Sunday, March 4, 2012

ފޯންކޯލް - 72 ވަނަ ބައި

ބައްޕަގެ އަޑު ފުރަތަމަ ފަހަރަށް އެހާ ބާރަށް އިވުމުން ނަވީން އަށް ކަންބޮޑުވުމެއް ލިބުނެވެ. އަނެއްކޮޅުން އަލިމަނިކު އާއި ކައިވެނިކޮށްގެން މިވީ 39 އަހަރުތެރޭގައި ދުވަހަކުވެސް އެފަދަ ގޮތަކަށް އޭނައާއި ވާހަކަ ދައްކާފައި ނުވާތީ، ނަޖްމާގެ ހިތް ބިރުން ވިރިއްޖެ ކަހަލައެވެ.

"މަންމާ.......؟؟"  ބައްޕަ އެ ބުނަނީ ކީކޭތޯ އަހާ ރާގުގަ ނަވީން ގޮވާލިއެވެ.
"ދަރިފުޅުގެ މަންމައަށް އެނގޭނެ ތި ހުރިހާ ކަމެއް. ލީނާ ތި ކުރިކަންތައްވެސް މަންމައަށް އެނގޭނެ." ނަޖްމާ އަނގައިން ނުބުނެ އިނުމަކުންވެސް، އެ ވާހަކަތައް މިއަދު ހުއްޓޭނެހެން ހިއެއް ނުވެއެވެ. މިއަދު އަލިމަނިކު އެ ހުންނެވީ ހަގީގަތް ކިތަންމެ ހަޑިވިޔަސް، ކުރިމަތިލާން ތައްޔާރަށެވެ. ދަރިފުޅުގެ ފަރާތުން ހިތްވަރު ލިބިގެންނެވެ.


"އެ ތެދެއް މަންމާ؟ " މި ވަގުތުގެ ހާލަތާއި މެދު ނަވީން އެއްގޮތަކަށްވެސް ހިތްހަމައެއް ނުޖެހުނެވެ. އޭނަގެ ދިރިއުޅުމަށް ކަނޑައެޅިގެން ގެއްލުން ދިން މީހަކީ އޭނަގެ މަންމަކަމަށް ވާނެ ދުވަހެއް ދެކެން ޖެހިދާނެއެކޭ ނަވީން ހީކޮށްފައިނެތެވެ. އެހެންނަމަވެސް މިވަގުތު އެ ސުވާލު އޭނަ ކުރަން އެޖެހެނީ އޭނަގެ މަންމައާއި ކަމަށްވުމުގެ އިހްސާސުން ނަވީނަށް ލިބެނީ އިތުރު ހިތްދަތި ކަމެކެވެ.

"ލީނާ ގޮސް އިނާ ކައިރީ ބުނި އެއްޗެއް މަންމައަށް އެނގޭތަ؟ " މަންމަ އަނގައިން ނުބުނުމުން އަނެއްކާވެސް ގޮސް އެތަނުން ގޮނޑިއެއްގައި ނަވީންވެސް އިށީނދެ މި ސުވާލު ކުރިއެވެ. މަންމަގެ މޫނުމަތިން ނަވީނަށް ފެނުނީ ފަރުވާ ކުޑަކަމުގެ ކުލަވަރެވެ. ކޮންމެ ގޮތެއް ވިޔަސް ހެވޭ ބުނާކަހަލަ ގޮތެކެވެ.

"މަންމައަށް އެހެންވީމަ ހުރިހާ އެއްޗެއްވެސް އެނގޭތާ ދޯ؟ މި ވާހަކަ ދެއްކުމަކީވެސް ބޭކާރު ކަމެއް. މަންމައަށް އެނގޭ އެއްޗެއް މަންމައަށް ކިޔާ ދިނުމުގެ ބޭނުމެއް ނެތް...." ނާއުއްމީދުވިލެއް ބޮޑުކަމުން ނަވީން އެތަނުގައި ނީންނާންވެގެން އަނެއްކާވެސް ތެދުވެގެން ހިނގައިގަތެވެ.

