"ޝީލާއްތަ އާއި
ބޮޑުބެ އަކީ އިނާގެ އަސްލު މަންމައާއި ބައްޕަ ނޫންކަން އިނާއަށް އެނގުނު
ދުވަހު.....މަންމަ ހަނދާން އެބަހުރިތަ އެ ދުވަސް....ސޯފީ ހިއެއްނުކުރަން އިނާ
ދުވަހަކުވެސް ދެން ރަނގަޅުވާނެއެކޭ." ޚާލިދާއެކޭ އެއްފަދައިން ސޯފިއާގެ
ޚިޔާލަށްވެސް މާޒީގެ ކަންތައްތައް އަންނަން ފެށިއެވެ. އެ ވާހަކަ ދެއްކުނީވެސް
ޚިޔާލުގެ ތެރޭގައި އިނދެގެންނެވެ.
ޚާލިދާ މިފަހަރުވެސް ދިން ޖަވާބަކީ ހޫމް އެކެވެ. ބުނާނީވެސް ކީކޭހެއްޔެވެ. އޭނަގެ ހަނދާނުން އެ ދުވަސްތައް ދުވަހަކުވެސް ދާނެހެން ހިއެއް ނުވެއެވެ.
ޚާލިދާއަށްވެސް އަދި ސޯފިއާއަށްވެސް ވިސްނާލެވުނީ އިނާއާއި ދޭތެރޭގައެވެ.
** ** ** ** ** ** ** ** **ޚާލިދާ މިފަހަރުވެސް ދިން ޖަވާބަކީ ހޫމް އެކެވެ. ބުނާނީވެސް ކީކޭހެއްޔެވެ. އޭނަގެ ހަނދާނުން އެ ދުވަސްތައް ދުވަހަކުވެސް ދާނެހެން ހިއެއް ނުވެއެވެ.
ޚާލިދާއަށްވެސް އަދި ސޯފިއާއަށްވެސް ވިސްނާލެވުނީ އިނާއާއި ދޭތެރޭގައެވެ.
ކުރިންވެސް ރޭވިފައިވާ ގޮތުގެ މަތިން އެރޭ އެގާރަގަޑިބައި އެހާކަށްހާއިރު އިނާ ގޮވައިގެން ޚާލިދު އައެވެ. ބައިގަޑިއެއްހާއިރު ވާހަކަ ދައްކާލާ ޚާލިދާގެ ހާލު އަހުވާލު ބަލާލަން އިނދެފައި ޚާލިދު ދިޔައީއެވެ. އެކަންޏެއް ނޫނެވެ. ސޯފިއާ ގޮވައިގެންނެވެ. ކުރީ ދެރޭވެސް ސޯފިއާ ހޮސްޕިޓަލުގައި އިނދެފައި އަނެއްކާ ތިންވަނަ ރެއަކުވެސް އިނދެއްޖެއްޔާ ސޯފިއާ ބަލިވެދާނެކަމަށް ޚާލިދު އާއި ޚާލިދާ އާއި ދެމީހުން ކިޔަން ފެށުމުން ސޯފިއާއަކަށް ނުހުރެވުނެވެ. އެންމެން ފަހުން ހިތާ ދެކޮޅަށްވިޔަސް ދިޔައީއެވެ.
ޝަކުވާކުރަމުން
ކުރަމުން ނިކުމެގެން ދިޔަ ސޯފިއާ ނިކުތުމުން ދޮރުލައްޕާލާފައި އައިސް ޚާލިދާ
ކައިރީ އިނާ އިށީނދެއްޖެއެވެ.
"އިނާގެ ފޯނެއް ނޫންތަ އެ ރިންގު ވަނީ." އިނާއަށްވެސް އިރުކޮޅެއް ކުރިންވެސް އެހެން ހީވިއެވެ. އެކަމަކުވެސް އޭރު ޔަގީން ނުވެއެވެ. ނަމަވެސް މިފަހަރު ޚާލިދާ އެހެން އަހާލުމުން އެއީ ތެދެއްކަން ޔަގީންވެގެން ގޮސް މޭޒުމަތީގައި އޮތް ދަބަސްތެރޭ އޮތް ފޯން ނެގިއެވެ.
"ކާކު އަނެއްކާ....؟" ފޯން ނަގާފަ ހުޅުވާލުމުގެ ކުރިންވެސް ފޯނަށް އެ ގުޅަނީ ކާކުކަން ބަލާލާފަ އިނާގެ ހަރަކާތްތަކަށް ހުއްޓުމެއް އައިތަން ފެނުމުން ޚާލިދާ އޭނަގެ ވަރުދެރަ އަޑުންވިޔަސް އަހާލިއެވެ.
