"އުނހުނ.........އަދި ބުނަން......ނަވީން
ބޭނުން ޖަވާބެއް ނަވީނަށް ދެވޭނެ އިނގޭ. ނޫނެކޭ ބުންޏަސް އާނއެކޭ ބުންޏަސް....ހަމަ
ހިތްހެޔޮ. މިއީ ނަވީންގެ އަމިއްލަ ދިރިއުޅުމާމެދު ކުރެވޭ ސުވާލެއް. ނަވީންއަށް
ފެންނަ ޖަވާބެއް ދޭނީ." ޚާލިދު އަށް ހަނދާންނެތި ނުބުނެވި އޮތް ތަންކޮޅެއް
އިތުރުކޮށްލިއެވެ.
މުޅިންމެ ބޭޒާރުވެއްޖެއޭ ހަމަ އެކަނި ނަވީންގެ ހިތަށް އެރީކީ ނޫނެވެ. މޫނުމަތީގެ ކުލަވަރާއި ނަވީން އެތާ އިންގޮތުންވެސް އެކަން ހާމަ ވެއެވެ. ނަވީންގެ މޫނުމަތިން ފެންނަން ހުރި ހިނިތުންވުމުންވެސް ނަވީން އެއިނީ

ހިތްފުރިގެން ބަންޑުންދާތީ
އޮބަހައްޓައިގެންކަން އެނގެއެވެ. ރުހޭތޯ ނޫންތޯ އެހުމުގެ ބޭނުމެއްވެސް ނެތެވެ.
ނަވީން އެއިނީ ލޮލުން ބޮލުން، ޖާނާ ފުރާނައިން ރުހިގެންނެވެ. ޚާލިދަށްވެސް އެކަން
ނޭނގެނީކީ ނޫނެވެ.
"އަދިވެސް ބުނަން......ނަވީނަށް ނޭނގޭ އެތަކެއް ހަގީގަތްތަކެއް އިނާގެ އެބަހުރި.....ނަވީން ޖަވާބެއް ދިނުމުގެ ކުރިން އިނާ އަކީ އަސްލު ކާކުކަންވެސް ނަވީނަށް އެނގުން މުހިއްމުހެން ހީވަނީ....." ނަވީންގެ މޫނުމަތިން ޚާލިދުއަށް އޭނަގެ ސުވާލު ޖަވާބު ލިބިއްޖެއެވެ. އެކަމަކުވެސް، ދުލުން އެއްޗެއް ބުނުމުގެ ކުރިން ނަވީނަށް ހަގީގަތް ހާމަކޮށްދޭން ޚާލިދު ވިސްނިއެވެ.
ނަވީންގެ ހިތް އެދެމުން ދިޔައީ ޚާލިދު އިތުރު ވާހަކަ ނުދެއްކުމަށެވެ. މިހާރު އޭނައަށް ކުރެވިފަ އެއިން އިހްސާސާއެކު އޭނަބޭނުންވަނީ އިނާއާއި ބައްދަލު ވުމަށް ދާށެވެ. ޚާލިދު އެތާގައި ނެތްނަމަ މިހާރުވެސް އިނާ ދެކެން އޭނަ ހިނގައްޖައީހެވެ. ލޯބިންގޮސް އިނާ އުރާލަން ބޭނުން ވިއެވެ. އުފަލުން ހީނހީނފަ ލޯބިން ސަމާސާ ކުރަން ހިތް އެދެނީ ވަރަށް ބޮޑަށެވެ.
އެކަމަކު އެހާ ފަސޭހައިން ޚާލިދު އޭނަ ދޫކޮށްލާ ކަހަލަ ޚިޔާލެއް ނުކުރޭ ކަންނޭނގެއެވެ. އަދިވެސް އެ ބުނަނީ އިނާގެ ހަގީގަތުގެ ވާހަކައެވެ. ކޮން ހަގީގަތެއް ހެއްޔެވެ. އޭނައަށް އިނާ މިހާރު އެނގޭވަރަށްވުރެ ބޮޑަށް އެނގޭކަށް ބޭނުމެއް ނޫނެވެ. މުހިއްމެއް ނޫނެވެ. އިނާ އަކީ އިންސާނެއް ނޫނޭ ބުންޏަސް އޭނައަށް ފަރަގެއް ނާންނާނެއެވެ. އޭނަ ބޭނުންވަނީ އިނާ ދެކެން ދާށެވެ. އެތަކެއް ދުވަސްވަންދެން އެ މޫނުމަތިން ފެންނަމުންދާ އުދާހުގެ ކުލަވަރު ފޮހެވިގެން ދާފަދައިން އެ މޫނުގައި ލޯބިކޮށްލަން ދާށެވެ.
