Tuesday, August 28, 2012

Alimahuge Vidhun - Ep 5





މަންޒަރުދެކެން އައިސްތިބި މީހުން މި މަންޒަރު ބަލަނީ ޝައުޤާއެކުގައެވެ. އެމީހުން އިއްޔެ ދުށް ދުވަހަށްވުރެ މިއަދު ކުލަގަދައެވެ. އެމީހުން އިއްޔެ އެހި އަޑުތަކަށްވުރެ މިރޭ އިވޭ އަޑުތައް ތަފާތުވާނެކަން ޔަޤީނެވެ. އެކަމަކު މިވަނީ ކީއްކަން އެމީހުންނަށް ބައެއްފަހަރަށް ނުވިސްނޭތީ ކަންބޮޑުވެފައި ތިބި މީހުންވެސް އޭގެ ތެރޭގައި ހިމެނެއެވެ. މިދާ ގޮތުން ދާ ކަމަށްވާނަމަ ރާއްޖޭގެ ސިޔާސީ މަސްރަޙް ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އޮންނާނެ ގޮތް އެމީހުންނަށް އަންދާޒާ ކުރަންވެސް ބައެއްފަހަރަށް ދަތިވެފައި ވެއެވެ.

ކޮންމެއަކަސް، ދިވެހިންގެ މެދުގައި އެހާ ޢާއްމު ނޫން ސެންޓެއްގެ ވަހުން މުޅި މާޙައުލު އެއްވަސްވެފައިވާ ފަދައެވެ. "ސިޔާސަތު" ގެ ވަހެވެ. މީގެ ކުރިން ދިވެހިން އެހާ ބޮޑަށް ނުދަންނަ މި ބަހަކީ މިހާރު އަތަރަކަށް ވެ ނިމިއްޖެއެވެ. އެ ބަހުގެ ފުޅާ ކަމާއި މާނަ ފުންކަން ކުރިއަށް އޮތްތަނުގައި އަދިވެސް ބޮޑަށް އެނގިގެން ދާނެކަމުގެ ޔަޤީންކަމަކީ އެންމެންނަށްވެސް ލިބިފައި އޮތް ޔަޤީން ކަމެކެވެ.

"ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން...ޑީޕީގެ އިސް ލީޑަރު އަލީ ކަރީމް ، އޭކޭ، ހޫނު ތަރުޙީބެއް..." ރޭގެ ޙަފްލާ ހުށަހަޅައިދޭން ހަމަޖެހިފައިވާ ފަރާތްކަމަށްވާ ޔަޒީދުގެ އަޑުން މާހައުލު ގުގުމައިގެން ދިއުމާއެކު ދެން ފެނުނީ ޑީޕީގެ އިސް ބޭފުޅުން ސްޓޭޖްމައްޗަށް އެރި ތަނެވެ.

Friday, August 24, 2012

Alimahuge Vidhun - Ep 4

ޙަޔާތުގައި އުފުލަން ޖެހިފައިވާ ހުރިހާ ބުރައަކާއި ހިތާމައަކާއި ދުރަށް ދިއުމަށްޓަކައި ހުރިހާވެސް ހިތްވަރަކާއި ބާރަކީ އެދެމަފިރިންގެ ދެމެދުގައި އޮންނަ އެކުވެރިކަމާއި ގާތްކަމާއި ލޯތްބެވެ.
މިއަދު މިހެންވިޔަސް މާދަމައަށް އެމީހުން އުއްމީދުކުރަނީ މިއަށްވުރެ ރަނގަޅުވާނެކަމަށެވެ.

** ** ** ** **
ނިމިގެން އެދިޔައީ އެތަކެއް ބަޔެއްގެ ޙަޔާތުން އެންމެ ދުވަހެކެވެ.
ދެންވެސް ވަގުތު ދިޔައީ ކުރިޔަށެވެ. ހުއްޓުމެއް ނެތެވެ.
ދިރިއުޅުން މި އަށްވުރެ އުފާވެރި ގޮތަކަށް ބަދަލުވާނެ ނަމައޭ ބުނެ ބުނެ ތިބި އެތައް ބަޔެއްގެ ޙަޔާތުންވެސް ދުވަސްތަކާއި މަސްތައް ވޭތުވަމުން ދިޔައެވެ. ވަގުތު ދިގުވެ ވަގުތުން ކުރާނެ މާ ބޮޑު ކަމެއް ނޭނގިގެން، ދެއްވާފައި ހުރި ނިޢުމަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ކުރަމުން ދިޔަ މީހުންގެ ދިރިއުޅުންވެސް އެގޮތުގައި ކުރިއަށް ގޮސް ޒަމާންތައް ފަސްދީ ހިނގައްޖެއެވެ.

Sunday, August 19, 2012

Alimahuge Vidhun - Ep 3



"ހޫމް....ދެން އެންމެ ރަނގަޅޭ. ކާލާ ކާލާ. އަން...މިހިރީ ސައިތަށިވެސް." ހޫނު ސައިތަށި ގާތްކޮށްލަދީފައި ހިނގައިގަތްއިރު އާސިފާއަށްވެސް ހުރެވުނީ ހިނިތުންވެއެވެ.
އެކަމުން އަހުމަދުއަށް ހިތްހަމަޖެހުމެއް ލިބުނެވެ.
ނަމަވެސް އޭގެ ދެވަނަ ހިނދުކޮޅުގައި ބަތްތަށްޓާއި ދިމާލަށް އެނބުރުނުއިރު އަހުމަދުގެ މޫނުމަތިން އަނެއްކާވެސް ފެންނަންފެށީ ފިކުރުބޮޑުވެފައި ހުރި ގޮތެކެވެ.

"ބައްޕާ...." މިއަޑަށް އަހުމަދު ބަލާލިއިރު ޕަރީއެއްފަދަ ރީތި އޭނަގެ އަންހެންދަރިފުޅު ހުރީ ކާކޮޓަރީގެ ދޮރުމަތީގައެވެ. ބައްޕަ ނުފެންނައިރުވެސް ބައްޕައާއި ދިމާލަށް ހިނިތުންވެފައެވެ.