"ޒިޔާދު...!!" އިނާ މިހެން ބުނެލާފައި ފޯން ހިފައިގެން ގޮނޑީގައި އިށީނދެއްޖެއެވެ.
ޚާލިދާގެ ހާލު ދެރަވެގެން ކުއްލިއަކަށް މާލެ އަންނަން ޖެހުމުންވެސް އޭނަގެ ހިތުގައި ފުރަތަމަވެސް ހިނގި ބިރުވެރި ކަމަކީ މިއީއެވެ. އެ އެކްސިޑެންޓްގެ ފަހުން އޭނަ އާއި ޒިޔާދު އާއި ދެމެދުގައި ހިތްހަމަނުޖެހުމެއް އުފެދިފައި ހުއްޓާ މިހެން ދިމާވުމުން ދެން ވާނެ ގޮތެއް އިނާއަށް ވިސްނަން ޖެހުނެވެ. އޭނައަށް މިގޮތަށް މާލެ އަންނަން ޖެހުމުން ޒިޔާދު އުފާ ކުރާނެއެވެ. އެކަމަކު ޒިޔާދު ދައްކާނެ ބޭކާރު ވާހަކަތައް އަޑުއަހާކަށް އޭނަ ބޭނުމެއް ނުވެއެވެ. އޭނަ ގަސްދުކޮށް ހުރީ ދުވަސްކޮޅަކު ވާހަކަ ނުދައްކާ ހުރެލާފައި އެކަންތައް މަތިން ހަނދާން ނެތުނީމަ ދެން ވާހަކަ ދައްކަން ފެށުމުން ކަންތައްތައް ރަނގަޅު ވާނެ ކަމަށެވެ. މާލެ އައިސް މިވީ ހަތަރުދުވަސްތެރޭވެސް އެންމެ ފަހަރަކުވެސް އޭނަ ޒިޔާދުއަކަށް ނުގުޅައެވެ. ޒިޔާދު އޭނަގެ އާދައިގެ މަތިން އިރުއިރުކޮޅާ ގުޅާ ހެދި ކަމުގައިވިޔަސް އޭނަ އެ ފޯންވެސް ނުނަގައެވެ. އެކަމަކު އެހެން އެ ފޯނަށް ޖަވާބު ނުދީ އޭނައަށް ހުރެވޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ.
"ދެން ބަލަހައްޓައިގެން ނީނދެ ނަގަންވީނު؟ އަދި ނުބުނަން ދޯ މާލެ އައިސްއުޅޭ ވާހަކަވެސް؟" ފޯން ހިފައިގެން އިނާ ހަމަ އިންނާތީ އެންމެ ފަހުން އަނެއްކާވެސް ޚާލިދާ ބުނެފިއެވެ. އިނާވެސް މަޑުމަޑުން ބޯޖަހާލިއެވެ.
"އެހެން ހަދާކަށް ނުވާނެ. ފޯން ނަގާފަ ވާހަކަ ދައްކާލާ. މައްސަލައެއް ޖެހިގެން އުޅެންޏާ ހައްލުވެސް ވާނީ ވާހަކަ ދައްކައިގެނެއްނު؟" ޚާލިދާ ނަސޭހަތް ދިނެވެ.
ބޮޑުމަންމައަށް ނޭނގެނީއެވެ. ވާހަކަ ދައްކައިގެން ޒިޔާދުއާއި އެކު މައްސަލަ ވާނީ "ހައްލެއް" ނޫނެވެ. ނަމަވެސް އިނާއަށް އޭނަގެ ބޮޑުމަންމަގެ ކުރިމަތީގައި އެކަމަކާ ދެކޮޅެއް ނެހެދުނެވެ. ފޯން ނަގައި ކަންފަތުގައި ޖައްސައިފިއެވެ.
"ހަލޯވ.......؟؟" އިނާގެ ރާގުގައި ހުރީ ސުވާލުގެ ގޮތެވެ. ވީ ކީއްހޭ އަހާލާ ކަހަލަ ގޮތެކެވެ.