"ނަވީނަށް އެނގޭތަ އިނާގެ އަސްލު މަންމަ އާއި ބައްޕައަކީ އަހަރެމެންނޫންކަން؟" ނަވީންގެ ހިތުގެ ހާލު ނޭނގިއިނދެ ޚާލިދު މި އަހާލި ސުވާލުން ނަވީންގެ ނިތަށް ރޫ އަރާ ދެބުމަ އުފުލިގެން ދިޔައެވެ. އެއީ އޭނައަށް ހީއަކަށްވެސް އެނގިފައި އޮތް ކަމެއް ނޫނެވެ.
އިރުކޮޅެއްވެގެން ދިޔައީ އެތަނުގައި އޮތް ހަމަހިމޭން ކަމެއްގައެވެ.
"ޚާލިދުގެ ދައްތަތަ ؟" ނަވީންގެ ހިތުގައި އޮތް އެއްޗެއް އެހާ ފަސޭހައިން ދުލުން ހާމައެއްވެސް ނުކުރެވުނެވެ. އަހާލަން ހަމަ ނުކެރުނީއެވެ. އެ އާއިލާގެ ލަދު ވާހަކައަކަށް އެ ވާހަކަ ވެދާނެތީ، ޚާލިދުގެ ދައްތައަށް ކުޑައިމީސްބަހެއް ބުނެވިދާނެތީއެވެ.
"ވަރަށް ގިނަ މީހުން ތިހެން ހީކުރި. އެކަމަކު ދައްތައަކާވެސް....އަދި އަހަރެމެން އެކަކާވެސް އިނާއާއި ލޭގެ ގުޅުމެއް ނެތް." ޚާލިދު ވަރަށް ސާފުބަހުން ބުންޏެވެ. އެކަކާވެސް ލޭގެ ގުޅުމެއް ނެތޭ ބުނުމުން، އިނާ އަކީ އެ އާއިލާއަށް ހަޑިނަމެއް ގެނެސްދިން އަންހެންކުއްޖެއް ނޫންކަން ނަވީނަށް ގަބޫލު ކުރެވުނެވެ.
"ދެން ކާކުގެ...........؟" ނަވީން އެހުނެވެ. ހައިރާން ވެފައެވެ.
"އަހަރެންގެ ދައްތަ ކައިވެނި ކޮށްގެން ދިޔަތާ ވަރަށް ކުރީކޮޅުގަ....އެގެއަށް މީހަކު ދިޔަ.....މުސްކުޅި ފަގީރު އަންހެނެއް. އެމީހާ އެދުނީ އެމީހާގެ ހުރި ހަމައެކަނި މާމަ ދަރި ދައްތަ ކައިރީގައި ބަހައްޓަން. އުޖޫރައެއްވެސް ބަދަލެއްވެސް ނޭދޭ. އެދުނީ ކިޔަވައިދީ މޮޅުކުއްޖަކަށް އެ ކުއްޖާ ހެދުމަށް. ބަލާ އަންނަންދެން ބެހެއްޓުމަށް އެދުނީ.
އަހަރެން ދައްތައަކީ ކޮން ކަހަލަ މީހެއްކަން ނަވީނަށް ނޭނގިދާނެ. އެކަމަކު ދައްތައަކީ ވަރަށް އާދަޔާ ޚިލާފު ތަނަވަސް ހިތެއް އޮންނަ މީހެއް. އެއްވެސް މީހަކު ދެކެ ނަފްރަތު ނުކުރާ، ކޮންމެ މީހަކަށްވެސް އެހީވާ މީހެއް. ދައްތަ ޞަފޫރާ ބެހެއްޓި. ސްކޫލަކަށްވެސް ވެއްދި. ފަހަން ދަސްކޮށްދިން. ކައްކަން ދަސްކޮށްދިން. ގޭގައި ގެންގުޅޭ ކުއްޖެއް ގޮތަކަށް ނޫން ގެންގުޅުނީ. ދައްތައަށްވުރެ އެންމެ 6 އަހަރު ހަގު ވީމަވެސް، ކޮއްކޮއެއް ގޮތަށް ގެންގުޅުނީ. ދައްތައާއިލާގަ ބާކީ ހުރިހާވެސް މީހަކީ އަހަރެން. އެހެންވެ ސޮފޫރާ އައިފަހުން ދައްތަ އުޅުނީ ވަރަށް ހިތްހަމަޖެހިގެން އުފަލުގަ. އަންހެންކުއްޖެއްވީމަ ކަމަށްވެސް ވެދާނެ. ދައްތަ ގެ ހެދިއިރުވެސް ޞަފޫރާއަށް ވަކި ފްލޯރއެއް ކަނޑައެޅި. ޞަފޫރާ ނުހިމެނޭ ގޮތަކަށް އެގޭ އެއްކަމެއްވެސް ނުހިނގާނެ. ޅިޔަންބެވެސް ޞަފޫރާއަށް ކަންތައް ކުރަމުން އައީ ދައްތަގެ ކޮއްކޮއެއް ގޮތަށް ދެކިގެން.
