🌟🌟Fathisthari Vaahaka🌟🌟

Once upon a time it happened, how it happened is a fiction by me for you.

(އަޅަމެން މިލްކުވެވޮޑިގެންވަނީ ﷲ އަށެވެ. އަދި އަޅަމެން އެނބުރި ދާހުށީވެސް އެކަލާނގެ ހަޟްރަތަށެވެ.)


އެންމެ ކުޅަދުންވަންތަ....އެންމެ އޯގާވަންތަ އެންމެ ޙިކްމަތްވަންތަ ފަރާތަކީ ހަމަ އެކަނި ﷲ އެވެ. އެއީ އަޅަމެންގެ އެހީތެރިކަމަށް ބޭނުންވެވޮޑިގެން ނުވާ އެކަމަކު އަޅަމެން އެންމެންވެސް ލާ ކޮންމެ ނޭވާއަކާއެކު އެފަރާތުގެ އެހީތެރިކަމަށް އެދެން ޖެހޭ އަޅަމެންގެ ވެރި ރަސްކަލާނގެއެވެ. 
ކިއުންތެރިންނޭވެ....!!!
ނުރައްކާތެރި ކެންސަރު ބަލީގެ ވޭނާއީ ކެކުޅުމުގެ އިންތިހާގައި އެތަކެއް ދުވަސް ހޭދަކުރަމުން އައި އަޅުގަނޑުގެ
ދެބެއިންގެ ދެދަރި ކޮއްކޮ "ނާއީ" (މުހައްމަދު ނާއިފް އަހުމަދު އިސްމާޢީލް) ވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި، މި ދިޔަ 25 ޖުލައި 2011 ވީ ހޯމަދުވަހު (24 ޝަޢުބާން 1432) ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، މި ވަގުތީ ދުނިޔޭގައި އެ މަޢުސޫމް ތުއްތު ކުއްޖާ ހޭދަކުރަން ހަމަޖެހިފައިވާ ވަގުތު ހަމަކޮށް ފަހުނޭވާ ލާފައެވެ. އެ ކުއްޖާގެ ފުރާނަ ވަނީ އެ ފުރާނައިގެ ވެރި ފަރާތުން ގެންދަވާފައެވެ. انا لله وانا اليه راجعون. (އަޅަމެން މިލްކުވެވޮޑިގެންވަނީ ﷲ އަށެވެ. އަދި އަޅަމެން އެނބުރި ދާހުށީވެސް އެކަލާނގެ ހަޟްރަތަށެވެ.)

"
ހައްދަވާ ބޮޑުކުރެއްވި އޯގާވަންތަ ރަސްކަލާކޮ....އިބަރަސްކަލާނގެ ކުޅަދުންވަންތަކަމާއި ދެނެވޮޑިގަތުމާއިމެދު ޝައްކު ކުރާމީހާ އަކީ ގެއްލެނިވެގެންވާ މީހެކެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ....ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ އަދި އެންމެ ޙިކްމަތްތެރިވެގެންވަނީ ހަމަ އެކަނި އިބަރަސްކަލާނގެއެވެ. ކަންތައްތަކުގެ ފޮރުވިފައިވާ ހަގީގަތާއި އަޅުގަނޑުމެންނަށް ނޭނގި އަޅަމެންނާ ކުރެވެމުން މިދަނީ އިމްތިހާންތަކެއްކަމާއިމެދު މިއަޅާ ޝައްކެއް ނުކުރަމެވެ. އަދަދު ނުވާ ގިނަ ގުނަ ނިޢުމަތްތަކުން އަޅަމެންގެ މި ޙަޔާތް ފުރިހަމަކުރައްވާފައިވާ މަތިވެރިވެގެންވާ ރަސްކަލާކޮ....ނާއީއަށް އުފުލަން ޖެހުނުފަދަ ވޭނެއް އެއްވެސް ދެވަނަ މީހަކަށް ނުދެއްވާނދޭވެ. އޯގާވަންތަ ރަސްކަލާކޮ....އެއްވެސް އިންސާނަކަށް އަދި އެއްވެސް މަޚްލޫޤަކަށް އެފަދަ ބައްޔެއް ނުޖައްސަވާފާނދޭވެ. 