"އެކަމަކު މަންމަ.....މަންމަ އިނާ ދެކެ ތިހާ ނަފްރަތު ކުރަނީ ކީއްވެތަ؟ މަންމަ ތިހާބޮޑަށް އިނާއާއި ހިތްހަމަނުޖެހެނީ ކީއްވެކަން މަންމަ ބުނެދޭންވީނު؟ " ގޮސްގޮސް ހުރެފަވެސް އެނބުރިފައި އަނެއްކާވެސް ނަވީންއަށް އަހާލެވުނެވެ. ހާސްވެ ކަންބޮޑުވެ ރުޅިގަދަވެގެން ނަވީންއަށް ހުރެވުނީ އާއްމުކޮށް އޭނަ ހުންނަ ހަމަޖެހޭ ގޮތުގައެއް ނޫނެވެ.

ދެންވެސް ނަޖްމާ އެއްޗެއް ނުބުނެއެވެ. އޭނަ ކުރީ ކަންތައް ކުރަންވާ އެންމެ ރަނގަޅުގޮތަށޭ ބުނާ ކަހަލަ ގޮތަކަށް، އިސް އުފުލައިގެން ބޭރަށް ބަލަން އިނީއެވެ. ކުށެއް ކުރެވުނު ކަމަށް އޭނަގެ ނަފްސު ދުވަހަކުވެސް އެއްބަސްވެދާނެވައްތަރެއް ނުޖަހައެވެ.

"ބައްޕާ އަޅުގަނޑަށް ފުދޭވަރުވެއްޖެ. އަޅުގަނޑަކަށް ހިއެއް ނުވޭ އިނާގެ ބައްޕައެއް ނެތޭ ކިޔާފަ އެކަހަލަ ރޭވުމެއްގައި މަންމަ ބައިވެރިވާންޖެހޭނެހެނެއް. މަންމަ ކިތަންމެ ނުރުހުނުނަމަވެސް އެއީ އަޅުގަނޑުގެ އަންހެނުން." އެއްފަހަރު މަންމަ އާއި ދިމާލަށް އަނެއްފަހަރު ބައްޕަ އާއި ދިމާލަށް ބަލާލާފަ މިހެން ބުނެފައި ނަވީން ހިނގައްޖެއެވެ. އެކަކުވެސް މިފަހަރު ނަވީން ހުއްޓުވަން މަސައްކަތެއްވެސް ނުމެކުރޭމެއެވެ.

"ނަޖްމާގެ ކަންތައް ތި ހުންނަ ގޮތަކުން އަހަރެން ހައިރާންވޭ އިނގޭ. ތިއީ ނަވީންގެ މަންމައެއް ނޫންތަ؟ މިހުރިހާ ދުވަސްވަންދެން ނަވީނަށް ރަނގަޅު މުސްތަގްބަލަކާއި ރަނގަޅު ދިރިއުޅުމެއް ހޯދައިދޭން މަސައްކަތް ކުރިއިރު އަހަރެން ހީކުރީ އެ ދިރިއުޅުން ނަވީނަށް ލިބުނީމަ ނަޖްމާ ވަރަށް އުފާކރާނެ ކަމަށް. އެކަމަކު ލޮލަށް ނުފެނުނު ތަނުގަ ހިތަށްވެސް އެކަން އިހްސާސް ނުވި ދޯ؟" ނަވީން ދިއުމުން އިރުކޮޅަކު އަނގައިން ނުބުނެ އިނދެފަ އަލިމަނިކު ވާހަކަ ދައްކަވަން ފެއްޓެވިއެވެ.

"އިރެއްގަ ވެފަ އޮތް ކަމެއްގެ ހަސަދައިގަ މިހާރު ތި ހަލާކު ކުރެވެނީ އަމިއްލަ ދަރިފުޅުގެ ދިރިއުޅުން. ލީނާ ލައްވާ ނަޖްމާ ތި ކުރުވީ ކިހާ މުޑުދާރުކަމެއްކަން ނަޖްމާއަށް ވިސްނޭތަ؟" ނަޖްމާ އެއްޗެއް ނުބުނެ އިންނަމަވެސް އަލިމަނިކުގެ ވާހަކަ ދިޔައީ ކުރިއަށެވެ.

"އަހަރެން ނުކުރުވަން ކަމެއް. އެހެން ނޫނަސް އެއީއެއް ނޫން ނަވީނަށް ހޯދައިދޭން އަހަރެން މަސައްކަތް ކުރި ދިރިއުޅުން." އަލިމަނިކު އެ ދައްކަވާ ވާހަކައިން ބޮލަށް އުނދަގޫވެގެން ވަރަށް ނުރުހިފައި ނަޖްމާ ޖަވާބު ދިނެވެ.

