🌟🌟Fathisthari Vaahaka🌟🌟

Once upon a time it happened, how it happened is a fiction by me for you.

ފޯންކޯލް - 45 ވަނަ ބައި


"ނޫނޭ.....އެކަމަކު..........ކީއްވެ؟" މާޔާއަށް ނައަހައެއް ނުހުރެވުނެވެ. 
ވާނީވެސް އެހެންތާއެވެ؟ އޭނައާއި އެއް އޮފީހެއްގައި ނަވީން މަސައްކަތް ކުރަން ފެށި ފުރަތަމަ ދުވަހުން ފެށިގެންވެސް އޭނައަށް ހުރެވުނީ ނަވީންގެ އިޝާރާތެއްގެ އިންތިޒާރުގައެވެ. އެކަމަކު މިހާރު އެ އުއްމީދު ފަނޑުވެ، އޭނަގެ ދިރިއުޅުމާއިގެން އޭނަ ކުރިއަށް ދާން ވިސްނިތާ މާގިނަ ދުވަހެއް ނުވެ ނަވީން އޭނައާއި ދޭތެރޭ ދެކޭގޮތް ބަދަލުވާން ފެށުމަކީ އޭނައަށް ޔަގީންކަން ނުހޯދާ ދޫކޮށްލެވޭނެފަދަ ކަމެއް ނޫނެވެ. 

"
ކީއްވެގެންހޭތަ ތިއެހީ؟ އަހަރެން މާޔާއަށް އެއްޗެއް ދިނުމަކީ މައްސަލައެއްތަ އަނެއްކާ؟ އެކަމާ މައްސަލަ ޖައްސާނެ މީހަކު ހުރީތަ؟" އިށީނދެ އިން ބޮޑު ގޮނޑީގައި ލެނގިލަމުން ނަވީން މިހެން އަހާލިއިރު ނަވީންގެ ރީތި ލޮލުގެ ފުންކަން އިތުރަށް ފުންވެ ވިދުންގަދަވެގެން ދިޔަތަން މާޔާއަށް ފެނުނެވެ. މާޔާގެ ހިތް އޭނަގެ އިޚްތިޔާރުގެ ދަށުން ނުދިޔައީ ހަމަ ކިރިޔާއެވެ.

"
ނޫނޭ އެހެނެއް ނޫން. އެކަމަކު މިހާ އަގުބޮޑު އެއްޗެއް." ނަވީންގެ ނަޒަރުން ސަލާމަތް ވުމުގެ ގޮތުން އަނެއްކާވެސް އެ ކެވެލިކޮޅަށް މާޔާ ބަލަން ފެށިއެވެ.
"
ހީކޮށްލާ ތިއީ ހިލޭ ސާބަހަށް އަހަންނަށްވެސް ލިބުނު އެތިކޮޅެކޭ. އޭރުން ގަބޫލުކުރަން ފަސޭހަވާނެތަ؟" ނަވީން ހަމަ އެއިން ގޮތަށް އިނދެ އަހާލިއެވެ.
މާޔާ އެއްވެސް އެއްޗެއް ނުބުނެ އެ ކެވެލިކޮޅަށް އެއްފަހަރު އަނެއްފަހަރު ނަވީނަށް ބަލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔަވަގުތު ބުނެދޭންވެސް ނޭނގޭފަދަ އިހްސާސެއް މާޔާއަށް ކުރެވުނެވެ.
މާތްކަލާކޯއެވެ. ނަވީންގެ ހިތުގައި އަހަރެންގެ މައްޗަށް ލޯބިއުފެދިފައިނުވާނަމަ، އެ ބެލުންތަކުގެ ހެއްލުންތެރިއަކަށް އަހަރެން ވިޔަނުދެއްވާ ސަލާމަތްކޮށްދެއްވާނދޭވެ. 

ކުށްހީއެއްގެ ޝިކާރައަކަށް ވެދާނެކަމުގެ ބިރަށްޓަކައި މާޔާއަށް އޭނަގެ ހިތުގެ އަޑިން ދުޢާ ކުރެވުނެވެ. ހިތް އެދޭ މީހާ ތިމާއާއި ދޭތެރޭވެސް ދެކެނީ ހަމަ އެފަދައިންނޭ ހީކުރެވޭފަހުން، އެ ހީކުރެވުނު ހީއަކީ ކުށްހީއެއްކަން އެނގުމަކީ ޒުވާން ހުސްހަށިބައި އަންހެންކުއްޖަކަށްޓަކައި ހަގީގަތުގައިވެސް އުފުލަން ދަތިވާވަރުގެ ބަރުދަނެކެވެ. އަދި ޚާއްޞަކޮށް އެ މީހާގެ އަމަލާއި ބަހުން އެ އަންހެންކުއްޖަކަށް އެހެން ހީކުރުވާފައި ވާނަމައެވެ.
** ** ** ** ** ** ** **
އެދުވަހުގެ އޮފީސް ނިންމާފައި އައިސް ނަވީންއަށް ގެއަށް ވަދެވުނުއިރު ހަވީރު ހައެއް ޖަހަނީއެވެ. ތަޅަށް ތަޅުދަނޑިޖަހައިގެން ހުއްޓާ ފޯން ރިންގުވާން ފެށުމުން އަވަސް އަވަހަށް ދޮރު ހުޅުވާފައި ގޭތެރެއަށް ވަދެ ޖީބުން އަވަހަށް ފޯން ނެގިއެވެ.
"
ކީކޭ މަންމާ.........." މަންމަ ގުޅާނީ ކޮންމެވެސް ކަމަކުކަން ނަވީންއަށް އެނގެއެވެ.
"
ނޫނޭ.....މިހާރު ގޭގަ މިހިރީ.....މަންމަ ބުނެބަލަ......" މަންމަ ކޮންމެވެސް ވާހަކައެއް ދައްކަން ބޭނުމޭ ބުނުމުން، އެ ވާހަކައެއް އަޑުއެހުމަށްޓަކައި ނަވީން ތައްޔާރު ވެލިއެވެ. ރަސްމީގަޑީގައި ދަށަށް ޖަހާފައި ހުންނަ ގަމީހުގައި އެއް އަތުން ހިފައި ބެގީ ނައްޓަމުން އިށީނީ އަނެއް އަތުން ފަރުވާވެ ފޯނުގައި ހިފައިގެންނެވެ.