ރަހީމްވަންތަ ރަސްކަލާކޮ....ހިތާމައިގެ ކޮޅެއް ނެތް ހިތާމައިގައި އަޅަމެންވާކަން އެންމެ މޮޅަށް ދެކެ ދެނެވޮޑިގެންވަނީ އިބަރަސްކަލާނގެއެވެ. އޯގާވަންތަ ރަސްކަލާކޮ....ނާއީގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާނދޭވެ. ކުޅަދުންވަންތަ ރަސްކަލާކޮ....ނާއީ އަކީ މި އުއްމަތުގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އާއެކުގައި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި، ބަލިމަޑުކަމެއް ، ހިތްދަތިކަމެއް އަދި ކުޑަވިޔަސް ހިތާމައެއް ނެތި އުފާވެރި ކަމުގައި އުޅޭ ކުއްޖެއް ކަމުގައި ލައްވާނދޭނވެ. ފަތިހުގެ ތާޒާ މަލެއްފަދަ ތާޒާ ކަމާއި ހުދު ދޫނީގެ ވަރަ ފަދަ ވަރައެއް ލިބިގެން ސުވަރުގޭގެ ގުނާ އަދަދު ނުކުރެވޭފަދަ ބަގީޗާތަކުގައި އުދުހި އުޅެވޭފަދަ އުފާވެރި ކުއްޖެއް ކަމުގައި އެ ކުއްޖާ އަބަދުގެ އަބަދަށް ލައްވާނދޭވެ. އިބަރަސްކަލާނގެ ކުޅަދުންވަންތަކަމުން ސުވަރުގޭގައި ލައްވަވާފައިވާ ނިމުމެއް ނެތް ނިޢުމަތްތަކުގައި ދާއިމީ އުފަލުގައި އެ ލޮބުވެތި ކުއްޖާ އަބަދުގެ އަބަދަށް ލައްވައިފާނދޭވެ. 

އޯގާވަންތަ ރަސްކަލާކޮ....ނާއީގެ މަންމަ އާއި ބައްޕައަށް އަދި ނާއީގެ ދޮންތައަށް ލިބިފައިވާ ހިތާމައަށް އެ އާއިލާއަށް ކެތްތެރިކަން ދެއްވައި އީމާންތެރިކަމުގެ އަލިގަދަ ނޫރުން އެ ހިތްތަކަށް ސާބިތުކަން ދެއްވައިފާނދޭވެ. އެ އާއިލާއަކީ އުޚްރަވީ ޙަޔާތުގައި ސުވަރުގޭގެ ދާއިމީ އުފަލުގައި އެކުގައި އުޅޭނެ އާއިލާއެއް ކަމުގައި ލައްވާފާނދޭވެ. 

ރަޙްމާންވަންތަ ރަސްކަލާކޮ....ނާއީގެ ވަކިވެދިއުމާއެކު އާއިލާއަށް ލިބިފައި މިވާ ހިތާމައިގައި އަޅަމެން އެންމެންނަށާއި އަދި ޚާއްޞަކޮށް ނާއީގެ މަންމަ އާއި ބައްޕައަށް މި ހިތާމައަށް ކެތްތެރިވުމުގެ ތައުފީގް ދެއްވާނދޭނވެ. އަޅަމެން ވާގި އެދެނީ ހަމަ އެކަނި އިބަރަސްކަލާނގެ ހަޟްރަތުންނެވެ. އަދި ވަކީލު ކުރަނީވެސް ހަމަ އެކަނި އިބަރަސްކަލާނގެއަށެވެ.

އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާކޮ....ނާއީގެ އެ ބައްޔަށް ފަރުވާ ކުރުމަށް އެހީތެރިވެދެއްވިހާ ފަރާތްތަކަށާއި، ނާއީއަށްޓަކައި ހެޔޮ ދުޢާ ކުރެއްވިހާ ފަރާތްތަކަށާއި، ނާއީގެ ހައްގުގައި ކުޑަވިޔަސް ހޭދައެއް ކުރެއްވި ފަރާތްތަކަށާއި، ނާއީގެ ހައްގުގައި ދުލުން ކުޑަވިޔަސް ހެޔޮބަހެއް ބުނެލި ފަރާތްތަކަށާއި، ނާއީގެ ހާލު ލޮލުން ދެކި އިބަރަސްކަލާނގެ ކުޅަދުންވަންތަކަމާމެދު ސާބިތުކަން ލިބިގަތްފަރާތްތަކާއި، ނާއީގެ އާއިލާއަށް އޯގާތެރިވެދެއްވި ފަރާތްތަކަށާއި މި ނޫނަސް އެ ލޮބުވެތި ކުއްޖާގެ ހައްގުގައި ޒައްރެއްގެ މިންވަރުގެ ހެޔޮކަމެއްވެސް ކުރެއްވި ފަރާތްތަކާއި....ޖުމްލަކޮށް މި ހުރިހާ ފަރާތްތަކުގެ ކުށްފާފަތައް ފުއްސަވައި ޢަފޫކޮށްދެއްވައި އެބައިމީހުންނަށް ދެދުނިޔޭގެ ރަހްމަތް ލައްވާނދޭވެ. އެއެންމެންނަކީވެސް އިބަރަސްކަލާނގެ އޯގާވަންތަކަމުގެ ތަނަވަސްކަމުގައިވާ ފަރާތްތައްކަމުގައި ލައްވާނދޭވެ. 