Tuesday, July 17, 2012

Alimahuge Vidhun - Ep 2


އިންސާނުން ރާވާ ރޭވުންތައް އެއާއި އެއްގޮތަށް ނުހިނގާ އިދިކޮޅަށް ދަނީ ކިތައް ފަހަރު ހެއްޔެވެ؟ އެފަދަ ވަގުތު ތަކުގައި އަމިއްލަ ނަފްސު ކުށްވެރި ކުރުމުގެ ބަދަލުގައި ހެއްދެވި ފަރާތާއި ޝަކުވާ ކުރަނީ ކީއްވެގެން ހެއްޔެވެ؟ އުއްމީދު ކުރާ ކޮންމެ ކަމަކީ ފެންނަ ހުވަފެނެއްފަދަ ކަމެއްކަން އަހަރެމެންނަށް ހަމަ ނޭނގެނީ ހެއްޔެވެ؟ ހޭލެވުމާއިއެކު އެ ހުވަފެނުންވެސް އެ ހޭލެވުނީ ކަމާއި ކުރިމަތިން ހާމަ ވަނީ ހަގީގަތްކަން ނުވިސްނެނީ ހެއްޔެވެ؟ ފުރަތަމަ ދުވަހުވެސް ހުވަފެނަކީ ހަގީގަތެއް ނޫން ކަމަށް ވިސްނުނު ނަމަ ޙަގީގީ ދުނިޔޭގައި އެކަން ފުރިހަމަ ނުވުމުން ޝަކުވާ ކުރާކަށް ނުޖެހުނީސް ނޫންހެއްޔެވެ. ފަހުމީއާއިއެކު އުފާވެރި ދުވަސްތަކެއްއުޅެ އެކުގައި މުސްކުޅިވާން އޭނާ ކުރި އުއްމީދުވެގެން ދިޔައީ އެފަދަ ހުވަފެނަކަށެވެ.

Monday, July 16, 2012

Alimahuge Vidhun - Ep 1


(މި ވާހަކައަކީ 26.02.2011 ގައި މުރާސިލްގައި އަޅުގަނޑު ޕަބްލިޝްކުރަން ފެށި "ފަތިސްތަރި" ގެ 3 ވަނަ ވާހަކައެވެ. ދިގު މުއްދަތަކަށް މެދުކެނޑުނު ނަމަވެސް މި ވާހަކަ އެއްކޮށް ގެނެސްދިނުމަށް ގަސްތުކޮށްފައިވާތީ، އޭރު ޕަބްލިޝްކުރެވިފައި ހުރި ބައި،އަލުން މި ގެނެސްދެނީ ތިޔަ ލޮބުވެތި ކިއުންތެރިންގެ ހަނދާން އާކޮށްލަދިނުމުގެ ގޮތުންނެވެ.
ކިއުންތެރިންގެ ތާއީދާއި ބިނާކުރަނިވި ފާޑުކިއުމަށް އުއްމީދު ކުރަމެވެ.

އިރުއޮއްސެން ދަނީއެވެ. ހަވީރުގެ އެންމެ ފަހު ދަޅަތައް ދުނިޔެއަށް އަލިކުރަމުން ދެއެވެ. ރަށުގެ ކޮންމެ ދިމާލަކަށް ބަލާލިޔަސް އުޑުމަތިން ފެންނަނީ ރަންކުލައާއި އޮރެންޖް ކުލައާއި އެކުވެގެން އުފެދިފައިވާ ރީތި ކުލަވަރެކެވެ. އެކަމަކު ބަލާލާކަށް އުނދަގޫވާކަހަލަ ގޮތެއް ނެތެވެ. މުޅި އުޑުމަތި ވިލާތަކުން ބައްދާލާފައި އޮތީ މުޅި ދުވަހަކީވެސް ވިއްސާރަ ފާޑަކަށް އޮތް ދުވަހެއް ވީމަކަމަށްވެދާނެއެވެ. އެހެންކަމުން އޮއްސެންދާ އިރުގެ ދަޅަތައް އެ ވިލާތަކަށް އެޅިފައި ހުރިއިރު ފެންނަނީ ވަރަށްވެސް ރީތި ހިތްގައިމު އަދި ހުވަފެނީ ގޮތެކެވެ. ރީތި ރީތި ހަވީރެކެވެ. 

Sunday, June 17, 2012

Best Friend


ބެސްޓް ފްރެންޑް

މިއީ ޚާއްޞަ ރެއެކެވެ. ބޮޑު ރެއެކެވެ.
ކައިވެންޏަށް ފަސް އަހަރު ފުރުމުގެ ގޮތުން މިރޭ ގޭގައި އޮތް ޕާޓީއަށް ތައްޔާރު ވުމުގައި ރާނިޔާ ހޭބޯ ނާރާ އުޅެނީ ހެނދުނުއްސުރެންނެވެ. ބަދިގޭގައި އަވަދިނެތި އުޅެނިކޮށް އައިސް ވަނީ ނީނާއެވެ. ސްކޫލް ދައުރުއްސުރެންވެސް މިހާތަނަށް ދެގޮތެއް ނުވާ އެންމެ ގާތް އެކުވެރިޔާ ނީނާއެވެ.

"ސާބަހޭ...އަދި ކިރިޔާ ތި ދައްކާލީ..." ކޮށާފައި ހުރި ތަރުކާރީކޮޅު ތެއްޔަށް އަޅާލަމުން ރާނިޔާ ދައްކާލީ ރުޅި މޫނެކެވެ. ގާތް ދެ އެކުވެރިންނެވެ. އެހެންނަމަވެސް އުޑާބިމާހާ ތަފާތޭވެސް ފަހަރެއްގަ ބުނެވިދާނެއެވެ.