ދައްތަގެ ސުހައިލް އާއި ސޯނިޔާ އާއި ދެމެދުގައިވެސް ހުންނާނީ ދޮޅުއަހަރުގެ ތަފާތު....ސޯނިޔާ އާއި އިނާއާއި ދެމެދުގައި ހުންނާނީ އެއް އަހަރާ ނުވަ މަހުގެ ތަފާތު....." މިހިސާބަށް ވާހަކަ ގެންގޮސްފައި ޚާލިދު ހުއްޓާލިއެވެ.
ނަވީން ހައިރާންވިއެވެ. އެހެންވީމަ އިނާ އަކީ ކާކުގެ ކުއްޖެއް ހެއްޔެވެ؟
"ސޮފޫރާ އޭރު ބަހައްޓާފައި ހުރީ ލަންކާގައި ކިޔަވަން. މޮޅުމީހަކަށް ހަދަން ދައްތަ ސޮފޫރާ ބެހެއްޓީ ލަންކާގަ. އެކަމަކު ސޯނިޔާއަށް އެއް އަހަރުވިތާ މާގިނަދުވަހެއް ނުކޮށް ދައްތަމެން ދެކޭހިތުންނޭ ކިޔާފަ ސޮފޫރާ ރޯވަރުން މާލެ ގެނައީ. އެއީ އަހަރެންވެސް ޕާކިސްތާނުގައި ހުރެފައި ޗުއްޓީއެއްގައި އަދި ދުވަސްކޮޅު. އަހަރެން އައިއިރުވެސް ސޮފޫރާ ހުންނަތާ ދެހަފްތާވެއްޖެ. އެކަމަކުވެސް ދައްތައަކަށް ނޭނގެ. އެނގުނީ ދުވަސްކޮޅެއްފަހުން. އޭރު ސޮފޫރާ އިނީ ބަލިވެ......." ޚާލިދުގެ މޫނުން ނާއުއްމީދު ފާޅުވިއެވެ.
އެހެންވީމަ އިނާގެ މަންމަ އަކީ ސޮފޫރާތާއެވެ. އެކަމަކު ސޮފޫރާ ކައިވެނި ކުރީ ކާކާހެއްޔެވެ.؟
އަޑުއަހަން އިން ނަވީންގެ ހިތުގައި ސުވާލާއި ޖަވާބު އަމިއްލަ އަމިއްލައަށް އުފެދެމުން ދިޔައެވެ.
"ސޮފޫރާ ލަންކާއަށް ދިޔައީއްސުރެ އުޅުނީ އެމީހަކާ ރައްޓެހިވެގެން. އެކަމަކު އެކަން އޮތީ އަހަރެމެންނަށް ސިއްރުކޮށްފައި. އިތުބާރު ހުރި ބައެއްކައިރީ ބަހައްޓާފައިވެސް ހުރީ. އެކަމަކުވެސް.....އެނގުނުއިރު އެމީހަކު އެގައުމުންވެސް ގޮއްސި. ވިހަންވަންދެންވެސް އަހަރެމެން ބެލިން އެމްބަސީތަކާ ގުޅައިގެންވެސް އެމީހަކު ހޯދޭތޯ...." ފިކުރުބޮޑުވެފައި އިނދެގެން، މީގެ އެތަކެއް އަހަރު ކުރީގެ މާޒީ ނަގައި ތިލަ ކުރަމުން ޚާލިދު ދިޔައެވެ. އެ ދުވަސްތަކުގެ ހަނދާން ކުރަމުންނެވެ.
ސޮފޫރާ ވިހަންވަންދެންވެސް އޭ ބުނި ތަންކޮޅު ނަވީންގެ ސިކުނޑީގައި ހަރުލިއެވެ. އޭނައަށް މި ހީވީ ރަނގަޅަށްބާވައެވެ. އެހާތަނަށްވެސް އިނާގެ ބައްޕަ ނުހޯދެންޏާ އެ ދެމެދުގައި ކައިވެނީގެ ގުޅުމެއްވެސް ނުހިނގަނީތާއެވެ. މާނައަކީ ކޮބާހެއްޔެވެ؟
ދައްކަމުންދާ ވާހަކައިގެ ބާވަތުން އިތުރު ސުވާލުތައް ކުރަން ނަވީން އިނީ ނުކުޅެދިފައި ކަމުގައިވިޔަސް، ހިތާއި ސިކުނޑި އަރާރުންވަމުން ދިޔައެވެ.