"ހޮސްޕިޓަލްގަ ދޯ؟" ޒިޔާދުގެ ފުރަތަމަ ސުވާލަކީވެސް އެއީއެވެ. ވެގެން އުޅޭ ގޮތާއި އިނާ ހުރި ތަނަކާއި ހުރިހާ އެއްޗެއް އެނގިހުރެ ޒިޔާދު ގުޅިކަން ކިތަންމެ ރަނގަޅަކަށްވެސް އެނގުނެވެ. ޒިޔާދު ކައިރީ އެހުރިހާ ތަފްޞީލެއް ދިނީ ކާކުބާވައެވެ.
"ހޫމް......." އިނާގެ ޖަވާބުގައި އެއްވެސް ލަފުޒެއް ނެތެވެ.
"ކޮންއިރަކުން ގެއަށް ދަނީ؟" ޒިޔާދު އެހިއެވެ. ހުރިހާ ކަމެއް އެނގިހުރެ ގުޅި މީހާއަށް އެ ވަރު ނޭނގުނީތީ އިނާ ހައިރާން ވިއެވެ.
"ހެނދުނުން ދެން ދާނީ. " ވަރަށް ކުރު ޖަވާބެއް އިނާ ދިނެވެ.
"އެބަދަން ހޮސްޕިޓަލަށް. ރޫމް ނަންބަރު ފިފްޓީ ސިކްސް ދޯ؟" ހުއްދައކަށްވެސް ނެއެދި ޒިޔާދު އެންގީ އޭނަ އެބަ ދާ ވާހަކައެވެ. އެއީ ކޮންކަހަލަ ގޮތެއް ހެއްޔެވެ. ޒިޔާދުގެ އެ ގޮތާއި ދޭތެރޭގައި އިނާއަށް ނުރުހެވުނީ ބޭއިޚްތިޔާރުގައެވެ.
"ހޫމް..." ހިތާ ދެކޮޅަށްވިޔަސް އާނއެކޭ ބުނުން ނޫން ގޮތެއް އިނާއަކަށް ނޭނގެއެވެ.
އެ ފޯންކޯލް އެ ނިމުނީއެވެ. އިނާ ފޯން ބާއްވައިފިއެވެ. ދެން އޭނައާއި ދިމާލަށް ބަލަން އޮތް ބޮޑުމަންމައަށް ހިނިތުންވުމުގެ މޫނެއް ދައްކާލިއެވެ.
"އެވަރުގެ ކަމެކޭ ނުކުރާން ތިއުޅުނީ. ޒިޔާދު ކިހިނެއް. ރަނގަޅުދޯ؟" ޚާލިދާވެސް އިނާގެ ހިނިތުންވުން ބަލައިގަންނަމުން އަހާލިއެވެ.
"ނޭނގެ. ޒިޔާދު އެބައާދޭ." ތެދުވެގެން ގޮސް ޓިޝުލެއް ނަގަމުން އިނާ ބުނެލިއެވެ. ބޮޑުމަންމަގެ ސުވާލުގެ ފަހަތުން ރަނގަޅުދޯ އައުމުން ޒިޔާދުގެ އެއްވެސް ޝަކުވާއެއް އޭނަގެ އަނގައިން އަޑުއިވިދާނެ ކަމަށް އެކަކުވެސް އުއްމީދު ނުކުރާނެކަން އިނާ ހަނދާން ވިއެވެ. އެހެންވެ ޒިޔާދު އެބަ އަންނަ ކަމަށް ބުނެފައި ވާހަކަ ކުރުކޮށްލީއެވެ.
"އެހެންތަ؟" އިތުރު އެއްޗެއް ޚާލިދާ ނުބުނީ އިނާގެ މޫނުމަތީގައި ހުރިކުލަވަރަށް ބަލާފައެވެ. އޭނައަށް ނޭގޭ ކޮންމެވެސް މައްސަލައެއް ޒިޔާދު އާއި އިނާ އާއި ދެމެދުގައި އެބައޮތްކަން ޚާލިދާއަށް ފާހަގަ ކުރެވުނެވެ. އެހެންނަމަވެސް އެވަގުތު އެއީ އެ ވާހަކަ ދައްކަން ބުއްދިވެރި ވަގުތު ނޫންކަމަށް ޚާލިދާ ނިންމިއެވެ.
ނަސީބު ތަންދިނީވެސް ރަނގަޅަށްކަންނޭނގެއެވެ. އެވަގުތު ރޭގަނޑު ބާރައިން ޚާލިދާގެ ހާލު ޗެކް ކުރަން އަންނަ ދެ ނަރުހުން އެތަނަށް އައިސް ވަދެއްޖެއެވެ. ދެތިންވައްތަރެއްގެ އިންޖެކްޝަނެއް ޖަހައި އައިވީއެއް ގުޅައި ހަދާފައި ރެއަށް ކާންވީ ބޭސްވެސް ނަގައިދީފައި ނަރުހުން ދިޔަތާ މާ ގިނައިރެއް ނުވާނެއެވެ. އިނާގެ ފޯން އަނެއްކާވެސް ރިންގު ވެއްޖެއެވެ.