"
ހޫމް.....ލީނާ އަނެއްކާ ކިހިނެއްވީ............" ކުރިމަތީގައި ހުރި ކުޑަމޭޒުމައްޗަށް އެއްފައި ނަގައިގެން އިނދެ އިސްޓާކީން ބާލަން ނަވީން ފެށިއެވެ.
"
އާނ ދެން މަންމައަށް ލީނާ ނުލާހިކު ރަނގަޅެއްނު.؟" އެކޮޅުން މަންމަ ސުވާލުކުރީ އޭނައަށް ރަނގަޅުތޯ ކަމުގައިވިޔަސް، ނަވީން ހަމަ ގަސްތުގައި ނޭނގޭ ކަމަށް ހަދާފައި ބުނެލީ އެހެން އެއްޗެކެވެ.
"
ދެން މަންމާ..........." މަންމަ ބުނި އެއްޗަކުން ހައިރާންވެފައި ނަވީންއަށް ބުނެލެވުނެވެ.
"
ކޮން ގޮތަކަށް މަންމާ؟ ފައިސާ އާއި މުއްސަނދިކަމުން ގުޅޭނަމަ ތެދެއް މަންމަ ތިބުނީ . ގުޅޭ. " މަންމަ ދައްކަން ފެށި ވާހަކައަކުން ނަވީންގެ ހާސްކަން ބޮޑުވާން ފެށީކަންނޭނގެއެވެ. ދެންމެ އައިސް އެ ފޭބީ ފިނި ކާރަކުން ކަމުގައިވިޔަސް، އަވަސް އަވަހަށް ސިޓިންގރޫމްގެ އެއަރކޯން އެންމެ ފުލްކޮށްލިއެވެ.
"
ނޫނެކޭ މަންމާ. ތިވާހަކަ ނުދައްކަބަލަ. ކޮކާލެއްހެން އުޅޭ އަންހެންކުއްޖެއް ކިހިނެއް އަހަރެންގެ ބަސް އަހައިގެން ގޭގައި އިންނާނީ މަންމާ. މަންމައަށް އުނދަގޫވާންފެށީތަ އަހަރެންނާހެދި....؟" މީގެ ކުރިންވެސް މަންމަ ލީނާއާއި ވަރަށް ރުހޭކަން އޭނައަށްވެސް އެނގެއެވެ. އެކަމަކު ލީނާ އާއި ކައިވެނި ކުރުމަށް މަންމަ އޭނަގެ ފަރާތުން އެދޭނެއެކޭ އޭނަ ހީނުކުރެއެވެ. އޭނަ އާއި ކައިވެނި ނުކުރިޔަސް، ހަމަ މިހާރެކޭ އެއްގޮތަށް މަންމަ ކައިރިއަށް އައިސްގޮށް ލީނާއަށް އުޅެވޭނެ ނޫންހެއްޔެވެ؟

ނަވީން އެވާހަކައާއި ދޭތެރޭ ސީރިއަސް ގޮތަކަށް ވިސްނާވެސް ނުލިއެވެ.

"
ދެން ލީނާގެ އެހެރަ މިނިވަން ޚިޔާލު ކަމަކުނުދޭ. އެހެން ނޫނަސް މަންމާ......އަންހެންކުއްޖަކު ހޯދުމުގެ ކަންތައް ކިހިނެއްވާނެ އަހަންނަށް ދޫކޮށްލިއްޔާ؟ ގައިމުވެސް މަންމައަށް ކަމުނުދާކަހަލަ އަންހެންކުއްޖަކު ނުގެންދާނަން. އެންމެ ރަނގަޅެއްނު؟" ނަވީންއަށް މަންމަގެ އެ ވާހަކަ ވާން ފެށީ މަޖާ ވާހަކަ އަކަށެވެ. އެހެންކަމުން އެ ވާހަކައަށް އެހާ ބޮޑު އަހައްމިއްޔަތެއް ނުދިނެވެ. ނަވީން ބެލީ ފޯން ބާއްވަން ވާއިރަށް މަންމަ ހިތްހަމަޖެހޭ ޖަވާބެއް މަންމައަށް ދިނުމަށެވެ.
** ** ** ** ** ** ** **
 