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ...އަޅާގެ މި އިޚްލާޞްތެރި ދުޢާ އިޖާބަކުރައްވާނދޭވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ....ނާއީގެ ވަކިވެ ދިއުމުން މިއަޅާއަށް ލިބިފައި މިވާ ފުން ހިތާމަތައް ލުއިކޮށްދެއްވައި މިއަޅާގެ ހިތް އިހުނަށްވުރެވެސް ބޮޑަށް އީމާންތެރިކަމުގެ އަލިގަދަނޫރުން ދިއްލައިދެއްވާނދޭވެ. އޯގާވަންތަ ރަސްކަލާކޮ....މިހިތާމައަށް ކެތްކުރުމުގެ ތައުފީގާއި ހިތްވަރު މިއަޅާއަށް ދެއްވާނދޭނވެ. ކުޅަދުންވަންތަކަމުގައި ދެވަނައެއް ނުވާ ރަސްކަލާކޮ....އަޅަމެންގެ މި އާއިލާއަކީ މިފަދަ ގިނަގުނަ މުސީބާތްތަކާއި ވޭންތަކުން ސަލާމަތްވެގެންވާ އާއިލާއެއްކަމުގައި ލައްވާނދޭވެ. އަޅަމެންގެ މައްޗަށް އޯގާތެރިވެވޮޑިގަންނަވާނދޭވެ. އަޅަމެންނަކީ އިބަރަސްކަލާނގެ ދެއްވާފައިވާ ނިޢުމަތްތަކަށް އަބަދާ އަބަދު ޝުކުރުވެރިވާ އެ ނިޢުމަތްތަކުގެ ބޭނުން ރަނގަޅު ގޮތުގައި ކުރާ ބައެއްކަމުގައި ލައްވާނދޭވެ. 

ރަޙްމާންވަންތަ ރަސްކަލާކޮ...ލޮބުވެތި ނާއީގެ ފުރާނަ ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލަހައްޓަވާށި....އަދި މި އަޅާގެ ދުނިޔަވީ ހަޔާތަކީ މިއަޅާގެ އުޚްރަވީ ހަޔާތުގައި ، ސުވަރުގެއިން ނާއީއާއި ބައްދަލުވެވޭނެފަދަ ހަޔާތެއް ކަމުގައި ލައްވަވާނދޭވެ. އާމީން.!!!

51
http://www.muraasil.com/images/icons/arrow_up.gif 51 | http://www.muraasil.com/images/icons/arrow_down.gif 0

ވޯޓް
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

http://www.muraasil.com/images/comment_reply.pngPosted on 2011-07-28 03:21:18 | Report this Comment
ނާއީ އަކީ އަބަދުވެސް އަޅުގަނޑަށް ވަރަށް ބޮޑަށް ޚާއްޞަވި ކުއްޖެކެވެ. އާދަޔާ ޚިލާފު ލޯތްބެއް އެ ކުއްޖާ ދެކެ އަޅުގަނޑަށް ވެވުނު ކުއްޖެކެވެ. އެ ލޮބުވެތި ތުއްތު ކުއްޖާއަށްޓަކައި އަޅުގަނޑުގެ ހިތުގައި ﷲ ލެއްވި މަގާމަކީ އެހެން ދެވަނަ ފަރާތަކާ ހިއްޞާ ކުރެވޭނެ މަގާމެއް ނޫނެވެ. މާތްﷲ އެ ތުއްތު ތުއްތު ކުއްޖާއަށް ހެޔޮ ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ އުފަލުގައި ލަހައްޓަވާށި. އާމީން...!!!
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gif: انا لله وانا اليه راجعون


http://www.muraasil.com/images/comment_reply.pngPosted on 2011-07-28 03:31:41 | Report this Comment
އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން. މާއްﷲ އެ މަރުހޫމަށް ޖަންނަތުގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށި. އެ މަރުހޫމުގެ އާއިލާއަށާއި ޞަފާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި. އާމީން
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އާމީން...