"ދެން ކޮން ދިރިއުޅުމެއް ނަވީނަށް ހޯދައިދޭން ނަޖްމާ އުޅުނީ؟ ލީނާތަ؟ ނަޖްމާއަށް ހަމަ ރަނގަޅަށް އެނގޭނެ ލީނާއަށްވުރެ ހުރިހާ ގޮތަކުންވެސް ނަވީން އާއި އެކަށީގެންވާ ރަނގަޅު ކުއްޖެއްކަން އިނާ އަކީ. ބޭނުންވަނީ ހެޔޮ ލަފާ އަންހެންދަރިއަކާ ކައިވެނި ކުރުމެއް ނޫންތަ؟"  މީގެ ކުރިން އެފަދަ އެއްވެސް ވާހަކައަކަށް މާ ގިނަ ވާހަކަ ނުދައްކާ އަލިމަނިކު ދިޔައީ ނަޖްމާގެ ކޮންމެ ވާހަކައަކަށްވެސް ދޭންވާ ފުރިހަމަ ރައްދު ދެމުންނެވެ. ޙަގީގަތަށެވެ. ހެޔޮ ވިސްނުމަކާއެކުގައެވެ.


"ކަމެއް ނުކުރުވަމޭ ބުނީމަ ނަޖްމާގެ ދަރިފުޅު ފަހަރެއްގަ ގަބޫލުކޮށްފާނެ. ނަވީނަށް ނޭނގުނަސް އަހަންނަށް އެނގެޔޭ ވެގެން އުޅެނީ ކިހިނެއްކަން. އަހަރެންވެސް އުޅެނީ މިގޭތެރޭގަ. ދެކެވޭ ވާހަކައާއި ފެންނަ މަންޒަރުތައްވެސް ހުރޭ. ނަވީން އެރަށަށް ދިއުމުގެ ކުރިން ޚާލިދު އޮތީ ހުރިހާ ވާހަކައެއް އަހަންނަށް ކިޔައިދީފަ. އަހަރެން އަނގައިން ބުނަން ޖެހޭ ވަގުތު ނުޖެހޭތީ އަހަރެން މި ހުންނަނީ އަނގައިން ނުބުނެ. އެކަމަކު ނަޖްމާ ހީނުކުރައްޗޭ އަހަރެންގެ ދަރިފުޅުގެ ދިރިއުޅުމާ ތިގޮތަށް ކުޅެންޏާ އަހަރެން ތާ އަބަދު މަޑުމަޑުން ހުންނާނެޔޭ." އަލިމަނިކު އިންޒާރެއް ދިނެވެ.

"މިހާރު ކުއްލިއަކަށް ދަރިފުޅުވީ؟؟؟؟؟ އޭނަ ކުޑަކުޑައިރު އަހަރެންވަރި ކުރިއިރު ކީއްވެ ނުވިސްނުނީ؟ ދޮޅުއަހަރު ދުވަސްވެގެން ދިޔައިރުވެސް އަހަރެން ގެންނަން ނުއުޅުނީ ގައިމު ދަރިއަށް ކުލުނު ނެތީމައެއްނު؟ މިހާރު ހަމަ ކުއްލިއަކަށް އަހަރެންގ ދަރިފުޅު....މި ހުރިހާ ދުވަހު އަހަރެމެންގެ ދަރިފުޅު....ކިހާ ހެއްވާ ކަމެއް ތިއީ"

"ތިވާހަކަ ދައްކަން ނުފަށާ . ތިވާހަކަ ދައްކަން ނަޖްމާ އެކަށީގެނެއް ނުވޭ. ވަރިއަށް އެދުނީވެސް ނަޖްމާ. އެ ހާލަތުގަ އަހަރެން ނުޖެހޭނެ ނަޖްމާ ބަލާދާކަށް. ފެނިގެން އަންނަންދެން ބެހެއްޓީ. އަހަރެންގެ ކުށަކުން ނޫން ނަޖްމާ ދިޔައީ. އެހެންވީމަ ތި ވާހަކަ ދިގުކުރާނެ ކަމެއް ނެތް. މިވާހަކަ އޮންނާނީ އަހަރަކު އެތައް ފަހަރު ދެކެވިފަ." އެއްގޮތަކަށްވެސް އެ ވާހަކަ ދައްކާކަށް އަލިމަނިކު ބޭނުމެއް ނޫނެވެ.