މަންމައަށް އެއައީ ކޮންފަދަ ޚިޔާލެއް ބާއޭ ނަވީން ހިތަށް އެރީ ފޯން ބޭއްވުމަށްފަހުގައެވެ. އެއީ މަންމަގެ ކިބައިން މީގެ ކުރިން ދުވަހަކުވެސް ފެނިފައި ނުވާފަދަ ކަމެކެވެ. އަބަދުވެސް ލީނާ އާއި އޭނަ ތޮޅޭތީ އެ ވާހަކަ މަންމަ ދައްކައެވެ. އެކަމަކު، އެކަމުގައި މިކަހަލަ މާނައެއް އޮވެދާނެއެކޭ ނަވީންއަށް ހީކުރެވިފައި ނެތެވެ.

ލީނާ އާއި ދޭތެރޭ އެފަދަ ވިސްނުމަކުން ވިސްނުން ކީއްހެއްޔެވެ؟ ލީނާ ކިތަންމެ އޭނައާއި ކައިރިވިޔަސް އެކަހަލަ އިހްސާސެއްވެސް އޭނަގެ ހިތުގައި ލީނާއަށްޓަކައި އަދިއެއް ގައިމު އުފެދިފައި ނުވެއެވެ. ކައިވެނީގެ ޚިޔާލު އަންނާނީ ފަހުންތާއެވެ.

ދެފައި ނަގާ މޭޒުމައްޗަށް ލައިގެން، ދެ ކަކުލުގައި އަތް އަޅުވާލައިގެން އިން ނަވީންގެ ގާތަށް އިޚްތިޔާރަކާ ނުލާ ހިނި އަތުވެއްޖެއެވެ. އޭނަގެ މަންމަގެ މޮޔަކަން ހިތަށް އަރާފައެވެ.

މަންމައަކަށް ނޭނގޭނެތާއެވެ. ކައިވެނި ކުރަން އޭނަ ބޭނުންވާ އަންހެންކުއްޖާ މީގެ އަހަރެއްހާ ދުވަސްކުރިން އޭނައަށް ވަނީ ފެނިފައެވެ. އައިސް މި އުޅެވެނީ އެ ކުއްޖާއާއި އެއްރަށެއްގައި އެއް އަވަށެއްގައެވެ. އެ އާއިލާއާއި ރަހްމަތްތެރިކަން ވަނީ އުފެދިފައެވެ. އެކަމަކު.....ދިމާވިއިރުވެސް އެއީ މީހެއްގެ އަންބެކޭ ބުނުމަކީވެސް އެއްގޮތަކުން ތެދެކެވެ.

އެކަމަކު މިހާރު ހާލަތުވެސް ތަފާތުވެއްޖެއެވެ. އޭނައަށް އިނާ ލިބިދާނެ ކަމުގެ އުއްމީދު އޮތީއެއް ނޫނެވެ. އެކަމަކު، ކަމެއް ވާންހުރި ގޮތެއް އެއްވެސް މީހަކަށް ނުހުއްޓުވޭނެތީ އޭނަގެ ހިތްވެސް އިނާއަށް އެދޭމިންވަރު ބޮޑުވަނީއެވެ.

ޒިޔާދު އާއި އެހެން އަންހެންކުއްޖަކާއި ގުޅުމެއް އުފެދިފައިވާކަމާއި، އެ ގުޅުން ކިހާ ކުރިއަކަށް ގޮސްފައިވާ ކަމާއި، އެ ކަން އިނާގެ އާއިލާއަށް އެނގިފައިވާކަން ނަވީނަކަށް ނޭނގެއެވެ. އެ ވާހަކަތައް ޚާލިދުމެންނަށް އެނގިފައިވަނީ އެމީހުން މާލެ އައިފަހުން ކަމަށް ވެފައި، އޭގެ ފަހުން ނަވީންއާއި ޚާލިދުއާއި ދެމީހުންނަށް ޚިޔާލު ބަދަލުކޮށްލަން ފުރުޞަތު ލިބިފައި ނުވާތީ އެ ވާހަކަ އަދި އޮތީ ނަވީނަށް ނޭނގިއެވެ. 

އިނާއާއި ޒިޔާދުގެ ކައިވެނި ނުކުރެވޭ ގޮތަށް ނިމިފައިވާ ކަމާއި، އެކަމަށް ދިމާވި ސަބަބަކީ އަންހެންކުއްޖެއް ކަމާއި އެ އަންހެންކުއްޖަކީ ލީނާ ކަމެއް ނަވީނަކަށް ނޭނގެއެވެ. ނަވީންގެ މަންމަ ނަޖްމާ ހީކުރާ ގޮތުގައި އޭނަގެ ދަރިފުޅު ނަވީނަށްޓަކައި ލީނާއަށްވުރެ ވަކިން ރަނގަޅު ކުއްޖެއް ނުހުންނާނެއެވެ. ދެންމެ އަކު ގުޅާފައި ނަވީންގެ ފަރާތުން ލީނާ އާއި ކައިވެނި ކުރުމަށް އެ އެދުނީވެސް އެހެން ވެގެންނެވެ.