"ކަންތައް ދިމާވީ ވަރަށްވެސް ދެރަކޮށް. ސޮފޫރާ ވަރަށް ބަލިވެގެން ސިޒޭރިއަންހަދާފަ އިނާ ނެގީވެސް. އިނާއަށް މަންމަ އާއި ބައްޕަވެސް ގެއްލުނީ އެކުއެކީ" ހުއްޓަމުންވިޔަސް ޚާލިދު ފުރިހަމަ ކުރިއެވެ. އަންހެނަކު ދެއްކި ވާހަކައެއްނަމަ ހިތާމައިގެ އެތައް އާހަކާއެކު ދައްކާނެހާ ހިތާމަވެރި ވާހަކައެއް ވަރަށް ކުރު ގޮތަކުން ޚާލިދު ނިންމާލިއެވެ.
"އިނާ ބައްޕައަށް ކިހިނެއްވީ ؟" ނަވީންގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ. ދެންމެއަކު ޚާލިދު ބުނީ ވިހަންވަންދެންވެސް އިނާގެ ބައްޕަ ހޯދުމުގެ މަސައްކަތް ކުރި ވާހަކައެވެ. މިހާރު އެބުނީ ދެމީހުންވެސް އިނާއަށް ގެއްލުނީ އެކުއެކީގައި ކަމަށެވެ.
"މާބޮޑުކަމެއް ނުވޭ. އެކަހަލަ ކޮންމެ މީހަކުވެސް ހަދާނެ ގޮތަށް އެމީހާވެސް ހެދީ. އޭނަ ހޯދިން އަހަރެމެން. އިނާ ގޮވައިގެން އެރަށަށް އަދި އެގެއަށް ގޮސް އާދޭސްކުރިން އަހަރެމެން. ދައްތަ އާއި ބޭބެވެސް. އެކަމަކު އޭނަވެސް އަދި އެ އާއިލާ މީހަކުވެސް ގަބޫލެއް ނުކުރި އިނާ އަކީ އެމީހާގެ ދަރިއެއް ކަމަކަށް.
ސަރުކާރުގެ އެހީވެސް އެކަމަށް ހޯދިން. އެކަމަކު އިނާއަށް ފަސް އަހަރުވަންދެން ކުރި މަސައްކަތް ޖެހުނީ ނާއުއްމީދުވެގެން ހުއްޓާލަން. އޮތްހާވެސް އެއްޗަކީ ސޮފޫރާ އާއި އެމީހަކާއެކު ނަގާފައިވާ ހަމަ އެންމެ ފޮޓޯގަނޑެއް. އެ ނޫނީ އެ ކުއްޖާއަށް އެ ކުއްޖާގެ މައިންބަފައިން ފެންނާނެ އެހެން އެއްވެސް ގޮތެއް ނެތް މިހާރަކު. އެކަމަކު އެ އާއިލާ މީހުން ފެނިފަ އިނާ ފެނުނު ކޮންމެ މީހަކަށްވެސް އޮޅުމެއް ނެތި އެނގޭނެ އިނާ އަކީ އެގޭ ކުއްޖެއްކަން. އަދި އެ ހައިދަރު އަކީ އިނާގެ ބައްޕަކަންވެސް." ފުން ނޭވާއަކާއެކު ޚާލިދު ވާހަކަ ނިންމާލިއެވެ. އެކަމާ އެމީހުން އުޅުނީ މީގެ އެތަކެއް އަހަރުތަކެއް ކުރިން ކަމަށްވިޔަސް، އެ ވާހަކަ ދައްކަން ފެށުމުން އެކަމުގެ އުނދަގޫ ޚާލިދަށް ވާކަން ނަވީނަށް ފެނުނެވެ. އެވަގުތު އެ ވާހަކައިގެ ތެރެއިން އެހެން ވޭނެއްގެ ކުލަވަރުވެސް ޚާލިދުގެ މޫނުން ނަވީނަށް ފެނުނެވެ. ސޮފޫރާ އަކީ ޚާލިދުއަށް "ޚާއްޞަ" އަންހެންކުއްޖެކޭ ހީވާފަދަ ކުލަވަރެކެވެ.
ހަގީގަތަކީވެސް އެއީއެވެ. ސޮފޫރާ އަކީ ޚާލިދުގެ ހިތް އެފަދަ ގޮތަކަށް އަންހެންކުއްޖަކަށް އެދުނު ފުރަތަމަ އަންހެންކުއްޖާއެވެ. އެކަމަކުވެސް އެއީ ދާއިމަށް ވަންހަނާ ކޮށްފައިވާ ސިއްރެކެވެ.
"އެއީ ކޮން ރަށެއް....؟" ނަވީން އަހާލިއެވެ.
