ފަޚުރުވެރިގޮތަކަށް
ނަވީނަށް ހިނިތުންވެލެވުނެވެ. އޭނައަކީ ނަސީބުވެރިއެކޭ އަމިއްލަ ހިތުން ނިންމުނެވެ.
ގޮނޑީގައި ހަމަޖެހިލާފައި އަތުކުރީއޮތް ގަޑިބަލާލިއެވެ. ރޭގަނޑުން އެގާރަވެސް ޖަހައިފިއެވެ. މާ ލަސްވެއްޖެއެވެ. ދެނެއް އިނާއާއި ބައްދަލުކުރާކަށްވެސް ނުދެވޭނެއެވެ. ކިހާ ދެރަހެއްޔެވެ؟
އެކަމަކު އޭނައަށް މި އުފާ ހިތުގައި ބަހައްޓައިގެން މިރެއަކު ނުނިދޭނެއެވެ.
ކާރުގެ ތަޅުދަނޑި ނަގައިގެން ސިޓިންރޫމް ތަޅުލާފައި ގޮސް ގެއިން ނުކުމެއްޖެއެވެ.

އުފާވެރި
ހިތަކާއެކު ނަވީންގެ ކާރު ގޮސް މަޑުކޮށްލީ މާޔާގެ ގޭގެ ކައިރިއަށެވެ. ކާރުގެ
އިންޖީނު ނިއްވާލާފައި އަނެއް ސީޓްމަތީގައި އޮތް ފޯން ނަގައިގެން މާޔާއަށް ނަވީން
ގުޅަންފެށީ އެގެއާއި ދިމާލަށް ބަލަމުންނެވެ. އާއްމުގޮތެއްގައި އެގާރައިގެ ފަހުން
އެގޭ ދޮރާށި ހުޅުވާފައެއް ނުހުންނާނެކަން އޭނައަށް އެނގެއެވެ. އެކަމަކުވެސް މާޔާ
ހޭލާ އުޅޭނެކަމާމެދު އޭނަ ޝައްކެއް ނުކުރެއެވެ.
"ހޭއި......ނިދީތަ....؟" ދެތިންރިންގަކާއެކު މާޔާ ފޯން ނެގުމުން ނަވީން އަހާލިއެވެ.
އަނެއްކޮޅުން، އެނދުގައި އޮވެގެން ނިދެމުން ދިޔަ މާޔާގެ ކަންފަތުގައި ނަވީންގެ އަޑު ޖެހުމާއެކު ނިދިވެސް ފިލި ކަހަލައެވެ. އެގޮތަށް ނުބުނެ އައުމަކީ ނަވީންގެ މިޒާޖެއް ނޫންވީމައެވެ.
"އުނހުނ.......ދެން އޮތީ" ހިތްއެދޭ މީހަކާ ވާހަކަ ދައްކަން ބޭނުންނަމަ، ތަނެއްގައި ތާށިވެފައި ހުއްޓަސް ކަމެއް ނުކުރަމޭ ވަރަށް ހުސްކޮށޭ މިހިރީ ބުނުމަކީ މިއީ ހަމަ އާއްމު ކަމެކެވެ. މާޔާއަށްވެސް އެވީ އެހެންނެވެ.
"ނުކުމެލެވޭނެތަ.......؟" ނަވީން ބޭނުންވަނީ އޭނަގެ އުފަލުގައި މާޔާ ބައިވެރި ކުރާށެވެ.
"މިހާރު.....އެގާރަގަޑިބައިވެސްވެއްޖެއެއްނު...؟" ނުކުމެލާށޭ ނަވީން ބުނުމާއެކު މާޔާގެ ލޯ ހުއްޓުނީ ފާރުގައި ހުރި ގަޑިއަށެވެ. އެއީ ލަސްގަޑިއެކެވެ. އެކަމަކުވެސް އެ ސުވާލުގެ ފަހުބައި ނިމުނުއިރު މާޔާ ހުރީ އެނދުންފައިބައިގެން ގޮސް ފާހާނާ ދޮރުމަތީގައެވެ. ފޯން ބޭއްވުނުހާ އަވަހަކަށް ހެދުން ބަދަލުކުރަން ފާހާނާއަށް ވަނުމަށް ތައްޔާރުވެގެންނެވެ.
"މައްސަލައެއްނެތޭ.....ވަރަށްބޮޑު ވާހަކައެއް ބުނަންވެގެން. މިއިނީ ތިގޭ ބޭރުގަ....." ނަވީންގެ އަޑުންވެސް އުފާވެރިގޮތް މާޔާއަށް އިހްސާސް ވެއެވެ.
"ކޮން ބޮޑުވާހަކައެއް........" އޭނަ ކައިރީ ބޮޑުވާހަކައެއް ބުނަންވެއްޖެއޭ ނަވީން ބުނުމުން މާޔާގެ ވިންދުއަވަސްވިއެވެ.
"ދެން ނުކުމެބަލަ.....ކިތައް މިނެޓް ދޭންވީ.....؟" އޭނަ ބުނެފިއްޔާ މާޔާ ނުކުންނާނެކަން ނަވީނަށް ވަރަށް ޔަގީންވާ ކަހަލައެވެ. ދޭންވީ ކިތައްމިނެޓްތޯ އެހީ އެހެންޏާވެސް އަހާލާ އުޞޫލުންނެވެ.
