Friday, March 2, 2012

ފޯންކޯލް - 71 ވަނަ ބައި


ފުރަތަމަ ވަގުތުވެސް އެ ވާހަކައާއި ބެހޭ ގޮތުން ސުވާލުކުރަން ހިނގައިގަންނަން ނަވީން އުޅުނެވެ. ނަމަވެސް ނަވީން ހުއްޓުވީ އޭނަގެ ދުރުވިސްނޭ ބައްޕަ އަލިމަނިކުއެވެ. ޚާލިދުގެ ފަރާތުން ހުރިހާ ވާހަކައެއް އެނގިފައި އޮތުމުން، ޒިޔާދުމެން ދައްކަމުން ދިޔަ ވާހަކައިގެ ދެން އަންނަ ބައިތަކުގަ ދައްކާނީ ކޮން ވާހަކައެއްކަން އަލިމަނިކުއަށް ރަނގަޅަށް އެނގޭތީއެވެ. މީހަކު ބުނެގެން ނަވީނަށް އެނގުމުގެ ބަދަލުގަ އެކަން ކުރި ދެމީހުންގެ އަނގައިން އެ ވާހަކަ ދައްކާ އަޑު ނަވީނަށް އިވުން ވަރަށް މުހިއްމުކަމަށް އަލިމަނިކުއަށް މާ ކުރިން ގަބޫލުކުރެވިފައި އޮވެމެ، އެގެއަށް އާދެވުނުއިރު އެ ވާހަކަ ދެކެވޭ އަޑު އިވުމަކީ އިއްތިފާގަކަށްވުމަށްވުރެ ބޮޑަށް އަލިމަނިކުއަށް ވީ އެއީ ރަހްމަތެއް ކަމަށެވެ.


ކައިރީގައި ހުރި އޭނަގެ ފިރިހެން ދަރީގެ މޫނަށް އަލިމަނިކު ބަލާލިއެވެ. ނަވީންގެ މޫނުގެ ކުލަވަރުން ހީވަނީ، ލީނާމެން ނޫން އެހެން އެއްވެސް އެއްޗެއް ނަވީނަށް ނުވެސް ފެންނަ ހެންނެވެ. ނަޒަރު ހުރީ އެ ދިމާލަށް ހުއްޓިފައެވެ. ނަވީން އައިއްސަ ހުރި ރުޅީގެ މިންވަރު ވަޒަން ކުރަން އެނގެނީ ނަވީންގެ ކޮލު ކަށިގަނޑަށް އަންނަ ހަރަކާތުންނެވެ. ރުޅިގަދަވެގެން ދެ ދަތްޕިލަ ޖައްސާ ބާރުކޮށްގެން ހުރިކަން އަލިމަނިކުއަށް އެނގުނެވެ. އެ އިވުނު އަޑުތަކަކީ އަލިމަނިކުއަށް އާ ވާހަކަތަކަކަށް ނުވިޔަސް އަލަށް އެ ވާހަކަތައް އިވުނު ނަވީނަށް ވާނެ ގޮތް އަލިމަނިކުއަށް އިހްސާސް ކުރެވުނެވެ.

"ދަރިފުޅާ...." ނަވީންގެ ކޮނޑުގައި އަތް ބާއްވާލަމުން އަލިމަނިކު ގޮވާލިއެވެ. ބައްޕަ އެބަހުރިކަމުގެ އިހްސާސް ކުރެވުމުން ނަވީންގެ ހަށިގަނޑަށް މަޑުމައިތިރިކަމެއް އައި ނަމަވެސް އަދިވެސް ގެއްލިފައި ތިބި ޒިޔާދުމެނާ ދުރަށް ނަޒަރު އަނބުރާނުލެވުނެވެ. ވިސްނާލާފައި ވަރަށް ބާރަށް ނަވީން ދޮރުލައްޕާލިއެވެ. އެއާއެކު ސިޓިންރޫމް އެ އަޑުން ގުގުމައިގެން ދިޔަ ފަދައެވެ. ޒިޔާދުއާއި ލީނާވެސް ދޮރާއިދިމާލަށް އެނބުރިބަލާލިއެވެ. އެއާއެކު ފުންމައިގެން ތެދުވެވުނެވެ. ޒިޔާދެއް ނޫނެވެ. ލީނާއެވެ. ވަރަށް ސަކަރާތްވީޔޭ ހިތަށްއެރިލެއް ބޮޑުކަމުން ކޮޅަށް ތެދުވަން ކީއްކުރަން ހެއްޔެވެ. އެދިމާލަށް ބަލަހައްޓައިގެން އިންނަންވެސް ނުކެރުނެވެ. މިއަދު މި އޮތީ ފަޟީޙަތްވެފަޔޭ ހިތަށް އަރައި، ލީނާގެ ނިވަލުގައި ބޮނދައިގެންކަހަލަ ގޮތަކަށް އިނދެވުނީ، މަގަތަށް އޭނައަށް ނީނދެވުނުކަން ނަސީބޭ ހިތަށް އަރުވަމުންނެވެ.

