"އަނެއްކާ ކިހިނެއްވީ....؟"
ނަވީންގެ ކާރުގެ ޑްރައިވަރު ސީޓަށް އަރަމުން ނަވީން އަހާލިއެވެ. ޚާލިދުގެ މޫނުމަތިން ފެންނަ ގޮތުން ކަމުގެ
ސީރިއަސްކަން ނަވީނަށްވެސް އެނގިއްޖެއެވެ.
"ހިނގާ...................ތިވާހަކަ
ދައްކަން ވެގެންނޭ ކޮފީއަކަށް މިދަނީ......"
ނަވީން އާއި ޖެހިގެން ހުރި ސީޓަށް ޚާލިދުވެސް އަރައިފިއެވެ.
ކުޑަކޮށް ފަހަތަށް ޖަހާލާފައި ކާރު އަނބުރާލައިގެން ނަވީން އޭނަގެ ކާރު ދުއްވާލިއެވެ. ބޮޑުމަގށް ނުކުމެގެން މިސްރާބު ޖެހި ފިޓޭރޯ އަށެވެ.
ކުޑަކޮށް ފަހަތަށް ޖަހާލާފައި ކާރު އަނބުރާލައިގެން ނަވީން އޭނަގެ ކާރު ދުއްވާލިއެވެ. ބޮޑުމަގށް ނުކުމެގެން މިސްރާބު ޖެހި ފިޓޭރޯ އަށެވެ.
"ހަގީގަތުގައި އަހަރެމެންނަށް ހެދުނު ގޯހެއް މިއީ.........." ކާރުގެ ބިއްލޫރިގަނޑުން ބޭރަށް ބަލަން އިނދެ ޚާލިދު ބުނެލިއެވެ. ބޮޑަށް ހީވަނީ އަމިއްލަ އަމިއްލައަށް ބުނެލި އެއްޗެއް ހެންނެވެ.
"ތިބުނީ............؟" ޚާލިދު ދައްކަން މިއުޅެނީ ކޮން ވާހަކައެއް ކަމެއް އެނގުމުގެ ބަދަލުގައި ޚާލިދު ދައްކާ ވާހަކަ އިރެއް އިރަކަށް ނަވީނަށް އޮޅުންބޮޅުން ވަނީއެވެ.
"ޒިޔާދު އަކީ އިނާ އާއި ކުފޫ ހަމަވާ މީހެއް ނޫނޭ ބުނަން މިއުޅެނީ......." ޚާލިދުގެ ހިތުގެ އަޑު ދުލުން ބޭރުވެއްޖެއެވެ. އެއާއެކު ނަވީންއަށް ލިބުނު ސިހުމުގައި ކާރުގެ ބްރޭކް ނުޖެއްސުނީ ކިރިޔާއެވެ. އިވުނު އަޑު ގަބޫލުކުރަންވެސް ދަތިވިއެވެ. އެހެން އެބުނީ ހަމަ ޚާލިދު ހެއްޔެވެ؟ އިނާގެ ބައްޕަ ހެއްޔެވެ؟
ދެންމެއަކު ޚާލިދު އެ ބުނި އެއްޗަކުން ނަވީންގެ ބަސް ހުސްވި ކަހަލައެވެ. މީގެ ކުރިން ޚާލިދު ވާހަކަ ދެއްކި ކޮންމެ މައުޟޫއަކަށް އޭނައަށް ވާހަކަ ދެއްކުނު ކަމުގައި ވިޔަސް މިރޭ ޚާލިދު ނަގައިގެން އެ އުޅޭ މައުޟޫއަކީ އޭނައަށް ވާހަކަ ދެއްކޭނެ މައުޟޫއެއް ނޫނެވެ.
"ކާކަށްދޯ އިތުބާރު ކުރާނީވެސް......މި ފަހުގެ ޖީލު އެއްކޮށް މި ހުންނަނީ ހަލާކުވެފަ. ތެދުވެރި ކަމާއި ވަފާތެރިކަން އެއީ މި ޒަމާނުގެ މީހުން ދަންނަ އެއްޗެއް ނޫން." ނަވީން އެ ވިސްނަނީ ކޯޗެއްކަން ނޭނގި އިނދެ ޚާލިދު ދިޔައީ ވާހަކަ ދައްކަމުންނެވެ.
"ޒިޔާދުވެސް..........އަހަރެން ހިއެއް ނުކުރަން ޒިޔާދު އެހެން ވެދާނެ ކަމަކަށް. އިނާ ފަހަތުން ޒިޔާދު އުޅުނު ގޮތުން އަހަރެން ދުވަހަކުވެސް ހިއެއް ނުކުރަން ޒިޔާދު އިނާއަށް ދެރައެއް ދީފާނެ ކަމެއް. އެނގޭތަ.........މާލެއިން އިނާ ފެނިގެން އޭނަ އައްޑުއަށް އައީ އިނާ ހޯދަން. މި އަތޮޅު ކުޑަކޮށްލީ އިނާ ހޯދަން. އޭނަ ނޭވާވެސް ނުލިޔޭ އިނާގެ ކައިވެންޏަށް ނެއެދިއެއް. މިރަށު މީހުންނަށް ފެންނާނެ އޭނަ އުޅުނު ގޮތް. އެކަމަކު ހަމަ އެ ޒިޔާދު..........ކައިވެންޏަށްވެސް ހުރިހާ ކަމެއް ހަމަޖައްސާ ނިންމާފަ............މިހާރު އެހެރީ އުޅޭގޮތް." ޚާލިދުގެ އަޑަށް ބާރު ލެވެމުން ދިޔައެވެ.
"ޒިޔާދުއަށް ނާދެވުނީ ކަމެއް ދިމާވެގެން ކަމަށްވެސް ވެދާނެނު. ގުޅާފަ ބަލާލުން ރަނގަޅުހެން ހީވަނީ." ނަވީން ހީކުރީ ޚާލިދު ހިތްހަމަ ނުޖެހިގެން އެ އުޅެނީ އިނާއަށް އެ ލިބުނު ގެއްލުމުގައި އިނާއަށް އެހީވާން ނުވަތަ ދެކިލަންވެސް ޒިޔާދު ނައިސް މާލޭގައި ހުރުމުން ކަމުގައެވެ.