"ފަސްމިނެޓް....." އިތުރު ސުވާލެއްވެސް ނެތި މާޔާވެސް އެއްބަސްވިއެވެ.
"ހޫމް...........އެނގޭ އެއީ ފަންސާސް މިނެޓްކަން....އެކަމަކު މިރޭ އެހެން ހަދައިގެން ނުވާނެ އިނގޭ. ވަރަށް އަވަސްކުރަން ޖެހޭނެ. މިރޭ މިހިރީ މާޔާވެސް އުފާވާ ވަރުގެ ވާހަކައެއް ހިފައިގެން އައިސް....އަވަސް ކުރާތި." މާޔާ އާއި ނަވީން އާއި ދެމެދުގައި އެއްވެސް ވަރެއްގެ ރަސްމީކަމެއްނެތެވެ.
"އެންމެ ރަނގަޅު....އެކަމަކު ނުދެވޭނެ ބޭރަކަށް. މިރޭ ނަވީން ވަންނަންވާނީ ........" މާޔާވެސް ޝަރުޠު ކަނޑައެޅިއެވެ.
"އޯކޭ އޯކޭ............" މާޔާގެ ވާހަކަ ނުނިމެނީސް އަވަހަށް ނަވީން ބުނެފިއެވެ. ކޮންމެ ތަނެއްވިޔަސް އޭނައަށް ހެވެވެ. އޭނަ ބޭނުންވަނީ މާޔާއާއެކު އެ އުފާ ހިއްސާ ކުރާށެވެ. އަވަހަށެވެ. ހަމަ މިހާރުއެވެ.
ނަވީން ހީކުރިވަރަށްވުރެ އަވަހަށް މާޔާ ދޮރު ހުޅުވައިފިއެވެ. ކާރުކައިރިއަށް ލެނގިލައިގެން ހުރެފައި ދޮރު ހުޅުވާލި އަޑު އިވުމާއެކު ނަވީން އެދިމާލަށް ހިނގައިގަތެވެ.
ނަވީންގެ މޫނުމަތީން ފެންނަ ހިނިތުންވުމާއި އެކުވެގެން އާދަޔާ ޚިލާފު އުފާވެރިކަމެއް ފެނުމުން މާޔާއަށް ވަރަށް ބެލުނެވެ.
"އަނެއްކާ ކިހިނެއްވީ........؟" ނަވީންގެ މޫނު ފެނުމުން ޚުދު މާޔާގެ ހަށިގަނޑުގައިވެސް އުފާވެރިކަމުގެ އޮއިވަރެއް ހިނގައިގަތެވެ. އޭނައާއި ދިމާވާ ކޮންމެ އިރަކު އަޅެ މިހެން ނަވީން ހުންނަ ނަމައޭ އޭނަ ހިތަށް އެރިއެވެ.
މާޔާ ކުރި ސުވާލަށް ޖަވާބު ދިނުމެއްވެސް ނެތި ނަވީން ވަނީ ގޭތެރެއަށެވެ. މާޔާވެސް ދެފަރާތަށް ބަލާލާފައި އެތެރެއަށް ވަދެ ދޮރާށި ލެއްޕިއެވެ.
އާދައިގެ މަތިން ނަވީން ގޮސް އިށީނީ ގޯތިތެރޭގައި ހުރި އުނދޯލީގައެވެ. ހުދު ދޮންވެލި އަޅާ ހަދާފައިވާ އެތަނަކީ އެގެއިން ނަވީން އެންމެ ހިތްހަމަ ޖެހޭތަންކަން އެގޭ މީހުންނަށްވެސް މިހާރު އެނގެއެވެ. ނަވީން އެގެއަށް އައިއްސަ ގޭތެރޭގައި އިނުމަށްވުރެވެސް އެ އުނދޯލީގައި އިނުމަށް އިސްކަން ދެއެވެ.
މާޔާ އިށީނީ އުނދޯލީގެ ވައަތްފަރާތުގައި ހުރި ޖޯލިފަތީގައެވެ. އާއްމުގޮތެއްގައި އަބަދުވެސް އޭނަ އިންނަ ތަނަކީވެސް އެއީއެވެ.
"ކޮފީ ގެންނަން.......؟" ކޮންމެ ރެއަކުވެސް އެގެއަށް އައިސްފައި ކޮފީތައްޓަކަށް ނަވީން ބުނާކަން މާޔާ ހަނދާނެއް ނުނެތެއެވެ. އެ ކޮފީތައްޓަކީ އޭނަ ކޮންމެ ރެއަކުވެސް ވަރަށް ފަރުވާތެރިކަމާއެކު ހަދައިދޭ ކޮފީތައްޓެކެވެ.
މި ފަހަރު ނަވީން މާލެ ގޮސްފައި އައިފަހުން، އޭނައާއި އެކުގައި ހޭދަކުރާ ވަގުތު ގިނަވުމާއި ބަހައްޓާ ޚާއްޞަ ގާތްކަމަށާއި، އެގެއިން ކައިބޮއިހެދުން ގިނަ ވެފައިވާތީ، މާޔާއަށް އުއްމީދު ލިބިފައި ވެއެވެ.
މިރޭވެސް އަންގާވެސްނުލާ، ހަމަ ކުއްލިއަކަށް އައިސް އިނުން އެއީ އެކަމުގެ ހެއްކެއްކަމަށް މާޔާ ގަބޫލު ކުރިއެވެ.