އިނާ އާއި ޒިޔާދުގެ ކައިވެންޏާއި ބެހޭ ގޮތުން ޒިޔާދު އާއި ވާހަކަ ދައްކާނެ ކަމަށް ޚާލިދު ބުނެފައި ވާތީ އެކަން ކޮންމެ ގޮތަކަށްވެސް ބަދަލުވެދާނެ ކަމަށް ނަވީންއަށް އުއްމީދުކުރެވެމުން އަންނަނީ އަމިއްލަ ނަފްސަށްވެސް ސިއްރުންނެވެ. އޭނަ ގަބޫލުކުރާ ގޮތުގައި ޒިޔާދު ކިތަންމެ މުއްސަނދިވެފައި ރަސްކަލެއްގެ ދަރިކަލެއްހެން ހީވިޔަސް، ޒިޔާދުގެ ފަރާތުން އިނާއަށް އަދި އިނާގެ ފަރާތުން ޒިޔާދަށްވެސް އުފަލެއް ނުލިބޭނެއެވެ. ބޭނުމިއްޔާ ކައިވެނި ކުރެވިދާނެއެވެ. އެކަމަކު އެ ދެމެދުގައި އެވަރުގެ ގާތްކަމެއް ނެތްކަން ނަވީންގެ ތޫނު ލޮލަށް އެނގިފައި ވެއެވެ. 

ލޯބިވުމަކީ ހާޞިލްކުރުން ނޫންކަން ނަވީންވެސް ގަބޫލުކުރެއެވެ. އެކަމަކު، ލޯބިވާ މީހާ ލިބުން ނެއެދި ހަމަ ހުރެވިދާނެހެއްޔެވެ؟ އަދި އަމުދުން ލިބިދާނެހެން ހީވާފަދަ ހާލަތެއް އައިސް ކުރިމަތިވީމާ، ހަމަ ނުދެނަހުރިކަމަށްހަދައިގެން ހުރުމަކީ އުނދަގޫ ކަމެކެވެ. މީހެއް ދެކެ ލޯބިވެވިފައިވާ ކޮންމެ އިންސާނަކަށްވެސް މިކަން ޔަގީންކުރެވޭނެއެވެ.

ނަވީން އަނެއްކާވެސް ފޯން ބަލާލިއެވެ. 
އެވަގުތު ކުއްލިއަކަށް އަނެއްކާވެސް ހަނދާންވީ، އިނާ އޭނައަށް ކުރި ފޯން ކޯލާއި އެ ފޯންކޯލުން އިނާ އޭނައާއި ދިމާލަށް ބުނި ބަހެވެ. ދޮގުވެރިއެކޭ ބުނި ބުނުމެވެ. 
އެބަހުގެ ހަގީގަތް ނުހޯދައެއް އޭނައެއް ނުހުންނާނެއެވެ. މިރަށުން އޭނަ ދިއުމުގެ ކުރިން ހަމަ އެންމެ ފަހަރަކުވިޔަސް އިނާ އާއި ވާހަކަ ދައްކާލަން އޭނަ ބޭނުން ވެއެވެ. އިނާގެ ކައިވެނީގެ ކުރިން އޭނައަށް މިރަށުން ފުރައިގެން ދާންޖެހޭކަންވެސް އެއީ އެއްގޮތަކުން ބަލާއިރު ނަސީބެކޭ މިއަދު މާޔާ އެ ވާހަކަ ދެއްކުމުންވެސް ނަވީންގެ ހިތަށް އެރިއެވެ.
** ** ** ** ** **
ހިމޭން، އެކަމަކު ފިނި ރެއެކެވެ. އުޑުމަތީގައި ވިލާތައް ގިނަވެފައި ރޭގަނޑުގެ އަނދިރީގައިވެސް ބަނަ ރެއެކެވެ. 

އިނާ އިނީ ގޭގެ ޓެރަސްގައި ހުންނަ އުނދޯލީގައެވެ. ވަރަށް މަޑުމަޑުން ހެއްލާލަ ހެއްލާލާ އިންއިރު ބެލެމުން ދިޔައީ ކުރިމައްޗަށެވެ. ނަޒަރު ހުރީ ބެލްކަނީގެ ވަށައިގެން ކޮންމެ ހަތަރު ފޫޓެއްގައި ހަރުކޮށްފައިވާ ރީނދޫއަލީގެ ބޮކިތަކުގެ އަލިކަމާ ދިމާލަށެވެ. ނަމަވެސް އެއީ ބަލާމީހަކަށް ހީވާނެ ގޮތެވެ. ހަގީގަތުގައި އިނާއަކަށް މަންޒަރކަށް މާ ބޮޑު ފަރުވާލެއް ނެތެވެ. އޭނަ އެތަނަށް އައީ މީގެ އިރުކޮޅެއް ކުރިން ދިލްމާ އާއި ޗެޓް ކުރިއިރު ޒިޔާދުގެ ކަންތައް ވެގެން ދިޔަ ގޮތުގެ ވާހަކަ ދެއްކުމުން ބޮލަށާއި ހިތަށް ލިބިފައިވާ ވަރުބަލިކަމުން މިނިވަން ވެލުމުގެ ގޮތުންނެވެ.

