkaa maa bodah dhigu dhanmaathyve baeh faharau foohi vaa goi vey. fathis thari thankolhe aa gothakah idea beynun kohgen story eh nereyba. want a story that is different from this story n previous story. unmeedhu kuran dhn nerey vaahaka vaany thafaathu vaahaka ahka kama. adhi ehaa ithizaaru kuran nujeheynekama. vaahaka reethi. thanks.

    ReplyDelete
  64. when's the next part? im eagerly waiting :(

    ReplyDelete
  65. Thittha:

    Sofaa ah vaahaka nugenesdheveny keevvekan thi hurihaa kudhinnah olhunfiluvaidhinumuge magusadhugai, Sofaa ge group wall ga huri mi comment thah genesdhemeve.

    ***********************************************

    Fathis Thari
    Varah bodah Maaf kudhinney...........Family ga Varah bodu kameh dhimaavegen ulheytheee, vaahaka liyan hama eh gothakavves Comp kaireeee innan vagutheh nuvegen hama habaru nuvee ingey.

    Personal kameh veema mithaaa bayaaan nukureveyne...ekamakuves ummeeedhu kuran gaboooolu kuraaane kamah...!!!

    Maaf koddheynantha...??? Pleeeeeeeeeesssee........!!! :(

    Inshaa Allah maadhan genesdheynan ingey.

    ***********************************************
    Like · · Unfollow Post · 9 hours ago
    Ábŕáhám Áĺý, Mariyam Shifa, Mariyam Shamlia and 15 others like this.

    ***********************************************
    Neeno Ali ma'aafu dhevidhaane.. kiyuntherin mithibee hama fathis thari aa eku. kurin angaala dhineethee shukuruverivamu.
    9 hours ago · Like · 4


    Sha Thira heyo hithun gaboolu kohfin.... ei maafah edhey varuge kamei nooney Fathis Thari....iraadha kurevejiyya jama jehilaagen vaahaka maadhama up kurevyne.. kiyun therinah ves hih hama jehilaagen vaahaka liyaa levyny eyrunehnu dhw...aharemen hurihaa kiyun therin ves mithiby sofaa r eky ga ey...adhi bunelan familyga thidhimaa vegen ulhey hurihaa massala eh AVAHAH HALLUVAANE KAMH UMEEDHU KURAN
    9 hours ago · Unlike · 4


    'Fathimath Neema ‎:)
    8 hours ago · Unlike · 3


    Eron Mohamed ma'aafu kohfin. ehen dhimaa vedhaane hama konme meehakah ves.maadhamaa vaanee kihaa avahakahbaa!!!! inthizaaruga eba thibeemu
    8 hours ago · Unlike · 4


    Eron Mohamed thiya family ah dhimaavi bodu kanthah kuda kohdhevvaashi, ameen. alhugandumenge heyo dhuaa vanee thibaa aa eku, hivvaraai saabithu kamaaeku kuriah vadai gannavaa!!! iraadha kurevviyyaa kaamiyaabu vaane
    7 hours ago · Unlike · 4


    Mariyam Majdha ‎Fathis Thari ah dhimaavi kamakee varag serious kameh, ekamaa varah tense vegen ulhenee.. .mikamuga thiya hurihaa kudhinge support Fathis Thari ah beynunvaane.. aharemen mithibenee thiya ummeedhee liyuntheriyaa aa ekuga dhoa kudhinney!! Xishu Xiu, Sajy Abdul Wahhab..
    7 hours ago · Unlike · 5


    Mariyam Majdha ‎Aminath Sofoora ♥
    7 hours ago · Unlike · 2


    Xishu Xiu aan gaimuthaa....hama fathis thari aa ekee..:)
    7 hours ago via mobile · Unlike · 2


    Angel Soff y nt soff... try hard to corect it ingey... gd luck may god bless u n ur family
    7 hours ago · Unlike · 2


    Aminath Sofoora hey its alrite...we can wait :)
    6 hours ago · Unlike · 3


    Ismail Faxeel dhiriulhumakee mifadha echeh.. Fathis Thari ah dhimaavegen ulhey kamah avas hallakkah edhi dhu'aa kuran..no matter what, we will alwayz be with you.. will support you abadhuves..
    6 hours ago · Unlike · 2


    Laxis Parween v will wait for 79.. evthingz gona be ok. our support is with u as usual. we love u and ur story :)
    5 hours ago · Unlike · 2


    Leema Saiydh There are times when words cannot express what we feel. And the little ways we try to help seem so small. Yet somehow through the love and prayers of US , moves the almighty hand of God. May God hold you in the palm of His hand and comfort you with His everlasting love. Ameen
    5 hours ago · Unlike · 1

    ReplyDelete