"ނައިކަން އަހަންނަށް ހުރިހާ ގޮތަކުންވެސް ރަނގަޅު. އަހަންނަށް ރަނގަޅީ ދުވަހަކުވެސް ނުވެސް އައިއްޔާ..........." ކުރިންވާހަކަ ދެއްކީ ނަވީން އާއި ދިމާލަށް ބަލަހައްޓައިގެން އިނދެ ކަމުގައި ވިޔަސް މިފަހަރު ޚާލިދު މިހެން ބުނެލީ ފޫހި ގޮތަކަށް އަނެއްކާވެސް ބިއްލޫރިގަނޑުން ބޭރަށް ބަލާލަމުންނެވެ.
ޚާލިދުގެ އަޑުގައިވާ ނަފްރަތާއި ރުޅި ނަވީންއަށް ފާހަގަ ކުރެވުނެވެ. ނަމަވެސް އެއްޗެއް ބުނެލާކަށް ނުކެރުނެވެ. އޭނައާއި ދޭތެރޭ ޚާލިދުއަށް ޝައްކުވެދާނެތީއެވެ.
ފިޓޭރޯގެ ބޭރުން މަގުގެ ވައަތްފަޅީގައި ކާރު ބާއްވާފައި ދެމީހުންވެސް ކާރުން ފައިބަން ފެށިއެވެ.
"އެކަހަލަ ކުދިކުދި މައްސަލަވެސް ޖެހޭނެ.......ފަހަރެއްގައި އިނާއަށް ޒިޔާދު ގުޅާފަ ބުނެފަވެސް އޮވެދާނެއެއްނު. އަހާލަންވީނު. އޭރުން އެނގިދާނެނު ޒިޔާދުއަށް ނާދެވިގެން އުޅޭ ސަބަބު." ކާރުގެ ދޮރު ތަޅުލަމުން ނަވީން ބުނެލިއެވެ. ނަވީންގެ ވާހަކަތައް ހުރީ އެހެން ފަހަރު ފަހަރަށްވުރެ މާ ޔަގީންކަން ކުޑަ ގޮތަކަށެވެ.
"އަހަންނަކަށް ހިއެއް ނުވޭ އަހަންނަށްވުރެ ބޮޑަށް އިނާއަށްވެސް އެނގޭހެނެއް." ފިޓޭރޯގެ ދޮރުން ވަންނަމުން ޚާލިދު މި ބުނި އެއްޗަކުން ނަވީންގެ ސިކުނޑީގައި ރަނގަބީލެއް އަޅާލިކަހަލައެވެ.
ވެގެން މިއުޅެނީ އޭނަ ހީކުރިހާ އާދައިގެ ކުޑަކުޑަ ކަމެއް ނޫންތާއޭ ނަވީންގެ ހިތަށް އެރިއެވެ. އަހަން ބޭނުން ނުވި ކަމުގައި ވިޔަސް، ދެމީހަކު ދައްކަމުން ދާ ވާހަކައެއްގައި ކުރަން ޖެހޭ ސުވާލެއް ކުރުމަކީ ވާހަކަ އަޑުއަހަން ހުންނަ މީހާ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއްކަމަށްވާތީ ނަވީންވެސް ގަސްތުކުރީ ދުރުދުރުން އަހާލުމަށެވެ.
"މާބޮޑަށް ކަމެއް ގޯސްވެގެންތަ އުޅެނީ އަނެއްކާ....؟" ނޫންގޮތަކަށް ނަވީން އަހާލިއެވެ.
"އާނ.....އަމިއްލަ އަތުން ފޭހުނު އިލޮށިގަނޑު އަމިއްލަ ލޮލަށް ހެރުނީ...." ކޮފީ މޭޒެއްގެ ގޮނޑި ދޮށުގައި އިށީންނަމުން ޚާލިދު ފެށީ މިހިސާބުންނެވެ.
"އަހަންނަށް ނޭނގެނީ އަހަރެން މި ވާހަކަ އިނާއާއި ދައްކާނެ ގޮތެއް........." ޒިޔާދު މާލެ ފުރަން އޮތްރޭ ޒިޔާދުއަށް އައި ފޯނަކަށް ޒިޔާދު ދެއްކި ވާހަކަ އާއި އޭގެ ފަހުން ވީގޮތާ މި ހުރިހާ އެއްޗެއް ނަވީނަށް ކިޔާދީފައި އޭނައަށް ހައްލު ކުރަން އުނދަގޫވެގެން އުޅޭ މައްސަލައާއި ބެހޭ ގޮތުން ބުނެލިއެވެ.
ނަވީން އިނީ އަންތަރީހުން އަންތަރީސްވެފައިހެން ހީވެއެވެ. ޚާލިދު ކިޔައިދިން ވާހަކަތަކުގެ ސަބަބުންނެވެ. އެއަށްވުރެވެސް ބޮޑަށް ނަވީން ހައިރާންވީ، އެހާ ވަރުން އިނާއާއި ހެދި އުޅުނު ޒިޔާދު އިނާ އާއި ދޭތެރޭ އެގޮތަށް ކަންތައް ކުރަން ވިސްނީތީއެވެ.
"އަހަންނަކަށް ނޭނގެ ހަދަންވީ ގޮތެއް..........ނަވީންއަށް ފެންނަ ގޮތެއް އެބައޮތްތަ؟" އެއްފައިމައްޗަށް އަނެއްފައި ލައިގެން ގޮނޑިއަށް ލެނގިގެން ދަތްދޮޅިއާއި ގޮނޑީގެ އަތްގަނޑާ ދޭތެރޭ އެއްއަތްވިއްދައިގެން އިން ޚާލިދުގެ މޫނުން ނަވީނަށް ފެންނަނީ ފިކުރު ބޮޑުވުމެވެ.
"ދައްތައަށް ކިޔައިދޭންވީކަންނޭނގެ ތިވާހަކަތައް. އޭރަށް އިނާއާއި އެވާހަކަތައް ދައްކާނެނު ދައްތަ." އިރުކޮޅަކު އިނދެލާފައި ނަވީން ބުނެލީ އެވަގުތު އޭނައަށް ވިސްނުނު އެންމެ ރަނގަޅު ވިސްނުމެވެ.
"ތިޔޭ މައްސަލައަކީ...........އިނާއަށްވުރެވެސް ބޮޑަށް އިނާއާއި ޒިޔާދުގެ ކައިވެނި ކުރުވަން ބޭނުންވަނީ ޝީލާއޭ. ޝީލާއަށް ވާނެގޮތަކާ ދޭތެރޭ ކަންބޮޑުވާވަރުން މައްސަލައަކީ." ޚާލިދު މިހެން ބުނެލީ ދެއަތް ދެއަތާ އުނގުޅަމުންނެވެ.
