ގެއަށް
ދެވިއްޖެއެވެ. ދެމީހުންވެސް ގޮސް ހުއްޓުނީ އިނާގެ ގޭގެ ބޮޑު އަސްކަނި ދަށަށެވެ.
ދެމީހުންގެ ނޭވާވެސް ވަނީ ހަލަބޮލިވެފައެވެ. އެކަށް ތެމި ފޯވެފަ އެވެ.
ދޮރާށީގެ ތަޅުދަނޑި ނަގާ ދޮރު ހުޅުވާލާފައި އިނާ މަޑުކޮށްލިއެވެ. ދެން ހަދަންވީ ކިހިނެއްކަން ވިސްނާލަން މަޖްބޫރުވީ އެހިސާބުންނެވެ. ނަވީން އެހެރީ އޭނައާއެކު އެހިސާބަށް އައިހެވެ. ނަވީން އެހެރީ އެކަށް ތެމިފައެވެ. ވަގުތަކީ ރޭގަނޑުގެ ދަންވަރުގެ ވަގުތެވެ. އޭނަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟
"ކިހިނެއް ދެން ހަދާނީ.....؟؟" އިނާގެ ހިތުގައި
އުފެދުނު ސުވާލު ވަރަށް ފުރިހަމައަށް ނަވީނަށް އެނގުމުން، އެ ސުވާލަށް އަޑު
އަޅައިދިނީ ހަގީގަތުގައިވެސް ދެން އިނާ ހަދާގޮތެއް އެނގެން ބޭނުންވާތީއެވެ.
އެއްގޮތަކަށްވެސް އޭނަ ހަދަންވީ ގޮތް އޭނައަށް ނޭނގޭތީކީ ނޫނެވެ.
ވާރޭގައި ތެމިގެން ދުވެފައި އައީމަ ހަށިގަނޑަށާއި ހިއްސުތަކަށް އައިސްފައިވާ ހަލަބޮލިކަމުގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. ދެން ހަދާނީ ކިހިނެއްހޭ ނަވީން އަހާލުމުންވެސް އިނާ ގާތަށް އައީ އުފާވެރިކަމުގެ ހިންޏެކެވެ. އޭނަ ހިތަށް އެރިއެތި ނަވީނަށް އެނގިގެން ނަވީން އޭނައާއި ސަމާސާކޮށްލީކަމަށް އޭނައަށް ގަބޫލު ކުރެވުނީ ވަރަށް ފަސޭހައިންނެވެ. ކުރީގެ އިނާނަމަ އެ ރީތި ހިނިތުންވުމަކީ އެހާ ފަސޭހައިން މީހަކަށް ދޭނެ އެއްޗެއް ނޫނެވެ.
"އާދޭ އެތެރެއަށް....ވާރޭ ތުނިކޮށްލީމަ ދާނީ....." ވާރޭގެ ސަބަބުން އޭނަގެ ބޮލުން ހޭވިގެން އައިސްފައިވާ ބައެއް އިސްތަށިތައް ކަންފަތް ކައިރިން މައްޗަށް ނަގަމުން އެތެރެއަށް ވަންނަން އިނާ އެނބުރުނެވެ. އިނާ ހަދަނީ ކިހިނެއްތޯ ބަލަން ނަވީން ހުރީއެވެ. ވެހޭ ވާރެޔަކަށް ހުއްޓުމެއް ނައަންނާތީ، އެތާ ހުރެފައި އިނާ ގޯތިތެރެއަށް ވަނީ ދުވެފައެވެ. އެދިޔަ ގޮތަށްގޮސް އިނާ މަޑުކުރީ ގޭގެ ގޯތިތެރޭގައި ހުންނަ މޭޒުކައިރިއަށެވެ. އެތަނަކީ ރިސޯޓްތަކުގެ ބީޗްތަކުގައި ހުންނަ ވައްތަރުގެ ރަތްކުލައިގެ ބޮޑު ކުޑައެއްގެ ހިޔަލުގައި ހުންނަ ތަނަކަށްވާތީ، ސީދާ އައިސް ޖެހޭ ވާރޭގެ ތިކިތަކުން ސަލާމަތްވެގެން އެތާ ހުރެވިދާނެއެވެ.
އިނާ އެތާ މަޑުކުރިތަން ބަލަންހުރެފައި ނަވީންވެސް ދުވެފައިގޮސް އެތަނަށް ހުއްޓުނެވެ. ގެނައި ހުދު ޕާސް މޭޒުމަތީގައި ބާއްވާފައި އިނާ އުޅެނީ އޭނަގެ މޫނުން ފެންތައް ފޮހުމުގައެވެ. ނަވީނަށް ހުރެވުނީ މިތަން ބަލާށެވެ. ގޯތިތެރޭގައި ދިއްލާފައިވާ ރީނދޫ އަލީގައި އިނާ ހީވަނީ ޖަވާހިރުގެ މުތީތަކަކުން ވިދާ ބަބުޅާ ރީތި ސަންގްމަރުމަރު ބުދެއްހެންނެވެ. އެ ރީތި ދޮންހަމުގައި ފެންތިކިތަކަށް ހަރުލާން ނުކެރިގެން އުޅޭފަދައިން ބައެއް ފެންތިކިތައް އިނާދޫކޮށް ދެއެވެ.