ޖެހެމުންދާ ފިނިވައިރޯޅިތަކުން ހަށިގަނޑު ފިނިވަމުންދާއިރުވެސް، އިނާ އިނީ އެ ފިކުރުގައެވެ. މާލެއިން އައީއްސުރެ މިވީ ހަފްތާއެއްހާ ދުވަސް އިނާއަށް ހޭދަކުރެވިފައިވަނީ ހަމަ މުޅީންމެ އެކަހަލަ ގޮތަކަށެވެ. 
ނޫނެކެވެ. ޒިޔާދު އޭނައާއި ދޭތެރޭ ކަންތައް ކުރިގޮތަކީ އޭނަގެ ހިތުން އެހާ ފަސޭހައިން ނައްތާލެވުނު ކަމެއް ނޫނެވެ. 

އެމީހުން މާލެއިން އައިފަހުންވެސް ޒިޔާދުގެ މަންމަ ގުޅިއެވެ. އަދި ޒިޔާދު އާއި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށްފަހު އަދިވެސް އެ ކައިވެނި ކުރެވޭނެ ގޮތެއް އޮތްތޯ ހޯދުމަށް އެދި އޭނަގެ މަންމަ އާއިވެސް ވާހަކަ ދެއްކެވިއެވެ. މަންމަވެސް ބޭނުންވަނީ އެގޮތެވެ. ނަމަވެސް މިފަހަރު އެ ކައިވެންޏާއި ދެކޮޅުހެދީ އޭނައެވެ. އޭނަގެ ނަފްސުގެ ގަދަރު އެހާ ފަރުވާކުޑަގޮތަކަށް ނަގާލި މީހަކާއެކު އުމުރު ދުވަހުގެ ބަނދެވުމަކުން ބަނދެވިގެން ހުރެވޭނެކަމާމެދު އޭނައަށް ޝައްކުވާތީއެވެ. އެފަދަ ގުރުބާނީއެއް ޒިޔާދުއަށްޓަކައި ވާންޖެހޭފަދަ މާތް މީހަކަށް ޒިޔާދު ނުވާތީއެވެ. މާތް މީހުން ކޮށްއުޅޭފަދަ ކަންތައްތަކަށްވުރެ ދަށްފެންވަރުގެ ކަންތައް ޒިޔާދު ކޮށްފައިވާތީއެވެ.

ދެރަވެސް ވެއެވެ. މަންމަ އާއި ބައްޕައަށްޓަކާ ފިކުރުބޮޑުވެސް ވެއެވެ. އެކަމަކު، އޭނަގެ އުފަން މަންމަ ފަދައިން ފިރިހެނެއްގެ ރަހުމެއް ނެތް "ވަކި" ތަކުގެ ތެރޭގައި އޭނައަށް އެނގިހުރެ އޭނަ ގައިދެއް ނުވާނެއެވެ. އޭނައަކީ އޭނަގެ މަންމަ ވި އެ "ބޭކާރު" ގުރުބާނީގެ ނަތީޖާއެވެ. އެގޮތް އޭނައަކަށް ކަމަކު ނުދެއެވެ.

އެކަމަކު އެ ނޫންކަހަލަ މީހުންނަކީ މިހާރު އުޅޭބައެއް ބާވައެވެ. އޭނައަށް މިހާތަނަށްވެސް އެންމެ ރުހެވުނު ދެމީހުންވެސް ވެގެން ގޮސްފައިވަނީ އަނިޔާވެރިންނަށެވެ. ޒިޔާދު އޭނައަށް އަނިޔާވެރިވީ، އޭނައަށް ލިބިފައި އޮތް ހައްގެއް ނިގުޅައިގެންނެވެ. ފާފަވެރި ގުޅުމެއް އެހެން އަންހެންކުއްޖަކާ ބާއްވައިގެންނެވެ. ނަވީން......
ނަވީންގެ ނަން ހަނދާނަށް އައުމުންވެސް އެ ވިސްނުން ކުރިއަށް ގެންދަން އިނާއަށް އުނދަގޫ ވިއެވެ.

އެކަމަކު ނަވީންވެސް ވެގެން ގޮސްފައިވަނީ ދޮގުވެރިއަކަށެވެ. މިހުރިހާ ދުވަސް ވީއިރުވެސް، އޭނައާއި ދޭތެރޭ މާ ޚާއްޞަ ގޮތެއް ބާއްވާކަމަށް ދައްކައިގެން ހުރިއިރު، އައިސް އެ އުޅުނީ އަސްލު ލޯބިވެރިޔާ މާލޭގައި ބަހައްޓާފައެވެ. 