"ރޫމް ތާރޓީ ސިކްސްގަ މިތިބީ." ޒިޔާދު ގުޅުމުން އިނާ ބުނެލިއެވެ. ރޫމްނަންބަރު ބުނީ އެތަނަށް ޒިޔާދު ގެނައުމަށެވެ. އޭނަ ނުދާން ވެގެންނެވެ.
"ބޮޑުމަންމަ އެކަނި ބާއްވާފަ ނުދެވޭނެކަން ޒިޔާދުއަށް އެނގެއެއްނު؟" ކޮޓަރީގެ ނަންބަރު ބުނުމުންވެސް ޒިޔާދުގެ އިސްތިގްބާލަށް އޭނަ ބޭރަށް ނުކުތުމަށް ޒިޔާދު އެދުނީތީ ހިތްހަމަ ނުޖެހިފައި އިނާ ބުނެލިއެވެ.
އެކޮޅުން އެއްޗެއް ބުނަންދެން މަޑުކުރިކަމެއް ނުކުރާ ކަމެއް ނޭނގެއެވެ. ފެނުނީ އިނާ ފޯން ބޭއްވި ތަނެވެ.
"އައްސަލާމް އަލައިކުމް" މާގިނައިރުތަކެއް ނުވެ ޒިޔާދު އައިސްފިއެވެ. ޚާލިދާއާއި އިނާއަށްވެސް އިވުނީ ޒިޔާދުގެ އަޑެވެ.
"ވަ އަލައިކުމުއްސަލާމް" ސަލާމް ބަލައިގަނެ ޖަވާބު ދިނީ ޚާލިދާއެވެ.
"ދައްތަގެ ހާލު ކިހިނެއްތޯ؟" ޚާލިދާ ކައިރިއަށް ހުއްޓިލަމުން ޒިޔާދު ވާހަކަ ދައްކަން ފެށީ ޚާލިދާ އާއެވެ. އިނާ އެތަނުގައި އިންކަން ޒިޔާދުއަށް ނުވެސް އެނގޭ ކަހަލައެވެ.
ކޮންކަހަލަ ބޮޑާ ހޭކުމެއް ހެއްޔެވެ؟ އިނާ ހިތަށް އެރިއެވެ. އެކަމަކުވެސް ހަމަ މަޑުމަޑުން އިނާ އިނީއެވެ. ޒިޔާދު އާއި ބޮޑުމަންމަ ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން ކަމަށް އިނަސްވެސް އިނާއަށް އެއިން އެއްވެސް ވާހަކައެއްގެ އަޑު ނީވޭ ފަދައެވެ.
"ދަރިފުޅު ހަމަ ތި އިންނަނީ. ނިކަން ޒިޔާދުއަށް ތަންކޮޅެއް ދައްކާލަބަލަ އިށީންނަން." އިނާއަށް ހޭވެރިކަމަށް އާދެވުނީ އިނާގެ ނަޒަރުތައް ހުއްޓިފައި ހުރި ދިމާލުން އެނދުމަތީގައި މަޑުމަޑުން ޚާލިދާ ޖަހާލުމުންނެވެ.
އަވަސް އަވަހަށް ތެދުވެފައި ސޯފާއިން ތަން ދެއްކިއެވެ. ޒިޔާދު ހުރީ ވަރަށް ފަރުވާތެރި ކަމާއެކު އިނާގެ ހަރަކާތްތަކަށް ބަލާށެވެ.
ޒިޔާދު އިށީނުމަށްފަހު ކުދިކުދި ވާހަކަތަކެއް އެ ދެމެދުގައި ދެކެވުނެވެ. އިނާ އިނީ އެ ހުރިހާ އިރުވެސް އަޑުއަހާ މީހެއްގެ ގޮތުގައެވެ. ނުވަތަ އަޑުއަހަނީކަމަށް ހެދޭ މީހެއްގެ ގޮތުގައެވެ.
