(މި ވާހަކައަކީ 26.02.2011 ގައި މުރާސިލްގައި
އަޅުގަނޑު ޕަބްލިޝްކުރަން ފެށި "ފަތިސްތަރި" ގެ 3 ވަނަ ވާހަކައެވެ. ދިގު މުއްދަތަކަށް މެދުކެނޑުނު ނަމަވެސް މި ވާހަކަ އެއްކޮށް ގެނެސްދިނުމަށް ގަސްތުކޮށްފައިވާތީ، އޭރު ޕަބްލިޝްކުރެވިފައި
ހުރި ބައި،އަލުން މި ގެނެސްދެނީ ތިޔަ ލޮބުވެތި ކިއުންތެރިންގެ ހަނދާން އާކޮށްލަދިނުމުގެ ގޮތުންނެވެ.
ކިއުންތެރިންގެ ތާއީދާއި ބިނާކުރަނިވި ފާޑުކިއުމަށް އުއްމީދު ކުރަމެވެ.
ކިއުންތެރިންގެ ތާއީދާއި ބިނާކުރަނިވި ފާޑުކިއުމަށް އުއްމީދު ކުރަމެވެ.
އިރުއޮއްސެން ދަނީއެވެ. ހަވީރުގެ އެންމެ ފަހު ދަޅަތައް
ދުނިޔެއަށް އަލިކުރަމުން ދެއެވެ. ރަށުގެ ކޮންމެ ދިމާލަކަށް ބަލާލިޔަސް އުޑުމަތިން
ފެންނަނީ ރަންކުލައާއި އޮރެންޖް ކުލައާއި އެކުވެގެން އުފެދިފައިވާ ރީތި
ކުލަވަރެކެވެ. އެކަމަކު ބަލާލާކަށް އުނދަގޫވާކަހަލަ ގޮތެއް ނެތެވެ. މުޅި އުޑުމަތި
ވިލާތަކުން ބައްދާލާފައި އޮތީ މުޅި ދުވަހަކީވެސް ވިއްސާރަ ފާޑަކަށް އޮތް ދުވަހެއް
ވީމަކަމަށްވެދާނެއެވެ. އެހެންކަމުން އޮއްސެންދާ އިރުގެ ދަޅަތައް އެ ވިލާތަކަށް
އެޅިފައި ހުރިއިރު ފެންނަނީ ވަރަށްވެސް ރީތި ހިތްގައިމު އަދި ހުވަފެނީ ގޮތެކެވެ.
ރީތި ރީތި ހަވީރެކެވެ.
"ހަމަ އަސްލު ރަންކުލަތަ ހުންނަނީ." އަމީރާ އަހާލިއެވެ.
"އާނއެކޭ.......ހަމަ ރަންކުލައޭ އަހަރެން ބުނާނީ. އަމީއަށް އެނގެއެއްނު ނަދާ ބުނާނީ ތެދެއްކަން." ނަދާ އޭނަގެ ރަހްމަތްތެރިޔާގެ އަތުގައި ހިފައިގެނެސް ގަސްގަނޑުމަތީ ބައިންދަމުން އުފަލުން ފޮޅެމުން ކިޔައިދިނެވެ.
އެއްވެސް ފިކުރެއް ޚިޔާލެއް ނެތް ޒުވާން ދެ އަންހެންކުދިންނެވެ. ޒުވާންކަމުގެ ގުލްޒާރުގައި ހަވީރު ފިންޏަށް ދެންމެ ފޮޅެން ފެށި އާ މާތަކެކޭ އެކުދިންނެކޭ އެއްފަދައެވެ.
"އަޅެ މަޑުކޮށްބަލަ.....އޭއި....އޭއި...އިއްސެ..އާދެބަލަ. މިކޮޅަށް އާދެބަލަ ފޮނިނުވެ." މިހެން ބުނެފައި ނަދާ ގޮވީ އެމަގުން ގޮސްގޮސް ހުރި އެމީހުންގެ ރައްޓެހި ކުއްޖަކަށެވެ. ފާތުމައްތަގެ އިހްސާން އަށެވެ.