ވާރޭގެ ސަބަބުން ތެމިފައިވާ މޫނާއި އިސްތަށިގަނޑުން ހެލިފައިވާ އިސްތަށިތައް ތަރުތީބުކުރަން ހުރި އިނާގެ ހަރަކާތްތަކަށް ހުއްޓުން އައީ އޭނައާއި ދިމާލަށް ނަވީން ބަލަން ހުރިތަން ފެނުމުންނެވެ.
"ހިނގާ އެތާ ފެންޑާމައްޗަށް.........ތުވާއްޔެއް ގެނެސްދޭނަން........." ނަވީންގެ ނަޒަރުން ސަލާމަތްވުން ކޮންމެހެންވެސް މުހިއްމު ކަމަކަށް ދެކިގެން ދިއުމަށްޓަކައި އިނާ އެނބުރިލިއެވެ. ނަމަވެސް ތިމާ ދެކެ ލޯބިވާ ފިރިހެނެއްގެ ކުރިމަތީގައި އެކަހަލަ ގަޑިއެއްގައި ހުރެފައި އެހެން ދިއުމަކީ އެމީހާގެ ހިތް އެންމެ ބޮޑަކަށް ކަތިލެވޭނެ ގޮތެވެ.
ދާންވެގެން އެނބުރިލާފަ އިނާ އަޅާލި ދެވަނަ ފިޔަވަޅާއެކު ކުރިއަށް އަތްއެއްލައި އިނާގެ އަތުގައި ނަވީން ހިފިއެވެ. ދެކޮޅުހެދުމަކާ ނުލާ އިނާ ހުއްޓުނެވެ. ވަގުތުން ނަވީނާއި ދިމާލަށް އެނބުރުނެވެ. އެކަމަކު މޫނުމަތިން ފެންނަނީ ސުވާލުގެ ނަޒަރެކެވެ. އެހެންނަމަވެސް އެއްވެސް ހަރަކާތެއް ނެތިފައި ދެމީހުންވެސް ތިއްބެވެ. ކޮންމެ މީހަކުވެސް އަނެއްމީހާގެ މޫނުން އެމީހަކު އެދޭ ޖަވާބު ލިބިގަންނަނީއެވެ.
ވީ ސިކުންތުކޮޅެކެވެ. ނަވީންއަކަށް ދެން އިތުރަކަށް ނުހުރެވުނެވެ. ކުރިން ހުރީ ހަމައެކަނި އިނާގެ އަތުގައި، ހިފައިގެން ކަމުގައިވިޔަސް، ކުއްލިއަކަށް އިނާގެ އަތުގައި ހިފައި އޭނައާއި ދިމާލަށް ދަމާލިއެވެ. އިޚްތިޔާރަކާނުލާ އިނާގެ ހަށިގަނޑުވެސް އޭނަގެ އެ ހަރަކާތަށް ތަބާވިއެވެ. ނަމަވެސް އިނާވެސް ހުރީ އެއަށްވުރެ ހުޝިޔާރުވެގެންނެވެ.
ނަވީންއާއި އޭނައާއި ދެމެދުގަ އިތުރު ހުރަހެއް ދެން ނުހުންނާނެއޭ ހީވި ހިސާބަށް ކައިރިވެވުމާއެކު، އެ ދެމެދަށް ހުރަހެއްގެ ގޮތުން އޭނަގެ އަތްތިލަ އޭނަ ގެނައެވެ. ނަވީން ހިފައިގެން ހުރީ ވައަތުގައިކަމުން ގާތަށް ދަމާލުމާއެކު އޭނަ ޕާސްހިފައިގެން ހުރި ކަނާއަތުން ޕާހާއެކު ނަވީންގެ މޭގައި އަތް އަޅައި އެ ދެމެދަށް ދުރުކަން ގެންނަން އިނާ މަސައްކަތް ކުރިއެވެ.
"ކީއްވެ...............؟؟؟" ނަވީންގެ އަތުން ވީއްލިގަންނަން އުޅެމުން އިނާ އެހީ ވަރަށް ކުޑަ ސުވާލެކެވެ.
އެއާއެކު ނަވީންއަށް ހަމަ ވިސްނުން ވިސްނުނު ކަހަލައެވެ.
"ސޮރީ........." ކުރެވެން މި އުޅުނު ކަންތަކާއި ވާން ޖެހޭ ގޮތާއި ތަފާތުކަން ވިސްނުމުން އެކަމަށް މައާފަށް އެދުނެވެ.
ނަވީން ދައްކާ ވާހަކައެއްވެސް އަޑުއަހަން އިނާ ބޭނުމެއް ނޫންކަހަލައެވެ. ނަވީން ސޮރީއޭ ބުނުމާއެކު ޕާސް ހިފައިގެން އިނާ ހިނގައިގަތީ އެތެރެއަށެވެ. މިފަހަރު ވާރެއިން ސަލާމަތްވާންވެސް އިނާ ނޫޅެއެވެ. ހަމަ އާދައިގެ މަޑު ހިނގުމެއްގައި ދިޔައީއެވެ.