ލީނާމެނާއި ދިމާލަށް ނަވީންގެ ފިޔަވަޅުތައް އުފުލެމުން އަންނަތަން ފެނުމުން ލީނާއަށް ގޮތްހުސްވެގެން އެނބުރި ޒިޔާދުއާއި ދިމާލަށްވެސް ބަލާލެވުނެވެ. އެއްއަތުން އަނެއްއަތުގެ އިނގިލިތައް ލުއްސާލަން އުޅޭފަދަ ހަރަކާތްތަކެއް ކުރެވެމުން ދިޔައެވެ. ނަވީންގެ ފަހަތުގައި ހުރެގެން ކަހަލަ ގޮތަކަށް އަންނަ ނަވީންގެ ބައްޕަ އަލިބެގެ މޫނު ފެނުމުން ލީނާގެ ކަންބޮޑުވުން އިތުރުވަމުން ދިޔައެވެ.

"ކަލޭގެ ގޮތްކުޑަކަން...." ނަވީނަށް އިތުރަކަށް ނުވެސް ބުނެވުނެވެ. ދެ ދަތްޕިލަ ޖައްސާ ބާރުކޮށްގެން ހުރެ ބުނެވުނީ ބުނަން ދުލަށް އައި މިންވަރުން ވަރަށް ކުޑަ މިންވަރެކެވެ. ލީނާއަށް ހީކުރެވުނީ އެއީ ނަވީން ބައްޕަ ހުރުމުން ނުބުނެވުނީ ކަމަށެވެ. އެހެންވިޔަސް އެކަމަށްޓަކައި ޝުކުރު ކުރެވުނެވެ. އެހެން ނޫންނަމަ ނަވީން އޭނައަށް ހަދާލާނީ ކިހިނެއްކަމެއްވެސް މިވަގުތު އޭނަގެ ވިސްނުމަކަށް ނާދެއެވެ.

"ނަވީން......" ލީނާގެ ދުލުން ބުނެވުނީ މިވަރަށެވެ. ވިދުވަރެއްހާ ހަލުވިކޮށް ލީނާގެ މޫނު ކަނާތްފަރާތަށް އެނބުރިގެން ދިޔައީ ބޮލުގެ އިސްތަށިގަނޑުން ބައެއް ވައިގެ ތެރޭގައި ކޮށްލި ހަރަކާތަކުން ގޮސް މޫނުގެ ވައަތްފަޅި ނިވާވި މަންޒަރާއެކުގައެވެ.
އާނއެކެވެ. ލީނާގެ ދުލުން ބުނެވުނީ ނަން އެކަންޏެވެ. އިތުރު ލަފުޒެއްވެސް ލީނާގެ އަނގައިން ނުކުތުމުގެ ކުރިން ،ވަރުގަދަ ތަފާލެއްގެ ސިފައިގައި ނަވީންގެ ރުޅި ގޮސް ޖެހުނީ ލީނާގެ ކޯތާފަތްމަތީގައެވެ.

ލީނާއަށް ލިބުނު ސިހުމާއެކު ދެން ތިބި ދެ ފިރިހެނުންނަށްވެސް ސިހުމެއް ލިބިގެން ދިޔައެވެ.
"ނަވީން....!!!" ނަވީން އެ ކުރި ޙަރަކާތަށް އަލިމަނިކުއަށް ތާއީދު ނުކުރެވުނުކަން އަލިމަނިކުގެ އަޑުން ކިތަންމެ ރަނގަޅަކަށްވެސް އެނގިގެން ދިޔައެވެ.

ނަމަވެސް ނަވީންގެ ލޮލުން އަލިފާންކަނި ބުރަންފަށާފައިވާ ކަހަލައެވެ. ނަވީންއާއި ދިމާލަށް ބަލަން ކެރުނުމީހަކަށް އެތަނުގައި މިވަގުތު ހުރީ އަލިމަނިކުކަމުން އެ މަންޒަރު ފެންނަނީވެސް އަލިމަނިކުއަށް އެކަންޏެވެ.

"ދަރިފުޅު ދޭ ގެއަށް....." އިތުރު ގޯހެއް ވުމުގެ ކުރިން އަލިމަނިކު ބޭނުންވީ އެތަނުން ނަވީން ފޮނުވާލާށެވެ. މިހުރިހާ ދުވަހު ނަވީން ކުރަމުން އައި ފިކުރާއި ވިސްނުމުގެ އަސްލަކީ ލީނާކަން އެނގުނު ހިސާބުން ފެށިގެން ނަވީން އެހެރީ ހަމައިން ނެއްޓޭވަރަށް ރުޅިއައިސްފައިކަން އަލިމަނިކުއަށް އެނގެއެވެ. އެހެންކަމުން ނަވީންގެ ކޮނޑުގައި ހިފައި އަނބުރާލާފައި ނަވީނަށް ގެއަށް ދިއުމަށް އަލިމަނިކު އެންގިއެވެ.

ނަވީންއަކީ އަދަބާއި އަޚްލާގާއެކު ބޮޑުކޮށްފައި ހުރި ދަރިއެއްކަމުން، ބައްޕަގެ ކުރިމަތީގައި އިތުރު ދެކޮޅު ހެދުމެއް ހަދާކަށް ނަވީން ގަސްތު ނުކުރިއެވެ. އެންމެ ފަހު ފަހަރަށް ލީނާއާއި ދިމާލަށް ލޯ އަޅާލާފައި އެ ދިޔަ ބާރުމިނުގައި ގޮސް އެގެއިން ނުކުމެއްޖެއެވެ.