http://www.muraasil.com/images/comment_reply.pngPosted on 2011-07-28 06:07:54 | Report this Comment
ވަރަށް ދެރަވެ ރޮވުނު މިޚަބަރު ލިބުނީމަ..ނާއި އާއި ދުވަހަކު ދިމާނުވެ ނޭނގުނަސް ކުޑަ ކުޑަ ލޯބި ލޯބި ނާއި އަށް އަޅާނެ ވޭން އިހްސާސް ކުރެވޭ..ތި ޢާއިލާ އަށް ކެތްތެރިކަން ދެއްވާ ނާއި އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުޢާކުރަން..އާމީން..
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އާމީން....


http://www.muraasil.com/images/comment_reply.pngPosted on 2011-07-28 06:49:22 | Report this Comment
އާމީން. ޔާﷲ ނާއީގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވާދޭނވެ.އަދި އެކުޑަކުޑަ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާދޭނވެ. އަދި ޚާއްޞަކޮށް އަޅުގަނޑުމެންގެ ލޯބިލޯބި ޞޮފްގެ ހިތަށް އަވަސް ޝިފާއެއް ދެއްވައި، ހަމަޖެހުމާއި އުފާވެރިކަން ދެއްވާފާދޭނވެ. ޞޮފާ ނާއީ ދެކެވީލޯބީގެ ޙައްޤުގައި ނާއީއާއި އެކު ސުވަރުގޭގައި އުޅުމުގެ ފުރުސަތު ލިބިދިނުމަށްޓަކައި މިޙަޔާތުގައި ޞޮފާއަށް ސުވަރުގެއަށް ދިޔުމަށް މަގެއް ދައްކަވާފާދޭނވެ. އާމީން
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އާމީން


http://www.muraasil.com/images/comment_reply.pngPosted on 2011-07-28 07:03:56 | Report this Comment
ކޮންމެ މީހަކީވެސް މަރުވާނޭ މީހެކެވެ. ބުއްދިވެރިްނނަކީ މިފަދަ ކަންތައްތަކުން ޢިބްރަތް ލިބިގަނެ ތިމާގެ އުޅުމާއި ގުޅުންތައް އިޞްލާހް ކުރާމީހާއެވެ. ކޮންމެ ކުއްޖަކުވެސް އަޒުމެއް ކަނޑަ އަޅާށެވެ. ތައުބާވެ ހެޔޮގޮތުގައި އުޅުމަށެވެ. ކުރިއަށް އޮތީ ރޯދަމަހެވެ. ﷲ ތަޢާލާގެ ފުއްސެވުމާއި މަޣްފިރަތުގެ ދޮރު އިންތިހާއަށް ތަނަވަސްކޮށްދެއްވާ މައްސަރެވެ. އަވަހަށް ތައްޔާރުވާށެވެ.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ނިޝީގެ ތި ބަސްކޮޅަކީ ޔަގީން ކަމެކެވެ. އެންމެންވެސް ތައްޔާރު ވާށެވެ.


http://www.muraasil.com/images/comment_reply.pngPosted on 2011-07-28 08:21:36 | Report this Comment
އާމީން. ހަމަކަށަވަރުން އޯގާވަންތަ ކަލާނގެ ވޮޑިގެންވަނީ ކެތްތެރީންނާއެކުގައެވެ. ހިތާމައާއި ހިތްދަތި ކަމުގެ މި ދަނޑިވަޅުގައި ތިބާއަކީ ކެތްތެރިކަމުގެ ނަމޫނާއަކަށްވެ ހުރެ، ޢާއިލާގެ ހިތްވަރުކަމުގައި ވާނެކަމަށް ޔަޤީން ކުރަމެވެ.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އާމީން...!!!


http://www.muraasil.com/images/comment_reply.pngPosted on 2011-07-28 08:32:34 | Report this Comment
އާމީން.... ވަރަށް ވަރަށް ދެރަވެއްޖެ.....
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އާމީން...


http://www.muraasil.com/images/comment_reply.pngPosted on 2011-07-28 09:23:54 | Report this Comment
ނާއީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ތަނަވަސްކޮށްދެއްވައި ތިޔަ އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން.