"އިނާ........މަޑުކޮށްބަލަ......" އިނާ ފަހަތުން ނަވީންވެސް ހިނގައިގަތެވެ. ވަރަށް އަވަސް، ދުރު ފިޔަވަޅުތަކެއްގައެވެ. ނަސީބަކުން ފެންޑާމަތީގައި އިނާމަޑުކޮށްލިއެވެ. ނަވީންވެސް ގޮސް އިނާގެ ކުރިމަތީގައި ހުއްޓި އުނަގަނޑުގައި ދެއަތް ވިދެލައިގެން އިސްޖަހައިގެން އިރުކޮޅަކު ހުރެއްޖެއެވެ. ވަރަށް ދުރުން ދަތުރުކޮށްފައި އައިމީހަކު ވަރުބަލިވެގެން ހުއްޓިލާފަދައިންނެވެ. ނަވީން އެހެން ހުރިއިރު ނަވީންގެ ބޮލުގެ ރީތި އިސްތަށިގަނޑުން ނިތްކުރިމައްޗަށް ހުރި އިސްތަށިތަކުން ޖަހާ ބޮޑެތި ފެންތިކިތައް ޓައިލްސްމައްޗަށް ޖެހޭތަން އިނާއަށް ފެނެއެވެ. ނަމަވެސް އިސް އުފުލާލުމާއެކު އެ ފެންތިކިތައް ނަވީންގެ ދެބުމަދޭތެރެއިން ގޮސް ނޭފަތުކޮޅުގައި އިރުކޮޅަކު ހުރެލާފައި ނަވީން ދޫކޮށް ދާން ފެށިއެވެ. މި މަންޒަރު ފެނުމުން އިނާއަށް ހީލެވުނެވެ.
އިނާ އެހާވަރަށް ބަލައޭ ނަވީނަށް ހީނުވިޔަސް، އިނާއަށް ނަވީންގެ ކޮންމެ ކަމެއްވެސް ބެލެމުން ދިޔައީ ވަރަށް ގާތުން ވަރަށް ތަފްޞީލްކޮށެވެ. މިހާތަނަށް ދުވަހަކުވެސް އެހާ ކައިރިން ނަވީން ދުށުމުގެ ފުރުޞަތު އޭނައަށް މީގެ ކުރިން ލިބިފައިނުވާތީކަމަށްވެސް ވެދާނެއެވެ. ނޫނީ އެއީ މިރޭ މިވެހެމުންދާ ވާރޭގެ ޖާދޫބާވައެވެ.
"މިހާރު ދެން ނުދޭ އަހަންނާ ދުރަށް...." އިސް އުފުލާފައި ނަވީން ބުނެލީ ހަމައެކަނި މިހެންނެވެ. އިނާ ހަމަ އަންތަރީސްވިއެވެ.
ނަވީންގެ މޫނަށް ފުންކޮށް އިނާ ބަލާލިއެވެ. ނަވީންގެ ލޮލުންވެސް މޫނުންވެސް އިނާއަށް ފެންނަނީ ވަރަށް ދެރަވެފައި ހުރެގެން އާދޭސް ކުރާ ގޮތެކެވެ.
"ވަރަށް ދުވަހު އުޅެވިއްޖެއެއްނު ތިހެން. އޭރު ހުރަސްތައްވެސް ހުރި. ސަބަބުތައްވެސް ހުރި. އެކަމަކު މިހާރު އިނާ އާއި އަހަންނާ ދެމެދުގަ ކޮން ހުރަހެއް ހުރެގެން ތިދަނީ....؟" އެ ސުވާލުގެ ޖަވާބު ނަވީން ބޭނުން ވިއެވެ.
"ނަވީންތަ ތި ސުވާލު ތިކުރަނީ......؟؟" ފަރުވާކުޑަގޮތަކަށް އިނާ އަހާލިއެވެ. އޭނައާއި ޒިޔާދުގެ ކައިވެނި ދެން ނުކުރެވޭނެކަމުގެ ޔަގީންކަން ނެތްނަމަ ނަވީން އައިސް އެކަހަލަ ވާހަކައެއް ނުދައްކާނެކަން އެވަގުތުވެސް އިނާ ހިތަށް އަރަމުން ދިޔައެވެ.
"ނެތެއްނު އެހެންމީހެއް މިތާގަ" ވަށައިގެން ނަޒަރު ހިންގާލަމުން ނަވީން ޖަވާބު ދިނެވެ.
"ފެންނަހާ މީހަކަށް ތިކަހަލަ ވާހަކަތައް ކިޔައިދެމުންތަ ނަވީން ހިނގަނީ؟" ހިތި ގޮތަކަށް އިނާ ބުނެލިއެވެ.
"ފެންނަހާ މީހަކަށް ؟ ކާކަށް ؟ " ވާހަކަ މިދަނީ ނަވީން ހީކުރި ގޮތަކަށް ނޫނެވެ.
"ފުރަތަމަ ލީނާ..........ދެން މާޔާ.........އަދި ނޭނގެ އެހެން ކިތައް މީހުން އުޅޭނެ ކަމެއް" އިނާއަށް އޭނަގެ ހިތުގައި އޮތް ވާހަކަ ބުނެލެވިއްޖެއެވެ.