"އާއިލާ ކަމަށް ދެކިގެން އަލިބެ ލީނާ ގެންގުޅުނީ. އަހަރެމެން ނުދެން ލީނާއަކަށް ތި ތަރުބިއްޔަތެއް. ލީނާ ހަނދާން ބަހައްޓައްޗޭ ލީނާއަށް ތި ހަލާކުކޮށްލެވުނީ މި ބޭބެގެ ދަރިފުޅުގެ ދިރިއުޅުން. ލީނާއަށް ދިރިއުޅުމެއް ހޯދަދިން ބޭބެގެ ދަރިފުޅުގެ ދިރިއުޅުން." ނަވީން ނިކުމެގެން ދިއުމުން ލީނާއާއި ދިމާލަށް އެނބުރި އަލިމަނިކު ވާހަކަ ދައްކަން ފެށިއެވެ.

"ތިއީ ކޮން ކުއްޖެއް....؟" އެމީހުން ފެނުނީއްސުރެންވެސް އިސް ޖަހައިގެން ޓީވީއިން ލޯ އަނބުރާނުލާ އިން ޒިޔާދުއަށް މުޚާޠަބްކޮށް އަލިމަނިކު އެއްސެވިއެވެ. އެއީ ކާކުކަން ވަރަށް ރަނގަޅަށް އެނގި ހުރެއެވެ.
"މިއީ....ޒިޔާދު...." އަލިމަނިކުއަކީ މީހުންގެ އިއްޒަތާއި އިޙްތިރާމް ލިބިގެންވާ މީހެއްކަން އެނގުމުގެ އިތުރުން، ވަގުތާއި ޙާލަތަކީ އަލިމަނިކުއަށްވުރެ އޭނަގެ ބާރުވެރިކަން ދައްކަންވީ ވަގުތު ނޫންކަން ޒިޔާދުއަށް ވިސްނި، ކޮޅަށް ތެދުވެލާފައި ޒިޔާދު ޖަވާބު ދިނެވެ.

"ޒިޔާދު....އެހެންވަނީ ދޯ؟ ޒިޔާދު ދެން މި ވަގުތު މިތަނުން ދިއުން ރަނގަޅުވާނީ...." ކުޑަކޮށް އެއް ފަރާތަށް ޖެހިލަމުން އަލިމަނިކު މިހެން ބުނެލީ ވަރަށް ސާބިތުކަމާއެކުގައެވެ.
ޒިޔާދުއަކަށް އަލިމަނިކު ކުރިމަތީ އެއްޗެއް ބުނަން އަނގަ ހުޅުވާކަށްވެސް ނުކެރުނެވެ. މަޑުމަޑުން ނުކުމެގެން ދިޔައީއެވެ.

"ލީނާގެ ތި އަމަލުގެ ސަބަބުން ކިތައް މީހުންގެ ދިރިއުޅުމަށް ތީގެ ނުބައި އަސަރުކޮށްފިކަން ލީނާއަށް އެނގޭތަ؟ " ޒިޔާދު ނުކުމެގެން ދިއުމުން އިރުކޮޅަކު އަނގައިން ނުބުނެ ހުންނަވާފައި މަޑުމައިތިރި އަޑަކުން އަލިމަނިކު އެއްސެވިއެވެ.
ނަވީން ޖެހީއްސުރެ ހުއްޓުމެއް ނެތި ލީނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަލިމަނިކު ވާހަކަ ދައްކަވަން ފެށިފަހުން އޮހެނީ މާ ގިނައިންނެވެ. ޚާއްޞަކޮށް، މީގެ ކުރިން އަބަދު "ދަރިފުޅު" ގެ ނަމުން މުޚާޠަބް ކުރަމުން އައި ދުލަކުން ލީނާ އޭ ކިޔާފަ ވާހަކަ ދައްކާ އަޑުއިވުމުން ލީނާގެ ހިތަށް ބުނެދޭންވެސް ނޭނގޭ ކަހަލަ އުނދަގޫތަކެއް ވަމުން ދިޔައެވެ.

އެކަމުގައި އިތުރަށް ދެން އެއްޗެއް ބުނާކަށް އަލިމަނިކު ގަސްތެއް ނުކުރެއްވިއެވެ. އެގެއިން ދިއުމަށް އެނބުރިލެއްވިއެވެ.
"އަލިބެ....އަޅުގަނޑަށް މަޢާފް...." އަލިމަނިކު ހިންގަވަން  އުފުއްލެވި ދެތިން ފިޔަވަޅާއެކު ލީނާއަށް ގޮވާލެވުނެވެ.

އަލިމަނިކު އެނބުރިފައި ބަލާލިއެވެ. އެއްޗެއް ނުބުނެ އިރުކޮޅަކު ހުންނެވިއެވެ.