ބޮޑުމަންމައަށް ގޮވާލަން އައިސްފައި ޒިޔާދު ދާން އުޅެގަތީ އައިތާ ގަޑިއެއްހާއިރު ފަހުންނެވެ. އެކިއެކި މައުލޫއު ތަކުގައި ގިނަ ވަގުތު ޒިޔާދު ވާހަކަ ދެއްކީ ޚާލިދާއާއެވެ. އިނާއަށް އިނީ ހަމަޖެހުމެއް ލިބިފައެވެ. އޭނައާއި ވާހަކަ ދައްކަން އެހާ ވަރަކުން ޒިޔާދު ނޫޅޭތީއެވެ.
"މިރޭ ދެން ގޮސްލާނަން. އެކަމަކު އަދި އާދެވޭނެ ދައްތައާއި ބައްދަލުވެލަން." އުފާވެރި ހިނިތުންވުމަކާއެކު ތެދުވެލަމުން ޒިޔާދު ބުނެލިއެވެ.
"ތިހެން ޒިޔާދު ބުނާނީ އަބަދުވެސް. އެކަމަކު މަހަކު އެއްފަހަރުވެސް ގެއަށް ވަދެވެސްނުލަމު. އެއީ އަމިއްލަ ގެކަމަށް ހީކުރާށޭ ދައްތަ ބުނީމެއްނު" ބަލި އެނދުގައި އޮވެވެސް ޚާލިދާ ވާހަކަ ދެއްކީ ޝައުގާއެކުގައެވެ. އުފާވެރިކަމާއެކުގައެވެ.
"މަސައްކަތް ހުންނަ ގޮތުން ހަމަ ވަދެލަން ނުވަނީ ވަގުތު. ރޭގަނޑު މާ ލަސްވާފަހުން ވިއްޔަ މި ފްރީ ވަނީ. އެކަމަކު ބަލާނަން ތަންކޮޅެއް ގިނައިން ތިގެއަށް ދެވޭތޯ." ފަޓްލޫނުގެ ޖީބަށް ދެ އަތް ޖަހަމުން ޒިޔާދު ޔަގީންކަން ދިނެވެ.
އިނާ ހީކުރީ ޒިޔާދު ދެން ހިނގައިގަންނާނީ ދާން ކަމަށެވެ. އެކަމަކު އޭގެ ބަދަލުގައި ޒިޔާދު އެނބުރުނީ އިނާ އާއި ދިމާލަށެވެ. އަދި އިޝާރާތުން އޭނައާއި އެކުގައި އައުމަށް އެދިފައި ކުރީގައި ހުރެގެން ހިނގައިގަތެވެ.
އިނާއަށް ހަމަ ބަލަހައްޓައިގެން އިނދެވުނީއެވެ. އޭނަ އަކީ ޒިޔާދު ގެންގުޅޭ މުދާގަނޑެކޭ އެއްގޮތޭ އިނާ ހިތަށް އެރީ ކީއްވެގެންކަމެއްވެސް ނޭނގެއެވެ. އެފަދަ ގޮތަކަށް އޭނައާއި ދޭތެރޭ ޒިޔާދު ކަންތައް ނުކުރާއިރުވެސް އިނާއަށް މިފަހަރު ހީކުރެވުނީ އެހެންނެވެ. ޒިޔާދު ބުނެލާއިރަކަށް އޭނަގެ ފަހަތުން ދާހިތެއްވެސް އިނާ މިއަދަކު ނުވެއެވެ. އެކަމަކުވެސް ބޮޑުމަންމަގެ ހާޟިރުގައި އިތުރު ކުޅިވަރުތަކެއް ކުޅޭހިތެއް އޭނަ ނުވާތީ ހިތްވަރުކޮށްލާފައި ތެދުވެގެން ހިނގައިގަތެވެ.
"މިތާ ކައިރީގަ މިހިރީ. އަންނާނަން" ދޮރުން ނުކުންނަމުން މިހެން ބުނެލާފައި އިނާ ނުކުމެއްޖެއެވެ. އަދި ދަމުން ދިޔައީ ދޮރު ރަނގަޅަށް ލައްޕާފައެވެ. ހުންނާނީ އެ ކޮޓަރިއާއި ކިތަންމެ ކައިރީގައި ކަމަށްވިޔަސް އޭނަ އާއި ޒިޔާދު އާއި ދެމެދުގައި ދެއްކޭ އެއްވެސް ވާހަކައެއް ބޮޑުމަންމައަށް އިވޭކަށް އިނާ ބޭނުމެއް ނުވިއެވެ.
"ނުވެސް ބުނަމު މާލެ އައިއިރުވެސް....ކީއްވެ؟" ޒިޔާދުގެ ފަހަތުން ކަހަލަ ގޮތަކަށް ގޮސް އިނާ ހުއްޓުނީ ޒިޔާދު ހުއްޓުމުންނެވެ. ފުރަތަމަވެސް ޒިޔާދު އަހާލީ މިހެންނެވެ.