އެއާއެކު ނަވީންގެ މޫނުގައި ހިނިތުންވުމެއް ދަތުރުކޮށްލިއެވެ. ގަބޫލުކުރަންވެސް ދައްޗޭ ބުނާކަހަލަ ގޮތަކަށް ވާރޭގެ ތެރެއަށް ބަލާލާފައި އަނެއްކާވެސް އިނާއާއި ދިމާލަށް ބަލާލިއެވެ. ކުރިއަށްވުރެވެސް ބޮޑަށް ނަވީންގެ މޫނުން ހިނިތުންވުން އިނާއަށް ފެނުނެވެ. އެ ހިނިތުންވުމުން މާނަ ކުރެވެނީ ތިއީ މޮޔައެކޭ ބުނާކަހަލަ މާނައެކެވެ.
"ލީނާ އަކީ އަހަންނާ އެއްވެސް ގުޅުމެއް ހުރި މީހެއް ނޫން....އެއީ މަންމަ އޮޅުކޮށްގެން ގެންގުޅޭ ކުއްޖެއް. އެކަން ކިހިނެއް ގަބޫލުކޮށްދޭނީ. އެ ވާހަކަ ނުދައްކާ. ދެން މާޔާ........މާޔާއަށްކަންނޭނގެ އެންމެ ރަނގަޅަށް އެނގޭނީ އިނާ ދެކެ އަހަރެން ލޯބިވާ މިންވަރު." ހިނިތުންވުމާއެކު ހުރެވެސް ނަވީންގެ ދުލުން "އިނާ ދެކެ އަހަރެން ލޯބިވާ މިންވަރު" އޭ ބުނި އަޑުއިވުމުން އިނާގެ ހިތުގައި ނަވީނަށްޓަކައި ޒަމާނުއްސުރެން އޮތް ލޯބި ހޭލިކަހަލައެވެ. އިނާގެ ތެމިފައި ހުރި މޫނުމަތިން ނަވީނަށްވެސް ހަމަ އެވަގުތު ތަފާތުގޮތެއް ފެނުނެވެ. އިނާގެ ބެލުން ފުންވެގެން ދިޔަތަނާއި ކަޅިތިރިވިތަން ނަވީން ދެކުނެވެ. އިނާ އަކީ ވަރަށް ފަސޭހައިން ލަދުގަންނަ އަންހެންކުއްޖެއްކަން ނަވީނަށް އޮތީ މާކުރިންވެސް އެނގިފައެވެ.
"އިނާ........އަހަންނާ އިނާއާއި ދިމާވިފަހުން އެހެން އެއްވެސް އެހެން އަންހެންކުއްޖަކާ ދޭތެރޭ ވިސްނަން ހަނދާނެއް ނުހުރޭ. އެކަހަލަ ކަމަކަށް ޖާގައެއްވެސް ނެތް އަހަރެންގެ ހިތަކު." އިނާ އާއި ގާތަށް ދެފިޔަވަޅު ޖެހިލަމުން ނަވީން ޔަގީންކަން ދިނެވެ.
"އިނާއަކަށް ނޯޅޭނެކަންނޭނގެ މިކަން. އިނާއާއި ފުރަތަމަ ބައްދަލުވި ދުވަހާއި، އިނާގެ ރައްޓެއްސެއް ނޫންއިރުވެސް އެ ދޮގު ލަގަބު ދިނީމަ މިގެއަށް އައުމާއި، އިނާގެ މައިންބަފައިންގެ ރައްޓެހިކަމުގައިވިޔަސް އިނާ ދެކިލުމަށް މިގެއަށް އައުން ފުދެންވާނެ މީގެ ހެއްކަކަށް. ޒިޔާދު އާއި ކައިވެނި ހަމަޖެހިފައި އޮތްކަން ނޭނގި ހުރެ އަހަންނަށް އޭރު އޮތީ ހުރިހާ ހަޑިއެއްވެސް ހޭވިފައެއްނު؟ އޭގެ ސަބަބު މިއަދާއި ހަމައަށްވެސް އިނާއަށް ހަމަ ނުވިސްނެނީތަ؟" ނަވީނާއި ދިމާލަށް ބެލުމުގެ ބަދަލުގައި އަތުގައި އޮތް ޕާހަށް ބަލަން އިނާ ހުރުމުން އިނާގެ ލޯ ނުފެންނާތީ އުނދަގޫވެގެން އަދިވެސް ބޮޑަށް ބަލަމުން ނަވީން ސުވާލު ކުރިއެވެ.
ވެހެމުންދާ ވާރޭގެ އަޑު މާހައުލުގައި ނެތްނަމަ އެދެމީހުންނަށްވެސް އަނެއްމީހާގެ ނޭވާގެ އަޑުވެސް އިވުނީހެވެ. އެކަކުވެސް އެކައްޗެއްވެސް ނުބުނުމުގެ ސަބަބުން އެދެމެދަށް އައިސްފައިވަނީ އެވަރުގެ ހިމޭން ކަމެކެވެ.