ނަވީން ހަމަ ކޮފީތަށީގެ ކައިރިފަށުގައި އިނގިލި ކާއްތާލަ ކާއްތާލާ އިނީއެވެ. މިކަހަލަ މައްސަލައަކަށް ޚާލިދު އޭނަގެ ކިބައިން ލަފާ އަހަނީ ކީއްވެގެން ހެއްޔެވެ؟ އިނާއާއި އިނާގެ ދިރިއުޅުމާބެހޭ އެފަދަ ކަމެއްގަ ބަސްކިއުމަކީ އޭނައަށް ކިހާ އުނދަގޫކަމެއްކަން ޚާލިދަށް ވިސްނައިނުގަނެވެނީ ހެއްޔެވެ؟
"ދައްތަ ކައިރީ ނުބުނެ ހަދާނެ އެހެން މޮޅުގޮތެއް ޚާލިދުއަށް އެބަ ވިސްނޭތަ؟" ލުއި ހީލުމަކާއެކު ނަވީން އަހާލިއެވެ. އެ ވާހަކަ އެއީ އޭނައަށްޓަކައި ވަރަށް ސީރިއަސް ވާހަކައެއްކަން ނައަންގަން ވެގެންނެވެ.
"މޮޅުގޮތްތައް ވިސްނާކަށް އަސްލު ނެތް ވަގުތެއް. ޝީލާ އެ ހުންނަނީ ޒިޔާދުގެ ރަނގަޅު ވާހަކައާއި ޒިޔާދުއަށް ނާދެވުނީ އެހެން ވެގެންނޭ މިހެން ވެގެންނޭ ކިޔާލަ ކިޔާލާ އަބަދު އަބަދު. އެހެންވިޔަސް އަހަންނަށް ޔަގީން މިފަހަރަކު ޒިޔާދު ނައަންނާނެކަން. ކިހިނެއް އޭނަ އަހަންނާ ކުރިމަތިލާނީ. ބައެއްފަހަރު ހީވޭ ޝީލާއަށް ޒިޔާދުގެ ކުށް ފެންނައިރުވެސް އަމިއްލަ ހިތަށްވެސް އެހެން އެރިޔަ ނުދޭން ޝީލާ އުޅޭހެން. " ޒިޔާދުގެ ވިޔާނުދާ ވާހަކަ ޝީލާ ކައިރީ ނުދެއްކޭތީ ޚާލިދުއަށް އުނދަގޫވެފައިހުރިކަން ނަވީނަށް އެނގުނެވެ. އެކަމަކުވެސް ބުނާނެ އެއްޗެއް ނަވީންގެ ވިސްނުމަށް ނައެވެ.
"ޝީލާ އެކަންޏެއް ނޫން.....ޒިޔާދުއާވެސް ވާހަކަ ދައްކަން ޖެހޭނެ އަދި އަހަންނަށް." ކޮފީތަށީގެ ހުރި އެންމެ ފަހު އެތިފޮދު ބޯލާފައި ޖޯޑް ބަހައްޓަމުން ޚާލިދު ބުނެލިއެވެ.
"ހޫމް.............." ނަވީންއަށް ބުނާނެ އެއްޗެއް ނޭނގުމުން ކޮފީ ކޯވަރެއްވެސް ހަމައަށް ނެތް ޖޯޑު ނަގައި ތުމުގައި ޖައްސައިގެން އިނދެ މިހެން ބުނެލިއެވެ.
"ދަމާ ދޯ........މިހާރުވެސް މާލަސްވެއްޖެކަންނޭނގެ." ފޯނެއް އައިސްގެން ބޭރަށް ނުކުތް މީހަކު ވާންވާވަރަށްވުރެވެސް ބޮޑަށް ލަސްވެއްޖެކަން ޚާލިދުއަށް ވިސްނުނު ކަހަލައެވެ. ނަވީންވެސް ތަޅުދަނޑި އާއި ފޯން ނަގައިގެން ޚާލިދުގެ ފަހަތުގައި ހުރެގެން ހިނގައިގަތެވެ.
"ހަނދާން ނެތުނީޔޭ.....ޒިޔާދުގެ ވާހަކައެއް ވީމަ ދޯ ނަވީން އަނގަ ބަންދުވެފައި ތި ހުންނަނީ.....ދެ ދުޝްމަނުން ދޯ؟" ކާރާއި ހަމައަށް ގޮސްފައި ކުއްލިއަކަށް ޚާލިދު ހަނދާން ވެގެން ބުނެލިއެވެ. ފާޑެއްގެ ހިނިތުންވުމަކާއެކު ޚާލިދު އާއި ދިމާލަށް ބަލާލާފައި ކާރު ވަށާލާފައި ގޮސް ޑްރައިވަރު ސީޓް ހުޅުވާ ނަވީން އަރާ އިށީނދެއްޖެއެވެ. ކާރު ދުއްވާލިއިރުވެސް ޚާލިދު އެ ކުރި ސުވާލަށް ނަވީން އެއްޗެއް ނުބުނެއެވެ.
"އެބަ އަންނަން މީހަކާ ބައްދަލުކޮށްލަން ޖެހިފަ އޮތީ..." ހޮސްޕިޓަލާއި ހަމައަށް ދެވުމުން ނަވީން އެދުނީ ދިއުމުގެ ހުއްދައަކަށެވެ.
"ދިހަގަޑިބައިވެސް ވެއްޖެއެއްނު....؟ އަނެއްކާ އަހަންނާއެކު ދިޔައީމަތަ ކެންސަލްވީ؟" ޚާލިދުކަންބޮޑުވިއެވެ.
"ނޫނޭ.....އެހާ އޮފިޝަލްއެއް ނޫން. އަންނާނަން." އަވަސް އަވަހަށް ނަވީން ކާރު ދުއްވާލިއެވެ.
ކުރިއަށް ދުވެފައިދާ ނަވީންގެ ކާރަށް ބަލަން ޚާލިދު އިރުކޮޅަކު ހުއްޓެވެ. ފުން ވިސްނުމެއްގައެވެ. ނަމަވެސް ހޮސްޕިޓަލް ތެރެއަށް ވަދެގެން ދިޔައިރު ޚާލިދުގެ މޫނުން ފެންނަނީ ލުއި ހިނިތުންވުމެކެވެ.