http://www.muraasil.com/images/comment_reply.pngPosted on 2011-07-28 11:39:29 | Report this Comment
ނާއި އަކީ އަބަދުވެސް ވަރަށް ލޯބި ކުއްޖެއް. ނާއި އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި. އާމީން
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އާމީން....!!!


http://www.muraasil.com/images/comment_reply.pngPosted on 2011-07-28 12:12:40 | Report this Comment
انا لله وانا اليه راجعون... އެދުވަހު ކަށު ނަމާދުކޮށް ވަޅުލާ އެހެދުނީ ނާއީކަން ކުރިން އެނގުނު ނަމަ...! އެތަނުން ނޫން ނަމަ ޞޮފާ އާއި އަދި ޥޮފާގެ ޢާއިލާ އާއިވެސް ބައްދަލުވެ ތައުޒިޔާ ކިޔުނިސް. ﷲ ޞުބްޙާނަޙޫ ޥަޠަޢާލާ އެ މަރުޙޫމަށް ސުވާރުގޭގެ މަތިވެރި ދާއިީ ނިއުމަތް މިންވަރު ކުރައްވަވާށި! އަދި ޢާއިލާއަށް ކެއްތެރިކަން މިންވަރު ކުރައްވަވާށި އެވެ. އަދި ޞޮފާ އާއި މުޅި ތި ޢާއިލާގެ ހިތަމާތަށް ލުއި ކުރައްވަވާށި އެވެ. امين. އެދުވަހު އެކަށު ނަމާދު ކުރެވުނީ ނާއީއަށްކަން މި އެނގުނީވެސް ޞޮފާގެ މިލިޔުން ކިޔާލުމުންނެވެ. އެ ކަމުގައި ޢަމަލީ ގޮތުން ބައިވެރި ވެވުނީތީ އުވާ ކުރާ ޙާލު މާތްﷲ އަށް ޙަމްދު ކުރަމެވެ. الحمد الله
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ނާއީގެ ކަށުނަމާދުގައި ޝާއިރު ބައިވެރިވިކަން އެނގުމުން ސޮފާ ވަރަށް އުފާވެއްޖެ. އެ ދުވަހު އެތަނުގައި ސޮފާގެ އާއިލާއިން މާލޭގައި ތިބިހާ ބަޔަކު ގޮސް ތިބި. ސޮފާވެސް ކަށުނަމާދުގައި ބައިވެރިވިން. ތިބުނިހެން އެ ދުވަހު ދިމާވިނަމަ ވަރަށް ރަނގަޅު. އެކަމަކުވެސް، ނޭނގި ނަމަވެސް ނާއީގެ ކަށުނަމާދުގައި ޝާއިރު އަށް ބައިވެރިވެވުނު ކަމުން ދިމާނުވިނަމަވެސް އެވަނީ ތަޢުޒިޔާ ކީފައި. އެދުވަހު ޝާއިރުގެ ހިތަށް ބައްލަވާވޮޑިގެންވި ރަސްކަލާނގެ މިއަދުވެސް ވޮޑިގެންވޭ. ޝާއިރުގެ ތަޢުޒިޔާ އާއި ހެޔޮ ދުޢާ ވާނީ އެފަރާތުން އައްސަވާފައިކަމާމެދު ޝައްކެއް ނެތް. އެ ދުވަހު ޝާއިރު އާއިސޮފާއާއި ދިމާވިނަމަވެސް ކުޑަމިނުން ސޮފާއަށް އަނގައިން ބުނެލެވޭނެހެންވެސް ހިއެއް ނުވޭ. އެކަމަކުވެސް ކޮންމެވެސް ދުވަހަކުން ޝާއިރު އާއި ދިމާވާނެ ކަމަށްވެސް އުއްމީދުކުރަން. ޝާއިރުގެ ދުޢާތައް އިޖާބަކޮށްދެއްވައި ނާއީގެ މައްޗަށް ރަހްމަތް ލައްވައި އެ ތުއްތު ފުރާނަ ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލަހައްޓަވާށި. އާމީން


http://www.muraasil.com/images/comment_reply.pngPosted on 2011-07-28 12:39:31 | Report this Comment
އާމީން... ބުނާނެ އެއްޗެއްވެސް ނޭނގުން.. :-( ސުރުހީ އާއި "ފަތިސްތަރި" ފެނުންއިރަށް ނާއީ މަތިން ހަނދާންވެފަ ބިރުން ގައިން ހީބިހި ނަގައިގަނެގެން ދިޔައީ.. މާތް ﷲ ނާއީ އަށް ހެޔޮރަހްމަތް ލައްވާށި. ސޮފާ އަށާއި ނާއީގެ އާއިލާއަށް ކެތްތެރިކަން ދެއްވާށި.. އާމީން
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އާމީން..!!!