Wednesday, June 13, 2012

Edhevunu Thadhu - Ep 2





ކުރީ ދުވަހުގެ ބަޔާއި ގުޅޭ.....

އެހެންނަމަވެސް އެއީ ކައިވެނީގެ ހުރިހާ ކަމެއް ނިމި ލޯންޗެއްގައި ހުޅުމާލެއަށް އައުމަށް އެދެމީހުން ފުރި ވަގުތާއި ހަމައަށެވެ. ލޯންޗާއި ހިސާބުންވެސް ޝާންއަށް ބަދަލެއް އައިސްފައިވާކަން އޭނައަށް ފާހަގަ ކުރެވުނެވެ. އެކަމާއިބެހޭ ގޮތުން އެތަކެއްފަހަރު ޝާން އާއި ސުވާލުވެސް ކުރެވުނެވެ. ކަމެއް ނުވާ ކަމަށް އެތަކެއް ޖަވާބު ލިބުމުން، ޚުދު އޭނައަށްވެސް އެ ޖަވާބު ގަބޫލުކުރެވުނީއެވެ. ލޯންޗް އައިސް ހުޅުމާލޭ ފަޅަށް ވަދެ، އޭގެ ފަހުން އެމީހުން ބަލާ އައުމަށް ބުނެފައިވާ ޓެކްސީ އައިސް، އެ ޓެކްސީގައި ގެއާއި ހަމައަށް ދެވެންދެން ހަނުހިމޭނުން ޝާން  ހުރުމުންވެސް އޭނައަށް ބެލެވުނީ އެއީ ޝާންގެ ގޮތް ކަމަށެވެ. އޭނައަށް އަދި ޝާން ދަސްވާން ވަގުތު ބޭނުންވާނެއޭ ހިތާ ހިތާ ނިންމުނެވެ.  

އެހެންނަމަވެސް އެރޭ އޭނަ ގޮވައިގެން އައިސް ގެއަށް ވަދެފައި....

Saturday, May 5, 2012

Edhevunu Thadhu - Ep 1




އޮއްސެމުން ދިޔަ އިރުގެ ރަންދަޅަތައް، ހުޅުމާލޭގެ މަލަމަތިން ފޮހެވެމުން ދިޔަތަން ބަލަން ބެލްކަނީގައި އިނދެފައި ރީމާ ކުއްލިއަކަށް ތެދުވެއްޖެއެވެ. މިހާރު އޭނަގެ ފިރިމީހާ ގެއަށް އަންނާނެއެވެ. އަވަހަށް ތެދުވެ ، އިށީނދެ އިން ގޮނޑި އެތެރެއަށް ވައްދާ ބިއްލޫރި މޭޒުކައިރީ ބަހައްޓައިފިއެވެ. އަދި އެތެރެއަށް ވަނުމުގެ ކުރިން އަދި އެއްފަހަރު ބެލްކަނީގައި ހުރި ގުރާކޮށީގެ ދޮރު ރަނގަޅަށް ލެއްޕި، އޭގެ މަތީގައި އަޅަންވާ ފޮތިގަނޑު ރަނގަޅަށް އެޅިފައިވޭތޯ ބަލާލިއެވެ. ދެން އަވަސް އަވަހަށް އެތެރެއަށް ވަދެ ބެލްކަނީގެ ދޮރު ލައްޕާލިއެވެ. ގޭތެރެއަށް ވަށައިގެން ނަޒަރު ހިންގާލީ އޭގެ ފަހުންނެވެ.


Wednesday, May 2, 2012

Lasvi Sity


މިވާހަކަ އަކީ، މިއަހަރުގެ އޭޕްރީލް މަހުގަ ދަރުބާރުގޭގައި ބޭއްވުނު ފޮތް މަޢުރަޟަށް ޚާއްޞަކޮށްގެން ނެރުނު "ލިޔުންތެރިޔާ" ގެ 5 ވަނަ ޢަދަދަށް އަޅުގަނޑު ލިޔެފައިވާ ކުރުވާހަކައެވެ.


އެއީ ޙަގީގަތެއް ކަމަށް ގަބޫލުކުރަން އަދިވެސް ދައްޗެވެ.

އެ އަންހެންކުއްޖާގެ ފެށުން އައިގޮތް ކުރުކޮށް ކިޔާދޭނަމެވެ. ނަމެއް ކިޔަމާ ހިނގާށެވެ. "ސާރާ" އެވެ. ސާރާ އަކީ ސާރާގެ މަންމަގެ އަލަތު ކައިވެނިން 2 ކުދިން ލިބުނުފަހުން، ގޮތަކަށް ބުނާނަމަ މަޖްބޫރެއްގެ ތެރެއިން ކުރި ދެވަނަ ކައިވެނިން ލިބުނު ފުރަތަމަ އަދި ފަހުގެ ވެސް ދަރިފުޅެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް، ސާރާގެ އުމުރުން 8 އަހަރު ނުވަތަ 9 އަހަރުގައި ސާރާގެ މަންމަ އަށް މާލެ ބަދަލުވާން ޖެހުނެވެ. ސާރާގެ ބައްޕަ (ދޮންބައްޕަ) އަކީ މާލޭގައި ވަޒީފާ އަދާކުރާ މީހަކަށް ވުމުން ބައްޕަގެ އެދުމުގެ މަތިން މާލެ ބަދަލުވާން ޖެހުނީއެވެ. ސާރާގެ ދިރިއުޅުމުގެ ފުރަތަމަ ބާބު ނިމުނީ މިހިސާބުންނެވެ.