އޭނައަށް އިނާއާއި އެވާހަކަ ދައްކަން އަންނަން ފުރުޞަތު ލިބުނީ ޚާލިދު އޭނަކައިރިން އެދުނީމައޭ މިވަގުތު ނަވީން ބުނާހިތެއް ނުވިއެވެ. އޭރުން އެއީ އޭނަގެ ހިތުގައި އިނާއަށްޓަކައި އުފެދުނު ލޯބީގެ ބަދަލުގައި ބައްޕަ ބުނެގެން އޭނައާއި ކައިވެނި ކުރަން އައީކަމަށް އިނާ ދެކެފާނެތީއެވެ. އޭނަ ބޭނުންވީ އޭނަގެ ލޯބި ދީގެން އިނާގެ ލޯބި ލިބިގަންނާށެވެ.
"ކެން ޔު ބީ ވިތް މީ ފޯރ ދަ ރެސްޓް އޮފް މައި ލައިފް؟" ނަވީން ދެއްކި ވާހަކައަށް އެކައްޗެއްވެސް ނުބުނެ ވާރޭގެ ތެރެއަށް ބަލަހައްޓައިގެން އިނާ ހުރި ހުރުމަކީ، އެއީ އެވާހަކަތަކަށް އިންކާރު ނުކުރަނީ ކަމަށް ބަލާފައި ނަވީން އެދުނީ އޭނަގެ ހަޔާތުގެ އެންމެ ފަހު ދުވަހާއި ހަމައަށްވެސް އޭނައާއިއެކު އިނާ އުޅުމަށެވެ.
އިނާ ހަމަ ހުރިގޮތަށް ހުރީއެވެ. ގުޑާވެސް ނުލައެވެ. ގޯތިތެރެއަށް ބަލަހައްޓައިގެން އެދިމާލަށް އެނބުރި ހުރިއިރު އޭނަގެ ކައިރީ އޭނައާއި ދިމާލަށް ބަލަން ހުރެ ނަވީން އެ ބުނި އެއްޗަކުން، އެ ފިނިރޭވެސް އޭނަގެ މެއަށް ފިނިވެގެން ދިޔައީ ވަރަށް ބޮޑަށެވެ. ހަށިގަނޑުގައި ކުއްލި ތުރުތުރެއްވެސް އުފެދިގެން ދިޔައެވެ. އެކަމަކު އިނާގެ ހަރަކާތުން މިއިން އެއްވެސް ކަމެއް އެނގިދާނެތީ އިނާ މަޑުމަޑުން ހުރީއެވެ. ކަންތައް ވެފައި އޮތްގޮތަށް ބަލާއިރު، މިވަނީ ކިހިނެއްކަން އަދި ޔަގީންކުރަން އިނާއަށް އުނދަގުލެވެ.
ނަވީން އެ އަހަނީ އޭނައާއި އެކު އުމުރު ނިމެންދެން އުޅޭށެވެ. މާނައަކީ....މާނައަކީ ކޮބައިހެއްޔެވެ؟
"މިރޭ ފަތިހުގެ ފްލައިޓުން އަހަރެން މާލެ ފުރަން. އަހަރެން ދިއުމުގެ ކުރިން މިއައީ....." ނަވީންއަށް މިހިސާބަށް ބުނެވުމާއެކު އިނާ އޭނައާއި ދިމާލަށް އެނބުރިލިއެވެ. ކުއްލިއަކަށެވެ. އިނާގެ ހިތް ހުއްޓުނު ކަހަލައެވެ.
އިނާ އެނބުރުމުން އިނާގެ މޫނުމަތިން ނަވީންއަށް ހުރިހާ އެއްޗެއްވެސް ސާފުވިއެވެ. އޭނަގެ އެދުމަށް އިނާގެ ހިތުގެ އަޑިން އާނއެކޭ ބުނެފިކަންވެސް އެނގުނެވެ. އަދި އޭނަ ފުރާ ވާހަކަ ބުނުމުން ނުދިއުމަށް އެދި އިނާގެ ހިތްގޮވަންފެށިކަންވެސް އިނާގެ ލޮލުން ހާމަވިއެވެ.
ދެމީހުންނަށްވެސް ކޮށްފައިވާ ފުން އަސަރެއްގެބޮޑުކަމުން ދެމީހުންނަށްމެ ވާހަކައެއް ދައްކާނެ ހިތްވަރެއް ނެތެވެ. ހުރިހާ ވާހަކައެއްވެސް އެކަކު އަނެކަކުގެ މޫނު ފެނުމުން އެނގޭކަހަލައެވެ.
ނަވީން އޭނަގެ ކަނައަތްތިލަ އިނާއާއި ދިމާލަށް ދިއްކޮށްލިއެވެ. އަންނާށޭ އުމުރަށް އެކުގަ އުޅެން ބުނަމުންނެވެ. ހިމާޔަތާއި ލޯބި ދީގެން އުމުރަށްވެސް އުފަލުގައި ބަހައްޓަދޭނަމޭ ބުނަމުންނެވެ. ދުލަކުން ނުވަތަ ބަސްތަކަކުން ނޫނެވެ. ލޮލުގެ ބަހުރުވައިންނެވެ.