"ކިހިނެއްވީތަ ހަޅޭއްފަޅޭއް ޖަހަނީ މަގުމަތީ." ނަދާގެ ހުންނަ ސަކަރާތް ބޮޑު ގޮތެއްގެ ސަބަބުން އަބަދުވެސް އެހެން ކިޔައިގެން ނަދާ އާއި ދިމާކުރުމަކީ އިހްސާން އަށް އުފާ ލިބޭ ކަމެކެވެ. މިފަހަރުވެސް އެހެން އެބުނީވެސް އެހެންވެގެންނެވެ. ނަދާ ރުޅިއަރުވާލުމުގެ ބޭނުމުގައެވެ.
"ބުނެބަލަ....އަމީއަށް ކިޔާދީބަލަ....ކޮން ކުލައެއްތަ އުޑުމަތިން ފެންނަނީ....އަޅެ ރަންކުލައެއް ނޫންތަ މިފެންނަނީ. ނޫންތަ؟" އިއްސެ ކުރި ސުވާލެއްވެސް ނަދާއަށްް އަޑު ނީވޭ ކަހަލައެވެ. ކައިރިއަށް އައިސް އައިސް ހުއްޓާ ގޮސް އަތުގައި ހިފައި ދަމައިގެންފައި ނަދާ ދައްކަން ފެށީ އޭނަ އިއްސެއަށް ގޮވި ބޭނުމުގެ ވާހަކައެވެ.
"ރަންކުލައޭ....މަށަކަށް ނުފެނޭ. ކޮންތާކު ހުރި ރަންކުލައެއްތަ؟ " ނަދާ އާއި އަމީރާ އިށީނދެ އިން ގަސްގަނޑު މަތީ އިށީންނަމުން އޭނަ މިހެން ބުނެލިގޮތުން ހީވަނީ އެބުނީ ތެދެއްހެންނެވެ.
"އެއްކަލަ ދޮގުހަދާމީހާ ދޯ....މީ ނުބައިމީހަކަށް މި ގޮވުނީ. ދާންއުޅޭ....ކަމުދާ މީހެއް ނޫންތިއީ." ނަދާއަށް ވިސްނުނީ މާފަހުންނެވެ. އިއްސެ ހަމަ އާދައިގެ މަތިން އޭނައަށް ޖެއްސުންކުރަނީކަން ނަދާއަށް އެނގުނީ އިއްސެ މޫނު ފެނުމުންނެވެ. އެހެންކަމުން ތުން އަނބުރާލާފައި އަމީރާ ކައިރީ ނަދާ އިށީނދެއްޖެއެވެ.
"އޭއި ދެން އިއްސެ. ކިޔާދީބަލަ." އިހްސާންގެ އަތުގައި ހިފައި ތަޅުވައިގެންފައި އަމީރާ އެހިއެވެ. ހަގީގަތުގައިވެސް ވަރަށް އެނގެން ބޭނުންވެފައި އިނދެގެންނެވެ.
"އޯކޭ....ދެން އަމީ ވިއްޔަ. އާނނނނނނމް.......ވަރަށް ރީތި. އަސްލު އުޑެއް ނުފެނޭ އިނގޭ. މުޅި އުޑުބައްދާލަފަ އޮތީ ވިލާތަކުން. އެނގެއެއްނު ދޯ. މިއަދުވެސް ހެނދުުނު ވެހުނީ ވާރެއެއްނު....ދެން...އާނނނނނނމް....." އިހްސާން އަކީ އަބަދުވެސް އަމީރާއަށް ހެޔޮ އެދޭ ގާތް ކުއްޖެއް ވީމަ އަމީރާ އެދުނު ކަމެއް ކޮށްދޭންވެގެން ކިޔައިދޭން ފެށިއެވެ. އެކަމަކު ހާލެއްގައެވެ. އެތައް އިރެއްވަންދެން ވިސްނަން އިނދެ އިނދެފައެވެ.
" އެކަމަކުވެސް އިރުއޮއްސޭއިރު އެ ހުންނަނީނު ކުލަވަރެއް ދޯ. އެކުލަ ފެންނަނީ.....އެކަމަކު އަސްލު އުޑުމައްޗަށްވުރެ މޫދު މާ ރީތި.....މޫދުގައިވެސް ހުރީ އެކުލަ.....ވަރަށްވެސް ރީތި. ދެން އާނނނނނނމް.....އެއްކަލަ ޝިފާނާމެން ގްރޫޕްތަ އެހެރަ ދަނީ....؟؟" ކިޔާދީދީ އިންދާ އިހްސާންއަށް ޝިފާނާމެން ފެނުމާއެކު އަހާލެވިއްޖެއެވެ.