Saturday, March 31, 2012

ފޯންކޯލް - 83 ވަނަ ބައި (އެންމެ ފަހު ބައި)



"ނައު ސްމައިލް...." ފައިމަތީގައި އިށީނދެއިން އިނާގެ ހަށިގަނޑުގައި ދެއަތުން ވަށާލާ، އަދިވެސް ބޮޑަށް ނަވީން ކައިރިކޮށްލިއެވެ. އޭނަގެ މޫނަށް އިނާގެ ނޭވާގެ ބީހުން ލިބޭހާ ކައިރިއަށެވެ.
އިނާވެސް އޭނަގެ ދެއަތުގެ ހާރުން ނަވީންގެ ކަރުވަށާލިއެވެ. ދެހަށިގަނޑުގައި ޖަހާ ވިންދުގެ އިހްސާސް އެކަކު އަނެކަކަށް އިހްސާސް ކުރެވޭހާ މަސްހުނިވެލީ، އެއްވެސް ހުރަހެއް އެއްވެސް މަޖްބޫރެއް ނެތިއެވެ.

އޭގެ ދެ ދުވަސްފަހުން، ޖެހިގެން އައި ބުރާސްފަތި ދުވަހުގެ މެންދުރުފަހެވެ.

Tuesday, March 27, 2012

ފޯންކޯލް - 82 ވަނަ ބައި



ނަވީންގެ އަނެއް އަތްވަނީ އިނާގެ އަތުގެ އިނގިލިތަކާ ލާމެހިފައެވެ. ހިނދުކޮޅަކަށްވެސް ވަކިވާން ބޭނުން ނުވާ ކަމުގެ ރަމްޒެއްގެ ގޮތުންނެވެ. މިއަދާއި ހަމައަށް އެކުގައި އާދެވުނު ގޮތަށް، ދެން އޮތްތަންވެސް، އެކުގައި ތަޙައްމަލު ކުރާނަމޭ ބުނާ ފަދައަކުންނެވެ. ތިބާ ހުރެއްޖެނަމަ، ދުނިޔޭގެ ކިތަންމެ ފުން ކަނޑެއްވެސް ހުރަސްކުރެވޭތޯ މަސައްކަތް ކުރާނަމޭ، އެކަކު އަނެކަކަށް ބުނާ ކަހަލައެވެ. އެންމެ ފަހު ވަގުތާ ހަމައަށްވެސް އުއްމީދު ނަގައެއް ނުލާނަމޭ ބުނަމުންނެވެ.

ވާހަކަ ތަކަކުން ނޫނެވެ. ވާ އަޙުދު ތަކަކާއި ވަޢުދުތަކަކުންވެސް ނޫނެވެ. ހިމޭންކަމުގެ ބަސް މޮށުމުންނެވެ.

Saturday, March 24, 2012

ފޯން ކޯލް - 81 ވަނަ ބައި



"ގެއަށް ދާން.....ބައްޕަ ބުނީ އިނާއާއި އަހަރެން ދެމީހުން އަންނާށޭ..." ބައްޕަ ގުޅާފަ ބުނި ގޮތުން ނަވީނަށް ލިބުނު ހާސްކަމުގައި، ކުރިން އިނާ ދާން ޖެހޭކަމެއް ބުނެވިފައި ނެތެވެ. ތައްޔާރުވާށޭ ބުނުމުން އިނާ އެހާ ހައިރާންވީ އެހެންވެގެންނެވެ.

"ކިހިނެއްވީ އަނެއްކާ....؟" އިނާއަށް އަނެއްކާވެސް ކުރެވުނީ ސުވާލެކެވެ.
އާނއެކެވެ. ނުކުރެވޭނީ ކީއްވެހެއްޔެވެ؟ އޭނައަކީ ނަވީންގެ މަންމަ ރުހޭ އަންހެންކުއްޖެއް ނޫނެވެ. ބައްޕަގެ ގޮތެއް ނޭނގެއެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށްވެސް، މި ކައިވެނި ކުރެވުނު ފަހުން އެގެއަށް ނަވީން އޭނަ ގެންގޮސްފައި ނުވެއެވެ. އަދި ނަވީންގެ މަންމަވެސް ބައްޕަވެސް، އެގެއަށް އިނާ ގެނައުމަށްވެސް ބުނެފައި ނުވެއެވެ. ވީއިރު.........؟

Wednesday, March 21, 2012

ފޯންކޯލް - 80 ވަނަ ބައި



"މިފަހަރު ރަށަށް ދާންވާނީ އިނާ އަމިއްލައަށް އިސްނަގައިގެން އެގެއަށް ގޮސް ނަވީން މަންމައާއި ވާހަކަ ދައްކާފަ އިނގޭ. އާއިލީ ގުޅުން ރަނގަޅު ކުރެވޭތޯ ކޮންމެހެންވެސް މަސައްކަތް ކުރަން ޖެހޭނެ މިހާރު." އެންމެ ފަހަށް ގެއިން ނުކުންނަމުންވެސް ދިލްމާ ދިނީ ނަސޭހަތެކެވެ.

ވަކި އެއްޗެއް ނުބުނެ އާނއެކޭ ބުނުމުގެ ގޮތުން އިނާ ބޯ ޖަހާލިއެވެ.

"އަދި ބުނަން....ކޯޓަށް ނަވީން ހޯދުމުގެކުރިން އެ ފޯމް ކެންސަލް ކުރުވާތި..." އެއާއެކު ދެމީހުންގެ ގާތަށްވެސް ނުލަފާ ހިންޏެއް އައެވެ.