"އަހަރެންގެ ވާހަކަތައް ނަވީނަށް ކިޔައިދޭން އުޅުނުއިރު ތިކަން ވިސްނާލިނަމަ ރަނގަޅުވީސް. އަހަންނަށްވެސް އެބަ ހުއްޓޭ އޭނަ ކައިރީ އޭނަގެ ބައްޕަގެ ފަރުވާކުޑަ ވާހަކައާއި އަހަރެން ދެކެ އެއްވެސް ލޯތްބެއް ނުވާ ވާހަކަ ބުނެވެން." ނަޖްމާވެސް ދުލެއް ނުކުރެއެވެ.

ނަޖްމާ މި ބުނި އެއްޗަކުން އިރުގަނޑެއް ވީއިރުވެސް އަލިމަނިކު އިނީ ކަޅިޖަހާ ނުލާ ނަޖްމާގެ މޫނަށް ބަލާށެވެ. ރުޅިއަކުން ނޫނެވެ. ނަޖްމާގެ ހުރި ނުވިސްނޭކަމާމެދުގަ އަންތަރީސްވެފައެވެ.
ދެން ހަމަ ކުއްލިއަކަށް އަނގައިންވެސް ނުބުނެ ތެދުވެގެން ގޮސް ގޭތެރެއަށް ވަދެއްޖެއެވެ.

ޒުވާބުގައި ފައިވިއްދައިގެން އިން ނަޖްމާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އަބަދުގެވެސް އާދައެވެ. ވާހަކައެއް ދައްކަން ފަށައިފިއްޔާ އަނގައިން ނުބުނެ ދިއުމަކީ އަބަދުގެވެސް އާދައެވެ. އެގޮތެއް ދުވަހަކުވެސް ނުކެނޑުނެވެ.
އަލިމަނިކުގެ އެ ދެގޮތެއް ނުވި އާދަޔާމެދުގައި ރުޅިއައިސް އިނދެފައި ނަޖްމާ ނުކުމެގެން ދިޔައީ ގެއިން ބޭރަށެވެ.

** ** ** ** ** ** ** **

އަލިމަނިކު ގޭތެރެއަށް ވަދެ ބަލާލިއިރު އެއްވެސް ދިމާލަކުން ނަވީން ފެންނާކަށް ނެތެވެ.
"ނަވީން ކޮބާ....؟" ގޭތެރޭގެ މަސައްކަތުގައި ގެންގުޅޭ ނޯކަރު ކައިރިން އަލިމަނިކު އަހާލިއެވެ.
"މައްޗަށް ދުރުވީ...." މި ޖަވާބާއެކު އަލިމަނިކުވެސް މަޑުމަޑުން ހިނގާފައި ސިޑިން އަރަން ފެށިއެވެ.

ދެފަހަރަކު ޓަކި ޖެހުމުންވެސް ހިލަމެއް ނުވުމުން ނަވީންގެ ކޮޓަރީގެ ދޮރު އަލިމަނިކު ހުޅުވިއެވެ. ބައްޕައެވެ. ފިރިހެން ދަރިއަކު އެކަނި އުޅޭ ކޮޓަރިއަށް ވަންނަން އޭނަ ފަސްޖެހިގެން ނުވާނެކަން އަލިމަނިކުއަށް އެނގެއެވެ.

"ކީއްކުރަން ނަވީން ތި އުޅެނީ...؟" ނަވީންގެ އެނދުމަތީގައި ހުރި ކުޑަ ދަބަސް ފެނުމުން އަލިމަނިކު މިހެން އަހާލީ ނަވީން އެ އުޅެނީ ދާންކަން އެނގިހުރެއެވެ.
"އަޅުގަނޑު މިދަނީ ފުރަން...." މޭޒުމަތީގައި އޮތް ހެޑްސެޓެއް ނަގާ ދަބަހަށް ވައްޓާލަމުން ނަވީން ޖަވާބު ދިނެވެ.
"ކޮންތާކަށް....؟" އަލިމަނިކުގެ އަޑުގައި ވަނީ ހިމޭން ކަމެވެ. ނަވީން ކުރަން އެ އުޅޭކަމެއް ހުއްޓުވާ ގޮތެއް ނެތެވެ.