" މަޢާފަށް އެދެން ޖެހެނީ ނަވީންގެ ކިބައިން. ނަވީން އާއި އިނާގެ ކިބައިން. އެދެކުދިން މަޢާފްކޮށްފިއްޔާ އަލިބެވެސް މަޢާފްކުރީކަމަށް ހީކުރޭ." މިހެން ބުނެފައި ދެންވެސް ދެމިގެން ދިޔަ ކުޑަ ހިމޭންކަމަކަށްފަހު އަލިމަނިކުވެސް އެގެއިން ނިކުންނަވައިފިއެވެ.

** ** ** ** ** ** ** **
އަލިމަނިކު އައިސް ގެއަށް ވަންއިރު، ފެންޑާގައި ހުރި ބޮޑު ގޮނޑިއެއްގައި ނަވީން އިންތަން ފެނުމުން އަލިމަނިކުވެސް އެތާގައި އިށީންނަވައިފިއެވެ. އޭނަގެ ދަރިފުޅުގެ މިވަގުތުގެ ޙާލަށްޓަކައި އޭނަ ހަމްދަރްދީވެއެވެ. އެހެންނަމަވެސް އެ ހާލަތުން ނަވީން ނެރުމަށްޓަކައި ކުރާނެކަމެއް އަދި މިވަގުތު އަލިމަނިކުއަށްވެސް އެނގިއެއް ނުލައްވައެވެ. އޭގެ ބަދަލުގައި ވިސްނެމުން ދިޔައީ މިކަމުގެ ސަބަބުން ދެން ނިކުންނާނެ ނަތީޖާއާއި ދޭތެރޭގައެވެ.

އެ އާއިލާއާއި ލީނާގެ އާއިލާގެ ދެމެދަށް އަންނާނެ ދުރުކަމާމެދުގައި އޭނައަށް ވިސްނެނީއެވެ. ޚާއްޞަކޮށް ލީނާގެ ބައްޕައަށް މިކަންތައްގަނޑު އެނގުމުން، ލީނާގެ އެ އަމަލަށްޓަކައި ހިތާމަ ކުރައްވާނެވަރު ވިސްނީއެވެ. ލީނާގެ ބައްޕައަކީ ހިތުގެ ބައްޔަށް ފަރުވާ ކުރަމުން އަންނަ ބައިޕާސް ހަދާފައިވާ ބަލިމީހެއްކަމުން، ލީނާގެ ބައްޕައަށްޓަކައިވެސް މި މައްސަލަ ގެންދަން ޖެހޭނީ ވަރަށްވެސް މަޑުމައިތިރިކޮށްކަމުން، އެކަން އެހެން ގެންދާނެ ގޮތަކާއިމެދުގައި ވިސްނެނީއެވެ. އަދި ހަމަ އެހެން މި ކަންތައްތައް އެނގުމުން ނަޖްމާ ބުނާނެ އެއްޗެއް ނޭނގޭތީ އޭގެ ވިސްނުންވެސް އަލިމަނިކުއަށް ވިސްނަން ޖެހިފައި ވެއެވެ.
ނަވީން ކަންތައް ކުރާނެ ގޮތަކީ އެނގޭ ގޮތެއް ނޫނެވެ. ނަވީންގެ ހިތް ދުވަހަކުވެސް ލީނާގެ މައްޗަށް ސާފުވެދާނެކަމާމެދުގައި އޭނައަށް މުޅިން ޝައްކެވެ.

ޚާލިދުގެ ފަރާތުން އޭނައަށް އެނގިފައި އޮތް މިންވަރެއް އެނގިފައި ވާތީ، އޭނަ މިރޭ ނަވީން ގޮވައިގެން ލީނާގެއަށް ދިޔައީވެސް މިކަމާއި ބެހޭ ގޮތުން ޙަގީގަތަކީ ކޮބައިތޯ އޮޅުންފިލުވުމަށް ވާހަކަ ދެއްކުމަށެވެ. އެއްގޮތަކަށްވެސް ވަގުތާއި ޙާލަތު މިގޮތަށް އައިސް މެދުވެރިވާނެކަމަކަށް އަލިމަނިކު ހިއެއް ނުކުރެއެވެ. އޭރު އޭނަ ބޭނުންވީ ހަމަޖެހިލައިގެން ތިބެ ފިނި ހިތަކާއެކު ލީނާއާއި ނަވީން ވާހަކަ ދައްކައިގެން މައްސަލަ ޙައްލު ކުރާށެވެ.
ނަމަވެސް ދެން އެކަމެއް ދުވަހަކުވެސް ވާނެހެނެއް ހިއެއް ނުވެއެވެ.  

މިވިސްނުންތަކުގަ އިނުމުގެ ސަބަބުން އަލިމަނިކުވެސް ނަވީންއަކާއި ވާހަކައެއް ނުދައްކަވައެވެ. ނަވީންވެސް އިނީ އެއްވެސް މީހަކާ ވާހަކަ ދައްކާހިތްވެފައެއްވެސް ނޫނެވެ.
ހަވީރު ބޭރަށް ދިޔަ ނަވީންގެ މަންމަ އައިސް ގެއަށް ވަނީ އެ ދެބަފައިން ހިމޭންކަމުގެ ތެރޭގައި އެގޮތަށް ގެއްލިފައި ތިއްބައެވެ.