Monday, March 19, 2012

ފޯންކޯލް - 79 ވަނަ ބައި


އިނާ އެނބުރި އައުމުން ކުރެވޭ ފޮނި އިހްސާސުގައި އިނާއާއި ދޭތެރޭ ވިސްނަމުން، އުފާވެރި މޫޑެއްގައި ހުރެގެންގޮސް ، ފާހާނާގެ ޝަވަރަށް ދޫކޮށްލާފައި، އޭގެން އޮހޭ ބޮޑެތި ބޮޑެތި ފެންތިކިތަކުގެ ދަށުގައި ނަވީން ހުއްޓިއްޖެއެވެ. އަލި ނޫކުލައާއި އަލި ފެހިކުލައާއި އަލި ރީނދޫކުލައިން، އެކިފަހަރު އެކިކުލައިން ދިއްލެމުންދާ ޝަވަރުން އޮހޭ ފެންތަކުގެ ދަށުގައި އިސް އޮބައިގެން ހުރިއިރު ނަވީންގެ މޫނުމަތީގައި ވަނީ މީގެ ކުރިން ދުވަހަކުވެސް ނުއުފެދޭފަދަ ހިނިތުންވުމެއް އުފެދިފައެވެ. ކުރިމައްޗަށް ދެއަތް ދަމާލައި ޓައިލްސް ފާރުގައި އަތް ޖައްސައިގެން ދެލޯމަރާލައިގެން ހުރިއިރު، ހިތް އެދެނީ އަދިވެސް މިވަގުތުވެސް، މިތަނުގައި  އިނާއާއެކުގައި ވުމަށެވެ. އިނާ ހުރުމަށެވެ.

ފެންވަރާ ތައްޔާރުވެލައިގެން ނަވީން ދިޔައީ އޭނަގެ މަންމަ ހޯދުމަށެވެ. މަންމަ އުޅެނީ އޭރު ކޮޓަރީގައެވެ. މަންމަގެ ހުއްދަ ލިބިގެން ނަވީން ކޮޓަރިއަށް ވަނެވެ.

Thursday, March 15, 2012

ފޯންކޯލް - 78 ވަނަ ބައި


އިނާ އުރާލައިގެން ހުރެ ނަވީންވެސް ހެނީއެވެ. އެދެމަފިރިން އުފަލުން ފޮޅެނީއެވެ. ތިބެވުނު ތަނަކާއި ވަގުތަކަށް ނަވީންގެ އެއްވެސް ސަމާލުކަމެއް ނުދެވެއެވެ. ދުނިޔޭގައި ތިބި އެންމެ އުފާވެރި ދެމަފިރިންފަދައެވެ. އެދެމީހުން އެކަނި އުޅޭ ޢާލަމެއްގައި ތިބެވުނު ފަދައެވެ.

އެހެންނަމަވެސް އެއީ ކުޑަ ވަގުތުކޮޅަކަށެވެ. އެކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހަން ފެށި އަޑަށް އިނާއާއި ނަވީންގެ ހުނުން ހުއްޓިއްޖެއެވެ. މަޑުމަޑުން އިނާ ބިންމަތީގައި ބަހައްޓާފައި ނަވީން ހިންދެމިލިއެވެ. އިނާވެސް އަވަސް އަވަހަށް އިސްތަށިގަނޑާއި ހެދުން ރީތިކޮށްލިއެވެ. ހެމުން ހިނިތުންވަމުންނެވެ. ބަދަލުކުރެވެމުން ދިޔަ މާނަފުން ނަޒަރަކުން ދެމީހުންވެސް އެކަކު އަނެކަކަށް ބަލަމުންނެވެ.

Tuesday, March 13, 2012

ފޯންކޯލް - 77 ވަނަ ބައި



"އަހަރެންގެ ފޯން ކޮބާ...؟" ދިލްމާމެންނާއެކު އިން އިރު އެތާ ބާއްވާފައި އާދެވުނު އޭނަގެ މޮބައިލް ފޯން މަތިން ނަވީން ކުއްލިއަކަށް ހަނދާން ވިއެވެ.
"އަންނާނަން ހިފައިގެން....ދިލްމާމެންކައިރީ ކަމަށްވާނީ..." އިނާގެ ހިތުގެ ޙާލު އެއްވެސް ވަރަކަށް ނޭނގި ހުރި ނަވީން އިނާގެ ކޮނޑުގައި ފިރުމާލުމަށްފަހު ފޯން ބަލާ ދާން ހިނގައިގަތެވެ.

Monday, March 12, 2012

ފޯންކޯލް - 76 ވަނަ ބައި

 "ދިލްމާއަށް ގަބޫލުނުކުރެވެނީތަ އަހަރެން މި ދެއްކި ވާހަކަތައް؟" ހުސެންގެ އެދުމަށް ދިލްމާ އެއްޗެއް ބުނުމުގެ ކުރިން އެކަން ޔަގީންކުރަން ނަވީން ބޭނުން ވިއެވެ. އިނާގެ ހިތް "އަލުން ފަތަޙަކުރުމަށް" ޓަކައި ދިލްމާގެ ޔަގީންކަމާއި އިތުބާރު އޭނައަށް ވަރަށް މުހިއްމު ވެއްޖެއެވެ.

"އުނހުނ....." ކުރު ޖަވާބަކުން ދިލްމާ ނިންމާލިއެވެ.

"އެންމެ ރަނގަޅު. އެހެންވެއްޖިއްޔާ އަހަންނަށް ދެވެންވާއިރަށް އިނާއަށް ވިސްނައިދޭންވީނު؟" ނަވީން އުފާވިއެވެ. ދިލްމާ ގަބޫލުކުރީތީއެވެ. އުއްމީދެއް ލިބުނެވެ. އިނާއަށް ވިސްނައިދޭނެ މީހަކު ވީތީއެވެ.

"ނަވީން އަމިއްލައަށް ކިޔައިދިނަސް އިނާ ގަބޫލުކުރާނެ..." ފުރަތަމަ ފަހަރަށް ދިލްމާ ހިނިތުންވެލިއެވެ.
"ތިކަން ކުރާނެ ގޮތެކޭ ނޭނގެނީ...." ޙަގީގަތުގަވެސް އޭނައަށް ނޭނގެނީ އެކަމެވެ.

Saturday, March 10, 2012

ފޯންކޯލް - 75 ވަނަ ބައި


ފޯންކޯލް – 75 ވަނަ ބައި...

ބައްޕަ ދިއުމުން ނަވީން އަނެއްކާވެސް އިށީނީއެވެ. ދޮރުމަތީގައި މަންމަ ހުރިކަން އެނގިހުރެމެ ނަވީން އިށީނީ ގަސްތުގައި މަންމައަށް ފުރަގަސްވާ ގޮތަށެވެ.