އިނާގެ ހިތަށް ކޮށްފައިވާ ފުން އަސަރެއްގެ ބޮޑުކަން އެނގިގެން ދިޔައީ އެވަގުތުއެވެ. ނަވީންގެ އަތް ދިއްކޮށްލުމުންނެވެ. ވާރެއިން ތެމިފައި ހުއްޓެއްކަމަކު، އިނާގެ ލޯ ފެންކަޅިވެގެން ދިޔަތަން ނަވީނަށް ފެނުނެވެ. މާގިނައިރަކުވެސް ނުހުރެވުނެވެ. ހިތް ފުރިގެން ބަންޑުންދާ ކަހަލަ އިހްސާސަކާއެކު އިނާ އޭނަގެވެސް ކަނައަތް ނަވީންގެ އަތްތިލަމަތީ ބޭއްވިއެވެ.
ދެހިތެއްގައި ތެދުވެރި ލޯތްބެއް އުފެދިއްޖެނަމަ، ބުނާ އަޑު ނީވުނަސް، ހުރިހާ ވާހަކައެއްވެސް އަޑުއިވިދެއެވެ.
އިނާގެ އަތްތިލައިގެ އިހްސާސް ލިބުމާއެކު އެދެމެދުގައި އިތުރު ދުރުމިނެއް ބަހައްޓައިގެން ނަވީނަކަށް ނުހުރެވުނެވެ. އިނާގެ އަތުގައި ހިފައި ގާތަށް ގެނެސް އަތުގެ ތެރެއަށް ލައި ބޮނޑިކޮށްލެވުނެވެ. ދެމީހުންމެ ތިބީ ތެމިފޯވެފައިކަމަށްވިޔަސް، އެކަކަށްވެސް ފިނީގެ އަސަރުވެސް ނުކުރެއެވެ. އެއަށްވުރެ ބޮޑަށް، ދެހިތުގެ ލޯބީގެ ސަބަބުން ދެ ހަށިގަނޑުގެ ލޭވެސް ވަނީ ހޫނުވާން ފަށާފައެވެ. އިނާގެ ހަށިގަނޑުގައި ނަވީނަށް ބެއްދުނުބާރުމިން ނަވީނަށްވެސް އިހްސާސްނުވެއެވެ.
ނަވީން އެކަންޏެއް ނޫނެވެ. އިނާއަށްވެސް އޭނަގެ ނޭވާ ހާސްވާވަރަށް ނަވީން އޭނަގެ ހަށިގަނޑުގައި ބައްދަމުން ދިޔައިރުވެސް، އެކަމުން އުނދަގުލެއް އިހްސާސްވެސް ނުވިއެވެ. އޭނަގެ އަތުގައި ހިފައި ނަވީން ދަމާލިނަމަވެސް ގާތަށް އައުމާއެކު އޭނަގެ އަތުން ދޫކޮށްލައި ނަވީންގެ ދެއަތުން އޭނަގެ ހަށިގަނޑުގައި ވަށާލުމުން، އިނާގެ ދެއަތްވެސް ގޮސް ނަވީންގެ ހަށިގަނޑުގައި ވަށާލެވުނީ، ވަރަށް އާއްމު ވަރަށް ފަރިތަ ހަރަކާތެއްފަދައިންނެވެ. ނަވީން ލައިގެން ހުރި ޓީޝާޓަކީ ބޯ ޓީޝާޓަކަށްވެފައި، އެކަށް ތެމިފައި ހުރުމުން، ނަވީންގެ ބުރަކަށިން ވަށާލެވިފައިވާ އިނާގެ އަތުން، އިނާއަށް ހިފާލެވޭ ކޮންމެ ދިމާލަކުން، އޭނަގެ އިނގިލިތަކުގެ ދޭތެރެތަކުން ފެންތައް ފައިބަމުން ދިޔައެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް އެދެމީހުންނަކަށްވެސް އަދި އިހްސާސް ނުވެއެވެ.
ދެމީހުން އެތަކެއް މަސްދުވަސްވަންދެން އެދެމުން އައި ލޯބި ލިބުނުކަމުގެ ޔަގީންކަންލިބުމުންނާއި، އެކަކު އަނެކެއްގެ އަތުތެރޭގައި އިހްސާސްކުރަމުން ދިޔަ ފޮނިމީރުކަމުގެ ސަބަބުން ދެމީހުންނަށްވެސް ތިބެވުނީ ހިނދުކޮޅަކަށްވިޔަސް، ބުނެދޭން ނޭނގޭކަހަލަ މަސްތެއްގައެވެ. އާއްމުގޮތެއްގައި ލޯބިވެރިން މިސާލުޖަހާ ހަނދުވަރު މިރޭ ދުނިޔެމަތިން ފެންނަން ނެތްނަމަވެސް، އެދެމީހުންގެ އެ ގާތްކަމަށް އެންމެ ބޮޑު ބާރެއް އަޅައިދިން މޫސުންވެސް ދިޔައީ އެދެމީހުންނާއެކު އުފާ ކުރަމުންނެވެ. ފިނިރޯޅިތައް ދިޔައީ ގޯތިތެރޭގެ ގަސްތަކުގައި އެ އަޅުވާލާ ވަޔާއެކު ފޮނި ރާގެއް ކުޅެމުންނެވެ. އެވަޔާ ބައިވެރިވެ އިރުއިރުކޮޅާ ބައިބަޔަށް އެ އަންނަ ވާރޭގެ ތިކިތައް ދިޔައީ އުފަލާއެކު ނަށަމުންނެވެ. އެއްވެސް މީހަކު ނުކިޔާއިރުވެސް، އާ ލަވައެއް، މުޅިން އާ ރާގަކަށް ޖައްވުތެރޭގައި އަޑު ހިއްޕާލާފައި ވެއެވެ.