ޒިޔާދުގެ ރާގު ހުރި ގޮތުން އިނާއަށް ސިހުމެއް ލިބުނެވެ. ނަމަވެސް އެންމެ ކުޑަމިނުން ޒިޔާދުއާއި ދިމާލަށްވެސް އިނާ ބަލާނުލިއެވެ. ކުރިމަތިން ފެންނަ ހުސްތަނަށް ބަލަން ހުރީއެވެ. ހިތްހަމަ ނުޖެހުނު ވަރުންނެވެ.
"އިނާ....އިނާއާއޭ މި ވާހަކަ ދައްކަނީ.....ކީއްވެ ޖަވާބު ނުދިނީ" އިނާ ބަލާވެސް ނުލުމުން ޒިޔާދުއަށް ފުރަތަމަ ފަހަރަށް އުނދަގުލެއް އިހްސާސްވި ކަހަލައެވެ. ކިތަންމެ ވައި އަޑުން ޒިޔާދު އެހެން އަހާލި ކަމުގައި ވިޔަސް އެ އަޑުގައިހުރި ނުރުހުން އިނާއަށް ފާހަގަ ކުރެވުނެވެ.
"ޖަވާބެއް ނެތީމަ...." މިފަހަރު ހަމަ ވަގުތުން އިނާ ޖަވާބު ދީފިއެވެ. ޒިޔާދުވެސް ވާހަކަ ދައްކަމުން ދިޔަ ފޫހި ރާގުގައެވެ. ޒިޔާދުއާއި ހަތަރުކަޅި ހަމަކުރީވެސް އޭގެ ފަހުންނެވެ.
ގިނައިރުތަކެއް ނުވިއެވެ. ޒިޔާދު އާއި ދިމާލަށް ބަލާލާފައި އަނެއްކާވެސް އެތަނުން ހިނގާ ބިނގާވެ އުޅޭ މީހުންގެ ހޭލަމޭލަ އާއި ދިމާލަށް އިނާ އެނބުރިއްޖެއެވެ. ހީވާ ގޮތުން އިނާ ބޭނުންވަނީ އޭނަ ޒިޔާދުއާއި ނުރުހިފަ ހުރިކަން ޒިޔާދުއަށް އަންގާށެވެ. ބުނުމަކާ ނުލާ އަންގާށެވެ.
"އައިތާވެސް މިހާރު ހަތަރު ދުވަސް މިވީ. ކީއްވެ ގުޅާވެސް ނުލީ. މެސެޖެއް ކޮށްލިނަމަވެސް އަހަރެން އައިމުސް. " އިނާގެ ފަރާތުން ލިބުނު ޖަވާބާއި އިނާގެ ހަރަކާތާއި މޫނުމަތިން މިވަގުތު ފެންނަމުން އެދާ ކުލަވަރުން ޒިޔާދުއަށް ކޮންމެވެސް ވަރެއްގެ ސިހުމެއް ލިބިއްޖެކަން ޒިޔާދު ދެން ބުނެލި މި އިބާރާތްކޮޅުން އިނާއަށް އެނގުނެވެ. ޒިޔާދު ދޫކޮށް އޭނަ ހިނގައިދާނެތީ ޒިޔާދު ބިރުގަތީކީ ނޫންބާއޭ އިނާ ހިތަށް އެރިއެވެ.
"ހިތާ ދެކޮޅަށް ގުޅަން ބޭނުން ނުވީ" މިފަހަރުވެސް އިނާ ޖަވާބު ދީފިއެވެ. އިނާ ދޭ ކޮންމެ ޖަވާބަކާއެކު ޒިޔާދުގެ ނިތުން ރޫތައް ފިލައިގެން ދެއެވެ. ދެބުމަ އުފުލިގެން ދެއެވެ. ފަހަތަށް ފިޔަވަޅެއް ނެގެއެވެ. ހައިރާން ވެގެން ގޮހެވެ. އިނާގެ ފަރާތުން އަލަށް މި ފެންނަ ކަންތައްތަކުންނެވެ. އަބަދުވެސް މަޑުމަޑުން ހިމޭނުން ހުންނަ އިނާއަށް އެގޮތަށް ވާހަކަ ދައްކަން އެނގޭނެއޭވެސް ޒިޔާދު ހިއެއް ނުކުރެއެވެ.