މަންމައާއި ދައްކާނެ ވާހަކައެއް އޭނައަށް މިވަގުތު  ނޭނގެއެވެ.
މަންމައަށް ދޭނެ ޖަވާބެއްވެސް އޭނައަށް ނޭނގެއެވެ.
އޭނަ ދެކެ އިންތިހާއަށް ލޯބިވި، އެ އޯގާތެރި މަންމަގެ ހިތް އޭނައަށްޓަކައި އެހާ ކިލަނބުވި ގޮތެއް އޭނަގެ ވިސްނުމަކަށް ނާދެއެވެ. އަދި އަމުދުން މިވަގުތު އެކަމާ ވިސްނާކަށް އޭނަ ބޭނުމެއް ނޫނެވެ.

Thursday, March 8, 2012

ފޯންކޯލް - 74 ވަނަ ބައި

އެހެންނަމަވެސް....
އެ ބައިގަޑި ފާއިތުވެގޮސް، އިތުރަށް ދިހަ މިނެޓްވެސް ހިނގައިފިއެވެ. އަދި ހަމަ ގޭގެ އެއްވެސް ފޯނެއް ރިންގުވި އަޑެއް ނީވެއެވެ.
ކަމެއްގެ އިންތިޒާރުގައި އިންނައިރު، ހަރަކާތްތައް އަވަސްވެ، އެއްތަނެއްގައި ހިމޭނުން އިނުމަށް އުނދަގޫ ވުމަކީ ޢާއްމު ކަމެކެވެ. ނަމަވެސް ހިތަށް ތަދުކުރުވާ އިންތިޒާރެއްގައި އިންއިރުވެސް ނަވީނަށް އެހެނެއް ނުވެއެވެ. ކުރެވޭ ހަމަ އެކަނި ޙަރަކާތަކީ، ތިރިން އައި އިރު ގެނައި ކުޑަ ފެންފުޅިން އެތިފޮދެއް ބޯލުމަށް އިރުއިރުކޮޅާ ކުރެވޭ ޙަރަކާތެވެ.

Monday, March 5, 2012

ފޯންކޯލް - 73 ވަނަ ބައި

"ވަރިއަށް އެދި މާދަމާ ސިޓީލާނެ ވާހަކަ ބުނެލަން ވެގެން މި ގުޅީ. " ކޮށި އަޑަކުން އެކޮޅުން ވާހަކަ ދެއްކީ އިނާކަން ނަވީންއަށް ޔަގީންވީ ދެނެވެ.

"އިނާ..........!!!......!!!"  އިނާ ބުނި އެއްޗެއް ނަވީނަށް އެއްގޮތަކަށްވެސް ނީވޭފަދައެވެ.
"އިނާތަ.......؟ އިނާ.....ކޮންތާކު ތިހިރީ....ކޮންތާކު؟ ބުނެބަލަ....ބަލާދަންތަ؟ ކޮންތާކަށް ދާންވީ....؟ އިނާ.....!!" ދެވަނަ ފަހަރަކު އިނާ އަނގައިން ނުބުނާއިރުވެސް، އެތަކެއް ސުވާލު އެއްފަހަރާ ނަވީނަށް ކުރެވުނެވެ. ޙަރަކާތްތަކުން އަލިމަނިކުއަށް ފެނުނީ، ހަމަ ދެންމެ ގެންގުޅުނު ޖަވާހިރެއް ބިންމައްޗަށް ވެއްޓުމުން އެ ދިޔަ ދިމާލެއް ނޭނގިގެން ވަށައިގެން އެނބުރޭ މީހެއްގޮތަށް ކޮޅަށް ތެދުވެފައި އެކި ކޮޅުކޮޅަށް ނަވީން އެނބުރޭ ތަނެވެ.

Sunday, March 4, 2012

ފޯންކޯލް - 72 ވަނަ ބައި

ބައްޕަގެ އަޑު ފުރަތަމަ ފަހަރަށް އެހާ ބާރަށް އިވުމުން ނަވީން އަށް ކަންބޮޑުވުމެއް ލިބުނެވެ. އަނެއްކޮޅުން އަލިމަނިކު އާއި ކައިވެނިކޮށްގެން މިވީ 39 އަހަރުތެރޭގައި ދުވަހަކުވެސް އެފަދަ ގޮތަކަށް އޭނައާއި ވާހަކަ ދައްކާފައި ނުވާތީ، ނަޖްމާގެ ހިތް ބިރުން ވިރިއްޖެ ކަހަލައެވެ.

"މަންމާ.......؟؟"  ބައްޕަ އެ ބުނަނީ ކީކޭތޯ އަހާ ރާގުގަ ނަވީން ގޮވާލިއެވެ.
"ދަރިފުޅުގެ މަންމައަށް އެނގޭނެ ތި ހުރިހާ ކަމެއް. ލީނާ ތި ކުރިކަންތައްވެސް މަންމައަށް އެނގޭނެ." ނަޖްމާ އަނގައިން ނުބުނެ އިނުމަކުންވެސް، އެ ވާހަކަތައް މިއަދު ހުއްޓޭނެހެން ހިއެއް ނުވެއެވެ. މިއަދު އަލިމަނިކު އެ ހުންނެވީ ހަގީގަތް ކިތަންމެ ހަޑިވިޔަސް، ކުރިމަތިލާން ތައްޔާރަށެވެ. ދަރިފުޅުގެ ފަރާތުން ހިތްވަރު ލިބިގެންނެވެ.