މުޅިން އާ ލޯތްބެއްގެ އާ ގުޅުމެއް އުފަން ވުމުގެ އުފަލުގައި މުޅި ކާއިނާތުވެސް އުފާ ކުރަނީއެވެ.

********(ނުނިމޭ)********
މުރާސިލް ހޯމްޕޭޖް އަށާއި
ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ
އެވެ.
ޔޭޭޭޭޭ!! ފައިނަލީ !!!!!
ވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވވރީތި. އަބަދު
މިއިންނަނީ މިވާހަކަ އަޕްލޯޑް ކުރޭތޯ ބަލަބަލަ
ވާއު... ވ ވ ވ ވ ވ ވ ރީތި
ވާއޮ... ދެން ހަމަ ބަލަބަލާ ހުއްޓާ އަޕް މިވީ... ފަސްޓް
ވަން ޓު ކޮމެންޓް.... ޔޭ... ތޭންކްސް ސޮފާ.. ހާދަ އިންތިޒާރު ކުރެވެޔޭ މި
ވާހަކައަށް... :)
ވާވް.... ނަވީން ވެސް ވަރަށް ރޮމޭންޓިކްދޯ.. ހީހީހީ.... ވ
ވ ވ ވ ވ ރީތި މިބައިވެސް..
"ފިނިރޯޅިތައް ދިޔައީ ގޯތިތެރޭގެ ގަސްތަކުގައި
އެ އަޅުވާލާ ވަޔާއެކު ފޮނި ރާގެއް ކުޅެމުންނެވެ. އެވަޔާ ބައިވެރިވެ އިރުއިރުކޮޅާ
ބައިބަޔަށް އެ އަންނަ ވާރޭގެ ތިކިތައް ދިޔައީ އުފަލާއެކު ނަށަމުންނެވެ. އެއްވެސް
މީހަކު ނުކިޔާއިރުވެސް، އާ ލަވައެއް، މުޅިން އާ ރާގަކަށް ޖައްވުތެރޭގައި އަޑު
ހިއްޕާލާފައި ވެއެވެ." ވަރަށް ވަރަށް ވަރަރަރަރަރަރރަރަރަރރަަރރަަރރަރަރަށް
ރީތި
Angel Smööchie: ehthan kolhu kiyaafa heevee hitha bunedhen neygey finni kameh
libunnu hen... sofa haadha molhey dhw kantha tha sifa kohdhey... =D...
ވަރަށް ރޮމް ކޮއްލާތި....ހިހިހިހިހިހިހިހިހިހިހި
ހުރޭރޭރޭރޭރޭރޭރޭރޭރޭރޭރޭރޭރޭރޭރޭރޭރޭރޭރޭރޭރޭރޭރޭރޭރޭރޭރޭރޭ!!!!!!
:))))) ސާބަހޭ ސޮފް....... ވާ ވާ ވާ ވާ ........ ހަމަ ސުޕާރބް......ޝަޒް ހީކުރީ
ފިލްމެއްކަމަށް މި ބަލާލެވެނީ........ ވަކި ހިސާބަކަށް ދިޔަތަނާ ފިލްމް ސްޓަކް
ވެގެން ބެލިއިރު ކަމަކު ދާކަށް ނެތް މިއަދަށް ވީ ބައި މިއޮތީ ނިމިފަ....
ކީއްކުރާނީ ދޯ!!!!!! ސޮފްގެ ސިފަ ކޮށްދިނުން ހަމަ ހަބޭސް އިނގޭ.......... އަނެއް
ޕާރޓްގަ ދެން ވާނީ ކިހިނެތްބާ؟؟؟؟؟؟ ކެތްތެރިކަމެއްނެތި އިންތިޒާރުކުރަން އިނގޭ
ހަމަ........
ވާރޭގަ އުފެދުނު ލޯތްބެއް ދޯ. ސަޅި އިނގޭ
ވވވވވވވވވވވވވވވވވވވވވވވވވވވ ރީތި....... ވާވާ.....
ވާވް ޞޮފާ ހާދާރީއްޗޭ ޥާހަކަ ދުވަހަކުވެސް މިއައްވު ރޮމޭޓިކް
ބައެއް ނުކިޔަން ތޭންކްސް އަވަހަށް އަނެއްބައި ގެނެސްދޭތި ވވވވވވވވވވ ރީތި
އަޅެ ދެން އަންނަ އެޕިސޯޑް މިރޭ އަޕްލޯޑް ކޮއްލަދީ ޕްލީޒް
ސޮފާ......