"ތިބުނީ އިނާގެ ބައްޕަ ދޯ؟...........އެއީ ދިވެއްސެއް ނޫން. އީރާނު ވިޔަފާރިވެރިއެއް އެއީ." ވަރަށް އާދައިގެ ގޮތަކަށް ޚާލިދު ބުނެލިއެވެ. ނަވީންގެ ހައިރާންކަން އިރެއް އިރަކަށް ދަނީ އިތުރު ވަމުންނެވެ.
އިތުރު އެއްޗެއް ބުނެދާނެކަމަށް ނަވީނަށް ހީކުރެވުނު ކަމުގައިވިޔަސް އެކަމާއިބެހޭ ގޮތުން ޚާލިދު އިތުރު އެއްޗެއް ނުވެސް ބުންޏެވެ.
"މި ހުރިހާ ވާހަކައެއް ކިޔައިމިދިނީ ނަވީނަށްވެސް ހަގީގަތް އަންގަންވެގެން. ޒިޔާދުވެސް އިނާގެ ކައިވެންޏަށް އެދިގެން އައި ދުވަހު މި ހުރިހާ ވާހަކައެއް ކިޔައިދިނިން. އެދުވަހު ޒިޔާދުވެސް ލޮލާ ބޮލުން ރުހި ގަބޫލުވި. އެކަމަކު މާލެއިން ފުރިރޭ އިނާ އާއި ދިމާލަށް އޭނަ ބުނީ ކީކޭ.....ކައިވެނި ނުކުރެވޭނެޔޭ އިނާގެ ބައްޕަ ކަށަވަރު ނުވާތީ. ވާހަކައަކީ ރަނގަޅު ވާހަކައެއް. ކޮންމެ މީހަކު ބުންޏަސް ބުނާނީވެސް އެހެން. އެކަމަކު ޒިޔާދު އުޅުނު ވިޔާނުދާ އުޅުން ފޮރުވަން އިނާއާއި ދިމާލަށް އެ ވާހަކަ ގޮވާލީމަ މައްސަލައަކީ. ދެރައީ އެ ވާހަކަ އެރެއިން އެރެއަށް އިނާ ނުބުނީތީ. މީގެ ދެތިން ރެއެއްކުރިން އިނާ އެ ވާހަކަ ޝީލާ ކައިރީ ބުނީވެސް....." ޚާލިދުގެ މޫނުމަތިން ފެންނަމުން ދިޔައީ ޒިޔާދު ދެކެ ޚާލިދުއަށް އާދެވުނު ރުޅިއެވެ. ނަމަވެސް ހަމަ ދެވަނަ ސިކުންތުކޮޅުގައި ފުން ނޭވާއެއް ލާފައި އެ ރުޅި ހަނދާންނައްތާލަން މަސައްކަތް ކުރިއެވެ.
"އެހެންވީމަ.........ނަވީން ވިސްނާ.............އިނާގެ މައިންބަފައިން ކުރި ކުށެއް އިނާގެ ބޮލަކު ނޭޅޭނެ. އެމީހަކު ކުރި ފާފައެއް އެމީހަކަށް އޮންނާނީ. މި ހުރިހާ ވާހަކައަކަށް ވިސްނާފަ.........ފުރަތަމަ ދުވަހެކޭ އެއްގޮތަށް ނަވީންގެ ހިތް އިނާއާއި ދޭތެރޭ ބަދަލު ނުވާނަމަ......އިނާއަށް އުފާވެރިކަން ހޯދައިދެވޭނެ މީހެއް ނަވީނަކީ." ޚާލިދު ޔަގީންކަން ދިނެވެ.
ނަވީން ހަމަ އެއްޗެއް ނުބުނެ އިނީއެވެ. އެ ހުރިހާ ވާހަކައެއް އެ ދެއްކީ އިނާގެ ބައްޕަގެ ހައިސިއްޔަތުން އައިސް އިން މީހަކަށް ވާތީ، ނަވީން ކުރަން ބޭނުންވާ ސުވާލެއްވެސް އަދި ހިތަށް އަރާ އެއްޗެއްވެސް ބުނަން ނަވީނަށް އުނދަގުލެވެ.
"މިރޭ މިއަށް ޖަވާބު ދޭކަށް މުހިއްމެއް ނޫން. ނަވީނަށް ވިސްނާލަން ވަގުތު ދީފަ ގޮސްލާނަން." ޚާލިދު ދައްކަން އައި ވާހަކަ ދައްކައި ނިމުމާއެކު ނަވީންގެ ގެއިން ނުކުންނަން ޚާލިދު ހިނގައިގަތެވެ.
ނަވީންވެސް ޚާލިދު ހުއްޓުވާކަށް ނޫޅެއެވެ. ޚާލިދުއާއި ދާދި އެކުއެކީގައި ދޮރާށި ކައިރިއަށް ނުކުތެވެ. އެއް އުމުރެއްގެ ދެ ރަހްމަތްތެރިން ފަދައިން ވާހަކަ ދައްކާ ދެ ރައްޓެހިން، މިރޭ ވަކިވެގެން ދާން ޖެހުނީ ބީރައްޓެހި ކަމާއެކުގައެވެ. ޚާލިދު ދެއްކި ވާހަކައިގެ ބާވަތުންނެވެ.