** ** ** ** ** ** ** **
މީހަކާ ބައްދަލުކުރަން ޖެހުނަސް މި ދެތިންދުވަހަކު ނަވީން އަންނަނީ އެކަހަލަ ހުރިހާ އެޕޮއިންޓްމަންޓެއްވެސް ރަސްމީ ގަޑިއަށް ހަމަޖައްސަމުންނެވެ. އެނޫން ހުރިހާ ގަޑިއެއްގައިވެސް ހުސްކޮށް ހުރުމުގެ މަގްޞަދުގައެވެ. އިނާ ދެކިލުމަށް ދާން އޭނައަށް ހުރަހެއް އޮތިއްޔާ އޭނަ އެ ހުންނަނީ އެކަމަކުން ސަލާމަތް ވެގެންނެވެ. އެހެން ހުންނަ މީހަކު މިގަޑީގައި ދާން ބައްދަލުވުމެއް އޮންނާނެ ހެއްޔެވެ؟
ނޫނެކެވެ. ނެތެވެ. ނަވީން ބޭނުންވީ ވަގުތުކޮޅަކަށް އެމާހައުލާ ދުރުވުމަށެވެ. ޚާލިދު ދެއްކި ވާހަކައިގެ ސަބަބުން އޭނަގެ ނަފްސަށް ކޮންމެވެސް ކަހަލަ ހަލަބޮލިކަމެއް އަތުވެއްޖެއެވެ. އެހެންކަމުން އިނާ ފެންނަ ހިސާބަށް ދިއުމުގެ ކުރިން ނަވީން ބޭނުންވީ ކުޑަކޮށްވިޔަސް ހަމަޖެހިލުމަށެވެ. ދެން އެތަނުގައި ދެކެވޭނެ ވާހަކަތަކަށް ތައްޔާރުވުމަށެވެ. އެހެންކަމުން ރަށުގެ ލިންކް ރޯޑުގައި ވަކި މަގްޞަދެއް ނެތި ނަވީން ކާރު ދުއްވަމުން ދިޔައެވެ. ގަމާއި ވީ ކޮޅަށެވެ. ކޮންމެވެސް ހިސާބަކުން އަނބުރާލާފައި އަންނާން ގަސްދުކޮށްގެންނެވެ. ނަމަވެސް މިހާރު ދެވުނީ ކިހާހިސާބަކަށްކަންވެސް އެނގޭވަރަށްވުރެ ނަވީން އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ.
ޚާލިދު އޭނައާއި އެކުރީ ކޮން ކަހަލަ ސުވާލެއް ހެއްޔެވެ؟ ޒިޔާދުގެ ހުރި ވިޔާނުދާ ކަމުގެ ވާހަކަ އިނާ ކައިރީ ދައްކާނެ ގޮތެއް އިނާގެ ބައްޕައަށް ނޭނގުނުއިރު އޭނައަށް ވަކި އެނގޭނެ ހެއްޔެވެ؟ އެނގުމުގެ ބަދަލުގައި އޭނައަށް މި ލިބުނީ ހާސް ކަމެކެވެ. ދެން ވާނީ ކިހިނެއް ކަމާދޭތެރޭ ނުވިސްނާ އޭނައަށް ހުރެވޭނެ ހެއްޔެވެ؟ އޭނަގެ އިނާއަށް ވާނީ ކިހިނެއް ހެއްޔެވެ؟
އިނާ އެކަނި ހެއްޔެވެ. ޚުދު އޭނައަށްވެސް ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މިދިޔަ ދުވަސްތަކުގައި އިނާގެ ހަނދާންތަކުން ދުރުވާން އޭނަ މަސައްކަތް ކުރިވަރު އެނގޭނީ ޚުދު އޭނައަށް އެކަންޏެވެ. އެކަމަކު އެ ބުރަ މަސައްކަތް ފަނުފުލުން ނުގޮހެއް ދެނެއް ނުހުންނާނެކަން ޔަގީނެވެ. ކިތަންމެ ނުވިސްނާން ހުއްޓަސް އަނެއްކާވެސް އިނާގެ ހަނދާންތަކުން އޭނަގެ ސިކުނޑި ކަޅިވާން ފަށާނެއެވެ. އިނާ ކައިރިއަށް ދާހިތް ވާނެއެވެ. ދެކޭހިތްވާނެއެވެ. އެކުގައި ވާހިތްވާނެއެވެ. ޔަގީނެވެ. ވާނެއެވެ. އޭނަގެ ހިތަކީ އިނާގެ މައްސަލައެއްގައި ނަމަ އެހާ އޭނަގެ ކިޔަމަނުގައި ވާ އެއްޗެއް ނޫނެވެ. އިނާ ބަނދެވިފައި ހުރި މަޅިއަށް ކުޑަވެސް ދުލެއް ލިބުނުކަން އޭނައަށް މިރޭ މި އެނގުނީއެވެ. ދެނެއް އޭނަގެ ހިތެއް ސިކުނޑިއެއް އޮބިނޯންނާނެއެވެ. އޭނަގެ ހުރިހާ ހިއްސެއްވެސް އޭނައަށް އެހީވުމުގެ ބަދަލުގައި އެހީވާނީ އޭނަގެ ހިތަށެވެ. މިރޭ މިވީ ކުޑަ ހިނދުކޮޅުގެ ތެރޭގައިވެސް ބުނަން ނޭނގޭ ކަހަލަ އުއްމީދެއް އޭނައަށް ލިބެން ފަށައިފިކަން ޚުދު އޭނައަށްވެސް އެބަ ފާހަގަ ކުރެވެއެވެ. ދެން އޭނަ ހަދާނީ ކިހިނެއް ހެއްޔެވެ؟
ޚާލިދު ބުނި ގޮތުންނަމަ އޭނަ ހުރީ އެ ވާހަކަ ޝީލާ އާއި އިނާ ކައިރީ ބުނާނެ ގޮތެއް ނޭނގިފައެވެ. އެކަމަކު އެންމެ ފަހުން އައިސް އޭނައަށް އެ ވާހަކަ ދެއްކުނީ އެވާހަކަ އެންމެ ނޭނގެން ޖެހޭ މީހާގެ ގާތުގައިކަން ޚާލިދުއަށް ހަމަ ނުވިސްނުނު ހެއްޔެވެ؟
ނަވީން ދުއްވަމުން ދިޔަ ކާރުގެ ހަތަރުފުރޮޅަށްވުރެވެސް ނަވީންގެ ސިކުނޑީގައި ވިސްނުންތައް އެނބުރޭވަރު މާ އަވަހެވެ.