ގެއަށް މީހަކު ވަން އަޑަށް އިސް އުފުލާފައި އެ ދިމާލަށް އަލިމަނިކު ބަލާލި ނަމަވެސް ނަވީން އިނީ ކުރިންވެސް އިން ގޮތަށެވެ. އެމީހުން ތިބި ހިސާބަށް ނަޖްމާ އައުމުން، ނަޖްމާ ކޮންމެވެސް ކަމަކާއި ނަޖްމާ ކަންބޮޑުވެފައިވާކަން އަލިމަނިކުއަށް އެނގުނެވެ.

"ކިހިނެއް ވެގެންތަ މި އުޅެނީ؟" އައިގޮތަށް އައިސް އަލިމަނިކު އިންނެވި ސޯފާގެ އަނެއްކޮޅުގައި އިށީނދެލަމުން ވަރަށް ކަންބޮޑުވެފައި ނަޖްމާ އަހައިފިއެވެ.
"ކިހިނެއްވީ....؟" މާ ފަރުވާ ކުޑަ ގޮތަކަށް އަލިމަނިކު އަހާލިއެވެ.

"ދެބަފައިން އެކުގަ ގޮސް ކުރިކަމެއްގަ އަލިމަނިކުއަށް ނޭނގިއެއް ނުހުންނާނެ. ތެދެއް ދަރިފުޅާ...ކިހިނެއްވީ؟ ލީނާ ވަރަކަށް އެބަ ރޮއި. ވީ ކީއްހޭ އެހީމަ ކޮޓަރިއަށް ވަދެ ދޮރުލެއްޕި ގޮތަށް ނުވެސް ނުކުތް. އެގޭގަ އުޅޭ އަންހެންކުއްޖާ ބުނި ނަވީން އާއި ބައްޕަ އެގެއަށް ދިޔަ ވާހަކަ. ކިހިނެއްވީތަ؟" ވެދާނެއޭ ހީވާ ކަހަލަ ކަމެއްވެސް ނަޖްމާގެ ވިސްނުމަކަށް ނައެވެ.

"ހަމަ އަނގައިން ނުބުނެ އެބަތިބޭ.  އަނގައިން ނުބުނަންޏާ ދޭ ލީނާ ހުއްޓުވަން. ނަވީންގެ ކަމަކަށް އެ ވާނީ. މިހާރު ތިއީ ކުޑަކުދިންނެއް ނޫނޭ ތިހެން އުޅޭކަށް..." ވެގެން އުޅެނީ ކިހިނެއްކަން ނަޖްމާއަށް ނުވިސްނޭތީ ނަޖްމާ ވާހަކަ ދެއްކީ އޭނައަށް ތަޖްރިބާކުރެވިފައިވާ ކަންތައްތަކުގެ މައްޗަށް ނިސްބަތްކޮށެވެ. ގެނައި ދެކޮތަޅެއް ހިފައިގެން މިހެން ބުނެފައި ނަޖްމާ ތެދުވެއްޖެއެވެ.

"ބައްޕާ...އަޅުގަނޑު ގަބޫލެއް ނޫން މީގެ ފަހުން ލީނާ މިގެއަށް ވަންނާކަށް." މަންމަ ބުނި އެއްވެސް އެއްޗެއް އަޑު ނީވި އިނދެފައި ކުއްލިއަކަށް ވިސްނުމުގެ ތެރެއިން ނިކުމެފަ ބުނާ ފަދައކުން ނަވީން މި ބުނި އެއްޗަކުން ނަޖްމާގެ ފިޔަވަޅުތައް ހުއްޓުނެވެ.

"ކީކޭ ދަރިފުޅު ތިބުނީ...؟" މިހެން އެހީ ނަވީންގެ މަންމަ ނަޖްމާއެވެ.

"އަޅުގަނޑު ބޭނުމެއް ނޫން މިގެއަށް ލީނާ ވަންނާކަށް." ނަވީން އޭނަ ބުނި އެއްޗެއް ތަކުރާރުކޮށް ބުނެލިއެވެ.
"އެއީ ކީއްވެ....؟" ނަޖްމާގެ ހިތުގައި ބިރުވެރި އޮއިވަރެއް ހިނގާލިއެވެ.

"އެއީ މިގެއާއި މި އާއިލާއާއިވެސް އެކަށީގެންވާ މީހެއް ނޫން. މަންމަ އޭނަ ގެންގުޅުނުގޮތުން އެހެންވީ އޭނައަށް." ނަވީން އަބަދުވެސް ބުނާ އެތި މިފަހަރުވެސް ނަވީން ބުނެލިއެވެ.