** ** ** ** ** ** ** **
ޚާލިދު ދިޔަފަހުން އެތައް އިރެއް ވެގެން ދިޔައިރުވެސް ނަވީން އިނީ ސިޓިންގރޫމް ގޮނޑީގައެވެ. ޓީވީ ހުޅުވައިގެން ބަލަން އިންއިރު އިނާ އާއި ބެހޭ ގޮތުން ޚާލިދު ދައްކާފައި ދިޔަ ވާހަކަތަކާއި ދޭތެރޭ ވިސްނަމުން ދިޔައެވެ.
އިނާގެ މޫނުމަތިން އެ ފެންނަ "ފުންމިން ނޭނގޭ ސިއްރުވެރި " ގޮތުގެ އަސްލަކީ އިނާގެ އަމިއްލަ ހަޔާތާއި ދޭތެރޭ އިނާ ދެކޭ ގޮތުގެ ޚުލާޞާއެކެވެ. އަބަދުވެސް އެ ހުންނަ ހަމަހިމޭންކަމާއި ބަސްމަދު ކަމަކީ އުމުރު ދުވަހު އެގޮތަށް އުޅުމުގެ ސަބަބުން ހަރުލާފައިވާ ގޮތްތަކެކެވެ. އަނެއްކާ އިނާ އޭނަގެ އަމިއްލަ ނަފްސުގެ އަގެއް ނެތޭ ހީކުރަނީ ހެއްޔެވެ؟ މަޑުމޮޅި ނަޒަރެއް އަބަދު އެ ލޮލުގައި ހުންނަނީ އެހެންވީމަތާއެވެ.
އެކަމަކު އިނާއަކީ ކިހާ ނަސީބުގަދަ އަންހެންކުއްޖެއް ހެއްޔެވެ؟ ލޭގެ ގޮތުން އެއްވެސް ގުޅުމެއް ނެތް ކަމުގައިވިޔަސް، އުފަން މަންމަ އާއި ބައްޕައަށްވުރެވެސް ރަނގަޅު ދެމަފިރިއަކުގެ ފަރާތުން މައިންބަފައިންގެ ލޯބި ލިބުމަކީ ކިހާ ބޮޑު ނަސީބެއްހެއްޔެވެ؟ އޭގެ އިތުރަށްވެސް އިނާ އަކީ މާތްކަލާނގެ ކިހާ ނިޢުމަތްތަކެއް ދެއްވާފައިވާ އަންހެން ކުއްޖެއްހެއްޔެވެ؟ ފުރަތަމަ ފެނުނު ދުވަހުވެސް އިނާގެ އެ ރީތި ކަމަކީ އާދަޔާ ޚިލާފު ރީތިކަމެކޭ އޭނައަށް ހީވި ސަބަބު އަދި ކިރިޔާ މި އެނގުނީތާއެވެ. އެއީ ދިވެހި ކުލައެއްވެސް ނޫނެވެ. އަދި ދިވެހި ސިފަތަކެއްވެސް ނޫނެވެ. އިނާއަށް ލިބިފައި އެވަނީ އިނާގެ ބައްޕަ ފަރާތުން އީރާނުގެ ރީތި އަންހެނުންގެ ސިފަތައްކަން ޔަގީނެވެ.
ވަކި މިވެނި ސިފައެއް ނޫނެވެ. އިސްކޮޅާއި ރޫފައެވެ. މޫނުގެ އާދަޔާ ޚިލާފު ރީތި ބަށްޓަމާއި އެހާމެ ރީތި ފުރިހަމަ ބުމައެވެ. އެ ދިގު އެސްފިޔަ ތަކަކީ އެ އައިބެއް ނެތް ފުރިހަމަ ލޯ މީހުންނަށް ފޮރުވައިދިނުމަށްޓަކައި ލައްވާފައިވާ ހިޔަލެއްފަދައެވެ. އެއީ ދިވެހި ސިފަތަކެއް ނޫނެވެ.
އެ ހިނިތުންވުމަކީ އިނާގެ ފަރާތުން ވަރަށް މަދުން ފެންނަ ކަމަކަށްވިޔަސް، އިނާގެ ހިނިތުންވުމަކީ އެ ހިނިތުންވުމާއެކު އިނާގެ ލޮލުގެ ވިދުން ގަދަވެގެންދާތަން ފެނުނު މީހަކަށް އެހެން ދިމާލަކަށް ނަޒަރު އަނބުރާނުލެވޭހާ ސިހުރުވެރި ސިފައެކެވެ.