"މާޔާ ބޭނުން އެއްޗެއް......." އުނދޯލީގައި އަތުން ޖަހާލާފައި ހިތްވަރާއެކު ނަވީން ޖަވާބު ދިނެވެ.
"މާޔާއަށް އެނގޭތަ........އަހަންނަށް މިރޭ އިހްސާސް ކުރެވެނީ ދުނިޔޭގައި ހުރި އެންމެ އުފާވެރި މީހާގެ ގޮތަށް......." މާޔާ ދާން ހިނގައިގަތްތަނާ ނަވީނަށް ބުނެވުނެވެ.
މާޔާއަށް ހުއްޓި ބަލަހައްޓައިގެން ހުރެވުނެވެ.
"އޯވހ......އާނ. ގޮސްލާ ގޮސްލާ.........އަވަހަށް އަންނައްޗޭ....." މާޔާ އެހެރީ ދާން ތެދުވެފައިކަން ހަނދާންވުމުން އަވަހަށް ނަވީން ބުނެފިއެވެ. ހިނިގަނޑަކާއެކުގައެވެ.
"ސާބަހޭ.................." އުފާވެރި ހީލުމަކާއެކު މާޔާ ހިނގައިގަތެވެ.
މަންމަ ބުނިވަގުތު އައިސް ޖެހުނީ ކަންނޭނގެއެވެ. ނަވީންއާއި ގާތްކަން އަހަރެން އުފެއްދިވަރަކަށް ނަވީން އަހަންނާއި ދިމާލަށް ދަމާވަރު ބޮޑުވާނެއޭ މަންމަ ފުރަތަމަ ދުވަހުވެސް ބުންޏެވެ. އެކަމަކު....އޭރު އޭނައަށް އެހެން ނުއުޅެވުނީއެވެ. ހިތަށް ވާ އުނދަގުލެއްގެ ބޮޑުކަމުންނެވެ. ނޫނެކެވެ. ނަވީންވެސް އެވަރަށް އޭނައަށް ފުރުޞަތު ނުދޭތީއެވެ. އަމިއްލަ އުފަލެއް ހިއްސާކޮށްލުމެއްވެސް އޭރަކު ނޯވެއެވެ. އެކަމަކު މިފަހަރު އައިފަހުން ނަވީން ވަރަށް ތަފާތެވެ.
ސިއްރު ހިނިތުންވުމަކާއެކު މާޔާއަށް، އޭނަގެ އަތުކުރީގައި އޮތް ރީތި ކެވެލިކޮޅުގައި ބޮސްދެވުނެވެ. އޭނަ ނަވީން ދެކެވާ ލޯބީގެ މިންވަރު ނަވީނަށް އެނގޭބާވައެވެ.
މިހާރު މިދާގޮތަށް ދަންޏާ ހުރިހާކަމެއްވެސް އަދި އޭނަ އެދޭގޮތަށް ފަހިވާނެއޭ ހިތަށް އަރުވާލާފައި ކޮފީތަށި ހިފައިގެން ގޮސް ނަވީނަށް ދިނެވެ. ނަމަވެސް އެހެންރޭރޭ ހޫނު ކޮފީތަށްޓަށް ލަސްވެފައި ހުންނަ ނަވީން މިރޭ އެކަމަކާވެސް ނޫޅުނެވެ.
"އިހަށް ތި ބަހައްޓާފައި އާދެބަލަ....މިތަނަށް އާދޭ.........މިރޭ އަހަރެން ބޭނުން ވަނީ މާޔާ އަހަރެން ކައިރީ އިންނަން." ނަވީން އެދުނުހެން ޖޯލިފަތި ކުރިމަތީހުރި ކުޑަމޭޒުމަތީގައި ކޮފީތަށި ބަހައްޓާފައި ޖޯލީގައި އިށީންނަން ދިމާކޮށްލުމުން ނަވީން އެބުނި އެއްޗަކުން މާޔާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.
ނަވީން މިރޭ މި ދައްކަނީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ؟
ހިތަށް އެހެން އެރިނަމަވެސް ލިބުނު ފުރުޞަތުގެ ބޭނުން މާޔާ ކުރިއެވެ. މާބޮޑު ޝައުގުވެރިކަމެއް ނެތް ކަހަލަ ގޮތަކަށް ގޮސް ނަވީން އިން އުނދޯލީގެ އަނެއްކޮޅުގައި އިށީނދެއްޖެއެވެ. ހަމަ އިށީނުމާއެކު ވަރަށް ބާރަށް، ނަވީން އެ އުނދޯލި ހެއްލަން ފެށިއެވެ.
"އަޅެ.....އެހާ ބާރަކަށް ނޫން........" މާޔާއަކީ އެހާ ބޮޑަށް ހެއްލަންޏާ އުނދޯލީގައި އިނދެވޭނެ މީހެއް ނޫނެވެ. އެކަން މިވީ ދުވަސްތަކުގައި ނަވީނަށްވެސް އެނގޭނެއެވެ.