"ދަރިފުޅު ތި ދައްކަނީ ކޮން ކަހަލަ ވާހަކައެއް. ތި ދެކުދިން ބޮޑުވާނީ ކޮންއިރަކުންތަ އަޅެ....ކުޑަކުޑަ ކަމެއްވާއިރަށް..." ކުޑައިރުކޮޅަކަށް ނަޖްމާއަށް ބިރުވެރިކަމެއް އިހްސާސް ކުރެވުނު ނަމަވެސް ނަވީން ދެންމެ އެ ބުނި އެއްޗަކުން ނަޖްމާއަށް ހީކުރެވުނީ މިއީ ހަމަ އެހެންޏާވެސް ޖެހޭކަހަލަ މައްސަލައެއް ލީނާ އާއި ނަވީން އާއި ދެމެދުގައި ޖެހެވުނީ ކަމަށެވެ.
އެދެކުދިންނަކީ ޒުވާން ފުރާވަރަށް އެރީއްސުރެ އެއްގަލަކަށް ނޭރޭ ދެކުދިންކަން ނަޖްމާ ދަނެއެވެ. އަދި ބޮޑަށް އެހެން ވަނީވެސް ލީނާ ނަވީން ދެކެ ލޯބިވާކަން ފާޅުކުރަން އުޅޭތީ އެކަމާއި ނަވީން ނުރުހޭތީކަންވެސް ނަޖްމާ ދަނެއެވެ. އެކަމަކު އެއީ އެ އެންމެންވެސް ދަންނަ ކަމެކެވެ. އެހެންކަމުން މިފަހަރުވެސް ނަޖްމާ އެ ވާހަކަ ނިންމާލީ ވަރަށް އާދައިގެ ފެން ގޮތަކަށެވެ.

"މަންމައަށް އެނގޭތަ އޭނަ ކުރީ ކީއްކަން؟ އޭނަ އަކީ ...." މަންމަގެ ވާހަކަ މެދުކަނޑާލާފައި ނަވީން ބުނަން އުޅުނެވެ. އެހެންނަމަވެސް ލީނާއަށް މުޚާޠަބް ކުރަން އުޅުނު އެއްޗެއް ހުއްޓާލީ ބައްޕައާއި މަންމަގެ ކުރިމަތީގައި އެކަހަލަ އެއްޗެއް ނުކިޔާން ވެގެންނެވެ.

"ދަރިފުޅާ....އެއީ ލީނާގެ ވައްތަރެއްނު. އޭނަގެ ލާނެތްކަން އެއީ...އެހާ ބޮޑުކަމެއް...."
"ކިހާވަރެއްވީމަތަ މަންމައަށް ބޮޑު ކަމަކަށްވާނީ؟ އޭނަ އައްޑުއަށް ގޮސް އިނާމެންގެއަށް ގޮސް ދޮގު ބުހުތާނު ވާހަކަތަކެއް އިނާ ކައިރީ ދައްކާފަ އައިފަހުން އިނާ ފުރައިގެން ދިޔައީ. މަންމައަށް އެނގޭތަ އެކަން؟ އިނާ އަހަންނަކަށް ނުވެސް އަންގާ. ނުވެސް ބުނޭ. ވީ ތަނެއްވެސް ނޭނގެ. އެ އާއިލާ އެއްވެސް މީހަކު އިނާ ހުރި ތަނެއް އަހަރެން ކައިރީ ބުނާކަށް ތައްޔާރެއް ނޫން. ދެން ކިހާ ވަރެއްވީމަ ތަ މަންމައަށް އޭނަ ކުރާ ކަންތައްތައް ބޮޑު ކަމަކށް ވާނީ؟"
ނަޖްމާ ދައްކަން ފެށި ވާހަކައިގެ އަޑު ކެނޑިގެން ދިޔައީ ނަވީންގެ ބަރު އަޑުން އެހެން ދުވަސްތަކަށްވުރެން ކުޑަކޮށް ބާރަށް ދެއްކުނު މި ވާހަކައިގެ އަޑުންނެވެ.

އެހެންނަމަވެސް ނަވީންގެ އަޑު ކެނޑުނުފަހުން އެކަކުވެސް އަނގައިން ނުބުނެއެވެ. ނަވީން އެ ވާހަކަ ދެއްކިއިރުވެސް އަދި ދައްކައި ނިމުނުއިރުވެސް އަލިމަނިކު އިންނެވީ ބޭރު ދޮރާށްޓާއި ދިމާލަށް ބަލަހައްޓައިގެންކަމުން ، ނަވީން އާއި ނަޖްމާގެ މޫނުގެ ކުލަވަރެއް ނުފެނެއެވެ. ނަޖްމާ އެއްޗެއް ނުބުނެ އިނީ ކީއްވެގެންތޯ އަލިމަނިކު ބަލާލިއެވެ. ނަވީންވެސް ބަލާލީ ނަޖްމާއާއި ދިމާލަށެވެ.

"މަންމާ....!! ...." ނަވީންގެ އަނގައިން މިއަޑު އިވުނީ ވަރަށް މަޑުމަޑުންނެވެ. ހައިރާންވެ އަންތަރީސްވެފައެވެ.
"މަންމައަށް ނޭނގޭ ވާހަކައެއް ނޫން ދޯ މި ދެއްކުނީ؟" ހަމަ ކުރީގެ ރާގުގައި މަޑުމަޑުން ނަވީނަށް އަހާލެވުނެވެ. ހައިރާންކަމުގެ އިންތިހާއެވެ.

ނަޖްމާގެ މޫނުމަތިން ފެންނަނީ ، މީގެ އިރުގަނޑެއް ކުރިން ލީނާމެންނަށް ނަވީން އާއި އަލިމަނިކު ފެނުމުން އެމީހުންގެ މޫނުމަތިން ފެނުނު ކުލަވަރެވެ. ހަމަ އެ އަސަރުތަކެވެ.