"ދެން........!!!" ޝިފާނާމެންގެ ވާހަކަ އިހްސާން ބުނުމާއެކު ދެންއޭ ކިޔާފަ ނަދާ ދަމާލިއެވެ.
"ކީއްތަވީތަ؟ ބަލަ އެވެސް އަހަރެން ރައްޓެހި ކުދިންނޭ...." އަމީރާގެ އެފަރާތުގައި އިން ނަދާއާއި ދިމާލަށް ގުދުވެލާފައި ލޯ އަޅާލަމުން އަނެއްކާވެސް އިހްސާން ބުނެލިއެވެ.
"ހެވޭ.......ދާން އުޅޭ. ދެން މިރޭވެސް ތިދާގޮތަށް ގެއްލޭ. އަބަދު ދެން މިހާރު ހުންނަނީ ޝިފާނާ ވެފަ. ދޭ ދޭ ދޭ..." ޝިފާނާމެންނާއެކު އިހްސާން އުޅޭތީ ނަދާ ވަރަށް ނުރުހޭކަން އިހްސާންއަށް ނޭނގެނީކީ ނޫނެވެ. އެކަމަކުވެސް ނަދާ ނުރުހުނީމަ އިހްސާންއަށް ހަމަ މަޖާ ވަނީއެވެ.
"މަބުނަމެއްނު އަމީ....އެއީ އޭނަގެގޮތް....ދެން އަމީ ބުންޏެއްކަމަކު އިއްސެއަށް ކިހިނެއްތަ އަންހެންކުއްޖެއްހެން އިރުއޮއްސޭމަންޒަރު ކިޔާދޭން އެނގޭނީ. އިއްސެއަށް އެނގޭނަމަ ކިޔާދޭނަން. .....ހެހެހެހހެ.....ދަނީ އިނގޭ އަމީ. " ކައިރީގައި އިން އަމީ ކައިރީ މަޑުމަޑުން މިހެން ބުނެލާފައި އިއްސެ ތެދުވެއްޖެއެވެ.
"ދަނީ.....ފޮނިގަނޑު....!!!" އަމީރާ ކައިރީ އިނދެފައި ތެދުވިއިރު ނެގި ވެލިކޮޅު ނަދާ އާއި ދިމާލަށް އުކާލާފައި އިހްސާން ދުއްވައިގަތެވެ. ނަދާވެސް ބަލާކަށް ނުހުރެ ބިންމަތިން ވެލިކޮޅެއް ނަގާ އިހްސާން އާއި ދިމާލަށް އުކާލިއެވެ.
"ޖެހުނުތަ.....؟" އަމީރާ އަހާލިއެވެ.
އެއާއެކު ނަދާ ދިޔައީ ހިނިގަނޑު ފަޅައިގެންނެވެ. އަމީރާވެސް ހީހީ ވަރުބަލިވަންދެން ހުނެވެ.
ފެނުމުގެ ނިޢުމަތުން މަޙްރޫމްވެފައި ވީނަމަވެސް އޭނައަށް އޭނަގެ ރަޙްމަތްތެރިޔާގެ ކަންތައް ހުންނާނެ ގޮތް އެނގެއެވެ. އިހްސާން އެއްޗެއް އެއްލިއްޔާ ނަދާވެސް އެއްލާނެކަން އަމީރާއަށް އެނގެއެވެ.

** ** ** ** **
"ނަދާ އަދިވެސް ނިދާކަށް ނުވޭތަ...؟ އެހެރަ ދިހަގަޑިބައިވީނު...." ގޯތިތެރޭގައި ހުރި އުނދޯލީގަ އިނދެފައި އެގޮވާލީ ނަދާގެ މަންމައެވެ. ނަދާ ނުނިދާއުޅޭކަން ހަރީރާ އަށް އެނގުނީވެސް ނަދާ އައިސް ބަދިގެއަށް ވަންތަން ފެނުމުންނެވެ.
"ބަނޑުފައިވަނީ މިރޭ ހަމަ.....ނިދަން އުޅެއުޅެ ނުނިދިގެން މިއައީ...." ބަދިގެތެރޭގައި ހުއްޓާ މަންމަ އެހެން ބުނި އަޑުއިވިގެން ބޯކަހަމުންކަހަމުން އައިސް ބަދިގެ ދޮރުމައްޗަށް އަރާފައި ސާދަ ވަރަކަށް އަހަރުގެ ނަދާ ބުނެލިއެވެ.