Friday, March 2, 2012

ފޯންކޯލް - 71 ވަނަ ބައި


ފުރަތަމަ ވަގުތުވެސް އެ ވާހަކައާއި ބެހޭ ގޮތުން ސުވާލުކުރަން ހިނގައިގަންނަން ނަވީން އުޅުނެވެ. ނަމަވެސް ނަވީން ހުއްޓުވީ އޭނަގެ ދުރުވިސްނޭ ބައްޕަ އަލިމަނިކުއެވެ. ޚާލިދުގެ ފަރާތުން ހުރިހާ ވާހަކައެއް އެނގިފައި އޮތުމުން، ޒިޔާދުމެން ދައްކަމުން ދިޔަ ވާހަކައިގެ ދެން އަންނަ ބައިތަކުގަ ދައްކާނީ ކޮން ވާހަކައެއްކަން އަލިމަނިކުއަށް ރަނގަޅަށް އެނގޭތީއެވެ. މީހަކު ބުނެގެން ނަވީނަށް އެނގުމުގެ ބަދަލުގަ އެކަން ކުރި ދެމީހުންގެ އަނގައިން އެ ވާހަކަ ދައްކާ އަޑު ނަވީނަށް އިވުން ވަރަށް މުހިއްމުކަމަށް އަލިމަނިކުއަށް މާ ކުރިން ގަބޫލުކުރެވިފައި އޮވެމެ، އެގެއަށް އާދެވުނުއިރު އެ ވާހަކަ ދެކެވޭ އަޑު އިވުމަކީ އިއްތިފާގަކަށްވުމަށްވުރެ ބޮޑަށް އަލިމަނިކުއަށް ވީ އެއީ ރަހްމަތެއް ކަމަށެވެ.

Tuesday, February 28, 2012

ފޯންކޯލް - 70 ވަނަ ބައި


ބައްޕަ ދެއްކި ވާހަކައިން އޭނަގެ ޚިޔާލު ބަދަލުވީކަމެއް ނުވަތަ ހިތްވަރު ލިބުނީކަމެއް ނަވީނަކަށް ޔަގީނެއް ނޫނެވެ. އެނގޭހާވެސް ވަރަކީ އޭނަ ކޮންމެވެސް ކަމެއް ކުރަންވެއްޖެ ވަގުތު ޖެހިއްޖެ ކަމެވެ.

އެނދުގައި އިށީނދެލައިގެން އިނދެ ނަވީން ދިޔައީ، ޚާލިދުއަށް ގުޅާފައި އޭނަ ދައްކަން ހުރި ވާހަކަތައް ސިކުނޑީގައި ތަރުތީބު ކުރަމުންނެވެ.

ވިސްނާލަން ހޭދަކުރި ކުޑަވަގުތުކޮޅަކަށްފަހު ދެވަނަ ފަހަރަށް ޚާލިދުގެ މޮބައިލަށް ގުޅާލިއެވެ. ހަތަރު ފަސް ރިންގަށްފަހު އެކޮޅުން ޚާލިދު ފޯން ނަގައިފިއެވެ.

Saturday, February 25, 2012

ފޯންކޯލް - 69 ވަނަ ބައި


--------ބާރު ފިޔަވަޅުތަކެއް އަޅަމުން ދިޔަ ނަވީންއާއި ދިމާލަށް ބަލަހައްޓައިގެން ހުރި ލީނާގެ މޫނުމަތިން ފެންނަނީ ފަތަޙައާއި ހިތްހަމަޖެހުމުގެ ފާޅުކަން ބޮޑު ހިނިތުންވުމެކެވެ. އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވިޔަސް އޭނަ ނަވީން ހާޞިލްކުރާނެއެވެ. ކޮށްފަ ނޫނީ ހުއްޓައެއް ނުލާނެއެވެ. އެއީ އޭނަގެ މަގްޞަދެވެ.

ނަވީން ގޮސް ގެއިން ނުކުމެއްޖެ ކަން ޔަގީންވަންދެން އެ ދިމާލަށް ބަލަހައްޓައިގެން ހުރެފައި މޭޒުމަތީގައި އޮތް ލީނާގެ ފޯން ނެގިގޮތަށް ނަގާ ކަންފަތުގަ ޖައްސާލިއެވެ.

Thursday, February 23, 2012

ފޯންކޯލް - 68 ވަނަ ބައި

އައި ރުޅީގައި ކަބަޑުގައި މުށްކަވާފަ ޖެހުނެވެ. އެންމެ ކަމެއް ދެކަމެއްގެ ރުޅިއެއް ނޫނެވެ. 
"
ޓަކް ޓަކް.....ޓަކް ޓަކް...." ދޮރުގައި މީހަކު ޓަކި ޖެހި އަޑު ނަވީނަށް އިވުނެވެ.
"
މަންމާ....؟" ހުޅުވާލި ދޮރު ކުރިމަތީގައި ނަވީންގެ މަންމަ ހުރިތަން ފެނުމުން ސުވާލުގެ ގޮތުގައި ނަވީނަށް އަހާލެވުނެވެ. 
"
އާނ....ދަރިފުޅާއި ވަރަށް ބޮޑު ވާހަކައެއް ދައްކަން މަންމަ އުޅޭތާ ކިތަންމެ ދުވަހެއް....މިއަދު ހެނދުނު ދިޔަ ގޮތަށް އަދި ތިއައީތަ؟" މަންމަ އައީ އޭނައާއި މުހިއްމު ވާހަކައެއް ދައްކަން ކަން އެނގުމުން މަންމަ ވަނުމަށް ނަވީން ތަންދެއްކިއެވެ.

Monday, February 13, 2012

Phone Call - Ep 30


ކަންތައް ދިމާވީ ވަރަށްވެސް ރަނގަޅަށޭ ބުނެވިދާނެއެވެ. އެ ނުރައްކާތެރި ހަމަލާއަށްފަހު އިނާއަށް ހޭލެވުނީ އެދުވަހު އިރުއޮއްސެން ދަނިކޮށެވެ. ނަވީންވެސް ހުއްޓައެވެ. ދިލްމާ އާއި ހައިފާ އާއި ފާތުންވެސް ހުއްޓައެވެ. ހަމްދު އާއި ޚާލިދުވެސް އަދި ހަމަ ޝީލާވެސް ހުއްޓައެވެ. އާއިލާގެ އެންމެން ތިއްބައެވެ.
"ދަރިފުޅާ.......ކިހިނެއް މިހާރު.......؟" ދެންމެ ލޯ ހުޅުވާލި އިނާގެ ބޮލުގައި ފިރުމާލަމުން ޝީލާ އެހިއެވެ. ޖަވާބަކަށް އިންތިޒާރުކޮށްގެނެއް ނޫނެވެ.