"ހައު ކުޑް ޔޫ ޑޫ ދިސް ޓު މީ....؟" ލީނާ އެކުޅުނު ކުޅިގަނޑު އޭނަގެ މަންމައަށް އެނގޭކަމަށް ނަވީންއަށް ޔަގީންވީ ދާދި ފަސޭހައިންނެވެ. އިތުރު ވާހަކައެއް އެ މައުޟޫޢަށް ދައްކަން ނަވީން ބޭނުން ނުވިއެވެ. އިންތަނުން ތެދުވެގެން މަންމަ ނުފެންނަ ހިސާބަށް ދާން ނަވީން ހިނގައިގަތެވެ.

"ނަވީން...." ނަވީން ހިނގައިގަތުމުން އަލިމަނިކު ނަވީން ހުއްޓުވިއެވެ.

"ބައްޕައަށް ހީވަނީ ދަރިފުޅަށް ހުރިހާ އެއްޗެއް އޮޅުންފިލަންވީ ވަގުތު އައިސްޖެހުނީހެން....މަންމައާއި ވާހަކަ ދައްކައި އޮޅުންފިލުވައިގެން ދަރިފުޅު ދިޔައްޔާ މުސްތަގްބަލަށްވެސް ރަނގަޅުވާނީ....އާދޭ...." މި ވަގުތަކީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތުކަމަށް އަލިމަނިކު ނިންމިއެވެ. އެހެންނަމަވެސް ނަޖްމާއަށް ލިބެމުން ދިޔައީ އިތުރު ނުތަނަވަސް ކަމެކެވެ.

"ކޮން ވާހަކައެއް ދައްކަން؟ ނަވީންއަށް އިތުރަށް އޮޅުންފިލުވައިދޭން ޖެހޭ އެއްޗެއް ނޯންނާނެ." ނުރުހުމާއެކު އަނެއްފަރާތަށް މޫނު އަނބުރާލަމުން ނަޖްމާ ބުނެލިއެވެ.
ބައްޕަ ގޮވާލެއްވުމުން މަޑުކޮށްގެން ބަލަހައްޓައިގެން ހުރި ނަވީން ހަމަ އެހުރި ގޮތަށް ހުރީއެވެ.

"އަހަރެން ކިޔައިދޭންވީތަ ހުރިހާ ވާހަކައެއް. ؟ ނޫނީ ނަޖްމާ ކިޔައިދޭނީތަ؟" ހިމޭން އަޑަކުން ވިޔަސް ނަޖްމާގެ މައްޗަށް އަލިމަނިކު އެ ކުރެއްވީ މަޖްބޫރެކެވެ. ނަވީންއަށްވެސް އެކަން އެނގިއްޖެއެވެ. އޭނަ އާއި މަންމަ އާއި ދޭތެރޭ އުފެދުނު ކިލަނބުކަން އޭނަ ހީކުރި ވަރަށްވުރެ ހަޑިކަމަށް ނަވީންއަށް ޝައްކު ވިއެވެ.
"ނަވީންއަށް ހުރިހާ އެއްޗެއް އޮޅުންފިލުވައިދީ ނަޖްމާ އަމިއްލައަށް. އެހެންނޫނީ...." އަލިމަނިކު އަނެއްކާވެސް ބުނުއްވިއެވެ.
"ކޮން ގޮތަކަށްތަ އަލިމަނިކު ތި ވާހަކަ ދައްކަވަނީ...؟" ބޮޑުވެފަ ހުރި ފިރިހެން ދަރިއަކު ކުރިމަތީގަ ބަހައްޓައިގެން އެ ދަރިފުޅުގެ މަންމަ އާއި އެގޮތަށް އަލިމަނިކު މުޚާޠަބް ކުރުމުން ނަޖްމާ އެއްގޮތަކަށްވެސް ހިތްހަމައެއް ނުޖެހުނެވެ.

"މާ ލަސްވެސް ވެއްޖެ މިގޮތަށް ވާހަކަ ދައްކަން. މިގޭތެރޭގައި މި ހުރިހާ ކަމެއް މިހެން ހިނގަމުން ދާއިރުވެސް، އަހަރެން މި ހުންނަނީ އަޅާނުލާ. މިދިޔަ 38 އަހަރު މިވީ އެގޮތަށް. ފުރަތަމަ ދުވަހުވެސް ހުއްޓުވުނު ނަމަ އަހަރެންގެ ދަރިފުޅުގެ ދިރިއުޅުން އަހަރެންގެ ދިރިއުޅުމެކޭ އެއްފަދައިން އަލިފާނަށް ނުލެވޭނެ....ނަވީންއަކީ ބޮޑުވެފަ ހުރި ދަރިއެއް. އޮޅުންފިލުވަނުދޭންވީ އެއްވެސް ސަބަބެއް ނެތް. ހުރިހާ އެއްޗެއް ސާފުސާފުކޮށް ކިޔައިދީ. އެހެން ނޫނީ ނަތީޖާ ރަނގަޅެއް ނުވާނެ."