http://www.muraasil.com/images/comment_reply.pngPosted on 2011-07-28 12:42:57 | Report this Comment
انا لله وانا اليه راجعون... naii ah heyo rahmaii lavvaashi.. ameen
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އާމީން...!!!


http://www.muraasil.com/images/comment_reply.pngPosted on 2011-07-28 13:18:51 | Report this Comment
އާމީން. ނާއީ އަޗް ހެޔޮ ރަޙްމަތް ލައްވާޝި. ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކު. ޞޮފާ އަޗް ތޭންކްސް މިކަހަލަ ލިޔުންކޮޅެއް ރަމަޟާން މަހާއި ދިމާކޮޗް ހިއްސާކޮޗްލީތީ.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އާމީން....


http://www.muraasil.com/images/comment_reply.pngPosted on 2011-07-28 13:55:59 | Report this Comment
މާތްﷲ އެތުއްތު ފުރާނަޔަށް ސުވަރުގޭގެ ދާއިމީ ހިޔާވަހިކަން ދެއްވާށި!އާމީން...ޝާޔާގެ ފެމިލީއިންވެސް ކެންސަރ ބަލީގެ ޝިކާރަޔަކަށް ވެގެން ދައްތަޔަކާއި ކުޑަކޮއްކޮއެއް މި ފަނާވަނިވި ދުނިޔެ ދޫކޮށްވަނީ ގޮސްސަ..:( ސޮފާގެ އާއިލާއަށް ކެތްތެރިކަން ދެއްވާށި...އާމީން...
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އާމީން. ޝާޔާގެ އާއިލާއިން ކެންސަރުބަލީގައި ނިޔާވި ދައްތަޔަށާއި ކުޑަ ކޮއްކޮ، ބަލިމަޑުކަމެއް ހިތާމައެއް ނެތި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލައްވާނދޭވެ. އާމީން. ޝުކުރިއްޔާ ޝާޔާ.


http://www.muraasil.com/images/comment_reply.pngPosted on 2011-07-28 15:29:27 | Report this Comment
انا لله وانا اليه راجعون..ޢާއިލާއަށް ކެތްތެރިކަން ދެއްވާށި..ނާއީ އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި..އާމީން..
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އާމީން


http://www.muraasil.com/images/comment_reply.pngPosted on 2011-07-28 19:00:20 | Report this Comment
ނާއީ އަށް ސުވަރުގޭގެ ހެޔޮ ރަހުމަތް ލައްވާށި،،، އަދި ނާއިގެ އާއިލާ މީހުންނަށް ކެތްތެރިކަން ދެއްވާށި،،، އާމީން،،،
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އާމީން..


http://www.muraasil.com/images/comment_reply.pngPosted on 2011-07-28 21:27:48 | Report this Comment
ނާއީ އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި. އަދި ނާއީ ގެ އާއިލާ އަށް ކެތްތެރިކަން ދެއްވާށި. ނާޒު ގެ ކޮއްކޮއެއްވެސް ލޭގެ ކެންސަރ ޖެހިގެން އުމުރުން 13 އަހަރުގައި 2003 ވަނަ އަހަރު މި ވަގުތީ ދުނިޔެ އާއި އަލްވަދާޢު ކީ. އެއަށްފަހު ކެންސަރު ބަލީގެ ކުއްޖެއްގެ ވާހަކަ އަޑު އިވުނަސް ވަރަށް ދެރަވޭ. އަދިވެސް ކޮއްކޮގެ ހަދާންތައް ހީވަނީ ހަމަ އިއްޔެގެ ހަދާން ތަކެއްހެން. ވަރަށް ދެރަވޭ.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ނާޒުގެ ހިތާމައިގައި ސޮފާއަށް އަމަލީ ގޮތުން ބައިވެރި ނުވެވުނު ނަމަވެސް، އަދި މިއީ އޭގެ އެތައް އަހަރު ފަސް ކަމުގައި ވިޔަސް، ނާޒުގެ ކޮއްކޮގެ އެ ހާލަށް ހިތުގެ އަޑިން ހަމްދަރްދީވަން. އެ ކުއްޖާއަކީ ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ވާނެ ކުއްޖެއް ކަމުގައި ލައްވާށި. އާމީން. ނާޒު ތިބުނިހެން އެ ކޮއްކޮގެ މަތިން ހަގީގަތުގައިވެސް ވަރަށް ހަނދާންވާނެ. ސޮފާއަށްވެސް އަދިވެސް ބައެއްފަހަރު ހީވަނީ ނާއީ އަދިވެސް އެބަވެޔޭ އަހަރެމެންނާއެކު. ވަރަށް ހަނދާންވޭ. ވަރަށް ދެރަވޭ. ނާޒުގެ އާއިލާއަށް ކެތްތެރިކަން ދެއްވައި ހިތާމަތައް ފިއްލަވާނދޭވެ. އާމީން.