"ދެން ކީއްވެ ތިއުޅެނީ ހިތާ ދެކޮޅަށް ކައިވެނި ކުރަން.؟ އެކަންވެސް ހުއްޓާލަން ވީނު؟" ޒިޔާދު ބުނީ އިނާ ވެސް އުއްމީދު ނުކުރާ ކަހަލަ އެއްޗެކެވެ.
އިނާއަށް ލިބުނީ ހައިރާން ކަމާއި ސިހުމެކެވެ. ޒިޔާދު އެ ހިސާބަށް ވާހަކަ ގެންދަން ޖެހޭ ވަރުގެ ކަމެއް ހިނގައިފިހެއްޔެވެ؟
"އަހަރެން ބޭނުން އިނާ ރަށަށް ދިއުމުގެ ކުރިން މިކަމާއި ބެހޭ ގޮތުން ގޮތެއް ނިންމަން. މާދަމާ ރެއަށް ވަގުތެއް ހޯދާ" ޒިޔާދު މިހެން ބުނެލީ އަމުރުން ފުރިގެންވާ ރާގަކަށެވެ. އިނާއަށް ޒިޔާދުއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެހެން ބަލަން ހުއްޓާ ޒިޔާދު ހިނގައިގަތެވެ. އިނާއާއި ދުރަށެވެ. ހޮސްޕިޓަލުން ނުކުތުމަށެވެ.
ޒިޔާދު އެހާ ރުޅިއެއް އަންނަންވީ ސަބަބެއް އޭނައަކަށް ހަމަ ނުވިސްނެއެވެ.
ވިސްނޭނީވެސް ކިހިނެއް ހެއްޔެވެ؟ އޭނަ ގަބޫލުކުރާ ގޮތުގައި ނަމަ ކުށްކުރީ ޒިޔާދުއެވެ. ރުޅި އަންނަން ޖެހޭނީ އޭނައެވެ. އެކަމަކު ޒިޔާދު މިހާރު އެއިން އެއްކަމެއްވެސް ހަނދާން ހުރިހެނެއް ހިއެއް ނުވެއެވެ. އޭނަ ނުގުޅީތީ މެސެޖް ނުކުރީތީ އެކަމާ ތަކުރާރުކޮށް ސުވާލު ކުރަމުން ދާއިރު އޭނަ އެހެރީ ޒިޔާދު ދެކެ އެ އެކްސިޑެންޓްގެ ފަހުން ދެކެވުނު ވާހަކަ ތަކުންނާ ޒިޔާދުގެ އަމަލުތައް ހުރި ގޮތުން ހިތްހަމަނުޖެހިފައިކަމެއް ޒިޔާދުއަށް ހަމަ ނުވިސްނެނީހެއްޔެވެ.
ވޯޓް
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.
ސޮފާ!!! ކުރު ނަމަވެސް އުފާކުރަން އެތައްދުވަހަކަށްފަހު
މިބައިގެނެސްދިނީތީ. ސަޅި! 'ޓިޝުލެއް'
މިއީ ހަމަ އެންމެ ރަނގަޅުގޮތްބާ؟ "އިނާ ދޭ ކޮންމެ ޖަވާބަކާއެކު ޒިޔާދުގެ ނިތުން ރޫތައް
ފިލައިގެން ދެއެވެ. ދެބުމަ
އުފުލިގެން ދެއެވެ. ފަހަތަށް ފިޔަވަޅެއް ނެގެއެވެ. ހައިރާން ވެގެން ގޮހެވެ." ހިތަށް
އަރަނީ ހައިރާންވީމަ ނިތުގެ ރޫތައް ފިލާނީ ބާއޭ؟؟؟ ބޮޑާނަފްސުގެ ވާހަކަ ދައްކާހިތްވަނީ ހަމަ. ހާދަ
ސަޅި އޭ! ހާދަހާވާ އަސަރުގަދައޭ!
ފާހަގަ ކުރަނީ އޭގެ ހުރި ތަފާތު ރިލޭޝަންޝިޕްތައް، އެ ރިލޭޝަންޝިޕްތައް ތަފާތު ހާލަތްތަކުގަ
ގެނެސްދީފަ ހުރިލެއް ފުރިހަމަކަން. ވަރަށް ފުރިހަމަ. މަދުން ނޫނީ ނުފެންނާނެ އިނގޭ ތިވަރުގެ
މޮޅު ލިޔުންތެރި އެއް. TERRIFIC! މާދަމާގެ ބަޔަށް އިންތިޒާރު
ކުރަން.