ރަށުން ބޭރުގައި ހުންނައިރު ފޫހިފިލުވާލަން ކޮންމެވެސް އަންހެންކުއްޖަކާ ގުޅުން ބާއްވަން މަޖްބޫރުވަނީއޭ ހީވާފަދައަކުން ފިރިހެނުން އުޅެނީ ކީއްވެގެންހެއްޔެވެ. އޭނަ މާލޭގައި ނުހުންނާތީ، ޒިޔާދުވެސް މާލެއިން އެހެން ގުޅުމެއް ފެށީއެވެ. ނަވީންވެސް އެ ދަނީ އޭރަކު އެ ހުރެވުނު ތަނަކުން ގުޅުން އުފައްދަމުންނެވެ.

މިފާއިތުވި ހަފްތާގައި ދެރެއަކު ނަވީން އެގެއަށް އައެވެ. އޭނައާއި ދިމާނުވިކަން އެއީ ނަސީބެކޭ އިނާގެ ހިތަށް އެރިއެވެ. ދެކެން ބޭނުން ނުވަނީއެވެ. އޭނަ ބޭނުން ވަނީ ޒިޔާދުއާއިވެސް އަދި ނަވީންއާއިވެސް އުމުރަށް ދުރުވާށެވެ. ދުވަހަކު އެމީހުންގެ ހަނދާން ކުރާކަށް އޭނަ ބޭނުމެއް ނޫނެވެ. 
އެކަމަކު އެހެން ވާނެހެއްޔެވެ. ޒިޔާދު އެދިޔައީ އޭނަގެ ހިތުގައި ލަކުނު ލައްވާފައެވެ. ނަވީން.......
ނަވީން އާއި އޭނައާއި ދިމާވިއިރު އޭނަ ހުރި ހާލަތުން، ނަވީން އޭނަގެ ހިތުގައި ލަކުނު ލެއްވިޔެކޭ ބުނެވޭކަށް ނެތެވެ. އެކަމަކު ލޮލުގެ ފެނުން ހުރި ކޮންމެ މީހަކަށްވެސް އޭނަގެ ކަނދުރާގައި ނަވީންގެ ސަބަބުން ލީ ލަކުނު ފެންނާނެއެވެ. އަދި އެކަކަށް ނުފެނުނަސް އޭނައަށް ފެންނާނެއެވެ. ލޯގަނޑުކުރިމައްޗަށް ހުއްޓޭ ކޮންމެ ފަހަރަކު ފެންނާނެއެވެ. 
** ** ** ** ** ** **
އިނާގެ ކައިރީގައި އޮތް ފޯން ރިންގުވާން ފެށިއެވެ.
އެ ގުޅަނީ އޭނަގެ ކޮއްކޮ ހަމްދުއެވެ. އޭނަ މައްޗަށް އައިއިރުވެސް ހަމްދު ގޭގައި އުޅެއެވެ. އެ ގުޅަނީ ކީއްވެގެން ހެއްޔެވެ؟

"
ހަލޯވ..........؟" ފޯން ނަގާފައި އިނާ އަހާލިއެވެ.
"
އާނ..........މިދަނީ........" ކޮންމެވެސް މީހަކު އައިސް އެބަހުއްޓޭ ހަމްދު ބުނުމުން ދާންވެގެން އިނާ ތެދުވިއެވެ. 

ސިޑި ހުންނަނީ ގޭގެ ސިޓިންރޫމްތެރޭގައިކަމުން އެންމެ ފަހު ހަރުފަތް ބަރިތަކަށް ފޭބުމުގެ ކުރިން އިނާއަށް އެބުނާ މީހަކު ފެނުނެވެ. ސިޓިންގރޫމްގައި ފުރަގަސްދީގެން އިނީ ނަވީން އެވެ. ހަމްދު އިނީ އަރިމަތީގައި ހުރި ސޯފާގައެވެ.

ދެކެން ބޭނުންނުވާމީހާ އާއި ބައްދަލުކުރަން އިނާއަށް މަޖްބޫރުކުރީ އޭނަގެ ނަސީބެވެ. 

ސިޑިންފައިބައިގެން އެ ދިމާލަށް ދިއުމުގެ ބަދަލުގައި އިނާ ދިޔައީ ބަދިގެ ފަރާތަށެވެ. މަންމަ އަށް ގޮވުމުގެ ބަދަލުގައި އޭނައަށް ހަމްދު ގޮވީ ކީއްވެގެންހެއްޔެވެ؟
ބަދިގެ ފަރާތުގައިވެސް އެއްވެސް މީހަކު ނެތެވެ. މަންމަމެން ކޮބައިތޯ ބަލަން ކޮޓަރިއަށް ދާން އިނާއަށް ޖެހުނެވެ. އެކަމަކު އެ ކޮޓަރިއަށް ދެވޭނީ ނަވީންއަށް ފެނިފައި ކަމަށްވާތީ، އެގޮތެއް އިނާ ބޭނުމެއް ނުވިއެވެ. އެހެންކަމުން ކާކޮޓަރީގެ މޭޒުދޮށުގައި އިށީނދެފައި އޭނަގެ ފޯނުން ހަމްދުއަށް މެސެޖެއް ކުރިއެވެ. އައިސްދިނުމަށް އެދިއެވެ.