އިނާ ނުފެނި އިނދެވެސް ނަވީންއަށް އިނާގެ ވަކިވަކި ސިފަތަކާދޭތެރޭ ވިސްނެމުން ދިޔައެވެ. ނުފެންނަތާ ކިތަންމެ ދުވަހެއްވިޔަސް ނަވީނަށް އިނާގެ އެއްވެސް ސިފައެއް ހަނދާން ނައްތައެއް ނުލެވެއެވެ. ތަފްޞީލާއެކު އޭނައަށް މިވަގުތުވެސް އިނާ ފެންނަ ފަދައެވެ.
މާތްކަލާނގެ ފުރިހަމަ ރޭއްވެވުން ނިކަން ދެކެބަލާށެވެ. އަހަންނާ ދިމާވިއިރު ކައިވެންޏެއް ހަމަޖެހިފައި އިން އަންހެންކުއްޖަކުގެ ހަޔާތް އެގޮތް މިގޮތަށް އެނބުރެމުން، އެތައް ހާދިސާތަކެއް ދިމާވުމަށްފަހު އެންމެފަހުން އަހަރެންގެ ކިބައިން އެ އަންހެންކުއްޖާގެ ކައިވެންޏަށް އެދި އައުމަށް މެދުވެރި އެކުރެއްވީ އެ އާއިލާގެ ބައްޕައެވެ. އެވެސް މި އަތޮޅަށް ދުވަހަކުވެސް އެނބުރި ނައަންނަގޮތަށް ދާން ހަތަރުދުވަހަށް ވެފައި ވަނިކޮށެވެ.
އޭނައަށް އޭނަގެ އިނާ ލިބުނީއެވެ. އުމުރަށް ލިބުނީއެވެ. އިނާގެ ހަގީގަތަކީ ކޮންމެ ހަގީގަތަކަށްވިޔަސް އޭނަގެ މައްސަލައެއް ނެތެވެ. އޭނައަށް ލޯބިވެވުނީ އިނާ ދެކެއެވެ. އިނާގެ އެބުނާ ހަގީގަތަކާ ނޫނެވެ. އެއިން އެއްވެސް ކަމެއް ނޭނގި އޭނައަށް ލޯބިވެވުނީ ހަމަ އެކަނި ފެންނަ ސިފައާއި އިނާގެ އެ މިޒާޖު ދެކެއެވެ. ކަމެއް އެނގުމަކުން ނުވަތަ ނޭނގުމަކުން އޭނައަކަށް އެކަމަކުން ބަދަލެއް ނާންނާނެއެވެ.
ފަޚުރުވެރިގޮތަކަށް ނަވީނަށް ހިނިތުންވެލެވުނެވެ. އޭނައަކީ ނަސީބުވެރިއެކޭ އަމިއްލަ ހިތުން ނިންމުނެވެ.
ގޮނޑީގައި ހަމަޖެހިލާފައި އަތުކުރީއޮތް ގަޑިބަލާލިއެވެ. ރޭގަނޑުން އެގާރަވެސް ޖަހައިފިއެވެ. މާ ލަސްވެއްޖެއެވެ. ދެނެއް އިނާއާއި ބައްދަލުކުރާކަށްވެސް ނުދެވޭނެއެވެ. ކިހާ ދެރަހެއްޔެވެ؟
އެކަމަކު އޭނައަށް މި އުފާ ހިތުގައި ބަހައްޓައިގެން މިރެއަކު ނުނިދޭނެއެވެ.
ކާރުގެ ތަޅުދަނޑި ނަގައިގެން ސިޓިންރޫމް ތަޅުލާފައި ގޮސް ގެއިން ނުކުމެއްޖެއެވެ.

********(ނުނިމޭ)********
މުރާސިލް ހޯމްޕޭޖް އަށާއި
ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ
އެވެ.
ވވ.ވ.ވ.ވ.ވ.ވ.ވ.ވ.ވ..ވ.ވ.ވ.ވ.ވ.ވ.ވ.ވ.ވ. ރީތި.
ވަހަކަ ވަރަސް ރީތި. އަނެއްބަޔަށް އިންތިޒާރުކުރަން.އަނެއްކާ
ކާރުގައި ނަވީން ދަނިކޮށް ދެރައެއް ނުދެއްޗޭ.އެ ޒިޔާދުގެ ވަގު ލޯބިވެރިޔަގެ
ކަންކަން ނިކަން ފަޅާ އަރުވާލަބަލަ.