"އޯވހ..........ހަނދާންނެތުނީ....މާޔާ.....މާޔާ......މިރޭ މާޔާއާއި ދިމާނުވިނަމަ އަހަރެން މޮޔަވީސްކަންނޭނގެ......" ހަނދާންނެތުނީއޭ ބުނެފައި އަތްއެއްލާ މާޔާގެ ކޮނޑުގައި އަޅުވާފައި ދެން ނަވީނަށް ކުރެވުނު ކަންތައްވެސް ނަވީނަށް ނޭނގޭ ފަދައެވެ. ފޫޓެއްހާ ދުރުގައި އިން މާޔާގެ ދުރުފަރާތު ކޮނޑުގައި އަތް އަޅުވާލާފައި ގާތަށް ދަމާލުމުން، އިނީ އުނދޯއްޔެއްގައިކަމަށްވާތީ، ފަރުވާނުވެވުނެވެ. ނަވީންގެ އަތުތެރޭގައި، ގައިގައި ޖެހިފިތިއްޖެއެވެ. ނަވީނަށް ހަމަ އެއްވެސް ކަމެއް ނޫންފަދައެވެ.
"އަޅެ......މީހަކު އައިސްދާނެ........" ގޭތެރެއިން މީހަކު ނުކުމެދާނެކަމުގެ ބިރަށް މާޔާއަށް ބުނެވުނެވެ. އެކަމަކުވެސް ހިތުގެ އަޑިން އާދަޔާ ޚިލާފު އުފަލެއް އިހްސާސް ކުރަމުންނެވެ.
"ކީއްތަ ވާނީ........" އަދިވެސް ބޮޑަށް މާޔާ ގަޔާއި ކައިރިކޮށްލިއެވެ. ދެމީހުންނަށް މިހާރު ތިބެވުނީ އެކެއްގެ ވައަތު ކޮނޑާއި އަނެއްމީހާގެ ކަނާތު ކޮނޑު ޖެހިފައެވެ. މާޔާ ވެސް އިތުރަކަށް ދެކޮޅެއް ނަހަދައެވެ. ނަވީންގެ ހަށިގަނޑުން ދުވާ މީރުވަހުން އުފާލިބިގަންނަން އިނީއެވެ. އެގޮތަށް ދާއިމަށް ތިބެވޭނެ ނަމައޭ ހިތަށް އަރުވަމުންނެވެ.
"މާޔާއަށް އެނގޭތަ..........އަހަންނަށް އިނާ ލިބިއްޖެ. ހުރިހާ ގޮތަކުން......ހުރިހާ ގޮތަކުންވެސް މިހާރުއެއީ އަހަރެންގެ ހައްގެއް." ކުރިއަށްވުރެވެސް ބޮޑަށް މާޔާ ކައިރިކޮށް، އަދި ކުރިއަށްވުރެވެސް ބޮޑު ބާރެއް އަތަށްލާފައި މާޔާގެ ކޮނޑުގައި ހިފަހައްޓާލަމުން ނަވީން އުފާ ފާޅުކުރިއެވެ. އަދި އިނާ ދޭނީ ކޮން ޖަވާބެއްކަމެއްވެސް ނޭނގޭއިރުއެވެ.
ނަވީންގެ އަނގައިން އެ އިވުނު ބަސްކޮޅުން މާޔާގެ ހަށިގަނޑަށް ހުއްޓުމެއް އައެވެ. ވަގުތުން ހަރަކާތްތައް ހިމޭން ވެއްޖެއެވެ. ނަވީންއާއި ދިމާލަށް ނުވެސް ބެލުނެވެ. އިސް އޮބިފައި އިނީއެވެ. އެހެން އިންއިރު ހޭވިފައި އޮތް ރީތި އިސްތަށިގަނޑުން ބަޔަކުން މާޔާގެ މޫނު ފޮރުވިފައި ހުރީމަ ނަވީންއަކަށް އޭނަގެ ފަރާތުން މާޔާގެ މޫނެއް ނުފެނެއެވެ. އެހެން ނޫންނަމަ މާޔާއަށް އެ ލިބުނު ޝޮކް ނަވީނަށް ފެނުނީހެވެ.
"މިރޭ އިނާ ބައްޕަ އައީ އަހަރެންގެއަށް. އެނގޭތަ ކީއްކުރަންކަން. އަހަރެންކައިރިން އިނާގެ ކައިވެންޏަށް އެދެން." މާޔާއަށް ގޮތެއްވާކަންވެސް ނޭނގި އިނދެ ނަވީން ދިޔައީ އޭނަގެ ހިތުގައި އޮބަހައްޓަން އުނދަގޫވަމުންދާ އުފާ ފާޅުކުރަމުންނެވެ.
"އިނާއާއި އަހަރެން ދުރުވެގެން މިއުޅެނީވެސް އަހަންނަށް ޝައްކު ކޮށްފާނެތީ. އެނގެއެއްނު. މި އުޅެނީ ހުރިހާ އިރަކުވެސް މާޔާއާއެކީގައެއްނު. އެކަމަކު އެނގޭތަ.....ޚާލިދު މިރޭ އައިއިރު ޚާލިދުއަށް ނޭނގޭ ވާހަކައެއް ނެތް. އިންސާނެއްބާއޭ ހިތަށް އެރި. އެންމެ ފުރަތަމަ އެގެއަށް ދިޔަ ދުވަހުވެސް އެނގެޔޯ....ފަހުން ވީހާގތެއްވެސް އެނގުނޯ....މިހާރު އެގެއަށް ނުގޮސް ހުއްޓާލީމަ އެ ސަބަބުވެސް އެނގެޔޯ. ވަރެއްގެ މީހެއްނު. އެހެންވިޔަސް ދެން ހެޔޮ. މިހާރު އަހަންނަށް އިނާ ލިބޭނެކަން ޔަގީން. ދެން ހެޔޮ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވިޔަސް......" ހުއްޓާނުލާ އިނދެ ނަވީން ވާހަކަ ދައްކަމުން ދިޔައެވެ. އޭނައަށް ލިބިފައިވާ އުފާވެރިކަމުގެ ވާހަކައެވެ. މާޔާގެ ހިތުގެ ހާލެއް އޭނައަށް ނުވެސް ވިސްނެއެވެ. އެއީ ވާނެވެސް ގޮތެވެ. އުފަލުގައި ހުންނަ މީހާއަށް އަނެއްމީހާގެ ލޮލުގައި ހުންނަ ކަރުނައިގެ މާނަކުރަން ނޭނގޭނެއެވެ.