"ހޫމް. ތިވީގޮތް އެނގިއްޖެޔޭ....ކިރުތައްޓެއް ނުބޮންދޯ. މަންމަ ހުންނާނެ ކިރުދަޅެއް ގެނެއްސަ.....މަންމައަކަށް ނުބުނެވޭދޯ. ދޭ އަވަހެއް ބޯލައިގެން ނިދަން. މާދަން ސްކޫލަށް ދާން ނުހޭލެވިދާނެ ތިހެން އުޅެންޏާ." ރޭގަނޑުގެ ކެއުމުގެ ފަހުން ދުފާއެތިކޮޅެއް އަނގައަށް ލައިގެން ހިތްހަމަ ޖައްސާލަން އުނދޯލި ހެއްލަން އިން ހަރީރާގެ ގާތަށް ލުއި ހިންޏެއް އައެވެ. އިރުއިރުކޮޅާ ކިރުތައްޓެއް ބޯލަން ނުލިބެންޏާ އެ ދަރިފުޅަށް ނުއުޅެވޭނެކަން ހަރީހާއަށްވުރެ ރަނގަޅަށް ދެން އެނގޭނީ ކާކަށްހެއްޔެވެ.
"ނަދާ ބުނީމެއްނު މަންމާ ކިރު ޕެކެޓެކޭ.....ދެން މަންމާ.....!!!" ކިރުދަޅެއް ހުންނާނެހޭ ހަރީރާ ބުނިއިރު ނަދާއަށް ވިސްނައިނުގަނެވުނީކަންނޭނގެއެވެ. ކުސްތަޅައިގަތީ ގޮސްގޮސް ހުރެފައެވެ.
"މަންމަ ހަނދާން ނެތުނީއޭ. ..." ކުއްލިއަކަށް ހަރީރާއަށް ހަނދާން ވެއްޖެއެވެ. އަވަހަށް އުނދޯލިން ފައިބައިގެން ގޮސް ބަދިގެއަށް ވަދެއްޖެއެވެ.
"ހުރޭ މަންމަ ހަދާދޭނަން. މަންމަ ހަދާދިނީމަ ހަމަ ކިރުޕެކެޓްގެ ރަހަ ދޭނީ...." ހަރީރާ މަސައްކަތް ކުރީ ނަދާ ރުއްސޭތޯއެވެ.
"ދެން ނޫން ...." އަނެއްކާވެސް ނަދާ ބޮޑާހާކާލިއެވެ.
"ދަރިފުޅު ހުރެބަލަ ބަލަން. މަންމަ ހަދާދިނީމަ އުޅޭނެ މީރުވެގެން. އިށީނދޭ އަވަހަށް. " ވަރަށް އަތްމަތި އަވަސްކޮށްލާފައި ކިރުތަށި ހަދާދޭން ހަރީރާ އުޅެގެންފިއެވެ. ކިތަންމެ ނުރުހިފަ ނަމަވެސް ބަދިގޭ މޭޒުކައިރީ ހުރި ގޮނޑީގައި ނަދާ އިށީނދެއްޖެއެވެ.
"އަންމިހިރީ.....އަވަހަށް ބޯލާ. " ނަދާ ކައިރީ މޭޒުމަތީގައި ކިރުތަށިބަހައްޓަމުން ހަރީރާ އަވަހަށް ބުންޏެވެ.
"ދެން މާ ފިނި......" ތަށީގައި އަތް ޖެހުމާއެކު ތަށީގެ ބޭރުން އައިސްކަން އިހްސާސް ކުރެވުމުން ނަދާ އަނެއްކާވެސް އަތް ނަގައިފިއެވެ.
"ނޫނެކޭ ދަރިފުޅާ....ހަމަ މީރު ވަރަކަށް ހުންނާނީ . އަވަހަށް ބޯލާ...." ހަރީރާ ވަރަށް ލޯތްބާއެކު ބުނެދިނެވެ.
ނަސީބަކުން އިތުރު ބަހަނާތަކެއް ނުދައްކާ ނަދާ އެ ކިރުތަށި ބޯލިއެވެ. ހަރީރާ ހުރީ ނަދާއަށް ބަލާށެވެ. ނަދާ ތަށި ބަހައްޓާފައި ފުން ނޭވާއެއް ލިއެވެ. ދެންވީ ހަމަ ހިނދުކޮޅެކެވެ. ނަދާގެ މޫނުމަތިން އުފާވެރި ހިނިތުންވުމެއް ފެނިގެން ދިޔައެވެ.