"ކުޅުދުއްފުށްޓަށް.....މިހުރިހާ ކަމެއްގައި މަންމަގެ އަތެއްވާކަން އެނގިހުރެ މަންމައާއި އެކުގައި....."  އެނދުގައި ނަވީން އިށީނީ ފޯނެއް ކުރުމަށެވެ. ވާހަކަ މެދުކަނޑާލީ ގަސްތުގައެވެ.
"އެކަމަކު ކޮންމެވެސް އެއްދުވަހަކުން ނަވީނަށް ޖެހޭނެނު ވީގޮތް ސާފުވާން. މިއީ އެވަގުތެއް ނޫންތަ؟ މަންމަގެ ހިތް އިނާގެ މައްޗަށް ސާފުވާކަށް ނަވީން ބޭނުމެއް ނުވޭތަ؟" ކަމެއްގެ ތެރެއަށްދަމާފަ ނަވީން ގެންދިއުމުގެ ބަދަލުގައި އަލިމަނިކު ބެލީ، ނަވީންގެ ރުހުމުގައި ނަވީން އެ ހުރިހާ ހަގީގަތެއް ހޯދަން މަސައްކަތް ކުރޭތޯއެވެ.
"މިހާރު މިއީ މެރީ ކުރިފަހުން އަހަރެއް ވާން މިދަނީ....އަޅުގަނޑަކަށް ނޭނގެ ހަދަންވީ ކިހިނެއްކަމެއް. އަޅުގަނޑު ފުރަތަމަ ދުވަހުވެސް ބުނިހެން ބުނެވޭނީ. އިނާ އަކީ މަންމަ އެހީކުރާކަހަލަ އެއްވެސް ގޯސް ސިފައެއް ހުރި ކުއްޖެއް ނޫން. އެކަމަކު އެ ފުރުޞަތު މަންމަވެސް އިނާއަށް ދިނީމަހެން ހީވަނީ މަންމައަށް އެކަން ޔަގީންވާނީ. އެކަމަކު މަންމަ އެ ބަލަނީ މީހެއްގެ ހެއްލުމުގަ ޖެހިގެން އިނާއަށް ލަނޑެއް ދޭން. މަންމަ ހަނދާނެއް ނެތްކަންނޭނގެ އިނާއަށް ދެވޭ ގެއްލުމަކީ އަޅުގަނޑަށްވެސް ދެވޭ ގެއްލުންކަމެއް..." ނަވީން ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.

"ބައްޕައަށް ފެންނަނީ މަންމައާއި ވާހަކަ ދައްކަން .... އެކަމަކު އަދި ފުރަން އެބައޮތެއްނު އެއް ދުވަސް. އަވަސް އަރުވާލާފައި ދިއުމުގެ ބަދަލުގައި ބާކީ މި އޮތް 1 ދުވަހުގެ ބޭނުން ހިފަން ބައްޕައަށް ފެންނަނީ. އެއްފަހަރުން ތި ހުރިހާ މައްސަލައެއް ހައްލުކުރަންވީނު؟" އަލިމަނިކު ދިޔައީ އޭނަގެ ދަރިފުޅު މަޑުމަޑުން "އަލިކަމަށް" ލަވަމުންނެވެ.

ދެން ވޭތުވެގެން ދިޔައީ އިރުކޮޅެއްގެ ހިމޭން ކަމެކެވެ. ފޯން ހިފައިގެން ކުޑަކޮށް ކުރިމައްޗަށް ގުދުވެލައިގެން އިން ނަވީން ފޯން އެނދުމަތީގައި ބާއްވާފައި އެއް އަތުންއަނެއް އަތުގަ އޮތް ، ސްވިސް ލެޖެންޑް ބްރޭންޑްގެ ރިހިކުލައިގެ އަގުބޮޑު ގަޑި އަތުކުރީގައި ދެފަރާތަށް އަނބުރަން ފެށިއެވެ. ހުރިހާ ގޮތަކުންވެސް ހަދަންވީ ގޮތެއް ވިސްނުމަށް ނައިސްގެން އިން މީހަކު ކުރާނެ ފަދަ ހަރަކާތެކެވެ.

"ދަރިފުޅުގެ ފޯން..." އެނދުމަތީގައި އޮތް ފޯން ކުއްލިއަކަށް ދިއްލުނުތަން ފެނުމުން އަލިމަނިކު ނަވީންއަށް އެކަން އެންގިއެވެ.
ނަވީން ފޯން ނަގައިގެން ބަލާލިއެވެ. އޭނަގެ ފްލައިޓްގެ ތަފްޞީލްތަކުގެ މެސެޖެކެވެ.