މެސެޖް ލިބުމާއެކު ހަމްދު އިނާ ކައިރިއަށް ދިޔައެވެ.
"
ކޮބާ މަންމަ......؟" ބޮޑުވަމުން އަންނަ ރީތި ކޮއްކޮގެ މޫނަށް ބަލާލަމުން އިނާ އަހާލިއެވެ.
"
މަންމަ އާއި ބައްޕަވެސް ގޮއްސި ކޮންމެވެސް ތަނަކަށް. ގޭގައި އެއްވެސް މީހަކު ނެތީމަ ދޮންތައަށް މިގޮވީ." ހަމްދު ޖަވާބު ދިނެވެ.

"
ކިހިނެއްހަދަންވީ؟ ބުނަންވީތަ ދޮންތަވެސް ނެތޭ.....އެކަމަކު ދޮންތަގެވެސް ރައްޓެއްސެއްނޫންތަ އެއީ؟" ލާނެތް ހިނިތުންވުމަކާއެކު މިހެން ބުނެލާފައި ހަމްދު ހިނގައްޖެއެވެ.
އިނާ ހަމަ އިނީއެވެ.
ކުރާނެ ކަމެއް ނެތެވެ. ދެން ޖެހޭނީ ނިކުންނާށެވެ.
މައްސަލައެއް ނެތެވެ. ހަމްދުވެސް އެތާގައި ޓީވީ ބަލަން އިންނާނެއެވެ. ނަވީން ހިތަށް އެރިހާ ވާހަކައެއް އޭރަށް ގައިމުވެސް އޭނައާއި ނުދެއްކޭނެއެވެ.

ތެދުވެ ހަމަޖެހިލާފައި އިނާ ހިނގައިގަތެވެ. ސިޓިންގރޫމަށް ގޮސް ނިކުތްއިރު ކަމަކުދާކަށް ނެތެވެ. އެތާގައި އިނީ ނަވީންއެކަންޏެވެ. އެއްވެސް ދިމާލަކުން ހަމްދު ފެންނާކަށް ނެތެވެ.
ލާނެތް ކުއްޖެކެވެ. އެ ވާނީ ހަމަ ގަސްތުގައި އޭނަ އެކަނި ބަހައްޓާފައި ދިޔައީ ކަމަށެވެ.

އިނާއަށް މަޖްބޫރުވެގެން ގޮސް ހުއްޓިއްޖެއެވެ. ނަވީން އެނބުރިލީމަ ފެންނަ ހިސާބުގައެވެ. އެކަމަކު އެއީ ކުރިން ހަމްދު އިށީނދެ އިން ސޯފާގެ ފުރަގަހުގައެވެ.

މެހްމާންދާރީ އަދާކުރުމަކީވެސް ބައެއްފަހަރަށް ހަމަ ތަކުލީފެކޭ އިނާގެ ހިތަށް އެރިއެވެ.
********(ނުނިމޭ)********


މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

http://www.muraasil.com/images/comment_reply.pngPosted on 2011-09-07 12:54:00 | Report this Comment
ދެން............. ހަމަ އެއްކަލަގޮތަށް އެންމެ ނުބައި ހިސާބަށް އެ ނިންމާލީނު. ސޮފާފާފާފާފާ.........................
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހެހެހެހެެހެ.............ހަމަ ހިނިއަންނަނީ ފްރެންޑާގެ ކޮމެންޓްކިޔާފަ...........


http://www.muraasil.com/images/comment_reply.pngPosted on 2011-09-07 13:09:24 | Report this Comment
މިބައި ވަރަށް ފޫހި،،،،އެއްވެސް ކަހަލަ ކަމެއް ނުވޭ...ދެން އަނެއްބައި ރީތިވާނެ ކަމަށް ހީކުރަން
ޝުޖާޢު: ޖޭސްމީން ތިބުނީ ރަނގަޅަށް. މިބައިގައިވެސް (މީގެ ކުރީ ބައިގައިވެސް) މާ ޚާޢްސަކަމެއް ނެތް. އެޕިސޯޑުވަންތަކަމެއް ނެތް. ދެން އަންނަ ބައި ރަނގަޅުވާނެކަމަށް އުންމީދުކުރަން.


http://www.muraasil.com/images/comment_reply.pngPosted on 2011-09-07 13:33:53 | Report this Comment
ސޮފާ!!ދެން ތިހެން ނުހަދަބަލަ!އެދެމީހުން ވާހަކަ ދައްކުވާބަލަ!!!!!މިފަހަރު ވާނެ ތަތް ކުރުވަން ދެމީހުން!!ގެނޭ އާޔާ ވެއްޖެ ތިވާހަކަ ތެރެއަށް ވަދެ ދެމީހުން ޗޭނަކުން ބަންނަން..ދެން ކޮންމެވެސް އެކަކު ލޯބިވާ ވާހަކަ ބުނަންވެއްޖޭ!!އާޔާ ނަވީން އާ އިނާގެ ކައުންސެލަރަށް ވާންވެއްޖެ!!!