http://www.muraasil.com/images/comment_reply.pngPosted on 2011-07-29 09:00:49 | Report this Comment
ވަރަށް ދެރަވެ ރޮވުނު މި ލިޔުންކޮޅު ފެނިފައި........މާތް ﷲ ނާއީގެ ފުރާނައަށްސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވާށި....އަމީން...


http://www.muraasil.com/images/comment_reply.pngPosted on 2011-07-29 17:45:32 | Report this Comment
ވ ވ ވ ވ ވ ވ ވ ވ ވ ދެރަވެއްޖެ މި ޚަބަރު ލިބިފަ....ނާއި މަތިން ވ ހަނދާންވި..އެހެނަސް، ގަބޫލުކުރަންޖެހޭ ހަގީގަތަކީ، ދުނިޔޭގައި ހިނގާ ހުރިހާކަމެއް ހިނގަނީ ﷲގެ ކުޅަނދުންވަންތަކަމާއި ލައިގެން ކަން....އެކަލާނގެ އިރާދަކުރައްވައިގެން މެނުވީ އެއްވެސް ކަމެއް ނުހިނގާނެ... ދުނިޔެއަކީ އިންސާނާ އިމްތިހާނު ކުރައްވާ ތަނެއް....މާތްﷲ ސޮފާއަށާއި ތިޔަ ޢާއިލާއަށް ކެތްތެރިކަން ދެއްވައި އަދި ނާއިއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި..އާމީން!!
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އާމީން....!!! ފާތުން ތިބުނީ ރަނގަޅަށް. ހުރިހާ ކަމެއްގެވެސް ވެރިފަރާތަކީ މާތްﷲ. އެކަލާނގެއީ ނެތުމުގެ ތެރެއިން އުފެއްދެވި ރަސްކަލާނގެ. ކަންތައްތަކުގެ ހަގީގަތާ ސިއްރު ދެނެވޮޑިގެންވާ ހަމަ އެކަނި ފަރާތަކީ އެކަލާނގެ. އަހަރެމެން އިންސާނުންނަކީ މި ދުނިޔެ މަތީގައި ވަގުތީ ދަތުރުވެރިންތަކެއް.


http://www.muraasil.com/images/comment_reply.pngPosted on 2011-07-30 03:34:07 | Report this Comment
ަައަޅަމެން އެންމެންގެ ދުޢާ އިޖާބަކުރައްވާފަންދޭވެ. އާމީން!
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އާމީން....


http://www.muraasil.com/images/comment_reply.pngPosted on 2011-07-30 11:01:54 | Report this Comment
انا لله وانا اليه راجعون. ނާއީ އަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި.އަދި ޢާއިލާއަށް ކެއްތެރިކަން ދެއްވާށި.އާމީން.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ނާއީއަކީ ނިމުމެއް ނުވާ ނިޢުމަތްތަކާއެކު މި އުއްމަތުގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އާއެކު ސުވަރުގޭގައިވާނެ ކުއްޖެއްކަމުގައި ލައްވާފާނދޭވެ. އާމީން.


http://www.muraasil.com/images/comment_reply.pngPosted on 2011-07-31 18:09:51 | Report this Comment
انا لله وانا اليه راجعون.ޔާﷲ ނާއީގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވާދޭވެ.އަދި އެކުޑަކުޑަ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާދޭވެ.