"ތަދުވޭ.........." ނަވީން އޭނަގެ ކޮނޑުމަތީގައި އަތްބޭއްވި ގޮތުން ބޮލުގެ އިސްތަށިގަނޑުވެސް އަތްދަށުވެފައި ވާތީ، އިސްތަށިގަނޑު ސަލާމަތްކުރަން އުޅެމުން މާޔާ ބުންޏެވެ.
އެއްގޮތަކަށްވެސް ތަދުވެގެންނެއް ނޫނެވެ. ނަވީން ދެންމެ އެދެއްކި ވާހަކައަކުން ނަވީން އާއި އެހާ ގައިގޯޅިވާކަށް މާޔާގެ ހިތް ނުރުހުނީއެވެ. ހަގީގަތް ހާމަވީއެވެ. މިހުރިހާ ދުވަހު ސައުވީސްގަޑިއިރު ހުރެވުނު ހުވަފެނުން ހޭލެވުނީއެވެ. އޭނައާއި ނަވީންއާއި ދެމެދުގައި އެއްވެސް ކަހަލަ އިހްސާސެއް ދިރި އާލާނުވާކަން އެނގުނީއެވެ. ވަކިމިރޭވެސް ނަވީން އެއައީ އޭނައަށްޓަކައި ނޫންކަން ޔަގީންވީއެވެ.
"ސޮރީ..........." ނަވީން އަތްނަގާފައި އިނާގެ އިސްތަށިގަނޑުވެސް ކުޑަގޮތަކަށް ރަނގަޅުކޮށްލަ ދިނެވެ.
އެއްވެސް ގާތްކަމެއް ނެތްއިރު ނަވީން އެވައްތަރަށް އޭނައާއި އެހާ ގާތްކޮށް އުޅެނީ ކީއްވެގެންހެއްޔެވެ؟ އެކަމާ މާޔާއަށް އުނދަގޫވާން ފެށިއެވެ.
"ކޮބާ އިނާ މިހާރު.........." ނަވީން އެގެއަށް އައިސް އެ އިނީ އިނާގެ ވާހަކަ ދައްކަންކަން ޔަގީންވި ހިސާބުން މާޔާވެސް އޭނަގެ ވާހަކަ އެ މިސްރާބަށް އަނބުރާލިއެވެ.
"އެއީނު މައްސަލައަކީ.......މިހާ ލަސްވީމަ އިނާ އާއި ދިމާވާން ވަރަށް އުނދަގޫވާނެ. އެހެންވެ.....އެކަމަކުވެސް ކިހިނެއް މިހާ އުފަލުން ގޭގަ އިނދެވޭނީ. އެހެންވެ މިއައީ މިގެއަށް. " މާޔާއަށް ހީކުރެވުނީ ރަނގަޅަށޭ އެވަގުތު މާޔާ ހިތަށް އެރިއެވެ. ނަވީން އެގެއަށް އައިސް އެ އިނީ ނަވީންގެ އުފަލުގައި އޭނަ ބައިވެރިކުރުވާށެވެ.
"އެކަމަކު މިރޭ ކޮންމެހެންވެސް ދާންވާނެނު؟" އަމިއްލަ ހިތުގެ އެދުން ފަހަތަށް ޖައްސާލާފާއި މާޔާ ހިނިތުންވެލީ، ނަވީންގެ އުފަލުގައި ބައިވެރިވާކަން އެންގުމަށެވެ. ނަވީން ދެކެ ލޯބިވާތީއެވެ. މާޔާގެ ފޮތުގައި ލޯތްބަކީ ހަމައެކަނި ލިބިގަތުމެއް ނޫނެވެ. ނުލިބޭއިރު ދިނުމަކީވެސް އޭނަ ގަބޫލުކުރާ ގޮތުގައި ލޯތްބެވެ.
"ހާދަ ވަރަކަށް ފޮނުވާލަން ތިއުޅެނީ؟ ކަމުނުދަނީތަ އަހަރެން ކައިރީ އިނދެލަން...." މާޔާގެ މޫނަށް ބަލާލާފައި ނަވީން އެހިއެވެ. ދިމާކޮށްލާކަހަލަ ގޮތަކަށެވެ. އެކަމަކު އޭނައާއި ދިމާލަށް ބެލި އެ ބެލުމުގައިވެސް އޭނައާއި ދޭތެރޭގައި ޝައުގެއް ނެތްކަން މާޔާއަށް ފާހަގަ ކުރެވުނެވެ.