ބައްޕަގެ އަޑު ފުރަތަމަ ފަހަރަށް އެހާ ބާރަށް އިވުމުން ނަވީން އަށް ކަންބޮޑުވުމެއް ލިބުނެވެ. އަނެއްކޮޅުން އަލިމަނިކު އާއި ކައިވެނިކޮށްގެން މިވީ 39 އަހަރުތެރޭގައި ދުވަހަކުވެސް އެފަދަ ގޮތަކަށް އޭނައާއި ވާހަކަ ދައްކާފައި ނުވާތީ، ނަޖްމާގެ ހިތް ބިރުން ވިރިއްޖެ ކަހަލައެވެ.

********** (ނުނިމޭ)*********


23 comments:

  1. kuruhen heevee..but okay....reethi varah
    aneh bai when ??

    ReplyDelete
  2. neyvaa hifahahtalaigen innan jehunee...maa kiyaa hithun ineema kanneyge maa kuru henves heevey...sofa ur the best ingey....heevanee hama ethanuga hurevunuhen..ehaaves sifa kurunthah furihama..ai sofa enme special kamakee....jxt want say dat u r simply the best..:) good luck dear

    ReplyDelete
  3. vaaaahaka varahh reeeeethi !! :) <3

    ReplyDelete
  4. vvvvv nice.. upload next episode soonnn...

    waiting unpatienly....

    ReplyDelete
  5. WOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWW.. jUST HAMA WOW. Haaadha salhiyey.maa kuruhen heevee.avahah eneh bai genesdhechchey.good luck

    ReplyDelete
  6. O
    M
    G

    Habeyyysssssss.....mivareh hama nei.Super.Excellent.dhen keekey bunaanee.Leena moonumatheega ledi iru v.salhi.filmeh balan indhevunuhen heevaneee.OMG hama.

    ReplyDelete
  7. No story is like this story. U r the strangest but most amazing dhivehi writer ever. Lov u for that.when is next part ??

    ReplyDelete
  8. Sofa.... dhen thihen nuhadhabala!!!!!
    ހާދަ ރީއްޗޭ... ކިޔާ ހިތުން އިންދާ ނިމުނީ.... ދެން ވާ ގޮތް ކިޔާނުލާ ހަމަ ނިދިވެސް ނުލިބޭނެކަން ޔަގީން.... ނަޖްމާއާ އިނާގެ އޮތް "ގުޅުމުގެ" ވާހަކަ އެނގުނީމަ ނަވީން ކަންތައް ކުރާނީ ކިހިނެއްބާއޭ ހިތަށް އަރާ ހިތުގަ ސުވާލު ފުނި ޖެހިއްޖެ.... ސޮފާ، އަވަހަށް އަނެއްބައި ގެނެސްދެއްޗޭ... އިންތިޒާރު ކުރަނީ ކެތްތެރި ކަމެއް ނެތި އިނގޭ....

    ReplyDelete
  9. haadha kurey dhen kiyakiyaa indhaa enimunee dhen faharakun thankolheh dhigukohlabala ingey plsssssssssssssssssssssss

    (friender)

    ReplyDelete
  10. Sheela: big time dho.yageen naveen falhaigen dhaane mifaharu.hihihihih hehehehe hihihihi leena ah libunu landu...hohoho heheheheh hihihih...hama hini annaneee..sofa aneh bai avas avas. v.urgent

    ReplyDelete
  11. I'm fahy
    vvvvv interesting, plx upload next part soon

    ReplyDelete
  12. varah salhi. dhen muraasil ga update nuvaanetha? anehbai kiyaahithun keth madhu vefa..... . . .

    ReplyDelete
  13. varah reethi. waiting for next part
    azlifa

    ReplyDelete
  14. Sofaa.kihineh thi hedhy.haadha hevvayey.hama hiy huttuvaafa nimaaly.aneh bai miadhu genesdheebala avahah.

    ReplyDelete
  15. haadha furihamayey.mivareh hama nei.thanks soff (saky)

    ReplyDelete
  16. Saharo: haadha nurakkaa hisaabakah e dhiyaee dho? Naveen leena gaiga jehithan varah varahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarah varah varahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarah varahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarah varahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarah varahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarah varahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarah varahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarah varahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarah varahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarah varahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarah varahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarah varahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarah SALHI hama. Overall koh mi bai varah varahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarah varahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarah varahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarahvarah fakkaa.aneh baives mi gothah genesdhecchey THARIYAAAAAAAAA

    ReplyDelete
  17. Miadhu aneh bai libeyne dho? Thnks

    ReplyDelete
  18. Sheela: kobaatha sofa..

    ReplyDelete
  19. Good thing u have put FB share button.Thanks.

    ReplyDelete
  20. varah shuguverikamaa ekukiyaa levijje, ehaame kehves madhuvejje dhen oiy bayah.. avas kohdhechey ingey..

    ReplyDelete
  21. neeno : hardly waiting 4 72. fathihuge thariyaa haadha molhey dhw. bust kolligoiy ves ehaa salhi.

    ReplyDelete
  22. varah salhi mi part,,,but why aren't u replying to any of these msgs..

    ReplyDelete
  23. salhi ingey...

    ReplyDelete