** ** ** ** ** ** **
ޚާލިދު ހޮސްޕިޓަލަށް ވަދެގެން ހިނގައިގަތްތަނާ އޭނަގެ ކުރީގައި ހުރެގެން ދިލްމާ ދާތަން ޚާލިދުއަށް ފެނުނެވެ.
"ގެއަށް ގޮސްލާފަތަ ތި އަންނަނީ؟" އަރާ ހަމަވުމުން ޚާލިދު އަހާލިއެވެ.
"ނޫން..........މި ބޭސްފިހާރައިން ބޭސްމަލަން ކޮޅެއް ގަނެލައިގެން މި އަންނަނީ."
"އެޔޯ.............ކާކު ކިހިނެއްވީ؟" ކުއްލިއަކަށް ޚާލިދުގެ މޫނުމަތިން ކަންބޮޑުވުން ފެނުނެވެ.
"ބޮޑުކަމެއްވީކީ ނޫން. މިރޭ އާ ފައިވާނަކަށް އަރައިގެން އުޅޭތީ ކުޑައިނގިލިން ހަންދިޔައީ......" ޚާލިދުބެގެ އޯގާތެރިކަމަށް ހިނިތުންވެލަމުން ދިލްމާ ބުނެލިއެވެ.
އެ ދެމީހުން ވޯޑަށް ވަންނަން ގޮސް ދިމާކޮށްލިތަނާ ބޭރުގައި ހުރި ގޮނޑިބަރި ކައިރީ ޝީލާ ހުއްޓާ އެ ދެމީހުންނަށްވެސް ފެނުނެވެ. ބަޔަކުގެ ފިޔަވަޅުތަކުގެ އަޑު އިވިގެން އެނބުރި ބަލާލިއިރު ޚާލިދު ފެނުމުން ވާހަކަ ދައްކަން ހުރި މީހާ ކައިރީ ދަނީއޭ ބުނެފައި ޝީލާ އތުވެއްޖެއެވެ.
"ކާކު އެއީ............" ޝީލާ އައުމުން ޚާލިދު އަހާލިއެވެ.
"ނޭނގެ ކާކުކަމެއް.........މިހާރު ދެފަހަރަކު ފެނިއްޖެ. ދެފަހަރުވެސް އެހީ އިނާގެ ހާލު. އެހެންވެ މިފަހަރު މި އައީ އަހާލާފަ ކާކުހޭވެސް. ބުނީ ތިމަންނާއަކީ ހެޔޮ އެދޭ މީހެކޭ." ޝީލާ ބުނެދިނެވެ. ކައިރީގައި ހުރި ދިލްމާއަށް މި އަޑު އިވުމުން ހިތުގައި ޝައްކެއް ހިނގާލިއެވެ. ކުޑަކޮށް އެއްފަރާތަށް ޖެހިލާފައި ދިލްމާ ބަލާލިއެވެ.
އޭނައަށް ހީވީ ރަނގަޅަށެވެ. އެއީ ހަމަ އެމީހާއެވެ. ކުރީރޭ އޭނަވެސް އެ ގޮނޑިބަރީގައި އިންދާ އިނާގެ ޚަބަރު އެހި ޒުވާނާއެވެ. ޖެހިލުންވެސް ކުޑަ މީހެއްތާއެވެ. އިނާގެ މަންމަ އާއިވެސް ޖެހިލުމެއް ނެތި ވާހަކަ ދެއްކީ ހެއްޔެވެ؟ އެކަމަކު ލާޗާރު ބިޗާރަށް އެނބުރޭ މީހެއް ވައްތަރެއް ނުޖަހައެވެ. ގަދަ ފެހި ކުލައިގެ ޓީޝާޓަކާއި ކަޅު ޖިންސްގައި މިރޭ ފެންނަނީ ކުރިއަށްވުރެވެސް ފުރިހަމަކޮށެވެ.
ދިލްމާ ބަލާލާތޯ އެ ޒުވާނާވެސް އިންކަހަލައެވެ. ދިލްމާއާއި ހަތަރުކަޅި ހަމަވުމާއެކު އެ ޒުވާނާ ހިނިތުންވެލިތަން އެންމެންވެސް ދެކުނެވެ.
އަވަސް އަވަހަށް ދިލްމާ ވަނީ ވޯޑް ތެރެއަށެވެ. އެ ޒުވާނާގެ ހިނިތުންވުމަށް ހިނިތުންވުމަކުން ޖަވާބު ދިނީ ޚާލިދުއެވެ. ދެން ޚާލިދު އާއި ޝީލާވެސް ވަނީ ވޯޑަށެވެ.
** ** ** ** ** ** **
އިނާގެ ހާލު އިތުރަކަށް ގޯހެއް ނޫނެވެ. ހުރިހާ ރިޕޯޓަކާއި ހުރިހާ ރިކޯޑެއްވެސް ޚާލިދު އަމިއްލައަށް ބެލިއެވެ. ޔަގީން ކުރިއެވެ. ހުރިހާ ލިއުމަކުންވެސް ދައްކާ ގޮތުގައި އިނާގެ ހާލު އާދައިގެ ގޮތެކެވެ. އެއްޗެއް ބުނަން ނޭނގެނީ ރޮދިނުކޮށާ ހުރި ޒަޚަމްގެއެވެ. އެނޫން ހުރިހާ ކަމެއްވެސް ރަނގަޅެވެ. ޚާލިދު އާއި ޝީލާ އެމީހުންގެ ހިތުގ އަޑިން ﷲ އަށް ހަމްދުކުރިއެވެ.
"އެހެންވީމަ ބައްޕަ ދަނީ.........މިރޭ މަންމަ އިންނާނީ. ބައްޕަ ދަމުން ދިލްމާ ގެއަށް ލައިދޭނަން. ގެއިން އެއްވެސް އެއްޗެއް ގެންނަން އެބައޮތްތަ؟ މިބުނީ ހެނދުނު؟" ޓެސްޓްތައް ބެލުމަށްފަހު ހިތްހަމަޖެހުމާއެކު ޚާލިދު އެރެއަށް ގެއަށް ދިއުމަށް ތައްޔާރު ވަމުން ދިޔައެވެ.