ފޮނުވާލަން ބޭނުންވަނީކީ ނޫނެވެ. އޭނަ ގަބޫލުކުރާގޮތުގައި، ތިމާ ކިތަންމެ ބޭނުންވިޔަސް، ލޯބިވަންޏާ ދޫދޭންޖެހޭނެއެވެ. ލޯތްބަކީ ދާން އުޅެންޏާ ފޮނުވާލުމެވެ. ނުހުންނަން އުޅެންޏާ ނުހިފެހެއްޓުމެވެ. ތިމާ މީހާ ބޭނުންވާއިރުވެސް، ތިމާމީހާ ގުރުބާންވާއިރުވެސް، އެމީހާ އެހެން ލޯތްބެއް ހޯދަން ދާން އުޅެންޏާ އެކަމުގައި ޝަކުވާނުކުރުމެވެ. ހުރިހާ ގޮތަކުންވެސް ތިމާ ލޯބިވާ މީހާގެ ހިތުގެ އެދުމަށް އިސްކަންދީ ގަދަރު ކުރުމެވެ. އޭނަ ލޯބިވާ ފަރާތް ހޯދަން އޭނަ ދިޔަ ދިނުމެވެ.
"ނޫނޭ.....އެހެންނެއްނޫން.....އެކަމަކު އަހަންނަށް ހީވަނީ ނަވީން މާ އުފާވާނެހެން އިނާކައިރިއަށް ދިޔަނަމަ...." ފުން ރިހުމަކާއެކުވެސް ހިނިތުންވެގެން ނަވީންގެ ރީތި ދެލޮލާއި ހަތަރުކަޅިހަމަކުރަމުން މާޔާ ބުންޏެވެ.
"އަސްލު ދާންވެސް ބޭނުން.......އެކަމަކުވެސް މާ ލަސްވީމަ އަސްލު....." ނަވީންވެސް ވިސްނާލިއެވެ.
"އަޅެ ނިކަން ގުޅާލަބަލަ. އަދިކިރިޔާ އެގާރަގަޑިސާޅިސްފަހެއްވީނު.؟ ނަވީނަށް މާޔާ ހިތްވަރު ދެމުން ދިޔައެވެ. އިޚްތިޔާރަކާ ނުލާ ހިތް އެދެމުން ދިޔައީ ނަވީންގެ އުފާ ނަވީނަށް ހާޞިލްވުމަށެވެ.
"އަސްލު ދާންވީދޯ.....ގޮއްސަ ގުޅާލަންވީ ދޯ؟ ވާގޮތެއްވެސް އެނގޭނީ އޭރުންނެއްނު" މިހުރިހާއިރު ހެއްލަ ހެއްލާ އިނދެފައި، ހަމަވަގުތުން ދެފައި ޖައްސާފައި ނަވީން އުނދޯލި ހުއްޓުވިއެވެ. އިނާދެކެން ދާން ނަވީން ބޭނުންވެފައިހުރި މިންވަރުގެ ބޮޑުކަން މާޔާއަށް އެނގުނެވެ.
މާޔާ އާނއެކޭ ބުނީ ހިނިތުންވެ އިނދެ ބޮލުގެ އިށާރާތުންނެވެ.
"ތިކަހަލަ ރައްޓެއްސަކު ނުލިބޭނެ އިނގޭ. މިދަނީ ދާން........" އުނދޯލިން ފައިބައިގެން ދާން ތައްޔާރުވެލާފައި މާޔާއާއި ދިމާލަށް އަނެއްކާވެސް ނަވީން އެނބުރިލިއެވެ. އޭރު މާޔާވެސް ހުރީ އުނދޯލިން ފައިބައިގެން ނަވީން ފަހަތުން ދޮރާއި ދިމާލަށް ގޮސްގޮހެވެ.
"ތެންކްސް އިނގޭ......." ދެއަތުން ހަށަން ބަނދެލައިގެން ހުރި މާޔާ އާއި ސަލާމްކުރުމަށް އަތް ދިއްކުރަމުން ނަވީން މިހެން ބުނެލުމުންވެސް މާޔާ އޭނަގެ އަތް ނުދެއެވެ. އޭގެ ބަދަލުގައި ނަވީންގެ ރީތި އަތްތިލައަށް ބަލާލާފައި ހަތަރުކަޅިހަމަކޮށް ހިނިތުންވެލިއެވެ. އެ ހިނިތުންވުމުގައިވާ އެދުމާއި އެ ރީތިލޮލުގައި ނަވީނަށްޓަކައި ވާ ލޯބި ނަވީނަށް ވިސްނައިނުގަނެވުނެވެ.
"އަތްނުދޭނަން ދޯ......އޯކޭ.....ބައި........ދަނީ...." މާޔާ އަތްދިއްނުކުރުމުން ބައި އޭ ބުނެފައި ކުރިއަށް ޖެހި މާޔާގެ ނިތްކުރީގައި ބޮސްދީފައި ދާން ނަވީން އެނބުރިލިއެވެ. އެ ގާތްކަމުން މާޔާއަށް ލިބުނު ސިހުމެއްވެސް އަދި އެ ރީތި މޫނަށް ވެރިވެގެން ދިޔަ ލަދުރަކިކަމެއްވެސް ނަވީނަކަށް ނުފެނުނެވެ. ނަވީންގެ ހިތުގައި އޭނައާއި ދޭތެރޭގައި ގާތް ރަހްމަތްތެރިކަން ނޫން ގުޅުމެއް ނެތްކަމާމެދު ޝައްކެއްވެސް ނެތެވެ.