"އެ ލިބުނީ އަޅުގަނޑުގެ ފްލައިޓް ކަންފަރމޭޝަން. ކިހިނެއްތޯ އަޅުގަނޑު ހަދަންވީ....؟' ނަވީން އެހީ ބައްޕަ ކައިރިންނެވެ.
"ދަރިފުޅު ބޭނުން ވަނީ ކޮން ގޮތެއް....؟" ދެޖީށް އަތްޖަހާލާފައި ހަމަޖެހިލަމުން އަލިމަނިކު އަހާލިއެވެ. ހުރިހާ އިޚްތިޔާރެއް އަލިމަނިކު ދޫކޮށްލީ ނަވީން އަށެވެ.

އޭނަގެ ދަރިފުޅަށް އޭނަ އަބަދުވެސް މަގު ދައްކައިދޭނެއެވެ. އެއީ އެ ދަރިފުޅު ލީ ފުރަތަމަ ނޭވާއާއެކު އޭނަ ވެފައިވާ ވަޢުދެކެވެ. އެކަމަކު އޭނަ މަގު ދައްކައިދޭ ގޮތް އެ ދަރިފުޅުގެ މަންމައާއި ތަފާތުވެދާނެއެވެ. އެއީ އޭނައަކީ އެ ދަރިފުޅުގެ ބައްޕަ ކަމަށް ވީތީއެވެ.

** ** ** ** ** ** ** ** **
ދެގަޑިއެއްހާއިރު ފާއިތުވެގެން ހިނގައްޖެއެވެ.
އަލިމަނިކު އާއި ނަވީން ތިބި އަދިވެސް ނަވީންގެ ކޮޓަރީގައެވެ. ނަވީން އާއި ނަވީންގެ ކޮޓަރީގައި ވަންޏާ ވާ ހުރިހާ އެއްޗެއް، ދެގަޑިއިރުވަންދެން އަލިމަނިކު ދެއްކި ހުރިހާ ވާހަކައެއްވެސް އަޑުއެހީ ހިމޭން ކަމާއެކުގައެވެ. ނަވީންއާއި ބައިވެރިވަމުން ދިޔައީ، އެ ވާހަކަތަކަކީ ޒަމާންތަކެއްވަންދެން ސިއްރު ކުރެވިފައިވާ ވާހަކަތަކަށް ވާތީ، އިތުރު އުނދަގުލަކާ ނުލާ އެ ވާހަކަތައް އަޑުއަހަން ނަވީންއަށް ފުރުޞަތު ދެމުންނެވެ.

"މިއީ ބައްޕަ މާ ކުރިންވެސް ދައްކަން ޖެހޭ ވާހަކަތަކެއްކަމަށްވެސް ވެދާނެ. އެކަމަކު ބައްޕަ ހީކުރީ ހުތުރު މާޟީއަކީ ނަގާ ދައްކަން ޖެހޭ ވާހަކަތަކެއް ނޫން ކަމަށް. ބައްޕަ ހީކުރީ މަންމައަށްވެސް ވިސްނޭނެ ކަމަށް މި ވާހަކަތައް އެނގުމުން ދަރިފުޅުގެ ހިތުގައިވެސް ލައްގަނޑުތައް ޖެހޭނެކަން. ...." އެ ބައްޕަ އާއި މަންމަ އާއި ގުޅުނުހިސާބުން ފެށިގެން މިހާތަނަށް އެ އާއިލާގެ ތެރޭގައި ކަންތައް ވެފައިވާ ގޮތާއި އޭނަގެ އުފަން މަންމަ އޭނަގެ ކައިވެންޏާއި ނުރުހޭ ސަބަބު ބަޔާންކޮށްދީ ނިމިގެން އަލިމަނިކު ބުނަމުން ދިޔައެވެ.

"ދެން...އެންމެ ރަނގަޅުތާ ދޯ؟ ދަރިފުޅަށް މިހާރު ހުރިހާ އެއްޗެއް ތި އެނގުނީ....ދެން އޮތީ ދަރިފުޅުގެ ހިތްވަރެއް. ހަގީގަތުގަ ތިތާނގަ ނެތް ހައްލުނުކުރެވޭނެ މައްސަލައެއް. ކުޑަހިތްވަރެއް ލާފަ ދަރިފުޅު އުޅެލަން ޖެހޭނީ..." ވާހަކަ ކިޔައިދީ ނިމިގެން ސޯފާއިން ތެދުވެލީ ނިންމާލުމުގެ ގޮތުން މިހެން ބުނަމުންނެވެ.