"އުނހުނ.........ހުރިހާ އެއްޗެއްވެސް އެބަހުރި. ކޮބާ ނަވީން. ޚާލިދުއާއެކުގައެއްނު ދިޔައީ؟" ޚާލިދު ކުރި ސުވާލަށް ޖަވާބު ދީފައި ޝީލާ އެހިއެވެ.
"އެބަ އަންނަމޭ ބުނީ. އެކަމަކު މިހާރު އެހެރަ އެގާރަގަޑި ބައިވީ. ދެން މިރެއަކު ނައަންނާނެކަންނޭނގެ. ބައްޕަ ދެން ދަނީ އިނގޭ. އެއްވެސް ކަމެއް ވަންޏާ ބުނާތި. ކަމެއް ބޮޑުވަންޏާ ޝީލާވެސް ގުޅާތި." ތަކުރާރުކޮށްވެސް ޚާލިދު އެދުނެވެ.
"ދަނީ. އިރާދަކުރެއްވިއްޔާ މާދަން އަންނާނަން." ދިލްމާވެސް މިހެން ބުނެލާފައި ޚާލިދުގެ ފަހަތުގައި ހުރެގެން ދާން ހިނގައިގަތެވެ. އެމީހުން ދިޔަ ދިމާލަށް ޝީލާ ބަލަން އިންއިރު، އިނާވެސް އޮތީ ބަލަހައްޓައިގެންނެވެ. ކަރު އެނބުރެނީ ކަނައަތްފަރާތަށް އެކަނި ކަމަށްވެފައި އެއީ ދޮރާއިދިމާވީ ފަރާތް ކަމަށްވާތީ އިނާވެސް އޮތީ ބަލަހައްޓައިގެންނެވެ.
** ** ** ** ** ** **
ނަވީން ދެން ނައަންނާނެޔޭ ޚާލިދު ބުންޏެއްކަމަކު އެއީ ޚާލިދުއަށްވީ ކުށްހީއެކެވެ. ކުރީ ދެރެއެކޭ އެއްފަދައިން ނަވީން އެރޭވެސް ހޮސްޕިޓަލަށް އައެވެ. ގަޑިން އޭރު ހުރީ ބާރަގަޑި ފަނަރަވެފައެއްކަމަކު ނަވީން އައެވެ.
ގިނަ ރަށްރަށުގެ ހޮސްޕިޓަލްތަކަކީ ގަވާޢިދު އޮތް ނަމަވެސް، ރަށު މީހުންނަށާއި ދަންނަ މީހުންނަށް ފަސޭހައިން ވަދެނިކުމެވާ ތަންތަންކަމުން ކިތަންމެ ދަންވަރު އަޔަސް ނަވީންއަށްވެސް ހޮސްޕިޓަލަށް ވަނުމުގައި ދައްޗެއް ދިމަލެއް ނުވެއެވެ.
އިނާ އޮތް އެނދުކައިރިއަށް ނަވީން ދިޔައިރު މިރޭގެ ޑިއުޓީގައި ޝީލާ އިންދާ ފެނުނެވެ. އިނާ އޮތީ ލޯމަރާލައިގެންނެވެ.
"އިރުކޮޅެއްވެއްޖެ ނިދުނުތާ" ޝީލާ ޔަގީންކޮށްދިނެވެ.
ހިމޭން ގަޑިއެއްކަމުން ނަވީންވެސް އިތުރު އެއްޗެއް ނުބުނެއެވެ. ހިނިތުންވެލާފައި ވަށައިގެން ބަލާލީއެވެ. މުޅި ތަނަށްވެސް ވެރިވެފައި ވަނީ ވަރަށް ބޮޑު ހިމޭން ކަމެކެވެ. ހުރިހާ ބަލިމީހުންވެސް ނިދިފައި ތިބި ގަޑިއެކެވެ.
"ދައްތަ އަންނާނަން ފެން ހިފައިގެން. ނަވީން އިހަށް މަޑުކޮށްލަދީބަލަ އިނގޭ." ފެން ހުސްވެފައި ހުރި ފުޅިއެއް ނަގަމުން ޝީލާ ބުނެލިއެވެ.
ނަވީން އެއްޗެއް ބުނާނެ ކަމަކަށްވެސް ޝީލާ ނުބަލައެވެ. ހުސްފުޅި ހިފައިގެން ހިނގައްޖެއެވެ. އެދޭ ފުރުޞަތަކީ ކޮންމެވެސް ދުވަހަކުން ލިބޭނެ އެއްޗެކެވެ. ނަވީނަށްވެސް އޭނަ އެންމެ ބޭނުންވި ފުރުޞަތު ލިބުނީއެވެ. ބޭނުންހިފުމާ ނުހިފުން އިންސާނާގެ އަތްމައްޗަށް ދޫކޮށްލެވިފައި ވިއެއްކަމަކު، ފުރުޞަތުތައް އައިސް ފައިތިލައިގައި ބޮސްދެނީ މިފަދައިން ކިތައް ފަހަރުހެއްޔެވެ؟
އެނދުގެ ފައިލާކޮޅުގައި ހުއްޓިލައިގެން ދެޖީބަށް އަތްޖަހައިގެން ނަވީން ހުރީއެވެ. އިނާއަށް ބަލަހައްޓައިގެންނެވެ. ވޯޑުގެ މައިދޮރާއި ވީ ފަރާތުން އެނދުގެ އެއްފަރާތުން ސްކްރީން ދަމާފައި ހުރުމުގެ ސަބަބުން އަނެއްފަރާތުން ފެންނަ ފާރާއި އެ ސްކްރީނާއި ދެމެދުގައި ކުޑަކޮޓަރިއެއްގައި ނަވީން އާއި އިނާއާއި އެކަނިވި ފަދައެވެ. އެހެން މީހެއް އެހެން އަޑެއް ނީވޭތީ ވަށައިގެންވާ ހުރިހާ ކަމެއްވެސް ނަވީން ހަނދާން ނެތިއްޖެއެވެ. އޭގެ ބަދަލުގައި ހަނދާނުގައި ހުރީ މިރޭ ޚާލިދު ދެއްކި ވާހަކަ އާއި އިނާ އެކަމާއި ދެރަވާނެ ވަރު ހިތަށް އަރާފައި ކުރެވޭ ހަނދާން ތަކެކެވެ.