"ތެންންކްޔޫ މަންމާ........" ގޮނޑިން ތެދުވެލާފައި ނަދާ އޭނަގެ މަންމައަށް ޝުކުރު އަދާކުރިއެވެ. ހަރީރާވެސް ދަރިފުޅުގެ އެ ޝުުކުރިވެރިކަން ހިނިތުންވުމަކާއެކު ބަލައިގަތެވެ.
"އަވަހަށް ދޭ ދެން. މަންމަ ގޮވާނަން ފަތިހު." ހަރީރާ ލޯތްބާއެކު ބުންޏެވެ. ނަދާވެސް ކިޔަމަންތެރި ދަރިއެއްފަދައިން ދާން ހިނގައިގަތެވެ.
"އަން އަން....ފެންބޯލައިގެން ދޭ." ކުޑަ ފެންފުޅިއެއް ދިއްކޮށްލަމުން އަނެއްކާވެސް ހަރީރާ ގޮވާލިއެވެ. އެނބުރިލާފައި ފެން ފުޅީގައި ނަދާ ހިފިއެވެ. ނަމަވެސް ބުއިމުގެ ބަދަލުގައި ހިނގައިގަތީ އެ ކުޑަ ފެންފުޅި ހިފައިގެންނެވެ.
ނަދާ ކިރުތަށިބުއި ތަށި ހިފައިގެން ހަރީރާ ނުކުތީ ބޭރަށެވެ. ބޭރުގައި ހުރި ފެންއެތިން އެ ތަށި ދޮވެލުމަށެވެ.
ނަދާ ނިދުމުން މުޅި ގޭތެރެއިން އަޑު ކެނޑުނީއެވެ. ގޭގެ ކޮންމެ ދިމާލެއްގައިވެސް ވަނީ ހިމޭން ކަމެވެ. މި ހިމޭންކަމުގެ ތެރޭގައި ހަރީރާ އަދިވެސް އިނީ ގޯތިތެރޭގައި ހުރި އުނދޯލިގޭގައި އެލުވާފައި ހުރި އުނދޯލީގައެވެ. އުނދޯލި ހެއްލެމުން އެދާ ބާރުމިނާއެކު އޭނަގެ ސިކުނޑިވެސް މަސައްކަތް ކުރެއެވެ.
މިހާރަކަށް އައިސް ނަދާ މުޅިންވެސް ބޭނުންވަނީ ކިރު ޕެކެޓެވެ. އެކަމަކު އެކަން އޭނަ ކޮށްދޭނީވެސް ކޮންފަދައަކުން ހެއްޔެވެ؟ ކިރުޕެކެޓެއް އެއީ ނަދާއަށްޓަކައި ހަމަ އެއް ދުވަހެވެ. ދަޅަކުން ގައިމު ހަފްތާއެއްވަރު ވާނެއެވެ. ދުވާލަކު ކިރު ޕެކެޓެއް 20 ރުފިޔާއަށް އޭނަ ގަނެދޭނީ ކިހިނެއް ހެއްޔެވެ. ކިރުޕެކެޓެއް އޭނަ ނުގަތީ އެހެންވެގެންނެވެ. ހަނދާން ނެތިގެނެއް ނޫނެވެ. ލިބޭ އެއްޗަކުން ދެކޮޅު ޖައްސައިގެން ނޫޅެފިއްޔާ އޭނަ އާއި އޭނަގެ ދަރިފުޅު ހާލުގައި ޖެހިދާނެތީއެވެ.