"ފޯން.........!!!" މިފަހަރުވެސް ނަވީންގެ ސަމާލުކަން ފޯނަށް އަނބުރާލީ އަލިމަނިކުއެވެ.
ކުރީފަހަރު ނަވީންއަށް އަޑުނީވުނީ މެސެޖެއް އައި އަޑެވެ. މިފަހަރު ނީވުނީ ކޮޓަރީގެ އެނދުކައިރީ ހުރި ސައިޑްޓޭބަލް މަތީ ހުރި ކޯޑްލެސް ފޯންގެ  "ބީޕް" ރިންގުގެ އަޑެވެ.  އެ ދެ އަޑުގައި ތަފާތުތަކެއް ހުރިނަމަވެސް، ހާލަތާއި ނަވީން އިން މޫޑްގެ ގޮތުން އެއް ރިންގުގެ އެ ރިންގުގެ އަޑު ނަވީނަށް ނީވުނެވެ. ކޮޓަރިތެރެ އެހާ ހިމޭންވެފައި އޮވެމެ އެހާ ކުޑަ އަޑަކަށްވެސް ނަވީންގެ ސަމާލުކަމެއް ނެތެވެ.

ތިން ސިކުންތުން އެއްފަހަރު ބީޕްގެ ރިންގު ވެފަ އަނެއް ދެފަހަރު ނޫއައްޔަކުން ދިއްލެމުން ދިޔަ ފޯން ނަވީން ނަގައިފިއެވެ. އޭނަގެ ކޮޓަރީގެ ފޯނަށް މީހުން ގުޅުމަކީ އެހާ އާއްމު ކަމެއް ނޫނެވެ. ޢާއްމުގޮތެއްގައި މަންމަ އެހެން ނޫނީ ލީނާ ނޫން މީހަކު އެ ނަންބަރަށް ނުގުޅާނެކަން ނަވީން ދަނެއެވެ. އެހެންކަމުން ފޯން ނަގާފަ "ޓޯކް" ފިތަށް ފިތާލެވުނީވެސް ފޫހި ގޮތަކަށެވެ.

"ހަލޯވ............؟" ލީނާކަމަށް މުޅިންމެ ޔަގީންކޮށްފައި ނަވީން ގޮވާލިއެވެ.
އެކޮޅުން އެއްވެސް އަޑެއް ނީވެއެވެ.
"ހަލޯވ.....އަނގައިން ނުބުނެ ހުއްޓަކަސް ކުރިކަމެއް ނުކުރާ ކަމަކަށް ނުވާނެ..." އަނގައިން ނުބުނުމުންވެސް އެއީ ލީނާކަން ނަވީނަށް ޔަގީންވެ ނިމިއްޖެއެވެ.

"ލީނާ.........!!!" ތަންކޮޅެއް ބާރަށް ނަވީން ގޮވާލިއެވެ.

"ނަވީނަށް ގުޅާނެ އެހެން މީހަކު ނުހުރޭދޯ؟ " ކުއްލިއަކަށް އެކޮޅުން އަޑު އައެވެ. ނަމަވެސް ހިމޭން މަޑުމައިތިރި އަޑެކެވެ. އެހެންނަމަވެސް އެއީ ވަރަށް ދުރުން އަންނަ އަޑެއްކަން ޔަގީނެވެ.
"ކާކު ތީ..............؟" ނަވީން ވީ ފޫހި ކުރިއަށްވުރެ ބޮޑެވެ. ތަންތަނަށް ގުޅާއިރު މި ގުޅެނީ ކޮންތަނަކަށްތޯ ބަލާނުލާ މިޒަމާނުގަވެސް މީހުން ގުޅައި އުޅޭހެއްޔެވެ؟

"ވަރިއަށް އެދި މާދަމާ ސިޓީލާނެ ވާހަކަ ބުނެލަން ވެގެން މި ގުޅީ. " ކޮށި އަޑަކުން އެކޮޅުން ވާހަކަ ދެއްކީ އިނާކަން ނަވީންއަށް ޔަގީންވީ ދެނެވެ.

**********   (ނުނިމޭ) *******

17 comments:

  1. shaxx : yaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaarahbbeeeeeeeeeeeeeeeeeeee :O....aalhe heyo nuvaane ehen nahadhaaaaaaaaa......inaayah kerijjetha variyah edhen.... :O ....As usual v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v ves salhi ingey soff............GOd bless u n thanks a lott soffff .....