ކިހިނެއް ކޮމެންޓެއް ކުރާނީވެސް. ވާހަކަ ފެނުނީމަވެސް
މުޅި މީހާ ތުރުތުރު އަޅަނީ. އުފަލުންގޮސް، ލޮލުން ފެން އަންނަނީ. ޝުކުރިޔާ! ޝުކުރިޔާ!
ޝުކުރިޔާ! ޝުކުރިޔާ!
މެހެރްބާނީ ކަރަމް
ވވވވވވވވވވވވވވވވވވވ ރީތި މިބައިވެސް އަދި މި
ވާހަކަވެސް ބޮޑާ ނަފްސް ހާ ރީތި ވާނެކަމަށް އުންމީދުކުރަން
ތޭންކްސް އިނގޭ އަޕްކުރީތީ އެތައް ދުވަހެއް
ފަހުން ވެސް. ވަރަށް ރީތި.
ހާދާ ޒާމާން ކޮއްފަ މިބައި ގެނެސްދިނީ؟؟... ސޮފާ ބަލީތަ
އަނެއްކާ؟ 11 ވަނަ ބައި އަވަހަށް
އަޕް ކޮށްދޭނެ ކަމަށް އުއްމީދު ކުރަން.. މިވާހަކަ ވެސް ވ.ރީތި. ތެންކްސް ސޮފާ.
"ރިލޭޝަންޝިޕްތައް"........ ފްރެންޑްސް،
ލަވާރސް، ޗިލްޑްރަން އެންޑް ފެމިލީ،
..............................................
ހިތަށްއަރަނީ އެންމެ ފަހުން އަޅުގަނޑު ކުރި މެސެޖް އެއީ ހަމަ
ޕޯސްޓް ކުރަންވާނެ މެސެޖެއްބާއޭ؟
ހީކުރިން އެ ޕޯސްޓް ނުކުރާނެކަމަށް. އެއީ ފޯންކޯލް އާ ގުޅުންހުރި އެއްޗެއް ނޫނެއްނުދޯ؟ އެހެންވީމަ އެ
ޑިލީޓް ކޮށްލަދިނުން އެދެން!
އަޅޭ. ހާދަ އިންތިޒާރެއް ކުރެވިއްޖެޔެ މި
ވާހަކަ ކިޔާހިތުން. ތަންކޮޅެއް ދިގުކޮން ކޮންމެ ދުވަހަކު ގެނެސްދީބަލަ ޕްލީޒް
ހާދަ ޒަމާނެއް ކޮށްލާފަ!!! އެކަމަކުވެސް ވާހަކައަކަށް ބަދަލެއް
ނާދޭ......ހަމަ އޮބި......އުއްމީދުކުރަން
އަވަހަށް އަޕްވާނަކަމަށް...ބެސްޓް އޮފް ލަކް
ވަރަޝް ރީތި...އަނެއް ބައި ކޮންއިރަކު !
އުފާވެއްޖެ ފަތިސްތަރީގެ ވާހަކަ
ފެނުމުންވެސް........ހީއެއް ނޫން ކުރަނީ......ޔަގީން ކުރަން މިވާހަކަވެސް ފުރިހަމަ
ވާނެ ކަމަށް.
ަAslu thedhah bunanyaaa bodaa nafsu ge ehuri touching
adhi nugenevey eyga 10 vana
baives v v gotheh hurey mashah mivaahaka kiyanfeshi iruves v. reethi mashah fahuge baithakun
faahaga kurevuneee family vaahakathah thankolheh gina vefa hurihen mashah bodah
reetheee bodaa nafsu gothah hunna
vaahaka ekamaku hurihaa echeh ehgotheh nuves vaanenu eyge ulhey dhemeehun nuneee thin meehunge
mahchah bodah otheema reethee. Ehcheh heenukurachey faadu kiyaneee rangalukuran
maadhan kiyan libeynekamah heekuran
mivaahaka dhehkeema hutaalaaneekee noon ingey kuriah abadhuves
ވަރަށް ބޮޑަށް ޝުކުރިއްޔާ އަޕްކޮށްދިނިތީ......
މިބައިވެސް ވ ރީތި......... ކޮންއިރަކުން 11 ގެނެސްދޭނީ...... ؟
އަޅެ އަނެއް ބައި ގެނެސްނުދޭނަންތަ ؟؟
ޕްލީޒް ޕްލީޒް ޕްލީޒް އަވަހަށް ގެނެސްދީބާ

No comments:
Post a Comment