ހަރީރާ އަކީ ބ. އޭދަފުށްޓަށް އުފަންވެ އެރަށުގައި ޒުވާންވި އަންހެނެކެވެ. ކިޔަވަން ދިޔަ ދުވަސްވަރު އޭނައާއި މައްލަވަ ކުރި ފުރަތަމަ ޒުވާނާއާއި ކައިވެނި ކުރެވުނީ ހިތުގެ އަޑިން އެދިގެންނެވެ. ކިޔެވުންވެސް ހުއްޓާލާފައި އުމުރުން އެންމެ 17 އަހަރުގައި ކައިވެނި ކުރަން އުޅުމުން ހަރީރާގެ މަންމަ އާއި ބައްޕަވެސް ދެކޮޅު ހެދިއެވެ. އަދި ޚާއްޞަކޮށް ފަހީމު އަކީ ރަށުން ބޭރު މީހަކަށް ވުމުން އެކަމާ ބޮޑަށް ހިތްހަމަނުޖެހުނެވެ. ނަމަވެސް ހުރީ އެންމެ އަންހެން ދަރިއަކަށް ވުމުން ހަރީރާ ރޯ ރުއިން ބަލަން ކެތް ނުވެގެން ކައިވެންޏަށްވެސް ރުހެވުނީއެވެ. ކައިވެނި ކުރެވުނު ދުވަހު ތުޅާދޫއަށް ހަރީރާ އައިސްފިއެވެ. މައިންބަފައިންނާއި އާއިލާއާއި ގާތް ރައްޓެހި ރަހްމަތްތެރިންނާއި އުޅެ ބޮޑުވި މާހައުލާއިވެސް ދުރަށް އޭނަ އައީ ހިތުގައި ކުޑަވެސް ބުރަކަމެއް ނެތިއެވެ. ފަހުމީއާއިއެކު އުޅޭހިތްވާލެއް ބޮޑުކަމުންނެވެ. ފަހުމީ ހުރިއްޔާ ދުނިޔޭގެ ކޮންމެ ތާކު ކޮންމެ ފަދަ ހާލެއްގައިވެސް އޭނައަށް އުޅެވިދާނެކަމުގެ ޔަގީންކަން އޮވެގެންނެވެ.
ނަމަވެސް...
އޭރާއި މިހާރާއި ކިހާ ތަފާތު ހެއްޔެވެ.
އިންސާނުން ރާވާ ރޭވުންތައް އެއާއި އެއްގޮތަށް ނުހިނގާ އިދިކޮޅަށް ދަނީ ކިތައްފަހަރު ހެއްޔެވެ؟ އެފަދަ ވަގުތުތަކުގައި އަމިއްލަ ނަފްސު ކުށްވެރި ކުރުމުގެ ބަދަލުގައި ހެއްދެވިފަރާތާއި ޝަކުވާ ކުރަނީ ކީއްވެގެންހެއްޔެވެ؟ އުއްމީދުކުރާ ކޮންމެ ކަމަކީ ފެންނަ ހުވަފެނެއްފަދަ ކަމެއްކަން އަހަރެމެންނަށް ހަމަ ނޭނގެނީހެއްޔެވެ؟ ހޭލެވުމާއެކު އެ ހުވަފެނުންވެސް އެ ހޭލެވުނީކަމާ ކުރިމަތިން ހާމަވަނީ ހަގީގަތްކަން ނުވިސްނެނީހެއްޔެވެ؟ ފުރަތަމަ ދުވަހުވެސް ހުވަފެނަކީ ހަގީގަތެއް ނޫންކަމަށް ވިސްނުނު ނަމަ ހަގީގީ ދުނިޔޭގައި އެކަން ފުރިހަމަ ނުވުމަކުން ޝަކުވާ ކުރާކަށް ނުޖެހުނީސް ނޫންހެއްޔެވެ؟
**********(ނުނިމޭ)**********
*** މި ވާހަކަ ޕަބްލިޝް ކުރުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަސް ނުހިމެނޭގޮތަށް ކޮންމެ 2 ދުވަހުން 1 ދުވަހުއެވެ.***

vaahaka nimey thanuga 2 dhuvahun 1 dhuvahu ey vaahaka publish kuran HAMAJEHIFA vanee ey othas kamaku nudhaane ingey. Ummedhu kuranee Sofaa bunefa in gothah gavaaidhun vaahaka kiyaalan libeyne kamah.
ReplyDeleteAll the best Sofa. vaahaka v v v v v salhi vaane kamah mi balanee. after all Sofa is the writer ennu dhoa :)
With love. Kay
Anekka ves mi bai kiyailaifin,.... varah reethi vaahaka akah vaane kamuge ummedhugai...medhu kendumeh nethi genesdhevvun edhey haalu....
ReplyDeletefeshun hama 1 vana.... sofa ah mivaahaka alhugandumenna hamayah genes dhevvumuge heyo thaufeeq maaiy raiskalaange dhevvashii....
"U know Me"