Phone Call - Ep 29


ކަންތައް ދިމާވީ ވަރަށްވެސް ރަނގަޅަށޭ ބުނެވިދާނެއެވެ. އެ ނުރައްކާތެރި ހަމަލާއަށްފަހު އިނާއަށް ހޭލެވުނީ އެދުވަހު އިރުއޮއްސެން ދަނިކޮށެވެ. ނަވީންވެސް ހުއްޓައެވެ. ދިލްމާ އާއި ހައިފާ އާއި ފާތުންވެސް ހުއްޓައެވެ. ހަމްދު އާއި ޚާލިދުވެސް އަދި ހަމަ ޝީލާވެސް ހުއްޓައެވެ. އާއިލާގެ އެންމެން ތިއްބައެވެ.
"ދަރިފުޅާ.......ކިހިނެއް މިހާރު.......؟" ދެންމެ ލޯ ހުޅުވާލި އިނާގެ ބޮލުގައި ފިރުމާލަމުން ޝީލާ އެހިއެވެ. ޖަވާބަކަށް އިންތިޒާރުކޮށްގެނެއް ނޫނެވެ.

Phone Call - Ep 28


 "މާދަން ހަވީރު އާދެވޭނެ. އަންނަގޮތަށް ފުރާނީ ތިކޮޅަށް. އިނާއަށް އަޅުގަނޑުގެ ސަލާމް ބުނެދޭތި. މި ދަތުރު ނުގޮސް ވާނެ އެއްވެސް ގޮތެއް އޮތްނަމަ އެކަމެއް އަޅުގަނޑު ކުރާނަން. އެކަމަކު ހަމަ...." ވާހަކައިގެ ކުރިން ބުނިބައި ބުނިއިރު އަޑުގައި އެއްވެސް ހަމްދަރްދީއެއް އަދި ލަސްވެގެން އުޅޭ ގޮތް ނެތް ކަމުގައި ވިޔަސް، ފަހަތުބައި ބުނެލިއިރު ރާގު ވަރަށް ތަފާތެވެ. އެބުނި އެއްޗެއްގެ އަސަރު އަޑުންވެސް ފާޅުވެއެވެ.

Phone Call - Ep 27


 "މާދަން ހަވީރު އާދެވޭނެ. އަންނަގޮތަށް ފުރާނީ ތިކޮޅަށް. އިނާއަށް އަޅުގަނޑުގެ ސަލާމް ބުނެދޭތި. މި ދަތުރު ނުގޮސް ވާނެ އެއްވެސް ގޮތެއް އޮތްނަމަ އެކަމެއް އަޅުގަނޑު ކުރާނަން. އެކަމަކު ހަމަ...." ވާހަކައިގެ ކުރިން ބުނިބައި ބުނިއިރު އަޑުގައި އެއްވެސް ހަމްދަރްދީއެއް އަދި ލަސްވެގެން އުޅޭ ގޮތް ނެތް ކަމުގައި ވިޔަސް، ފަހަތުބައި ބުނެލިއިރު ރާގު ވަރަށް ތަފާތެވެ. އެބުނި އެއްޗެއްގެ އަސަރު އަޑުންވެސް ފާޅުވެއެވެ.

Phone Call - Ep 26


 ދޮރުގައި ޓަކި ޖެހިމީހާގެ ހަރަކާތްތައްވެސް ހިނގާދިޔަ ހާދިސާއާއި އައިސް ގުޅުނީ ހަމަ އެހާ އަވަހަށެވެ. އިނާ އަރި އަޅާލުމާއެކު އެދިމާއަށް ނަވީނަށް އުދުހިގަނެވުނު ފަދައެވެ. ނަމަވެސް ހިތާމައަކީ، އެފަދަ ވަގުތެއްގައި ވާން ހުރި ގޮތް ނަވީންއަށްވެސް އަދި އެދިމާލަށް ދުއްވައިގަތް ދިލްމާއަށްވެސް ނުހުއްޓުވުނު ކަމެވެ.
ނަވީންއަށް ގޮސް އިނާގެ ގައިގައި ހިފުނުއިރު ހުރިހާ ކަމެއްވެސް ވެނިމިއްޖެފަދައެވެ. މިވީ ކިއްކަންވެސް ވިސްނާލަން ވަގުތެއް ނުލިބުނެވެ. އޭނައަށް

Phone Call - Ep 25


 "ހުމް.....ތިހެން ބުނާއިރުވެސް އެނގޭނެ އަހަންނަށް ކެރޭނެކަން." ވަރުގަދަ އަޒުމެއްގައި ހުރި ފާޑަށް ޒިޔާދު ބުނެލިއެވެ.
"މިހާރު މިހިރީ ރަމީޒް ކައިރިއަށް ހޮސްޕިޓަލަށް އައިސް." އަފްރާހް ހުރިހާ އެއްޗެއް އޮޅުންފިލުވަމުން އެބަ ދެއެވެ.
"
ނޭނގެ. ހަމަ ބޯ ގޮވައިގެން އާދެވުނީ. އެކަމަކު އޭނަ ކައިރީ ކިހިނެއް ވާހަކައެއް ކިޔާނީ. ރަނގަޅުވަގުތެއްގަ ތިގުޅީ އިނގޭ" ހަގީގަތުގައިވެސް އަފްރާހް އެގުޅީ އޭނައަށް ގޮތްހުސްވެފަ ހުރި ވަގުތެއްގައެވެ.