"ފުރަތަމަވެސް މިގެއަށް ނައިސް އެގެއަށް ދެވުނު ނަމަ ދޯ....." ދޮރާށިން ނުކުމެފައި ނަވީން އެންމެފަހަށް މި ބުނެލި ބަސްކޮޅުން މާޔާގެ ހިތަށް ތަދުވިއެވެ. ނަވީނަށްޓަކައި އެއީ އެއްވެސް ޚާއްޞަ ވާހަކައަކަށް ނުވިޔަސް އެ ބުނެވުނު އެއްޗެއް ނަވީން ވިސްނާލާނެ ނަމައެވެ.
ކުރާނީ ކީއްހެއްޔެވެ؟ ބުނެވުނު އެއްޗަކާ ދޭތެރޭ ވިސްނާލެވޭ ވަރަށްވުރެ ނަވީން ވަނީ ހުވަފެނީ ރާގެއްގެ ތެރޭގައެވެ. ކާރު ސްޓާޓްކޮށްލައިގެން މާޔާމެންގެ ދޮރުފަސްދީ ގޮސް މަގުކޮޅުން ލަނބާލަންދެންވެސް މާޔާ ބަލަން ހުއްޓެވެ. ފަސްދީދަންދެން ހިނިތުންވެލައިގެންނެވެ. އޭގެ ފަހުން ހިތާމައިގެ ތަސްވީރެއްފަދައިންނެވެ.
ނަވީންގެ ކާރު ގޮސް ގެއްލުމުން، ބޮޑު ދޮރާށި ލައްޕާލާފައި އެތެރެއަށް ވަދެ ކުރިންވެސް ހުރިހެން ފިނިރޭގެ ފިނިކަން ހަށިގަނޑަށް ވަންނަމުންދާތީ ދެއަތުން ހަށިގަނޑު ވަށާލައިގެން ގޮސް ގޭތެރެއަށް ވަދެއްޖެއެވެ.
އޭނަ ހިތްވަރު ކުރާނެއެވެ. ހެޔޮ އެދޭނެއެވެ. ނަވީނަށްޓަކައި އުފާވެސް ކުރާނެއެވެ.
ތިމާ ލޯބިވާމީހާއަށް ތިމާގެ ފަރާތުން ހިނިތުންވުމާއި އުފާ ދީގެން ހިތް ހަމަޖެހުން ލިބިގަތުމަކީ އޭނަގެ އަގީދާއެވެ.

********(ނުނިމޭ)********
މުރާސިލް ހޯމްޕޭޖް އަށާއި
ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ
އެވެ.
ވ.ވ.ވ.ވވ.ވ.ވ.ވ..ވ.ވ.ވ.ވ..ވ.ވ..ވ.ވ/.ވ
.ވވ..ވ.ވ.ވ.ވ..ވ.ވ.ވ.ވ..ވ..ވ.ވ.ވ..ވ.ވ..ވ ރީތި
އަޅެ މާޔާ ހާދަ ދެރަވާނެޔޭ. ނަވީންއަށް ހީނުވި ދޯ
ކަހިރުވަކެކޭވެސް.ފިރިހެނުންގެ ގޮތް ހަމަ އެއީ
varah rythi mi part ves..ina
kykey baa bunaany dhoa
ހޫމް................މިދަނީ އަދި ރަނގަޅަށް. ވަރަށް
ފައްކާ.ސޮފާ ހުންނަނީ ވަރަކަށް ރާވާފަޔޭ ދޯ. ވވވވވ އޮބި ވާހަކައެއް މިއީ
ވަރަށް ވެސް ސަޅި.... އެކަމް ހީވަނީ ތަންކޮޅެއް
ކުރުހެން....... އެކަމްވެސް މިވަރުން ފުދޭ... :) ("ސޮރީ..........."
ނަވީން އަތްނަގާފައި އިނާގެ އިސްތަށިގަނޑުވެސް ކުޑަގޮތަކަށް ރަނގަޅުކޮށްލަ
ދިނެވެ.) މިތަން ކޮޅުގަ އިންނާނީ އަސްލު މާޔާހެން ދޯ.......!!!!!! އަސްލު
ތަންކޮޅެއް ހަމަ ކުރީ.... ކިޔުން ތެރިންގެ ހިތް ތަޅުވަން ސޮފް ނިކްނ ރަގަޅަށްވެސް
ދަނޭ އިނގޭ ހެހެހެހެ :) .................. އެކަމްވެސް އޯކޭ އަނެއްކާވެސް
އިންތިޒާރު ކޮށްލާނަން..........
މިވާހަކައަށް ކޮންމެ ދުވަހަކު އިންތިޒާރު ކުރެވެ....މިބައި
ކުރުހެންވެސް ހީވޭ....އެހާވެސް ރީތި
ހޫން!!ސޮފާ ކީއްތަ ތިކުރީ!މާޔާ އެހާ ގާތް
ކުރަންވޭތަ!މީހަކަށް ފެނުން ނަމަ އަނެއްކާ ލައިގަތީހީ ކަންތަކާނު!!ނަވީން ވެސް
ދޯ!ހަމަ ބިމުގަ ހުރެބަލަ ފިރެހެނާ!!މިފަހަރު އިނާ ގޮވައިގެން ހަވައަށް
އަރަންވާނެ..