    ReplyDelete
  2. To Shaxxx:

    Majaa dho ...!! Hini annanee Shaxxx ah vaane goi hithah araafa. Girl...just breath...breath...im trying to bring next part hama ehaa avahah. So be patient ingey. Lov u for ur support and for ur prayers.

    ReplyDelete
  3. FAHY
    alhe Naqveen haadha dhera vaaney. ehen nuhadhaa

    ReplyDelete
  4. vvvv salhi

    ReplyDelete
  5. Sheela:

    Haadha serious bai thakekey mi iy.V.furihamayey fathisthariyaa.v.furihama.najmaa zuvaabu kuran ulhuneema alimaniku dhiyae dho. najma hunnaanee e gadeega v.raaadeee vefa dho.heieheiehieh...hee hee halaaku. Ekamaku heyo nuvaane Naveen aai Inaa vari nukuruvacchey.court ah dhiumuge kurin huttuvaaaa.v.salhi adhives bunaa hiy vaneee.5 faharu kiyaifin.fooosseh hama nuvaneeeyey thariyaaa. U R JUST SIMPLY THE BEST AROUND.keep up doing this.

    ReplyDelete
  6. aayaa
    eynoooooooooooooooonnnnn..fathihaaa!!thihen nuhadhaa.. hithuga dhen in baives kudhivejje..magey naween ..

    ReplyDelete
  7. call kuree inaatha hama hieh nuvey ina heneh vedhaane reyvumehkamah

    friender

    ReplyDelete
  8. Thittha: Alhey dhoonyaa.kon kahala hisaabakah thi nimmaalee.aneh bai kiyan libuneema thanks buneveyneeves.avas kollabala.cantwait

    ReplyDelete
  9. Haaadha molhu kujjekey FATHISTHARI yakeee. Heevanee hama .....keekey bunaanee. emme vattharee hama theateregga filmeh beley hen. haaadha molhey.haadha reecchey mi vaahaka.hivvarey hivvarey fathisthariyah :)

    ReplyDelete
  10. destiny
    vara furihama.......hama habas.....great......waitin waitin...
    may allah bless u

    ReplyDelete
  11. Saharo: wow.grt.super.r u going to kill us with ur suspense dear.dont do that.avahah aneh bai genesdheeee.pls.plx.kei nuvaane dheneh. plx plxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplxplx

    ReplyDelete
  12. From Malay: v.furihama.waiting for next part inpatiently.

    ReplyDelete
  13. fathisthari ge vaahakathah v.obi.v.habeys.va.salhi.Khaassakoh BODAANAFSU.evareh hama nei.thanks

    ReplyDelete
  14. thanx sofaa

    vaahaka v.salhi . anebaives avas koh dhechey ingey.
    mi inaa kihine vegentha e ulhenee Naveenu ah ehen hadhaakah nuvaane . v.foohivey inaa dheke eyna keethavaanee Naveen kairee vegen ulhey goi buninama.
    Naveen dhn avaha Inaa vari kurey eyna maa fuppaaigen e ulhenee. kamevaairah hama hageegai nubalaa dhaanjeheytha. hama loabi nuvaathee e gotha dhaanee.

    ReplyDelete
  15. alhe Inaaves maa goiydhoo nukurany... enme faharakuves Navyn kairyga ahaalaa namaennu? Navynah amilla dhifaauga ehcheh bunaane furusatheh nudhy variah edhumaky insaafeh noon... ehehn viyya anvyninaa vari kuriyas kuhveriyaky Inaa.... Sofa, Vaahaka hamavarah salhi... aneh baige inthizaaruga vaguthu guna gunaa.... tictic one... tictic two... tictic three......

    ReplyDelete
  16. sofaa hariyaa mivaahaka hama awesome ingey! muraasil ah vaahaka up kurun hutaa nulachey!

    ReplyDelete
  17. naweenooooooooooooooo keevegentha inage adu neygunee? alimanik fadha bappa hurihaa kudhinge thibeynama aharemenge dhiriulhunves kihaa perfect vaane==== namoonaa bappa eh------ hithah araa sofa kihiney baa ey ehaa real bappa ehge character gengulhenee?? haudhahaavaa molhey sofaaaaaaaaaaaa =

    ReplyDelete