wow..so lovely..varah rythi
ދެން ސޮފްޓޭ//////////////////////// ހަމަ އެއްކަލަ ގޮތަށް
ނުބައި ހިސާބަކަށް ވާހަކަ ހުއްޓާލަ މިހާރު ގޭގަ ތިއޮންނަނީ ހިނިއައިސްފަ
ރީތި
"ނަވީންގެ ހިތް އެދެމުން ދިޔައީ ޚާލިދު އިތުރު
ވާހަކަ ނުދެއްކުމަށެވެ. މިހާރު އޭނައަށް ކުރެވިފަ އެއިން އިހްސާސާއެކު
އޭނަބޭނުންވަނީ އިނާއާއި ބައްދަލު ވުމަށް ދާށެވެ. ޚާލިދު އެތާގައި ނެތްނަމަ
މިހާރުވެސް އިނާ ދެކެން އޭނަ ހިނގައްޖައީހެވެ. ލޯބިންގޮސް އިނާ އުރާލަން ބޭނުން
ވިއެވެ. އުފަލުން ހީނހީނފަ ލޯބިން ސަމާސާ ކުރަން ހިތް އެދެނީ ވަރަށް
ބޮޑަށެވެ." ވަރަށް ރީތި އިނގޭ. ނަވީން ކައިރީ ބުނެލަން ބޭނުން. ބަލައިގެން
ދުއްވާށޭ. އެހެން ނޫނީ އިނާއާ ބައްދަލު ނުވެ އެހެން ތާކަށް ދާން ޖެހިދާނޭ.
ވަރަށް ފައްކާ އިނގޭ!!މިހާރު ދެން ހިނިތުންވުން ނުފޮރުވޭ
މިވާހަކަ ކިޔަން އިންނައިރު..
އަޅެ ނަވީން އަށް ދެރަގޮތެއްނެހަދައްޗޭ...... ދެން
ކުރަންވީކަމަކީ ނަޝް ބުނިހެން އެ ޒިޔާދު އާ ލީނާ ގެ ކަންތައް ފަޅާއަރުވާލަން
ވީ.............. އޭރުން ވ މަޖާ ވާނެ............ ދޯ....
varah reethi mi baiii.. so
haapy to knw dat navyn gt inaa.. heheh.. eves adhi dhaan vefa ohvva.. nice
story girl
އަޅެ ނަވީން އެކްސިޑޭންޓެއް ނުކުރާތި... ހާދަ ދުވަހެއްގެ
އިންތިޒާރެކޭ... ޕްލީސް އެއްވެސް ކުށެއްނެތް އިނާއަށް ދެރަގޮތެއް ނުހަދާތި!!!!!
ވ.ވ.ވ.ވ.ވ.ވ.ވ.ވ.ވ.ވ.ވ.ވ.ވ.ވ.ވ.ވ.ވ.ވ.ވ.ވ.ވ.ވ.ވ.ވ.ވ..ވ.ވވ.ވ.ވ.ވ.ވ.ވ.ވ.ވ.ވ
ސަޅި... ނޭގެ ދެން ބުނާނެ އެއްޗެއްވެސް.. ވ.ރީތި.. :)
vara nice mi baii ves...
ހޭ
ސޮފް..... ވަރަށްވެސް ސަޅި އިނގޭ........ހީވެސް ނުކުރަން މިހެނ ްވެދާނެ
ކަމަކަށްވެސް..... އަސްލު ދެޕާރޓް އެއްކޮސް މިކިޔުނީވެސް............... ނަވީން
އެންޑް އިނާ ވަރަށް ވަރަށް ގުޅޭ....... ވާހަކަ ކިޔަމުން ދިޔަ އިރު ހީވަނީ އެތާންގަ
ތިންވަނަ މީހަކަށް ޝަޒް އިންހެން......... ނަވީން އެންޑް ޚަލިދުގެ
އެކްސްޕްރެޝަންތައް ހީވީ ލޯކުރިމައްޗަށް ފެންނަމުން ދާހެން............ އަސްލުވެސް
ހަމަ ވަރަށް ވެސް ސަޅި.................. އެންމެ ރީތީ ސޮޕްގެ ސިފަކުރުންތަކާ
ވާހަކަ އަތުރާލައިފަ ހުންނަ ގޮތްގަނޑު............ ރިއްލީ އައި ލަވް ޔުއަރ ސްޓޯރީ
އަ ލޮޓް....... ފްރެންޑަރ ބުނިހެން އެންމެ ހިތް ނުތަނަވަސް ވާހިސަަބުން ނިންމާލާފަ
ހަމަ ތި އޮނަނީ ހެވިފަ :) މަޖާ ދޯ........ ވެއިޓިންގ ފޯރ ދި ނެކްސްޓް
ޕާރޓް.......... އަނެއްކާ ނަވީން އަށް ދެރަގޮތެއް ނަހަ ދައްޗޭ........... ލޯޓސް
އޮފް ލަވްސް އެންޑް ހަގްސް....... ޗުމިކްސްސްސްސްސްސްސްސްސްސް........

No comments:
Post a Comment