އަޅެ ދެން އިނާ ނަވީން އާ ބައްދަލު ކޮށްދީބަލަ.
vara nice mi baii ves konraku
ani baiii ... :D
ނަންހަނދާނެއްނެއް
އޯކޭވާނެތަ ނަން ނުލިޔުނަސް: ކެއްތެރިވޭ ޝީ މިހާރު
ކުރިއަށްމިދަނީ ފަސްވަނަ ގިއަރުގަ... އިސާހިތަކު ވާހަކަ ނިމިދާނެހެން ހީވަނީ
"ތިމާ ކިތަންމެ ބޭނުންވިޔަސް، ލޯބިވަންޏާ
ދޫދޭންޖެހޭނެއެވެ. ލޯތްބަކީ ދާން އުޅެންޏާ ފޮނުވާލުމެވެ. ނުހުންނަން އުޅެންޏާ
ނުހިފެހެއްޓުމެވެ. ތިމާ މީހާ ބޭނުންވާއިރުވެސް، ތިމާމީހާ ގުރުބާންވާއިރުވެސް،
އެމީހާ އެހެން ލޯތްބެއް ހޯދަން ދާން އުޅެންޏާ އެކަމުގައި ޝަކުވާނުކުރުމެވެ. ހުރިހާ
ގޮތަކުންވެސް ތިމާ ލޯބިވާ މީހާގެ ހިތުގެ އެދުމަށް އިސްކަންދީ ގަދަރު ކުރުމެވެ.
އޭނަ ލޯބިވާ ފަރާތް ހޯދަން އޭނަ ދިޔަ ދިނުމެވެ." ހާދަ މޮޅޭ. ވަރަށް ރީތި ލޯބި
ސިފަކޮށްދީފަ އޮތް ގޮތް. މާޔާއަށް އުފާވެރިކަން ދެއްވާށި!
ވަރަށް ބެސްޓް. ވ އަވަހަށް އަޕްލޯޑުވެސްކުރޭ
ވަރަށް ވަރަށް ރީތި މި ބައި..އެކަމު ރިއު އަށް ވެސް ހީވޭ
މިބައި ތަން ކޮޅެއް ކުރުހެން.. ވެދާނެ މަބޮޑަށް ކިޔާހިތް ވެފަ ހުރީމަ
ކަމަށްވެސް... އަދި ކުޑަކޮށް ދިގު ކޮށްލިނަމަ... އަނެއްބައި ކިޔާހިތުން
ކެއްމަދުވަފަ... މާޔާގޭ ކެރެކްޓަރ ގެނެސްދީފަ ހުރި ގޮތް ވަރަށް ސަޅި.. ޔޫއަރ
ޖަސްޓް އޯސަމް..
"ތިމާ ކިތަންމެ ބޭނުންވިޔަސް، ލޯބިވަންޏާ
ދޫދޭންޖެހޭނެއެވެ. ލޯތްބަކީ ދާން އުޅެންޏާ ފޮނުވާލުމެވެ. ނުހުންނަން އުޅެންޏާ
ނުހިފެހެއްޓުމެވެ. ތިމާ މީހާ ބޭނުންވާއިރުވެސް، ތިމާމީހާ ގުރުބާންވާއިރުވެސް،
އެމީހާ އެހެން ލޯތްބެއް ހޯދަން ދާން އުޅެންޏާ އެކަމުގައި ޝަކުވާނުކުރުމެވެ. ހުރިހާ
ގޮތަކުންވެސް ތިމާ ލޯބިވާ މީހާގެ ހިތުގެ އެދުމަށް އިސްކަންދީ ގަދަރު ކުރުމެވެ.
އޭނަ ލޯބިވާ ފަރާތް ހޯދަން އޭނަ ދިޔަ ދިނުމެވެ." އަޅެ، މާޔާ ފަދައިން
އެންމެންވެސް ލޯބިވާނެނަމަ.... ލޯބިވުން ސިފަކޮށްދީފަ އޮތްގޮތް ވަރަށް ކަމުދޭ.
މެދުކެނޑުމަށްފަހު މިފަހަރު ތިޔަފެއްޓެވި ފެއްޓެވުން އެއްވާނެއްގައި
ހިފަހައްޓާލާނެ ނަމަ އޭ ހިތަށް އަރާ
ޝަޒް: ޔާ ދޯ އެރޮން....... ކީއްކުރާނީ.... މިހާރުގެ
ކުދިން ލޯބި މާނަ ކުރަނީ ފޭރިގަތުމަށް ނޫނީ ކުޅޭ ކުޅިވަރަކަށް ނޫނީ ޝަހުވާނީ
އެދުން ވެރިކަމަކަށް ނުނީ ވަގުތީ އުފަލަކަށް.............. އަސްލުވެސް ލޯބީގެ
އަސްލު މާނަ މިހަރު ވަނީ އޮޅިފަ ދޯ.............
ކޮބާތަ ؟؟ ކެތެއްނުވެޔޭ
ސޮފާ!!ކަނބުލޯ
ކިހިނެއްވީ! ނަވީން ކާރު ފުރޮޅު ހަން ފަޅައިގެން ދިޔައިމަތަ މި ވާހަކަ
ލަސްވަނީ!!ނަވީން ގެންގުޅެނީ މި އަށްޑިހައިގެ ކާރޭ!!ނަވީން އިނާ ބަލާ ދާން
ތަންކޮޅެއް ދުވެލި ބާރު އެއްޗެއް ހޯދަބަލަ!އޭރައްނު މިވާހަކަ އަޕް ކުރެވޭނީ!!ދޯ
ސޮފާ!!!

No comments:
Post a Comment