ދިރިއުޅުމުގައި ހުރިހާ ކަމަކުން އޭނައަށް ކާމިޔާބު ލިބުނުއިރު، ލޯބިވާ މީހާ ހާސިލް ކުރުން އޭނައަށްޓަކައި މިހާ އުނދަގޫ ކަމަކަށް ވަނީ ކީއްވެހެއްޔެވެ؟ އަތްފޯރާ ހިސާބުގައި، ފެންނަ ހިސާބުގައި އުޅޭއިރުވެސް، އަނގައިން ބުނެލުންވެސް ހުއްދަނޫން އިމެއް ކަނޑައެޅިފައި އޮންނަ ގޮތްވީ ކީއްވެހެއްޔެވެ؟ ލިބުނޭ ހީވި ފަހަރަކާއި ލިބިދާނެއޭ ހީވާ ފަހަރެއްގެ ދެމެދުގައި ހުންނަ އުއްމީދުގެ ރޮދިފަށުގައި އެލިގެން އޭނައަށް އުޅެވޭނެހެއްޔެވެ؟ އެހެން ހުއްޓާ އުއްމީދުކޮޅުވެސް ގެއްލި އޭނަ އައިސް ވެއްޓި ޖެހޭއިރު ސަލާމަތް ވާނެ ހެއްޔެވެ؟ ނޫނީ އެއަށްވުރެ ކުރިން އެހެން ގޮތެއް އޭނަ ހޯދަން ވީ ހެއްޔެވެ؟ ނޫނީ ކޮންމެ ގޮތެއްވިޔަސް ހެޔޮ ކަމަށް ހިތުގެ އެދުން ހާސިލްކުރަން ހިތްވަރުގަދަ މީހަކަށް އޭނަ ވާންވީ ހެއްޔެވެ؟ ކިހިނެއްހެއްޔެވެ؟ އިނާ އެދޭގޮތް ނޭނގޭއިރު އެކަހަލަ ނިޔަތެއް ހިތުގައި ލުންވެސް އޭނައަށް ވަނީ އުނދަގޫ ކަމަކަށެވެ.
އިނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރިއިރު ސިކުނޑިއާއިހިތާއި ދެމެދުގައި ކުރެވުނު ހަނގުރާމައަކުން ކާމިޔާބެއް ނުވިއެވެ. ނާއުއްމީދުވެގެން އަނެއްފަރާތަށް އެނބުރިލިތަނާ ލޮލުގައި އަޅައިގަތް ކަމަކުން އޭނައަށް ހުއްޓެވުނެވެ. މުޅި ވޯޑްގައިވެސް ދިއްލާފައި ހުރީ ދޮރުކައިރީ ހުރި ހަތަރު ނަންބަރު އެނދުގެ ހޮޅިބުރިކަމުން އިނާގެ އެނދަކަށް މާ ބޮޑު އަލިކަމެއް ނުވެއެވެ. ނަމަވެސް އޭނައަށް ގޮތެއްހެން ހީވެގެން އެނދުގެ ސްކްރީން ދަމާފައި ހުރި ފަޅި ނޫން އަނެއްފަޅިން އިނާގެ ކައިރިއަށް ގޮސް ނަވީންއަށް ހުއްޓިލެވުނީ، އެ ފަނޑު އަލިކަމުގެ ތެރޭގައި އޭނައަށް ވީ ހީއަކަށެވެ.
އަމިއްލަ ޖީބުގައި އޮތް ފޯން ނަގައި ސްކްރީންގެ އަލިކަން އިނާގެ ކަރުދަށަށް އަޅުވާފައި ބަލާލިއެވެ. ހީވީ ރަނގަޅަށެވެ. އިނާގެ ކަރުދަށުގައި އަޅާފައިވާ ބޭސްގަނޑުން ކޮންމެވެސް ވަރަކަށް އެހެރީ ލޭފޭދެން ފަށާފައެވެ. އަދި މާގިނައިރުތަކެއްވިހެނެއްވެސް ހިއެއް ނުވެއެވެ. ހީވާގޮތުން އެއީ ހަމަ ދެންމެ ވާން ފެށި ގޮތެކެވެ.
ބާރުފިޔަވަޅުތަކެއްގައި ނަވީން ހިނގައިގަތީ ސްވިޗް ޖައްސައި އިނާގެ އެނދާ ދިމާލުގައި އޮތް ހޮޅިބުރި ދިއްލާށެވެ. ދިއްލާލާފައި އޭނަ ގޮސް ގޮވީ ނަރުހަކަށެވެ. ނަރުސް ކުއްޖާ އާއި ނަވީން އާއި ދެމީހުން އިނާގެ އެނދާއި ދިމާލަށް ހިނގައިގަތް އިރު ޝީލާވެސް ފަހަތުން ހުރެގެން އާދެއެވެ.
"ކިހިނެއްވީ ނަވީން....؟" ވަގުތުން ޝީލާ ކަންބޮޑުވިއެވެ.
"ޚާލިދުއަށް ގުޅަންވީކަންނޭނގެ އަވަހަށް." އަވަސް ފިޔަވަޅުތަކަކާއެކު ހިނގަހިނގާހުރެ ނަވީން ބުނެލިއެވެ.
ޝީލާގެ މޭގުޑައިގެން ދިޔައެވެ. އަނެއްކާ އޭނަގެ ދަރިފުޅަށް ވީ ކީއްހެއްޔެވެ؟
********(ނުނިމޭ)************
ވޯޓް
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް
ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.
ޚާލިދު ހޮސްޕިޓަލަށް ވަދެގެން ހިނގައިގަތްތަނާ އޭނަގެ ކުރީގައި
ހުރެގެން ދިލްމާ ދާތަން
ޚާލިދުއަށް ފެނުނެވެ. "ގެއަށް ގޮސްލާފަތަ ތި އަންނަނީ؟" އަރާ ހަމަވުމުން
ޚާލިދު އަހާލިއެވެ. "ނޫން..........މި ބޭސްފިހާރައިން ބޭސްމަލަން ކޮޅެއް
ގަނެލައިގެން މި އަންނަނީ." "އެޔޯ.............ކާކު
ކިހިނެއްވީ؟" ކުއްލިއަކަށް ޚާލިދުގެ މޫނުމަތިން ކަންބޮޑުވުން ފެނުނެވެ. "ބޮޑުކަމެއްވީކީ ނޫން.