http://www.muraasil.com/images/comment_reply.pngPosted on 2011-07-31 18:39:05 | Report this Comment
إنا لله و إنا إليه راجعون ! ވަރަށް ދެރަވި މި ޚަބަރު ލިބުމުން..އަލް ނާއީ މަތިން ހަނދާންވޭ ވަރަށް ސޮފާ ކުރިން ޝެޔަރ ކުރި ލިއުމަށްފަހު ވަރަށް ގިނައިން.ހަނދާންވާ ކޮންމެފަހަރަކު ސޮފާގެ އެދުމުގެ މަތިން ދުޢާ ކުރިން.ކޮންމެ ކަމެއްގައި އޮންނަ މޮޅު ގޮތް ދެނެވޮޑިގެންވާނީ ﷲ..ﷲ އިރާދަ ކުރައްވާ ކޮންމެ ކަމަކީ އަހަރުމެނަށް މާޔޫސް ކަމެއް އިހުސާސު ވިއެއްކަމަކުވެސް އޭގެ ފަހަތުގައިބަޔާން ކުރަން ނޭގޭ އެތަށް އުފާތަކަކާއި ހެޔޮކަންތައް ތަކެއް ހިމެނިގެންވާ ކަންކަން.އަހަރުމެންގެ މައްޗަށްވަނީ ކެއްތެރިވުމާ ޝުކުރުވެރި ވުމާ އިޚްލާސްތެރި ހެޔޮ ދުޢާތައް ކުރުން..އަޅަމެން އެފަދަ ނުރައްކާތެރި ބަލި ތަކުން ރައްކާތެރި ކުރައްވާ ދުރުކުރައްވާ ފާނދޭވޭ!!ކުޑަ ކުޑަ ތުއްތު ފުރާނައަށް ރަޙްމަތްލައްވާ ސުވަރުގޭގެ އެންމެ މަތީ ދަރަޖައިގަ ތުއްތު ނާއީ ލައްވާ ނާއީގެ ޢާއިލާއަށް ކެއްތެރިކަންދެއްވާ އުފާވެރި ބާއްޖަވެރި ދުވަސްތަކެއް ދައްކަވާފާނދޭވެ!!ހެޔޮ ނިޔަތުގައި ހޭދަކުރި ކޮންމެ އަޚެއް އަދި އުޚްތެއްގެ މުދަލުގައި ބަރަކާތް ލައްވާ އެމުދާ އިތުރުކުރައްވާ ﷲ އަށް ޙަމްދުކޮށް ޝުކުރުވެރިވާ ޙާލު ދުނިޔޭގައި އުޅުމުގެ ހެޔޮތައުފީޤް އެންމެހާ އަޚުންނާއި އުޚްތުންނަށް ދެއްވާނދޭވެ.ތުއްތުކުއްޖާއަށްޓަކައި ހެޔޮ ދުޢާކޮށް ހޭދަކުރި އެންމެންގެ މައްޗަށް ﷲ ބަރަކާތް ލައްވާ،ހެޔޮދަރުމަ ދެއްވާ މި ނުރައްކާތެރި ބައްޔާއި،އެނޫންވެސް ބަލިމަޑުކަމުން އަޅަމެން އެންމެންރައްކާތެރި ކޮށްދެއްވާ ސަލާމަތް ކޮށްދެއްވާ ފާނދޭވެ!އާމީން!ޔާރައްބަލް ޢާލަމީން!ربنا إننا ظلمنا أنفسنا وتب علينا إنك أنت التواب الرحيم ! اللهم صل على محمد وعلى آله و أصحابه أجمعين والحمد لله رب العالمين !آمين .
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އާމީން...............ވަރަށް އުފާކޮށްފިން ތިކޮށްދިން ހެޔޮ ދުޢާތަކަށް.


http://www.muraasil.com/images/comment_reply.pngPosted on 2011-10-25 11:09:26 | Report this Comment
إنا لله و إنا إليه راجعونޥަރަށްވެސް ދެރަވެއްޖެ.......މިހުރިހާ ކަމެއްވެގެން ދިޔައިރުވެސް ޝަޒް އަށް މި އިނގުނީ މާފަހުން.........ވަރަށް ބޮޑަށް ސޮރީ ސޮފް........މާ ބޮޑަށްވެސް ލަސްވެއްޖެ.......... އެކަމްވެސް ޝަޒްގެ ދުޢާ އަކީ ނާއީގެ ކުޑަ ކުޑަ ފުރާނަޔަށް މާތްﷲ ހެޔޮރަޙްމަތް ލައްވާ އެ ފުރާނަ އަބަދުގެ އަބަދަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން........

0 comments:

Post a Comment