http://www.muraasil.com/images/comment_reply.pngPosted on 2011-09-07 13:38:58 | Report this Comment
ތިހެން ނަހަދާ ސޮފާ.ވަރަށް ހިތް އެބަ ތެޅެ....އޮބި ނޯންނަ ވަރަށް


http://www.muraasil.com/images/comment_reply.pngPosted on 2011-09-07 14:18:58 | Report this Comment
ދެން ކޮން ހިސާބަަކަށް ތި ހުއްޓާލީ... ދެން އޮތް ބައި އަވަހަށް އަޕްކުރާނެކަމަށް އުންމީދުކުރަން


http://www.muraasil.com/images/comment_reply.pngPosted on 2011-09-07 14:42:54 | Report this Comment
ޔާ މިހާރުވެއްޖެ އެ ދެމީހުން ގުޅުވަން .... ވެއިޓިންގ ފޯ ނެކްސްޓް ޕާޓް


http://www.muraasil.com/images/comment_reply.pngPosted on 2011-09-07 14:57:30 | Report this Comment
varah rythi mi part ves..waiting 4 nxt part


http://www.muraasil.com/images/comment_reply.pngPosted on 2011-09-07 15:36:52 | Report this Comment
އަޅެ ދެން ކޮން ހިސާބަކުން ތި ނިންމާލީ؟ ކަމެއް ވާށޭ މިއުޅެނީ ހިތާ ހިތުގެ ތެޅުން އަވަސް ވެލި އިރަށް ޓަސް... އެ ނިމުނީ..... ރީތި ހަމަ...


http://www.muraasil.com/images/comment_reply.pngPosted on 2011-09-07 15:43:17 | Report this Comment
ވަރަށް ރީތި މިބައިވެސް.. ސޮފް ޑާރލިން ކިހިނެއް ތި ހަދަނީ އެންމެ ހިތް ތެޅޭ ހިސާބުން ތި ނިންމާލީ.. ދެން ނޯންނާނެތަ އެހެނަ ބައެއް މިއަދު ގެނެސްދެވޭކަށް؟.. އިނގޭތަ ސޮފް ރިއު އަށް ރޭގަ ޑްރީމްގަ ވެސް ފެނުނޭ އިނާ އާ ނަވީން.. ހެހެހެ. އިނާ އަށް ބުނެވޭ ލޯބިވާ ވާހަކަވެސް.. މަޖާ ދޯ... ހެހެހެ.. އަވަސް ކޮށް އަނެއްބައިި އަޕްލޯޑް ކުެެރައްޗޭ އިނގޭ.. މިހާރު ހުރެވެނީ އެއް ވެސް ނޫން.. ޓޭކް ގުޑް ކެއަރ.. ބީ ސޭފް..


http://www.muraasil.com/images/comment_reply.pngPosted on 2011-09-07 18:26:51 | Report this Comment
ސޮފާ ކިހިނެއް ތި ހެދީ.... އަޅެ ހެޔޮނުވާނެ އިނާ އެން ނަވީން ގުޅުވަބަލަ.... ޕްލީޒް........... ސޮފާ އަނެއް ބައި އަވަހަށް ގެނެސްދީބަ..... ނައު ކިޔާހިތުން ހުރެވެނީކީނޫން.... ޔަގީން މިރޭ ނުވެސް ނިދޭނެ..... ލަވް ޔޫ ސޮފާ........


http://www.muraasil.com/images/comment_reply.pngPosted on 2011-09-08 04:30:04 | Report this Comment
45 ބައި ނިމުނު އިރުވެސ މީގައި ބަތަލާ އާއި ބަތަލުގެ އެއވެސް ގުޅުމެއްނެތް..މީ ހާސަރުތަކެއްތަ ނޫނީ އަރަތެއްތަ..ސޮފާ ތަންކޮޅެއް ހަގީގީ ކުލަ ޖައްސަބަލަ ވާހަކައިގް.
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ދެ ބަޠަލުންގެ ގުޅުން އުފެއްދިފައި ނެތިއްޔާ އެއީ ހާސަރެއްތަ އެމެކްސް؟


http://www.muraasil.com/images/comment_reply.pngPosted on 2011-09-08 08:47:48 | Report this Comment
ވާހަކަ ރީތި، އެކަމަކު އެއްވާހަކަތަކެއް އަބަދު ތަކުރާރު ކުރާތީ ފޫހިވާގޮތްވޭ، ބޭކާރު ވާހަކަ ތަންކޮޅެއް ގިނައީ، އެކަމްވެސް ވަރަށް ރީތި އިންގޭ


http://www.muraasil.com/images/comment_reply.pngPosted on 2011-09-08 16:25:20 | Report this Comment
އަސްލު ވަރަށް ފޫހިވާހަކައެއް. ދެމަންމަނުން އުޅޭ ވާހަކައެއްތަ ތީ. ނޫނީ ވާހަކަ ދިގުކުރަން އެއްވެސް ހާދިސާއެއްވެސް ނުހިމަނަނީތަ.
ރިއު: ކީއްކުރަން ފޫހި ވާހަކަ ކިޔަނީ.. މަޖުބޫރެއް ނޫނެއްނުން ކިޔާކަށް.. އަހަރުން ނުކިޔާނަނަް ފޫހި ވަހަކައެއްނަމަ..

0 comments:

Post a Comment