ހައި ސޮފާ! ކިހިނެއްތަ؟ ޓެސްޓް ނިމުނީމަ ކޮމެންޓް
ކޮށްލެވުނީވެސް.....ވާހަކަ ވަރަށް ސަޅި..!!! ތެންކްސް މިއަދު ގެނެސްދިނީތީވެ....ވ.
ހީވި މިއަދު އާބައެއް ފެންނާނެހެން.....ކެތްތެރިކަމާއެކު ދެން އޮތް ބަޔަށް
އިންތިޒާރުކުރަން އިނގޭ! ކީޕް އަޕް ދަ ފެބިއުލަސް ވޯކް...ޓޭކް ކެއަރ....(:
ފާތުން: ޓެސްޓް އޯކޭ.....ބައެއް ޕޭޕަރުތައް މިއަދު
ލިބުނީވެސް....ދެން އަދިވެސް ރަނގަޅު ކުރަން ޖެހޭ ކަންތައް
އެބަހުރި...އެކަންތައްވެސް ރަނގަޅުކުރަން ވާނެ ތާ ދޯ...ދެން އެކަމުގަ މިހާރު
އުޅެނީ......(:
um completely speechless.. soff
ah ingey kiyunteringe hithaa kulhelan hama ragalhah ves.. varah nice..
impatiently waiting for the next part :)
ރިއު: riu kudakoh balive miulheny...remember the sickness i tld yuh
before.. insha allah now getting better :) hope all is wel wid yuh soff
އަހަރެން އެންމެ ބޭނުންވި ކަންތައް އަދި މި ވީ ،،،
އިނާމެން ގުޅުން
ވާއު..........................ސަޅި ........ހީވަނީ
އައިޝްވަރިޔާ ރާއީ އާއި ޝާހުރުކްޚާންގެ ފިލްމާ ބަލާލެވޭހެން......ސޮފާ ޔޫ އާރ ޓޫ
ގުޑް
މި ވާހަކަ ދުވަހަކަށް ވުރެއް ދުވަހެއް ރީތި ވޭ. ސިފަ
ކުރުމުގައި މި އަށް ވުރެއް ކުޅަ ދާނަ އެއް ނުވެވޭނެ.ބިންމާ މެންނާ އަޅާވެސް
ނުކިޔޭނެ.އެއަށް ވުރެއް މާ ބޮޑަށް ވެސް މޮޅީ އަދި ރީތީވެސް.
wow..shuwyt..varah rythi..varah
salhi mi part..aneh bayah inthixaaru kuran
bunedhen neynge kahala foni
ihusaase'h vey mi vaahaka kiyaa iru.. baeh faharu hitha' araa alhugandu ves mii
thi vaahakaiige character eh nama eyy.. haadha reethi eyy aslu vaahaka
genesdhey goii.. dhe hithuga foruvaiigen obi alhaiigen gen gulhun loabi beyru
kohleema varah happpyy.. m soo happy dat i can get to read a story like this..
thank you to the writer alot, and all the best with your great work.. may god
always bless with you success.. ;)
އޯސަޅި... ހަމަހިވީ ވާރޭގެތެރޭގައި ހުރެ ވާހަކަކިޔުނީހެން
ވާރޭ ސިފަކޮށްފަހުރިގޮތުން... ވަރަށް ރީތި ސިފަކުރުން.. އަނެއްބައި ކޮންއިރަކުން؟؟
ހާލު ކިހުއެތްތަ ޑިއާރ ؟ މުރާސިލް ސްލޯކަމުން ކޮމެންޓުކުރަން ވީ އުނދަގޫ...
ވަރަށް ދެރަވެއްޖޭ ސޮފާ ލޯބިވާ!!އާޔާ މި ކިޔާފަ ކޮމެންޓް
ކުރަން އުޅެ ކޮމެންޓް ނުކުރެވުނީ..އާޔާ ވަރަށް އުފާވޭ މިވާހަކަ އަޕްވީމަ..ސޮފާ
މިވާހަކަ މިނިމެނީ ދޯ މިހާރު..މީ އާޔާ އަށް ވަރަށް ޚާއްސަވާހަކައެއް.މިވާހަކަ
ކިޔަން ފެށުނީވެސް ހަމަ އެހެންވެ.އަދި އިރާދަކުރެއްވިއްޔާ ޚާއްސަވީ ސަބަބު
ބުނާނަން އިނގޭ!!އެކަމް އެ ސީކްރެޓް އެއް ސޮފާ ކައިރީ ބުނާ.އެބަހީ އެހެން ކިޔާފަ
މިކޮމެންޓް ގޮޅީ އާޔާ ލިޔާ އެތި އަޕްނުކުރާހުށި ކަމެވެ.
އާޔާ: ހާ ހާ ހާ..އެފް ބީ އަށް މެސެޖްކުރިން..ފަތިސް
ތަރި ދޯ އިންނަނީ..ހެހެ..މެސެޖު ކޮށްލީމޭ!އަހ!!!އަދި ފެށުނީ!!ނަވީން މަގޭ ލޯބިގަނޑު.ހެހެ..

No comments:
Post a Comment