މިރޭ އާ ފައިވާނަކަށް އަރައިގެން އުޅޭތީ ކުޑައިނގިލިން ހަންދިޔައީ......" ޚާލިދުބެގެ
އޯގާތެރިކަމަށް ހިނިތުންވެލަމުން
ދިލްމާ ބުނެލިއެވެ. މިކަހަލަ
ތަންކޮޅު ކޮޅު ހުރީމަ ވާހަކަ ވަރަށް އަސްލާ އެތްގޮތް..... ވ ވ ވ ސަޅި
އަޅެ ކިހިނެތް މިހާރުމިވަނީ؟...
އަޅޭ ހާދަ ކުރޭ ސޮފާ...........ބަޓް ވަރަށް ވަރަށް ރީތި
އިނގޭ.... އެހާ ކިޔާހިތުން
ހުއްޓާ އެ ނިމުނީވިއްޔަ...... ހެހެ ތޭންކްސް ފޮ އަޕްލޯޑިން އިނގޭ........ ދެން ކޮންދުވަހަކުތަ އަނެއް ބައި
ކިޔާލަން ލިބޭވަރުވާނީ.......
ދެންވާގޮތް ބަލާލާހިތުން ހުރެވެނީކީ ނޫން............. ލަވް ޔޫ
މިބައި އެހާ ކަމަކު ނުދޭ... ތަންކޮޅެއް
ކުރުކޮށް ގިނަ ކަންތައް ހިމަނާލި ނަމަ ރީތިވީސް..
އަޅެ ވިމީ ކިހިނެއް.. ސޮފާ ޙަލިދު ގާތުގަ ބުނެބާ އެ ޒިޔާދުގަނޑު
ގެ ވާހަކަ ނުދައްކާށޭ..
އާއި ހޭޓް ހިމް ފްރޮފް ބޮޓަމް އޮފް މައި ހާރޓް އެން ލަންގްސް.... އައި ޖަސް ހޭޓް ހިމް..
ސަމްޓައިމްސް ހިތަށް އަރާ މިވާހަކަ ދެން ނުކިޔާނަމޭ ވެސް އޭނަ ގެ އުޅެތީވެ.. އެ ނަން ފެނުނަސް
މިހާރު ރުޅި އާދޭ...
އެ ނިއު ބޯއީ އަކީ ކާކުކަން ނޭނގޭތީ އަދިވެސް މި ތިންކް ކުރެވެނީ އޭނަ އާ ދޭތެރޭ... ބެސްޓް
އޮފް ލަކް ޑިޔަރ...
އެއީ ކޮންމެ ދުވަހެއްގެވެސް އާދައަކަށް ވާންފަށައިފިއެވެ...
ހިތުގައި އެވާހަކައަށާއި
ވާހަކައިގެ ލިޔުންތެރިއާއަށް ޙާާއްސަގަދަރަކާ ލޯތްބެއް ދެވެންފެށިކަހަލައެވެ... ކޮންމެދުވަހެއްގެ އިރު
އަރަނީ ވާހަކަިއގެ އައުބަޔެއް
މުރާސިލްގައި ޕަބްލިޝް ކޮށްފައޮންނާނެކަމުގެ ފޮނި ފޮނި އުންމީދުގައި ހުއްޓައެވެ... ދުވަހުގެ
އިރުއޮއްސިގެން ދަނީ ޖެހިގެން އަންނަދުވަހަށް އެއުންމީދުތައް ހަށިފޮޅާތެދުވެ އައުވެ ތާޒާކޮށްދެމުންނެވެ...
ލޮލް.. ވަރަށް ނައިސް މި ޕާރޓްވެސް.. ތޭންކްސް އަ ބިލިއަން... އެންޑް ޔަ މިވާހަކަ ޕަބްލިޝް
ކުރެވެނީ ދެދުވަހުން އެއްދުވަހުތަ؟
ނޫނީ ތިންދުވަހުން އެއްދުވަހުތަ "އަވަރ" ފަތިސްތިރީ؟
ކިހިނަކުންތޯ އެންމެ ޕާޓަކުން ކެތްކުރާނީ
ދުވާލަކު މިހިތަށް
ލިބުނުއަރާމަކުންފަހެ ކިޔާލުމުން މިޕާޓު
ކިހިނަކުންތޯ އެންމެ ޕާޓަކުން ކެތްކުރާނީ
ދުވާލަކު، މިހިތަށް
ލިބުނުއަރާމަކުންފަހެ ކިޔާލުމުން މިޕާޓު
ވ އުފާވެއްޖެ ވާހަކަ ފެނުނީމަ......ވ އިންތިޒާރުކޮށްފިން
ވާހަކައަށް....ވ ބޮޑަށް
ތޭންކްސް އަޕްކޮށްދިނީވެ.....ހީވީ ހަމަ ފިލްމެއް ބަލާލީހެން....ދެން ކޮން އިރަކުންތަ އަޕްވާނީ؟؟؟
ކޮންމެ ބައެއް ކިޔާނިމުމުން އެ ވަގުތުކޮޅަށް އެކަނި
ހިތްފުރެނީ......ހެހެހެހެހެހެ...އުއްމީދުކުރަން ދެން އޮތް ބައިވެސް އަވަހަށް
އަޕްވާނެކަމަށް...ޓޭކް ކެއަރ..... ބާއީ.....
ސޮފާ ވަރައް ވަރައް ރީތިމިބައި އަނެއްކާ ވެސް ފޯނުކޯލެއްދޯ ހާދަރީޗޭ އެއްބަޔާ އަނެއް ބައި ގުޅުވާލާފަވާ
ގޮތް ވަރައްރީތި މިހާރު ހާލިދު ބޭނުންވަނީ ނަވީން ނާ އިނާގުޅުވަންދޯ؟
އެ ޒުވާނާ އަކީ ހަމަ އިނާ އާއި އަޅައިގަނެގެން
އުޅޭ މީހެއްތަ! ހަންޑިއަށް ހީވަނީ އެއީ ދިލްމާ ދެކިލާހިތުން ދާ މީހެކޭ
Why is dat mihaaru ehaa kurukoh
lahun upload kohdheniii… Vrh
reethi mihaaru vaa goii, dhen avaha’ naveen and inaa gulhuvabrr.. ithurah
dhen kethe’h nukureveyne…
m loving naveeen!! He seems to b smart and handsome by yur description… Yu r duing an awesome job!! I like dis story a
lot… yu are very good in dis… hav faith and look forward for wat yu are
doing.. we all are with yu..
all the best grrl!!

No comments:
Post a Comment